‫‪c‬‬

‫‪ - 1‬ތަޢުލީމީ ނިޒާމް އާ މިސްރާބަކަށް‬
‫ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ހޯދުން‬

‫‪ - 2‬ވަށައިޖެހޭ ތަޢުލީމްގެ މާނަ‬
‫ވަށާޖެހޭ ތަޢުލީމުގެ ނިޒާމަކީ އެނިޒާމަކުން ޙާޞިލްވާންޖެހޭ ކަމަށް ކަނޑައެޅިފައިވާ ނަތީޖާތައް (ދިވެހިރާއްޖޭގެ‬
‫ތަޢުލީމުގެ ޤައުމީ މަންހަޖުން) ނެރުމަށްޓަކައި ކޮންމެ ޖަމާޢަތް (ކޮމިއުނިޓީ)‪ ،‬އަތޮޅު އަދި ރަށަކުން އެމާޙައުލަށް‬
‫އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށް ސްކޫލުގެ ހަތަރުފާރުން އެތެރެއާއި ބޭރުގައި ހިންގޭ ޙަރަކާތްތަކާއި ދެވޭ‬
‫މަޢުލޫމާތުތަކެއްގެ ހެޔޮ އަސަރު ކިޔަވާ ކުއްޖާގެ ހަށިގަޑަށާއި‪ ،‬ވިސްނުމަށް އަދި އަޚްލާގަށް ކުރަނިވި ގޮތަކަށް‬
‫ބައްޓަންވެ‪ ،‬ނަތީޖާ ޙާޞިލްވާ މިންވަރު ބެލިގެންދާ ނިޒާމެއް‪.‬‬

‫‪ - 3‬މިހާރުގެ ޙާލަތު‬
‫‪ ‬ތާރީޚީ ގޮތުން ބަރުދަން ހުރި ލިޔުންތަކުގައި (ބެލްގެ މޮނޮގްރާފް‪ ،‬ލުޠުފީގެ ޖިއޮގްރަފީގެ ވަނަވަރު އަދި‬
‫ފަތްތޫރައިގައި ޝަފީޤް ޝާއިޢުކުރައްވާފައިވާ) ފުވައްމުލައް ސިފަކުރެވިފައިވާ ގޮތާއި ވަރަށް ތަފާތު ގޮތަކަށް‬
‫މުޖްތަމަޢު ފެނުން‪.‬‬
‫‪ ‬މޮޅު ކުދިން ނުވަތަ ޖަމާޢަތުގެ ތެރެއަށް ނުކުންނައިރު މީހާގެ " އަގު" މިނާ މިންގަނޑަކީ ހަމައެކަނި‬
‫އިމްތިޙާނުން ހޯދާ ނަތީޖާކަމަށް ބެލެވުން‪.‬‬
‫‪ ‬ކުށް (މާރާމާރީ‪ ،‬މަސްތުވާތަކެތި‪ ،‬ވައްކަން‪ ،‬މުދަލަށް ގެއްލުން ދިނުން) ކުރާ މީހުންގެ ތެރޭގައި ނިސްބަތުން‬
‫ސްކޫލް އުމުރުގެ ކުދިންގެ ގިނަވުން‪.‬‬
‫‪ ‬ޒަމާނުއްސުރެ ފުވައްމުލަކަށް ޚާއްޞަކަންތައްތައް (ހުނަރު‪ ،‬ފަންނު) ނެތި ދިއުން‪ ،‬މިގޮތުން ގަލުވަޑާމާއި‪،‬‬
‫އަތްކަންކުރުމާއި ސަޤާފީ ގޮތުން އެއްޖީލުން އަނެއް ޖީލަށް ނަގުލުވަމުން ދިޔަ ފަންނުތަކާއި ހުނަރުތަކާއި އިލްމު‬
‫ގެއްލިގެން ދިއުން‪.‬‬
‫‪ ‬ކުދިންގެ އަޚްލާޤް ގޯސްވުމާއި އަމުރަށް ނުކިޔަމަންތެރިވުމާއި‪ ،‬ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރުމާއި‪ ،‬ދީނާއި‬
‫ދުރަށް‪.‬‬
‫‪ ‬އާއިލީ ގުޅުންތަކާއި ޖަމާޢަތުގެ އެއްބައިވަންތަކަން ކުޑަވުން‪.‬‬
‫‪ ‬ދިރިއުޅުމުގެ އާދަތަކާއި‪ ،‬ގުޅިފައިވާ ބަލިތައް އާންމުވުން‪.‬‬

‫‪ - 4‬ޙާލަތު ބަދަލުކުރަން ކުރަންޖެހޭ ކަމަށް ފެންނަ ކަންތައް‪:‬‬
‫‪Page 1‬‬

‫ތަޢުލީމީ ނިޒާމް‬

‫‪ ‬ދުނިޔެއަށް އުފަންވުމުން ފެށިގެން އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމަން ދަސްވާ އުމުރާ ހަމަޔަށް ކުއްޖަކަށް‬
‫ދެވޭ ތަރުބިއްޔަތާއި އުޅެން ދައްކާ މާޙައުލާއި އެމާޙައުލުން ފެންނަ ނަމޫނާތަކަކީ އެންމެން ޤަބޫލުކުރާ ޢާންމު‬
‫އިޖްތިމާޢީ މިންގަޑުތަކާއި އެއްގޮތަށް ހުންނަ ކަންކަން ކަމުގައި ހެދުން‪ .‬މިކަމުގައި ސްކޫލްތަކަށް ވަރަށް މުހިއްމު‬
‫ދައުރެއް އަދާކުރެވޭ‪.‬‬
‫‪ ‬ކަންކަން ހަވާސާކޮށް ހަނިކުރުމުގެ ބަދަލުގައި މެއިންސްޓްރީމް ކުރުން‪ .‬ޚާއްޞަކޮށް ކުދިން ގައިގާ ހަރުލައްވަން‬
‫ބޭނުން ހުނަރުތައް މިސާލަކަށް ވާހަކަ ދެއްކުންތެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ކުޅަދާނަކަން ފަދަ ކަންތައްތަކަކީ‬
‫ހުރިހާ އުމުރެއްގެ ކުދިންގެ ރަސްމީ ތަޢުލީމްގެ މާއްދާތައް ކިޔަވައިދޭ ޓީޗިން ސްޓްރެޓެޖީތަކާއި ގުޅުވާލެވިފައިވާ‬
‫ހުނަރުތައް ކަމުގައިވުން‪.‬‬
‫‪ ‬ރަސްމީ ތަޢުލީމްގެ ތެރެއިން ކިޔަވައިދޭ ހުރިހާ މާއްދާއެއް ކިޔަވައި ދިނުމުގައި ވެސް އިސްލާމްދީނާއި ގުޅުވުން‪.‬‬
‫‪ ‬ސްކޫލުގެ ހަތަރު ފާރުން އެތެރޭގައްޔާއި ކްލާސް ރޫމުގައި ކުދިން ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތު‬
‫ތިމާވަށައިގެންވާ ވެއްޓާއި މިމުޖްތަމައާއި މުޖްތަމަޢުގައި ހިންގާ ކަންތައްތަކުގެ ތެރެއިން ތަޖްރިބާތަކެއް‬
‫ޙާޞިލްކުރެވޭ ގޮތަށް ފިލާވަޅު ރޭވުން‪.‬‬
‫‪ ‬ތާރީޚާއި ފޯކްލޯރ އާއި ސަޤާފީ ކަންތައްތައް އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ކުދިންނަށް ދަސްކޮށްދެވޭނެ‬
‫އިންތިޒާމް ހަމަޖެއްސުން‪.‬‬
‫‪ ‬މުޖްތަމަޢުގެ ތެރޭގައި ތިބި ފަންނުވެރިންގެ ހުނަރާއި ޤާބިލްކަން ކުދިންނަށް ފެނި އެފަދަ ކަންތަކަށް‬
‫ޝައުޤުވެރިކަން އުފެދޭފަދަ ގޮތަކަށް ފިލާވަޅުތައް ޕްލޭން ކުރުން‪.‬‬
‫‪ ‬ޔުނިފޯމް ޙަރަކާތްތަކާއި އިތުރު ޙަރަކާތްތަކުގެ ތެރެއިން ކުދިންގެ ދިރިއުޅުމުގައި ބޭނުން ހިފޭފަދަ ހުނަރުތަކާއި‬
‫ސިފަތައް ކުދިންގައި ހަރުލެއްވުން‪.‬‬
‫‪ ‬އިތުރު ޙަރަކާތްތަކުގެ ތެރެއިން ސަޤާފީ ގޮތުން ދިރުވައި އާލާކޮށް އެއްޖީލުން އަނެއްޖީލަށް ނަގުދުކޮށްދޭންޖެހޭ‬
‫ހުނަރުތަކާއި ސިފަތައް ފާހަގަކޮށް އެކަންކަން ޙާސިލްވާގޮތަށް ހަރަކާތްތައް ބައްޓަން ކުރުން‪ .‬މިސާލަކަށް ކުކަރީ‬
‫ކްލަބްގައި ކުރީގެ ކާތަކެތި ތައްޔާރުކުރާނޭ ގޮތް ކިޔައިދެވިދާނެ‪.‬‬

‫‪ ‬ތަޢުލީމާއި ތަރައްޤީގެ އާ ވިސްނުންތައް‬
‫ދުނިޔެބަވަނަވެ ކުރިއަރާދާއިރު އިންސާނުންގެ އާއްމު ވިސްނުމާއި‪ ،‬ސްލޫކް އެއާއި އެއްވަރަކަށް ތަރައްޤީވާންޖެހޭކަމަށް‬
‫ޤަބޫލުކުރަންޖެހެއެވެ‪ .‬މިޒަމާނަށް މުފައްކިރުން ނަންދީފައިވަނީ މަޢުލޫމާތުގެ ޒަމާން ގޮތުގައެވެ‪ .‬އަދި މަޢުލޫމާތުގެ‬
‫މިޒަމާނުގައި މުޖްތަމަޢަށް ނުވަތަ ނޮލެޖް ސޮސައިޓީއަކަށް ކުދިން ތައްޔާރުކުރަންޖެހެނީ އާ ވިސްނުންތަކެއް އެކަމުގައި‬
‫ގެންގުޅެވިގެންނެވެ‪.‬‬

‫‪Page 2‬‬

‫ތަޢުލީމީ ނިޒާމް‬

‫މިގޮތުން ކޮންމެ ކުއްޖަކީ ވަކި މިޒާޖެއްގެ ވަކިކަހަލަ ކަންތަކަށް ޝަޢުޤުވެރިވާ ވަކި ހުނަރުތަކަކަށް ޚާއްޞަވުން‬
‫ފަސޭހަވެދާނެ ކުއްޖެއްކަން ޤަބޫލުކޮށް‪،‬‬

‫‪ 20-30‬ކުދިންގެ ކްލާހަކަށް އެއް އުޞޫލަކުން އާންމު މިންގަޑުތަކަކުން‬

‫މިނައިގެން ކިޔަވައި ދިނުމުގެ ސްޓްރެޓެޖީ ރޭވުމަކީ އެއްމެ ބުއްދިވެރިގޮތަކަށް ނުވާނެއެވެ‪ .‬މިއާ ޚިލާފަށް ކޮންމެ‬
‫ފިލާވަޅަކީވެސް މަލްޓިޕްލް އިންޓެލިޖެންސަށް ޑިޒައިންކުރެވިފައިވާ ފިލާވަޅުތަކަކަށް ވާންޖެހޭނެއެވެ‪.‬‬
‫ކުދިންނަށް ކްރިޓިކަލް ތިންކިން ކިޔަވައި ދިނުމަކީ ނުވަތަ ސިކުނޑި ހުޅުވާލައިގެން ކަންތަކާއި ދޭތެރޭ ވިސްނަން‬
‫ދަސްކޮށް ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ‪.‬‬
‫މިޒަމާނުގެ ތަރައްޤީއާއި ގުޅިފައިވާ އެހެނިހެން މަފްހޫމްތަކަށް ކުދިން އަހުލުވެރިކުރުވުމަކީ ވެސް އެހައިމެ މުހިއްމު‬
‫ކަމެކެވެ‪ .‬މިގޮތުން ޖިންސްގެ ހަމަހަމަކަމާއި އިންސާނީ ޙައްޤާއި ކަރާމަތާއި ޑިމޮކްރެސީ އާއި މިކަންތައްތަކަކީ‬
‫ހަރުދަނާ މަދަނީ ތަޢުލީމުގެ މަންހަޖެއްގެ ތެރެއިން ކުދިންގެ ލޯ އެދިމަދިމާލަށް ހުޅުވަންޖެހޭ ކަންތައްތަކެވެ‪.‬‬
‫ތިމާވެއްޓާއި ގުޅޭ މައުޟޫޢުތައް ކުދިންގެ ކިޔެވުމުގެ ހުރިހާ މަރްޙަލާއެއްގައި ހިމެނެންޖެހެއެވެ‪ .‬މިގޮތުން ތިމާވެށި‬
‫ހިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލާއި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހޭ‬
‫ބަދަލުތައް ފަދަ ކަންތައްތަކަކީ އެކަންތައްތަކަށް ކުދިންގެ ސިކުނޑި ހުޅުވި ހޭލުންތެރިވެ‪ ،‬އާދަ ހިފިފައި ހުންނަންޖެހޭ‬
‫ކަންތައްތަކެވެ‪.‬‬

‫‪ ‬ނިންމުން‪:‬‬
‫އިސްވެ ދެންނެވުނު ކަންތައް ސްކޫލް ވެށިގެ ތެރެއަށް‪ ،‬ތަޢުލީމީ ނިޒާމުގެ ތެރެއަށް އަދި މުޖުތަމަޢުގެ ޢާންމު ވިސްނުމުގެ‬
‫ތެރެއަސްލައި މަސްހުނި ކުރެވޭނީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތަކުންވެސް އެފަރާތެއްގެ ދައުރު ޒިންމާދާރު ކަމާއެކު‬
‫އަދާކޮށްގެންނެވެ‪ .‬މިގޮތުން ސްކޫލްތަކުގެ މެނޭޖްމަންޓާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ދައުލަތާއި ސަރުކާރުގެ އެންމެހައި‬
‫މުއައްސަސާތަކާއި މުޖުތަމަޢުން މިކަމުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމަށްޓަކައި ކޮންމެ ފަރާތަކަށްވެސް އެފަރާތެއްގެ‬
‫ދައުރާއި ޒިންމާ ފުރިހަމައަށް އެނގި އެދައުރު ޝައުޤުވެރިކަމާއެކު އަދާކުރަންޖެހޭނެއެވެ‪.‬‬
‫މިގޮތުން ކަނޑައެޅޭ މަޤްޞަދުތައް ޙާސިލުކުރުމަށް ސްކޫލްތަކުން ރާވާ ޕްރޮގްރާމްތަކާއި މަސައްކަތަށް ގެންނަ ބަދަލަށް‬
‫ބެލެނިވެރިންނާއި ޓީޗަރުން އަހުލުވެރިވެ‪ ،‬އެމަޤްޞަދުތައް ޙާޞިލު ކުރުމުގައި ތިމާމެންގެ އަމިއްލަ ޙިއްސާއަކާއި ޒިންމާ އެއް‬
‫އޮންނަންޖެހޭކަން ޤަބޫލުކުރަން ޖެހެއެވެ‪ .‬މުޖުތަމަޢުގައި ހިނގާ ކޮންމެ ކަމަކީ ނުވަތަ ދިރިއުޅުމުގެ ތެރެއިން ދިމާވާ ކޮންމެ‬
‫ކަމަކީ ކުދިންނަށް ފިލާވަޅުތަކެއް ލިބޭ ރަނގަޅު ނުވަތަ ނުރަނގަޅު އަސަރު ކުދިންގެ ތަރުބިއްޔަތަށް ކުރާނޭ ކަމެއްކަން‬
‫ވިސްނަންޖެހެއެވެ‪.‬‬
‫ޓެކޮނޯލޮޖީ ފަދަ ޒަމާނުގެ ވަސީލަތްތަކަކީ ގެއްލުމާއި ފައިފާ އޭގައި އެކުލެވިގެންވާ ކަންތައްތަކެވެ‪ .‬މިސާލަކަށް‬

‫‪ ICT‬ނުވަތަ‬

‫އިންފޮމޭޝަން‪ ،‬ކޮމިއުނިކޭޝަން ޓެކޮނޯލޮޖީގައި ބިނާކުރަނިވި ބާރާއި ފަނާކުރަނިވި ބާރުވެއެވެ‪ .‬އަޅުގަނޑުމެން މިއަދު‬
‫ވިސްނަންވީ އިންޓަނެޓާއި މޯބައިލް ފޯނާއި ސެޓްލައިޓް ޓީވީގެ ތެރެއިން ފުރޭނިގެން އަންނަ މަންޒަރުތަކާއި މަޢުލޫމާތު ތަކަކީ‬
‫އަޅުގަނޑުމެންގެ މިމުސްލިމު ދިވެހި މުޖުތަމައަށް އެންމެ އެކަށީގެންވާ ކަންތައްތައް ކަން ޔަގީންކުރުމަށެވެ‪.‬‬
‫ކާމިޔާބު ކަމާއެކު ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑުސިއްރެއް ކަމުގައި ގިނަފަހަރު ބެލެވެނީ ކުދިން ޒިންމާދާރު‬
‫ކުރުވުމާއި ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ކުދިންގެ ހުރިހާ ކަމެއް އެންމެ ތުއްތު އިރުން ފެށިގެންވެސް‬
‫އިންތިޒާމުކޮށް‪ ،‬ކުދިންގެ ކަންތަކުގައި އަޅާލައި އޯގާތެރި ކަމާއި ލޯތްބާއިއެކު ކުދީންނާއިއެކު އެކަށީގެންވާ ވަގުތު ހޭދަކުރުމެވެ‪.‬‬

‫‪Page 3‬‬

‫ތަޢުލީމީ ނިޒާމް‬