You are on page 1of 6

‫ޑްރާމާ‬

‫މި ްޑރާމާގައި ފެނިވަޑައިގަންނަވާނީ ކުޔޮޅު އާދަނު ދިރިއުޅުމަށް ކުރާ މަސައްކަތް ުކރިއަށް ދިޔަގޮތެވެ‪.‬މި ޑްރާމައިގައި‬
‫‪.‬ފެނިވަޑައިގަންނަވާނީ ކެޔޮޅު ާއދަނާއި‪،‬ދޮންފާތުމައާއި ޭއނާގެ މަންމަ ކައްދައެވެ‬

‫ުފރަތަމަ ފަރުދާ‬

‫!ދޮންފާތުމަ‪(:‬ދުރުން ވަރަށް ބާރަށް އަޑު ައންނަގޮތަށް)އާދަނާ! ާއދަނާ‬

‫ާއދަނު‪(:‬ކެޔޮޅުކަމުގެ ސާމާނު އާލާތް ކުރުން)‬

‫!ދޮންފާތުމަ‪(:‬އެތިވަރު ގޮވަމުން)ކޮބާތަ އާދަނު؟މިހާރު ދިޔައި ދޮ؟ނުގޮހެއް ނުހުންނާނެ‪....‬އެ ހުންނަނީ ދެވި ހިފާފައި‬

‫!ދޮންފަތުމަ‪(:‬އާދަނު ފެނުމުން)މމިހިރީ ދޯ‬

‫‪.....‬ދޮންފާތުމް‪(:‬ބިޑި ބޮނޑި ާއދަނުގެ މަޑިސީލައަށް ލަމުން)މިއޮތީ ބިޑި ބޮނޑި‬

‫ދޮންފާތުމަ‪(:‬އުޑުމަތި ބަލަލައިފަ‪.‬މޫސުން ލަފާ ޮކއްލަމުން)އަޅެ އާދަނާ! އެއޮއް ކަޅުކުރަނީ މިރޭ ވާރޭ ނުވެހިއެއް ނުދާނެ ވައިވެސް މިހާރު‬
‫‪.....‬ގަދަވަމުން އެދަނީ‬

‫‪.....‬އާދަނު‪(:‬ކަންފަސޭހަ ގޮތަކަށް) ެއއީ ކެރިކޮޅެއް‪ .‬ހިނގައިދާނެ‬

‫‪.....‬ދޮންފާތުމަ‪(:‬ހިތްހަމަ ނުޖެހުމުގެ ރާގަކަށް) ކެރިކޮޅެކޭ! މިރޭވާރޭ ނުވެހުނިއްޔާ އަހަރެން ލޮނުލައިގެން ބަތެއް ނުކާނެއް‬

‫‪.....‬އާދަނު‪(:‬ސަމާސާ ރާގަކަށް) އެހެންވިއްޔާ އަވަހަށް ގޮސް ލޮނު ައޅާ ފުފޭ ބަންޑުން ޖަހާލާ ތިޔަހާ ަޔގީންވަންޏާ ެއހެން ހަދާލާ‬

‫ދޮންފާތުމަ‪ :‬އާނ‪.‬ތިޔަ ހުންނަނީ ދެވިހިފާފައި ެއހެންވީމާ ވިލާމަތީ ވިލާލިޔަސް އާދަނު ނުގޮހެއް ނުހުންނާނެ‪ެ .‬އހެން ރޭގަނޑު ވައިތެރޭ‬
‫‪.....‬އުޅޭތީ އެހާ އަވަސް އަވަހަށް ރޯގާޖެހެނީ‬

‫ާއދަނު‪(:‬ވަރަށް ރަގަޅަށް އޮޅުން ފިލުވައި ދެމުން) ދޮންފާތުމަ ހިތާ ތިޔައުޅެނީ މަމިދަނީ ކަމަކު ނޫނޭ އަންހެނުން ހޯދާށޭދޯ! އާނ އެހެންޏަ‬
‫މިގޮތަށް މަސްކޮޅު ލިބޭތީ ނޫންތަ ކައިގެން މިއުޅެވެނީ‪ ،‬އެހެންވީމާ އަހަރެން މިދަނީ‪ ،‬އެހެންވީ ިއރު ަމސައްކަތެއް ނުކުރަނީވިއްޔާ‬
‫‪.....‬މިއެންމެން ތިބެންޖެހޭނީ ބަނޑަކަށްނު‬

‫ދޮންފާތުމަ‪(:‬އަދަނުގެ ޮކޅަށް ވާހަކަ ދައްކަމުން‪،‬އޭނާއާ ެއއް ރާގަކަށް) ތިޔަނޫން ވާހަކައެއް ނުބުނަމޭ ާއދަނު ތިޔަކަން ތިކުރަނީ ގޮތެ ްއ‬
‫ނެތިގެނެއް ނޫނޭ މިރަށުގައި އެހެރަ މަސްދޯނިތަކުން ޮކންމެ ދޯންޏަކުންވެސް އާދަނަށް މަހަށް ދެވިދާނެ އެކަމަކު އާދަނު ެއގޮތް ގަބޫލު‬
‫‪.....‬ނުކުރަނީ ނޫންތަ؟ މަހަށް ދަންޏާ ތިގޮތަށް ނުގޮސް ފަރުޖެހޭނެ ހއެއީ ގައިމުކަމެއް‬

‫‪.....‬އާދަނު‪(:‬ކެޔޮޅު ސާމާނު ހިފައިގެން ހިނގައިގަންނަމުން) ާއން‪ ..‬ދަނީ‬

‫ވަނަ ަފރުދާ ‪2‬‬


‫)‪.‬ވައި ވަރަށް ބާރެވެ‪ .‬ވާރޭ ކަނިވެސް ަޖހައެވެ(‬

‫‪.‬އާދަނު‪(:‬ބާރަށް ހިގަމުން ދިޔައިރު ހިތާހިތާ ިކޔުން) ވާރޭ ވެހުނަސް މަހެއްނުލާ ގެއަކަށް ނުދާނަމެވެ‬

‫ވަނަ ަފރުދާ‪3‬‬

‫)އާދަނު ގަޑިއެއްހާއިރު ފަހުން ވައިގަދަވެ ބޯކޮށް ވާރޭވެހެންފެށި(‬

‫)‪ެ .‬އއިރު ދޮންފާތުމަ އާއި ޭއނާގެ މަންމަ ކަންބޮޑުވެ ގޭތެރޭގައި ދެކޮޅަށް ހިގަމުން ކަތްދަ ގޭދޮރުން ބޭރުވެސް ބަލައެވެ(‬

‫ދޮންފާތުމަ އާއި ކަތްދަ‪(:‬ކަންބޮޑުވެގެން ދެމީހުން ދެމީހުންނަށް ވާހަކަ ދައްކަމުން) ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ވާރޭ ކިތައްމެ‬
‫‪.....‬ބޯކޮއްވެހުނަސް ވައި ގަދަވެގެން ގަސްތައް މުލުންލިޔަސް އާދަނު އަންނާނީ އޭނާ ބޭނުން އިރަކުން‬

‫ވަނަ ަފރުދާ‪4‬‬

‫)ގަޑިން ‪ 2‬ޖަހާކަންހާއިރެވެ‪ .‬އޭރު ވައި މަޑުވެ ވިއްސާރަވެސް އަލިވި(‬

‫ހަސަނު‪(:‬އޭނާގެ ބޮއްކުރާ ސަލާމަތުން ޮއތްތޯބަލާލަން އަތިރިމައްޗަށް ދިޔައެވެ‪ .‬އޭނާގެ ބޮއްކުރާ އޮތީ ސަލާމަތުންކަން އެގުމުން‬
‫ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ހަމްދާއި ޝުކުރުކުރަމުން އެއްގަމަށް ައރަން އުޅެނިކޮށް ޮތށިގަނޑު ަމތިން ެއއްޗެއް ފެނުނެވ‬
‫‪.ެ.‬އިރުއިރުކޮޅާ އުފުލިފާ އެއްޗެއް ތިރިވަނީއެވެ‬

‫ހަސަނު‪(:‬ކަންބޮޑުވެ ހިތާހިތާ ކިޔާލިއޭ) އަނެއްކާ ުފރޭތައެއް ައރަނީބާއެވެ‪ .‬ފުރޭތައެއް ވެއްޖިއްޔާ ެއގޮތައް ެއތާ ތެޅުވޭނެކަމެއް ނެތެއްނު!‬
‫‪.....‬އަވަހަށް އަރައިގެން އައިސް މަށާ ދިމާކޮށްލީމަވީނޫ ހެއްޔެވެ‬

‫ހަސަނު‪(:‬އެފުރޭތަ އަރައިގެން ނައުމުން ހަސަނުގެ ހިތަށްއެރި) ކެޔޮޅުބޭ؟‪.....‬އަނެއްކާ މިރޭ ކެޔޮޅުބޭ ައއީ ހެއްޔެވެ؟‪.‬ކެޔޮޅުބޭ އެހެން‬
‫‪.....‬އެހަދަނީ ީކއްވެބާއެވެ‬

‫‪.....‬ހަސަނު‪(:‬ދެފިކުރެއްގައި ހުރެ) ކެޔޮޅުބޭތޯ ބަލާލަން ހިނގައިގަތެވެ‬

‫‪.....‬ކައިރިއަށްގޮސް ހަސަނު ބަލާލިއިރު ައސްތާ! ކަމަކު ދާކަށްނެއް‪ެ .‬ކޔޮޅުބޭ އޮތީ ތޮށިގަނޑު މައްޗަށް ވެއްޓިފައި‪.‬މީހާ ޮއތީ ތެމިފޯވެފަ(‬

‫ހަސަނު‪(:‬ހާސްވެ ހުރެގެން އެއްނޭވާއެއްގައި ސުވާލުކުރި) ކިހިނެއްވެގެން؟‪.‬ކެޔޮޅުބޭތަ؟ ިކހިނެއްވެގެން ތިޔައު‬

‫‪.....‬ޅެނީ؟‬

‫ާއދަނު‪(:‬ކުކުރަމުން ކިޔާދިން) ހަސަނާ ރަންކޮޅާ ދެލޯކޮޅާ ެކޔޮޅުބޭގެ ދުވަސް މިއޮތީ ގޮސްފައި ެކޔޮޅުބޭ ކައްސައިލައިގެން ވެއްޓުނ‬
‫‪.ީ.....‬އަތުގެ ުކޑަ ހުޅަށާއި ފައިގެ ުކޑަހުޅަށް ތަދުވެގެން ިމއޮތީ ނުވެސް ތެދުވެވިފައި ތެދުވަން ުއޅޭއިރަށް ވެއްޓެނީ‬

‫‪.....‬ހަސަނު‪(:‬އެާދަނުގެ ައތުގައި ހިފައި ނަގަމުން) ެތދުވަމާ ބަނހީ‬

‫ވަނަ ަފރުދާ‪5‬‬
‫‪ަ !.....‬ހސަނު‪(:‬ވަރަށް ބާރަށް ގޮވަމުން) ދޮންފާތުމާ! ދޮންފާތުމާ‬

‫‪.....‬އެއަޑަށް ދޮންފާތުމައާއި ކަތްދައަށް ހޭލެވިގެން އަތުވެއްޖެ(‬

‫!ދޮންފާތުމަ‪(:‬ދުވަމުން ދޮރުހުޅުވަމުން ޮގވި) ކާކު! ކާކު‬

‫‪.....‬ހަސަނު‪(:‬އާދަނު ގޮވައިގެން އެތެރެއަށް ވަންނަމުން) މިހިރީ އާދަނު‬

‫‪.....‬ދޮންފާތުމަ‪(:‬ރޮމުން) ކީއްތަވީ‬

‫ހަސަނު އާދަނު ގޮނޑިއެއްގާ ބައިންދައިފާ އެވާހަކަ ކިޔާދިނެވެ‪.‬އޭގެފަހުން އަދަނުގެ އެދުމުގެމަތިން ހަސަނު އެނާ ގިފިއްޔަށް ގެންގޮސް(‬
‫) އޭނާގެ އަތާއި ަފއި ދޮވެދީ ހެދިއެވެ‪.‬އޭރު ާއދަނުގެ ައތުގެ ކުޑަހުޅާއި ަފއިގެ ކުޑަހުޅުގައި ައޅައިދޭން ކަފަގަނޑު ަތއްޔާރު ކުރަން އުޅެއެ‬

‫ވަނަ ަފރުދާ‪6‬‬

‫)ދެހަފުތާފަސް(‬

‫ދެހަފުތާވަންދެން އާދަނުައަށް ކެޔޮޅުކަމުގައި ނުދެވުމުން ގޭގައި މަޑުކުރިއެވެ‪.‬ދެހަފުތާވީއިރު ޭގގައިހުރި ހިކިމަހާއި ރިހާކުރައި ކާޑުގެ(‬
‫)‪.‬ބާވަތްތައް ހުސްވެއްޖެއެވެ‪ .‬ބަނޑަށް ނުޖެހިތިބީ ރައްޓެހިންނާއި އަވަށްޓެރިންގެ ެއހީގައެވެ‬

‫‪.....‬ޢާދަނު‪(:‬އަސުރު ނަމަދުން ައއިސް ގެއަށް ވަދެފައި) މިރޭވާނެ ކެޔޮޅުކަމުދާން‬

‫‪.....‬ދޮންފާތުމަ‪(:‬ރުޅިއައިސްފަ) ދަރުމަވާނެ ާއދަނާ! ތިޔަނޫން ވާހަކައެއް ދައްކަބަލަ‬

‫ާއދަނު‪(:‬ދޮންފާތުމައަށް ުފޅޫ ކަޑަމުން) ތިހެން ިކޔާވަރުން ވާގޮތް ގޮތޭ ެއއީ‪ .‬ދޮންފާތުމަ ހުންނަނީ ރުޅިއައިސްފައި ވިއްޔާ‪ .‬އެހެންވީމަ އެރޭ‬
‫‪.....‬އެހެން އެވީ‬

‫‪.....‬ދޮންފާތުމަ‪(:‬ރުޅިއައިސްފަ) ކޮބާ ރީތި ވެއްޖެއްނު‪.‬ހޫނ‪،‬މަށަށް ވަރިހަމަ‬

‫)‪.‬ދޮންފާތުން ތުންދަމައިގެން ހިގައްޖެއެވެ(‬

‫‪ާ ).‬އދަނު ދިޔައީ ެކޔޮޅުކަމުދާން ސާމާނު ަތއްޔާރުކުރާން(‬

‫ވަނަ ަފރުދާ‪7‬‬

‫‪ި ).‬އޝާ ނަމާދުން ަފއިބައިގެން ައއިސް އާދަނު ނިކުތީ ޭއނާގެ މަސައްކަތަށް ދާށެވެ(‬

‫‪).‬ރުޅިން ހުރިނަމަވެސް ދޮންފާތުމަ އާދަނުގެ މަޑިސީލަ ތައްޔާރު ކޮއްދިނެވެ(‬

‫ވަނަ ަފރުދާ‪8‬‬
‫‪).‬ކަޅުފޮއި ރެއެކެވެ‪.‬އުޑުމަތި ބަނައެވެ‪.‬ވައިވެސް ބާރެވެ‪ .‬އާދަނު ހިގަމުންދެއެވެ(‬

‫ާއދަނު‪(:‬ހިތާހިތާ ކިޔާލި) ހޫނ‪ ،‬މިއާދެވުނީ ކޮންތަނަކަށްތަ؟‬

‫ެއއިރު އޭނާއަށް ނިކުމެވިފާ ހުރީ ބޯކަށިކެޔޮގަސް ބޮނޑިއެއްގެ ކައިރިއަށެވެ‪.‬އެހެންވެ ައނެއްކާވެސް ހިގައިގަނެގެންގޮސް ނިކުމެވުނީ ހަމަ(‬
‫‪ެ ).‬އތަނަށެވެ‪.‬މިގޮތައް ަތކުރާރުކޮށް އާދަނަށް އެތަނަށް އެތަށއްފަހަރަކު ދެވުނެވެ‪.‬އެގޮތައް ހިގަހިގާ ހުއްޓާ ފަޖުރުލައިފިއެވެ‬

‫‪ަ )..‬ފތިސް ނަމާދު ވަގުތު ވަނުމުން އާދަނަށް ބޮޑުމަގު ެފނިއްޖެއެވެ‪ .‬އޭގެކުރިން އޭނާއަށް ފެންނަނީ ވަލުތެރެއެވެ(‬

‫ވަނަ ަފރުދާ‪9‬‬

‫‪).‬ކޮންމެއަކަސް ެއކަންތައް ގަޑުން ސަލާމަތްވުމުން ާއދަނު ގެއަށް ހިގައްޖެއެވެ(‬

‫ދޮންފާތުމަ ‪ (:‬އާދަނު ެފނުމުން ޝަކުވާކުރާ ޮގތަކަށް)އާދަނު ހާދަ ލަހަކުން ިތއައީ؟‬

‫ދޮންފާތުމަ‪(:‬އާދަނުގެ ައތުގާ އޮތް ބާލިދީއަށް ނަޒަރު އަޅަމުން)މަހެއްވެސް ނުގެންނަންދޯ؟‬

‫‪.....‬އާދަނު‪( :‬މާ ނޫން ގޮތަކަށް) އާނ! ރޭ މަހެއް ކޮށާވެސް ނުލި‬

‫ާއދަނު ވާހަކަ ކުރުކޮށްލަފައި މޫނާއި‪،‬އަތާއި‪،‬ފައި ދޮވެގެން ނުކުތް ިއރުގާ ދޮންފަތުމަ ހުރީ ާއދަނަށް ސާ ތައްޔާރު ކޮއްފްއެވެ‪.‬އާދަނު(‬
‫)‪.‬ސައި ބުއިގެން ގޮސް އޮށޯވެ ނިދައިފިއެވެ‬

‫ވަނަ ަފރުދާ ‪10‬‬

‫ާއދަނު‪ެ ( :‬އއްވެސް ިފކުރެއް ހާސްކަމެއްނެތި‪ ،‬ހަމަޖެހިލައިގެން)އިޝާ ނަމާދުން ފައިބައިގެން އައިސް ަކއިގެން ޮތށިގަނޑު ޮކޅަށް ހިގަމުން‬
‫ދިއައެވެ‪.‬މިރޭ ާއދަނު ދިޔަމަގުމައްޗަކުން އެއްވެސް ކަމެއްދިމައެއް ނުވެއެވެ‪.‬އެހެނަކަމުން ވަރަށް ައވަހާ ޭއނަގެ މަންޒިލަށް ދެވިއްޖެއެވ‬
‫ެ‪.‬ވަރަށް ފަސޭހައިންނެވެ‪.‬އާދަނު ޮތށިގަނޑު ޮކޅަށް ގޮސް އޭނަގެންދިޔަ ސާމާނު ބަހައްޓާފައި ނަނު ދޫކޮށްފިއެވެ‪.‬އިސާހިތަކު ނަނަށް ވާން‬
‫ވެއްޖެއެވެ‪.‬ދަމާނެގިއިރު ހެޔޮވަރުގެ ރަތް މަހެކެވެ‪.‬އަނެއްކާވެސް ނަނު ދޫކޮސްފިއެވެ‪.‬މާ ގިނަ އިރެއް ނުވެއެވެ‪.‬ފާނައެއް ޖެހިއްޖެއެވެ‪.‬އާދަނު‬
‫ާފނަ ނަގައިފިއެވެ‪.‬ވަރަށް މަސް ދަހިރެއެކެވެ‪.‬ކުޑަ އިރުކޮޅެއްގެ ެތރޭގައި ވަރަށް ގިނަ ފަރުމަސް ބޭނިއްޖެއެވެ‪.‬ނަމަވެސް ާއދަނު ގެއަށް‬
‫ދާހިތެއްނުވެއެވެ‪.‬އާދަނު ައވާގައި ޖެހި ގެއަށްދާން ނޭގިފާ ހުއްޓައި‪،‬ވައިގަދަވެ ވާރޭކަނި ަޖހަންފަށާފިއެވެ‪.‬އަދި ވަރަށް ގަދަ ފަރުހަކި‬
‫ވަހެއްވެސް އާދަނުގެ ނޭފަތުގައި ޖެހިއްޖެއެވެ‪.‬އާދަނު ވަށާގެން ހޯދައިލިއެވެ‪.‬އެވަގުތު އާދަނައް ފެނުނި ކަޅުކަޅު ކުޑަ ކުއްޖެކެއެވެ‪.‬އާދަނާަ‬
‫ވިއްސަކަށް ފޫޓު ދުރުންނެވެ‪.‬އެ ކުއްޖާހުރީ ފުރަގަސް ދީގެންނެވެ‪.‬އާދަނު އަޅައެއް ނުލައެވެ‪.‬އޭނާގެ މަސައްކަތް ުކރިޔަށް ގެންދަން‬
‫ަފށައިފިއެވެ‪.‬ނަމަވެސް ކުޑަ އިރުކޮޅަކުން ައދަނު އެކުއްޖާ ހުރި ދިމަލަށް ބަލާލިއެވެ‪.‬އެ ވަގުތު އެ ކުއްޖާ ހުރީ ތަންކޮޅެއް ކަރީގައެވ‬
‫ެ‪.‬ތިންވަނަ ފަހަރަށް ބަލާލިއިރު އެ ކުއްޖާ ހުރި އާދަނުގެ ަމސް ބާލިދީ ކާރީގައެވެ‪.‬އާދަނު ނުދެނެ ހުރިކަމަށް ހެދިއެވެ‪.‬އާދަނު އެއްލި ވަގު‬
‫ނަޒަރަކުން އާދަނުގެ މޭ ގަނޑު އަނގަޔަށްނައީ ިކރިޔައެވެ‪.‬އާދަނަށް ެފނުނީ އެ ކުޑަ ކުއްޖާ ާއދަނުގެ ބާލިދިން މަސް ނަގާގެން ކާ‬
‫މަންޒަރެއެވެ‪.‬އާދަނަކަށް ކެތެއް ނުވިއެވެ‪.‬ކުއްލިއަކަށް ތެދުވެ މަސްބާލިދީ ހިފައިގެން ހިނގައިގެންފިއެވެ‪.‬ތަންކޮޅަކަށް ހިނގާލާފައި ާއދަނު‬
‫ަފސް އެނބުރި ބަލާލީރު އެ ކުއްޖާ އާދަނުގެ ފަހަތުން އާދެއެވެ‪.‬އާދަނު މަހެއް ނަގާފައި ައތުގެ ކޮޅަށް ހޫރާލިއެވެ‪.‬އަދި ވަރަށް ބާރަށް‬
‫ހިނގާގަތެއެވެ‪.‬އެކުއްޖާ މަސް ކާލައިގެން ާއދަނުގެ ފަހަތުން ހިނގައިގަތެއެވެ‪.‬އާދަނު ބާރަށް ހިނގަނީވިއްޔާ ެއކުއްޖާ އަދި މާބާރަށް‬
‫ހިނގައެވެ‪.‬އެހެންވެ ާއދަނު އަވަހަށް މަހެއް ެއއްލަނީއެވެ‪.‬އެކުއްޖާގޮސް ަމސް ނަގާގެން ކާލަން ވާއިރަށް އާދަނުދުރަށް ދެވޭ ޯތ‬
‫ބަލަނީއެވެ‪.‬ނަމަވެސް ެއކުއްޖާގެ ކިބައިން އާދަނު ސަލާމަތެއް ނުވިއެވެ‪.‬މަސްކޮޅު ހުސްވާން ކާރިވުމުން‪،‬އާދަނަށް ހާސްވެގެން ހިނގޭ‬
‫ވަރެއްވެސް ނޫނުއެވެ‪.‬އާދަނު ަފސް ެއބުރިބަލާލިއިރު އެކުއްޖާ އާދަނާ އެއްއިސްކޮޅު ވެއްޖެއެވެ‪.‬އާދަނު ގަތީ ައމަށަކު ބިރެއް ނޫނެއެވެ‪.‬ހެޔޮ‬
‫ެއއްވެސް ެއއްޗެއް އޭނާގެ ހަދާނަކަށް ނައެވެ‪.‬އާދަނު ބޮޑު ރަތްމަހެއް އަތުގެ ކޮޅަށް ހޫރާލުމަށްފަހު ވަރަށް ބާރަށް ހިގައިގެންފިއެވެ‪ .‬އޭނާގެ‬
‫‪).‬ނަސީބު ރަގަޅު ަކމުން ާއދަނަށް މިސްކިތް މަގަށް ނިކުމެވިއްޖެއެވެ‬

‫ވަނަ ަފރުދާ ‪11‬‬

‫‪.‬އާދަނު‪( :‬މިސްކިތް މަގަށް ނިކުމެވުމުން ހިތަށް ެއރި) އަވަހަށްގޮސް މިސްކިތަށް އަރަންވީއެވެ‬

‫ެއއަށްފަހު އާދަނު ދުވަމުންގޮސް މިސްކިތު ވަޅުދޮށުން ައތްފައި ދޮވެގެން ވުސޫ ކޮށްލައިގެން މިސްކިތަށް ެއރުނީ ހަމަކިރިޔާ‪...‬އެކުޑަ(‬
‫ކުއްޖާހުރީ މިސްކިތުގެ ބޭރު ދޮރުމަތީގައެވެ‪ .‬އާދަނު މިސްކިތަށް ވަދެ ޙަތިމު ނަގައިގެން ވަރަށް ބާރަށް ކިޔަވަން ފަށައިފިއެވެ‪ .‬އެހެން‬
‫ކިޔަވަން އިންދާ މިސްކިތު މުދިމާ އަދިވެސް ދެތިން މީހުން ފަތިސް ނަމާދަށް މިސްކިތަށް ައތުވެއްޖެއެވެ‪.‬އާދަނުގެ ބިރުފިލީ‬
‫ެއހިސާބުންނެވެ‪ .‬އޭގެ ކުރިން އޭނާހުރީ ވަރަށް ބިރުންނެވެ‪.‬ކިޔަވަން ިއންނަމަވެސް ޭއނާގެ ހިތް ެއކަމާ ދިމާއަށް ހުއްޓާލެވޭ ވަރެއް‬
‫ނުވެއެވެ‪ާ ...‬އދަނު މިސްކިތުން ފޭބީ މޫނު ައދިރިކަން ފިލީމައެވެ‪ި .‬މސްކިތުން ޭފބިއިރު ޭއނާ މިސްކިތަށް ައރަމުން ހީޫރާލި ބާލިދީ‬
‫‪).‬ގަނޑެއްވެސް ފެންނާކަށްނެތެވެ‪ .‬ޢެނާ ައޅާވެސް ނުލާ ދިޔައެވެ‬

‫ވަނަ ަފރުދާ ‪12‬‬

‫ދޮންފާތުމަ‪( :‬އާދަނު ދިމާވުމުން ެއންމެކުރިން އެހީ) ބާލިދީ ކޮބާ‬

‫ާއދަނު‪ :‬ނޭނގޭ‬

‫‪ާ ).‬އދަނު ގޮސްވަނީ ގޭތެރެއަށެވެ(‬

‫ދޮންފާތުމަ‪( :‬ވަރަށް ރުޅި އައިސްސަ) ނޭނގެއޭ‪ .‬ނޭނގެއޭ‪ ...‬ކުރީ ރޭވެސް ގެއަށް ައއީ ފަތިސްވަނިކޮށް‪...‬އެއްވެސް އެއްޗެއް‬
‫‪.‬ނުގެނޭ‪...‬އަމުދުން މިރޭ ެއއައީ ބާލިދީވެސް ނުލާ‬

‫‪.‬ދޮންފާތުމަ‪( :‬ހިތަށް އެރި) އާދަނު ޮކންމެވެސް ގަނޑެއް ގަންނަނީއޭ‬

‫ދޮންފާތުމަ‪( :‬ދަތްކުނޑި ވިކައިގެންފަ) ޮކންތާކުން ތިއައީ‪...‬އޭ! މިހާރު ިތޔަ ސަމާސާ އަށްވުރެ ބޮޑުވަނީ ޮކންމެވެސް އަންހެނެއް‬
‫‪..‬ހޯދަންދަނީކަން ހަމަ ަޔގީން ކަށަވަރު‬

‫ާއދަނު‪( :‬ދޮންފާތުމަގެ ހީނ އަކީ ުކންހީނ އެއްކަން ޔަގީން ކޮށްދިނުމުގެ ގޮތުން) ދޮންފާތުމާ!ހެޔޮނުވާނެ މަމި ައއީ ފަތިސް ނަމާދު‬
‫ކޮށްގެން‬

‫ދޮންފާތުމަ‪( :‬ރުޅިއައިސް ރަތްވެފަ) ތިއަށްވުރެ ބޮޑު ދޮގެއް ހަދަން ނޭންގުނީތަ‪..‬ނަމާދުންނޭ! ކޮބައިތަ ބާލިދީ ގަނޑު‪ ...‬ތިޔަގޮތަކަށް‬
‫‪..‬މަށަކަށް އޮޅުވައެއް ނުލެވޭނެ‬
‫‪.‬އާދަނު‪ެ :‬އހެންވިއްޔާ މުދިންބޭ ާގތުގަ އަހާބަލަ‬

‫‪.‬ދޮންފާތުމަ‪( :‬ހުޅިއައިސްފައި ހުރެ ދަމުން) ރަނގަޅަށް ވިއްޔާ މުދިންބެއާ ދެމީހުން އެއްތަނަކަށް ވަދެ ތިބެފައި ތޯއްޗެއް ެއއައީ‬

‫‪ެ ).‬އވަގުތު ނަމާދުން ާފބައިގެން އައިސް ދޮންފާތުމަގެ މަންމަ ގެއަށް ވަނެއެވެ(‬

‫‪.‬އާދަނު‪ :‬މަންމާ! ރޭގައި މަސަލާމަތްވީ ކިރިޔާ‬

‫‪...‬ކަތްދަ‪ީ :‬ކކޭ‬

‫ދޮންފާތުމަ އޭނާގެ މަންމަ ނަމާދު ކުނާ ގެންގޮސް ބޮޑުއަށީ ަފއިލާކޮޅުގައި ބާއްވާފައި ައއިސް ކުޑަ އަށި މަތީގައި ިއށީންދެއްޖެއެވެ‪( .‬‬
‫)އާދަނު ިއނީ ބޮޑު އަށީގައެވެ‪.‬އާދަނު ހުރިހާ ވާހަކައެއްވެސް ކަތްދަ ައށް ިކޔާދިނެވެ‬

‫‪ާ ).‬އދަނު އޭގެފަހުން މަހަށްދާން ެފށިއެވެ‪ .‬އޭގެފަހުން އެމީހުން އުޅެމުންދިޔައީ ތަނަވަސް އުފާވެރި ދިރިއުޅުމެކެވެ(‬

You might also like