You are on page 1of 10

‫ޤައުމީ މަޝްރޫޢު‬

‫އެލެކްސް އަހުމަދު‬

‫ޙަސަން ކުރުސީ ގެ ބޮޑުންގެ ދެވަނަ މަސް ދުވަސް ފެށުނީއެވެ‪ .‬ނަން ދިގުވެގެންދާ ޙަޤީޤީ ޝުޢޫރަކީ އޭނާއަށް ވެއްޖެއެވެ‪ .‬ހެލްތް‬
‫މިނިސްޓްރީ ގައެވެ‪ .‬އެސް‪ .‬އީ‪ .‬ސީ ނިމެންދިޔަ ދުވަސްވަރު ފުރި ފޯމްތަކުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާ‪ ،‬އެއިންތާގައި ޑޮކްޓަރުކަން‬
‫ޖެހުނުކަމުގެ މޮޔަ އޭނާ ހިތަށް އަރާތާ ފަނަރަ މިނެޓްވެއްޖެއެވެ‪ .‬އެއީ އޭނާގެ ގެއިން ޤާޒީ ބިލްޑިންގ އާއި ހަމައަށް ހެނދުނު އަށްގަޑި‬
‫އަށްގަޑި ފަންސަވީހަށް ނެގި ފަނަރަ މިނެޓެވެ‪ .‬ބައިސްކަލުގައި ދުއްވަމުން އައި ފަނަރަ މިނެޓެވެ‪ .‬އެ ބައިސްކަލުގައި ދިހަވަރަކަށް‬ ‫ދިހައަކުން‬
‫ފޫޓު ދަތުރުކުރަންވެސް ދިހަވަރަކަށް މިނެޓް ނަގައެވެ‪ .‬ޙަސަން ކުރުސީގެ ބައިސްކަލް ރާއްޖެއަށް އެތެރެކުރެވުނީ ގާތްގަނޑަކަށް ޖައްރާފާއި‬
‫އެކުގައެވެ‪ .‬އެ ބައިސްކަލް ތަޅާފައިވަނީ ޢުމަރުގެ ފާނުންގެ ޚަލީފާ ކަމުގައި ކަމަށް‪ ،‬މަޖީދިއްޔާ އިރުއްސުރެ އޮންނަނީ އަޑުއަރާފައެވެ‪ .‬ޙަސަން‬
‫ކުރުސީގެ އާސާރީ ބައިސްކަލް އަނބުރަމުން އައިރު އޭނާ ހިތަށްއެރިއެވެ‪ .‬ޕޯރޓްކޮމިޝަނުގެ ސަރުދާރަކަށް ވެވުނު ނަމަ ކިހާ ރަނގަޅުހެއްޔެވެ‪.‬‬
‫އެބުނާ ރަނގަޅެއް ރަނގަޅުވާންވީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭގެއެވެ‪ .‬ސަލްޓަން ޕާރކު ގަސް އިންދާ މީހަކަށް ވެވުނުނަމައޭ ހިތަށް‬
‫އަރައެވެ‪ .‬ސަލްޓަން ޕާރކުން ވަޒީފާއެއް ހޯދުމުގައި ކިތަންމެ މަންފާއަކާ ފައިދާއެއް އޭނާއަށް ވިސްނުނެވެ‪ .‬ގަސްތަކުގެ ތެރޭގައި ނިދޭނެއެވެ‪.‬‬
‫ޖައްސާލައިގެން އިނދެވޭނެއެވެ‪ .‬މަގުމަތިން ދާ މީހުންގެ ގަޔަށް ފެންޖެހޭނެއެވެ‪ .‬އަމީނިއްޔާ އާއި އެސް‪ .‬އީ‪ .‬ސީ ގައި ކިޔަވައި ދިނުމަށް‬
‫ދަތިކުރެވޭނެއެވެ‪ .‬ހުކުރު ދުވަސް ދުވަހު ޕާރކަށް އަންނަ އަންހެން ކުދިންނަށް ލޯއެޅޭނެއެވެ‪ .‬ބޭނުންވާ ވަގުތު ވަގުތަށް ޕާރކުގެ ގަހަކަށް‬
‫އަދި‪ ،‬އަމުދުން ޓައީ އަޅާކަށް ނުޖެހޭނެއެވެ‪.‬‬ ‫ވެގެންވެސް އިނދެވިދާނެއެވެ‪ .‬މިހެންގޮސް ކިތަންމެ ހަރުދަނާ ފައިދާއެއް އޭނާއަށް ވިސްނުނެވެ‪.‬‬
‫ކިތަންމެ މަންފާއެކެވެ‪.‬‬

‫މިފަދަ ދިރިއުޅުން ބިނާކުރުމުގެ ތަނަވަސް ޚިޔާލުތަކުގައި އިންދާ ޙަސަން ކުރުސީ ޤާޒީ ބިލްޑިންގގެ ކަނަކާ އަރާ ހަމަވެއްޖެއެވެ‪ .‬ފަހަތަށް‬
‫ސޮއްސިގެންގޮސް ބިންމައްޗަށް ފުންމާލިއެވެ‪ .‬ދެފައިދެގޯޅި ތެރެއިން އެދިޔަ ބައިސްކަލް ގޮސް ފާރު ކައިރީގައި ހުރި ބައިސްކަލް ފުންޏަށް‬
‫ޖެހިއްޖެއެވެ‪ .‬އޭނާގެ ބައިސްކަލް ލައިގަތް ފުރަތަމަ ބައިސްކަލް ވެއްޓިއްޖެއެވެ‪ .‬އެ ބައިސްކަލާއި ޖެހިގެން ހުރި އެތި ވެއްޓިއްޖެއެވެ‪ .‬ފައްޗަކަށް‬
‫ހުރިހާ ބައިސްކަލްތަށް ވެއްޓޭންފަށައިފިއެވެ‪ .‬ފަތީގެ މެދުގައި ހުންނެވި ޑިރެކްޓަރުގެ އުނަގަނޑާ ހަމައަށް އޭނާގެ ފަހަތްޕުޅުންނާއި‬
‫ކުރިފުޅުމަތިން ވެއްޓޭންފެށި ބައިސްކަލުތަކުން ޑިރެކްޓަރަކަށް ސަލާމަތްވެވަޑައެއް ނުގެންނެވުނެވެ‪ .‬ބައިސްކަލުތައް ދަށުވެ ޑިރެކްޓަރ‬
‫ބިންމައްޗަށް ވެއްޓިވަޑައިގެންނެވިއިރު ޙަސަން ކުރުސީ ހުރީ އޭނާގެ އޮފީހުގެ ކުޑަދޮރުން ބަލަހައްޓައިގެންނެވެ‪ .‬ހެލްތް މިނިސްޓްރީގައި‬
‫އުޅުމަކީވެސް ހަމަ ރަނގަޅު ކަމެއްކަމުގައި އޭނާ ދެނެގަތެވެ‪ .‬ޙަސަން ކުރުސީ ދުވެފައި އައިސް ބައިސްކަލް ބޮޑި ހާވާ ޑިރެކްޓަރުގެ އަތްޕުޅު‬
‫ދައްކަވާލެއްވީމާ މޫނުފުޅާ ދިމާއިން ބައިސްކަލުތައް ހާވަން ފެއްޓިއެވެ‪ .‬މޫނުފުޅު ފެނުނީމާ‪" ،‬ކޮންމެވެސް މީހާކު ފަރުވާ ކުޑަގޮތަކަށް‬
‫ބައިސްކަލް ބަހައްޓައިގެން ނޫނީ މިވަރެއް ދެން ނުވާނެއޭ" ކޯފާވެވަޑައިގެން ހުރެ ވިދާޅުވެއެވެ‪ .‬ބައިސްކަލު ބޮނޑިން ޑިރެކްޓަރު ދަމާ ނެގިއިރު‬
‫ޑިރެކްޓަރ ހުރީ ޕޯރޓްކޮމިޝަނުގެ ބަރު އުފުލި މީހެއްގެ ޙާލުގައެވެ‪ .‬ތެލާއި ގިރިހާއި ހިރަފުހުން ތަތްތެޅި ކަޅު ދެއްޔަށްވެފައެވެ‪ .‬ޑިރެކްޓަރ‬
‫ކފާ އިސްކުރެއްވިފައި ހުންނެވި ވަރުން ތުރުތުރު އަޅަނީއެވެ‪ .‬ޑިރެކްޓަރަށް ބަސްފުޅެއްވެސް‪ ،‬ވިދާޅެއް ނުވެވުނެވެ‪ .‬މާބޮޑަށް ކޮފާ‬
‫ޯ‬
‫އިސްކުރެވިފައި ހުންނެވުނީތީއެވެ‪ .‬ޙަސަން ކުރުސީ ވެސް މިހާރުގެ ކުދިންގެ ފަރުވާ ކުޑަކަމާއި އަނެކާއަށް ބަލައިނުލާ ދަރަޖާގައި ހައްދުފަހަނަ‬
‫އަޅާފައިއެވާ މިންވަރާއި އެފަދަ މިފަދަ ބުނުންތަކުގައި ހިމެނޭނޭ ރަނގަޅު ބަސްތައް ލައިގެން ބުނުންތައް ބުނަމުން ގެންދިޔައެވެ‪ .‬އޭނާއަށް‬
‫އެދުވަހުގެ ގިނަ ވަޤުތުތައް ހުސްކޮށް ލިބުނީކަމުގައި ޔަޤީންކުރަމުންނެވެ‪.‬‬

‫‪1‬‬
‫ޙަސަން ކުރުސީއަށް އޭނާގެ ޑިރެކްޓަރ ރާކޭސް އަރުވާ ނުލިނަމަވެސް ގިނަ ވަޤުތު އޮންނަނީ ހުހަށެވެ‪ .‬ޓްރޭނީ އޮފިސަރ ފޮރ ފަންޑަމެންޓަލް‬
‫ހެލްތް ރިކުއަރމަންޓްސް އިން އައިލޭންޑް ނޭޗަރ ގެ ވަޒީފާގައި ހިމެނޭ ކަމަކީ ސިޓީ ލިޔުމެވެ‪ .‬ދުވާލެއްގެ މައްޗަށް ސިޓީއެއްގެ ދެބައިކުޅަ‬
‫އެއްބައި ޑްރާފްޓް ކުރަން ޖެހޭނެއެވެ‪ .‬ޑިރެކްޓަރ ވިދާޅުވާ މައިގަނޑު ނުކުތާތަށް ހިމަނައިގެންނެވެ‪ .‬ދެދުވަހުގެ މަސައްކަތަށް ފަހުގައި ސިޓީ‬
‫ސިޓީ‬ ‫މުޅި‬ ‫ޑިރެކްޓަރ‬ ‫އަނެއްދުވަހު‬ ‫އޭގެ◌ެ‬ ‫އޭރުން‬ ‫އަރިހަށެވެ‪.‬‬ ‫ޑިރެކްޓަރ‬ ‫ގެންދަންޖެހެނީ‬ ‫ސިޓީ‬ ‫ނިންމާލުމުން‬ ‫ޑްރާފްޓްކޮށް‬
‫ބަ◌ަދަލުކޮށްލައްވާނެއެވެ‪ .‬ބަދަލުކޮށް ނިމިމުން އެސިޓީ ކާތިބާއެއް ލައްވާ ރީތިކޮށް ލިޔުއްވާން ޖެހޭނެއެވެ‪ .‬މިކަމަށް ހަފުތާއެއްހާ ދުވަސް‬
‫ނަގާނެއެވެ‪ .‬ރީތިކޮށް ލިޔުނީމާ‪ ،‬އެސިޓީ ގެންދަންޖެހޭނީ ޑިރެކްޓަރ އަރިހަށެވެ‪ .‬ޑިރެކްޓަރ ސިޓީގައި ސޮއި ކުރެއްވުމުގެ ކުރީގައި އެސިޓީ‬
‫ކޮޓަރިކޮޅަށް ގެންދަވާނެއެވެ‪ .‬އެސިޓީ ކޮޓަރިކޮޅުގައި ވަނިކޮށް‪ ،‬އެސިޓީގައި އެލިޔެވުނު މަޢުލޫމާތު ތައް އެހެން ސިޓީއެއްގައި ލިޔަންޖެހޭނެއެވެ‪.‬‬
‫މި އަނެއް ސިޓީގައި މައިގަނޑު ގޮތެއްގައި ލިޔެވޭނީ އަސް◌ްލު ސިޓީގައި އެލިޔާ ވާހަކަތައް ލިޔެވިއްޖެ ކަމުގެ މަޢުލޫމާތު "މަނިކުފާނުގެ‬
‫މިމަޢުލޫމާތު މާތްވެގެންވާ މަނިކުފާނަށް ދަންނަވާ ސިޓީގެ ޖަވާބު އައިމާ‪،‬‬ ‫ދެންނެވުމުގެ މާތްކަން ލިބިގަތް" ވާހަކައެވެ‪.‬‬ ‫އަރިހުގައި‬
‫ގާތްގަޑަކަށް ދެހަފުތާއެއްގެ ފަހުން ކޮޓަރިކޮޅުގައި އޮތް އަޞްލު ސިޓީއަށް ކޮޓަރިކޮޅުން ނުކުތް އިރު ގެނެވިފައިވާ ބަދަލުތައް ގެނެސް އަލުން‬
‫ރީތިކޮށް ލިޔަން ކާތިބާއަށް ދޭންޖެހޭނެއެ◌ެވެ‪ .‬އަނެއް ހަފުތާ ނެގީއެވެ‪ .‬ކާތިބާ އެކަން ކުރުމުން ސިޓީ ގެންދަން ޖެހޭނީ ޑިރެކްޓަރ އަރިހަށެވެ‪.‬‬
‫ޑިރެކްޓަރ އެސިޓީގައި ސޮއިކުރައްވާނެއެވެ‪ .‬ދެން އެސިޓީ‪ ،‬ސިޓީ ޙަވާލުކުރާ ފޮތުގައި ރެކޯރޑް ކުރުމަށްފަހުގައި ޕިޔޯނު އަތަށް ސޓީ‬
‫ފޮނުވުމަށް ދިނުމުން ގެންގޮސް ސިޓީ ގެއްލުވާލާނެއެވެ‪ .‬އެހެންވީމާ‪ ،‬އަނެއްކާވެސް މަސައްކަތް ފަށައިގަންނަނީއެވެ‪ .‬ޙަސަން ކުރުސީގެ‬
‫ވަޒީފާއަކީ ބުރަ ވަޒީފާއެކެވެ‪.‬‬

‫ނޭންގިހުއްޓާ އެގާރަޖަހާ ހިނގައްޖެއެވެ‪ .‬ޑިރެކްޓަރު އޮފީހަކަށް ވަޑައެއް ނުގަތެވެ‪ .‬އަނެއްކާ ޒަޚަމްވެ އަވަހާރަވީބާއޭ ޙަސަން ކުރުސި◌ީ ހިތަށް‬
‫އެރިއެވެ‪ .‬ޙަސަން ކުރުސީގެ ސްކޮލަރޝިޕް ފޯރމް ގެފުޅުގައި އެޅުވުނު ސުލްހަނާމާ ފަދައިން ކަތުރުފަނިއަޅާ ނެތިދަންދެން ޑިރެކްޓަރުގެ‬
‫މޭޒުމަތީގައި ބާއްވަވާފައި އޮތްނަމަވެސް‪ ،‬ޑިރެކްޓަރު އަވަހާރަކޮށްލުމުގެ އެއްވެސް ޚިޔާލެއް ޙަސަން ކުރުސީ ނުގެންގުޅެއެވެ‪ .‬އެހެންނަމަވެސް‬
‫އޭނާ ނުދެކެއެވެ‪ .‬އަދި ހަމަ އެހެން ޑިރެކްޓަރަކު ވަޑައިގަތް‬ ‫ޑިރެކްޓަރު އަވަހާރަވިނަމަވެސް އޭނާއަށް މާބޮޑު އަސަރުތަކެއް ކުރާނޭކަމަކަށް‬
‫ނަމަވެސް އޭނަގެ ސްކޮލަރޝިޕް ފޯމަށް އިތުރުގޮތެއް ވާނޭކަމަކަށްވެސް އޭނާ ލަފައެއް ނުކުރެއެވެ‪.‬‬

‫ބާރަޖަހަންދެން ޙަސަން ކުރުސީ ބެލިއެވެ‪ .‬ޑިރެކްޓަރު ވަޑައިގަންނަވާތޯއެވެ‪ .‬ވަޑައިނުގަތީތީވެ އެދުވަހަށް އޮފީސް ނިމުނީކަމަށް ހަދާފައެ◌ެވެ‪.‬‬
‫ފާރުބުޑަށް ވެއްޓިފައި އޮތް އޭނާގެ ބައިސްކަލް އެއްކޮށްލައިގެން މާދުރަށް ނުދެވިގެން އުޅެނކޮށް މާމިގިލީ ގާއޮޑިއެއްގެ ވެރިއެއް ފާޑު މީހަކު‬
‫އަންނަތަން ފެނިއްޖެއެވެ‪ .‬އެމިހާގާތު ސުވާލުކޮށްލުމުން އޭނާއަށް ލަފާކުރެވުނީ ރަނގަޅަށްކަން އެންގިއްޖެއެވެ‪ .‬އެމީހާވީ ގާއޮޑިއެއްގެ‬
‫ވެރިއަކަށެވެ‪ .‬ވަޤުތުން ވަޤުތަށް ގަލޮޅު ނޫރަންގެއަށް ގާއޮޑިއެއް ބާލާއިދިނުމަށް ޙަސަން ކުރުސީ ބުނެފިއެވެ‪ .‬ނޫރަންގެ އެއީ ޑިރެކްޓަރގެ‬
‫ގެއެވެ‪ .‬ޑިރެކްޓަރާއި ގާއޮޑިއަކާވެސް މަތިކުރީއެވެ‪ .‬އެކަމަކު ދުވާލެއްގެ މައްޗަށް ދެ އެތިފަހަރު ޖެހުން މިއީ ޙަސަން ކުރުސީ ވެސް އާދަވެގެން‬
‫ކުރާކަމެއް ނޫނެވެ‪.‬‬

‫ޖެހިގެން އައިދުވަހު ޙަސަން ކުރުސީ އޮފީހުގައި‪ ،‬އޭނާގެ އާދައިގެ މަތިން އަށްގަޑި ބައިވަންދެން ނިދާ ނިދިބޮޅުގައި އިނދެފައި ބޯ ހިއްލާލިއިރު‬
‫ޖަމާޢަތްތެރިންނަށް ފިލައިގެން އުޅޭ ޤަބުރެއް އައިސް އޮފީހަށް ވަންނަނީއެވެ‪ .‬ކަފުނާވެސް އެކުގައެވެ‪ .‬ޙަސަން ކުރުސީ އާއި ޖެހިގެން އިންނަ‬
‫އަންހެން ކާތިބާ އާއޭ ކިޔާ ހަޅޭއްލަވައިގަތެވެ‪ .‬ޙަސަން ކުރުސީ ބޯ ހިއްލާލީ އެއަޑަށެވެ‪ .‬ކާތިބާ އަށް އޮފީހަށް ވަދެގެން އެއަންނަނީ ޤަބުރެއް‬
‫ނޫންކަން އެނގުނީ ޙަސަން ކުރުސީ ބުނީމައެވެ‪ .‬ކާތިބާ‪ ،‬ބޭއިޚްތިޔާރުގައި‪ ،‬ޙަސަން ކުރުސީގެ އަތުގައި ހިފަހައްޓއިގެން ހުރި އަތް ނައްޓުވާލީ‪،‬‬
‫އޮފީހަށް ވަދެގެން އެއަންނަނީ އެމީހުންގެ ޒަހަމްވީ ޑިރެކްޓަރ ކަން ޔަޤީން ވު◌ުމުންނެވެ‪ .‬އެ ޔަޤީންކަން ކާތިބާއަށް އަރުވާ ދެވުނީތީވެ ޙަސަން‬
‫ކުރުސީ ފިސާރި ދެރަވިއެވެ‪ .‬ކާތިބާގެ އަތަށް އިތުރު ގޮތެއް ހެދުމުގެ ހުރިހާ ފުރުޞަތެއް ގެއްލުނީތީއެވެ‪ .‬މިހުންނަނީ ޙަސަން ކުރުސީ ފުންކޮށް‬

‫‪2‬‬
‫ވިސްނާ މައްސަލެއެވެ‪ .‬އެފަދަ ޅައެއްޗެތި ނާޅާވޭތޯ ބެލުމަށެވެ‪ .‬ކާތިބާގެ އަތަށް އިތުރު ގޮތެއް ހަދާލެވުނު ނަމައޭ ހިތަށް އަރާތީއެވެ‪ .‬އެރޭ އޭނާ‬
‫ނިދަން އޮންނަ އިރުވެސް އެކަމުގެ މަތިން ހިތަށް އަރާނެތީއެވެ‪ .‬ވީ ދެރައިން ޙަސަން ކުރުސީ ކާތިބާ އާއި ދުރަށް ޖެހިލިއެވެ‪.‬‬

‫ތަންކޮޅެއް ދުރު ފޯނަކުން ކާތިބާގެ ނަންބަރާއި ގުޅާލިއެވެ‪ .‬އިނޓަރކޮމުންނެވެ‪ .‬ބަރު އަޑަކުން ކޮޓަރި ކޮޅަށް އައުމަށް ކާތިބާ ކައިރީގައި‬
‫ބުންޏެވެ‪ .‬ކާތިބާ ހެދުން ރަނަގަޅުކޮށްލާފައި ގޮސް ކޮޓަރިކޮޅުގެ ދޮރުގައި ޓަކިޖަހާލާފައި‪ ،‬ވަންނަން ވިދާޅުވުމުން‪ ،‬ވަނެވެ‪ .‬ހަމަ ވަނުމާއި‬
‫އނާ ވާހަކަ ނުދައްކާނެ ކަމަށް ކާތިބާ ބުންޏެވެ‪ .‬އިރުކޮޅެއްނުވެ ކާތިބާ‪،‬‬
‫އެކުގައި ނުކުމެގެން އައެވެ‪ .‬ދެން ދުވަހަކުވެސް ޙަސަން ކުރުސީ އާއި ޭ‬
‫ދެންވީގޮތަކީ އޭ ކިޔާފާ ޙަސަން ކުރުސީ އާއި ވާހަކަ ދައްކާން ފެއްޓިއެވެ‪.‬‬

‫ޑިރެކްޓަރ ވަޑައިގެން ޑިރެކްޓަރގެ ކޮޓަރިކޮޅަށް ވަދެވަޑައިގެން އިށީދެ ވަޑައިގެންނެވިއެވެ‪ .‬ފިކުރުފުޅު ބޮޑުވެ ހާސްވެއިންނެވިއެވެ‪ .‬ޑިރެކްޓާރ‬
‫ޓރާ‬
‫ހާސްވެފައި އިންނެވީ މިފަހަކަށް އައިސް އޭނާ އަށް އެގިވަޑައިނުގެން އޭނާއަށް ވަމުންމިދާ ކަންކަން ހިތްޕުޅަށް އަރުއްވާފައެވެ‪ .‬ޑިރެކް ަ‬
‫އާދަޔާ ޚިލާފު ޙާދިސާތަކަކާ ކުރިމަތިވެއްލަވާތާ ދެ ހަފްތާއެއް ވެއްޖެއެވެ‪ .‬އެންމެފުރަތަމަ ވެއްޓިވަޑައިގަތީ ދަވާދު ދަޅަކަށެވެ‪ .‬ޤާޒީ ބިލްޑިންގ‬
‫ގައި ކުލަލާން ލައްގާފައިހުރި ހަރުގަނޑެއްގައި އަޅުވާފައި އިން ދަވާދުދަޅެއް ޑިރެކްޓަރުގެ ބޮލުމެދަށް ވެއްޓުނީ މުޅި ހިސާބުގައިވެސް‬
‫އެއްވެސްމީހަކު ފެންނަން ނެތީހެވެ‪ .‬ބައިސްކަލްތަށް ވެއްޓުނު ފަދައިންނެވެ‪ .‬ދަވާދުދަޅު އަޅުވާފައި އިން ހަރުގަނޑުގައިވެސް މީހަކު‬
‫ފެންނާކަށްނެތެވެ‪ .‬އެއަށްފަހުގައި ދެވަނަ މައްސަލަ ޖެހުނީ ނޫސްވެރިންނާއި ބައްދަލުކުރެއްވި ދުވަހުއެވެ‪ .‬އެއްގޮތަކަށްވެސް އެއްޗެތިކިޔުއްވާން‬
‫އެގިނުލެއްވީއެވެ‪ .‬އެއީ ޑިރެކްޓަރަށް ވަގަށް ޙަސަން ކުރުސީ ޑިރެކްޓަރުގެ އައިނު ލެންސު ބަދަލުކުރި ދުވަހެވެ‪ .‬ބައްދަލުކުރަން ޖެހުމުގެ‬
‫ފަސްމިނިޓް ކުރިންނެވެ‪ .‬ވަރަށް ނުކިއްސަރު އޮޕަރޭޝަނަކަށް ފަހުގައެ◌ެވެ‪ .‬ހަމައެހެންމެ ޑިރެކްޓަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ‬
‫ގނުލައްވާ ގަޑިއެއްހާއިރު އިންނަވާފައި އޮފީހަށް ވަޑައިގަތުމުން އެއައިނުގެ ރަނގަޅު ލެންސް އަނބުރާ‬
‫އެއްވެސް އެއްޗެއް ވިދާޅުވާންއެ ި‬
‫ޑއިގަތެވެ‪ .‬ދެން އިއްޔެއެވެ‪ .‬ހުރިހާ ބައިސްކަލެއް‬
‫ލެއްވުންވެސް ވެގެންދިޔައީ އެހާ ނުރައްކާ އޮޕަރޭޝަނަކަށެވެ‪ .‬ޑިރެކްޓަރު ހިތްޕުޅަށް އަރާވަ ަ‬
‫އައިސް އެބޭފުޅާގެ ގައިކޮޅުމައްޗަށް◌ް ވެއްޓުނީއެވެ‪ .‬ޙަސަން ކުރުސީ ނެތްނަމަ ނުވެސް ތެދުވެންނެވުނީހެވެ‪ .‬ޑިރެކްޓަރުގެ ގެއަށް އެގެންގޮސް‬
‫ހުސްކޮ◌ޮށްލި ގާއޮޑިއަށް ފައިސާ ދައްކަވަން ޖެހުމާ‪ ،‬ބޭރުގޭތެރޭގައި ބޭނުމެއްނެތް ގާފުންޏެއް ހުންނަކަމުން ޑިރެކްޓަރު ސީދާ ކޯފާވިއެވެ‪.‬‬
‫އަޞްލުގައި ހިތްޕުޅަށް އަރާވަޑައިގަތީއަކީ އެކަން އެކަންޏެއްނޫނެވެ‪ .‬އެނޫން‬ ‫މިވަނީ ކިހިނެއް ބާއޭ އޭނާ ހިތްޕުޅަށް އަރާވަޑައިގަތެވެ‪.‬‬
‫އެއްވެސް ކަމަކާއި މެދުގައި ޚިޔާލުކުރައްވާ ވިސްނަވާ ހައްދަވަންވެސް ނޫޅުއްވެވެނީއެވެ‪ .‬ވަމުންދާގޮތް ކޮންމެހެންވެސް ދަމައިގަންނަން‬
‫ޖެހޭނެކަމުގައި ޑިރެކްޓަރު އަމިއްލަ އަމިއްލައަށް ނިންމަވާ‪ ،‬ކާތިބާ ލައްވާ ފައިލްއެއް ގެންނަވާ ފައިލްގެ ބޭރުގައި ބޮޑުއަކުރުން "އާދަޔާ ޚިލާފު‬
‫މައްސަލަތައް" އަޅުއްވާން ފެއްޓެވިއެވެ‪.‬‬

‫އއްވުމުގައި ޑިރެކްޓަރަކީ ވަރަށް ކުޅަދާނަ ބޭކަލެކެވެ‪ .‬އޭނާ އެކަމުގައި ފަރުވާ ބަހައްޓަވައިގެން ގިނައިރު ހޭދަކުރައްވައެވެ‪.‬‬
‫ބޮޑުއަކުރުން ލި ު‬
‫އޮފީހުގެ ހުރިހާ ފައިލްއެއްގަ އާއި ފޮތްފޮތުގައި ނަންއަޅުއްވާފައި ހުންނަވާނީ ޑިރެކްޓަރެވެ‪ .‬ނުހަނު ފަރުވާތެރިކަމާއިއެކު ގިނއިރު‬
‫ހޭދަކުރައްވައިގެންނެވެ‪ .‬އަތްދަށުގައި ދެ ކާތިބާ އިން ބޭނުންކުރައްވަމުންނެ◌ެވެ‪ .‬އެއީ ޑިރެކްޓަރު ބޭނުންވާ ކުލަކުލައިގެ ގަލަން‪ ،‬ފިބާ‪،‬‬
‫ފަންސޫރު‪ ،‬ރަބަރު ފަދަ ތަކެތި ދިއްކުރުމުގައި އަމިއްލައަށް މަރުވާ ދަރަޖައަށް ފޫހިވެގެންތިބޭ ދެކާތިބާއިންނެވެ‪ .‬އާދަޔާ ޚިލާފު މައްސަލަތަކުގެ‬
‫ފަ◌ައިލް ހުޅުވާލުމަށް ޑިރެކްޓަރު ދެ ކާތިބާއިންނާއި އެކުގައި ފަށައިގަންނެވިއެވެ‪ .‬ޙަސަން ކުރުސީ އޭނާގެ ގޮނޑީގަ◌ައި އިނދެ‪،‬‬
‫ދެލޯހުޅުވައިގެން ނިދަން ފަރިތަކުރަނީއެވެ‪ .‬އެމަސައްކަތުގައި އިންދާ ފޯނެއްވެގެން ޖަވާބުދިންއިރު ޙަސަން ކުރުސީ އާއި އެކުގައި އެސް‪ .‬އީ‬
‫‪.‬ސީ ނިންމި‪ ،‬ބޮންޑުގެ އަޖަލުގައި ޖެހިފައިވާ އޭނާގެ ރައްޓެއްސެކެވެ‪ .‬ރަޙުމަތްތެރިޔާ ޙަސަން ކުރުސީ ގާތުގައި ބުނީ އޭނާއަށް ލޯހުޅުވައިގެން‬
‫އިނދެ ނިދުމުގެ އުކުޅު ދަމައިގަނެވިއްޖެ ކަމުގައެވެ‪ .‬ސިއްރަކީ ކޮބައިތޯ ޙަސަން ކުރުސީ އެހުމުން ރަޙުމަތްތެރިޔާ ބުނީ ކަރުދާހުގައި‬
‫ދެލޯކުރަހާފައި ލޯމަރައިގެން އިންނައިރުގައި ކުރެހުން ލޮލުގައި ތަތްކޮށްލަން ވީކަމަށެވެ‪ .‬ޙަސަން ކުރުސީގެ ރަޙުމަތްތެރިޔާ އެއި◌ީ ކުރެހުމުން އޭ‬
‫ހޯދި‪ ،‬ކުރެހުމަށް މޮޅުމީހެކެވެ‪ .‬ޙަސަން ކުރުސީ އަކީ އެއްގޮތަކަށްވެސް ކުރަހަން ދަންނަމީހެއްނޫނެވެ‪ .‬ރަޙުމަތްތެރިޔާ ބުނީ އެއީ މައްސަލައެއް‬

‫‪3‬‬
‫ނޫންކަމަށެވެ‪ .‬މިހާރުވެސް އޭނާ އަތުގައި އިތުރު ފަސްލޯ އެބައުޅޭކަމަށެވެ‪ .‬ހަތްމީހުންނަށް ލޯދޫކޮށްފިކަމަށެވެ‪ .‬ހަމަ އެވަޤުތު ލޮލެއް‬
‫ބޭނުންކަމަށް ޙަސަން ކުރުސީ ބުންޏެވެ‪ .‬ރަޙުމަތްތެރިޔާ ބުނީ ހަމަ މިވަޤުތު އަންނަނިކޮށް ލޮލެއް ލިބިދާނެކަމަށެވެ‪ .‬ޙަސަން ކުރުސީ ލޯ ޖޯޑެއް‬
‫ހޯދިއެވެ‪ .‬ހިއްޕާލީމާ ހަމަ އެއްވެސް އައިބެއް ނުހުރެއެވެ‪.‬‬

‫ޙަސަން ކުރުސީ ލޯ ޖޯޑު ހިއްޕައިގެން އިންނައިރުވެސް ނިދޭގޮތެއް ނުވެއެ◌ެވެ‪ .‬ފިކުރު ގިނަކަމުންނެވެ‪ .‬ދިރިއުޅުމުގައި ކުރިއަށް ދިއުމަކީ‪،‬‬
‫ހަރުދަނާ ވުމަކީ އެންމެ ރަނގަޅު ރޭޓުގައި ބުރި ދޫކޮށްލުންކަމަށް ވެފައި އެއޮންނަ ޙަޤީޤަތް އެއީ ޙަސަން ކުރުސީއަށް އެއްގޮތަކަށްވެސް‬
‫ޤަބޫލުކުރެވޭ ގޮތް ނޫންކަމަ◌ުންނެވެ‪ .‬މަދުރަސީ ދައުރުއްސުރެ އޭނާގެ ގައިގާ ހިފާފައި ހުންނަ އާދައެކެވެ‪ .‬ބައެއް މާއްދާ ތަކުގައި ރަނގަޅު‬
‫މާކްސް ހޯދަން އުޅުން އެއީ އޭނާ އެއް އިރެއްގައިވެސް ކުރެވުނު ކަމެއް ނޫނެވެ‪ .‬އޭނާއަށް ވާގޮތެކެވެ‪ .‬އޯލެވެލް ޕޭޕަރާއި އޭލެވެލް ޕޭޕަރ‬
‫ބޭރުން މާކްކުރާކަން ނަސީބެއްތާއެވެ‪ .‬އޭނާގެ އާދައިގެ ފެ◌ެންވަރަށްވުރެން ރަނގަޅަށް ފާސްވިއެވެ‪ .‬ދެފަހަރުވެސް މެއެވެ‪ .‬މަޖީދިއްޔާ ނިމުނު‬
‫އަހަރު◌ު އޭނާ ހަތަރު އޭ ހޯދީތީ އޭނާއަށް އިނާމުވެސް ލިބުނެވެ‪ .‬އަކަމަކު ދިޔަވަރު ބޮޑުކަމުން އެއިނާމު ބަލައެއް ނުދެވުނެވެ‪ .‬ދިޔަވަރު‬
‫މާބޮޑީއެވެ‪ .‬ފެނުނީމާ ނޭރި އެއްގޮތަކަށްވެސް ފަރު ނުޖެހުނީއެވެ‪ .‬މަދުރަސާ އިރުގައިވެސް ޓީޗަރުން އޮޅުކުރި ބުޅަލަކަށްވެގެން އުޅުން އެއީ‬
‫އޭނާއަށް އެއްގޮތަކަށްވެސް ކުރާން އެނގުނު ކަމެއް ނޫނެވެ‪ .‬އެހެންކަމުން ޙަސަން ކުރުސީ އަށް ދިރިއުޅުމުގައި ހަރުދަނާވެ ކުރިއަށް ދެވޭނޭ‬
‫ހަމަ އެއްވެސް ގޮތެއް ނެތެވެ‪ .‬ޙަސަން ކުރުސީ އާއި އެކުގައި މަދަރުސާ ނިމުނު ކިތައްމެ ކުދިންނެއް މިހާރު ބުރި ވިއްކާލައިފިއެވެ‪.‬‬
‫ސްކޮލަރޝިޕް ތައް ހޯދައިގެން ފުރަފުރައިގެން ހިގައްޖެއެވެ‪ .‬ޙަސަން ކުރުސީގެ ސްކޮލަރޝިޕް އާއި މެދުގައި ލައްކަގޮތްގޮތަށް އޭނާގެ‬
‫ޑިރެކްޓަރ ޚަބަރު ދީފައިވެއެވެ‪" .‬ވޭތުވެދިޔައީ ރޯދަމަސް ކަމުން އެކޮޅުން އެއްވެސް ޖަވާބެއް ނުލިބެނީ ކަމަށެވެ‪ ".‬އިނގިރޭސި ވިލާތުގައި އެހާ‬
‫ގަދައަށް ރޯދަމަސް ފާހަގަ ކުރަންފެއްޓީ ކޮން އިރަކު ކަމެއް ޙަސަން ކުރުސީ ނުދެނެހުއްޓެވެ‪.‬‬

‫އަޞްލުގައި ޙަސަން ކުރުސީ އޭނާގެ ސްކޮލަރޝިޕް އާއިމެދު ދެ ޚިޔާލެއް ގެންގުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ‪ .‬އެންމެ ބޮޑު މައްސަލައަކީ‬
‫އޭރުން ބޮންޑުގެ އަޖަލު ދިގުވާނެތީއެވެ‪ .‬އަނެއްކާވެސް ހަމަ ދިރިއުޅުމުގައި ކުރިއަށް ދާން ކުރަންޖެހޭނީ އަބަދުވެސް ކުރަންޖެހޭ ކަން‬
‫ކަމުންނެވެ‪ .‬ކިޔެވިއަސް ނުކިޔެވިއަސް އޭގެ ތަފާތެއް ނުހުރެއެވެ‪ .‬އެންމެ ރަނގަޅު ރޭޓުގައި ބުރި ވިއްކާލައިގެން ހުރިއްޔާ ނޫނީ ހަރުދަނާ‬
‫ދިރިއުޅުމުގައި ކުރިއަށް ދާމީހެއްގެ ގޮތުގައެއް ނުހިމެނޭނެއެވެ‪ .‬ބޭރުން ޑިގްރީ ހަދައިގެން އައިސް ސަރުކާރުގައި އުޅޭ މީހުންގެ ތެރެއިން‬
‫ފިސާރި ކުރިއަށްގޮސްފައި ތިބި ކިތަންމެ ބައެއް ޙަސަން ކުރުސީ ދެކެފައިވެއެވެ‪ .‬އެސިސްޓަންޓް ޑިރެކްޓަރުންނާ ހަމައަށް ކުރިއަށް ގޮސްފައެވެ‪.‬‬
‫ބައެއް ފަހަރަށް ޑެޕިޔުޓީ ޑިރެކްޓަރުންނާ ހަމައަށް ގޮސް ޑިރެކްޓަރުންނަށްވެސް ވެފައެވެ‪ .‬ތަޢުލީމު ލިބިފައި ތިބި ހަރުދަނާ މީހުންނެވެ‪ .‬މިއި◌ީ‬
‫އަޖައިބެކޭ ޙަސަން ކުރުސީ ހިތަށް އެރިއެވެ‪ .‬އޭނާއަށް އެނގިފައި އޮންނަގޮތުގައި ތަޢުލީމު ލިބުނީމާ މީހާ ލޯހުޅުވި ތަންދޮރު އެނގެއެވެ‪.‬‬
‫"ކުޑަތާ މަލާއިކަތުން" ނަށް ވާންވެގެން ބުރި ވިއްކުން އެއީ ތަންދޮރު އެނގޭ މީހުންކުރާ ކަމެއް ކަމެއް އޭނާ ނުދެނަހުއްޓެވެ‪ .‬ޙަސަން ކުރުސީ‬
‫އަށް ކަންތައްތައް މިފެންނަނީ ފިސާރި ގޯސްކޮށްކަން އޭނާއަށް ހީވާން ފަށައިފިއެވެ‪ .‬ޑިގްރީ އަށް ކިޔެވީމަވެސް ވަނީ ހައްތާ ގޯސްހެން އޭނާއަށް‬
‫ލަފާކުރެވެން ފަށައިފިއެވެ‪ .‬ކިޔަވަން ދިއުމުގެ ޚިޔާލު ދޫކޮށްލުމަށް އޭނާ ނިންމަން ފަށާ ވަޤުތުތައް ވަރަށް ގިނަވާން ފަށައިފިއެވެ‪ .‬އަވަހަށް‬
‫ބޮންޑުގެ އަޖަލުން ސަލާމަތްވެގެން އަމިއްލަ ސަލާމަތްކަން ހޯދަންވެގެން ކުރެވޭ ޚިޔާލުތަކެވެ‪ .‬ކިޔަވައިގެން އައިސް އުޅޭ‪ ،‬ކުޑަތާ މަލާއިކަތުން‬
‫އެތިބީ ތަޢުލީމު ލިބިގެން ކަމުގައ ވަނީނަމަ‪ ،‬ޙަސަން ކުރުސީ ތަޢުލީމު ބޭނުންވާކަމަށް އޭނާއަށް ނިންމޭތީ ކުރެވޭ ޚިޔާލެވެ‪ .‬ޑިރެކްޓަރުވެސް‬
‫އެއީ ޑިގްރީ ނަގައިގެން ހުރި މީހަކޯލައެވެ‪ .‬ޙަސަން ކުރުސީގެ◌ެ ޑިރެކްޓަރ ގެންގުޅޭ މައިގަނޑު ބަހަކީ "ތިޔައީ އަދި އެއަށްވުރެ ރަނގަޅު‬
‫ކުރިއަށް‬ ‫ގޮތެކޭ އިގޭތޯ" މިފަދައިން އަރިހުގައި ނަންގަތުމަށް ގެންގުޅޭ ބަސްތަކެވެ‪ .‬ޙަސަން ކުރުސީ އަށް ޔަޤީން ކުރެވެއެވެ‪ .‬ދިރިއުޅުމުގައި‬
‫ދާންވެއްޖެނަމަ ހިތުން ނިޔަތް ގަންނަންވި ބަސްތަކަކީ އޭނާގެ ޑިރެކްޓަރު އެގެންގުޅޭ ބަސްތަކަށެވެ‪ .‬ދިރިއުޅުމުގައި ފަހަތަށް ދިޔުމަށް ޙަސަން‬
‫ކުރުސީ ކަނޑައެޅިއެވެ‪.‬‬

‫‪4‬‬
‫ދިރިއުޅުމުގައި ފަހަތަށް ދާން ހަދަން ޖެހޭ ގޮތްވެސް ޙަސަން ކުރުސީއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ‪ .‬ތެދުހެދުން އެ◌ެއީ މީހާ ފަހަތަށް‬
‫ގެންދާ އެންމެބޮޑު އެއްކަންތަކެވެ‪ .‬އަމިއްލަ ޚިޔާލެއް ގެންގުޅުން‪ ،‬އެއްވެސް އުޞޫލެއް ގެންގުޅުން‪ ،‬މިހުންނަނީ ދިރިއުޅުމުގަ◌ިއ ހައްތަހާވެސް‬
‫ފަހަތަށް ފޮނުވާލަދޭ ކަންތަކެވެ‪ .‬މީހާއަކީ އެއްވެސް ތާކުންތާކު ނުޖެހޭ މީހަކަށް ހަދާލާ ކަންކަމެވެ‪ .‬ދިވެހި އަސާސީ ޤާނޫނު ކިޔާލިދުވަހު‬
‫ޙަސަން ކުރުސީ ހިތަށް އެރިއެވެ‪ .‬މިއޮތީ ދިރިއުޅުމުގައި ފަހަތަށް ދާނެ ހުރިހާގޮތެއް ކަނޑައެޅި ބަޔާންކޮށްފައި އޮތްފޮތެއް ކަމެށެވެ‪ .‬އެޤާނޫނޫގެ‬
‫އައްޑިހައެއް މާއްދާގެ ތެރެއި◌ިން ގިނަމާއްދާއަށް ޙުރުމަތްތެރިކޮށް ހިތާން ޚިޔާލުކުރި މީހާއަކީ ދިރިއުޅުން ހަލާކުކޮށްލާމީހެކޭ އެއްފަދަ ވާނޭ‬
‫މީހެކޭ ޙަސަން ކުރުސީ ހިތަށް އެރިއެވެ‪ .‬ޙަސަން ކުރުސީ ވަށައިގެންވާ މިގިނަ މީހުން‪ ،‬އަސާސީ ޤާނޫނުގެ ބޭނުމަކީ އެއާ ޚިލާފަށް ކަންކުރުން‬
‫އ‬
‫އޮންނަނީ އެއާ ި‬ ‫ކަމަށް‪ ،‬ނުހަނު ފުރިހަމައަށް ދެނެގަނެގެން އުޅޭއުޅުމާއި ހުރެ ޙަސަން ކުރުސީ ހާސްވިއެވެ‪ .‬އަސާސީ ޤާނޫނު ނިންމާލާފައި‬
‫ޙަސަން ކުރުސީ ޢާއްމު ޤާނޫނުތައް ބަލާލިއެވެ‪ .‬އޭގައިވާ‬ ‫ޚިލާފު އެއްވެސް ޤާނޫނެއް ހަދައިގެން ނުވާނެކަމަށް އަނގާފައެވެ‪ .‬އެހެންކަމުން‬
‫ގިނަ ޤާނޫނުތައް އަސާސީއަށް ފުރައްސާރަ ކުރާތީ ޙަސަން ކުރުސީ ދުއްޓެވެ‪ .‬މަދުރަސާއިން ކެނޑުނުތާ ތިންހަތަރު މަސްދުވަހެއްގެ ތެރޭގައި‬
‫މިހާ ޗާލު ކަންތައްތަކެއް ފެންނާތީވެ އޭނާ އަލުން އަނބުރާ އައްވަނަ ކުލާހަށް ވަނުމަށް އެއްވެސް ފުރުސަތެއް އޮތްތޯ ބަލާވެސް އޮތީ‬
‫ނުފެނިފައެވެ‪ .‬ޙަސަން ކުރުސީ ދެބަދޭތެރޭގައި އިންދާ އެއްގަޑި ބައިވެއްޖެއެވެ‪ .‬ކާތިބާ ޙަސަން ކުރުސީއަށް ގޮވީމާ އޭނާގެ ލޯ ނަގައި‬
‫ވަތްގަނޑަށް ވައްޓާލާފާ އޮފީހުން ސަލާމަތްވުމަށް އަވަސް◌ްވެގަތެވެ‪.‬‬

‫ޑިރެކްޓަރ ދެކެލައްވާގޮތުގަ◌ައި ޙަސަން ކުރުސީ އަކީ ކަމުނުދާ ކުއްޖެކެވެ‪ .‬ކިތަންމެ ސަބަބަކާއި ލައިގެންނެވެ‪ .‬ޙަސަން ކުރުސީގެ ސުވާލު‬
‫ގިނަކަމުންނެވެ‪ .‬ނުބެހޭ ކަންތަކާއި ބެހޭތީއެވެ‪ .‬ހަވާލު ކުރާ މަސައްކަތް އަވަސް އަރުވާލާފައި ނިންމާލާތީއެވެ‪ .‬މަސައްކަތެއްނެތި އިންނާތީއެވެ‪.‬‬
‫އަމިއްލައަށް މަސައްކަތް ހޯދަން އުޅޭތީއެވެ‪ .‬މިހެން ގޮސް މިކަހަލަ ކަމުނުދާ ކިތަންމެ ސިފައެއް ހުންނާތީއެވެ‪ .‬ޑިރެކްޓަރުގެ އާދަޔާ ޚިލާފު‬
‫މައްސަލަތަކުގެ ފައިލުގެ އެންމެ މަތީގައި ޙަސަން ކުރުސީގެ ނަންޖެހުނީ ޙަސަން ކުރުސީ އަކީ ޑިރެކްޓަރު ދެކެލައްވާގޮތުގައި ކަމުނުދާ‬
‫ކުއްޖަކަށް ވާތީއެވެ‪.‬‬

‫ޙަސަން ކުރުސީ ޤާނޫނު އަސާސީ ބަލައިލިދުވަހު މިއީ ކީއްކުރާ އެއްޗެއްތޯ ޑިރެކްޓަރު އަރިހުގައި ދެންނެވުމުން‪ ،‬ޑިރެކްޓަރު ދެއްވި ޖަވާބު‬
‫ޙަސަން ކުރުސީ ޤަބޫލު ނުކުރާކަން ޑިރެކްޓަރު ދެކިލެއްވީ ޙަސަން ކުރުސީ ޑިރެކްޓަރާއި ދިމާއަށް ބަލަހައްޓައިގެން ހުރިގޮތުންނެވެ‪ .‬ޑިރެކްޓަރު‬
‫އަދި ދިރިއުޅުމުގައި ކުރިއަށް‬ ‫ޙަސަން ކުރުސީއަށް އެންގެވީ ޤާނޫނު އަސާސީއަށްވުރެން ސަރުކާރުގެ ދާއިރާގައި ކަންތައްތައް ފުރިހަމައަށްކޮށް‬
‫ދިއުމަށް‪ ،‬ބަލަންވީ އެއްޗަކީ ފުރަބަންޑާރަ ދެންނެވު◌ުންތައްކަމަށެވެ‪ .‬އެދެންނެވުންތައް ހިމެނެނީ ބާރަ ކުލައިންނެވެ‪ .‬މީގެތެރެއިން ޙަސަން‬
‫ކުރުސީ އަށް ބެލުމުގެ ހުއްދަ އޮންނަނީ ދެކުލައިގެ ދެންނެވުމެވެ‪ .‬ހުދު ދެންނެވުމާއި‪ ،‬މަޑު ހުދު ދެނެނެވުމެވެ‪ .‬ޙަސަން ކުރުސީ މިދެކުލައިގެ‬
‫ދެންނެވުން ހުރި ފައިލްތައް ކުޑަކޮށް ބަލައިލިއެވެ‪ .‬އެބަލަން އިންދާ ޑިރެކްޓަރު ކުރިކަނޑަމުން "ކޮބާތިއެއްޗެތި ކިހިނެއްތޯ؟" ކުރެއްވި‬
‫ސުވާލުގެ ޖަވާބުގައި ޙަސަން ކުރުސީ ދެންނެވީ‪" ،‬އަޅުގަނޑު ހީކުރީ ރަސްކަމާއި އެކުގައި ވިދާޅުވިބަސްފުޅު ނެތިދިޔައީ ކަމަށޭ"‪ ،‬މިހެން‬
‫ޙަސަން‬ ‫ޙަސަން ކުރުސީ ބުނި ދުވަހުން ފެށިގެން ޑިރެކްޓަރު ބައްލަވަމުން ގެންދެވީ ޙަސަން ކުރުސީ އަކީ ކަމުނުދާ ކުއްޖެއް ކަމަށެވެ‪.‬‬
‫ކުރުސީގެ ނަން‪ ،‬ޑިރެކްޓަރު އަލަށް ހުޅުވާލެއްވި ފައިލްގެ އެންމެ ކުރިއަށް ޖެހީ މިކަހަލަ ކިތަންމެ ހެކިތަކަކާއި ޤަރީނާތަކަކަށް ފަހުގައެވެ‪.‬‬
‫ޑިރެކްޓަރު ދެކިވަޑައިގެން އިންނެވިގޮތުގައި އެކަން އެގޮތަށް ވާންވީތީއެވެ‪.‬‬

‫ޑިރެކްޓަރާއި ދިމާވަމުން މިއަންނަ އާދަޔާ ޙިލާފު މައްސަލަތަކުގައި ޙަސަން ކުރުސީގެ އެއްވެސް ބައެއް ހިމެނިފައިވާކަން ޑިރެކްޓަރަކަށް‬
‫ކުޑަކޮށްވެސް ލަފާކުރާކަށް ނޭނގެއެވެ‪ .‬އެހެންކަމުން އެކަންކަމުގައި ޙަސަން ކުރުސީގެ އަތެއްވާނެކަމަށް ޑިރެކްޓަރު މުޅިން ނިންމެވިއެވެ‪.‬‬
‫ޑިރެކްޓަރު‪ ،‬ޙަސަން ކުރުސީ ބައްދާލައްވަން ޙިޔާލުފުޅު ކުރައްވާތާ ކިތަންމެ ދުވަހެކެވެ‪ .‬އޭނާ ކަޑުއްވާލެއްވޭކަށް ޑިރެކްޓަރަކަށް ނެތެވެ‪ .‬އެއީ‬
‫އެފަރާތުން ނިންމާކަމެކެ◌ެވެ‪ .‬އޭނާ ސްކޯލަރޝިޕްއެއްދީ ރާއްޖެއިން ފޮނުވާލުމުގެ ބިރުބޮޑެވެ‪ .‬އެހެން ހަދައިފިއްޔާ ތިންއަހަރު ފަހުން އޭނާ‬
‫އެސިސްޓަންޓް ޑިރެކްޓަރަކަށް ވެދާނެއެވެ‪ .‬ޙަސަން ކުރުސީ އެސިސްޓަންޓް ޑިރެކްޓަރަކަށް ވެއްޖިއްޔާ ޑިރެކްޓަރަށް ކިތަންމެހާވެސް ގޯހެވެ‪.‬‬

‫‪5‬‬
‫އޮފީހުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާހާ ދަތުރަކުން‪ ،‬ބައެއް ޙަސަން ކުރުސީއަށް ދޭންޖެހޭނެއެވެ‪ .‬ކޮޓަރިކޮޅަށް ވަނުމުގެ ހުއްދަ ޙަސަން‬
‫ކުރުސީ އަށް އޮންނާނެއެވެ‪ .‬އެވާނީ ވަރަށްބޮޑު ދެރަ މައްސަލައަކަށެވެ‪ .‬ކޮންމެފަދަ ގޮތެއްގައިވެސް ޙަސަން ކުރުސީ އެސިސްޓަންޓް‬
‫ޑިރެކްޓަރަކަށް ވިޔަނުދީ ބެހެއްޓުމުގެ ޢަޒުމު‪ ،‬ޑިރެކްޓަރު ކަނޑައެޅިއެވެ‪ .‬އެސިސްޓަންޓް ޑިރެކްޓަރުކަން ކީއްހެއްޔެވެ؟ މިހާރު އޭނާ އެހުންނަ‬
‫ސެކްރެޓަރީކަމުގެ މަޤާމުން އެންމެ ތަންކޮޅެއްވެސް ކުރިއަށް ޖެހިލިޔަނުދީ ބެހެއްޓެވުމަށް ޑިރެކްޓަރު ނިންމެވިއެވެ‪ .‬އެއިރު ޙަސަން ކުރުސީ‬
‫ހުރީ އޭނާ އެހުންނަ ސެކްރެޓަރީ ކަމުގެ މަޤާމުން އެންމެ ތަންކޮޅަކަށްވެސް ކުރިޔަށް ނުދިޔުމަށް ނިންމައިގެންނެވެ‪.‬‬

‫ޙަސަން ކުރުސީ އެހެން އޮފީހަކަށް ބަދަލު ކުރެއްވުމުގެ ޚިޔާލު‪ ،‬ޑިރެކްޓަރު އަބަދުވެސް ގެންގުޅުއްވައެވެ‪ .‬އެކަމަކު ކޮޓަރިކޮޅުގައި އެވާހަކަ‬
‫ނަންގަވައިފިނަމަ ވަރަށް ނުބައި ނަތީޖާއެއް ނުކުމެދާނެކަން ޑިރެކްޓަރަށް އެނގިލައްވައެވެ‪ .‬ޙަސަން ކުރުސީ‪ ،‬މިނިސްޓްރީގެ އެމަޤާމަށް‬
‫ވައްދަވާފައި އެހުރީ އެފަރާތުން ނުލާހިކުބޮޑަށް ވިސްނަވާފައި ނިންމަވާފައި އޮތްގޮތެއްގެ މަތީންނެވެ‪ .‬ޑިރެކްޓަރަކަށް އެގޮތަކަށް އިންކާރެއް‬
‫ނުކުރެއްވޭނެއެވެ‪ .‬ކުރައްވައިގެން ނުވެސްވާނެއެވެ‪ .‬ކުރައްވާކަށް ޑިރެކްޓަރެއް ނުވެސް އުޅުއްވައެވެ‪ .‬އެކަހަލަ ޚިޔާލުފުޅެއް ގެންގުޅުއްވެވުނީތީ‬
‫ޑިރެކްޓަރު އެބޭފު◌ުޅާގެ އަމިއްލަފުޅު ނަފްސުދެކެ ކޯފާވިއެވެ‪ .‬އެޚިޔާލުފުޅު މުޅިން ފުހެލެއްވުމަށް ޑިރެކްޓަރު މަސައްކަތް ކުރެއްވިއެވެ‪.‬‬

‫ޑިރެކްޓަރު ގަޑިބައްލަވާލެއްވިއެވެ‪ .‬އެއްގަޑިބައިވުމަށް ދާތީއެވެ‪ .‬ތެދުވެވަޑައިގަންނަވަމުން އަނެއްކާވެސް ޙަސަން ކުރުސީގެ ނަން އަޅާލިއެވެ‪.‬‬
‫ޑިރެކްޓަރު އައިނުކޮޅާ ގަލަންކޮޅު ހިއްޕަވައިގެން އޮފީހުން ނުކުމެވަޑައިގެންނެވިއެވެ‪.‬‬

‫އަނެއްކާވެސް އަނެއްދުވަހަކަށް އިރުއެރީތީ ޙަސަން ކުރުސީ ވީ އަމަށަކު ފޫއްސެއްނޫނެވެ‪ .‬ކުރިއަށް އެއޮތް ހަތަރުއަހަރާއި ދިހަމަހާއި‬
‫ފަސްދޮޅަސް ދެދުވަސް ހޭދަކުރާނީ ކިހިނެއްބާއްވައޭ ޙަސަން ކުރުސީ ހިތައްއެރިއެވެ‪ .‬އެޚިޔާލުގަ◌ައި އިނދެ އޭނާ ޤާޒީބިލްޑިންގ ފާރާ ދިމާއަށް‬
‫ބައިސްކަލް ދޫކޮށްލިއެވެ‪ .‬އައިސް އޮފީހަށްވަދެ ސޮއި ކުރުމާއިއެކު އޮފީހުން ނުކުމެގެން ގެއަށް އައިސް އަވަސް އަވަހަށް ސައިބޯލިއެވެ‪.‬‬
‫އަނެއްކާވެސް އޮފީހަށް ދިޔައެވެ‪ .‬އޭނައަށް އޮފީހަށް ވަދެވުނީ ޑިރެކްޓަރާއި އެކުގައެ◌ެވެ‪ .‬ޑިރެކްޓަރު ޙަސަން ކުރުސީ އާއި ދިމާއަށް ލޯފުޅު‬
‫އަޅުއްވާލެއްވިއެވެ‪.‬‬

‫ކާތިބާ ޑިރެކްޓަރު ވަޑައިގަތުމުގެ ކުރިން‪ ،‬ކުރީ ދުވަހ ސޮއިކުރައްވާފައި އޮތް ދެސިޓީފުޅު ނަގާފައި އާތް! އޭ ކިޔާ ހަޅޭލަވައިގަތެވެ‪ .‬ކާތިބާ‬
‫އާތް! އޭ ކިޔާ ހަލޭލަވައިގަތީ ޑިރެކްޓަރު ސޮއިކުރައްވާފައިވާ ސިޓީފުޅުގައި އެންމެފަހު ވަޤުތު ހިމަނުއްވާފައި އޮތް ނަމަކުންނެވެ‪ .‬ކާތިބާ އާތްއޭ‬
‫ކިޔާހަޅޭލަވައިގަތީ ޑިރެކްޓަރު ސޮއިކުރައްވާފައިވާ ސިޓީފުޅު◌ުގައި އެންމެފަހުވަގުތުގައި ޙަސަން ކުރުސީގެ ނަން ހިމަނުއްވާފައި އޮތީތީއެ◌ެވެ‪.‬‬
‫ޙަސަން ކުރުސީގެ ނަންއޮތީ މިނިސްޓްރީގެ ފަރާތުން ‪ 6‬ވަނަ ޤައުމީ މަޝްރޫޢުގެ ދެވަނަ ޖަލްސާގެ ދިހަވަނަ ބައްދަލުވުމުގައި މިނިސްޓްރީގެ‬
‫ފަރާތުން ބައިވެރިވާ މީހުންގެ ތެރޭގައެވެ‪ .‬ޙަސަން ކުރުސީގެ ނަން އެލިސްޓްގައި ހިމެނިފަ◌ައި އެއޮތީ އޮޅުމަކުން ކަމެއް ކާތިބާ ނުދެނަހުއްޓެވެ‪.‬‬
‫ޑިރެކްޓަރު ޙަސަން ކުރުސީގެ ނަން‪ ،‬އެބޭފުޅާ ހިއްޕުޅުން ލިޔުއްވީ އާދަޔާ ޚިލާފު މައްސަލަތައް ލިޔުއްވާ ފައިލްގައެވެ‪ .‬އެފަރާތަށް‬
‫މިނިސްޓްރީގެ ފަރާތުން ‪ 6‬ވަނަ ޤައުމީ މަޝްރޫޢުގެ ދެވަނަ ޖަލްސާގެ ދިހަވަނަ ބައްދަލުވުމުގައި ބައިވެރިވާ މީހުން ހުށަހަޅާ ލިސްޓަކު‬
‫ނޫނެވެ‪ .‬މި ޖަލްސާ ލިސްޓްގައި ޙަސަން ކުރުސީގެ ނަން ހިމެނިފައި އޮތްކަމެއް ކޮޓަރިކޮޅުވެސް ނުދެނަހުއްޓެވެ‪ .‬ޑިރެކްޓަރަށްވެސް‬
‫އެގިއެއްނުލައްވައެވެ‪ .‬ދެންހުރީ ކާތިބާ އެކަންޏެވެ‪ .‬ކާތިބާ އާތް! އޭ ކިޔާހަޅޭލަވައިގަތެ◌ެވެ‪ .‬ސިޓީ ބަންދުކޮށް‪ ،‬ތައްގަނޑުޖަހާ‪ ،‬ޕިޔޯނު އަތަށްދީ‪،‬‬
‫ފޮނުވާތަކެތި ނޯޓުކުރާ ފޮތުގައި ނޯޓުކޮށް ސޮއިކޮށް ޕިޔޯނު ލައްވާ ކާތިބާ މޭޒުން ޕިޔޯނު އަތަށް ފޮނުވާންދޭން ތަކެތި ހަވާލުކުރާ ފަރާތް ލައްވާ‬
‫ސޮއިކުރާ ފޮތުގައި ސިޓީގެ ނަންބަރުލިޔެ‪ ،‬ޕިޔޯނު އަތަށް ސިޓީ ދީ ފޮނުވާލިއެ◌ެވެ‪ .‬ދެތިން ސައިހޮޓަލެއްގެ ތެރެއިން ލާފާގޮސް އެފަރާތަށް‬
‫ސިޓީ ރައްދުވިއެވެ‪.‬‬

‫އެފަރާތުން ސިޓީ ވިދާޅުވި އެންމެ އިސް އޮފިޝަލް ‪ ،‬މީކާކުހޭ ބުންޏެވެ‪ .‬ޙަސަން ކުރުސީގެ ނަމާދިމާއަށް ބަލަހައްޓައިގެން އިނދެފައެވެ‪.‬‬
‫އިސް އޮފިޝަލަށް ޙަސަން ކުރުސީ އެއީ ކާކުކަން ރޭކާލުމުން އޭނާ ބާރަށް ހީގަތެވެ‪ .‬އިސް އޮފިޝަލް އެއީ މާކުރީ ދުވަސްވަރެއްގައި ޙަސަން‬

‫‪6‬‬
‫ކުރުސީގެ ޓީޗަރެކެވެ‪ .‬ހަވަނަ ޤައުމީ މަޝްރޫޢުގެ ޖަލްސާތަށް ކިލަނބު އަރުވާލުމަށް އޭނާ ހޯދަހޯދާ އޮތް ފުރުސަތު އޭނާއަށް ލިބުނީކަމަށް‬
‫އިސް އޮފިޝަލް ކަށަވަރުކުރިއެވެ‪ .‬ޙަސަން ކުރުސީ އަކީ އޭނާ ދަންނަ މީހަކަށް ވާތީއެވެ‪ .‬ހަވަނަ ޤައުމީ މަޝްރޫޢުގެ ޖަލްސާތަށް ފުރައްސާރަ‬
‫ކުރުމަށް އިސް އޮފިޝަލް އެދޭ މައިގަނޑު ބޭނުމަކީ ހަވަނަ ޤައުމީ މަޝްރޫޢުގެ ޖަލްސާ ތަކުގައި އޭނާ ނުހިމެނޭތީއެވެ‪ .‬އެޖަލްސާތަކުގައި އޭނާ‬
‫ނުހިމެނެނީ ‪ ،‬އެ ޖަލްސާތަށް ހިނގަމުންދާއިރު އޭނާ ބެންކޮކްގައާއި ލަންޑަނުގައި އޮންނަ ޖަލްސާތަކެއްގައި ބައިވެރިވުމަށް ގޮސް އުޅޭނެތީއެވެ‪.‬‬
‫އިސް އޮފިޝަލް މާލެ ވަޑައިގަންނަވާންދެން ހަވަނަ ޤައުމީ މަޝްރޫޢުގެ ޖަލްސާތަށް ލަސްކުރުމަށް އޭނާ އެގޮތް މިގޮތުން މަސައްކަތް ކުރިއެވެ‪.‬‬
‫އެހެން ނަމަވެސް ހަވަނަ ޤައުމީ މަޝްރޫޢުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅާއަށް ބެންކޮކާއި ލަންޑަން ދަތުރު ނުލިބުނީތީވެ ‪ ،‬އެ ޖަލްސާ ތަކަށް‬
‫އެފަރާތުގެ އިސް އޮފިޝަލްއަށް ހާޟިރު ނުވެވޭނޭ ހުރިހާ ގޮތެއް ދިޔައީ ހަދަމުންނެވެ‪.‬‬

‫އެފަރާތުގެ އިސް އޮފިޝަލް އަނެއްކާވެސް ބާރަށް ހީގަތެވެ‪ .‬ޙަސަން ކުރުސީއަކީ އޭނާ ދަންނަ ޙަސަން ކުރުސީތޯ ރަނގަޅަށް އޮޅުންފިލުވާލުމަށް‬
‫ފަހުގައެވެ‪ .‬އެފަރާތުގެ ފައިލްތަށް ރަނގަޅަށް ހޯދައި ބެލުމަށްފަހުގައެވެ‪ .‬ރަނގަޅެވެ‪ .‬ހެލްތް މިނިސްޓްރީގައި އުޅޭ ޙަސަން ކުރުސީއަކީ އޭނާގެ‬
‫ދަރިވަރެވެ‪ .‬ކިލާހުގައި ގިނަވަޤުތު ކުޑަކަކޫ ޖައްސާފައި ބޭނދުމުގެ އުފާ އިސް އޮފިޝަލް ޓީޗަރަކަށް އުޅުނު ދުވަސްވަރު‪ ،‬ލިއްބައިދިން ޙަސަން‬
‫ކުރުސީއެ◌ެވެ‪ .‬އިސް އޮފިޝަލްއަށްވެސް ޝައްކު ކުރެވުނެވެ‪ .‬ގަނޑުގެ ކަނެއްގައި ސިޓީއާއި މުޅީން ވަކިން ޙަސަން ކުރުސީގެ ނަން ލިޔެފައި‬
‫އޮތީތީއެވެ‪ .‬މިއީ ސިޓީގައި ހިމެނިފައިވާ ނަމެއްތޯ އޭނާއަށް ސުވާލު އުފެދުނެވެ‪ .‬އެހެންނަމަވެސް އަޅައެއް ނުލިއެވެ‪ .‬ވީއުފަލެވެ‪ .‬ހަވަނަ‬
‫ތިޔަމިނިސްޓްރީއިން‬ ‫ޖަވާބުދިނެވެ‪.‬‬ ‫ސިޓީއަށް‬ ‫މިނިސްޓްރީގެ‬ ‫ހެލްތް‬ ‫އެފަރާތުން‬ ‫ލިބުނީތީއެވެ‪.‬‬ ‫ޖާގަ‬ ‫ހޭއަރުވާލުމުގެ‬ ‫މަޝްރޫޢު‬
‫އެދިވަޑައިގެންފައިވާ ގޮތުގެ މަތިންނޭކިޔާ‪ ،‬ޙަސަން ކުރުސީ ހަވަނަ ޤައުމީ މަޝްރޫޢުގެ ޖަލްސާތަކުގައި ބައިވެރިކުރުމަށް އަންގާފައެވެ‪ .‬ސިޓީ‬
‫އައިސް ކާތިބާގެ އަތަށް އެރުމުން ޑިރެކްޓަރ އަރިހަށް ގެންދިއުމުގެ ކުރިން ކިޔާލިއެވެ‪ .‬އާތް! ޔޭ ކިޔާ ކާތިބާ ހަޅޭލަވައިގަތެވެ‪ .‬ހަވަނަ ޤައުމީ‬
‫މަޝް◌ްރޫޢުގެ ޖަލްސާތަކުގައި ޙަސަން ކުރުސީ ބައިވެރިވާކަން އެނގުނީތީއެވެ‪.‬‬

‫ޑިރެކްޓަރގެ މޭޒުކޮޅުމައްޗަށް ސިޓީ ރައްދުވުމުން‪ ،‬ޑިރެކްޓަރ ސިޓީ ވިދާޅުވެފައި އަމިއްލަފުޅަށް އަވަހާރަވުމަށް ނުވަތަ ޙަސަން ކުރުސީ‬
‫މަރާލެއްވުމަށް ހިތްޕުޅަށް އަރައިވަޑައިގަތެވެ‪ .‬ޑިރެކްޓަރ ކޯފާވެގެންގޮސް ދަތްކުނޑި ވިއްކަވަން ފެއްޓެވިއެވެ‪ .‬އެބޭފުޅާގެ ފަސްފޫޓޫ ހަތް‬
‫އި◌ިންޗީގެ ދިގު‪ ،‬އެއޮތް ފަލަ އޮނިގަނޑު ރޫރޫއަޅަން ފެއްޓިއެވެ‪ .‬ދެކޯތާފަތް ރަތްވެ ހަލުވާބުރިއެއްހެން ތެޅެން ފެއްޓިއެވެ‪ .‬ތަނަވަސް‬
‫ނިއްކުރިފުޅުން ބޮޑުތިކި ވާރޭ ވެހޭހެން ދާއޮ◌ޮހޮރުވެން ފެއްޓީއެވެ‪ .‬އަނގަފުޅު ހުޅުއްވެވިއްޖެއެވެ‪ .‬ހައްދަވާނޭގޮތް ހުސްވެއްޖެއެވެ‪ .‬ސިޓީ ލޮލާ‬
‫ގާތްކޮށްލައްވައި‪ ،‬ދެކަންފަތްޕުޅުގައި ދެއަތްޕުޅުން ހިފަހައްޓަވައި‪ ،‬ބާރަށް އަނގަފުޅު ލައްޕަވާލެއްވިއިރު ދައިގަންނެވުނީ ދުލުފުޅުގައެވެ‪.‬‬
‫ފއިބާން ފެއްޓިއެވެ‪ .‬އަނގަފުޅުގައި ރުމާކޮޅު އަޅުއްވައި‪ ،‬ޑިރެކްޓަރަށް އައިސްފެން ގެނެސްދިނުމަށް ކާތިބާ‬
‫ޑިރެކްޓަރު އަނގަފުޅުން ލޭފޮދު ަ‬
‫ގާތުގައި‪ ،‬އިންޓަކޮމްއިން ވިދާޅުވިއެވެ‪ .‬ކާތިބާ އާތް! އޭ ކިޔާފައި ހަޅޭލަވައިގަނެ އަނެއްކާވެސް އެކައްލަ ޙަސަން ކުރުސީ ދޯއޭ އަނގާގައި ރުމާ‬
‫އަޅައިގެން ދޫކޮޅު އެތެރެއަށް ލައިގެން ތިޔަ ވާހަކަ ދައްކަނީ މަށަށް ނޭނގޭނެ ކަމަށްހޭ‪ ،‬ކިޔާފައި ފިސާރި ރަނގަޅަށް ޑިރެކްޓަރަށް ބަވާލިއެވެ‪.‬‬
‫ޙަސަން ކުރުސީގެ ނަން ޑިރެކްޓަރ ކަންފަތުގައި ޖެހުމުން ޑިރެކްޓަރގެ ދުލުގަ◌ައި އަޅަމުން ދިޔަ ވޭން ކޮޅެއްނެތް ކޮޅަށް ބޮޑުވެގެން ދިޔައެވެ‪.‬‬
‫ހިތުގައި ޖެހެން ފެއްޓިއެވެ‪ .‬ރޮވޭގޮތް ވާން ފަށައިފިއެވެ‪ .‬ގިސްލެވެން ފެއްޓިއެވެ‪ .‬ޑިރެކްޓަރ ގިސްލާ ރޯންފެށުމުން ކާތިބާގެ ބެވުންގަނޑު‬
‫ހޫނުކޮށްލިއެވެ‪ .‬އެމަންޖެގާތުގައި އޮވެ ރޯން ދާން އެންގިއެވެ‪ .‬ޑިރެކްޓަރ ހޭނެތޭގޮތްވާން ފެށުމުން ފޯނު ބާވައި ގޮނޑީގައި ހަމަޖެހިލިއެވެ‪.‬‬
‫މުޅިތަނަށް ފުސްބުރައިގެން ގޮސް ހޭނެތި ތަމާން އަރަން ކައިރިވެފައި އިންނަވަނިކޮށް އެއްގަޑި ބައިވުމުން ކޮޓަރިކޮޅުން މަނިކުފާނު ނުކުމެ‬
‫ވަޑާއިގެންނެވިއިރު‪ ،‬މަންޒަރު ފެނިފައި‪ ،‬ނުރުހުމުން ބޯހޫރުވަމުން އޮފީހުން ނުކުމެގެން ވަޑައިގަންނަވާފިއެވެ‪ .‬ދެން އައި ތިން ސިކުންތު އިރުގެ‬
‫ތެރޭގައި އޮފީސް މުޅިން ހުސްވެއްޖެއެވެ‪ .‬ޑިރެކްޓަރަށް ބަލައެއް ނުލައެވެ‪ .‬ޑިރެކްޓަރަށް ހޭއަރައިގެން ގެއަށް ދެވުނުއިރު މެންދުރު އަނބުރާ‬
‫ތިނެއް ޖަހަނީއެވެ‪ .‬ގެއަށް ވަންއިރުގައި މުޅި ގޯތިތެރެއިން ދުވަނީ ފަރު ވަހެވެ‪ .‬ގޯތިތެރޭގަ◌ައި ހުރި ގާފުނި ކުނިވަނީއެވެ‪.‬‬

‫‪7‬‬
‫ވިދިގެން އައި ދުވަހު ޙަސަން ކުރުސީއަށް ކޮޓަރިކޮޅަށް ދިއުމަށް އެންގުމުން ހައިރާން ކަންމަތީގައި ހުރެ‪ ،‬ދެލޯ ނަގާ ވަތްގަނޑަށް ވައްޓާލާފައި‬
‫އޭނާގޮސް ކޮޓަރިކޮޅަށް ވަނެވެ‪" .‬ވަސިޔަ ކުރުސިއްޔުއްސަމާވަތި ވަލް އަރުޟުލް ވަލާ ޔަޢޫޒުހޫ" އޭ ޙަސަން ކުރުސީ ހިތަށް އެރިއެވެ‪.‬‬
‫"ޖަންނަތުން ތަޖްރީ މިން ތަޙްތިހަލް އަންހާރު ޚާލިދީނަ ފީހާ" އޭނާ އަށް ހީވެގެން ދިޔައެވެ‪ .‬މަޑުމަޑު ތެތް ފިންޏެއް ފެތުރިފައިވާ‬
‫ބަގީޗާއެއްފަދަ ތަނެކެވެ‪ .‬ބޯ އޮމާން ދޫލައެއް ފަތުރާލެވިފައިވެއެވެ‪ .‬ޙަސަން ކުރުސީ އޭގައި ފައިއަޅާންވެސް ބިރުގަތެވެ‪ .‬ޙަސަން ކުރުސީ އާއި‬
‫އެކުގައި ކޮޓަރިކޮޅަށް ވަން ޑިރެކްޓަރ ގުދުވެގެން ދިޔަދިޔައިނުންގޮސް މޭޒުގައި މަޑުމަޑުން ނިއްކުރި ޖައްސާލިއެވެ‪ .‬މަނިކްފާނުގެ މަޑުމަޑު‬
‫ކުޑަ ހަރަކާތަކުން‪ ،‬ޑިރެކްޓަރ‪ ،‬މަނިކުފާނުގެ ކުރިފުޅުމަތީގައި އިން ގޮނޑިއެއްގައި ބޭންދިއެވެ‪ .‬މަނިކުފާނު އިންނެވީ މަނިކުފާނުގެ ގޮނޑީގެ‬
‫މަޚްމާ ގަނޑުތެރެއަށް ގެއްލިފައެވެ‪ .‬ޙަސަން ކުރުސީ ބެހެއްޓީ ކޮޅަށެވެ‪ .‬ޖަލްސާއަށް ތައްޔާރުވުމަށް ޙަސަން ކުރުސީ އަށް އެންގުމަށް ފަހުގައި‬
‫މަނިކުފާނުގެ ކުޑަކުޑަ ޙަރަކާތަކުން ދެން ޙަސަން ކުރުސީ ދިޔަޔަސް ހެޔޮކަން އަންގާލިއެވެ‪ .‬މިހުރެވުނީ ހުވަފެނެއްގެ ތެރޭގައި ބާއްވައޭ ހިތައް‬
‫އަރަމުން ޙަސަން ކުރުސީ އައިސް އޭނާގެ ގޮނޑިއަށް ވެއްޓިއްޖެއެވެ‪.‬‬

‫ޖަލްސާއަށް ތައްޔާރުކުރެވިފައިވާ ކަރުދާސްތައް ކާތިބާ ޙަސަން ކުރުސީއަށް ދެމުން އޭނާއަށް އެހުރެވުނީ ހުވަފެނެއްގައި ނޫންކަމުގައި‬
‫ބުނެދިނެވެ‪ .‬ހަމަ ޙަޤީޤަތުގައިވެސް ޖަލްސާއަށް ތައްޔާރުވާންވީކަން އޭނާއަށް އެނގުނެވެ‪.‬‬

‫ޙަސަން ކުރުސީ އޮފީހަށް ވެއްދިތާ ދެތިން ހަފުތާއެއްގެ ތެރޭގައި އޭނާ ވަނީ ފުރަތަމަ ޤައުމީ މަޝްރޫޢުގެ ފޮތްތައް ބަލާލާފައެވެ‪ .‬ހޮސްޕިޓަލް‬
‫އަޅަން ނިންމާފައި ހުރި ހުރިހާ ތަނެއްގައި ގުދަންތަކެއް ތައްޔާރުކުރެވި ވަރަށް ފުރިހަމައަށް ކުލަލާ ބަލަހައްޓަމުން ގެންދާކަން އޭނާ ދެނެގަތެވެ‪.‬‬
‫ގުދަންތައް އެޅީ ގުދަންތަކެއްގެ ގޮތުގައެއް ނޫނެވެ‪ .‬ބައިސްކޯފު ގެތަކެއްގެ ގޮތުގައެވެ‪ .‬ބައްތިރީސް ހާސް ސަބަބާހުރެ ބައިސްކޯފު ގެތަށް‬
‫ބޭނުން ނުކުރެވިގެން ގުދަންތަކަކަށް ހެދީއެވެ‪ .‬ހަވަނަ ޤައުމީ މަޝްރޫޢުގެ ކަރުދާސްތައް އަވަހަށް ކުނި ވަށިގަނޑަށް ވައްޓާލައި‪ ،‬ޖަލްސާ އަށް‬
‫ދިއުމަށް ތައްޔާރުވިއެވެ‪.‬‬

‫ޙަސަން ކުރުސީއަށް ޖަލްސާކުރާ ހޯލަށް ނުވަދެވި އުޅެނިކޮށް އެޑިޔުކޭޝަން މިނިސްޓްރީން ވަޑައިގަތް ޙޫރައްލީނަކާ އެކީ އެކަ ހިތާވިއެވެ‪.‬‬
‫އެޑިޔޫކޭޝަން މިނިސްޓްރީން ވަޑައިގެން އިންނެވި ޙޫރައްލީނުގެ ރީތިކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ‪ .‬ޙަސަން ކުރުސީއެއް އެވާހަކައެއް‬
‫ނުދައްކައެވެ‪ .‬ޙޫރައްލީނުގެ ދިގު އިސްތަށިގަނޑާއި ކަޅު ބުމައާއި ހުދު ލޮލާއި އަންނާރު އޮށްތަކެއްފަދަ ދަތްޕިލައާއި ދިމާލަށް ބަލަހައްޓައިގެން‬
‫އިނދެ އޭނާގެ ހެދުމުގެ އަޑިން ލާފައި ހުރީ ކޮން އެއްޗެއްތޯ ހިތައް އަރުވަ އަރުވަ ޙަސަން ކުރުސީ އިނީއެވެ‪ .‬ޖަލްސާ ފެށިގެން އިރުކޮޅެއް‬
‫ނުވަނީސް ބިއްލޫރިން ހަދައިފައި ތިބި ކުދިންތަކެއް އައިސް ކަރުދާސްތަކެއް ބަހަން ފެއްޓިއެވެ‪ .‬ޙަސަން ކުރުސީ މިހުރިހާ އަންހެން ކުދިންނާ‬
‫އެއްފަހަރާ ހިތާވިއެވެ‪ .‬ޙަސަން ކުރުސީ އިޝްޤުގައި ޖެހި ހަލާކުވާން ފެއްޓިއެވެ‪ .‬ބިއްލޫރީގެ ކުދިންތައް ނުކުމެގެން ދިޔުމުން އެއަށްވުރެ ބޮޑަށް‬
‫އެޑިޔޫކޭޝަންގެ ޙޫރައްލީނާއި ހިތާވިއެވެ‪ .‬އޭނާގެ ކުރިމަތީގައި އޮތް ކަރުދާހުގައ އޭނާ ލިޔަން ފެއްޓިއެވެ‪ .‬މުޅިންހެންވެސް ލިޔުނީ‬
‫އެޑިޔުކޭޝަން މިނިސްޓްރީގެ ޙޫރައްލީނާއި އޭނާ ހިތާވާ މިންވަރުގެ ވާހަކަތަކެވެ‪.‬‬

‫ކުޑަވެސް ބޭނުމެއް ނުހިފޭނޭ ވަރަށް މުހިއްމު ވާހަކަތައް އެކިއެކި އޮފިޝަލުން ދައްކަމުން ގެންދިޔައެވެ‪ .‬އެއްބަޔަކު މުޅި މާލެއަށް ބޯފެން‬
‫ދެނީއެވެ‪ .‬އަނެއް ބަޔަކު އެތަންމިތާ މަދަރުސާއަޅާ‪ ،‬ފާލަންއަޅާ‪ ،‬ފަޅު ފުންކޮށް‪ ،‬ހޮސްޕިޓާތައް ބިނާކުރަމުން ގެންދަނީއެވެ‪ .‬އަނެއްބަޔަކު ގަދަ‬
‫ނިދީގައި ނިދަނީއެވެ‪ .‬ރިޔާސަތުގައި އިންނެވި މަނިކުފާނު އަޑުއަހަނީ ކަމުގައި ހަދައިގެން އިންނެވިއެވެ‪ .‬ޙަސަން ކުރުސީ އެޑިޔޫކޭޝަން‬
‫މިނިސްޓްރީގެ މަންދޫބާ އާއި ހިތާވަމުން ގެންދިޔައެވެ‪ .‬އޭނާގެ ކުރިމަތީގައި އޮތް ކަރުދާހުގައި އެޑިޔޫކޭޝަން މިނިސްޓްރީގެ މަންދޫބާ އާއި‬
‫ހިތާވާ ދަރަޖަ ލިޔުމުގައި އަވަދިނެތި އުޅެނިކޮށް ބިއްލޫރި ކުދިންތައް ވަދެއްޖެއެވެ‪ .‬މަޑުމަޑުން އައިސް ކޮންމެމީހެއްގެ ކައިރީގައި‪ ،‬މޭޒުމަތީގައި‬

‫‪8‬‬
‫އޮތް ކަރުދާސް ނަގައި އެއްކުރަން ފަށައިފިއެވެ‪ .‬ބިއްލޫރި ކުދިންތަކާއި ދިމާއަށް ޙަސަން ކުރުސީ އޭނާގެ ކަޅި ހުއްޓާލައިގެން އިންދާ އޭނާގެ‬
‫ކަރުދާސްވެސް ގެއްލިއްޖެއެވެ‪ .‬ބިއްލޫރި ކުދިން ނަގައިގެން ގެންދިޔައީއެވެ‪.‬‬

‫ކަރުދާސްތައް ގެނެސް ރިޔާސަތު◌ުގެ މޭޒުމައްޗަށް ޖަމާވުމުން ރިޔާސަތުން ވިދާޅުވީ ދެން ހައްދަވަން ގަސްތުކުރައްވާގޮތަކީ އެކިމީހުންގެ‬
‫ކަރުދާސްތައް‪ ،‬އެކަރުދާހުގައި ނުކުތާތަށް ނޯޓުކުރި ފަރާތްނޫން އެހެން ފަރާތް ފަރާތްތަކަށް ބަހާލުމަށެވެ‪ .‬އެއީ އެނުކުތާތަކާއި މެދުގައި ތަފާތު‬
‫ޚިޔާލު ހޯދުމަށް ކަމުގަޔޯލައެވެ‪ .‬ޙަސަން ކުރުސީގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ‪ .‬ޖަލްސާ މެދުކަނޑުވާނުލައި އޭނާއަށް ސަލާމަތް ލިބޭނޭ‬
‫އެއްވެސް ގޮތެއް ނެތްކަން އޭނާއަށް ކަށަވަރު ކުރިއެވެ‪ .‬ބަޣާވާތެއް އައިސްގެން މެނުވިއްޔާ ޖަލްސާ މެދުކަނޑައެއް ނުލެވޭނެކަމަށް އޭނާ‬
‫ހީކުރިއެވެ‪ .‬މި އަހަރުގެ ބަޣާވަތްވެސް ހިނގައްޖެއްޔަތީވެ އޭނާ ހިތާމަ ކުރިއެވެ‪ .‬އަހަރު ދެކޮޅު ބަޣާވަތް އަންނަ ދަރަޖައަށް ނުދާތީ އޭނާ‬
‫ހިތާމަކުރިއެވެ‪ .‬ގަދައަށް ވިއްސާރަވެ ޖަލްސާ ހޯލުގެ ފުރާޅު އެއްލައިލާތޯ އޭނާ ދުޢާކުރާން ފެއްޓިއެވެ‪ .‬އެއްކަމެއްވެސް ނުވިއެވެ‪ .‬ޙަސަން‬
‫ކުރިސީ ފިސާރި ކަންބޮޑުވެއްޖެއެވެ‪ .‬ހިނގާ އެދިޔަ ޙާދިސާއާ އެއްގޮތަކަށްވެސް އަޅާނުލައި އެނގޭ ކަމަށްވެސް ނުހެދުމަށް އޭނާ ނިންމިއެވެ‪.‬‬
‫ނަސީބެކޭ އޭނާ ހިތަށްއެރިއެވެ‪ .‬އޭނާގެ ކަރުދާހުގައި ޑިރެކްޓަރުގެ ނަންޖެހިފަ◌ިއ އޮތީތީއެވެ‪ .‬ޖަލްސާ ސަޔަށް މެދުކަނޑާލައިފިއެވެ‪ .‬ޙަސަން‬
‫ކުރުސީ އާއި ޖެހިގެން އިން މޭޒުގައި އިންނެވި އޮފިޝަލް އޭނާގެ ބޫޓޫގައި ފައިޖެހޭތޯ ބިމުގައި ފައިކާތާން ފެއްޓިއެވެ‪ .‬އެ އޮފިޝަލް‪ ،‬ޖަލްސާ‬
‫ފެށުމާއި އެކުގައި ބޫޓުން ފައިދަމައިގަނެގެން އިނީތީވެ ޙަސަން ކުރިސީ މަޑުމަޑުން އެބޫޓުކިބަ‪ ،‬ކޮއްޕަމުން ޖައްސަމުން‪ ،‬އެންމެ ވާހަކަ‬
‫އޮލަވިވަޤުތު ގެންގޮސް ނުފެންނަ ހިސާބަށް ދުއްވާލައިފިއެވެ‪ .‬އެ އޮފިޝަލް ސަޔަށް ނުކުތީ އެއްބޫޓު ކިބަ◌ިއގައެވެ‪ .‬އަނެއް ބޫޓުކިބަ‬
‫ހޯދާހޯދައިވެސް ނުފެނުނީއެވެ‪.‬‬

‫ރި◌ިޔާސަތުން ސަޔަށް ހުއްޓާލަނީއޭ ވިދާޅުވުމުން އެންމެންގަޑު ގޮނޑިތަކުން ތެދުވުމާއި ދެމެދު ހިނގި ސިކުންތުކޮޅުގެ ތެރޭގައި ޙަސަން‬
‫ކުރުސީ މުޅިން އައު ނޯޓުތަކެއް ތައްޔާރުކޮށްލައިފިއެވެ‪ .‬މަތީގައި އޭނާގެ ނަންޖަހާފައި ހުރިހާ މަންދޫބުން ސަޔަށް ނުކުތް ދަނޑިވަޅު‪،‬‬
‫ރިޔާސަތުގެ މޭޒުގައިހުރި ކަރުދާސްތަކުން ޙަސަން ކުރުސީގެ ޑިރެކްޓަރުގެ ކަރުދާސް ދަމައިގަނެ‪ ،‬އޭނާ ތައްޔާރުކުރި ކަރުދާސް އެބަންޑެލި‬
‫ތެރެއަށް ކޮށްޕާލިއެވެ‪ .‬ބަޣާވާތަކާއި ނުލައި މައްސަލަ ޙައްލުކުރެވުނީކަން އޭނާއަށް އެނގުނެވެ‪ .‬އެޑިޔޫކޭޝަން މިނިސްޓްރީގެ މަންދޫބާ އާއި‬
‫މެދުގައި ލިޔެފައިވާ ހުރިހާ އެއްޗެއް ލިޔެފައިވަނީ އޭނާގެ ޑިރެކްޓަރުތާއޭ ޙަސަން ކުރުސީ ހީކޮށްލިއެވެ‪ .‬ސައިގަޑި ނިމިގެން ޖަލްސާ އާއިގެން‬
‫ފަށައިގަތެވެ‪ .‬ބޫޓުކިބަ ގެއްލުނު އޮފިޝަލް އަދިވެސް ބޫޓުކިބަ ހޯދަނީއެވެ‪ .‬ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ކިޔާލިއެވެ‪ .‬އައިނު ހެޔޮވަރު‬
‫ކޮށްލާފައި ފިޝަރީޒް ގެ ޑިރެކްޓަރު ވިދާޅުވިއެވެ‪" .‬އެޑިޔޫކޭޝަން މިނިސްޓްރީން އައިސް ތިޔައިން ރީތީގެ ރާނީއެވެ‪ .‬މާބަގީޗާތަކުގެ ބާނީއެވެ‪".‬‬
‫ފިޝަރީޒް ގެ ޑިރެކްޓަރަށް އޭނާއަށް ކިޔެމުން މިގެންދަނީ ކޮން އެއްޗެއްކަން ރޭކާލީ އިތުރު ދެތިން ފޮޅުވަތެއް ކީފަހުންނެވެ‪" .‬ކަލާގެ ކަންފަތް‬
‫ލޮއިލުމުގެ ހުއްދަ ދެއްވާނުތޯއެވެ؟" ފިޝަރީޒް ޑިރެކްޓަރު ހަރުއަޑުން ބުނެލިއެވެ‪ .‬ރިޔާސަތުން ކަރުކެހިލާފާ ފިޝަރީޒް ޑިރެކްޓާރާ ދިމާއަށް‬
‫ލޯއަޅާލިއެވެ‪ .‬އެޑިޔުކޭޝަން މިނިސްޓްރީގެ މަންދޫބާ ރުޅިއަރައިގެން ތިހާ ގޮތެއް ނެތްފާޑަށް ދިމާކުރާނެކަން އެނގުނު ނަމަ ތިމަން މިތަނަށް‬
‫ނައިމުހޭ ކިޔާ ގޮނޑި އެއްފަރާތަށް އެއްލާލައިފިއެވެ‪ .‬ކޮޅަށް ތެދުވެއްޖެއެވެ‪ .‬އެއްލައިލި ގޮނޑިގޮސް ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ‬
‫ޑިރެކްޓަރުގެ ކަށިމަތީގައެވެ‪ .‬ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު އަލިފާނޯއްޔޭ ކިޔާ ހަޅޭލަވައގަތެ◌ެވެ‪ .‬މަގޭގައިގައި ތިޔަ ވީއްލާލީ‬
‫ކީއްވެގެންހޭ ކިޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޙޫރައްލީނާއި ދިމާއަށް އަތް މަޅައިގަތެވެ‪ .‬ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރުގެ‬
‫ކަށިމައްޗަށް އެޅިވޭނަކުން ކަށިމަތީގައި އަތްކާތައިގަތުމަށް ގުދުވި ބޮނޑީގައި މޭޒުގައި ފިސާރި ބާރަށް ބޯޖެހިއްޖެއެވެ‪ .‬ޓްރާންސްޕޯޓް‬
‫މިނިސްޓްރީގެ ޑިރެކްޓަރު އެއަށްވުރެ ގަދައަށް ރުޅިއަތުވެއްޖެއެވެ‪ .‬ރިޔާސަތުގައި އިން މަނިކުފާނު މަޑުމައިތިރިވުމަށް އެންގެވުމުން ކުރިމަތީގައި‬
‫ފިޝަރީޒް ޑިރެކްޓަރު ނޫންހެއްޔެވެ‪ ".‬ހުރިހާ މަންދޫބުން‬ ‫އިން މައިކް ނަގައި ހޫރުވާލިއެވެ‪" .‬ތިމަންނާހެ ކަލެއާ ބެހުނީ؟ ކަލެއާ ބެހުނީ ތިޔަ‬
‫ފިޝަރީޒް ޑީރެކްޓަރާއި ދިމާއަށް ކަޅިހުއްޓުވާލިއެވެ‪ .‬ބޫޓު ނެތް ޑިރެކްޓަރަށް އޭނާގެ ބޫޓްކި◌ިބަ ފިޝަރީޒް ޑިރެކްޓަރުގެ މޭޒު ދަށުން‬
‫ފެނިއްޖެއެވެ‪ .‬ބަލާބަލާށޭ ކިޔާ ބޫޓު ނެތް ޑިރެކްޓަރު ފިޝަރީޒް ޑިރެކްޓަރާ ދިމާއަށް ފުންމައިގަތެވެ‪ .‬ފިޝަރީޒް ޑިރެކްޓަރު ތިމަންނާއެއް ނޫނޭ‬
‫ގޮވާނަގަމުން ދިޔައަޑެއް ބޫޓުނެތް ޑިރެކްޓަރެއް ނާހައެވެ‪ .‬ދެން ތިޔަހެންވީރު މޭޒުދަށުގައި ތިއޮތީ ކޯންޗެއްހޭ ކިޔާ ބޫޓުކިބަ ދަތްދޮޅިދޮށަށް‬
‫‪9‬‬
‫ކޮށްޕާލިއެވެ‪ .‬ފިޝަރީޒްގެ ޑިރެކްޓަރު މިއީ ހެލްތުގެ ޑިރެކްޓަރުގެ ކަރުދާހޭ ބަލާބަލާށޭ ގޮވާނަގަމުން ގެންދިޔައެވެ‪ .‬ހެލްތުގެ ޑިރެކްޓަރު‬
‫އަނގަހުޅުވައިގެން އިނދެފައި ލައްޕާލިތަނުން ޑިރެކްޓަރުގެ ދުލުގައި ފާރުނުހިކި އިންތަނުން ލޭ އަންނާން ފެއްޓިއެވެ‪ .‬ކޯޅުންގަނޑު ތެރޭގައި‬
‫އެޑިޔުކޭޝަން ޙޫރައްލީން ދޮރުޖަހާފައި ނުކުމެގެން ހިނގައްޖެއެވެ‪ .‬ރިޔާސަތުން ޖެހުނީ ޖަލްސާ ނިންމާލާށެވެ‪ .‬މައްސަލައިގެ އަޞްލު‬
‫ހޯދިއިރުގައިވަނީ އެއްކިބަ ބޫޓާއި ހެލްތުގެ ޑިރެކްޓަރު ހިމެނިފައި އޮތް މައްސަލައެއްކަމަށެވެ‪.‬‬

‫އެރޭގެ ޓީވީ ޚަބަރުން ޙަސަން ކުރުސީ އަޑުއެހީ ހަވަނަ ޤައުމީ މަޝްރޫޢު ކަނޑައަޅާ ނިމިއްޖެކަމަށެވެ‪ .‬މިކަމަށް ހިންގުނު ޖަލްސާ ފިސާރި◌ި‬
‫ކާމިޔާބު ކަމަށެވެ‪.‬‬

‫‪10‬‬

You might also like