You are on page 1of 35

‫‪2018/HC-A/366‬‬ ‫ތ‬

‫މނުގޮ ް‬
‫‪ 1‬ޝަރީޢަތް ނި ު‬

‫‪g‬‬
‫ދިވެހިރާއްޖޭގެ ހައިކޯޓު‬
‫ދިވެހިރާއްޖެ‬

‫ޝަރީޢަތް ނިމުނުގޮތް‬

‫‪ ‬ޤަޟިއްޔާ ނަންބަރު‪2018/HC-A/366 :‬‬

‫‪ ‬އިސްތިއުނާފުކުރި ފަރާތް‪ :‬އިބްރާހީމް ޢުމަރު ހ‪.‬ކޮކޮނަޓްވިލާ‪ /‬ކ‪.‬މާލެ (ވިއްސަ އިންވެސްޓްމަންޓް)‬

‫‪ ‬އިސްތިއުނާފު ރައްދުވި ފަރާތްތައް‪ :‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް‬

‫‪ ‬މައްސަލައިގެ ބާވަތް‪ :‬އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ‬

‫މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް‪:‬‬


‫ފަނޑިޔާރު ޢަލީ ސަމީރު‬
‫ފަނޑިޔާރު މުޙައްމަދު ނިޔާޒް‬
‫ފަނޑިޔާރު ޙުސައިން ޝަހީދު‬

‫‪ 24‬ޛުލްޤަޢިދާ ‪1442‬‬
‫ނިމުނު ތާރީޚް‪:‬‬
‫ޖުލައި ‪2021‬‬ ‫‪04‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 2‬ޝަރީޢަތް ނި ު‬

‫‪1440‬‬ ‫‪ 07‬ޞަފަރު‬
‫ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް‪:‬‬
‫‪ 16‬އޮކްޓޯބަރ ‪2018‬‬
‫‪-----------------------------------------------------------------------------------------------------‬‬

‫އިސްތިއުނާފުކުރެވުނު މައްސަލަ‪:‬‬

‫‪ ‬ނަންބަރު‪88/Cv-C/2017 :‬‬

‫‪ ‬ނިންމި ތަން‪ :‬ސިވިލް ކޯޓު‬

‫‪ ‬ބާވަތް‪ :‬އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ‬

‫‪ ‬ނިމުނު ތާރީޚް‪ 28 :‬މާރިޗު ‪2018‬‬ ‫‪ ‬ހުށަހެޅުނު ތާރީޚް‪ 05 :‬ޖަނަވަރީ ‪2017‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 3‬ޝަރީޢަތް ނި ު‬

‫‪ ‬ފަނޑިޔާރު ޢަލީ ސަމީރު ގެ ރައުޔު‪ ،‬މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް އާއި ފަނޑިޔާރު ޙުސައިން‬

‫ޝަހީދު ތާއީދު ކުރެއެވެ‪.‬‬

‫މައްސަލައިގެ ތަޢާރަފު‪:‬‬

‫‪ .1‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ވިއްސަ އިންވެސްޓްމަންޓަށް (އިބްރާހީމް ޢުމަރު) ތެޔޮ ސަޕްލައި‬

‫ކުރުމުގެ ގޮތުން މި ދެފަރާތުގެ ދެމެދުގައިވެވުނު ‪ FUEL SUPPLY AGREEMENT‬މި ނަމުގައި‬

‫އޮންނަ އެއްބަސްވުމުގައި ‪ 25‬އޮގަސްޓް ‪ 2016‬މި ތާރީޚުގައި މި ދެފަރާތުންމެ ސޮއިކޮށްފައިވެއެވެ‪.‬‬

‫‪ .2‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ މައްޗަށް‬

‫ރައްދުވާގޮތަށް ސިވިލް ކޯޓުގައި އުފުލާފައިވާ ދަޢުވާއަކީ‪ ،‬މި ދެފަރާތުގެ ދެމެދުގައި ވެވުނު އިހު ބުނެވުނު‬

‫އެއްބަސްވުމުގެ ދަށުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްއިން ވިއްސަ އިންވެސްޓްމަންޓަށް ފޯރުކޮށްދީފައިވާ‬

‫ތެލުގެ އަގަށްވާ ‪879,000/-‬ރ‪( .‬އަށްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) ހޯދުމަށާއި‪ ،‬އެއްބަސްވުމުގެ ދަށުން‬

‫ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެދިޔައިރުވެސް ވިއްސަ އިންވެސްޓްމަންޓު (އިބްރާހީމް‬

‫ޢުމަރު) ގެ ފަރާތުން ފައިސާ ނުދައްކާވާކަމަށް ބުނެ ‪ 14‬ޑިސެމްބަރ ‪ 2016‬ގެ ނިޔަލަށް ޖޫރިމަނާގެ‬

‫ގޮތުގައި އަރާފައިވާ ‪852,780/-‬ރ‪( .‬އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އާއެކު‬

‫ޖުމްލަ ‪1,731,780/-‬ރ‪( .‬އެއްމިލިއަން ހަތްލައްކަ ތިރީސް އެއްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ހޯދުމެވެ‪.‬‬

‫އެހެންނަމަވެސް މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ތެލުގެ އަގުގެ ތެރެއިން‬

‫ނުލިބިވާ ފައިސާއާ ގުޅޭ ގޮތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގެ ޝަރީޢަތުގެ‬

‫މަޖިލީހުގައި ބުނެފައިވަނީ "މި މައްސަލައިގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 4‬ޝަރީޢަތް ނި ު‬

‫ތެލުގެ އަގުގެ ތެރެއިން އެހާތަނަށް ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވަނީ ‪39،000‬ރ‪.‬‬
‫‪1‬‬
‫(ތިރީސް ނުވަހާސް ރުފިޔާ) ކަމަށެވެ‪.‬‬

‫‪ .3‬ތެލުގެ އަގުގެ ފައިސާގެ ތެރެއިން ‪39،000‬ރ‪( .‬ތިރީސް ނުވަހާސް ރުފިޔާ) އަނބުރާ ދެއްކިފައި ނުވާކަމަށް‬

‫ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ވެސް އިންކާރެއް ނުކުރެއެވެ‪ .‬އެހެންނަމަވެސް‬

‫ޖޫރިމަނާގެ ފައިސާ ދެއްކުމަށް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އިންކާރު ކުރެއެވެ‪.‬‬

‫ޖޫރިމަނާގެ ފައިސާ ދެއްކުމާއި ގުޅޭ ގޮތުން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން‬ ‫‪.4‬‬

‫ދެއްކި ވާހަކަތަކާއި ގުޅިގެން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ‪،‬‬

‫ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ފިއުލް ސަޕްލައި އެގްރީމެންޓްގެ ‪ 8‬ވަނަ މާއްދާގެ )‪ (h‬ގެ ދަށުން‬

‫އިންވޮއިސްގައިވާ މުއްދަތުގައި ފައިސާ އަދާނުކޮށްފިނަމަ‪ ،‬އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އިންވޮއިސްގައިވާ‬

‫ފައިސާގެ ‪ 2%‬އިން ސައްތަ އަށްވާ ޖޫރިމަނާގެ ފައިސާ ނެގުމަށް ދެފަރާތުން އެއްބަސްވެފައި އޮންނަކަމަށެވެ‪.‬‬

‫ޖޫރިމަނާ ފައިސާގެ ގޮތުގައި ނެގުމަށް އެދިފައިވަނީ ‪ 14‬ޑިސެމްބަރ ‪ 2016‬ގެ ނިޔަލަށް (ދަޢުވާ ހުށަހެޅުމުގެ‬

‫ކުރީގެ ތާރީޚު) ކަމަށާއި އެހާތަނަށް ޖޫރިމަނާގެ ގޮތުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ‬

‫ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ މިންވަރަކީ ‪852,780/-‬ރ‪.‬‬

‫(އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަމަށެވެ‪.‬‬

‫ސިވިލް ކޯޓަށް ‪ 28‬މާރިޗް ‪ 2018‬ގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ބަޔާން‪.‬‬ ‫‪1‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 5‬ޝަރީޢަތް ނި ު‬

‫ސިވިލް ކޯޓުން ނިންމި ގޮތް‪:‬‬

‫‪ .5‬ސިވިލް ކޯޓުގެ ނަންބަރު ‪ 88/Cv-C/2017‬ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ‪،‬‬

‫ވލާ‪ /‬މާލެ އިބްރާހީމް‬


‫"ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްސަ އިންވެސްޓްމަންޓް (ހ‪.‬ކޮކޮނަޓް ި‬

‫ރ ފަރާތަށް‬
‫ޢުމަރު) ގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މިމައްސަލާގައި‪ ،‬ދަޢުވާލިބޭ ފަރާތުން ދަޢުވާކު ާ‬

‫އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާގެ ޢަދަދަކީ ‪891,780/-‬ރ‪( .‬އަށްލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ‬

‫ނ ފައިސާ‬
‫ބތުވާކަމަށް ކަނޑައަޅައި‪ ،‬ބުނެވު ު‬
‫ތށް ސާ ި‬
‫އަށްޑިހަ ރުފިޔާ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަ ަ‬

‫ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން ‪ 28‬މާރޗް ‪ 2018‬އިން ފެށިގެން ‪( 30‬ތިރީސް) ދުވަހުގެ ތެރޭގައި‬

‫ޓ‬
‫މިފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި ޚަލާޞްކުރުމަށް ދަޢުވާ ލިބުނު ވިއްސަ އިންވެސްޓްމަން ް‬

‫މ އުމަރު) އަށް އަންގައެވެ‪.‬‬


‫(ހ‪.‬ކޮކޮނަޓްވިލާ‪ /‬މާލެ އިބްރާހީ ް‬

‫‪ .6‬ސިވިލް ކޯޓުގެ ޙުކުމުގައި ހިމެނޭ ފައިސާގެ ޢަދަދު ހިސާބުކޮށްފައި އެވަނީ‪ ،‬ވިއްސަ އިންވެސްޓްމަންޓް‬

‫(އިބްރާހީމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދެއްކިވާކަމަށް ވިއްސަ‬

‫އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އެއްބަސްވާ ‪39،000‬ރ‪( .‬ތިރީސް ނުވަހާސް ރުފިޔާ) ގެ ތެރެއަށް‬

‫ޖޫރިމަނާގެ ގޮތުގައި ‪852,780/-‬ރ‪( .‬އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) މި‬

‫ޢަދަދުގެ ފައިސާ ހިމަނައިގެންނެވެ‪.‬‬

‫އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް‪:‬‬

‫‪ .7‬ސިވިލް ކޯޓުގެ ނަންބަރު ‪ 88/Cv-C/2017‬ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް‬

‫ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ވިއްސަ އިންވެސްޓްމަންޓް (ހ‪.‬ކޮކޮނަޓްވިލާ‪/‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 6‬ޝަރީޢަތް ނި ު‬

‫ކ‪.‬މާލެ އިބްރާހީމް ޢުމަރު) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިޤަޟިއްޔާގައި އިސްތިއުނާފު‬

‫ރައްދުވާ ފަރާތަކީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑްއެވެ‪.‬‬

‫‪ .8‬ސިވިލް ކޯޓުގެ ނަންބަރު ‪ 88/Cv-C/2017‬ޤަޟިއްޔާ ނިމިފައިވާގޮތް އިސްތިއުނާފު ކުރުމަށް އެދި ވިއްސަ‬

‫އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އަންނަނިވި ‪( 3‬ތިނެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި‬

‫ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ‪ .‬އެގޮތުން ހުށަހަޅާފައިވާ‬

‫ނުކުތާތަކަކީ‪:‬‬

‫‪ 8.1‬އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ހިންގަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ‬

‫‪ 42‬ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޤާނޫނު އަސާސީގެ ‪ 68‬ވަނަ މާއްދާއާ އަދި ޕްރިންސިޕަލްސް‬

‫އޮފް ނެޗުރަލް ޖަސްޓިސް )‪ (principles of Natural Justice‬އާ ކަނޑައެޅިގެން ޚިލާފަށްކަމަށް‬

‫ބުނެ ހުށަހެޅި ނުކުތާ‪.‬‬

‫‪ 8.2‬ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ‪ 2013/SC-A/27‬ޤަޟިއްޔާއާ ޚިލާފަށް ޖޫރިމަނާގެ‬

‫ފައިސާ ދައްކަން އަންގާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ‪.‬‬

‫‪ 9.3‬ޤާނޫނު ނަންބަރު ‪( 4/91‬ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ‪ 23‬ވަނަ މާއްދާއާ ޚިލާފަށް ގެއްލުމުގެ‬

‫ބަދަލު ނަގައިދޭން އަންގާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ‪.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 7‬ޝަރީޢަތް ނި ު‬

‫ފާހަގަކުރެވުނު ނުކުތާތައް‪:‬‬

‫‪ .9‬އިސްތިއުނާފުކުރާ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ‬

‫ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ތަފްޞީލުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން‪ ،‬ވިއްސަ‬

‫ވިއްސަ‬ ‫ބިނާކޮށްފައިވަނީ‪،‬‬ ‫ނުކުތާތަށް‬ ‫އިސްތިއުނާފީ‬ ‫ގެ‬ ‫ޢުމަރު)‬ ‫(އިބްރާހީމް‬ ‫އިންވެސްޓްމަންޓް‬

‫އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އާއި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ‬

‫އެއްބަސްވުމުގެ ދަށުން ތެލުގެ އަގަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި‬

‫ދެއްކިފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދިނުމަށް ކަނޑައަޅާފައިވާ‬

‫‪852,780/-‬ރ‪( .‬އަށްލައްކަ ފަންސާސް ދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އާ ގުޅޭ ގޮތުންނެވެ‪ .‬ތެލުގެ‬

‫އަގުގެ ގޮތުގައި ދައްކަންޖެހޭ ‪39،000‬ރ‪( .‬ތިރީސް ނުވަހާސް ރުފިޔާ) ދެއްކުމާމެދު ވިއްސަ އިންވެންޓްމަންޓް‬

‫(އިބްރާހީމް ޢުމަރު) ގެ ފަރާތުން މި މަރުޙަލާގައިވެސް އިޢުތިރާޟްކޮށްފައެއް ނުވެއެވެ‪.‬‬

‫‪ .10‬ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް‬

‫ބިނާކޮށް‪ ،‬ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހެނީ‪ ،‬ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް‬

‫ޢުމަރު) އާއި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވެފައިވާ ގޮތަށް ތެލުގެ އަގަށްވާ ފައިސާ‬

‫ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އެއްބަސްވި މުއްދަތުގައި ދައްކާފައި ނުވުމުގެ‬

‫ސަބަބުން އަރާފައިވާކަމަށް ބުނާ ޖޫރިމަނާ ފައިސާގެ ގޮތުގައި ‪852,780/-‬ރ‪( .‬އަށްލައްކަ ފަންސާސް ދެހާސް‬

‫ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް‬

‫ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅި ގޮތާއި މެދުގައެވެ‪.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 8‬ޝަރީޢަތް ނި ު‬

‫‪ .11‬އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށްބުނެ ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު)‬

‫ގެ އަތުން ޖޫރިމަނާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދުނު ‪852,780/-‬ރ‪.‬‬

‫(އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) އަކީ‪ ،‬ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ‬

‫މި ފައިސާ ދެއްކުމާމެދު ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ސިވިލް ކޯޓުގައި‬

‫އިންކާރު ކޮށްފައިވެއެވެ‪ .‬އަދި މި ފައިސާ ދެއްކުމަށް އިންކާރު ކުރާ ސަބަބު ހާމަ ކުރަމުން ވިއްސަ‬

‫އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ބުނަނީ‪ ،‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައި‬

‫ބުނާ‪ 2% ،‬ޗާޖަކީ އެ ކުންފުނިން ނުޙައްޤުން ހޯދަން އުޅޭ ފައިސާ ކަމަށާއި މި މައްސަލައިގައި ޙަވާލާދެވޭ‬

‫މުޢާމަލާތާއި ގުޅިގެން ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އަދާކުރަންޖެހޭ ފައިސާ‬

‫ނުދެއްކި ލަސްވެގެން ދިޔައީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފު ވެފައިވާތީ ކަމަށެވެ‪.‬‬

‫އަދި އެއްބަސްވުމާ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ވިއްސަ‬

‫އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) އަށް ފެނުނު ގޮތްތައް ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު)‬
‫‪2‬‬
‫ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ‪.‬‬

‫‪ .12‬އެއްބަސްވުމާއި ގުޅިގެން އުފެދޭ ޚުޞޫމާތެއްގެ ސަބަބުން ހުށަހެޅޭ ދަޢުވާއެއްގެ ދިފާޢުގައި‪ ،‬ދަޢުވާ ލިބޭ‬

‫ފަރާތުން ދައްކާ ވާހަކަތަކުގައި އެއްބަސްވުމާއި ދަޢުވާކުރާ ފަރާތުން ޚިލާފުވެފައިވާކަމަށްބުނެ ދިފާޢީ ހުށަހެޅުމެއް‬

‫ހުށަހަޅައިފިނަމަ އެކަމަކީ ވަކި މައުޟޫއެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހެޅެން އޮތް މައްސަލައެއް‬

‫ކަމުގައިވީ ނަމަވެސް‪ ،‬އެފަދަ ކަންކަމަކީ އެއްބަސްވުމާއި ގުޅޭ ގޮތުން ކޯޓުގައި ބެލެވެމުންދާ މައްސަލައިގެ‬

‫ނަންބަރު‬ ‫ކޯޓުގެ‬ ‫ސުޕްރީމް‬ ‫ދިވެހިރާއްޖޭގެ‬ ‫ނިންމަންޖެހޭނެކަމެއްކަން‬ ‫ގޮތެއް‬ ‫ކޯޓުން‬ ‫ތެރެއިން‬

‫‪2‬‬
‫ބރު‪.‬‬
‫ނގެ ‪ 3‬ވަނަ ނަން ަ‬
‫ވލް ކޯޓަށް ހުށަހަޅާފައިވާ ބަޔާ ު‬
‫ސ ި‬
‫ރތުން ި‬
‫ޓމަންޓްގެ ފަ ާ‬
‫ނވެސް ް‬
‫އސަ އި ް‬
‫‪ 04‬ސެޕްޓެމްބަރ ‪ 2017‬ގައި ވި ް‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 9‬ޝަރީޢަތް ނި ު‬

‫‪3‬‬
‫‪ 2013/SC-A/25‬ޤަޟިއްޔާ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބެލުމުން އެނގެން އޮވެއެވެ‪.‬‬

‫ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އެ އުޞޫލު މި މައްސަލައިގެ މައްޗަށް‬

‫ތަތުބީޤު ކުރާއިރު‪ ،‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ދިފާޢުގައި‬

‫ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހަޅާފައިވާ ކަން ކަމަކީ މި މައްސަލައިގެ‬

‫ތެރޭގައި ކޮންމެހެންވެސް ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހަޅާފައިވާ ދިފާޢީ ހުށަހެޅުމެއްކަން‬

‫އެނގެއެވެ‪ .‬ސަބަބަކީ‪ ،‬ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް‬

‫ފައިސާ ނުދެއްކި ދިޔައީ ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި ޚިލާފުވި ވުމެއްގެ ސަބަބުން‬

‫ކަމަށް ސާބިތުވާން އޮތްނަމަ އެއްބަސްވުމުގެ ދަށުން ކަމަށް ބުނެ އެއްވެސް ފައިސާއެއް ގްރީން ބޮކްސް‬

‫ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ އަސާސް ނެތިގެން ދިއުމެވެ‪ .‬މި މައްސަލައިގައި ސިވިލް ކޯޓުން ފާހަގަ‬

‫ކުރި އެއްވެސް ނުކުތާއެއްގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ހުށަހެޅި ދިފާޢީ‬

‫ހުށަހެޅުމާއި މެދު ގޮތެއް ކަނޑައަޅާފައި ނުވާކަން އެނގެއެވެ‪.‬‬

‫‪ .13‬ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގެ ދިފާޢުގައި ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް‬

‫ޢުމަރު) ގެ ފަރާތުން ކުރިމަތި ކުރުވި ދަފްޢު މައުޟޫޢީ ގޮތުން ބަލައިގެން މެނުވީ‪ ،‬މި މައްސަލައިގައި‬

‫ޙަވާލާދެވޭ ޖޫރިމަނާގެ ފައިސާއާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުފެނެއެވެ‪ .‬އަދި އެ މައުޟޫއުގައި‬

‫މައްސަލަ ބެލުމަށްފަހުގައި މެނުވީ ޖޫރިމަނާގެ ފައިސާ ވަޒަން ކުރެވުނު ގޮތާއި މެދު މި މަރުޙަލާއިން ގޮތެއް‬

‫ނ‬
‫އވަ ީ‬
‫ފ ި‬
‫ރއްވާ ަ‬
‫ރގެ (ވ) ގައި ފާހަގަ ކު ަ‬
‫ޓގެ ‪ 6‬ވަނަ ނަންބަ ު‬
‫މނު ގޮތުގެ ރިޕޯ ު‬
‫ބރު ‪ 2013/SC-A/25‬ޤަޟިއްޔާ ނި ު‬
‫ނ ަ‬
‫ޕރީމް ކޯޓުގެ ނަ ް‬
‫ޖގެ ސު ް‬
‫ރއް ޭ‬ ‫‪ި 3‬‬
‫ދވެހި ާ‬
‫އވާ‬
‫އޅިފަ ި‬
‫ޑ ެ‬
‫ތން ޤާނޫނީ ގޮތުން ކަނ ަ‬
‫ގ ު‬
‫ތމާބެހޭ ޮ‬
‫އގަ ު‬
‫އސަލަ ބަލަ ި‬
‫ށހެޅުމުން‪ ،‬މަ ް‬
‫ލއެއް ހު ަ‬
‫މއްސަ ަ‬
‫މބެހޭ ކޯޓަކަށް ކަމާބެހޭ ފަރާތަކުން ަ‬
‫ދނުމަށް ކަ ާ‬
‫އިންސާފު ލިބި ި‬
‫އ‬
‫އ ި‬
‫އ ާ‬
‫މއުޟޫ ު‬
‫ލއިގެ ަ‬
‫މއްސަ ަ‬
‫ދ ަ‬
‫އ އަ ި‬
‫މ ި‬
‫މނޭ ކަންކަ ާ‬
‫ގއި ހި ެ‬
‫އ ަ‬
‫އޟޫ ު‬
‫ސލައިގެ މަ ު‬
‫މއް ަ‬
‫ނޅާހާ ހިނދަކު އެ ަ‬
‫ރސް ާ‬
‫މށް ހު ަ‬
‫އއް ބެލު ަ‬
‫އސަލަ ެ‬
‫ތއް‪ ،‬އެ މަ ް‬
‫ޖރާއާތު ަ‬
‫އި ު‬
‫އ‬
‫ތ ް‬
‫އޞަލާކޮށް ގޮ ެ‬
‫އގެ މައްޗަށް ފަ ި‬
‫އޟޫ ު‬
‫އގެ މަ ު‬
‫އސަލަ ި‬
‫އން‪ ،‬މަ ް‬
‫ތން ނަގާ ދިފާޢު ތަކުގެ ތެރެ ި‬
‫އދުވާ ފަރާ ު‬
‫ޢވާ ރަ ް‬
‫އގެ ދަ ު‬
‫މއްސަލަ ި‬
‫ތން‪ަ ،‬‬
‫ގުޅޭ ގޮ ު‬
‫ސ‬
‫އވެ ް‬
‫ހޅޭ ދިފާއީ ނުކުތާތަ ް‬
‫އގައި ހުށަ ެ‬
‫ތ ް‬
‫މހެން ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮ ެ‬
‫ނސާފުގެ ހަމަތައް ނިޔާ ކުރާ ގޮތުގެ މަތިން ކޮން ެ‬
‫އޅުމަށްޓަކައި ޢަދުލު އި ް‬
‫ކަނޑަ ެ‬
‫މށެވެ‪.‬‬
‫ކ ަ‬
‫ނވާނެ ަ‬
‫ކޯޓުން ބަލައި ފައިޞަލާ ކުރަ ް‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 10‬ޝަރީޢަތް ނި ު‬

‫ކަނޑައެޅިދާނެ ކަމަށްކަށް ނުދެކެމެވެ‪ .‬ބުނެވުނު މައުޟޫއުގެ މައްޗަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅާފައި‬

‫ނެތަތީ‪ ،‬މި މައްސަލަ ނިންމަން އަހުރެންނަށް ފެންނަނީ‪ ،‬ސިވިލް ކޯޓުގެ ނަންބަރު ‪88/Cv-C/2017‬‬

‫ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ހިމެނޭ ފައިސާގެ ތެރެއިން ވިއްސަ އިންވެސްޓްމަންޓް‬

‫(އިބްރާހީމް ޢުމަރު) ގެ ފަރާތުން އެއްބަސްވާ ‪39،000‬ރ‪( .‬ތިރީސް ނުވަހާސް ރުފިޔާ) ގްރީން ބޮކްސް‬

‫ޕްރައިވެޓް ލިމިޓެޑަށް ލިބި ދިނުމަށްޓަކައި ސިވިލް ކޯޓަށް ދެއްކުމަށް އަންގާފައި އޮތް އޮތުމަށް ތާއީދުކޮށް‪،‬‬

‫ޖޫރިމަނާގެ ފައިސާގެ ގޮތުގައި ‪852,780/-‬ރ‪( .‬އަށްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ)‬

‫ވިއްސަ އިންވެސްޓްމަންޓް (އިބްރާހީމް ޢުމަރު) ގެ ފަރާތުން ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް‬

‫ދައްކަންޖެހޭކަމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކޮށް‪ ،‬ދަޢުވާގެ ދިފާޢުގައި ވިއްސަ އިންވެސްޓްމަންޓް‬

‫(އިބްރާހީމް ޢުމަރު) ގެ ފަރާތުން ފާހަގަ ކުރި ނުކުތާއަކީ‪ ،‬ޢަދުލު އިންސާފުގެ ހަމަތައް ނިޔާ ކުރާ ގޮތުގެ‬

‫މަތިން ކޮންމެހެން ޝަރީޢަތުން ބަލަންޖެހޭ ފަދަ ގޮތެއްގައި ހުށަހަޅާފައިވާ ދިފާއީ ނުކުތާއަކަށްވާތީ އެ ނުކުތާގެ‬

‫މައްޗަށް ސިވިލް ކޯޓުން ބެލުމަށްފަހު ޖޫރިމަނާގެ ފައިސާގެ ގޮތުގައި ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުން‬

‫ހޯދުމަށް އެދޭ ފައިސާއާމެދު ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލު ކުރަންޖެހޭކަމަށެވެ‪.‬‬

‫ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު‪( :‬ފަނޑިޔާރު ޢަލީ ސަމީރުގެ ނިންމުމަށް ތާއީދު ކޮށްފައި)‬

‫މައްސަލައިގައި ކަންވެފައިވާ ގޮތުގެ ޚުލާޞާ‪:‬‬

‫‪ .14‬އިސްތިއުނާފު ކުރާ އިބްރާހީމް ޢުމަރު އަދި ވިއްސަ އިންވެސްޓްމެންޓް (ކަސްޓަމަރު) އާއި އިސްތިއުނާފު‬
‫‪4‬‬
‫ރައްދުވާ ގްރީން ބޮކްސް ޕވޓ ލޓޑ (ސަޕުލަޔަރު) އާ ދެމެދު ތެޔޮ ގަނެވިއްކުމުގެ އެއްބަސްވުމެއްގައި‬

‫‪ 25‬އޮގަސްޓް ‪ 2016‬ގައި ސޮއި ކުރިއެވެ‪ .‬ސަޕުލަޔަރުގެ ފަރާތުން ކަސްޓަމަރަށް ތެޔޮ ފޯރުކޮށްދޭތާ ‪24‬‬

‫‪4‬‬
‫ރއެވެ‪.‬‬
‫އ ބަޔާންކު ެ‬
‫މންޓް" ގަ ި‬
‫ގރީ ެ‬
‫ގއި "ފިއުލް ސަޕްލައި އެ ް‬
‫މ ަ‬
‫ބރިކަންޓްސް‪ ،‬ޖުމްލަކޮށް "ފިއުލް" ކަ ު‬
‫ޅންހުރި ލު ް‬
‫ޑީސަލް‪ ،‬ޕެ ޓްރޯލް އަދި ގު ު‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 11‬ޝަރީޢަތް ނި ު‬

‫ގަޑިއިރު ތެރޭގައި ކަސްޓަމަރަށް އިންވޮއިސް ކުރަން ޖެހެއެވެ‪ .‬އަދި ކަސްޓަމަރަށް އިސްވޮއިސް ލިބޭތާ ‪48‬‬

‫ގަޑިއިރުތެރޭގައި އިންވޮއިސްގައި އެއްވެސް މައްސަލައެއް އޮތްނަމަ ސަޕްލަޔަރަށް އެކަން ލިޔުމުން އަންގަން‬

‫ޖެހެއެވެ‪ .‬އަދި އިންވޮއިސްގައި ބަޔާންކުރާ ތެލުގެ ޖުމްލަ އަގު ދެއްކުމަށް އެންމެ ގިނަވެގެން ދެވޭނީ‬

‫އިންވޮއިސްގައި ބަޔާން ކުރާ ތާރީޚުން ފެށިގެން ‪( 30‬ތިރީސް) ދުވަސް ކަމަށް ބަޔާން ކޮށްފައިވެއެވެ‪ .‬އަދި‬

‫ފައިސާ ނުދައްކާ ލަސްވާ ކޮންމެ ދުވަހަކަށް‪ ،‬ފައިސާ ދެއްކުން ލަސްވުމުގެ ފީ )‪(late payment fee‬ގެ‬
‫‪5‬‬
‫ގޮތުގައި އިންވޮއިސްގެ ޖުމްލަ ޢަދަދުން ‪ 2%‬ނެގޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ‪.‬‬

‫‪ .15‬ސަޕްލަޔަރުގެ ފަރާތުން ކަސްޓަމަރަށް ދެފަހަރެއްގެ މަތިން ދޫކޮށްފައިވާ ތެލަށް ދައްކަންޖެހޭ ޖުމްލަ‬

‫‪879,000/-‬ރ‪( .‬އަށްލައްކަ ހަތްދިހަ ނުވަހާސް ރުފިޔާ) އާއި ދެ އިންވޮއިސްގައިވާ ޖުމްލަ ޢަދަދަށް ފައިސާ‬

‫ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގައި ބަޔާންކުރާ ފައިސާ ދެއްކުން ލަސްވުމުގެ ފީ ގެ ގޮތުގައި ‪14‬‬

‫ޑިސެމްބަރު ‪ 2016‬ގެ ނިޔަލަށް ދުވާލަކަށް ‪ 2%‬ގެ ރޭޓުން ހިސާބުކުރުމުން އަންނަ ‪852،780.00‬ރ‪.‬‬

‫(އަށްލައްކަ ބާވަންނަ ހާސް ހަތްސަތޭކަ އާހި ރުފިޔާ) ހޯދުމަށް ދަށު ކޯޓުގައި ސަޕްލަޔަރު ދަޢުވާ ކުރިއެވެ‪.‬‬

‫‪ .16‬ސަޕްލަޔަރުގެ ފަރާތުން ފޯރުކޮށްދީފައިވާ ތެލުގެ ޖުމްލަ އަގާއިމެދު ކަސްޓަމަރުގެ ދެބަސްވުމެއް ނެތެވެ‪ .‬އަދި‬

‫މިދަޢުވާގެ ޝަރީޢަތް ދަށު ކޯޓުގައި ހިންގައި ޙުކުމް ކުރުމުގެ ކުރިން ކަސްޓަމަރުގެ ފަރާތުން‪ ،‬ތެލުގެ ޖުމްލަ‬

‫އަގުގެ ތެރެއިން‪ 04 ،‬ޖެނުއަރީ ‪ 2018‬ގެ ނިޔަލަށް ‪840،000.00‬ރ‪( .‬އަށްލައްކަ ސާޅީސްހާސް ރުފިޔާ)‬

‫ދައްކާ‪ ،‬ނުދެއްކި ބާކީ ވަނީ ‪39،000.00‬ރ‪( .‬އޮނަސާޅީސްހާސް ރުފިޔާ) ކަމަށް ކަސްޓަމަރު ބުނެއެވެ‪ .‬އަދި‬

‫އެކަމަށް ސަޕްލަޔަރު އިންކާރެއް ނުކުރެއެވެ‪.‬‬

‫‪5‬‬
‫ރމެންޓް"‬
‫އގް ީ‬
‫"ފިއުލް ސަޕްލައި ެ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 12‬ޝަރީޢަތް ނި ު‬

‫‪ .17‬ކަސްޓަމަރުގެ ފަރާތުން އިންކާރު ކުރަނީ ފައިސާ ދެއްކުން ލަސްވުމުގެ ފީ )‪(late payment fee‬ގެ‬

‫ގޮތުގައި ބަޔާންވެދިޔަ އިންވޮއިސްގެ ޖުމްލައިން ދުވާލަކަށްޖެހޭ ‪ 2%‬ގެ ފީ ދެއްކުމަށެވެ‪ 6.‬އެކަމަށް އިންކާރުކުރާ‬

‫ސަބަބުތަކެއް ކަސްޓަމަރު ބަޔާން ކުރެއެވެ‪ .‬އެގޮތުން‪ ،‬ކަސްޓަމަރަށް ފައިސާ ދެއްކުން ލަސްވެގެން ދިޔައީ‬

‫ސަޕްލަޔަރު އެއްބަސްވުމާއި ޚިލާފުވެ ތެޔޮ ސަޕްލައިކުރުން ހުއްޓާލުމުން ކަމަށް ކަސްޓަމަރު ބުނެއެވެ‪ .‬އަދި‬

‫ސަޕްލަޔަރު ތެޔޮ ސަޕްލައި ކުރުން ހުއްޓާލިއިރު‪ ،‬ފައިސާ ދައްކަން އެއްބަސްވުމުން ލިބިދޭ ‪ 30‬ދުވަހުގެ‬

‫ކްރެޑިޓް މުއްދަތު ހަމަވާން ގާތްވެސް ނުވާކަމަށް ކަސްޓަމަރު ބުނެއެވެ‪ .‬އަދި ސަޕްލަޔަރުގެ ފަރާތުން‬

‫ކަސްޓަމަރަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލުމުގެ ސަބަބުން‪ ،‬ކަސްޓަމަރުގެ ފަރާތުން ތެޔޮ ގަންނަ ފަރާތްތަކަށް‬

‫ތެޔޮ ފޯރުކޮށް ނުދެވި އެކަމުގެ ސަބަބުން ކަސްޓަމަރު އަތުން ތެޔޮ ގަންނަ ފަރާތްތައް ގެއްލި އެފަރާތްތަކާއި‬
‫‪7‬‬
‫ދެމެދު އޮތް އިތުބާރު ގެއްލި ވިޔަފާރިތައް ގެއްލިގެން ދިޔަކަމަށް ބުނެއެވެ‪.‬‬

‫‪ .18‬ކަސްޓަމަރުގެ ފަރާތުން ކުރާ ބަޔާންވެދިޔަ ތުހުމަތު ތަކާއި ގުޅިގެން ސަޕްލަޔަރުގެ ފަރާތުން ސާފު ޖަވާބެއް‬

‫ނުވަތަ ރައްދެއް ދީފައެއް ނެތެވެ‪ .‬މިކަމާއި ގުޅިގެން ސަޕްލަޔަރު ބަޔާން ކޮށްފައިވަނީ ސަޕްލަޔަރު ދަޢުވާ‬

‫ކޮށްފައިވާނީ ކަސްޓަމަރަށް ފޯރުކޮށްދެވުނު ތެލުގެ އަގަށްވާ ފައިސާއަށް ކަމަށްވާއިރު‪ ،‬ފޯރުކޮށްނުދީ ވާ ތެލެއްގެ‬

‫އަގު ހޯދުމަށް ދަޢުވާ ނުކުރާ ކަމަށެވެ‪ 8.‬އަދި ކަސްޓަމަރުގެ ފަރާތުން ޖޫރިމަނާއަށް އިންކާރު ކުރާ ކުރުމާއި‬

‫ގުޅިގެން ސަޕްލަޔަރު ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ‪ 8‬ވަނަ މާއްދާގައި‬

‫"އިންވޮއިސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ލަސްވާ ކޮންމެ ދުވަހަކަށް އިންވޮއިސްގެ ޖުމްލަ ޢަދަދުގެ‬

‫‪6‬‬
‫ރގައި‪.‬‬
‫ނބަ ު‬
‫ނގެ ‪ 6‬ވަނަ ނަ ް‬
‫ހޅި ބަޔާ ު‬
‫ތން ދަށު ކޯޓަށް ހުށަ ެ‬
‫ބރާހީމް ޢުމަރު) ގެ ފަރާ ު‬
‫ޓމަންޓް (އި ް‬
‫ނވެސް ް‬
‫ވ ވިއްސަ އި ް‬
‫ދ ާ‬
‫ރއް ު‬
‫‪ 10‬މެއި ‪ 2017‬ގައި ދަޢުވާ ަ‬
‫‪7‬‬
‫ދވަނަ‬
‫ހޅި ެ‬
‫ބރާހީމް ޢުމަރު) ގެ ފަރާތުން ހުށަ ެ‬
‫ޓމަންޓް (އި ް‬
‫ނވެސް ް‬
‫އސަ އި ް‬
‫ދވާ ވި ް‬
‫އ ު‬
‫އރީ ‪ 2018‬ގައި ދަޢުވާ ރަ ް‬
‫ސެޕްޓެމްބަރު ‪ 2017‬އަދި ‪ 04‬ޖެނު ަ‬ ‫‪4‬‬
‫ގއި‪.‬‬
‫ނ ަ‬
‫ބަޔާނާއި ޚުލާޞާ ބަޔާ ު‬
‫‪8‬‬
‫ގއި‪.‬‬
‫ބރު ަ‬
‫ވނަ ނަން ަ‬
‫ނގެ ‪ަ 2‬‬
‫ތން ދަށު ކޯޓަށް ހުށަހެޅި ބަޔާ ު‬
‫ކރާ ގްރީން ބޮކްސް ޕވޓ ލޓޑ ގެ ފަރާ ު‬
‫‪ 4‬ފެބުރުއަރީ ‪ 2018‬ގައި ދަޢުވާ ު‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 13‬ޝަރީޢަތް ނި ު‬

‫‪( 2%‬ދެއެއް އިންސައްތަ) ފީއެއް ޗާރޖް ކުރެވޭނެއެވެ‪ ".‬މިފަދައިން އޮތުމުން ޖޫރިމަނާއަށް އިންކާރު‬
‫‪9‬‬
‫ނުކުރެވޭނެ ކަމަށެވެ‪.‬‬

‫‪ .19‬ދަށު ކޯޓުން މިމައްސަލަ ނިންމާފައިވަނީ ތެލުގެ އަގަށްވާ ފައިސާގެ ތެރެއިން ނުދެއްކި އޮތް ‪39،000.00‬ރ‪.‬‬

‫(އޮނަސާޅީސްހާސް ރުފިޔާ) އާއި ‪ 14‬ޑިސެމްބަރު ‪ 2016‬ގެ ނިޔަލަށްވާ ޖޫރިމަނާގެ ފައިސާ‬

‫‪852،780.00‬ރ‪( .‬އަށްލައްކަ ބާވަންނަހާސް ހަތްސަތޭކަ އާހި ރުފިޔާ) އާއެކު ޖުމްލަ ‪891،780.00‬ރ‬

‫(އަށްލައްކަ އެކާނަވައިހާސް ހަތްސަތޭކަ އާހި ރުފިޔާ) ކަސްޓަމަރުގެ ފަރާތުން ސަޕްލަޔަރަށް ދެއްކުމަށް ޙުކުމް‬

‫ކޮށެވެ‪ .‬ބަޔާންވެދިޔަ ގޮތަށް ދަށު ކޯޓުން މިމައްސަލަ ނިންމުމާއި ގުޅިގެން ކަސްޓަމަރުގެ ފަރާތުން މިމައްސަލަ‬

‫މިކޯޓުގައި އިސްތިއުނާފު ކޮށް މައިގަނޑު ތިން ނުކުތާއެއް ހުށަހަޅައި އެނުކުތާތަކުގެ މައްޗަށް ވާހަކަ‬

‫ދައްކާފައިވެއެވެ‪ .‬އެނުކުތާތައް މިރިޕޯޓުގެ ރިޔާސަތުން ފާހަގަ ކޮށްފައިވާތީ އަލުން ތަކުރާރު ކުރުމުގެ ބޭނުމެއް‬

‫ނެތެވެ‪.‬‬

‫އިސްތިއުނާފު ކުރި ފުރަތަމަ ނުކުތާ‪:‬‬

‫‪ .20‬މިނުކުތާގައި އިސްތިއުނާފު ކުރި ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ‪ ،‬ޤާނޫނުއަސާސީގެ ‪ 42‬ވަނަ‬

‫މާއްދާގެ (ހ)‪( ،‬ށ) އަދި ‪ 68‬ވަނަ މާއްދާ އާއި ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސް އާއި ޚިލާފަށް‬

‫ކަނޑައެޅިގެން ދަށު ކޯޓުގައި މިޤަޟިއްޔާ ހިންގާފައިވާ ކަމަށެވެ‪ .‬މިނުކުތާގެ އެއްވެސް ތަފްޞީލެއް‬

‫އިސްތިއުނާފު ކުރާ ފަރާތުން ބަޔާން ނުކުރާތީ އެނުކުތާއަށް ޖަވާބެއް ދޭންޖެހޭ ކަމަށް ނުދެކެމެވެ‪.‬‬

‫‪9‬‬
‫ގއި‪.‬‬
‫ބރު ަ‬
‫ވނަ ނަން ަ‬
‫ނގެ ‪ަ 2‬‬
‫ތން ދަށު ކޯޓަށް ހުށަހެޅި ބަޔާ ު‬
‫ރ ު‬
‫ކސް ޕވޓ ލޓޑގެ ފަ ާ‬
‫ރ ގްރީން ބޮ ް‬
‫ޢވާކު ާ‬
‫‪ 02‬އޮގަސްޓް ‪ 2017‬ގައި ދަ ު‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 14‬ޝަރީޢަތް ނި ު‬

‫އިސްތިއުނާފު ކުރި ދެވަނަ އަދި ތިންވަނަ ނުކުތާ‪:‬‬

‫‪ .21‬މިދެ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާންކުރަނީ ދަށު ކޯޓުން ޖޫރިމަނާ ފައިސާ ދެއްކުމަށް‬

‫އަންގާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ‪ 2013/SC-A27‬ޤަޟިއްޔާއާ ޚިލާފަށް ކަމަށާއި‬

‫އަދި ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވަނީ ޤާނޫނު ނަންބަރު ‪( 4/91‬ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ ‪23‬‬

‫ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ‪ .‬މިދެނުކުތާގެ ތަފްޞީލް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅައި ފައިވެއެވެ‪.‬‬

‫އަދި އިސްތިއުނާފު ރައްދުވާ ފަރާތުން އެހުށަހެޅުންތަކަށް ރައްދުދީ ވާހަކަ ދައްކާފައިވެއެވެ‪.‬‬

‫އިސްތިއުނާފު ކުރި މައްސަލައިގައި ހިމެނޭ ފައިސާ‪:‬‬

‫‪ .22‬އިސްތިއުނާފު ކުރާ ފަރާތުން‪ ،‬ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ‪2013/SC-A/27‬‬


‫‪11‬‬ ‫‪10‬‬
‫އާއި އަދި ޤާނޫނު ނަންބަރު ‪4/91‬‬ ‫ނުވަތަ "ޝަރުޠު ޖަޒާއީ"‬ ‫ޤަޟިއްޔާގައި ބަޔާން ކުރާ ޖޫރިމަނާ‬

‫(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ‪ 23‬ވަނަ މާއްދާ (ށ) ގެ ‪ 1‬ވަނަ ނަންބަރާއި ‪ 2‬ވަނަ ނަންބަރަށް ޙަވާލާދީ‬

‫‪10‬‬
‫ސ‬
‫ނޑް ޓްރޭޑިންގ ޕވޓ ލޓޑ ވ‪ .‬ޖައު ާ‬
‫އރިންގ އެ ް‬
‫ނޖިނި ަ‬
‫މރާ އި ް‬
‫ހމް‪ "...‬އެވެ‪ .‬ނަ ީ‬
‫ނއަކީ ތަފާތު ދެ މަފް ޫ‬
‫ރމަ ާ‬
‫އއި ޖޫ ި‬
‫ޖސް ާ‬
‫"ލިކުއިޑޭޓަޑް ޑެމެ ަ‬
‫ވސް ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.53‬‬
‫ޝން މޯލްޑި ް‬
‫ކޮންސްޓްރަކް ަ‬
‫‪11‬‬
‫ރން‬
‫ފޒުކު ު‬
‫ނވަތަ ތަން ީ‬
‫ކރުމުން ު‬
‫މއް ތަންފީޒުނު ު‬
‫މވާކަ ެ‬
‫ޒ ު‬
‫ކޓުގެ ދަށުން ލާ ި‬
‫ކންޓްރެ ް‬
‫އއްގެ މައްޗަށް ޮ‬
‫ރ ެ‬
‫އވެ ި‬
‫އބަ ި‬
‫ގ އެ ް‬
‫ކންޓްރެކްޓް ެ‬
‫ޒއީ އަކީ ޮ‬
‫"ޝަރުޠު ޖަ ާ‬
‫ސ‬
‫ޑވް ް‬
‫އސް‪.‬މޯލް ި‬
‫މއް" ސީ‪.‬ޕީ‪ެ .‬‬
‫ސވު ެ‬
‫އބަ ް‬
‫ރމުގެ މައްޗަށް ވެވޭ އެ ް‬
‫ރ ވަޒަންކު ު‬
‫ނވަ ު‬
‫ބދަލުގެ މި ް‬
‫އޤުވާ ަ‬
‫ޙ ް‬
‫ޔއަށް ަ‬
‫އވެރި ާ‬
‫އބަ ި‬
‫އނެ ް‬
‫ނވި ަ‬
‫މން އެކަމުން އެއްލު ް‬
‫ލަސްކުރު ު‬
‫މއްޗަށް‬
‫އގެ ަ‬
‫ރއެ ް‬
‫އވެ ި‬
‫ރކްޓުގެ ބަ ި‬
‫ދށުން އެ ކޮންޓް ެ‬
‫ނ ޕވޓ ލޓޑ [‪ ]2013‬އެސްސީ ‪ " .27‬ކޮންޓްރެކްޓެއްގެ ަ‬
‫ޕވޓ ލޓޑ ވ‪ .‬ވާރކްސް ކޯޕަރޭޝަ ް‬
‫މގެ‬
‫ރ ު‬
‫އދާނުކޮށް ލަސްކު ު‬
‫ގއި ަ‬
‫އދަތު ަ‬
‫އވާ މު ް‬
‫ފ ި‬
‫ޑއެޅި ަ‬
‫ކރުމަށް ކަނ ަ‬
‫ތޒާމެއް އަދާ ު‬
‫ވތަ އެ އިލް ި‬
‫ބބުން ނު ަ‬
‫ރމުގެ ސަ ަ‬
‫އދާނުކު ު‬
‫މއް ަ‬
‫ގންވާ އިލްތިޒާ ެ‬
‫މވެ ެ‬
‫ކރުން ލާޒި ް‬
‫އަދާ ު‬
‫ލ‬
‫ޤވާ ފަރާތަށް އެ ބަދަ ު‬
‫ދލު ޙައް ު‬
‫އޅައި‪ ،‬ބަ ަ‬
‫ލއި ކަނޑަ ަ‬
‫ވރު ކުރިއާ ަ‬
‫ލގެ މިން ަ‬
‫މގެ ބަދަ ު‬
‫ގއްލު ު‬
‫ޤވާ ެ‬
‫ޙއް ު‬
‫ވ ރިޔާއަށް ަ‬
‫ބއި ެ‬
‫ނއް ަ‬
‫ބބުން ކޮންޓްރެކްޓުގެ އަ ެ‬
‫ސަ ަ‬
‫ގއި ކިޔަނީ "ޝަރްޠު‬
‫އޞްޠިލާޙު ަ‬
‫ރންގެ ި‬
‫މވެ ި‬
‫ޤނޫނީ އިލް ު‬
‫ރވޭ ޝަރްޠައް ާ‬
‫ނވަތަ ކު ެ‬
‫ސވުމަށް ު‬
‫އބަ ް‬
‫ވވޭ އެ ް‬
‫ގއި ެ‬
‫މދު ަ‬
‫ރންގެ ެ‬
‫އވެ ި‬
‫ޓގެ ބަ ި‬
‫ދިނުމަށް ކޮންޓްރެކް ު‬
‫މންޓް ޕވޓ ލޓޑ‬
‫ނވެސްޓް ަ‬
‫ނޖްމަންޓް ޕވޓ ލޓޑ ވ‪ .‬މައިކްރޯ އި ް‬
‫‪ ) Penalty Clause‬ކަމާއި‪ "...‬އައި‪.‬އެންޑް‪.‬ޓީ މެ ޭ‬ ‫ޖަޒާއީ"‬
‫ގ‬
‫ވމު ެ‬
‫ސ ު‬
‫މ އެ ފަރާތުން އެއްބަ ް‬
‫ފނަ ަ‬
‫މއް އަދާނުކޮށް ި‬
‫ޒ ެ‬
‫ދކުރަންޖެހޭ އިލްތި ާ‬
‫ރއަކު އަ ާ‬
‫އވެ ި‬
‫މގެ ބަ ި‬
‫ސވު ު‬ ‫[‪ ]2015‬އެސްސީ ‪" .16‬ޖާޒާއީ ޝަރުޠަކީ އެއް ަ‬
‫ބ ް‬
‫ވ‬
‫ކވެ‪( ".‬ތަފާތު ި‬
‫އދާއެ ެ‬
‫އ ލިޔާ މާ ް‬
‫ގ ި‬
‫ވމު ަ‬
‫ސ ު‬
‫އބަ ް‬
‫ރމަށް އެ ް‬
‫ޅއި ބަޔާންކު ު‬
‫ގއި ކަނޑައަ ަ‬
‫ވމު ަ‬
‫ބސް ު‬
‫އ ަ‬
‫ނވަރު އެ ް‬
‫ބދަލުގެ މި ް‬
‫ދންޖެހޭ މާލީ ަ‬
‫ޔއަށް ޭ‬
‫ވރި ާ‬
‫ބއި ެ‬
‫އ ަ‬
‫އަނެ ް‬
‫އ‬
‫ޒމެ ް‬
‫ނޖެހޭ އިލްތި ާ‬
‫ރޔަކު އަދާކުރަ ް‬
‫އވެ ި‬
‫އގެ ބަ ި‬
‫ޒއީ އަކީ ކޮންޓްރެކްޓެ ް‬
‫ދ ޖަނާޙް [‪ ]2021‬އެސްސީ ‪ " .50‬ޝަރުޠުޖަ ާ‬
‫ޙމަ ު‬
‫ޙސަން ޢަލީމަނިކު ވ‪ .‬އަ ް‬
‫ރައުޔު)‪ަ ،‬‬
‫މދު ކޮންޓްރެކްޓްގެ‬
‫ބދަލާ ެ‬
‫އލުމުގެ ަ‬
‫ގ ް‬
‫ދނެ ެ‬
‫ޔއަށް ލިބި ާ‬
‫އވެރި ާ‬
‫ބ ި‬
‫ކޓްގެ އަނެއް ަ‬
‫ބބުން ކޮންޓްރެ ް‬
‫މގެ ސަ ަ‬
‫ނކޮށް ލަސްކުރު ު‬
‫ވތަ އަދާ ު‬
‫ބބުން ނު ަ‬
‫މގެ ސަ ަ‬
‫ރ ު‬
‫އަދާ ނުކު ު‬
‫އ‬
‫ތގަ ި‬
‫އގެ ގޮ ު‬
‫ދއެ ް‬
‫އ ާ‬
‫މގެ މާ ް‬
‫ސވު ު‬
‫އބަ ް‬
‫އ ް‬
‫ނއި ޝަރުޠު ކުރުމަށް ނުވަތަ ެ‬
‫ޓގައި ހިމަ ަ‬
‫ބސްވެ ކޮންޓްރެކް ް‬
‫އއް ަ‬
‫ނއިރު ެ‬
‫ގއި ކޮންޓްރެކްޓް ކުރެވު ު‬
‫މދު ަ‬
‫ރންގެ ެ‬
‫އވެ ި‬
‫ބަ ި‬
‫ސ‬
‫ނޙް [‪ ]2021‬އެސް ީ‬
‫ޙމަދު ޖަ ާ‬
‫ސން ޢަލީމަނިކު ވ‪ .‬އަ ް‬
‫ޔތު ރައުޔު) ޙަ ަ‬
‫ލބިއް ަ‬
‫އޞްޠިލާހެއްކަން‪( "..‬އަޣު ަ‬
‫ނކުރާ ި‬
‫ނސްބަތްކޮށް ބޭނު ް‬
‫މށް ި‬
‫ހމެނު ަ‬
‫ހިމަނާ ި‬
‫‪.50‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 15‬ޝަރީޢަތް ނި ު‬

‫ދައްކާފައިވާ ވާހަކަތަށް ބަލާއިރު‪ ،‬ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލާއި‪ ،‬އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ‬
‫‪12‬‬
‫ނަމަވެސް‬ ‫އާއި ލިކުއިޑޭޓަޑް ޑެމެޖަސް އާއި މިލަފުޒުތަކުގައި ތަފާތު ތަކެއް ހުރިކަން އެނގެއެވެ‪.‬‬

‫އިސްތިއުނާފީ މައްސަލަ ހުށަހެޅި ހުށަހެޅުމުގައި މިބައިތައް އެކުވެ މަސްހުނިވުމުގެ ސަބަބުން ވާހަކަ ދެކެވެނީ‬

‫އެފައިސާގެ ވާހަކަ ކަމެއް މިފައިސާގެ ވާހަކަ ކަމެއް ސާފެއް ނޫނެވެ‪ .‬އެހެންކަމުން އިސްތިއުނާފު ކުރެވިފައިވާ‬

‫މައްސަލައިގައި ހިމެނޭ "ލޭޓް ޕޭމަންޓް ފީ" ގެ ގޮތުގައި އެއްބަސްވުމުގައި ބަޔާން ކުރާ ‪ 2%‬ގެ ފައިސާއަކީ‬

‫ކޮން ފައިސާއެއްތޯ ފުރަތަމަކަމަކަށް‪ ،‬ދެނެ ގަންނަންޖެހޭކަމަށް ދެކެމެވެ‪ .‬އެހެނީ‪ ،‬އެ ފައިސާއަކީ ކިހިނަކުން‪،‬‬

‫ކޮން ބޭނުމަކު ނަގައިދެވޭ ފައިސާއެއްކަން އެނގިގެން މެނުވީ‪ ،‬އެއީ ނަގައި ދެވޭނެ ފައިސާއެއްކަން ނުވަތަ‬

‫ނޫންކަން ކަނޑައެޅުމަށް ދަތިވާނެއެވެ‪.‬‬

‫ގެއްލުމުގެ ބަދަލު )‪:(damages‬‬

‫‪ .23‬ކޮންޓްރެކްޓްގެ ބައިވެރިންގެ މެދުގައި ބެދެވިގެންދާ އަދި ޞައްޙަ ކޮންޓްރެކްޓަކާއި ބައިވެރިޔަކު ޚިލާފު‬


‫‪13‬‬
‫މިގޮތުން‬ ‫ވެއްޖެނަމަ‪ ،‬އެކަމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި ބައިވެރިޔަކު ބަދަލު ދޭންޖެހޭނެ އެވެ‪.‬‬
‫‪14‬‬
‫އެއްބަޔަކީ‪ ،‬ކޮމްޕެންސޭޓަރީ ޑެމެޖަސް‬ ‫ދޭންޖެހޭ ބަދަލު މައިގަނޑު ދެބަޔަކަށް ބަހާ ލެވިދާނެއެވެ‪.‬‬

‫)‪ (compensatory‬ގެ ގޮތުގައި ނަގައިދެވޭ ބަދަލެވެ‪ .‬އަނެއް ބަޔަކީ‪ ،‬އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ‪،‬‬

‫ބަދަލުގެ ގޮތުގައި ލިބިދިނުމަށް ވަކި މިންވަރެއް ކަނޑައަޅައި ނުވަތަ އެކަމުގެ ޖަޒާއެއްގެ ގޮތުން ލިބިދެވޭނެ‬

‫ވަކި މިންވަރެއް އެއްބަސްވުމުގައި ދުރާލާ ލިޔެ ބަޔާންކޮށްފައިވާ ބަދަލު )‪ (liquidated damage‬އެވެ‪.‬‬

‫‪12‬‬
‫ނ‬
‫ދ ެ‬
‫އގައި ދައްކަން ޖެހި ާ‬
‫ތން ޙާލަތެ ް‬
‫ވރަށް ތަފާތު ި‬
‫ނގޮތުން ަ‬
‫ޤނޫ ީ‬
‫އސާއަކީ ާ‬
‫ނޖެހޭ ފަ ި‬
‫ތގައި ދައްކަ ް‬
‫ދބުގެ ގޮ ު‬
‫ބދަލާއި‪ ،‬އަ ަ‬
‫ލމުގެ ަ‬
‫" ޖޫރިމަނާ އާއި ގެއް ު‬
‫ނޙް [‪ ]2021‬އެސްސީ ‪.50‬‬
‫މދު ޖަ ާ‬
‫އޙް ަ‬
‫މނިކު ވ‪ަ .‬‬
‫ލބިއްޔަތު ރައުޔު) ޙަސަން ޢަލީ ަ‬
‫ސއެކެވެ‪( ".‬އަޣު ަ‬
‫ފައި ާ‬
‫‪13‬‬
‫ދގެ (ހ)‪.‬‬
‫މއް ާ‬
‫ނބަރު‪( 4/91:‬ކޮންޓްރެކްޓާބެހޭ ޤާނޫނު)ގެ ‪ 23‬ވަނަ ާ‬
‫ޤާނޫނުނަ ް‬
‫‪14‬‬
‫ނމަށް‬
‫އގެ ބޭ ު‬
‫ލ ި‬
‫މއްސަ ަ‬
‫ވސް މި ަ‬
‫ހއްޓެވެ‪ .‬ނަމަ ެ‬
‫އބަ ު‬
‫ބދަލުގެ ތަފާތު ެ‬
‫ދވޭ ަ‬
‫ގއި ެ‬
‫ބބުން ނަ ަ‬
‫ވމުގެ ސަ ަ‬
‫ކޮންޓްރެކްޓާއި ޚިލާފު ު‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 16‬ޝަރީޢަތް ނި ު‬

‫ޤާނޫނު ނަންބަރު‪( 4/91 :‬ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ‪ 23‬ވަނަ މާއްދާ‪:‬‬

‫‪ .24‬ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގައި ބަޔާން ކުރަނީ‪ ،‬ބައިވެރިންގެ މެދުގައި ވެފައިވާ ޞައްޙަ‬

‫އަދި ބެދެވިގެންދާ އެއްބަސްވުމެއްގެ ވާހަކަ އެކެވެ‪ .‬މިމާއްދާގައި ބަޔާން ކުރަނީ އެފަދަ އެއްބަސްވުމަކާއި‬

‫ޚިލާފުވެއްޖެނަމަ‪ ،‬ނަގައި ދެވިދާނެ ބަދަލުތަކުގެ ތެރެއިން ކޮމްޕެންސޭޓަރީ ޑެމެޖަސް ނުވަތަ އެއްބަސްވުން‬

‫ބަދަލު‬ ‫ނުކުރާ‬ ‫ބަޔާން‬ ‫މިންވަރެއް‬ ‫ވަކި‬ ‫ގޮތުގައި‬ ‫ބަދަލުގެ‬ ‫ގެއްލުމުގެ‬ ‫އެކަށައަޅާއިރު‪،‬‬

‫)‪ (unliquidated damage‬ނަގައި ދިނުމުގެ އުޞޫލެވެ‪ .‬އެމާއްދާގައި ބަޔާން ކުރާ ބަދަލަކީ‪ ،‬ޞައްޙަ‬

‫ތަންފީޛު ކުރެވޭނެ އެއްބަސްވުމަކާއި ޚިލާފުވުމުން‪ ،‬ލިބުނު ގެއްލުން އަގުކޮށް ހިސާބުކޮށް ބަލަންޖެހޭ‬

‫ގެއްލުންތަކެވެ‪ .‬މިއުޞޫލުގެ ދަށުން ގެއްލުން ހިސާބުކޮށް ބެލެނީ‪ ،‬އެއެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރިނަމަ‪،‬‬

‫އެއްބަސްވުމާއި ޚިލާފުނުވާ މައުސޫމް ފަރާތް ހުންނާނެ ޙާލަތާއި އެންމެ ގާތްކުރާ ހިސާބަކަށް ފައިސާއިން‬

‫ބަދަލު ދީގެން އެހިސާބަކަށް އޭނާ ގެންގޮސް ދިނުމަށެވެ‪ .‬ޤާނޫނު ނަންބަރު‪( 4/91 :‬ކޮންޓްރެކްޓާބެހޭ ޤާނޫނު)‬

‫ގެ ‪ 23‬ވަނަ މާއްދާގައި ބަދަލު ނެގޭނެ ދެގޮތެއް ހިމެނިފައިވެއެވެ‪ .‬އެމާއްދާގައި އޮތީ؛‬

‫(ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ‪ ،‬އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް‬
‫ނޖެހޭނެއެވެ‪.‬‬
‫އެޢަމަލުކުރި މީހަކު‪ ،‬ބަދަލު ދޭ ް‬
‫ތން ބަދަލުދޭންޖެހޭ ގެއްލުމަކީ؛‬
‫(ށ) މިމާއްދާގެ (ހ) ގައިވާ ގޮ ު‬
‫އލުން‪.‬‬
‫(‪ )1‬ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެ ް‬
‫(‪ )2‬އެފަދަ ޚިލާފު ޢަމަލެއް ކުރުމުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން‪.‬‬

‫މިފަދައިންނެވެ‪ .‬ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގައި ބަޔާން ކުރާ ބަދަލު ނަގައި ދިނުމުގެ‬

‫އުޞޫލަކީ ބައެއް އެހެން ޖުރިސްޑިކްޝަންތަކުގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި ބަޔާން ކުރާ ބަދަލު ނަގައި‬
‫‪15‬‬
‫ބަދަލު ނައިދިނުމުގެ އެއުޞޫލު ބަޔާން ކުރާ ގޮތުން ބަދަލު‬ ‫ދިނުމުގެ އުޞޫލާއި އެއްގޮތް އުޞޫލެކެވެ‪.‬‬

‫ނަގައިދެވޭނީ؛‬

‫‪15‬‬
‫ބހޭ‬
‫ޖގެ ކޮންޓްރެކްޓާ ެ‬
‫ރއް ޭ‬
‫ދއަކީ ާ‬
‫މއް ާ‬
‫ނގެ ‪ 74‬ވަނަ ާ‬
‫ޤނޫ ު‬
‫ޔގެ ކޮންޓްރެކްޓާބެހޭ ާ‬
‫އދި މެލޭޝި ާ‬
‫އދާ ަ‬
‫ގ ‪ 73‬ވަނަ މާ ް‬
‫ނނު ެ‬
‫ޔގެ ކޮންޓްރެކްޓާބެހޭ ޤާ ޫ‬
‫އިންޑި ާ‬
‫އވެ‪.‬‬
‫އދާ ެ‬
‫ދމާ ް‬
‫ހމެނޭ ެ‬
‫ޔން ކުރާ މަފްހޫމް ި‬
‫ދގައި ބަ ާ‬
‫އ ާ‬
‫ނގެ ‪ 23‬ވަނަ މާ ް‬
‫ޤާނޫ ު‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 17‬ޝަރީޢަތް ނި ު‬

‫‪(1) Which naturally arose in the usual course of things from the breach, or‬‬
‫‪(2) Which the parties knew, when they made the contract, to be likely to result from‬‬
‫‪the breach of it.‬‬
‫‪16‬‬
‫ވުޖޫދުވުމުގެ ކުރިން‪،‬‬ ‫މި އުޞޫލުގެ މަތިންނެވެ‪ .‬މިއުޞޫލަކީ‪ ،‬އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނު‬

‫ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ގުޅޭ ގޮތުން‪ ،‬އިގިރޭސިވިލާތުން ނިންމާފައިވާ ‪Hadley v Baxendale‬‬


‫‪17‬‬
‫އެކަށައެޅި އުޞޫލެކެވެ‪ .‬ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގައި‬ ‫މައްސަލައިގައި‬

‫ހިމެނިފައިވާ ބަދަލު ނަގައިދިނުމުގެ އުޞޫލާއި ބަޔާންވެދިޔަ އެހެން ޖުރިސްޑިކްޝަންތަކުގައި ކޮންޓްރެކްޓާއި‬

‫ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައި ދިނުމުގައި ބަލާ އުޞޫލާއި އެއްގޮތް ކަމަށް ވާތީ‪ ،‬ދިވެހިރާއްޖޭގެ‬

‫ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބަދަލު ނަގައިދިނުމުގެ މައްސަލަތަކާއިމެދު ގޮތް ނިންމާއިއިރު‪ ،‬މިދެންނެވި‬

‫އުޞޫލަށް އެހެން ޖުރިސްޑިކްޝަންތަކުން ދީފައިވާ ތަފްސީރަށް ރިޢާޔަތް ކުރެވިދާނެ ކަމަށް ދެކެމެވެ‪.‬‬

‫‪ .25‬ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިއުޞޫލުގައި ބަޔާން ކުރާ ފުރަތަމަ‬

‫ގޮތަކީ‪ ،‬ކޮންޓްރެކްޓާއި ޚިލާފު ވެއްޖެނަމަ‪ ،‬ޢާންމު އުޞޫލުން އެކަމެއް ހިނގަމުންދާ ގޮތުން‪ ،‬އޭގެ ތަބީއަތުގައި‬

‫ކުރިމަތިވާނެ )‪ (naturally arose in the usual course‬ގެއްލުން ކަމަށް އެޙާލަތުގައި ހުރި ސަބަބުވެރި‬

‫އިންސާނަކަށް ޤަބޫލު ކުރެވޭ ގެއްލުން ނުވަތަ އެކަމުގެ ސަބަބުން ސީދާ ލިބޭނެ ގެއްލުމުގެ ބަދަލު‬

‫)‪ (actual damages/direct damages‬އެވެ‪ .‬މިފަދަ ގެއްލުމެއް ވާނެކަން ކޮންޓްރެކްޓާ ޚިލާފުވާ ފަރާތަށް‬

‫އަޞްލުން ނުވަތަ ދުރާލާ އެގިފައި އޮތުން ލާޒިމެއް ނޫނެއެވެ‪ .‬ޤާނޫނު ޤަބޫލު ކުރަނީ އެފަދަ ގެއްލުންތައް‬

‫ކުރިމަތިވާނެކަން ކޮންޓްރެކްޓާއި ޚިލާފުވާ ފަރާތަށް އެނގޭނެ ކަމަށެވެ‪.‬‬

‫‪16‬‬
‫މބަރު‬
‫ނގަންފެށީ ‪ 1‬ސެޕްޓެ ް‬
‫ޤނޫނު ހި ް‬
‫އ ާ‬
‫ކވެ‪ެ .‬‬
‫އވާ ޤާނޫނެ ެ‬
‫އޅާފަ ި‬
‫ކށަ ަ‬
‫މންލޯގެ މަންޗަށް ބިނާކޮށް ‪ 1872‬ގައި އެ ަ‬
‫ގރޭސި ކޮ ަ‬
‫އ ި‬
‫ޑއަށް ކޮންޓްރެކްޓް އެކްޓަކީ‪ި ،‬‬
‫އިން ި‬
‫‪ 1872‬ގައެވެ‪.‬‬
‫‪17‬‬
‫‪Hadley v Baxendale (1854) 9 Exch 341.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 18‬ޝަރީޢަތް ނި ު‬

‫‪ .26‬ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މިއުޞޫލުގައި ބަޔާން ކުރާ ދެވަނަ‬

‫ގޮތަކީ‪ ،‬އެއްބަސްވުން ވާއިރު‪ ،‬ކޮންޓްރެކްޓާ ޚިލާފުވާ ފަރާތް ނޫން އަނެއް ފަރާތް (މައުސޫމް ފަރާތް) ހުރި‬

‫ޚާއްޞަ ޙާލަތް އެގިފައި އޮތުމުގެ ސަބަބުން )‪ (special knowledge‬ނުވަތަ ބަޔާން ކޮށްދީފައި އޮތުމުގެ‬

‫ބައިވެރިންނަށް‬ ‫ކޮންޓްރެކްޓްގެ‬ ‫ކަމަށް‬ ‫ކުރިމަތިވެދާނެ‬ ‫ޚިލާފުވެއްޖެނަމަ‪،‬‬ ‫ކޮންޓްރެކްޓާއި‬ ‫ސަބަބުން‪،‬‬

‫ނުކުމެދާނެކަމަށް ބެލެވިފައިވާ ނުވަތަ އެނގިފައިވާ )‪(the parties knew…to be likely to result‬‬

‫ގެއްލުމެވެ‪ .‬އެހެންކަމުން‪ ،‬މިބައިގައި ބަޔާންކުރާ ގެއްލުމަކީ‪ ،‬ކޮންޓްރެކްޓާއި ޚިލާފުވުމުން ނިކުމެދާނެ‬

‫ގެއްލުން‬ ‫އެނގިފައިވާނެ‬ ‫ދުރާލާ‬ ‫ގެއްލުންތަކެއްކަން‬ ‫ކުރިމަތިލާންޖެހިދާނެ‬ ‫ތެރެއިން‬ ‫ނަތީޖާއެއްގެ‬

‫)‪ (foreseeable damages‬ކަމުގައި ބެލެވޭނެ އެވެ‪ .‬ނަމަވެސް މިގެއްލުންތަކަށް ބަދަލެއްގެ ގޮތުގައި ވަކި‬

‫ޢަދަދެއްގެ ފައިސާ ދުރާލާ ކޮންޓްރެކްޓްގައި ހިމަނާފައެއް ނުވާނެއެވެ‪ .‬އިންޑިޔާ އަދި އެޤައުމުގެ ޤާނޫނު‬

‫ނަކަލުކޮށްފައިވާ ޤައުމުތަކުގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި މިގޮތުން ނަގައި ދެވޭ ބަދަލަކީ‪ ،‬މާދުރު‬

‫‪ (too remote)18‬އަދި ނުސީދާ )‪ (indirect‬ބަދަލެއް ކަމުގައި ވެގެން ނުވާނެކަމަށް ޝަރުޠު ކުރެއެވެ‪.‬‬

‫އަދި ހަމައެހެންމެ‪ ،‬އެގެއްލުމަކީ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތިވި ގެއްލުމެއް ކަމުގެ ސަބަބީ‬

‫ގުޅުން )‪ (causal link‬ސާބިތުކޮށްދޭން ޖެހެއެވެ‪ .‬މީގެ އިތުރުން‪ ،‬އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް‬

‫އެދޭއިރު އެގެއްލުން ކުޑަކުރުމަށް )‪ (mitigate‬ކުރެވެން ހުރިކަންކަން ކޮށްފައިވޭތޯ ބަލައި އެކަމަށް ރިޢާޔަތް‬

‫ކުރެވެއެވެ‪ .‬އެހެންކަމުން‪ ،‬ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގައި ހުރި އެއްގޮތްކަމުގެ‬

‫ސަބަބުން މިދެންނެވި ބަދަލު ނަގައިދިނުމުގައި ބަޔާންވެދިޔަ ޝަރުޠުތައް ހިނގާނެކަމަށް ދެކެމެވެ‪.‬‬

‫‪18‬‬
‫‪Hadley v. Bazendale (1854) 9 Exch 341.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 19‬ޝަރީޢަތް ނި ު‬

‫‪ .27‬ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ބަދަލު ހޯދުމަށް ކުރާ ދަޢުވާތަކުގައި‪ ،‬އެބަދަލެއް ނަގައި ދެވޭނީ‪ ،‬ދަޢުވާ‬

‫ކުރާ ފަރާތުން ކުރާ ދަޢުވާގައި ބަޔާން ކުރާ ގެއްލުން ކޯޓަށް ސާބިތު ކޮށްދިނުމުންނެވެ‪ .‬އެހެންކަމުން‪،‬‬

‫ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ބަދަލު ނަގައި ދިނުމުގައި އެންމެ އިންޞާފުވެރި ގޮތަކަށް ވާނީ‬

‫އެއެއްބަސްވުމުގެ ބައިވެރިއަކަށް ގެއްލުމެއް ލިބިފައިވާނަމަ އެލިބުނު ގެއްލުމެއް ޝަރީޢަތަށް ސާބިތުވުމުން އެ‬


‫‪19‬‬
‫ގެއްލުމެއްގެ ބަދަލު ޝަރީޢަތުން ނަގައިދިނުމެވެ‪.‬‬

‫ލިކުއިޑޭޓަޑް ޑެމެޖަސް (‪:)liquidated damages‬‬

‫‪ .28‬ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފާނެ ކަމަށް ދެކިގެން‪ ،‬އެފަދަ‬

‫ޙާލަތެއްގައި ލިބިދާނެ ގެއްލުމުގެ ބަދަލުގެ މިންވަރު‪ ،‬އެކޮންޓްރެކްޓްގައި ދުރާލާ ލިޔެ ބަޔާން ކުރުމަކީ‬

‫ކޮންޓްރެކްޓްގެ ބައިވެރިންނަށް ލިބިގެންވާ މިނިވަން ކަމެކެވެ‪ .‬މިއުޞޫލުން‪ ،‬އެއްބަސްވުމެއްގައި ހިމަނާފައިވާ‬


‫‪20‬‬
‫މިއީވެސް‪،‬‬ ‫ފައިސާއަކީ "ލިކުއިޑޭޓަޑް ޑެމެޖަސް" )‪ (liquidated damages‬ކަމުގައި ބެލެވެއެވެ‪.‬‬

‫ނަމަވެސް މިއީ‬ ‫ކޮންޓްރެކްޓާ ޚިލާފުވުމުން‪ ،‬ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދެވިދާނެ ފައިސާ އެކެވެ‪.‬‬

‫ކޮންޓްރެކްޓަކާ ޚިލާފުވުމުން ބަދަލު ދޭންޖެހުމާއި ގުޅޭ ގޮތުން ރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ‬

‫މާއްދާގައި ބަޔާން ކުރާ އުޞޫލުން ނަގައިދޭ ގެއްލުމުގެ ބަދަލެއް ނޫނެވެ‪ .‬ޙަސަން ޢަލީމަނިކު ވ‪ .‬އަޙްމަދު‬

‫ޖަނާޙް [‪ ]2021‬އެސްސީ ‪ .50‬ޤަޟިއްޔާގައި؛‬

‫‪19‬‬
‫ޑވްސް ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.53‬‬
‫ސޓްރަކްޝަން މޯލް ި‬
‫ނ ް‬
‫ޖއުސާ ކޮ ް‬
‫ޑންގ ޕވޓ ލޓޑ ވ‪ަ .‬‬
‫ރންގ އެންޑް ޓްރޭ ި‬
‫އންޖިނއަ ި‬
‫ނަމީރާ ި‬
‫‪20‬‬
‫އވެ‪.‬‬
‫ކއް ވެ ެ‬
‫މގެ ބޭނުންތަ ެ‬
‫ބޔާން ކުރު ު‬
‫ގއި ަ‬
‫އ ކޮންޓްރެކްޓު ަ‬
‫ވރެ ް‬
‫މން ަ‬
‫ގ ވަކި ި‬
‫ސ ެ‬
‫ފއި ާ‬
‫ދވޭނެ ަ‬
‫ބ ެ‬
‫ގއި ލި ި‬
‫ގތު ަ‬
‫ލގެ ޮ‬
‫ގއި‪ ،‬ބަދަ ު‬
‫ކޮންޓްރެކްޓާއި ޚިލާފުވާ ޙާލަތު ަ‬
‫ނއެވެ‪.‬‬
‫އޅުން ބޮޑު ކަމަކަށް ވެދާ ެ‬
‫ދއް ނެރުން ދަތި އަދި ޮ‬
‫ކށް ހިސާބު ޖަހައި ޢަދަ ެ‬
‫އގު ޮ‬
‫ތވާ ގެއްލުމަކީ ަ‬
‫ބބުން ކުރިމަ ި‬
‫މގެ ސަ ަ‬
‫ވ ު‬
‫މއި ޚިލާފު ު‬
‫ސވު ާ‬
‫ބ ް‬
‫ރށް އެއް ަ‬
‫އއްފަހަ ަ‬
‫ބަ ެ‬
‫ލއި‬
‫ރމާއި‪ ،‬ދުރާ ާ‬
‫ދ ޔަޤީންކަށް އިތުރުކު ު‬
‫ލމެ ު‬
‫މއި ބަދަ ާ‬
‫ދއު ާ‬
‫ވގެން ނު ި‬
‫ށ ެ‬
‫ރކަށްވުރެ ދަ ް‬
‫ވ ަ‬
‫ނވަރު ވަކި ަ‬
‫ލގެ މި ް‬
‫ނ ލިބެންޖެހޭ ބަދަ ު‬
‫ޅގެ ް‬
‫ފދަ ޚިލާފަކާއި ގު ި‬
‫މން‪ ،‬އެ ަ‬
‫އެހެންކަ ު‬
‫ދއެއް‬
‫އ ާ‬
‫ރއިން މިފަދަ މާ ް‬
‫ވންކަމުގެ ތެ ެ‬
‫ނ ަ‬
‫އތް މި ި‬
‫ވމަށް ޮ‬
‫ސ ު‬
‫އބަ ް‬
‫މވެސް އެ ް‬
‫އވެ‪ .‬ނަ ަ‬
‫ހމެނެ ެ‬
‫ތއް ި‬
‫ފދަ ބޭނުން ަ‬
‫ރވުން ަ‬
‫ށ ތައްޔާ ު‬
‫ވރިންނަށް އެކަމަ ް‬
‫އ ެ‬
‫މގެ ބަ ި‬
‫ސވު ު‬
‫އބަ ް‬
‫އެ ް‬
‫ނއެވެ‪.‬‬
‫އންނާ ެ‬
‫ޞޞް ކޯޓުތަކުގައި ޮ‬
‫ތ ާ‬
‫ރލް ކުރުމަށް ކޯޓުތަކަށް ލިބޭ އިޚް ި‬
‫ކރާ ކަންކަން ބަލައި ކޮންޓް ޯ‬
‫ގއި ބަޔާން ު‬
‫އ ަ‬
‫ދއެ ް‬
‫މއް ާ‬
‫ފދަ ާ‬
‫ވސް‪ ،‬އެ ަ‬
‫ނމަ ެ‬
‫އޅި ަ‬
‫އެކަށަ ެ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 20‬ޝަރީޢަތް ނި ު‬

‫ވނީ‪،‬‬
‫" ވިޔަފާރީގެ އެއްބަސްވުންތަކުގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ މާއްދާތައް މަގުބޫލުވެފައި ަ‬

‫ނ‬
‫ޖެހު ް‬ ‫ތހައްމަލުކުރަން‬
‫ަ‬ ‫ގެއްލުން‬ ‫ށޓަކައި‬
‫ލިބިގަތުމަ ް‬ ‫ދަށުން‬ ‫މާއްދާއެއްގެ‬ ‫އެފަދަ‬

‫ށ‬
‫ދގައި ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ލިބިދެވޭނެކަމަ ް‬
‫ލާޒިމުނުވާތީއެވެ‪ .‬ދެފަރާތުގެ މެ ު‬

‫ނ‬
‫ބތުކުރަން ޖެހޭނީ ހަމައެކަ ި‬
‫އެއްބަސްވުމުގައި ބުނާ ފައިސާ ލިބިގަތުމަށްޓަކައި ކޯޓުގައި ސާ ި‬

‫އެއްބަސްވުމާ ޚިލާފުވެފައިވާ ކަމާއި‪ ،‬އެ ޚިލާފުގެ ސަބަބުން އެއްބަސްވުމުގައި ބުނާ ގެއްލުމުގެ‬

‫ދވެރިވެފައިވާ ކަމެވެ‪".‬‬
‫ދންޖެހޭ ޙާލަތެއް މެ ު‬
‫ބަދަލު ލިބި ޭ‬

‫ބަޔާން ކުރާ މަތީގައިވާ ޕެރެގްރާފުން‪ ،‬ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ‬

‫ގެއްލުމުގެ ބަދަލާއި ލިކުއިޑޭޓަޑް ޑެމެޖަސްގައި ހުރި ތާފާތު ސާފުކޮށް އެނގެއެވެ‪ .‬މިގޮތުން؛‬

‫ލިކުއިޑޭޓަޑް ޑެމެޖަސްގެ ޒާތަކީ‪ ،‬ކޮންޓްރެކްޓާއި ޚިލާފުވުމުން‪ ،‬ވެދާނެކަމަށް އޭގެ ބައިވެރިންނަށް‬ ‫‪.28.1‬‬

‫ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ‬
‫‪21‬‬
‫އަންދާޒާއެއްގެ )‪ (genuine pre-estimate of loss‬މައްޗަށް ބިނާވާންޖެހޭ ފައިސާއެކެވެ‪.‬‬

‫ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް‬ ‫‪.28.2‬‬

‫ލިކުއިޑޭޓަޑް‬ ‫ފައިސާއަކީ‪،‬‬ ‫ހިމެނިފައިވާ‬ ‫އެއްބަސްވުމުގައި‬ ‫ނުވެއްޖެނަމަ‪،‬‬ ‫ކަމުގައި‬

‫ޑެމެޖަސްކަމުގައި ނުވެ އެއީ "އަދަބެއް" ނުވަތަ "ޕެނަލްޓީ" އަކަށް ވުމުގެ ފުރުޞަތު އޮވެއެވެ‪.‬‬

‫ލިކުއިޑޭޓަޑް ޑެމެޖަސްއާ ގުޅޭ ގޮތުން އެއްބަސްވުމުގައި ލިޔެފައި ހުންނަ މާއްދާތައް ކޯޓުތަކުން‬

‫ތަންފީޛުކުރުމުގައިވެސް އެ މާއްދާއެއްގެ ދަށުން ނަގައިދެވޭ މިންވަރަކީ ގެއްލުމުގެ ބަދަލާއި‬

‫ކަނޑައެޅިފައިވަނީ‬ ‫ވަޒަންކުރަންވާނެކަމަށް‬ ‫މިންވަރެއްކަން‬ ‫މުނާސަބު‬ ‫ގުޅުންހުރި‬


‫‪22‬‬
‫ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާއަކީ‪ ،‬އެކޮންޓްރެކްޓެއްގައި‬ ‫މިސަބަބަށްޓަކައެވެ‪.‬‬

‫‪21‬‬
‫‪Clydebank Engineering and Shipping Co. v. Don Fose Ramos Yzquierdo y Castaneda [1905] A.C.6).‬‬
‫‪22‬‬
‫ޑވްސް ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.53‬‬
‫ސޓްރަކްޝަން މޯލް ި‬
‫ނ ް‬
‫ޖއުސާ ކޮ ް‬
‫ޑންގ ޕވޓ ލޓޑ ވ‪ަ .‬‬
‫ރންގ އެންޑް ޓްރޭ ި‬
‫އންޖިނއަ ި‬
‫ނަމީރާ ި‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 21‬ޝަރީޢަތް ނި ު‬

‫ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ ޕެނަލްޓީއެއްގެ ގޮތުގައި މިންވަރު ކަނޑައަޅާ ބަޔާންކޮށްފައި‬

‫ނުވާ ކޮންމެ އެއްބަސްވުމެއްގެ މައްޗަށްވެސް ހިންގޭނެ މާއްދާއެއް ކަމަށްވާތީ‪ ،‬އެމާއްދާގެ ދަށުން‬

‫ކަނޑައެޅޭ ގެއްލުމުގެ ބަދަލަކީ "އަދަބެއް" ނުވަތަ "ޕެނަލްޓީ" އަކަށް ވުމުގެ ފުރުޞަތެއް‬

‫ނޯންނާނެއެވެ‪.‬‬

‫ލިކުއިޑޭޓަޑް ޑެމެޖަސްގެ ދައުރަކީ‪ ،‬ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ގެއްލުން ތަހައްމަލު‬ ‫‪.28.3‬‬

‫ކުރަން ނުޖެހުނަސް އެ މިންވަރު ލިބި ދިނުމެކެވެ‪ .‬ވީމާ‪ ،‬މިޙާލަތުގައި‪ ،‬ޙަޤީޤީ ގެއްލުމެއް‬

‫ވެފައިވާކަން ސާބިތުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ‪ .‬ކޮންޓްރެކްޓާއި‬

‫ޚިލާފުވުމުން ކުރިމަތިވެދާނެކަމަށް ޤަބޫލު ކުރެވޭ ގެއްލުން ދުރާލާ އަގުކުރުމުގައި މުހިންމު‬

‫މިންވަރަކީ އަސްލު ވާނެ ކަމަށް ބެލެވޭ ގެއްލުމުގެ މިންވަރެވެ‪ .‬އެހެންކަމުން‪ ،‬ގެއްލުން ކަމުގައި‬

‫ބަޔާން ކުރާ ފައިސާގެ ތެރޭގައި މާދުރު )‪ (too remote‬ގެއްލުންތަކަށް ފައިސާ ހިމެނިފައިވާ‬


‫‪23‬‬
‫ނަމަ‪ ،‬އެ ކަމުގެ މައްޗަށް ބިނާކޮށް ފައިސާ އުނި ކުރުން ހުއްދަ ނުކުރެވޭނެ ސަބެބެއް ނެތެވެ‪.‬‬

‫ކޮންޓްރެކްޓެއްގައި ހިމެނިފައިވާ ލިކުއިޑޭޓަޑް ޑެމެޖަސް ކޯޓަށް ނަގައިދިންނަމަވެސް ލިކުއިޑޭޓަޑް‬ ‫‪.28.4‬‬

‫ޑެމެޖަސްގެ ގޮތުގައި ބަޔާން ކުރާ އަދަދަކީ ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި‬

‫ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް ކަމުގައި ނުވެއްޖެނަމަ‪ ،‬އެއީ ޕެނަލްޓީ ކުލޯޒެއް‬
‫‪24‬‬
‫އެފަދަ‬ ‫ކަމުގައި ވެގެން ދެއެވެ‪ .‬މިޙާލަތުގައި‪ ،‬އެއީ ތަންފީޛު ކޮށްދެވޭނެ މާއްދާއެއް ނޫނެވެ‪.‬‬

‫މާއްދާގެ މަޤްޞަދަކަށް ވެގެންދަނީ‪ ،‬ކޮންޓްރެކްޓާ ޚިލާފުވި ފަރާތަށް އަދަބު ދިނުމެވެ‪ .‬އެހެންވެ‪،‬‬

‫ކޯޓުތަކުން ނިންމާފައިވަނީ އެއީ ހުއްދަ ކުރެވިދާނެ މަޤްޞަދެއް ނޫންކަމަށެވެ‪ .‬އަދި އަދަބެއްގެ‬

‫ގޮތުން ކޮންޓްރެކްޓްގައި ހިމަނާ ފައިސާ ޕަބްލިކް ޕޮލިސީއާއި ޚިލާފުވާނެތީ‪ ،‬އެފައިސާއަކީ‬

‫‪23‬‬
‫‪Robophone Facilities Ltd v. Blank [1966] 1 WLR 1428, 1447.‬‬
‫‪24‬‬
‫‪Clydebank Engineering and Shipping Co. v. Don Fose Ramos Yzquierdo y Castaneda [1905] A.C.6).‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 22‬ޝަރީޢަތް ނި ު‬

‫ނަގައިދެވޭނެ ފައިސާއެއް ނޫނެވެ‪ .‬އެއީ ކޮންޓްރެކްޓަކީ އަދަބު ދީގެން ޢަމަލު ކުރުވާ‬

‫އެއްޗެއްކަމުގައި ނުވާތީއެވެ‪.‬‬

‫އަދަބެއްގެ ގޮތުން ހިމަނާ ފައިސާ )‪:(penalty clause‬‬

‫‪ .29‬އެއްބަސްވުމެއް ވާއިރު‪ ،‬އަދަބެއްގެ ގޮތުން ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާ އާއި ލިކުއިޑޭޓަޑް‬

‫ޑެމެޖަސްއާ ދެމެދު ތަފާތެއް ވެއެވެ‪ .‬ޕެނަލްޓީ ކުލޯޒްގެ ޒާތަކީ‪ ،‬އަދަބެއްގެ ގޮތުން ނުވަތަ އިރުހާބީ ގޮތެއްގައި‬

‫)‪ (in terrorem‬ފައިސާގެ ޢަދަދެއް ކޮންޓްރެކްޓާއި ޚިލާފުވާ ފަރާތުގެ މައްޗަށް ލާޒިމު ކުރުވުމަށް ހިމަނާ‬

‫ފައިސާ އެކެވެ‪ .‬މިފަދަ މާއްދާއަކީ ކޯޓުން ތަންފީޛު ކޮށްދޭ މާއްދާއެއް ނޫނެވެ‪ .‬ސަބަބަކީ‪ ،‬އަދަބެއް ދީގެން‬

‫ޙަސަން‬ ‫ކޮންޓްރެކްޓަށް ޢަމަލު ކުރުވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނު ބަލައިގަންނަ ހަމައަކަށް ނުވުމެއެވެ‪.‬‬

‫ޢަލީމަނިކު ވ‪ .‬އަޙްމަދު ޖަނާޙް[‪ ]2021‬އެސްސީ ‪ .50‬ޤަޟިއްޔާގައި؛‬

‫ނ ޕެނަލްޓީ ކްލޯޒް )‪ (penalty clause‬އެއް ނުވަތަ‬


‫"ބަދަލު ލިބިގަތުމަށް ބަރޯސާވަ ީ‬

‫ދ‬
‫ބލެވޭ މާއްދާއެއްގެ މައްޗަށް ކަމުގައިވާނަމަ‪ ،‬އާންމު އުސޫލުން އެފަ ަ‬
‫އުގޫބާތެއްގެ ގޮތުގައި ެ‬

‫ބަދަލެއް ނަގައި ނުދެވެއެވެ‪ .‬އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް‪،‬‬

‫ނ ކަމަށް އެއްބަސްވެފައިވާ‬
‫ވ ެ‬
‫އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން ލިބިދެ ޭ‬

‫ނ ކޯޓުން ވަޒަންކުރަން‬
‫ނންކަ ް‬
‫މިންވަރަކީ ޕެނަލްޓީއެއްކަން (އުގޫބާތެއް ކަން) ނުވަތަ ޫ‬

‫ޖެހެއެވެ‪".‬‬

‫ސުޕްރީމް ކޯޓުން ބަޔާން ކުރާ މިއުޞޫލަށް ބަލާއިރު‪ ،‬ބައެއް ޙާލަތްތަކުގައި‪ ،‬ކޮންޓްރެކްޓްގައި ހިމަނާފައިވާ‬

‫ލިކުއިޑޭޓަޑް ޑެމެޖަސްއަކީވެސް‪ ،‬އަދަބެއްގެ ގޮތުގައި ހިމެނިފައިވާ ފައިސާއެއް ކަމުގައި ބެލެވިގެން ދެއެވެ‪.‬‬

‫އެއީ‪ ،‬ޤަބޫލު ކުރެވޭ ޙަޤީޤީ ނުވަތަ ސީދާ ގެއްލުމަކާއި ގުޅުވައި ދުރާލާ ކަނޑައެޅޭ ޞަރީޙަ އަންދާޒާއެއް‬

‫ކަމުގައި ނުވާ‪ ،‬އާދަޔާ ޚިލާފަށް ބޮޑު ޣައިރު މަޢުޤޫލު ޢަދަދެއް ކަމަށް ބެލޭވެ ޙާލަތްތަކުގައެވެ‪.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 23‬ޝަރީޢަތް ނި ު‬

‫‪ .30‬ކޮންޓްރެކްޓެއްގައި ބަޔާން ކުރާ ފައިސާއަކީ‪ ،‬ޕެނަލްޓީއެއްކަމުގައި ވުމަކީ‪ ،‬އެމާއްދާ ކޮންޓްރެކްޓުން‬

‫އުނިކޮށްލެވިދާނެ ސަބަބެއް ނޫނެވެ‪ .‬ކޮންޓްރެކްޓްގެ ބައިވެރިންނަށް ކޮންޓްރެކްޓްއަށް ވަނުމަށް ލިބިފައިވާ‬

‫މިނިވަން ކަމުގެ ތެރެއިން‪ ،‬އުފެދިގެން އަންނަ އެއްބަސްވުންތަކާއިމެދު ކޯޓުން ގޮތް ނިންމާއިރު‪ ،‬ކޯޓުތަކުގެ‬

‫ނިންމި ނިންމުމުން ފައިދާ ބޮޑުވެފައިވަނީ ކޮންފަރާތަކަށްތޯ ބެލުމެއް‬ ‫ޒިންމާއަކީ ކޮންޓްރެކްޓްގެ ބައިވެރިން‬

‫ނޫނެވެ‪ .‬އަދި ކޮންޓްރެކްޓްގެ ބައިވެރިން އެކަށައަޅާފައިވާ ކޮންޓްރެކްޓް ބަދަލުކޮށް ހެޔޮވަރު ކޮށްދިނުމަކީވެސް‬

‫ކޯޓުން ކުރާ ކަމެއް ނޫނެވެ‪ .‬ނަމަވެސް‪ ،‬އެމާއްދާއަށް ބަރޯސާވެ ބަދަލު ހޯދުމަށް އެދޭ ފަރާތަށް‪ ،‬އަސްލުވީ‬
‫‪25‬‬
‫ގެއްލުމަށްވުރެ އިތުރަށް ފައިސާ ނަގައިދިނުމަށް ކޯޓަކުން އެމާއްދާ ތަންފީޛެއް ނުކުރާނެއެވެ‪.‬‬

‫ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާއަކީ ކިހިނަކުން ކޮންބޭނުމަކު ނަގައިދޭ ފައިސާއެއްކަން ދެނެގަތުން‪:‬‬

‫‪ .31‬ކޮންޓްރެކްޓްގެ ބައިވެރިން ކޮންޓްރެކްޓްގައި ހިމަނާފައިވާ ބަސް މަގަށް ފުރަތަމަ ނަޒަރުން ބަލާއިރު‪،‬‬

‫"ޕެނަލްޓީ" ނުވަތަ "ލިކުއިޑޭޓަޑް ޑެމަޖަސް" ނުވަތަ މިނޫންވެސް މިފަދަ ބަސްތަކުގެ މާނައަކީ އެމީހުން‬

‫އެބޭނުންކުރި ބަހެއްގެ މާނަ ކަމުގައި ފެނިދާނެއެވެ‪ .‬ނަމަވެސް މިގޮތަށް ބޭނުންކޮށްފައިވާ ބަސްމަގަކީ‬

‫ގިނަފަހަރަށް ނިހާއީ ބަސް މަގަކަށް ނުވެއެވެ‪ .‬އެހެންކަމުން‪ ،‬ކޮންޓްރެކްޓްގައި ބަޔާންކުރާ ފައިސާގެ މިންވަރަކީ‬

‫ހަޤީޤަތުގައި "ޕެނަލްޓީ" އެއްތޯ ނުވަތަ "ލިކުއިޑޭޓަޑް ޑެމެޖަސް" ތޯ އެނޫން އެހެން ފައިސާއެއްތޯ ކޯޓުން‬
‫‪26‬‬
‫ބަލަން ޖެހެއެވެ‪ .‬މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާރު ބަލައިގެންފައިވާ އުޞޫލެކެވެ‪.‬‬

‫‪25‬‬
‫‪Jobson v. Johnson [1989[ 1 ALL ER‬‬
‫‪26‬‬
‫ޙ ]‪ [2021‬އެސްސީ ‪.50‬‬
‫ނ ް‬
‫މދު ޖަ ާ‬
‫ޙަސަން ޢަލީމަނިކު ވ‪ .‬ޢަޙް ަ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 24‬ޝަރީޢަތް ނި ު‬

‫‪ .32‬ކޮންޓްރެކްޓްގައި ހިމެނިފައިވާ ފައިސާގެ ޢަދަދަކީ‪ ،‬ޕެނަލްޓީއެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލުގެ ޖަވާބު‬

‫ބިނާވެގެންދަނީ‪ ،‬ކޮންމެ ކޮންޓްރެކްޓެއްވެސް ވަކިން އެކޮންޓްރެކްޓެއްގައި ބަޔާންކުރާ ޝަރުޠުތަކާއި‬

‫އެކޮންޓްރެކްޓާއި ގުޅިފައިވާ ޙާލަތްތަކުގެ މައްޗަށް ބަލައިގެން އެކަށައެޅޭ ސުވާލަކަށެވެ‪ .‬ލިކުއިޑޭޓަޑް ޑެމެޖަސް‬

‫އާއި ޕެނަލްޓީއާ ދެމެދު ތަފާތު ކުރާ އަސާސް ބިނާވަނީ ކޮންޓްރެކްޓްގެ ބައިވެރިންގެ ކޮންޓްރެކްޓް އެކަށައެޅި‬
‫‪27‬‬
‫އެމާއްދާއަކީ ހެޔޮ ނިޔަތާއެކު ޤަބޫލު ކުރެވޭ ގެއްލުމެއްގެ ޞަރީޙަ އަންދާޒާ‬ ‫ވަގުތު އޮތް ނިޔަތުގެ މައްޗަށެވެ‪.‬‬

‫އެއްތޯ ނޫނީ ކޮންޓްރެކްޓާ ޚިލާފުވާ ފަރާތަށް އަދަބެއް ދިނުމަށް ހިމަނާ މާއްދާއެއް ތޯ ބެލުމުގައި‪ ،‬ތަފާތު‬

‫ޓެސްޓުތައް ބޭނުން ކޮށްފައިވެއެވެ‪ .‬ދުރާލާ ކުރާ އަންދާޒާއެއްގައި އާދަޔާ ޚިލާފަށް އެކަށީގެން ނުވާ ގޮތަށް‬
‫‪28‬‬
‫ނުވާކަމަށް ދަލީލު ލިބޭނެ ކަމެކެވެ‪ .‬ޞަރީޙަ‬ ‫އިތުރުކޮށްފައި އޮތުމަކީ‪ ،‬އެއަންދާޒާއަކީ ޞަރީޙަ އަންދާޒާއެއް‬
‫‪29‬‬
‫ކުރެވިފައިވާ އަންދާޒާއެއްތޯ‬ ‫ކޮށް އަންދާޒާ ކުރަންޖެހުމުގެ ބަދަލުގައި‪ ،‬އެއަންދާޒާއަކީ އެކަށީގެންވާ ގޮތަކަށް‬

‫ކޯޓުތަކުން ފަހުން ބަލަން ފެށިއެއެވެ‪ .‬މިގޮތުން‪ ،‬ދުރާލާ ކުރާ އަންދާޒާއަކީ‪ ،‬އެކަށީގެންނުވާ އަންދާޒާއެއް ނަމަ‬

‫އެއީ ރަގަޅު އަންދާޒާއަކަށް ނުވާނެއެވެ‪ .‬ނަމަވެސް‪ ،‬ދުރާލާކުރާ އަންދާޒާއަކީ އެކަށީގެންވާ އަންދާޒާއަކަށް‬

‫ވުމަށްޓަކައި އެއީ ރަގަޅު ޞަރީޙަ އަންދާޒާއަކަށް ވުން ލާޒިމެއް ނުކުރެއެވެ‪ .‬އެހެންކަމުން‪ ،‬ދުރާލާ ކުރާ‬

‫އަންދާޒާއަކީ އެކަށީގެންނުވާ ޢަދަދެއް ކަމަށް ބެލުމުގައި‪ ،‬އެއަންދާޒާގައި ބަޔާންކުރާ ފައިސާގެ މިންވަރާއި‬

‫ލިބުނު ގެއްލުމާއި ދެމެދު ވަރަށް ބޮޑު އުނި ފަރަގެއް ނުވަތަ ޙަޤީޤަތާއި ދިމާނުވުންތަކެއް ހުންނަންޖެހޭނެއެވެ‪.‬‬

‫މިގޮތުން މިސުވާލަށް ޖަވާބު ދިނުމުގައި ބޭނުން ކުރެވިދާނެ ޓެސްޓްތައް‪ ،‬އިގިރޭސިވިލާތުގެ ބައެއް‬

‫މައްސަލަތަކުގައި ބަޔާންކޮށްފައިވާއިރު‪ ،‬ބައެއް މައްސަލަތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ‪،‬‬


‫‪30‬‬
‫ޙަސަން ޢަލީމަނިކު ވ‪ .‬ޢަޙްމަދު ޖަނާޙް މައްސަލައިގައި ޙަވާލާދީ ބަޔާންކޮށްފައިވެއެވެ‪.‬‬

‫‪27‬‬
‫‪Public Works Commissioner v. Hills [1906] A.C 368.‬‬
‫‪28‬‬
‫‪Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79‬‬
‫‪29‬‬
‫‪Alfred McAlpine Capital Projects Ltd v. Tilebox Ltd [2005] EWHC 281.‬‬
‫‪30‬‬
‫‪Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79., Cavendish Square Holding‬‬
‫‪BV v El Makdessi; ParkingEye Ltd v Beavis [2015] UKSC 67.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 25‬ޝަރީޢަތް ނި ު‬

‫"ޖެނުއިން ޕްރީ‪-‬އެސްޓިމޭޓް އޮފް ލޮސް ޓެސްޓް" އިން "ލެޖިޓިމޭޓް އިންޓަރެސްޓް ޓެސްޓް"އަށް‪:‬‬

‫ޤަޟިއްޔާގައި‪ ،‬ޕެނަލްޓީސް ނުވަތަ‬ ‫‪31‬‬


‫‪ .33‬އިގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ނިންމި‪ ،‬ކެވެންޑިޝް އަދި ޕާކީންއައި‬

‫ޖަޒާއީ ގޮތުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފައިސާއާބެހޭ ގޮތުން ބަލާނެ އައު ޓެސްޓެއް ވަނީ‬

‫ކަނޑައަޅާފައެވެ‪ .‬މިގޮތުން‪ ،‬އެއްބަސްވުމުގައި ހިމެނޭ މާއްދާއަކީ ޕެނަލްޓީއެއް ތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރިން‬

‫ބޭނުން ކުރަމުންދިޔަ "ޖެނުއިން ޕްރީ‪-‬އެސްޓިމޭޓް އޮފް ލޮސް" ޓެސްޓްވަނީ ދޫކޮށްލާފައެވެ‪ .‬އައު ޓެސްޓަގައި‬

‫ބަޔާން ކުރަނީ‪ ،‬ކޮންޓްރެކްޓްގައި ބަޔާން ކުރާ އެމާއްދާއަކީ‪ ،‬ކޮންޓްރެކްޓާ ޚިލާފުނުވާ ފަރާތުގެ އަސާސީ އިލްތިޒާމެއް‬

‫މަޞްލަޙަތާއި‬ ‫ޤާނޫނީ‬ ‫ކުރުމުގެ‬ ‫ތަންފީޛު‬ ‫‪(primary‬‬ ‫)‪obligation‬‬

‫)‪(out of all proportion‬‬ ‫ހ ގޮތަކުން ނިސްބަތް ކުރާއިރު‪،‬‬


‫‪ (legitimate‬ހުރި ާ‬ ‫)‪interest‬‬

‫ކޮންޓްރެކްޓާއި ޚިލާފުވީ ފަރާތުގެ މައްޗަށް ކަނޑައެޅޭ ނުބައްދަލު ގެއްލުންބޮޑު )‪ (detriment‬ޘާނަވީ‬

‫އިލްތިޒާމެއް )‪ (secondary obligation‬ކަމުގައި ވުމެވެ‪ .‬މިޙާލަތުގައި އެމާއްދާ ޖަޒާއީ ކަމަށްވުމުން‬

‫ތަންފީޛެއް ނުކުރެވޭނެއެވެ‪.‬‬

‫‪ .34‬އިގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ މިނިންމުމުން‪ ،‬އެނގިގެން ދިޔައީ‪ ،‬ކޮންޓްރެކްޓާއި ޚިލާފުވުމުން ލިބޭ‬

‫ގެއްލުމަށް ދެވޭ ބަދަލުގެ އިތުރުން ބައެއް ޙާލަތްތަކުގައި ކޮންޓްރެކްޓްގެ ބައިވެރިއަކަށް ކޮންޓްރެކްޓު ތަންފީޛު‬

‫ކުރުމުގެ "ޤާނޫނީ މަސްލަޙަތެއް" އޮތްކަމަށް ކޯޓުން ޤަބޫލު ކުރާނެ ކަމެވެ‪ .‬ވީމާ ކޮންމެ މައްސަލައެއް‬

‫ވަކިވަކިން ބަލައި‪ ،‬ރައްކާތެރި ކުރަން އެދޭ ކަމަކީ‪ ،‬ޤާނޫނީ މަޞްލަޙަތެއްތޯ ދެނެގަތުމުގައި‪ ،‬ހަމައެކަނި ލިބޭނެ‬

‫ގެއްލުން ވަޒަން ކުރުމުގެ ބަދަލުގައި‪ ،‬އެފަދަ މަސްލަޙަތު ތަކުގެ ތެރޭގައި‪ ،‬ރިޢާޔަތް ކުރެވޭނެ ކަންތައްތަކުގެ‬

‫ގޮތުގައި‪ ،‬ވިޔަފާރީގެ ރީތި ނަން ކިލަބުވެގެން ދިއުމުގެ އިހުތިމާލުފަދަ‪ ،‬އެވިޔަފާރީއެއް މިހާރު ގޮސްފައި އޮތް‬

‫ހިސާބުފަދަ‪ ،‬ނޫނީ ފޯރު ކޮށްދޭ ޚިދުމަތުގައި ޢާންމު މަޞްލަޙަތު އޮތް މިންވަރު އަދި މިނޫންވެސް ޤާނޫނީ‬

‫‪31‬‬
‫‪Cavendish Square Holding BV v El Makdessi; ParkingEye Ltd v Beavis [2015] UKSC 67.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 26‬ޝަރީޢަތް ނި ު‬

‫މަޞްލަޙަތު ފުޅާ ދާއިރާއެއްގައި ވަޒަންކޮށް ރިޢާޔަތް ކުރުމުގެ ފުރުޞަތު ހުޅުވިގެން ދެއެވެ‪ .‬އެގޮތުން‪ ،‬އެފަދަ‬

‫މަސްލަޙަތެއް ރައްކާތެރި ކުރުމުގެ ގޮތުން‪ ،‬އަޅަން މުނާސަބު ފިޔަވަޅަކީ ކޮބާތޯ ކަނޑައެޅިދާނެއެވެ‪ .‬ހަމައެކަނި‪،‬‬

‫ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ބެލުމުގެ ބަދަލުގައި‪ ،‬އެފަދަ ކޮންޓްރެކްޓަކާއި‬

‫ޚިލާފުވުމުގެ ސަބަބުން ވިޔަފާރީގެ ރީތިނަމާއި އިތުބާރު ކިލަނބުވެ ގެއްލިދާނެ ތޯ ބެލުމަކީ ވިޔަފާރިއަށް ވަރަށް‬

‫މުހިންމު ކަމެކެވެ‪ .‬މިސާލަކަށް ތެޔޮ ސަޕްލައި ކޮށްދޭ ބަޔަކު‪ ،‬ގަވާއިދުން ތެޔޮ ސަޕްލައި ކޮށްދޭތީ‪،‬‬

‫އެވިޔާފަރިއަށް އޮތް އިތުބާރު ނަގައިދެވޭ ގެއްލުމުގެ ބަދަލަކުން ނުހޯދޭނެއެވެ‪ .‬މިހާލަތުގައި‪ ،‬ކޮންޓްރެކްޓާއި‬

‫ޚިލާފުވެގެން ތެޔޮ ސަޕްލައި ކުރުން ހުއްޓިއްޖެނަމަ‪ ،‬އެވިޔަފާރީއަށް ލިބިފައިވާ ރީތިނަމާއި އެވިޔަފާރި މިހާރު‬

‫ގޮސްފައިވާ ހިސާބު އެގޮތުގައި ރައްކާތެރިކުރުމަކީ ކޮންޓްރެކްޓްގައި ހިމެނޭ ޤާނޫނީ މަޞްލަޙަތެވެ‪ .‬މިޙާލަތުގައި‬

‫ކޮންޓްރެކްޓްގައިވާ މާއްދާއަކީ ޕެނަލްޓީއެއްތޯ ނޫންތޯ ކަނޑައެޅުމުގައި މިފަދަ ކަންކަމަށް ރިޢާޔަތް ކޮށް އެއީ‬

‫ޕެނަލްޓީ ކުލޯޒެއް ނޫންކަމުގައި ނިންމި ދާނެއެވެ‪.‬‬

‫‪ .35‬ޔޫކޭ ސުޕްރީމް ކޯޓުގެ މައްސަލައިގައި އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމްއަކީ ކޮބައިކަން ދެނެގަތުމުގައި‬

‫ފަނޑިޔާރުންނަކަށް އެއްބަސްވެވިފައެއް ނެތެވެ‪ .‬އަސާސީ އިލްތިޒާމެއްގެ ސިފައިގައި ޖަޒާއީ ކަމެއް ހިމެނިފައި‬

‫އޮތްކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެއެވެ‪ .‬އެހެންކަމުން‪ ،‬އެއީ ކުރިމަތިވާނެ އުދަގޫ ކަމެކެވެ‪ .‬ދިވެހިރާއްޖޭގެ‬

‫ސުޕްރީމް ކޯޓުން މިނުކުތާގައި ބަޔާން ކުރަނީ‪" ،‬މިފަދައިން ކޯޓުން ކަނޑައެޅުމުގައި‪ ،‬ވަކި އިލްތިޒާމަކީ‬

‫އެއްބަސްވުމުގެ ދަށުން އުފުލަން އޮތް މައި އިލްތިޒާމުކަން )‪ (primary obligation‬ނުވަތަ އޭގެ ބޭރުން‬

‫އޮތް ވަކި )‪ (secondary obligation‬އިލްތިޒާމެއްކަން ކަނޑައެޅުމުގައި‪ ،‬ކޯޓުން ބަލާނީ މާއްދާގެ ސިފަ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 27‬ޝަރީޢަތް ނި ު‬

‫ލިޔެފައިވާ‬ ‫މާއްދާ‬ ‫އިތުރުން‪،‬‬ ‫މީގެ‬ ‫އަށެވެ‪.‬‬ ‫)‪(substance‬‬ ‫އޮށްޓަރު‬ ‫އޭގެ‬ ‫)‪ (form‬އަށްވުރެ‬
‫‪32‬‬
‫)‪ (drafted/worded‬ގޮތަށްވެސް ކޯޓުން ބަލާނެއެވެ‪".‬‬

‫‪ .36‬އިގިރޭސިވިލާތުން މި އެކަށައެޅި އައު ޓެސްޓް އިގިރޭސި ޤާނޫނީ ނިޒާމާ އެއްގޮތް ބައެއް އެހެން ޤައުމުތަކުން‬

‫ބަލައިގަތުމުގައި ފަސްޖެހެއެވެ‪ .‬ފުރަތަމަ ސަބަބަކީ‪ ،‬ފަހުން އެކަށައެޅި މިޓެސްޓްގެ އާޚިރު ނަތީޖާއަކީ ކުރިން‬

‫ޢަމަލުކުރަމުން އައި "ޖެނުއިން‪-‬ޕްރީ އެސްޓިމޭޓް ޓެސްޓް" އަށް އިތުރުކުރެވުނު ބޮޅެއް ކަމުގައި ވާތީއެވެ‪.‬‬

‫ދެވަނަ ސަބަބަކީ‪ ،‬ކެވެންޑިޝް މައްސަލަގައި‪ ،‬ކަނޑައެޅި ޓެސްޓަކީ‪ ،‬މާ ފުލެކްސިބަލް ޓެސްޓަކަށް ވުމެވެ‪.‬‬

‫އެޓެސްޓަކީ މާފަސޭހައިން ބަދަލުކުރެވޭ ތަބީޢަތުގެ ޓެސްޓަކަށް ވުމަކީ‪ ،‬އެއްބަސްވުމުގެ ބައިވެރިންނަށް‬

‫ޔަޤީންކަން ގެއްލޭނެ ކަމެއްކަމުގައި ޤަބޫލު ކުރެވިފައިވެއެވެ‪ .‬ޚާއްޞަކޮށް ކޮންޓްރެކްޓްގެ ބައިވެރިންނަށް ވަކި‬

‫ނަތީޖާއެއް ހޯދުމަށް ނޫނީ ކޯޓުމެދުވެރިކޮށް ލިބިގަނެވިދާނެ ފަރުވާއެއް ދެނެގަތުމުގައި ޔަޤީންކަން ކުޑަވެގެން‬

‫ދެއެވެ‪ .‬ނަމަވެސް ކެވެންޑިޝްގެ މައްސަލައިގައި ކަނޑައެޅި އުޞޫލަކީ މުޅިން އެއަށް ޢަމަލު ނުކުރެވޭނެ‬

‫އުޞޫލެއް ނޫނެވެ‪ .‬މިގޮތުން ކެވެންޑިޝް ގަޒިއްޔާގައި ކަނޑައެޅި ލެޖިޓިމޭޓް އިންޓަރެސްޓްގެ ތެރޭގައި ހިމެނޭ‪،‬‬

‫ކޮމާޝަލް އިންޓަރެސްޓް‪ ،‬ނުވަތަ އެއްބަސްވުމުގެ ބައިވެރިންނަކީ އެއްބަސްވުން އެކަށައެޅިއިރު ތިބި ޙާލަތު؛‬

‫އެއްބަސްވުމުގެ އެއްބައިވެރިޔައަކީ ޤާނޫނީ ލަފާ ލިބިގެން އެއްބަސްވުމަށް ވަތް މީހެއްކަމުގައި ވާއިރު އަނެއް‬

‫ފަރާތަކީ ޤާނޫނީ ގޮތުން އެއްވެސް ލަފައެއް ލިބިފައި ނެތް މީހެއްނަމަ މިކަންކަން ބެލެވޭނެއެވެ‪.‬‬

‫‪32‬‬
‫ނސް ‪.39‬‬
‫އގެ ރިފަރެ ް‬
‫އސަލަ ި‬
‫ޙ ]‪ [2021‬އެސްސީ ‪ 50‬މަ ް‬
‫ނ ް‬
‫މދު ޖަ ާ‬
‫ޙަސަން ޢަލީމަނިކު ވ‪ .‬ޢަޙް ަ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 28‬ޝަރީޢަތް ނި ު‬

‫ލ‪ 33‬އިތުރަށް‬
‫‪ .37‬ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ ކެވެންޑިޝް މައްސަލައަކީ ޑަންލޮޕް މައްސަ ަ‬
‫‪34‬‬
‫އެހެންކަމުން ޑަންލޮޕް މައްސަލައިގައި ކަނޑައެޅި ޓެސްޓުން‬ ‫ތަފްސީލު ކޮށްދޭ މައްސަލައެއްގެ ގޮތުގައެވެ‪.‬‬

‫ދިވެހިރާއްޖެއިން ދުރަށް ގޮސްފައެއް ނުވެއެވެ‪ .‬ޑަންލޮޕް މައްސަލައިގައި އެކަށައެޅި އުޞޫލަކީ؛‬

‫ނ "ލިކުއިޑޭޓަޑް ޑެމެޖަސް"‬
‫އބަސްވުމުގައި ހިމަނާ ބަސްމަގުގައި "ޕެނަލްޓީ" ނޫ ީ‬
‫‪ .37.1‬އެއްބަސްވުމެއްގެ ބައިވެރިން އެ ް‬
‫ގ ބޭރުފުށުން‬
‫ފަދަ ބަސްތައް ބޭނުން ކޮށްފައި އޮތްނަމަވެސް‪ ،‬އެބަސްތަކަކީ ފުރަތަމަ ބަލާބެލުމުން‪ ،‬އެބަސްތަކު ެ‬
‫ފއިވާ ބަސްތަކެއް ކަމުގައި ވިޔަސް އެއީ މުޅިން ނިހާއީ ބަސްމަގެއް ކަމުގައި‬
‫ނން ކޮށް ަ‬
‫ފެންނަ މާނައިގައި ބޭ ު‬
‫ނުވެއެވެ‪ .‬އެހެންވެ‪ ،‬ބޭރުފުށުން އެބަސްތަކަށް ބެލުމުގެ ބަދަލުގައި‪ ،‬އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާގެ‬
‫ސ ޕެނަލްޓީ އެއްތޯ ނުވަތަ ލިކުއިޑޭޓަޑް ޑެމެޖަސްތޯ ކޯޓުން ބަލަން ޖެހޭނެއެވެ‪.‬‬
‫މިންވަރަކީ‪ ،‬ހަމަ ހަޤީޤަތުގައިވެ ް‬
‫‪ .37.2‬ޕެނަލްޓީގެ އަސާސީ ސިފައަކީ‪ ،‬އެއީ އެއްބަސްވުމާއި ޚިލާފުވާ ފަރާތަށް އިރުހާބީ ގޮތެއްގައި ދެއްކުން ލާޒިމު ކުރާ‬
‫ފައިސާއެއް ކަމުގައި ވުމެވެ؛ ލިކުއިޑޭޓަޑް ޑެމެޖަސްގެ އަސާސީ ސިފައަކީ‪ ،‬އެއީ ލިބިދާނެ ކަމަށް ބެލެވޭ‬
‫ގެއްލުމެއްގެ ރަނގަޅު އަންދާސީއެއްގެ މައްޗަށް ވެވޭ އަހުދެއް ކަމުގައި ވުމެވެ‪.‬‬
‫ތ ލިކުއިޑޭޓަޑް ޑެމެޖަސްތޯ ކުރެވޭ ސުވާލުގެ‬
‫ފއިސާއަކީ ޕެނަލްޓީ އެއްތޯ ނުވަ ަ‬
‫‪ .37.3‬އެއްބަސްވުމުގައި ހިމަނާފައިވާ ަ‬
‫މ އެއްބަސްވުމެއްގެވެސް އެއެއްބަސްވުމުގެ ޝަރުޠުތަކާއި އެއެއްބަސްވުމަކާއި‬
‫ނދާނީ ކޮން ެ‬
‫ޖަވާބު ބިނާވެގެ ް‬
‫ގުޅިލާމެހިފައިވާ ޙާލަތްތައް އެއެއްބަސްވުންވީ ވަގުތު ކަން ހުރި ގޮތުގެ މައްޗަށް ބިނާ ކުރެވިގެންނެވެ‪ .‬އެއީ‬
‫އެއްބަސްވުމާއި ޚިލާފުވާ ވަގުތުގެ މައްޗަށް ބިނާ ކުރެވޭ ކަމެއް ނޫނެވެ‪.‬‬
‫ފތު ޓެސްޓްތައް‬
‫އބަސްވުމުގައިވާ ފައިސާއަކީ ކޮން ބާވަތެއްގެ ފައިސާއެއްތޯ ދެނެގަތުމަށް ތަ ާ‬
‫‪ .37.4‬މިދެންނެވި ގޮތަށް އެ ް‬
‫ބޭނުން ކުރެވެއެވެ‪ .‬އޭގެ ތެރޭގައި؛‬
‫މއި‬
‫ބތުކޮށްދެވޭނެ އެންމެ ބޮޑު ގެއްލު ާ‬
‫ވދާނެ ކަމަށް ސާ ި‬
‫‪ .37.4.1‬އެއެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ކުރިމަތި ެ‬
‫ކރާ‬
‫އަޅާ ކިޔާއިރު‪ ،‬އެއްބަސްވުމުގައި ހިމެނިފައިވާ ފައިސާއަކީ އަދަޔާ ޚިލާފަށް ބޮޑު ބުއްދި ޤަބޫލު ނު ު‬
‫ނއެވެ‪.‬‬
‫މިންވަރެއްނަމަ‪ ،‬އެފައިސާއަކީ ޕެނަލްޓީ އެއްކަމުގައި ނިންމި ދާ ެ‬
‫ޖހިފައިވާ ފައިސާއެއް ނުދެއްކުމުގެ‬
‫ނވެގެންވަނީ ހަމައެކަނި ދައްކަން ެ‬
‫‪ .37.4.2‬އެއެއްބަސްވުމާއި ޚިލާފުވުން ބި ާ‬
‫މައްޗަށް ކަމަށްވެފައި‪ ،‬އެއްބަސްވުމުގައި ހިމަނާފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއަށްވުރެ މާބޮޑު‬
‫ޢަދަދެއްނަމަ އެއީ ޕެނަލްޓީއެއް ކަމުގައި ނިންމިދާނެއެވެ‪.‬‬
‫އއަށްވުރެ ގިނަ ކަންތަކަކުން ނޫނީ ގިނަ ކަންތައްތަކެއް މެދުވެރިވާއިރު‪،‬‬
‫‪ .37.4.3‬ކުރިމަތިވެދާނެ ކަމަކުން ނުވަތަ ެ‬
‫އެއީ ބައެއް ޙާލަތްތަކުގައި ސީރިއަސް އަނެއްބައި ހާލަތްތަކުގައި ކަމެކޭ ހީނުވާ ޒާތުގެ ގެއްލުންތައް‬
‫މލަ‬
‫ކންމެ ޙާލަތަކާއި ގުޅިގެން ފައިސާގެ ޖު ް‬
‫ގއިވާއިރު‪ ،‬މިއިން ހަމަ ޮ‬
‫ކުރިމަތި ކުރުވާފާނެ ކަމެއް ކަމު ަ‬
‫ޢަދަދެއް ދެއްކުމަށް ކަނޑައަޅާފައިވާނަމަ‪ ،‬އެއީ ޕެނަލްޓީއެއް ކަމުގައި ނިންމިދާނެއެވެ‪.‬އަނެއްކޮޅުން؛‬
‫‪ .37.4.4‬ކުރިއާލާ ހިސާބުކުރާ ގެއްލުމުގެ މިންވަރު ކަޑައެޅުމަކީ ކުރަން އުދަގޫ ދަތި ކަމަކަށްވެފައި‪،‬‬
‫ކުރިމަތިވެދާނެ ގެއްލުން ރަނުން ރަނަށް ހިސާބު ކުރެވިފައި ނުވުމަކީ އެއްބަސްވުމުގައި ހިމަނާފައިވާ‬

‫‪33‬‬
‫‪Dunlop Pneumatic Tyre Co. Ltd v. New Garage and Motor Co. Ltd [1915] A.C.79‬‬
‫‪34‬‬
‫ނސް ‪.40‬‬
‫އގެ ރިފަރެ ް‬
‫އސަލަ ި‬
‫ޙ ]‪ [2021‬އެސްސީ ‪ 50‬މަ ް‬
‫ނ ް‬
‫މދު ޖަ ާ‬
‫ޙަސަން ޢަލީމަނިކު ވ‪ .‬ޢަޙް ަ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 29‬ޝަރީޢަތް ނި ު‬

‫ފައިސާއަކީ ރަގަޅު އަންދާޒާއެއް ކަމަށް ނިންމުމަށް އޮތް ހުރަހެއް ނޫނެވެ‪ .‬މިއާޚިލާފަށް އެއީ ޙާލަތު‬
‫ދގައި ދެކެވުނު ވާހަކައިގެ ރަނގަޅު އަންދާޒާއެއް ކަމުގައި ވާނެއެވެ‪.‬‬
‫ނިޔާކުރާގޮތުން ދެފަރާތުގެ ދެމެ ު‬
‫މިއެވެ‪.‬‬

‫‪ .38‬އިންޑިޔާގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 74‬ވަނަ މާއްދާގައި ބަޔާންވެދިޔަ ކަންކަމަކަށް ޤާނޫނީ ޙައްލެއް‬

‫ދީފައިވާ ކަމަށް ބެލެވެއެވެ‪ .‬މިގޮތުން‪ ،‬ކޮންޓްރެކްޓްގައި ބަޔާން ކުރާ ފައިސާގެ މިންވަރަށްވުރެ އިތުރު‬

‫ނުވާގޮތަށް "އެކަށީގެންވާ ބަދަލެއް" ދިނުމުގެ ފުރުޞަތު އޮވެއެވެ‪ .‬ސުވާލަކީ‪ ،‬އެއްބަސްވުމުގައި ބަޔާން ކުރާ‬

‫ފައިސާއަކީ‪" ،‬ޕެނަލްޓީ ކްލޯޒް" އެއް ގޮތުގައި ވެގެން‪ ،‬ތަންފީޛު ނުކުރެވޭ ގޮތަށް ކަނޑައަޅާނަމަ‪،‬‬

‫އެއްބަސްވުމާއި ޚިލާފުނުވާ ފަރާތަށް ޚާއްޞަކޮށް އެއްބަސްވުމުގައި ބަޔާންކުރާ ފައިސާގެ ޢަދަދަށްވުރެ މާބޮޑު‬

‫ގެއްލުންވެފައިވާ ފަރާތް ތަކަށް‪ ،‬އަސްލު ލިބުނު ގެއްލުމުގެ ބަދަލު ހޯދި ދާނެ ހެއްޔެވެ؟ ކޮންޓްރެކްޓްގައި‬

‫ހިމެނޭ ޕެނަލްޓީ ކުލޯޒްގެ އަޘަރަކީ ކޮބައިކަން ބަޔާން ކޮށްދެމުން‪ ،‬ކެވެންޑިޝް ޤަޟިއްޔާގައި ބަޔާން‬

‫ކޮށްފައިވަނީ‪ ،‬ކޮންޓްރެކްޓާއި ޚިލާފު ނުވާ ފަރާތަށް އޮތް ފަރުވާއަކީ‪ ،‬ޢާންމު ޤާނޫނުގެ ދަށުން ގެއްލުމުގެ‬

‫ބަދަލު ހޯދުމެވެ‪ .‬އެހެނީ‪ ،‬ޕެނަލްޓީ ކުލޯޒް ކޯޓުން ތަންފީޛުކޮށް ނުދިންނަމަވެސް‪ ،‬އެއްބަސްވުމުގައިވާ އަސާސީ‬

‫‪35‬‬
‫އިލްތިޒާމާއި ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ކޮމަންލޯ އުޞޫލުން ނަގައިދިނުމެވެ‪.‬‬

‫ދިވެހިރާއްޖޭގައި މިޙާލަތުގައި ނަގައިދެވޭނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގެ ދަށުން ގެއްލުމުގެ‬

‫ބަދަލެވެ‪ .‬ސަބަބަކީ‪ ،‬ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގައި ބަޔާން ކުރާ އުޞޫލަކީ‬

‫ކޮމަންލޯގެ އުޞޫލު ކަމަށް ވާތީއެވެ‪.‬‬

‫‪35‬‬
‫‪Scandinavian Trading Tanker Co AB v Flota Petrolera Ecuatoriana (The “Scaptrade”) [1983] 2 AC 694‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 30‬ޝަރީޢަތް ނި ު‬

‫ރަމްޒީ ބަދަލު )‪:(nominal damages‬‬

‫‪ .39‬ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ‪ ،‬އެޢަމަލެއް ކުރުމުން ލިބުނު‬

‫ގެއްލުމަކަށް އެޢަމަލުކުރި މީހަކު‪ ،‬ބަދަލު ދޭންޖެހުނު ނަމަވެސް ވީ ގެއްލުން ސާބިތު ނުކޮށްދެވޭނަމަ‪ ،‬ބަދަލު‬

‫ހޯދުމަށް ކުރި ދަޢުވާ ކާމިޔާބެއް ނުވާނެއެވެ‪ .‬ނަމަވެސް‪ ،‬ކޮންޓްރެކްޓްގެ އަނެއްބައިވެރިޔާ އެކޮންޓްރެކްޓާއި‬

‫ބަދަލެއް‬ ‫ރަމްޒީ‬ ‫ހަމައެކަނި‬ ‫ސާބިތުކޮށްދެވިއްޖެނަމަ‪،‬‬ ‫ކުރާފަރާތަށް‬ ‫ދަޢުވާ‬ ‫ޚިލާފުވެއްޖެކަން‬

‫އނާއަށް ކޯޓުން ލިބި ދެވިދާނެއެވެ‪ .‬މިގޮތުން‪ ،‬ކޮންޓްރެކްޓާއި ޚިލާފުވުމުގެ ހުރިހާ‬


‫)‪ޭ (nominal damages‬‬

‫މައްސަލަތަކެއްގައިވެސް ރަމްޒީ ބަދަލެއް ނަގައި ދެވިދާނެއެވެ‪ .‬ޢާންމު ގޮތެއްގައި އެއީ ކޮންޓްރެކްޓާއި‬


‫‪36‬‬
‫ޚިލާފުވީތީ ނަގައިދޭ ފައިސާގެ ރަމްޒީ ޢަދަދެކެވެ‪.‬‬

‫ފައިސާ ދެއްކުން ލަސްވުމުގެ ފީ )‪:(late payment fee‬‬

‫‪ .40‬ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައަށް ބަލާއިރު‪ ،‬އިސްތިއުނާފު ރައްދުވާ ފަރާތުން‪ ،‬އިސްތިއުނާފު ކުރާ‬

‫ފަރާތުގެ އަތުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ފައިސާ ނެގޭނެކަމަށް ބުނެ ޙަވާލާދީފައިވަނީ‪ ،‬މިދެފަރާތުގެ‬

‫ދެމެދު ވެފައިވާ އެއްބަސްވުމުގެ ‪ 8‬ވަނަ ނަންބަރުގެ (‪ )d‬އަދި (‪ )h‬އަށެވެ‪ .‬އެ ދެ މާއްދާގައި ބުނަނީ‪،‬‬

‫‪(d) The customer shall report any discrepancies to the supplier in writing and within 48 hours of‬‬
‫‪receipt of the invoice.‬‬

‫‪(h) A late payment fee of 2% of total invoice value for each day of delay.‬‬

‫މިފަދައިންނެވެ‪ .‬ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން ނެގުމަކަށް އެއްބަސްވުމުގައި ބަޔާން ކުރާ ފީ ނުވަތަ‬

‫ލޭޓް ޕޭމަންޓް ފީ އަކީ‪ ،‬ފުރަތަމަ ނަޒަރުން މުޠްލަޤަށް‪ ،‬ޕެނަލްޓީ އެއްގެ ގޮތުގައި‪ ،‬ނުވަތަ ޙަޤީޤީ ނުވަތަ ސީދާ‬

‫ގެއްލުމެއްގެ ރަނގަޅު އަންދާޒާއެއް ކަމުގައި ނުވާ އާދަޔާ ޚިލާފަށް ބޮޑު‪ ،‬ތަޢައްސުފީ ގޮތުން ނެނގޭ‬

‫‪36‬‬
‫އއަރ ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.52‬‬
‫އވެ‪ ".‬ދައުލަތް ވ‪ .‬ވިލާ ެ‬
‫ނ ެ‬
‫ލއް ލިބޭ ެ‬
‫މޒީ ބަދަ ެ‬
‫ތށް ރަ ް‬
‫އވާކުރާ ފަރާ ަ‬
‫ދ ު‬
‫ނވެސް ަ‬
‫ޅގެ ް‬
‫" ކޮންމެ ޚިލާފަކާ ގު ި‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 31‬ޝަރީޢަތް ނި ު‬

‫އެއްޗެއްކަމަށް ކޯޓުން ކަނޑައަޅާނަމަ‪ ،‬ވިޔަފާރީގެ އެއްބަސްވުންތަކަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތި‬

‫ލާންޖެހުމުގެ ފުރުޞަތު އޮންނާނެއެވެ‪ .‬އެހެނީ‪ ،‬އެއީ ޢާންމުކޮށް‪ ،‬ވަރަށް ގިނަ ބިލްތަކުގައި ނުވަތަ‬

‫އިންވޮއިސްތަކުގައި ހިމެނިފައި އޮންނަ ވިޔަފާރީގެ ގުޅުންތަކާއި ލާމެހިފައިވާ ކަމަކަށްވާތީއެވެ‪ .‬އެހެންކަމުން‬

‫ބައެއް އެހެން ޖޫރިސްޑިކްޝަން ތަކުގައި ލޭޓް ޕޭމަންޓް ފީ އަކީ އޭގެ ޒާތުގައި ތަޢައްސުފީ ގޮތުން ނެގޭ‬
‫‪37‬‬
‫ވީމާ‪ ،‬ކޮންޓްރެކްޓާއި ޚިލާފުވާ ޙާލަތުގައި ކޮންޓްރެކްޓްގެ އަނެއް‬ ‫އެއްޗެއް ކަމުގައި ބަލައެއް ނުގަނެއެވެ‪.‬‬

‫ބައިވެރިޔާއަށް ނަގައިދިނުމަށް ކޮންޓްރެކްޓްގައި ހިމަނާފައިވާ ފައިސާއަކީ ކިހިނަކުން ކޮން ބޭނުމަކު ނަގައިދޭ‬

‫ފައިސާއެއްކަން ކޮންމެ މައްސަލައެއްވެސް ވަކިން ދެނެގަންނަން ޖެހޭނެކަމަށް ދެކެމެވެ‪.‬‬

‫ބަޔާންވެދިޔަ އުޞޫލުތައް ހުށަހެޅިފައިވާ މައްސަލައާއި ގުޅުވާލުން‪:‬‬

‫‪ .41‬ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލަގައި ބަޔާން ކުރާ ‪ 2%‬ގެ ލޭޓް ޕޭމަންޓް ފީއަކީ‪ ،‬އިސްތިއުނާފު ކުރާ‬

‫ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު އެއްބަސްވުން ވެވުނު އިރު‪ ،‬އެއްބަސްވުމުގައި ހިމެނިފައިވާ‬

‫ފައިސާއެއް ކަމަށްވާތީ‪ ،‬އެފައިސާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގެ (ށ) ގައި ހިމެނޭ ދެ‬

‫ބާވަތުން ކުރެ ބާވަތެއްގެ ގެއްލުމުގެ ބަދަލާއި ގުޅުމެއް އޮތް ފައިސާއެއް ކަމަކަށް އަހުރެން ނުދެކެމެވެ‪.‬‬

‫އެހެންކަމުން‪ ،‬އިސްތިއުނާފު ކުރާ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ‪ 23‬ވަނަ މާއްދާގެ (ށ) އާ ގުޅުވައި‬

‫ދެއްކި ވާހަކަތަކަކީ އިސްތިއުނާފު ކުރެވިފައިވާ މައްސަލައާއި ގުޅުމެއް ހުރި ވާހަކަ ތަކެއް ނޫނެވެ‪.‬‬

‫‪ .42‬އިސްތިއުނާފު ކުރާ ފަރާތުން‪ ،‬ބަޔާން ކުރި ގޮތަކަށް މިފައިސާއަކީ ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި‪ ،‬ނޫނީ‬

‫އަދަބެއްގެ ގޮތުން ނުވަތަ ޕެނަލްޓީއެއްގެ ގޮތުގައި ހިމަނާފައިވާ ފައިސާއެއްތޯ ބަލާއިރު‪ ،‬މިއީ‪ ،‬ކޮންޓްރެކްޓްގައި‬

‫‪37‬‬
‫‪Paciocco v Australia and New Zealand Banking Group Limited [2016] HCA 28‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 32‬ޝަރީޢަތް ނި ު‬

‫ބަޔާން ކުރާ އަސާސީ އިލްތިޒާމް ތަންފީޛު ކުރުމުގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެވޭނެ ޤާނޫނީ‬

‫މަޞްލަޙަތާއި ޣައިރު މުނާސިބުކޮށް އެކަން ތަންފީޛުކުރުމުގެ ގޮތުން ކޮންޓްރެކްޓާއި ޚިލާފުވި އިސްތިއުނާފު‬

‫ކުރި ފަރާތަށް ގެއްލުންވާ ގޮތަށް އޭނާގެ މައްޗަށް ލާޒިމު ކުރެވޭ ޘާނަވީ އިލްތިޒާމެއްތޯ ބަލާއިރު‪ ،‬މިއީ‬

‫ކޮންޓްރެކްޓްގެ ދަށުށް އަދާކުރަންޖެހޭ އަސާސީ އިލްތިޒާމް ކަމުގައިވާ ސަޕްލައި ކޮށްދޭ ތެލަށް ދައްކަންޖެހޭ‬

‫ފައިސާގެ ބޭރުން އެކަށައަޅާ އިލްތިޒާމެކެވެ‪ .‬އަދި ހަމަ އެހެންމެ‪ ،‬އިންވޮއިސްގައި ހިމެނޭ ޖުމްލަ ފައިސާއިން‬

‫‪ 2%‬ލޭޓް ޕޭމަންޓް ފީ ގެ ގޮތުގައި ހިމަނާފައިވަނީ ޙަޤީޤަތުގައިވެސް ކުރިމަތިވެދާނެ ގެއްލުމެއްގެ އެކަށީގެންވާ‬

‫އަންދާޒާއެއް ކުރެވިގެން ކަމެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ބަޔާން ކޮށްދެވިފައެއް ނެތެވެ‪ .‬މިއާޚިލާފަށް‬

‫އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކާފައިވަނީ އެއްބަސްވުމުގައި އެފަދައިން ހިމެނިފައި އޮތުމުގެ‬

‫ސަބަބުން ކޯޓުން ތަންފީޛުކޮށް ނަގައިދެވެންޖެހޭ އެއްޗެއްގެ ގޮތުގައެވެ‪ .‬މިޙާލަތުގައި މިއީ "ލޭޓް ޕޭމަންޓް ފީ"‬

‫ގެ ނަންދީފައި އޮތްނަމަވެސް‪ ،‬ކޮންޓްރެކްޓާއި އެއްގޮތަށް ސަޕްލައިކޮށްދޭ ތެލަށް ފައިސާ ދެއްކުން ލަސްވުމުން‬

‫އެކަމުގެ އަދަބެއްގެ ގޮތުން ޣައިރު މުނާސިބު ގޮތަކަށް‪ ،‬އަދި އާދަޔާ ޚިލާފަށް ބޮޑުކޮށް ކޮންޓްރެކްޓްގައި‬

‫ހިމަނާފައިވާ ފައިސާގެ މިންވަރެއްކަން ހިސާބުތަކަށް ބެލުމުން އެނގެން އޮވެއެވެ‪ .‬އެހެނީ‪ ،‬އެއްބަސްވުމުގެ‬

‫ދަށުން ފަހަރަކު ތެޔޮ ގަންނަންޖެހޭ މިންވަރާއި ތެލުގެ އަގާއި‪ ،‬އިންވޮއިސް ކުރެވޭ އަގާއި މިކަންކަމުގެ މައްޗަށް‬

‫އަޅާބަލާއިރު‪ ،‬ލޭޓް ޕޭމަންޓް ފީގެ ގޮތުގައި ދުވާލަކަށް ގާތްގަޑަކަށް ‪8،820.00‬ރ (އަށްހާސް އަށްސަތޭކަ‬

‫އޮނަވިހި ރުފިޔާ) އަރަމުން ދެއެވެ‪ .‬އެހެންކަމުން‪ ،‬މިއީ ލިކުއިޑޭޓަޑް ޑެމެޖަސްގެ ގޮތުގައި ބެލެވޭނެ ހަމައެއް‬

‫ނެތެވެ‪.‬‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 33‬ޝަރީޢަތް ނި ު‬

‫އިސްތިއުނާފު ކުރާ ފަރާތުގެ ކައުންޓަ ކުލެއިމް‪:‬‬

‫‪ .43‬މީގެ އިތުރުން‪ ،‬އިސްތިއުނާފު ކުރާ ފަރާތުން‪ ،‬ދަށު ކޯޓުގައިވެސް އަދި މިކޯޓުގައިވެސް ފާހަގަ ކޮށްފައިވާ‬

‫ގޮތުން‪ ،‬އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ފުރަތަމަ‬

‫ޚިލާފުވީ އިސްތިއުނާފު ރައްދުވާ ފަރާތުންނެވެ‪ .‬މިކަމާއިމެދު އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓުގައި‬

‫ޖަވާބުދާރީ ވެފައެއް ނެތެވެ‪ .‬އަދި މި ޖަދަލަކީ ދަށު ކޯޓުން ޙުކުމާއި ހަމައަށް ވާސިލުވިއިރުވެސް ފައިސަލާކޮށް‬

‫އެކަމުގެ ޙަޤީޤަތް ދެނެގަންފައި ނުވާ ކަމެކެވެ‪ .‬މިޙަޤީޤަތް ދަށު ކޯޓުން ދެނެގަތްނަމަ‪ ،‬މިމައްސަލައިގައި ދަށު‬

‫ކޯޓުން ކުރި ޙުކުމަށް އަސަރު ކުރުމުގެ އިހުތިމާލު އެބަ އޮތެވެ‪ .‬ކޮންޓްރެކްޓާއި ޚިލާފުވި ކަމަށް ބުނާ ފަރާތާއި‬

‫ކޮންޓްރެކްޓާއި ޚިލާފު ނުވާކަމަށް ބުނާ ފަރާތުގެ މަސްލަޙަތު ތަކެއް އޮވެއެވެ‪ .‬އެހެންކަމުން ގެއްލުމުގެ ބަދަލު‬
‫‪38‬‬
‫ދެފަރާތުން ކޮންޓްރެކްޓާއި ޚިލާފުވެފައިވާ‬ ‫ނަގައިދިނުމުގައި މިކަމަކީވެސް ފަނޑިޔާރުން ވިސްނަންޖެހޭ ކަމެވެ‪.‬‬
‫‪39‬‬
‫ޙާލަތުގައި ބަލަންޖެހޭނީ ކޮންޓްރެކްޓާ ޚިލާފުވުމުގެ ޢަމަލުތައް ހިނގާފައިވާ ގޮތުގެ އިސްފަސް ތަރުތީބަށެވެ‪.‬‬

‫އެހެންކަމުން‪ ،‬ދަށުކޯޓުން މިނުކުތާ ނުބަލާ ޙުކުމާއި ހަމައަށް ވާޞިލުވުން ޢަދުލުވެރިކަމާއި ގާތެއް ނޫނެވެ‪.‬‬

‫‪ .44‬ކްރެޑިޓް ފެސިލިޓީގެ މުއްދަތު ހަމަވުމުގެ ކުރިން‪ ،‬އެއްބަސްވުމުގެ ދަށުން ސަޕްލައިކޮށްދޭ ތެޔޮ‬

‫ސަޕްލައިކުރުން އިސްތިއުނާފު ރައްދުވާ ފަރާތުން ހުއްޓާލިނަމަ‪ ،‬އިސްތިއުނާފު ކުރާ ފަރާތުގެ ވިޔަފާރިއަށް އޭނާ‬

‫ބަޔާންކުރިފަދަ ލޮޅުންތައް އައުމުގެ ފުރުޞަތު އިންތިހާއަށް އެބަ އޮތެވެ‪ .‬ތެޔޮ ސަޕްލައި ކުރުން ހުއްޓާލިކަމަށް‬

‫އިސްތިއުނާފު ކުރާފަރާތުން ދަށު ކޯޓުގައި ތަކުރާރުކޮށް ބުނަމުން ދިޔައިރު‪ ،‬ސީދާ އެކަމަށް އިސްތިއުނާފު‬

‫ރައްދުވާ ފަރާތް އިންކާރުކޮށް ވާހަކަ ދައްކާފައެއް ނެތެވެ‪ .‬ވީމާ‪ ،‬އެއްބަސްވުމުގައި ބަޔާންކުރާ ލޭޓް ޕޭމަންޓް‬

‫‪38‬‬
‫އއަރ ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.52‬‬
‫ދައުލަތް ވ‪ .‬ވިލާ ެ‬
‫‪39‬‬
‫އއަރ ޕވޓ ލޓޑ [‪ ]2021‬އެސްސީ ‪.52‬‬
‫ދައުލަތް ވ‪ .‬ވިލާ ެ‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬
‫‪2018/HC-A/366‬‬ ‫ތ‬
‫މނުގޮ ް‬
‫‪ 34‬ޝަރީޢަތް ނި ު‬

‫ފީގެ ޙާލަތު އުފަންކުރުވާ ސަބަބެއްކަމުގައި ތެޔޮ ސަޕްލައިކުރުން ހުއްޓާލުން ހިމެނުމުގެ ފުރުޞަތު އެބަ‬

‫އޮތެވެ‪ .‬މިފަދަ ޙާލަތެއްގައި ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ދަށުން ލޭޓް ޕޭމަންޓް ފީ ނަގައި‬

‫ދިނުމަށް އޮތް ނުކުތާއަށް ހަމައެކަނި ރިޢާޔަތް ކުރުމަކީ އަމިއްލައަށް އެޙާލަތު ކުރިމަތި ކުރުވުމަށްފަހު އެކަމުގެ‬

‫މަންފާ ހޯދުމަށް ދެވޭ ފުރުޞަތަކަށް ވާނެއެވެ‪.‬‬

‫‪ .45‬ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން އިސްތިއުނާފު ކުރި ފަރާތުގެ އިސްތިއުނާފު ހުއްދަކޮށް ދަށު ކޯޓުގެ‬

‫ނިންމުން ބާޠިލު ކުރުމާއިއެކު އިސްތިއުނާފު ކުރާ ފަރާތުގެ ރައްދުގެ ދަޢުވާ ބެލުމާއިއެކު‪ ،‬އިސްތިއުނާފު‬

‫ރައްދުވާ ފަރާތަށް އަސްލު ލިބުނުގެއްލުން ބަލައި ދަށު ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް މިމައްސަލަ‬

‫ދަށު ކޯޓަށް ތަހުވީލު ކުރަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެއެވެ‪.‬‬

‫‪ ‬ޙުކުމް‪:‬‬

‫ދެންފަހެ‪ ،‬އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު ‪88/Cv-C/2017‬‬

‫ޤަޟިއްޔާގެ ޙުކުމުގައި ވިއްސަ އިންވެސްޓްމަންޓް (ހ‪.‬ކޮކޮނަޓްވިލާ‪/‬އިބްރާހިމް ޢުމަރު) ގެ ފަރާތުން ގްރީން‬

‫ބޮކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި އަދާނުކޮށްވާ ފައިސާގެ ޢަދަދަކީ ‪891,780/-‬ރ‪( .‬އަށްލައްކަ‬

‫ނުވަދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ރުފިޔާ) ކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް‬

‫ކަނޑައަޅައި ކޮށްފައިވާ ޙުކުމް ބާތިލުކޮށް‪ ،‬މި ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ވެވުނު މި‬

‫މައްސަލައިގައި ޙަވާލާދެވުނު މުޢާމަލާތާއި ގުޅިގެން ވިއްސަ އިންވެސްޓްމަންޓް (އިބްރާހިމް ޢުމަރު) ގެ ފަރާތުން‬

‫ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑަށް މިހާތަނަށް ދައްކަންޖެހި ނުދައްކާވާ ފައިސާގެ ޢަދަދަކީ‪39،000 ،‬ރ‪.‬‬

‫(ތިރީސް ނުވަހާސް ރުފިޔާ) ކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި‪ ،‬މި ފައިސާ ގްރީން ބޮކްސް‬

‫ދިވެހިރާއްޖޭގެ ހައިކޯޓް‪ ،‬އާބުރުޒު ހިނގުން‪ ،‬މާލެ‪ ،‬ދިވެހިރާއްޖެ‪ ،‬ފޯން‪ ،3325029 :‬ފެކްސް‪3316471 :‬‬
‫ވެބްސައިޓް‪www.highcourt.gov.mv :‬‬ ‫އީމެއިލް‪info@highcourt.gov.mv :‬‬

You might also like