You are on page 1of 163

‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬

‫މާލެ‪ ،‬ދިވެހިރާއްޖެ‬
‫އިސްލާމީ ތަރުބިޔަތު ‪ 8‬މުދައްރިސުންގެ ފޮތް‬

‫އެމް ސެވަން ޕްރިންޓްގެ ފަރާތުން‪:‬‬ ‫ލިޔެ އެކުލަވައިލީ‪:‬‬


‫އަލްއުސްތާޛް މުޙައްމަދު ޤުބާދު އަބޫބަކުރު‬
‫އަލްއުސްތާޛް މޫސާ ނިޒާރު އިބްރާހީމް‬
‫އަލްއުސްތާޛް އަޙުމަދު ޢަބްދުލްކަރީމް‬
‫އަލްއުސްތާޛް ޙާމިދު އަބޫބަކުރު‬
‫އަލްއުސްތާޛް ޢަލީ ނަޖީބު‬
‫އެމް ސެވަން ޕްރިންޓްގެ ފަރާތުން‪:‬‬ ‫ޕުރޫފް ބެލީ‪:‬‬
‫ސ ނިޒާރު އިބްރާހީމް‪،‬‬
‫ޢަލީ‪ ،‬އަލްއުސްތާޛް މޫ ާ‬ ‫ސަޢުދުهللا‬ ‫ޑޮކްޓަރ‬
‫އަލްފާޟިލް ޤާސިމް ޒަހީން‬

‫އެމް ސެވަން ޕްރިންޓްގެ ފަރާތުން‪:‬‬ ‫ލޭއައުޓް‪:‬‬


‫ޙާމިދު އަބޫބަކުރު‪ ،‬އިބްރާހީމް ޝައުޤީ‪ ،‬ޢަބްދުهللا ޝާކިރު‬

‫އެމް ސެވަން ޕްރިންޓް‪ ،‬މުހައްމަދު މަސާޢިދު‬ ‫ބޭރުގަނޑު ޑިޒައިންކުރީ‪:‬‬

‫ޑޔުކޭޝަން‬
‫ޤބު ޙުސައިން ޔޫސުފް‪ ،‬ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެ ި‬
‫ޔޢު ޫ‬
‫ަ‬ ‫ލފާ ދެއްވީ‪:‬‬
‫ފަންނީ ަ‬
‫ޑޔުކޭޝަން‬
‫އޙުމަދު ސަޢީދު‪ ،‬ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެ ި‬
‫ަ‬
‫ޑޔުކޭޝަން‬
‫ނ ލަބީބް‪ ،‬ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެ ި‬
‫ޙަސަ ް‬
‫މުޙައްމަދު ޝަކީލް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫ލފާ ދެއްވީ‪:‬‬
‫އޓަށް ފަންނީ ަ‬
‫ލޭއަ ު‬

‫‪2016‬‬ ‫ފުރަތަމަ ޗާޕު‪:‬‬

‫މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފޮތް ފާސްކުރި ކާޑު ނަމްބަރ‪(OTHR) 142-C1/142/2016/116 :‬‬

‫‪ISBN 978-99915-0-799-6‬‬ ‫އައި‪.‬އެސް‪.‬ބީ‪.‬އެން‪ .‬ނަންބަރު‪:‬‬

‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫ޝާއިޢު ކުރީ‪:‬‬


‫މާލެ‪ ،‬ދިވެހިރާއްޖެ‬

‫އެމް ސެވަން ޕްރިންޓް‬ ‫ޑިވެލޮޕް އަދި‬


‫މާލެ‪ ،‬ދިވެހިރާއްޖެ‬ ‫ޕްރިންޓްކުރީ‪:‬‬
‫‪www.m7maldives.com‬‬
‫‪c‬‬

‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬


‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬
‫މާލެ‪ ،‬ދިވެހިރާއްޖެ‪.‬‬

‫މިފޮތަކީ ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީސްޓޭޖު ‪ 3‬ގެ ގުރޭޑު ‪ 8‬ގެ‬ ‫ ‬
‫އިސްލާމް މުޤައްރަރުގެ މަޤުޞަދުތައް ޙާޞިލުކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ މުދައްރިސުންގެ ފޮތެވެ‪.‬‬

‫މި ފޮތަށް އުނިއިތުރު ގެނައުމުގެ ޙައްޤު ލިބިގެންވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަށެވެ‪.‬‬

‫ ‬
‫‪1437‬‬ ‫‪L2‬‬
‫‪ 3‬ސެޕްޓެމްބަރ ‪2016‬‬
‫‪c‬‬

‫ފޮތް ހުޅުވާލުން‬

‫ސުބްޙާނަހޫ‬ ‫ﷲ‬ ‫ކީރިތި ރަސޫލާﷺ އަށް‪ ،‬ކިޔަވާ ވިދާޅުވުމަށް އަމުރު ކުރެއްވި މާތް‬ ‫ ‬
‫ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ‪ .‬ކޮންމެ މީހެއްގެމައްޗައް ޢިލްމު އުނގެނުން ވާޖިބެއްކަމުގައި އެންގެވި‬
‫މާތްސާހިބާ‪ ،‬މުޙައްމަދުﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާ ކުރަމެވެ‪ .‬އަދި މި ދުޢާގައި‬
‫އެކަލޭގެފާނުންގެ އާލު އަޞްޙާބުން ޝާމިލުކުރަމެވެ‪.‬‬

‫މިފޮތަކީ އައު ޤައުމީ މަންހަޖުގެ ކީ ސްޓޭޖް ‪ 3‬ގެ ގުރޭޑު ‪ 8‬ގައި ބަޔާންވެގެންވާ މިންވަރު‬ ‫ ‬
‫ހާސިލުކުރުމަށް އަމާޒު ކޮށްފައިވާ ފޮތެކެވެ‪ .‬މިފޮތުގައި ހިމެނިފައިވަނީ ފަސް ޔުނިޓެވެ‪ .‬މި ފަސް ޔުނިޓް‬
‫އެކުލެވިގެންވަނީ އިސްލާމީ ޢަޤީދާ‪ ،‬ޙަދީޘް‪ ،‬ފިޤްހު‪ ،‬އިސްލާމީ ތާރީޚާއި ޙަޟާރަތު އަދި އަޚްލާޤުގެ‬
‫މައްޗަށެވެ‪.‬‬

‫ކޮންމެ ޔުނިޓަކުންވެސް އެޔުނިޓަކާއި ގުޅޭގޮތުން އުނގެނުމާއި އުނގަންނައިދިނުމަށް‬ ‫ ‬


‫ރޭވިފައިވާ ޙަރަކާތްތައް ދަރިވަރުންނަށް ފުރިހަމައަށް ފޯރުކޮށްދީ ދަސްކޮށްދިނުމާއި‪ ،‬ޢަމަލީ ގޮތުން‬
‫ދަރިވަރުންލައްވާ ކުރުވުމަށް ބާރުއަޅަން ވާނެއެވެ‪.‬‬
‫ޙަރަކާތްތަކާ ގުޅުވައިގެން މުޤައްރަރުގައިވާ ގޮތަށް ދަރިވަރުންނަށް ޙާޞިލު ކޮށްދޭންވީ‬ ‫ ‬
‫މިންވަރު‪ ،‬ޙާޞިލުވިކަން އަންގައިދޭ ފާހަގަތަކާއި އެއްގޮތަށް ޙާޞިލުވިތޯ ކަށަވަރު ކުރަންވާނެއެވެ‪.‬‬
‫އަދި މިކަން ކުރުމަށްޓަކައި އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން ދަރިވަރުންގެ ފެންވަރު ބަލަމުން‬
‫ގެންދަންވާނެއެވެ‪ .‬މީގެ އިތުރުން ކޮންމެ ޔުނިޓެއް ނިމުމަށްފަހު އެ ޔުނިޓަކުން ޙާޞިލުކުރަން ކަނޑައަޅާފައިވާ‬
‫މިންވަރު‪ ،‬ޙާޞިލުވިތޯ ބަލަންވާނެއެވެ‪.‬‬
‫ދުޢާއަކީ މިފޮތުގެ ސަބަބުން ކިޔަވާ ކުދިންގެ ހިތްތަކުގައި ހަރުދަނާ އީމާންކަމާއި ރިވެތި‬ ‫ ‬
‫އަޚްލާޤުގެ ބިންގާ އެޅި ފަލާޙާއި ކާމިޔާބުގެމަގުން ހިނގުމުގެ ތައުފީޤު ދެއްވުމެވެ‪ .‬އަދި މި މަސައްކަތަކީ‬
‫آمـني‬ ‫ގެ ހަޟްރަތުގައި މަޤުބޫލު މަސައްކަތެއް ކަމުގައި ލެއްވުމެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫‪1437‬‬ ‫‪L2‬‬ ‫ ‬

‫‪ 3‬ސެޕްޓެމްބަރ ‪2016‬‬
‫دعاء‬
‫ގެ ޙަޟްރަތަށް‬ ‫ﷲ‬ ‫އަޅަމެން ހައްދަވައި ބޮޑުކުރެއްވި‬

‫ޙަމްދާއި ޝުކުރު ހުއްޓެވެ‪.‬‬

‫وسلّمއަށް‬ ‫صلّى هللا عليه‬ ‫އަޅަމެންގެ ނަބިއްޔާ މުޙައްމަދު‬

‫ޞަލަވާތާއި ސަލާމް ލައްވާނދޭވެ!‬

‫ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ!‬

‫އަޅަމެންގެ ހިތްތައް އީމާންކަންމަތީ ދަމަހައްޓަވާނދޭވެ! ޢިލްމުގެ ނޫރުން‬

‫އަޅަމެންގެ ހިތްތައް އަލިކޮށް ދެއްވާނދޭވެ‪.‬‬

‫އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނީ ކިޔަމަންތެރީންކަމުގައި ލައްވާނދޭވެ!‬

‫އަޚްލާޤު ރިވެތި ހެޔޮލަފާ ބަޔަކުކަމުގައި ލައްވާނދޭވެ! މައިންބަފައިންނަށް‬

‫ހެޔޮކޮށްހިތާ އެބައިމީހުންނަށް ކިޔަމަންތެރި ބައެއްކަމުގައި ލައްވާނދޭވެ! އަދި‪،‬‬

‫މީސްތަކުންގެ ލޯބި ލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ!‬

‫ރަޙްމާނުވަންތަ ރަޙީމްވަންތަ ރަސްކަލާކޮ! އަޅަމެންނީ‬

‫ދީނާއި ޤައުމަށް ވަފާތެރި ބަޔަކުކަމުގައި ލައްވާނދޭވެ! އަދި‬

‫އިބަރަސްކަލާނގެ ރަޙްމަތުން އެއްކިބާ ކުރެވިފައިވާ‬

‫ބަޔަކު ކަމުގައި އަޅަމެން ނުލައްވާނދޭވެ!‬

‫އާމީން!‬
‫ފިހުރިސްތު‬

‫ޔުނިޓް ‪ :1‬އިސްލާމީ ޢަޤީދާ‬

‫އަށް އީމާންވުން ‪10 ................................................................................................‬‬ ‫‪1.1‬މާތްﷲ‬


‫އެއްކައުވަންތަ ކުރުން ‪14 .........................................................................................‬‬ ‫‪2.2‬މާތްﷲ‬
‫‪3.3‬މަލާއިކަތުންނަށް އީމާންވުން ‪17 ............................................................................................‬‬

‫‪4.4‬ފޮތްތަކަށް އީމާންވުން ‪21 ....................................................................................................‬‬

‫‪5.5‬ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ ފޮތްތައް ‪24 ......................................................................‬‬

‫‪6.6‬ރަސޫލުންނަށް އީމާންވުން ‪28 ...............................................................................................‬‬

‫‪7.7‬އާޚިރަތްދުވަހަށް އީމާންވުން ‪33 .............................................................................................‬‬

‫‪8.8‬މިންވަރަށް އީމާންވުން ‪37 ...................................................................................................‬‬

‫ޔުނިޓް ‪ :2‬ޙަދީޘް‬

‫‪41‬‬ ‫‪1.1‬ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘް ‪ ....................................................................................‬‬

‫‪44‬‬ ‫‪2.2‬ޙަދީޘްގެ ދަރަޖަތައް ‪ ..................................................................................................‬‬

‫‪47‬‬ ‫‪3.3‬ޙަދީޘް ބެހިގެންވާ ބައިތައް ‪ ..........................................................................................‬‬

‫‪50‬‬ ‫‪4.4‬ތިމާއާ ނުބެހޭކަންތައް ދޫކޮށްލުން ‪ .................................................................................‬‬

‫‪52‬‬ ‫‪5.5‬އަނެކުން ދެކެ ލޯބިވުން ‪ ..............................................................................................‬‬

‫‪55‬‬ ‫‪6.6‬ހެޔޮ ޢަމަލުކުރުމާއި މާތް އަޚްލާޤު ‪ .................................................................................‬‬

‫‪57‬‬ ‫‪7.7‬އިސްލާމްދީނުގެ ލުއިފަސޭހަކަން ‪ ....................................................................................‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪vi‬‬


‫ޔުނިޓް ‪ :3‬ފިޤްހު‬

‫‪61‬‬ ‫‪1.1‬އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް ‪ ................................................................................‬‬

‫‪65‬‬ ‫‪2.2‬އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ‪ .......................................................................................‬‬

‫‪68‬‬ ‫‪3.3‬ޒަކާތް ‪ .......................................................................................................................‬‬

‫‪4.4‬ޞަދަޤާތް ‪71 ...................................................................................................................‬‬

‫‪74‬‬ ‫‪5.5‬ރޯދަ ‪ .........................................................................................................................‬‬

‫‪78‬‬ ‫‪6.6‬އިޢުތިކާފު ‪ ...................................................................................................................‬‬

‫‪7.7‬ޙައްޖާއި ޢުމްރާ ‪81 .............................................................................................................‬‬

‫‪8.8‬މުޢާމަލާތު ‪84 ...................................................................................................................‬‬

‫‪9.9‬ޛަބަޙަ ކުރުން (ހުއްދަ ކަތިލުން) ‪87 ........................................................................................‬‬

‫ޔުނިޓް ‪ :4‬އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ 1.1‬އިސްލާމްދީން އުގެނުމުގައި ސީރަތުގެ ދައުރު ‪92 ........................................................................‬‬

‫‪ 2.2‬އިސްލާމްދީން ޢަރަބިކަރައިން ފާޅުކުރެއްވުން ‪100 .........................................................................‬‬

‫ِ‬
‫‪ 3.3‬ف ْق ِه ْي ހަތަރު َمذ َ‬
‫ْهب ‪104 .....................................................................................................‬‬

‫ام أَبُ ْـو َحنِْيـ َفة ‪108 ............................................................................................................‬‬


‫‪ 4.4‬اَِْل َم ُ‬

‫ام َمالِك ‪113 ...............................................................................................................‬‬


‫‪ 5.5‬اَِْل َم ُ‬

‫‪118‬‬ ‫الشافِ ِعي ‪ ............................................................................................................‬‬ ‫‪6.6‬اَِْل َم ُ‬


‫ام َّ‬

‫‪124‬‬ ‫َحَ ُد بْ ُن َح ْنـبَل ‪ ...................................................................................................‬‬ ‫‪ 7.7‬اَِْل َم ُ‬


‫ام أ ْ‬

‫‪130‬‬ ‫‪ 8.8‬އިސްލާމީ ފިޤްހު ކުރިއަރައިދިއުން ‪ ....................................................................................‬‬

‫‪vii‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޔުނިޓް ‪ :5‬އަޚްލާޤު‬

‫‪136‬‬ ‫‪1.1‬ރިވެތި އަޚްލާޤުގެ މުހިންމުކަން ‪ .........................................................................................‬‬

‫‪140‬‬ ‫‪2.2‬ހެޔޮނުބައި ދެނެގަންނާނެގޮތް ‪ ............................................................................................‬‬

‫‪143‬‬ ‫‪3.3‬إخالص ތެރިކަން ‪ ..........................................................................................................‬‬

‫‪147‬‬ ‫‪4.4‬ކީރިތި ޤުރްއާނަށް ލޯބިކުރުން ‪ .........................................................................................‬‬

‫‪150‬‬ ‫‪5.5‬މަގުމަތީގެ އަދަބުތައް ‪ .....................................................................................................‬‬

‫‪154‬‬ ‫‪6.6‬ވާހަކަ ދެއްކުމުގެ އަދަބުތައް ‪ .............................................................................................‬‬

‫‪157‬‬ ‫‪7.7‬ލަދުވެތިކަން ‪ ................................................................................................................‬‬

‫‪8.8‬ފާޙިޝް ޢަމަލުތަކުން ދުރުހެލިވުން ‪161 ......................................................................................‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪viii‬‬


‫ޔުނިޓް ‪1‬‬
‫ޢަޤީދާ‬
‫ޔުނިޓްގެ މައިގަނޑު މައުޟޫޢުތައްަ‬
‫● ●އީމާންކަމުގެ ރުކުންތަކަށް އީމާންވުމުން ލިބޭ ފައިދާތަކާއި އީމާންނުވުމުން ލިބޭ ގެއްލުންތައް‬

‫އެއްކައުވަންތަ ކުރުމަކީ ކޮބައިކަމާއި އެއްކައުވަންތަކުރަންޖެހޭ ސަބަބު‬ ‫ﷲ‬ ‫● ●މާތް‬

‫● ●މަލާއިކަތުންނަށް އީމާންވުމަކީ ކޮބައިކަމާއި މަލާއިކަތްބޭކަލުންގެ މަސައްކަތްޕުޅު‬

‫● ●ފޮތްތަކަށް އީމާންވުމަކި ކޮބައިކަމާއި ފޮތްތަކަށް އީމާންވާން ޖެހޭ ސަބަބު‬

‫● ●ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ ފޮތްތަކަކީ ކޮބައިކަމާއި އެފޮތްތަކަށް އީމާންވާނޭ ގޮތް‬

‫● ●ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ ފޮތްތަކަކީ ކޮބައިކަމާއި އެފޮތްތަކަށް އީމާންވާނޭ ގޮތް‬

‫● ●ރަސޫލުންނަށް އީމާންވުމަކީ ކޮބައިކަން‬

‫● ●އާޚިރަތްދުވަހަށް އީމާންވުމަކީ ކޮބައިކަން‬

‫● ●މިންވަރަށް އީމާންވުމަކީ ކޮބައިކަމާއި މިންވަރަށް އީމާންވާނޭ ގޮތް‬

‫މައިގަނޑު ޤާބިލިއްޔަތު‪:‬‬
‫● ●ދޭހަވުމާއި ދޭހަކޮށްދިނުން‬

‫● ●ބިނާކުރަނިވި އަދި އުފެއްދުންތެރިގޮތުގައި ވިސްނުން‬

‫● ●އިސްލާމްދީނަށް ޢަމަލުކުރުން‬

‫● ●ނަފްސު ދެނެގަތުމާއި ތަންޒީމުކުރުން‬

‫● ●ޓެކްނޮލޮޖީއާއި މީޑިޔާ ބޭނުންކުރުން‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫މާތް ﷲ އަށް އީމާންވުން‬ ‫‪1‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫އަށް އީމާންވުމަކީ ކޮބައިކަން އެނގުން‬ ‫‪1.1‬މާތްﷲ‬


‫އަށް އީމާންވުމުގެ ފައިދާ އެނގުން‬ ‫‪2.2‬މާތްﷲ‬
‫އަށް އީމާން ނުވުމުގެ ގެއްލުން އެނގުން‬ ‫‪3.3‬މާތްﷲ‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬
‫މާތްﷲ‬ ‫‪1.1‬ދަރިވަރުންގެ ޢުމުރާއި ވިސްނުމާ އެކަށީގެންވާގޮތަށް‬
‫ވައިޓްބޯޑުމާކަރ‪ ،‬ސީޑީ ޗޯކު ޕަވަރޕޮއިންޓު‬
‫އަށް އީމާންވުމާ ބެހޭގޮތުން ބެހޭގޮތުން ދަރިވަރުންނާ‬
‫ޕްރެޒެންޓޭޝަން އަދި ޓީވީ‬
‫ސުވާލުކުރުން‬
‫ޠަބީޢީ ބައެއް ތަކެއްޗާއި އިންސާނުން‬
‫އަށް އީމާން ވުމުގެ ފައިދާއާ ބެހޭގޮތުން‬ ‫‪2.2‬މާތްﷲ‬
‫އުފައްދާފައިވާ ބައެއް ތަކެތީގެ ފޮޓޯ އަދި ކުރެހުން‬
‫އަށް އީމާންވުކުގެ ފައިދާތައް‬ ‫މާތްﷲ‬ ‫މަޝްވަރާކޮށް‬
‫ރޭޑިއޯ‪ ،‬ޓޭޕް ރެކޯޑަރ‪ ،‬ކޮމްޕިއުޓަރ‪ ،‬ސީޑީ‪،‬‬ ‫ލިސްޓުކުރުވުން‬
‫ރޯލު‪ ،‬ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި‬
‫‪3.3‬އީމާންކަމުގެ ރުކުންތަކަށް އީމާންވެ އިސްލާމީ ޢަޤީދާގެ‬
‫ގުޅޭގޮތުން މަޢުލޫމާތު ދިނުން‬
‫މަތީގައި ދެމިތިބޭމީހުންނަށް ލިބޭ ފަދަ ހިތްހަމަޖެހުން އެހެން‬
‫ޢަޤީދާ ތަކުގެ މީހުންނަށް ނުލިބޭ ސަބަބުތަކާ ބެހޭގޮތުން‬
‫ވާހަކަ ދެއްކުން‬

‫‪4.4‬އިންސާނާއަށް ދެދުނިޔޭގެ ކާމިޔާބުލިބުން ބިނާވެގެންވަނީ‬


‫އޭނާގެ އީމާންކަމުގެ ޞައްޙަކަމުގެ މައްޗަށް ކަން‬
‫ބަޔާންކޮށްދިނުމުގެގޮތުން ބައެއް މިސާލު ގެނައުން‬

‫‪5.5‬އެއްކުއްޖަކު އަނެއްކުއްޖަކާ ސުވާލުކުރުން‪ ،‬މުދައްރިސް‬


‫އޮބްޒަރވްކުރުން‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬އީމާންކަމުގެ ރުކުންތަކަށް އީމާންވުމުގެ މުހިންމުކަމާ ބެހޭގޮތުން ސުވާލުކުރުން‬

‫‪2.2‬އީމާންކަމުގެ ރުކުންތަކަށް އީމާންވާމީހާގެ ޢަމަލީ ދިރިއުޅުމަށް ކުރާނެ ފައިދާތައް ލިސްޓުކުރުވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪10‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫‪3.3‬އާޚިރަތް ދުވަހަށް އީމާންވާ މީހާއާއި އީމާން ނުވާމީހާގެ ޢަމަލުތައް ހުންނާނެ ގޮތާ ބެހޭގޮތުން ވާހަކަ ދެއްކުވުން‬

‫‪4.4‬އީމާންކަމުގެ އެއްރުކުނަށް އީމާންފައި އަނެއް ރުކުނަށް އީމާން ނުވުމުން ވާނެ ގޮތާބެހޭގޮތުން މަޝްވަރާ ކުރުވުން‬

‫ކިއަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫އަށް އީމާންވުމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ‪ .‬އަދި އެ ނިޢުމަތަކީ އެކަލާނގެ‬ ‫‪1.1‬މާތްﷲ‬
‫އިރާދަކުރައްވާ އަޅަކަށް މިންވަރުކޮށްދެއްވާ އެއްޗެކެވެ‪ .‬އެއީ ކާއިނާތރުގައިވާ ހުރިހާ އެއްޗަކަށްވުރެ އަގުބޮޑު ނިޢުމަތެކެވެ‪.‬‬
‫މިގޮތުން ބަލާއިރު އެއީ ރިޒުޤާއި‪ ،‬ޞިއްޙަތާއި‪ ،‬މުދަލާއި‪ ،‬ފައިސާއާއި‪ ،‬އަދި ދުނިޔަވީ އެންމެހައި ލައްޒަތާއި އުފާތަކާއި‬
‫މިވާހަކަ އެތައްގޮތަކަށް‬ ‫މާތްﷲ‬ ‫އަރާމްތަކަށްވުރެވެސް މަތިވެރި ނިޢުމަތެކެވެ‪ .‬ކީރިތި ޤުރާނުގެ އެތައް އާޔަތެއްގައި‬
‫ވަޙީ ކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ބަޔާންކުރައްވާފައި ވެއެވެ‪.‬‬

‫ ﱫ ﯳ ﯴ ﯵ ﯶﯷ ﯸ ﯹ ﯺ ﯻ ﯼﯽ ﯾ ﯿ ﰀ ﰁ ﰂ ﰃ ﰄ ﰅ ﰆ‬
‫ﰇ ﱪ(احلجرات ‪)17‬‬

‫މާނައީ‪" :‬އެމީހުން އިސްލާމްވިކަމުގެ ވާހަކަ ދައްކައި ކަލޭގެފާނަށް އެމީހުން ކަލަގޮވަތެވެ‪ .‬ކަލޭގެފާނު ވިދާޅުވާށެވެ!‬ ‫ ‬
‫ތިޔަބައިމީހުން އިސްލާމްވިކަމަށްޓަކައި ތިމަންކަލޭގެފާނަށް ކަލަގޮވާނޭކަމެއް ނެތެވެ‪ .‬އަދި ކިއެއްހެއްޔެވެ! (ތިޔަބައިމީހުން‬
‫އިސްލާމްވިކަމަށް ތިއަބުނާބަހުގައި) ތިޔަބައިމީހުންނަކީ ތެދުވެރީންކަމުގައި ވަނީ ނަމަ ތިޔަބައިމީހުންނަށް އީމާންކަމަށް‬
‫ތިޔަބައިމީހުންނަށް ދެއްވާ ނިޢުމަތެކެވެ‪".‬‬ ‫މާތްﷲ‬ ‫މަގުދެއްކެވީ އެއީ‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫އަދިވެސް‬ ‫ ‬

‫ ﱫﮂ ﮃ ﮄ ﮅ ﮆ ﮇ ﮈ ﮉ ﮊ ﮋ ﮌ ﮍ ﮎ‬
‫ﮏ ﮐ ﮑ ﮒ ﮓ ﮔ ﮕ ﮖ ﮗ ﮘ ﮙ ﮚ ﱪ(يونس ‪– 57‬‬
‫‪)58‬‬

‫މާނައީ‪ " :‬އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެގާތަށް‬ ‫ ‬
‫ވަޢުޘާއި ނަޞޭޙަތް ( ޔަޢުނީ ވަޢުޘާއި ނަޞޭޙަތް އެކުލެވިގެންވާ ކީރިތި ޤުރްއާން )އަތުވެއްޖެއެވެ‪.‬އެއީ ހިތްތަކުގައިވާ‬
‫(ޝައްކާއި ނިފާޤުފަދަ ) ބަލިތަކަށް ޝިފާއެކެވެ‪ .‬އެއީ ތެދުމަގެވެ‪ .‬އަދި އެއީ މުއުމިނުތަކުންނަށް ވާ ރަޙުމަތެކެވެ‪.‬‬
‫ގެ ފަޟްލުވަންތަކަމާއި އެކަލާނގެ ރަޙުމަތަށް ޓަކައި (ޔަޢުނީ އިސްލާމްދީނާއި ކީރިތި‬ ‫މާތްﷲ‬ ‫ކަލޭގެފާނު ވިދާޅުވާށެވެ!‬
‫ޤުރްއާނަށް ޓަކައި ) އެމީހުން އުފާކުރާހުށިކަމެވެ‪ .‬އެމީހުން އުފާކުރަންވީ އެކަންތައްތަކަށް ޓަކައެވެ‪ .‬އެހެނީ އެމީހުން‬
‫(ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ‪" .‬‬

‫‪2.2‬އީމާންކަމުގެ މާތްކަމާއި މަތިވެރިކަމާއި އެކަމުގެސަބަބުން މީހާގެ ހިތަށާއި ނަފްސަށް ކުރާ ހެޔޮ އަސަރުތަކާއި އިންސާނާގެ‬
‫ޢަމަލީ ޙަޔާތަށް ލިބޭ ފައިދާތައް ވަރަށް ގިނައެވެ‪ .‬ފަހެ އެއީ މީހާގެ ހިތަށާއި ސިކުނޑިއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް‬
‫ލިބޭ ކަމެކެވެ‪ .‬އެއީ އަލިގަދަ ނޫރެކެވެ‪ .‬އެނޫރުގެ ސަބަބުން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ވަރަށް މަތިވެރި މަޤާމު‬

‫‪11‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ލިބެއެވެ‪ .‬މަތިވެރި ދަރަޖަތަކަށް ވާޞިލްވެވެއެވެ‪ .‬އަދި އެނޫރުގެ ސަބަބުން މީހާގެ ޢަޒުމު ވަރުގަދަވެ ޢިއްޒަތުއްނަފްސު‬
‫ޙިމާޔަތްކުރެވެއެވެ‪ .‬އަދި ހެޔޮކަންތައްކުރުމާއި ނުބައިކަންތައްތަކުން ދުރުހެލިވެހުރުމުގެ ވަރުގަދަ ޢަޒުމާއި ހިއްވަރުވެސް‬
‫ލިބެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫އީ އެންމެހާ އިންސާނުންނާއި ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމާއި‬ ‫މާތްﷲ‬ ‫އަށް އީމާންވުމަކީ‪،‬‬ ‫‪1.1‬މާތްﷲ‬
‫އެންމެހައި ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށް ކަމާއި‪ ،‬އެކަލާނގެއީ‪ ،‬ޚާލިޤުވަންތަ‪ ،‬ރިޒުޤުދެއްވާ‪ ،‬ދިރުއްވަވާ އަދި‬
‫ކަމާއި‪،‬‬ ‫މާތްﷲ‬ ‫މަރު ގެންދަވާ ރަސްކަލާނގެ ކަމާއި‪ ،‬ހުރިހާބާވަތެއްގެ އަޅުކަމެއް ކުރުން ޙައްޤުވާ ފަރާތަކީ ހަމައެކަނި‬
‫އެކަލާނގެއީ އެންމެހައި ޢައިބުތަކާއި‪ ،‬އުނިކަންތައްތަކުން ރައްކާތެރިވެވޮޑިގެންވާ އަދި އެންމެހައި ފުރިހަމަ ސިފަފުޅުތައް‬
‫ލިބިވޮޑިގެންވާ ރަސްކަލާނގެ ކަން ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ޤަބޫލުކުރުމެވެ‪.‬‬

‫އީ އެންމެހައި އިންސާނުންނާއި ހުރިހާ‬ ‫މާތްﷲ‬ ‫ފިޔަވާ އެހެންފަރާތަކަށް އަޅުކަންކުރުން ޙައްޤުވެގެންނުވަނީ‬ ‫‪2.2‬މާތްﷲ‬
‫ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމަށް ވާތީ އާއި އެންމެހައި ތަކެތި މިލްކުވެގެންވަނީ އެކަލާނގެއަށް ކަމަށާއި‪،‬‬
‫އެކަލާނގެއީ‪ ،‬ޚާލިޤުވަންތަ‪ ،‬ރިޒުޤުދެއްވާ‪ ،‬ދިރުއްވަވާ އަދި މަރު ގެންދަވާ ރަސްކަލާނގެ ކަމަށް ވާތީ އެކަލާނގެ ފިއަވާ‬
‫ގެ މަޚުލޫޤުންކަމަށް ވާތީ މަޚުލޫޤަކަށް އަޅުކަންކުރުމަކީ ކުރެވޭނެކަމަކަށް ނުވާތީއެވެ‪.‬‬ ‫މާތްﷲ‬ ‫އެހެން ހުރިހާ ފަރާތްތަކަކީ‬
‫އެވެ‪.‬‬ ‫މާތްﷲ‬ ‫އަދި އަޅުކަން ކުރަން ޖެހޭނީ ހުރިހާކަމަކަށް ކުޅަދުންވަންތަ ފަރާތަކަށް ކަމަށް ވާތީއެވެ‪ .‬އެފަރާތަކީ‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ‪.‬‬

‫ޙަރަކާތް ‪3‬‬

‫އަށް އީމާންވުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ‪ .‬އަދި އަބަދުވެސް ހިތްހަމަޖެހިގެން އުޅެވޭނެއެވެ‪.‬‬ ‫‪1.1‬މާތްﷲ‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬
‫ﱫ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ ﭚ ﱪ(يونس ‪)62‬‬ ‫ ‬

‫ގެ ވަލިއްޔުންނަށް (ޤިޔާމަތްދުވަހުން) އެއްވެސް ބިރެއް ނެތެވެ‪ .‬އަދި‬ ‫މާތްﷲ‬ ‫މާނައީ‪ :‬ދަންނާށެވެ! ހަމަކަށަވަރުން‬ ‫ ‬
‫އެބައިމީހުންނަކީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުވެއެވެ‪.‬‬

‫‪2.2‬މާތްﷲއަށް އީމާންނުވުމަކީ މީހާގެ ދުނިޔެއާއި އާޚިރަތް ގެއްލިދާ ކަމެކެވެ‪ .‬އަދި ދުނިޔަވީގޮތުން ކިތަންމެ ބޮޑު‬
‫އަށް‬ ‫މާތްﷲ‬ ‫ކުރިއެރުންތަކެއް ލިބުނު ނަމަވެސް އެއްވެސް އުފާވެރިކަމެއް ހިތްހަމަޖެހުމެއް އޭނާއަކަށް ނުލިބޭނެއެވެ‪ .‬އަދި‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪12‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫އީމާންނުވުމުގެ ސަބަބުން ނަފްސާނީގޮތުން ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހޭނެއެވެ‪.‬‬

‫(األنعام ‪)12‬‬ ‫ﱫﮋ ﮌ ﮍ ﮎ ﮏ ﮐ ﱪ‬


‫އާޔަތުގެމާނަ‪ :‬އެބައިމީހުންގެ ފުރާނަތައް ނަގާލައިފިމީހުން ދަންނާށެވެ! ފަހެ އެބައިމީހުން އީމާނެއް ނުވާނެއެވެ‪.‬‬ ‫ ‬

‫ޙަރަކާތް ‪4‬‬
‫މުދ ައ ްރި ސްގ ެ އ ީެހއ ާއ ެކ ު މ ަސަ އްކ ަތ ް ފ ުރި ހަމ ަކުރ ާށ ެވ ެ!‬

‫‪13‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫މާތް ﷲ އެއްކައުވަންތަ ކުރުން‬ ‫‪2‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫އެއްކައުވަންތަކުރުމުގެ މާނަ އެނގުން‬ ‫‪1.1‬މާތްﷲ‬


‫يد األُلُ ِ‬
‫وهيَّة އަކީ ކޮބައިކަން އެނގުން‬ ‫‪2.2‬تَ ِ‬
‫وح ُ‬
‫الربوبِيَّة އަކީ ކޮބައިކަން އެނގުން‬ ‫‪3.3‬تَ ِ‬
‫يد ُُّ‬
‫وح ُ‬
‫الربوبِيَّة ގެ މުހިންމުކަން‬ ‫يد األُلُ ِ‬
‫وهيَّة އާއި تَ ِ‬ ‫‪4.4‬تَ ِ‬
‫އެނގުން‬
‫يد ُُّ‬
‫وح ُ‬ ‫وح ُ‬
‫الص َفات އަކީ ކޮބައިކަން އެނގުން‬‫ِ‬ ‫‪5.5‬تَ ِ‬
‫يداألَمسَاء َو ّ‬‫وح ُ‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް‬
‫އެއްކައުވަންތަކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކުން‬ ‫‪1.1‬މާތްﷲ‬
‫ބޯޑު‪ ،‬ވައިޓްބޯޑުމާކަރ‪ ،‬ޗޯކު ޕަވަރޕޮއިންޓު‬
‫‪2.2‬ފިލާވަޅުގެތެރެއިން ދަރިވަރުންނާ ސުވާލުކުރުން‬
‫ޕްރެޒެންޓޭޝަން ސީޑީ‪،‬އަދި ޓީވީ އާއި ސްމާޓްބޯޑު‬
‫‪3.3‬އިންސާނުންގެ ދިރިއުޅުމުގައި ޢަޤީދާ މުހިންމުވާ ސަބަބާ‬
‫މައުޟޫއާގުޅޭ ކުދި ފޮތް ލީފްލެޓް މަޖައްލާ ފަދަ‬
‫ބެހޭގޮތުން މަޝްވަރާކޮށް ސަބަބުތައް ލިސްޓުކުރުވުން‬
‫ބައެއް ލިއުންތަކާއި އާޓިކަލް‬
‫ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމުގެ‬ ‫‪4.4‬މާތްﷲ‬
‫ރޭޑިއޯ ޓޭޕް ރެކޯޑަރ ކޮމްޕިއުޓަރ ސީޑީ‪ ،‬ރޯލު‪،‬‬
‫ހެކިތަކާބެހޭ ގޮތުން ޢިލްމުވެރިއެއްގެ ވާހަކަކޮޅެއް ކުލާހަށް‬
‫ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި ގުޅޭގޮތުން‬
‫އިއްވާލުން ނުވަތަ ބައެއް މަންޒަރު ދައްކާލުން‬
‫ދީނީ ޢިލްމުވެރިއެއްގެ ވާހަކަކޮޅެއް އިއްވާލަދިނުން‬

‫ކިއަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫މާތްﷲގެއެއްކައުވަންތަކަމުގެ ދަލީލުތައް ވަރަށް ގިނައެވެ‪ .‬އެއީ އަޤުލީ ދަލީލުތައްކަމުގައި ވިއަސް ނުވަތަ ނަޤްލީ‬
‫ދަލީލުތައްކަމުގައިވިއަސް ނުވަތަ ފިޠުރީ ދަލީލުތައްކަމުގައި ވިއަސް މެއެވެ‪ .‬މިގޮތުން ފާހަގަކޮށްލެވޭ މާތްﷲގެ އެއްކައުވަންތަކަމުގެ‬
‫ދަލީލުތަކުގެ ތެރޭގައި‪:‬‬

‫ފިޔަވާ އެހެން އިލާހަކު ނުވަތަ އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވަތަ ޝަރީކަކު ވާނަމަ ކޮންމެސް އެއް‬ ‫‪1.1‬މާތްﷲ‬
‫އިލާހެއްގެ ބާރު އަނެއް އިލާހަކަށްވުރެ ގަދަވުމުގެ ފުރުޞަތު އޮންނާނެއެވެ‪ .‬އަދި ކާއިނާތުގެ ކަންކަން ހިންގެވުމުގައާއި‬
‫ތަދުބީރުކުރެއްވުމުގައި ދެއިލާހުންނަށް އިއްތިފާޤުނުވެވޭ ކަންކަން ހުންނާނެއެވެ‪ .‬އެފަދަ ޙާލަތްތަކުގައި ދެފަރާތުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪14‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ސުލްޙަވެރި ޙައްލު ހޯދަންޖެހި އެއްފަރާތަކުން އަނެއްފަރާތަކަށް އެހީތެރިވާންޖެހޭ ޙާލަތްތައް އަންނާނެއެވެ‪ .‬އެހެންވެއްޖެނަމަ‬


‫ކޮންމެސް އެއްއިލާހަކު މަޞްލަޙަތަށްޓަކައި އަނެއްއިލާހަކަށް ދޫދޭން ޖެހޭނެއެވެ‪ .‬އެހެންވެއްޖެނަމަ އެއީ އިލާހުވަންތަކަމުގެ‬
‫ޞިފައެއްނޫނެވެ‪ .‬އަދި އެއީ އިލާހަކަށް ވުމަށް ނުކުޅެދޭކަމުގެ ހެއްކެކެވެ‪.‬‬

‫އެއްކައުވަންތަކަމުގެ ކައުނީ ދަލީލުތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަކީ‪ ،‬ކައުނުގައިވާ ކަންކަމަށް މީހަކު‬ ‫‪2.2‬މާތްﷲ‬
‫ބަލައިފިނަމަ ނުވަތަ ކަނޑުތަކާއި އިރުހަނދާއި ތަރިތަކަށް ބަލައިފިނަމަ އެތަކެތި ދައުރުވަމުންދާ ދިއުމުގައި‬
‫އެކަތިއަނެކައްޗަށް ޖެހި ފުށުއެރުމަކާ ނުލައި ދައުރުވަމުންދާ ދިއުމުން ދަލީލުކުރަނީ ކާއިނާތުގައިވާ އެންމެހައިކަންކަން‬
‫ކަމެވެ‪ .‬އަދި‬ ‫މާތްﷲ‬ ‫ހިންގަވާ ބަލަހައްޓަވާ ތަދުބީރުކުރައްވާ ފަރާތަކީ އެންމެފަރާތެއްކަމެވެ‪ .‬އެއީ ޚާލިޤުވަންތަ‬
‫އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވަތަ ޝަރީކަކު ވާނަމަ މުޅިކައުނު ފަސާދަވެގެން ދާނެކަން ކަށަވަރެވެ‪ .‬މިކަމަށް‬

‫ވަޙީކުރައްވާފައި ވެއެވެ‪ .‬ﱫ ﯟ ﯠ ﯡ ﯢ ﯣ ﯤ ﯥﯦ ﯧ ﯨ ﯩ ﯪ ﯫ‬ ‫މާތްﷲ‬ ‫އިޝާރަތްކުރައްވާ‬

‫ﯬ ﱪ(األنبياء‪)22‬‬

‫މެނުވީ އެހެން އެތަކެއް ކަލާނގެއެއް ވާނަމަ‬ ‫މާތްﷲ‬ ‫މާނައީ‪" :‬އުޑާއި ބިމުގައި ނިޒާމު ލައްވައި ތަދުބީރުކުރެއްވުމުގައި‬ ‫ ‬
‫އަށް‬ ‫(މާތްﷲ‬ ‫ހަމަކަށަވަރުން (އުޑާއި ބިން) ފަސާދަވެ ހަލާކުވެދާނެއެވެ‪ .‬ފަހެ‪ ،‬އެބައިމީހުން އެ ސިފަކުރާ ސިފަތަކުން‬
‫ހުސްޠާހިރުވެ ވޮޑިގެން ވެއެވެ‪".‬‬ ‫މާތްﷲ‬ ‫ޝަރީކުކުރުމުން )‬

‫ގެ އެއްކައުވަންތަކަމަށް އިޖުމާޢުވެފައެވެ‪ .‬ތާރީޚު ހެކިދޭގޮތުގައި‬ ‫ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވަނީ މާތްﷲ‬ ‫‪3.3‬އެންމެހައި‬
‫އެއްކައުވަންތަކަމުގެ ޚަބަރު މީސްތަކުންނަށް ދެއްވުމެވެ‪ .‬އަދި‬ ‫ނަބީބޭކަލުން ގެ ދަޢުވަތުގެ ބިންގަލަކީ މާތްﷲގެ‬ ‫އެންމެހައި‬
‫ފިޔަވާ އެހެންއިލާހުންތަކެއް ވާނަމަ އެއިލާހުންތަކުގެ ފަރާތުންވެސް މީސްތަކުންގެގާތަށް ރަސޫލުން ފޮނުއްވީސްކަން‬ ‫މާތްﷲ‬
‫އީ‬ ‫މާތްﷲ‬ ‫ކަށަވަރެވެ‪ .‬ނަމަވެސް އެފަދަކަމެއް ހިނގާފައިވާކަން ތާރީޚުން އެނގޭކަށް ނެތެވެ‪ .‬މިކަމުންވެސް ދަލީލުލިބެނީ‬
‫އެއްކައުވަންތަ ރަސްކަލާނގެކަމެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ކަމަށް އީމާންވުމެވެ‪.‬‬ ‫މާތްﷲ‬ ‫އެއްކައުވަންތަކުރުމުގެ މާނައަކީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކީ ހަމައެކަނި‬ ‫‪1.1‬މާތްﷲ‬
‫އަދި މާތްﷲއީ އެއްކައުވަންތަ ޚާލިޤުވަންތަ އަދި ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި‪ ،‬އެކަލާނގެއަށް‬
‫އެއްވެސް ބައިވެރިއަކު އަދި އެހީތެރިއަކު ނުވާކަމަށް އީމާންވުމެވެ‪.‬‬

‫އެއްކައުވަންތަކުރުމެވެ‪ .‬އަދި އަޅުކަންކުރުން‬ ‫މާތްﷲ‬ ‫‪2.2‬ތައުޙީދުލް އުލޫހިއްޔާ އަކީ ހުރިހާ ބާވަތެއްގެ އަޅުކަމެއްގައި‬
‫ފިއަވާ އެހެން‬ ‫މާތްﷲ‬ ‫ސުބުޙާނަހޫ ވަތަޢާލާ ކަމަށް އީމާން ވުމެވެ‪ .‬އަދި‬ ‫ﷲ‬ ‫ޙައްޤުވެގެންވާ ފަރާތަކީ ހަމައެކަނި‬
‫އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ‪ .‬‬

‫މާތްﷲ‬ ‫‪3.3‬ތައުޙީދުއް ރުބޫބިއްޔާ އަކީ ޚަލްޤުކުރެއްވުމުގަ އާއި‪ ،‬މިލްކުވެވޮޑިގެންވުމުގަ އާއި‪ ،‬އަދި ތަދުބީރުކުރެއްވުމުގައި‬
‫އެއްކައުވަންތަވެ ވޮޑިގެންވުމެވެ‪.‬‬

‫‪15‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ‬

‫ޙަރަކާތް ‪3‬‬

‫ރަސޫލުﷲ صلّى هللا عليه وسلّم‬ ‫މާތްﷲ‬ ‫ِ‬


‫الص َفات‬ ‫‪1.1‬تَ ِ‬
‫ކީރިތިޤުރްއާނުގައި ނުވަތަ‬ ‫އަކީ‬ ‫يداألَمسَاء َو ّ‬
‫وح ُ‬
‫މެދުވެރިކުރައްވާ ބަޔާންކުރައްވާފައިވާ އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި‬
‫މާތްﷲ‬ ‫އަދި ބަދަލުކުރުމެއް އޮޅުވާލުމެއްނެތި ޙަޤީޤަތާ އެއްގޮތަށް ޘާބިތުކުރުމެވެ‪ .‬އަދި ތައުވީލުކުރުމެއްނެތި‬
‫ބަޔާންކުރައްވާފައިވާގޮތަށް އެކަލާނގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް ފުރިހަމައަށް އީމާންވުމެވެ‪.‬‬

‫ِ‬
‫الص َفات‬ ‫‪2.2‬تَ ِ‬
‫ގެ މުހިންމުކަން އަންގައިދޭ ކަންތައްތައް‪:‬‬ ‫يداألَمسَاء َو ّ‬
‫وح ُ‬
‫އަށް އީމާންވުމުގެ ތެރެއިން ވާކަމެކެވެ‪ .‬އަދި‬ ‫މާތްﷲ‬ ‫މާތްﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމަކީ‬ ‫‪ .‬‬
‫އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންނުވާނަމަ އީމާންކަން ފުރިހަމައެއް ނުވާނެއެވެ‪.‬‬

‫ގެ އިސްމުފުޅުތަކާ ޞިފަފުޅުތަކަށް އީމާންވުމަކީ މީހާ މަގުފުރެދުމުން ސަލާމަތްކޮށްދޭ ކަމެކެވެ‪.‬‬ ‫‪ .‬މާތްﷲ‬


‫މާތްﷲ‬ ‫ِ‬
‫الص َفات‬ ‫ ‪ .‬تَ ِ‬
‫ވަނީ އަޅުތަކުންނަށް އެކަމަށް‬ ‫ދެނެގަތުމަކީ އަޅުކަމެކެވެ‪ .‬އަދި‬ ‫يداألَمسَاء َو ّ‬
‫وح ُ‬
‫އަމުރުކުރައްވާފައެވެ‪.‬‬

‫ގެ ވަޢީދުން ސަލާމަތްވެވޭނެއެވެ‪.‬‬ ‫މާތްﷲ‬ ‫‪3.3‬ޙަޤީޤީމާނާގައި މާތްﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމުން‬


‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬

‫ޙަރަކާތް ‪4‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪16‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫މަލާއިކަތުންނަށް އީމާންވުން‬ ‫‪3‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫‪1.1‬މަލާއިކަތްބޭކަލުންނަށް އީމާންވުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬މަލާއިކަތްބޭކަލުންނަށް އީމާންވުމުގެ ޙުކުމް ބަޔާންކުރަން އެނގުން‬

‫‪3.3‬މަލާއިކަތްބޭކަލުންގެ ބައެއް މަސައްކަތްޕުޅު އެނގުން‬

‫‪4.4‬މަލާއިކަތްބޭކަލުންނާއި ޖިންނީންގެ ތަފާތު އެނގުން‬

‫‪5.5‬މަލާއިކަތްބޭކަލުންނަށް އީމާންވުމުގެ މުހިންމުކަން ބަޔާންކުރަން އެނގުން‬

‫‪6.6‬މަލާއިކަތްބޭކަލުންނަށް އީމާންވުމުން ދިރިއުޅުމަށް ކުރާނެ ހެޔޮ އަސަރުތައް އެނގުން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް‬ ‫‪1.1‬މަލާއިކަތްބޭކަލުންނަށް އީމާންވުމާބެހޭގޮތުން ސުވާލުކުރުން‬
‫ބޯޑު‪ ،‬ވައިޓްބޯޑުމާކަރ‪ ،‬ޗޯކު ޕަވަރޕޮއިންޓު‬ ‫‪2.2‬މަލާއިކަތްބޭކަލުންނަށް އީމާންވުމުގެ މުހިންމުކަމާ ބެހޭގޮތުން‬
‫ޕްރެޒެންޓޭޝަން ސީޑީ‪،‬އަދި ޓީވީ އާއި ސްމާޓްބޯޑު‬ ‫ވާހަކަ ދެއްކުވުން‬
‫މައުޟޫއާގުޅޭ ކުދި ފޮތް ލީފްލެޓް މަޖައްލާ ފަދަ‬ ‫‪3.3‬މަލާއިކްތްބޭކަލުންނާއި ޖިންނީންގެ ތަފާތާ ބެހޭގޮތުން‬
‫ބައެއް ލިއުންތަކާއި އާޓިކަލް‬ ‫މަޝްވަރާކުރުވުން‬
‫ރޭޑިއޯ ޓޭޕް ރެކޯޑަރ ކޮމްޕިއުޓަރ ރޯލު‪ ،‬ފަދަ‬ ‫‪4.4‬މަލާއިކަބޭކަލުންނަށް އީމާންވުމުން ދިރިއުޅުމަށް ކުރާނެ ހެޔޮ‬
‫ތަކެތި ބޭނުންކޮށްގެން މައުޟޫއާއި ގުޅޭގޮތުން‬ ‫އަސަރުތައް ލިސްޓުކުރުވުން‬
‫ދީނީ ޢިލްމުވެރިއެއްގެ ވާހަކަކޮޅެއް ދަރިވަރުންނަށް‬
‫އިއްވާލަދިނުން‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬މަލާއިކަތްބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެކެވެ‪ .‬އަދި އެއީ އިސްލާމްދީނުގައި ކޮންމެ‬
‫ނޫރުން ހައްދަވާ‪ ،‬މާތްކުރައްވާ‬ ‫މާތްﷲ‬ ‫މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ‪ .‬އެހެނީ މަލާއިކަތްބޭކަލުންނަކީ‬
‫މާތްﷲ‬ ‫އަށް ކިޔަމަންތެރި އެކަލާނގެ އަޅުންކަމާއި އަދި‬ ‫މާތްﷲ‬ ‫މަތިވެރިކުރައްވާފައިވާ ބައެއްކަމާއި‪ ،‬އެބޭކަލުންނަކީ‬
‫އަންގަވާ ކޮންމެކަމެއް އެބޭކަލުން ކުރަވާނެކަމާއި‪ ،‬އެބޭކަލުންނަށް އާދަޔާޚިލާފު ކުޅަދާނަކަމެއް ދެއްވާފައިވާ ކަމާއި‬
‫މިކަންކަން ހިތުގައި ޝައްކުކަމެއް ނެތި ޤަބޫލުނުކުރާހާހިނދަކު އެއްވެސްމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ‪.‬‬

‫‪17‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ﱫﭡ ﭢ ﭣ ﭤﭥ ﭦﭧ ﭨ ﭩ ﭪ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﭫﭬﭭﭮﭯ ﭰﭱﭲﭳﭴﭵﭶﭷﭸ‬
‫ﭹ ﭺ ﭻ ﭼ ﭽ ﭾ ﭿ ﮀ ﮁ ﱪ (األنبياء ‪)28-26‬‬

‫ގެ‬ ‫މާތްﷲ‬ ‫އަށް ދަރިކަލުން ވެއެވެ‪ ( .‬މިއާޔަތް ބާވައިލެއްވީ މަލާއިކަތުންނަކީ‬ ‫މާތްﷲ‬ ‫މާނައީ‪" :‬އެބައިމީހުން ބުނެތެވެ‪.‬‬ ‫ ‬
‫ދަރިކަލުންކަމަށް ބައެއްމީހުން ދަޢުވާކުރުމުންނެވެ‪ ).‬ފަހެ އެކަލާނގެއީ ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ‪ .‬އެބޭކަލުންނަކީ‬
‫ގެ ޙަޟްރަތަށް ކުއްތަންވެގެންވާ އަދި އެކަލާނގެ ނިޢުމަތް ދެއްވި މާތް މަޚުލޫޤުންނެވެ‪.‬‬ ‫މާތްﷲ‬ ‫( މަލާއިކަތުންނަކީ)‬
‫ގެ އަމުރުފުޅާއި ނުލައި ވާހަކަ ނުދައްކަވާނެތެވެ‪ .‬އަދި އެބޭކަލުން އެކަލާނގެ އަމުރުކުރެއްވިގޮތަށް‬ ‫މާތްﷲ‬ ‫އެބޭކަލުން‬
‫އެންގެވި‬ ‫މާތްﷲ‬ ‫ޢަމަލުކުރެތެވެ‪ .‬ޤިޔާމަތްދުވަހާއި ދުނިޔެމަތީގެ ކަންތައްތައް އެނގިގެންވަނީ އެކަލާނގެއަށެވެ‪( .‬‬
‫ރުހިވޮޑިގެންވާ އަޅުންނަށް މެނުވީ އެބޭކަލުން ޝަފާޢަތް‬ ‫ކަމެއްނޫނީ އެބޭކަލުންނަކަށް ނޭނގޭނެއެވެ‪ ).‬އަދި މާތްﷲ‬
‫ޢަޛާބަށް ބިރުވެތިވެ ރައްކާތެރިވެގެންނެވެ‪".‬‬ ‫ނުދެއްވަވާނެތެވެ‪ .‬އެހެންކަމުން އެބޭކަލުން ވަނީ މާތްﷲ ގެ‬

‫ފިޔަވާ އެހެން އެއްވެސް ފަރާތަކަށް‬ ‫މާތްﷲ‬ ‫‪ .2‬މަލާއިކަތްބޭކަލުންނަކީ ވަރަށް ގިނަ ބައެކެވެ‪ .‬އެބޭކަލުންގެ ޢަދަދު‬
‫ވަޙީކުރައްވާފައި ވެއެވެ‬ ‫މާތްﷲ‬ ‫ނޭނގޭނެއެވެ‪.‬‬

‫ﱪ(املدثر‪)31‬‬ ‫ﱫ ﯞ ﯟ ﯠ ﯡ ﯢ ﯣﯤ ﯥ ﯦ ﯧ ﯨ ﯩ‬ ‫ ‬

‫މާނައީ‪" :‬އެކަލާނގެ ޙަޟްރަތަށް މެނުވީ މަލާއިކަތްބޭކަލުންގެ ޢަދަދާއި ބާރުފުޅު އެނގިގެން ނުވެއެވެ‪ .‬އަދި‬ ‫ ‬
‫އިންސާނުންނަށް ހުރި ޢިބުރަތްތެރި ޛިކްރާއަކަށް މެނުވީ ނަރަކަ ނުވެއެވެ‪".‬‬

‫ރަސޫލުﷲ صلّى‬ ‫އެކިއެކި މަސައްކަތް ހަވާލުކުރައްވާފައި ވާކަން ކީރިތި ޤުރްއާނުންނާއި‬ ‫މާތްﷲ‬ ‫‪ .3‬މަލާއިކަތްބޭކަލުންނާ‬
‫وسلّمގެ ޙަދީޘްފުޅުތަކުން އެނގެއެވެ‪ .‬މިގޮތުންބަލާއިރު މަލާއިކަތްބޭކަލުންގެ މަސައްކަތްޕުޅުތަކުގެ ތެރޭގައި‬ ‫هللا عليه‬
‫އަންނަނިވިކަންކަން ފާހަގަކޮށްލެވެއެވެ‪.‬‬

‫ގެ ޢަރުޝިކޮޅު އުފުއްލެވުން‬ ‫މާތްﷲ‬ ‫‪ .1‬‬

‫‪ .2‬ރަސޫލުބޭކަލުންގެ އަރިހަށް ވަޙީ ހިއްޕަވައިގެން ވަޑައިގެންނެވުން‬

‫‪ .3‬ސުވަރުގެއާއި ނަރަކައިގެ ކަންތައްތައް ބެލެހެއްޓެވުން‬

‫‪ .4‬އަޅުތަކުންގެ ޢަމަލުތައް ބެލެހެއްޓެވުން‬

‫‪ .5‬އަޅުތަކުންގެ ފުރާނަ ހިއްޕެވުން‬

‫‪ .6‬މުއުމިނުންނަށް ރަޙުމަތްލައްވާ ފާފަ ފުއްސެވުމަށް އެދި ދުޢާކުރެއްވުން‬

‫ގެ ޞާލިޙު އަޅުންނަށް ޙިމާޔަތާއި ރައްކާތެރިކަންދިނުން‬ ‫މާތްﷲ‬ ‫‪ .7‬‬

‫‪ .4‬މަލާއިކަތްބޭކަލުންނަކީ އިންސާނުންފަދަ ބައެއް ނޫނެވެ‪ .‬އެބޭކަލުންނަކީ އާދަޔާ ޚިލާފު ބާރުތަކެއް ދެއްވާފައިވާ ބައެކެވެ‪.‬‬
‫އެކަލާނގެ‬ ‫މާތްﷲ‬ ‫އެބޭކަލުން އުފައްދަވާފައިވާ އަޞްލު ޞިފާގައި އިންސާނުންނަކަށް ނުފެންނާނެއެވެ‪ .‬އެހެންނަމަވެސް‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪18‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ޚާއްޞަކުރައްވާފައިވާ އަޅުންނަށް މަލާއިކަތްބޭކަލުން އެބޭކަލުންގެ އަޞްލު ސޫރާގައި ދައްކަވާފައި ވެއެވެ‪ .‬މިގޮތުން‬


‫އަށް ޖިބްރީލުގެފާނު އެކަލޭގެފާނުގެ އަޞްލު ސޫރާގައި‬ ‫މިއުންމަތުގެ މާތްނަބިއްޔާ މުޙައްމަދު صلّى هللا عليه وسلّم‬
‫ދެފަހަރު ފެނިވަޑައިގެންނެވިއެވެ‪ .‬މާތްﷲ ވަޙީކުރައްވާފައި ވެއެވެ‪.‬‬

‫(النجم‪)14-13‬‬ ‫ﱫﮍ ﮎ ﮏ ﮐ ﮑ ﮒ ﮓ ﮔ ﱪ‬ ‫ ‬

‫މާނައީ‪" :‬އެކަލޭގެފާނު އަދި އެހެން ފަހަރުފަހަރަކުވެސް ޖިބްރީލުގެފާނު ( އެކަލޭގެފާނުގެ އަޞްލު ސޫރާގައި) ދެކެވަޑައި‬ ‫ ‬
‫ގަތެވެ‪ .‬އެއީ ސިދުރަތުލް މުންތަހާގެ ކައިރިންނެވެ‪".‬‬

‫ޙަރަކާތް ‪1‬‬

‫އެންގެވިކޮންމެކަމެއް‬ ‫މާތްﷲ‬ ‫ނޫރުން ހައްދަވާފައިވާ އެކަލާނގެ މަޚްލޫޤުންކަމާއި‪،‬‬ ‫މާތްﷲ‬ ‫‪1.1‬މަލާއިކަތްބޭކަލުންނަކީ‬


‫އެބޭކަލުން ކުރައްވާނޭކަމާއި އަދި އެބޭކަލުންގެ ޞިފަފުޅުތަކަކީ ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވާ‬
‫ޞިފަފުޅުތައް ކަމުގައި ހިތުގައި ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ‪.‬‬

‫‪2.2‬މަލާއިކަތްބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެކެވެ‪ .‬އެހެންކަމުން މަލާއިކަތްބޭކަލުންނަށް‬


‫އީމާންވުމަކީ ވާޖިބުވެގެންވާކަމެކެވެ‪ .‬އަދި މަލާއިކަތްބޭކަލުންނަށް އީމާންނުވާމިހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫‪1.1‬މަލާއިކަތްބޭކަލުންނާއި ޖިންނީންގެ ތަފާތު‬

‫މަލާއިކަތްބޭކަލުން ހައްދަވާފައިވަނީ ނޫރުންނެވެ‪ .‬އަދި ޖިންނީން ހައްދަވާފައި ވަނީ އަލިފާނުންނެވެ‪.‬‬ ‫‪1.1‬މާތްﷲ‬


‫ވނެއެވެ‪ .‬އަދި އެއްވެސްމީހަކަށް‬
‫އމިނުންނެވެ‪ .‬އެބޭކަލުން ފާފައެއް ނުކުރައް ާ‬
‫ވސް މު ު‬
‫ބކަލުންނަކީ ެ‬
‫ލއިކަތް ޭ‬
‫މ ާ‬
‫ހ ަ‬
‫‪2.2‬ހުރި ާ‬
‫ފރު ވެއެވެ‪.‬‬
‫ނމަވެސް ޖިންނީންގެތެރޭގައި މުއުމިނުންނާއި ކާ ި‬
‫ނ އަމުރެއް ނުކުރައްވާނެއެވެ‪ަ .‬‬
‫މކަށް މެނުވީ އެބޭކަލު ް‬
‫ހެއުކަ ަ‬
‫އޅެއެވެ‪.‬‬
‫ކރާ ޖިންނީން ު‬
‫ހއުކަންތަކަށް އަމުރުކުރާ ޖިންނީންނާއި ނުބައިކަންތަކަށް އަމުރު ު‬
‫ނގެތެރޭގައި ެ‬
‫އދި ޖިންނީ ް‬
‫ަ‬

‫‪ .2‬މަލާއިކަތްބޭކަލުންގެ މަސައްކަތްޕުޅު‬

‫‪1.1‬އިންސާނުން ކުރާ ޢަމަލުތައް ލިއުއްވުން‬

‫‪2.2‬މުއުމިނުންނަށް ފާފަ ފުއްސެވުމަށް އެދި ދުޢާކުރެއްވުން‬

‫ގެ ޢަރުޝި އުފުއްލެވުން‬ ‫‪3.3‬މާތްﷲ‬

‫‪19‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫‪ .3‬ނަންފުޅާއި މަސައްކަތްޕުޅު އެނގޭ މަލާއިކަތް ބޭކަލުން‬

‫‪1.1‬ޖިބްރީލު ޢަލައިހިއްސަލާމް‪ :‬ވަޙީގެ މަލާއިކަތާ‬

‫‪2.2‬މީކާއީލު ޢަލައިހިއްސަލާމް‪ :‬ވާރޭވެއްސެވުމާބެހޭ މަލާއިކަތާ‬

‫‪3.3‬އިސްރާފީލު ޢަލައިހިއްސަލާމް‪ :‬ތާޅަފިލިފުމެލައްވާ މަލާއިކަތާ‬

‫ޙަރަކާތް ‪3‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ‪.‬‬

‫ޙަރަކާތް ‪4‬‬
‫މަލާއިކަތްބޭކަލުންނަށް އީމާންވުމުން ދިރިއުޅުމަށް ކުރާނެ ހެޔޮ އަސަރު‬

‫‪1.1‬މަލާއިކަތްބޭކަލުންނަކީ އަބަދުވެސް މާތްﷲއަށް ކިއަމަންތެރިކަން އަދާކުރެއްވުންމަތީގައި ދެމިތިއްބަވާ ބަޔަކަށްވާތީ‬


‫ގެ ރުހިވޮޑިގަތުން ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމުގެ ޝައުޤުވެރިކަން‬ ‫މާތްﷲ‬ ‫އެބޭކަލުންނަށް އިޤްތިދާވުމުގެގޮތުން‬
‫ހިތުގައި އުފެދި މާތްﷲއަށް ކިއަމަންތެރިކަން އަދާކުރުންމަތީ ދެމިހުރެވުން‬

‫‪2.2‬ތިމާއަށް ކުރެވޭ ޢަމަލުތަކާމެދު ފަޚުރުވެރިވެ ބޮޑާކަމާއި ކިބުރުވެރިކަން އިސްކުރުމުގެ ބަދަލުގައި އަބަދުވެސް ހިތްތިރިކަން‬
‫އިޚްތިޔާރުކޮށްގެން ހެޔޮޢަމަލުކުރުންމަތީގައި ދެމިހުރެވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪20‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ފޮތްތަކަށް އީމާންވުން‬ ‫‪4‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫‪1.1‬ފޮތްތަކަށް އީމާންވުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬ފޮތްތަކަށް އީމާންވުމުގެ މުހިންމުކަން ބަޔާންކުރަން އެނގުން‬

‫‪3.3‬ފޮތްތަކަށް އީމާންވާނެ ގޮތް އެނގުން‬

‫‪4.4‬ފޮތްތައް ބާވާލެއްވުމުގެ ޙިކްމަތް އެނގުން‬

‫‪5.5‬ފޮތްތަކަށް އީމާންވުމުން ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާ އެނގުން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް‬ ‫‪1.1‬ބާބާލެއްވި ފޮތްތަކަށް އީމާންވާނެގޮތް އެނގި އެހެންމީހުންނަށް‬
‫ބޯޑު‪ ،‬ވައިޓްބޯޑުމާކަރ‪ ،‬ޗޯކު ޕަވަރޕޮއިންޓު‬ ‫ކިއައިދިނުން‬
‫ޕްރެޒެންޓޭޝަން ސީޑީ‪،‬އަދި ޓީވީ އާއި ސްމާޓްބޯޑު‬ ‫‪2.2‬ފޮތްތަކަށް އީމާންވުމުގެ ޙުކުމާ ބެހޭގޮތުން ވާހަކަދެއްކުން‬
‫މައުޟޫއާގުޅޭ ކުދި ފޮތް ލީފްލެޓް މަޖައްލާ ފަދަ‬ ‫‪3.3‬ފޮތްތައް ބާވައި ލެއްވުމުގެ ޙިކުމަތާ ބެހޭގޮތުން‬
‫ބައެއް ލިއުންތަކާއި އާޓިކަލް‬ ‫މަޝްވަރާކުރުން‬
‫ރޭޑިއޯ‪ ،‬ޓޭޕް ރެކޯޑަރ‪ ،‬ކޮމްޕިއުޓަރ‪ ،‬ރޯލު‪،‬‬ ‫‪4.4‬ބާވާލެއްވި ފޮތްތަކަށް އީމާންވުމުން ޢަމަލީ ދިރިއުޅުމަށް ކުރާނެ‬
‫ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި‬ ‫ފައިދާތައް ލިސްޓުކުރުން‬
‫ގުޅޭގޮތުން ދީނީ ޢިލްމުވެރިއެއްގެ ވާހަކަކޮޅެއް‬
‫ދަރިވަރުންނަށް އިއްވާލަދިނުން‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬ފޮތްތަކަށް އީމާންވާމީހުންނަށް ފޮތްތަކަށް އީމާންވުމުގެ މޭވާ ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ލިބޭނެއެވެ‪.‬‬
‫މިގޮތުން ފޮތްތަކަށް އީމާންވާ މީހާއަށް މާއްދީގޮތުންނާއި ރޫޙާނީގޮތުން ލިބޭ ފައިދާތަކުގެ ތެރޭގައި އަންނަނިވިކަންކަން‬
‫ފާހަގަކޮށްލެވެއެވެ‪.‬‬

‫ވޑިގަންނަވާ މިންވަރު ހިތަށް ގެނެވި އެކަމުގެ ޔަޤީންކަން ލިބުން‪ .‬މިސާލަކަށް‬


‫ގ އަޅުތަކުންނަށް އޯގާތެރިވެ ޮ‬
‫އެކަލާނ ެ‬ ‫‪2.2‬މާތްﷲ‬
‫ދޔަތް ދެއްވުމަށްޓަކައެވެ‪.‬‬
‫އ ބާވައިލެއްވީ މީސްތަކުންނަށް ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ހުރިމަގަށް ހި ާ‬
‫ފތްތަ ް‬
‫ޮ‬ ‫މާތްﷲ‬

‫‪21‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫އާ ދެމެދު އޮންނަގުޅުން ވަރުގަދަވެ އިންސީންނާއި ޖިންނީންގެތެރޭގައިވާ‬ ‫މާތްﷲ‬ ‫‪3.3‬ފޮތްތަކަށް އީމާންވާ މީހާއާއި‬
‫صلّى هللا عليه‬ ‫އާއި އެކަލާނގެ ރަސޫލާ‬ ‫މާތްﷲ‬ ‫ޝައިޠާނުންގެ ހެއްލުންތެރިކަމުގައި ނުޖެހި އެފަރާތްތަކަށް ބިރުނުގަނެ‬
‫އެންގެވިމަގުން ހިނގުމުގެ ކުޅަދާނަކަން ލިބުން‬ ‫وسلّم‬
‫އއިންސާނާ ހައްދަވައި އޭނާއަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮތް ބާވައިލައްވައި ދެދުނިޔޭގެ ބާއްޖަވެރިކަން‬ ‫‪4.4‬މާތްﷲ‬
‫ގެ މަތިވެރި ނިޢުމަތް ދެނެގަނެ އެކަލާނގެއަށް ޝުކުރު އަދާކުރެވުން‬ ‫މާތްﷲ‬ ‫ހުރިމަގަށް މަގުދައްކަވާފައިވާތީ‬

‫ކޮންކެ އުންމަތަކަށްވެސް ފޮތް މެދުވެރިކުރައްވާ އެއުންމަތަކަށް އެންމެ އެކަށޭނަ ޙުކުމްފުޅުތައް ބާވާލައްވާފައި‬ ‫‪5.5‬މާތްﷲ‬
‫ވާކަމާއި އަދި ބާވާލެއްވުނު ފޮތްތައް ޚަތިމްކުރައްވާ އެންމެފަހުގެ ފޮތެއްގެ ގޮތުގައި ކީރިތި ޤުރްއާން ބާވާލައްވާފައި‬
‫ގެ‬ ‫މާތްﷲ‬ ‫ވަނީ އެންމެހައި މީދސްތަކުންނަށް ޤިޔާމަތަށް ދާންދެން އެންމެ އެކަށީގެންވާގޮތަށް ކަމަށްވާތީ އެކަމުން‬
‫ޙިކުމަތްވަންތަކަން ޤަބޫލުކުރެވުން‬

‫ފޮތްތައް ބާވައިލައްވާ އެކަލާނގެ އަޅުތަކުންނަށް ދެއްވި މިބޮޑު ނިޢުމަތާއި ރަޙުމަތްފުޅުގެމަތިން ހަނދުމަކުރެވި‬ ‫‪6.6‬މާތްﷲ‬
‫ހިތަށް އުފާވެރިކަން ލިބުން‬

‫ﱫﮑ ﮒ ﮓ ﮔ ﮕ ﮖ ﮗ ﮘ ﮙ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﮚﱪ (يونس ‪)58‬‬

‫ގެ ފަޟްލުވަންތަކަމާއި އެކަލާނގެ ރަޙުމަތަށްޓަކައި ( އެބަހީ‬ ‫މާތްﷲ‬ ‫މާނައީ‪ " :‬ކަލޭގެފާނު ވިދާޅުވާށެވެ!‬ ‫ ‬
‫އިސްލާމްދީނާއި ކީރިތި ޤުރްއާނަށްޓަކައި ) އެމީހުން އުފާކުރާހުށިކަމެވެ‪ .‬އެމީހުން އުފާކުރަންވީ އެކަންތައްތަކަށް ޓަކައެވެ‪.‬‬
‫އެމީހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ‪".‬‬

‫ފޮތްތަކަށް އީމާންވުމަކީ ވަރަށް މުހިންމުކަމެކެވެ‪ .‬ފޮތްތަކަށް އީމާންނުވާމީހާގެ އީމާކަން ފުރިހަމައެއްނުވާނެއެވެ‪ .‬އެހެނީ‬


‫އެއީ އިސްލާމީ ޢަޤީދާގެ އަޞްލު ތަކުގެތެރެއިން އަޞްލެކެވެ‪ .‬އަދި އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެއްވެސް‬
‫ވަނީ އަމުރުކުރައްވާފައެވެ‪.‬‬ ‫މާތްﷲ‬ ‫މެއެވެ‪ .‬އެހެންކަމުން ފޮތްތަކަށް އީމާންވުމަށް‬

‫ﱫﭣ ﭤ ﭥ ﭦ ﭧ ﭨ ﭩ ﭪ ﭫ ﭬ ﭭ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﭮﭯ ﭰﭱﭲﭳﭴﭵﭶﭷ ﭸﭹﭺﭻ‬


‫(البقرة‪)136‬‬ ‫ﭼﭽﭾﭿﮀﮁﱪ‬
‫އަށާއި‪ ،‬ތިމަންމެންނަށް ބާވައިލެއްވުނު‬ ‫މާތްﷲ‬ ‫މާނައީ‪ " :‬ތިޔަބައިމީހުން ( މުސްލިމުން ) ބުނާށެވެ! ތިމަންމެން‬ ‫ ‬
‫ފޮތަށާއި‪ ،‬އިބްރާހީމްގެފާނާއި‪ ،‬އިސްމާޢީލުގެފާނާއި‪ ،‬އިސްޙާޤުގެފާނާއި‪ ،‬ޔަޢުޤޫބުގެފާނާއި‪ ،‬ޔަޢުޤޫބުގެފާނުންގެ ބޭފުޅުންނަށް‬
‫ބާވައިލެއްވުނު ވަޙީއަށާއި‪ ،‬މޫސާގެފާނާއި‪ ،‬ޢީސާގެފާނަށް ދެއްވުނު ފޮތަށާއި‪،‬އެހެނިހެން ނަބީބޭކަލުންނަށް އެބޭކަލުންގެ‬
‫ވެރިރަސްކަލާނގެ ޙަޟްރަތުން ދެއްވި ފޮތްތަކަށާއި‪ ،‬މި އެންމެހައި ކަންކަމަށް ތިމަންމެން އީމާންވީމުއެވެ‪ .‬އެއިން‬
‫އެއްވެސް ނަބީއަކާއި‪ ،‬ރަސޫލަކާއިމެދު ތަފާތު ނުކުރައްވަމެވެ‪ .‬އަދި ތިމަންމެން މިތިބީ އެކަލާނގެއަށް ކިޔަމަންވެ‬
‫އިސްލާމްވެގެންނެވެ‪".‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪22‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫އެކަލާނގެ ފޮނުއްވެއި ރަސޫލުބޭކަލުންނަށް ފޮތް ބާވާލައްވަފައިވާކަމާއި އެފޮތްތަކަކީ‬ ‫މާތްﷲ‬ ‫‪1.1‬ފޮތްތަކަށް އީމާންވުމަކީ‬


‫ގެ ޙަޟްރަތުން ބާވައިލައްވާފައިވާ ޙައްޤުތެދުކަމާއި‬ ‫މާތްﷲ‬ ‫ގެ ކަލާމްފުޅުކަމާއި‪ ،‬އެފޮތްތަކުގައި ވަނީ‬ ‫މާތްﷲ‬
‫އަދި އެފޮތްތައް ބާވައިލައްވާފައިވަނީ މީސްތަކުންނަށް ތެދުމަގުދެއްކެވުމަށް ޓަކައިކަން ހިތުގައި ޝައްކުކަމެއް ނެތި‬
‫ޤަބޫލުކުރުމެވެ‪.‬‬

‫ބާވައިލައްވާފައިވާ ފޮތްތަކަށް އީމާންވުމަކީ ވާޖިބުވެގެންވާ ކަމެކެވެ‪ .‬އަދި އެއީ‬ ‫މާތްﷲ‬ ‫‪2.2‬ފޮތްތަކަށް އީމާންވުމުގެ ޙުކުމަކީ‪،‬‬
‫އީމާންކަމުގެ ރުކުންތަކުގެތެރެއިން ތިންވަނަ ރުކުނެވެ‪ .‬އެހެންކަމުން ފޮތްތަކަށް އީމާންނުވާމީހާގެ އީމާންކަން ޞައްޙައެއް‬
‫ނުވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރުން‬

‫ޙަރަކާތް ‪3‬‬
‫‪1.1‬ފޮތްތައް ބާވައިލެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި‪:‬‬

‫އެކަލާނގެ އަޅުތަކުންގެމައްޗަށް ޙުއްޖަތް ޤާއިމުކުރެއްވުން‬ ‫● ●މާތްﷲ‬


‫● ●ރަސޫލުބޭކަލުންގެ ތެދުވެރިކަން ހާމަކުރެއްވުމާއި އެބޭކަލުންގެ ދަޢުވަތަށް މާތްﷲގެ ތާއީދާއި މަދަދު ލިބިވަޑައިގެން‬
‫ވާކަމުގެ ހެކި ދެއްކެވުން‬

‫ބާވައިލެއްވި ފޮތްތަކަށް އީމާންވުމުގައި ޤަބޫލުކުރަންޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ‪ .‬އެހެންކަމުން ބާވައިލެއްވި‬ ‫‪2.2‬މާތްﷲ‬
‫ފޮތްތަކަށް އީމާންވުން އެތައް ކަމެއްގެ މައްޗަށް ޝާމިލްވެގެން ވެއެވެ‪ .‬މިގޮތުން ބާވައިލެއްވި ހުރިހާ ފޮތްތަކަކީ ވެސް‬
‫ފިއަވައި އެހެންފަރާތެއްގެ ބަސް‬ ‫މާތްﷲ‬ ‫ގެ ޙަޟްރަތުން ބާވައިލެއްވުނު އެކަލާނގެ ކަލާމްފުޅު ކަމާއި‪ ،‬އެއީ‬ ‫މާތްﷲ‬
‫ނޫންންކަމާއި އަދި އެފޮތްތަކުގައި ވަނީ ޙައްޤުތެދުކަން ހިތުގައި ޝައްކުކަމެއްނެތި ޤަބޫލުކުރަން ޖެހެއެވެ‬

‫ޙަރަކާތް ‪4‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރުން‬

‫‪23‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވާ ފޮތްތައް‬


‫‪5‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬ކީރިތިޤުރްއާނުގައި ނަންގަނެވިފައިވާ ފޮތްތަކާއި އެފޮތްތައް ބާވައިވެއްވުނު ރަސޫލުބޭކަލުން އެނގުން‬

‫‪2.2‬ބާވާލެއްވުނު ފޮތްތަކުގެ ތެރެއިން އެންމެ މާތް ފޮތަކީ ކީރިތި ޤުރްއާންކަން އެނގުން‬

‫ބާވާލެއްވި ފޮތްތަކަށް އެފޮތްތަކުގެ އަހުލުވެރިން ބަދަލުގެނެސްފައި ވާތީ‬ ‫މާތްﷲ‬ ‫‪3.3‬ކީރިތި ޤުރްއާން ފިއަވާ‬
‫އެފޮތްތަކުގެ ޞައްޙަކަން މިއަދު ޤަބޫލުކުރެވެން ނެތްކަން އެނގުން‬

‫ރައްކާތެރި ކުރައްވާނެކަން އެނގުން‬ ‫މާތްﷲ‬ ‫‪4.4‬ކީރިތި ޤުރްއާން ޤިޔާމަތަށް ދާންދެން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬
‫ބާވާލެއްވި ފޮތްތަކުގެތެރެއިން އެންމެ މާތްފޮތަކީ‬ ‫‪1.1‬މާތްﷲ‬
‫ވައިޓްބޯޑުމާކަރ‪ ،‬ސީޑީ ޗޯކު ޕަވަރޕޮއިންޓު‬
‫ކޮބައިކަމާއި އެފޮތް މާތްވީ ސަބަބާ ބެހޭގޮތުން‬
‫ޕްރެޒެންޓޭޝަން އަދި ޓީވީ‬
‫ވާހަކަދެއްކުން‬
‫ބާވާލެއްވި ފޮތްތަކާބެހޭގޮތުން ލިއެފައިވާ ލިއުމާއި‬
‫‪2.2‬ފިލާވަޅުން ދަރިވަރުންނާ ސުވާލުކުރުން‬
‫ފޮޓޯ ނުވަތަ ކުރެހުން‬
‫‪3.3‬ފިލާވަޅު ކިއުއްވުން‬
‫ރޭޑިއޯ ޓޭޕް ރެކޯޑަރ ކޮމްޕިއުޓަރ ސީޑީ‪ ،‬ރޯލު‪،‬‬
‫‪4.4‬އެއްކުއްޖަކު އަނެއްކުއްޖަކާ ސުވާލުކުރުން‪ ،‬މުދައްރިސް‬
‫ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި ގުޅޭގޮތުން‬
‫އޮބްޒަރވްކުރުން‬
‫މަޢުލޫމާތު ދިނުން‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫މާތްﷲ‬ ‫ހުރިހާ ރަސޫލުބޭކަލުންނަށްވެސް ފޮތް ބާވައިލެއްވިއެވެ‪ .‬އެކަން ބަޔާންކުރައްވާ ކީރިތި ޤުރްއާނުގައި‬ ‫‪1.1‬މާތްﷲ‬
‫ވަޙީކުރައްވާފައި ވެއެވެ‪ .‬ﱫ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ‬
‫ﭘ ﱪ(سورة احلديد ‪)25‬‬
‫މާނައީ‪" :‬ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަނޑައެޅިގެންހުރި ސާފު ޙުއްޖަތާއިގެން ތިމަންރަސްކަލާނގެ ރަސޫލުން‬ ‫ ‬
‫ފޮނުއްވީމެވެ‪ .‬އަދި އެބޭކަލުންނަށް ފޮތާއި ( ޢަދުލުއުންސާފުގެ ) ތިލަފަތް ތިމަންރަސްކަލާނގެ ބާވައި ލެއްވީމެވެ‪".‬‬

‫ﱫﭾ ﭿ ﮀ ﮁ ﮂ ﮃ ﮄ ﮅ ﮆ ﮇ‬ ‫އެހެން އާޔަތެއްގައި ވެއެވެ‪.‬‬ ‫ ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪24‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ﮈ ﮉ ﱪ (سورة البقرة ‪)213‬‬

‫އުފާވެރިކަމުގެ ޚަބަރު ދެއްވާ‬ ‫މާތްﷲ‬ ‫މާނައީ‪ (" :‬އެންމެހައި ) މީސްތަކުންނަކީ އެއް އުންމަތެއްގެ ބައެކެވެ‪ .‬ދެން‬ ‫ ‬
‫ބަޔަކުކަމުގައްޔާއި އިންޒާރު ދެއްވާ ބަޔަކުކަމުގައި (މީސްތަކުންގެގާތަށް އެކިއެކި ޒަމާނުގައި އެކިއެކި ޤައުމަށް)‬
‫ނަބީބޭކަލުން ފޮނުއްވިއެވެ‪ .‬އަދި އެ ނަބީބޭކަލުންނާއިއެކު އެކަލާނގެ ފޮތް ބާވައި ލެއްވިއެވެ‪".‬‬

‫އެކަލާނގެ ނަބީބޭކަލުންގެމައްޗަށް ބާވާލެއްވި ފޮތްތަކުގެ ޢަދަދު ވަރަށްގިނައެވެ‪ .‬އެހެންކަމުން އެހުރިހާ ފޮތްތަކަކަށް‬ ‫‪2.2‬މާތްﷲ‬
‫ޖުމްލަގޮތެއްގައި އީމާންވުމަކީ އަހަރެމެންގެމައްޗަށް ވާޖިބުވެގެންވާ ކަމެކެވެ‪ .‬އަދި ތަފްޞީލްކޮށް އީމާންވާންޖެހެނީ‬
‫ޛިކުރުކުރައްވާފައިވާ ފޮތްތަކަށް އެކަންޏެވެ‪ .‬އެފޮތްތަކަކީ އިބްރާހީމްގެފާނާއި މޫސާގެފާނަށް‬ ‫މާތްﷲ‬ ‫ކީރިތި ޤުރްއާނުގައި‬
‫ބާވައިލެއްވި ޞުޙުފާއި‪ ،‬މޫސާގެފާނަށް ބާވައިލެއްވި ތައުރާތާއި‪ ،‬ދާއޫދުގެފާނަށް ބާވައިލެއްވި ޒަބޫރާއި‪ ،‬ޢީސާގެފާނަށް‬
‫އަށް ބާވައިލެއްވި ކީރިތި ޤުރްއާނެވެ‪.‬‬ ‫صلّى هللا عليه وسلّم‬ ‫ބާވައިލެއްވި އިންޖީލާއި އަދި މުޙައްމަދު‬

‫ބާވައިލެއްވި އެހެންފޮތްތަކަށްވުރެ ކީރިތި ޤުރްއާނުގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެން ވެއެވެ‪ .‬މިގޮތުން‬ ‫‪3.3‬މާތްﷲ‬
‫ބަލާއިރު ބާވައިލެއްވުނު އެހެންފޮތްތަކަށްވުރެ ކީރިތި ޤުރްއާނުގެ މާތްކަމާއި މަތިވެރިކަން ހާމަކޮށްދޭ ހެކިތަކުގެތެރޭގައި‬
‫އަންނަނިވި ކަންކަން ފާހަގަކޮށްލެވެއެވެ‪.‬‬

‫ބާވައިލެއްވި އެހެން ފޮތްތަކަށް އެފޮތްތަކުގެ އަހުލުވެރިން އުނިއިތުރުގެނެސް އެފޮތްތަކުގެ އަޞްލު‬ ‫މާތްﷲ‬ ‫‪ .1‬‬
‫މާތްﷲ‬ ‫ވަނީ ދެއްވާފައެވެ‪ .‬އެހެންކަމުން އެފޮތްތައް އެއީ‬ ‫މާތްﷲ‬ ‫އޮޅުވާލާފައިވާކަމުގެ ޚަބަރު ކީރިތި ޤުރްއާނުގައި‬
‫ބާވައިލެއްވި ފޮތްތައް ކަމުގައިވިއަސް އެފޮތްތައް އެވަނީ އެފޮތްތަކުގެ އަހުލުވެރިން އެބައިމީހުންގެ އަމިއްލަ އެދުންތަކަށް‬
‫ބަދަލުކޮށް މާތްﷲގެ ޛާތުފުޅަށް ދޮގުވާހަކަތަކެއް ނިސްބަތްކޮށްފައެވެ‪.‬‬

‫ﱫﭧ ﭨ ﭩ ﭪ ﭫ ﭬ ﭭ ﭮ ﭯ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﭰ ﭱ ﭲ ﭳ ﭴ ﭵﭶ ﭷ ﭸ ﭹ ﭺ ﭻ ﭼ ﭽ ﭾ‬
‫(البقرة‪)79‬‬ ‫ﭿﱪ‬
‫ގެ ޙަޟްރަތުން ބާވައިލެއްވުނު ފޮތޭ ބުނާމީހުންނަށް‬ ‫މާތްﷲ‬ ‫މާނައީ‪ " :‬އެމީހުންގެ އަމިއްލައަތުން ފޮތް ލިޔެފައި މިއީ‬ ‫ ‬
‫ހިތާމަޔާ ހަލާކު ހުއްޓެވެ‪ .‬އެބައިމީހުން އެކަންކުރަނީ މަދުވެގެންވާ އަގެއް އެއަށް ގަތުމަށެވެ‪ .‬އެބައިމީހުންގެ އަމިއްލައަތުން‬
‫ލިޔުނުތަކެތީން އެމީހުންނަށް ހިތާމަޔާ ހަލާކު ހުއްޓެވެ‪ .‬އަދި އެމީހުން ހޯދާ ތަކެތިންވެސް އެމީހުންނަށް ހިތާމަޔާ ހަލާކު‬
‫ހުއްޓެވެ‪".‬‬

‫‪ .2‬ކުރީގެ ފޮތްތަކުގެ އަހުލުވެރިން އެފޮތްތަކަށް ޚިޔާނާތްތެރިވުމަށްފަހު އެމީހުން ސިއްރުކޮށް ފޮރުވަން މަސައްކަތްކުރި‬


‫ވަނީ ބަޔާންކުރައްވާފައެވެ‪ .‬މިސާލަކަށް ނަބީކަމާއި ރަސޫލުކަން ޚަތިމްކުރައްވާ‬ ‫ކަންކަން ކީރިތިޤުރްއާނުގައި މާތްﷲ‬
‫އެންމެފަހުގެ ރަސޫލާ‪ ،‬މުޙައްމަދު صلّى هللا عليه وسلّمގެ ވާހަކަ އެމީހުން ވަނީ ސިއްރުކުރުމަށް މަސައްކަތްކޮށްފައެވެ‪.‬‬
‫ނަމަވެސް މާތްﷲ ކީރިތި ޤުރްއާނުގައި ވަނީ އެމީހުން ސިއްރުކޮށް ފޮރުވި ކަންތައްތައް ހާމަކުރައްވާ ބަޔާން‬
‫ކުރައްވާފައެވެ‪.‬‬

‫‪25‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ﱫﭬ ﭭ ﭮ ﭯ ﭰ ﭱ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﭲ ﭳ ﭴ ﭵ ﭶ ﭷ ﭸ ﭹ ﭺ ﭻﭼ ﭽ‬
‫ﭾ ﭿ ﮀ ﮁ ﮂ ﮃﱪ (املائدة‪)15‬‬

‫މާނަ‪" :‬އޭ ފޮތުގެ އަހުލުވެރީންނޭވެ! ފޮތުން ތިޔަބައިމީހުން ވަންހަނާކުރާކަމުގައިވީ ކަންތަކުގެތެރެއިން ގިނަކަންތައްތަކެއް‬ ‫ ‬


‫ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި ފައުޅުކޮށްދެއްވުމަށްޓަކައި‪ ،‬އަދި ގިނަކަންތައްތަކާއި މެދު ޢަފޫކުރެއްވުމަށްޓަކައި‬
‫ގެ ޙަޟްރަތުން ނޫރަކާއި‬ ‫މާތްﷲ‬ ‫ތިމަންރަސްކަލާނގެ ރަސޫލާ ހަމަކަށަވަރުން ތިޔަބައިމީހުންގެގާތަށް ވަޑައިގެންފިއެވެ‪.‬‬
‫ބަޔާންކުރަނިވި ފޮތެއް ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ‪.‬‬

‫‪4.4‬ކީރިތި ޤުރްއާން ބާވައިލެއްވުމުން ކުރިން ބާވައިލެއްވުނު ފޮތްތަކަށް ޢަމަލުކުރުން ވަނީ ނިމުމަކަށް އައިސްފައެވެ‪.‬‬
‫އެހެނީ ކީރިތިޤުރްއާނަކީ ބާވައިލެއްވުނު އެހެން ހުރިހާ ފޮތްތަކަށްވުރެ މާ ފުރިހަމަ ފޮތެކެވެ‪ .‬އަދި ކުރީގެ ފޮތްތަކުގައި‬
‫ހުރި ވާހަކަތައް އެއަށްވުރެ މާ ތަފްޞީލުކޮށް ކީރިތިޤުރްއާނުގައި ވަނީ ބަޔާންކުރައްވާފައެވެ‪ .‬އަދި ކީރިތި ޤުރްއާން‬
‫ބާވައިލެއްވުމުން އެހެންފޮތްތަކަށް ޢަމަލުކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ‪ .‬ސަބަބަކީ އެފޮތްތައް އެވަނީ ބާޠިލުވެފައެވެ‪.‬‬
‫އެހެނީ ކީރިތި ޤުރްއާން ބާވައިލެއްވުނީ ކުރީގެ ފޮތްތައް މަންސޫޚުކުރަނިވި ފޮތެއްގެގޮތުގައެވެ‪.‬‬

‫(املائدة‪)48‬‬ ‫ވެއެވެ‪.‬ﱫ ﮚ ﮛ ﮜ ﮝ ﮞ ﱪ‬ ‫ވަޙީކުރައްވާފައި‬ ‫މާތްﷲ‬ ‫ ‬

‫މާނައީ‪" :‬ތިޔަބައިމީހުންގެތެރެއިން ކޮންމެ ބަޔަކަށްމެ‪ ،‬ޝަރީޢަތް ( ބާވައިލެއްވި ޤާނޫނު ) އަކާއި‪ ،‬އުޅޭނޭ މަގެއް‬ ‫ ‬
‫ތިމަންރަސްކަލާނގެ ލެއްވީމެވެ‪".‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ތައުރާތު‬

‫‪2.2‬ކީރިތި ޤުރްއާން‬

‫އަހަރެމެންނަށް އަންގަވާފައި ވާތީއެވެ‪.‬‬ ‫މާތްﷲ‬ ‫‪3.3‬އެއީ‬

‫ޙަރަކާތް ‪2‬‬
‫‪1.1‬ކީރިތިޤުރްއާނުގައި އިންސާނީ ދިރިއުޅުމަށް ބޭނުންވާ ހުރިހާކަމެއްގެ ޙުކުމްފުޅުތައް ބަޔާންކުރައްވާފައި ވެއެވެ‪.‬‬
‫އޭގެތެރޭގައި ޢަޤީދާ އާއި‪،‬އަޅުކަންތަކާއި‪ ،‬މުޢާމަލާތާއި‪ ،‬އަޚުލާޤާއި‪ ،‬އަދަބުތަކާއި‪ ،‬ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ‬
‫ނަޞޭޙަތްޕުޅުތަކާއި‪ ،‬ޢިބުރަތްތެރި ވާހަކަތަކާއި އަދި ޢިލްމީ ޙަޤީޤަތްތައް ހިމެނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪26‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫‪2.2‬މާތްﷲ‬


‫(احلجر‪)9‬‬ ‫ ﱫﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﱪ‬

‫‪27‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ރަސޫލުންނަށް އީމާންވުން‬ ‫‪6‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬ރަސޫލުބޭކަލުންނަށް އީމާންވުމުގެ ޙުކުން ބަޔާންކުރަން އެނގުން‬

‫‪3.3‬ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަފާތު އެނގުން‬

‫‪4.4‬ރަސޫލުބޭކަލުން ފޮނުއްވެވުމުގެ ބޭނުން އެނގުން‬

‫‪5.5‬ރަސޫލުބޭކަލުންނަކީ މަޢުޞޫމު ބޭކަލުންކަން އެނގުން‬

‫‪6.6‬ކީރިތި ޤުރްއާނުގައި ނަންގަނެވިފައިވަނީ ކިތައް ރަސޫލުބޭކަލުން ކަމާއި އަދި ޤުރްއާނުގައި ނަންގަނެވިފައި ނުވާ‬
‫ފޮނުއްވާފައިވާކަން އެނގުން‬ ‫މާތްﷲ‬ ‫ވަރަށް ގިން ނަބީބޭކަލުންނާއި ރަސޫލުބޭކަލުން‬

‫‪7.7‬ނަބީނޭކަލުންނާއި ރަސޫލުބޭކަލުންނަށް އީމާންވުމުން ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާތައް އެނގުން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪1.1‬ކުރީގެ ރަސޫލުބޭކަލެއްގެ ވާހަކަ ކިއައިދިނުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ސީޑީ ޗޯކު ޕަވަރޕޮއިންޓު‬ ‫‪2.2‬ފޮތުން ފިލާވަޅު ކިއުއްވުން‬
‫ޕްރެޒެންޓޭޝަން އަދި ޓީވީ‬
‫‪3.3‬ފިލާވަޅުން ދަރިވަރުންނާ ސުވާލުކުރުން‬
‫ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނާ ބެހޭގޮތުން‬
‫‪4.4‬ނަބީބޭކަލުން ނާއި ރަސޫލުބޭކަލުން ފޮނުއްވުމުގެ ބޭނުމާ‬
‫ލިއެފައިވާ ލިއުން‪ ،‬ކުދި ފޮތް‬
‫ބެހޭގޮތުން ދަރިވަރުންގެ މެދުގައި މަޝްވަރާކުރުން‬
‫ރޭޑިއޯ ޓޭޕް ރެކޯޑަރ ކޮމްޕިއުޓަރ ސީޑީ‪ ،‬ރޯލު‪،‬‬
‫‪5.5‬ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް އީމާންވުމުން‬
‫ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި ގުޅޭގޮތުން‬
‫ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާތަކާ ބެހޭގޮތުން ކުލާހުގައި‬
‫މަޢުލޫމާތު ދިނުން‬
‫ވާހަކަދެއްކުން‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬ރަސޫލުބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ‪ 4‬ވަނަ ރުކުނެވެ‪ .‬އެހެންކަމުން ރަސޫލުބޭކަލުންނަށް އީމާންނުވެ‬
‫އެއްވެސްމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ‪ .‬މިކަމަށް ހުރި ދަލީލުތައް ކީރިތި ޤުރްއާނުގައި ވަރަށް ގިނައެވެ‪.‬‬
‫އަށް ކާފިރުވުންކަންވެސް ކީރިތި ޤުރްއާނުން އެނގެއެވެ‪.‬‬ ‫މާތްﷲ‬ ‫އަދި ރަސޫލުބޭކަލުންނަށް ކާފިރުވުމަކީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪28‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫(النساء‪)171‬‬ ‫ވެއެވެ‪.‬ﱫ ﭬ ﭭ ﭮ ﱪ‬ ‫ވަޙީކުރައްވާފައި‬ ‫މާތްﷲ‬ ‫ ‬

‫އަށާއި އެކަލާނގެ ރަސޫލުންނަށް އީމާންވާށެވެ!"‬ ‫މާތްﷲ‬ ‫މާނައީ‪ " :‬ފަހެ ތިއަބައިމީހުން‬ ‫ ‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫އެހެން އާޔަތެއްގައި‬ ‫ ‬

‫ﱫﮌ ﮍ ﮎ ﮏ ﮐ ﮑ ﮒ ﮓ ﮔ ﮕ ﮖ ﮗ ﱪ‬ ‫ ‬
‫(النساء ‪)136‬‬

‫އަށާއި‪ ،‬އެކަލާނގެ މަލާއިކަތުންނަށާއި‪ ،‬އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި‪ ،‬އެކަލާނގެ‬ ‫މާތްﷲ‬ ‫މާނައީ‪" :‬‬ ‫ ‬
‫ފޮނުއްވި ރަސޫލުންނަށާއި‪ ،‬އަދި އާޚިރަތްދުވަހަށް ކާފިރުވާމީހާ‪ ،‬ހަމަކަށަވަރުން ދުރުވެގެންވާ މަގުފުރެދުމަކުން އެމީހަކު‬
‫މަގުފުރެދިއްޖެއެވެ‪".‬‬

‫މިއާޔަތަކީ ރަސޫލުބޭކަލުންނަށް އީމާންވުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަކޮށްދޭ އާޔަތެކެވެ‪ .‬އަދި އިސްލާމްދީނުގައި‬ ‫ ‬
‫ރަސޫލުބޭކަލުންގެ ދަރަޖަ އާއި މަޤާމް ވެސް މިއާޔަތުން ވަރަށް ރަނގަޅަށް ދޭހަވެއެވެ‪.‬‬

‫‪2.2‬ރަސޫލުބޭކަލުންނަށް އީމާންވުން ބިނާވެގެންވަނީ އެތައްކަމެއްގެ މައްޗަށެވެ‪ .‬އޭގެތެރޭގައި‪:‬‬

‫ގެ ޙަޟްރަތުން އެބޭކަލުން ގެންނެވި އެންމެހައި ކަންކަން އެއީ ތެދު‬ ‫މާތްﷲ‬ ‫‪1.1‬އެބޭކަލުންގެ ނުބުއްވަތު ތެދުކޮށް‬
‫ޙަޤީޤަތްކަމަށް ޤަބޫލުކުރުން‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﱫ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﱪ (احلديد‪)19‬‬

‫އާއި އެކަލާނގެ ރަސޫލާއަށް އީމާންވީ މީހުން ދަންނާށެވެ! ތެދުވެރީންނަކީ ހަމަ‬ ‫މާތްﷲ‬ ‫މާނައީ‪" :‬އަދި‪،‬‬ ‫ ‬
‫އެބައިމީހުންނެވެ‪".‬‬

‫‪2.2‬ރަސޫލުބޭކަލުންނަށް އީމާންވުމުގައި އެއްވެސް ބޭކަލަކު އިސްތިސްނާނުކޮށް އަދި އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ‬


‫ބޭކަލުންނަށް އީމާންވުން‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﱫ ﮗ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮞﮟ ﮠ ﮡ ﮢ ﮣ ﮤ‬
‫(البقرة‪)285‬‬ ‫ﮥﱪ‬
‫މާނައީ‪" :‬ކީރިތިރަސޫލާ އެކަލޭގެފާނަށް ބާވައިލެއްވުނު އެއްޗަކަށް (ކީރިތިޤުރްއާނަށް ) އީމާންވެވަޑައިގެންފިއެވެ‪ .‬އަދި‪،‬‬ ‫ ‬
‫އަށާއި‪ ،‬އެކަލާނގެ މަލާއިކަތުންނަށާއި‪،‬‬ ‫މާތްﷲ‬ ‫(އެފަދައިން ) މުއުމިނުންވެސް (އެއަށް އީމާންވެއެވެ) އެއެންމެން‬
‫އެކަލާނގެ ( ބާވައިލެއްވި) ފޮތްތަކާއި‪ ،‬އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާން ވެއްޖެއެވެ‪( .‬އެމީހުން ބުނެތެވެ‪).‬‬
‫ތިމަންމެން އެކަލާނގެ ފޮނުއްވި ރަސޫލުންގެ މެދުގައި އެއްބޭކަލަކު އަނެއްބޭކަލަކާއި ތަފާތެއް ނުކުރަމެވެ‪".‬‬

‫‪29‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫‪3.3‬ރަސޫލުބޭކަލުންނަށް ފުރިހަމައަށް އިޙުތިރާމްކޮށް އެބޭކަލުންނަށް މާތްކޮށް ހިތުން‬

‫ﱫﯡ ﯢ ﯣ ﯤ ﯥ ﯦ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫ﯧ ﯨﱪ(الفتح ‪)9‬‬

‫އަށާއި‪ ،‬އެކަލާނގެ ރަސޫލާއަށް އީމާންވުމަށް ޓަކައެވެ‪ .‬އަދި އެކަލޭގެފާނަށް‬ ‫މާތްﷲ‬ ‫މާނައީ‪" :‬އެއީ ތިޔަބައިމީހުން‪،‬‬ ‫ ‬
‫ނަސްރުވެރިވެ‪ ،‬މާތްކޮށް ހިތުމަށްޓަކައެވެ‪ .‬އަދި ހެނދުނާއި ހަވީރު ތިޔަބައިމީހުން އެކަލާނގެއަށް ތަޞްބީޙަ ކިއައި‬
‫އުޅުމަށްޓަކައެވެ‪".‬‬

‫‪4.4‬ރަސޫލުބޭކަލުން ގެންނެވި ޝަރީޢަތްތަކަށް ޢަމަލުކުރުން‪.‬‬

‫ކޮންމެ އުންމަތެއްވެސް އެއުންމަތަކަށް ފޮނުއްވި ރަސޫލުބޭކަލެއްގެ ރިސާލަތަށް ޢަމަލުކުރަން ޖެހޭނެއެވެ‪ .‬އެހެންނަމަވެސް‬ ‫ ‬


‫ފޮނުއްވުމުގެ ކުރިންނެވެ‪ .‬އަދ މުޙައްމަދުގެފާނު ފޮނުއްވުނީ އެހެން ހުރިހާ‬ ‫صلّى هللا عليه وسلّم‬ ‫އެއީ މުޙައްމަދު‬
‫ޝަރީޢަތްތައް މަންސޫޚުކުރަނިވި ޝަރީޢަތަކާއިގެންނެވެ‪ .‬އެކަލޭގެފާނުގެ ރިސާލަތަށްފަހު ދެން އެހެން ޝަރީޢަތްތަކަށް‬
‫ޢަމަލުކުރާކަށް ނުޖެހޭނެއެވެ‪.‬‬

‫ކީރިތި ޤުރްއާނުގައި ނަން ގަނެވިފައިވާ ‪ 52‬ރަސޫލުބޭކަލުންގެ ނަންފުޅު‬


‫ޛިކުރުކުރައްވާފައިވާ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ޢަދަދަކީ ‪ 25‬އެވެ‪ .‬އޭގެތެރެއިން ‪18‬‬ ‫ކީރިތިޤުރްއާނުގައި މާތްﷲ‬
‫އެބޭކަލުންނަކީ‪:‬‬ ‫ބޭކަލެއްގެ ނަންފުޅު ވަނީ سورة األنعامގައެވެ‪.‬‬

‫إبراهيم‪ ،‬اسحاق‪ ،‬يعقوب‪ ،‬نوح‪ ،‬داوود‪ ،‬سليمان‪ ،‬أيوب‪ ،‬يوسف‪ ،‬موسى‪ ،‬هارون‪ ،‬زكراي‪ ،‬حيىي‪،‬‬
‫ވަނީ‬ ‫عيسى‪ ،‬الياس‪ ،‬إمساعيل‪ ،‬اليسع‪ ،‬يونس‪ ،‬لوط އެވެ‪ .‬އަދި އަނެއް ‪ 7‬ބޭކަލުންގެ ނަންފުޅު ޛިކުރުކުރައްވާފައި‬
‫ތަފާތު އެކި ސޫރަތްތަކުގައެވެ‪ .‬އެބޭކަލުންނަކީ‪:‬‬

‫أمجعني‪.‬‬ ‫آدم‪ ،‬هود‪ ،‬صاحل‪ ،‬شعيب‏‪ ،‬إدريس‪ ،‬ذو الكفل‪ ،‬حممد صلى هللا عليهم‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ހުރިހާ އުންމަތަކަށް ވެސް ރަސޫލުބޭކަލުން‬ ‫މާތްﷲ‬ ‫‪1.1‬ރަސޫލުންނަށް އީމާންވުމަކީ‪ ،‬ހަމަކަށަވަރުން‬


‫އަށް އަޅުކަންކުރުމަށާއި އެކަލާނގެއަށް‬ ‫މާތްﷲ‬ ‫ފޮނުއްވިކަމަށާއި‪،‬އެބޭކަލުން ގޮވައިލެއްވީ ހަމައެކަނި‬
‫ޝަރީކުނުކުރުމަށްކަމަށާއި އަދި ހުރިހާ ރަސޫލުބޭކަލުބޭކަލުންނަކީވެސް ޙައްޤު ތެދު ރަސޫލުންކަމަށް ހިތުގައި‬
‫ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ‪ .‬އަދި ހަމައެހެންމެ ހުރިހާ ރަސޫލުބޭކަލުންވެސް އެއްވެސް އުނިއިތުރުކުރުމަކާ ނުލައި‬
‫އެބޭކަލުންގެ ރިސާލަތު އަކުރުންއަކުރަށް ފުރިހަމައަށް މީސްތަކުންނާއިހަމައަށް ގެނެސްދެއްވިކަން ހިތުގެ އަޑިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪30‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ޤަބޫލުކުރުމެވެ‪.‬‬

‫‪2.2‬ރަސޫލުބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ވާކަމެކެވެ‪ .‬އެހެންކަމުން އެންމެހައި ނަބީބޭކަލުންނާއި‬


‫ރަސޫލު ބޭކަލުންނަށް އީމާންވުމަކީ އަހަރެމެންގެމައްޗަށް ވާޖިބުވެގެންވާ ކަމެކެވެ‪ .‬އަދި އެންމެ ރަސޫލުބޭކަލަކަށް އީމާން‬
‫ނުވިނަމަވެސް ބެލެވޭނީ ހުރިހާ ރަސޫލުބޭކަލުންނަށް ކާފިރުވީކަމުގައެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ!‬

‫ޙަރަކާތް ‪3‬‬
‫ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތަފާތު‬

‫ފޮތް‬ ‫މާތްﷲ‬ ‫އެބޭކަލުންނަށް ފޮތް ބާވައިލެއްވި ބޭކަލުންނެވެ‪ .‬ނަމަވެސް ނަބީބޭކަލުންނަށް‬ ‫މާތްﷲ‬ ‫‪1.1‬ރަސޫލުބޭކަލުންނަކީ‬
‫ބާވައެއް ނުލައްވައެވެ‪.‬‬

‫މާތްﷲ‬ ‫‪2.2‬ނަބީބޭކަލުންނަކީ ރަސޫލުބޭކަލުންނަށްވުރެ ޢާންމު ބައެކެވެ‪ .‬އަދި ރަސޫލުބޭކަލުންނަކީ ނަބީބޭކަލުންގެތެރެއިން‬


‫ޚާއްޞަކުރައްވާފައިވާ ބައެކެވެ‪ .‬މިގޮތުންބަލާއިރު ކޮންމެ ރަސޫލުބޭކަލެކީވެސް ނަބީބޭކަލަކެވެ‪ .‬ނަމަވެސް ކޮންމެ‬
‫ނަބީބޭކަލަކީ ރަސޫލުބޭކަލެއް ނޫނެވެ‪.‬‬

‫ﱫﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫‪3.3‬މާތްﷲ‬


‫(غافر‪)78‬‬ ‫ﭚ ﭛ ﭜ ﭝ ﭞﱪ‬
‫މާނައީ‪" :‬ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ކުރިން ރަސޫލުބޭކަލުން ފޮނުއްވެވީމެވެ‪ .‬އެބޭކަލުންގެތެތެރެއިން‬ ‫ ‬
‫ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިއައިދެއްވި ބޭކަލުންނާއި ކިއައިނުދެއްވާ ބޭކަލުން ހިމެނިގެން ވެއެވެ‪".‬‬

‫ޙަރަކާތް ‪4‬‬
‫ރަސޫލުބޭކަލުންނަށް އީމާންވުމުން ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާ‪:‬‬

‫‪1.1‬ކިއަމަންތެރި މުއުމިނުއަޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބޭނެކަމަށާއި އަދި ނުކިއަމަންތެރިވެ ކާފިރުވީމީހުންނަށް‬


‫ނަރަކައިގެ ވޭންދެނިވި ޢަޛާބު ލިބޭނެކަން ރަސޫލުބޭކަލުން ބަޔާންކޮށްދެއްވާފައިވާތީ އަބަދުވެސް ހެޔޮޢަމަލުކުރުންމަތީ‬
‫ދެމިހުރުމަށް މަސައްކަތް ކުރެވުން‬

‫މާތްﷲ‬ ‫ރަސޫލުބޭކަލުން ފޮނުއްވާފައި ވުމުން އަޅުތަކުންގެ މައްޗަށް‬ ‫‪2.2‬އަޅުތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި މާތްﷲ‬
‫ގެ މި ބޮޑު ނިޢުމަތަށް ޝުކުރުވެރި ވެވުން‬ ‫އޯގާތެރިވެވޮޑިގަންނަވާ މިންވަރު ވަޒަންކުރެވި މާތްﷲ‬
‫‪31‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫އަށް އަޅުކަންކުރެއްވުމުގަ އާއި އެބޭކަލުންގެ ރިސާލަތު ފެތުރުއްވެވުމުގައި އެބޭކަލުންނަށް‬ ‫މާތްﷲ‬ ‫‪3.3‬ރަސޫލުކުބޭކަލުން‬


‫ކުރިމަތިވެވަޑައިގެންނެވި ހުރިހާ އުނދަގޫތަކަކަށް ކެތްތެރިވެވަޑައިގެން މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި‬
‫ކުރައްވާފައިވާ މަތިވެރި މަސައްކަތްޕުޅު ހިތަށްގެނެވި އެބޭކަލުންނަށްޓަކައި ހިތުގައި ލޯތްބާއި އިޙްތިރާމް އުފެދުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪32‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫އާޚިރަތްދުވަހަށް އީމާންވުން‬ ‫‪7‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬އާޚިރަތްދުވަހަށް އީމާންވުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬އާޚިރަތްދުވަހަށް އީމާންވުމުގެ ޙުކުމް ބަޔާންކުރަން އެނގުން‬

‫‪3.3‬އާޚިރަތްދުވަހުން އަޅުތަކުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެކަން އެނގުން‬

‫‪4.4‬އާޚިރަތްދުވަހަށް އީމާންވާމީހާއާއި އީމާން ނުވާމީހާގެ ތަފާތު ބަޔާންކުރަން އެނގުން‬

‫‪5.5‬އެއްވެސްމީހަކު މަރުވުމަށްފަހު އަލުން ދުނިޔެއަށް ނުފޮނުއްވާނޭކަން އެނގުން‬

‫‪6.6‬އާޚިރަތްދުވަހަށް އީމާންވުމުގެ ފައިދާތައް ލިސްޓުކުރަން އެނގުން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪1.1‬ދަރިވަރުންގެ ޢުމުރާ ގުޅޭމިންވަރަށް އާޚިރަތްދުވަހާ ބެހޭގޮތުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ސީޑީ ޗޯކު ޕަވަރޕޮއިންޓު‬ ‫ވާހަކަކޮޅެއް ދައްކާލުން‬
‫ޕްރެޒެންޓޭޝަން އަދި ޓީވީ‬ ‫‪2.2‬ފިލާވަޅުގައި ހިމެނޭ މުހިންމު ނުކުތާތަކާ ބެހޭގޮތުން‬
‫އާޚިރަތްދުވަހާ ބެހޭގޮތުން ލިއެފައިވާ ބައެއްފޮތް‬ ‫ސުވާލުކުރުން‬
‫ދައްކާލުން‬ ‫‪3.3‬އާޚިރަތްދުވަހަށް އީމާންވުމުގެ ފައިދާތަކާ ބެހޭގޮތުން‬
‫ރޭޑިއޯ ޓޭޕް ރެކޯޑަރ ކޮމްޕިއުޓަރ ސީޑީ‪،‬‬ ‫ވާހަކަދެއްކުން‬
‫ރޯލު‪ ،‬ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި‬ ‫‪4.4‬އެއްކުއްޖަކު އަނެއްކުއްޖަކާ ސުވާލުކުރުން‪ ،‬މުދައްރިސް‬
‫ގުޅޭގޮތުން މަޢުލޫމާތު ދިނުން‬ ‫އޮބްޒަރވްކުރުން‬

‫‪5.5‬އެއްވެސްމީހަކު މަރުވުމަށްފަހު އަލުން ދުނިޔެއަށް‬


‫ނުފޮނުއްވާނޭކަން ބުނެދިނުން‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫ލައްވާފައިވަނީ އިސްލާމީ ޢަޤީދާގެ ބައެއްގެ ގޮތުގައެވެ‪ .‬އަދި މީހާގެ އީމާންކަން‬ ‫މާތްﷲ‬ ‫‪1.1‬އާޚިރަތްދުވަހަށް އީމާންވުން‬
‫ފުރިހަމަވުމުގެ ޝަރުޠެއްކަމުގައެވެ‪ .‬އެހެންކަމުން އާޚިރަތްދުވަހަށް އީމާންނުވާ އެއްވެސް މީހެއްގެ އީމާންކަން‬
‫އަށް އީމާންވުމަށް އެންގެވުމާ ވިދިގެން އާޚިރަތްދުވަހަށް އީމާންވުމުގެ ވާހަކަ ކީރިތި‬ ‫މާތްﷲ‬ ‫ފުރިހަމަނުވާނެއެވެ‪.‬‬

‫‪33‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ޤުރްއާނުގެ ‪ 19‬އާޔަތެއްގައި ޛިކުރުކުރައްވާފައި ވެއެވެ‪ .‬މިއިންވެސް އެނގެނީ އާޚިރަތްދުވަހަށް އީމާންވުމަކީ‬


‫އިސްލާމީޢަޤީދާގައި ވަރަށް މުހިންމުކަމެއްކަމެވެ‪.‬‬

‫(البقرة ‪)177‬‬ ‫ވެއެވެ‪.‬ﱫ ﭚ ﭛ ﭜ ﭝ ﭞ ﭟ ﭠ ﱪ‬ ‫ވަޙީކުރައްވާފައި‬ ‫މާތްﷲ‬ ‫ ‬

‫އަށާއި‪ ،‬އާޚިރަތްދުވަހަށް އީމާން ވެއްޖެ މީހާ އެވެ‪".‬‬ ‫މާތްﷲ‬ ‫މާނައީ‪" :‬ނަމަވެސް ހެއުކަންތައް ކުރާމީހާއީ‪،‬‬ ‫ ‬

‫(البقرة ‪)228‬‬ ‫ވެއެވެ‪ .‬ﱫ ﮈ ﮉ ﮊ ﮋ ﮌ ﮍ ﱪ‬ ‫އެހެން އާޔަތެއްގައި‬ ‫ ‬

‫އަށާއި‪ ،‬އާޚިރަތްދުވަހަށް އީމާންވެއްޖެ ބަޔަކުކަމުގައި ވަނބީ ނަމައެވެ‪".‬‬ ‫ﷲ‬ ‫މާނައީ‪" :‬އެކަނބަލުންނަކީ‪،‬‬ ‫ ‬

‫ﱫﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫އަދިވެސް‬ ‫ ‬

‫(البقرة ‪)62‬‬ ‫ﭘﭙﭚﭛﭜ ﱪ‬


‫އަށާއި‪،‬‬ ‫މާތްﷲ‬ ‫މާނައީ‪" :‬އީމާންވީ މީހުންނާއި‪ ،‬ޔަހޫދީން ކަމުގައިވި މީހުންނާއި‪ ،‬ނަޞާރާއިންނާއި ޞާބިއުންގެ ތެރެއިން‬ ‫ ‬
‫އާޚިރަތްދުވަހަށް އީމާންވި މީހުންނަށް"‬

‫‪2.2‬އާޚިރަތްދުވަހަށް އީމާންވުމުގައި ހުރީ މުޅިންވެސް ފައިދާއެވެ‪ .‬އާޚިރަތްދުވަހަށް އީމާންވާމީހާ އަށް ދުނިޔެމަތީގައިވެސް‬


‫މެދުވެރިކޮށްދެއްވާނެއެވެ‪ .‬އަދި އާޚިރަތުގައި ބޮޑުވެގެންވާ ފަލާޙާއި މަތިވެރި ދަރަޖަތަކަށް‬ ‫މާތްﷲ‬ ‫ހެޔޮގޮތްތައް‬
‫ވަނީ‬ ‫މާތްﷲ‬ ‫ވާޞިލްވެވޭނެއެވެ‪ .‬އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ‪ .‬އެހެނީ އާޚިރަތްދުވަހަށް އީމާންވުމަށް‬
‫މާތްﷲ‬ ‫އަމުރުކުރައްވާފައެވެ‪ .‬އެހެންކަމުން އެކަލާނގެ އަމުރުފުޅަށް ކިޔަމަންވެ އާޚިރަތްދުވަހަށް އީމާންވާ އަޅުންނަށް‬
‫ދެދުނިޔޭގެ ބާއްޖަވެރިކަމާއި އުފާވެރިކަން ދެއްވާނެއެވެ‪.‬‬

‫‪3.3‬އާޚިރަތްދުވަހަށް އީމާންވުމުގެ ފައިދާ ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ‪ .‬މިގޮތުން އަލްޢައްލާމާ އައްސަޢުދީ‬


‫މާތްﷲ‬ ‫ވިދާޅުވެފައި ވެއެވެ‪ .‬އާޚިރަތްދުވަހާބެހޭ މަޢުލޫމާތު ޙަޤީޤީމާނާގައި ދެނެގެންފިމީހެއްގެ ހިތަށް‬ ‫ރަޙިމަހުﷲ‬
‫އާޚިރަތުގެ ބިރުވެރިކަން ވައްދަވާ‪ ،‬އެދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމުގެ އެދުންވެރިކަން އޭނާގެ ހިތުގައި އުފެދިގެން‬
‫ދާނެއެވެ‪ .‬އަދި އެބިރުވެރިކަން މީހެއްގެ ހިތުން ފިލައްޖެނަމަ އޭނާގެ ހުރިހާކަމެއް ޚަރާބުވެގެން ދާނެއެވެ‪ .‬އަދި‬
‫ގެ ޢަޛާބަށް ބިރުވެތިވެ ފާފަތަކުން ދުރުހެލިވާނެއެވެ‪ .‬އަދި ޢަޛާބުން ސަލާމަތްވުމަށް‬ ‫މާތްﷲ‬ ‫އާޚިރަތްދުވަހަށް އީމާންވާމީހާ‬
‫އަށް ކިޔަމަންތެރިކަން އަދާކޮށް ހެޔޮޢަމަލުތައް ކުރުން އިތުރުކުރާނެއެވެ‪ .‬އަދި މިކަން މިގޮތަށް‬ ‫މާތްﷲ‬ ‫އެދިގެން‬
‫ކުރެވޭނީ އާޚިރަތްދުވަހުގެ ކަންކަމުގެ ތަފްޞީލް‪ ،‬މިސާލަކަށް ޤަބުރުގެ ޢަޛާބުގެ ގަދަފަދފަކަމާއި ނަރަކައިގެ އަލިފާނުގެ‬
‫ދެއްވާ މަތިވެރި‬ ‫މާތްﷲ‬ ‫ހޫނުގަދަކަމާއި‪ ،‬ނަރަކަވަންތަވެރިންގެ ޙާލަތާއި‪ ،‬ސުވަރުގެއާއި ސުވަރުގެވަންތަވެރިންނަށް‬
‫ނިޢުމަތްތަކުގެ ތަފްޞީލް ވެސް އެނގިގެންނެވެ‪ .‬އެއިރުން ހިތަށް އުފާވެރިކަމާއި‪ ،‬ހަމަޖެހުމާއި ހިއްވަރު ލިބޭނެއެވެ‪ .‬އަދި‬
‫ހެޔޮޢަމަލުތައް ކުރުމަށް ގަދައަޅާ މަސައްކަތް ކުރެވޭނެއެވެ‪ .‬އެހެންކަމުން އާޚިރަތްދުވަހަށް އީމާންވުމުން ހެޔޮޢަމަލުތައް‬
‫ކުރުމަށް ހިތުގައި ޝައުޤުވެރިކަން އިތިރުވެ ޤިޔާމަތްދުވަހުގެ ޢަޛާބަށް ބިރުވެތިވެގެން އަބަދުވެސް ރަނގަޅަށް އުޅެވޭނެއެވެ‪.‬‬
‫އަދި ދުނިޔެމަތީގައި ދިމާވާ ދަތި އުނދަގޫތަކަށް ކެތްކުރެވި ހިތަށް ހަމަޖެހުމާއި ބާއްޖަވެރިކަން ލިބި އާޚިރަތުގެ ޘަވާބާއި‬
‫ނިޢުމަތްތަކަށް އުންމީދުކުރެވެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪34‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ޙަރަކާތް ‪1‬‬

‫ގެ ޛާތުފުޅުފިއަވާ‬ ‫މާތްﷲ‬ ‫‪1.1‬އާޚިރަތްދުވަހަށް އީމާންވުމަކީ‪ ،‬އެއީ ހަމަ ޔަޤީނުންވެސް އަންނާނޭ ދުވަހެއްކަމާއި އެދުވަހުން‬
‫ހުރިހާއެއްޗެއް ނެތި ފަނާވެގެން ދާނޭކަމާއި‪ ،‬އިންސާނުން މަރުވުމަށްފަހު އަލުން ދިރުއްވާ މަޙުޝަރުކުރައްވާނޭކަމާއި‪،‬‬
‫އިންސާނުން ކޮށްފައިވާ ޢަމަލުތަކުގެ ޙިސާބު ބައްލަވާ ހެޔޮކަންތަކަށް ހެޔޮޖަޒާ އަދި ނުބައިކަންތަކަށް ނުބައި ޖަޒާ‬
‫ދެއްވާނޭކަމާއި‪ ،‬ސުވަރުގެއާއި ނަރަކަ ތައްޔާރުކުރައްވާފައި ވާކަމާއި‪ ،‬ސުވަރުގެއަކީ ނިޢުމަތުގެ ގޮވައްޗެއްކަމާއި އަދި‬
‫ނަރަކައަކީ ޢަޛާބުގެ ގޮވައްޗެއްކަމާއި މިއެންމެހައި ކަންކަން ހިތުގައި ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ‪.‬‬

‫‪2.2‬އާޚިރަތްދުވަހަށް އީމާން ވުމަކީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެކެވެ‪ .‬އެހެންކަމުން އާޚިރަތްދުވަހަށް އީމާންވުމަކީ‬


‫ވާޖިބުވެގެންވާ ކަމެކެވެ‪ .‬އަދި އާޚިރަތްދުވަހަށް އީމާންނުވާމީހާގެ އީމާންކަން ޞައްޙައެއް ނުވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ!‬

‫ޙަރަކާތް ‪3‬‬
‫އިންސާނުން މަރުވުމަށްފަހު މަޙުޝަރު ދުވަހުން އިންސާނުން ދުނިޔޭގައި ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު ބައްލަވާނެއެވެ‪.‬‬
‫ޢަމަލުތައް މީޒާނުގައި ކިރުއްވާ ވަޒަންކުރައްވާނެއެވެ‪ .‬ގިނައިން ކޮށްފައިވަނީ ހެޔޮޢަމަލުތޯ ނުވަތަ ނުބައި ޢަމަލުތޯ ބައްލަވާނެއެވެ‪.‬‬
‫އެދުވަހުން ހިސާބުބެއްލެވުމަށްފަހު ހެޔޮޢަމަލުތައް ގިނަނަމަ އެމީހަކު ސުވަރުގެ ވައްދަވާނެއެވެ‪ .‬އަދި ނުބައި ޢަމަލު ގިނަވެއްޖެނަމަ‬
‫އެމީހަކު ވައްދަވާނީ ނަރަކައަށެވެ‪ .‬އެދުވަހުން ކާމިޔާބުލިބޭ މީހުންނަކީ ސުވަރުގެވަންތަވެރިންނެވެ‪ .‬އަދި އެދުވަހުން ގެއްލުމާއި‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ހަލާކު ހުރީ ނަރަކަވަންތަވެރިންނަށެވެ‪.‬‬

‫ﱫﮜ ﮝ ﮞ ﮟ ﮠ ﮡ ﮢ ﮣ ﮤ ﮥ ﮦ ﮧ ﮨ‬
‫ﮩ ﱪ (األعراف ‪)9-8‬‬

‫މާނައީ‪ :‬ފަހެ އެމީހެއްގެ މީޒާން (ހެއު ޢަމަލުތަކުން) ބަރުވެގެންދާ މީހުންނީ‪ ،‬ފަހެ ކާމިޔާބުވެއްޖެ މީހުންނެވެ‪ .‬އަދި އެމީހެއްގެ‬
‫މީޒާން (ނުބައި ޢަމަލުތަކުގެ ސަބަބުން) ލުއިވެގެންދާ މީހުންނީ‪ ،‬ފަހެ ތިމަން ރަސްކަލާނގެ ބާވައިލެއްވި ސާފު ހެކިތަކަށް‬
‫އިންކާރުކޮށް އަނިޔާވެރިވިވެގަތުމުގެ ސަބަބުން އެމީހުންގެ އަމިއްލަ ނަފްސުތައް ގެއްލި ދެރަލިބިގެންވާ މީހުންނެވެ‪.‬‬

‫‪35‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ޙަރަކާތް ‪4‬‬
‫‪1.1‬އާޚިރަތްދުވަހަށް އީމާންވުމުން އިންސާނާގެ ޢަމަލީ ޙަޔާތަށް ކުރާ ފައިދާތައް‬

‫އާއި އެކަލާނގެ ރަސޫލާ‬ ‫މާތްﷲ‬ ‫‪1.1‬އަބަދުވެސް އާޚިރަތްދުވަހުގެ ބިރުވެރިކަން ހިތަށްގެނެވި އާޚިރަތް ކާމިޔާބުކުރުމަށްޓަކައި‬
‫އެންގެވިމަގުން ހިނގާ އެހެންމީހުންނަށްވެސް އެމަގުން ހިނގުމަށް ނަޞޭޙަތްތެރި ވެވުން‬ ‫صلّى هللا عليه وسلّم‬
‫‪2.2‬އާޚިރަތްދުވަހުގެ ދަރުމަ އާއި ޘަވާބު ލިބިގަތުމަށް ހިތުގައި ޝައުޤުވެރިކަން އުފެދި އެދުވަހުގެ ބިރުވެރިކަން ހިތަށް ގެނެވި‬
‫ހެޔޮޢަމަލުތައް ގިނަކޮށް ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެވުން‬

‫‪3.3‬އާޚިރަތްދުވަހުގެ މަތިވެރި ޘަވާބާއި ނިޢުމަތްތައް ހިތަށް ގެނެވި‪ ،‬ދުނިޔޭގެ އުފާތަކާއި ނިޢުމަތްތަކުން ގެއްލިދާ‬
‫އެއްޗަކާމެދުގައި ހިތްދަތިނުވެ އަބަދުވެސް ހިތްހަމަޖެހިގެން އުޅެވުން‬

‫ވަޙީކުރައްވާފައި ވެއެވެ‪ .‬ﱫﭻﭼﭽﭾﭿﮀﮁﱪ (األنبياء‬ ‫މާތްﷲ‬ ‫‪ .2‬‬


‫‪)95‬‬

‫މާނައީ‪" :‬އަދި ތިމަންރަސްކަލާނގެ (ކޯފާ ލައްވައި) ހަލާކުކުރެއްވި ރަށެއްގެ އަހުލުވެރިން ޙަރާމްފަދައިން އެމީހުން‬ ‫ ‬
‫އެނބުރި (ދުނިޔެއަށް ) ރުޖޫޢަނުވާހުއްޓެވެ‪ .‬އެއީ އެބައިމީހުންނަށް ނުވެވޭނޭ ކަމެކެވެ‪".‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪36‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫މިންވަރަށް އީމާންވުން‬ ‫‪8‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬މިންވަރަށް އީމާންވުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬މިންވަރަށް އީމާންވުމުގެ ޙުކުމް އެނގުން‬

‫‪3.3‬އިސްލާމީ ޢަޤީދާގައި މިންވަރަށް އީމާންވުމުގެ މުހިންމުކަން އެނގުން‬

‫‪4.4‬މިންވަރަށް އީމާންވުމުން ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާ ބަޔާންކުރަން އެނގުން‬

‫ބޭނުންކުރެވިދާނެ ބައެއް ވަސީލަތްތައް‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ދަރިވަރުންގެ ފޮތް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪1.1‬މިންވަރަކީ ކޮބައިތޯ ސުވާލުކުރުން އަދި ބައެއް މިސާލު‬
‫ވައިޓްބޯޑުމާކަރ‪ ،‬ސީޑީ ޗޯކު ޕަވަރޕޮއިންޓު‬ ‫ދެއްކުން‬
‫ޕްރެޒެންޓޭޝަން އަދި ޓީވީ‬ ‫‪2.2‬މިންވަރަށް އީމާން ވުމުގައި މީހުން ދެކޭ ތަފާތު‬
‫މިންވަރަށް އީމާންވުމާ ބެހޭގޮތުން ލިއެފައިވބައެއް‬ ‫ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެންމެ ރަނގަޅުގޮތް‬
‫ލިއުން‪ ،‬ފޮތް‬ ‫ލިސްޓުކުރުވުން‬

‫ރޭޑިއޯ‪ ،‬ޓޭޕް ރެކޯޑަރ‪ ،‬ކޮމްޕިއުޓަރ‪ ،‬ސީޑީ‪،‬‬ ‫‪3.3‬ފިލާވަޅު ކިއުއްވުން‬


‫ރޯލު‪ ،‬ފަދަ ތަކެތި ބޭނުންކޮށްގެން މައުޟޫއާއި‬ ‫‪4.4‬އިންސާނާއަށް ދެ ދުނިޔޭގެ ކާމިޔާބުލިބުން ބިނާވެގެންވަނީ‬
‫ގުޅޭގޮތުން މަޢުލޫމާތު ދިނުން‬ ‫އޭނާގެ އީމާންކަމުގެ ޞައްޙަކަމުގެ މައްޗަށްކަން‬
‫ބަޔާންކޮށްދިނުމުގެގޮތުން ބައެއް މިސާލު ގެނައުން‬

‫‪5.5‬އެއްކުއްޖަކު އަނެއް ކުއްޖަކާ ސުވާލުކުރުން‪ ،‬މުދައްރިސް‬


‫އޮބްޒަރވްކުރުން‬

‫ކިއަވައިދިނުމުގައި ބޭނުންކލުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬ޤަޟާޤަދަރަށް ނުވަތަ މިންވަރަށް އީމާންވުމަކީ ވަރަށް މުހިންމުކަމެކެވެ‪ .‬އެހެނީ މިންވަރަށް އީމާންނުވާ އެއްއވެސްމީހެއްގެ‬
‫އީމާންކަން ފުރިހަމައެއް ނުވާނެއެއވެ‪ .‬އެހެންކަމުން މިންވަރަށް އީމާންނުވާމީހަކީ މުއުމިނެއްނޫނެވެ‪ .‬މިކަމުން ވެސް‬
‫މިންވަރަށް އީމާންވުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގެއެވެ‪ .‬އަދި މީގެ އިތުރުންވެސް މިންވަރަށް އީމާންވުމުގެ‬
‫މުހިންމުކަން އަންގައިދޭ އެތައްކަމެއް ވެއެވެ‪ .‬އޭގެތެރެއިން ބައެއްކަންތައްތަކަކީ‪:‬‬

‫ގެ‬ ‫މާތްﷲ‬ ‫އަށް އީމާންވުމާ ގުޅިފައިވާ ކަމެކެވެ‪ .‬އެހެނީ މިންވަރު ނުވަތަ ޤަޟާޤަދަރަކީ‬ ‫މާތްﷲ‬ ‫‪2.2‬މިންވަރަށް އީމާންވުމަކީ‬

‫‪37‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޢަޤީދާ‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 1‬‬

‫ގެ ޤުދުރަތްތެރިކަމަށެވެ‪ .‬އަދި މިންވަރަށް‬ ‫މާތްﷲ‬ ‫ޤުދުރަތްތެރިކަމެވެ‪.‬އަދި މިންވަރަށް އީމާންވާ މީހާއަށް އެ އީމާންވެވެނީ‬
‫ގެ ކުޅަދުންވަންތަކަން ޤަބޫލުނުކުރާ މީހަކުކަމުގައެވެ‪.‬‬ ‫މާތްﷲ‬ ‫އީމާންނުވާމީހާ ވާނީ‬

‫‪3.3‬މިންވަރާ ބެހޭގޮތުން ވަރަށްގިނަ ޝަރުޢީ ދަލީލުތައް ވާރިދުވެފައި ވެއެވެ‪ .‬އަދި މިންވަރަށް އީވުމަކީ ވާޖިބުކަމެއްކަމުގައި‬
‫ވަނީ އަންގަވާފައެވެ‪.‬‬ ‫މާތްﷲ‬
‫‪4.4‬މިންވަރު ނުވަތަ ޤަޟާޤަދަރަކީ ހުރިހާފަންތިއެއްގެ މީހުންނަށްވެސް މުހިންމުވާ މައުޟޫއެކެވެ‪ .‬އަދި މިމައުޟޫއަށް‬
‫ބަޙުޘްކުރުމުގައި ފަލަސަފާ ޢިލްމުވެރިންނާއި‪ ،‬މުފައްކިރުންނާއި‪ ،‬އެކިއެކި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންގެ‬
‫ސިކުނޑިތައް ވަނީ ޙަރަކާތްތެރިވެފައެވެ‪.‬‬

‫‪5.5‬މިންވަރަކީ އިންސާނުންގެ ކޮންމެދުވަހެއްގެ ދިރިއުޅުމުގައި މެދުވެރިވާ އެކިއެކި ޙާލަތްތަކާ ގުޅި ލާމެހިފައިވާ އެއްޗެކެވެ‪.‬‬
‫އަދި ދިރިއުޅުމުގައި ދިމާވާ އެކިއެކި ޙާދިޘާތަކާއި ދިރިއުޅުމަށް އަންނަ ބަދަލުތައް އޭގައި ހިމެނެއެވެ‪.‬‬

‫‪6.6‬މާތްﷲގެ އިރާފުޅާއި މިންވަރުފުޅާ ލައިގެންމެނުވީ އެއްވެސް މީހަކަށް އެއްވެސްކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ‪.‬‬


‫ގެ އިރާދަފުޅާއި އެކަލާނގެ ކުޅަދުންވަންތަކަމާ ގުޅިފައިވާކަންކަމެވެ‪.‬‬ ‫މާތްﷲ‬ ‫ކޮންމެކަމަކީވެސް‬

‫(التكوير‪)29‬‬ ‫ﱫﯮ ﯯ ﯰ ﯱ ﯲ ﯳ ﯴ ﯵ ﱪ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ ‬

‫އިރާދަކުރެއްވުމުން މެނުވީ ތިޔަބައިމީހުން އެކަން ނޭދޭނޫއެވެ‪".‬‬ ‫މާތްﷲ‬ ‫މާނައީ‪" :‬ޢާލަމްތަކުގެ ވެރި‬ ‫ ‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ގެ މިންވަރުފުޅުން‬ ‫މާތްﷲ‬ ‫‪1.1‬މިންވަރަށް އީމާންވުމަކީ ތިމާއަށް މެދުވެރިވާ ރަނގަޅު ކަންތައްތަކާއި ދެރަގޮތްތަކަކީ‬
‫މެދުވެރިވާ ކަންތައްތައްކަމަށް ހިތުގައި ޝައްކުކަމެއް ނެތި ޤަބޫލުކުރުމެވެ‪.‬‬

‫‪2.2‬މިންވަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެތެރެއިން ރުކުނެކެވެ‪ .‬އެހެންކަމުން މިންވަރަށް އީމާން ވުމަކީ‬


‫ވާޖިބުވެގެންވާ ކަމެކެވެ‪ .‬އަދި މިންވަރަށް އީމާންނުވާމީހާގެ އީމާންކަން ޞައްޙައެއް ނުވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީއާއެކު މަސައްކަތް ފުރިހަމަކުރާށެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪38‬‬


‫ޔުނިޓް ‪1‬‬ ‫ ‬ ‫ޢަޤީދާ‬

‫ޙަރަކާތް ‪3‬‬
‫‪1.1‬މިންވަރަށް އީމާންވުމަކީ މީހާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ކަމެކެވެ‪ .‬އެހެނީ މުޞީބާތެއް ދިމާވިއަސް އެއީ‬
‫މިންވަރުކުރެއްވި ގޮތްކަން ޤަބޫލުކުރެވި ކެއްތެރި ވެވޭނެއެވެ‪ .‬އަދި ރަނގަޅުގޮތް ހޯދުމަށް މަސައްކަތްކުރުމުގެ‬ ‫މާތްﷲ‬
‫ހިއްވަރު ލިބޭނެއެވެ‪.‬‬

‫ގެ ޙަޟްރަތުން އެހީތެރިކަމާއި މަދަދަށް އެދި‬ ‫މާތްﷲ‬ ‫‪2.2‬މިންވަރަށް އީމާންވާމީހާ އަބަދުވެސް މަސައްކަތްކުރާނީ‬
‫އަށް ވަކީލުކޮށްގެން އަސްބާބުގައި ހިފަހައްޓައިގެންނެވެ‪.‬‬ ‫މާތްﷲ‬ ‫އުންމީދުކޮށްގެންނެވެ‪ .‬އަދި‬

‫ގެ މަތިން ހަނދުމަނެތި ބޮޑާވެ‬ ‫މާތްﷲ‬ ‫‪3.3‬މިންވަރަށް އީމާންވާމީހާއަށް ރަނގަޅުކަމެއްކުރެވި މޮޅެއް ލިބޭއިރަށް‬
‫ކިބުރުވެރިކަން ދައްކައެހް ނުހަދާނެއެވެ‪ .‬ސަބަބަކީ މުސްތަޤުބަލްގައި ދިމާވެދާނެ ދެރަގޮތްތައް އޭނާއަށް ނޭނގޭކަމާއި‬
‫ގެކުޅަދުންވަންތަކަމާ އަޅާބަލާއިރު އެއްވެސް އާރެއް ބާރެއް ނެތްމީހެއްކަން ޤަބޫލުކުރެވި އަބަދުވެސް‬ ‫މާތްﷲ‬ ‫އޭނާއަކީ‬
‫ގެ ޙަޟްރަތުން އެހީތެރިކަމަށް އެދިއެދި ހުންނާނެއެވެ‪.‬‬ ‫މާތްﷲ‬

‫‪39‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޔުނިޓް ‪2‬‬

‫ޙަދީޘް‬

‫ޔުނިޓްގެ މައިގަނޑު މައުޟޫޢުތައް‬


‫● ●ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘަކީ ކޮބައިކަން އެނގުން‬

‫● ●ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘާއި ކީރިތި ޤުރްއާނުގެ ތަފާތު އެނގުން‬

‫● ●ޙަދީޘްގެ ދަރަޖަތައް އެނގުން‪ .‬އޭގެ ތެރެއިން ޞަޙީޙް ޙަދީޘާއި ޙަސަން ޙަދީޘާއި ޟަޢީފް ޙަދީޘާއި‬
‫ޚަބަރާއި އަޘަރަކީ ކޮބައިކަން އެނގުން‬

‫● ●ޙަދީޘް ބެހިގެންވާ ބައިތަކާއި އޭގެ ތެރެއިން އާޙާދު ޙަދީޘާއި މުތަވާތިރު ޙަދީޘް އެނގުން‬

‫● ●ކަނޑައެޅިފައިވާ ހަތަރު ޙަދީޘް‪ ،‬މާނައާއެކު ނުބަލައި ލިޔަން ކިޔަން އެނގި އޭގައި ބުނާ އެއްޗެއް‬
‫ފަހުމްވެ‪ ،‬ޙަދީޘުން ލިބިދޭ ފިލާވަޅުތައް އެނގުން‬

‫މައިގަނޑު ޤާބިލިއްޔަތު‪:‬‬

‫‪1.1‬ދޭހަވުމާއި ދޭހަކޮށްދިނުން‬

‫‪2.2‬ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ވިސްނުން‬

‫‪3.3‬އެހެންމީހުންނާ ގުޅިގެން އުޅެން އެނގުން‬

‫‪4.4‬ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރަން އެނގުން‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘް‬


‫‪1‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‪:‬‬

‫‪1.1‬ޤުދްސީ ޙަދީޘަކީ ކޮބައިކަން އެނގުން‬

‫‪2.2‬ނަބަވީ ޙަދީޘަކީ ކޮބައިކަން އެނގުން‬

‫‪3.3‬ކީރިތި ޤުރްއާނަކީ ކޮބައިކަން އެނގުން‬

‫‪4.4‬ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘާއި ކީރިތި ޤުރްއާނުގެ ތަފާތު އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬މުދައްރިސް ކިޔައިދޭ އިތުރު މަޢުލޫމާތު ހިމަނައިގެން ކުދިން ލައްވައި‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫މަޢުލޫމާތު ކަރުދާސް ހެއްދުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ޤުދްސީ ޙަދީޘަކާއި ނަބަވީ ހަދީޘެއް މުދައްރިސް ކުލާހަށް ހުށަހަޅައި‪،‬‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫ދަރިވަރުން ލައްވައި ދެ ބާވަތުގެ ޙަދީޘްގެ ތަފާތު‪ ،‬ދަރިވަރުން ލައްވައި އެ‬
‫ދެޙަދީޘުން ފާހަގަކުރުވުން‬

‫‪3.3‬ފިލާވަޅާމެދު ޕްރެޒެންޓޭޝަން ތައްޔާރުކޮށްގެން ކުލާހަށް ހުށަހެޅުން‬

‫‪4.4‬ދަރިވަރުންގެ ފޮތުގައި ނެތް‪ ،‬ފިލާވަޅާ ގުޅުން ހުރި އިތުރު މަޢުލޫމާތު‬


‫މުދައްރިސް ދަރިވަރުންނަށް ގެނެސްދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޤުދްސީ ޙަދީޘާއި ނަބަވީ ހަދީޘްގެ ތަފާތުތައް އެކި ތަފާތު އެކި ދަރިވަރުން ކިޔައިދިނުން‪.‬‬

‫‪2.2‬ކީރިތި ޤުރްއާނާއި ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘްގެ ތެރެއިން‪ ،‬އަސްލު އޮންނަ ލަފުޒު ފިޔަވައި އޭގެ މާނައިގައި ރިވާ‬
‫ކުރުން ހުއްދަ ވަނީ ކޮންކޮން އެއްޗެއްކަން ދަރިވަރުންނާ ސުވާލުކުރުން‪.‬‬

‫‪3.3‬ޤުދްސީ ޙަދީޘާއި ނަބަވީ ޙަދީޘް ހިތުދަސް ދަރިވަރުން ތިބިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫‪41‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ކިއަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫ގެ އަރިހުން ރިވާވެފައިވާ ޢާންމު ޙަދީޘްތަކާ އަޅާބަލާއިރު ޤުދްސިއްޔަ ޙަދީޘްގެ‬ ‫‪1.1‬ރަސޫލުهللا صلّى هللا عليه وسلّم‬
‫ޢަދަދު އެހާ ގިނައެއް ނޫނެވެ‪ .‬ބެލެވިފައިވާ ގޮތުގައި ޤުދްސިއްޔަ ޙަދީޘްގެ ގޮތުގައި ރިވާވެފައިވަނީ ގާތްގަނޑަކަށް‬
‫ދުއިސައްތަ ވަރަކަށްވުރެ ޙަދީޘަށްވުރެ ތަންކޮޅެއް ގިނަ ޢަދަދެއްގެ ޙަދީޘެވެ‪.‬‬

‫‪2.2‬ޤުދްސިއްޔަ ޙަދީޘް ރިވާ ކުރެވޭ ޞީޣާ‪:‬‬

‫‪3.3‬ޤުދްސިއްޔަ ޙަދީޘް ރިވާ ކުރާ ރާވީން ބޭނުންކޮށް އުޅޭ ދެ ޞީޣާއެއް ވެއެވެ‪ .‬އޭގެ ތެރެއިން އެމީހަކު ބޭނުން ޞީޣާއަކުން‬
‫ރިވާ ކުރެވެއެވެ‪ .‬އެއީ‪:‬‬

‫َعَّز َو َج َّل‬ ‫"އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم فِ َيما يـَْرِويِْه َع ْن َربِِّه‬ ‫ول َِّ‬
‫الل َ‬ ‫ال َر ُس َ‬
‫‪ 4.4‬قَ َ‬
‫ގެ ޙަޟްރަތުން 'ރަސޫލުهللا صلّى هللا عليه وسلّم ރިވާ ކުރައްވާ އެކަލޭގެފާނު ވިދާޅުވިއެވެ‪".‬‬

‫علَْي ِه وسلَّم‪ " :‬هللا ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން‬


‫صلى هللاُ َ َ َ َ‬
‫ول َِّ‬
‫الل َ َّ‬ ‫اللُ تـََع َال‪ :‬فِْي َما َرَواهُ َعْنهُ َر ُس ُ‬
‫ال َّ‬
‫‪"5.5‬قَ َ‬
‫ރަސޫލުهللا صلّى هللا عليه وسلّم ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ" މިއެވެ‪.‬‬

‫سيَّ ِة އެވެ‪.‬‬ ‫السنِيَّةُ ِبْلَح ِادي ِ‬


‫ث الْ ُق ْد ِ‬ ‫اف َّ‬ ‫‪6.6‬ޤުދްސިއްޔަ ޙަދީޘްގެ މައްޗަށް ލިޔެވިފައިވާ އެންމެ މަޝްހޫރު ފޮތަކީ ِْ‬
‫ال ْتَ ُ‬
‫َ ْ‬
‫މިފޮތުގައި ‪ 272‬ޙަދީޘް ހިމަނުއްވާފައި ވެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ޖަވާބުތައް‬

‫ރިވާ ކުރައްވާފައިވާ ޙަދީޘެވެ‪ .‬އޭގެ‬ ‫‪1.1‬ޤުދްސީ ޙަދީޘަކީ‪ ،‬މާތް هللا ގެ ހަޒުރަތުން ރަސޫލު هللا صلّى هللا عليه وسلّم‬
‫ޙަދީޘް ތަކެވެ‪.‬‬ ‫ލަފުޒުތައް ރަސޫލާގެ އަރިހުން ވާރިދު ވެފައިވާ އޭގެ މާނަ هللا ގެ ޙަޟްރަތުން އައިސްފައިވާ‬

‫"ރަސޫލުهللا صلّى هللا عليه‬ ‫وسلّمހަދީޘްކުރެއްވިއެވެ‪ ".‬މިހެން އޮތުން (‪)2‬‬ ‫‪" )1(2.2‬ރަސޫލުهللا صلّى هللا عليه‬
‫އޮތުން‬ ‫وسلّمހަދީޘްކުރައްވާތީ އަޑުއެހީމެވެ" މިހެން‬

‫‪3.3‬ކީރިތި ޤުރްއާނަކީ‪ ،‬މާތްهللا‪ ،‬ޖިބްރީލުގެފާނު މެދުވެރިކުރައްވައި‪ ،‬މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި އެކަލާނގެ‬


‫ކަލާމްފުޅެވެ‪( .‬މި މާނަ ދޭހަވާ މި ނޫން ޢިބާރާތެއް ދަރިވަރު ހާމަކޮށްފި ނަމަވެސް ރަނގަޅު ކަމުގައި ބަލަން ވާނެއެވެ‪).‬‬

‫‪4.4‬ޖުނުބުވެރިޔާ‪ ،‬ޙަދީޘް ލިޔެ ކިޔައި ހެދުން ހުއްދަވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪42‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ޙަރަކާތް ‪2‬‬
‫"އޭ އާދަމުގެ ދަރިޔާއެވެ! (ތިމަންރަސްކަލާނގެ ހުއްދަކުރެއްވި ކަންކަމުގައި) ތިބާ ހޭދަކުރާށެވެ‪( .‬އޭރުން) ތިބާގެ ރިޒުޤު‬
‫ތަނަވަސް ކުރެއްވޭހުއްޓެވެ‪".‬‬

‫ޙަރަކާތް ‪3‬‬
‫ޖަވާބުތައް‪:‬‬

‫ރިވާ ކުރައްވާފައިވާ ޙަދީޘެވެ‪ .‬އޭގެ‬ ‫‪1.1‬ޤުދްސީ ޙަދީޘަކީ‪ ،‬މާތް هللا ގެ ހަޒުރަތުން ރަސޫލު هللا صلّى هللا عليه وسلّم‬
‫ޙަދީޘް ތަކެވެ‪.‬‬ ‫ލަފުޒުތައް ރަސޫލާގެ އަރިހުން ވާރިދު ވެފައިވާ އޭގެ މާނަ هللا ގެ ޙަޟްރަތުން އައިސްފައިވާ‬

‫"ރަސޫލުهللا صلّى هللا عليه‬ ‫وسلّمހަދީޘްކުރެއްވިއެވެ‪ ".‬މިހެން އޮތުން (‪)2‬‬ ‫‪" )1(2.2‬ރަސޫލުهللا صلّى هللا عليه‬
‫އޮތުން‬ ‫وسلّمހަދީޘްކުރައްވާތީ އަޑުއެހީމެވެ" މިހެން‬

‫‪3.3‬ކީރިތި ޤުރްއާނަކީ‪ ،‬މާތްهللا‪ ،‬ޖިބްރީލުގެފާނު މެދުވެރިކުރައްވައި‪ ،‬މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި އެކަލާނގެ‬


‫ކަލާމްފުޅެވެ‪( .‬މި މާނަ ދޭހަވާ މި ނޫން ޢިބާރާތެއް ދަރިވަރު ހާމަކޮށްފިނަމަވެސް ރަނގަޅު ކަމުގައި ބަލަން ވާނެއެވެ‪).‬‬

‫‪4.4‬ޖުނުބުވެރިޔާ‪ ،‬ޙަދީޘް ލިޔެ ކިޔައި ހެދުން ހުއްދަވާނެއެވެ‪.‬‬

‫‪43‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ޙަދީޘްގެ ދަރަޖަތައް‬ ‫‪2‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ސަނަދުގެ ގޮތުން ޙަދީޘް ބެހިފައިވާ ދަރަޖަތައް އެނގުން‬

‫‪2.2‬ޞަޙީޙު ޙަދީޘަކީ ކޮބައިކަމާއި ޙަދީޘް ޞައްޙަވުމުގެ ޝަރުޠުތައް އެނގުން‬

‫‪3.3‬ޙަސަން ޙަދީޘާއި‪ ،‬ޟަޢީފު ޙަދީޘާއި‪ ،‬ޚަބަރާއި‪ ،‬އަޘަރަކީ ކޮބައިކަން އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ޞަޙީޙު ޙަދީޘާއި‪ ،‬ޙަސަން ޙަދީޘާއި‪ ،‬ޟަޢީފު ޙަދީޘާއި‪ ،‬ޚަބަރާއި‪ ،‬އަޘަރުގެ‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ތަޢުރީފު ބުރިސިލް ބޯޑުގައި ލިޔެ ކުލާހުގައި ހަރުކުރުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫صلّى‬ ‫‪2.2‬މުސްލިމުންގެ ދިރިއުޅުމުގައި އަދާކުރާ އަޅުކަންތަކާއި ކީރިތި ރަސޫލާ‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫وسلّمގެ ހަދީޘާއި ހުރި ގުޅުމާމެދު ބަހުސްކުރުން‬ ‫هللا عليه‬
‫‪3.3‬ފިލާވަޅުގައި ނުހިމެނޭ އިތުރު މަޢުލޫމާތު ދަރިވަރުން ރިސާޗްކޮށްގެން ކުލާހަށް‬
‫ހުށަހެޅުން‪.‬‬

‫‪4.4‬ދަރިވަރުންގެ ފޮތުގައި ނެތް‪ ،‬ފިލާވަޅާ ގުޅުން ހުރި އިތުރު މަޢުލޫމާތު‬


‫މުދައްރިސް ދަރިވަރުންނަށް ގެނެސްދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޙަދީޘާއި‪ ،‬ޚަބަރާއި‪ ،‬އަޘަރަކީ ކޮބައިކަން އެކި ދަރިވަރުން ކިޔައިދިނުން‬

‫‪2.2‬ޙަދީޘްގެ ދަރަޖަތައް އެނގުމުން ކުރާނެ ފައިދާއާމެދު ދަރިވަރުންނާ ސުވާލުކުރުން‬

‫‪3.3‬ޙަސަން ޙަދީޘެއް ކުލާހަށް ހުށައަޅައި އެ ޙަދީޘްގެ ދަރަޖަ ހާމަވާ ގޮތް ދަރިވަރުން ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ޙަދީޘެއް އެއީ ޞައްޙަ ޙަދީޘަކަށް ވުމަށް ކޮންމެހެން ހުރުން ލާޒިމުވާ ކަންތައްތަކެއް ބަޔާންވެފައި ވެއެވެ‪ .‬އެކަންތައްތަކަކީ‪،‬‬

‫‪1.1‬ސަނަދު މެދުކެނޑުމެއް ނެތި ގުޅިފައި ވުން‪:‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪44‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫މިކަން ފުރިހަމަވާނީ‪ ،‬އެ ސަނަދުގައިވާ ކޮންމެ ރާވީއަކު‪ ،‬އޭނާގެ އުސްތާޛުގެ އަރިހުން އެއްވެސް ވާސިޠާއެއް ނެތި‬ ‫ ‬
‫(އެބަހީ‪ :‬މެދުވެރިއަކު ނެތި) އެ ޙަދީޘް ލިބިގަނެފައިވާ ނަމައެވެ‪ .‬އަދި މިކަން ސަނަދު ފެށުނީއްސުރެ ނިޔަލަށް ދެމިއޮތުން‬
‫ޝަރުޠުވެގެން ވެއެވެ‪.‬‬

‫‪2.2‬ރާވީންނަކީ ޢަދުލުވެރިން ކަމުގައިވުން‪:‬‬

‫މީގެ މާނައަކީ‪ ،‬އެ ސަނަދުގައިވާ ރާވީން ކުރެ ހަމަ ކޮންމެ ރާވީއަކީ ޢަދުލުވެރިއަކު ކަމުގައި ވުމެވެ‪ .‬މިކަން‬ ‫ ‬
‫ފުރިހަމަވާނީ‪ ،‬އެމީހަކީ މުސްލިމަކު ކަމުގައާއި‪ ،‬ބާލިޣުވެފައިވާ މީހަކު ކަމުގައާއި ބުއްދި ސަލާމަތުން ހުރި މީހަކު‬
‫ކަމުގައާއި ފާސިޤުކަމެއް ނެތް މީހަކު ކަމުގައި ވުމާއެކު‪ ،‬އެމީހަކީ މުއްވަތްތެރިކަން ގެއްލިފައިވާ މީހަކު ކަމުގައި‬
‫ނުވާނަމައެވެ‪.‬‬

‫‪3.3‬ރާވީންނަކީ ޙަދީޘް ހަނދާން ހުންނަ ބައަކަށް ވުން‪:‬‬

‫އޭގެ މާނައަކީ‪ ،‬ރާވީ އެ ރިވާ ކުރާ ޙަދީޘާ‪ ،‬އެފަދަ އެހެން ޙަދީޘްތައް އޭނާގެ ހިތުގައި ހަނދާން ބެހެއްޓޭ‪ ،‬ނުވަތަ‬ ‫ ‬
‫ލިޔެގެން ރައްކާތެރި ކުރެވޭ މީހަކު ކަމުގައި ވުމެވެ‪.‬‬

‫‪4.4‬ޝާއްޛު ކަމެއް ނެތުން‪:‬‬

‫ޝާއްޛުކަމެއް ނެތުމޭ ބުނެވޭ ބަހުގެ މާނައަކީ‪ ،‬އެ ރިވާޔަތަކީ‪ ،‬ޙަދީޘް ޢިލްމުގައި ފުންނާބު އުސް ޘިޤާ‪ ،‬ހަރުދަނާ‬ ‫ ‬
‫ރާވީއަކު‪ ،‬އޭނާއަށްވުރެ ހުރިހާ ގޮތަކުން މަތީ ދަރަޖައިގެ ރާވީއަކު ރިވާ ކޮށްފައިވާ ގޮތާ ޚިލާފަށް ރިވާ ކޮށްފައިވާ‬
‫ޙަދީޘަކަށް ނުވުމެވެ‪.‬‬

‫‪5.5‬ޢިއްލަތެއް ނެތުން‪:‬‬

‫މި ފަންނުގައި "އަލްޢިއްލާ" އޭ ބުނެވެނީ ބޭރުފުށުން ބަލާބެލުމަށް ޙަދީޘް ޤަބޫލުނުކުރެވެންވީ ސަބަބެއް ފެންނާން ނެތް‪،‬‬ ‫ ‬
‫އެހެން ނަމަވެސް‪ ،‬ކަމުގެ އަހުލުވެރި މާހިރުންނަށް އެކަމެއް އެނގިލައްވައި‪ ،‬އޭގެ ސަބަބުން ޙަދީޘްގެ ޞައްޙަކަން‬
‫ގެއްލިދާ ފަދަ ވަންހަނާ ސަބަބުތަކަށެވެ‪( .‬ޢިއްލާއެއް ނެތުމޭ ބުނެވޭ ބަހުގެ މާނައަކީ‪ ،‬އެޙަދީޘްގައި‪ ،‬ވަންހަނާ ސަބަބެއް‬
‫ނެތުމެވެ‪.‬‬
‫ޟ ީޢފ ް ޙ ަ ީދޘާމ ެދ ު‪:‬‬
‫ަ‬

‫‪1.1‬ޟަޢީފް ޙަދީޘްގެ ދަރަޖަތައް‪:‬‬

‫އެ ޙަދީޘެއްގެ ރާވީންގެ ކިބައިގައި ޟަޢީފުކަން ނުވަތަ ބަލިކަން ބޮޑުވި ވަރަކަށް އެ ޙަދީޘްގެ ޟަޢީފުކަން ބޮޑުވާނެއެވެ‪.‬‬ ‫ ‬
‫އަދި ރާވީންގައިވާ ޟަޢީފުކަން ކުޑަނަމަ ޙަދީޘްގެ ޟަޢީފްކަން ކުޑަވާނެއެވެ‪ .‬އެއީ‪ ،‬ޞައްޙަ ޙަދީޘްގެ ތަފާތު ދަރަޖަތައް‬
‫ހުންނަ ފަދައިންނެވެ‪ .‬އެހެން ކަމާއެކު ޟަޢީފް ޙަދީޘާއި ޟަޢީފްކަން ވަރަށް ބޮޑު ޙަދީޘާއި އަލްވާހީ (ވަރަށް ބަލިކަށި‬
‫ޙަދީޘާއި)‪ ،‬މުންކަރު ޙަދީޘާއި‪ ،‬އަދި އޭގެ އެންމެ ނުބައި އެންމެ ދަށު ދަރަޖަ ކަމުގައިވާ މައުޟޫޢު ޙަދީޘް އޭގެ ތެރޭގައި‬
‫ހިމެނެއެވެ‪.‬‬
‫ޟަޢީފް ޙަދީޘްގެ މިސާލު‪ :‬އަލްއިމާމުއް ތިރްމިޛީ‪ ،‬ޙަކީމުލް އަޘްރަމް ހިމެނޭ ސަނަދަކުން ރިވާ ކުރައްވާފައިވާ‪ ،‬މިދަންނަވާ‬ ‫ ‬
‫يمةَ ا ْلُ َجْي ِم ِّي َع ْن‬ ‫ح َّدثَـنَا َحَّاد بن سلَمةَ عن ح ِكي ِم ْالَثْـرِم عن أَِب تَ ِ‬
‫ـم‬
‫َ‬ ‫ُ ُْ َ َ َْ َ ْ َ َْ‬ ‫َ‬ ‫ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ‪.‬‬

‫‪45‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ال‪ :‬من أَتَى حائِضا أَو امرأًَة ِف دب ِرها أَو َك ِ‬ ‫ِ‬


‫اهنًا فَـ َق ْد‬ ‫ُُ َ ْ‬ ‫َ ً َْ‬ ‫صلَّى هللاُ َعلَْيه َو َسلَّ َم قَ َ َ ْ‬‫َّب َ‬ ‫ِ ِ‬ ‫ِ‬
‫أَب ُهَريْ َـرَة َعن الن ِّ‬
‫د މާނައީ‪ :‬ޙައިޟުވެރިޔާއާއި އެއްދާން ކޮށްފިމީހާއާއި އަންހެނާގެ ފުރަގަސްފަރާތު ދޮރުން‬ ‫َك َفر ِبا أُنْ ِزَل علَى ُم َّم ٍ‬
‫َ َ‬ ‫َ َ‬
‫އެދުން ފުއްދައިފި މީހާއާއި ކާހިނެއް (އެބަހީ‪ :‬ރަމަލު ފާލު ބެލުމާއި އަތްބެލުން ފަދަ ކަންތައް ކޮށް މުސަތަޤުބަލުގައި‬
‫ވާނޭ ކަންތައް ބުނެއުޅޭ މީހާ) ގެ ގާތަށް އައިސް އޭނާ ބުނާ އެއްޗެއް ގަބޫލު ކޮށްފި މީހާއީ‪ ،‬މުޙައްމަދުގެފާނުގެ މައްޗަށް‬
‫ބާވާލެއްވި ތަކެއްޗަކަށް ކާފިރުވެއްޖެ މީހެކެވެ‪.‬‬

‫މި ޙަދީޘް ރިވާ ކުރެއްވުމަށްފަހު އައްތިރްމިޛީ ވިދާޅުވެފައި ވެއެވެ‪ .‬މި ޙަދީޘްގެ ސަނަދުގެ ސަބަބުން‪ ،‬މިއީ ޟަޢީފް‬ ‫ ‬
‫ޙަދީޘެއް ކަމުގައި އަލްބުޚާރީ ވިދާޅުވެފައި ވެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫‪1.1‬ޞަޙީޙް ޙަދީޘް‪ :‬ޢަދުލުވެރި ހިތުދަސްކުރުމުގެ ބާރުގަދަ ރާވީއަކު އެފަދަ އަނެކަކުގެ ކިބައިން މަތުނާ ހަމައަށް ސަނަދު‬
‫ގުޅިފައިވާ ގޮތުގައި ރިވާ ކުރާ ޙަދީޘް‬

‫‪2.2‬ޙަސަން ޙަދީޘް‪ :‬ސަނަދުގައި ހިމެނޭ ރާވީއެއްގެ ދަސްކުރުމުގެ ބާރު ކުޑަކަމަކަށް ވެފައި‪ ،‬ޞަޙީޙު ޙަދީޘެއްގައި ހިމެނޭ‬
‫ދެން ހުރި ޝަރުޠުތައް ފުރިހަމަވާ ޙަދީޘް‬

‫‪3.3‬ޟަޢީފު ޙަދީޘް‪ :‬ޙަސަން ދަރަޖައިގެ ޙަދީޘްގެ ސިފަތަކުގެ ތެރެއިން ސިފައެއް ނެތް ކޮންމެ ޙަދީޘެއް‬

‫ޙަރަކާތް ‪2‬‬
‫ޙަދީޘެއް ޞައްޙަކަމުގައި ބަލަންޖެހޭ މިންގަނޑާމެދު ގްރޫޕް މަޝްވަރާކުރުމަށްފަހު ކުލާހަށް ހުށައެޅުން‪.‬‬

‫ޙަރަކާތް ‪3‬‬
‫ފިލާވަޅުގައި ދެވުނު މަޢުލޫމާތުގެ އަލީގައި ޙަދީޘުފުޅެއް ޤަބޫލުކުރުމުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ މިންގަނޑުގެ މައްޗަށް‬
‫ގުރޫޕްތަކުގައި މަޝްވަރާކޮށް ކުލާހަށް ހުށަހެޅުން‪.‬‬

‫ޙަރަކާތް ‪4‬‬
‫ޝުޛޫޛުވުން‪ :‬ޙަދީޘް ޢިލްމުގައި ފުންނާބު އުސް ޘިޤާ‪ ،‬ހަރުދަނާ ރާވީއަކު‪ ،‬އޭނާއަށްވުރެ ހުރިހާ ގޮތަކުން މަތީ ދަރަޖައިގެ‬
‫ރާވީއަކު ރިވާ ކޮށްފައިވާ ގޮތާ ޚިލާފަށް ރިވާ ކުރުން‬

‫ސަނަދުން ބައެއް އުނިވުން‪ :‬އެއީ‪ ،‬ޙަދީޘްގައިވާ ސަނަދުގެ ސިލްސިލާ (ރާވީންގެ ސިލްސިލާ) މެދުކެނޑިފައިވުމެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪46‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ޙަދީޘް ބެހިގެންވާ ބައިތައް‬


‫‪3‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙަދީޘް ބެހިގެންވާ ބައިތައް އެނގުން‬

‫‪2.2‬މުތަވާތިރު ޙަދީޘަކީ ކޮބައިކަމާއި އެފަދަ ޙަދީޘްގެ ޙުކުމް އެނގުން‬

‫‪3.3‬އާޙާދު ޙަދީޘަކީ ކޮބައިކަމާއި އެފަދަ ޙަދީޘްގެ ޙުކުމް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫ ‪1.‬މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘް ތަފާތުވާ ގޮތަކީ ކޮބައިތޯ ދަރިވަރުންނާ‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ސުވާލުކުރުން‪.‬‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫ ‪2.‬މުތަވާތިރު ޙަދީޘެއް ޝައްކުކުރުމަކާ ނުލައި ޤަބޫލުކުރަން ޖެހޭ ސަބަބުތަކާމެދު‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫ދަރިވަރުން ކުލާހުގައި ބަހުސް ކުރުން‬

‫ ‪3.‬އާޙާދު ޙަދީޘްގެ ޙުކުމާއި މުތަވާތިރު ޙަދީޘްގެ ޙުކުމާމެދު ކުލާހުގައި‬


‫ބަހުސްކޮށް ވާހަކަދެއްކުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ދީނުގެ ޙުކުމްތައް ކަނޑައެޅުމުގައި މުތަވާތިރު ޙަދީޘްގެ ދަރަޖައަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‪.‬‬

‫‪2.2‬މުތަވާތިރު ހަދީޘަކުން ކަނޑައަޅާފައިވާ ދީނުގެ ޙުކުމެއް ގަބޫލު ނުކޮށް ދޫކޮށްލެވިދާނެތޯއާއި ސަބަބަކީ ކޮބައިތޯ‬
‫ދަރިވަރުންނާ ސުވާލުކުރުން‪.‬‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫މުތަވާތިރު ޙަދީޘް ބެހިގެންވާ ބައިތައް‪:‬‬

‫މުތަވާތިރު ބެހިގެންވަނީ ދެ ބަޔަކަށެވެ‪ .‬އެއީ‪ ،‬ލަފުޒީ ގޮތުން މުތަވާތިރު ވުމާއި މަޢުނަވީ ގޮތުން މުތަވާތިރު ވުމެވެ‪ .‬ލަފުޒީ‬
‫ب َعلَ َّي ُمتـََع ِّم ًدا‬
‫" َم ْن َك َذ َ‬ ‫ގޮތުން މުތަވާތިރު ވުމޭ ބުނެވޭ ބަހުގެ މާނައަކީ އޭގެ ލަފުޒާއި މާނަ މުތަވާތިރު ވުމެވެ‪ .‬މިސާލަކީ‪:‬‬
‫النَّا ِر" މިޙަދީޘެވެ‪ .‬މާނައީ‪" :‬ތިމަންކަލޭގެފާނުގެ މައްޗަށް ގަސްދުގައި ދޮގެއްހަދައިފި މީހާ (ދަންނާށެވެ!)‬ ‫فـَْليـَتـَبـََّوأْ َم ْق َع َدهُ ِم َن‬
‫ފަހެ‪ ،‬ހަމަކަށަވަރުން‪ ،‬ނަރަކައިގައި އޭނާ އިންނާނެތަނެއް ކަށަވަރުކޮށްފިއެވެ‪".‬‬

‫‪47‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ޙަދީޘް ރިވާ ވެގެންވާ ސަނަދުގެ ގޮތުން ބަލާއިރު އަލްއާޙާދު ޙަދީޘް ބެހިގެންވާ ބައިތަކެއް ހުރެއެވެ‪ .‬އެއީ‪،‬‬
‫އަލްމަޝްހޫރު‪،‬އަލްޢަޒީޒް‪ ،‬އަލްޣަރީބް މިއެވެ‪.‬‬

‫‪1.1‬އަލްމަޝްހޫރު‪ :‬ޙަދީޘް ޢިލްމުގެ އިޞްޠިލާޙުގައި މަޝްހޫރު ޙަދީޘްގެ މާނައަކީ‪ ،‬ސަނަދުގެ ކޮންމެ ފަންތިއެއްގައި ތިން‬
‫ރާވީން ނުވަތަ އެއަށްވުރެ ގިނަ ރާވީން ހިމެނިފައި ވުމާއެކު މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ކޮންމެ ޙަދީޘެކެވެ‪ .‬މީގެ‬
‫(متَّـ َف ٌق َعلَ ِيه)‬ ‫ِ ِ ِ ِِ ِ ِ‬ ‫ِ‬ ‫ِ‬
‫މާނައީ‪" :‬މުސްލިމަކީ‪ ،‬އޭނާގެ ދުލުގެ‬
‫"الْ ُم ْسل ُم َم ْن َسل َم الْ ُم ْسل ُمو َن م ْن ل َسانه َويَده" ُ‬ ‫މިސާލަކީ‬
‫ނުބައިކަމާއި އަތުގެ ނުބައިކަމުން‪ ،‬އެހެނިހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ‪".‬‬

‫‪2.2‬އަލްޢަޒީޒް‪ :‬ޙަދީޘް ޢިލްމުގެ އިޞްޠިލާޙުގައި ޢަޒީޒް ޙަދީޘަކީ‪ ،‬ސަނަދުގެ ގޮތުން ކޮންމެ ފަންތިއެއްގައިވެސް ދެ‬
‫ރާވީންނަށްވުރެ މަދުނޫން ރާވީން ހިމެނިފައިވާ ޙަދީޘެވެ‪.‬‬

‫ސަނަދުގެ ބައެއް ފަންތީގައި ތިން ރާވީން ނުވަތަ އެއަށްވުރެ ގިނަ ރާވީން ހިމެނިފައި ވިޔަސް‪ ،‬ސަނަދުގެ އެންމެ‬ ‫ ‬
‫ފަންތިއެއްގައި ވިޔަސް ދެ ރާވީން ހިމެނިފައިވާނަމަ އެއީ ޢަޒީޒް ޙަދީޘެކެވެ‪.‬‬

‫‪3.3‬އަލްޣަރީބް‪ :‬ޙަދީޘް ޢިލްމުގެ އިޞްޠިލާޙުގައި ޣަރީބް ޙަދީޘަކީ‪ ،‬އެ ރިވާޔަތެއްގައި އެންމެ ރާވީއެއް ހިމެނިފައިވާ ރިވާޔަތެވެ‪.‬‬
‫އެއީ‪ ،‬ސަނދުގެ ކޮންމެ ފަންތިއެއްގައި އެންމެ ރާވީއެއް އެކަހެރިވެފައިވާ ނުވަތަ ސަނަދުގެ ބައެއް ފަންތީގައި ނުވަތަ‬
‫ސަނަދުގެ އެންމެ ފަންތިއެއްގައި އެންމެ ރާވީއެއް އެކަހެރިވެފައިވާ ރިވާޔަތެވެ‪ .‬މިގޮތުން ސަނަދުގެ އެންމެ ފަންތިއެއްގައި‬
‫ވެސް އެންމެ ރާވީއެއް އެކަހެރި ވެފައިވާ ނަމަ އެއީ‪ ،‬ޣަރީބް ޙަދީޘެކެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ޖަވާބު‬

‫‪1.1‬ޙަދީޘް ދެބަޔަކަށް ބެހިގެން ވެއެވެ‪ .‬އެއީ‪ ،‬މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘެވެ‪.‬‬

‫‪2.2‬ޙަދީޘް މުތަވާތިރަކީ‪ ،‬ގިނަ ޢަދަދެއްގެ ރާވީން‪ ،‬އާދަކާދަ ނިޔާކުރާ ގޮތުގެ މަތިން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން‬
‫މުސްތަޙީލުވާ ގޮތަށް ރިވާ ކޮށްފައިވާ ރިވާޔަތެވެ‪.‬‬

‫وت)‬ ‫ِ‬
‫ދަރަޖައިގައެވެ‪.‬‬ ‫(ظَـنّ ُـي الثُّـبُ ُ‬ ‫‪3.3‬އާޙާދު ޙަދީޘް ޤަބޫލުކުރެވެނީ‪ ،‬ސާބިތުވާކަމަށް ހީކުރެވޭ‬

‫‪4.4‬ޙަދީޘް މުތަވާތިރުގައި ހިމެނޭ ދެ ސިފަ‪:‬‬

‫ (‪ )1‬ގިނަ ޢަދަދެއްގެ ރާވީން ރިވާކުރައްވާފައިވުން‪. .‬‬

‫ (‪ )2‬އެބޭކަލުން ރިވާކުރައްވާ ހަދީޘް ޙިއްސުގެ މައްޗަށް ބިނާވެފައިވުން‪ .‬މިސާލަކަށް‪ :‬އެ ހަދީޘް ތިމަންބޭކަލުން ‬
‫އެއްސެވީމުއޭ ވިދާޅުވުން‪.‬‬ ‫ ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪48‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ޙަރަކާތް ‪2‬‬
‫ޙަދީޘް މުތަވާތިރު ކަނޑައެޅުމުގައި ޢިލްމުވެރިން ބަޔާންކުރައްވާ މިންގަނޑު ބަޔާންކޮށް‪ ،‬އެއާމެދު ގްރޫޕުތަކުގައި މަޝްވަރާކޮށް‬
‫ފާހަގަކުރެވުނު މުހިންމު ނުކުތާތައް ކްލާހަށް ހުށަހެޅުން‬

‫ޙަރަކާތް ‪3‬‬
‫މުތަވާތިރު ޙަދީޘަކީ‪ ،‬ކަންހިނގިގޮތާ ޚިލާފަށް ބަޔަކުމީހުން އެއްބަސްވެ ރާވައިގެން ވެސް ރިވާކުރުން މުސްތަޙީލުކަމަކަށް ވާހައި‬
‫ގިނަ ޢަދަދެއްގެ މީހުން ރިވާކޮށްފައިވާ ރިވާޔަތެވެ‪.‬‬

‫އާޙާދު ޙަދީޘަކީ‪ ،‬ތަވާތުރުގެ ޢަދަދަށްވުރެ މަދު ޢަދަދެއްގެ ރާވީން ރިވާކުރައްވާފައިވާ ރިވާޔަތެވެ‪.‬‬

‫ޙަދީޘެއްގެ ޞައްޙަކަން ސާބިތުވެއްޖެނަމަ މުތަވާތިރު ޙަދީޘަކަށް ވިޔަސް ނުވަތަ ޢާޙާދު ހަދީޘަކަށް ވިޔަސް އެއަށް ޢަމަލުކުރުން‬
‫ލާޒިމުވާނެއެވެ‪ .‬އަދި އެއީ ޝަރުޢީ ޙުކުމް ސާބިތުކުރެވޭނޭ ޙުއްޖަތެކެވެ‪.‬‬

‫‪49‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ތިމާއާ ނުބެހޭކަންތައް ދޫކޮށްލުން‬ ‫‪4‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙަދީޘް ނުބަލައި ލިޔަން އެނގުން‬

‫‪2.2‬ޙަދީޘް ނުބަލައި މާނައާއެކު ކިޔަން އެނގުން‬

‫‪3.3‬ޙަދީޘްގެ ދޭހައާއި ލިބިދޭ ފިލާވަޅުތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ ‬ ‫‪2.2‬ކީރިތި ޤުރްއާނަށް ލޯބިކުރުމާގުޅޭ ވާހަކައެއް ކްލާހަށް ކިޔައިދިނުން‬

‫ތަސްވީރު ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް‬

‫ސްމާރޓް ބޯޑު ޕްރޮޖެކްޓަރ‬ ‫ބޯޑުގައި ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ‬


‫މުހިންމުކަމާ ގުޅޭގޮތުން އެގުނު އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ކީރިތި ޤުރްއާނަށް ލޯބިކުރުމާގުޅޭ ތާރީޚީ ވާހަކަތައް ކިޔައިދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ހަދީޘުން ނެގޭ ފައިދާތައް އެކި ކުދިން ލައްވައި އެކި ޕޮއިންޓް ބޯޑުގައި ނޯޓުކުރުވުން‬

‫‪2.2‬ޙަދީޘްގެ ޝަރަޙައާމެދު ކުލާހުގައި މަޝްވަރާކުރުން‬

‫‪3.3‬ޙަދީޘްގެ އެކި ތަންތަންކޮޅު އެކިކުދިން ލައްވައި ބޯޑުގައި ލިޔުއްވަމުން ގޮސް ބޯޑުގައި ޙަދީޘް މާނައާއެކު ލިޔުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬ފައިދާ ހުރި ކަންތައްތަކާއި ފައިދާއެއް ނެތް ކަންތައް ދެނެގަތުމުގައި ރުޖޫޢަވާން ޖެހޭ އަސްލަކީ‪ ،‬ޝަރުޢުގެ ދަލީލުތަކެވެ‪.‬‬
‫އަދި އިތުބާރު ހުރި ގަވާއިދު ތަކެވެ‪ .‬ވަކި ވަކި ފަރުދުންނާއި މީހުންގެ ހަވާނަފުސެއް ނޫނެވެ‪ .‬ފާސިދު އާދަކާދަތަކެއް‬
‫ވެސް ނޫނެވެ‪ .‬ބައެއް ފަހަރު މީހުން އަމުރުތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައްތައް ދޫކޮށްލައެވެ‪ .‬ތިމާއާ ނުބެހޭ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪50‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ކަންތައްތައް ކަމުގައި ހީކޮށްގެންނެވެ‪ .‬ޙަޤީޤަތުގައި އެއީ‪ ،‬ޝަރުޢީ ގޮތުން ކުރަން ޖެހޭ ކަންތައްތަކެވެ‪ .‬މިސާލަކަށް‪ :‬ހެޔޮ‬
‫ކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީ ކުރުމާއި ޢާންމު މަޞަލަޙަތަށް ރައްކާތެރިވުން ފަދަ ކަންކަމަކީ‪ ،‬ޝަރުޢީ‬
‫ގޮތުން ކުރަން ޖެހޭ ކަންކަމެވެ‪ .‬އޭގެ އަނެއް ކޮޅުގައި އޮތީ‪ ،‬ފައިދާއެއް ނެތް ނުބެހޭ ކަންތައްތަކުގައި މަޝްޣޫލުވެ އެފަދަ‬
‫ކަންތައްތަކުގެ ތެރޭގައި ވަގުތު ބޭކާރު ކުރުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ‪ .‬ހުއްދަ ދާއިރާގެ ތެރޭގައި ހީނ ސަމާސާ‬
‫ކޮށްލުމާއި އުފާކޮށްލުމަކީ‪ ،‬ނުބެހޭ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ މާނައިގައި ހިމެނޭ ކަންތަކެއް ނޫނެވެ‪ .‬އެހެނީ‪،‬‬
‫ވެސް އެކަލޭގެފާނުގެ‬ ‫صلّى هللا عليه وسلّم‬ ‫އެފަދަ ކަންތައް ޝަރުޢުގައި ވަނީ ހުއްދަ ކުރައްވާފައެވެ‪ .‬ކީރިތި ރަސޫލާ‬
‫އަޞްޙާބުންނާ ސަމާސާ ކުރައްވައި ހެއްދެވިއެވެ‪ .‬މިކަމުގައި ވެސް މިންގަނޑުތަކެއް ހުރެއެވެ‪.‬‬

‫ (‪ )1‬ޝަރުޢުގައި މަނާ ކުރައްވާފައިވާ ކަމެއް ކަމުގައި ނުވުން‬

‫ (‪ )2‬މުސްލިމުންގެ މެދުގައި ޢަދާވާތްތެރިކަމާއި ނުރުހުންތެރިކަން އުފައްދާފަނިވި ކަމެއް ކަމުގައި ނުވުން‪.‬‬

‫ (‪ )3‬ވަގުތީ ގޮތުން ހިތްއުފާކޮށްލުމަށް ކުރާ ކަމެއް ކަމުގައި ވިޔަސް ތާއަބަދު ކުރާ ކަމެއް ކަމުގައި ނުވުން‪.‬‬

‫ (‪ )4‬މުސްލިމުންނަށް ގެއްލުންހުރި ކަމެއް ކަމުގައި ނުވުން‪.‬‬

‫ޙަރަކާތް ‪1‬‬
‫މި ޙަދީޘުން ދޭހަވާގޮތުގައި ތިމާއާއި ނުބެހޭ ކަންތައްތަކާއި ނުބެހުމަކީ އިސްލާމްކަމުގެ ތެރެއިންވާ ކަމެކެވެ‪ .‬މި ނުކުތާގެ މުހިންމު‬
‫ކަމުގެ މައްޗަށް ކްލާހުގައި މަޝްވަރާކޮށް ފާހަގަކުރެވުނު ނުކުތާތައް މުދައްރިސަށް ހުށައެޅުން‪.‬‬

‫ޙަރަކާތް ‪2‬‬

‫ޙަދީޘްގެ މާނައާއެކު ތަމްރީނު ފޮތުގައި ލިޔުއްވުން‪.‬‬

‫ޙަރަކާތް ‪3‬‬
‫ޙަދީޘް ދަސްވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި އެއް ދަރިވަރު އަނެއް ދަރިވަރަށް ކިޔައިދިނުން‬

‫ޙަރަކާތް ‪4‬‬
‫މިޙަދީޘުން ލިބުނު ޢިބްރަތްތަކުގެ މައްޗަށް ވިސްނައި ތިމާގެ ޢަމަލުތައް ބައްޓަންކުރުމުގެ ގޮތުން ކުރާނެ ހަތަރު ކަމެއް ލިޔުން‪.‬‬

‫ނޯޓް‪ :‬ޖަވާބުގައި އެކި ކުދިން ތަފާތު ކަންކަން ލިޔުނު ކަމުގައިވިޔަސް ގުޅުންހުރިކަންކަން ކަމުގައިވާނަމަ ޖަވާބު ރަނގަޅުކަމުގައި‬
‫ބަލަންވާނެއެވެ‪.‬‬

‫‪51‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫އަނެކުން ދެކެ ލޯބިވުން‬ ‫‪5‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙަދީޘް ނުބަލައި ލިޔަން އެނގުން‬

‫‪2.2‬ޙަދީޘް ނުބަލައި މާނައާއެކު ކިޔަން އެނގުން‬

‫‪3.3‬ޙަދީޘްގައި ބުނާއެއްޗަކާމެދު ދަރިވަރުންގެ މެދުގައި މަޝްވަރާކުރުން‬

‫‪4.4‬ޙަދީޘްގެ ދޭހައާއި ލިބޭ ފިލާވަޅުތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ކުލާހުގައި ޙަދީޘް ހިތުދަސްކުރުމަށް ވަގުތު ދިނުމަށްފަހު ނުބަލާ ކިޔުއްވުން‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪2.2‬ޙަދީޘްގެ މާނަ ހިތުން ކިޔުއްވުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬
‫‪3.3‬ޙަދީޘް މާނައާއެކު ބުރިސިލް ބޯޑުގައި ލިޔެ ކުލާހުގައި ހަރުކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫‪4.4‬މިޙަދީޘާއި ދިރިއުޅުމުގެ ކަންކަމާ ގުޅިފައިވާ މިންވަރާމެދު ބަހުސްކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ހަދީޘުން ނެގޭ ފައިދާތައް އެކި ކުދިން ލައްވައި އެކި ޕޮއިންޓް ބޯޑުގައި ނޯޓުކުރުވުން‬

‫‪2.2‬ޙަދީޘްގެ ޝަރަޙައާމެދު ކުލާހުގައި މަޝްވަރާކުރުން‬

‫‪3.3‬ޙަދީޘްގެ އެކި ތަންތަންކޮޅު އެކިކުދިން ލައްވައި ބޯޑުގައި ލިޔުއްވަމުން ގޮސް ބޯޑުގައި ޙަދީޘް މާނައާއެކު ލިޔުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬އަނެކުން ދެކެ ލޯބިވުން ބައެއް ކަހަލަ ޒާތީ ކަންކަމާ ގުޅިފައެއް ނުވެއެވެ‪ .‬މިސާލަކަށް‪ :‬މީހަކު އެހެން މީހުނަށްވުރެ‬
‫ރީތިކޮށް ހުރުމަށް ނުވަތަ ރީތި ފޭރާން ލުމަށް ލޯބިކުރުމަކީ މި ޙަދީޘްގައިވާ‪ ،‬މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު ދެކެ‬
‫ލޯބިވުމާ ތަޢާރުޟުވާ ކަމެއް ނޫނެވެ‪.‬‬

‫هللا‬ ‫އަށް ދެންނެވިއެވެ‪.‬‬ ‫صلّى هللا عليه وسلّم‬ ‫‪2.2‬އެއްދުވަހަކު މާލިކުއްރަހާވީ ނަމަކަށް ކިޔާ މީހަކު ކީރީތި ރަސޫލާ‬
‫ގެ ރަސޫލާއެވެ‪ .‬މިއަޅާއަށް ޤުދުރަތުން ލިބިފައިވާ ރީތިކަމާ އެކު އަނެކުންނަށްވުރެ ރީތި ފައިވާން ފަދަ ތަކެތި ބޭނުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪52‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ކުރުމަށް އަޅުގަނޑު ލޯބި ކުރަމެވެ‪ .‬އެކަންތައް ވެސް ހިމެނޭނީ‪ ،‬އަނެކުންގެ ޙައްޤުތަކަށް އަރައިގަތުން ކަމުގައިތޯއެވެ؟‬
‫ޙަދީޘް ކުރެއްވިއެވެ‪ .‬ނޫނެކެވެ‪ .‬އަދި ކިއެއްތަ! އަނެކުންގެ ޙައްޤަށް އަރައިގަތުމަކީ‪ ،‬އެމީހުންގެ މައްޗަށް ބޮޑާވެގަތުމާއި‬
‫ޙައްޤުތައް ބާޠިލް ކުރަން އުޅުމާއި މީސްތަކުން ނިކަމެތިކުރުމަށް އުޅުމެވެ‪.‬‬

‫‪3.3‬ޢިލްމު ހާސިލު ކުރުމާއި އަޅުކަން ކުރުން ފަދަ ހެޔޮ ޢަމަލުތަކުގައި އެއްބަޔަކު އަނެއް ބަޔަކަށްވުރެ ކުރިއަރައި ދިއުމަކީ‬

‫ﱫﯢ ﯣ‬ ‫ވަޙީ ކުރައްވާފައިވެއެވެ‪.‬‬ ‫هللا‬ ‫ވެސް މިޙަދީޘާ ތަޢާރުޟުވާ ކަމެއް ނޫނެވެ‪ .‬ކީރިތި ޤުރްއާނުގައި މާތް‬

‫(سورة املطففني ‪ )26‬މާނައީ‪" :‬ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް‬ ‫ﯤﯥ ﱪ‬


‫ކުރިއަރައިދާ ހުށިކަމެވެ!"‬

‫ގެ އަޞްޙާބުންގެ އަރިހުން ވާރިދުވެގެންވާ ގޮތުގައި އެބޭކަލުންގެ އަތްޕުޅުގައި‬ ‫صلّى هللا عليه وسلّم‬ ‫‪4.4‬ކީރިތި ރަސޫލާ‬
‫އޮންނަ ދީނާރާއި ދިރުހަމަކީ ވެސް އެހެން ބޭބޭކަލުންނަށްވުރެ އެބޭކަލުންގެ ޙައްޤު އޭގެ މައްޗަށް ބޮޑުވެގެންވާ ބައެއް‬
‫ކަމުގައި އެބޭކަލުން ޤަބޫލެއް ނުކުރައްވައެވެ‪.‬‬
‫ِ‬ ‫ول َِّ‬
‫ب أَن‬‫َح َّ‬ ‫صلَّى هللاُ َعلَْيه َو َسلَّ َم َ‬
‫"م ْن أ َ‬ ‫الل َ‬ ‫ال َر ُس ُ‬ ‫‪5.5‬އިމާމު މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ‪ .‬قَ َ‬
‫ت إِ َل الن ِ‬ ‫لل والْيـوِم ِ‬
‫اآلخ ِر‪ ،‬ولْيأْ ِ‬ ‫ِ ِ ِ‬ ‫ِِ ِ‬ ‫يَُـز ْحَز َح َع ِن النَّا ِر‪َ ،‬ويُ ْد َخ َل ْ‬
‫َّاس‬ ‫ََ‬ ‫الَنَّةَ‪ ،‬فَـ ْلتَأْته َمنيَّـتُهُ َوُه َو يُ ْـؤم ُن ب َّ َ َْ‬
‫سلِم) މާނައީ‪ :‬ރަސޫލުهللا صلّى هللا عليه وسلّم ޙަދީޘްކުރެއްވި އެވެ‪.‬‬ ‫ِِ‬
‫ب أَ ْن يُ ْـؤ َت إلَْيه"‪َ .‬‬
‫(رَواهُ ُم ْ‬ ‫الَّ ِذي ُِي ُّ‬
‫"ނަރަކައިން މުއްތިކުރައްވައި‪ ،‬ސުވަރުގެ ވެއްދެވުމަށް އެދޭ މީހާ (ދަންނާށެވެ!) އޭނާގެ މަރު‪ ،‬އޭނާއާ ބައްދަލުކުރާ‬
‫ގެ އެއްކައުވަންތަކަމަށާއި‪ ،‬އާޚިރަތްދުވަހަށް އީމާންވެގެންވާ މީހަކުކަމުގައި ވުމަށް ގަދައަޅައި‬ ‫هللا‬ ‫ހިނދު‪ ،‬އޭނާއަކީ މާތް‬
‫މަސައްކަތްކުރާހުށިކަމެވެ‪ .‬އަދި އެ މީހަކު އަމިއްލަ ނަފުސަށް (ހެޔޮ ކަންތައްތައްލިބުމަށް) އެދޭ ފަދައިން މީސްތަކުންނާއެކު‬
‫މުޢާމަލާތުކުރާހުށިކަމެވެ‪".‬‬

‫ގެ އަރިހުގައި އެކަލޭގެފާނުގެ އަޞްޙާބުން އިށީންދެވަޑައިގެން‬ ‫صلّى هللا عليه وسلّم‬ ‫‪6.6‬އެއްދުވަހަކު ކީރިތި ރަސޫލާ‬
‫ތިއްބަވަނިކޮށް‪ ،‬މީހަކު އަންނަތަން ފެނިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ‪ .‬މިހާރު ތިޔަބައިމީހުންނަށް އެފެންނަނީ‬
‫ސުވަރުގޭގެ އަހުލުވެއެކެވެ‪ .‬ދެން ތިމަންމެން ބަލައިލުމުން ފެނުނީ ތުނބުޅިން ވުޟޫގެ ފެން ފޮޅަމުން އަންނަ‬
‫صلّى هللا‬ ‫އަންޞާރިއްޔަ ބޭކަލެކެވެ‪ .‬އޭނާ ހުރީ ވާތުން ފައިވާން ހިފައިގެންނެވެ‪ .‬ދެވަނަ ދުވަހު ވެސް ކީރިތި ރަސޫލާ‬
‫އެމީހަކާމެދު އެފަދައިން ޙަދީޘް ކުރައްވައިފިއެވެ‪ .‬ތިންވަނަ ދުވަހު ވެސް ހަމަ އެމީހާ ފެނުމުން އެފަދައިން‬ ‫عليه وسلّم‬
‫ބުނު ޢަމްރު ބުނުލް ޢާޞް އޭނަގެ ފަހަތުން ވަޑައިގެން ވިދާޅުވިއެވެ‪.‬‬ ‫ޢަބްދުهللا‬ ‫ޙަދީޘް ކުރައްވައިފިއެވެ‪ .‬ދެން ފަހެ‬
‫ތިމަން މިއައީ‪ ،‬ކަމަކާހެދި ބައްޕައާ އަރާރުންވެ ތިން ދުވަސްވާންދެން ގެއަށް ނުވަންނާން ކަމަށް ހުވާކޮށްފައެވެ‪ .‬ތިބާ‬
‫އެދޭ ކަމެއް ކަމުގައި ވާނަމަ މި ތިން ދުވަހު ތިގޭގައި މަޑުކޮށްލާން ކަމަށެވެ‪ .‬އޭނާ ބުންޏެވެ‪ .‬އެންމެ ރަނގަޅެވެ‪.‬‬
‫ބުނު ޢަމްރު ބުނުލް ޢާޞް ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެފާނަށް އޭނާގެ ކިބައިން‪ ،‬އެ ތިންރޭ މަތިންވެސް‬ ‫ޢަބްދުهللا‬
‫އަށް ޒިކުރުކޮށް‬ ‫هللا‬ ‫އޭނާ ރޭ އަޅުކަމަށް ތެދުވާތަނެއް ނުފެނެއެވެ‪ .‬ނަމަވެސް ނިދާފައި އޮވެފައި ފުރޮޅިލާ ކޮންމެ ފަހަރަކު‬
‫ތަކުބީރު ކިޔައެވެ‪ .‬ދެން ފަތިސް ވުމުން ތެދުވެއެވެ‪ .‬ނަމަވެސް ތިމަންކަލޭގެފާނު‪ ،‬އޭނާގެ ކިބައިން ހެޔޮ ބަހެއް މެނުވީ‬
‫ނުއައްސަވަމެވެ‪ .‬ތިންރޭ މަތިން ވެސް ވަކި ޚާއްޞަކަމެއް ނުފެނުމުން ތިމަން ކަލޭގެފާނަށް ފާހަގަކުރެވުނީ އޭނާއަކީ‬
‫މަދުން ހެޔޮ ޢަމަލުކުރާ މީހެއް ކަމެވެ‪ .‬ދެން ތިމަން އޭނާ ކައިރީ ބުނެފީމެވެ‪ .‬ތިމަން މިއައީ ބައްޕައާ މައްސަލައެއް‬

‫‪53‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫"މިހާރު ތިޔަބައިމީހުންނަށް‬ ‫صلّى هللا عليه وسلّم‬ ‫ޖެހިގެނެއް ނޫނެވެ‪ .‬ނަމަވެސް ތިން ދުވަސް މަތިން ކީރިތި ރަސޫލާ‬
‫ތިޔަ ފެންނަނީ ސުވަރުގެވަންތަ ވެރިޔެކޭ" ޙަދީޘް ކުރެއްވި ކޮންމެ ދުވަހަކު ފެނުނީ ތިބާއެވެ‪ .‬ވީމާ‪ ،‬ތިބާއާ އެއްފަދަ ހެޔޮ‬
‫ޢަމަލުތަކެއް ކުރުމަށްޓަކައި ޝައުޤުވެރިގެން އަހަރެން އައީއެވެ‪ .‬ނަމަވެސް ތިބާއީ މާކަގިނަ ހެޔޮ ޢަމަލުތަކެއް ކުރާ‬
‫މީހެއް ކަމުގައެއް ފާހަގައެއް ނުކުރެވުނެވެ‪ .‬އެހިނދު އޭނާ ބުންޏެވެ‪ .‬ތިޔަ ފެނުނީ އަހަރެންގެ ޢަމަލުތަކެވެ‪ .‬ނަމަވެސް‬
‫هللا‬ ‫ދަންނަވަންތޯއެވެ‪ .‬އަޅުގަނޑުގެ ހިތުގައި އެއްވެސް މުސްލިމަކާ މެދު ހީލަތްތެރިކަމެއް ނުވަތަ މީހަކަށް މާތް‬
‫ގެފާނު ވިދާޅުވިއެވެ‪ .‬ތިބާއަށް ތިޔަ ފަދަ‬ ‫ޢަބްދުهللا‬ ‫ދެއްވާފައިވާ އެއްޗަކާ މެދު ޙަސަދަވެރިކަމެއް ނުބާއްވަމެވެ‪ .‬އެހިނދު‬
‫ދަރަޖައެއް ލިބުނީ ތިޔަ ސަބަބަށްޓަކައެވެ‪ .‬އަހަރެމެންނަށް ނުލިބިގެން މިއުޅޭ ސިފައަކީ ތިޔައެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫މުސްލިމުން އެކަކު އަނެކަކުދެކެ ލޯބިވުމަކީ ކޮބައިކަން މިޙަދީޘުގެ އަލީގައި ބަޔާންކުރުން‪.‬‬

‫ނޯޓް‪ :‬އެކި ކުދިން ތަފާތު ޢިބާރާތުން ލިޔުނު ކަމުގައި ވިޔަސް ގުޅުން ހުރި ކަންކަން ލިޔެފައިވާނަމަ ޖަވާބު ރަނގަޅުކަމުގައި‬
‫ބަލަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫ޙަދީޘް‪ ،‬މާނައާއެކު ތަމްރީނު ފޮތުގައި ލިޔުން‪.‬‬

‫ޙަރަކާތް ‪3‬‬
‫ޙަދީޘުން ލިބިދޭ ފައިދާ ނުވަތަ ފިލާވަޅުތަކާމެދު ގްރޫޕްގައި މަޝްވަރާކުރުމަށްފަހު ލީފްލެޓެއް ތައްޔާރުކުރުން‪ .‬ލިފްލެޓް‬
‫ތައްޔާރުކުރާއިރު ދަރިވަރުންގެ އުފެއްދުންތެރިކަމަށް ރިޢާޔަތްކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪54‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ހެޔޮ ޢަމަލުކުރުމާއި މާތް އަޚްލާޤު‬ ‫‪6‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙަދީޘް ނުބަލައި ލިޔަން އެނގުން‬

‫‪2.2‬ޙަދީޘް ނުބަލައި މާނައާއެކު ކިޔަން އެނގުން‬

‫‪3.3‬ޙަދީޘްގައި ބުނާ އެއްޗަކާމެދު ދަރިވަރުންގެ މެދުގައި މަޝްވަރާކުރުން‬

‫‪4.4‬ޙަދީޘްގެ ދޭހައާއި ލިބޭ ފިލާވަޅުތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ކުލާހުގައި ޙަދީޘް ހިތުދަސްކުރުމަށް ވަގުތު ދިނުމަށްފަހު ނުބަލާ ކިޔުއްވުން‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪2.2‬ޙަދީޘްގެ މާނަ ހިތުން ކިޔުއްވުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬
‫‪3.3‬ޙަދީޘް މާނައާއެކު ބުރިސިލް ބޯޑުގައި ލިޔެ ކުލާހުގައި ހަރުކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫‪4.4‬މިޙަދީޘާއި ދިރިއުޅުމުގެ ކަންކަމާ ގުޅިފައިވާ މިންވަރާމެދު ބަހުސްކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ހަދީޘުން ނެގޭ ފައިދާތައް އެކި ކުދިން ލައްވައި އެކި ޕޮއިންޓް ބޯޑުގައި ނޯޓުކުރުވުން‬

‫‪2.2‬ޙަދީޘްގެ ޝަރަޙައާމެދު ކުލާހުގައި މަޝްވަރާކުރުން‬

‫‪3.3‬ޙަދީޘްގެ އެކި ތަންތަންކޮޅު އެކިކުދިން ލައްވައި ބޯޑުގައި ލިޔުއްވަމުން ގޮސް ބޯޑުގައި ޙަދީޘް މާނައާއެކު ލިޔުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫އަށް ފެނިވަޑައިގެން އެމީހަކާ ބެހޭ‬ ‫صلّى هللا عليه وسلّم‬ ‫‪1.1‬އެއްދުވަހަކު މީހަކު އަވީގައި ކޮޅަށް ހުއްޓާ ކީރިތި ރަސޫލާ‬
‫ގޮތުން ސުވާލު ކުރެއްވުމުން ދެންނެވުނެވެ‪ .‬އޭނާއަކީ‪ ،‬އަވީގައި ހުރެގެން ރޯދަ ހިފުމަށް ނަދުރު ބުނެގެން އުޅޭ މީހެކެވެ‪.‬‬
‫އެގޮތަށް ކަންތައް ކަންތައް ކުރުން އޭނާއަށް ނަހީ ކުރެއްވިއެވެ‪.‬‬ ‫صلّى هللا عليه وسلّم‬ ‫އެހިނދު ކީރިތި ރަސޫލާ‬

‫ޢަންހު‪ ،‬އެކަލޭގެފާނުގެ ޤައުމުގެ މީހުންނާގެން ނަމާދުގައި ވަރަށް ދިގުކޮށް‬ ‫ރަޟިޔަهللا‬ ‫‪2.2‬އެއްދުވަހަކު މުޢާޛު ބުނު ޖަބަލް‬
‫ކިޔަވާވިދާޅުވެ ނަމާދު ދިގު ކުރެއްވިއެވެ‪ .‬އެހިނދު އެތަނުން މީހަކު ނަމާދުން ވަކިވެގަނެ އެކަހެރިވެ ނަމާދު ކޮށްފިއެވެ‪.‬‬

‫‪55‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫އެހިނދު މީސްތަކުން އެ ވަކިވެގަތް މީހާއަކީ މުނާފިޤެއް ކަމުގައި ވާހަކަދައްކަން ފަށައިފިއެވެ‪ .‬އެހިނދު ކީރިތި ރަސޫލާ‬
‫އަށް މި ޚަބަރު ލިބިވަޑައިގެން ޙަދީޘް ކުރެއްވިއެވެ‪ .‬އޭ މުޢާޛެވެ! ކަލޭގެފާނަކީ‪ ،‬ފިތުނަ‬ ‫صلّى هللا عليه وسلّم‬
‫އުފައްދާ ބޭކަލަކު ކަމުގައި ވެވަޑައިގަންނަވަނީތޯއެވެ؟ އަދި ހަމަ މި މޭރުމުން ކަންތައް ކުރި މީހަކާމެދު ޙަދީޘް ކުރެއްވި‬
‫އެވެ‪" .‬ތިޔަބައިމީހުންގެ ތެރޭގައި ފޫހިކުރުވާ މީހުން އެބަތިއްބެވެ‪ .‬ފަހެ ތިޔަބައިމީހުން ކުރެ މީހަކު މީސްތަކުންނާގެން‬
‫ނަމާދު ކޮށްފިނަމަ ލުއި ކުރާހުށިކަމެވެ‪".‬‬

‫ޙަރަކާތް ‪1‬‬
‫މި ޙަދީޘް މުހިންމުވާ ސަބަބާ މެދު ގްރޫޕްތަކުގައި މަޝްވަރާކޮށް މުހިންމު ޕޮއިންޓުތައް ކުލާހަށް ހުށަހަޅުން‬

‫ޙަރަކާތް ‪2‬‬
‫މި ޙަދީޘް އާއި މާނަ‪ ،‬ތަމްރީނު ފޮތުގައި ލިޔުއްވުން‬

‫ޙަރަކާތް ‪3‬‬
‫މި ޙަދީޘުގައިވާ ކަންތައްތަކާމެދު ވިސްނުމަށްފަހު‪ ،‬ތިމާގެ ޢަމަލުތަކަށް ގެންނާނެ ބަދަލުތައް ގްރޫޕު މަޝްވަރާއަށްފަހު‪ ،‬ކްލާހަށް‬
‫ހުށަހެޅުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪56‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫އިސްލާމްދީނުގެ ލުއިފަސޭހަކަން‬
‫‪7‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙަދީޘް ނުބަލައި ލިޔަން އެނގުން‬

‫‪2.2‬ޙަދީޘް ނުބަލައި މާނައާއެކު ކިޔަން އެނގުން‬

‫‪3.3‬ޙަދީޘްގައި ބުނާއެއްޗަކާމެދު ދަރިވަރުންގެ މެދުގައި މަޝްވަރާކުރުން‬

‫‪4.4‬ޙަދީޘްގެ ދޭހައާއި ލިބޭ ފިލާވަޅުތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ކުލާހުގައި ޙަދީޘް ހިތުދަސްކުރުމަށް ވަގުތު ދިނުމަށްފަހު ނުބަލާ ކިޔުއްވުން‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫‪2.2‬ޙަދީޘްގެ މާނަ ހިތުން ކިޔުއްވުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬
‫‪3.3‬ޙަދީޘް މާނައާއެކު ބުރިސިލް ބޯޑުގައި ލިޔެ ކުލާހުގައި ހަރުކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫‪4.4‬މިޙަދީޘާއި ދިރިއުޅުމުގެ ކަންކަމާ ގުޅިފައިވާ މިންވަރާމެދު ބަހުސްކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ހަދީޘުން ނެގޭ ފައިދާތައް އެކި ކުދިން ލައްވައި އެކި ޕޮއިންޓް ބޯޑުގައި ނޯޓުކުރުވުން‬

‫‪2.2‬ޙަދީޘްގެ ޝަރަޙައާމެދު ކުލާހުގައި މަޝްވަރާކުރުން‬

‫‪3.3‬ޙަދީޘްގެ އެކި ތަންތަންކޮޅު އެކިކުދިން ލައްވައި ބޯޑުގައި ލިޔުއްވަމުން ގޮސް ބޯޑުގައި ޙަދީޘް މާނައާއެކު ލިޔުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬

‫ﱫﮪ‬ ‫ވަޙީ ކުރައްވާފައި ވެއެވެ‪.‬‬ ‫هللا‬ ‫‪1.1‬އިސްލާމްދީނަކީ ދީންތަކުގެ ތެރެއިން އެންމެ ލުއި ފަސޭހަ ދީނެވެ‪ .‬މާތް‬

‫(سورة احلج ‪ )78‬މާނައީ‪" :‬އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް‬ ‫ﮫ ﮬ ﮭ ﮮ ﮯ ﮰﱪ‬


‫އިސްލާމްދީނާގެން‬ ‫صلّى هللا عليه وسلّم‬ ‫އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ‪ ".‬ކީރިތި ރަސޫލާ‬

‫ﱫﭴ‬ ‫ވަޑައިގަތީ ވެސް ލުއިފަސޭހަ ކޮށްދެއްވުމަށްޓަކައެވެ‪ .‬މިކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެއެވެ‪.‬‬

‫‪57‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޙަދީޘް‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 2‬‬

‫ﭵ ﭶﭷﭸﭹﭺﭻﭼ ﭽﭾﭿ‬
‫ﮀﮁﮂ ﮃﮄﮅﮆﮇﮈﮉ‬
‫ﮊ ﮋ ﮌ ﮍ ﮎ ﮏ ﮐ ﮑﮒ ﮓ ﮔ ﮕ‬
‫ﮖﮗﮘ ﮙ ﮚ ﮛﮜﮝﮞﮟﮠﱪ (سورة األعراف‬
‫‪ )157‬މާނައީ‪ :‬އެއުރެންނީ‪ ،‬އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢަވާ މީހުންނެވެ‪.‬އެ ރަސޫލާއާއި‪ ،‬އެއުރެންގެ‬
‫ގާތުގައިވާ ތައުރާތާއި‪ ،‬އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ‪ ،‬އެއުރެންދެކޭ ރަސޫލެވެ‪ .‬އެކަލޭގެފާނު‪،‬‬
‫އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ‪ .‬އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ‪ .‬އަދި ރަނގަޅު‬
‫ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ‪ .‬އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ‪ .‬އަދި އެއުރެންގެ‬
‫މައްޗަށްހުރި ބުރަތަކާއި‪ ،‬އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި‪ ،‬ލުއިކުރައްވަތެވެ‪ .‬ފަހެ‪ ،‬އެކަލޭގެފާނަށް‬
‫އީމާންވެ‪ ،‬އެކަލޭގެފާނަށް ވާގިވެރިވެ‪ ،‬ނަޞްރުވެރިވެ‪ ،‬އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން‬
‫(ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ‪ ،‬ހަމަ އެއުރެންނެވެ‪ .‬އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ އަޅުކަންތަކަކީ‬
‫ވެސް ޙާލަތާ ގުޅޭގޮތުން ލުއިކުރައްވާފައިވާ އަޅުކަންތަކެކެވެ‪ .‬މިސާލަކަށް ދަންނަވާނަމަ‪ ،‬ދަތުރުވެރިޔާއަށް ހަތަރު‬
‫ރަކުޢަތް ނަމާދުގެ ދެބައިކުޅަ އެއްބައި ލުއި ކުރައްވާފައިވެއެވެ‪ .‬އަދި ދެ ނަމާދު ޖަމާކުރުން ހުއްދަކުރައްވާފައި ވެއެވެ‪.‬‬
‫ޤާއިމްވެ ހުންނަ މީހާއަށް ރެއަކާ ދުވާލު‪ ،‬އަދި ދަތުރުވެރިޔާއަށް ރެއަކާދުވާލު ޚުއްފުގައި ފެން ފުހުން ހުއްދަ ކުރައްވާފައި‬
‫ވެއެވެ‪ .‬ދަތުރުވެރިންނަށް ދަތުރުމަތީގައި ރޯދަ ހިފާކަށް ނުޖެހެއެވެ‪ .‬އަންހެނުންކުރެ ޙައިޟުވެރިންނަށް އެދުވަސްވަރު‬
‫ނަމާދުކުރާކަށް ނުޖެހެއެވެ‪ .‬އަދި އެނަމާދުތައް ޤަޟާކުރާކަށް ވެސް ނުޖެހެއެވެ‪ .‬މިހުރިހާ ކަންކަމަކީ އިސްލާމްދީނުގެ‬
‫ލުއިފަސޭހަކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ‪.‬‬

‫މި ބަސްފުޅުގެ މުރާދަކީ‪ ،‬އަނެކުން އެމީހަކާ ރައްޓެހިވެ ބައްދަލުވުމުން އުފާ ލިބޭ ފަދަ މާތް‬ ‫"بَ ِّشُروا"‬ ‫‪2.2‬މި ޙަދީޘްގައިވާ‬
‫އަޚުލާޤެއްގެ ވެރިއަކަށް ވުމެވެ‪ .‬އަދި ހިތްތަކުގައި އުއްމީދާއި އުފާވެރިކަމުގެ ޝުޢޫރުތައް އަށަގަންނުވާފަދަ އޯގާތެރި‬
‫هللا‬ ‫ބަސްތައް ބުނާ މީހަކަށް ވުމެވެ‪ .‬ފޫހިކުރުވާ ނަފުރަތު ކުރުވާ ފަދަ ގޮތްތައް ގެންގުޅޭ މީހެއް ކަމުގައި ނުވުމެވެ‪ .‬މާތް‬
‫އަށް ތަޤުވާވެރި ވުމަށާއި ނަރަކައާމެދު ރައްކާތެރިވުމަށް ގޮވާލާއިރުވެސް މިދެންނެވި މާތް އަޚުލާޤުގެ ވެރިޔައަކަށް ވެހުރެ‬
‫އެކަލޭގެފާނުގެ އަޞްޙާބުންނަށް ވަޢުޡާއި‬ ‫صلّى هللا عليه وسلّم‬ ‫ދީނީ ވަޢުޡާއި އިރުޝާދު ދިނުމެވެ‪ .‬ކީރިތި ރަސޫލާ‬
‫ނަސޭހަތް ދެއްވާ އިރު ވެސް މުނާސިބު ވަގުތާއި އެކަށީގެންވާ ޙާލަތަށް ރިޢާޔަތް ކުރައްވައެވެ‪ .‬އެއީ‪ ،‬އެކަލޭގެފާނުގެ‬
‫އަޞްޙާބުން ފޫހި ނުކުރެއްވުމަށްޓަކައެވެ‪ .‬އެއްފަހަރު އެކަލޭގެފާނު އަޞްޙާބު ބޭކަލުންނާގެން ޢިޝާ ނަމާދު ކުރެއްވިއެވެ‪.‬‬
‫އެބޭކަލުން ތިއްބެވި ތަނުން ތެދުވެވަޑައިގަތުމުގެ ކުރިން ޙަދީޘް ކުރެއްވިއެވެ‪" .‬މަޑުމައިތިރިކަމާއެކުގައި ދާށެވެ! އަދި މާތް‬
‫ގެ ޙަޟުރަތުން ހެޔޮގޮތްތައް މެދުވެރިވާނެކަމަށް އުއްމީދު ކުރާށެވެ! މި ސާޢަތުގައި ތިޔަބައިމީހުން ފިޔަވައި އެހެން‬ ‫هللا‬
‫އެއްވެސް ބަޔަކަށް ނަމާދު ކުރުމުގެ ނިޢުމަތެއް ލިބިފައެއް ނުވެއެވެ‪( ".‬އަލްބުޚާރީ)‪ .‬އަބޫ މޫސަލް އަޝްޢަރީ ވިދާޅުވިއެވެ‪.‬‬
‫އެކަލޭގެފާނު މިހެން ވިދާޅުވުމުން ތިމަންމެން ގެއަށް ދިއައީ ނުހަނު އުފަލުން ތިބެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪58‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް‬

‫ޙަރަކާތް ‪1‬‬
‫މިޙަދީޘުން ލިބޭ ފައިދާތައް ލިސްޓުކުރުން‪.‬‬

‫ޙަރަކާތް ‪2‬‬
‫މި ޙަދީޘާއި މާނަ‪ ،‬ތަމްރީނު ފޮތުގައި ލިޔުއްވުން‬

‫ޙަރަކާތް ‪3‬‬
‫މި ޙަދީޘާ އެއްގޮތަށް މުޖުތަމަޢުން ފެންނަ ކަންތައްތަކާއި ނުފެންނަ ކަންތައްތައް މުދައްރިސްގެ އެހީއާއެކު ލިސްޓުކުރުން‪.‬‬

‫‪59‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ޔުނިޓް ‪3‬‬

‫ފިޤްހު‬
‫ޔުނިޓްގެ މައިގަނޑު މައުޟޫޢުތައް‬
‫● ●އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް‬

‫● ●އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ މަފްހޫމާއި ޙުކުމްތައް‬

‫● ●ޒަކާތަކީ ކޮބައިކަމާއި ޒަކާތް ބެހިގެންވާ ބައިތައް‬

‫● ●ޞަދަޤާތަކީ ކޮބައިކަމާއި ޞަދަޤާތުގެ މުހިންމުކަން‬

‫● ●ރޯދައަކީ ކޮބައިކަމާއި ރޯދައިގެ މުހިންމުކަމާއި ރޯދައިގެ ޙުކުމްތައް‬

‫● ●ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މުހިންމުކަން‬

‫● ●އިޢުތިކާފަކީ ކޮބައިކަމާއި އިޢުތިކާފުގެ މުހިންމުކަން‬

‫● ●ޙައްޖާއި ޢުމްރާއަކީ ކޮބައިކަމާއި އިސްލާމްދީނުގައި ޙައްޖާއި ޢުމްރާގެ މުހިންމުކަން‬

‫● ●ޝަރުޢުގައި ހިމެނޭ ބައެއް ހުއްދަ މުޢަމަލާތުތައް (ވިޔަފާރި‪ ،‬ޢާރިޔާ‪ ،‬ހިބަ‪ ،‬ވަޞިއްޔަތް‪ ،‬ވަޤްފު)‬

‫● ●ޛަބަޙަކުރުން‬

‫މައިގަނޑު ޤާބިލިއްޔަތު‪:‬‬
‫● ●ދޭހަވުމާއި ދޭހަކޮށްދިނުން‬

‫● ●ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ވިސްނުން‬

‫● ●އެހެންމީހުންނާ ގުޅިގެން އުޅެން އެނގުން‬

‫● ●ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރަން އެނގުން‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް‬ ‫‪1‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‪:‬‬

‫‪1.1‬ޝަރީއަތާއި ފިޤުހަކީ ކޮބައިކަން އެނގުން‬

‫‪2.2‬އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް އެނގުން‬

‫‪3.3‬ޤުރުައާނަކީ ކޮބައިކަމާއި އިސްލާމީ ޝަރީޢަތުގައި ކީރިތި ޤުރްއާނުގެ މަޤާމާއި ދަރަޖަ އެނގުން‬

‫‪ 4.4‬ސުންނަތަކީ ކޮބައިކަމާއި އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމާއި ދަރަޖަ އެނގުން‬

‫‪5.5‬އިޖުމާޢަކީ ކޮބައި ކަމާއި އިސްލާމީ ޝަރީޢަތުގައި އިޖުމާޢުގެ ދަރަޖަ އެނގުން‬

‫‪6.6‬ޤިޔާސްއަކީ ކޮބައިކަމާއި އިސްލާމީ ޝަރީޢަތުގައި ޤިޔާސްގެ ދަރަޖަ އެނގުން‬

‫‪7.7‬އިޖްތިހާދު ޝަރުޢުކުރެއްވުމުގެ ޙިކުމަތް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬މުދައްރިސް ކިޔައިދޭ އިތުރު މަޢުލޫމާތު ހިމަނައިގެން ކުދިން ލައްވައި ލީފްލެޓް‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ހެއްދުން‬

‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ފިލާވަޅުގެ މައުޟޫޢާ ޙަޤީޤީ ދިރިއުޅުމާ ގުޅިފައިވާ މިންވަރާމެދު ބަޙުސް ކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫‪3.3‬ފިލާވަޅާމެދު ޕްރެޒެންޓޭޝަން ތައްޔާރުކޮށްގެން ކުލާހަށް ހުށަހެޅުން‬

‫‪4.4‬ދަރިވަރުންގެ ފޮތުގައި ނެތް‪ ،‬ފިލާވަޅާ ގުޅުން ހުރި އިތުރު މަޢުލޫމާތު‬


‫މުދައްރިސް ދަރިވަރުންނަށް ގެނެސްދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ފިލާވަޅުގައި ހިމެނޭ އެކިއެކި އަރިމަތީ ސުރުޚީތަކުގައި ހިމެނޭ ބައިތަކުގެ ތަފުސީލް ވަކިވަކި ދަރިވަރުންނާ ސުވާލުކޮށް‬
‫އެނގޭތޯ ބެލުން‪.‬‬

‫‪2.2‬ކުލާހުގައި ތަމްރީނު ޙަރަކާތްތައް ހެއްދުން‬

‫‪3.3‬އިޖުމާޢާއި އިޖުތިހާދުގެ ތަފާތު ދަރިވަރުން ކިޔައިދިނުން‬

‫‪61‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ފިޤުހު ޢިލްމުގެ ފެށުން‪:‬‬

‫ގެ ޙަޔާތްޕުޅުގައްޔާއި‪ ،‬އަޞްޙާބު ބޭކަލުންގެ ޒަމާނުގައި ފިޤުހު ޢިލްމު ވަނީ ފެށިފައެވެ‪.‬‬ ‫الل َعلَ ِيه َو َسلَّم‬
‫صلَّى ّ‬
‫َ‬ ‫ކީރިތި ރަސޫލާ‬
‫އެ ޢިލްމު ވުޖޫދަށް އައިސްފައިވަނީ އަޞްޙާބު ބޭކަލުންގެ ތެރެއިންނެވެ‪ .‬އެއީ‪ ،‬އެދުވަސްވަރު މީސްތަކުންނަށް ކުރިމަތިވަމުންދިޔަ‪،‬‬
‫އާކަންތައްތަކުގެ ޝަރުޢީ ޙުކުމް ދެނެގަތުމުގެ ބޭނުންތެރިކަން ބޮޑުވެގެން ދިއުމުގެ ސަބަބުންނެވެ‪ .‬އެއަށްފަހު ހުރިހާ‬
‫ޒަމާނެއްގައިވެސް މުޖުތަމަޢަށް ފިޤުހު ޢިލްމުވެރިންގެ ބޭނުންތެރިކަން ނިހާޔަތަށް ވަނީ ބޮޑުވެފައެވެ‪ .‬އެއީ‪ ،‬ކޮންމެ މީހަކަށްވެސް‬
‫ލިބެންޖެހޭ ޙައްޤުތަކާއި އަދާކުރަން ޖެހޭ ވާޖިބުތައް ދެނެގަތުމަށްޓަކައެވެ‪ .‬އަދި ދިމާވާ ކުއްލި މައްސަލަތައް ހެޔޮ ގޮތުގައި ޙައްލު‬
‫ކުރުމަށްޓަކައިވެސް މެއެވެ‪.‬‬

‫ފިޤުހުޢިލްމުވެރިން‪:‬‬

‫ފިޤުހުޢިލްމުވެރިންނަކީ‪ ،‬ޝަރުޢީ ދަލީލުތަކުގެ އަލީގައި މައްސަލަތަކުގެ ޙުކުމް ކަނޑައެޅުމުގެ ޤާބިލުކަން ލިބިފައިވާ ދީނީ‬
‫ޢިލްމުވެރިންނެވެ‪.‬‬

‫ގެ ޙަޔާތްޕުޅަށްފަހުގައި ފިޤުހީ މައްސަލަތައް ޞަހާބިންގެ ތެރޭގައި ވަނީ އުފެދެން‬ ‫الل َعلَ ِيه َو َسلَّم‬
‫صلَّى ّ‬
‫َ‬ ‫ކީރިތި ރަސޫލާ‬
‫ބުނު މަސްޢޫދުގެ މަޛުހަބު‬ ‫ޢަބްދުﷲ‬ ‫ބުނު ޢުމަރުގެ މަޛުހަބު‪،‬‬ ‫ޢަބްދުﷲ‬ ‫ފަށައިފައެވެ‪ .‬މިސާލަކަށް‪ :‬ޢާއިޝަތުގެފާނުގެ މަޛުހަބު‪،‬‬
‫ފަދަ އެތައް މަޛުހަބެއް އެދުވަސްވަރު މަޝްހޫރު ވެފައި ވެއެވެ‪ .‬ދެން އެއަށްފަހު އައީ ތާބިޢީންގެ ދައުރެވެ‪ .‬އެދައުރުގައި‬
‫މަދީނާގައި ފިޤުހު ޢިލްމުވެރިން ތަކެއް މަޝްހޫރު ވެގެން ދިޔައެވެ‪ .‬އޭގެ ތެރޭގައި ސަޢީދު ބުނުލް މުސައްޔަބު‪ ،‬ޢުރުވާ‬
‫ބުނުއްޒުބައިރު‪ ،‬ސުލައިމާނު ބުނު ޔަސާރު‪ ،‬ފަދަ ބޭބޭކަލުން ހިމެނިވަޑައިގަންނަވައެވެ‪.‬‬

‫އިސްލާމީ ބޮޑެތި ރަށްތަކުގައި ވެސް އެދުވަސްވަރު މަޝްހޫރު ބޮޑެތި ޢިލްމުވެރިންތަކެއް އުފެދިގެން ދިޔައެވެ‪ .‬ހިޖުރައިން‬
‫ދެވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން ހަތަރު ވަނަ ޤަރުނުގެ މެދުތެރެއާ ދެމެދުގެ ދުވަސްވަރަކީ‪ ،‬އިޖުތިހާދުގެ ރަން ޒަމާނެވެ‪.‬‬
‫އެދުވަސްވަރު ތޭރަ ފިޤުހު ޢިލްމުވެރިޔަކު ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ‪ .‬އެތައް ބަޔަކު އެބޭކަލުންގެ ފިޤުހީ ރައުޔުތައް‬
‫ޤަބޫލުކޮށް އެބޭކަލުންނަށް ތަޤުލީދު ކުރިއެވެ‪ .‬އެބޭކަލުންނަކީ‪ ،‬މައްކާގައި ސުފްޔާނު ބުނު ޢުޔައިނާ‪ ،‬މަދީނާގައި މާލިކު ބުނު‬
‫އަނަސް‪ ،‬ބަޞަރާގައި އަލްޙަސަނުލް ބަޞްރީ‪ ،‬ކޫފާގައި އަބޫޙަނީފާއާއި ސުފްޔާނުއް ޘައުރީ‪ ،‬ޝާމްކަރައިގައި އަލްއައުޒާޢީ‪،‬‬
‫މިޞްރުގައި އިމާމު ޝާފިޢީއާއި އައްލައިޘު ބުނު ސަޢުދު‪ ،‬ނީސާޕޫރުގައި އިސްޙާޤު ބުނު ރާހަވައިހި‪ ،‬އަދި ބަޣުދާދުގައި އަޙުމަދު‬
‫ބުނު ޙަންބަލާއި ދާއޫދުއްޡާހިރީއާއި އިބުނު ޖަރީރުއްޠަބަރީއެވެ‪.‬‬

‫ނަމަވެސް މިޢިލްމުވެރިންގެ ތެރެއިން މިއަދާ ހަމައަށް ބޮޑަށް މަޝްހޫރުވެފައިވަނީ‪ ،‬އަހުލުއް ސުންނަތި ވަލްޖަމާޢަތިގެ ހަތަރު‬
‫މަޛުހަބުގެ އިމާމުންނާއި އެބޭކަލުންގެ މަޛްހަބުތަކެވެ‪ .‬އެއީ‪ ،‬ޙަނަފީ މަޛުހަބާއި‪ ،‬މާލިކީ މަޛުހަބާއި‪ ،‬ޝާފިޢީ މަޛުހަބާއި‪ ،‬ޙަންބަލީ‬
‫މަޛުހަބެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪62‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޙަރަކާތް ‪1‬‬
‫ޖަވާބުތައް‬

‫‪1.1‬އިސްލާމީ ޝަރީޢަތުގެ އަޞްލު މަޞްދަރުތަކަކީ‪ ،‬ޤުރްއާން‪ ،‬ސުންނަތް‪ ،‬އިޖްމާޢު އަދި ޤިޔާސެވެ‪.‬‬

‫وسلَّمގެ އަރިހުން ސާބިތުވެފައިވާ‪ ،‬އެކަލޭގެފާނުގެ އެންމެހައި‬ ‫ِ‬


‫صلَّى ّ‬
‫الل َعلَيه َ َ‬ ‫ރަސޫލުﷲ َ‬ ‫‪2.2‬ނަބަވީ ސުންނަތަކީ‪،‬‬
‫ބަސްފުޅުތަކާއި‪ ،‬އެކަލޭގެފާނު ކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި‪ ،‬އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއް ހިނގި‬
‫خلُ ِقي ސިފަފުޅުތަކެވެ‪.‬‬ ‫ِ‬
‫އިރު އެކަމަކަށް އިންކާރު ނުކުރެއްވި ކޮންމެ ކަމަކާއި އަދި އެކަލޭގެފާނުގެ َخ ْلقي އަދި ُ‬
‫‪3.3‬ޝަރީޢަތުގެ ލުޣަވީ މާނައަކީ‪ ،‬ސީދާގޮތެވެ‪ .‬ނުވަތަ މީސްތަކުން ފެން ލިބިގަތުމަށް އޮންނަ ކޯރެވެ‪ .‬ނުވަތަ ފެންގަނޑެވެ‪.‬‬

‫ސުބްޙާނަހޫ ވަތަޢާލާ ބާވާލެއްވި ޙުކުމްތަކެވެ‪.‬‬ ‫ﷲ‬ ‫ޝަރީޢަތުގެ އިޞްޠިލާޙީ މާނައަކީ‪ ،‬މާތް‬

‫ފިޤުހުގެ ލުޣަވީ މާނައަކީ ފުންކޮށް ވިސްނުމެވެ‪.‬‬

‫ފިޤުހުގެ އިޞްޠިލާޙީ މާނައަކީ‪ ،‬ޤުރްއާނާއި ސުންނަތާއި ޢިލްމުވެރިންގެ އިޖްމާޢާއި އެބޭކަލުންގެ އިޖްތިހާދުން‬


‫ނެރުއްވާފައިވާ ޝަރުޢީ މައްސަލަތަކާއި ޙުކުމްތައް ތަފްސީލާއެކު ދެނެގަތުމެވެ‪.‬‬

‫ސުވަރުގެ ވަޑައިގަތުމަށްފަހު‪ ،‬މައްސަލައެއްގެ ޝަރުޢީ ޙުކުމާ‬ ‫الل عليه وسلّم‬


‫صلّى ّ‬ ‫‪4.4‬އިޖްމާޢަކީ‪" ،‬ކީރިތި ރަސޫލާ‬
‫މެދު އުންމަތުގެ މުޖުތަހިދު ޢިލްމުވެރިން އިއްތިފާޤުވެ އެއްބަސްވާ އެއްބަސްވުމެވެ‪".‬‬

‫އިޖްމާޢަކީ‪ ،‬ޝަރުޢީ ޙުއްޖަތެއްކަމާއި އެއާ ދެކޮޅުހެދުމަކީ ހުއްދަކަމެއް ނޫންކަން ބަޔާންކޮށްދޭ ވަރަށް ގިނަ ހެކިތަކާއި‬

‫ދަލީލުތައް ވެއެވެ‪ .‬އައްނިސާ ސޫރަތުގެ ‪ 115‬ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ‪ .‬ﱫ ﭮ ﭯ‬
‫ﭰﭱﭲﭳﭴﭵﭶﭷﭸ ﭹﭺﭻﭼﭽﭾ‬
‫ﭿﮀ ﮁ ﮂﱪ މާނައީ‪" :‬އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު ރަސޫލާއާ ދެކޮޅުވެރިވެ‬
‫މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާ މީހާ (ދަންނާށެވެ!) އެމީހާ އިޚުތިޔާރު ކުރި މަގަކަށް ތިމަން ރަސްކަލާނގެ‬
‫އެމީހާ ދޫކޮށްލައްވާހުށީމެވެ‪ .‬އަދި ތިމަން ރަސްކަލާނގެ އެމީހާ ނަރަކައަށް ވައްދަވާ ހުށީމެވެ‪ .‬އެއީ ނުބައިވެގެންވާ‬
‫ނިމިދިއުމެކެވެ‪".‬‬

‫ޙަރަކާތް ‪2‬‬
‫ކްލާސް‪ ،‬ގްރޫޕްތަކަކަށް ބަހާލައިގެން ދީނުގެ ޙުކުމްތަކުގެ މަޞްދަރުތަކާމެދު ބަހުސްކޮށް އިސްލާމީ ޝަރީޢަތުގެ‬
‫ތަނަވަސްކަމާމެދު ވާހަކަ ދެއްކުން‬

‫‪63‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ޙަރަކާތް ‪3‬‬
‫ޢިބާރާތްތައް އޮންނަންވާ ރަނގަޅު ގޮތް‬
‫ސުވަރުގެ ވަޑައިގަތުމަށްފަހު‪ ،‬މައްސަލައެއްގެ ޝަރުޢީ ޙުކުމާ މެދު އުންމަތުގެ‬ ‫الل عليه وسلّم‬
‫صلّى ّ‬ ‫‪1.1‬ކީރިތި ރަސޫލާ‬
‫މުޖުތަހިދު ޢިލްމުވެރިން އިއްތިފާޤުވެ އެއްބަސްވާ އެއްބަސްވުމަކީ އިޖްމާޢެވެ‪.‬‬

‫‪2.2‬ޝަރުޢީ ދަލީލުތަކުގެ އަލީގައި ދީނުގެ ޙުކުމެއް ދެނެގަތުމަށް ގަދައަޅައި މަސައްކަތްކުރުމަކީ އިޖްތިހާދެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪64‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް‬ ‫‪2‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ މަފްހޫމު އެނގުން‬

‫‪2.2‬ވާޖިބަކީ ކޮބައިކަން އެނގުން‬

‫‪3.3‬މަންދޫބު ކަންތައްތަކަކީ ކޮބައިކަން އެނގުން‬

‫‪4.4‬ޙަރާމްކަންތައްތަކަކީ ކޮބައިކަން އެނގުން‬

‫‪5.5‬މަކުރޫހަ ކަންތައްތަކަކި ކޮބައިކަން އެނގުން‬

‫‪6.6‬މުބާޙު ކަންތައްތަކަކީ ކޮބައިކަން އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫● ●މުދައްރިސް ކިޔައިދޭ އިތުރު މަޢުލޫމާތު ހިމަނައިގެން ކުދިން ލައްވައި‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ލީފްލެޓް ހެއްދުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫● ●ފިލާވަޅުގެ މައުޟޫޢާ ޙަޤީޤީ ދިރިއުޅުމާ ގުޅިފައިވާ މިންވަރާމެދު ބަޙުސް‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫ކުރުން‬

‫● ●ފިލާވަޅާމެދު ޕްރެޒެންޓޭޝަން ތައްޔާރުކޮށްގެން ކުލާހަށް ހުށަހެޅުން‬

‫● ●ދަރިވަރުންގެ ފޮތުގައި ނެތް‪ ،‬ފިލާވަޅާ ގުޅުން ހުރި އިތުރު މަޢުލޫމާތު‬


‫މުދައްރިސް ދަރިވަރުންނަށް ގެނެސްދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ފިލާވަޅުގައި ހިމެނޭ އެކިއެކި އަރިމަތީ ސުރުޚީތަކުގައި ހިމެނޭ ބައިތަކުގެ ތަފުސީލް ވަކިވަކި ދަރިވަރުންނާ ސުވާލުކޮށް‬
‫އެނގޭތޯ ބެލުން‪.‬‬

‫‪ 2.2‬ކުލާހުގައި ތަމްރީނުތައް ހެއްދުން‬

‫‪ 3.3‬އެކި އެކި މިސާލުތައް އެމިސާލުތައް ހިމެނެނީ ޝަރީއަތުގެ ޙުކުމްތަކުގެ ތެރެއިން ކޮން ހުކުމެއްގައިތޯ ދަރިވަރުން‬
‫ބަހުސްކުރުން‬

‫‪65‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް‬

‫ގެ ޙަޟްރަތުން ބާވައިލެއްވި ރައްބާނީ ޝަރީޢަތެކެވެ‪ .‬އެއީ ޝާމިލް އަދި ފުރިހަމަ‬ ‫މާތްﷲ‬ ‫‪1.1‬އިސްލާމީ ޝަރީޢަތަކީ‬
‫ޝަރީޢަތެކެވެ‪ .‬ހުރިހާ ޒަމާނަކަށާއި‪ ،‬ހުރިހާތަނަކަށާއި އަދި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެހައި މީސްތަކުންނަށް‬
‫ހަމަހަމަކަމާއެކު އެންމެ އެކަށީގެންވާ ގޮތަށް ބާވައި ލައްވާފައިވާ ޝަރީޢަތެކެވެ‪ .‬މި ޝަރީޢަތުގެ އެންމެ ފުރަތަމަ އަދި‬
‫އެންމެ ފަހު ލަނޑުދަނޑިއަކީ އަޅުތަކުންގެ މަޞްލަޙަތުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި އަޅުތަކުންނަށް ބާއްޖަވެރިކަން‬
‫ހޯދައި ދިނުމެވެ‪ .‬އަދި އެންމެހައި ގެއްލުންތަކުންނާއި‪،‬ފަސާދައިން އަޅުތަކުން ސަލާމަތްކުރުމެވެ‪.‬‬

‫އެކަލާނގެ އަޅުތަކުންގެ މައްޗަށް ކަނޑައަޅުއްވާ‬ ‫މާތްﷲ‬ ‫‪2.2‬ފިޤްހުޢިލްމުވެރިންގެ އިޞްޠިލާޙުގައި އިސްލާމީ ޝަރީޢަތަކީ‬


‫ބާވައިލެއްވި ޝަރީޢަތުގެ ޤަވާޢިދުތަކާއި ޙުކުލް ތަކެވެ‪ .‬އިސްލާމީ ޝަރީޢަތް މީސްތަކުންނާއި ހަމައަށް އައިސްފައި ވަނީ‬
‫ކަނޑައަޅުއްވަފައި ވަނީ އިންސާނާ އޭނާގެ‬ ‫މާތްﷲ‬ ‫ރަސޫލުބޭކަލުން މެދުވެރިކޮށެވެ‪ .‬އަދި މިޝަރީޢަތުގެ އުޞޫލުތައް‬
‫އަމިއްލަ ނަފްސާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮންނަން ޖެހޭ ގުޅުން ތަކާއި އޭނާ އާއި އެނާގެ އަނެއް މުސްލިމު‬
‫އަޚާއާއި ދެމެދު އޮންނަން ޖެހޭ ގުޅުންތަކާއި ކައުނާއި ދިރިއުޅުމުގެ އެންމެހައި ކަންކަމާ ބެހޭ ގުޅުންތަކުގެ މައްޗަށެވެ‪.‬‬

‫‪3.3‬އިންސާނާގެ ޢަމަލުތަކާއި މަސައްކަތްތައް އަދި އިންސާނާގެ ވިސްނުންތަކާއި ފިކުރުތައް ބިނާކުރެވެން ޖެހޭނ އިސްލާމީ‬
‫ޝަރީޢަތާއި އެއްގޮތަށެވެ‪ .‬އަދި މިއިން އެއްވެސް ކަމެއް އިސްލާމީ ޝަރީޢަތުގެ ފަސް ޙުކުމްފުޅުގެ ދާއިރާއިން ބޭރުވެގެން‬
‫ނުވާނެއެވެ‪ .‬އެހެންކަމުން އަޅުކަންތަކާއި މުޢާމަލާތްތަކާއި މިނޫންވެސް އޭނާއަށް ބޭނުންވާ އިސްލާމީ ޝަރީޢަތުގެ‬
‫ޙުކުމްތައް ދެނެގަންނަން މަސައްކަތް ކުރަން ޖެހޭނެއެވެ‪.‬‬

‫اللُ بِِه َخيـًْرا يـَُف ِّق ْههُ ِف ال ِّدي ِن"‬


‫" َم ْن يُِرِد َّ‬ ‫ޙަދީޘްފުޅުކުރައްވާފައި ވެއެވެ‪.‬‬ ‫ރަސޫލުﷲ صلّى هللا عليه وسلّم‬
‫ހެޔޮގޮތް އިރާދަކުރައްވާ މީހަކަށް ދީނުގައި ފިޤްހުވެރިކުރައްވައެވެ‪".‬‬ ‫މާތްﷲ‬ ‫(متفق عليه) މާނައީ‪" :‬އެމީހަކާމެދު‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪66‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޙަރަކާތް ‪1‬‬
‫‪ .1‬ޝަރުޢީ ޙުކުމްތަކަކީ މުކައްލަފުންގެ ޢަމަލުތަކާ ބެހޭ ގޮތުން ޝަރީޢަތް ކަނޑައަޅުއްވާ ފަރާތުގެ އެންގެވުންތަކެވެ‪.‬‬

‫‪ .2‬‬

‫ފަރުޟު ކިފާޔަތެއް‬ ‫ހ‪ .‬މައްޔިތާގެ މައްޗަށް ކަށުނަމާދު ކޮށް ހިނަވައި ވަޅުލުން‬

‫ޙަރާމްކަމެއް‬ ‫ށ‪ .‬ރާބުއިން‬

‫ފަރުޟެއް‬ ‫ނ‪ .‬ފަރުޟު ފަސްނަމާދު ކުރުން‬

‫ސުންނަތެއް‬ ‫ރ‪ .‬ޞަދަޤާތްކުރުން‬

‫މަކުރޫހަކަމެއް‬ ‫ބ‪ .‬މިސްކިތުގައި ބޭކާރު ވާހަކަދެއްކުން‬

‫ހުއްދަކަމެއް (މުބާޙު)‬ ‫ޅ‪ .‬ކަސްރަތުކުރުން‬

‫ޙަރަކާތް ‪2‬‬
‫ކިފާޔަތުގެ ފަރުޟެއްގެ ގޮތުގައި ކުރަންޖެހޭކަމަކާ ބެހޭ ގޮތުން ކުލާހުގައި ގްރޫޕް މަޝްވަރާކޮށް ކަރުދާހެއް ތައްޔާރު ކުރުން‬

‫ޙަރަކާތް ‪3‬‬
‫(ހ) ޙަރާމް ކަންތަކަކީ‪ ،‬ކުރުން މަނާ ކުރައްވާފައިވާ‪ ،‬ނުވަތަ ކޮށްގެން ނުވާނޭކަން އަންގަވާފައިވާ ކަންތަކެވެ‪ .‬އެއީ‪،‬‬
‫ކުރުމުން އަޒާބު ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ސަވާބު ލިބޭ ކަންތަކެވެ‪ .‬މިސާލަކަށް ބަނގުރާ ބުއިން‪ ،‬މަސްތުވާތަކެތި‬
‫ބޭނުންކުރުން‪ ،‬ޒިނޭ ކުރުން ފަދަ ކަންތަކެވެ‪.‬‬

‫މަކްރޫހަ ކަންތަކަކީ‪ ،‬ނުކޮށް ދޫކޮށްލުމަށް އަންގަވާފައިވާ ކަންތައްތަކެވެ‪ .‬ނަމަވެސް އެއީ ނުކުރުން ލާޒިމު ކުރައްވާފައިވާ‬
‫ކަންތައްތަކެއް ނޫނެވެ‪ .‬އަދި އެއީ‪ ،‬އެކަންތައް ނުކޮށް ދޫކޮށްލުމުން ސަވާބު ލިބޭ އަދި ކުރުމުން އަޒާބު ނުލިބޭ ކަންތަކެވެ‪.‬‬
‫މިސާލަކަށް‪ ،‬މުޞީބާތް އިތުރުވެދާ ފަދަ ކަންކަމުގައި ގިނަގިނައިން ސުވާލު ކުރުމާއި މިސްކިތުގައި ބޭކާރު ވާހަކަ ދެއްކުން‬
‫ފަދަ ކަންތަކެވެ‪.‬‬
‫(ށ) ފަރުޟު ޢައިނަކީ‪ ،‬ކޮންމެ މުކައްލަފަކު ވެސް ކުރުން ލާޒިމު ވެގެންވާ‪ ،‬ކުރުމުން ސަވާބު ލިބޭ އަދި ނުކޮށް‬
‫ދޫކޮށްލައިފިނަމަ‪ ،‬އަޒާބު ލިބޭނެ ކަމަށް އަންގަވާފައިވާ ކަންތައްތަކެވެ‪ .‬މިސާލަކަށް‪ :‬ރަމަޟާންމަހު ރޯދަ ހިފުން ފަދަ‬
‫ކަންތަކެވެ‪.‬‬

‫ކިފާޔަތުގެ ފަރުޟަކީ‪ ،‬ޖަމާޢަތުގެ މައްޗަށް ފަރުޟުވެގެންވާ ކަންތައްތަކެވެ‪ .‬ޖަމާޢަތުގެ ތެރެއިން އެއްބަޔަކު ކުރުމުން‬
‫ދެންތިބީންގެ ކިބައިން ވާޖިބުކަން ކެނޑިގެންދާ ކަންތައްތަކެވެ‪ .‬މިސާލަކަށް‪ :‬ކަށުނަމާދު ކުރުން ފަދަ ކަންތަކެވެ‪.‬‬

‫‪67‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ޒަކާތް‬
‫‪3‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޒަކާތަކީ ކޮބައިކަމާއި މުދަލުޒަކާތާއި މުދަލުޒަކާތުގެ ޙުކުމާއި ޙިކުމަތާއި ޝަރުޠުތައް ދަލީލާއެކު އެނގުން‬

‫‪2.2‬ފިޠުރު ޒަކާތަކީ ކޮބައިކަމާއި ފިޠުރު ޒަކާތުގެ ޙުކުމާއި ފިޠުރު ޒަކާތް ވާޖިބުވާ ފަރާތްތަކާއި ޒަކާތުގެ‬
‫ބެހެނިވެރިން އެނގުން‬

‫‪3.3‬މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ތަފާތު އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫ ‪1.‬ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެ ތަފާތު ދަރިވަރުން ލައްވައި ހާމަކުރުވުން‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ ‪2.‬ގަވާއިދުން މުދަލު ޒަކާތް މުސްލިމުން ދައްކަމުން ދާނަމަ އިސްލާމީ‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫އުންމަތަށް އަންނާނެ ފާގަތިކަމާމެދު ދަރިވަރުން ލައްވައި ބަހުސްކުރުވުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫ ‪3.‬ފިލާވަޅުގައި ނުހިމެނޭ ބައެއް އިތުރު މަޢުލޫމާތު މުދައްރިސް ދަރިވަރުންނަށް‬
‫ގެނެސްދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬މުދަލު ޒަކާތާއި ފިޠުރު ޒަކާތް ދައްކަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ދަރިވަރުން ލައްވައި ހާމަކުރުވުން‪.‬‬

‫‪2.2‬މުދަލު ޒަކާތަށް ނެރެން ޖެހޭ މިންވަރާއި ފިޠުރު ޒަކާތަށް ނެރެން ޖެހޭ މިންވަރަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫‪3.3‬މުދަލުޒަކާތާއި ފިޠުރު ޒަކާތާ ބެހޭގޮތުން ދަރިވަރުން ލައްވައި ލީފްލެޓެއް ހެއްދުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫● ●އިސްލާމްދީން އައުމުގެ ކުރީގައި މީސްތަކުން ތިބީ ދެކޮޅުވެރިކަމާއި ފިތުނައާއި ރުޅިވެރިކަމުގެ ތެރޭގައި ގެއްލިފައިވާ‬
‫މުޖުތަމަޢެއް ގައެވެ‪ .‬ނަމަވެސް އިސްލާމްދީން އައުމާއެކު‪ ،‬މިކަންކަން ބަދަލުކޮށް‪ ،‬މީސްތަކުން އިޖުތިމާޢީ ގޮތުން ގުޅުން‬
‫ބަދަހި‪ ،‬އެކުވެރި‪ ،‬މުޖުތަމަޢަކަށް ގެންދިއައެވެ‪ .‬އެންމެހާ މުއުމިނުންނަކީ‪ ،‬އަޚުންތަކެއް ކަމުގައި ހެދިއެވެ‪.‬‬

‫● ●ޒަކާތަކީ‪ ،‬އިންސާނާގެ ރޫޙާނިއްޔަތު ވަރުގަދަކޮށްދޭ އަޅުކަމެކެވެ‪ .‬އޭނާ‪ ،‬ދިރިއުޅޭ މުޖުތަމަޢުގެ ޙާލަތު މަތިވެރިކޮށދޭ‬

‫ﱫ ﭼ ﭽ ﭾ ﭿ ﮀ ﮁﱪ‬ ‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫އަޅުކަމެއް ވެސް މެއެވެ‪ .‬މާތް‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪68‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫(سورة النّور ‪ )33‬މާނައަކީ‪" :‬ތިޔަބައިމީހުންނަށް ދެއްވާފައިވާ‪ ،‬މާތް ﷲގެ މުދަލުން‪ ،‬ތިޔަބައިމީހުން އެއުރެންނަށް‬
‫ދޭށެވެ!"‬

‫● ●މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ‪ .‬މާނައަކީ‪ :‬ﱫﮁ ﮂ ﮃ ﮄ ﮅ ﮆ‬


‫ﮇ ﮈ ﮉ ﮊ ﮋ ﮌ ﮍﱪ (سورة التوبة ‪ )34‬މާނައީ‪ :‬އަދި ރަނާއި ރިހި‬
‫ޚަޒާނާކޮށް‪ ،‬މާތްﷲ ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ‪ ،‬ވޭންދެނިވި އަޒާބު ހުރިކަމުގެ‬
‫ޚަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ!‬

‫● ●ޒަކާތުގެ ފައިދާތައް‪ )1( :‬ބަރަކާތް ޙާޞިލުވުން‪ )2( .‬ރިޒުޤު ތަނަވަސްވެ ދެމިގެންވުން‪ )3( .‬ނުރައްކާތަކުން‬
‫ސަލާމަތްވުން‪.‬‬

‫● ●އިސްލާމީ އުންމަތުން ޒަކާތް ބަރާބަރަށް ނެރޭނަމަ މިއުންމަތުން ފަޤީރުކަން ނެތިކަން ދާނެއެވެ‪ .‬ޢުމަރު ބުނު ޢަބްދުލް‬
‫ޢަޒީޒުގެ ޒަމާނުގައި މުދަލުޒަކާތް ހިފައިގެން ޚަލީފާގެ އަރިހަށް އައުމުން ވިދާޅުވިއެވެ‪ .‬ތިޔަ ތަކެތި ޙައްޤުވާ ފަޤީރުންނަށް‬
‫ބަހާށެވެ‪ .‬އެމީހުން ދެންނެވިއެވެ‪ .‬މި އުންމަތުގައި ފަގީރުންނެއް ނެތެވެ‪ .‬އެހިނދު ވިދާޅުވިއެވެ‪ .‬ލަޝްކަރުތައް ތައްޔާރު‬
‫ކުރުމަށް ހޭދަކުރާށެވެ‪ .‬އެމީހުން ދެންނެވިއެވެ‪ .‬އިސްލާމީ ލަޝްކަރުތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށްވީ ގޮހެވެ‪ .‬އެހިނދު‬
‫ވިދާޅުވިއެވެ‪ .‬އަތްމަތި ދަތިކަމުން ކާވެނި ނުކުރެވިފައި ތިބި ޒުވާނުންނަށް އެހީވެ ދޭށެވެ‪ .‬އެމީހުން ދެންނެވިއެވެ‪.‬‬
‫އަދިވެސް ބާކީ އެބަހުއްޓެވެ‪ .‬އެހިނދު ވިދާޅުވިއެވެ‪ .‬ދަރަނިވެރިންގެ ދަރަނިތައް އަދާކޮށްދޭށެވެ‪ .‬އެމީހުން ދެންނެވިއެވެ‪.‬‬
‫އަދިވެސް ބާކީ އެބަހުއްޓެވެ‪ .‬އެހިނދު ވިދާޅުވިއެވެ‪ .‬ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން ދަރަނިވެރިންގެ ދަރަނިތައް‬
‫އަދާކޮށްދޭށެވެ‪ .‬އެމީހުން ދެންނެވިއެވެ‪ .‬އެމީހުންގެ ދަރަނިތައް އަދާކޮށްފައި އަދިވެސް ބާކީ އެބަހުއްޓެވެ‪ .‬އެހިނދު‬
‫ވިދާޅުވިެއެވެ‪ .‬ޢިލްމުވެރިންނަށް ދޭށެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ޖަވާބުތައް‪:‬‬
‫‪1.1‬މުދަލު ޒަކާތަކީ‪ ،‬ޚާއްޞަ ޝަރުޠުތަކަކާއެކު މުއްސަނދިންގެ މުދަލުން ނަގައި‪ ،‬ފަޤީރުންނާއި މިސްކީނުންނަށް އަދި‬
‫އެނޫންވެސް ޒަކާތްލިބުން ޙައްޤުވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެކެވެ‪.‬‬

‫‪2.2‬މުދަލު ޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް‪:‬‬

‫(‪ )1‬މުސްލިމަކު ކަމުގައިވުން‬

‫(‪ )2‬މުދަލުގެ ނިޞާބު ހަމަވުން‬

‫(‪ )3‬ނިޞާބު ހަމަވެ އަހަރު ފުރުން‬

‫‪ .3‬މުދަލުޒަކާތް ނެރުމަކީ‪ ،‬ވާޖިބުކަމެކެވެ‪ .‬މުދަލު ޒަކާތް ވާޖިބުވާނީ‪ ،‬މުދަލު ޒަކާތުގެ ނިޞާބު ހަމަވެ އަހަރު ފުރުމުންނެވެ‪.‬‬

‫‪ .4‬ފިޠުރުޒަކާތް ވާޖިބުވުމުގެ ޝަރުޠުތައް‪:‬‬

‫‪69‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫(‪ )1‬މުސްލިމަކު ކަމުގައިވުން‬

‫(‪ )2‬ރަމަޟާން މަހުން ބަޔަކާއި ޝައްވާލުމަހުން ބައެއް ލިބުން‬

‫(‪ )3‬ތިމާއާއި ތިމާ ޚަރަދުދީ ބެލެހެއްޓުން ވާޖިބުވެފައިވާ މީހުން‪ ،‬ޢީދު ދުވަހާއި ޢީދުވިލޭރޭ ކާނޭތަކެތި ހުރެފައި އެއަށްވުރެ‬
‫އިތުރަށް އެއްޗެއް ހުރުން‪ .‬ޚަރަދުދީ ބަލަހައްޓަންޖެހޭ މީހުންނަކީ‪ ،‬އަނބިމީހާ‪ ،‬ދަރިން‪ ،‬މައިންބަފައިން ފަދަ ތިމާ‬
‫ޚަރަދުކުރަންޖެހޭ މީހުންނެވެ‪.‬‬

‫‪ .5‬ފިޠުރު ޒަކާތް ނެރެން ވާޖިބުވާ މިންވަރު‪ :‬ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވަނީ‪ ،‬ތިމާއާއި ތިމާ ޚަރަދުކުރަން ޖެހޭ‬
‫ކޮންމެ މީހެއްގެ މަތިން ކަދުރުގެ ނުވަތަ ގޮދަނުގެ ޞާޢެއްގެ މިންވަރެވެ‪ .‬އެއީ‪ ،‬ގާތްގަނޑަކަށް ‪ 2.4‬ނުވަތަ ‪ 2.5‬ކިލޯގެ‬
‫މިންވަރެވެ‪ .‬ހަނޑުލާއި އާންމުކޮށް ކައިއުޅޭ އޮށްޓަރުހުރި ތަކެތިން ވެސް ޒަކާތް ނެރުން ހުއްދަވާނެއެވެ‪ .‬ނުވަތަ އެ‬
‫މިންވަރަށް ޖެހޭ އަގުން ވެސް ޒަކާތް ދެއްކުން ހުއްދަވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދަލު ޒަކާތް ޝަރުޢުކުރައްވާފައިވުމުގެ ޙިކުމަތާމެދު ގުރޫޕުތަކުގެ މެދުގައި މަޝްވަރާކޮށް މުދައްރިސްގެ އެހީއާއެކު ލުއިފޮތެއް‬
‫ތައްޔާރުކުރުން‬

‫ޙަރަކާތް ‪3‬‬
‫މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެވެ‪ .‬ފިޠުރު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއް ނޫނެވެ‪ .‬މުދަލު ޒަކާތަށް އިންކާރު‬
‫ކޮށްފި މީހާ ކާފިރު ވާނެއެވެ‪ .‬ފިޠުރު ޒަކާތަކީ ވާޖިބެއް ކަމަށް އެންމެހައި ޢިލްމުވެރިން ވަނީ އިޖުމާޢުވެފައެވެ‪ .‬އެކަހެރި ވެއްޖެ‬
‫ޢިލްމުވެރިއެއް މެނުވީއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪70‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޞަދަޤާތް‬ ‫‪4‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޞަދަޤާތަކީ ކޮބައިކަމާއި ޞަދަޤާތުގެ މާތްކަމާއި މަތިވެރިކަމާއި އެކަމުގެ ފައިދާ އެނގުން‬

‫‪2.2‬ޞަދަޤާތާއި ޒަކާތުގެ ތަފާތު އެނގުން‬

‫‪3.3‬ޞަދަޤާތްކުރުމަށް ބާރު އަޅުއްވާފައިވާ މިންވަރު‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ޞަދަޤާތުގެ މާތްކަމާ ބެހޭ އިސްލާމީ ތާރީޚުގެ ވާހަކައެއް ކިޔައިދިނުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ ‬ ‫‪2.2‬ޞަދަޤާތް ދިނުމުގެ ފައިދާތައް ހިމެނޭ ނުކުތާތަކެއް ދަރިވަރުން ލައްވައި‬

‫ތަސްވީރު ‬ ‫ބޯޑުގައި ލިޔުއްވުން‬

‫ސްމާރޓް ބޯޑު ޕްރޮޖެކްޓަރ‬ ‫‪3.3‬ޞަދަޤާތް ދިނުމުގެ ގޮތުން މީހުންކުރާތަން ދަރިވަރުންނަށް ފެންނަ ބައެއް‬
‫ކަންކަން ފާހަގަކޮށް ކުލާހަށް ހުށައެޅުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޞަދަޤާތާއި ޒަކާތުގެ ތަފާތަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫‪2.2‬ޞަދަޤާތް ކުރުމަށް ބާރުއަޅުއްވާފައިވާ މިންވަރާމެދު ދަރިވަރުންނަށް އެނގޭ މައުލޫމާތު ކުލާހަށް ހުށައެޅުން‬

‫‪3.3‬ޞަދަޤާތުގެ ބައިތަކާއި ޞަދަޤާތް ކުރެވޭ ގޮތްގޮތަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ޢުޘްމާނުގެފާނުގެ ޤާފިލާ‪:‬‬

‫މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުއް ޞިއްދީޤުގެ ޒަމާނުގައި ދަނޑުބިންތައް ހިކިގޮސް ވަރަށް ބޮޑު ތަދުމަޑުކަމަކާއި‬
‫ރަސޫލުﷲ صلى‬ ‫މީސްތަކުންނަށް ކުރިމަތިވިއެވެ‪ .‬އެހިނދު މީސްތަކުން އަބޫބަކުރުގެފާނުގެ އަރިހަށް ގޮސް ދަންނަވައިފިއެވެ‪ .‬އޭ‬
‫ގެ ޚަލީފާއެވެ! ވާރޭވެހުން ހުއްޓި ދަނޑުބިންތައް ހިކިއްޖެއެވެ‪ .‬މީސްތަކުން ހަލާކުވެދާން ކައިރި ވެއްޖެއެވެ‪.‬‬ ‫هللا عليه وسلم‬
‫ﷲ‬ ‫ހަދާނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ‪ .‬ތިޔަބައިމީހުން ހިނގައިދާށެވެ! އިރު އޮއްސުމުގެ ކުރިން މާތް‬
‫މިދަތިކަން ފިއްލަވައިދެއްވުމަށް އެދިވަޑައިގަންނަވަމެވެ‪.‬‬

‫‪71‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫އެދުވަހުގެ ހަވީރުގެ ވަގުތުގައި‪ ،‬ޢުޘްމާނުގެފާނުގެ މުދާ ޤާފިލާއެއް ޝާމުކަރައިން މަދީނާއަށް އަންނަ ކަމުގެ ޚަބަރު ފެތުރިއްޖެއެވެ‪.‬‬

‫ޤާފިލާއައިއިރު އެއީ‪ ،‬އެއްހާސް ޖަމަލުގެ މައްޗަށް އެކުލެވޭ‪ ،‬ގިތެލާއި ފުށާއި ތެލުގެ މައްޗަށް އެކުލެވޭ ބޮޑު ޤާފިލާއެކެވެ‪.‬‬

‫އެހިނދު މަދީނާގެ ވިޔަފާރިވެރިން ޢުޘްމާނުގެފާނުގެ ގެކޮޅުގެ ކައިރިއަށް އެއްވެއްޖެއެވެ‪ .‬ޢުޘްމާނުގެފާނު ނުކުންނަވައިފައި‬


‫ވިދާޅުވިއެވެ‪ .‬ތިޔަބައިމީހުން ތިޔަ އައީ ކޮން ބޭނުމަކު ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ‪ .‬އަޅުގަނޑުމެން މިއައީ ޤާފިލާގައިވާ‬
‫މުދަލާ ތަކެތި ގަތުމަށްޓަކައެވެ‪ .‬ޢުޘްމާނުގެފާނު ވިދާޅުވިއެވެ‪ .‬ކިހާވަރެއްގެ ފައިދާއެއް ތިޔަބައިމީހުންނަށް ދެވިދާނެހެއްޔެވެ؟‬
‫އެމީހުން ދެންނެވިއެވެ‪ .‬އަޅުގަނޑުމެން‪ ،‬ތިޔަ ތަކެތި ބައްލައިވައިގަތް އަގުގެ ދެގުނަ ދޭނަމެވެ‪ .‬ދިރުހަމަކަށް ދެދިރުހަމް ދޭނަމެވެ‪.‬‬
‫ޢުޘްމާނުގެފާނު ވިދާޅުވިއެވެ‪ .‬ތިޔައަށްވުރެ އިތުރަށް ދެވިދާނެހެއްޔެވެ؟ އެމީހުން ދެންނެވިއެވެ‪ .‬އަޅުގަނޑުމެން ފަސް ގުނަ‬
‫ދޭނަމެވެ‪ .‬ދިރުހަމަކަށް ފަސް ދިރުހަމް ދޭނަމެވެ‪ .‬ޢުޘްމާނުގެފާނު ވިދާޅުވިއެވެ‪ .‬ތިޔައަށްވުރެ ބޮޑު ފައިދާއެއް ތިޔަ މުދަލަށް ލިބެން‬
‫އެބައޮތެވެ‪ .‬މާބޮޑު އަގުދޭނެ ފަރާތެއް އެބަވެއެވެ‪ .‬އެމީހުން ދެންނެވިއެވެ‪ .‬އެއީ ކާކުތޯއެވެ؟ މަދީނާގައި ތިބި ހުރިހާ ވިޔަފާރިވެރިން‬
‫މިތަނުގައި މިތިބީއެވެ‪ .‬އަޅުގަނޑުމެންނަށްވުރެ ކުރިން އެހެން މީހަކު ވެސް ކަލޭގެފާނުގެ އަރިހަކަށް ނާންނާނެކަން ކަށަވަރެވެ‪.‬‬
‫ދިރުހަމަކަށް ދިހަ‬ ‫ﷲ‬ ‫އަޅުގަނޑުމެން މިކިޔާ އަގަށްވުރެ ބޮޑު އަގެއް ދޭނީ ކާކުތޯއެވެ؟ އުޘްމާނުގެފާނު ވިދާޅުވިއެވެ‪ .‬މާތް‬
‫ދިރުހަމް ދެއްވާނެއެވެ‪ .‬ކޮންމެ ހެޔޮކަމަކަށް ދިހަ ހެޔޮކަން ދެއްވައެވެ‪ .‬ކަލޭމެނަށް އެއަށް ވުރެ އިތުރަށް ދެވިދާނެ ހެއްޔެވެ؟‬
‫ހެކިކޮށް އަހުރެން މިޤާފިލާގައިވާ ހުރިހާ މުދާ‪،‬‬ ‫ﷲ‬ ‫އެމީހުން ދެންނެވިއެވެ‪ .‬ނޫނެކެވެ‪ .‬އެހިނދު ޢުޘްމާނުގެފާނު ވިދާޅުވިއެވެ‪ .‬މާތް‬
‫މަދީނާގެ ފަޤީރުންނާ މިސްކީނުންނަށް ޞަދަޤާތްކޮށްފީމެވެ‪ .‬މިހެން ވިދާޅުވެފައި އެތަކެތި ބައްސަވަން ފަށްޓަވައިފިއެވެ‪ .‬މަދީނާގެ‬
‫ހުރިހާ ފަޤީރުންނަށް އެތަކެތި ބައްސަވާ ހުސްކޮށްލައްވައިފިއެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ޞަދަޤާތް ދިނުމުގެ ރިވެތި އާދަ އަށަގެންފައިވާ މުޖުތަމަޢަކަށް އެކަމުން ކުރާނެ ހެޔޮ އަސަރާމެދު ގުރޫޕުގައި މަޝްވަރާ‬
‫ކުރުމަށްފަހު ލިސްޓުކުރުން‬

‫ޙަރަކާތް ‪2‬‬
‫ޞަދަޤާތްކުރާ މީހާއަށް ލިބޭ ފައިދާ ތައް ބަޔާންކޮށް ބަޔާނެއް ލިޔުން‬

‫(ނޯޓު‪ :‬އެކި ދަރިވަރުން ތަފާތު ކަންކަން ފާހަގަކޮށްފައިވާ ނަމަވެސް ގުޅުން ހުރި ކަމުގައިވާނަމަ ރަނގަޅުކަމުގައި ބަލާށެވެ!)‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪72‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޙަރަކާތް ‪3‬‬
‫ޞަދަޤާތާއި ޒަކާތުގެ ތަފާތު‪:‬‬

‫ޒަކާތް‬ ‫ޞަދަޤާތް‬

‫ތިމާގެ މުދަލުން‪ ،‬ޝަރީޢަތުގައި ވާޖިބުކުރައްވާފައިވާ‬ ‫ވާޖިބު ކުރެއްވުމެއް ނެތި މާތްﷲއާ ކުއްތަންވުމުގެ ގޮތުން‬
‫ފަދައިން‪ ،‬ކަނޑައެޅިފައިވާ މިންވަރަށް ހޭދަކުރުން‬ ‫ހޭދަކުރުން‬

‫ކަނޑައެޅިފައިވާ ވަކި ތަކެއްޗަކުން އަދާކުރާ އެއްޗެއް‬ ‫ހުރިހާ އެއްޗަކުން ދެވޭ އެއްޗެއް‬

‫ވަކި ޝަރުޠުތަކެއް ނުހިމެނެއެވެ‪ .‬ކޮންމެ މިންވަރެއް‬


‫އަހަރުފުރުން‪ ،‬ނިޞާބުހަމަވުންފަދަ ޝަރުތުތަކެއް ހިމެނޭ‬
‫ކޮންމެ ވަގުތެއްގައި ވެސް ހޭދަކުރެވިދާނެ‬

‫ކަނޑައެޅިފައިވާ ވަކި ބަޔަކަށް އަދާކުރެވޭ އެއްޗެއް‬ ‫ކޮންމެ ބަޔަކަށްވެސް ދެވިދާނެ‬

‫‪73‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ރޯދަ‬ ‫‪5‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ރޯދައަކީ ކޮބައިކަމާއި ރޯދައިގެ މުހިންމުކަމާއި ރޯަދައިގެ ޙުކުމްތައް އެނގުން‬

‫‪2.2‬ރޯދަވެރިޔާއަށް ދިމާވާ ބައެއް މައްސަލަތަކާއި އޭގެ ޙުކުމްތައް އެނގުން‬

‫‪3.3‬ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މާތްކަމާއި މުހިންމުކަން އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ރޯދައިގެ ސަބަބުން ލިބޭ ރޫޙާނީ އަދި މާއްދީ ފައިދާތައް ހިމެނޭ އިތުރު‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫މަޢުލޫމާތު މުދައްރިސް ދަރިވަރުންނަށް ކިޔައިދިނުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ރޯދަމަހު އިސްރާފުގެ ގޮތުގައި ކުރެވޭ ބައެއް ކަންތަކާއި އޭގެ ބަދަލުގައި ކަން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫ކުރުން އެންމެ ރަނގަޅު ގޮތާމެދު މުދައްރިސް ދަރިވަރުންނަށް މަޢުލޫމާތު‬
‫ދިނުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ރޯދައަށް ހުންނަ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކާމެދު ކުލާހުގައި މަޝްވަރާކުރުން‬

‫‪2.2‬ރޯދައިގެ ބާވަތްތަކަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫‪3.3‬ލައިލަތުލް ޤަދްރި ވިލޭރޭގެ ސަވާބާއި ދަރުމަ ހޯދުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬

‫ރޯދަ‬

‫ރަސޫލުﷲ صلّى‬ ‫ރަމަޟާންމަހުގެ ރޯދައަށް ވަރަށް މަތިވެރި ދަރަޖައާއި މާތްކަން ލިބިގެން ވެއެވެ‪ .‬ކީރިތި ޤުރްއާން އާއި‬
‫ގެ ޙަދީޘްފުޅުތަކުން މިކަމަށް ދަލީލު ލިބެއެވެ‪ .‬ފަހެ ރަމަޟާންމަހުގެ ރޯދައަކީ މުޅި އަހަރުދުވަހުގެ ފާފައިގެ‬ ‫هللا عليه وسلّم‬
‫احتِ َس ًاب غُ ِفَر‬ ‫ضا َن إِميَ ً‬
‫ان َو ْ‬ ‫ص َام َرَم َ‬
‫" َم ْن َ‬ ‫ޙަދީފުޅުކުރައްވާފައި ވެއެވެ‪.‬‬ ‫ކައްފާރާއެކެވެ‪ .‬ރަސޫލުﷲ صلّى هللا عليه وسلّم‬
‫َّم ِم ْن َذنْبِ ِه "(رواه البخاري ومسلم)‬
‫لَهُ َما تـََقد َ‬
‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪74‬‬
‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫މާނައީ‪" :‬އީމާންކާމާއެކު ސަވާބަށް އެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފިމީހާގެ އިސްވެދިޔަ ފާފަތައް ފުހެވިގެން ދާނެއެވެ‪".‬‬

‫ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރައްވާފައި ވަނީ ވަރަށް މަތިވެރި ބޭނުންތަކަކަށް ޓަކައެވެ‪ .‬ވަރަށް ގިނަ ސަބަބުތަކަކަށް ޓަކައެވެ‪.‬‬
‫މިގޮތުން ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކޮށްލެވެއެވެ‪:‬‬

‫‪1.1‬އަޅާގެ އީމާންކަމާއި އިސްލާމްކަން ފުރިހަމަކުރެއްވުން‪.‬‬

‫ފަހެ ރޯދަ ހިފުމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖައަށް މީހާ ވާޞިލްވުމަށް އެހީތެރިވެދޭ ކަމެކެވެ‪ .‬އަދި އޭގެސަބަބުން‬
‫އޭނާއަށް މާތްﷲގެ ރުހިވޮޑިގަތުން ހާސިލު ވެއެވެ‪.‬‬

‫‪2.2‬މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުވުން‪.‬‬

‫ފަހެ ރޯދަ ހިފުމުން ރޯދަވެރިޔާގެ ހިތުގައި ފަޤީރުންގެ ބޭނުންތައް ފުއްދައިދީ އެމީހުންނަށް އެހީތެރިވުމުގެ އިޙުސާސް‬
‫އިތުރުވެ ރަމަޟާންމަހުގައި ފަޤިރުންނަށް އެހިތެރިވުން އިތުރުކުރެވެއެވެ‪ .‬އަދި ހަމައެހެންމެ ތަނަވަސްކަން ހުރި މީހުންގެ‬
‫ފަރާތުން އެހީތެރިކަން ލިބުމުން ތަނަވަސްކަމުގެ އަހުލުވެރިން ފަޤީރުންނަށް އެހީތެރިވާކަން ޤަބޫލުކުރެވި ދެބައިމީހުންގެ‬
‫ދެމެދުގައި އަޚްވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދެއެވެ‪.‬‬

‫‪3.3‬ކެއުން ބުއިމާއި ޖިމާޢު ވުމާއި އަދި މިނޫންވެސް ރޯދައަށް ހުރެ ކުރުން މަނާ ކަންކަމުގެ ނިޢުމަތް ދެނެގަނެވި އެކަންކަމުގެ‬
‫އަގު ވަޒަންކުރެވުން‬

‫‪4.4‬ޞިއްޙަތަށް ތރައްކާތެރިވެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުން‪.‬‬

‫ފަހެ ރަމަޟާންމަހަކީ ހަށިގަނޑަށް ހަމަހިމޭންކަން ލިބޭ މަހެކެވެ‪ .‬ޚާއްޞަކޮށް މައިދާއަށް ރެސްޓު ލިބޭ މަހެކެވެ‪.‬‬
‫އޭގެސަބަބުން ހަށިގަނޑަށް އާރޯކަމާއި ތާޒާކަން ލިއްބައި ދެއެވެ‪ .‬އަދި މުޅި ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް‬
‫ހަށިގަނޑުން ފިލުވާލައެވެ‪.‬‬

‫‪5.5‬ތަޤުވާވެރިކަން ހާސިލުކުރެވުން‪.‬‬

‫ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ‪ .‬އެހެންކަމުން ރޯދަވެރިޔާގެ‬ ‫މާތްﷲ‬ ‫ފަހެ ރޯދަވެރިޔާ ރޯދަ ހިފަނީ ހަމައެކަނި‬
‫ގެ ލޯބި ހާސިލުކުރެވެއެވެ‪.‬‬ ‫މާތްﷲ‬ ‫ހިތުތެރޭގައި ވާ ތަޤުވާވެރިކަން ރޯދައިގެ ސަބަބުން އިތުރުވެ‬

‫‪6.6‬ކެތްތެރިކަމަށް ނަފްސު ހާނާ ތަރުބިޔަތުކުރުން‪.‬‬

‫ފަހެ ރޯދައަކީ ޝަހުވަތްތަކުން މަނާވެގަނެގެން ހުރުމުގެ ކެތްތެރިކަން ލިބިދޭ އަޅުކަމެކެވެ‬

‫‪7.7‬އަޚްލާޤީ ގިނަ ފައިދާތަކެއް ލިބުން‪.‬‬

‫ފަހެ ރޯދައަކީ އޭގެސަބަބުން ސިއްރާއި ފާޅުގައި ކުރާޢަމަލުތަކުގައި އިޚްލާޞްތެރި ވެވޭ އަޅުކަމެކެވެ‪ .‬އަދި ރޯދައިގެ‬
‫ސަބަބުން ދޮގުހެދުމާއި މަކަރުހެދުމުން މީހާއަށް ދުރުހެލިވެވެއެވެ‪ .‬އަދި ހަމަ އެހެންމެ އަބަދުވެސް ތެދުބުނުމުގެ އާދަ‬
‫މީހާގެ ގައިގާ ހަރުލެއްވެއެވެ‪.‬‬

‫‪75‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ޙަރަކާތް ‪1‬‬
‫ޖަވާބުތައް‪:‬‬

‫(‪ )1‬ރޯދަ މައިގަނޑު ހަތަރު ބަޔަކަށް ބެހިގެން ވެއެވެ‪ .‬އެއީ‪،‬‬

‫‪ .1‬ވާޖިބު ރޯދަ‪ ،‬މިސާލު‪ :‬ރަމަޟާންމަހުގެ ރޯދަ‬

‫‪ .2‬ތަޠައްވުޢުގެ ރޯދަ‪ ،‬މިސާލު‪ :‬ހޯމަ ބުރާސްފަތީގެ ރޯދަ‬

‫‪ .3‬ޙަރާމް ރޯދަ‪ ،‬މިސާލު‪ :‬ދެ ޢީދު ދެދުވަހާއި އައްޔާމުއް ތަޝްރީޤުގެ ތިން ދުވަހު ހިފާ ރޯދަ‬

‫‪ .4‬މަކުރޫހަ ރޯދަ‪ ،‬މިސާލު‪ :‬ހުކުރު ދުވަހު އެކަހެރިކޮށް ހިފާ ރޯދަ‬

‫(‪ )2‬ރޯދައިގެ ޝަރުޢީ މާނައަކީ‪ ،‬ރޯދައަށް ހުރުމުގެ ނިޔަތުގައި ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށް‬
‫ދާންދެން ކެއިންބުއިމާއި ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ‪.‬‬

‫(‪ )3‬ރަމަޟާން މަހުގެ ރޯދަ ހިފުމަކީ ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބު ކަމެކެވެ‪ .‬އެއީ ޢައިނިއްޔަ ފަރުޟެކެވެ‪.‬‬

‫‪1.1‬ނިޔަތް ގަތުން‬ ‫(‪)4‬‬

‫‪2.2‬ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން‪ ،‬ކެއުން ބުއިންމުންނާއި ޖިންސީ އެދުން‬


‫ފުއްދުމުންނާއި މިނޫންވެސް ރޯދަ ގެއްލޭ ކަންތައްތަކުން އެއްކިބާވުން‬

‫ޙަރަކާތް ‪2‬‬
‫ރޯދައިގެ ޙިކުމަތާއި ފައިދާތަކާ ބެހޭ ގޮތުން މުދައްރިސްގެ އެހީގައި މަޢުލޫމާތު ކަރުދާހެއް ތައްޔާރުކުރުން‬

‫ޙަރަކާތް ‪3‬‬
‫ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ރޯދަ ގެއްލޭ ކަންތައްތަކާއި‪ ،‬ރޯދަ މަކުރޫހަވާ ކަންތައްތަކާއި‪ ،‬ރޯދަވެރިޔާއަށް‬
‫ހުއްދަކަންތައްތަކާއި ރޯދައިގެ ސުންނަތްތައް ވަކިކުރުން‬

‫ސުންނަތެއް‬ ‫‪1.1‬ހާރު ކެއުން‬

‫މަކުރޫހަ ކަމެއް‬ ‫‪2.2‬އުޒުރަކާ ނުލައި އެއްޗެއް ހެފުން ނުވަތަ ރަހަބެލުން‬

‫މަކުރޫހަކަމެއް‬ ‫‪3.3‬އަންހެނުންނަށް ބޮސްދިނުމާއި ބީހުންފަދަ ކަންތައް ކުރުން‬

‫ރޯދަ ގެއްލޭކަމެއް‬ ‫‪4.4‬ގަސްތުގައި ކެއުން‬

‫ރޯދަ ގެއްލޭކަމެއް‬ ‫‪5.5‬ޖިމާޢުވުން‬

‫ރޯދަދޫކޮށްލުން ހުއްދަ‬ ‫‪6.6‬މުސްކުޅިވެ ގައިބާރު ދެރަވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪76‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫މަކުރޫހަކަމެއް‬ ‫‪7.7‬ވުޟޫ ކުރުން ނޫން ގޮތަކަށް ކޯދޮވުމާއި ނޭފަތަށް ފެންލުން‬

‫ސުންނަތެއް‬ ‫‪8.8‬ހާރު ފަސްކުޅައުން‬

‫މަކުރޫހަކަމެއް‬ ‫‪9.9‬މާގިނައިރު ނިދުން‬

‫ރޯދަ ގެއްލޭކަމެއް‬ ‫‪1010‬ގަސްތުގައި ހޮޑުލުން‬

‫ރޯދަދޫކޮށްލުން ހުއްދަ‬ ‫‪1111‬ޙައިޟު ނިފާސްކަމުގެ ލޭ ފެނުން‬

‫ރޯދަ ގެއްލޭކަމެއް‬ ‫‪1212‬މުރުތައްދުވުން‬

‫ރޯދަދޫކޮށްލުން ހުއްދަ‬ ‫‪1313‬ދަތުރުކުރުން‬

‫ސުންނަތެއް‬ ‫‪1414‬އިރު އޮއްސިއްޖެކަން ޔަޤީންވުމާއެކު ރޯދަ ވީއްލުން އަވަސްކުރުން‬

‫ސުންނަތެއް‬ ‫‪1515‬ކަދުރުން ނުވަތަ ފެނުން ރޯދަ ވީއްލުން‬

‫ސުންނަތެއް‬ ‫‪1616‬ރޯދަވީއްލާއިރު ކުރާ ދުޢާ ކުރުން‬

‫ޙަރަކާތް ‪4‬‬
‫ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މާތްކަމާމެދު ކުލާހުގައި ބަހުސްކޮށް ލީފްލެޓެއް ތައްޔާރުކުރުވުން‬

‫‪77‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫އިޢުތިކާފު‬ ‫‪6‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬އިޢުތިކާފަކީ ކޮބައިކަމާއި އިޢުތިކާފަށް އިނުމުގެ މުހިންމުކަން އެނގުން‬

‫‪2.2‬އިޢުތިކާފަށް އިނުމުގެ ޝަރުތުތައް އެނގުން‬

‫‪3.3‬އިޢުތިކާފަށް އިނުމުގެ ވަގުތު އެނގުން‬

‫‪4.4‬އިޢިތިކާފު ބާޠިލުވާ ކަންތައްތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬އިޢުތިކާފަށް އިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ދީނީ ޝައިޚެއްގެ ދަރުސެއް‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ކުލާހުގައި އިއްވުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ފިލާވަޅުގައި ނުހިމެނޭ އިތުރު މައުލޫމާތު ދަރިވަރުންނާ ޙިއްޞާކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‪ ،‬ޓޭޕް‬
‫‪3.3‬އިޢުތިކާފަށް މިސްކިތުގައި ތިބޭ މީހުން ފެނޭތޯއާއި އެމީހުން އަޅުކަމުގެ‬
‫ރެކޯޑަރ‬
‫ގޮތުގައި ކުރާތީ ދަރިވަރުންނަށް ފެންނަކަންތައްތަކަ ބެހޭ ގޮތުން‬
‫ސުވާލުކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬އިޢުތިކާފަށް އިނުމުން ލިބޭ ފައިދާތަކާ ބެހޭގޮތުން ދަރިވަރުންނާ ސުވާލުކުރުން‬

‫‪2.2‬އިޢުތިކާފު ޞައްޙަވާނީ ކޮންކޮން ބައެއްގެ ކިބައިންތޯ ސުވާލުކުރުން‬

‫‪3.3‬އިޢުތިކާފާގުޅޭ އެކިއެކި ސުވާލު އުފައްދައި ދަރިވަރުން އެއްކުއްޖަކު އަނެއް ކުއްޖަކާ ސުވާލުކޮށް ޖަވާބު ހޯދުން‪.‬‬

‫މުދައްރިސަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫އިޢްތިކާފަށް އިނުމާމެދު‪:‬‬

‫● ●އިޢުތިކާފަށް އިންނައިރު ދުނިޔަވީ ކަންތަކުން ދުރުވެ‪ ،‬ޤުރްއާންކިޔެވުމާއި‪ ،‬ޛިކުރުކުރުމާއި ތަސްބީޙަކިޔުމާއި ދުޢާކުރުން‬


‫ގިނަކުރުން އެދެވިގެން ވެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪78‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫● ●މަދުވެގެން ގަޑިއެއް ހާއިރު އިޢުތިކާފަށް އިނުން އެއީ އިޢުތިކާފަށް އިނުމުގެ އެންމެ ކުރުވަގުތު ކަމުގައި ބައެއްޢިލްމުވެރިން‬
‫ވިދާޅުވެއެވެ‪.‬‬

‫● ●ރަމަޟާންމަހުގެ ފަހުދިހައިގައި އިޢުތިކާފަށް އިނުން ގިނަކުރުން މޮޅުއިތުރުވެގެން ވެއެވެ‪.‬‬

‫● ●އިޢްތިކާފަށް ތިބުމުގައިވެސް މިސްކިތުގައި ތިބޭ އެހެންމީހުންނަށް އުނދަގޫ ނުވާނެ ގޮތުގެ މަތިން ޢަމަލުކުރުން‬
‫މުހިންމެވެ‪.‬‬

‫● ●މިސްކިތް ސާފުކޮށް ބޭއްވުމާއި ހަޑިކުރުމުން ދުރުވުން‬

‫ވިދާޅުވެފައިވެއެވެ‪ .‬ހަތަރުކަމެއްގެ ސަބަބުން ހިތަށް ނުބައި އަސަރުކުރުވައެވެ‪ ،‬އެއީ‪:‬‬ ‫● ●ابن القيم رمحه هللا‬
‫‪1.1‬ގިނައިން ކައިބޮއި ހެދުމާއި‬

‫‪2.2‬ވާހަކަ ގިނަކުރުމާއި‬

‫‪3.3‬ނިދި ގިނަވުމާއި‬

‫‪4.4‬ބޭކާރުގޮތުގައި މީހުންނާއެކުވެއުޅުމެވެ‪ .‬އަދި ވިދާޅުވިއެވެ‪ .‬މިހުރިހާ ކަމަކަށް ރަމަޟާންމަހުގައި ފަރުވާލިބިގެންވެއެވެ‪.‬‬

‫މިގޮތުންވެސް ރަމަޟާންމަހުގެ ފަހުދިހާގައި އިޢުތިކާފުކުރުމުން‪ ،‬ބޭކާރުގޮތުގައި މީސްތަކުންނާއި އެކުވެއުޅުމުގެ ނުބައި‬


‫ޢަމަލުން ރައްކާތެރިވެވެއެވެ‪.‬‬

‫● ●އަންހެނުން އިޢުތިކާފަށް ތިބުން ދީނުގައި ހުއްދަކުރައްވައެވެ‪ .‬މިސްކިތުގައި އެކަށީގެންވާ ޖާގަ އޮތްނަމަ އެކަނބަލުން‬
‫މިސްކިތުގައި ތިބުމަކީ ހުއްދަކަމެކެވެ‪.‬‬

‫● ●އިޢުތިކާފަށް ތިބުން ހުއްދަވެގެންވަނީ އެމިސްކިތެއްގައި ޖަމާޢަތް ޤާއިމުކުރާ މިސްކިތެވެ‪.‬‬

‫● ●ރޯދަމަހުގެ ފަހުދިހައިގައި އެއްކޮށް އިޢުތިކާފަށް ތިބުމަށް ޢުޒުވެރިވާ މީހުން ދެ ދުވަސް ނުވަތަ ދުވަހެއްގެ ބައެއް‬
‫ނަމަވެސް އިޢުތިކާފުކުރުން އެދެވިގެންވެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬

‫ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި އިނުމެވެ‪.‬‬ ‫މާތްﷲ‬ ‫‪1.1‬އިޢުތިކާފަށް އިނުމަކީ‬

‫‪2.2‬އަމިއްލަ ގޭގައި ޤުރްއާން ކިޔަވަން އިނުމަކުން އިޢުތިކާފުގެ ސުންނަތް ޙާޞިލެއް ނުވާނެއެވެ‪ .‬އިޢުތިކާފު ޞައްޙަވާނީ‬
‫އަޅުކަންކުރުމުގެ ނިޔަތުގައި މިސްކިތެއް ގައި އިނުމުންނެވެ‪.‬‬

‫ދުނިޔޭގައި ހުންނެވި އެންމެ ފަހު އަހަރު ރަމަޟާންމަހު ވިހި ދުވަހު އިޢުތިކާފަށް‬ ‫‪3.3‬ރަސޫލުﷲ صلى هللا عليه وسلم‬
‫އިންނެވިއެވެ‪.‬‬

‫‪79‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ޙަރަކާތް ‪2‬‬

‫އިޢުތިކާފަށް އިނުމުގެ މުހިންމުކަމާ ބެހޭގޮތުން މުދައްރިސްގެ އެހީއާއެކު ކުލާހުގައި ބަހުސްކޮށް‪ ،‬އެކަމުގެ‬


‫މުހިންމުކަމާ ބެހޭ ގޮތުން ފާހަގަކުރެވޭ ނުކުތާތައް ހުށަހެޅުން‬

‫ޙަރަކާތް ‪3‬‬
‫އިޢުތިކާފު ޞައްހަވުމުގެ ޝަރުޠުތަކާއި އިޢުތިކާފު ބާޠިލުވާ ކަންތައްތައް‬
‫އިޢުތިކާފު ޞައްހަވުމުގެ ޝަރުޠުތަކަކީ‪:‬‬

‫‪1.1‬މުސްލިމަކު ކަމުގައިވުން‬

‫‪2.2‬ތަންދޮރު އޮޅުންފިލުން‬

‫‪3.3‬ޖުނުބުވެރިކަމުންނާއި ޙައިޟު ނިފާސްކަމުން ޠާހިރުވެގެންވުން‬

‫‪4.4‬އިޢުތިކާފަށް އިންނަ ތަނަކީ މިސްކިތެއް ކަމުގައިވުން‬

‫އިޢުތިކާފު ބާޠިލުވާ ކަންތައްތަކަކީ‪:‬‬

‫‪1.1‬މިސްކިތުން ނުކުންނަން ޖެހޭ ފަދަ ބޭނުމެއް ނެތި ގަސްތުގައި މިސްކިތުން ނުކުތުން‬

‫‪2.2‬މޮޔަވުމުގެ ސަބަބުން ނުވަތަ މަސްތުވުމުގެ ސަބަބުން ބުއްދިފިލައިދިއުން‬

‫‪3.3‬ގަސްތުގައި ޖުނުބުވެރިވުން‬

‫‪4.4‬ޙައިޟުވުން ނުވަތަ ނިފާސްވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪80‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޙައްޖާއި ޢުމްރާ‬
‫‪7‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޙައްޖާއި ޢުމްރާއަކީ ކޮބައިކަމާއި ޝަރުޢުކުރެއްވުމުގެ ޙިކުމަތް އެނގުން‬

‫‪2.2‬ޙައްޖާއި ޢުމްރާ‪ ،‬ވާޖިބުވުމުގެ ޝަރުޠު‪ ،‬ޞައްޙަވުމުގެ ޝަރުޠު‪ ،‬ރުކުންތައް އަދި ސުންނަތްތައް އެނގުން‬

‫‪3.3‬ޙައްޖާއި ޢުމްރާގެ މަނާސިކުތައް އެނގުން‬

‫‪4.4‬ޙައްޖާއި ޢުމްރާ ފާސިދުވާ ކަންތައްތައް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ޙައްޖާއި ޢުމްރާގެ މަނާސިކުތައް ބުރިސިލްބޯޑުގައި ލިޔެ ކުލާހުގައި‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ބެހެއްޓުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ޙައްޖުގެ އަޅުކަން އަދާކުރުމުން ލިބޭ ސަވާބާއި ދަރުމަ ލިސްޓުކުރުން‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬
‫‪3.3‬ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތުގެ މައްޗަށް އެކުލެވޭ ލީފްލެޓެއް‬
‫ތައްޔާރުކުރުވުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޙައްޖާއި ޢުމްރާގެ ތަފާތުތަކާ ބެހޭ ގޮތުން ދަރިވަރުންނާ ސުވާލުކުރުން‬

‫‪2.2‬ޙައްޖުގެ މަނާސިކުތައް އެކިކުދިން ލައްވައި ކިޔުއްވައި ބޯޑުގައި ނޯޓުކުރުން‬

‫‪3.3‬ޙައްޖާއި ޢުމްރާއިން ލިބިދޭ ފިލާވަޅުތަކާމެދު ކުލާހުގައި ބަހުސްކުރުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލުމާތު‬


‫މާތްކުރެއްވިއެވެ‪ .‬މިގޮތުން އެޙަރަމްފުޅަކީ؛ އިންސާނުން އަޅުކަންކުރުމަށްޓަކައި‬ ‫ﷲ‬ ‫● ●މައްކާގެ ޙަރަމްފުޅު މާތް‬
‫އެންމެފުރަތަމަ ލެއްވި ގެފުޅު ބިނާކުރެއްވި ތަނެވެ‪ .‬އަދި އެގެފުޅަށް ވަދެއްޖެމީހަކު އަމާންކަންލިބިގެންވާކަމާއި‪،‬އަދި‬
‫އެތަނަކީ ޙައްޖުގެ މަނާސިކުތަކާއި ޝިޢާރުތައް ޤާއިމުކުރާ މާތްޙަރަމްފުޅު ކަމުގައި ލެއްވިއެވެ‪.‬‬

‫● ●އަދި މައްކާގެ ޙަރަމްފުޅުގައި ކުރާ ނަމާދުގެ ޘަވާބު އެހެން މިސްކިތެއްގައި ކުރާ ނަމާދުގެ ސަވާބަށްވުރެ އެތަށް ގުނައަކަށް‬

‫‪81‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫އިތުރުކުރައްވާފައި ވެއެވެ‪ .‬އަދި މުޝްރިކުން އެތަނަށް ވަނުން ޙަރާމްކުރައްވައި‪ ،‬އަދި ޝިކާރަކުރުމާއި އެފަދައެނޫން‬
‫ކަންތައް އެތަނުގައި ކުރުން ޙަރާމްކުރެއްވިއެވެ‪.‬‬

‫ޙައްޖާއި ޢުމްރާގެ އަޅުކަމުން ލިބިދޭ ޢިބުރަތްތަކާމެދު‪:‬‬


‫‪1.1‬ޙައްޖުގެ އަޅުކަމުން‪ ،‬އިސްލާމީ އުއްމަތުގެ ހައިބަތާއި އުޚުއްވަތު ތަމްސީލުކޮށްދެއެވެ‪ .‬ތަފާތު ޤައުމުތަކުގެ އެކި ފަންތީގެ‬
‫މީހުން‪ ،‬އެއްތަނަކަށް އެއް ކުލައިގެ އެއް ހެދުމެއްގައި އެއްވެ ތިބުމުން މިކަން ރަމްޒުކޮށްދެއެވެ‪.‬‬

‫‪2.2‬ޙައްޖަކީ އީމާންކަމާއި ހެޔޮޢަމަލުތަކުގެ މަދަރުސާއެކެވެ‪ .‬ކެތްތެރިވުމަށާއި‪ ،‬ތަވާޟުޢުވެރިވުމަށް މުސްލިމުން މިއަޅުކަމުން‬


‫ދަސްކުރެއެވެ‪.‬‬

‫‪3.3‬އިންސާނުންގެ އަޅުވެރިކަމާއި ނިޢުމަތަށް ޝުކުރުވެރިވުން ހާމަވެގެން ދެއެވެ‪.‬‬

‫‪4.4‬ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ހަނދާންތައް އާކޮށްދެއެވެ‪.‬‬

‫‪5.5‬އިޙްސާންތެރިކަމާއި ހެޔޮލަފާވުމުގެ މޫސުމެއް އުފެދިގެން ދެއެވެ‪.‬‬

‫ޢަރަފާތް ދުވަހުގެ މާތްކަން‪:‬‬


‫ގެ ދީން ފުރިހަމަކުރެއްވިދުވަހެވެ‪.‬‬ ‫ﷲ‬ ‫● ●އެއީ މާތް‬

‫ފުއްސަވާދެއްވައެވެ‪.‬‬ ‫ﷲ‬ ‫● ● އެދުވަހުގެ ރޯދަހިފުމުން ދެއަހަރުދުވަހުގެ ފާފަތައް މާތް‬

‫● ●މާތް ﷲ‪ ،‬އިންސާނުންގެ ކިބައިން މީޘާޤުހިއްޕެވި ދުވަހަކީ ޢަރަފާތު ދުވަހެވެ‪.‬‬

‫● ●އެއީ މީސްތަކުންގެ ފާފަތައް ފުއްސަވާދެއްވައި ނަރަކައިން މުއްތިކުރައްވާ ދުވަހެވެ‪.‬‬

‫ޙަރަކާތް ‪1‬‬

‫ޙައްޖާއި ޢުމްރާ ޝަރުޢުކުރެއްވުމުގެ ޙިކުމަތްތައް‪:‬‬

‫ޙައްޖަކީ އަޅާއާއި އަޅުކަން ވެވޭ ފަރާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި އެކަލާނގެ މަތިވެރި ގެފުޅަށް‬
‫ޒިޔާރަތްކުރުމުގެ ނަސީބު ލިބިގަތުމަށްޓަކައި ހަމަޖައްސަވާފައިވާ ރޫޙާނީ ދަތުރެކެވެ‪ .‬އެއީ‪ ،‬ޤައުމިއްޔަތާއި ކުލައާއި ވަޠަނާ‪،‬‬
‫މިހުރިހާ ސިފަތަކަކުން އެއްކިބާވެ ހަމައެކަނި‪ ،‬އިންސާނާ އޭނާ ހެއްދެވި ފަރާތަށް ޚާލިޞްވެ ހުރެ ކުރާ އަޅުކަމެކެވެ‪ .‬މިއަޅުކަމުގެ‬
‫ތެރޭގައި އިޙުރާމް ބަނދެގެން ހުންނައިރު ޤިޔާމަތް ދުވަސް ހިތަށް ތަޞައްވުރު ކުރެވެއެވެ‪ .‬އެންމެހާ މުސްލިމުންނަކީ އެއްބަނޑު‬
‫އެއްބަފާ ބައެއްކަން އިޙުސާސް ކުރެވެއެވެ‪ .‬ޙައްޖަކީ‪ ،‬މުސްލިމުން އެބައިމީހުންގެ މެދުގައި ބާއްވާ އަހަރީ އިޖުތިމާޢެއް ފަދަ‬
‫ކަމެކެވެ‪ .‬ޢުމްރާއިން ވެސް ގަސްތުކުރެވެނީ ހަމަ މިކަންތައްތަކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪82‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޙަރަކާތް ‪2‬‬
‫‪1.1‬ޙައްޖަކީ ޙައްޖު ވާޖިބުވުމުގެ ޝަރުޠުތައް ފުރިހަމަވެފައިވާ ކޮންމެ އަންހެނަކާއި ފިރިހެނަކު އަދާކުރުން ވާޖިބުވެގެންވާ‬
‫ވަޙީ ކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫އަޅުކަމެކެވެ‪ .‬އަދި އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ‪.‬‬

‫ﱫﮬ ﮭ ﮮ ﮯ ﮰ ﮱ ﯓ ﯔ ﯕﯖ ﯗ ﯘ ﯙ ﯚ ﯛ ﯜ‬
‫ﯝ ﱪ (آل عمران‪)97 :‬‬
‫ﷲ‬ ‫މާނައަކީ‪" :‬އެކަމަށް މަގެއް ފެނި ކުޅަދާނަ ވެއްޖެ މީހާ އެގެފުޅަށް ގަސްތުކޮށްގެން ދިއުމީ (އެބަހީ‪ :‬ޙައްޖުވުމަކީ)‬
‫އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ‪( .‬އެކަމާމެދު) ދެކޮޅު ހަދައިފިމީހާ‪( ،‬ދަންނާށެވެ!) ފަހެ ހަމަކަށަވަރުން‬
‫މާތް ﷲއީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ‪".‬‬

‫‪2.2‬ޢަރަފާތުގައި ހުރުމަކީ ޙައްޖުގެ ރުކުނެކެވެ‪ .‬ނަމަވެސް އެއީ ޢުމްރާގެ ރުކުނެއް ނޫނެވެ‪ .‬އެނޫން ރުކުންތައް ޙައްޖާއި‬
‫ޢުމްރާގައި ވެސް އެއްގޮތެވެ‪.‬‬

‫‪3.3‬ބަހުގައި ޙައްޖަކީ‪ ،‬ވަކި ތަނެއް ގަސްތުކޮށްގެން ދިއުމެވެ‪ .‬ޢުމްރާއަކީ ޒިޔާރަތްކުރުމެވެ‪ .‬ފިޤުހުވެރިންގެ އިޞްޠިލާޙުގައި‬
‫ގެފުޅުގެ‬ ‫ކަޢުބަތުﷲ‬ ‫ޙައްޖަކީ‪ ،‬ވަކި ދުވަސްވަރެއްގައި‪ ،‬ވަކި ގޮތްތަކެއްގެ މަތިން އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި‬
‫އަރިހަށް ދިއުމެވެ‪ .‬ޢުމްރާއަކީ ވެސް އެއެވެ‪ .‬ޢުމްރާކުރުމަށް ވަކި ދުވަސްވަރެއް ނޯވެއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫ޙައްޖުގެ ސަބަބުން އިސްލާމީ އުންމަތަށް ލިބޭ ފައިދާތަކާމެދު މަޝްވަރާކޮށް ނުކުތާތަކެއް ބޯޑުގައި ނޯޓުކުރާށެވެ!‬

‫‪83‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫މުޢާމަލާތު‬
‫‪8‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޝަރުޢުގައި ހިމެނޭ ބައެއް ހުއްދަ މުޢާމަލާތުތައް (ވިޔަފާރި‪ ،‬ޢާރިޔާ‪ ،‬ހިބަ‪ ،‬ވަޞިއްޔަތް‪ ،‬ވަޤްފު) އެނގުން‬

‫‪2.2‬ޝަރުޢުގައި ހުއްދަ ނޫން މުޢާމަލާތުތަކުގެ ތެރެއިން (ރިބާއާއި ރިބާ ޙަރާމްކުރެއްވުމުގެ ޙިކުމަތާއި ރިބާ‬
‫ކެއުމުގެ ނުބައިކަމާއި އެކަމުން ލިބޭ ގެއްލުންތަކާއި ރިބާގެ ގޮތުގައި ހިމެނޭ ބައެއް މުޢާމަލާތުތައް)‬
‫އެނގުން)‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬

‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ރިބާގެ މުޢާމަލާތު ހިމެނޭ މިޒަމާނުގެ ބައެއް މުޢާމަލާތާމެދު މުދައްރިސްގެ‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫އެހީގައި ލީފްލެޓެއް ތައްޔާރުކުރުވުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ހިބައިން ދިނުމާއި ވަޞިއްޔަތާ ދެމެދުގެ ތަފާތާމެދު ދަރިވަރުން ކުލާހުގައި‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‬ ‫ބަހުސްކުރުން‬

‫‪3.3‬މިޒަމާނުގައި އިންޓަރނެޓް މެދުވެރިކޮށް ކުރާ އޮންލައިން ވިޔަފާރިއާމެދު‬


‫ކުލާހުގައި ބަހުސް ކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޢާރިޔާގެ ގޮތުަގައި މިހާރު މީސްތަކުން ކޮށް އުޅޭ މުޢާމަލާތުތަކަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‪.‬‬

‫‪2.2‬މި ޒަމާނުގައި އޮންލައިން ކޮށް ކުރާ ވިޔަފާރިތައް ހުއްދަވާނެތޯ ސަބަބާއެކު ބަޔާންކުރުން‬

‫‪3.3‬މިޒަމާނުގެ ވިޔަފާރިވެރިންގެ ފަރާތުން ފެންނަ‪ ،‬އިސްލާމްދީނުގައި ހުއްދަ ނޫން ބައެއް މުޢާމަލާތުތަކާމެދު ދަރިވަރުންނާ‬
‫ސުވާލުކުރުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫މަރުބަލީގައި ވަޤްފުކުރުމާމެދު‪:‬‬

‫މަރުބަލީގައިވާ މީހާ އޭނާގެ މުދަލުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނައިން ވަޤްފުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ‪.‬‬
‫ބަލިމީހާގެ މަސްލަހަތަކީ‪ ،‬އޭނާ މަރުވުމަށްފަހު ވެސް އޭނާއަށް ގިނައިން ސަވާބުލިބޭ ކަންތައްތަކެއް ކުރެވިފައި ވުމެވެ‪ .‬ވަޤްފަކީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪84‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫މިކަމަށް އޮތް ރަނގަޅު މަގެކެވެ‪ .‬އެހެން ނަމަވެސް ތަރިކަ މުދަލުގައިވާ ވާރުތަވެރިންގެ ޙައްޤަށް ރިޢާޔަތްކޮށް މުދަލުގެ‬
‫އިރުޝާދު‬ ‫صلى هللا عليه وسلم‬ ‫ތިންބައިކުޅަ އެއްބަޔަށްވުރެ ވަގުފުކުރެވޭ މިންވަރު އިތުރު ނުކުރުމަށް ކީރިތި ރަސޫލާ‬
‫ދެއްވާފައި ވެއެވެ‪.‬‬

‫މަރުބަލީގައި އޮތް މީހާއަށް އޭނާގެ މުދަލުން ވަގުފުކުރެވޭނެ އެންމެ ގިނަ މިނަކީ‪ ،‬ތިންބައިކުޅަ އެއްބަޔެވެ‪ .‬މުދަލުގެ ތިންބައިކުޅަ‬
‫ސަޢުދު ބިން އަބީވައްޤާޞަށް ޙަދީޘްކުރެއްވި ކަމަށް‬ ‫صلى هللا عليه وسلم‬ ‫އެއްބައި ޞަދަޤާތް ކުރުމަށް ކީރިތި ރަސޫލާ‬
‫އެކަލޭގެފާނު ރިވާކުރައްވާފައި ވެއެވެ‪ .‬އެގޮތަށް އެކަލޭގެފާނު ކަނޑައެޅުއްވީ‪ ،‬މަރުވެގެންެދާއިރު ވާރުތަވެރިންނަކީ‪ ،‬ފުދިގެންވާ‬
‫ބައެއްގެ ގޮތުގައި ދޫކޮށްދިއުމަށްޓަކައެވެ‪ .‬ފަޤީރުންގެ ގޮތުގައި ވާރުތަވެރިން ދޫކޮށް ދިއުމަށްވުރެ ފުދިގެންވާ ބައެއްގެ ގޮތުގައި‬
‫ޙަދީޘްކުރައްވާފައި ވެއެވެ‪.‬‬ ‫ރަސޫލުﷲ صلى هللا عليه وسلم‬ ‫ދޫކޮށްދިއުން މާހެޔޮކަން ބޮޑުކަމުގައި‬

‫ޙަރަކާތް ‪1‬‬
‫ވިޔަފާރިވެރިންގެ ކިބައިން ފެންނަ ދީނުގައި ހުއްދަ ނޫން ޢަމަލުތަކާމެދު ކުލާހުގައި ބަހުސްކޮށް އެކަމާމެދު ނުކުތާތަކެއް ފާހަގަކޮށް‬
‫ބޯޑުގައި ނޯޓުކުރުން‪ .‬އަދި އެފަދަ ޢަމަލުތަކުން ދުރުހެލިވެ ތެދުވެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތު ކުރާނެ ގޮތް ހާމަކުރުން‬

‫ޙަރަކާތް ‪2‬‬
‫ޢާރިޔާގެ ގޮތުގައި އެހެން މީހުން ބޭނުންކުރުމަށް ތަކެތި ދޫކުރުމުން މުޖުތަމަޢަކަށް ކުރާ ހެޔޮ އަސަރާ މެދު‬
‫ގްރޫޕް މަޝްވަރާކޮށް ކަރުދާހެއް ތައްޔާރުކުރުން‪.‬‬

‫ޙަރަކާތް ‪3‬‬
‫ވަޞިއްޔަތާއި ހިބައިން ދިނުމުގެ ތަފާތު ބަޔާންކުރުން‬

‫ވަޞިއްޔަތަކީ‪ ،‬ތިމާ މަރުވުމަށްފަހު‪ ،‬އެއްޗެއް އެހެން ފަރާތަކަށް ލިބޭނޭ ގޮތަށް އެއެއްޗަކުން ތަބައްރުޢު ވުމެވެ‪ .‬ނުވަތަ‬
‫މަރުވުމަށްފަހު ތަޞައްރުފެއް ކުރާނޭ ގޮތް ބަޔާންކުރުމެވެ‪.‬‬

‫ހިބައަކީ‪ ،‬ދިރިހުރި ހެޔޮ ޙާލުގައި އެއްވެސް ކަހަލަ ބަދަލެއް އަތުލުމަކާ ނުލައި އެއްޗެއް މިލްކުކޮށްދިނުމެވެ‪.‬‬

‫‪85‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ޙަރަކާތް ‪4‬‬
‫‪ .1‬ތަނަވަސްކަމުގެ އަހުލުވެރިން އެމީހުންގެ މުދަލުން ވަޤުފުކުރުމުން އެއީ އެމީހުންނަށް ކުރެވިފައިވާ ދެމިހުންނަނިވި‬
‫ޞަދަޤާތެކެވެ‪ .‬އޭނާ މަރުވުމަށްފަހު ވެސް އޭގެ މަންފާ އޭނާއަށް ކުރާނެއެވެ‪ .‬އެކަން ހިމެނެނީ ދެމިހުންނަނިވި‬
‫ޞަދަޤާތެއްގެ ގޮތުގައެވެ‪ .‬އަދި އޭނާ އެ ވަޤުފުކުރި މުދަލަކީ މީސްތަކުންނަށް މަންފާ ލިބޭ އެއްޗަކަށް ވާތީ އެކަމުގެ‬
‫ސަބަބުން ދިރިތިބީންނަށް މަންފާކޮށް މުޖުތަމަޢަށް އޭގެ ހެޔޮ އަސަރުކުރާނެއެވެ‪ .‬ވަޤުފުކޮށްފައިވާ އެއްޗެއްގެ މުހިންމުކަމާއި‬
‫މިންވަރަކުން މުޖުތަމަޢަށް ކުރާ މަންފާ ވެސް ތަފާތުވާނެއެވެ‪.‬‬

‫‪ .2‬އިސްލާމްދީނުގައި ރިބާ އަކީ ޙަރާމްކުރައްވާފައިވާ މުޢާމަލާތެކެވެ‪ .‬ޙަރާމްކުރައްވާފައިވަނީ‪ ،‬މީސްތަކުންގެ‬


‫މަޞްލަޙަތަށްޓަކައެވެ‪.‬‬

‫ގެ އަޒާބަށް‬ ‫މާތްﷲ‬ ‫ރިބާއަކީ މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ގެއްލުންހުރި އެއްޗެކެވެ‪ .‬ރިބާ ކާމީހުންނަކީ‬ ‫ ‬
‫ހުށަހެޅިގެންވާ ބައެކެވެ‪ .‬ރިބާ ކާމީހުން‪ ،‬މުދަލުން މަޙުރޫމުވެ ނިކަމެތިވާތަނަކީ‪ ،‬މުޖުތަމަޢުން ފެންނަ މަންޒަރެކެވެ‪ .‬ރިބާގެ‬
‫މުޢާމަލާތުގައި ބަރަކާތް ނުލައްވާނެކަމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވެއެވެ‪.‬‬

‫އަތްމަތި ދަތިވެ ހާލުގައި ޖެހިގެން އެހީއަކަށް އެދިގެން ތިމާގެ މުސްލިމް އަޚާ އައުމުން އޭނާއަށް ފަހުން ދައްކާގޮތަށް‬ ‫ ‬
‫އެއްޗެއް ދޭއިރު އޭނާއަށް ދިން ވަރަށްވުރެ އިތުރަށް ރިބާ ލާފައި އަނބުރާ ދޭން ޖެއްސުމަކީ އޭނާގެ ނިކަމެތި ކަމުގެ‬
‫ނާޖާއިޒު ފައިދާ ނެގުމެވެ‪ .‬އޭރުން އެމީހާ ނިކަމެތިކަން އިތުރުވެ އަބަދުވެސް އުޅެން ޖެހޭނީ ދަރަނިން ސަލާމަތް‬
‫ނުވެވިގެންނެވެ‪ .‬މިއީ އިންސާނިއްޔަތަށް ރަޙުމަތެއްގެ ގޮތުގައި ފޮނުއްވި އިސްލާމްދީން ޤަބޫލުކުރާ ކަމެއް ނޫނެވެ‪.‬‬
‫މިޙާލަތުގައި އިސްލާމްދީން ގޮވާލަނީ‪ ،‬މުސްލިމު އަޚާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށެވެ‪ .‬އޭނާގެ ނިކަމެތިކަމުގެ‬
‫ނާޖާއިރު ފައިދާ ނަގާކަށް ނޫނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪86‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ޛަބަޙަ ކުރުން (ހުއްދަ ކަތިލުން)‬


‫‪9‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ޛަބަޙަކުރުމަކި ކޮބައިކަމާއި އެކަމުގެ ޙުކުމް އެނގުން‬

‫‪2.2‬ޛަބަޙަކުރުމުގައި ސުންނަތްވެގެންވާ ގޮތް އެނގުން‬

‫‪3.3‬އަހުލުކިތާބީން ކަތިލާ ތަކެތި މުސްލިމުން ކެއުމުގެ ޙުކުމް އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬

‫ފޮޓޯ‪ ،‬ފްލޭޝްކާޑް‪ ،‬ބުރިސިލް‬ ‫‪1.1‬ސުންނަތްވެގެންވާ ގޮތަށް ޛަބަޙަ ކުރާ ގޮތުގެ ވީޑިއޯއެއް ދަރިވަރުންނަށް‬
‫ބޯޑް‪ ،‬ވައިޓްބޯޑު‪ ،‬ބުލެކް ބޯޑު‪،‬‬ ‫ދެއްކުން‬
‫ވައިޓްބޯޑުމާކަރ‪ ،‬ޗޯކު‪ ،‬ޕަވަރ‬ ‫‪2.2‬ޛަބަޙަކޮށްގެން ކެއުން ޙަލާލު ތަކެއްޗާއި ޛަބަޙަނުކޮށްވެސް ކެއުން ޙަލާލުވާ‬
‫ޕޮއިންޓު ޕްރެޒެންޓޭޝަން‪ ،‬ވީޑިއޯ‬ ‫ތަކެތި ދަރިވަރުންނަށް ބަޔާންކޮށްދިނުން‬

‫‪3.3‬ސުންނަތްވެގެންވާ ގޮތަށް ޛަބަޙަ ކުރުމުގެ ފައިދާއާމެދު ކުލާހުގައި‬


‫ބަހުސްކުރުން‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ޛަބަޙަކުރުމާ އެނޫން ގޮތަކަށް‪ ،‬މަސް ކެއުން ހަލާލު ޖަނަވާރެއް މަރާލުމުގެ ތަފާތު ދަރިވަރުން ބުނެދިނުން‬

‫‪2.2‬ޛަބަޙަ ކުރުމުގައި ސުންނަތްވެގެންވާ ގޮތަކީ ކޮބައިތޯ ދަރިވަރުންނާ ސުވާލުކުރުން‬

‫‪3.3‬ޛަބަޙަކުރުމަކާ ނުލައި މަރާލެވިފައިވާ‪ ،‬މަސްކެއުން ހަލާލު ޖަނަވާރެއްގެ މަސްކެއުމުގެ ޙުކުމަކީ ކޮަބައިކަން ދަރިވަރުން‬
‫ބުނެދިނުން‬

‫މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ޛަބަޙަކުރުން ޝަރުޢުކުރެއްވުމުގެ ޙިކުމަތާމެދު‪:‬‬

‫● ●ހުރިހާ ދީނެއްގެ ޝަރީޢަތުގައި ވެސް މުޅަތަކެތި ކެއުން ވަނީ ޙަރާމްކުރައްވާފައެވެ‪ .‬އަދި މުޅަތަކެތީގެ މަހަކީ‪ ،‬ނަޖިސް‬
‫ކަމުގައިވެސް ބަޔާންކުރައވާފައި ވެއެވެ‪ .‬އެހެންކަމުން‪ ،‬ޠަބީޢީ މަރަކުން މަރުވެ ފުރާނަ ދިއުމުގެ ސަބަބުން ނަޖިސް‬

‫‪87‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫ވެގެންދާ ތަކެއްޗާއި‪ ،‬ނަޖިސް ނުވާ ތަކެއްޗާ ދެމެދު ތަފާތު ކުރަން ޖެހެއެވެ‪ .‬ކަތިލުމާއި ޤުރުބާން ކުރުމަށް ޝަރީޢަތުގައި‬
‫އައިސްފައިވާ އަމުރުފުޅަކީ‪ ،‬އެދެމެދުގައިވާ އަސާސީ ތަފާތުކުރުމެވެ‪ .‬އެހެންކަމުން މަސްކެއުން ޙަލާލު އެއްޗެއް ދިރިހުއްޓާ‬
‫ވަކިކޮށްލެވޭ ގުނަވަނާއި‪ ،‬ކަތިލުމުގެ ކުރީގައި ފުރާނަ ހިނގައްޖެ ކަޮންމެ ޖަނަވާރަކީ‪ ،‬ޙަރާމް ކުރެވިގެންވާ މުޅަ ތަކެއްޗެވެ‪.‬‬
‫ﷲ‬ ‫މުޅަތަކެތި ކެއުމަކީ ޙަރާމް ކަމަކަށް ވުމާއެކު އެފަދަ ނޭދެވޭ ކަންތަކުން ދުރުހެލިވެ ކެއިންބުއިމުގައިވެސް މާތް‬
‫ރުހިވޮޑިގެންވާ ގޮތް އިޚުތިޔާރު ކުރުން އެއީ‪ ،‬މިކަމުގައި ފާހަގަވެގެންދާ ޙިކުމަތެކެވެ‪.‬‬

‫● ●އިސްލާމީ ޝަރީޢަތުގަިއ ލޭގެ ނަޖިސްކަން ބަޔާންކުރެއްވި ފަދައިން އެއިން ލިބޭ ގެއްލުންތަކުން ރައްކާތެރިވެ‬
‫ދުރުހެލިވުމަށް އަމުރުވެވިގެން ވެއެވެ‪ .‬އެއީ‪ ،‬އެއިން ލިބޭ ގެއްލުންތައް ބޮޑުވުމުގެ ސަބަބުންނެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ތިރީގައިމިވާ ތަކެތީގެ ތެރެއިން މުސްލިމުން ކެއުން ހުއްދަ ތަކެއްޗާއި ހުއްދަ ނޫން ތަކެތި ވަކިކުރުން‬

‫ހުއްދަ‬ ‫‪1.1‬ކްރިސްޓިއަނުން ކަތިލާފައިވާ ގެރި‬

‫ހުއްދައެއްނޫން‬ ‫‪2.2‬ގަލުންތަޅާ މަރާލާފައިވާ ބަކަރި‬

‫ހުއްދައެއްނޫން‬ ‫‪3.3‬ބުޑިސްޓުން ކަތިލާފައިވާ ބަކަރި‬

‫ހުއްދައެއްނޫން‬ ‫‪4.4‬ކަތިލުމަކާނުލައި މަރުވެފައިވާ ބަކަރި‬

‫ހުއްދައެއްނޫން‬ ‫‪5.5‬ހިންދީން ކަތިލާފައިވާ ބަކަރި‬

‫ހުއްދަ‬ ‫‪6.6‬ޔަހުދީން ކަތިލާފައި ކަންބަޅި‬

‫ހުއްދައެއްނޫން‬ ‫‪7.7‬މަރުވެފައިވާ މުސަޅު‬

‫ހުއްދަ‬ ‫‪8.8‬ޢަރަބި ކްރިސްޓިއަނުން ކަތިލާފައިވާ ޖަމަލު‬

‫ޙަރަކާތް ‪2‬‬
‫ޛަބަޙަކުރުން ނުވަތަ ހުއްދަ ކަތިލުމުގެ ބާވަތްތައް‬

‫މަސްކެއުން ޙަލާލު ޖަނަވާރުތައް ޝަރުޢީ ހަމަތަކުގެ މަތިން ތިން ގޮތަކަށް ކަތިލެވެއެވެ‪ .‬އެއީ‪،‬‬

‫‪1.1‬ކަރު ބުރިކޮށްލައިގެން ކަތިލުން‪ ،‬މިގޮތަށް ކަތިލުމަށް ޛަބަޙަކުރުމޭ ކިޔައެވެ‪.‬‬

‫‪2.2‬ކަރުގެ ތިރިއަށް ތޫނު އެއްޗެއް ހަރައިގެން ކަތިލުން‪ ،‬މިގޮތަށް ކަތިލުމަކީ‪ ،‬ނަޙުރު ކުރުމެވެ‪ .‬މިއީ ޖަމަލު ކަތިލުމުގައި‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪88‬‬


‫ޔުނިޓް ‪3‬‬ ‫ ‬
‫ފިޤްހު‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫މާތްﷲ‬ ‫ސުންނަތް ގޮތެވެ‪ .‬މިކަމާމެދު ސޫރަތުލް ކައުޘަރުގައި‬

‫‪3.3‬ކޮންމެވެސް ގޮތަކުން ޖަނަވާރެއް ޒަޚަމްކޮށްލައިގެން ފުރާނަ ދުއްވާލުން‪ .‬މިގޮތަށް ކަތިލުމަށް ޢަޤްރުކުރުމޭ ކިޔައެވެ‪ .‬އަދި‬
‫މިއީ ޝިކާރަ ކުރުމޭ ވެސް ބުނެވެއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫މުސްލިމުންގެ ހުއްދަ ކަތިލުންތަކާއި ޖަނަވާރުންނަށް ކުރެވޭ އަނިޔާއާއި ދެމެދުގެ ތަފާތާއި ހާމަކޮށް ގްރޫޕްތަކުގައި މަޝްވަރާކޮށް‬
‫މުދައްރިސްގެ އެހީއާއެކު ކަރުދާހެއް ތައްޔާރުކުރުން‬

‫‪89‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫ފިޤްހު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 3‬‬

‫މި ޔުނިޓުން ދަސްވިކަންތައްތައް‬

‫● ●އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް‬

‫● ●އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ މަފްހޫމާއި ޙުކުމްތައް‬

‫● ●ޒަކާތަކީ ކޮބައިކަމާއި ޒަކާތް ބެހިގެންވާ ބައިތައް‬

‫● ●ޞަދަޤާތަކީ ކޮބައިކަމާއި ޞަދަޤާތުގެ މުހިންމުކަން‬

‫● ●ރޯދައަކީ ކޮބައިކަމާއި ރޯދައިގެ މުހިންމުކަމާއި ރޯދައިގެ ޙުކުމްތައް‬

‫● ●ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މުހިންމުކަން‬

‫● ●އިޢުތިކާފަކީ ކޮބައިކަމާއި އިޢުތިކާފުގެ މުހިންމުކަން‬

‫● ●ޙައްޖާއި ޢުމްރާއަކީ ކޮބައިކަމާއި އިސްލާމްދީނުގައި ޙައްޖާއި ޢުމްރާގެ މުހިންމުކަން‬

‫● ●ޝަރުޢުގައި ހިމެނޭ ބައެއް ހުއްދަ މުޢަމަލާތުތައް (ވިޔަފާރި‪ ،‬ޢާރިޔާ‪ ،‬ހިބަ‪ ،‬ވަޞިއްޔަތް‪ ،‬ވަޤްފު)‬

‫● ●ޛަބަޙަކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪90‬‬


‫ޔުނިޓް ‪4‬‬

‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫މި ޔުނިޓްގެ މައިގަނޑު މައުޟޫޢުތައް‬

‫● ●ސީރަތަކީ ކޮބައިކަމާއި އިސްލާމްދީން ދެނެގަތުމުގައި ސީރަތުގެ މުހިންމުކަން ބުނެދޭނަން‬

‫● ●އިސްލާމްދީން ޢަރަބިކަރައިން ފާޅުކުރެއްވުމުގެ ޙިކުމަތަކީ ކޮބައިކަން ބުނެދޭނަން‬

‫● ●ފިޤުހީ ހަތަރު މަޛުހަބަކީ ކޮބައިކަމާއި ހަތަރު މަޛުހަބުގެ އިމާމުންނާ ބެހޭ މުހިންމު މަޢުލޫމާތާއި‬
‫އެބޭކަލުންގެ ޝަޚުޞިއްޔަތުން ލިބިގަންނަންވީ ޢިބުރަތްތަކަކީ ކޮބައިކަން ބުނެދޭނަން‬

‫މައިގަނޑު ޤާބިލިއްޔަތު‪:‬‬
‫● ●އިސްލާމްދީނާއި އެއްގޮތަށް ޢަމަލުކުރުން‪.‬‬

‫● ●ނަފްސު ދަނެގަތުމާއި ތަންޒީމުކުރުން‪.‬‬

‫● ●އެހެންމީހުންނާއި ގުޅިގެން އުޅުން‪.‬‬

‫● ●ބިނާކުރަނިވި އުފެއްދުންތެރި ގޮތުގައި ވިސްނުން‪.‬‬

‫● ●ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން‪.‬‬

‫● ●ދުޅަހެޔޮ ދިރިއުޅުމެއް އުޅުން‪.‬‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އިސްލާމްދީން އުނގެނުމުގައި ސީރަތުގެ ދައުރު‬ ‫‪1‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫‪1.1‬ސީރަތަކީ ކޮބައިކަން ބަޔާންވެ ދަސްވުން‪.‬‬

‫‪2.2‬އިސްލާމްދީނުގެ ކަންކަން ދެނެގަތުމުގައި ސީރަތުގެ ދައުރު ހާމަވެ އެނގުން‪.‬‬

‫‪3.3‬ސީރަތުން ލިބިގަންނަންވީ ޢިބުރަތްތައް ދަސްވުން‪.‬‬

‫‪4.4‬ސީރަތު ލިއުއްވާފައިވާ ހަތަރު ޢިލްމުވެރިއެއްގެ ނަމާއި‪ ،‬އެބޭކަލުން ސީރަތާއި ބެހޭގޮތުން ލިއުއްވާފައިވާ ފޮތްތައް‬
‫އެނގުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪ ،‬ޗޯކުފަދަ‬ ‫‪1.1‬ސީރަތަކީ ކޮބައިކަމާއި‪ ،‬އޭގެ މުހިންމުކަމާއި ބެހޭގޮތުން‬
‫ތަކެތި‬ ‫ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬

‫އާއި‪،‬‬ ‫މައްކާއާއި‪ ،‬اَلْ َم ْس ِج ُد ْ‬


‫الـَ َـرام‬ ‫‪2.2‬ރާއްޖޭގައި ކިޔައިއުޅޭ ސީރަތުގެ ފިލާވަޅާ ގުޅުންހުރި ބައެއް‬
‫ފަދަ މުހިންމު‬ ‫މަދީނާއާއި‪ ،‬اَلْ َم ْس ِج ُد النَّـبَ ِوي‬ ‫ތަންތަނުގެ ރެކޯޑިންގް އިއްވުން‪.‬‬
‫ތަންތަނުގެ ފޮޓޯތަކުގެ އެހީތެރިކަން‪ ،‬ފިލާވަޅު‬
‫اَلْ َم ْس ِج ُد ْ‬
‫الـَ َـرام‬ ‫‪3.3‬ފިލާވަޅު ކުރިއަށް ގެންދިއުމުގައި މައްކާއާއި‪،‬‬
‫ޝަރަޙަކުރުމުގައި ލިބިގަތުން‪.‬‬ ‫ފަދަ މުހިންމު ތަންތަނުގެ‬ ‫اَلْ َم ْس ِج ُد النَّـبَ ِوي‬ ‫އާއި‪ ،‬މަދީނާއާއި‪،‬‬
‫ފިލާވަޅުގެ ތަމްރީނުތައް‪.‬‬ ‫ފޮޓޯ ބޭނުންކުރުން‪.‬‬

‫ރާއްޖޭގައި ކިޔައިއުޅޭ ސީރަތުން ފިލާވަޅާއި‬ ‫‪4.4‬ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ބޯޑުގައި ލިޔެ ދަރިވަރުން‬
‫ބޮޑަށް ގުޅުންހުރި ބައެއް ތަންތަނުގެ‬ ‫ލައްވައި އޭގެ މައްޗަށް ވާހަކަ ދެއްކުވުން‪.‬‬
‫ރެކޯޑިންގް‪.‬‬ ‫‪5.5‬ފިލާވަޅާގުޅޭ އަމިއްލަ މަޢުލޫމާތުތަކާއި‪ ،‬އެއާއި ގުޅޭ މުހިންމު‬
‫ފޮޓޯތައް ހިމެނޭގޮތަށް ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް‬
‫ދަރިވަރުންނަށް ހުށަހެޅުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅާއި ބެހޭގޮތުން ދަރިވަރުންނާއި ސުވާލުކުރުން‪.‬‬

‫‪2.2‬ޙަރަކާތްތައް ދަރިވަރުން ފުރިހަމަކޮށްފައިވާ ގޮތް ބެލުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪92‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫‪3.3‬ބައެއް ދަރިވަރުންލައްވައި ފިލާވަލު ޝަރަޙަ ކުރުވުން‪.‬‬

‫‪4.4‬ސީރަތުގެ ޢާންމު މަޢުލޫމާތާއި ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪1.1‬ނަބަވީ ސީރަތަކީ ޘާބިތުގޮތުގައި އަހަރެމެންނާއި ހަމައަށް އައިސްފައިވާ‪ ،‬ކީރިތި ރަސޫލާ‬
‫ގެ އެންމެހާ ޚަބަރުތަކެވެ‪ .‬އެއީ އިތުރު އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަންނަވަން ތައްޔާރުވެގެން އައި‬
‫ދުވަސްވަރުން ފެށިގެން‪ ،‬އަވަހާރަވެއްޖައުމަށްދާންދެން‪ ،‬އިތުރު އެކަލޭގެފާނާއި ގުޅުންހުރި އެންމެހާ ޙާދިޘާތްތަކެވެ‪.‬‬
‫صلَّى هللاُ َعلَْي ِه‬
‫َ‬ ‫އޭގެތެރޭގައި‪ ،‬ފިލާވަޅުގައި ޖުމްލަގޮތެއްގައި އައިސްފައިވާ ޚަބަރުތަކުގެ އިތުރުން‪ ،‬ކީރިތި ރަސޫލާ‬
‫ގެ މާތް ހަށިކޮޅު އުފެދިފައިވާ ގޮތްވެސް ހިމެނެއެވެ‪.‬‬ ‫َو َسلَّم‬
‫ގެ ސީރަތު އުނގެނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ އެންމެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪2.2‬އަހަރެމެންގެ ކީރިތި ރަސޫލާ‬
‫މުހިންމު ކަންތަކެވެ‪ .‬މިކަމުގެ މުހިންމުކަން އަންނަނިވި ނުކުތާތަކުން ހާމަވެގެން ދެއެވެ‪)1( .‬އިތުރު އެކަލޭގެފާނުގެ‬
‫ސީރަތަކީ ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ ޢަމަލީ ތަފްސީރެވެ‪)2( .‬ދީނާއި ދުރަށް ނުދިއުމާއި‪ ،‬ދީނަށް އުޅުމުގައި‬

‫اَهللُ‬ ‫ހައްދުފަހަނައަޅައި ނުދިއުމާއި‪ ،‬އެންމެ ފުރިހަމަ ގޮތުގައި ދީނަށްއުޅެން ދަސްވާނީ ސީރަތު އުނގެނިގެންނެވެ‪)3( .‬މާތް‬
‫ދެކެ އެންމެ ބޮޑަށް ލޯބިވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫ފިޔަވައި‪ ،‬ކީރިތި ރަސޫލާ‬
‫ކަމެކެވެ‪ .‬މިވާޖިބު ރަނގަޅަށް އަދާކުރެވޭނީ އިތުރު އެކަލޭގެފާނުގެ ސީރަތު ދަސްކޮށްގެންނެވެ‪)4( .‬ހުރިހާ ހެޔޮކަމެއްގެ‬
‫ކަމުގައި ކީރީތި ޤުރްއާނުގައި އައިސްފައިވެއެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫އެންމެ ފުރިހަމަ ނަމޫނާއަކީ ކީރިތި ރަސޫލާ‬
‫މިކަން ޢަމަލީގޮތުން އެނގެންއޮތީ ސީރަތުންނެވެ‪)5( .‬ކީރިތި ޤުރްއާނަށްފަހު ދީނުގެ ދެވަނަ މަޞްދަރަކީ އިތުރު‬
‫އެކަލޭގެފާނުގެ ސުންނަތެވެ‪ .‬އެއީ އެކަލޭގެފާނުގެ ސީރަތެވެ‪.‬‬

‫ގެ ޙަޟްރަތުން ހުރިހާ މަދަދަކާއި‪ ،‬އެހީތެރިކަމެއް‬


‫اَهللُ‬ ‫އަކީ މާތް‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪3.3‬ކީރިތި ރަސޫލާ‬

‫ﱫﭲ ﭳ ﭴ ﭵ ﭶ ﭷ‬ ‫ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ‪ .‬އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ‪.‬‬

‫ﭸﭹﭺﭻ ﭼ ﭽ ﭾ ﭿﮀﮁﮂﮃﮄﮅﮆ ﮇﮈ‬


‫ﮉﮊﮋﮌﮍﮎﮏ ﮐﮑﮒﮓﮔﮕﮖﮗ‬
‫(الضحى ‪)11 - 1‬‬ ‫ﮘ ﮙ ﮚﮛﮜﮝﮞ ﮟﮠﮡ ﮢﮣ ﮤ ﱪ‬

‫މާނައަކީ "ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ‪ .‬އަދި ރޭގަނޑު އަނދިރިކަން ފެތުރި‪ ،‬ހިމޭންވާހިނދު‪ ،‬އެ ރޭގަނޑު‬ ‫ ‬
‫ގަންދެއްވަމެވެ‪ .‬ކަލޭގެފާނު ވެރިރަސްކަލާނގެ‪ ،‬ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ‪ .‬އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ‪.‬‬
‫އަދި ކަލޭގެފާނަށްޓަކައި‪ ،‬ދުނިޔެއަށްވުރެ‪ ،‬އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ‪ .‬އަދި ނިކަންހުރެ‪ ،‬ކަލޭގެފާނުގެ‬
‫ވެރިރަސްކަލާނގެ‪ ،‬ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ‪ .‬ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ‪ .‬ކަލޭގެފާނު‬
‫ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ‪ ،‬ކަލޭގެފާނަށް ހިޔާވަހިކަން‬
‫‪93‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ދެއްވިއެވެ‪ .‬އަދި ކަލޭގެފާނު ޙައިރާންވެވަޑައިގެންވަނިކޮށް‪ ،‬އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ‪ .‬ދެން އެކަލާނގެ‬


‫ކަލޭގެފާނަށް މަގުދެއްކެވިއެވެ‪ .‬އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތީ‪ ،‬އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ‪ .‬ދެން‬
‫އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ‪ .‬ދަންނާށެވެ! ފަހެ‪ ،‬ކަލޭގެފާނު‪ ،‬ޔަތީމުކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!‬
‫އަދި ދަންނާށެވެ! ފަހެ‪ ،‬ކަމަކަށްއެދި އަންނަ މީހާޔަށް‪ ،‬ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! އަދި ދަންނާށެވެ!‬
‫ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ނިޢުމަތުގެ ެ ވާހަކައިން‪ ،‬ފަހެ‪ ،‬ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!"‬

‫‪ .4‬ޢަރަބީންގެ ތެރޭގައި އެންމެ ޝަރަފުވެރި‪ ،‬މާތްކަމާއި‪ ،‬ދީލަތިކަމާއި ޤަދަރުގެ ގޮތުން އެންމެ މަޝްހޫރު ޤަބީލާއަކީ‬
‫ޤުރައިޝުވަންހައެވެ‪ .‬ޤުރައިޝުވަންހައިގެ ތެރޭގައި ހިމެނޭ އެންމެ ޝަރަފުވެރި މާތް ދަރިކޮޅަކީ ބަނޫހާޝިމުގެ ދަރިކޮޅެވެ‪.‬‬
‫ވަޑައިގަތީ މިދަރިކޮޅުންނެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫ކީރިތި ރަސޫލާ‬

‫ﱫﮛ ﮜ ﮝ‬ ‫‪ .5‬އިތުރު އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ‪.‬‬

‫(القلم‪)4 :‬‬ ‫ﮞﱪ‬


‫މާނައަކީ "އަދި ހަމަކަށަވަރުން‪ ،‬ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ‪".‬‬

‫އަކީ އެންމެހާ ހެއުކަމެއްގެ އެންމެ ފުރިހަމަ ނަމޫނާއެވެ‪ .‬މިގޮތުން އިތުރު‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫‪ .6‬ކީރިތި ރަސޫލާ‬
‫އެކަލޭގެފާނަކީ އެންމެ އޯގާތެރި ބައްޕައެވެ‪ .‬އެންމެ ހެޔޮ ފިރިކަލުންނެވެ‪ .‬އެންމެ ފުރިހަމަ މުދައްރިސެވެ‪ .‬އެންމެ ހެޔޮއެދޭ‬
‫ރަޙްމަތްތެރިޔާއެވެ‪ .‬އެންމެ ކެތްތެރި ފަޤީރު (ފަޤީރު ޙާލުކޮޅުގައި ހުންނެވިއިރު) ސާހިބާއެވެ‪ .‬އެންމެ ދީލަތި މުއްސަނދި‬
‫ސާހިބާއެވެ‪ .‬އެންމެ ކުޅަދާނަ ހަނގުރާމަވެރި ލީޑަރެވެ‪ .‬އެންމެ ހިންގުންތެރި ޤައުމުގެ ލީޑަރެވެ‪ .‬އެންމެ އޯގާތެރި‬
‫ގެ އަޅާއެވެ‪ .‬ރިވެތި އަޚުލާޤުގައި‬
‫اَهللُ‬ ‫ރައްޔިރުންެގެ ވެރިޔާއެވެ‪ .‬އެންމެ ތަޤުވާވެރިކަމާއި‪ ،‬ކިޔަމަންތެރިކަންބޮޑު މާތް‬
‫އެންމެ ފުރިހަމަ ސާހިބާއެވެ‪.‬‬

‫‪ .7‬ޢަރަބީންގެ ޤަބީލާތަކުގެ ތެރެއިން އެންމެ މަތިވެރި‪ ،‬ނަސަބާއި‪ ،‬ޙަސަބުގެ ގޮތުން އެންމެ ޝަރަފުވެރި ޤަބީލާއަކީ‬
‫ޤުރައިޝުވަންހައެވެ‪ .‬މި ޤަބީލާ އެކުލެވިގެންވަނީ ގިނަ ދަރިކޮޅުތަކެއްގެ މައްޗަށެވެ‪ .‬މިދަރިކޮޅުގެ ތެރެއިން އެންމެ‬
‫ވަޑައިގަތީ މިދަރިކޮޅުންނެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫ޝަރަފުވެރި މާތް ދަރިކޮޅަކީ ހާޝިމު ދަރިކޮޅެވެ‪ .‬ކީރިތި ރަސޫލާ َ‬
‫އިތުރު އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ‪" .‬ހަމަކަށަވަރުން މާތް اَهلل ޚަލްޤުތަކުން‬
‫އުފައްދަވައި‪،‬‬
‫ُ‬
‫އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހުންގެ ތެރޭގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ‪ .‬އެބައިމީހުންގެ ތެރެއިން އެންމެ‬
‫ހެޔޮ ޖަމާޢަތުގެ ތެރޭގައި ތިމަންކަލޭގެފާނު ލެއްވެވިއެވެ‪ .‬ދެން އެކަލާނގެ ޖަމާޢަތްތައް އިޚްތިޔާރުކުރައްވައި‪ ،‬ޤަބީލާތައް‬
‫ތިމަންކަލޭގެފާނު ލެއްވެވިއެވެ‪ .‬ދެން‬
‫اَهللُ‬ ‫އިޚްތިޔާރު ކުރެއްވިއެވެ‪ .‬އެއަށްފަހު އެންމެ ހެޔޮ ޤަބީލާގެ ތެރޭގައި މާތް‬
‫(އެ ޤަބީލާގެ ތެރެއިން) ދަރިކޮޅުތައް އިޚްތިޔާރުކުރައްވައި‪ ،‬އޭގެތެރެއިން އެންމެ ހެޔޮ ދަރިކޮޅުގެ ތެރޭގައި އެކަލާނގެ‬
‫ތިމަންކަލޭގެފާނު ލެއްވެވިއެވެ‪ .‬އެހެންކަމުން ތިމަންކަލޭގެފާނަކީ އެންމެ ހެޔޮ އިންސާނާއެވެ‪ .‬ތިމަންކަލޭގެފާނު ވަޑައިގަތީ‬
‫މި ޙަދީޘްފޮތުގައި އައިސްފައިވާ ރިވާޔަތެއްގެ މާނަ)‬ ‫التِم ِذي‬
‫ِ‬
‫އެންމެ ހެޔޮ ދަރިކޮޅުގެ ތެރެއިންނެވެ‪( ".‬މިއީ ُسنَ ُن ّْ‬
‫علَْي ِه وسلَّم އަކީ‬ ‫މާތް اَهللُ ވަނީ ކީރިތި ރަސޫލާ َ َّ‬
‫އެންމެ މަތިވެރި ޚުލްޤުފުޅުގެ މަތީގައި ތަރުބިއްޔަތު‬
‫صلى هللاُ َ َ َ َ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪94‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫(س ْوَرةُ الْ َقلَم ‪ )4‬މާނައަކީ‬


‫ُ‬ ‫ﱫﮛ ﮜ ﮝ ﮞ ﱪ‬ ‫ކުރައްވާފައެވެ‪ .‬އެކަލާނގެ ވަހީކުރައްވާފައިވެއެވެ‪.‬‬
‫"އަދި ހަމަކަށަވަރުން‪ ،‬ކަލޭގެފާނުވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ‪".‬‬

‫އިސްލާމީ ދަޢުވަތުގެ ކުރީކޮޅުގައި‪ ،‬މައްކީ މަރުޙަލާގައި މުޝްރިކުންގެ ފަރާތުން ވަރަށްގިނަގުނަ އުނދަގޫތަކާއި‪،‬‬


‫އަށް ޖެހިވަޑައިގަތެވެ‪ .‬މިގޮތުން ޠާއިފަށް‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫އަނިޔާއާއި ކުރިމަތިލައްވަން‪ ،‬ކީރިތި ރަސޫލާ‬
‫ދީނަށް ގޮވާލައްވަން ވަޑައިގަތުމުން އެތާނގެ މީސްތަކުން އިތުރު އެކަލޭގެފާނަށް ދިން އަނިޔާއަކީ ފާހަގަކޮށްލެވޭ‬
‫ކެތްތެރިވެ ވަޑައިގެން‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫އަނިޔާވެރިކަމެކެވެ‪ .‬މިހުރިހާކަމަކަށްވެސް ކީރިތި ރަސޫލާ‬
‫ޙިކުމަތްތެރިކަމާއެކު ނަޞޭޙަތް ދިނުމުގައި ދެމިހުންނެވިއެވެ‪.‬‬

‫އާއި‪ ،‬އެކަލާނގެ ރަސޫލާވަނީ އެންމެހާ ހެޔޮކަންތައް ކުރުމަށް އަންގަވާފައެވެ‪ .‬އަދި ހުރިހާ ނުބައިކަންތަކުން‬
‫اَهللُ‬ ‫މާތް‬
‫ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ‪ .‬މިހެންކަމުން މިކަންތައްތަކަށް ތަބާވެގެން މެނުވީ ޞާލިޙު މީހަކަށް ނުވެވޭނެއެވެ‪.‬‬

‫އަކީ ހުރިހާ ހެއުކަމެއްގެ އެންމެ ފުރިހަމަ ނަމޫނާއެވެ‪ .‬އެނަމޫނާއަށް‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫ކީރިތި ރަސޫލާ َ‬
‫ތަބާވުމަށް މާތް اَهلل ވަނީ އަހަރެމެންނަށް އަމުރުކުރައްވާފައެވެ‪.‬‬
‫ُ‬
‫‪ .8‬ސީރަތު ލިޔެވިފައިވާ ހަތަރުފޮތަކާއި‪ ،‬އެފޮތްތައް ލިއުއްވި ޢިލްމުވެރިންނާބެހޭ މަޢުލޫމާތުތައް‪-:‬‬
‫ِ‬
‫لسيَ ُـر َوالْ َمغَا ِزي ‪ :‬މިފޮތް ލިއުއްވާފައިވަނީ ُمَ َّم ُد بْ ُن إِ ْس َحاق‬
‫އެވެ‪ .‬ޞަޙާބީ ބޭކަލުންގެ ތެރެއިން ގިނަދުވަހު‬
‫‪1.1‬اَ ّ‬
‫سحاق ބައްދަލުކުރައްވައި އެބޭކަލުންގެ ފަރާތްޕުޅުން ޢިލްމު‬ ‫ِ‬
‫ދުނިޔޭގައި ހުންނެވި ބޭކަލުންނާއި‪ُ ،‬مَ َّم ُد بْ ُن إ ْ َ‬
‫އުނގެނިވަޑައިގަތެވެ‪ .‬މިގޮތުން أَنَس ގެފާނާއި ބައްދަލުކުރެއްވިއެވެ‪ .‬އަދި އެހެންވަރަށް ގިނަ ބޭކަލުންގެ ފަރާތްޕުޅުންވެސް‬
‫لسيـر والْمغَا ِزي ގެ ފުރަމަ ބައިގައި އިސްލާދީނުގެ ކުރިން‬ ‫ِ‬
‫ޢިލްމު އުނގެނިވަޑައިގަތެވެ‪ .‬އެކަލޭގެފާނު ލިއުއްވާފައިވާ اَ ّ َ ُ َ َ‬
‫ބާވައިލެއްވުނު ރިސާލާތްތަކާއި‪ ،‬ޖާހިލިއްޔަ ޒަމާނުގެ ޚަބަރުތައް ގެންނަވާފައި ވެއެވެ‪ .‬އެއަށްފަހު ދެވަނަ ބައިގައި ކީރިތި‬
‫މައްކާގައި ހޭދަކުރެއްވި އަހަރުތަކުގެ ޚަބަރުތަކާއި‪ ،‬މަދީނާއަށް ހިޖުރަކުރައްވައި‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ރަސޫލާ‬
‫އެތާނގައި ހަމަޖެހިވަޑައިގަތުމާއި ހަމައަށް އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ޙާދިޘާތައް ގެންނަވާފައިވެއެވެ‪ .‬ފޮތުގެ‬
‫ތިންވަނަބައި ޚާއްޞަކުރައްވާފައިވަނީ އިތުރު އެކަލޭގެފާނު އަވަހާރަވަންދެން މަދީނާގެ ދައުރުގައި ކުރައްވާފައިވާ‬
‫ހަނގުރާމަތަކާއި‪ ،‬މަދީނާގައި އުޅުއްވި ގޮތްކޮޅުތަކުގެ ޚަބަރުތަކެވެ‪.‬‬

‫އެވެ‪ .‬އެކަލޭގެފާނުގެ މިފޮތް މަޝްހޫރުވެފައިވަނީ‬ ‫ك بْ ُن ِه َشام‬


‫َعب ُد الْملِ ِ‬
‫ْ َ‬ ‫‪ :‬މިފޮތް ލިއުއްވާފައިވަނީ‬ ‫ِ‬
‫لسْي َـرةُ النَّـبَ ِويَّة‬
‫‪2.2‬اَ ّ‬
‫ގެ ނަމުންނެވެ‪ .‬މިއީ ސީރަތު ފޮތްތަކުގެ ތެރެއިން އެންމެމުހިންމު މަޝްހޫރު ފޮތެވެ‪ .‬އެކަލޭގެފާނަކީ‬ ‫ِسْي َـرةُ ابْ ِن ِه َشام‬
‫ސީރަތާއި‪ ،‬ތާރީޚާއި‪ ،‬ޢަރަބިބަހާއި‪ ،‬ނަސަބާއި‪ ،‬ޢަރަބިންގެ ޚަބަރުތަކުގެ ބޮޑު ޢިލްމުވެރިއެކެވެ‪ .‬އެކަލޭގެފާނުގެ‬
‫ِ‬
‫لسيَ ُـر َوالْ َمغَا ِزي‬ ‫ُمَ َّم ُد بْ ُن إِ ْس َحاق‬
‫އަށް ވަރަށްބޮޑަށް ބުރަވެވަޑައިގެންފައި‬
‫اَ ّ‬ ‫ގެ‬ ‫މިސީރަތުފޮތް ލިއުއްވުމުގައި‬
‫ގެ‬ ‫ވެއެވެ‪ .‬އެކަމަކު އެފޮތުގެ ޢިބާރާތްތައް ފަސޭހަކުރައްވައި ތަރުތީބު ކުރެއްވިއެވެ‪ .‬އަދި ُمَ َّم ُد بْ ُن إِ ْس َحاق‬
‫لسيـر والْمغَا ِزي ގައި ސާބިތުނުވާގޮތަށް‬ ‫ِ‬
‫ފަރާތްޕުޅުން އުނިވެފައިވާ ބައިތައް ފުރިހަމަކުރައްވައި އިތުރުކުރެއްވިއެވެ‪ .‬އަދި اَ ّ َ ُ َ َ‬
‫އައިސްފައިވާ ޚަބަރުތައް ދޫކޮށްލެއްވިއެވެ‪.‬‬

‫އެވެ‪ .‬އެކަލޭގެފާނަކީ މަޝްހޫރު‬ ‫التِم ِذي‬


‫ِ‬ ‫ِ‬
‫ُمَ َّم ُد بْ ُن عْي َسى ّْ‬ ‫‪ :‬މިފޮތް ލިއުއްވާފައިވަނީ‬ ‫َّمائِ ِل الْ ُم َح َّم ِديَّة‬
‫‪3.3‬اَلش َ‬
‫ލިއުއްވާފައިވާ ޙަދީޘް ޢިލްމުވެރިއެކެވެ‪ .‬އެކަލޭގެފާނު ލިއުއްވި ސީރަތު ފޮތުގައި‬ ‫التِم ِذي‬
‫ِ‬
‫ހަދީޘްފޮތެއް ކަމުގައިވާ ُسنَ ُن ّْ‬
‫‪95‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ގެ ސިފަފުޅުތައް ބަޔާންކުރައްވާފައި ވެއެވެ‪ .‬އަދި އިތުރު އެކަލޭގެފާނުގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ކީރިތި ރަސޫލާ‬
‫ރިވެތި ޚުލްޤުފުޅުތަކާއި‪ ،‬މާތް އަދަބުތަކާއި ގެންނަވާފައި ވެއެވެ‪ .‬މިޚަބަރުތައް ގެންނަވާފައިވަނީ ޞައްޙަ މަގުތަކުންނެވެ‪.‬‬
‫އެކަލޭގެފާނުގެ މި ސީރަތުފޮތް ‪ 55‬ބާބަށް ބައްސަވާލައްވާފައި ވެއެވެ‪ .‬އަދި އިސްވެދިޔަ ޚަބަރުތައް ހިމެނޭ ‪ 415‬ރިވާޔަތް‬
‫ޖަމާކުރައްވާފައި ވެއެވެ‪.‬‬
‫ِ‬
‫ُمَ َّم ُد بْ ُن‬ ‫الُلَ َفاء‬
‫‪ :‬މިފޮތް ލިއުއްވާފައިވަނީ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެއްކަމުގައިވާ‬ ‫لسْي َـرةُ النَّـبَ ِويَّةُ َوأ ْ‬
‫َخبَ ُار ْ‬ ‫‪4.4‬اَ ّ‬
‫حبَّان އެވެ‪ .‬އެކަލޭގެފާނުގެ މި ސީރަތުފޮތުގައި ސީރަތުގެ ބައިތައް ޖުމްލަކޮށް ލިއުއްވާފައި ވެއެވެ‪ .‬މިގޮތުން ކީރިތި‬ ‫ِ‬
‫علَْي ِه وسلَّم ގެ ނަސަބުފުޅާއި‪ ،‬ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޚަބަރުތަކާއި‪ ،‬ޙަލީމަތުގެފާނުގެ‬ ‫ރަސޫލާ َ َّ‬
‫صلى هللاُ َ َ َ َ‬
‫ފަރާތްޕުޅުން ކިރުފޮދު ހިތްޕެވި ވާހަކަތަކާއި‪ ،‬އިތުރު އެކަލޭގެފާނުގެ ރިވެތި ސިފަފުޅުތަކާއި‪ ،‬ނަބީކަމާއިގެން ފޮނުއްވުމާއި‪،‬‬
‫ކުރެއްވި‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ހިޖުރައިގެ ޚަބަރުތައް ގެންނަވާފައި ވެއެވެ‪ .‬މީގެ އިތުރުން ކީރިތި ރަސޫލާ‬
‫ހަނގުރާމަތަކާއި‪ ،‬އަވަހާރަވި ޙާދިޘާގެ ޚަބަރުތަކާއި މިނޫންވެސް ސީރަތުގެ ވަރަށްގިނަ ޙާދިޘާތަކެއް ގެންނަވާފައި ވެއެވެ‪.‬‬
‫އެއަށްފަހު ހަތަރު ޚަލިފާއިންގެ ތާރީޚާއި‪ ،‬ޢައްބާސީވެރިކަން ނިމުމަކާހަމައަށް ދާންދެން އޭގެ ޚަބަރުތައް ގެންނަވާފައި‬
‫ވެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬މީހަކު ކުރިއަށްދާގޮތް ނުވަތަ މީހެއްގެ އުޅުމާއި‪ ،‬ޙާލަތު އޮންނަގޮތެވެ‪ / .‬މަގެވެ‪.‬‬

‫ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއްސުރެ އަވަހާރަވެއްޖައުމަށް ދާންދެން‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬


‫ރަސޫލާ َ‬ ‫‪2.2‬ކީރިތި‬
‫އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި‪ ،‬އެކަލޭގެފާނާއި ގުޅުންހުރި އެންމެހާ ކަންތައްތަކެވެ‪.‬‬

‫އުޅުއްވި ގޮތްކޮޅެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬


‫َ‬ ‫‪3.3‬ކީރިތި ރަސޫލާ‬

‫‪4.4‬ސީރަތު ދަސްކޮށްގެންނެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫ސީރަތުޢިލްމު ދަސްކުރުމުން ލިބޭ ފައިދާތައް ދަރިވަރުންނަށް ކިޔައިދޭށެވެ! އެއަށްފަހު‪ ،‬ކޮންމެ ދަރިވަރަކުވެސް އެތިންފައިދާގެ‬
‫މުހިންމުކަން އަމިއްލައަށް ބަޔާކުރަން އަންގާށެވެ!‬

‫ގެ ޙަޔާތްޕުޅު އެނގުން‪ .‬ފައިދާގެ މުހިންމުކަން‪ :‬އިތުރު އެކަލޭގެފާނަކީ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪1.1‬ކީރިތި ރަސޫލާ‬
‫އަހަރެމެންގެ ރަސޫލާއެވެ‪ .‬ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާއެވެ‪ .‬މިފަދަ ބޭކަލެއްގެ މާތްކަން އެނގޭނީ‬
‫އެބޭކަލެއްގެ ސީރަތު ދަސްކޮށްގެންކަމަށްވާތީ‪ ،‬އޭގެ މުހިންމުކަން އެނގެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪96‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ދެކެ ލޯބިވުމަށް މަގުފަހިވުން‪ .‬ފައިދާގެ މުހިންމުކަން‪ :‬އެއްވެސް މީހެއްދެކެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪2.2‬ކީރިތި ރަސޫލާ‬
‫ފުރިހަމައަށް ލޯބިވެވޭނީ އެމީހެއްގެ ޙަޤީޤަތް އެނގިގެންނެވެ‪ .‬މިހެންކަމުން އިތުރު އެކަލޭގެފާނުދެކެ ފުރިހަމައަށް‬
‫ލޯބިވުމަށްޓަކައި ސީރަތު ދަސްކުރުމުގެ މުހިންމުކަން އެނގެއެވެ‪.‬‬

‫އަށް ކިޔަމަންގަންނަން އެނގުން‪ .‬ފައިދާގެ މުހިންމުކަން‪ :‬އިތުރު އެކަލޭގެފާނަށް‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪3.3‬ކީރިތި ރަސޫލާ‬
‫ކިޔަމަންގަންނަން ބޭނުންވިނަމަވެސް‪ ،‬އެކަލޭގެފާނު އުޅުއްވި ގޮތްކޮޅު އެނގިގެން މެނުވީ އެބޭނުން ފުރިހަމަނުވާނެއެވެ‪.‬‬
‫މިކަމުންވެސް ސީރަތު ދަސްކުރުމުގެ މުހިންމުކަން ދޭހަވެއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫ބަޔާންކުރެވިފައިވާ މައިގަނޑު ޕޮއިންޓުތަކާއިބެހޭ ކޮންމެވެސް ވަރެއްގެ އިތުރު ތަފްޞީލުތަކެއް ދައިވަރުންނަށްދޭށެވެ‪ .‬އެއަށްފަހު‬
‫ކުލާސް ގުރޫޕްތަކަކަށް ބަހާލުމަށްފަހު ދަރިވަރުންލައްވައި މަސައްކަތް ފުރިހަމަކުރުވާށެވެ! މަސައްކަތް ނިމުމުން ކޮންމެ ގުރޫޕެއްގެ‬
‫ލީފުލެޓް ކުލާހަށް ހުށަހަޅަންވާނެއެވެ‪.‬‬

‫ނޯޓް‪ :‬ތަފާތު ގުރޫޕުތަކަށް ތަފާތު ޕޮއިންޓުތައް ދޭށެވެ!‬

‫ދުނިޔޭގެ އަލިކަން‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬


‫َ‬ ‫މައިގަނޑު ޕޮއިންޓްތަކާއިބެހޭ ތަފްޞީލްތަކުގެ ކުރު ޚުލާޞާއެއް‪ :‬ކީރިތި ރަސޫލާ‬
‫މަހުގެ ‪ 12‬ވީ ހޯމަ ދުވަހު މައްކާގައެވެ‪ .‬އެއީ މީލާދީން ‪ 570‬ވަނައަހަރެވެ‪ .‬މިއަހަރު ޢަރަބީންގެ‬ ‫َربِْي ُع ْال ََّول‬ ‫ދެކެވަޑައިގަތީ‬
‫ތެރޭގައި މަޝްހޫރުވެފައިވަނީ "ފީލުގެ އަހަރު"(ފީލު ބާގައިގެ މީހުން ގެފުޅު މުގުރާންއައި އަހަރު) ގެ ނަމުންނެވެ‪ .‬އިތުރު‬
‫ص ُّي ގެ ދަރި َعْب ُد‬ ‫ِ‬ ‫ِ‬
‫ب ގެ ދަރި قُ َ‬ ‫ب ގެ ދަރި ُمَّرةُ ގެ ދަރި ك َل ُ‬ ‫ي ގެ ދަރި َك ْع ُ‬ ‫ب ގެ ދަރި لَُؤ ُّ‬‫އެކަލޭގެފާނަކީ َغال ُ‬
‫علَْي ِه وسلَّم އެވެ‪.‬‬ ‫ِ‬ ‫ِ‬ ‫ِ‬
‫صلَّى هللاُ َ َ َ‬ ‫َمنَاف ގެ ދަރި َهاش ُم ގެ ދަރި َعْب ُد الْ ُمطَّلب ގެ ދަރި َعْب ُد هللا ގެ ދަރިކަލުން ُمَ َّم ٌد َ‬
‫اعْيل ގެފާނާއެވެ‪ .‬އިތުރު އެކަލޭގެފާނު ޒުވާން ޢުމުރުފުޅުގައިވެސް މައްކާގެ ފުރާވަރުގެ‬ ‫މި ނަސަބުފުޅު ގުޅެނީ ސަލާމްލެއްވި إِ ْس ِ‬
‫َ‬
‫ކުދިންނާއެކީ އެއްވެސް ގޯސްކަމެއްގައި‪ ،‬ބޭކާރު ކަމެއްގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ‪ .‬ޢުމުރުފުޅުން ސާޅީސްއަހަރުފުޅު‬
‫އެކަލޭގެފާނުގެ މައްޗަށް ވަޙީބާވައިލައްވައި ރިސާލަތް ބާވައިލެއްވިއެވެ‪ .‬އެއަށްފަހު ‪ 13‬އަހަރު‬
‫اَهللُ‬ ‫ފުރިހަމަވުމުން މާތް‬
‫ގެ މަގަށް އިސްލާމްދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވިއެވެ‪ .‬މި މުއްދަތުގެ ތެރޭގައިވެސް‬
‫اَهللُ‬ ‫ދުވަސްވަންދެއް މައްކާގައި މާތް‬
‫އެކަލޭގެފާނުގެ އަތްޕުޅުމަތިން މުޢްޖިޒާތްތައް ފާޅުކުރެއްވިއެވެ‪.‬‬
‫اَهللُ‬ ‫އެކަލޭގެފާނުގެ ނުބުއްވަތުގެ ތެދުކަން ސާބިތުކޮށްދެއްވުމަށް މާތް‬
‫މިގޮތުން އެކަލޭގެފާނުގެ އިޝާރާތަށް ހަނދު ދެފަޅިވެގެން ދެދިމާއަށް ދިއުން ހިމެނެއެވެ‪ .‬މައްކާގައި ދީނަށް ގޮވާލައްވަން‬
‫‪ 13‬އަހަރު ހުންނެވުމަށްފަހު މަދީނާއަށް ހިޖުރަކުރައްވައި ދީނަށް ގޮވާލެއްވުމުގައި ކުރިއަށްވަޑައިގަތެވެ‪ .‬މިމަރުޙަލާގައި ޖިހާދު‬
‫ގެ މަގުގައި ގިނަ ހަނގުރާމަތަކެއް ކުރައްވައި ކާފިރުން ބަލިކުރެއްވިއެވެ‪ .‬އަދި ބައިބަޔަށް‬
‫اَهللُ‬ ‫ފަރުޟުކުރެއްވުމުން‪ ،‬މާތް‬
‫ގެ ޙަޔާތްޕުޅުގެ ހުރިހާ މަރުޙަލާއެއްގައިވެސް‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫މީސްތަކުން އިސްލާމްދީނަށް ވަނެވެ‪ .‬ކީރިތި ރަސޫލާ‬
‫އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅުފާޅުވިއެވެ‪ .‬އެކަން މުސްލިމުންނާއި‪ ،‬ޣައިރު މުސްލިމުންނަށްވެސް އެނގިގެން ދިޔައެވެ‪.‬‬
‫މީގެތެރެއިން އެއް މިސާލަކީ މައްކާ ފަތަޙަ ކުރެއްވުމަށްފަހު‪ ،‬އިތުރު އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާދީ އުޅުނު‬
‫އެންމެންނަށްވެސް މާފުދެއްވުމެވެ‪.‬‬

‫‪97‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ޙަރަކާތް ‪4‬‬
‫ފިލާވަޅާއި ގުޅުވައި‪ ،‬ދަރިވަރު ޚިޔާލު ފާޅުކުރުން‪.‬‬

‫ފާޅުކުރެވިދާނެ ބައެއް ޚިޔާލުތައް‬

‫ދެކެ އަހަރެމެންނަށް އެންމެ ފުރިހަމައަށް ލޯބިވެވޭނީ‪ ،‬އެކަލޭގެފާނުގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫‪1.1‬ކީރިތި ރަސޫލާ‬
‫ސީރަތު އެނގިގެންނެވެ‪ .‬މިސާލަކަށް (ޙަރާމްކަމަކަށް އަރައިގަތުމުން ކޯފާވުން ފިޔަވައި) އިތުރު އެކަލޭގެފާނުގެ ކޯފާ‬
‫ގެ ޚާދިމު ކަމުގައިވާ‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫މަޑުކަމާއި‪ ،‬އަނެކުންނާ ދޭތެރޭގައި ބަހައްޓަވާ ގާތްކަމެވެ‪ .‬ކީރިތި ރަސޫލާ‬
‫އަށް ތިމަން ދިހައަހަރު ޚިދުމަތް ކުރެއްވީމެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫َ‬ ‫އަނަސްގެފާނު ވިދާޅުވިއެވެ‪ " .‬ކީރިތި ރަސޫލާ‬
‫ތިމަންނައާ ދިމާއަށް އިތުރު އެކަލޭގެފާނު‪ ،‬ތިބާ މިވެނި އެވެނިކަމެއް ކުރީ ކީއްވެގެންހޭ؟ މިހެން ދުވަހަކުވެސް ޙަދީޘް‬
‫ކުރެއްވިކަމެއް އެނގިވަޑައި ނުގަންނަވައެވެ‪ .‬އަދި ތިމަންނައާދިމާއަށް ދުވަހަކުވެސް ޢައިބުބަހެއް‪ ،‬ހުތުރުބަހެއް ވިދާޅެއް‬
‫ނުވެއެވެ‪( ".‬މިއީ ޞަޙީޙު މުސްލިމުގައި އައިސްފައިވާ ރިވާޔަތެއްގެ މާނަ)‬

‫صلَّى هللاُ َعلَْي ِه َو َسلَّم‬


‫َ‬ ‫‪2.2‬އަހަރެމެން ކޮންމެ ކަމެއްކުރަން ބޭނުންވިޔަސް‪ ،‬އެކަމުގައި ކީރިތި ރަސޫލާ‬
‫ޢަމަލުކުރައްވާފައިވަނީ ކޮންގޮތަށްތޯ ބަލައި‪ ،‬އަހަރެމެން ޢަމަލުކުރަންވާނީ އެގޮތަކަށެވެ‪ .‬މިސާލަކަށް އިތުރު އެކަލޭގެފާނު‬
‫ކުޑަކުދިންނާ ދޭތެރޭގައި ކަންތައް ކުރައްވާފައިވާ ގޮތެވެ‪ .‬މިފަދަ މިސާލެއް (ހ)ގައި އައިސްފައި އެވަނީއެވެ‪ .‬އަނެއް‬
‫ނަމާދަށް އަވަސްވެ ވަޑައިގަތުމެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّم‬
‫މިސާލަކީ ބަންގި ގޮވުމުން‪ ،‬ކީރިތި ރަސޫލާ َ‬
‫علَْي ِه وسلَّم ގެ ދަރަޖަ މަތިވެރި‬
‫ކުރައްވާފައެވެ‪ .‬އެކަލާނގެ މަދަދާއި‬
‫صلَّى هللاُ َ َ َ‬‫‪3.3‬މާތް اَهللُ ވަނީ ކީރިތި ރަސޫލާ َ‬
‫އިތުރު އެކަލޭގެފާނު‬
‫اَهللُ‬ ‫ޢިނާޔަތް އެކަލޭގެފާނާއި އެކީގައި އަބަދާއަބަދުވެއެވެ‪ .‬މައްކާގެ މުޝްރިކުން‪ ،‬މާތް‬
‫ގައި އެކަލާނގެ ބަޔާންކުރެއްވީ އެކަލޭގެފާނު ދޫކޮށްނުލައްވާ‬ ‫ُّحى‬
‫ُس ْوَرةُ الض َ‬ ‫ދޫކޮށްލައްވިފިކަމަށް ދަޢުވާކުރުމުން‬
‫ކަމަށެވެ‪ .‬އަދި އެކަލޭގެފާނަށް ދެއްވި ގިނަގުނަ ނިޢުމަތާއި‪ ،‬މަދަދުގެ ވާހަކަ އައިސްފައި ވެއެވެ‪ .‬އަދި ފަހުންވެސް‬
‫ނުހަނުގިނަގުނަ ހެޔޮކަންތައް އެކަލޭގެފާނަށް ލިބިވަޑައިގަންނަވާނޭކަން ބަޔާންކުރެއްވިއެވެ‪.‬‬

‫‪4.4‬ރަސޫލާގެ އަރިއަހުގައި އުޅުމުގެ ޝަރަފު ލިބިވަޑައިގެންފައިވާތީ‪ ،‬ރަސޫލާގެ ބަސްފުޅުތަކާއި‪ ،‬ޢަމަލުފުޅުތައް ފެނި‪،‬‬


‫އަޑުއިވިފައިވަނީ އެބޭކަލުންނަށެވެ‪.‬‬

‫ނޯޓް‪ :‬ދަރިވަރުން މިނޫން ޚިޔާލުވެސް ފާޅުކޮށްފާނެއެވެ‪ .‬ފިލާވަޅާ ގުޅުންހުރެފައި‪ ،‬ގޯސްކަމަކަށްނުވާ ކޮންމެ ޚިޔާލެއް‬
‫ރަނގަޅުވާނެއެވެ‪.‬‬

‫ޙަރަކާތް ‪5‬‬
‫ކުލާސް ގުރޫޕްތަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އިޝާރާތް ކުރެވިފައިވާ ޢިބާރާތް ޝަރަޙަކުރުވާށެވެ! އެއަށްފަހު‬
‫ގުރޫޕްގެފަރާތުން ކޮންމެވެސް އެއްދަރިވަރަކު އެގުރޫޕެއްގެ މަސައްކަތް ކުލާހަށް ހުށަހަޅާނީއެވެ‪ .‬ގުރޫޕްތަކުން ހުށަހަޅާ ޝަރަޙަތައް‬
‫ގުރޫޕްތަކުގެ މެދުގައި ޖަޖުކޮށް އެންމެ ރަނގަޅު ޝަރަޙަ ހޮވަންވާނެއެވެ‪ .‬ދެވަނަ މަސައްކަތުގައި‪ ،‬މަޝްވަރާކޮށް ލިސްޓުކުރެވުނު‬
‫ތިންކަންތައްވެސް ދަރިވަރުންލައްވައި ކުލާހަށް ހުށަހަޅަންވާނެއެވެ‪.‬‬
‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪98‬‬
‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫މަނާކުރެއްވި އެންމެހާ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫َ‬ ‫އާއި‪ ،‬ކީރިތި ރަސޫލާ‬
‫اَهللُ‬ ‫‪1.1‬ޞާލިޙު މީހަކަށް ވުމަށްޓަކައި‪ ،‬މާތް‬
‫ކަންކަމަކުން ދުރުހެލިވާންވާނެއެވެ‪ .‬އަދި ކުރުމަށް އަމުރުކުރެއްވި އެންމެހާ ވާޖިބުތައް އަދާކުރަންވާނެއެވެ‪ .‬އަދި ކުރުމަށް‬
‫ހިތްވަރުދެއްވި އެންމެހާ ސުންނަތްކަންތައް ވީހާވެސް ގިނައިން ކުރެވޭތޯ ބަލަންވާނެއެވެ‪ .‬އަދި ދޫކޮށްލަން ހިތްވަރުދެއްވި‬
‫ކަންތަކާއި ދުރުހެލިވެވޭތޯ ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ‪ .‬މިކަންތައްތައް މިގޮތަށް ކޮށްފިނަމަ ޞާލިޙުމީހަކަށް‬
‫ވެވޭނެއެވެ‪.‬‬

‫صلَّى هللاُ‬
‫َ‬ ‫‪2.2‬ޙަޔާތުގައި‪ ،‬ސީރަތުޢިލްމުގެ ދައުރާބެހޭގޮތުން ލިސްޓުކުރެވިދާނެ ތިންކަމެއް‪( :‬ހ)ކީރިތި ރަސޫލާ‬
‫ފަރުޟު ނަމާދުތަކަށް ފަރުވާ ބެހެއްޓެވިފަދައިން އަހަރެމެންގެ ޙަޔާތުގައިވެސް ފަރުޟު ނަމާދުތަކަށް‬ ‫َعلَْي ِه َو َسلَّ َم‬
‫ގެ ދޫފުޅު ހުތުރު ބަސްތަކުން ރައްކާތެރި‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ރައްކާތެރިވާންޖެހޭނެއެވެ‪( .‬ށ)ކީރިތި ރަސޫލާ‬
‫ކުރެއްވިގޮތަށް‪ ،‬އަހަރެމެންވެސް އަހަރެމެންގެ ދޫތައް ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިކުރުވަން ޖެހޭނެއެވެ‪( .‬ނ)‬
‫ޢިލްމު އުނގެނުމަށް އަމުރުކުރައްވާފައިވާތީ‪ ،‬އަހަރެމެން ކިޔެވުމަށްޓަކައި‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ކީރިތި ރަސޫލާ‬
‫ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ‪.‬‬

‫ނޯޓް‪ :‬ފުރަތަމަ ބައި ދަރިވަރުންނަށް ރަނގަޅަށް ޝަރަޙަކޮށްދޭންވާނެއެވެ‪ .‬ދެވަނަ ބައިގައިވާ ކަންތައް ފިޔަވައި އިތުރު ކަންތައް‬
‫ދަރިވަރުން ލިސްޓުކޮށްފާނެއެވެ‪ .‬މަޢުލޫމާތު ރަނގަޅުނަމަ ރަނގަޅުވާނެއެވެ‪.‬‬

‫‪99‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އިސްލާމްދީން ޢަރަބިކަރައިން ފާޅުކުރެއްވުން‬ ‫‪2‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬އިސްލާމްދީން ޢަރަބިކަރައިން ފާޅުކުރެއްވުމުގެ ޙިކުމަތް އެނގުން‪.‬‬

‫‪2.2‬އިސްލާމްދީން ފާޅުކުރެއްވުނުއިރު ދުނިޔޭގެ ޙާލަތު އޮތްގޮތް ބަޔާންވެ ދަސްވުން‪.‬‬

‫‪3.3‬އިސްލާމްދީން ފާޅުވުމާގުޅިގެން ދުނިޔެއަށް އައި ބަދަލުތައް ދަނެގަތުން‪.‬‬

‫‪4.4‬އަދުގެ މުސްލިމުންގެ ޙާލަތު ދަސްވުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪ ،‬ޗޯކުފަދަ‬ ‫‪1.1‬ޢަރަބިކަރައިގެ މަޢުލޫމާތާ ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު‬
‫ތަކެތި‬ ‫ބަދަލުކުރުން‪.‬‬

‫ޢަރަބިޖަޒީރާގެ ޗާޓެއް‪.‬‬ ‫‪2.2‬ޢަރަބިޖަޒީރާގެ ބޮޑުޗާޓަކާއި‪ ،‬އެތަނުގެ އޭރިއާ ހިމެނޭގޮތަށް‬

‫ފިލާވަޅުގެ ތަމްރީނުތައް‪.‬‬ ‫އެއަށްވުރެ ގިނަ ތަންތަން ހިމެނޭ ޗާޓެއްގެ އެހީގައި ފިލާވަޅު‬


‫ކުރިއަށް ގެންދިއުން‪.‬‬
‫ރާއްޖޭގައި ކިޔައިއުޅޭ ސީރަތުން އިސްލާމްދީން‬
‫ފާޅުވިއިރު ޢަރަބިކަރަ އޮތްގޮތާއި‪ ،‬ދުނިޔޭގެ‬ ‫‪3.3‬ޢަރަބިޖަޒީރާއިން އިސްލާމްދީން ފާޅުވުމުގެ ޙިކުމަތާއި ބެހޭގޮތުން‬

‫ޙާލަތާބެހޭ ޚަބަރުތަކުގެ ރެކޯޑިންގ‪.‬‬ ‫ގުރޫޕްތަކުގައި މަޝްވަރާކޮށް ބައެއް ދަރިވަރުންލައްވައި‬


‫ވާހަކަދެއްކުވުން‪.‬‬

‫‪4.4‬ރާއްޖޭގައި ކިޔައިއުޅޭ ސީރަތުން‪ ،‬އިސްލާމްދީން ފާޅުވިއިރު‬


‫ޢަރަބިކަރަ އޮތްގޮތާއި‪ ،‬ދުނިޔޭގެ ޙާލަތާބެހޭ ޚަބަރުތަކުގެ‬
‫ރެކޯޑިންްގ އެއް ދަރިވަރުންނަށް އިއްވުން‪.‬‬

‫‪5.5‬ފިލާވަޅާގުޅޭ ޗާޓުތައް ހިމެނޭގޮތަށް ޕްރެޒެންޓޭޝަނެއް‬


‫ތައްޔާރުކޮށް ކުލާހަށް ހުށަހެޅުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅާއި ބެހޭގޮތުން ދަރިވަރުންނާއި ސުވާލުކުރުން‪.‬‬

‫‪2.2‬ޙަރަކާތްތައް ދަރިވަރުން ފުރިހަމަކޮށްފައިވާ ގޮތް ބެލުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪100‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫‪3.3‬ބައެއް ދަރިވަރުންލައްވައި ފިލާވަލު ޝަރަޙަ ކުރުވުން‪.‬‬

‫‪4.4‬ސީރަތުގެ ޢާންމު މަޢުލޫމާތާއި ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬ފިލާވަޅުގައި އައިސްފައިވާ ޢަރަބިޖަޒީރާއަށް ޝިބުހު ޢަރަބި ޖަޒީރާވެސް ކިޔައެވެ‪ .‬ޖަޒީރާއަކީ ހިކިފަސްތަނެއްގެ ވަށައިގެން‬
‫ކަނޑު އޮތުމުން އެ ހިކިފަސްތަނަކަށް ކިޔާ ނަމެކެވެ‪ .‬ޝިބުހު ޖަޒީރާއަކީ ހިކިފަސްތަނެއްގެ ތިން ދިމާއަކުން ކަނޑު‬
‫އޮތުމުން އެ ހިކިފަސްތަނަކަށް ކިޔާ ނަމެކެވެ‪ .‬ޝިބުހު ޖަޒީރާ ނުވަތަ ޖަޒީރާގެ ތެރެއަށް "ޢަރަބި" (ޝިބުހު ޢަރަބި‬
‫ޖަޒީރާ‪ ،‬ޢަރަބި ޖަޒީރާ) ވަންނަނީ އެއީ އަރަބިކަރަ ކަމުގައިވާތީއެވެ‪ .‬ޢަރަބިކަރައަށް މިގޮތަށް ކިޔެނީ‪ ،‬އެކަރައިގެ‬
‫ހުޅަނގުން ރަތްކަނޑު‪ ،‬އިރުމަތިން ގަލްފު ކަނޑު އަދި ދެކުނުން ރަތް ކަނޑު އޮންނާތީއެވެ‪.‬‬

‫‪2.2‬ސީރަތުގައި އައިސްފައިވާ ގޮތުގައި އިސްލާމްދީން ފާޅުވިއިރުވެސް ޢަރަބިންނަކީ ދީލަތި ޢަހުދަށް ވަފާތެރިވާ ބައެކެވެ‪.‬‬
‫ވަކިން ޚާއްޞަކޮށް އެބައިމީހުންގެ ތެރެއިން ހަރުދަނާ މީހަކަށް ވަޢުދެއްވެވިއްޖެނަމަ ނުވަތަ ވަކިކަމެއް ކުރަން‬
‫ގެ ހަށިކޮޅަށް‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ބުނެވިއްޖެނަމަ އެކަމެއް ނުކޮށް ދޫކޮށްލުމަކީ ނުހަނު ބޮޑުކަމެކެވެ‪ .‬ކީރިތި ރަސޫލާ‬
‫މައްކާގެ މުޝްރިކުން އަނިޔާކުރުމުން އިތުރު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޙަމްޒަތުގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ‪.‬‬
‫ތިމަންކަލޭގެފާނަކީވެސް އިތުރު އެކަލޭގެފާނުގެ ދީންމަތީގައި ހުރި މީހަކީމެވެ‪ .‬މިބަސްފުޅު މިހެންވިދާޅުވެވުން އެކަން‬
‫ދޫކޮށްލެއްވުމަކީ ބޮޑުވެގެންވާ ކަމަކަށްވެ‪ ،‬އެންމެފަހުން އެކަލޭގެފާނު އިސްލާމްވެ ވަޑައިގަތެވެ‪.‬‬

‫‪3.3‬އެޒަމާނުގައި ޢަރަބީންގެ ތެރޭގައި‪ ،‬ރޯމަނުންގެ ފަލްސަފާތަކާއި‪ ،‬ފިކުރުތަކާއި‪ ،‬ފާރިސީންގެ ޚުރާފާތްތަކާއި ފަލްސަފާތަކެއް‬


‫ނެތެވެ‪ .‬އަދި އެބައިމީހުންގެ ތެރޭގައިވާ ތަރައްޤީއާއި‪ ،‬ތަމައްދުނާއި‪ ،‬ތަހުޒީބެއް ޢަރަބިންގެ ތެރެއަކު ނެތެވެ‪ .‬އެހެންވެ‬
‫ޢަރަބިންނަކީ އޭރުގައި ޤުދުރަތީ ވެއްޓެއްގެ ތެރޭގައި‪ ،‬ޠަބީޢީ ދިރިއުޅުމެއް އުޅެމުންދިޔަ ސާފު ފިޠުރަތާއި ވަރަށް‬
‫ގާތްކަންބޮޑު ބައެކެވެ‪ .‬މިހެންވުމުގެސަބަބުން ސަމާވީ ދީނެއް ބަލައިގަތުން އެންމެ ގާތްކަން ބޮޑުވެގެންވާ ބަޔަކަށްވީ‬
‫ޢަރަބިންެނެވެ‪.‬‬

‫‪4.4‬އިސްލާމްދީން ފާޅުކުރެއްވުނުއިރު ދުނިޔޭގައިއޮތް ބޮޑު ދެބާރުކަމުގައިވާ ރޯމަންއެމްޕަޔަރ އާއި‪ ،‬ޕަރޝިއަން އެމްޕަޔަރ‬


‫އަކީ އިސްތިޢުމާރީ ދެބާރެވެ‪ .‬ރޫމީންނަކީ ނަޞާރާދީނުގެ އަހުލުވެރިންނެވެ‪ .‬ފާރިސީންނަކީ އަލިފާނަށް އަޅުކަންކުރާ‬
‫ބައެކެވެ‪ .‬އެދެވެރިކަމުގެ ގިނަހިސާބުތަކުގައި ޢަދުލުވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަންވަނީ ބޮޑުވެފައެވެ‪ .‬އެފުރިކާއަށް‬
‫ބެލިނަމަވެސް ފެންނަނީ މިފަދަ މަންޒަރުތަކެވެ‪ .‬އެކަމަކު ބައެއް ތަންތަނުގެ ވެރިން ނުވަތަ ރަސްރަސްކަލުންނަކީ‬
‫ޢަދުލުވެރިންނެވެ‪ .‬މީގެތެރޭގައި ޙަބުޝްކަރައިގެ ރަސްގެފާނު ނަޖާޝީގެ ޢަދުލުވެރިކަމަކީ މަޝްހޫރު ވާހަކައެކެވެ‪.‬‬
‫ޢަރަބިކަރައަށް ބަލާއިރު ސިޔާސީގޮތުން އެބައިމީހުންނަކީ އެއްވެރިކަމެއްގެ ތެރޭގައި ތިބޭ ބައެއްނޫނެވެ‪ .‬މިއާއި ޚިލާފަށް‬
‫އެބައިމީހުންނަކީ ޤަބީލާތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައެކެވެ‪ .‬ކޮންމެ ޤަބީލާއެއްގެ ރައީސަކު ހުރެއެވެ‪ .‬އެޤަބީލާއެއްގެ‬
‫ކަންތަކުގައި މަޝްވަރާކޮށް ފައިނަލް ނިންމުންތައް ނިންމާ އެއްމެ އިސްފަރާތަކީ އެއީއެވެ‪ .‬ދީނީގޮތުން ބަލާއިރު ޢަރަބިންގެ‬
‫އަށް ޝަރީކު ނުކޮށް ސާފު ފިޠުރަތުގެމަތީގައި‬ ‫اَهلل‬ ‫ގިނަމީހުންނަކީ ބުދަށް އަޅުކަންކޮށް އުޅުނުމީހުންނެވެ‪ .‬އަދި މާތް‬
‫ތިބި ބަޔަކުވެސް ވެއެވެ‪ .‬މަދުންނަމަވެސް ބަދަލުނުވެ އޮތް ސާފު ނަޞާރާދީން މަތީގައި ތިބިބަޔަކުވެސް ވިއެވެ‪ .‬އަދި‬

‫‪101‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫މަދީނާއާއި‪ ،‬ޚައިބަރުގައި ޔަހޫދީންގެ ޤަބީލާތައް އޮތެވެ‪.‬‬

‫‪5.5‬ފަހުޒަމާނުގެ ނަބިއްޔާ ޢަރަބިކަރައިން ފޮނުއްވޭނޭކަން ފޮތުގެ އަހުލުވެރިންނަށް (ނަޞާރާއިންނާއި‪ ،‬ޔަހޫދީންނަށް)‬


‫އެނގެއެވެ‪ .‬މިޚަބަރުތައް އެބައިމީހުން ކޮންމެވެސް ވަރަކަށް މީސްތަކުންނަށް ދީއުޅުނެވެ‪ .‬ޔަހޫދީން މަދީނާއަށް އައިސް‬
‫އެތާނގައި ވަޒަންވެރިވުމުގެ ސިއްރަކީވެސް ފަހުޒަމާނުގެ ނަބިއްޔާ އެބިމަށް ހިޖުރަކުރައްވާނޭކަން އެބައިމީހުންނަށް‬
‫އެނގުމެވެ‪ .‬އެނަބިއްޔާ ވަޑައިގެން މީސްތަކުން އެބޭކަލަކަށް ތަބާވެ ދުނިޔެއަށް އިޞްލާޙީ އިންޤިލާބެއް އަންނާނެކަން‬
‫އެބައިމީހުން ރަނގަޅަށް އެނގެއެވެ‪ .‬ޤުދުރަތީ ޤާނޫނު ނިޔާކުރިގޮތުން އިސްލާމްދީން އައުމަށްފަހު ބައި ޤަރުނު ނުވަނީސް‬
‫މީސްތަކުން ފައުޖުފައުޖަށް އެދީނަށް ވަދެ ދުނިޔޭގެ ހަތަރުބިތަށް އެދީނުގެ މަތިވެރިކަމާއި‪ ،‬ޢަދުލުވެރިކަމުގެ ޚަބަރުތައް‬
‫ފެތުރިގެން ދިޔައެވެ‪ .‬އަދި އެ ކުރު މުއްދަތުގެ ތެރޭގައި މުސްލިމުންގެ އަތް މައްޗަށް ވަރަށްގިނަ ތަންތަން ފަތަޙަވެގެން‬
‫ދިޔައެވެ‪.‬‬

‫‪6.6‬ސަލަފުއްޞާލިޙުން ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ އުންމަތުގެ ކުރީކޮޅުގައި އެ އުންމަތް ޢިއްޒަތްތެރިވެގެންދިޔަ‬


‫ގޮތްނޫން ގޮތަކަށް ފަހުންއަންނަ ޒަމާންތަކުގައިވެސް އެއުންމަތް ޢިއްޒަތްތެރިވެގެން ނުދާނެއެވެ‪ .‬ދިރިއުޅުމުގެ‬
‫ހުރިހާކަމެއްގައި‪ ،‬މުޖްތަމަޢުގެ ހުރިހާ މައިދާންތަކެއްގައި ޤައުމުގެ އެންމެހާ ކަންތައްތަކެއްގައި އިސްލާމްދީނަށް‬
‫ފުރިހަމައަށް ޢަމަލުކޮށްގެންނޫން ގޮތަކަށް މުސްލިމުންނަށް ކަރާމަތާ‪ ،‬ހައިބަތާއި‪ ،‬ޤަދަރާއި ބާރުވެރިކަން ލިބިގެނެއް‬
‫ނުދާނެއެވެ‪.‬‬

‫ޙަރަކާތް ‪1‬‬

‫ސުވާލުތަކުގެ ޖަވާބުތައް‬

‫‪1.1‬އޭޝިއާ ކޮންޓިނެންޓްގެ ހުޅަނގު ދެކުނުގައެވެ‪.‬‬

‫‪2.2‬ސަޢޫދީ އަރަބިއްޔާ‪ ،‬ޔުނެއިޓެޑް އަރަބި އެމިރޭޓްސް‪ ،‬ބަޙުރައިން‪ ،‬ޢޮމާން‪ ،‬ޤަޠަރު‪ ،‬ކުވައިތު އަދި ޔަމަނެވެ‪.‬‬

‫‪3.3‬އިސްލާމްދީނާ ދުރަށް ދިއުމުގެ ސަބަބުންނެވެ‪ .‬އިސްލާމްދީނުގެ ގިނަކަންތައްތަކާއި ދުރަށް ދިއުމުގެ ސަބަބުންނެވެ‪.‬‬


‫(މިމާނަތަށް ދޭހަވާގޮތަށް ކޮންމެ ޢިބާރާތަކުން ޖަވާބު ދިންނަމަވެސް ރަނގަޅުވާނެއެވެ‪).‬‬

‫އެންގެވި‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫ُمَ َّم ٌد َ‬ ‫އާއި‪ ،‬އެކަލާނގެ ރަސޫލާ‬ ‫اَهلل‬ ‫‪4.4‬އިސްލާމްދީނަށް ފުރިހަމައަށް ރުޖޫޢަވެ‪ ،‬މާތް‬
‫ގޮތަށް މުސްލިމުންގެ އުޅުމާއި ގުޅުން ބަދަލުކުރުމުންނެވެ‪( .‬މިފަދަ ގޮތަކަށް ޖަވާބުލިޔުމުން ރަނގަޅުވާނެއެވެ‪).‬‬

‫ޙަރަކާތް ‪2‬‬
‫ކުލާސް ގުރޫޕްތަކަކަށް ބަހާލާށެވެ‪ .‬އެއަށްފަހު އިޝާރާތް ކުރެވިފައިވާ ޕޮއިންޓްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުވާށެވެ!‬
‫މަޝްވަރާކުރެވޭ މިންވަރަށް ފޮތުގެ ފިލާވަޅުގައި މަޢުލޫމާތު ހުންނާނެއެވެ‪ .‬ގުރޫޕްތަކުގެ މަސައްކަތްތައް ނިމުމުން ކޮންމެ ގުރޫޕެއްގެ‬
‫ލީފްލެޓް އެގުރޫޕަކުން ކުލާހަށް ހުށަހަޅާނީއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪102‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ޕޮއިންޓްތަކާއި ގުޅޭ އިތުރު ބައެއް މަޢުލޫމާތު‪ :‬އެޒަމާނުގައި ފާރިސީންނާއި‪ ،‬ރޫމީންނަކީ ތަރައްޤީވެފައިވާ ބޮޑުދެބާރެވެ‪ .‬މިއާ‬
‫ޚިލާފަށް ޢަރަބިންނަކީ ތަރައްޤީއާއި‪ ،‬ތަހުޒީބާއިދުރު ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ބައެކެވެ‪ .‬މިހެންވެ ސާފު ފިޠުރަތާއި އެންމެ‬
‫ގާތްބަޔަކީ އެބައިމީހުން ކަމުގައި ބުނެވެނީއެވެ‪ .‬ގެފުޅުހުރީ މައްކާގައެވެ‪ .‬ހުރިހާ ހިސާބުތަކެއްގެ މީހުން ގެފުޅަށް ޒިޔާރަތްކޮށް‬
‫އިޙްތިރާމު ކުރެއެވެ‪ .‬މައްކާގައިވާ އެންމެ ބޮޑު ޝަރަފުވެރި ޤަބީލާއަކީ ޤުރައިޝުވަންހައެވެ‪ .‬މިހެންކަމުން ގެފުޅަށް ޒިޔާރަތްކުރާ‬
‫މެހުމާނުންނަށް‪ ،‬ކަމޭހިތައި މެހުމާންދާރީ އަދާކުރާ ބަޔަކީ މައިގަނޑު ގޮތެއްގައި ޤުރައިޝުންނެވެ‪ .‬މިސަބަބާއި އަދި މިނޫން‬
‫ވަރަށްގިނަ ސަބަބުތަކާހުރެ ހުރިހާ ޢަރަބިންގެ މެދުގައި ޤުރައިޝުވަންހައިގެ އަހުލުވެރިންނަކީ ހުރިހާ ޢަރަބިންގެ ސާހިބުންގެ‬
‫ގޮތުގައި ބެލެވެއެވެ‪.‬‬

‫ނޯޓް‪ :‬ފޮތުގައިވާ މަޢުލޫމާތުގެ އިތުރުން މިމަޢުލޫމާތުތައް ދަރިވަރުންނަށް ދޭށެވެ!‬

‫ޙަރަކާތް ‪3‬‬
‫ތިން ޢިބާރާތް ކިޔުމަށްފަހު އެ ޢިބާރާތްތަކާ ބެހޭގޮތުން ތިޔަދަރިވަރަށް ލިބުނު މަޢުލޫމާތުގެ އަލީގައި ޕޯސްޓަރެއް ލިޔުން‪.‬‬

‫ޕޯސްޓަރު ލިޔުމުގައި އަންނަނިވި ނުކުތާތަކާ ގުޅޭގޮތަށް ލިޔަން އަންގާށެވެ!‬

‫‪1.1‬ޢަޤީދާ ހަރުދަނާކުރުން‬

‫‪2.2‬ވާޖިބުތައް ފުރިހަމައަށް އަދާކުރުން‬

‫‪3.3‬ހަރާމްކަންތަކުން ދުރުހެލިވުން‬

‫‪4.4‬ޙަޔާތުގެ ހުރިހާ މައިދާންތަކެއްގައި ދީން އަންގާގޮތަށް ބޯލަނބައި ކިޔަމަންގަތުން‬

‫‪5.5‬ހޭލުންތެރި‪ ،‬ލޯހުޅުވޭ‪ ،‬ރަނގަޅަށް ޕްލޭންކުރެވޭ‪ ،‬މުރާލި ބަޔަކަށް މުސްލިމުންވުން‪.‬‬

‫ނޯޓް‪ :‬ކުދިންގެ މަސައްކަތްތައް ބެލުމަށްފަހު ކުލާހަށް ހުށަހަޅާލެވިދާނެއެވެ‪ .‬މަސައްކަތް ކުރުމަށްޓަކައި ބޭނުންވާނޭ ތަކެތި‬
‫ދަރިވަރުންލައްވައި‪ ،‬ކުލާހަށް ކުރިން ގެނުވަންވާނެއެވެ‪.‬‬

‫‪103‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫فِ ْق ِه ْي ހަތަރު َم ْذ َهب‬ ‫‪3‬‬


‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬
‫‪1.1‬ފިޤުހީ ހަތަރު މަޛްހަބަކީ ކޮބައިކަން އެނގުން‪.‬‬

‫‪2.2‬ފިޤުހާއި‪ ،‬މަޛްހަބަކީ ކޮބައިކަން ދަސްވުން‪.‬‬

‫‪3.3‬ހަތަރު މަޛްހަބު ނިސްބަތްކުރެވޭ އިމާމުން ދަނެގަތުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪ ،‬ޗޯކުފަދަ‬ ‫‪1.1‬ފިޤުހާއި‪ ،‬މަޛްހަބުގެ މަފްހޫމް ދަރިވަރުންނަށް ވިސްނޭގޮތާއި‬
‫ތަކެތި‪.‬‬ ‫ބެހޭގޮތުން ސުވާލުކުރުން‪.‬‬
‫ފިޤުހުގެ ޢަމަލީ ބައެއްކަންކަމުގެ މަޢުލޫމާތު‬ ‫‪2.2‬މަޛްހަބުތަކާއި ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ލިބިފައި ހުރިނެތް‬
‫ދިނުން‪ .‬މިސާލަކަށް ނަމާދުގެ ބައެއް‬
‫މިންވަރާ ބެހޭގޮތުން ހުޅުވާލެވިފައިވާ ސުވާލުތަކެއް ކުރުން‪.‬‬
‫ޙުކުމްތަކާއި‪ ،‬އެހެން ބައެއް އަޅުކަންތަކުގެ‬
‫މަޢުލޫމާތު‪.‬‬ ‫‪3.3‬ފިލާވަޅުގެ މުހިންމު ނުކުތާތައް ބޯޑުގައި ފާހަގަކޮށް އޭގެމައްޗަށް‬

‫ފިލާވަޅުގެ ތަމްރީނުތައް‪.‬‬ ‫ދަރިވަރުންލައްވައި ވާހަކަދެއްކުވުން‪.‬‬

‫‪4.4‬ދަރިވަރުން ހޭލުންތެރިކުރުވުމަށް އައިސްފައިވާ ލިޔުމާއި‬


‫ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅުގެ ބައިތަކާއި ބެހޭގޮތުން ދަރިވަރުންނާއި ސުވާލުކޮށް ޖަވާބު ހޯދުން‪.‬‬

‫‪2.2‬ޙަރަކާތްތައް ދަރިވަރުން ފުރިހަމަކޮށްފައިވާ ގޮތް ބެލުން‪.‬‬

‫‪3.3‬ފިލާވަޅުގެ މުހިންމު ޕޮއިންޓްތަކާ ބެހޭގޮތުން ގުރޫޕްތަކުގެ މެދުގައި މަޝްވަރާކުރުވުން‪.‬‬

‫‪4.4‬މުހިންމު ނުކުތާތައް ދަރިވަރުންލައްވައި ފާހަގަ ކުރުވުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫اد‬ ‫ِ ِ‬
‫ކުރުމަކީ‪ ،‬ޢިލްމުވެރިއަކަށް ލިބިފައިވާ ޢިލްމުގެ މައްޗަށް ބިނާކޮށް ޤުރްއާނާއި‪ ،‬ސުންނަތުގެ ދަލީލެއްގެ މައްޗަށް‬ ‫‪1.1‬ا ْجت َه ُ‬
‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪104‬‬
‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫اد‬ ‫ِ ِ‬
‫ކުރެވޭނީ‬ ‫ا ْجت َه ُ‬ ‫ފުންކޮށްވިސްނައި‪ ،‬އޭގައިވާ މައްސަލަތަކާއި‪ ،‬ޙުކުމްތައް ބަޔާންކުރުމެވެ‪ .‬ދީނުގެ މައްސަލަތަކުގައި‬
‫ޢިލްމީގޮތުން ވަރަށް ފުންނާބު އުސް ބޭކަލުންނަށެވެ‪.‬‬

‫ގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫ރަސޫލާ َ‬ ‫‪2.2‬އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރްއާނާއި‪ ،‬ކީރިތި‬
‫ސުންނަތެވެ‪ .‬އެހެން މަޞްދަރުތަކާއި އުޞޫލުތައް‪ ،‬މިސާލަކަށް އިޖުމާޢު އާއި ޤިޔާސް އާއި މިނޫންވެސް އުޞޫލުތައް‬
‫ބިނާވެގެންވަނީ މައިގަނޑު ދެމަޞްދަރުގެ މައްޗަށެވެ‪.‬‬

‫‪3.3‬އިސްލާމްދީން ބާވައިލެއްވުނު ޒަމާނުން ފެށިގެން ޝަރީޢަތުގެ ދަލީލުތަކުގައިވާ ޙުކުމްތަކާއި‪ ،‬މައްސަލަތައް ޢިލްމުވެރިން‬


‫ބަޔާންކުރައްވަމުން ގެންދެވިއެވެ‪ .‬މަޝްހޫރު ހަތަރުމަޛްހަބު ވުޖޫދަށްއައިސް އޭގެ ޢިލްމު އިސްލާމީ އުންމަތުގައި ފެތުރިގެން‬
‫ދިޔައީ ޢައްބާސީ ޚިލާފަތް ނުވަތަ ޢައްބާސީ ދަރިކޮޅުގެ ވެރިކަމުގެ ކުރީކޮޅުއްސުރެން ފެށިގެނެވެ‪.‬‬

‫‪4.4‬މަޛްހަބުގެ މާނައަކީ އެމަޛްހަބެއް ނިސްބަތްކުރެވޭ ޢިލްމުވެރިއެއްގެ އަމިއްލަ އުފެއްދުންތެރި ގޮތްކަމުގައި ދުށުމަކީ މުޅިން‬
‫ނުބައި ވިސްނުމެކެވެ‪ .‬އެހެނީ އެބޭކަލުން މައްސަލަތަކާއި‪ ،‬ޙުކުމްތަކާއި‪ ،‬ފަތުވާތައް ބިނާކުރައްވާފައިވަނީ ކީރިތި ޤުރްއާނާއި‬
‫ސުންނަތުގެ މައްޗަށެވެ‪ .‬އެހެންނަމަވެސް ފަހަރެއްގައި‪ ،‬މައްސަލައެއްގައި އޮންނަ ޝަރުޢީ ބަސްފުޅެއް އެއިން ބޭކަލަކާއި‬
‫ހަމައަށް ނުފޯރައި އޮވެދާނެއެވެ‪ .‬އެންމެހާ އިމާމުވެރި ބޭފުޅުންގެ ބަސްފުޅުގައިވަނީ‪" :‬ތިމަންކަލޭގެފާނުގެ ބަސްފުޅަކާ‪،‬‬
‫ގެ ބަސްފުޅަކާ ތަޢާރުޟުވެއްޖެނަމަ ތިމަންކަލޭގެފާނުގެ ބަސްފުޅު ދޫކޮށްލައި‬ ‫صلّى هللا عليه وسلّم‬ ‫ކީރިތި ރަސޫލާ‬
‫ގެ ބަސްފުޅުގައި ހިފާށެވެ‪ ".‬މިގޮތަށެވެ‪.‬‬ ‫صلّى هللا عليه وسلّم‬ ‫ކީރިތި ރަސޫލާ‬

‫‪5.5‬ޢިލްމުވެރިންގެ މެދުގައި ގިނައީ އިއްތިފާޤުވެވިފައިވާ މައްސަލަތަކެވެ‪ .‬އެހެންނަމަވެސް އެކަންތަކުގައި އިއްތިފާޤުވެވިފައިވާތީ‬


‫އޭގެ ވާހަކަ ނުދެކެވެނީއެވެ‪ .‬މިސާލަކަށް ފަރުޟުނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި‪ ،‬ކަނޑައެޅި ފައިވާ ފަރުޟުތަކާއި‪،‬‬
‫ޙަރާމްކުރެވިފައިވާ ކަންތައްތަކާއި‪ ،‬ހުރިހާ ރިވެތި އަޚުލާޤުތަކާއި މިހެންގޮސް ގުނައި ޢަދަދު ނުކުރެވޭހާ ގިނަކަންތައްތަކަކީ‬
‫އިއްތިފާޤުވެވިފައިވާ ކަންތައްތަކެވެ‪ .‬ދީނުގެ ހުރިހާ މައްސަލަތަކަށް ޖުމްލަގޮތެއްގައި ބަލާއިރު ޢިލްމުވެރިން އިޚްތިލާފުވެ‬
‫ވަޑައިގެންފައިވަނީ ނިސްބަތުން މަދުކަމެއްގައެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫اد‬ ‫ِ ِ‬
‫ކޮށް ދެނެގަތުމެވެ‪.‬‬ ‫ا ْجت َه ُ‬ ‫‪1.1‬ޝަރީޢަތުގެ ޙުކުމްތައް‪ ،‬އެޝަރީޢަތުގެ ދަލީލުތަކުގެ އަލީގައި‬

‫ގެ ސުންނަތާއި‪ ،‬އެދެ މަޞްދަރުގެ މައްޗަށް ބިނާވެފައިވާ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫‪2.2‬ކީރިތި ޤުރްއާނާއި‪ ،‬ކީރިތި ރަސޫލާ‬
‫އެހެން އުޞޫލުތަކެވެ‪.‬‬

‫اد‬ ‫ِ ِ‬
‫ކޮށް ދެނެގަނެ‪ ،‬އޭގައިވާ ޙުކުމްތައް ބަޔާންކުރައްވައި އެބޭކަލަކު އެގެންނެވި‬ ‫ا ْجت َه ُ‬ ‫‪3.3‬ޝަރީޢަތުގެ ދަލީލުތަކުގެ އަލީގައި‬
‫ގޮތްތަކެވެ‪.‬‬

‫‪4.4‬ޙަނަފީ މަޛްހަބު‪ ،‬މާލިކީ މަޛްހަބު‪ ،‬ޝާފިޢީ މަޛްހަބު‪ ،‬ޙަންބަލީ މަޛްހަބު‪.‬‬

‫‪105‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ޙަރަކާތް ‪2‬‬
‫ޢިބާރާތްތައް ކިޔުމަށްފަހު‪ ،‬އެޢިބާރާތުން ދޭހަވާ އެއެްޗެއް އަމިއްލަ ޢިބާރާތުން ލިޔުން‪.‬‬

‫ލިޔުމުގައިވާ މައިގަނޑު މަފްހޫމް ނުގެއްލޭގޮތަށް ޖަވާބު ދިނުމުން ރަނގަޅުވާނެވެ‪ .‬އޭގައި މައިގަނޑު ދެ ޕޮއިންޓެއް ވެއެވެ‪.‬‬
‫އެއީ އެބޭަކަލުންގެ ފިޤްހު ނަންގަވައި ބިނާކުރައްވާފައިވަނީ ކީރިތި ޤުރްއާނާއި ސުންނަތުގެ މައްޗަށެވެ‪ .‬އަދި އިއްތިފާޤުވެވިފައިވާ‬
‫މައްސަލަތައް ގިނަކަމާއި‪ ،‬އިޚްތިލާފުވެފައިވަނީ ނިސްބަތުން މަދުމައްސަލަތަކެވެ‪.‬‬

‫ލަފާކުރެވޭ ބައެއް ޖަވާބުތައް‪:‬‬

‫‪1.1‬ހަތަރުމަޛްހަބުގެ އިމާމުން އެބޭކަލުންގެ އަމިއްލަގޮތްތައް މަޛްހަބުތަކުގައި ނުގެންނަވައޭ ބުނެވެނީ‪ ،‬ޤުރްއާނާއި ސުންނަތުގެ‬


‫އަލީގައި މައްސަލަތައް ނެރުއްވާފައިވާތީއެވެ‪ .‬ޢާންމުކޮށް އެއްބަސްވެވިފައިވާ ކަންތަކުގެ ވާހަކައެއް ނުދެކެވޭނެއެވެ‪.‬‬
‫ކަމަކާ ދެބަސްވެވިއްޖެނަމަ އޭގެވާހަކަ ގިނައިން ދެކެވޭނެއެވެ‪ .‬ޢިލްމުވެރިންގެ މެދުގައި ވެވޭ އިޚްތިލާފުގެ ވާހަކަ‬
‫ދެކެވެނީ މިހެންވެގެންނެވެ‪ .‬އެކަމަކު ވިސްނާލުމުން އެނގޭ ޙަޤީޤަތަކީ ދީނުގައި އިއްތިފާޤު ވެވިފައިވާ މައްސަލަތައް‬
‫ވަރަށްގިނަކަމެވެ‪.‬‬

‫‪2.2‬ހަތަރުމަޛްހަބުގެ އިމާމުން ދީނުގެ މައްސަލަތައް ގެންނަވާފައިވަނީ ޤުރްއާނާއި ސުންނަތުންނެވެ‪ .‬އެހެންވެ މަޛްހަބުތަކަކީ‬


‫އެބޭކަލުންގެ އަމިއްލަ ގޮތްތަކެކޭ ނުބުނެވޭނެއެވެ‪ .‬ދީނުގެ ބައެއް މައްސަލަތަކުގައި ޢިލްމުވެރިންގެ ޚިޔާލުތަފާތުވާ ވާހަކަ‬
‫އަޑުއިވެއެވެ‪ .‬އަހަރެމެންނަށް އެނގޭ ކަންތަކާ ދޭތެރޭގައި ވިސްނާލިޔަސް ޚިޔާލު ތަފާތުވުމެއްނެތި އެއްބަސްވެވިފައިވާ‬
‫ކަންތައް ވަރަށްގިނަކަން ފާހަގަކުރެވެއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫ވާހަކަ ކިޔާލުމަށްފަހު ދެވިފައިވާ މަސައްކަތް ފުރިހަމަކުރުން‬

‫ދަރިވަރުންލައްވައި ވާހަކަ ކިއުއްވުމަށްފަހު މަސައްކަތް ފުރިހަމަކުރުވާށެވެ! ތިންވަނަ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި‬


‫ބޭނުންވާނޭ މަޢުލޫމާތުތައް‪ ،‬ދަރިވަރުންނަށް ކުރިން ކިޔައިދޭށެވެ!‬

‫‪1.1‬އެކިމީހުން އެކިގޮތަށް ޙަށަންބަންނަނީ ކީއްވެގެންބާވައެވެ! އެމީހުން އެހަދަނީ ރަނގަޅަށް ބާވައެވެ! އޭގެތެރެއިން ރަނގަޅަށް‬
‫ޙަށަންބަންނަ ބަޔަކީ ކޮބައިބާވައެވެ!‬

‫‪ .2‬ޙަސަނުގެ ޝަކުވާތައް ދީނީ ޢިލްމުވެރިޔާއަށް ހުށަހަޅައި‪ ،‬އެބޭފުޅާ ވަރަށް ރަނގަޅަށް އެކަން‪ ،‬އޭނާއަށް އޮޅުން‬
‫ފިލުއްވައިދެއްވުމުން‪ ،‬ޙަސަނުގެ ޝަކުވާތައް ފިލައިދިޔައެވެ‪.‬‬

‫‪ .3‬އެކި މަޛުހަބުތަކުގައި ހަށަން ބަންނަ ގޮތް‪:‬‬

‫ (‪ )1‬ޙަނަފީ މަޛްހަބުގައި ޙަށަންބަންނަނީ ފޫޅުން ތިރީގައި‪.‬‬

‫ (‪ )2‬މާލިކީ މަޛްހަބުގައި ޙަށަންބަނުމުގެ ބަދަލުގައި ދެއަތް ދޫކޮށްލަނީ‪.‬‬


‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪106‬‬
‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ (‪ )3‬ޝާފިޢީ މަޛްހަބުގައި ޙަށަންބަންނަނީ ފޫޅާއި‪ ،‬މޭކަށިގަނޑާއި ދޭތެރޭގައި‪.‬‬

‫ (‪ )4‬ޙަންބަލީ މަޛްހަބުގައި ޙަށަންބަންނަނީ މޭމަތީގައި‪.‬‬

‫ނޯޓް‪ :‬ދަރިވަރުން ޝައުޤުވެރި ކުރުވުމަށްޓަކައި ކުރު ތަމްސީލެއްގެ ތެރެއިން ވާހަކަ ހުށަހަޅާލައި ޖަވާބު ދެވިދާނެއެވެ‪ .‬މިގޮތަށް‬
‫ޤަޞްދުކުރާނަމަ ތަމްސީލު ހުށަހަޅާދުވަހުގެ ކުރިން އެކަމުގެ ތައްޔާރީތައް ހަމަޖައްސަންވާނެއެވެ‪.‬‬

‫‪107‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ام أَبُ ْـو َحنِْيـ َفة‬


‫اَِْل َم ُ‬ ‫‪4‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫ގެ ނަންފުޅާއި‪ ،‬ޢިލްމީ ޙަޔާތްޕުޅު އެނގުން‪.‬‬ ‫‪1.1‬اَِْل َم ُام أَبـُْو َحنِْيـ َفة‬
‫ام أَبـوحنِْيـ َفة އަވަހާރަވިގޮތާއި‪ ،‬ތަނާއި‪ ،‬ތާރީޚު ދަނެގަތުން‪.‬‬
‫‪2.2‬اَِْل َم ُ ُْ َ‬
‫ام أَبـوحنِْيـ َفة ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ދަސްވުން‪.‬‬
‫‪3.3‬اَِْل َم ُ ُْ َ‬
‫‪4.4‬ޙަނަފީ މަޛްހަބާއި‪ ،‬އެމަޛްހަބު ބިނާވެފައިވާ އަޞްލުތަކާއި‪ ،‬އަސާސްތައް ދެނެގަތުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪،‬‬ ‫‪1.1‬ފިލާވަޅާއި ބެހޭގޮތުން ދަރިވަރުންނާއި ސުވާލުކުރުން‪.‬‬
‫ޗޯކުފަދަ ތަކެތި‪.‬‬ ‫‪2.2‬ކުލާސް ގުރޫޕްތަކަކަށް ބަހާލައި ކޮންމެ ގުރޫޕަކަށް ފިލާވަޅުން ބައެއް‬
‫ފިލާވަލުގެ މައިގަނޑު ޕޮއިންޓްތައް‬ ‫ޙަވާލުކޮށް‪ ،‬ކޮންމެ ގުރޫޕަކުންވެސް އެގުރޫޕަކާއި ޙަވާލުކުރެވުނު‬
‫ބޮޑުކޮށް ލިޔެފައިވާ ގަނޑުތަކެއް ނުވަތަ‬ ‫ބަޔާއިމެދު މަޝްވަރާކޮށް އޭގެ ޝަރަޙަ ގުރޫޕުގެ ފަރާތުން ކުލާހަށް‬
‫ބްރިސަލްބޯޑެއް‪.‬‬ ‫ހުށަހެޅުން‪.‬‬

‫ފިލާވަޅާބެހޭގޮތުން އިތުރަށް ދެވިފައިވާ‬ ‫‪3.3‬އެކި ދަރިވަރުންނަށް ބަހާލައިގެން ފިލާވަޅު ކިޔައި ނިންމާލުން‪.‬‬


‫މަޢުލޫމާތުގެ ތެރެއިން‪ ،‬ބޮޑަށް‬ ‫‪4.4‬ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ބޯޑުގައި ލިޔެ ދަރިވަރުން ލައްވައި‬
‫ބޭނުންޖެހޭނޭފަދަ މަޢުލޫމާތުތައް‬ ‫އޭގެ މައްޗަށް ވާހަކަ ދެއްކުވުން‪.‬‬
‫ދަރިވަރުންލައްވައި ލިއުއްވުން‪.‬‬
‫‪5.5‬ޙަނަފީ މަޛްހަބު ބިނާވެފައިވާ އަޞްލުތައް ބްރިސަލްބޯޑެއްގައި‬
‫ދަރިވަރުންގެ ފޮތުގެ ޙަރަކާތްތައް‪.‬‬ ‫ބޮޑުކޮށްލިޔެ ޝަރަޙަކުރުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅާއި ބެހޭގޮތުން ކުރު ސުވާލުތަކެއް ލިޔެ އެކި ދަރިވަރުންލައްވައި އޭގެ ޖަވާބު ހޯދުން‪.‬‬

‫‪2.2‬ޙަރަކާތްތައް ފުރިހަމަކޮށްފައިވާގޮތް ދަނެގަތުން‪.‬‬

‫‪3.3‬ބައެއް ދަރިވަރުންލައްވައި ފިލާވަލު ޝަރަޙަ ކުރުވުން‪.‬‬

‫‪4.4‬މަޛްހަބުތަކުގެ ޢާންމު މަޢްލޫމާތާއި ބެހޭގޮތުން ދަރިވަރުންނާ ޚިޔާލު ބަދަލުކުރުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪108‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫ام أَبـوحنِْيـ َفة އަކީ اَلْمرُزبن ގެ ދަރިކަލުން َثبِت ގެ ދަރިކަލުން اَلنـُّْعمان އެވެ‪ .‬އެކަލޭގެފާނުގެ‬
‫َ‬ ‫َْ َ‬ ‫‪1.1‬اَِْل َم ُ ُ ْ َ‬
‫كنـْية އަކީ އަޞްލުނަމާއި‪،‬‬ ‫ِ‬
‫މަޝްހޫރުވެފައިވަނީ‪ ،‬އެކަލޭގެފާނުގެ ُكنـْيَة ނަންފުޅު ކަމުގައިވާ أَبُ ْـو َحنْيـ َفة ގެ ނަމުންނެވެ‪َ ُ .‬‬
‫ލަޤަބު ފިޔަވައި ބައެއް މީހުންނަށް ކިޔޭ ނަމެކެވެ‪ .‬أَبـوحنِْيـ َفة ގެ ކާފާފުޅު اَلْمرُزبن އަކީ މިހާރުގެ އަފްޣާނިސްތާނުގެ‬
‫َْ َ‬ ‫ُْ َ‬
‫ވެރިރަށް ކާބުލްގެ ބޭކަލެކެވެ‪ .‬އެކާފާފުޅު ޢުމަރުގެފާނުގެ ޚަލީފާކަމުގައި އިސްލާމްވެވަޑައިގެން ޢާއިލާއާއި އެކީގައި ކޫފާއަށް‬
‫َعْب ُد‬ ‫ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އުމަވީ ޚިލާފަތުގެ ޚަލީފާއެއްކަމުގައިވާ‬ ‫أَبُ ْـو َحنِْيـ َفة‬ ‫ދިރިއުޅުން ބަދަލުކުރެއްވިއެވެ‪.‬‬
‫الْملِ ِ‬
‫ك بْ ُن َم ْرَوان‬
‫ގެ ވެރިކަމުގައެވެ‪ .‬އެކަލޭގެފާނަކީ ތުއްޕުޅުއިރުއްސުރެ ވިސްނުންފުޅުތޫނު ތެދުވެރި އަމާނާތްތެރި‬
‫َ‬
‫ބޭކަލެކެވެ‪.‬‬

‫‪2.2‬އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ބޮޑުފުޅުވި ދުވަސްވަރަކީ‪ ،‬ތުއްޕުޅު ޞަޙާބީބޭކަލުންގެ ތެރެއިން‬


‫ހަތް‬ ‫أَبُ ْـو َحنِْيـ َفة‬ ‫ދިގުޢުމުރެއްގައި ދުނިޔޭގައި ތިއްބެވި ބޭކަލުންގެ ޙަޔާތްޕުޅުގެ ފަހުކޮޅުގައެވެ‪ .‬މިހެންކަމުން‬
‫ޞަޙާބީބޭކަލަކު ދެކެވަޑައިގެން އެބޭކަލުންގެ ފަރާތްޕުޅުން ޢިލްމު އުނގެނިވަޑައިގަތްކަމަށް ބުނެވެއެވެ‪ .‬ތާބިޢީ‬
‫އަކީ ކުޑަކުއްޖެކެވެ‪.‬‬ ‫أَبُ ْـو َحنِْيـ َفة‬ ‫ގެ އަރިއަހުން ކިޔަވާވިދާޅުވާން ފެއްޓެވިއިރު‬
‫اد بْ ُن أِ ْ‬
‫َب ُسلَْي َمان‬ ‫َحَّ ُ‬ ‫ބޭކަލެއްކަމުގައިވާ‬
‫އެފަދަ ޅަފަތުގައި ޢިލްމު ހާސިލުކުރައްވަން ފައްޓަވައި‪ ،‬އެބޭނުމުގައި ބަޞަރާއަށާއި‪ ،‬ބަޣްދާދަށާއި‪ ،‬މައްކާއަށް ވަޑައިގެން‬
‫ހަތަރުހާހެއްހާ ޢިލްމުވެރިންގެ ފަރާތްޕުޅުން ޢިލްމު އުނގެވިވަޑައިގަތެވެ‪.‬‬

‫ވިދާޅުވެފައި ވެއެވެ‪ .‬ފިޤްހުޢިލްމު‬ ‫اَِْل َم ُام الشَّافِعِي‬ ‫ގެ ޢިލްމުވެރިކަމުގެ ބޮޑުކަމާއި ބެހޭގޮތުން‬ ‫‪3.3‬اَِْل َم ُام أَبـُْو َحنِيـَْفة‬
‫ގެ ޢިލްމަށް ބޭނުންޖެހިފައެވެ‪.‬‬ ‫أَبُ ْـو َحنِْيـ َفة‬ ‫އުނގެން ބޭނުންވާ ކޮންމެމީހަކުވަނީ‬

‫أَبـُْو‬ ‫ގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވެއެވެ‪ .‬އެއްފަހަރަކު އެކަލޭގެފާނު ބަޣްދާދަށް ވަޑައިގަތުމަށް ޚަލީފާ‬ ‫‪4.4‬أَبـُْو َحنِيـَْفة‬
‫އެދިވަޑައިގަތުމުން އެތަނަށް ވަޑައިގަތެވެ‪ .‬ދެން ޚަލީފާ އެކަލޭގެފާނާއި އެކުގައި ދީނާއި ދުނިޔަވީ‬ ‫َج ْع َف ِر الْ َمْن ُ‬
‫صور‪،‬‬
‫ވަރަށްގިނަކަންކަމުގައި މަޝްވަރާކުރެއްވިއެވެ‪ .‬އެއަށްފަހު އެކަލޭގެފާނު އެނބުރިވަޑައިގަންނަވަން އުޅުއްވަނިކޮށް ޚަލީފާ‪،‬‬
‫އެކަލޭގެފާނުގެ އަތްޕުޅަށް ތިރީސްހާސް ދިރުހަމް ދެއްވިއެވެ‪ .‬އެހިނދު އަބޫޙަނީފާ ވިދާޅުވިއެވެ‪ .‬އޭ އަމީރުލްމުއްމިނީންއެވެ‪.‬‬
‫އަޅުގަނޑަކީ މިތާގައިވާ ބީރައްޓެއްސަކީމެވެ‪ .‬ތިޔަފައިސާ ރައްކާތެރިކަމާއެކު ބެހެއްޓޭނެތަނެއް އަޅުގަނޑުގެ ނެތެވެ‪.‬‬
‫އެހެންވީމާ ރައްޔިތުންގެ ބައިތުލްމާލުގައި ބަހައްޓަވާށެވެ! އަޅުގަނޑަށް އޭގެ ބޭނުންޖެހުމުން އަންނަހުށީމެވެ‪ .‬ދެން ޚަލީފާ‬
‫އެކަލޭގެފާނު އެދިވަޑައިގަތްގޮތަށް ހައްދަވައިފިއެވެ‪ .‬އެއަށްފަހު އަބޫޙަނީފާ އެނބުރިވަޑައިގެން އަވަހާރަވީއިރުވެސް އެއިން‬
‫ފައިސާއެއް މުދަލެއް ނުނަންގަވައެވެ‪.‬‬

‫އަވަހާރަވުމުން‪ ،‬އެކަލޭގެފާނުގެ ޖަނާޒާގައި ބައިވެރިވި މީހުން ގިނަވެ ތޮއްޖެހުމުގެ ސަބަބުން‪،‬‬ ‫‪5.5‬اَِْل َم ُام أَبـُْو َحنِيـَْفة‬
‫އެކަލޭގެފާނުގެ ކަށުނަމާދު ހަފަހަރު ކުރަންޖެހުނެވެ‪.‬‬

‫އެކަލާނގެ‬
‫اَهللُ‬ ‫އވައި‪ ،‬މާތް‬ ‫‪6.6‬ކީރިތި ޤުރްއާނުގެ ތަ ް‬
‫ޢރީފު‪ :‬ކީރިތި ޤުރްއާނަކީ ސަލާމްލެއްވި ޖިބްރީލުގެފާނު މެދުވެރިކުރަ ް‬
‫ގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ‪ .‬އަދި އެއީ އެކިޔެވުމުން‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫ُمَ َّم ٌد َ‬ ‫ރަސޫލާ‬
‫ސފައިވާ އެކަލާނގެ ކަލާމްފުޅެވެ‪.‬‬
‫ސ ސޫރަތުންނިމޭ‪ ،‬މުތަވާތިރު ގޮތެއްގައި އައި ް‬
‫ތންފެށޭ‪ ،‬ނާ ި‬
‫އަޅުކަމަކަށްވާ‪ ،‬ފާތިޙާ ސޫރަ ު‬

‫ގެ ބަސްފުޅާއި‪ ،‬ޢަމަލުފުޅާއި‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫َ‬ ‫‪7.7‬ސުންނަތުގެ ތަޢްރީފު‪ :‬ސުންނަތަކީ ކީރިތި ރަސޫލާ‬
‫‪109‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއްހިނގައި އެކަމެއް މަނާނުކުރެއްވި ކަންތަކާއި‪ ،‬އިތުރު އެކަލޭގެފާނުގެ ރިވެތި‬


‫ޚުލްޤުފުޅާއި‪ ،‬ހަށިކޮޅު އުފެދިފައިވާ ގޮތެވެ‪.‬‬

‫‪8.8‬އިޖުމާޢުގެ މިސާލު‪ :‬އިސްލާމީ ޤައުމުތަކުގައި ފައްޅިތައް ބިނާކުރުން ޙަރާމްކަމުގައި ޢިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައި‬
‫ވުމެވެ‪.‬‬

‫ގެފާނުގެ ދަރިކަލުން‬ ‫َعبَّاس‬ ‫އެ ދެބޭކަލުންނަށް ރުއްސުންލެއްވި‬


‫اَهللُ‬ ‫‪9.9‬ޞަޙާބީބޭކަލުންގެ ބަސްފުޅުގެ މިސާލު‪ :‬މާތް‬
‫ عب ُد ِ‬
‫اَهللُ‬ ‫ގެފާނު ވިދާޅުވެފައި ވެއެވެ‪" .‬ގެފުޅުގައި ޠަވާފުކުރުމަކީ ނަމާދުފަދަ އަޅުކަމެކެވެ‪ .‬އެހެންނަމަވެސް މާތް‬ ‫هللا‬ ‫َْ‬
‫ވަނީ އެއަޅުކަމުގައި ވާހަކަދެއްކުން ހުއްދަކުރައްވާފައެވެ‪ .‬މިހެންކަމުން އެއްވެސްމީހަކު ވާހަކަދައްކާނަމަ ހެޔޮބަހެއްނޫނީ‬
‫ގައި އައިސްފައިވާ ރިވާޔަތެއްގެ މާނަ)‬ ‫التِم ِذي‬
‫ِ‬
‫ُسنَ ُن ّْ‬ ‫ނުބުނާށެވެ!" (މިއީ‬

‫ُس ْؤر‬ ‫‪1010‬އިސްތިޙްސާންގެ މިސާލު‪ :‬ޙަނަފީމަޛްހަބުގައި އައިސްފައިވާ ގޮތުގައި ޝިކާރަކުރާ ދޫނި (ކާޅު‪ ،‬ބާޒުފަދަ ދޫނި) ގެ‬
‫(ކެއުމުގެ ތެރޭގައި ތުންފަތުގައި ހަރުލާފައިވާ ކާބޯތަކެތި) އަކީ ޠާހިރު އެއްޗެކެވެ‪.‬‬

‫‪1111‬އާދަކާދައިގެ މިސާލު‪ :‬އަނބިންނަށް ކާންބޯންދީ‪ ،‬އަންނައުނުދީ ބެލެހެއްޓުން އެއީ ފިރިންގެމައްޗަށް ލާޒިމުކުރެވިފައިވާ‬


‫ކަމެކެވެ‪ .‬އެކަމަކު ވަކިމިންވަރެއް ކަނޑައެޅިފައެއް ނެތެވެ‪ .‬އެމިންވަރު ކަނޑައެޅޭނީ އެތަނެއްގެ އާދަކާދައިގައި އެކަން‬
‫އޮންނަ މިންވަރެއްގެ މައްޗަށެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ގައި ހިޖުރައިން ‪ 80‬ވަނަ އަހަރުއެވެ‪.‬‬ ‫‪ُ 1.1‬ك ْوفَة‬


‫ގެ އަރިއަހުންނެވެ‪.‬‬
‫اد بْ ُن أِ ْ‬
‫َب ُسلَْي َمان‬ ‫‪َ 2.2‬حَّ ُ‬
‫‪3.3‬ކީރިތި ޤުރްއާނާއި ސުންނަތެވެ‪.‬‬

‫މަހުގައެވެ‪.‬‬ ‫َر َجب‬ ‫އަވަހާރަވީ ހިޖުރައިން ‪ 150‬ވަނައަހަރު‬ ‫‪4.4‬اَِْل َم ُام أَبُ ْـو َحنِْيـ َفة‬

‫ޙަރަކާތް ‪2‬‬

‫އާއި ބެހޭގޮތުން އައިސްފައިވާ މަސައްކަތް ފުރިހަމަކުރުވުން‪.‬‬ ‫اَِْل َم ُام أَبُ ْـو َحنِْيـ َفة‬
‫ކުޑައިރު ބާޒާރަށް ވަޑައިގަންނަވަނިކޮށް ފެނިވަޑައިގެން ގެންނަވައި‬ ‫أَبُ ْـو َحنِْيـ َفة‬ ‫އަށް އެއްދުވަހަކު‬ ‫‪1.1‬اَِْل َم ُام الش ْ‬
‫َّعِب‬
‫ޢިލްމު އުނގެނުމަށް ހިތްވަރުދެއްވިއެވެ‪ .‬އެއަށްފަހު އެކަލޭގެފާނުގެ ހިތްޕުޅުގައި ޢިލްމަށް ލޯބިޖެހި ކިޔަވާ ވިދާޅުވަން‬
‫ފެއްޓެވިއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪110‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ِ‬
‫އަވަހާރަވުމުމަށްފަހު‪،‬‬ ‫َب ُسلَْي َمان‬ ‫‪2.2‬اَِْل َم ُام أَبُ ْـو َحنْيـ َفة އަށް ފިޤުހު ކިޔަވައިދެއްވި މުދައްރިސެއްކަމުގައިވާ َحَّ ُ‬
‫اد بْ ُن أِ ْ‬
‫އެކަލޭގެފާނުގެ މަޤާމުގައި މީސްތަކުންނަށް ފިޤްހު ކިޔަވައިދެންވަން أَبـوحنِْيـ َفة ފެއްޓެވިއެވެ‪.‬‬
‫ُْ َ‬
‫‪3.3‬އެކަލޭގެފާނު ކިޔަވައިދެއްވި ދަރިވަރުންގެތެރެއިން ފަޤީރު ދަރިވަރުންނަށް ހޭދަކުރެއްވިއެވެ‪.‬‬

‫އަށް އިސްލާމީ އުންމަތުގެ ޤާޟީއެއްގެ މަޤާމު ހުށަހެޅުމުން އެމަޤާމަށް ވަޑައިގަތުމަށް‬ ‫‪4.4‬اَِْل َم ُام أَبُ ْـو َحنِْيـ َفة‬
‫އިންކާރުކުރައްވައި ދެކޮޅުހެއްދެވިއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫ކުލާސް ގުރޫޕްތަކަކަށް ބަހާލާށެވެ! އެއަށްފަހު ކޮންމެ ގުރޫޕަކުން ކޮންމެ ޕޮއިންޓަކަށް‪ ،‬އެޕޮއިންޓަކުންލިބޭ އެއްފިލާވަޅެއް‬
‫ބަޔާންކުރުމަށް އަންގާށެވެ! މަސައްކަތް ނިމުމުން ކޮންމެ ގުރޫޕެއްގެ މަސައްކަތް އެގުރޫޕަކުން ކުލާހަށް ހުށަހަޅާނީއެވެ‪ .‬ޢިބުރަތްތައް‬
‫ނުވަތަ ފިލާވަޅުތައް ދަރިވަރުނަށް ނަގައިގަންނަށް ފަސޭހަކުރުމަށްޓަކައި ބައެއް ޢިބުރަތްތައް ކިޔައި ދެވިދާނެއެވެ‪.‬‬

‫ނޯޓް‪ :‬ޕޮއިންޓްތަކުން އެއް ޢިބްރަތަށްވުރެ ގިނަ ޢިބްރަތްތައްވެސް ނެގިދާނެއެވެ‪ .‬ޕޮއިންޓުން އިޝާރާތްލިބި ދޭހަވާ ކަމެއްނަމަ‬
‫ރަނގަޅުވާނެއެވެ‪( .‬ފިލާވަޅު މާނަކޮށްފައިވަނީ ޢިބުރަތް ‪ /‬ދޭހަ)‬

‫ޢިބުރަތްތައް‪:‬‬

‫‪1.1‬އެކަކު އަނެކަކަށް ކިޔަވަން ހިތްވަރުދޭންވާނެކަން އެނގުން‪.‬‬

‫‪2.2‬ޢިލްމަށް ލޯބިކުރުމަކީ‪ ،‬ޢިލްމު އުނގެނުމަށްލިބޭ ވަރަށްބޮޑު ބާރެއްކަން އެނގުން‪.‬‬

‫‪3.3‬ކިޔަވައި މޮޅު ކުއްޖަކަށްވާނީ ދިގުމުއްދަތެއްގައި ހިތްވަރުކޮށްގެންކަން އެނގުން‪.‬‬

‫‪4.4‬ތަފާތު ގިނަ މުދައްރިސުންގެ ފަރާތްޕުޅުން ޢިލްމު އުނގެނުމަކީ ޢިލްމީ ޚަޒާނާ ތަނަވަސްވެގެންދާނޭ ކަމެއްކަން‬
‫ކަށަވަރުވުން‪.‬‬

‫‪5.5‬ކިޔެވުމުން ދުނިޔެމަތީގައިވެސް މީސްތަކުންގެ އިޙްތިރާމާއި‪ ،‬ޤަދަރު ލިބޭނޭކަން އެނގުން‪.‬‬

‫‪6.6‬ކިޔެވުމާއި އެކީގައިވެސް ވަގުތުވީވަރަކުން ތަފާތު ފަންނުތަކާއި‪ ،‬ހުނަރުތައް ދަސްކުރުމުގެ މުހިންމުކަން އެނގުން‪.‬‬

‫‪7.7‬ޢިލްމުވެރިން ހިތްޕުޅުގައި ފަޤީރުންނަށްޓަކައިވާ އޯގާތެރިކަން ހާމަވުން‪.‬‬

‫ޙަރަކާތް ‪4‬‬
‫އެކަށީގެންވާ މިންވަރަކަށް ކުލާސް ގުރޫޕްތަކަކަށް ބަހާލާށެވެ! އެއަށްފަހު ކޮންމެ ގުރޫޕަކުންވެސް ދެ މަސައްކަތެއް އިޚްތިޔާރުކޮށް‬
‫ކުރިއަށް ދިއުމަށް އަންގާށެވެ! (ށ) އާއި‪( ،‬ނ) ގައިވާ ޕޮއިންޓުގެ މަޢުލޫމާތު ދަރިވަރުންގެ ފޮތުގައި ހިމެނިފައި ނުވާތީ‪،‬‬
‫އެދެބައިގެ މަޢުލޫމާތު ދޭށެވެ! މިފޮތުގެ "ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު" މިބައިގައި ވާނެއެވެ‪.‬‬

‫އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ ދަރިވަރުން‪ ،‬އެކަލޭގެފާނު ދޫކުރެއްވި ޢިލްމު ޖަމާކުރައްވައި ލިއުއްވިއެވެ‪.‬‬ ‫‪1.1‬أَبُ ْـو َحنِْيـ َفة‬
‫‪111‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އެކަލޭގެފާނުގެ މިޢިލްމު އެކަލޭގެފާނަށް ނިސްބަތްކުރެވި އެއަށް ޙަނަފީ މަޛްހަބޭ ކިޔައި މަޝްހޫރުވިއެވެ‪.‬‬

‫صلَّى هللاُ‬
‫ُمَ َّم ٌد َ‬ ‫އެކަލާނގެ ރަސޫލާ‬
‫اَهللُ‬ ‫‪2.2‬ކީރިތި ޤުރްއާނަކީ ސަލާމްލެއްވި ޖިބްރީލުގެފާނު މެދުވެރިކުރައްވައި‪ ،‬މާތް‬
‫ގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ‪ .‬އެއީ އެކިޔެވުމުން އަޅުކަމަކަށްވާ‪ ،‬ފާތިޙާ ސޫރަތުންފެށޭ‪،‬‬ ‫َعلَْي ِه َو َسلَّ َم‬
‫صلَّى هللاُ َعلَْي ِه‬
‫َ‬ ‫ނާސި ސޫރަތުންނިމޭ‪ ،‬މުތަވާތިރު ގޮތެއްގައި އައިސްފައިވާ އެއްޗެކެވެ‪ .‬ސުންނަތަކީ ކީރިތި ރަސޫލާ‬
‫ގެ ބަސްފުޅާއި‪ ،‬ޢަމަލުފުޅާއި‪ ،‬އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއްހިނގައި އެކަމެއް މަނާނުކުރެއްވި ކަންތަކާއި‪،‬‬ ‫َو َسلَّ َم‬
‫އިތުރު އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅާއި‪ ،‬ހަށިކޮޅު އުފެދިފައިވާ ގޮތެވެ‪.‬‬

‫އަކީ ޝިކާރަކުރާ ދޫނީ (ކާޅު‪ ،‬ބާޒުފަދަ ދޫނި)ގެ ކެއުމުގެ ތެރޭގައި ތުންފަތުގައި ހަރުލާފައިވާ‬ ‫ُس ْؤر‬ ‫ގެ ޠާހިރުކަން‪:‬‬ ‫‪ُ 3.3‬س ْؤر‬
‫އެތިއެތިކޮޅާއި އަދި އެތަކެތި ކައިފައި ބާކީ ހުންނަ ބައެވެ‪.‬‬

‫އާއި‪ ،‬ސުންނަތުން ދަލީލު ލިބެންނެތް ކަމެއްގައި އާދަކާދައަކީ ޝަރުޢީ ދަލީލެއްކަމުގައި ބެލެވެއެވެ‪.‬‬ ‫قُ ْـرآن‬ ‫‪4.4‬ކީރިތި‬
‫އެހެންނަމަވެސް އެދެ އަޞްލާއި ޚިލާފުވާ އާދަކާދައެއް މީގެތެރެއަކު ނުހިމެނެއެވެ‪.‬‬

‫‪5.5‬މީގައި ގުރޫޕްގައި ޚިޔާލުބަދަލުކޮށް ގިނަ ދަރިވަރުންނަށް ފެންނަގޮތް ލިޔާނީއެވެ‪ .‬މިގޮތަށް ޚިޔާލުފާޅުކުރުމުގައި‬


‫ޢިލްމުވެރިއަކަށް ޢައިބުބަސް ރައްދުނުކޮށް ޚިޔާޅުފާޅުކުރުމަށް އަންގާށެވެ!‬

‫‪6.6‬ދަރިވަރުން‪ ،‬އެކުދިންގެ ފޮތުގައިވާ ތާވަލާ ދޭތެރޭގައި ވިސްނާލުމަށްފަހު ޤިޔާސުގައި އައިސްފައިވާ ހުކުރުނަމާދަށް‬


‫ބަންގިގޮވުމުން ވިޔަފާރިކުރުމާއި‪ ،‬ކުޅިވަރުކުޅުން މަނާވުމުގެ މިސާލު އެގޮތަށް ތާވަލްކުރުން‪.‬‬

‫ދީނުގައި މަނާކުރެވިފައިވާ ޢަމަލާއި‪ ،‬މަނާނުކުރެވުނަސް މަނާވެގަންނަންޖެހޭ ޢަމަލު‬

‫މަނާކުރެވުނު އަދި މަނާވާން‬


‫ޢަމަލުކުރަންޖެހޭގޮތް‬ ‫ދީނުގައިވާ ގޮތް‬ ‫ޢަމަލު‬
‫ޖެހޭ ސަބަބު‬

‫ހުކުރުނަމާދަށް‬
‫ހުކުރުނަމާދަށް‬
‫މަނާވެގަތުން‬ ‫މަނާކުރެވިފައިވުން‬ ‫ބަންގިގޮވުމުން‬
‫ހުރަސްއެޅުން‬
‫ވިޔަފާރިކުރުން‬

‫ހުކުރުނަމާދަށް‬
‫ހުކުރުނަމާދަށް‬
‫މަނާވެގަތުން‬ ‫މަނާ ކުރެވިފައިނެތް‬ ‫ބަންގިގޮވުމުން‬
‫ހުރަސްއެޅުން‬
‫ކުޅިވަރުކުޅުން‬

‫ފުރަތަމަކަންތައް މަނާކުރެވިފައިވަނީ ހުކުރުނަމާދަށް ހުރަސްއެޅޭތީ‪ .‬ފަހުކަންތައް މަނާނުކުރެވުނަސް‪ ،‬އެކަމުގައި ފުރަތަމަ‬


‫ކަންތައް މަނާކުރެވުނު ސަބަބުކަމުގައިވާ ހުކުރުނަމާދަށް ހުރަސްއެޅުން ހިމެނޭތީ އެކަންކުރުމުންވެސް މަނާވެގަންނަން ޖެހޭނެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪112‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ام َمالِك‬
‫اَِْل َم ُ‬ ‫‪5‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫ގެ ނަންފުޅާއި‪ ،‬ޢިލްމީ ޙަޔާތްޕުޅު އެނގުން‪.‬‬ ‫‪1.1‬اَِْل َم ُام َمالِك‬


‫އަވަހާރަވިގޮތާއި‪ ،‬ތަނާއި‪ ،‬ތާރީޚު ދަނެގަތުން‪.‬‬ ‫‪2.2‬اَِْل َم ُام َمالِك‬
‫ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ދަސްވުން‪.‬‬ ‫‪3.3‬اَِْل َم ُام َمالِك‬
‫‪4.4‬މާލިކީ މަޛްހަބާއި‪ ،‬އެމަޛްހަބު ބިނާވެފައިވާ އަޞްލުތަކާއި‪ ،‬އަސާސްތައް ދަނެގަތުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪،‬‬ ‫‪1.1‬ފިލާވަޅާއި ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬
‫ޗޯކުފަދަ ތަކެތި‪.‬‬
‫‪2.2‬ފިލާވަޅުގެ މައިގަނޑު ބައިތަކުގެ ތެރެއިން ސުވާލުތަކެއް އުފައްދައި‪ ،‬ބޯޑުގައި‬
‫ފިލާވަލުގެ މައިގަނޑު ނުކުތާތައް‬ ‫ލިޔުމަށްފަހު ދަރިވަރުންލައްވައި އެސުވާލުތަކުގެ ޖަވާބު ހޯދުން‪.‬‬
‫ބޮޑުކޮށް ވަކިވަކިން ލިޔެފައިވާ‬
‫ގަނޑުތަކެއް‪.‬‬ ‫‪3.3‬ގުރޫޕުތަކުގެ ތެރޭގައި ފިލާވަޅުޝަރަޙަ ކުރުވައި ކުލާހަށް އެޝަރަޙަ‬
‫ހުށަހެޅުން‪.‬‬
‫ފިލާވަޅުގެ ހުރިހާ ބައިތައް‬
‫ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ‬ ‫‪4.4‬ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ބޯޑުގައި ލިޔެ ދަރިވަރުން ލައްވައި އޭގެ‬
‫ޕްރެޒެންޓޭޝަނެއްގެ އެހީގައި‬ ‫މައްޗަށް ވާހަކަ ދެއްކުވުން‪.‬‬
‫ފިލާވަޅު ކުރިއަށް ގެންދިއުން‪.‬‬
‫‪5.5‬ފިލާވަޅުގެ ހުރިހާ ބައިތައް ހިމެނޭގޮތަށް ޕްރެޒެންޓޭޝަނެއް‪ ،‬މަސްޖިދުއް‬
‫ދަރިވަރުންގެ ފޮތުގެ ޙަރަކާތްތައް‪.‬‬
‫ނަބަވީއާއި‪ ،‬މަދީނާގެ ބައެއް ފޮޓޯތައް ހިމެނޭގޮތަށް ތައްޔާރުކޮށް ކުލާހަށް‬
‫ހުށަހެޅުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅުގެ ޙަރަކާތްތައް ފުރިހަމަކޮށްފައިވާ ގޮތް ދަނެގަތުން‪.‬‬

‫‪2.2‬ދަރިވަރުންލައްވައި ފިލާވަޅުގެ މައިގަނޑު ޕޮއިންޓްތައް ބޯޑުގައި ލިޔުން‪.‬‬

‫‪3.3‬ބައެއް ދަރިވަރުންލައްވައި ފިލާވަލު ޝަރަޙަ ކުރުވުން‪.‬‬

‫‪4.4‬މަޛްހަބުތަކުގެ ޢާންމު މަޢްލޫމާތާއި ބެހޭގޮތުން ދަރިވަރުންނާ ޚިޔާލު ބަދަލުކުރުން‪.‬‬

‫‪113‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫ގެ ދަރިކަލުންނެވެ‪.‬‬ ‫أَنَس‬ ‫ގެ ދަރިކަލުން‬ ‫َمالِك‬ ‫ގެ ދަރިކަލުން‬ ‫َصبَ ِحي‬ ‫ِ‬
‫أَبـُْو َعام ٍر ْال ْ‬ ‫އަކީ‬ ‫‪1.1‬اَِْل َم ُام َمالِك‬
‫ގެ‬ ‫اَِْل َم ُام َمالِك‬ ‫އެކަލޭގެފާނުގެ ކާފާފުޅަކީ ތާބިޢީ ބޭކަލުންގެ ތެރެއިން ޢިލްމަށް އަރާހުންނެވި ބޭކަލެކެވެ‪ .‬އަދި‬
‫މުނިކާފާފުޅަކީ ޞަޙާބީ ބޭކަލެކެވެ‪.‬‬

‫صلَّى‬
‫َ‬ ‫ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަހަރުކަމުގައިވާ ހިޖުރައިން ‪ 93‬ވަނައަހަރަކީ‪ ،‬ކީރިތި ރަސޫލާ‬‫ اَِْل َم ُام َمالِك‬
‫علَْي ِه وسلَّم ގެ ޚާދިމު މާތް اَهلل އެބޭކަލަކަށް ރުއްސުންލެއްވި أَنَس بْن مالِك އަވަހާރަވީ އަހަރެވެ‪.‬‬
‫ُ َُ‬ ‫ُ‬ ‫هللاُ َ َ َ َ‬
‫ام مالِك ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ބޮޑުފުޅުވެ ޙަޔާތް ވޭތުކުރެއްވީ މަދީނާގައެވެ‪ .‬މަދީނާގެ މުޖުތަމަޢަކީ‬
‫‪2.2‬اَِْل َم ُ َ‬
‫ޢިލްމީ މުޖްތަމަޢަކަށް ވުމުން‪ ،‬އެކަލޭގެފާނު ބޮޑުފުޅުވީ‪ ،‬ޢިލްމަށް ލޯބިކުރައްވައި‪ ،‬އެ ޢިލްމީ މުޖްތަމަޢުގެ ތެރޭގައެވެ‪.‬‬
‫އަކީވެސް ޢިލްމަށް ލޯބިކުރައްވައި‪ ،‬ޢިލްމު ހާސިލުކުރެއްވުމުގައި މަޝްހޫރު ބޭކަލެކެވެ‪.‬‬ ‫َّضُر‬
‫اَلن ْ‬ ‫އެކަލޭގެފާނުގެ އަޚާ‬

‫ވަނީ ދެއްވާފައެވެ‪ .‬އިތުރު‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫‪3.3‬މާލިކުގެފާނުގެ ޢިލްމުވެރިކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ َ‬
‫ب الْعِْل ِم فَال َِي ُدو َن َعالِ ًما‬
‫ب ِف طَلَ ِ‬ ‫އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ‪َ " .‬يْرج َنس ِمن الْم ْش ِرِق والْم ْغ ِر ِ‬
‫َ َ‬ ‫ُُ ٌ َ َ‬
‫ِ‬
‫الاكم މި ފޮތުގައި‬
‫َحَد َْ‬ ‫أ َْعلَ َم ِم ْن َع ِال الْ َم ِدينَ ِة أ َْو َع ِال أ َْه ِل الْ َم ِدينَ ِة" (މިއީ َع َوِال َمالك ِرَوايَةُ أَِب أ ْ‬
‫ِ‬
‫އައިސްފައިވާ ރިވާޔަތެއް) މާނައަކީ "ޢިލްމު ހާސިލުކުރުމަށްއެދި އިރުމައްޗާއި‪ ،‬ހުޅަނގުން މީސްތަކުން ނުކުންނާނެއެވެ‪.‬‬
‫ފަހެ އެބައިމީހުންނަށް މަދީނާގެ ޢިލްމުވެރިޔާ ނުވަތަ މަދީނާގެ އަހުލުވެރިންގެ ޢިލްމުވެރިޔާއަށްވުރެ ވަކިންބޮޑު‬
‫اَِْل َم ُام‬ ‫ޢިލްމުވެރިއަކު ނުފެންނަހުއްޓެވެ‪ ".‬ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މިޙަދީޘުގައި އިޝާރާތްކުރެވިފައި އެވަނީ‬
‫ގެ ވާހަކައެވެ‪.‬‬ ‫َمالِك‬
‫‪4.4‬ރިވާވެގެން އައިސްފައިވާ ގޮތުގައި ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު އެއްފަހަރެއްގައި ޙައްޖަށް ވަޑައިގެން މާލިކުގެފާނާއި‬
‫ބައްދަލުކުރައްވައި‪ ،‬އެކަލޭގެފާނުގެ އަރިއަހުން ޙަދީޘާއި ފިޤުހުގެ މައްސަލަތައް އަޑުއެއްސެވިއެވެ‪ .‬އެހިނދު މާލިކުގެފާނުގެ‬
‫ޢިލްމުވެރިކަމުގެ ބޮޑުކަމުން ޚަލީފާ ޙައިރާންފުޅުވެ ވަޑައިގެން މާލިކުގެފާނުގެ އަރިއަހުން އެދިވަޑައިގަތެވެ‪ .‬ކީރިތި ރަސޫލާ‬
‫ގެ ޙަދީޘްފުޅުތަކާއި‪ ،‬ދީނުގެ މައްސަލަތައް ބަޔާންކުރައްވައި މީސްތަކުން އެއިން މަންފާ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬
‫ލިއުއްވިއެވެ‪ .‬އަދި އެފޮތް‬ ‫اَلْ ُم َوطَّأ‬ ‫ލިބިގަތުމަށްޓަކައި ފޮތެއް ލިއުއްވާށެވެ! ދެން މާލިކުގެފާނު އެކަމަށް އިޖާބަދެއްވައި‬
‫އެކަލޭގެފާނު މަދީނާގެ ‪ 70‬ފިޤުހު ޢިލްމުވެރިންނަށް ހުށަހެޅުއްވިއެވެ‪ .‬އެއެންމެ ބޭކަލުންވެސް އެފޮތުގައިވާ ޢިލްމުވެރިކަމަށް‬
‫އެއްބަސްވެ ވަޑައިގަތެވެ‪.‬‬

‫ކިޔާ މީހަކު ހުރިދުވަސްވަރެއްގައި‪ ،‬މަޖުބޫރުން ކުރާ ވަރީގައި‪،‬‬ ‫َج ْع َفُر بْ ُن ُسلَْي َمان‬ ‫‪5.5‬މަދީނާގެ ގަވަރުނަރަކަށް‬
‫ވަރިނުވާނެކަމަށް މާލިކުގެފާނު ފަތުވާދެއްވިއެވެ‪ .‬އެހިނދު ގަވަރުނަރު އެކަމާ ދެކޮޅުހަދައި އެކަލޭގެފާނުގެ ހަށިކޮޅުގައި‬
‫ތަޅައި ވަރަށް އަނިޔާކުރިއެވެ‪ .‬އެހެންނަމަވެސް އެކަލޭގެފާނު ޙައްޤުގެބަސް ދޫނުކުރައްވައި އޭގެމަތީގައި ދެމިހުންނެވިއެވެ‪.‬‬
‫މިކަމުގެ ސަބަބުން މާލިކުގެފާނުގެ ޤަދަރާއި‪ ،‬ހައިބަތާއި‪ ،‬ޢިއްޒަތް މީސްތަކުންގެ ތެރޭގައި އިހުނަށްވުރެ ބޮޑުވެގެން‬
‫ދިޔައެވެ‪.‬‬

‫‪6.6‬މަދީނާގެ އަހުލުވެރިންގެ ޢަމަލަކީ މާލިކުގެފާނުގެ އަރިއަހުގައި ފިޤުހީ މައްސަލަތައް ބިނާވެފައިވާ ޝަރީޢަތުގެ‬


‫އަށްފަހު‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫ރަސޫލާ َ‬ ‫އަސާސްތަކުގެ ތެރެއިން އަސާސެކެވެ‪ .‬އެހެނީ އެބައިމީހުންނަކީ ކީރިތި‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪114‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫އެކަލޭގެފާނު ގެންނެވިގޮތް އެއްޖީލަކަށްފަހު އަނެއްޖީލަކަށް ވާރުތަވަމުންއައިސް އެބަޔަކަށް އެ ޢިލްމު ޢަމަލީގޮތުން ވާރުތަވި‬


‫މީހުންނެވެ‪ .‬ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި މަދީނާގެ އަހުލުވެރިންގެ ޢަމަލުތައް ޝަރީޢަތުގެ އަސާސްތަކުގެ ތެރެއިން‬
‫އަސާސެއް ކަމުގައި ބައްލަވާ ޢިލްމުވެރިން އެކަން ބައްލަވަނީ ހުރިހާ ޒަމާނެއްގައި މަދީނާގައި އުޅޭ އަހުލުވެރިންގެ‬
‫ޢަމަލަކަށް ނޫނެވެ‪ .‬އެހެނެއްކަމަކު އެއީ މާލިކުގެފާނުގެ ދުވަސްވަރާ ހަމައަށެވެ‪ .‬މަދީނާގެ އަހުލުވެރިންގެ ޢަމަލުކޮށް‬
‫އުޅުނުގޮތުގެ އެއްމިސާލަކީ ތަރުކާރީން ޒަކާތްނެރެން ނުޖެހުމެވެ‪.‬‬

‫‪7.7‬އިޖުމާޢާއި‪ ،‬ޤިޔާސާއި‪ ،‬އިސްތިޙްސާންގެ މިސާލުތައް އަލްއިމާމު އަބޫޙަނީފާގެ ފިލާވަޅުގައި އިސްވެ ހިނގައްޖެއެވެ‪.‬‬

‫އަކީ ދޫކޮށްލެވިފައިވާ މަޞްލަޙަތުތަކެވެ‪ .‬ބައެއް މަޞްލަޙަތުތަކަކީ ދީނުގައި އެކަންތައްތަކަށް‬ ‫صالِ ُح الْ ُم ْر َسلَة‬
‫‪8.8‬اَلْ َم َ‬
‫ރައްކާތެރިވުމަށް ބާރުއެޅިފައިވާ މަޞްލަޙަތުތަކެވެ‪ .‬މިސާލަކަށް މުދާ ރައްކާތެރިކުރުމެވެ‪ .‬އަނެއްބައި މަޞްލަޙަތުތަކަކީ‬
‫ބައެއްފަރާތްތަކަށް މަޞްލަޙަތެއްކަމަށް ބެލެވުނަސް ދީނުގައި މަނާކުރެވިފައިވާ ކަންތައްތަކެވެ‪ .‬މިސާލަކަށް ކީރިތި‬
‫صالِ ُح الْ ُم ْر َسلَة‬
‫اَلْ َم َ‬ ‫ދެކެ ލޯބިވާކަމަށް ދަޢުވާކޮށް ބިދުޢަތައް ހަދައިގެން އުޅުމެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ރަސޫލާ‬
‫އަކީ މިއިން އެއްވެސް ބައެއްގައި ނުހިމެނޭ ދޫކޮށްލެވިފައިވާ މަޞްލަޙަތުތަކެވެ‪ .‬މީގެތެރެއިން ފުރަތަމަބަޔާއި ގާތްކުރާ‬
‫صالِ ُح‬
‫ހިފަންޖެހޭ اَلْ َم َ‬ ‫މަޞްލަޙަތުތަކުގައި ހިފައި އެއަށް ރައްކާތެރިވާންޖެހޭނެއެވެ‪ .‬މިއީ އެމަޞްލަޙަތުތަކެއްގައި‬
‫صالِ ُح‬‫ޖެހޭނެއެވެ‪ .‬اَلْ َم َ‬ ‫އެވެ‪ .‬ދެވަނަ ބަޔާއި ގާތްވާފަދަ މަޞްލަޙަތުތައް ދޫކޮށް އެއިން ރައްކާތެރިވާން‬ ‫الْ ُم ْر َسلَة‬
‫الْمرسلَة އަކަށް‬
‫ޢަމަލުކުރަންޖެހޭނީ ކީރިތި ޤުރްއާނާއި‪ ،‬ސުންނަތާއި‪ ،‬އިޖުމާޢު އާއި ޚިލާފުނުވާނަމައެވެ‪ .‬އަދި‬
‫ُْ َ‬
‫މަޞްލަޙަތު ކަނޑައެޅޭ ކަމެއްގައި އެއަށްވުރެ ރަނގަޅު މަޞްލަޙަތެއް ނެތްނަމައެވެ‪.‬‬

‫އާއި ޞަޙާބީ ބޭކަލުން ހިޖުރައިން ހަވަނަ އަހަރު ޢުމްރާގެ އަޅުކަން‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫‪9.9‬ކީރިތި ރަސޫލާ‬
‫އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަތުމުން‪ ،‬މުޝްރިކުން އެބޭކަލުންނަށް އެކަން މަނާކުރެއްވުމުން‪ ،‬އެބޭކަލުން‬
‫ވަޑައިގަތް މަޤްޞަދު އެބައިމީހުންނަށް ހާމަކޮށް ދެއްވުމަށް އިތުރު އެކަލޭގެފާނު‪ ،‬ޢުޘްމާނުގެފާނު އެބައިމީހުންގެ ގާތަށް‬
‫ފޮނުއްވިއެވެ‪ .‬ޢުޘްމާނުގެފާނު އެނބުރިއައުން ލަސްވެ‪ ،‬އެކަލޭގެފާނު ޤަތުލުކޮށްލެވުނު ޚަބަރު ފެތުރުމުން‪ ،‬ކީރިތި ރަސޫލާގެ‬
‫އަތްޕުޅުމައްޗަށް ޞަޙާބީ ބޭކަލުން ބައިޢަތު ހިއްޕެވިއެވެ‪ .‬އެއީ ޢުޘްމާނުގެފާނުގެ މަރުގެ ބަދަލު ހިއްޕެވުމަށާއި‪ ،‬އެނބުރި‬
‫އެވެ‪ .‬މި ބައިޢަތު ހިފުނީ ގަހެއްގެ ހިޔަލުގައެވެ‪.‬‬ ‫ض َوان‬ ‫بـَيـَْعةُ ِّ‬
‫الر ْ‬ ‫ފިލަން ނުދިއުމަށެވެ‪ .‬މިބައިޢަތަށް ކިޔަނީ‬

‫‪1010‬ޝަރީޢަތުގައި ފިޤުހީ މައްސަލަތައް ބިނާވެފައިވާ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ އާދަކާދައެވެ‪ .‬އެހެންނަމަވެސް‬
‫މިއީ އަސާސެއްގެ ގޮތުގައި ބެލެވޭނީ ޤުރްއާނާއި‪ ،‬ސުންނަތާއި ޚިލާފު ނުވާނަމައެވެ‪ .‬އަދި ޝަރުޢީ ޤަވާޢިދަކާއި‬
‫ފުށުނާރާނަމައެވެ‪ .‬އާދަކާދައިގެ މިސާލަކީ ކައްފާރާއެއްގެ ގޮތުގައި މިސްކީނަކަށް ކާންދޭންޖެހޭ ޙާލަތެއްގައި ކާންދޭންޖެހޭ‬
‫މިންވަރެވެ‪ .‬އެމިންވަރަކީ އެމުޖުތަމަޢެއްގައި ޢާންމުގޮތެއްގައި މީހެއްގެ ކެއުމަށް ރެއަކާއިދުވާލު ކެއުމުގައި ބަލައިއުޅޭ‬
‫މިންވަރެވެ‪.‬‬

‫‪115‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ގައި ހިޖުރައިން ‪ 93‬ވަނައަހަރުއެވެ‪.‬‬ ‫‪1.1‬اَلْ َم ِديـْنَةُ الْ ُمنَ َّـوَرة‬


‫‪2.2‬އެފަތުވާއަކާ ބެހޭގޮތުން މަދީނާގެ ހަތްދިހަ ޢިލްމުވެރިންނާ މަޝްވަރާކުރެއްވުމަށްފަހުގައި ފަތުވާ ދެއްވުމެވެ‪.‬‬

‫‪3.3‬އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ހަތަރުސަތޭކަ ދިރުހަމުން ވިޔަފާރިކުރައްވައި ދިރިއުޅުއްވުމުގެ ޚަރަދުތައް‬


‫ހަމަޖައްސެވުމެވެ‪.‬‬

‫ގެ ޢިލްމުފުޅާއި‪ ،‬ފިޤުހީ މައްސަލަތަކާއި‪ ،‬އުޞޫލުތަކެވެ‪ .‬އަދި އެކަލޭގެފާނަށްފަހު‪ ،‬އެކަލޭގެފާނުގެ‬ ‫‪4.4‬اَِْل َم ُام َمالِك‬
‫ދަރިވަރުން ޖަމާކުރެއްވި އެކަލޭގެފާނުގެ ޢިލްމުފުޅެވެ‪.‬‬

‫މަހުގައެވެ‪.‬‬ ‫َربِْي ُع ْال ََّول‬ ‫‪5.5‬ހިޖުރައިން ‪ 179‬ވަނައަހަރު‬

‫ޙަރަކާތް ‪2‬‬
‫ފިލާވަޅު ކިޔާލުމަށްފަހު ޢިބާރާތްތައް ޝަރަޙަކޮށް ފުރިހަމަކުރުން‪.‬‬

‫އަވަހާރަވުމަށްފަހު‪ ،‬ކޮންމެވެސް ޒަމާނެއްގައި ޝަރުޢީ ޙުކުމެއްގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫‪1.1‬އިޖްމާޢުއަކީ ކީރިތި ރަސޫލާ‬
‫ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަތުމެވެ‪.‬‬ ‫ُْمتَ ِهد‬ ‫މައްޗަށް‪ ،‬އެޒަމާނެއްގައި ތިއްބެވި‪ ،‬އިސްލާމީ އުންމަތުގެ‪ ،‬ޢަދުލުވެރި‬
‫އިޖުމާޢުގައި‪ ،‬ޝަރުޢީ ޙުކުމް ނެރޭ މައްސަލައަކީ ކުރިން އެމައްސަލައާކާމެދު ޚިލާފު އުފެދިފައިވާ މައްސަލައަކަށް ވެގެން‬
‫ނުވާނެއެވެ‪ .‬އަދި އެއީ ޤުރްއާނާއި ސުންނަތުގައި އޭގެ ޙުކުމް ބަޔާންވެފައިވާ މައްސަލައަކަށް ވެގެންނުވާނެއެވެ‪.‬‬

‫ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސެވުމަށްޓަކައި‪ ،‬ވިޔަފާރިކުރައްވައި‪ ،‬އެއިން ލިބޭ އާމްދަނީއަކުން އެކަން‬ ‫‪2.2‬اَِْل َم ُام َمالِك‬
‫ހަމަޖެއްސެވިއެވެ‪.‬‬

‫صلَّى هللاُ َعلَْي ِه‬


‫َ‬ ‫އަށްފަހު‪ ،‬އިސްލާމީ ޝަރީޢަތުގެ ދެވަނައަށް އެންމެ އިސް މަޞްދަރަކީ ކީރިތި ރަސޫލާ‬ ‫قُ ْـرآن‬ ‫‪3.3‬ކީރިތި‬
‫ގެ ސުންނަތެވެ‪.‬‬ ‫َو َسلَّ َم‬
‫‪4.4‬މާލިކުގެފާނުގެ ޢާއިލާގެ މެމްބަރުންނަކީ ޢިއްޒަތްތެރި‪ ،‬އަބުރުވެރި ޢިލްމީ އަދި މީސްތަކުންގެ ތެރޭގައި ޤަދަރު އުފުލިފައިވާ‬
‫މެމްބަރުންނެވެ‪.‬‬

‫ނޯޓް‪ :‬ދަރިވަރުގެ ޢިބާރާތްތައް ތަފާތުވިނަމަވެސް ޝަރަޙަކުރެވިފައިވާ ޢިބާރާތްތަކުގެ މަފްހޫމާއި އެއްގޮތްވާނަމަ ރަނގަޅުވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪116‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ޙަރަކާތް ‪3‬‬
‫ޢިބާރާތްތަކުން އަހަރެމެންގެ ޙަޔާތަށް ލިބިގަނެވިދާނެ ފިލާވަޅުތައް ގުރޫޕްތަކުގެ މެދުގައި މަޝްވަރާކޮށް‬
‫ނޯޓުކުރުން‪.‬‬

‫ކުލާސް ގުރޫޕްތަކަކަށް ބަހާލާށެވެ! އެއަށްފަހު އިޝާރާތްކުރެވިފައިވާ ޢިބާރާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުވާށެވެ! އަދި‬


‫ކޮންމެ ގުރޫޕަކުން ކޮންމެ ޢިބާރާތަކަށް ޢިބުރަތެއް ނުވަތަ ލިބިގަނެވިދާނެ ފިލާވަޅެއް ނޯޓްކުރުވާށެވެ! ނޯޓްކުރެވޭ ފިލާވަޅުތަކަކީ‬
‫ދަރިވަރުންނަށް ކުރެވިދާނެ ކަންތައްކަމުގައި ވާންވާނެކަން އަންގާށެވެ‪ .‬މަސައްކަތް ނިމުމުން ކޮންމެ ގުރޫޕެއްގެ މަސައްކަތް‬
‫ކުލާހަށް ހުށަހަޅާނީއެވެ‪.‬‬

‫ލިބިގަނެވިދާނެ ބައެއް ފިލާވަޅުތައް‬

‫‪1.1‬ކުޑައިރުއްސުރެ ކިޔަވަން ގަދައަޅައި މަސައްކަތް ކުރަންވާނޭކަން އެނގުން‪.‬‬

‫‪2.2‬ކީރިތި ޤުރްއާން ދަސްކުރުމާއި‪ ،‬ގިނަގިނައިން ކިޔެވުމަކީ ކިޔެވުމަށްލިބޭ ވަރަށްބޮޑު ބާރެއްކަން‪.‬‬

‫‪3.3‬ކުޅަދާނަކަން ލިބުނު މިންވަރަކުން ޢިލްމުވެރިންގެ ޢިލްމު ލިބިގަނެވޭތޯ މަސައްކަތް ކުރަންޖެހޭނޭކަން‪.‬‬

‫‪4.4‬ކުޑައިރުއްސުރެ ކިޔެވުމަށް ގަދައަޅައި މަސައްކަތްކޮށްފިނަމަ ޒުވާންވާއިރަށް ވަރަށްގިނަގުނަ ޢިލްމު ހާސިލުކުރެވިދާނޭކަން‬


‫ކަށަވަރުވުން‪.‬‬

‫‪5.5‬ކިޔެވުމަށްފަހު މީސްތަކުންނަށް އޭގެ މަންފާ ތިމާގެފަރާތުން ލިބެންޖެހެނޭކަން އެނގުން‪.‬‬

‫ނޯޓް‪ :‬ދަރިވަރުން މިނޫން ފިލާވަޅުތައްވެސް ލިޔެފާނެއެވެ‪ .‬އެޢިބާރާތަކުން އިޝާރާތްލިބޭ ކަމެއްކަމުގައިވާނަމަ ރަނގަޅުވާނެއެވެ‪.‬‬


‫ފިލާވަޅު ދަނެގަންނަން ދަރިވަރުންނަށް އުނދަގޫވާނަމަ މިބައިގައި ބަޔާންކުރެވުނު ބައެއް ފިލާވަޅުތައް މިސާލެއްގެ ގޮތުގައި‬
‫ބުނެދެވިދާނެއެވެ‪.‬‬

‫ޙަރަކާތް ‪4‬‬
‫މިސާލުތައް ކިޔުމަށްފަހު އެއީ މާލިކީ މަޛްހަބުގެ ކޮން އަސާސެއްގެ މިސާލެއްކަން ބުނެދިނުން‪.‬‬

‫‪1.1‬އިސްތިޞްޙާބުގެ މިސާލެކެވެ‪.‬‬

‫‪2.2‬މަޞާލިޙުލް މުރްސަލް އާއި އެވެ‪.‬‬

‫‪3.3‬ސައްދުއްޛަރާއިޢުގެ މިސާލެކެވެ‪.‬‬

‫ނޯޓް‪ :‬މިސާލުތަކުގައި ހިމެނޭ ޖުމްލަމާނަ ދޭހަވާނަމަ ދަރިވަރުންގެ ޢިބާރާތްތައް ރަނގަޅުވާނެއެވެ‪ .‬ތިންވަނަ މިސާލުގައި‪،‬‬
‫މީސްތަކުން އެކަންކުރަންފެށުމުން ޢުމަރުގެފާނު އެގަސް ކަނޑުއްވާލެއްވިއެވެ‪ .‬މިތާނގައި‪ ،‬ފަހަރެއްގައި އުފެދިދާނެ ފިތުނައަކީ‪،‬‬
‫މީސްތަކުން ވަކިން ޚާއްޞަކޮށް އެގަސްދޮށުގައި ނަމާދުކުރަމުންގޮސް އެގަހަށް އިޙްތިރާމްކޮށް އަޅުކަންކުރާ ދަރަޖައަށް ދިއުމެވެ‪.‬‬

‫‪117‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫الشافِ ِعي‬ ‫اَِْل َم ُ‬


‫ام َّ‬ ‫‪6‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫ގެ ނަންފުޅާއި‪ ،‬ޢިލްމީ ޙަޔާތްޕުޅު އެނގުން‪.‬‬ ‫‪1.1‬اَِْل َم ُام الشَّافِعِي‬


‫އަވަހާރަވިގޮތާއި‪ ،‬ތަނާއި‪ ،‬ތާރީޚު ދަނެގަތުން‪.‬‬ ‫‪2.2‬اَِْل َم ُام الشَّافِعِي‬
‫ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ދަސްވުން‪.‬‬ ‫‪3.3‬اَِْل َم ُام الشَّافِعِي‬
‫‪4.4‬ޝާފިޢީ މަޛްހަބާއި‪ ،‬އެމަޛްހަބު ބިނާވެފައިވާ އަޞްލުތަކާއި‪ ،‬އަސާސްތައް ދަނެގަތުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪،‬‬ ‫‪1.1‬ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ބޯޑުގައިލިޔެ‪ ،‬އެއާބެހޭގޮތުން ދަރިވަރުންނާއި‬
‫ޗޯކުފަދަ ތަކެތި‪.‬‬ ‫ޚިޔާލު ބަދަލުކުރުން‪.‬‬
‫ފިލާވަލުގެ މައިގަނޑު ޕޮއިންޓްތައް‬ ‫‪2.2‬ކުލާސް ގުރޫޕްތަކަކަށް ބަހާލުމަށްފަހު ފިލާވަޅުގެ ބައިތައް އެގުރޫޕުތައްލައްވައި‬
‫ބޮޑުކޮށް ލިޔެފައިވާ ގަނޑުތަކެއް‬
‫ޚުލާޞާކުރުވުން‪.‬‬
‫ނުވަތަ ބްރިސަލްބޯޑެއް‪.‬‬
‫‪3.3‬ޝާފިޢީގެފާނުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބިގަނެވިދާނެ ޢިބުރަތްތައް‬
‫ތަމްސީލުކުޅުމުގައި‬
‫ޝައުޤުވެރިވާނޭފަދަ ގޮތަކަށް‬ ‫ދަރިވަރުންލައްވައި ބޯޑުގައިލިޔެ އޭގެމައްޗަށް ވާހަކަދެއްކުވުން‪.‬‬

‫ރާވައިލުން‪ .‬މިސާލަކަށް ގެފުޅާއި‬ ‫‪4.4‬މުދައްރިސުންގެ ފޮތުގައި ގެނެސްދެވިފައިވާ އިތުރު މަޢުލޫމާތު ދަރިވަރުންނަށް‬


‫މައްކާގައި ޢިލްމުހާސިލުކުރާގޮތައް‬
‫ދިނުން‪.‬‬
‫ތަމްސީލުރާވާލައި‪ ،‬އެތަންތާގެ ފޮޓޯ‬
‫ބޭނުންކުރުން‪.‬‬ ‫‪5.5‬ޢިލްމީޙަޔާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެ ގޮތާއި ބެހޭގޮތުން ކުރު‬
‫ތަމްސީލެއް ދަރިވަރުންލައްވައި ކުޅުވުން‪.‬‬
‫ދަރިވަރުންގެ ފޮތުގެ ޙަރަކާތްތައް‪.‬‬
‫‪6.6‬ފިލާވަޅުވެ ބައިތައް އެއާގުޅޭ ފޮޓޯ ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ‬
‫ޕްރެޒެންޓޭޝަނެއް ހުށަހެޅުން‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫ގެ ނަންފުޅާއި‪ ،‬ޢިލްމީ ޙަޔާތްޕުޅު އެނގުން‪.‬‬ ‫‪1.1‬اَِْل َم ُام الشَّافِعِي‬
‫އަވަހާރަވިގޮތާއި‪ ،‬ތަނާއި‪ ،‬ތާރީޚު ދަނެގަތުން‪.‬‬ ‫‪2.2‬اَِْل َم ُام الشَّافِعِي‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪118‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ދަސްވުން‪.‬‬ ‫‪3.3‬اَِْل َم ُام الشَّافِعِي‬


‫‪ 44.4‬ޝާފިޢީ މަޛްހަބާއި‪ ،‬އެމަޛްހަބު ބިނާވެފައިވާ އަޞްލުތަކާއި‪ ،‬އަސާސްތައް ދަނެގަތުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫ގައި‬ ‫َغَّزة‬ ‫ގެ‬ ‫ي‬ ‫ِ‬
‫فـَلَ ْسط ْ ُ‬ ‫ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ‬ ‫اَِْل َم ُام الشَّافِعِي‬ ‫‪1.1‬ބައެއް ތާރީޚީ ލިޔުންތަކުގައި‬
‫ކަމުގައިވެސް އައިސްފައި ވެއެވެ‪.‬‬

‫‪2.2‬ޝާފިޢީގެފާނު ވަރަށް ތުއްޕުޅުއިރުގައި އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވިއެވެ‪ .‬އެކަލޭގެފާނު ދުނިޔޭގެ އަލިކަން‬


‫އަވަހާރަވީ އަހަރުކަމުގައިވާ ހިޖުރައިން ‪ 150‬ވަނައަހަރުއެވެ‪ .‬މިހެންވެ ފަހުން‪،‬‬ ‫اَِْل َم ُام أَبُ ْـو َحنِْيـ َفة‬ ‫ދެކަވަޑައިގަތީ‬
‫ތާރީޚުގައި މީސްތަކުން ކިޔައިއުޅުނެވެ‪ .‬އެއް އިމާމަކު އަވަހާރަވުމުން އަނެއްއިމާމަކު އުފަންވެވަޑައިގަތީއެވެ‪.‬‬

‫ގެ ބައްޕާފުޅު އަވަހާރަވުމުން‪ ،‬މަންމާފުޅު އެކަލޭގެފާނާއިގެން މައްކާއަށް ވަޑައިގެންނެވިއިރު‬ ‫‪3.3‬اَِْل َم ُام الشَّافِعِي‬
‫ޢުމުރުފުޅަކީ ދެއަހަރެވެ‪.‬‬

‫بـَنـُْو‬ ‫‪4.4‬ޝާފިޢީގެފާނު ތުއްޕުޅުއިރުގައީ ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަށްފަހު ދެން މަޝްޣޫލުވެވަޑައިގެންނެވީ‪،‬‬


‫ދަރިކޮޅުގެ އަހުލުވެރިންގެ ކައިރީގައި ޢަރަބިބަހުގެ ޢިލްމު ހާސިލުކުރެއްވުމަށެވެ‪ .‬އެބައިމީހުންނަކީ ޢަރަބީންގެ‬ ‫ُه َذيْل‬
‫އެބައިމީހުންގެ ކައިރީގައި‬ ‫اَِْل َم ُام الشَّافِعِي‬ ‫ދަރިކޮޅުތަކުގެ ތެރެއިން އެންމެ ފަޞާޙާތްތެރި‪ ،‬ބަލާޣާތްތެރި ދަރިކޮޅެވެ‪.‬‬
‫ސަތާރައަހަރުވަންދެން ހުންނަވައި ޢަރަބިބަހުގެ ޤަވާޢިދާއި‪ ،‬އަދަބާއި‪ ،‬ޅެންވެރިކަމާއި އަދިވެސް ބަހާއި ގުޅުންހުރި‬
‫ޢިލްމުތައް ދަސްކުރައްވައި އެފަންނުގައި ވަރަށްކުޅަދާނަ ފަޞާޙާތްތެރި ބޭކަލަކަށްވެ ވަޑައިގަތެވެ‪.‬‬

‫ގެ ޢިލްމީޚަޒާނާ މުއްސަނދިވެގެންދިޔަ މައިގަނޑު އެއްސަބަބަކީ‪ ،‬ޢިލްމު ހާސިލުކުރެއްވުމަށް‬ ‫‪5.5‬اَِْل َم ُام الشَّافِعِي‬
‫ދަރިކޮޅު އުޅޭ ހިސާބަށްވަޑައިގަތެވެ‪ .‬އެތަނުން‬ ‫بـَنـُْو ُه َذيْل‬ ‫އެކަލޭގެފާނު ކުރެއްވި ދަތުރުފުޅުތަކެވެ‪ .‬އެގޮތުން މައްކާއިން‬
‫އަވަހާރަވަންދެން‬ ‫މައްކާއަށް އެނބުރިވަޑައިގެން މާލިކުގެފާނުގެ އަރިއަހަށް މަދީނާއަށް ވަޑައިގަތެވެ‪ .‬اَِْل َم ُام َمالِك‬
‫އެކަލޭގެފާނުގެ އަރިއަހުން ޢިލްމު ހާސިލުކުރެއްވުމަށް މަދީނާގައި ހުންނެވިއެވެ‪ .‬އެއަށްފަހު بـ ْغ َداد އަށް ވަޑައިގެން‬
‫َ‬
‫ޢިލްމު ހާސިލު ކުރެއްވިއެވެ‪ .‬އެއަށްފަހު އެނބުރި މައްކާއަށް ވަޑައިގެން އަނެއްކާ ދެވަނަފަހަރަށް بـ ْغ َداد އަށް‬
‫َ‬
‫صر އަށް ވަޑައިގަތެވެ‪ .‬މިއިން ކޮންމެ ތަނަކަށް ވަޑައިގެން އެތާނގައިވާ‬ ‫ِ‬
‫ވަޑައިގެންނެވިއެވެ‪ .‬ދެން އެތަނުން م ْ‬
‫ޢިލްމުވެރިންގެ އަރިއަހަށް ވަޑައިގެން ޢިލްމު ހާސިލުކުރައްވައި‪ ،‬ޢިލްމު އުނގަންނަވައި ދެއްވައި ދީނުގެ މައްސަލަތަކުގައި‬
‫ޢިލްމުވެރިނާއި ބަޙުޘްކުރައްވައި ހެއްދެވިއެވެ‪ .‬މިދަތުރުފުޅުތަކާއި‪ ،‬ޢިލްމީ ބަޙުޘްތަކާއި‪ ،‬ބައްދަލުވުންތަކުން ވަރަށްގިނަގުނަ‬
‫ޢިލްމާއި‪ ،‬މަޢުލުމާތާއި‪ ،‬ތަޖުރިބާ ޝާފިޢީގެފާނު ހާސިލުކުރެއްވިއެވެ‪ .‬ޢިލްމު ހާސިލުކުރައްވަން އެކަލޭގެފާނު ކުރެއްވި‬
‫ދަތުރުފުޅުތަކުގައި ވަރަށްގިނަ އަހަރުތަކެއް ހޭދަކުރެއްވިއެވެ‪.‬‬

‫ب‬
‫ص َع ُ‬
‫ُم ْ‬ ‫‪6.6‬ޝާފިޢީގެފާނުގެ ޢިލްމުވެރިކަމަށް ތަޢުރީފުކޮށް ވަރަށް ގިނަޢިލަމުވެރިން ވާހަކަދައްކަވާފައި ވެއެވެ‪ .‬އެގޮތުން‬
‫الزبـَِْيي‬
‫هللا ُّ‬‫بن عب ِد ِ‬
‫ވިދާޅުވެފައި ވެއެވެ‪ .‬ޝާފިޢީގެފާނަށްވުރެ ޢިލްމުވެރިކަމަށް ވަކިންބޮޑު ބޭކަލަކު ތިމަން‬ ‫ْ ُ َْ‬
‫ވިދާޅުވެފައި ވެއެވެ‪ .‬ޝާފިޢީގެފާނުފަދަ ޢިލްމުވެރިކަމަށް އަރާހުންނެވި ބޭކަލަކު‬ ‫الَ َكم‬
‫ނުދެކެމެވެ‪ُ .‬مَ َّم ُد بْ ُن ْ‬

‫‪119‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ތިމަން ނުދެކެވެ‪ .‬ޙަދީޘް އުނގެނޭ ފަރާތްތައް އެކަލޭގެފާނުގެ އަރިއަހަށް އައިސް އޭގައިވާ ޢިލްމުތައް އެކަލޭގެފާނުގެ‬
‫ފަރާތްޕުޅުން އުނގެނުމަށްފަހު އެބައިމީހުން އެކަލޭގެފާނުގެ މޮޅުކަމުން އެނބުރިދަނީ ޢަޖައިބުވެގެންވާ ޙާލުގައެވެ‪ .‬ފިޤްހު‬

‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن‬ ‫އުނގެނޭ ދަރިވަރުންނާއި‪ ،‬ޢަރަބިބަހާއި‪ ،‬އޭގެ ޢިލްމު އުނގެނޭ ދަރިވަރުންވެސް ހަމައެފަދައެވެ‪.‬‬
‫ވިދާޅުވެފައި ވެއެވެ‪( .‬ސުންނަތުގައި އައިސްފައިވާ ގޮތުގައި) ކޮންމެ ޤަރުނެއް ފެށޭއިރު މީސްތަކުންނަށް ދީން‬ ‫َحْنـبَل‬
‫صلَّى‬
‫َ‬ ‫ޢިލްމުވެރިއަކު ފޮނުއްވާހުއްޓެވެ‪ .‬އެބޭކަލަކު ކީރިތި ރަސޫލާ‬ ‫اَهللُ ُسْب َحانَهُ َوتـََع َال‬ ‫އުނގަންނައި ދިނުމަށްޓަކައި‬
‫ގެ ސުންނަތުގެ ގޮތުގައި (ބައެއް މީހުން) ހަދާފައިވާ ދޮގުތައް ބަޔާންކޮށް އިތުރު އެކަލޭގެފާނުގެ‬ ‫هللاُ َعلَْي ِه َو َسلَّ َم‬
‫عُ َمُر‬ ‫ޞައްޙަ ބަސްފުޅުތަކަކީ ކޮބައިކަން ބަޔާންކުރައްވާނެތެވެ‪ .‬އެގޮތުން ފުރަތަމަ ޤަރުނުގައި ވަޑައިގެންނެވި ބޭކަލަކީ‬
‫އެވެ‪ .‬ދެވަނަ ޤަރުނުގެ ކުރީކޮޅުގައި ވަޑައިގެންނެވި ބޭކަލަކީ ޝާފިޢީގެފާނެވެ‪.‬‬ ‫بْ ُن َعْب ِد الْ َع ِزيْز‬
‫علَْي ِه وسلَّم ެ‬ ‫‪7.7‬ކީރިތި ރަސޫލާ َ َّ‬
‫ބަސްފުޅެއްގެ މާނައިގައި ވެއެވެ‪" .‬ތިޔަބައިމީހުން ޤުރައިޝުވަންހައިގެ‬ ‫ގ‬
‫صلى هللاُ َ َ َ َ‬
‫މީސްތަކުންނަށް އެއްޗެތި ނުގޮވާށެވެ! ފަހެ ހަމަކަށަވަރުން ޤުރައިޝުވަންހައިގެ ޢިލްމުވެރިޔާ ވަޑައިގެން‪ ،‬ބިން ޢިލްމުން‬
‫لسنَّةُ ِلبٍن أَِب ع ِ‬
‫اصم‬ ‫اَ ُّ‬
‫މިފޮތުގައި އައިސްފައިވާ ރިވާޔަތެއްގެ މާނަ)‪ .‬ޢިލްމުވެރިން‬ ‫ْ ْ َ‬ ‫ފުރާލައްވާނެތެވެ‪( ".‬މިއީ‬
‫ވިދާޅުވެފައިވާ ގޮތުގައި މިބަސްފުޅުގައި އިޝާރާތްކުރެވިފަިއވާ ޤުރައިޝުވަންހައިން ވަޑައިގަންނަވާނޭ ޢިލްމުވެރިއަކީ‬
‫ޝާފިޢީގެފާނެވެ‪ .‬އެކަލޭގެފާނަކީ ޤުރައިޝް ވަންހައިގެ ބޭކަލެކެވެ‪.‬‬

‫‪8.8‬ޝާފިޢީގެފާނު އެކަލޭގެފާނުގެ އަމިއްލަ ނަފުސުގެ ފަރާތްޕުޅުން ވިދާޅުވެފައި ވެއެވެ‪ .‬ތިމަންކަލޭގެފާނު އެހެން‬


‫ދަރިވަރުންނާއެކު މުދައްރިސްގެ އަރިއަހަށް ކިޔަވަންގޮސްހުންނައިރު‪ ،‬ދަރިވަރުން ލިޔަން މުދައްރިސް ފިލާވަޅު އެއްފަހަރު‬
‫ކިޔައިދެއްވައި ނިންމަވާއިރު‪ ،‬އެހުރިހާ ޢިލްމެއް ތިމަންކަލޭގެފާނަށް ހުންނަނީ ހިތުދަސްވެފައެވެ‪ .‬އަދި އެހެން ދަރިވަރަކަށް‬
‫މުދައްރިސް އެއްޗެއް އުނގަންނައިދެއްވާ އަޑުއިވޭއިރަށް ތިމަންކަލޭގެފާނަށް އެއެއްޗެއް ހިތުދަސްވެއެވެ‪.‬‬

‫‪9.9‬ޔަމަނަކީ ޝީޢީން ވަރަށްގިނައިން އުޅުނުތަނެކެވެ‪ .‬ޝާފިޢީގެފާނު އެތަނަށް ވަޑައިގެން އެކަލޭގެފާނުގެ ޢިލްމުވެރިކަން‬


‫މަޝްހޫރުވެ‪ ،‬މީސްތަކުންގެ ތެރޭގައި އެކަލޭގެފާނުގެ ޤަދަރާއި ހައިބަތު ބޮޑުވެގެން ދިޔައެވެ‪ .‬މިހެންވެ ޝީޢީން‬
‫އެކަލޭގެފާނަށް ޙަސަދަ ލައި‪ ،‬ޚަލީފާ ހާރޫނުއްރަޝީދާއި ދެކޮޅަށް ޝީޢީ ޖަމާޢަތަކާއިއެކު ޝާފިޢީގެފާނު އިސްވެހުރެ‬
‫ތެދުވާކަމުގެ ދޮގު މަޢުލޫމާތު ހާރޫނުއްރަޝީދަށް ދެވުނެވެ‪ .‬އެއަށްފަހު އެޖަމާޢަތުގެ މީހުންނާއެކު ޝާފިޢީގެފާނުވެސް‬
‫ހިފައި ހައްޔަރުކޮށް ހިލިހިލާ ޖަހައިގެން‪ ،‬ހާރޫނުއްރަޝީދުގެ އަރިއަހަށް (އެކަލޭގެފާނު އޭރު ހުންނަވާ‪ ،‬މިހާރު ސޫރިޔާގެ‬
‫އަށް) ގެންދެވުނެވެ‪ .‬އެގެންދެވުނު މަގުމަތީގައިވެސް ޝާފިޢީގެފާނަށް ވަރަށް އަނިޔާކުރެވުނެވެ‪.‬‬ ‫ِرقَّة‬ ‫ރަށެއްކަމުގައިވާ‬
‫ހާރޫނުއްރަޝީދުގެ އަރިއަހަށް ޝާފިޢީގެފާނު ގެންދެވުމުން އެކަމާ އެކަލޭގެފާނާއި ސުވާލުކުރެވުނެވެ‪ .‬ދެން‬
‫އެކަލޭގެފާނުގެމައްޗަށް ހެދުނީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ހެތްކާއި ދަލީލާއެކު ބަޔާން ކުރެއްވިއެވެ‪.‬‬
‫ވަރަށް ބަލާޣާތްތެރި ޢިބާރާތްތަކަކުން އެކަން ސާބިތުކޮށްދެއްވިއެވެ‪ .‬އެހިނދު ޚަލީފާ އެކަލޭގެފާނު ދޫކޮށްލެއްވިއެވެ‪.‬‬

‫‪1010‬ޝާފިޢީގެފާނުގެ އަރިއަހުގައިވެސް ޝާރީޢަތުގެ އެންމެފުރަތަމަ އަސާސަކީ ކީރިތި ޤުރްއާނެވެ‪ .‬ދެން ސުންނަތެވެ‪ .‬އޭގައިވާ‬
‫ޢިލްމު އެނގިގަތުން ބިނާވެފައިވަނީ ޢަރަބިބަސް އެނގުމުގެ މައްޗަށެވެ‪ .‬ކީރިތި ޤުރްއާން ބެހިގެންވަނީ އަމުރާއި‪ ،‬ނަހީއާއި‬
‫އަދިވެސް އެހެން ބައިތަކުގެ މައްޗަށެވެ‪.‬‬

‫ގެ ބަސްފުޅުތަކާއި‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫َ‬ ‫‪1111‬ފިޤުހުގެ އުޞޫލީ ޢިލްމުވެރިންގެ އަރިއަހުގައި ސުންނަތަކީ ކީރިތި ރަސޫލާ‬
‫ޢަމަލުފުޅުތަކާއި‪ ،‬އިޤުރާރުވެ ވަޑައިގެންނެވި ކަންތަކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪120‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫‪1212‬އިޖުމާޢަށްފަހު ޝާފިޢީމަޛްހަބުގައި އަންނަ އަޞްލަކީ ޞަޙާބީބޭކަލުންގެ ބަސްފުޅެވެ‪ .‬އެހެނީ އެބޭކަލުންގެ ފަހުން‬


‫ވަޑައިގެންނެވި ތާބިޢީބޭކަލުންގެ ބަސްފުޅުތަކަށްވުރެ އެބޭކަލުން (ޞަޙާބީބޭކަލުންގެ) ބަސްފުޅުތައް އިސްކޮށް އޭގައި ހިފުން‬
‫މާ އައުލާކަންބޮޑެވެ‪.‬‬
‫ِ‬
‫ގައި އައިސްފައި ވެއެވެ‪.‬‬
‫َم َسائ ُل أِ ْ‬
‫َب َد ُاود‬ ‫‪1313‬ޞަޙާބީބޭކަލެއްގެ ބަސްފުޅެއްގެ މިސާލު‪ :‬ޢުމަރުގެފާނު ވިދާޅުވިކަމަށް‬
‫މުސްލިމެއްގެ މުދާ ކާފިރުން އަތުލާފައިވަނިކޮށް‪ ،‬މުސްލިމުން އެކާފިރުންނާއި ހަނގުރާމަކޮށް އެބައިމީހުންބަލިކޮށް‬
‫އެބައިމީހުންގެ މުދާތައް ޣަނީމާކުރިއެވެ‪ .‬ދެން ޣަނީމާމުދާ ބެހުމުގެކުރިން އޭގެތެރޭގައިވާ ގެއްލުނު މުސްލިމުމީހާގެ މުދާ‬
‫އޭގެ ވެރިފަރާތަށް ފެނިއްޖެނަމަ އެމުދާ އޭނާގެ މުދަލުގެ ގޮތުގައި ނެގުމުގެ ޙައްޤު އޭނާއަށްލިބިގެންވެއެވެ‪ .‬އެހެންނަމަވެސް‬
‫ޣަނީމާމުދާ ބެހުމަށްފަހުގައި‪ ،‬ގެއްލުނު މުސްލިމުމީހާގެ މުދާ އޭނާއަށް ފެނުނަސް އެ ލިބިގަތުމުގެ ޙައްޤެއް އޭނާއަކަށް‬
‫ނެތެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫َع ْس َق َلن‬ ‫ي‬ ‫ِ‬


‫ގައި ހިޖުރައިން ‪ 150‬ވަނަ އަހަރުއެވެ‪.‬‬ ‫ގެ‬ ‫‪1.1‬فَـلَ ْسط ْ ُ‬
‫‪2.2‬ކީރިތި ރަސޫލާގެ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ‪ / .‬ޤުރައިޝުވަންހައިން‬
‫ވަޑައިގެންނެވި ބޭކަލެކެވެ‪.‬‬

‫ދަރިކޮޅު އުޅޭ މުޖްތަމަޢުގައި‬ ‫بَـنُ ْـو ُه َذيْل‬ ‫‪3.3‬ޢަރަބިބަހާއި‪ ،‬އެބަހުގެ ޢިލްމަށް އެޒަމާނުގައި އެންމެކުޅަދާނަ ޤަބީލާކަމުގައިވާ‬
‫އެކަލޭގެފާނު ދިގުމުއްދަތަކަށް ޢަރަބިބަހާއި‪ ،‬އޭގެ ޢިލްމު އުނގެނިވަޑައިގަންނަވަން ހުންނެވުމުގެ ސަބަބުންނެވެ‪.‬‬

‫‪4.4‬ޝާފިޢީ މަޛްހަބަކީ އެކަލޭގެފާނުގެ ޖަމާކުރައްވައި ލިއުއްވި ޢިލްމާއި‪ ،‬އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ދަރިވަރުން‬


‫ޖަމާކުރެއްވި‪ ،‬އެކަލޭގެފާނުގެ ޢިލްމެވެ‪.‬‬

‫މަހުގެ އެންމެފަހުރޭ ކަމުގައިވާ ހުކުރުވިލޭރޭގައެވެ‪.‬‬ ‫َر َجب‬ ‫‪5.5‬ހިޖުރައިން ‪ 204‬ވަނައަހަރުގެ‬

‫ޙަރަކާތް ‪2‬‬
‫ޝާފިޢީގެފާނުގެ ޙަޔާތްޕުޅުން ލިބިގަނެވޭ ޢިބުރަތްތައް ގުރޫޕުތަކުގައި މަޝްވަރާކޮށް ކުލާހަށް ހުށަހެޅުން‪.‬‬

‫ކުލާސް ގުރޫޕުތަކަކަށް ބަހާލާށެވެ! އެއަށްފަހު ފިލާވަޅުގައި އައިސްފައިވާ‪ ،‬ޝާފިޢީގެފާނުގެ ޙަޔާތްޕުޅާއި ބެހޭގޮތުން‬


‫މަޝްވަރާކުރުމަށްފަހު‪ ،‬އެކަލޭގެފާނުގެ ޙަޔާތްޕުޅުން ލިބިގަނެވޭ ޢިބުރަތްތައް ފާހަގަކުރަން އަންގާށެވެ! ގުރޫޕުތަކުގެ މަސައްކަތް‬
‫ނިމުމުން ކޮންމެ ގުރޫޕަކުންވެސް އެގުރޫޕަކަށް ފާހަގަކުރެވުނު ޢިބުރަތްތައް ކުލާހަށް ހުށަހަޅާނީއެވެ‪.‬‬

‫‪121‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ފާހަގަކުރެވިދާނެ ބައެއް ޢިބުރަތްތައް‪:‬‬

‫‪1.1‬ޝާފިޢީގެފާނަކީ ހިތުދަސްކުރުމުގެބާރު ވަރަށްގަދަ ބޭކަލެއްކަން އެނގުން‪.‬‬

‫‪2.2‬ޢަރަބިބަހުގައި ކުޅަދާނަވުމަކީ ދީނުގެ ޢިލްމުތައް އުނގެނުމުގެ ވަރަށްބޮޑު ބާރެއްކަން ދަސްވުން‪.‬‬

‫ގެ ޢިލްމުވެރިކަމުގެ ބޮޑުކަން ވަޒަންވުން‪.‬‬ ‫‪3.3‬اَِْل َم ُام الشَّافِعِي‬


‫‪4.4‬ކިޔެވުމަށްފަހު‪ ،‬ކިޔެވިއެއްޗެއް މީސްތަކުންނާއި ހަމައަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަންވާނެކަން އެނގުން‪.‬‬

‫‪5.5‬ޢިލްމުވެރިން އެއްބޭކަލަކު އަނެއްބޭކަލަކަށް ޤަދަރުކުރައްވާ މިންވަރު ހާމަވެގެންދިޔުން‪.‬‬

‫ނޯޓް‪ :‬މިނޫންވެސް ޢިބުރަތްތައް ދަރިވަރުން ފާހަގަކޮށްފާނެއެވެ‪.‬‬

‫ޙަރަކާތް ‪3‬‬
‫ފިލާވަޅުން ލިބުނު މަޢުލޫމާތުގެ އަލީގައި‪ ،‬ކާމިޔާބުކަމާއެކީ ޢިލްމީ ޙަޔާތް ކުރިއަށް ގެންދެވިދާނެ ގޮތާއި ބެހޭގޮތުން ގުރޫޕުތަކުގައި‬
‫މަޝްވަރާކުރުމަށްފަހު ލީފުލެޓެއް ތައްޔާރުކޮށް ކުލާހަށް ހުށަހެޅުން‪.‬‬

‫ގުރޫޕުތަކަކަށް ކުލާސް ބަހާލާށެވެ! އެއަށްފަހު މަސައްކަތް ފުރިހަމަކުރުމަށް އަންގާށެވެ! ލީފުލެޓް ތައްޔާރުކުރުމުގައި އަންނަނިވި‬
‫ނުކުތާތަކަށް ސަމާލުކަންދޭންވާނެކަން އަންގާށެވެ!‬

‫● ●އިޚްލާޞްތެރިވުން‪.‬‬

‫● ●ރިވެތި އަޚުލާޤުގެ ވެރިއަކަށްވުން‪.‬‬

‫● ●ވީވަރަކުން ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުން ނުވަތަ ވީހާގިނައިން ކީރިތި ޤުރްއާން ހިތުދަސްކުރެވޭތޯ ބެލުން‪.‬‬

‫● ●ވާޖިބުތައް އަދާކޮށް‪ ،‬ހެޔޮޢަމަލުތައް ވީހާވެސް ގިނައިން ކުރެވޭތޯބެލުން‪ .‬އަދި ނުބައިކަންތައްތަކުން ދުރުހެލިވުން‪.‬‬

‫● ●ކިޔެވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުން‪.‬‬

‫● ●ދިގުމުއްދަތެއްގައި ކިޔަވަން މަސައްކަތްކުރުން‪.‬‬

‫ދަރިވަރުންގެ މަސައްކަތްތައް ނިމުމުން ކޮންމެ ގުރޫޕަކުން އެގުރޫޕެއްގެ މަސައްކަތް ކުލާހަށް ހުށަހަޅާނީއެވެ‪ .‬މިގޮތަށް ހުށަހަޅާއިރު‬
‫އަނެއް ގުރޫޕުތަކުން ޕޮއިންޓުދީ އެންމެ އުފެއްދުންތެރި ލީފުލެޓެއް ހުށަހެޅި ގުރޫޕެއް ހޮވިދާނެއެވެ‪.‬‬

‫ޙަރަކާތް ‪4‬‬
‫މުދައްރިސްގެ އެހީއާއެކު ޝާފިޢީގެފާނުގެ ޙަޔާތްޕުޅާއި ގުޅުވައި‪ ،‬ދެވިފައިވާ މަސައްކަތް ފުރިހަމަކުރުން‪.‬‬

‫‪ )1(1.1‬ތިމާއަށް ލިބިފައިވާ ޢިލްމެއް އަނެކުންނާހަމައަށް ފޯރުކޮށްދިނުން‪ )2( .‬އާމްދަނީ ހޯދުމަށް މަސައްކަތްކުރުން‪.‬‬

‫‪ )1(2.2‬ކިޔެވުމަށްޓަކައި ހިތްވަރު ކުރެވިދާނެ‪ )2( .‬ކީރިތި ޤުރްއާން ހިތުދަސްކުރެވިދާނެ‪ .‬ނުވަތަ ވީހާގިނައިން‬


‫ހިތުދަސްކުރެވިދާނެ‪ )3( .‬ކިޔެވުމުގައި ދެމިހުރުމަށްޓަކައި ކެތްކުރެވިދާނެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪122‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫‪ )1(3.3‬ޢިލްމު ހާސިލުކުރައްވައި ބޮޑު އިމާމަކަށް ވެވަޑައިގަތުން‪ )2( .‬އިޚްލާޞްތެރިކަމާއެކީ އެކަލޭގެފާނަށް ލިބިވަޑައިގަތް‬


‫ޢިލްމު މީސްތަކުންގެ ތެރޭގައި ފެތުރުއްވެވުން‪.‬‬

‫‪4.4‬ކީރިތި ޤުރްއާނާއި‪ ،‬ސުންނަތް ޢަރަބިބަހުން އޮތުން‪.‬‬

‫ނޯޓް‪ :‬ދަރިވަރުން މިނޫން ނަމޫނާތަކާއި‪ ،‬ކުރެވިދާނޭ ކަންތަކާއި‪ ،‬ސަބަބުތައް ލިޔެފާނެއެވެ‪ .‬ފިލާވަޅުގެ ތެރެއިން ނެގޭ ނުވަތަ‬
‫އިޝާރާތް ލިބޭ ކަމަކަށްވާނަމަ ރަނގަޅު ވާނެއެވެ‪ .‬އެންމެ ފަހުބައިގެ ޖަވާބަކީ އެއް ޖަވާބެކެވެ‪ .‬އެހެނީ ޝަރުޢީ ޢިލްމު‬
‫އުނގެނުމުގައި ޢަރަބިބަސް ރަނގަޅަށް އުނގެނުން މުހިންމުވާ މައިގަނޑު ސަބަބަކީ‪ ،‬ޝަރުޢީ ޢިލްމުގެ މައިގަނޑު ދެ‬
‫މަޞްދަރުކަމުގައިވާ ޤުރްއާނާއި‪ ،‬ސުންނަތް ޢަރަބިބަހުން އޮތުމެވެ‪.‬‬

‫‪123‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫َحَ ُد بْ ُن َح ْنـبَل‬ ‫اَِْل َم ُ‬


‫ام أ ْ‬ ‫‪7‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫ގެ ނަންފުޅާއި‪ ،‬ޢިލްމީ ޙަޔާތްޕުޅު އެނގުން‪.‬‬ ‫‪1.1‬اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬
‫އަވަހާރަވިގޮތާއި‪ ،‬ތަނާއި‪ ،‬ތާރީޚު ދަނެގަތުން‪.‬‬ ‫‪2.2‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫ކުރެއްވި މުހިންމު މަސައްކަތްޕުޅުތައް ދަސްވުން‪.‬‬ ‫‪3.3‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫‪4.4‬ޙަންބަލީ މަޛްހަބާއި‪ ،‬އެމަޛްހަބު ބިނާވެފައިވާ އަޞްލުތަކާއި‪ ،‬އަސާސްތައް ދަނެގަތުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪،‬‬ ‫‪1.1‬ފިލާވަޅުގެ އެކިހިސާބުތަކުން ދަރިވަރުންނާއި ސުވާލުކުރުން‪.‬‬
‫ޗޯކުފަދަ ތަކެތި‪.‬‬ ‫‪2.2‬ކުލާސް ގުރޫޕްތަކަކަށް ބަހާލުމަށްފަހު ފިލާވަޅުގެ ބައިތައް‬
‫ފިލާވަލުގެ އަސާސީބައިތައް ބޮޑުކޮށް‬ ‫އެގުރޫޕުތައްލައްވައި ޚުލާޞާކުރުވުން‪.‬‬
‫ލިޔެފައިވާ ގަނޑުތަކެއް ނުވަތަ‬ ‫ޢިލްމު ހާސިލުކުރެއްވުމަށްޓަކައި ކުރެއްވި‬ ‫‪3.3‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫ބްރިސަލްބޯޑެއް‪.‬‬ ‫ބުރަމަސައްކަތްޕުޅުތަކާއި‪ ،‬ކުރެއްވި ދަތުރުފުޅުތަކާއި‪ ،‬އޭގެ މުހިންމުކަން‬

‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫ދޭހަވާފަދަ ގޮތަކަށް ރާވާލައި ތަމްސީލެއް ކުލާހުގައި ކުޅުވުން‪.‬‬
‫ޢިލްމީހަޔާތް ދެނެގަތުމުގެ‬ ‫‪4.4‬ކުލާސް ގުރޫޕްތަކަށް ބަހާލައި‪ ،‬ފޮތުގައި ބަޔާންކުރެވުނު ހަތަރު އިމާމުންގެ‬
‫މުހިންމުކަން އަންގައިދޭގޮތަށް ކުޅެވޭ‬ ‫ޢިލްމީ ޙަޔާތްޕުޅުންލިބުނު މަޢުލޫމާތުގެ އަލީގައި‪ ،‬އޭރާއި މިހާރު ޢިލްމު‬
‫ތަމްސީލެއް‪.‬‬ ‫ހާސިލުކުރުމުގައި ހުރި އެއްގޮތް ކަންތަކާއި‪ ،‬ތަފާތުކަންތައް ތަކާއި‬
‫ދަރިވަރުންގެ ފޮތުގެ ޙަރަކާތްތައް‪.‬‬ ‫ބެހޭގޮތުން ގުރޫޕްތަކުގައި މަޝްވަރާކޮށް ކޮންމެ ގުރޫޕަކުން ކަރުދާހެއް‬

‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫ކުލާހަށް ހުށަހެޅުން‪.‬‬

‫ގެ ޙަޔާތްޕުޅާއި ބެހޭގޮތުން‬ ‫‪5.5‬ހަތަރު އިމާމުންގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބިގަނެވޭނެ ފިލާވަޅުތަކާއި‬


‫ރެކޯޑުކުރެވިފައިވާ ރެކޯޑިންގްއެއް‪.‬‬ ‫ބެހޭގޮތުން މުދައްރިސާއި ދަރިވަރުން ޚިޔާލު ބަދަލުކުރުން‪.‬‬
‫(ދިވެހިބަހުން ލިބެންނެތްނަމަ‬ ‫‪6.6‬ފިލާވަޅުވެ ބައިތައް އެއާގުޅޭފަދަ ފޮޓޯ ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ‬
‫އިނގިރޭސިބަހުންނަމަވެސް‬ ‫ޕްރެޒެންޓޭޝަނެއް ހުށަހެޅުން‪.‬‬
‫ރަނގަޅުވާނެ)‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪124‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ފެންވަރު ވަޒަންކުރުން‬
‫‪1.1‬ދަރިވަރުންލައްވައި ކުޅުވާ ތަމްސީލުން އެކުދިންގެ ފެންވަރު ދަނެގަތުން‪.‬‬

‫‪2.2‬ކޮންމެ ގުރޫޕަކުން ފިލާވަޅުވެ ވަކިބަޔަކާއި ބެހޭގޮތުން މަޝްވަރާކޮށް އޭގެ ޝަރަޙަ ކުލާހަށް ހުށަހެޅުން‪.‬‬

‫‪3.3‬މުޅި ފިލާވަޅު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ސުވާލުތަކެއް ދަރިވަރުންނަށް ހުށަހަޅައި އޭގެ ޖަވާބު ހޯދުން‪.‬‬

‫‪4.4‬ދަރިވަރުންލައްވައި ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ނޯޓްކުރުވުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫ކިޔާ ރަށެއްގައެވެ‪ .‬ދެން‬ ‫َمُرو‬ ‫ގެ މަންމާފުޅު އެކަލޭގެފާނަށް ބަލިވެއިންނެވިއިރު ހުންނެވީ‬ ‫‪1.1‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫އެޙާލުކޮޅުގައި ހުންނަވައި ބަޣުދާދަށްވަޑައިގެން‪ ،‬އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އެތާނގައެވެ‪.‬‬

‫އާއި ހަމައިން‬ ‫نَِز ُار بْ ُن معد‬ ‫ގެ ނަސަބުފުޅާއި‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫‪2.2‬އެކަލޭގެފާނުގެ ނަސަބުފުޅު ކީރިތި ރަސޫލާ‬
‫ގުޅެއެވެ‪.‬‬

‫އުފަންވެ ބޮޑުފުޅުވީ ބަޣުދާދުގައެވެ‪ .‬އެޒަމާނަކީ އިސްލާމީ އުންމަތުގެ ޢިލްމީ ރަންޒަމާނެވެ‪.‬‬ ‫‪3.3‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫އަދި ބަޣުދާދަކީ އިސްލާމީއުންމަތުގެ ޢިލްމީ އެންމެ ވަރުގަދަ ޚަޒާނާއޭރު އޮތް ރަށެވެ‪ .‬އެތާނގައި އެކިޒަމާންތަކުގައި‬
‫އެތައްހާސް ބޮޑެތި ޢިލްމުވެރިން އުފެދިފައިވާކަމަށް ތާރީޚު ހެކިދެއެވެ‪ .‬މިފަދަ ޢިލްމީ މާޙައުލެއްގައި އެކަލޭގެފާނަކީ‬
‫ކުޑައިރުއްސުރެ ޢިލްމަށް ނުހަނު ލޯބިކުރައްވައި އެ ޢިލްމު ހާސިލުކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި‬
‫އެއްބޭކަލެކެވެ‪.‬‬

‫ޢިލްމު ހާސިލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރޭގައި ޙަދީޘް ޢިލްމު‬ ‫‪4.4‬اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬
‫އުނގެނިވަޑައިގަންނަވަން ފަސްދަތުރުފުޅެއްގައި ބަޞަރާއަށް ވަޑައިގަތެވެ‪ .‬އެކަލޭގެފާނު މައްކާއަށް ހިޖުރައިން ‪ 187‬ވަނަ‬
‫އާއި ބައްދަލުވެ އެކަލޭގެފާނުގެ‬ ‫اَِْل َم ُام الشَّافِعِي‬ ‫ގައި‬ ‫اَلْ َم ْس ِج ُد ْ‬
‫الـَ َـرام‬ ‫އަހަރު ވަޑައިގެން ފުރަތަމަ ދަތުރުފުޅުގައި‬
‫ފަރާތްޕުޅުން ކިޔަވާވިދާޅުވާން ފެއްޓުމުން‪ ،‬ޝާފިޢީގެފާނުގެ ޢިލްމުވެރިކަމުގެ ބޮޑުކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ‪.‬‬
‫ދެން އެކަލޭގެފާނު ޝާފިޢީގެފާނުގެ އަރިއަހުން ފިޤުހާއި‪ ،‬ޝަރުޢީ މައްސަލަތަކުގެ ތަފްޞީލަށްދާންދެން ދަސްކުރެއްވިއެވެ‪.‬‬
‫އަދި އުޞޫލުލްފިޤުހާއި‪ ،‬ޝަރުޢީޙުކުމްތައް ދަލީލުތަކުން ނެރުއްވާނޭ އުޞޫލުތަކާއި‪ ،‬ޤަވާޢިދުތައް ޝާފިޢީގެފާނުގެ‬
‫ޝާފިޢީގެފާނުދެކެ ވަރަށް ލޯބިފުޅުވެ‪ ،‬އިޙްތިރާމު ކުރައްވައި‬ ‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫އަރިއަހުން އުނގެނިވަޑައިގަތެވެ‪.‬‬
‫ޤަދަރުކުރެއްވިއެވެ‪ .‬ރިވާވެގެން އައިސްފައިވާ ގޮތުގައި އެކަލޭގެފާނު ޝާފިޢީގެފާނާއި ބައްދަލުވެ ވަޑައިގެންފަހުން‬
‫ޢިލްމު‬ ‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫ސާޅީސްއަހަރު ވަންދެން ކޮންމެރެއަކު ޝާފިޢީގެފާނުގެ މައްޗަށް ހެޔޮދުޢާ ކުރައްވައެވެ‪.‬‬
‫ހާސިލުކުރެއްވުމަށްޓަކައި ޖުމްލަ ފަސްދަތުރުފުޅެއް ޙިޖާޒުކަރައަށް ކުރެއްވިއެވެ‪.‬‬

‫اَِْل َم ُام أَبـُْو يـُْو ُسف‬ ‫ގެ ޙަޔާތްޕުޅުގެ ކުރީކޮޅުގައި އެންމެފުރަ ޢިލްމު ހާސިލުކުރެއްވި ޤާޟީ‬ ‫‪5.5‬اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫ام أَبـوحنِْيـ َفة ގެ‬
‫އެންމެ މަޝްހޫރު އެއްދަރިވަރެވެ‪ .‬ފަހުން އެކަލޭގެފާނަކީ އިސްލާމީ އުންމަތުގެ ޤާޟީއެވެ‪.‬‬
‫އަކީ اَِْل َم ُ ُ ْ َ‬
‫އެހެންވެ ޤާޟީ އަބޫޔޫސުފުގެ ނަމުން އެކަލޭގެފާނު މަޝްހޫރުވިއެވެ‪.‬‬
‫‪125‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ‪ .‬އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި‪،‬‬ ‫َحَ ُد بْ ُن َحْنـبَل‬ ‫‪6.6‬اِبْ ُن ْ‬


‫الَْوِزي‪ ،‬اَِْل َم ُام أ ْ‬
‫މާތްކަން އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ފެތުރި ޢުމުރުފުޅުން ސާޅީސް އަހަރުވުމުން ދީނުގެ ކަންތައްތަކުގައި‬
‫ފަތުވާދެއްވަން ފެއްޓެވިއެވެ‪ .‬ގާތްގަނޑަކަށް ފަސްހާސްދަރިވަރުން އެކަލޭގެފާނުގެ ދަރުސްތައް އަޑުއަހައި ޢިލްމު‬
‫އުނގެނިފައި ވެއެވެ‪.‬‬

‫ޢިލްމުވެރިކަމަށް މަޝްހޫރުވެގެން ދިޔަ ދުވަސްވަރު އިސްލާމީ އުންމަތުގައި ވަރަށްބޮޑު‬ ‫‪7.7‬اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬
‫ފިތުނައެއް އުފެދިގެން ދިޔައެވެ‪ .‬އެފިތުނައަކީ ޤުރްއާނަކީ މަޚްލޫޤެއްކަމަށް ބުނުމުގެ ފިތުނައެވެ‪ .‬މިގޮތަށް ފަތުވާދީ‬
‫ފެތުރީ މުސްލިމުންގެ ތެރެއިން މަގުފުރެދިފައިވާ ޖަމާޢަތެއްކަމަށްވާ މުޢްތަޒިލީންނެވެ‪ .‬އޭރު ޚަލީފާއަކަށް ހުންނެވި‬
‫މައްމޫނުވެސް އެބައިމީހުންގެ ބަސްޤަބޫލުކޮށް އެއަށް ހެއްލުނެވެ‪ .‬އަދި އެކަމާ އިންކާރުކުރާ ޢިލްމުވެރިން ހައްޔަރުކުރައްވައި‬
‫އަދަބުދެއްވިއެވެ‪ .‬އޭރު ޚަލީފާދެކެ ގަންނަބިރެއްގެ ބޮޑުކަމުން ޙައްޤުގެބަސް ފާޅުކުރައްވާކަށް ޢިލްމުވެރިންނަކަށް‬
‫ޙައްޤުގެމަތީގައި ޘާބިތުވެ ހުންނަވައި‪،‬‬ ‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫ކެރިވަޑައެއް ނުގެންނެވިއެވެ‪ .‬އެހެންނަމަވެސް‬
‫ގެ ވަޙީބަސްފުޅުކަމަށް ވަރަށް‬
‫اَهللُ‬ ‫ޙައްޤުބަސްފާޅުކުރައްވައި‪ ،‬ކީރިތި ޤުރްއާނަކީ މަޚްލޫޤެއް ނޫންކަމާއި‪ ،‬އެއީ މާތް‬
‫ޘާބިތުވެ ހުންނަވައި ވިދާޅުވިއެވެ‪ .‬އެހިނދު ޚަލީފާ މައުމޫނު އެކަލޭގެފާނު ޤަތުލުކޮށްލާނެކަމުގެ އިންޒާރުދީ ޚަލީފާގެ‬
‫އަމުރުފުޅަށް އެކަލޭގެފާނު ހައްޔަރުކުރެވި ޚަލީފާގެ އަރިއަހަށް ގެންދެވުނު މަގުމަތީގައި‪ ،‬ޚަލީފާއާއި ހަމައަށް ގެންދެވުމުގެ‬

‫ދެން اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬ ‫اَلْمعتَ ِ‬
‫صم‬
‫ޚަލީފާގެ‬ ‫ޚަލީފާކަމަށް އިސްކުރެވުނެވެ‪.‬‬ ‫ُْ‬ ‫ކުރިން ޚަލީފާ އަވަހާރަވެ‪،‬‬
‫އަރިއަހަށް ގެންދެވި ވަރަށްބޮޑަށް ތަޅައި އަނިޔާކުރެވުނެވެ‪ .‬އެކަމަކުވެސް އެކަލޭގެފާނު ޙައްޤުގެ ބަސްފުޅުވިދާޅުވެ‬
‫ޘާބިތުވެ ހުންނެވިއެވެ‪ .‬އެއަށްފަހު އެކަލޭގެފާނު ދެއަހަރާއި ހަތަރުމަސްވަންދެން ބަންދުގައި ބެހެއްޓުނެވެ‪ .‬އެއަށްފަހު‬
‫އަށް އަނިޔާކުރެއްވުމުގައި‬ ‫صم އަވަހާރަވެ اَلْ َواثِ ُق ޚަލީފާކަމަށް އިސްކުރެވުމުންވެސް اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫اَلْمعتَ ِ‬
‫ُْ‬
‫كل ޚަލީފާކަމަށް އިސްކުރެއްވުމުން‪ ،‬ކުރީގެ ޚަލިފާއިން‬ ‫ِ‬ ‫ِ‬
‫ދެމިހުންނެވިއެވެ‪ .‬اَلْ َواث ُق އަވަހާރަވެ އޭނާގެ ދަރިކަލުން اَلْ ُمتـََوّ ُ‬
‫َحَ ُد بْن حْنـبل އަށް މާތްކޮށް ހިތްތަވައި ބަންދުން ދޫކޮށްލެއްވިއެވެ‪ .‬އަދި‬
‫ކަންތައް ކުރެއްވިގޮތް ދޫކޮށް‪ ،‬اَِْل َم ُام أ ْ ُ َ َ‬
‫ޤުރްއާން އެއީ މަޚްލޫޤެކޭ ބުނެވޭ ބުނެވުން ދޫކޮށްލެއްވިއެވެ‪ .‬މިއާއެކު ކީރިތި ޤުރްއާނަކީ މަޚްލޫޤެކޭ ކިޔައި ވާހަކަދެއްކުން‬

‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن‬ ‫މަނާކުރެއްވިއެވެ‪ .‬މިގޮތުން މިފިތުނަވެރިކަން ފިލައިދިޔައެވެ‪ .‬މިތާގައި ފާހަގަކޮށްލަންޖެހޭ ކަމަކީ‬
‫އަށް ހައްޤުގެ ބަސްފުޅު ވިދާޅުވާތީ ބޮޑެތި އަނިޔާލިބިވަޑައިގެން ދިގުމުއްދަތެއްވަންދެން ބަންދުކުރެވުނުނަމަވެސް‬ ‫َحْنـبَل‬
‫އެކަލޭގެފާނު މަތިވެރިކުރައްވައި ޙައްޤަށް‬ ‫اَهلل‬ ‫އެކަލޭގެފާނު ހައްޤުގެބަސް ދުލެއް ނުކުރެއްވިއެވެ‪ .‬އެންމެފަހު މާތް‬
‫ނަޞްރުދެއްވައި‪ ،‬އެކަލޭގެފާނު މިނިވަންކުރެއްވިއެވެ‪.‬‬

‫‪8.8‬ޙަންބަލީ މަޛްހަބުގައިވެސް ކީރިތި ޤުރްއާނާއި‪ ،‬ސުންނަތް ބެލެވެނީ ޝަރީޢަތުގެ ފުރަތަމަ އަސާސްގެ ގޮތުގައެވެ‪.‬‬
‫ގެ މައްޗަށް‬ ‫اَلْ ُمغِيـَْرة‬ ‫އެއަށްފަހު ދެވަނަ އަސާސަކީ އިޖުމާޢުއެވެ‪ .‬މީގެ މިސާލެއްގެ ގޮތުގައި ފިލާވަޅުގައި އައިސްފައިވަނީ‬
‫ތިންމީހަކު ޒިނޭގެ ތުހުމަތު ކުރުމުން ޢުމަރުގެފާނު އެތިންމީހުންގައިގައި އަށްޑިހައެތިފަހަރު ޖައްސަވައި ތަޢުޒީރުކުރެއްވި‬
‫ޙާދިޘާއެވެ‪ .‬ޒިނޭގެ ތުހުމަތުކުރެވިގެން އެކަން ޘާބިތުވާނީ ހަތަރުމީހެއްގެ ހެކިބަހުންނެވެ‪ .‬އެއަށްވުރެ މަދުވެއްޖެނަމަ‬
‫ޘާބިތުވާކަމަކަށް ނުބެލެވޭނެއެވެ‪ .‬އެހެނީ ތިންމީހަކު އެކަމަށް ހެކިވުމުން އެމައްސަލަ ޘާބިތުނުވާކަމަށް ޢުމަރުގެފާނު‬
‫ނިންމަވައި އެތިންމީހުންގައި އަށްޑިހަ އެތިފަހަރުން ޖައްސަވައި ތަޢުޒީރުކުރެއްވުމުން ޞަޙާބީބޭކަލުންގެ ތެރެއިން އެއްވެސް‬
‫ބޭކަލަކު އެކަމަށް އިންކާރެއް ނުކުރެއްވިއެވެ‪ .‬މިއިން ދޭހަވަނީ އެބޭކަލުން ޢުމަރުގެފާނު ކަނޑައެޅުއްވި ގޮތަށް އިއްތިފާޤުވެ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪126‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ވަޑައިގެންނެވުމެވެ‪ .‬މިހެންކަމުން މިއީ އިޖުމާޢުއެކެވެ‪ .‬ޞަޙާބީބޭލަކު ވިދާޅުވާ ބަސްފުޅަކާއި ޚިލާފަށް އެހެން ބޭކަލަކު‬
‫ގެ އަރިއަހުގައި އިޖުމާޢުއެކެވެ‪.‬‬ ‫ބަސްފުޅެއް ވިދާޅުނުވާނަމަ އެއީވެސް اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم َْي َه ُر‬ ‫ول َِّ‬ ‫‪9.9‬މުރުސަލު ޙަދީޘެއްގެ މިސާލު ‪ :‬عن سعِ ِ‬
‫يد بْ ِن ُجبـٍَْي‪ ،‬قَ َ‬
‫الل َ‬ ‫ال‪َ " :‬كا َن َر ُس ُ‬ ‫َْ َ‬
‫كةَ" (މިއީ އަބުދާވޫދު ލިއުއްވާފައިވާ "އަލްމަރާސީލު" ގައި އައިސްފައިވާ ރިވާޔަތެއް)‬ ‫الرِحي ِم ِبَ َّ‬
‫الر ْحَ ِن َّ‬ ‫بِبِس ِم َِّ‬
‫الل َّ‬ ‫ْ‬
‫َّ‬
‫علَْيه وسلم މައްކާގައި (އަޑުހަރުކޮށް ކިޔަވާ‬ ‫ِ‬ ‫َّ‬ ‫ِ‬
‫صلى هللاُ َ َ َ َ‬ ‫މާނައަކީ َسعْي ُد بْ ُن ُجبـَْي ވިދާޅުވިއެވެ‪ .‬ކީރިތި ރަސޫލާ َ‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬
‫ނަމާދުތަކުގައި) ބިސްމި ބާރަށް ކިޔަވާ ވިދާޅުވެއެވެ‪ ".‬މިޙަދީޘް َسعْي ُد بْ ُن ُجبـَْي ކީރިތި ރަސޫލާ َ‬
‫وسلَّم ކުރެއްވި ޢަމަލެއްގެ ގޮތުގައި ވިދާޅުވިއެވެ‪ .‬އެކަލޭގެފާނަކީ ޞަޙާބީބޭކަލެއް ނޫނެވެ‪ .‬ތާބިޢީބޭކަލެކެވެ‪ .‬ޙަދީޘް‬
‫ََ َ‬
‫ޢިލްމުވެރިންގެ އަރިއަހުގައި މިފަދަ ޙަދީޘްތަކަކީ ބަލިކަށި ޙަދީޘްތަކެކެވެ‪ .‬އެހެންނަމަވެސް ކުޑަކޮށް ބަލިކަށި މިފަދަ‬
‫اَِْل َم ُام‬ ‫ޙަދީޘްތައް‪ ،‬އެމާނަދޭހަވާ އެފަދަ އެހެން ޙަދީޘަކުން ބާރުލިބިއްޖެނަމަ ރަނގަޅު ޙަދީޘެއްގެ ދަރަޖައަށް އުފުލިދެއެވެ‪.‬‬
‫ޝަރީޢަތުގެ ހަތަރުވަނަ އަސާސެއްގެ ގޮތުގައި ބައްލަވާ މުރުސަލު ޙަދީޘަކީ ޢިލްމުވެރިން ވިދާޅުވެފައިވާ‬ ‫َحَ ُد بْ ُن َحْنـبَل‬
‫أْ‬
‫ގޮތުގައި‪ ،‬އެމާނަދޭހަވާ އެފަދަ އެހެން ޙަދީޘަކުން ބާރުލިބިގެން ރަނގަޅު ޙަދީޘެއްގެ ދަރަޖައަށް އުފުލިފައިވާ ޙަދީޘެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫ގައި ގައި ހިޖުރައިން ‪ 164‬ވަނައަހަރުއެވެ‪.‬‬ ‫‪1.1‬بـَ ْغ َداد‬


‫ގެ އަރިއަހުންނެވެ‪.‬‬ ‫اَِْل َم ُام أَبـُْو يـُْو ُسف‬ ‫‪2.2‬ޤާޟީ‬

‫ޖަމާކުރެއްވި ޢިލްމާއި‪ ،‬އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ ދަރިވަރުން ޖަމާކުރެއްވި‬ ‫‪3.3‬اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬
‫އެކަލޭގެފާނުގެ ޢިލްމެވެ‪ .‬އެޢިލްމު އެކަލޭގެފާނަށް ނިސްބަތްކުރެވި ޙަންބަލީމަޛްހަބޭ ކިޔެއެވެ‪.‬‬

‫އަށް ތަޢުރީފުކުރައްވަމުން ވިދާޅުވެފައިވަނީ ކީކޭހެއްޔެވެ؟‬ ‫َحَ ُد بْ ُن َحْنـبَل‬ ‫‪4.4‬ޝާފިޢީގެފާނު اَِْل َم ُام أ ْ‬


‫މަހުގެ ހުކުރުދުވަހެވެ‪.‬‬ ‫‪5.5‬ހިޖުރައިން ‪ 241‬ވަނައަހަރު َربِْي ُع ْال ََّول‬

‫ޙަރަކާތް ‪2‬‬

‫ގެ ޢިލްމީ ޙަޔާތްޕުޅާއި ބެހޭގޮތުން‬ ‫اَِْل َم ُام أ ْ‬


‫َحَ ُد بْ ُن َحْنـبَل‬ ‫އިޝާރާތް ކުރެވިފައިވާ ޕޮއިންޓުތަކުގެ މައްޗަށް ބިނާކޮށް‬
‫ގުރޫޕުތަކުގައި ވާހަކަ ދެއްކުން‬

‫މިޙަރަކާތް ޙައްލުކުރުމަށްޓަކައި ކުލާސް ގުރޫޕުތަކަކަށް ބަހާލައި‪ ،‬ގުރޫޕުތައް ވަކިވަކިން‪ ،‬އިޝާރާތްކުރެވިފައިވާ ޕޮއިންޓުތަކުގެ‬


‫އަލީގައި ވާހަކަ ދައްކައި މަޝްވަރާކުރުމަށް އަންގާށެވެ! ގުރޫޕުތަކުގެ ވާހަކަތައް ނިމުމުން‪ ،‬ކޮންމެ ގުރޫޕަކުން އިޚްތިޔާރުކުރާ‬
‫ކޮންމެވެސް އެއް ދަރިވަރަކުލައްވައި‪ ،‬ކުލާސް ކުރިމަތީގައި‪ ،‬އެގުރޫޕެއްގެ ވާހަކައިގެ ޚުލާޞާ ހުށަހަޅާލެވިދާނެއެވެ‪.‬‬

‫‪127‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫ޕޮއިންޓުތައް‪:‬‬

‫ޢިލްމު ހާސިލުކުރައްވަން ފެއްޓެވުން‪.‬‬

‫ޢިލްމު ހާސިލުކުރައްވަން ކުރެއްވި މަސައްކަތްޕުޅު‪.‬‬

‫އެދުރުންނާއި‪ ،‬ދަރިވަރުން‪.‬‬

‫ޢިލްމު އުނގެނުމުގައި ދެމިހުންނެވުން‪5 .‬ތަޢުރީފުކުރެވުން‪.‬‬

‫ޙަރަކާތް ‪3‬‬
‫ލިޔެވިފައިވާ ޖުމްލަތަކުން ދޭހަވާ މާނައާއި‪ ،‬އޭގެ މުހިންމުކަން ބުނެދިނުން‪.‬‬

‫ޖުމްލަތަކުގެ ދޭހައާއި އޭގެ މުހިންމުކަން‬

‫މުހިންމުކަން‬ ‫ދޭހަ‬ ‫ނަމްބަރ‬

‫ކުޑައިރު ކިޔަވަންފަށްޓައި ޢިލްމީ ބިންގާ އެޅުން‬


‫ގެ‬ ‫اَِْل َم ُام أ ْ‬
‫َحَ ُد بْ ُن َحْنـبَل‬ ‫ކުޑައިރުއްސުރެން‬
‫ހިތްޕުޅުގައި ޢިލްމަށް ލޯބިޖެހި‪ ،‬އެހާސިލުކުރުމަށް‬ ‫‪1‬‬
‫މުހިންމެވެ‪.‬‬
‫މަސައްކަތް ފެއްޓެވިއެވެ‪.‬‬

‫އަގުހުރި އެއްޗެއް ހާސިލުކުރަން ބުރައުފުލަން‬


‫ޖެހެއެވެ‪ .‬ޢިލްމަކީ އަގުބޮޑު އެއްޗެކެވެ‪ .‬މިއިން‬ ‫ޢިލްމު ހާސިލުކުރުމަށްޓަކައި ބުރައުފުލަން‬
‫‪2‬‬
‫އެނގޭ އެއްޗަކީ އެއަގުބޮޑު ޢިލްމު ހާސިލުކުރަން‬ ‫ޖެހޭނެކަން ދޭހަވެއެވެ‪.‬‬
‫ބުރަމަސައްކަތް ކުރުމުގެ މުހިންމުކަމެވެ‪.‬‬

‫ޢިލްމުހާސިލުކުރުމާއި‪ ،‬އެމަސައްކަތުގައި‬
‫އަށްޓަކައި ޢިލްމު ހާސިލުކުރާމީހެއްގެ‬ ‫اَهلل‬ ‫މާތް‬
‫ޤަދަރު މީސްތަކުންގެ ކުރިމަތީގައިވެސް އެކަލާނގެ‬ ‫‪3‬‬
‫އިޚްލާޞްތެރިވުމުގެ މުހިންމުކަމެވެ‪.‬‬
‫މަތިވެރި ކުރައްވަތެވެ‪.‬‬

‫ބޮޑު އިމާމަކު ޢިލްމު ހާސިލުކުރުމަށްޓަކައި‬


‫ކަމަކަށް މީހަކު ލޯބިޖެހިއްޖެނަމަ އެކަމެއް‬
‫ދެމިހުންނަވަން ޢަޒުމް ކަނޑައެޅުއްވުމުން ޢިލްމުގެ‬ ‫‪4‬‬
‫ހާސިލުކުރުމަށްޓައި ދެމިހުންނާނެއެވެ‪.‬‬
‫އަގު ވަޒަންކޮށްލެވެއެވެ‪.‬‬

‫ނޯޓް‪ :‬ޖުމްލަތައް ދޭހަކުރުމާއި‪ ،‬މުހިންމުކަން ބުނެދިނުމުގައި އޭގެ ޢާންމު ވިސްނުމާއި‪ ،‬މަފްހޫމުން ބޭރުނުވާނަމަ ރަނގަޅުވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪128‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ޙަރަކާތް ‪4‬‬
‫ޙަންބަލީމަޛްހަބުގެ އަސާސްތަކުގެ މައްޗަށް ގުރޫޕުތަކުން އެސައިންމެންޓެއް ތައްޔާރުކުރުން‬

‫ކުލާސް ގުރޫޕްތަކަކަށް ބަހާލައި އެސައިންމެންޓް ތައްޔާރުކުރަން އަންގާށެވެ! ތައްޔާރުކުރާ އެސައިންމެންޓުގެ ދިގުމިނަކީ‬


‫ގާތްގަނޑަކަށް ދޮޅު ޞަފްޙާއެވެ‪ .‬ބޭނުންވާ ހުރިހާ ބައިތައް ކޮންމެހެންވެސް ހިމަނަންޖެހޭނޭކަން ދަރިވަރުންނަށް އަންގާށެވެ!‬
‫ގުރޫޕްމަސައްކަތް ގޭގެ މަސައްކަތެއްގެ ގޮތުގައި ކުރެވޭނަމަ އެގޮތްވެސް އިޚްތިޔާރު ކުރެވިދާނެއެވެ‪ .‬ދަރިވަރުންގެ‬
‫އެސައިންމެންޓުތައް ޗެކުކުރާއިރު ބޭނުންވާ ބައިތައް ހިމަނާފައިވޭތޯ ކަށަވަރުކުރަންވާނެއެވެ‪ .‬އަންނަނިވި މަޢުލޫމާތުތަކަކީ‬
‫ދަރިވަރުންގެ އެސައިންމެންޓަށް ބޭނުންވާނޭ މަޢުލޫމާތުތަކެކެވެ‪ .‬މިހެންކަމުން އެމަޢުލޫމާތުތައް ކިޔައިދޭށެވެ!‬

‫އެސައިންމެންޓަށް ބޭނުންވާނޭ ބައެއް މަޢުލޫމާތު‬

‫އެކަލާނގެ‬
‫اَهللُ‬ ‫‪1.1‬ކީރިތި ޤުރްއާން ‪ :‬ކީރިތި ޤުރްއާނަކީ ސަލާމްލެއްވި ޖިބްރީލުގެފާނު މެދުވެރިކުރައްވައި‪ ،‬މާތް‬
‫ގެ މައްޗަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ‪ .‬އަދި އެއީ އެކިޔެވުމުން‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫ُمَ َّم ٌد َ‬ ‫ރަސޫލާ‬
‫އަޅުކަމަކަށްވާ‪ ،‬ފާތިޙާ ސޫރަތުންފެށޭ‪ ،‬ނާސި ސޫރަތުންނިމޭ‪ ،‬މުތަވާތިރު ގޮތެއްގައި އައިސްފައިވާ އެކަލާނގެ‬
‫ކަލާމްފުޅެވެ‪.‬‬

‫ގެ ބަސްފުޅާއި‪ ،‬ޢަމަލުފުޅާއި‪ ،‬އެކަލޭގެފާނުގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬


‫َ‬ ‫‪2.2‬ސުންނަތް ‪ :‬ސުންނަތަކީ ކީރިތި ރަސޫލާ‬
‫ކުރިފުޅުމަތީގައި ކަމެއްހިނގައި އެކަމެއް މަނާނުކުރެއްވި ކަންތަކާއި‪ ،‬އިތުރު އެކަލޭގެފާނުގެ ރިވެތި ޚުލްޤުފުޅާއި‪ ،‬ހަށިކޮޅު‬
‫އުފެދިފައިވާ ގޮތެވެ‪.‬‬

‫‪3.3‬ޤިޔާސް ‪ :‬ޤިޔާސަކީ ކަމެއްގައި ޤުރްއާނާއި‪ ،‬ސުންނަތުގެ ބަސްފުޅަކުން ޙުކުމެއް އައުމުން އެޙުކުމެއް އައިސަބަބާއި‪،‬‬
‫ޙުކުމް އައިސްފައިނުވާ މައްސަލައެއްގެ ސަބަބު އެއްގޮތްވުމުން‪ ،‬ޙުކުމް އައިސްފައިވާ މައްސަލައިގެ ޙުކުމް‪ ،‬ޙުކުމް‬
‫އައިސްފައިނުވާ މައްސަލައަށް ކުރުމެވެ‪.‬‬

‫ނޯޓް‪ :‬ހަތަރު އިމާމުން ފިލާވަޅުތަކުގައި‪ ،‬މަޛްހަބުތައް ބިނާވެފައިވާ އަސާސްތަކުގެ ތެރޭގައި ޖުމްލަކޮށް ހުރިހާ އަސާސެއްގެ‬
‫ޝަރަޙަ ހިމެނިގެންވާނެއެވެ‪ .‬އެހެންވީމާ ދަރިވަރުން ކޮންމެ އަސާސެއްގެ މަޢުލޫމާތު ބޭނުންވިޔަސް އެބައިތަކަން ރުޖޫޢަވުމުން‬
‫އެމަޢުލޫމާތުތައް ލިބޭނެއެވެ‪ .‬އެސައިންމެންޓް ލިޔުމުގައި ދަރިވަރުންގެ އަމިއްލަ ޢިބާރާތްތައް ވީހާވެސް ބޮޑަށް ބޭނުންކުރުމަށް‬
‫އަންގާށެވެ!‬

‫‪129‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫އިސްލާމީ ފިޤްހު ކުރިއަރައިދިއުން‬


‫‪8‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‬

‫‪1.1‬ފިޤްހުގެ ފެށުން ދަނެގަތުން‪.‬‬

‫‪2.2‬ޞަޙާބީބޭކަލުންނަށް ޝަރީޢަތުގެ ޙުކުމްތައް ނެރުއްވަން ފަސޭހަފުޅުވާ މައިގަނޑު ސަބަބުތައް އެނގުން‪.‬‬

‫‪3.3‬ހަތަރު މަޛްހަބުގެ އިމާމުންގެ މަސައްކަތްޕުޅުން އިސްލާމީ ފިޤުހަށް ލިބުނު ކުރިއެރުންތައް ދަސްވުން‪.‬‬

‫އެހީ‬ ‫ގެންދެވިދާނެ އުގެނުމުގެ ބައެއް ޙަރަކާތްތައް‬


‫ވައިޓްބޯޑް މާރކަރ‪ ،‬ވައިޓް ބޯޑް‪،‬‬ ‫‪1.1‬ފިލާވަޅުގެ ބައިތަކާއި ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬
‫ޗޯކުފަދަ ތަކެތި‪.‬‬ ‫‪2.2‬ބައެއް ދަރިވަރުން ލައްވައި ފިލާވަޅުގެ ބައިތައް ޝަރަޙަކުރުވުން‪.‬‬
‫ފިލާވަލުގެ މުހިންމު ޕޮއިންޓުތައް‬ ‫‪3.3‬ފިޤުހަށް ލިބިފައިވާ ކުރިއެރުންތަކާއިބެހޭ މަޢުލޫމާތާއި‪ ،‬އޭގެ‬
‫ދަރިވަރުންލައްވައި ބޯޑުގައި ލިއުއްވުން‪.‬‬ ‫މިސާލުތައް ދަރިވަރުންނަށް ކިޔާދިނުމަށްފަހު އެބައިތަކާއި ބެހޭގޮތުން‬
‫ހަތަރު އިމާމުންގެ ފިލާވަޅުގައި‪،‬‬ ‫ގުރޫޕްތަކުގެ މެދުގައި މަޝްވަރާކުރުން‪.‬‬
‫ޝަރީޢަތުގެ އަސާސްތަކާއި ބެހޭގޮތުން‬ ‫‪4.4‬ހަތަރުމަޛްހަބުގެ އިމާމުންގެ ފިލާވަޅުތަކުގައި އައިސްފައިވާ ޝަރީޢަތުގެ‬
‫އައިސްފައިވާ ބައިތަކުގެ މިސާލުތައް‪.‬‬ ‫އަސާސްތަކާއި ބެހޭގޮތުން ދަރިވަރުންނާއި ޚިޔާލު ބަދަލުކުރުން‪.‬‬
‫ދަރިވަރުންގެ ފޮތުގެ ޙަރަކާތްތައް‪.‬‬

‫ފެންވަރު ވަޒަން ކުރުން‬


‫‪1.1‬ފިލާވަޅުން ދަރިވަރުންނާއި ސުވާލުކޮށް އޭގެ ޖަވާބު ހޯދުން‪.‬‬

‫‪2.2‬އިސްލާމީ ފިޤުހަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭގޮތުން ދަރިވަރުންލައްވައި ވާހަކަދެއްކުވުން‪.‬‬

‫‪3.3‬ދަރިވަރުންގެ ފަރާތުން ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް ގެނައުން‪.‬‬

‫‪4.4‬ބައެއް ދަރިވަރުންލައްވައި ފިލާވަލު ޝަރަޙަ ކުރުވުން‪.‬‬

‫ފިލާވަޅުގައި ބޭނުން ކުރެވިދާނޭ އިތުރު ބައެއް މަޢުލޫމާތު‬


‫‪1.1‬ފިޤުހީޙުކުމްތަކަކީ ދީން ބާވައިލައްވަން ފެށުމާއިއެކީ އައިސްފައިވާ ޙުކުމްތަކެވެ‪ .‬އެހެނީ ޤުރްއާނާއި‪ ،‬ސުންނަތުގައި އެހުރިހާ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪130‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ޙުކުމްތައް އައިސްފައި ވެއެވެ‪ .‬އެހެންނަމަވެސް އޭރުގައި މިހާރު މިފެންނަގޮތަށް އެޙުކުމްތައް އެބަސްފުޅުތަކުން ނެރޭނެ‬
‫އުޞޫލުތަކާއި‪ ،‬ޤަވާޢިދުތަކެއް ނެތެވެ‪ .‬ސަބަބަކީ އޭރު އެއަށް ބޭނުންޖެހިފައި ނުވުމެވެ‪ .‬އެހެނީ ޞަޙާބީބޭކަލުންނަކީ ވަރަށް‬
‫صلَّى هللاُ َعلَْي ِه‬
‫َ‬ ‫ސާފުފިޠުރަތެއްގެ މަތީގައި ތިއްބެވި ބޭކަލުންނެވެ‪ .‬އެބޭކަލުން އުނގެނިވަޑައިގަތީ ސީދާ‪ ،‬ކީރިތި ރަސޫލާ‬
‫ގެ ފަރާތްޕުޅުންނެވެ‪ .‬އެބޭކަލުން ފުރިހަމައަށް ޢަމަލުފުޅު ކުރައްވަމުން ގެންދެވީ އެޙުކުމްފުޅުތަކާއި އެއްގޮތަށެވެ‪.‬‬ ‫َو َسلَّ َم‬
‫ފިޤުހީ ޙުކުމްތައް ނޭނގިގެންނޭ ކިޔާފައި އެފަދަ ޤަވާޢިދުތަކަކަށް އެބޭކަލުން ބޭނުންޖެހިވަޑައެއް ނުގަންނަވައެވެ‪ .‬ޒަމާންތައް‬
‫ވޭތުވަމުންގޮސް އިމާމުވެރި ބޭކަލުންގެ ޒަމާނަށް އައިއިރު އިސްލާމީ އުންމަތަށް ކުރިން ދިމާނުވާފަދަ ކިތަންމެ ކަމެއް‬
‫ވަނީކުރިމަތިވެފައެވެ‪ .‬އަދި ޞަޙާބީ ބޭކަލުންގެ ޒަމާނާއި ވަރަށް ގިނަގޮތްގޮތުން ތަފާތުވެގެން ދިޔައެވެ‪ .‬މީސްތަކުންނަށް‬
‫ދީނުގައިވާ ޙުކުމްތައް ފަސޭހައިން ދަނެއެއް ނުގަނެވެއެވެ‪ .‬މިހެންކަމުން ދީނުގައި އައިސްފައިވާ ސާފުސީދާ ގޮތްތަކާއި‪،‬‬
‫ޙުކުމްތައް މީސްތަކުންނަށް ފަސޭހައިން ދަނެގަނެވޭނޭފަދަ އުޞޫލުތަކަކާއި ޤަވާޢިދުތަކަކަށް ބޭނުންވިއެވެ‪ .‬އެހެންވެ‬
‫އެބޭކަލުންގެ އެންމެ މުހިންމު މަސައްކަތްޕުޅަކަށްވީ އެމަސައްކަތްޕުޅެވެ‪.‬‬

‫ޞަޙާބީބޭކަލުންގެ ތެރެއިން ފިޤްހުޢިލްމަށް މަޝްހޫރު ބޭކަލުން‪ ،‬އިސްލާމީ އުންމަތުގެ މަޝްހޫރަށްތަކުގައި‪ ،‬ތާބިޢީ‬ ‫ ‬


‫ބޭކަލުންނަށް ކިޔަވައި ދެއްވިއެވެ‪ .‬އޭގެ ބައެއް ތަފްޞީލުތަކަކީ‪-:‬‬

‫عُ َمر‬ ‫އެބޭކަލުންނަށް ރުއްސުންލެއްވި‬


‫اَهللُ‬ ‫މަދީނާ ‪ :‬މަދީނާގައި ފިޤްހު ކިޔަވައިދެއްވި ޞަޙާބީބޭކަލުންގެ ތެރޭގައި މާތް‬ ‫ ‬
‫ގެފާނު ހިމެނިވަޑައިގަންނަވައެވެ‪ .‬ތާބިޢީބޭކަލުންގެ ތެރެއިން މަދީނާގައި‬ ‫ގެފާނާއި‪َ ،‬زيْ ُد بْ ُن َثبِت އާއި‪َ ،‬عائِ َشة‬
‫س ِال بن عب ِد ِ‬
‫هللا‬ ‫الزبـَْي‬
‫عُْرَوةُ بْ ُن ُّ‬ ‫އުފެދުނު ބައެއް ފިޤްހު ޢިލްމުވެރިންނަކީ َسعِْي ُد بْ ُن الْ ُم َسيَّب‬
‫َ ُ ْ ُ َْ‬ ‫އާއި‪،‬‬ ‫އާއި‪،‬‬
‫އެވެ‪.‬‬

‫އެދެބޭކަލުންނަށް ރުއްސުންލެއްވި‬
‫اَهللُ‬ ‫މައްކާ ‪ :‬މައްކާގައި ފިޤްހު ކިޔަވައިދެއްވި މަޝްހޫރު ޞަޙާބީބޭކަލަކީ‪ ،‬މާތް‬ ‫ ‬
‫عبَّاس ގެފާނުގެ ދަރިކަލުން عب ُد ِ‬
‫هللا بْ ُن َعبَّاس‬
‫އެވެ‪ .‬ތާބިޢީބޭކަލުންގެ ތެރެއިން މައްކާގައި އުފެދުނު ބައެއް ފިޤްހު‬ ‫َْ‬ ‫َ‬
‫ك ِرمة އެވެ‪.‬‬ ‫ِ‬ ‫ِ‬
‫َب َرَبح އާއި‪ُ ،‬مَاهد އާއި‪ ،‬ع ْ َ‬ ‫ޢިލްމުވެރިންނަކީ َعطَاءُ بْ ُن أِ ْ‬
‫كوفَة ‪ :‬ޢިރާޤުގެ ކޫފާގައި ފިޤްހު ކިޔަވައިދެއްވި މަޝްހޫރު ޞަޙާބީބޭކަލަކީ‪ ،‬މާތް اَهلل އެބޭކަލަކަށް ރުއްސުންލެއްވި‬
‫ُ‬ ‫ ُْ‬
‫هللا بْ ُن َم ْسعُ ْود އެވެ‪ .‬ތާބިޢީބޭކަލުންގެ ތެރެއިން ކޫފާގައި އުފެދުނު ބައެއް ފިޤްހު ޢިލްމުވެރިންނަކީ َع ْل َق َمةُ بْ ُن‬ ‫عب ُد ِ‬
‫َْ‬
‫قـْيس އާއި‪ ،‬سعِْي ُد بْن جبـ ْي އެވެ‪.‬‬
‫ُ َُ‬ ‫َ‬ ‫َ‬
‫ص ِري އާއި‪،‬‬ ‫ ބަޞަރާ ‪ :‬ޢިރާޤުގެ ބަޞަރާގައި ފިޤްހުޢިލްމަށް މަޝްހޫރުވެ ވަޑައިގަތް ތާބިޢީ ބޭކަލުންނަކީ‪ ،‬اَ ْلَ َس ُن الْبَ ْ‬
‫الر ْح ِن بن مه ِ‬ ‫ِ‬
‫دي އެވެ‪.‬‬ ‫ُمَ َّم ُد بْ ُن س ِْييْن އާއި‪َ ،‬عْب ُد َّ َ ْ ُ َ ْ‬
‫ِ ِ‬ ‫ِ‬
‫ث‬‫صر ‪ :‬މިޞްރުގައި ފިޤްހުޢިލްމަށް މަޝްހޫރުވެ ވަޑައިގަތް ތާބިޢީ ބޭކަލުންނަކީ‪َ ،‬م ْرثَ ُد بْ ُن َعْبد هللا އާއި‪ ،‬اَللَّْي ُ‬ ‫ مْ‬
‫بْن س ْعد އެވެ‪.‬‬
‫ُ َ‬
‫َم ْك ُح ْول‬ ‫ޝާމްކަރަ ‪ :‬ޝާމްކަރައިގެ ތާބިޢީ ބޭކަލުންގެ ތެރެއިން ފިޤްހުޢިލްމަށް މަޝްހޫރުވި ބައެއް ބޭކަލުންނަކީ‪،‬‬ ‫ ‬
‫اَْلَوز ِ‬
‫اعي‬
‫އެވެ‪.‬‬ ‫َْ‬ ‫އާއި‪،‬‬

‫އިސްވެދިޔަ ތަންތަން ފިޔަވައި އެހެންތަންތާގައިވެސް ޞަޙާބީބޭކަލުން ފިޤްހުޢިލްމު މީސްތަކުންނަށް އުނގަންނަވައި‬ ‫ ‬


‫ދެއްވިއެވެ‪.‬‬
‫‪131‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫‪2.2‬ފިޤުހީ މަޛްހަބުތަކަކީ އެއްގޮތަކަށްވެސް ދީން ބައިބައިވުމެއް ނޫނެވެ‪ .‬އަދި އާ ޝަރީޢަތެއް އައުމެއްވެސް ނޫނެވެ‪.‬‬
‫އެހެނެއްކަމަކު އެއީ އިސްލާމީޝަރީޢަތުގެ ސާފުސީދާގޮތްތައް ފަސޭހައިން ދަނެގަނެވޭނޭ އުސްލޫބުތަކާއި ގޮތްތަކެވެ‪.‬‬
‫މަންހަޖާއި‪ ،‬އުޞޫލުތަކެވެ‪ .‬އަދި ދީނުގެ އަޞްލު އަސާސްތަކާއި‪ ،‬މަޞްދަރުތަކުން ޙުކުމްތައް ދެނެގަނެވޭނޭ މަގުތަކެވެ‪.‬‬

‫‪3.3‬ޖުމްހޫރު ޢިލްމުވެރިންގެ މެދުގައި‪ ،‬އިސްލާމީޝަރީޢަތުގެ މަޞްދަރު ނުވަތަ އަސާސްތަކުގެ ގޮތުގައި އިއްތިފާޤު ވެވިފައިވާ‬
‫އަސާސްތައް ހަތަރެކެވެ‪ .‬އެއީ ކީރިތިޤުރްއާނާއި‪ ،‬ސުންނަތާއި‪ ،‬އިޖުމާޢުއާއި‪ ،‬ޤިޔާސެވެ‪ .‬މިއީ މައިގަނޑު ހަތަރު‬
‫އަސާސެވެ‪ .‬މީގެއިތުރުން އައިސްފައިވާ އަސާސްތަކަކީ އެހަތަރު އަސާސާއި ގުޅިފައިވާ އަސާސްތަކެވެ އޭގެތެރެއިން‬
‫މަޝްހޫރު އަސާސް ނުވަތަ އުޞޫލުތަކަކީ‪ ،‬އިސްތިޙްސާން‪ ،‬އަލްމަޞާލިޙުލް މުރުސަލާ‪ ،‬އިސްތިޞްޙާބު‪ ،‬އާދަކާދަ‪،‬‬
‫ޞަޙާބީބޭކަލުންގެ ބަސްފުޅު އަދި ސައްދުއްޒަރާއިޢު އެވެ‪ .‬މިބައިތަކުގެ މަޢުލޫމާތު ހަތަރު އިމާމުންގެ ފިލާވަޅުތަކުގެ‬
‫ތެރޭގައި އެވަނީއެވެ‪.‬‬

‫އާއި ސުންނަތުން ޝަރީޢަތުގެ ޙުކުމްތައް ދަނެގަންނާނޭ ގޮތްތަކާއި އުޞޫލުތައް ފިޤުހު ޢިލްމުވެރިން‬ ‫قُ ْـرآن‬ ‫‪4.4‬ކީރިތި‬
‫ބަޔާންކުރައްވާފައި ވެއެވެ‪ .‬މިސާލަކަށް ކީރިތި ޤުރްއާނުގައި ކަމެއްކުރުން ލާޒިމުގެ އަމުރުފުޅެއް އަތުވެއްޖެނަމަ‬

‫އޭގެ މާނައަކީ އެކަމެއްކުރުން ވާޖިބުވުމެވެ‪ .‬ފަރުޟުވުމެވެ‪ .‬މާތް اَهللُ ގެ ވަޙީބަސްފުޅުގައި ވެއެވެ‪ .‬ﱫ ﮊ‬
‫ﮋ ﮌ ﮍ ﮎ ﱪ (سورةُ الْمائِ َدة ގެ ފުރަތަމަ އާޔަތް) މާނައަކީ "އޭ އީމާންވެއްޖެ‬
‫ُ َْ َ‬
‫މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަޤްދުތައް ފުއްދާށެވެ! (އެއްބަސްވެވޭ އެއްބަސްވުންތަކަށް ވަފާތެރިވާށެވެ!)" މިއާޔަތުގައި‬
‫އެއްބަސްވުންތަކަށް ވަފާތެރިވުމަށް އައިސްފައިވާ ލަފުޒަކީ އެކަންކުރުން ލާޒިމުވެ އައިސްފައިވާ އަމުރުފުޅެކެވެ‪.‬‬
‫މިހެންކަމުން އެއީ ވާޖިބުކަމެކެވެ‪.‬‬

‫‪5.5‬އެއް މައްސަލައެއްގައި ދެބަސްފުޅެއް އަތުވެއްޖެނަމަ ޢަމަލުކުރާނޭގޮތުގެ ޤަވާޢިދުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި‬


‫ވެއެވެ‪ .‬މިސާލަކަށް ކީރިތި ޤުރްއާނުގައި އެއްމައްސަލައެއްގައި ތަފާތު ދެބަސްފުޅެއް އައިސްފައި‪ ،‬ދެބަސްފުޅު‬
‫ބާވައިލެއްވުނު ތާރީޚު އެނގިއްޖެނަމަ‪ ،‬ކުރިން އައިސްފައިވާ ބަސްފުޅުގެ ޙުކުމަކީ މަންސޫޚުވެފައިވާ ޙުކުމެވެ‪.‬‬
‫އާއި‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫ޢަމަލުކުރެވޭނީ ފަހުގެ ބަސްފުޅުގައިވާ ޙުކުމަށެވެ‪ .‬މީގެ މިސާލަކީ‪ ،‬ކީރިތި ރަސޫލާ‬
‫ޞަޙާބީބޭކަލުން ފުރަތަމަ ނަމާދުކުރައްވައި އުޅުއްވީ ބައިތުލްމަޤްދިސްއާއި ދިމާއަށެވެ‪ .‬އޭގެފަހުން އަލްމަސްޖިދުލްޙަރާމް‬
‫އާއި ދިމާއަށް ކުރިމަތިލައްވައި ނަމާދުކުރެއްވުމުގެ އަމުރުފުޅު ބަޤަރާ ސޫރަތުގެ ‪ 144‬ވަނައާޔަތުގައި އައެވެ‪ .‬މިތަނުގައި‬
‫ފުރަތަމަ ޢަމަލުކުރެވެމުންދިޔަގޮތް ފަހު އާޔަތުން މަންސޫޚުވީއެވެ‪.‬‬

‫‪6.6‬ދީނުގައި ކަނޑައެޅިގެން އައިސްފައިނުވާ މައްސަލަތައް ޤުރްއާނާއި ސުންނަތުގެ އަލީގައި ޙައްލުކުރާނޭ އުޞޫލުތަކާއި‬


‫ޤަވާޢިދުތައް ފިޤުހުޢިލްމުވެރިން ގެންނަވާފައި ވެއެވެ‪ .‬މިސާލަކަށް ޤިޔާސުގައި އައިސްފައިވާ މިސާލުތަކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪132‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު ‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ފިޤުހު ޢިލްމުގެ ފެށުމަކީ ދީން ބާވައިލައްވަން ފެށުނުފެށުމެވެ‪.‬‬

‫‪2.2‬އެބޭކަލުންގެ ނަފްސުތަކުގެ ޠާހިރުކަމާއި‪ ،‬ސީދާ ނަބަވީ މަދަރުސާއިން އުނގެނިވަޑައިގެންފައި ވުމެވެ‪.‬‬

‫‪3.3‬އިސްލާމީ އުންމަތްވަނީ ވަރަށްބޮޑަށް ފުޅާވެެ‪ ،‬މުސްލިމުންގެ ޢަދަދު އެތައްގުނައަކަށް އިތުރުވެ ތަފާތުމައްސަލަތައްވަނީ‬


‫ފެންމަތިވުމެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫މުދައްރިސްގެ އެހީގައި ޕޮއިންޓުތަކުގައި އިޝާރާތްކުރެވޭ‪ ،‬މަޢުލޫމާތުތައް ޓޭބަލެއްގައި އަތުރާލުން‬

‫ޕޮއިންޓުގައި އިޝާރާތްކުރެވޭ މަޢުލޫމާތުތައް ޓޭބަލެއްގައި އަތުރާލާއިރު‪ ،‬ދަރިވަރުންގެ ފޮތުގައިވާ މަޢުލޫމާތުތައް ޓޭބަލްގައި‬


‫އަތުރާލުމަށް އަންގާށެވެ! މިފޮތުގައި އައިސްފައިވާ ބައެއް ޞަޙާބީބޭކަލުން ކިޔަވައިދެއްވި ރަށްތަކާއި‪ ،‬ތާބިޢީ ބޭކަލުން އުފެދުނު‬
‫ރަށްތަކާބެހޭ މަޢުލޫމާތު ދަރިވަރުންގެ ފޮތުގައި ހިމެނިފައިނުވާތީ‪ ،‬އެމަޢުލޫމާތުތައް އެކުދިންނަށް ކިޔައިދީ‪ ،‬އެގޮތަށް ޓޭބަލް‬
‫ފުރިހަމަކުރުމަށް އަންގާށެވެ!‬

‫ޕޮއިންޓުތައް‪:‬‬

‫‪1.1‬ޞަޙާބީބޭކަލުންގެ ތެރެއިން ބައެއް ފިޤްހުޢިލްމުވެރިން‪.‬‬

‫‪2.2‬އެބޭކަލުން ކިޔަވައިދެއްވި ރަށްތައް‪.‬‬

‫‪3.3‬ތާބިޢީބޭކަލުންގެ ތެރެއިން ބައެއް ފިޤްހުޢިލްމުވެރިން‪.‬‬

‫‪4.4‬އެބޭކަލުން އެރަށެއްގައި މަޝްހޫރުވެ ވަޑައިގެންފައިވާ ރަށްތައް ނުވަތަ އޭރިއާ‪.‬‬

‫‪133‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ ‬ ‫ޔުނިޓް ‪ 4‬‬

‫މަޢުލޫމާތުތައް އަތުރާލެވިފައިވާ ޓޭބަލް‬

‫މަޝްހޫރުވެ ވަޑައިގަތް‬ ‫ފިޤްހުޢިލްމުވެރިން (ތާބިޢީ ބޭކަލުން)‬ ‫ކިޔަވައިދެއްވި‬ ‫ފިޤްހުޢިލްމުވެރިން‬


‫ރަށްތައް (ތާބިޢީ ބޭކަލުން)‬ ‫ރަށްތައް (ޞަޙާބީ‬ ‫(ޞަޙާބީ ބޭކަލުން)‬
‫ބޭކަލުން)‬

‫މަދީނާ‬
‫َسعِْي ُد بْ ُن الْ ُم َسيَّب‬ ‫މަދީނާ‬
‫ގެފާނު‬ ‫عُ َمر‬
‫މަދީނާ‬
‫الزبـَْي‬
‫عُْرَوةُ بْ ُن ُّ‬ ‫މަދީނާ‬
‫َزيْ ُد بْ ُن َثبِت‬
‫މަދީނާ‬ ‫س ِال بن عب ِد ِ‬
‫هللا‬ ‫މަދީނާ‬
‫َعائِ َشة‬
‫َ ُ ْ ُ َْ‬ ‫ގެފާނު‬

‫މައްކާ‬ ‫عطَاء بن أَِب ربح‪ُ ،‬م ِ‬


‫اهد‬ ‫މައްކާ‬ ‫عب ُد ِ‬
‫هللا بْ ُن َعبَّاس‬
‫َ ُ ْ ُ ْ ََ َ‬ ‫َْ‬
‫ކޫފާ‬
‫َع ْل َق َمةُ بْ ُن قـَْيس‪َ ،‬سعِْي ُد بْ ُن ُجبـَْي‬ ‫ކޫފާ‬ ‫عب ُد ِ‬
‫هللا بْ ُن َم ْسعُ ْود‬ ‫َْ‬
‫ބަޞްރާ‬
‫ص ِري‪ُ ،‬مَ َّم ُد بْ ُن ِس ِْييْن‬‫اَ ْلَ َس ُن الْبَ ْ‬
‫ث بْ ُن َس ْعد‬ ‫اَللَّْي ُ‬
‫މިޞްރު‬

‫ޝާމްކަރަ‬ ‫اَْلَوز ِ‬
‫اعي‬‫َْ‬

‫ޙަރަކާތް ‪3‬‬
‫ހަތަރުމަޛްހަބުގެ އިމާމުންގެ މަސައްކަތްޕުޅުން އިސްލާމީފިޤުހަށް ލިބުނު ކުރިއެރުމާއި ބެހޭގޮތުން ގުރޫޕުގައި މަޝްވަރާކޮށް‪،‬‬
‫މުދައްރިސްގެ އެހީގައި‪ ،‬އޭގެތެރެއިން ފާހަގަކޮށްލެވޭ ކޮންމެވެސް ދެކަމެއް އޭގެ މިސާލުތަކާއިއެކީ ތަފްޞީލުކުރުން‪.‬‬

‫ގުރޫޕުތަކަކަށް ކުލާސް ބަހާލާށެވެ! އެއަށްފަހު ހަތަރު އިމާމުންގެ ފަރާތްޕުޅުން އިސްލާމީ ފިޤުހަށް ލިބިގެންދިޔަ ކުރިއެރުމާއި‬
‫ބެހޭގޮތުން‪ ،‬މުދައްރިސުންގެ ފޮތުގައި އައިސްފައިވާ މިސާލުތައް ދަރިވަރުންނަށް ކިޔައިދޭށެވެ! ނުވަތަ ބޯޑުގައި ލިޔެދޭށެވެ!‬
‫އެއަށްފަހު ގުރޫޕު މަސައްކަތް ކުރުވާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪134‬‬


‫ޔުނިޓް ‪5‬‬

‫އަޚްލާޤު‬

‫ޔުނިޓްގެ މައިގަނޑު މައުޟޫޢުތައް‬

‫● ●އިންސާނީ ޙަޔާތުގައި ރިވެތި ޢަޚްލާޤުގެ މުހިންމުކަން‬

‫● ●ކީރިތި ޤުރްއާނަށް ލޯބިކުރުމަކީ ކޮބައިކަމާއި ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ މުހިންމުކަން‬

‫● ●ހެޔޮނުބައި ދެނެގަތުމުގައި ބަލަންޖެހޭ މިންގަނޑަކީ ކޮބައިކަން‬

‫● ●އިޚްލާޞްތެރިކަމަކީ ކޮބައިކަމާއި އިޚްލާޞްތެރިކަމުގެ މުހިންމުކަން‬

‫● ●އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް މަގުމަތީގެ އަދަބުތަކާއި ވާހަކަ ދެއްކުމުގެ އަދަބުތައް‬

‫● ●ލަދުވެތިކަމަކީ ކޮބައިކަމާއި ލަދުވެތިކަމުގެ މުހިންމުކަން‬

‫● ●ފާޙިޝްޢަމަލުތަކަކީ ކޮބައިކަމާއި ފާޙިޝްޢަމަލުތަކުގެ ނުބައިކަން‬

‫މައިގަނޑު ޤާބިލިއްޔަތު‪:‬‬

‫● ●ދޭހަވުމާއި ދޭހަކޮށް ދިނުން‬

‫ގެ ސުންނަތަށް އުޅެން ދަސްވުން‬ ‫الل َعلَْي ِه َو َسلَّ َم‬


‫صلَّي ّ‬
‫َ‬ ‫● ●ކީރިތި ރަސޫލާ‬

‫● ●ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުން‬

‫● ●އެހެން މީހުންނާ ގުޅިގެން އުޅުން‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ރިވެތި އަޚްލާޤުގެ މުހިންމުކަން‬


‫‪1‬‬
‫ފިލާވަޅުން ހާސިލުވާނޭ މިންވަރު‪:‬‬

‫‪1.1‬ރިވެތި އަޚްލާޤަކީ ކޮބައިކަން އެނގުން‬

‫‪2.2‬އިސްލާމްދީނުގައި ރިވެތި އަޚްލާޤަށް ދެއްވާފައިވާ އަހައްމިއްޔަތު އެނގުން‬

‫‪3.3‬ރިވެތި އަޚްލާޤުގެ ފައިދާ އެނގުން‬

‫‪4.4‬ރިވެތި އަޚްލާޤުގެ ސިފަތައް ހަރުލައްވަން މަސއްކަތް ކުރުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ‬ ‫‪2.2‬ރިވެތި އަޚްލާޤާގުޅޭ ވާހަކައެއް ކްލާހަށް ކިޔައިދިނުން‬

‫ތަސްވީރު‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް‬

‫ސްމާރޓް ބޯޑު‬ ‫ބޯޑުގައި ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫ޕްރޮޖެކްޓަރ‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬ރިވެތި އަޚްލާޤުގެ މުހިންމުކަމާ‬


‫ގުޅޭގޮތުން އެގުނު އިތުރު މަޢުލޫމާތު ފޮތުގައި މަޝްވަރާކުރުން‬

‫‪5.5‬އަޚްލާޤީގޮތުން ދަށްފެންވަރުގެ މީހުންނަށް ކުރިމަތިވެފައިވާ ތާރީޚީ ޙާދިޘާތައް‬


‫ކިޔައިދިނުން‬

‫ކިއަވައިދިނުމުގައި ބޭނުންކުރެވިދާނެ އިތުރު ބައެއް މަޢުލޫމާތު‬


‫ރަސޫލާ صلّى‬ ‫‪1.1‬ރިވެތި އަޚްލާޤަކީ އިސްލާމްދީނު އެމައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް އަސާސެވެ‪ .‬މާތް‬
‫ގެ ޙަދީޘެއްގެ މާނާގައިވެއެވެ‪" .‬ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު‬ ‫هللا عليه وسلّم‬
‫ފުރިހަމަކޮށްދިނުމަށް ޓަކައެވެ‪".‬‬

‫‪2.2‬ރިވެތި އަޚްލާޤު މުޖުތަމަޢުން ނެތިދިއުމަކީ އެބައެއްގެ ނެތިދިއުމެވެ‪ .‬އިންސާނީ ޙަޟާރަތްތައް ދިރާސާކުރާ ޢިލްމުވެރިއަކު‪،‬‬
‫މުސްލިމުންގެ ބާރުވެރިކަން އަންދަލުސުން ނެތިދިއުމުގެ ސަބަބަށް އިޝާރާތްކޮށް ލިޔެފައި ވެއެވެ‪ .‬މުސްލިމުން އެމީހުންގެ‬
‫ދީނުގެ އަޚްލާޤިއްޔާތުގައި ހިފައިގެން ތިބިއިރު އެމީހުން ދިޔައީ އަންދަލުސްއާއި ދުނިޔޭގެ އެހެނިހެން ބައްރުތަކުގައި‬
‫ކުރިހޯދަމުންނެވެ‪ .‬އެހެނަސް‪ ،‬އެމީހުން އެ އަޚްލާޤިއްޔާތުތައް ދޫކޮށްލުމާއެކު‪ ،‬އެމީހުންގެ އަތުން އަންދަލުސްވެސް ގެއްލި‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪136‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ބާރުވެރިކަން ނެތިދިޔައީއެވެ‪.‬‬

‫‪3.3‬މުސްލިމު ޢިލްމުވެރިން ވިދާޅުވާގޮތުގައި އަޚްލާޤު ތިންބަޔަކަށް ބެހިގެންވެއެވެ‪ .‬އެއީ‪:‬‬

‫ (‪ )1‬މިނިކާ ޖަނަވާރުންގެ އަޚްލާޤާއި ( ޖަންގަލީގެ ހަމަތަކަށް ގެންގުޅޭ މިޒާޖުތަކެވެ‪).‬‬

‫ (‪ )2‬ޝައިޠާނީ އަޚްލާޤާއި ( މިއީ‪ ،‬ބޮޑާކަމާއި ހަސަދަވެރިކަމުގެ މިޒާޖުގެ އަޚްލާޤެވެ‪).‬‬

‫ (‪ )3‬އަދި މަލާއިކަތުންގެ އަޚްލާޤެވެ‪ ( .‬އިންސާނުންގެ ކަރާމަތާގުޅޭ ރިވެތި އަޚްލާޤެވެ‪) .‬‬

‫‪ 524.4‬މަދަނިއްޔަތެއް ދިރާސާކުރި ހުޅަނގުގެ ޢިލްމުވެރިޔަކު ލިޔުއްވާފައިވެއެވެ‪ .‬އެހުރިހާ މަދަނިއްޔަތެއް ބަލިކަށިވެ‬


‫ނެތިދިޔައީ އެމީހުންގެ އަޚްލާޤީ މިންތައް ދޫވެ ބަލިކަށިވެ ދިއުމުންނެވެ‪.‬‬

‫وسلّمގެ އާދަޔާ ޚިލާފު ޚުލްޤުފުޅަށް ބަލާއިރު‪ ،‬އެކަލޭގެފާނަކީ ވަރަށް‬ ‫صلّى هللا عليه‬ ‫‪5.5‬ކީރިތި މާތް ނަބިއްޔާ‬
‫ތަވާޟުޢުވެރި ބޭކަލެކެވެ‪ .‬މިގޮތުން އަޞްޙާބުންނާއެކުގައި އިންނަވާއިރު އެކަލޭގެފާނަށް ވަކިޚާއްޞަ ކަންތައްތަކެއް‬
‫ހަމަޖައްސަވާފައި ނުހުންނަކަން ފާހަގަކުރެވެއެވެ‪ .‬އަދި މަގުމަތީގައި ހިންގަވާއިރު އަޞްޙާބުންނަށް ވިދާޅުވެއެވެ‪.‬‬
‫ތިމަންކަލޭގެފާނުގެ ކުރިމަތީގައި ތިބޭކަލުން ތިއްބަވާށެވެ! ތިމަންކަލޭގެފާނު ބޭނުންފުޅުވަނީ މަގުމަތީގައި ހިންގަވާއިރު‬
‫ތިމަންކަލޭގެފާނުގެ ބުރަކަށިފުޅު މަލާއިކަތްބޭކަލުންނަށް ފެންނާެނެހެން ހިންގަވާށެވެ! އަދި އިށީނދެވަޑައިގެން‬
‫އިންނަވާއިރު‪ ،‬ދުވަހަކުވެސް އެހެންމީހުންނާއި ދިމާލަށް ފައިންޕުޅު ދިއްނުކުރައްވައެވެ‪.‬‬

‫‪6.6‬އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުރިހާ އަޅުކަންތަކެއްގައިވެސް ރިވެތި އަޚްލާޤު އަށަގެންނެވުމަށް ބާރުއަޅުައްވާފައި‬


‫ވެއެވެ‪ .‬މިގޮތުން‪:‬‬

‫‪7.7‬ނަމާދު‪ :‬ނަމާދު އަދާކުރެވެނީ ހަށިގަނޑާއި ފޭރާން ސާފުތާހިރުކޮށްގެންނެވެ‪ .‬މިގޮތުން ހިނައިގަތުމާއި ވުޟޫއުކުރުން‬

‫ﱫﭑ ﭒ ﭓ‬ ‫ދީނުގައިވެއެވެ‪ .‬ނަމާދުކުރުމުން‪ ،‬ފާޙިޝްކަންތަކާއި މުންކަރާތްތަކުން ސަލާމަތްވެއެވެ‪.‬‬

‫ﭔﭕﭖﭗﭘ ﭙﭚﭛﭜﭝﭞ‬
‫(املائدة ‪) 6‬‬ ‫ﭟ ﭠ ﭡﭢ ﭣ ﭤ ﭥ ﭦ ﱪ‬
‫"އޭ إميانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ‪( ،‬އެބަހީ‪ :‬ނަމާދުކުރާން قصدކޮށްފިނަމަ)‬ ‫ ‬
‫ފަހެ‪ ،‬ތިޔަބައިމީހުންގެ މޫނުތަކާއި‪ ،‬ތިޔަބައިމީހުންގެ އަތްތައް‪ ،‬އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ‬
‫ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން‬
‫ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ‪ ،‬ފަހެ‪ ،‬ތިޔަބައިމީހުން طاهرވެގަންނާށެވެ!"‬

‫ﱫ ﯠ ﯡﯢ ﯣ ﯤ ﯥ ﯦ ﯧ ﯨﯩ ﯪ ﯫ‬ ‫ ‬

‫ﯬﯭ ﯮ ﯯ ﯰ ﯱ ﱪ (العنكبوت ‪)45‬‬

‫"އަދި ކަލޭގެފާނު ނަމާދު قائمކުރައްވާށެވެ! ހަމަކަށަވަރުން‪ ،‬ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި‪ ،‬منكراتތައް ނަހީކުރާ‬ ‫ ‬
‫ހަނދުމަ ކުޅައުމަކީ‪ ،‬އެންމެ ބޮޑު ކަންތަކެވެ‪".‬‬ ‫الل‬
‫َّ‬ ‫ކަމެކެވެ‪ .‬އަދި ހަމަކަށަވަރުން‪،‬‬

‫‪137‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫(التوبة ‪)103‬‬ ‫ﱫﮚ ﮛ ﮜ ﮝ ﮞ ﮟ ﮠ ﮡ ﮢﱪ‬ ‫ ‬

‫" އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهرކުރައްވާނޭ‪ ،‬އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صدقات‬ ‫ ‬
‫ِ‬
‫الصيَ ُام‬
‫އެއް‪ ،‬އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލޭގެފާނު دعاءކުރައްވާށެވެ! " َو ّ‬
‫َح ٌد أ َْو قَاتَـلَهُ فَـ ْليَـ ُق ْل‪ :‬إِِّن‬
‫ب‪ ،‬فَإ ْن َسابَّهُ أ َ‬
‫ص َخ ْ‬ ‫َح ِد ُك ْم فَ َل يَ ْـرفُ ْ‬
‫ث‪َ ،‬وَل يَ ْ‬ ‫ُجنَّةٌ‪َ ،‬وإذا َكا َن يـَْوم َ‬
‫ص ْوم أ َ‬
‫صائِ ٌم‪( "،‬رواه البخاري ومسلم)‬ ‫ْامُرٌؤ َ‬
‫"އަދި ރޯދައަކީ ރައްކާތެރިކަމެކެވެ‪ .‬އަދި ތިޔަބއިމީހުންގެ ތެރެއިން މީހަކު ރޯދައަށްހުންނަނަމަ‪ ،‬ދުލުން ނުބައިބަސްތައް‬ ‫ ‬
‫ނުބުނެ‪ ،‬އަދި ހުތުރުކަންތައްކުރުމުން ދުރުވާހުށިކަމެވެ‪ .‬އަދި ރޯދައަށް ހުރުމުގެތެރޭގައި މީހަކު‪ ،‬ޒުވާބުކޮށް‬
‫ހަނގާކުރިނަމަވެސް އެމީހަކަށް ބުނާހުށިކަމެވެ‪ .‬އަހަރެންމީ ރޯދައަށް ހުރިމީހެކެވެ‪" .‬‬

‫ُمهُ" (البخاري)‬
‫َولَ َدتْهُ أ ُّ‬ ‫ث َوَلْ يَـ ْف ُس ْق َر َج َع َكيَ ْـوِم‬
‫" َم ْن َح َّج فَـلَ ْم يَ ْـرفُ ْ‬ ‫ ‬

‫" ނުބައި ބަސްތައް ގޮވުމުންނާއި ފާސިޤު ޢަމަލުތަކުން ރައްކާތެރިވެ ޙައްޖުގެ އަޅުކަން އަދާކޮށްފިމީހާ‪ ،‬އެއަޅުކަމުން‬ ‫ ‬
‫އެނބުރި އަންނާނީ ދުނިޔެއަށް އުފަންވި ސާފުމީހެއް ފަދައިންނެވެ‪".‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ރިވެތި އަޚްލާޤަކީ؛ ތިމާގެ ނަފުސުގައި ހަރުލައްވައި ބިންވަޅުކުރެވިފައިވާ ރީތިސިފަތަކާއި އާދަތަކެވެ‪.‬‬

‫‪)1(2.2‬ރިވެތި އަޚްލާޤުން ތިމާގެ ޤަދަރާއި ޝަރަފު މަތިވެރިވުން‬

‫ (‪)2‬ރަސޫލުންނާއި ނަބީންގެ ސިފަފުޅަކީ ރިވެތި އަޚްލާޤު‬

‫‪ )1(3.3‬އިސްލާމްދީނަކީ މަކާރިމުލް އަޚްލާޤުގެ ދީންކަން‬

‫ގެ އެންމެ މުހިންމު މަސައްކަތްޕުޅަކީ ރިވެތި އަޚްލާޤު ދަސްކޮށްދިނުން‬ ‫صلّى هللا عليه وسلّم‬ ‫ (‪ )2‬މާތް ރަސޫލާ‬

‫ (‪ )3‬އަޚްލާޤަކީ އިސްލާމްދީނުގެ ތެރޭގައި ހިމެނޭ ކަމެއްކަން‬

‫ފުއްސަވާކަން‬ ‫ﷲ‬ ‫‪ )1(4.4‬ތިމާކުރާ ފާފަތައް‪ ،‬ރިވެތި އަޚްލާޤުގެ ސަބަބުން މާތް‬

‫ (‪ )2‬އެންމެ ގިނަބަޔަކު ސުވަރުގެއަށް ދަނީ އެމީހުންގެ ޚުލްޤުގެ ހެޔޮކަމުންކަން‬

‫ (‪ )3‬މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުވަނީ ރިވެތި އަޚްލާޤުގެ ސަބަބުންކަން‬

‫ (‪ )4‬ތިމާގެ ޤަދަރު މަތިވެރިވަނީ ރިވެތި އަޚްލާޤުގެ ސަބަބުންކަން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުން ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަނގަޅުކަމުގައި ބަލަންވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪138‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ރިވެތި އަޚްލާޤު ގެއްލިފައިވާ ބައެއް މުޖުތަމަޢުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ‪ .‬ގްރޫޕު‬
‫މަޝްވަރާއަށްފަހު‪ ،‬މުދައްރިސުގެ އެހީގައި މިފަދަ ‪ 5‬ބައެއް މިސާލާއެކު ކްލާހަށް ހުށައަޅާށެވެ!‬

‫ޞާލިޙުގެފާނުގެ ޤައުމު‬ ‫‪1.1‬މިނެކިރުމުގައި މަކަރުހެނދުން ‬

‫ފިރްޢައުނު‬ ‫‪2.2‬ބޮޑާކަމާއި ކިބުރުވެރިކަން ‬

‫ލޫޠުގެފާނުގެ ޤައުމު‬ ‫‪3.3‬ފާޙިޝްޢަމަލުކުރުން ‬

‫ޤާރޫނު‬ ‫‪4.4‬ނިޤުމަތަށް ޝުކުރުނުކުރުން ‬

‫ޔޫސުގެފާނުގެ އަޚުން‬ ‫ ‬
‫‪5.5‬ޙަސަދަވެރިކަން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫"ދިވެހި މުޖުތަމަޢުން ގެއްލެމުންދާ ރިވެތި އަޚްލާޤު" މިސުރުޚީގެ މައްޗަށް ލީފްލެޓެއް ތައްޔާރުކުރުން‬

‫‪139‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ހެޔޮނުބައި ދެނެގަންނާނެގޮތް‬ ‫‪2‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ހެޔޮނުބައި ދެނެގަތުމަކީ ކޮބައިކަން އެނގުން‬

‫‪2.2‬ހެޔޮނުބައި ދެނެގަތުމުގެ މިންގަނޑުތައް އެނގުން‬

‫‪3.3‬އިސްލާމްދީނުގައިވާ ހެޔޮކަންތަކާއި ނުބައިކަންތައް ބުނުން‬

‫‪4.4‬ހެޔޮކަންތަކާއި ނުބައިކަންތައް ދެނެގަނެ ސީދާމަގުގައި ހުންނަން އެނގުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ‬ ‫‪2.2‬ހެޔޮނުބައި ވަކިކުރުމުގައި ދަރިވަރުން ޢަމަލުކުރާގޮތް ނޯޓްކުރުވުން‬


‫ވީޑިއޯ ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި‬
‫ތަސްވީރު ‬ ‫ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫ސްމާރޓް ބޯޑު‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ މުހިންމުކަމާ‬


‫ޕްރޮޖެކްޓަރ‬ ‫ގުޅޭގޮތުން އެގުނު އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ހެޔޮނުބައި ދެނެގަތުމުގައި ބައެއް ރަސޫލުބޭކަލުން ޢަމަލުކުރެއްވި ގޮތުގެވާހަކަ‬


‫ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއިން ބައެއްމީހުން ރަގަޅާއި ނުރަގަޅު ދެނެގަތުމުގައި ބަލަމުން ގެންދިޔައީ ބުއްދީގެ‬
‫މިންގަނޑެވެ‪ .‬ބުއްދިއަށް ރަގަޅުހެޔޮ ކޮންމެކަމެއް ރަގަޅުކަމެއްކަމަށް ދެކެއެވެ‪ .‬ނުބައިކޮންމެ ކަމެއް އެގޮތަށް ދެކެއެވެ‪.‬‬

‫‪2.2‬ހުޅަނގުގެ މަޝްހޫރު ފިލޯސަފަރ ދާންޓޭ ލިޔުއްވާގޮތުގައި‪ ،‬އިންސާނާގެ ނަފުސަކީ އަގެއްނެތް ދުނިޔަވީ‬


‫މަޞްލަޙަތުތަކުގެ ފަހަތުން ދާއެއްޗެއްކެވެ‪ .‬އެހެންކަމުން‪ ،‬އިންސާނިއްޔަތު ބެލެހެއްޓުމަށްޓަކައި ޤާނޫނާއި އެޤާނޫނު‬
‫ތަންފީޒުކުރާނެ ވެރިޔަކު ކޮންމެހެންވެސް ބޭނުންވެއެވެ‪.‬‬

‫‪3.3‬އަފްލާޠޫން ވިދާޅުވިއެވެ‪ " .‬ނުބައިކަން ޙަރަކާތެއްވެ‪ ،‬އެކަންފާޅުނުވިޔަސް‪ ،‬ބިރުވެރިކަން އުފައްދައެވެ‪ .‬އަދި އެކަން‬
‫ފާޅުވެއްޖެ ހިނދެއްގައި ވޭން އުފަންކުރުވައެވެ‪ .‬އަދި ހެޔޮކަމުގެ ތަޞްވީރު ޙަރަކާތްވެލައި‪ ،‬އެކަން ފާޅުނުވިނަމަވެސް‪،‬‬
‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪140‬‬
‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫އުފާވެރިކަން އުފަންކުރުވައެވެ‪ .‬އަދި އެކަން ފާޅުވެއްޖެނަމަ‪ ،‬ފޮނިކަމާއި ލައްޒަތު އުފަންކުރުވައެވެ‪" .‬‬

‫‪4.4‬އިސްލާމީ ފިލޯސަފަރ އަލްއިމާމު ޙާމިދުލް ޣަޒާލީ ވިދާޅުވާގޮތުގައި ބާއްޖަވެރިކަމަށް މަގުދައްކާކޮންމެ ކަމަކީ‬


‫ރަގަޅުކަމެކެވެ‪.‬‬

‫‪5.5‬އިބްރާހީމްގެފާނު ހެޔޮމަގު ހޯދުމަށްޓަކައި ކައުނުގައިވާ ކަންތައްތަކާމެދު ވިސްނާ ފިކުރު ކުރެއްވވެވިއެވެ‪ .‬ބުއްދީގެ‬


‫ހަމަތަކުގެ މަތީން އެންމެ ރަގަޅުގޮތް ދެނެގަތުމަށްޓަކައެވެ‪ .‬ނަމަވެސް އާޚިރުގައި އެއީ ރަގަޅުގޮތްނޫންކަން އެކަލެގެފާނަށް‬
‫ވިސްނިވަޑައިގަތެވެ‪.‬‬

‫ބާވައިލެއްވިއެވެ‪.‬‬ ‫ﷲ‬ ‫‪6.6‬އާދަމުގެ ދަރީންނަށް ހެޔޮގޮތާއި ނުބައިގޮތް އަންގާދިނުމަށްޓަކައި އެމީހުންގެ މައްޗަށް ދީން މާތް‬
‫އަދި އަސޫލުން މެދުވެރިކުރައްވައި ޝަރީޢަތްތައް ފޮނުއްވަވަމުން ގެންދެވިއެވެ‪.‬‬

‫‪7.7‬އާދަމުގެފާނު އުފައްދަވައި އެކަލޭގެފާނަށް ބިމުގެ ޚަލީފާކަން ދެއްވައި މާތް ގެ ވަޙީބަސްފުޅު ކަނޑައެޅުއްވެވެިއެވެ‪.‬‬


‫"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމެވެ‪ ( "!.‬އަލްބަޤަރާ‪" ) :‬އަދި އެކަލާނގެ‬
‫އާދަމުގެފާނަށް ހުރިހާކަލިމަތަކެއް އުގަންނަވައިދެއްވިއެވެ‪ ( ".‬އަލްބަޤަރާ‪) :‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ހެޔޮނުބައި ދެނެގަންނާނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ މިންގަނޑު ތެރެއިންނެވެ‪.‬‬

‫‪2.2‬ހެޔޮނުބައި ދެނެގަތުމުގައި އިސްލާމްދީނުގައިވާ މިންގަނޑަކީ ‪:‬‬

‫ (‪ )1‬ދީނަށް ގެއްލުންވާ ކޮންމެ ކަމަކީ ނުބައިކަމެއް‬

‫ (‪ )2‬ނަފުސަށް ގެއްލުންވާ ކޮންމެ ކަމަކަީ ނުބައިކަމެއް‬

‫މިއާޔަތުން ދޭހަވާ ‪ 3‬ކަމެއް ލިޔުން‬ ‫َش ٍ‬


‫ئ"‬ ‫اب ِم ْن‬
‫‪"3.3‬ما فـَّرطْنَا ِف الْ ِكتَ ِ‬
‫َ َ‬
‫ (‪ )1‬ދީނުގެ ޙުކުމްތައްވަނީ ކަނޑައަޅުއްވާފައިވުން‬

‫ (‪ )2‬ކީރިތި ޤުރްއާނުގައި މިކަމުގެ އަސާސުތައް ވުން‬

‫ (‪ )3‬ދީނުގެ ހަމައިން ބޭރުން ހެޔޮނުބައި ވަކިނުކުރެވޭނެކަން‬

‫ހެޔޮކަމުގެ މިންގަނޑު ކަނޑައަޅަނީ ބުއްދީން ހެއްޔެވެ؟ ނުވަތަ ޝަރްޢުން ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟‬
‫އިސްލާމްދީނުގައި ހެޔޮނުބައި ދެނެގަތުމުގެ މިންގަނޑު ކަނޑައަޅަނީ އިލާހީ ވަޙްޔުންނެވެ‪ .‬ބުއްދިއަކީ މިކަން ކަނޑައެޅުމުގައި‬
‫ހަމައެކަނި މިންކުރެވެން އޮތް ތަރާދެއްނޫނެވެ‪ .‬އެއީ ބުއްދިއަށް އެވަރުގެ ޤާބިލުކަން ލިބިގެންނުވާތީއެވެ‪.‬‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުން ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫‪141‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ހެޔޮނުބައި ވަކިކުރުމަށް ދީނުގައި ދައްކާފައިވާ މިންގަނޑާމެދު ގްރޫޕުތަކުގައި މަޝްވަރާކޮށް ފާހަގަކުރެވުނު‪ ،‬ކަންތައްތައް ކްލާހަށް‬
‫ހުށައަޅާށެވެ!‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫މިޒަމާނުގައި ހެޔޮނުބައި ވަކިކުރުމުގައި އިންސާނުންނަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް ވަރަށްގިނަމީހުން‬
‫ޤަބޫލުކުރެއެވެ‪ .‬މިކަން އޮޅުންފިލުވާދިނުމުގެ ގޮތުން މަޢުލޫމާތު ކަރުދާހެއް ތައްޔާރުކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪142‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ތެރިކަން‬ ‫إخالص‬ ‫‪3‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬އިޚްލާޞްތެރިކަމަކީ ކޮބައިކަން އެނގުން‬

‫‪2.2‬މިކަމުގެ ޚުޞޫޞިއްޔަތުތައް އެނގުން‬

‫‪3.3‬އިޚްލާޞްތެރިކަމުން ލިބޭ ފައިދާ ބުނަންއެނގުން‬

‫‪4.4‬އިޚްލާޞްތެރިކަމުގެ ރިވެތި މިސާލުތައް ކިޔައިދިނުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ ‬ ‫ ‪1.‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ‬ ‫ ‪2.‬އިޚްލާޞްތެރިވުން ދަރިވަރުންނަށް ވިސްނޭގޮތް ނޯޓްކުރުވުން‬

‫ތަސްވީރު ‬ ‫ ‪3.‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި‬

‫ސްމާރޓް ބޯޑު‬ ‫ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫ޕްރޮޖެކްޓަރ‬ ‫ ‪4.‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬އިޚުލާޞްތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން‬


‫އެގުނު އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫ ‪5.‬އިޚްލާޞްތެރިނުވުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬އިޚްލާޞް ގެ މާނަ‪ :‬އައްޝައިޚު އައްޝަޢުރާވީ ވިދާޅުވާގޮތުގައި އިޚްލާޞްތެރިކަމަކީ‪ :‬އިންސާނާނެ ނަފުސުގެ ކޮންމެ‬
‫ފިޔަވައި އެހެންފަރާތަކަށް އެކަން އެހެންފަރާތަކަށް‬ ‫ﷲ‬ ‫ގެ ވަޖުހުފުޅަށް ޚާއްޞަކުރުމެވެ‪ .‬މާތް‬ ‫ﷲ‬ ‫ޙަރަކާތެއް މާތް‬
‫މުރާދުކޮށްފިނަމަ‪ ،‬އެވާނީ ދެއްކުންތެރިކަމަށެވެ‪.‬‬

‫ސުބްޙާނަހޫ ވަތަޢާލާއަށް އެޖަހެރި ކުރުމެވެ‪.‬‬ ‫ކިޔަމަންތެރިވުމުގެ ޤަޞްދާއި ނިޔަތް ﷲ‬ ‫‪2.2‬އެއީ؛‬

‫ِ‬
‫ދިމިޝްޤުގެ މަގެއްމަތީގައި ހިންގަވައި‬ ‫ރޭހެއް އޮތްދުވަހެއްގައި‪ ،‬އެއްފަހަރަކު بِالَ ُل َرض َي هللا َعْنهُ‬ ‫‪3.3‬އަސް‬
‫ވަޑައިގަންނަވަނިކޮށް ޒުވާނަކު އެކަލޭގެފާނަށް ދެންނެވިއެވެ‪ .‬އަސްރޭހުން ކުރިހޯދަނީ ކާކުހެއްޔެވެ؟ އެހިނދު އެކަލޭގެފާނު‬
‫ވިދާޅުވިއެވެ‪" .‬ކުރިފަސް ހޯދީ އިޚްލާޞްތެރީންނެވެ‪ ".‬އެހިނދު‪ ،‬އެޒުވާނާ ދެންނެވިއެވެ‪ .‬އަހަރެން މިސުވާލުކުރީ އަސްރޭހާ‬
‫ބެހޭގޮތުންނެވެ‪ .‬ބިލާލުގެފާނު ވިދާޅުވިއެވެ‪ .‬އަހަރެން ތިބާއަށް އިރުޝާދު މިދިނީ ހެޔޮމަގަށެވެ‪.‬‬

‫‪143‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ﱫ ﯓ ﯔ ﯕ ﯖ ﯗ ﯘ ﯙ ﯚ ﯛ ﱪ (األنعام‪)162 :‬‬ ‫ ‬

‫ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން‪ ،‬ތިމަންކަލޭގެފާނުންގެ ނަމާދާއި‪ ،‬ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި‪،‬‬ ‫ ‬


‫اللއަށެވެ‪.‬‬
‫ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި‪ ،‬ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ‪ ،‬عاملތަކުގެ ވެރި َّ‬
‫ﱫ ﮘ ﮙ ﮚ ﮛ ﮜ ﮝ ﮞ ﮟ ﮠ ﮡ ﮢ ﮣ ﮤﮥ ﮦ ﮧ‬
‫ﮨ ﱪ(البينة‪)5 :‬‬

‫قائم‬ ‫اللއަށް އަޅުކަންކުރުމަށާއި‪ ،‬ނަމާދު‬


‫اللއަށް އަޅުކަން خالصކުރާ حال‪َّ ،‬‬
‫މަގުން އެއްކިބާވެތިބެ‪َّ ،‬‬ ‫"ابطل‬ ‫ ‬
‫ކުރުމަށާއި‪ ،‬ޒަކާތްދިނުމަށް މެނުވީ‪ ،‬އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ‪ .‬އަދި ސީދާވެގެންވާ دينއަކީ‬
‫އެއީއެވެ‪".‬‬

‫ﭾ ﭿ ﮀ ﮁ ﮂ ﮃ ﮄ ﱪ (الزمر‪)2 :‬‬ ‫ﱫﭻ ﭼ ﭽ‬


‫دين‬ ‫اللއަށް‬
‫" ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ حقގޮތުގައި ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ‪ .‬ފަހެ‪َّ ،‬‬ ‫ ‬
‫خالصކުރާ حال‪ ،‬ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! "‬

‫(يوسف‪)24 :‬‬ ‫ ﱫﭾ ﭿ ﮀ ﮁ ﱪ‬
‫ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عملއާއި‪ ،‬ހުތުރުކަންބޮޑު ފާފަ‬ ‫دليل‬ ‫އެފަދައިން (އެ‬ ‫ ‬
‫ދުރުކުރެއްވުމަށްޓަކައެވެ‪ .‬ހަމަކަށަވަރުން‪ ،‬އެކަލޭގެފާނު ވަނީ‪ ،‬ތިމަންރަސްކަލާނގެ خيارކުރެއްވި އަޅުންގެ ތެރެއިންނެވެ‪.‬‬

‫‪4.4‬ޙައްޖާއި ޢުމްރާގެ އަޅުކަމުގައިވަނީ އިޚްލާޞްތެރިކަން‪ ،‬މި ދެއަޅުކަމުގެ ތެރޭގައި ކިޔާ ތަލްބިޔާއަށް މާނަ އަށް‬
‫ވިސްނާލުމުން މިކަން ވަރަށްރަގަޅަށް ދެހަވާނެއެވެ‪.‬‬

‫‪5.5‬އިޚްލާޞްތެރިކަމުގެ ބައެއް މިސާލުތައް‪:‬‬

‫● ●މަރްޔަމުގެފާނުގެ މަންމާފުޅުގެ ވާހަކަ އާލުޢިމްރާނު ސޫރަތުގައިވަނީ އެކަމަނާގެ އިޚްލާޞްތެރިކަން ބަޔާންކޮށްދެއްވުމުގެ‬


‫ގޮތުންކަމަށް ޢިލްމުވެރިން ވިދާލުވެއެވެ‪ .‬އެކަމަނާ މާތް ﷲއަށް ދަރިކަލަކު ދެއްވާތޯ ދުޢާކުރެއްވި އެދަރިކަލަކު‬
‫ރަގަޅުގޮތުގައި ތަރުބިޔަތުކޮށް ބައިތުލް މަޤްދިސް ރޫމީންގެ އަތްދަށުން މިނިވަނކުރުމަށްޓަކައެވެ‪.‬‬

‫އަޅުއްވާކޮންމެ ފިޔަވަޅެއްވެސް އަޅުއްވަނީ ނިޔަތަކާއެކުގައެވެ‪.‬‬ ‫عمر بن عبد العزيز رضي هللا عنه‬ ‫● ●ބުނެވޭގޮތުގައި‬
‫ގެ ވަޖްހުފުޅު އަދައި ގެންނެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫އަވަހާރަވީ ދުވަހު އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރެއްވުމަށް ‪70‬‬ ‫● ●سعد بن معاذ رضي هللا عنه‬
‫އިޒްނަފުޅާއެކު ބިމަށް ފާބައިވަޑައިގެންނެވީ އެކަލޭގެފާނުގެ ޢަމަލުފުޅުގެ‬ ‫ހާސް މަލާއިކަތްބޭކަލުން މާތް ﷲ ގެ‬
‫އިޚްލާޞްތެރިކަމުގެ ސަބަބުންކަމަށް ރިވާވެގެންވެއެވެ‪.‬‬

‫އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުކަމުން ޢުމަރުގެފާނު ވަކިކުރެއްވުމުންވެސް‪،‬‬ ‫‪ .‬خالد بن الوليد رضي هللا عنه‬
‫އިހުނަށްވުރެ ބޮޑަށް ލަޝްކަރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވިއެވެ‪ .‬އަދި ވިދާޅުވިއެވެ‪" .‬އަހަރުމެން ޝާމްކަރަ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪144‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫އަށްޓަކައެވެ‪ .‬ޢުމަރު ބިން ޚައްޠާބަކަށް ނޫނެވެ‪".‬‬ ‫ﷲ‬ ‫ފަތަޙަކުރަނީ މާތް‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬އިޚްލާޞްތެރި ކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟‬

‫ގެ އަމުރުފުޅުތަކާއެއްގޮތަށް‪ ،‬އެކަލާނގެ ޙަޟްރަތުން‬ ‫ﷲ‬ ‫ޢިލްމުވެރިންގެ އަރިހުގައި މިބަސް މާނަކުރެވެނީ ؛ މާތް‬ ‫ ‬
‫ރުހިވޮޑިގަތުމާއި ޘަވާބަށް އެދިހުރެ‪ ،‬ތިމާކުރާ ކޮންމެ ހެޔޮ ޢަމަލެކެވެ‪.‬‬

‫‪2.2‬އިޚްލާޞްތެރިކަމުގެ ޚުޞޫޞިއްޔަތުގެ ތެރެއިންވާ ދެ ކަމެއް ލިޔާށެވެ!‬

‫ (‪)1‬އިންސާނަކު އިޚްލާޞްތެރިކަމާއެކު ކުރާހެޔޮ ޢަމަލު ޝައިޠާނާގެ ވަސްވާހުން ބޭރުވެ‪ ،‬އޭނާއަށް ބާރުނުފޯރުވުން‬

‫ (‪)2‬ތިމާކުރާ ޢަމަލާކީ އިޚްލާޞްތެރި ޢަމަލެއްތޯ ދެނެގަނެ ލިޔުއްވުމުގެ ކުޅަދާނަކަން މަލާއިކަތްބޭކަލުންނަށް‬


‫ލިބިވަޑައިގެންފައި ނުވުން‬

‫كورا" މި އާޔަތުން ދޭހަވާ ‪ 3‬ކަމެއް ބަޔާންކުރާށެވެ!‬


‫ُش ُ‬ ‫يد ِمْن ُك ْم َجَزاءً َوَل‬ ‫‪"3.3‬إَِّنَا نُطْعِم ُكم لِوج ِه َِّ‬
‫الل َل نُِر ُ‬
‫ً‬ ‫ُ ْ َْ‬
‫ތިޔަބައިމީހުންގެ ކިބައިން އެކަމުގެ‬ ‫اللގެ وجهފުޅަށްޓަކައެވެ‪.‬‬
‫ "ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ‪َّ ،‬‬
‫އުޖޫރައެއް‪ ،‬އަދި شكرއެއްވެސް ތިމަންމެން ނޭދެމުއެވެ‪".‬‬

‫‪4.4‬އިޚްލާޞްތެރިކަމުން ލިބޭ ‪ 3‬ފައިދާއެއް ބަޔާން ކުރާށެވެ!‬

‫ގެ ލޯތްބާއި މަދަދުވެރިކަން ލިބުން‬ ‫ﷲ‬ ‫ (‪ )1‬މާތް‬

‫ (‪ )2‬ފާފަފުއްސެވެން‬

‫ (‪ )3‬މުޖުތަމަޢުގައި ޤަދަރުވެރި މީހަކަށްވުން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުން ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫އިޚްލާޞްތެރިކަމުގެ ތާރީޚީ ‪ 3‬މިސާލެއްގެ މައްޗަށް ގްރޫޕުތަކުގައި މަޝްވަރާކޮށް ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ކްލާހަށް‬
‫ހުށައަޅާށެވެ!‬

‫‪1.1‬ޔޫސުފު ޢަލައިހިއްސަލާމް ‪ ( :‬ފާޙިޝްކަންތަކުން ސަލާމަތްވެ ވަޑައިގެންނެވިގޮތް)‬

‫‪145‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫( އިސްލާމީ ލަޝްކަރުގެ ކޮމާންޑަރުކަން ގެއްލުނު ވަގުތު ޢަމަލުކުރެއްވި ގޮތް)‬ ‫‪2.2‬ޚާލިދުބިން ވަލީދު‪ :‬‬

‫( މިޞްރު ފަތަޙަކުރައްވަން ފޮނުއްވުނު ޙާދިޘާ)‬ ‫‪3.3‬ޢަމްރޫބިން ޢާޞްގެފާނު‪:‬‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬

‫އިޚްލާޞްތެރިކަން ނެތުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށް ކްލާހުގައި ބަހްޘެއް ބާއްވާށެވެ!‬

‫ޙަރަކާތް ‪4‬‬
‫ދަރިންގެ ކިބާގައި އިޚްލާޞްތެރިކަން ހަރުލެއްވުމަށް ކުރެވިދާނެ ‪ 4‬ކަމެއް ލިޔާށެވެ!‬

‫އަށް އިޚްލާޞްތެރިކަމަށް އެދި ދުޢާކުރުން‬ ‫ﷲ‬ ‫‪1.1‬މާތް‬

‫‪2.2‬ޞާލިޙުއަޅުތަކުންނާއެކު އުޅުމަށް ބާރުއެޅުން‬

‫‪3.3‬އިޚްލާޞްތެރިކަމާގުޅޭ ޙާދިޘާތައް މުޠާލިޢާކުރުން‬

‫‪4.4‬ޤުރްއާނުގައިވާ އެފަދަ ވާހަކަތައް ދިރާސާކުރުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪146‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ކީރިތި ޤުރްއާނަށް ލޯބިކުރުން‬ ‫‪4‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ކީރިތި ޤުރްއާނަށް ލޯބިކުރުމަކީ ކޮބައިކަން އެނގުން‬

‫އެފޮތަށް ލޯބިކުރުމުގެ ގޮތުން ކުރެއްވި ކަންތައް އެނގުން‬ ‫صلّى هللا عليه وسلّم‬ ‫‪2.2‬ރަސޫލު‬

‫‪3.3‬އަޞްޙާބުބޭކަލުން ޤުރްއާނަށް ލޯބިކުރުމަށް ކުރެއްވި ކަންތައްތައް ބުނެދިނުން‬

‫‪4.4‬ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ ރޫޙު އާލާވުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ‬ ‫‪2.2‬ކީރިތި ޤުރްއާނަށް ލޯބިކުރުމާގުޅޭ ވާހަކައެއް ކްލާހަށް ކިޔައިދިނުން‬


‫ވީޑިއޯ ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި‬
‫ތަސްވީރު ‬ ‫ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫ސްމާރޓް ބޯޑު‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ މުހިންމުކަމާ‬


‫ޕްރޮޖެކްޓަރ‬ ‫ގުޅޭގޮތުން އެގުނު އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ކީރިތި ޤުރްއާނަށް ލޯބިކުރުމާގުޅޭ ތާރީޚީ ވާހަކަތައް ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ދެއްވި އިރުޝާދުގެ‬ ‫الل َعلَْي ِه َو َسلَّ َم‬
‫صلَّى ّ‬
‫َ‬ ‫‪1.1‬ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ‬
‫ގެ ފޮތާއި އެކަލޭގެފާނުގެ ޙަދީޘުފުޅުގައި ހިފެހެއްޓުމަށް އިލްތިމާސު ކުރެއްވެވިއެވެ‪ .‬އަދި އޭގެސަބަބުން‬ ‫ﷲ‬ ‫ތެރޭގައި މާތް‬
‫ت فِْي ُك ْم أ َْمَريْ ِن إِ ْن َتَ َّس ْكتُ ْم بِـ ِه َما لَ ْن‬
‫"تَ َـرْك ُ‬ ‫މަގުގެއްލިގެން ނުދާނެކަމަށް އެންގެވިއެވެ‪ .‬މިމާނާގައިވާ ޙަދީޘްފުޅަކީ؛‬
‫ِ ِ‬ ‫ِ‬
‫َو ُسن ِ‬
‫َّت" (املوطأ)‬ ‫تَضلُّ ْوا بـَْعد ْي‪ ،‬كتَ َ‬
‫اب هللا‬
‫‪2.2‬އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރަކީ ކީރިތި ޤުރްއާނުކަމަށްވާއިރު‪ ،‬އެފޮތަށް މުސްލިމުންގެ ހިތްތަކުގައި‬
‫ވަރަށްޚާއްޞަ ލޯތްބެއް އޮވެގެންނޫނީ އެފޮތާ އެއްގޮތަށް ޢަމަލުކުރުމީ އުނދަގޫ ކަމެކެވެ‪.‬‬

‫ގެ މުޢްޖިޒާތެކެވެ‪ .‬ބަހުގެ ފަޞާޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގެ ސަބަބުން‪ ،‬ޢަރަބިބަހުގެ‬ ‫ﷲ‬ ‫‪3.3‬އެފޮތަކީ މާތް‬
‫އަހުލުވެރިންނަށް އެއާއެއްފަދަ ފޮތެއް ގެނައުމަށްވަނީ ގޮންޖައްސަވާފައެވެ‪.‬‬

‫‪147‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫صلَّي‬
‫َ‬ ‫‪4.4‬ކީރިތި ޤުރްއާނަށް ލޯބިކުރުމީ އެފޮތުގައިވާ އަމުރުފުޅުތަކަށް ތަބާވެ އެއާއެއްގޮތަށް ޢަމަލުކުރުމެވެ‪ .‬މާތް ރަސޫލާ‬
‫އާއި އުއްމަތުގެ ސަލަފުން ދައްކަވާފައިވަނީ އެނަމޫނާއެވެ‪.‬‬ ‫الل َعلَْي ِه َو َسلَّ َم‬
‫ّ‬
‫ގެ ޙަދީޘްފުޅުން‬ ‫الل َعلَْي ِه َو َسلَّ َم‬
‫صلَّي ّ‬
‫‪5.5‬ކީރިތި ޤުރްއާނަށް ޢަމަލުކުރުމުން އެބަޔަކު މަތިވެރިކުރައްވާނެކަން މާތް ރަސޫލާ َ‬
‫ب أَقـواما وي ِ‬ ‫ِ‬ ‫ِ‬
‫"މާތް‬ ‫آخ ِريْن" ( رواه مسلم ) މާނައަކީ‪:‬‬ ‫ض ُع بِه َ‬ ‫އެނގެން އެބައޮތެވެ‪" .‬إِ َّن هللاَ يـَْرفَ ُع بَذا الْكتَا ِ َْ ً َ َ َ‬
‫ﷲ މިފަޮތުގެ ސަބަބުން އެއްބަޔަކު މަތިވެރިކުރައްވައި އަނެއް ބަޔަކު ދެރަކުރައްވައި ނިކަމެތި ކުރައްވައެވެ‪".‬‬

‫آن ‪( "....‬رواه أبو داود)‬ ‫هللا‪ ،‬إِ ْكرام ِذي اَلشَّيـب ِـة الْمسلِِم‪ ،‬وح ِام ِل الْ ُقـر ِ‬
‫‪ "6.6‬إِ َّن ِمن إِجالَ ِل ِ‬
‫ْ‬ ‫َْ ُ ْ َ َ‬ ‫ََ‬ ‫ْ ْ‬
‫"ހަމަކަށަވަރުން‪ ،‬ޢުމުރުން ދުވަސްވީ މީހުންނަށް މާތްކޮށްހިތުމާއި‪ ،‬ޤުރްއާނުގެ އަހުލުވެރިންނަށް މާތްކޮށް ހިތުމަކީ‬ ‫ ‬
‫އަށް މާތްކޮށް ހިތުމުގެ ތެރެއިންވާކަމެކެވެ‪".‬‬ ‫ﷲ‬ ‫ޖަލާލުވަންތަ މާތް‬

‫ޙަރަކާތް ‪1‬‬

‫އަށް‬ ‫الل َعلَْي ِه َو َسلَّ َم‬


‫صلَّى ّ‬
‫َ‬ ‫‪1.1‬ކީރިތި ޤުރްއާނަށް ލޯބިކުރުމަކީ؛ އެފޮތަކީ މާތް ﷲ‪ ،‬އެންމެފަހުގެ ރަސޫލާ މުޙައްމަދު‬
‫ބާވާލެއްވި ރިސާލާތުކަމަށް އީމާންވުމާއެކު‪ ،‬އެފޮތް ކިޔެވުމަކީ އަޅުކަމެއްކަމަށް ދަނެހުރެ‪ ،‬އެފޮތުގައިވާ އިރުޝާދުތަކަށް‬
‫ޢަމަލުކުރުމަށް ލޯބިކުރުމެވެ‪.‬‬

‫އަށް ލޯބިކުރުމުން ލިބޭ ‪ 3‬ފައިދާއެއް‬ ‫قرآن‬ ‫‪2.2‬ކީރި‬

‫ (‪ )1‬ގިނަގުނަވެގެންވާ ޘަވާބު ލިބުން‬

‫ގެ ޙަޟްރަތުގައި ދެންނެވޭ މުނާޖާއަކަށްވުން ( ދުޢާއަކަށްވުން )‬ ‫ﷲ‬ ‫ (‪ )2‬މާތް‬

‫ (‪ )3‬ޝިފާލިބިނެވި ޢަމަލެއް ކަމުގައިވުން‬

‫َصحابِ ِه" މިޙަދީޘުން ދޭހަވާ ‪ 2‬ކަމެއް ބަޔާންކުރުން‬ ‫ِ‬ ‫ت يـَْوَم الْ ِقيَ َام ِة َش ِفيـًْعا‬ ‫ِ ِ‬ ‫ِ‬
‫لْ‬ ‫َ‬ ‫‪"3.3‬إقْ َـرُؤوا الْ ُق ْرآ َن فَإنَّهُ َيْ ْ‬
‫ (‪ )1‬ޤުރްެއާން ކިޔެވުމަކީ އަމުރުވެވިގެންވާ ކަމެއް‬

‫ (‪ )2‬ޤިޔާމަތް ދުވަހު އެފޮތުގެ އަހުލުވެރީންނަށް ޝަފާޢަތްތެރިވުން‬

‫‪4.4‬ސަލަފުއްސާލިޙޫން ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ ގޮތުން ކުރެއްވި ކަންތައްތަކުން ‪ 4‬މިސާލެއް ބަޔާން ކުރުން‬

‫ރޯދަމަހު ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްޞަކުރައްވުން‬ ‫اإلمام الزهري‬ ‫ (‪)1‬‬

‫ (‪ )2‬ޢުމަރުގެފާނު ޤުރްއާނު ކިޔަވާވިދާޅުވެ ކީރިތިކުރެއްވުން‬

‫ކޮންމެ ‪ 7‬ދުވަހަކުން އެއްފަހަރު‪ ،‬ޤުރްއާން ޚަތިމެއްކުރައްވުން‬ ‫ (‪ )3‬اإلمام قتادة‬


‫ (‪ )4‬އިމާމު މާލިކު ޤުރްއާން މުދާރަސާކުރެއްވުމަށް ރޯދަމަހުގެ ގިނަވަގުތު ހޭދަކުރައްވުން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުން ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪148‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ޤުރްއާނަށް ލޯބިނުކުރުމުގެ ސަބަބުން މުޖުތަމަޢުންފެންނަ ބައެއް ކަންތަކާމެދު ގްރޫޕުތަކުގައި މަޝްވަރާކޮށް ފާހަގަކުރެވުނު‬


‫ނުކުތާތައް ކްލާހަށް ހުށައަޅުން‬

‫‪1.1‬އިސްލާމްދީނުގެ އާދަތަކާ ނުގުޅޭ ފެޝަންތައް އައުން‬

‫‪2.2‬ދީނުގެ އަޅުކަންތަކާއި ދުރުވުން‬

‫‪3.3‬މަކަރާއި ޙީލަތްހެދުމާއި އަޚްލާޤީގޮތުން ދަށްފެންވަރުގެ ޢަމަލުކުރުން‬

‫‪4.4‬ދީނީރޫޙުގެއްލުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫"ކީރިތި ޤުރްއާނަށް ލޯބިކުރުމުގެ ނަމޫނާ" މިސުރުޚީގެ މައްޗަށް ދިރާސާއެއް ތައްޔާރުކުރުން‬

‫‪149‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫މަގުމަތީގެ އަދަބުތައް‬ ‫‪5‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬މަގުމަތީގެ އަދަބުތަކަކީ ކޮބައިކަން އެނގުން‬

‫‪2.2‬އެ އަދަބުތަކަށް ރައްކާތެރިވާންވީ ކިހިނެއްކަން ވިސްނުން‬

‫‪3.3‬މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވެ މަގުމަތިބޭނުންކުރަން އެނގުން‬

‫‪4.4‬މަގުމަތީގައި އިސްކުރަންވާނީ ޖަމާޢަތުގެ ޙައްޤުތައްކަން ޤަބޫލުކުރުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ‬ ‫‪2.2‬މަގުމަތީގެ އަދަބުތައް ދަރިވަރުންނަށް ވިސްނޭގޮތް ނޯޓްކުރުވުން‬


‫ވީޑިއޯ ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި‬
‫ތަސްވީރު ‬ ‫ދަރިވަރަކު ލައްވައި ލިޔުއްވުން‬

‫ސްމާރޓް ބޯޑު‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬އިޚުލާޞްތެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން‬


‫ޕްރޮޖެކްޓަރ‬ ‫އެގުނު އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬މަގުމަތީގެ އަދަބުތަކާ ޚިލާފުވުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬އިސްލާމްދީނުގެ މަތިވެރިކަމުގެ ތެރެއިންވާ އެއްކަމަކީ އިންސާނުންގެ އަޚްލާޤު ތަހުޒީބުކުރުމަށް އެދީނުގައި ވަރަށްބޮޑަށް‬
‫ބާރުއަޅުއްވާފައިވާކަން‪ .‬މިގޮތުން މަގުމައްޗަށް ނިކުމެ އުޅުމުގައިވެސް ހިފަހައްޓަންޖެހޭ އަދަބުތަކެއްވާކަން މާތް ރަސޫލާ‬
‫ވަނީ އަންގަވާދެއްވާފައެވެ‪.‬‬ ‫صلّى هللا عليه وسلّم‬
‫‪2.2‬މަގުމަތީގެ އަދަބުތަކޭ ބުނެވެނީ‪ ،‬އެމަގުގެ ބޭނުންކޮށް‪ ،‬އިށީދެއިނުމާއި‪ ،‬ހިނގުމާއި‪ ،‬ނުވަތަ ތަނެއްގައި ހުއްޓިހުރުމާއި‬
‫އަދި އެތަނުން ހިޔާވައްސެއްގައި ދިރިއުޅުމުގައި ރިޢާޔަތްކުރުމަށް ދީނުގައި އަންގަވާފައިވާ ކަންތަކަށެވެ‪ .‬މާތް ރަސޫލާ‬

‫اج َعلُوا الطَّ ِريْ َق َسبـَْعةَ ُ‬


‫أَ ْذرٍ‬
‫ع" (رواه الرتمذي) ތިޔަބައިމީހުން‬ ‫" ْ‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫صلّى هللا عليه وسلّم‬
‫މަގުގެ ޚިދުމަތަށް ހަތް ބޮމަ ކަނޑައަޅާށެވެ! (އެބަހީ މަގުތައް ހަދާއިރު މިހާވަރުގެ ޖާގަ މަގުތަކަށް ދޫކުރާށެވެ!) މަގުގެ‬
‫ހިފާ މީހުންގެ ފަސޭހައަށް މަގުތައް ހަދާއިރު ރަށްތައްބިނާކުރާއިރު އެތަނެއްގެ ބޭނުންހިފާ މިންވަރަކަށާޢި މީހުންގެ‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪150‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫އަދަދަށް ބަލައި އެކަށީގެންވާ މިންވަރެއް ކަނޑައެޅުމަށް މީގެ އެތަކެއް ސަތޭކަ އަހަރުކުރިން އިސްލާމްދީނުގައި މިވަނީ‬
‫މަގުދައްކާފައެވެ‪.‬‬

‫‪3.3‬ލޯތައް ތިރިކުރުން‪ :‬މަގުމަތީ ހިނގާއިރު އެހެންމީހުނަށް ބަލައި ހަދައި އެމީހުންގެ ޢައިބުތަކަށް އަރައިގަނެ ހެދުމަކީ‬
‫ދީނުގައި ހުއްދަކުރާކަމެއްނޫނެވެ‪.‬‬

‫ފިރިހެނުންނަށް‪ ،‬އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި‪ ،‬އެއުރެންގެ فرجތައް ރައްކާތެރިކުރުމަށް ކަލޭގެފާނު‬ ‫‪4.4‬مؤمن‬


‫اللއީ‪ ،‬އެއުރެން ކުރާކަންތައް މޮޅަށް‬
‫ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި‪ ،‬طاهرކަން ބޮޑެވެ‪ .‬ހަމަކަށަވަރުން‪َّ ،‬‬
‫ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ‪ ( .‬އައްނޫރު‪)30 :‬‬

‫‪5.5‬އުނދަގޫކުރުންތަކުން ދުރުވުން‪ :‬މަގުމައްޗަކީ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުން ނިކުމެ އުޅޭ ތަނަކަށްވާއިރު‪ ،‬އަދި‬
‫ވަރަށްގިނަ ކަންތައްތަކެއް އެއްފަހަރާ ހިނގަމުންދާ ތަނަކަށްވާއިރު‪ ،‬ވަރަށް ފަސޭހައިން އަނެކުންނަށް އުނދަގޫވާފަދަ‬
‫ކަމެއްކުރެވުމަކީ ވަރަށްއެކަށީގެންވާ ކަމެކެވެ‪ .‬މިފަދަ އެއްވެސް ކަމެއްނުކުރުމަށް އިސްލާމްދީންވަނީ އަމުރުކުރައްވާފައެވެ‪.‬‬

‫ِ‬
‫ضرار" (رواه ابن ماجة) "ތިޔަބައިމީހުން އެކަކު އަނެކަކަށް ގެއްލުކުރުމާއި ގެއްލުންދިނުމެއްވެސް‬
‫ضَرَر َوالَ َ َ‬
‫‪"6.6‬الَ َ‬
‫ނުވެއެވެ‪".‬‬

‫‪7.7‬މިގޮތުން ފިހާރަތަކުގެ މުދާތައް މަގުމަތީގައި ބެހެއްޓުމާއި‪ ،‬ކެފޭފަދަ ތަންތަނުން ގޮނޑިތަކާއި ޚިދުމަތްދޭން ބޭނުންކުރާ‬
‫ތަކެތި ހިނގާމީހުންނަށް އުނދަގޫވާގޮތަށް ބެހެއްޓުމަކީ މަނާކަމެކެވެ‪ .‬އަދި މަގުމަތިން މީހުންނަށް މަގުމަތީގައި ތިބެގެން‬
‫އުނދަގޫކުރުމާއި ދިމާކޮށް ހެދުމަކީ އަދަބާއި ޚިލާފު ކަންކަމެވެ‪.‬‬

‫صلّى هللا‬ ‫‪8.8‬މަގުމަތީގައި އެހެންމީހުނަށް އުނދަގޫވާގޮތަށް ހުންނަކަންތައް ދުރުކޮށްދިނުމަކިީ ޞަދަޤާތެއް ކަމުގައި ރަސޫލާ‬
‫ވަނީ ޙަދީޘްކުރައްވާފައެވެ‪.‬‬ ‫عليه وسلّم‬
‫‪9.9‬ސަލާމަށް ރައްދު ދިނުން‪ :‬ސަލާމަކީ އިސްލާމްދީނުގެ ޝިޢާރެވެ‪ .‬މުސްލިމަކު އެކަކު އަނެކަކާއި ބައްދަލުވުމުން‬
‫ސަލާމްކުރުމަކީ އަމުރުވެވިގެންވާ ކަމެކެވެ‪ .‬މިގޮތުން މަގުމަތީގައިވާ ޙާލަތްތަކުގައިވެސް ސަލާމަށް ރައްދުދިނުމަކީ‬
‫އަދަބުވެރިގޮތެވެ‪.‬‬

‫‪"1010‬ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سالمއަކުން سالمކޮށްފިނަމަ‪ ،‬އެއަށްވުރެ ރިވެތި سالمއަކުން ތިޔަބައިމީހުން‬


‫ރައްދުކުރާށެވެ! ހަމަކަށަވަރުން‪ ،‬ކޮންމެ ކަމެއްގެ حسابބައްލަވާ ކަލަކު ކަމުގައި‬ ‫سالم‬ ‫سالمކުރާށެވެ! ނުވަތަ އެ‬
‫ވޮޑިގެންވެއެވެ‪ ( " .‬އައްނިސާ‪)86 :‬‬ ‫الل‬
‫َّ‬
‫‪1111‬ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން‪ :‬މުސްލިމުންނަކީ ހެޔޮކަންތަކުގެ އަހުލުވެރީންނެވެ‪ .‬ނުބައިކަންތައް‬
‫ދުރުކޮށް އެކަންތަކާއި ދުރުވުމަށް ގޮވާލުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުކަމެކެވެ‪ .‬މި އުޞޫލުން މަގުމަތީގައިވާ‬
‫ހިނދުގައިވެސް‪ ،‬މި ޝިޢާރުގައި މުސްލިމުން ހިފަހައްޓަންޖެހެއެވެ‪.‬‬

‫އަންހެނުންނީ‪ ،‬އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ‪.‬‬ ‫‪"1212‬مؤمن ފިރިހެނުންނާއި‪ ،‬مؤمن‬
‫އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ‪( ".‬އައްތައުބާ‪)71 :‬‬ ‫އެއުރެން ހެޔޮކަންތަކަށް أمرކުރެތެވެ‪.‬‬

‫‪151‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‪:‬‬

‫‪1.1‬މަގުމަތީގެ އަދަބުތަކަކީ ކޮބާ؟‬

‫މަގުމަތީގެ އަދަބުތަކަކީ މަގުތައްބޭނުންކުރާ މީހުން ރިޢާޔަތްކުރުމަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތަކެވެ‪.‬‬ ‫ ‬

‫‪2.2‬މަގުމަތީގެ އަދަބު ތަކަށް ރައްކާތެރިވާންވީ ކީއްވެ؟‬

‫އެއީ؛ އެހެންމީހުނަށް އުނދަގޫކުރުމުން ދުރުވެހުރުމަށާއި އިސްލާމީ ރިވެތި އަޚްލާޤު ހިފެހެއްޓުމަށެވެ‪.‬‬ ‫ ‬

‫‪3.3‬މަގުމަތީގެ އަދަބުތަކުގެ ތެރެއިން ‪ 3‬ކަމެއްބަޔާންކުރާށެވެ!‬

‫ (‪ )1‬އިސްލާމްދީނުގެ ރިވެތި ސަލާމް ފެތުރުން‬

‫ (‪ )2‬ކިނބިހި އަޅާމީހާއަށް ހެޔޮދުޢާކުރުން‬

‫ (‪ )3‬މަގުގެއްލިފައިވާ މީހާއަށް މަގުދައްކައިދިނުން‬

‫‪4.4‬މަގުމަތީގައި އެހެންމީހުނަށް އުނދަގޫވާގޮތަށް ކުރެވޭ ‪ 3‬ކަމެއް ލިޔާށެވެ!‬

‫ (‪ )1‬ބާރަށް ވެހިކަލުދުއްވުން‬

‫ (‪ )2‬އުނދަގޫވާގޮތަށް އެއްޗެހި ބެހެއްޓުން‬

‫ (‪ )3‬މީހުންނަށް ފުރައްސާރަކޮށް އުނދަގޫކުރުން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުންނާއި ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫السالَِم‪ ،‬و ْالَمر ِبلْمعرو ِ‬


‫ف َوالنـَّْه ُي َع ِن الْ ُمْن َك ِر (متفق عليه)‬ ‫ص ِر‪َ ،‬وَك ُّ‬
‫ف ْالَ َذي‪َ ،‬وَرُّد َّ َ ْ ُ َ ْ ُ ْ‬ ‫ض الْبَ َ‬
‫َغ ُّ‬
‫މިޙަދީޘުގައިވާ ކަންތައްތަކާ ބެހޭގޮތުން ގްރޫޕުތަކުގައި މަޝްވަރާކޮށް މިހާރު މިކަންތައް ކުރެވޭގޮތާމެދު ފާހަގަކުރެވުނު ނުކުތާތައް‬
‫ކްލާހަށް ހުށައަޅާށެވެ!‬

‫‪1.1‬އެހެންމީހުނަށް އުނދަގޫ ނުކުރުން‬

‫‪2.2‬ސަލާމްފެތުރުން‬

‫‪3.3‬ލޯތައްތިރިކުރުން‬

‫‪4.4‬އެހެންމީހުންގެ ޢައިބުތަކަށް އަރައިނުގަތުން‬


‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪152‬‬
‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫‪5.5‬ހެޔޮކަންތަކަށް ގޮވާލުން‬

‫‪6.6‬ނުބައި ކަންތައްހުއްޓުވުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫މަގުތަކަކީ އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވިދާނެ‪ 4 ،‬ކަމެއް ލިޔާށެވެ!‬

‫‪1.1‬މަގުމަތީގެ ޤަވާޢިދުތަކާ އެއްގޮތަށް މަގުތައް ބޭނުންކުރުން‬

‫‪2.2‬މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކުރުން‬

‫‪3.3‬އެހެންމީހުނަށް އެހީތެރިވުން‬

‫‪4.4‬މަގުއޮޅިފައިވާ މީހާއަށް މަގުދެއްކުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪4‬‬
‫"މަގުތަކުގެ އަދަބުތައް ހިފެހެއްޓޭނީ ހަރުކަށި ޤާނޫނުތަކުންނެވެ‪ ".‬މިމައުޟޫއަށް ބަޙުޘެއްކުރާށެވެ!‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫‪153‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ވާހަކަ ދެއްކުމުގެ އަދަބުތައް‬ ‫‪6‬‬


‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ވާހަކަ ދެއްކުމުގެ އަދަބުތަކަކީ ކޮބައިކަން އެނގުން‬

‫‪2.2‬އެ އަދަބުތަކަށް ރައްކާތެރިވާންވީ ކިހިނެއްކަން ވިސްނުން‬

‫‪3.3‬ވާހަކަ ދެއްކުމުގެ އަދަބުތައް ވަކިވަކިން ބުނެދޭން އެނގުން‬

‫‪4.4‬މި އަދަބުތަކާ ޚިލާފުވުމުން ލިބޭނެ ގެއްލުންތައް ބުނުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ‬ ‫‪2.2‬ވާހަކަ ދެއްކުމުގައި ދަރިވަރުން ރިޢާޔަތްކުރާ ކަންތައް ނޯޓްކުރުވުން‬

‫ތަސްވީރު ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި ދަރިވަރަކު‬

‫ސްމާރޓް ބޯޑު‬ ‫ލައްވައި ލިޔުއްވުން‬

‫ޕްރޮޖެކްޓަރ‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬މިއަދަބުތަކުގެ މުހިންމުކަމާ ގުޅޭގޮތުން އެގުނު‬


‫އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ވާހަކަދެއްކުމުގެ އަދަބުތަކާ ޚިލާފުވުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬ވާހަކަ ދެއްކުމަކީ ދިރިއުޅުމުގެ ޟުރޫރިއްޔާތެކެވެ‪ .‬އެކަމާނުލައި ދިރިއުޅުމުގެ ފަސޭހަތައް ޙާޞިލުކުރުމަކީ‬
‫މުސްތަޙީލުކަމެކެވެ‪ .‬ނަމަވެސް މި މުހިންމު ޢަމަލުކުރުމުގައި ވަކިހަމަތަކެއްގައި ހިފެހެއްޓުމަށް އިސްލާމްދީން ބާރުއަޅުއްވަނީ‬
‫އިންތިހާއަށެވެ‪،‬‬

‫‪2.2‬ތިމާބުނާ ބަހަކީ އަގެއްނެތް ބޭކާރު އެއްޗެއްނޫނެވެ‪ .‬އީމާންކަމުގެ ދާއިރާއަށް ވަދެވި‪ ،‬އަދި ކުފްރުގެ އަދަވަޅަށް‬
‫ވެއްޓިދަނީވެސް ތިމާއަށް ބުނެވޭ ހަމައެންމެ ބަހެއްގެ ސަބަނުންނެވެ‪ .‬ކައިވެނީ މަތިވެރި މުޤައްދަސް ދިރިއުޅުމަށް ވަންނަނީ‬
‫ބުނާބަހަކުން ނޫންބާވައެވެ؟ އަދި އެ މުގައްދަސު ގުޅުމުން ބޭރުވެ ވަރިވަނީ‪ ،‬ވަރީގެ ލަފުޒު ދުލުން ބޭރުކުރުމާ އެކުގައި‬
‫ނޫންތޯއެވެ؟‬

‫‪3.3‬ބަހަކީ ބުނުމުގެ ކުރިން‪ ،‬ތިމާގެ އަޅެކެވެ‪ .‬އެހެނަސް ބުނުމަށްފަހު‪ ،‬ތިމާ އެ ބަހުގެ އަޅަކަށް ވެދެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪154‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫‪4.4‬މިހެންވެ އިސްލާމްދީނުގައި ވާހަކަދެއްކުމުގައި އަދަބުވެރިވެ ރިވެތި ބަހުން ބަސްބުނުމަށް އިރުޝާދު ދީފައިވެއެވެ‪.‬‬


‫"އޭ إميانވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ‬
‫އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ‪ .‬އަދި‬ ‫އެ ފުރައްސާރަކުރި މީހުންނަށްވުރެ‪،‬‬
‫އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ!" ( އަލްޙުޖްރާތު ‪)12 :‬‬

‫ނުކިޔާށެވެ!) އަދި‬ ‫عيب‬ ‫ނުކިޔާށެވެ! (އެބަހީ‪ :‬އެކަކު އަނެކަކަށް‬ ‫عيب‬ ‫‪"5.5‬އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް‬
‫އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إميانވުމަށްފަހު فاسقވުމުގެ ނަން ލިބުމަކީ‪ ،‬ހާދަހާ‬
‫ނުވި މީހާ (ދަންނާށެވެ!) ފަހެ‪ ،‬އެއުރެންނީ‪ ،‬ހަމަ އަނިޔާވެރިންނެވެ‪".‬‬ ‫(އެކަންތަކުން) توبة‬ ‫ނުބައިވެގެންވާ ކަމެކެވެ‪ .‬އަދި‬
‫( އަލްޙުޖްރާތު ‪)12 :‬‬

‫‪6.6‬ތެދުބަހުން ވާހަކަ ދެއްކުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ‪ .‬رسول هللا صلّى هللا عليه وسلّم حديث‪" :‬إِ َّن‬
‫الن ِ‬
‫َّة" (صحيح البخارى) "ހަމަކަށަވަރުން ތެދުބުނުން‪،‬‬ ‫الص ْد َق يـه ِدي َإل الِْ ِب و إِ َّن الِْ َّب يـه ِ‬
‫ِ‬
‫إىل َْ‬
‫َ‬ ‫ى‬ ‫د‬ ‫َْ‬ ‫َّ‬ ‫ّ َْ ْ‬
‫ހެޔޮކަމުގެތެރެއިންލާފައި ސުވަރުގެއަށް މަގުފަހި ކުރުވައެވެ‪".‬‬

‫‪7.7‬ބޭކާރު ވާހަކަދެއްކުމަކީ ވާހަކަދެއްކުމުގެ އަދަބާ ޚިލާފުކަމެއްކަން މިޙަދީޘް ބަސްފުޅުންއެނގެއެވެ‪.‬‬

‫السؤ ِال" ( صحيح البخارى)‬ ‫اعةَ الْ َم ِال َوَكثـَْرةَ ُّ‬


‫ضَ‬ ‫"إِ َّن هللا َك ِرَه لَ ُك ْم ثَالَ ًث ‪ :‬قِْي َل َو قَ َ‬
‫ال‪َ ،‬وإِ َ‬ ‫ ‬

‫"ތިޔަބައިމީހުންގެ ފަރާތުން ހަމަކަށަވަރުން ތިންކަމެއް ކުރުން މާތް ﷲ އެދިވޮޑިގެންނުވެއެވެ‪ .‬އެއީ ؛‬ ‫ ‬


‫ޔޯލަވާހަކަދެއްކުމާއި‪ ،‬މުދަލުން އިސްރާފުކުރުމާއި އަދި ބޭކާރުސުވާލުކޮށް ވާހަކަގިނަކުރުމެވެ‪".‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫މިއާޔަތުން ދޭހަވާ ‪ 3‬ކަމެއް ލިޔާށެވެ!‬ ‫‪َ 1.1‬خلَ َق ِْ‬


‫النْ َسا َن ‪َ .‬علَّ َمهُ الْبَـيَا َن‬
‫ﷲ‬ ‫ (‪ )1‬އިންސާނުން ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވީ މާތް‬

‫ (‪ )2‬ވާހަކަ ދެއްކުމުގެ ނިޢްމަތް އެކަލާނގެ ދެއްވެވި‬

‫ (‪ )3‬އަދި ވާކަހަދައްކަން ދަސްކުރުމުގެ ވަޞީލަތްތައް ދެއްވެވި‬

‫‪2.2‬ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރެއިން ‪ 4‬ކަމެއް ބަޔާންކުރާށެވެ!‬

‫ (‪ )1‬ދީނާ ޚިލާފުވާހަކަ ނުދެއްކުން‬

‫ (‪ )2‬ވާހަކަދެކެވޭ މީހާއާއި އެކަށޭނަ ވާހަކަދެއްކުން‬

‫ (‪ )3‬ސާފުބަހުން ވާހަކަދެއްކުން‬

‫ (‪ )4‬ތިމާގެ މޮޅުވާހަކަ ނުދެއްކުން‬


‫‪155‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫‪3.3‬ވާހަކަ ދެއްކުމުގެ އަދަބާ ޚިލާފު ‪ 3‬ކަމެއް ނޯޓްކުރާށެވެ!‬

‫ (‪ )1‬ހުތުރުބަހުން ވާހަކަދެއްކުން‬

‫ (‪ )2‬އިޙްތިރާމު ކުޑަވާގޮތަށް‬

‫ (‪ )3‬ދޮގުވާހަކަދެއްކުން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުންނާއި ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ވާހަކަ ދެއްކުމުގެ އަދަބާ ޚިލާފުވާ ކަންތައްތަކުގެ ތެރެއިން މުޖްތަމަޢުން ފެންނަ ކަންތައްތަކާމެދު ގްރޫޕުތަކުގައި މަޝްވަރާކޮށް‬
‫ފާހަގަކުރެވުނު ނުކުތާތައް ކްލާހަށް ހުށައަޅާށެވެ!‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫ވާހަކަދެއްކުމުގެ އަދަބާ ޚިލާފުވާ ސަބަބުތަކާމެދު މަޝްވަރާކޮށް ފާހަގަކުރެވުނު ނުކުތާތައް ނޯޓްކުރާށެވެ!‬

‫‪1.1‬އިސްލާމީ އަޚްލާޤު ދަސްކުރެވިފައި ނެތުން‬

‫‪2.2‬ވާހަކަ ދެއްކުމުގެ އަދަބާޚިލާފު ކަންތައް މުޖުތަމަޢުން ފެނުން‬

‫‪3.3‬ލަދުވެތިކަމުގެ ސިފަނެތުން‬

‫‪4.4‬ކިޔަމަންނުވުމާއި ބަސްނޭހުން‬

‫‪5.5‬ބޮޑެތިމީހުންނަށް އިޙްތިރާމު ކުޑަވުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪156‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ލަދުވެތިކަން‬
‫‪7‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫ކޮބައިކަން އެނގުން‬ ‫‪1.1‬ލަދުވެތިކަމުގެ ލަފްޒީމާނައަކީ‬

‫‪2.2‬ލަދުވެތިކަމުގެ ސިފަލިބެގަނެވޭނީ ކިހިނެއްކަން ވިސްނުން‬

‫‪3.3‬ލަދުވެތިވުމާއި ގުޅޭދަލީލު ބުނެދޭން އެނގުން‬

‫‪4.4‬މި އަދަބާ ޚިލާފުވުމުން ލިބޭނެ ގެއްލުންތައް ބުނުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ‬ ‫‪2.2‬ލަދުވެތިވުމަށް ކުރެވިދާނެ ކަންތައް ނޯޓްކުރުވުން‬

‫ތަސްވީރު ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި ދަރިވަރަކު‬

‫ސްމާރޓް ބޯޑު‬ ‫ލައްވައި ލިޔުއްވުން‬

‫ޕްރޮޖެކްޓަރ‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬މިއަދަބުތަކުގެ މުހިންމުކަމާ ގުޅޭގޮތުން އެގުނު‬


‫އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ލަދުވެތިވުމާއި ޚިލާފުވުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫‪1.1‬ލަދުވެތިކަމުގެ މާނައިގެ ތެރޭގައި "ވާރޭ" ހިމެނެއެވެ‪ .‬އޭގެމުރާދަކީ ހެޔޮކަމެވެ‪ .‬ވާރެވެހުން ހުއްޓިއްޖެނަމަ‪ ،‬މިބުގެ‬
‫ހެޔޮކަމުން މަޙްރޫމުވެދާނެއެވެ‪ .‬ހަމައެގޮތަށް‪ ،‬ހިތުން ލަދުވެތިކަން ފިލައިފިނަމަ‪ ،‬އިންސާނުންގެ ކިބައިން ހެޔޮކަން‬
‫ފިލަދިޔައީއެވެ‪.‬‬

‫‪2.2‬ލަދުވެތިކަން އުފެދެނީ ތިބާއަށް ލިބިފައިވާ ގިނަގުނަ ނިޢްމަތްތަކުގެ ގިނަކަން ހިތްތަކަށް ގެނެސް‪ ،‬އެ ނިޢްމަތްތަކަށް‬
‫ޝުކުރުވެރި ނުވެވޭކަން އިޙްސާސުވާ ހިނދު އުފެދޭ ލަދުވެތިކަމެވެ‪.‬‬

‫މި ލަފުޒު ބުނުމެވެ‪.‬‬ ‫މަތީގައިވަނީ الَإلهَ إِالَّ هللا‬ ‫‪ "3.3‬އީމާންކަން ހަތްދިހަ އެތަކެއްބަޔަށް ބެހިގެންވެއެވެ‪ .‬އެއިގެ އެންމެ‬
‫އަދި އެންމެ ދަށްމިންވަރުގައިވަނީ‪ ،‬މަގުމަތީގައި އުނދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތް ކުރުމެވެ‪ .‬ލަދުވެތިކަން ވަނީ‬
‫އީމާންކަމުގެ ތެރެއިންނެވެ‪ ( " .‬އަލްބުޚާރީ)‬

‫‪157‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫‪4.4‬ކީރިތި މާތް ނަބިއްޔާ އެއްފަހަރަކު‪ ،‬ޢުޘްމާނުގެފާނު ވަޑައިގަތުމުން‪ ،‬ލަދުފުޅުން އެކަލޭގެފާނުގެ ކަކޫފުޅު‬


‫ކަޝްފުވެފައިވަނިކޮށް އެކަކޫފުޅު ފޮރުއްވިއެވެ‪.‬‬

‫އަށް ލަދުވެތިވެވަޑައިގެންނެވުން ހިމެނެއެވެ‪ .‬މިގޮތުން މޫސާ ޢަލަހިއްސަލާމް އިސްރާއާއި‬ ‫ﷲ‬ ‫‪5.5‬އެކަލޭގެފާނުގެ މާތް‬
‫އަށް ދެންނެވުމަށް ވިދާޅުވުމުން‪ ،‬އެކަލޭގެފާނަށް ވިދާޅުވިއެވެ‪.‬‬ ‫ﷲ‬ ‫މިޢްރާޖުގެރޭގައި‪ ،‬ނަމާދު ލުއިކޮށްދެއްވުމަށް މާތް‬
‫އަށް ލަދުވެތިވެވަޑައިގެންވަމެވެ‪ ( ".‬ރަވާހުލް ބުޚާރީ)‬ ‫ﷲ‬ ‫"ތިމަންކަލޭގެފާނު މާތް‬

‫އާ ކުރެއްވުމަށް ލަދުފުގެން‪،‬‬ ‫‪6.6‬ޢަލީގެފާނު ބައެއްކަހަލަ ދީނީސުވާލު ސީދާ ރަސޫލާ صلّى هللا عليه وسلّم‬
‫ކުރައްވާކަމުގައި ރިވާވެގެންވެއެވެ‪.‬‬ ‫އަބޫބަކުރުގެފާނު މެދުވެރިކުރައްވައި މާތް ރަސޫލާ صلّى هللا عليه وسلّم އާ‬

‫‪7.7‬ޞާލިޙު އަންހެންޞާހިބެއްގެ ލަދުވެތިކަމުގެވާހަކަ ޤުރްއާނުގެ އަލްޤަޞަޞު ސޫރަތުގެ ‪ 25‬ވަނަ އާޔަތުގައި ވެއެވެ‪.‬‬


‫"އޭގެތެރެއިން އެއްބޭކަނބަލަކު‪ ،‬ލަދުވެތިކަމާއެކީ ހިންގަވައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ‪".‬‬

‫އާ ގުޅޭގޮތުން‪ ،‬އަބޫ ސުފްޔާނާއި ސުވާލު ދެންނެވުމުން‪،‬‬ ‫صلّى هللا عليه وسلّم‬ ‫‪8.8‬ހިރަޤުލް ކީރިތި ރަސޫލާ‬
‫ލަދުވެތިކަމާހުރެ‪ ،‬ދޮގުވާހަކައެއް އެކަލޭގެފާނާ ބެހޭގޮތުން ދަންނަވާކަން ނުކެރުނެވެ‪.‬‬

‫ގެ ނަބިއްޔާ މޫސާ ޢަލަހިއްސަލާމު އަކީ ލަދުވެތިކަން އިންތިހާއަށް ހުންނަ ބޭފުޅެއްކަމަށް ރިވާވެގެންވެއެވެ‪.‬‬ ‫ﷲ‬ ‫‪9.9‬މާތް‬
‫މިގޮތުން އެކަލޭގެފާނު މުޅިހަށިގަނޑު އަބަދުވެސް ފޮރުއްވަވައިގެން އުޅުއްވުމަށް އާދަކުރެއްވަވާކަމަށް‬
‫ބަޔާންވެވިގެންވެއެވެ‪.‬‬

‫‪ 1010‬ލަދުވެތިކަން ލިބިގަތުމަށްޓަކައި ކުރެވިދާނެ ބައެއްކަންތައް‪:‬‬

‫އަށް ބިރުވެތިވެ‪ ،‬އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުން‬ ‫ﷲ‬ ‫ (‪ )1‬މާތް‬

‫ގެ ސުންނަތަށް ބަހާއި ޢަމަލުން އިޤްތިދާވުން‬ ‫صلّى هللا عليه وسلّم‬ ‫ (‪ )2‬މާތް ރަސޫލާ‬

‫ (‪ )3‬އެހެންމީހުންގެ ޢައިބުތަކާ ދުރުވެ‪ ،‬ލޯތައްތިރިކުރުން‬

‫ (‪ )4‬އުރެދުންތަކަށް ކެތްތެރިވުމަކީ ލަދުވެތިކަމަށް މަގުފަހިވާނެ ކަމެކެވެ‪.‬‬

‫ (‪ )5‬ލަދުވެތިކަން މަތީ ދަރިންތަރުބިޔަތުކުރުން‬

‫ (‪ )6‬ލަދުވެތިމީހުންނާއެކު މުޞާޙަބާކުރުން‬

‫‪1111‬ލަދުވެތިކަމާ ދުރުކޮށްދޭ ބައެއްކަންތައް‪:‬‬

‫ (‪ )1‬އުރެދުންތަކަށް އަރައިގަތުން‬

‫އަށް ބިރުވެތިކަން ކުޑަވުން‬ ‫ﷲ‬ ‫ (‪ )2‬މާތް‬

‫ (‪ )3‬ތިމާއަށް ކުރެވޭ ފާފަތަކުގެ ވާހަކަ ފާޅުކުރުން‬

‫ (‪ )4‬ހުތުރުވާހަކަ ދެއްކުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪158‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ލަދުވެތިކަމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟‬

‫ޢިލްމުވެރިން ވިދާޅުވާގޮތުގައި‪ ،‬ލަދުވެތިކަމަކީ ފާފަވެރިވެދާނެ ކަމަށްޓަކައި އެންމެހާ ނުބައިކަންތަކުން ދުރުހެލިވެގެން‬ ‫ ‬


‫ހުރުމާއި ނަފުސު އެފަދަ ކަންކަމުން ރައްކާތެރިކުރުމެވެ‪.‬‬

‫‪2.2‬ލަދުވެތިކަމުގެ ‪ 2‬ވައްތަރެއް ބަޔާންކުރާށެވެ!‬

‫އަށް ލަދުވެތިވުން‬ ‫ﷲ‬ ‫ (‪ )1‬މާތް‬

‫ (‪ )2‬މަލާއިކަތުންނަށް ލަދުވެތިވުން‬

‫‪3.3‬إِ َّن لِ ُك ِل ِدي ٍن ُخلُ ًقا‪ ،‬و ُخلُ ُق ا ِإل ْس ِ‬


‫މި ޙަދީޘުން ދޭހަވާ ‪ 3‬ކަމެއް ލިޔާށެވެ!‬
‫الَيَاءُ‬
‫الم ْ‬ ‫َ‬ ‫ّ‬
‫ (‪ )1‬އިސްލާމްދީނަކީ ލަދުވެތިކަމުގެ ދީންކަން‬

‫ (‪ )2‬ދީނުގައިވާ އެންމެމަތިވެރި ޚުލުޤަކީ ލަދުވެތިކަން‬

‫ (‪ )3‬މުސްލިމުން ލަދުވެތިވާންވާނެކަން‬

‫‪4.4‬ލަދުވެތި ނުވާންވީ ‪ 2‬ކަމެއް ބަޔާންކުރާށެވެ!‬

‫ (‪ )1‬ޢިލްމުއުގެނުމުގައި‬

‫ (‪ )2‬ދީނީގޮތުން ކަމެއްއޮޅުންފިލުވުމުގައި‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުންނާއި ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ލަދުވެތިކަން ނެތުމުން މުޖުތަމަޢުން ފެންނަ ބައެއްކަންތައްތަކާމެދު މަޝްވަރާކޮށް ކްލާހަށް ހުށައެޅުން‬

‫‪1.1‬އިޙްތިރާމުކުރުން ކުޑަވުން‬

‫‪2.2‬ހުތުރުބަހުން ވާހަކަދެއްކުން‬

‫‪3.3‬ފާފަތައް ގިނަވުން‬

‫‪4.4‬ޤާނޫނާއި ޚިލާފުވެ ކުށްތައް ގިނަވުން‬

‫‪5.5‬ދީނާ ދުރުވުން‬
‫‪159‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬
‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬

‫އަށް ލަދުވެތިވުން" މި މައުޟޫއަށް ‪ 1‬ބައި ޞަފުޙާގެ މަޒުމޫނެއް ލިޔާށެވެ!‬ ‫ﷲ‬ ‫"މާތް‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪160‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ފާޙިޝް ޢަމަލުތަކުން ދުރުހެލިވުން‬


‫‪8‬‬
‫ފިލާވަޅުން ހާސިލުވާނެ މިންވަރު‬

‫‪1.1‬ފާޙިޝްޢަމަލުތަކޭ ބުނެވޭބަހުގެ މާނައަކީ ކޮބައިކަން އެނގުން‬

‫‪2.2‬ފާޙިޝްކަންތައްތަކުން ދުރުވާނީ ކިހިނެއްކަން ވިސްނުން‬

‫‪3.3‬ފާޙިޝްކަންތަކާގުޅޭ ޢަޤްލީ ދަލީލު ބުނެދޭން އެނގުން‬

‫‪4.4‬މި އަދަބާ ޚިލާފުވުމުން ލިބޭނެ ގެއްލުންތައް ބުނުން‬

‫އެހީ‬ ‫ގެންދެވިދާނެ އުނގެނުމުގެ ބައެއް ޙަރަކާތް‬


‫ވައިޓުބޯޑާއި މާކަރ ‬ ‫‪1.1‬ފިލާވަޅާގުޅޭ ތަސްވީރަކުން ޝަރަޙަކޮށްދީގެން ފެށުން‬

‫އޯޑިއޯ ނުވަތަ ވީޑިއޯ‬ ‫‪2.2‬ފާޙިޝްކަންތަކާ ދުރުވުމަށް ކުރެވިދާނެ ކަންތައް ނޯޓްކުރުވުން‬

‫ތަސްވީރު ‬ ‫‪3.3‬ޤުރްއާނުގެ އާޔަތެއް ޝަރަޙަކޮށްދިނުމަށްފަހު‪ ،‬ފިލާވަޅާ ގުޅޭނުކުތާތައް ބޯޑުގައި ދަރިވަރަކު‬

‫ސްމާރޓް ބޯޑު‬ ‫ލައްވައި ލިޔުއްވުން‬

‫ޕްރޮޖެކްޓަރ‬ ‫‪4.4‬ވީޑިއޯ ކްލިޕު ހުށައަޅައިދިނުމަށްފަހު‪ ،‬މިއަދަބުތަކުގެ މުހިންމުކަމާ ގުޅޭގޮތުން އެގުނު‬


‫އިތުރު މަޢުލޫމާތު ފޮތުގައި ނޯޓްކުރުން‬

‫‪5.5‬ފާޙިޝްކަންތަކަށް އަރައިގަތުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ކިޔައިދިނުން‬

‫ފިލާވަޅުގައި ބޭނުންކުރެވިދާނެ ބައެއް މަޢުލޫމާތު‬


‫ގެ‬ ‫ﷲ‬ ‫‪1.1‬ޢިއްފަތްތެރި މުޖުތަމަޢަކީ ހުތުރު ފާޙިޝްކަންތައްތަކުން ދުރުހެލިވެފައިވާ ތަނެކެވެ‪ .‬ޤިޔާމަތްދުވަހު މާތް‬
‫ހިޔާވަހިކަން ލިބެނިވި ހަތްމީހުންގެތެރޭގައި ޢިއްފަތްތެރި ފިރިހެނާ ހިމެނެއެވެ‪.‬‬

‫‪2.2‬ފާޙިޝްކަމަކީ ހުތުރު ޢަމަލެވެ‪ .‬ތިމާ ފަޟީޙަތްވާ ޢަމަލެވެ‪ .‬އެހެންމީހުން ނަފުރަތުކުރާ ނުރުހޭ ޢަމަލެވެ‪ .‬ތިމާގެ ނަފުސު‬
‫ފަހަނައަޅައި އަނެކާއަށް ގެއްލުންދޭ ޢަމަލެވެ‪ .‬ރާބޯމީހަކު ރާބުއިމުން ގެއްލުންވަނީ ހަމައެކަނި އޭނާގެ ނަފުސަށްކަމުގައި‬
‫ވެދާނެއެވެ‪ .‬އެހެނަސް ޒިނޭކުރުމުން އެކަމުގައި އެހެން މީހަކުބައިވެރިކުރެވި އޭނާގެ އަގުގެއްލުވާލެވެއެވެ‪.‬‬

‫‪3.3‬ފާޙިޝްކަންތަކުން ދުރުވުމަކީ ބޮޑެތި އުނދަގޫތަކާއި ދަތިތަކުން ދުރުކޮށްދޭކަމެކެވެ‪.‬‬

‫‪4.4‬އިމާމު އައްޝާފިޢީ ވިދާޅުވެފައިވެއެވެ‪" .‬މާތްކަން ހުރީ ހަތަރު ބަޔަކަށެވެ‪ .‬އެއީ‪:‬‬

‫‪161‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬


‫އަޚްލާޤު‬ ‫ ‬ ‫ ‬ ‫ޔުނިޓް ‪ 5‬‬

‫ (‪ )1‬ޙިކްމަތްތެރިކަމާއި‬

‫ (‪ )2‬ފާޙިޝްކަންތަކުންދުރުވެ‪،‬ޢިއްފަތްތެރިވުމާއި‬

‫ (‪ )3‬ބާރުވެރިވުމާއި‬

‫ (‪ )4‬ޢަދުލުވެރިވުމެވެ‪".‬‬

‫صلّى هللا عليه‬ ‫‪"5.5‬ތިޔަބައިމީހުން ހަކަމެއް ތިމަންކަލޭގެފާނަށް ޖާމިނުކޮށްދީފިނަމަ‪ ،‬ތިޔަބައިމީހުންނަށް ތިމަން ރަސޫލާ‬
‫ސުވަރުގެ ޖާމިނުކޮށްދެމެވެ‪ .‬އެއީ‪ :‬ވާހަކަދައްކާނަމަ ތެދުބުނުމާއި‪ ،‬ވަޢްދެއްވެއްޖެނަމަ އެވަޢްދުފުއްދުމާއި‪،‬‬ ‫وسلّم‬
‫އަދި އަމާނާތެއް ޙަވާލުކުރެވިއްޖެނަމަ އެއަދާކޮށްދިނުމާއި އަދި ތިޔަބައިމީހުންގެ ފާޙިޝްކަންތަކުން ދުރުވެ‪ ،‬ފަރުޖު‬
‫ރައްކާތެރިކުރުމެވެ‪( ".‬ރަވާހު އަޙްމަދު)‬

‫‪6.6‬ޒިނޭކުރުމާއި ދުރުވެގެންނޫނީ ޢާއިލާތައް ސާފުކަންމަތީ ނުބޭއްވޭނެއެވެ‪ .‬ބުއްދި ސަލާމަތް ކުރެވޭނީ ރާބުއިމާ‬


‫ދުރުވެގަނެގެންނެވެ‪ .‬އަދި މުދާއިތުރުވެ ކުރިއަރައިދާނީ ޢުދްވާންވެގަތުމުން ދުރުހެލިވެގެންނެވެ‪.‬‬

‫ޙަރަކާތް ‪1‬‬
‫ސުވާލުތަކުގެ ޖަވާބު‬

‫‪1.1‬ފާޙިޝްކަންތަކޭ ބުނާބަހުގެ މާނައަކީ ކޮބާ؟‬

‫އިމާމު އައްސުޔޫޠީ ވިދާޅުވާގޮތުގައި ފާޙިޝް ޢަމަލަކީ ޙައްދެއް ކަނޑައެޅިފައިވާ ކޮންމެ ފާފައެކެވެ‪ .‬އަދި ބައެއް‬ ‫ ‬
‫މުފައްސިރުން ގެ އަރިހުގައި އެއީ ހުރިހާ ބޮޑެތި ފާފަތަކެވެ‪ .‬ނުވަތަ ޙައްދު ކަނޑައެޅިފައި ނުވިނަމަވެސް އޭގެ އުޤޫބާތް‬
‫ބޮޑެތި ކުށްތަކެވެ‪.‬‬

‫‪2.2‬ފާޙީޝް ކަންތައްކަމުގައި ބެލެވޭ ‪ 2‬ކަމެއް ލިޔޭ!‬

‫ (‪ )1‬ޒިނޭކުރުން‬

‫ (‪ )2‬ލިވާޠު‬

‫‪3.3‬ފާޙިޝްކަންތަކަށް ލެބޭ ‪ 3‬ކަމެއް ބަޔާންކުރާށެވެ!‬

‫ (‪ )1‬އީމާންކަން ބަލިކަށިވުން‬

‫ (‪ )2‬މަޢުލޫމާތު ނުލިބުން‬

‫ (‪ )3‬އަޚްލާޤުނެތުން‬

‫‪4.4‬ފާޙިޝްކަންތަކުން ދުރުވާނީ ކިހިނެއްހެއްޔެވެ؟‬

‫ (‪ )1‬އީމާންތެރިކަން ވަރުގަދަކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬ ‫‪162‬‬


‫ޔުނިޓް ‪5‬‬ ‫ ‬
‫އަޚްލާޤު‬

‫ (‪ )2‬އަޅުކަންތަކަށް ފަރުވާބެހެއްޓުން‬

‫ (‪ )3‬އަޚްލާޤު ރަގަޅުކުރުން‬

‫ނޯޓް‪ :‬ތަފާތު ޢިބާރާތުންނާއި ދޭހަވާގޮތަށް އައިސްފައިވާ ޖަވާބުތައް ރަގަޅުކުރަންވާނެއެވެ‪.‬‬

‫ޙަރަކާތް ‪2‬‬
‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ޒަމާނުގެ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މުވާޞަލާތު ކުރުމުގެ މަގުފަހިވެފައިވާއިރު‪ ،‬މިފަދަ ވަޞީލާތްތައް‬


‫މެދުވރިކޮށް ކުރެވޭ ފާޙިޝްޢަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ކްލާހުގައި މަޝްވަރާކޮށް ފާހަގަކުރެވުނު‬
‫ނުކުތާތައް ނޯޓްކުރާށެވެ!‬

‫‪1.1‬ރިވެތި އަޚްލާޤުގެ މައްޗަށް ހޭލުންތެރިކުރުވުން‬

‫‪2.2‬ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ދަސްކޮށްދިނުން‬

‫‪3.3‬މޮނީޓަރ ކުރުން ވަރުގަދަކުރުން‬

‫‪4.4‬ނަސޭޙަތްތެރިވުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫ޙަރަކާތް ‪3‬‬
‫މިނިވަން ޚިޔާލުތަކާއި ގުޅިގެން ދުނިޔޭގެ ބައެއް ޤައުމުތަކުގައި‪ ،‬ލިވާޠުކުރުންފަދަ ޢަމަލުތައް އެއީ ޤާނޫނުން ހުއްދަކުރެވޭ‬
‫ޢަމަލުތަކަށް ހަދަމުންދެއެވެ‪ .‬މިފަދަ ކަންތަކުން ދިވެހިމުޖުތަމަޢު ސަލާމަތްކުރުމަށް ކުރިޔާލާއެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން‬
‫މުދައްރިސުގެ އެހީއާއެކު‪ ،‬ބަޔާންކުރާށެވެ!‬

‫‪1.1‬މުޖުތަމަޢު މިފަދަކަންތައްތަކަށް ހޭލުންތެރިކުރުވުން‬

‫‪2.2‬ދީނީ ޢަޤީދާ ވަރުގަދަކުރުން‬

‫‪3.3‬ކަމާގުޅޭ ޤާނޫނުތައްވަރުގަދަކުރުން‬

‫ނޯޓް‪ :‬ގުޅޭ ކޮންމެ ޖަވާބެއް ރަގަޅު ކަމުގައި ބަލާށެވެ!‬

‫‪163‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 8‬މުދައްރިސުންގެ ފޮތް‬

You might also like