You are on page 1of 260

‫ޔތު ‪9‬‬ ‫ލމީ ތ ަ ުރ ި‬

‫ބ ަ‬ ‫އި ް‬
‫ސ ާ‬
‫ދރިވަ ުރ ް‬
‫ނ ގެ ފޮތ ް‬ ‫ަ‬

‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬


‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬
‫މާލެ‪ ،‬ދިވެހިރާއްޖެ‬
‫އިސްމާޢީލް ރިޔާޟް ( ޔުނިޓް ‪)5،4،1‬‬ ‫ލިޔުނީ‪:‬‬
‫މުޙައްމަދު ސިނާން (ޔުނިޓް ‪)2‬‬
‫ޙުސައިން ޢަބްދުﷲ ސަޢީދު (ޔުނިޓް ‪)6،3‬‬
‫ޝަފީޢާ ޢަބްދުއްރައްޒާޤު (ޔުނިޓް ‪)5،1‬‬
‫ފާޠިމަތު ސާމިރާ (ޔުނިޓް ‪)6،3‬‬

‫މުރާޖަޢާ އަދި ޕްރޫފްކުރީ‪:‬‬


‫ޢަބްދުﷲ ޒާހިރު‬
‫މުޙައްމަދު ޒާހިދު‬

‫ފަންނީ ލަފާދީ ކޮންޓެންޓް އެޕްރޫވްކުރީ‪:‬‬


‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫ޔަޢުޤޫބް ޙުސައިން‬
‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫އަޙްމަދު ސަޢީދު‬
‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫ޙަސަން ލަބީބު‬

‫ލޭއައުޓަށް ފަންނީ ލަފާދީ އެޕްރޫވްކުރީ‪:‬‬


‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬ ‫މުޙައްމަދު ޝަކީލް‬

‫ލޭއައުޓާއި ފޮޓޯ‪ :‬އެމް ސެވަން ޕްރިންޓް‬

‫މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް‬ ‫ފޮތް ފާސްކުރީ‪:‬‬


‫‪(OTHR) 142-C1/142/2019/1‬‬ ‫ރެޖިސްޓްރޭޝަން ނަންބަރު‪:‬‬
‫‪ISBN: 978-99915-0-833-7‬‬ ‫އައި‪.‬އެސް‪.‬ބީ‪.‬އެން‪ .‬ނަންބަރު‪:‬‬

‫ފ އެޑިޔުކޭޝަން‬‫ނޭޝަނަލް އިންސްޓިޓިއުޓް އޮ ް‬ ‫ޝާއިޢު ކުރީ‪:‬‬


‫މާލެ‪ ،‬ދިވެހިރާއްޖެ‬

‫އެމް ސެވަން ޕްރިންޓް‬ ‫ޑިވަލޮޕް އަދި ޕްރިންޓްކުރީ‪:‬‬


‫މާލެ‪ ،‬ދިވެހިރާއްޖެ‬
‫`‬

‫ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން‬


‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬
‫މާލެ‪ ،‬ދިވެހިރާއްޖެ‪.‬‬

‫މިފޮތަކީ ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީސްޓޭޖު‬ ‫ ‬


‫‪4‬ގެ ގުރޭޑު ‪9‬ގެ އިސްލާމީ ތަރުބިޔަތު މުޤައްރަރުގެ މަޤުޞަދުތައް ޙާޞިލުކޮށްދިނުމަށްޓަކައި‬
‫އެކުލަވައިލައިފައިވާ ދަރިވަރުންގެ ފޮތެވެ‪.‬‬

‫މި ފޮތަށް އުނިއިތުރު ގެނައުމުގެ ޙައްޤު ލިބިގެންވަނީ ނޭޝަނަލް އިންސްޓިޓިއުޓް‬ ‫ ‬


‫އޮފް އެޑިޔުކޭޝަނަށެވެ‪.‬‬

‫‪ 18‬ޞަފަރު ‪1440‬‬ ‫ ‬
‫‪ 27‬އޮކްޓޫބަރ ‪2018‬‬ ‫ ‬
‫`‬
‫ފޮތް ހުޅުވާލުން‬

‫َص َحابِِه َوَم ْن تَبِ َع ُه ْم‬ ‫ِِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬
‫الس َل ُم َعلَى أَ ْشَرف األَنْبِيَاء َوالْمـُْـر َسل َ‬
‫ني‪َ .‬و َعلَى آله َوأ ْ‬ ‫الص َلةُ َو َّ‬
‫ني‪َ .‬و َّ‬ ‫اَ ْلَ ْم ُد هلل َر ِّ‬
‫ب الْ َعالَم َ‬
‫ان َإل يـَْوِم ال ِّدي ِن‪.‬‬
‫بِِحس ٍ‬
‫َْ‬

‫މިފޮތަކީ އައުޤައުމީ މަންހަޖުގެ ކީ ސްޓޭޖް ‪4‬ގެ ގުރޭޑު ‪9‬ގެ އިސްލާމީ ތަރުބިޔަތުގައި ބަޔާންވެގެންވާ މިންވަރު‬
‫ޙާޞިލުކުރުމަށް އެކުލަވައިލާފައިވާ ފޮތެކެވެ‪ .‬މިފޮތުގައި ހިމެނިފައިވަނީ ހަ ޔުނިޓެވެ‪ .‬އެ ޔުނިޓުތަކަކީ އިސްލާމީ ޢަޤީދާ‪،‬‬
‫ޙަދީޘް ޢިލްމު‪ ،‬އިސްލާމީ ފިޤުހު‪ ،‬އިސްލާމީ ތާރީޚާއި ޙަޟާރަތު‪ ،‬އިސްލާމީ ޘަޤާފާ އަދި އިސްލާމީ އަޚްލާޤެވެ‪.‬‬

‫މި މުޤައްރަރުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކޮންމެ ޔުނިޓަކުންވެސް އެ ޔުނިޓެއްގެ އުނގެނުމާއި އުގަންނައިދިނުމަށް‬


‫ރޭވިފައިވާ ޙަރަކާތްތައް ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ މުދައްރިސުންގެ ވަރަށް ބޮޑު ޒިންމާއެކެވެ‪ .‬އަދި ބެލެނިވެރިންގެ‬
‫އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ މުދައްރިސުންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށް މަގުފަހިވާނެ ކަމެކެވެ‪.‬‬

‫މި ފޮތް އެކުލަވާލުމުގައި‪ ،‬މި ކީ ސްޓޭޖްގައި ދަރިވަރުންގެ ކިބައިގައި ހަރުލައްވަންޖެހޭ މައިގަނޑު ޤާބިލިއްޔަތުތައް‬
‫ޙާޞިލުވާނެ ފަދަ ގޮތަކަށް ފޮތް އެކުލަވައިލުމަށް ވަރަށް ޚާއްޞަ ކަމެއް ދީފައިވާނެއެވެ‪ .‬މުޤައްރަރުގައިވާ ގޮތަށް‬
‫ޙާޞިލުވިކަން އަންގައިދޭ ފާހަގަތަކުގައި ހިމެނޭ ބައިތައް ފުރިހަމައަށް ފޮތުގައި ގެނައުމަށްވެސް ޚާއްޞަ ސަމާލުކަމެއް‬
‫ދީފައިވާނެއެވެ‪.‬‬

‫މި މަސައްކަތް ފުރިހަމަ ކުރުމުގެ ތައުފީޤު ދެއްވިކަމައްޓަކައި މާތް ﷲ ގެ ޙަޟްރަތަށް ޝުކުރުވެރިވަމެވެ‪ .‬ދުޢާއަކީ‬
‫މިފޮތުގެ ސަބަބުން ކިޔަވާ ކުދިންގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮންނަ ލޯތްބާއި‪ ،‬ދީނީ ޢިލްމާއި ހޭލުންތެރިކަން‬
‫އިތުރުވެ‪ ،‬އެޢިލްމު އުނގެނުމުގެ ޝައުޤުވެރިކަން އިތުރުވުމެވެ‪ .‬އަދި މިމަސައްކަތަކީ މާތް ﷲ ގެ ޙަޟްރަތުގައި މަޤުބޫލު‬
‫މަސައްކަތެއް ކަމުގައި ލެއްވުމެވެ‪ .‬آ ِمـ ْي‪.‬‬

‫‪ 18‬ޞަފަރު ‪1440‬‬ ‫ ‬
‫‪ 27‬އޮކްޓޫބަރ ‪2018‬‬ ‫ ‬

‫‪iv‬‬
‫މާތް ﷲ ވަޙީކުރައްވާފައިވއެވެ‪.‬‬

‫﴿ﱐﱑﱒﱓ﴾‬
‫(ޠާޙާ‪)114 :‬‬

‫މާނައީ [އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ!‬


‫މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!”‬

‫سلَّ َم ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه‬ ‫ِ‬


‫َو َ‬ ‫َر ُس ْو ُل هللا َ‬

‫س فِ ِيه ِع ْل ًما‪،‬‬
‫َ ُ‬
‫ك طَ ِري ًقا يـ ْلتَ ِ‬
‫م‬ ‫“م ْن َسلَ َ‬
‫َ‬
‫الَنَّة”‬‫اللُ لَهُ طَ ِري ًقا إِ َل ْ‬‫َس َّه َل َّ‬
‫(ރިވާކުރެއްވީ ‪ :‬މުސްލިމް)‬

‫މާނައީ [އެ މަގަކުން ޢިލްމު ހޯދާނޭ މަގެއް ހޯދައި‬


‫އެމަގުން ހިނގައިފި މީހާއަށް އެކަމުގެ ސަބަބުން ސުވަރުގެ‬
‫ދެވޭނެ މަގެއް މާތް ﷲ ފަހިކޮށް ދެއްވާނެތެވެ‪].‬‬

‫‪v‬‬
‫އެކުލެވިގެން ާވ ބައިތަ ްއ‬
‫އިސް ާލމީ ޢަޤީ ާދ‬ ‫‪1‬‬
‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުން ‪10. . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬

‫ޞައްލަﷲ ޢަލައިހި ވަސައްލަމަ ‪14. . . . . . . . . . . . . . . . . . . . . .‬‬ ‫ُمَ َّم ُد‬ ‫އެންމެ ފަހުގެ ރަސޫލާ‬ ‫ފިލާވަޅު ‪:2‬‬

‫ޢީސާގެފާނާ މެދު މުސްލިމުންގެ ޢަޤީދާ ‪17. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:3‬‬

‫މުޢުޖިޒާތް ‪21. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬

‫‪27. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ބާޠިލު ޢަޤީދާގެ ބައެއް ފިރުޤާތައް ‪1‬‬ ‫ފިލާވަޅު ‪:5‬‬

‫‪33. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ބާޠިލު ޢަޤީދާގެ ބައެއް ފިރުޤާތައް ‪2‬‬ ‫ފިލާވަޅު ‪:6‬‬

‫ޙަދީ ްޘ ޢި ްލމު‬ ‫‪2‬‬


‫ޙަދީޘް ޢިލްމު ‪44. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬

‫ޙަދީޘް ލިޔެ ރައްކާތެރިކުރުން ‪47. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:2‬‬

‫ޙަދީޘް ރިވާކުރުމުގައި މަޝްހޫރު ޞަޙާބީން ‪52. . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:3‬‬

‫ހެޔޮ ޢަމަލާއި ނުބައި ޢަމަލު ‪56. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬

‫އަނިޔާވެރިނުވުން ‪59. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:5‬‬

‫މުންކަރާތްތައް ނަހީކުރުން ‪62. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:6‬‬

‫‪66. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫މާތް ﷲގެ ޢަފޫކުރެއްވުން‬ ‫ފިލާވަޅު ‪:7‬‬

‫ރިވެތި އަޚްލާޤުގެ ވެރިއަކަށްވުން ‪69. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:8‬‬


‫އިސް ާލމީ ފިޤު ުހ‬ ‫‪3‬‬
‫ކައިވެނި ‪74. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬

‫ޚިޠުބާ ‪78. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:2‬‬

‫މަޙްރަމުން ‪82. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:3‬‬

‫ކައިވެނިކުރުން ވަގުތީ ގޮތުން ޙަރާމް މީހުން ‪88. . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬

‫ޣައިރު މުސްލިމުންނާ ކައިވެނިކުރުން ‪90. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:5‬‬

‫ކައިވެނިގެ ރަނާއި ވަލީމާ ‪92. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:6‬‬

‫ކައިވެނީގެ ރުކުންތަކާއި ޝަރުޠުތައް ‪97. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:7‬‬

‫ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް ‪102. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:8‬‬

‫ވަރި ‪106. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:9‬‬

‫ފިލާވަޅު ‪ :10‬ވަރި ބެހިގެންވާ ބައިތައް ‪111. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :11‬ޚުލްޢުކުރުމާއި ފަސްޚުކުރުން ‪115. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :12‬ޢިއްދަ ‪121. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :13‬ޡިހާރުކުރުން ‪126. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :14‬އީލާއު ‪130. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :15‬ޤަޛްފުކުރުން ‪134. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬

‫ފިލާވަޅު ‪ :16‬ލިޢާންކުރުން ‪139. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬


‫އިސް ާލމީ ާތރީ ާޚއި ޙަޟާ ަރތު‬ ‫‪4‬‬
‫ހަތަރު މަޒުހަބު އުފެދުން ‪146. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬
‫އިސްލާމީ ފިޤުހު ކުރިއެރުން ‪155. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:2‬‬
‫އިސްލާމީ ޙަޟާރަތު ‪162. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . 1‬‬ ‫ފިލާވަޅު ‪:3‬‬
‫އިސްލާމީ ޙަޟާރަތު ‪( 2‬މި ޒަމާނުގައި އިސްލާމީ ޙަޟާރަތު ކުރިއަރަމުންދާ މިންވަރު) ‪170. . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬
‫މުސްލިމުން ކުރިއަރުވައި ތަރައްޤީ ކުރި ބައެއް ޢިލްމުތައް ‪176. . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:5‬‬

‫އިސް ާލމީ ަޘ ާޤފާ‬ ‫‪5‬‬


‫ދީނުގައި ހައްދުފަހަނަޅައި ދިއުން ‪183. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬
‫މުސްލިމަކު ކާފިރުކުރުން ‪187. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:2‬‬
‫ދެ ޖިންސުގެ ހަމަހަމަކަން ‪190. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:3‬‬
‫އިސްލާމްދީނާ މެދު ކުރެވޭ ކުށް ހީތައް ‪194. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬

‫އިސް ާލމީ އަ ްޚ ާލޤު‬ ‫‪6‬‬


‫މާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުން ‪206. . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:1‬‬
‫މާތް ﷲގެ މަޚުލޫޤުންނަށް އޯގާތެރިވުން ‪212. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:2‬‬
‫ތައުބާވުން ‪218. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:3‬‬
‫ހަވާނަފްސަށް ތަބާވުން ‪224. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:4‬‬
‫ނަފްސު ހިސާބުކުރުން ‪230. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:5‬‬
‫ދެބައޮޑުވުމާއި ނެތިމޮށުމުގެ ނުބައިކަން ‪233. . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:6‬‬
‫އިޖުތިމާޢީ ހަމަހަމަކަން ‪240. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:7‬‬
‫ނަޒާހަތްތެރިކަން ‪244. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:8‬‬
‫ކުށް ޤަބޫލުކުރުމާއި މަޢާފުކުރުން ‪249. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬ ‫ފިލާވަޅު ‪:9‬‬
‫ފިލާވަޅު ‪ :10‬ހެދުން އެޅުމުގެ އަދަބުތައް ‪254. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .‬‬
‫ޔުނިޓް ‪1‬‬
‫އިސްލާމީ ޢަޤީދާ‬

‫މި ޔުނިޓުގައި އަޅުގަނޑު ‪...‬‬


‫● ●ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ ކޮބައިކަން އެނގުމާއި އެ ބޭކަލުންނަށް އީމާންވުމުގެ‬
‫މުހިންމުކަން ދަސްކުރާނަން‬
‫● ●އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވުމަކީ‬
‫ކޮބައިކަމާއި އެކަލޭގެފާނަށް އީމާންވުމުގެ ޙުކުމް ދަސްކުރާނަން‬
‫● ●ޢީސާގެފާނާމެދު މުސްލިމުންގެ ޢަޤީދާއަކީ ކޮބައިކަން ދަސްކުރާނަން‬
‫● ●މުޢުޖިޒާތަކީ ކޮބައިކަމާއި ރަސޫލުބޭކަލުންނަށް ދެއްވި މުޢުޖިޒާތްތައް ދަސްކުރާނަން‬
‫● ●ބާޠިލު ފިރުޤާތަކުގެ ތެރެއިން ޤާދިޔާނީންނާއި ބާޠިނީންނާއި ޚަވާރިޖުންނާއި ޝީޢީންނަކީ ކޮން‬
‫ބައެއްކަން ދަސްކުރާނަން‬
‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ފިލާވަޅު ‪1‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުން‬


‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން‬ ‫‪1.1‬‬

‫ޢަރަބި ބަހުގައި ރަސޫލަކީ‪ ،‬ފޮނުއްވޭ ފަރާތެވެ‪ .‬އަދި ނަބީއަކީ‪ ،‬ޚަބަރުދޭ ފަރާތެވެ‪.‬‬

‫ގެ ޙަޟްރަތުން އައު‬ ‫ﷲ‬ ‫ޝަރުޢީ އިޞްޠިލާޙުގައި ރަސޫލު ބޭކަލުންނަކީ‪ ،‬ވަޙީގެ ޒަރީޢާއިން މާތް‬
‫ޝަރީޢަތެއް ބާވައިލެއްވޭ ފަރާތްތަކެވެ‪.‬‬

‫އަދި ނަބީ ބޭކަލުންނަކީ‪ ،‬އެ ބޭކަލެއްގެ ކުރިން ފޮނުއްވުނު ރަސޫލު ބޭކަލެއްގެ ނުވަތަ ބޭކަލުންތަކެއްގެ‬
‫ޝަރީޢަތް ފެތުރުއްވުމަށް ފޮނުއްވޭ ބޭކަލުންތަކެކެވެ‪ .‬އެ ބޭފުޅުންނަކީ‪ ،‬ވަޙީގެ ޒަރީއާއިން އައު ޝަރީޢަތެއް‬
‫ބާވައިލެއްވޭ ފަރާތްތަކެއް ނޫނެވެ‪.‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުން‬ ‫‪1.2‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުމީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ‪.‬‬
‫އެއާ ނުލައި އީމާންކަން ޞައްޙައެއް ނުވާނެއެވެ‪.‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވެވޭނީ އަންނަނިވި ކަންތައްތައް ހިތުން ތެދުކޮށް‬


‫ޤަބޫލުކުރުމުންނެވެ‪.‬‬

‫ބަޔަކު ރަސޫލުންގެ ގޮތުގައި ކޮންމެ އުއްމަތަކަށް ވެސް އިޚްތިޔާރު ކުރެއްވިކަން‪.‬‬ ‫މާތްﷲ‬ ‫‪.1‬‬

‫ޝަރީޢަތްތައް ބާވައިލައްވައި‪ ،‬ޝަރީޢަތްތައް ފޯރުކޮށްދެއްވުމަށް އަމުރު‬ ‫މާތްﷲ‬ ‫‪ .2‬އެ ބޭކަލުންނަށް‬


‫ކުރެއްވިކަން‪.‬‬

‫ގެ ޙަޟްރަތުން ފޮނުއްވުނު ޙައްޤު ރަސޫލުންކަން ސާބިތުކޮށްދެއްވުމަށްޓަކައި‬ ‫މާތްﷲ‬ ‫‪ .3‬އެ ބޭކަލުންނަކީ‬


‫މުޢުޖިޒާތްތަކާއި ހެކިތައް ދެއްކެވިކަން‪.‬‬ ‫މާތްﷲ‬ ‫އެ ބޭކަލުންގެ އަތްޕުޅުމަތިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪10‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުމުގެ މުހިންމުކަން‬ ‫‪1.3‬‬

‫‪ .1‬ޙައްޤާއި ބާޠިލު އެނގިގެން ދިޔުން‪.‬‬

‫‪ .2‬އަޅުކަން ކުރަންވީ ޙައްޤު ފަރާތް މަޢުރިފާކޮށް‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ!‬ ‫ދެނެގަނެވުން‪.‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ‬ ‫‪ .3‬އަޅުކަން ކުރަންވީ ފުރިހަމަ ގޮތް އެނގިގެން ދިޔުން‪.‬‬

‫ބޭކަލުން އެ ބޭކަލުންގެ ދަޢުވަތު‬ ‫‪ .4‬ދިރިއުޅުމުގައި ދިމާވާ އެންމެހައި ކަމެއްގައި ޢަމަލު‬


‫ފޯރުކޮށްދެއްވުމުގެ ގޮތުން‬ ‫ކުރަންވީ ގޮތް އެނގިގެން ދިޔުން‪.‬‬
‫ޙިކުމަތްތެރިކަމާއެކު‪ ،‬ޙުއްޖަތާއި‬
‫ގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި‬ ‫ﷲ‬ ‫‪ .5‬މާތް‬
‫ބުރުހާނު ދައްކަވައިގެން މަސައްކަތް‬
‫އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދެނެގަނެވުން‪.‬‬
‫ކުރެއްވިއެވެ‪ .‬އެހެންނަމަވެސް‪،‬‬
‫ގިނަ މީހުން އެ ބޭކަލުންގެ ދަޢުވަތު‬ ‫‪ .6‬ދުނިޔެމަތީގައި ކޮށްއުޅުނު ކަންކަމަށް ޘަވާބާއި އަޒާބު‬

‫ޤަބޫލެއް ނުކުރިއެވެ‪ .‬އިސްލާމްދީނުގެ‬ ‫ދެއްވަން އާޚިރަތްދުވަހު ކަނޑައަޅުއްވާފައިވުމުން‪،‬‬

‫މިންވަރު‬ ‫ﷲ‬ ‫ހިދާޔަތު ލިބެނީ‪ ،‬މާތް‬ ‫ހެޔޮކަންކަމާއި ނުބައިކަންކަން މީސްތަކުންނަށް‬

‫ފ‬ ‫ކުރެއްވި މީހަކަށެވެ‪.‬‬ ‫ކިޔައިދޭނެ ފަރާތްތަކަކަށް މީސްތަކުން‬


‫ބޭނުންޖެހިފައިވުން‪ .‬މި ކަމަށް އިޝާރާތް ކުރައްވައި‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫ﱡﭐﱤ ﱥ ﱦ ﱧ ﱨ ﱩ ﱪ ﱫ ﱬ‬

‫(ސޫރަތުއްނަޙްލު‪)36 :‬‬ ‫ﱭ‪ -‬ﱮﱠ ‬


‫އަށް‬ ‫ﷲ‬ ‫މާނައީ [ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ‪ .‬އެއީ‪،‬‬
‫އަޅުކަން ކުރުމަށާއި‪ ،‬ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ‪].‬‬

‫‪11‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ ސިފަފުޅުތައް‬ ‫‪1.4‬‬

‫ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ އެތަކެއް ސިފަފުޅުތަކެއް ވެއެވެ‪ .‬އޭގެ ތެރެއިން އެންމެ އަސާސީ‬
‫ސިފަފުޅުތަކަކީ‪ :‬ތެދުވެރިކަމާއި‪ ،‬އަމާނާތްތެރިކަމާއި‪ ،‬ވިސްނުންފުޅު ތޫނުކަމާއި‪ ،‬ހިތްވަރުފުޅު ގަދަކަމާއި‪،‬‬
‫ކެތްތެރިކަމާއި‪ ،‬ބުރުސޫރަ ރިވެތިވުމާއި‪ ،‬ސާފު ނަސްލަކުން އައިސްފައި ވުމެވެ‪.‬‬

‫އުލުލްޢަޒްމުގެ ވެރި ބޭކަލުން‬ ‫‪1.5‬‬

‫އުލުލްޢަޒްމު (ޢަޒުމު ވަރުގަދަ ނުވަތަ ހިތްވަރުފުޅު ގަދަ) ބޭކަލުންނޭ ކިޔެނީ‪ ،‬ރަސޫލު ބޭކަލުންގެ‬
‫ތެރެއިން އެންމެ ބޮޑެތި ދަތިއުނދަގޫތައް ކުރިމަތިވެވަޑައިގެންނެވި‪ ،‬އަދި އެންމެ ބޮޑަށް އެކަންކަމުގައި‬
‫ކެތްތެރިވެވަޑައިގެންނެވި ބޭކަލުންނަށެވެ‪ .‬ގިނަ ޢިލްމުވެރިންގެ‬
‫ނަޒަރުގައި އެއީ ފަސް ބޭކަލެކެވެ‪ .‬އެއީ‪:‬‬

‫‪ .1‬ނޫޙު ޢަލައިހިއްސަލާމު‬

‫‪ .2‬އިބްރާހީމު ޢަލައިހިއްސަލާމު‬

‫‪ .3‬މޫސާ ޢަލައިހިއްސަލާމު‬

‫‪ .4‬ޢީސާ ޢަލައިހިއްސަލާމު‬

‫ޢަލައިހި ވަސައްލަމަ‬ ‫ޞައްލަﷲ‬ ‫‪ .5‬މުޙައްމަދު‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪12‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ ތަފާތު ލިޔާށެވެ!‬

‫‪ .2‬ރަސޫލު ބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް ވާއިރު‪ ،‬ރަސޫލު‬


‫ބޭކަލުންނަށް އީމާންވާންވީ ގޮތް ބުނެދޭށެވެ!‬

‫‪ .3‬މީސްތަކުން ރަސޫލުންނާއި ނަބިއްޔުންނަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ‪.‬‬ ‫ﷲ‬ ‫‪ .1‬ސޫރަތުއް ނަޙްލުގެ ‪ 36‬ވަނަ އާޔަތުގައި މާތް‬


‫އަށް‬ ‫ﷲ‬ ‫[ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ‪ .‬އެއީ‪،‬‬
‫އަޅުކަންކުރުމަށާއި‪ ،‬ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ‪ ].‬މި އާޔަތުން ރަސޫލު ބޭކަލުންނާއި‬
‫ނަބީބޭކަލުންނަށް އީމާންވުމުގެ މުހިންމުކަން އެނގިގެންދާ ގޮތަކީ ކޮބައި ހެއްޔެވެ؟‬

‫‪[ .2‬ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުމީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ‪].‬‬
‫މި ޢިބާރާތާމެދު ރަނގަޅަށް ވިސްނުމަށްފަހު މިއިން ދޭހަވާ ދެ ކަމެއް ލިޔާށެވެ!‬

‫‪ .3‬ރަސޫލެއްކަން ޘާބިތުވާނީ ކިހިނެއްކަން ގުރޫޕު މަޝްވަރާގެ ތެރެއިން ހާމަކުރާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ގުރޫޕުތަކުގެ ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް‪ ،‬އުލުލްޢަޒްމުގެ ވެރި ރަސޫލު ބޭކަލުންނަށް‬


‫ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކަކީ ކޮބައިކަމާއި‪ ،‬އެ ބޭކަލުން އެ ކަމާމެދު ޢަމަލު ކުރެއްވި ގޮތް‬
‫ވަކިވަކިން ބަޔާންކުރާށެވެ!‬

‫‪13‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ފިލާވަޅު ‪2‬‬

‫ޞައްލަﷲ ޢަލައިހި ވަސައްލަމަ‬ ‫حممد‬


‫ّ‬ ‫އެންމެ ފަހުގެ ރަސޫލާ‬

‫ޢަލައިހި ވަސައްލަމަ‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬ ‫‪2.1‬‬

‫ކޮންމެ އުއްމަތަކަށްމެ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން‬ ‫ﷲ‬ ‫މާތް‬

‫ފޮނުއްވެވިއެވެ‪ .‬އެގޮތުގެ މަތިން‪ ،‬މި އުއްމަތަށް ފޮނުއްވެވީ‪ ،‬ނަބިއްޔާ މުޙައްމަދު‬

‫ޢަލައިހި ވަސައްލަމައެވެ‪ .‬އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ‪،‬‬ ‫ޞައްލަﷲ‬


‫އެވެ‪ .‬އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ‪،‬‬ ‫ޢަބްދިﷲ‬ ‫މުޙައްމަދު ބިން‬

‫ޢާމުލްފީލުގެ ނަމުން ނަންދެވޭ އަހަރު‪ ،‬މައްކާގައެވެ‪ .‬އެއީ‪ ،‬މީލާދީ ގޮތުން‪،‬‬

‫‪ 570‬ނުވަތަ ‪ 571‬ވަނަ އަހަރެވެ‪ .‬އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ‪ ،‬ހިޖުރައިން ‪ 11‬ވަނަ އަހަރުގެ‬

‫ރަބީޢުލްއައްވަލު މަހުގެ ‪ 12‬ވީ ހޯމަދުވަހު‪ ،‬މަދީނާގައެވެ‪ .‬އެއީ‪ ،‬މީލާދީ ގޮތުން‪ 632 ،‬ވަނަ އަހަރެވެ‪ .‬އޭރު‬

‫އެކަލޭގެފާނުގެ ޢުމުރުފުޅަކީ‪ 63 ،‬އަހަރުފުޅެވެ‪.‬‬

‫ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް އީމާންވުމުގެ ޙުކުމް‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬ ‫‪2.2‬‬

‫ޢަލައިހި ވަސައްލަމަގެ ރަސޫލުކަމަށް އީމާންވުމީ ވާޖިބެކެވެ‪ .‬އެއާ ނުލައި‬ ‫ޞައްލަﷲ‬ ‫ނަބިއްޔާ މުޙައްމަދު‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫އީމާންކަން ޞައްޙައެއް ނުވާނެއެވެ‪ .‬މާތް‬

‫(ސޫރަތުލްފަތުޙު‪)29 :‬‬ ‫ﱡ ﭐ ﱁ ﱂ ﱃﱄ ‬
‫ﱠ‬
‫ގެ ރަސޫލާއެވެ‪].‬‬ ‫ﷲ‬ ‫މާނައީ “މުޙައްމަދުގެފާނީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪14‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ޢަލައިހި ވަސައްލަމައަކީ އެންމެ ފަހުގެ ރަސޫލާކަން‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬ ‫‪2.3‬‬

‫ޢަލައިހި ވަސައްލަމައާ ހަމައިން ރަސޫލުކަމާއި ނަބީކަމަށް ވަނީ ނިމުން އައިސްފައެވެ‪.‬‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬

‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫ﱡﭐ ﲶ ﲷ ﲸ ﲹ ﲺ ﲻ ﲼ ﲽ ﲾ ﲿ ﳀ‬

‫(ސޫރަތުލް އަޙްޒާބު‪)40 :‬‬ ‫ﳁﳂ ﳃ ﳄ ﳅ ﳆ ﳇﳈ ‬


‫ﱠ‬
‫[މުޙައްމަދުގެފާނީ ތިޔަބައިމީހުންކުރެ ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ވެސް ބަފާކަމުގައި ނުވެތެވެ‪ .‬އަދި‬
‫ގެ ރަސޫލާއެވެ‪ .‬އަދި ނަބީކަން ޚަތިމުކުރައްވާ ސާހިބާއެވެ‪ .‬އަދި ކޮންމެ‬ ‫ﷲ‬ ‫އެހެނެއްކަމަކު‪ ،‬އެކަލޭގެފާނީ‬
‫ވޮޑިގެން ވެއެވެ‪].‬‬ ‫ﷲ‬ ‫ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި‬

‫އަދި ބުއްދީގެ ގޮތުން ބަލާއިރު ވެސް އެތަކެއް ގޮތަކުން މި ކަން ސާބިތުވެއެވެ‪ .‬އޭގެ ތެރޭގައި‪:‬‬

‫ބާވައިލައްވާފައި ނުވުން‪.‬‬ ‫މާތް ﷲ‬ ‫‪ .1‬ކީރިތި ޤުރްއާނަށް ފަހު އިތުރު ފޮތެއް‬

‫ޢަލައިހި ވަސައްލަމަގެ ޝަރީޢަތުގެ ޙުކުމްތައް ކޮންމެ ޒަމާނަކަށް‬ ‫ނަބިއްޔާ މުޙައްމަދު ޞައްލަﷲ‬ ‫‪.2‬‬
‫އެ ޝަރީޢަތް ބައްޓަންކުރައްވާފައި ވަނީ‪ ،‬ކޮންމެ ޒަމާނެއްގައި ވެސް‬ ‫ވެސް ފެތުން‪ .‬އެހެނީ‪ ،‬މާތްﷲ‬
‫އެ ޝަރީޢަތުގެ ޙުކުމްތަކަށް ޢަމަލު ކުރެވޭނެ ގޮތަށެވެ‪.‬‬

‫‪ .3‬އެކަލޭގެފާނުގެ ރިސާލަތް ރައްކާތެރިކަމާއެކު‪ ،‬އެއްވެސް މިންވަރަކަށް ބަދަލު އައުމެއް ނެތި ދެމިއޮތުން‪.‬‬


‫ކުރިން ބާވައިލެއްވުނު ހުރިހައި ރިސާލަތްތަކަކީ ވެސް ނެތިގޮސްފައިވާ‪ ،‬ނުވަތަ މީސްތަކުން ބަދަލު‬
‫ގެނެސްފައިވާ ރިސާލަތްތަކެކެވެ‪.‬‬

‫‪15‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޢަލައިހި ވަސައްލަމަގެ ރިސާލަތަށް ލިބިފައިވާ ޚާއްޞަ ސިފަތައް‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬ ‫‪2.4‬‬

‫ޢަލައިހި ވަސައްލަމަ ފިޔަވައި‪ ،‬އެހެނިހެން ރަސޫލު ބޭކަލުން ފޮނުއްވީ‬ ‫ޞައްލަﷲ‬ ‫މުޙައްމަދު‬ ‫ﷲ‬ ‫‪ .1‬މާތް‬
‫އެއިން ކޮންމެ ބޭކަލެއްގެ ވެސް ޤައުމުގެ މީސްތަކުންގެ ގާތަށް ކަމުގައިވުން‪ .‬އެހެންނަމަވެސް‪ ،‬މުޙައްމަދު‬
‫ޢަލައިހި ވަސައްލަމަ ފޮނުއްވެވީ އެއްވެސް އިސްތިޘްނާއެއް ނެތި އެންމެހައި މީސްތަކުންގެ ގާތަށެވެ‪.‬‬ ‫ޞައްލަﷲ‬
‫އެހެންކަމުން‪ ،‬އެކަލޭގެފާނުގެ ރިސާލަތު ވަނީ އެންމެހައި މީސްތަކުންނަށް ޝާމިލުވެގެންނެވެ‪.‬‬

‫ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ އެންމެ ފުރިހަމަ‪ ،‬އަދި ޤިޔާމަތާ ޖެހެންދެން‬ ‫‪ .2‬މުޙައްމަދު ޞައްލަﷲ‬
‫ދެމިއޮންނާނެ ރިސާލަތް ކަމުގައިވުން‪.‬‬

‫ޢަލައިހި ވަސައްލަމަގެ ޝަރީޢަތް ބާވައިލެއްވުމުން‪ ،‬ކުރިން ބާވައިލެއްވުނު‬ ‫‪ .3‬މުޙައްމަދު ޞައްލަﷲ‬


‫އެންމެހައި ޝަރީޢަތްތަކެއް ވެސް މަންސޫޚު ކުރެވިފައިވުން‪.‬‬

‫ޢަލައިހި ވަސައްލަމަގެ ރިސާލަތަކީ އެންމެ ލުއިފަސޭހަ ރިސާލަތް ކަމުގައިވުން‪.‬‬ ‫‪ .4‬މުޙައްމަދު ޞައްލަﷲ‬


‫‪ .5‬މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ތެރޭގައި ހިމެނޭ ކީރިތި ޤުރްއާނަކީ އޭގެ ޒާތުގައި މުޢުޖިޒާތަކަށްވުން‪.‬‬

‫ޙަރަކާތް ‪:1‬‬
‫ޢަލައިހި ވަސައްލަމަގެ ރިސާލަތަށް ލިބިފައިވާ ޚާއްޞަ ސިފަތަކުގެ ތެރެއިން ތިން ސިފައެއް‬ ‫ޞައްލަﷲ‬ ‫‪ .1‬މުޙައްމަދު‬
‫ލިޔާށެވެ!‬

‫ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ‪" .‬މުޙައްމަދުގެފާނީ‬ ‫ސޫރަތުލް އަޙްޒާބުގެ ‪ 40‬ވަނަ އާޔަތުގައި މާތް ﷲ‬ ‫‪.2‬‬
‫ގެ‬ ‫ތިޔަބައިމީހުން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ވެސް ބަފާކަމުގައި ނުވެތެވެ‪ .‬އަދި އެހެނެއްކަމަކު‪ ،‬އެކަލޭގެފާނީ ﷲ‬
‫ރަސޫލާއެވެ‪ .‬އަދި ނަބީކަން ޚަތިމުކުރައްވާ ސާހިބާއެވެ‪ .‬އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ‬
‫ވޮޑިގެން ވެއެވެ‪ ".‬މި އާޔަތުން މުޙައްމަދުގެފާނަކީ އެންމެފަހުގެ ރަސޫލާކަން ހާމަވާ ގޮތަކީ ކޮބައި ހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬
‫ޢަލައިހި ވަސައްލަމައަކީ އެންމެ ފަހުގެ ރަސޫލާކަމަށްވުމުން ނުކުންނާނޭ ނަތީޖާތަކާ‬ ‫ޞައްލަﷲ‬ ‫ނަބިއްޔާ މުޙައްމަދު‬
‫ގުޅޭގޮތުން ގުރޫޕުތަކުގައި މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪16‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ފިލާވަޅު ‪3‬‬

‫ޢީސާގެފާނާ މެދު މުސްލިމުންގެ ޢަޤީދާ‬

‫ޢީސާ ޢަލައިހިއްސަލާމަކީ ބަނޫ އިސްރާއީލް ދަރިފަސްކޮޅުން‬


‫ކ‬
‫ވިސް ނާ ާލ ެ‬
‫ށވެ!‬
‫ފޮނުއްވުނު ރަސޫލެކެވެ‪ .‬އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ‬

‫ނަޞާރާއިން ޢީސާގެފާނު މަތިވެރި‬ ‫ބައްޕާފުޅަކާ ނުލައި‪ ،‬ހަމައެކަނި މަންމާފުޅެއްގެ ޒަރީއާއިންނެވެ‪.‬‬

‫ކުރުމުގައި ހައްދުފަހަނަޅައި ދިޔަ‬


‫މުސްލިމުން ޢީސާ ޢަލައިހިއްސަލާމާ ގުޅޭ ގޮތުން ޤަބޫލުކުރާ‬
‫ފަދައިން‪ ،‬ނަބިއްޔާ މުޙައްމަދު‬
‫ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ‪.‬‬
‫ޢަލައިހި ވަސައްލަމަ‬ ‫ޞައްލަﷲ‬
‫މަތިވެރި ކުރުމުގައި ހައްދުފަހަނަޅައި‬ ‫ގެ އަޅެކެވެ‪ .‬އަދި‬ ‫ﷲ‬ ‫‪ .1‬ޢީސާ ޢަލައިހިއްސަލާމަކީ‪ ،‬މާތް‬
‫ނުދިޔުމަށް އެކަލޭގެފާނު ވަނީ‪ ،‬މި‬
‫ގެ‬ ‫ﷲ‬ ‫އެކަލާނގެ ފޮނުއްވި ރަސޫލެކެވެ‪ .‬އެހެނީ‪ ،‬މާތް‬
‫އުއްމަތަށް ވަޞިއްޔަތް ކުރައްވާފައެވެ‪.‬‬
‫ވަޙީބަސްފުޅުގައި ވެއެވެ‪.‬‬

‫ﱡ ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ‬

‫ﱌﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ ﱖ‬

‫(ސޫރަތުއްނިސާ‪)171 :‬‬ ‫ﱗ ﱘ ﱙ ﱚ ﱛ ‬
‫ﱠ‬
‫މާނައީ [އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާ މެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ!‬
‫އާ މެދު ޙައްޤު ބަސް މެނުވީ ތިޔަބައިމީހުން ނުބުނާށެވެ! މަރިޔަމްގެފާނުންގެ ދަރިކަލުން އަލްމަސީޙު‬ ‫ﷲ‬ ‫އަދި‬
‫ގެ ރަސޫލާ ކަމުގައެވެ‪ .‬އަދި އެކަލާނގެ ކަލިމަފުޅު ކަމުގައެވެ‪ .‬އެ ކަލިމަފުޅު‬ ‫ﷲ‬ ‫ޢީސާގެފާނު ވާކަން ކަށަވަރީ‪،‬‬
‫އެކަލާނގެ މަރިޔަމްގެފާނާ ހަމަޔަށް ފޮނުއްވައި އެ ކަމަނާގައި އެ ކަލިމަފުޅު ލެއްވިއެވެ‪ .‬އަދި އެކަލާނގެ‬
‫ޙަޟްރަތުން ލެއްވި ރޫޙުފުޅެއް ކަމުގައެވެ‪].‬‬

‫ޢީސާގެފާނާ ބެހޭ ގޮތުން ނަޞާރާއިން (ކުރިސްޓިއަނުން) ޤަބޫލުކުރާ ގޮތުގައި އެކަލޭގެފާނަކީ‪ ،‬އިލާހުވަންތަ‬

‫‪17‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ގެ ދަރިކަލެކެވެ‪ .‬އެހެންނަމަވެސް‪ ،‬އެބައިމީހުންގެ މި ދަޢުވާގެ ބާޠިލުކަން‬ ‫ﷲ‬ ‫ކަމުގައި ބައިވެރިވާ‪ ،‬މާތް‬
‫ވަޙީކުރައްވާފައި ވެއެވެެ‪.‬‬ ‫ﷲ‬ ‫ހާމަކުރައްވައި މާތް‬

‫ﱦ ﱨ ﱩ‬
‫ﱧ‬ ‫ﱡ ﭐ ﱜ ﱝ ﱞ ﱟﱠ ﱡ ﱢﱣ ﱤ ﱥ‬
‫(ސޫރަތުއްނިސާ‪)171 :‬‬ ‫ﱪ ﱫﱬ ﱭ ﱮ ﱯ ﱰ ﱱ ‬
‫ﱠ‬
‫އާއި އެކަލާނގެ ރަސޫލުންނަށް ތިޔަބައިމީހުން އީމާންވާށެވެ! އަދި (އިލާހުން) ތިނެކޭ‬ ‫ﷲ‬ ‫މާނައީ [ފަހެ‪،‬‬
‫ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން‬
‫ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ‪ .‬އެކަލާނގެއަށް ދަރިކަލަކު‬ ‫ﷲ‬ ‫ބޮޑެވެ‪ .‬ހަމަކަށަވަރުން‪،‬‬
‫ވުމުން އެކަލާނގެ ހުސްޠާހިރުވަންތައެވެ‪].‬‬

‫ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ‪.‬‬ ‫އަދި ނަބިއްޔާ ޞައްލަﷲ‬


‫ވިސް ނާ ާލ ެ‬
‫ށވެ!‬ ‫[م ْن َش ِه َد أَ ْن َل إِلَهَ إَِّل هللاُ َو ْح َدهُ َل َش ِريْ َ‬
‫ك لَهُ‪َ ،‬وأ َّ‬
‫َن‬ ‫َ‬
‫ِ‬ ‫ِ‬ ‫ِ‬
‫ކ‬

‫َن عْي َسى َعْب ُد هللا َوَر ُسولُهُ‪َ ،‬وَكل َمتُهُ‬ ‫ُمَ َّم ًدا َعْب ُدهُ َوَر ُسولُهُ‪َ ،‬وأ َّ‬
‫މިއަދުގެ ނަޞާރާއިން އެ ތިބީ‪،‬‬ ‫أَلْ َقاها إِ َل مرَي ور ِ‬
‫ـجنَّةُ َح ٌّق‪َ ،‬والن ُ‬
‫َّار َح ٌّق‪ ،‬أ َْد َخلَهُ‬ ‫وح مْنهُ‪َ ،‬وال َ‬ ‫َْ َ َُ ٌ‬ ‫َ‬
‫ޢީސާގެފާނުގެ ރިސާލަތުގެ‬ ‫ِ‬ ‫ِ‬
‫މަތީގައެއް ނޫނެވެ‪ .‬ޢީސާގެފާނުގެ‬
‫(متـََّف ٌق َعلَْيه)‪[ .‬ﷲ‬ ‫الع َم ِل] ُ‬ ‫ـجنَّةَ َعلَى َما َكا َن م َن َ‬ ‫هللاُ ال َ‬
‫މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށާއި‪ ،‬އެކަލާނގެއީ‬
‫ރިސާލަތަށް އެބައިމީހުން‬
‫އެއްކައުވަންތަ ރަސްކަލާނގެ ކަމަށާއި‪ ،‬އެކަލާނގެއަށް ޝަރީކަކު ނުވާ‬
‫ވަނީ ބަދަލު ގެނެސްފައެވެ‪.‬‬
‫ކަމަށާއި‪ ،‬މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށާއި‪ ،‬އަދި‬
‫އެހެންކަމުން‪ ،‬ޢީސާގެފާނު އަލުން‬
‫ޢީސާގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށާއި‪ ،‬އަދި އެކަލާނގެ ކަލިމަފުޅު‬
‫ވަޑައިގެން‪ ،‬ނަޞާރާއިންގެ‬
‫ކަމަށާއި‪ ،‬އެ ކަލިމަފުޅު އެކަލާނގެ މަރިޔަމްގެފާނާ ހަމަޔަށް ފޮނުއްވައި‪ ،‬އެ‬
‫ބާޠިލުކަން އެކަލޭގެފާނުގެ‬
‫ކަމަނާގައި އެ ކަލިމަފުޅު ލެއްވި ކަމަށާއި‪ ،‬އަދި އެކަލާނގެ ޙަޟްރަތުން‬
‫ދޫފުޅުން ބަޔާން ކުރައްވައި‪،‬‬
‫ލެއްވި ރޫޙުފުޅެއް ކަމަށާއި‪ ،‬ސުވަރުގެއަކީ ޙައްޤު ތެދު ތަނެއް ކަމަށާއި‪،‬‬
‫ޞަލީބުތައް މުގުރުއްވާނެއެވެ‪.‬‬
‫އަދި ނަރަކައަކީ ޙައްޤު ތެދު ތަނެއް ކަމަށް ހެކިވެއްޖެ މީހާ (އާ މެދު‬

‫‪ ،‬އޭނާ‬ ‫ﷲ‬ ‫ދަންނާށެވެ!)‪ ،‬އޭނާ ޢަމަލުކުރަމުން ދިޔަ ގޮތެއްގެ މައްޗަށް‪ ،‬މާތް‬

‫ސުވަރުގެ ވައްދަވާހުއްޓެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪18‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫‪ .2‬ޢީސާ ޢަލައިހިއްސަލާމް ޤަތުލެއް ނުކުރެވެއެވެ‪ .‬އަދި ޞަލީބަކަށް ވެސް ނޭރުވެއެވެ‪ .‬އެހެނީ‪،‬‬


‫ވަޙީކުރެއްވި ބަސްފުޅުގައި ވެއެވެ‪.‬‬ ‫ﷲ‬ ‫ޔަހޫދީންނަށް ލަޢުނަތްލެއްވުނު ސަބަބުތައް ބަޔާންކުރައްވައި މާތް‬

‫ﱠ ﱡ ﱢ ﱣ ﱤ ﱥ ﱦ ﱧ ﱨ ﱩ ﱪ‬
‫ﭐ‬ ‫ﱡ ‬

‫ﱫ ﱬ ﱭ ﱮ ﱯﱰ ﱱ ﱲ ﱳ ﱴ ﱵ ﱶ‬

‫ﱷﱸ ﱹ ﱺ ﱻ ﱼ ﱽ ﱾ ﱿ ﲀﲁ ﲂ ﲃ ﲄﲅ ﲆ‬

‫(ސޫރަތުއްނިސާ‪)158-157 :‬‬ ‫ﲇ ﲈ ﲉﲊ ﲋ ﲌ ﲍ ﲎ ﲏ ‬
‫ﱠ‬
‫ދަރިކަލުން އަލްމަސީޙު‬ ‫މާނައީ [އަދި ހަމަކަށަވަރުން ތިމަންމެން ﷲ ގެ ރަސޫލާ‪ ،‬މަރިޔަމްގެފާނުންގެ‬
‫ޢީސާގެފާނު ޤަތުލުކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުން މެއެވެ‪ .‬އެއުރެން އެކަލޭގެފާނު ޤަތުލެއް ނުކުރެއެވެ‪.‬‬
‫އަދި އެކަލޭގެފާނު ޞަލީބަކަށް ވެސް ނާރުވައެވެ‪ .‬އެހެނެއްކަމަކު‪ ،‬އެ މީހާ (އެއުރެން ޤަތުލުކޮށް ޞަލީބަށް‬
‫އެރުވި މީހާ) އެކަލޭގެފާނާ އެއް ސިފަ ޖައްސަވާފައި ވާތީ އެއުރެންނަށް ފެނުނީއެވެ‪ .‬ހަމަކަށަވަރުން އެކަލޭގެފާނާ‬
‫މެދު ޚިލާފުވީ މީހުން ވަނީ‪ ،‬އެ ކަމާ މެދު ޝައްކެއްގައި ކަން ކަށަވަރެވެ‪ .‬ހީއަކަށް ތަބަޢަވުން މެނުވީ‪ ،‬އެ ކަމާ‬
‫މެދު އެއުރެންނަކަށް އެނގުމެއް ނެތެވެ‪ .‬އަދި ހަމަ ޔަޤީނުން‪ ،‬އެއުރެން އެކަލޭގެފާނު ޤަތުލެއް ނުކުރެއެވެ‪ .‬އަދި‬
‫އެކަލާނގެ ޙަޟްރަތަށް އެކަލޭގެފާނު އުފުއްލެވީއެވެ‪ .‬ޢަޒީޒުވަންތަ‪ ،‬ޙަކީމުވަންތަ ކަލަކު ކަމުގައި‬ ‫ﷲ‬ ‫ކިއެއްތަ!‬
‫ވޮޑިގެން ވެއެވެ‪].‬‬ ‫ﷲ‬
‫ޢީސާގެފާނާ މެދު‪ ،‬ޔަހޫދީން ދަޢުވާ ކުރާ ގޮތުގައި‪ ،‬އެބައިމީހުން ވަނީ ޢީސާގެފާނު ޤަތުލުކޮށް ޞަލީބަށް‬
‫އަރުވާފައެވެ‪ .‬އަދި ނަޞާރާއިން އެއަށް ތާއީދުކޮށް އިތުރަށް ދަޢުވާ ކުރަނީ‪ ،‬ޢީސާގެފާނު ޞަލީބަށް އަރުވަން މާތް‬
‫ދޫކޮށްލެއްވީ‪ ،‬އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ކުރާނެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުން ކަމުގައެވެ‪.‬‬ ‫ﷲ‬
‫އެހެންނަމަވެސް‪ ،‬މި ހުރިހައި ދަޢުވާތަކަކީ ވެސް ބާޠިލު ދަޢުވާތަކެއް ކަން އިސްވެދިޔަ އާޔަތުންނާއި‪ ،‬އަންނަނިވި‬
‫ވަޙީކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ‪.‬‬ ‫ﷲ‬ ‫އާޔަތުން ޘާބިތުވެއެވެ‪ .‬އެހެނީ‪ ،‬މާތް‬

‫(ސޫރަތު ފާޠިރު‪)18 :‬‬ ‫ﱡ ﲯ ﲰ ﲱ ﲲ ﲳ ﲴﱠ‬


‫މާނައީ [އަދި ފާފަވެރި އެއްވެސް ނަފްސެއް‪ ،‬އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ‪].‬‬

‫‪19‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ‪[ .‬އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާ މެދު‬ ‫ﷲ‬ ‫‪ .1‬މާތް‬
‫އާ މެދު ޙައްޤު ބަސް މެނުވީ ތިޔަބައިމީހުން ނުބުނާށެވެ!‬ ‫ﷲ‬ ‫ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި‬
‫ގެ ރަސޫލާ ކަމުގައެވެ‪ .‬އަދި‬ ‫ﷲ‬ ‫މަރިޔަމްގެފާނުންގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނު ވާކަން ކަށަވަރީ‪،‬‬
‫އެކަލާނގެ ކަލިމަފުޅު ކަމުގައެވެ‪ .‬އެ ކަލިމަފުޅު އެކަލާނގެ މަރިޔަމްގެފާނާ ހަމަޔަށް ފޮނުއްވައި އެ ކަމަނާގައި‬
‫އެ ކަލިމަފުޅު ލެއްވިއެވެ‪ .‬އަދި އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެއް ކަމުގައެވެ‪ ].‬މި އާޔަތުގައި މާތް‬
‫އެ ވަނީ ދީނާ މެދު ހައްދުފަހަނަޅައި ނުދިޔުމަށް އަންގަވާފައެވެ‪ .‬ވީއިރު‪ ،‬ނަޞާރާއިން އެބައިމީހުންގެ‬ ‫ﷲ‬
‫ދީނާ މެދު ޙައްދު ފަހަނަޅައި ދިޔަ ގޮތް މި އާޔަތުގެ އަލީގައި ހާމަކުރާށެވެ!‬

‫(އަދި (އިލާހުން)‬ ‫ﱡﭐ ﱠ ﱡ ﱢﱣ ﱠ‬ ‫‪ .2‬ސޫރަތުއްނިސާގެ ‪ 171‬ވަނަ އާޔަތުގައި ވެއެވެ‪.‬‬


‫ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ!) މި ތަނުގައި ދަށުރޮނގު ދަމާފައިވާ ޢިބާރާތް ނަޞާރާއިން‬
‫މާނަކުރަނީ ކިހިނެއް ހެއްޔެވެ؟ އަދި އެ ކަމާ ގުޅޭ ގޮތުން މުސްލިމުން ޤަބޫލުކުރާ ގޮތަކީ ކޮބައި ހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ނުކުތާތަކާ ގުޅޭގޮތުން ގުރޫޕުގައި މަޝްވަރާކުރުމަށްފަހު ކުލާހަށް ހުށަހަޅާށެވެ!‬

‫ގެ ރަސޫލެއްކަން ސާބިތުވާ ގޮތް‬ ‫މާތްﷲ‬ ‫ހ‪ .‬ޢީސާގެފާނަކީ‬

‫ށ‪ .‬މި ޒަމާނުގައި ނަޞާރާދީން ޤަބޫލުކުރާ މީހުންނީ ކާފިރުން ކަމުގައިވާ ގޮތް‬

‫ޙަރަކާތް ‪:3‬‬

‫ޢީސާ ޢަލައިހިއްސަލާމާ ގުޅޭގޮތުން ނަޞާރާއިން ޤަބޫލުކުރާ ފާސިދު ޤަބޫލުކުރުންތަކާއި‪ ،‬އިސްލާމީ ޢަޤީދާގައި‬


‫އެކަން އޮންނަގޮތް ހާމަކޮށް މުދައްރިސްގެ އެހީގައި ލީފްލެޓެއް ތައްޔާރުކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪20‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ފިލާވަޅު ‪4‬‬

‫މުޢުޖިޒާތް‬
‫މުޢުޖިޒާތުގެ ތަޢުރީފު‬ ‫‪4.1‬‬

‫އިންނެވެ‪ .‬އޭގެ މާނައަކީ‪ ،‬ކަމަކަށް ނުކުޅެދުމެވެ‪.‬‬ ‫َع َجَز‬ ‫ޢަރަބި ބަހުގައި މުޢުޖިޒާތު ނެގިފައިވަނީ‬

‫ޝަރުޢީ އިޞްޠިލާޙުގައި މުޢުޖިޒާތަކީ‪ ،‬ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ ތެދުކަން ސާބިތުކޮށް‬


‫ދެއްވުމަށްޓަކައި‪ ،‬އެ ބޭކަލުންގެ އަތްޕުޅު މަތިން ފާޅުކުރައްވާ‪ ،‬އެކަންކަން ގެނެސްގަތުމަށް މީސްތަކުންނަށް‬
‫ގޮންޖެއްސެވިގެންވާ‪ ،‬އަދި އެ ކަމަށް މީސްތަކުން ނުކުޅެދިގެންވާ‪ ،‬އާދަތައް ފޫވައްޓާލަނިވި ކަންތައްތަކެވެ‪.‬‬

‫ކ‬
‫ވިސް ނާ ާލ ެ‬
‫ށވެ!‬
‫މުޢުޖިޒާތް ދެއްވުމުގެ ބޭނުން‬ ‫‪4.2‬‬

‫މުޢުޖިޒާތް ދެއްވަނީ‪ ،‬ނަބީބޭކަލުން އެ ކަމަކައިގެން ވަޑައިގަންނަވާ‬


‫މުޅި ކައުނުގެ ނިޒާމު އުފައްދަވައި‬
‫ކަންކަމުގެ ތެދުކަން މީސްތަކުންނަށް ކަށަވަރުކޮށްދެއްވުމުގެ‬
‫އެވެ‪.‬‬ ‫ﷲ‬ ‫ބައްޓަންކުރެއްވީ މާތް‬
‫ގޮތުންނެވެ‪.‬‬
‫ވީއިރު‪ ،‬އެ ނިޒާމާ ފުށުއަރާނޭހެން‬
‫މުޢުޖިޒާތްތަކާއި ކަރާމާތްތައް‬
‫ފާޅުކުރެއްވުމީ‪ ،‬އެކަލާނގެ‬ ‫މުޢުޖިޒާތާއި ކަރާމާތާއި ސިޙުރުގެ ތަފާތު‬ ‫‪4.3‬‬

‫ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ‬


‫މުޢުޖިޒާތާއި ކަރާމާތާއި ސިޙުރަކީ ވެސް އާދަތައް ފޫއަޅުވައިލާ‬
‫ކަމެއްކަން ކަށަވަރެވެ‪ .‬އެހެންކަމުން‪،‬‬
‫ކަންތައްތަކެކެވެ‪ .‬އެހެންނަމަވެސް‪ ،‬އެކަންކަމުގެ މެދުގައި‬
‫މުޢުޖިޒާތްތަކާއި ކަރާމާތްތައް ހިނގާ‬
‫ތަފާތުތަކެއް ވެއެވެ‪ .‬އޭގެ ތެރޭގައި އަންނަނިވި ތަފާތުތައް‬
‫ގޮތް‪ ،‬ސައިންސުގެ ޤާނޫނުތަކާ‬
‫ހިމެނެއެވެ‪.‬‬
‫ފުށުއެރުމީ‪ ،‬ހައިރާންވާން ޖެހޭ ކަމެއް‬
‫ނޫނެވެ‪.‬‬

‫‪21‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫މުޢުޖިޒާތާއި ކަރާމާތާއި ސިޙުރުގެ ތަފާތު‬

‫ސިޙުރު‬ ‫ކަރާމާތް‬ ‫މުޢުޖިޒާތް‬

‫ފާސިޤު‪ ،‬ދޮގުވެރި‪ ،‬ފާޖިރު‪،‬‬ ‫ވަލީވެރިންގެ އަތްޕުޅުމަތިން‪.‬‬ ‫ރަސޫލު ބޭކަލުންނާއި‬ ‫ފާޅުވާ ފަރާތް‬


‫މީހުންނަށް އޮޅުވައިލާ މީހުންގެ‬ ‫ނަބީ ބޭކަލުންގެ‬
‫އަތްމަތިން‪.‬‬ ‫އަތްޕުޅުމަތިން‪.‬‬

‫ސިޙުރުވެރިޔާ ޝައިޠާނުންނަށް‬ ‫ރަސޫލުންނާއި ނަބިއްޔުންނަށް‬ ‫ރަސޫލު ކަމާއި‬ ‫ފާޅުވާ ސަބަބު‬


‫ކިޔަމަންގަނެ‪ ،‬އެއުރެން އެދޭ ނުބައި‬ ‫ތަބާވެ‪ ،‬އެ ބޭކަލުންގެ ޝަރުޢުގެ‬ ‫ނަބީކަމުގެ ޢަލާމާތެއްގެ‬
‫ކަންކަން ކުރުމުގެ ނަތީޖާއެއްގެ‬ ‫މަތީގައި ސާބިތުވެ ހުރުމުގެ‬ ‫އެކަން‬ ‫މާތްﷲ‬ ‫ގޮތުން‪،‬‬
‫ގޮތުން‪ ،‬ޝައިޠާނާ އެކަން‬ ‫ނަތީޖާއެއްގެ ގޮތުން‪ ،‬ވަލީވެރިޔާގެ‬ ‫ފާޅުކުރެއްވުމުން‪.‬‬
‫ކޮށްދިނުމުން‪.‬‬ ‫ފަރާތުން ފެންނަ ކަންތައްތައް‪.‬‬

‫ޢާއްމު ގޮތެއްގައި ގޮންޖެހުމެއް‬ ‫ގޮންޖެހުމެއް ނެތުން‬ ‫ގޮންޖެހުމެއް އޮންނާނެ‬ ‫ގޮންޖެހިގެންވުން‬


‫ނޯންނާނެ‪ .‬ގޮންޖެހުމެއް އޮތަސް‪،‬‬
‫އެހެން މީހުންނަށް ވެސް އެކަން‬
‫އެގޮތަށް ނުވަތަ އެއަށްވުރެ‬
‫މޮޅަށްވެސް ގެނެސްގަނެވިދާނެ‪.‬‬

‫އެހެން މީހުންނަށް ވެސް އެކަން‬ ‫އެއްވެސް މީހަކަށް އެކަން‬ ‫އެހެން މީހަކަށް‬ ‫ގެނެސްގަތުމުގެ‬
‫ގެނެސްގަތުމުގެ ކުޅަދާނަކަން‬ ‫ގެނެސްގަތުމަށް ކުޅަދާނަވެގެން‬ ‫އެކަން ގެނެސްގަތުމަށް‬ ‫ކުޅަދާނަކަން‬
‫ލިބިގެންވުން‪.‬‬ ‫ނުވުން‪.‬‬ ‫ކުޅަދާނަވެގެން ނުވުން‪.‬‬

‫ސިޙުރެއް ނަމަ‪ ،‬ޒަމާން ބަދަލުވިޔަސް‬ ‫ވަކި ޒަމާނެއްގައި ކަރާމާތެއް‪ ،‬އެއީ‬ ‫ޒަމާން ބަދަލުވިޔަސް‬ ‫ޒަމާ ް‬
‫ނ‬
‫އެއީ ސިޙުރެއްގެ ގޮތުގައި އަބަދުމެ‬ ‫އެހެން ޒަމާނެއްގައި ކަރާމާތެއް‬ ‫މުޢުޖިޒާތަކަށް ބަދަލެއް‬ ‫ބަދަލުވުމުން‬
‫ދެމި އޮންނާނެ‪( .‬ސިޙުރުގެ ގޮތުގައި‬ ‫ކަމުގައި ނުވެދާނެ‪ .‬މިސާލަކަށް‪:‬‬ ‫ނާންނާނެ‪.‬‬ ‫ޙަޤީޤަތަށް‬
‫ކުރާ ކަންކަމަކީ ހުރިހައި ޒަމާނެއްގައި‬ ‫މަރިޔަމްގެފާނަށް ހޫނުމޫސުމުގެ‬ ‫ބަދަލު އައުމުގެ‬
‫ވެސް ސިޙުރެވެ‪).‬‬ ‫މޭވާ ފިނިމޫސުމުގައި ދެއްވުމީ އެ‬ ‫ގޮތުން‬
‫ޒަމާނުގައި ކަރާމާތެކެވެ‪ .‬އެހެން‬
‫ނަމަވެސް‪ ،‬މި ޒަމާނުގައި އެ ގޮތަށް‬
‫ގޮވާން ލިބުމީ ކަރާމާތެއް ނޫނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪22‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ބައެއް ރަސޫލު ބޭކަލުންނަށް ދެއްވި މުޢުޖިޒާތް‬ ‫‪4.4‬‬

‫ޞާލިޙު ޢަލައިހިއްސަލާމު‪:‬‬

‫ޞާލިޙު ޢަލައިހިއްސަލާމް ފޮނުއްވުނީ ޘަމޫދު ބާގައިގެ‬


‫މީހުންގެ ގާތަށެވެ‪ .‬އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުން‬
‫އެކަލޭގެފާނުގެ ޤައުމުގެ މީހުން އެދުނީ‪ ،‬އެކަލޭގެފާނީ‬
‫ގެ ރަސޫލަކު ކަމުގައި ވާނަމަ‪ ،‬ހިލަގަނޑަކުން‬ ‫ﷲ‬ ‫މާތް‬
‫އެބައިމީހުން ބުނާ ސިފަތަކެއް ޖެހިފައިވާ އަންހެން ޖަމަލެއް‬
‫ނެރެދެއްވުމަށެވެ‪ .‬އެކަން އެކަލޭގެފާނު ކުރައްވައިފިނަމަ‪ ،‬އެބައިމީހުން އެކަލޭގެފާނަށް އީމާންވުމަށް ޢަހުދުކަށަވަރު‬
‫އަށް އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ‪ .‬އެހިނދު‪ ،‬މާތް‬ ‫ﷲ‬ ‫ހިފިއެވެ‪ .‬އަދި އެކަން ހިއްމަވައިދެއްވުން އެދި މާތް‬
‫އެ ހިލަގަނޑުން އެމީހުން ބުނި ފަދަ ޖަމަލެއް ނެރެދެއްވިއެވެ‪ .‬އެހެންނަމަވެސް‪ ،‬އެބައިމީހުން ކުރެ ގިނަ‬ ‫ﷲ‬
‫މީހުން އެކަލޭގެފާނަށް އީމާނެއް ނުވިއެވެ‪.‬‬

‫އިބްރާހީމު ޢަލައިހިއްސަލާމު‪:‬‬

‫އިބްރާހީމް ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުން‬


‫އަމިއްލައަށް ހަދައިގެން އުޅުނު ބާޠިލު އިލާހުންގެ ބުދުތައް‬
‫އެކަލޭގެފާނު މުގުރައިލެއްވުމުން‪ ،‬އެބައިމީހުން އެކަލޭގެފާނު‬
‫އަލިފާންގަނޑުގެ ތެރެއަށް އެއްލައިލެއްވިއެވެ‪ .‬އެހިނދު‪،‬‬
‫އެ އަލިފާންގަނޑަކީ އެކަލޭގެފާނަށްޓަކައި ފިނި އަދި‬
‫ލެއްވިއެވެ‪.‬‬ ‫ﷲ‬ ‫ސަލާމަތްތެރި އެއްޗެއް ކަމުގައި މާތް‬

‫މޫސާ ޢަލައިހިއްސަލާމު‪:‬‬

‫އެއްކައުވަންތަކޮށް‪ ،‬ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް‪ ،‬ފިރުޢައުނާއި ފިރުޢައުނުގެ ޤައުމުގެ‬ ‫މާތްﷲ‬


‫މީސްތަކުންނަށް މޫސާ ޢަލައިހިއްސަލާމް ގޮވައިލެއްވި ހިނދު‪ ،‬އެ ދަޢުވަތަށް އިންކާރުކޮށް‪ ،‬މޫސާގެފާނަކީ‬
‫ސިޙުރުވެރިއެއް ކަމަށް ފިރުޢައުނު ބުންޏެވެ‪ .‬އަދި މޫސާގެފާނަކީ ދޮގުވެރި ބޮޑު ސިޙުރުވެރިއެއް ކަން‬
‫މީސްތަކުންނަށް ޘާބިތުކޮށްދިނުމަށްޓަކައި‪ ،‬ސިޙުރުވެރިންތަކެއް އެއްކުރިއެވެ‪ .‬ސިޙުރުވެރިން މޫސާގެފާނާ‬

‫‪23‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ބައްދަލުކުރި ހިނދު‪ ،‬މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު‬


‫ގެ އިޒުނަފުޅާ އެކު‪ ،‬ދިރޭ‬ ‫މާތްﷲ‬ ‫އެއްލަވައިލެއްވުމުން‪،‬‬
‫ހަރުފަޔަކަށް ބަދަލުވެ‪ ،‬ސިޙުރުވެރިންގެ ސިޙުރުތައް‬
‫ބާޠިލުކޮށްލެވިގެން ދިޔައެވެ‪.‬‬

‫ޢީސާ ޢަލައިހިއްސަލާމު‪:‬‬

‫ޢީސާ ޢަލައިހިއްސަލާމް ފޮނުއްވުނީ ބޭސްވެރިކަމަށް ކުރިއަރާފައިވާ ދުވަސްވަރެއްގައެވެ‪ .‬އެހެންނަމަވެސް‪،‬‬


‫ގެ އިޒުނަފުޅާއެކު އެކަލޭގެފާނު‪ ،‬މަރުވެފައިވާ މީހުން ދިރުއްވުމާއި‪ ،‬ލޯފަން މީހުންގެ ލޮލުގެ ފެނުން‬ ‫ﷲ‬ ‫މާތް‬
‫އަނބުރާ ގެނެސްދެއްވުމާއި‪ ،‬ބަރަސްބަލި ޖެހިފައިވާ މީހުންގެ ގައިގައި އަތް ބީއްސަވައިލެއްވުމުން‪ ،‬އެބައިމީހުންގެ‬
‫ބަލި ފަސޭހަވެގެން ދިޔުން ވެގެންދިޔައީ‪ ،‬ބޭސްވެރިންނަށް ވެސް ކުރަން ކުޅަދާނަވެގެން ނުވި ކަމަކަށެވެ‪ .‬އަދި‬
‫ހަމައެހެންމެ‪ ،‬މީސްތަކުންގެ އެދުމުގެ މަތިން‪ ،‬ދޫންޏެއްގެ‬
‫ސިފައިގައި މަށިން އެއްޗެއް ހެއްދެވުމަށް ފަހު‪ ،‬އެއަށް‬
‫ގެ އިޒުނަފުޅާއެކު‪ ،‬ދިރޭ‬ ‫ﷲ‬ ‫ފުމެލެއްވުމުން‪ ،‬މާތް‬
‫އެއްޗަކަށް ބަދަލުވެ‪ ،‬މީސްތަކުން ބަލަން ތިއްބައި‪ ،‬އެ ދޫނި‬
‫އުދުހިގެން ދިޔުން ހިމެނެއެވެ‪.‬‬

‫ކީރިތި ޤުރްއާނަކީ ޚާއްޞަ މުޢުޖިޒާތެއް‬ ‫‪4.5‬‬

‫ޢަލައިހި ވަސައްލަމައަށް ދެއްވުނު މުޢުޖިޒާތްތަކުގެ ތެރެއިން ކީރިތި ޤުރްއާނަކީ‬ ‫ޞައްލަﷲ‬ ‫ނަބިއްޔާ މުޙައްމަދު‬
‫އޭގެ ޒާތުގައި ޚާއްޞަ މުޢުޖިޒާތެކެވެ‪ .‬އަދި ކީރިތި ޤުރްއާން ޚާއްޞަ މުޢުޖިޒާތަކަށް ވީ‪ ،‬އެތަކެއް ސަބަބުތަކަކާ‬
‫ހުރެއެވެ‪ .‬އޭގެ ތެރޭގައި އަންނަނިވި ސަބަބުތައް ހިމެނެއެވެ‪.‬‬

‫‪ .1‬ޤިޔާމަތާ ހަމައަށް އެއްވެސް ބަދަލެއް އައުމެއް ނެތި‪،‬‬


‫ކީރިތި ޤުރްއާން ދެމިއޮތުން‪.‬‬

‫ޞައްލަﷲ‬ ‫‪ .2‬ކީރިތި ޤުރްއާނުގައި ނަބިއްޔާ މުޙައްމަދު‬


‫ޢަލައިހި ވަސައްލަމައަށް ވަޙީގެ ޒަރީއާއިން މެނުވީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪24‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫އެނގިވަޑައިނުގަންނަވާނޭ ޣައިބުގެ އެތަކެއް ކަމެއް ހިމެނިފައިވުން‪ .‬މިސާލަކަށް‪ ،‬ރޯމަނުން ފާރިސީން‬


‫ބަލިކުރިހިނދު‪ ،‬މަދު އަހަރުކޮޅެއްގެ ތެރޭގައި އަލުން ރޯމަނުން ފާރިސީންގެ މައްޗަށްގަދަވެގަންނާނެކަމަށް‬
‫ޤުރްއާނުގައި ބަޔާންވެގެން އައިސްފައިވާ ޚަބަރެވެ‪.‬‬

‫‪ .3‬ކީރިތި ޤުރްއާނުގައިވާ ޙުކުމްފުޅުތައް ކޮންމެ ޒަމާނަކަށް ވެސް އަދި ކޮންމެ ތަނަކަށް ވެސް އެކަށީގެންވުން‪.‬‬
‫އެއަށް އުނިއިތުރުކޮށް އިޞްލާޙު ގެންނާކަށް ނުޖެހެއެވެ‪ .‬އަދި ނުވެސް ޖެހޭނެއެވެ‪ .‬އަދި އެއަށް އުނިއިތުރު‬
‫ގެނައުން ހުއްދަވެގެން ވެސް ނުވެއެވެ‪.‬‬

‫‪ .4‬މި ޒަމާނުގައި ފާޅުވެފައިވާ ސައިންޓިފިކް އެތައް ކަމަކަށް‪ ،‬ކީރިތި ޤުރްއާނުގައި ސީދާކޮށާއި ނުސީދާކޮށް‬
‫އިޝާރާތްކުރެވިފައިވުން‪ .‬މިސާލަކަށް‪ :‬ކީރިތި ޤުރްއާނުގައި އައިސްފައިވާ‪ ،‬މައިމީހާގެ ބަނޑުގައި‬
‫ދަރިފުޅު ކަޑައްތު ކުރާ މަރުޙަލާތަކުގެ ފުރިހަމަ ސިފަކުރުންތަކެވެ‪ .‬މާތް ﷲ ވަޙީކުރައްވާފައި ވެއެވެ‪.‬‬

‫ﱡ ﭐ ﲅ ﲆ ﲇ ﲈ ﲉ ﲊ ﲋﲌ ﲍ ﲎ‬
‫ﲏ ﲐ ﲑ ﲒﲓ ﲔ ﲕ ﲖ ﲗ ﲘ‬
‫ﲙ ﲚ ﲛ ﲜ ﲝ ﲞ ﲟ ﲠ‬
‫ﲡ ﲢ ﲣ ﲤﲥ ﲦ ﲧ ﲨ ﲩﲪ ﱠ ‬
‫(ސޫރަތުލްމުއުމިނޫން‪)14-12 :‬‬

‫މާނައީ [ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ މަށީގެ ޚުލާޞާއިން އިންސާނާ (އެބަހީ‪ :‬އާދަމުގެފާނު)‬


‫ހެއްދެވީމެވެ‪ .‬ދެން‪ ،‬ތިމަންރަސްކަލާނގެ އެ އިންސާނާ‪ ،‬ރައްކާތެރި ތަނެއްގައި‪ ،‬މަނިތިއްކެއްގެ ގޮތުގައި‬
‫ލެއްވީމެވެ‪ .‬ދެން‪ ،‬ތިމަންރަސްކަލާނގެ އެ މަނިތިކި‪ ،‬ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ‪ .‬ދެން‪ ،‬އެ ގަނޑުލޭކޮޅު‪،‬‬
‫މަސްކޮޅަކަށް ހެއްދެވީމެވެ‪ .‬ދެން‪ ،‬އެ މަސްކޮޅު‪ ،‬ކަށްޓަށް ހެއްދެވީމެވެ‪ .‬ދެން‪ ،‬އެ ކަށީގައި މަސް ލެއްވީމެވެ‪.‬‬
‫ﷲ‪،‬‬ ‫ދެން‪ ،‬އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ‪ .‬ފަހެ‪ ،‬އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ‬
‫މަތިވެރިވެރިވެވޮޑިގެން ވެއެވެ‪].‬‬

‫‪25‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ބަހުގެ ގޮތުންނާއި އިޞްޠިލާޙީ ގޮތުން މުޢުޖިޒާތަކީ ކޮބައި ހެއްޔެވެ؟‬ ‫‪.1‬‬

‫ހާލަތާއި ވަގުތާއި ތަނާ ގުޅޭގޮތުން މުޢުޖިޒާތް ދެއްވުމުގެ ބޭނުމަކީ ކޮަބައި ހެއްޔެވެ؟‬ ‫‪.2‬‬

‫ތިން ރަސޫލު ބޭކަލަކަށް ދެއްވި ތިން މުޢުޖިޒާތް ބަޔާންކުރާށެވެ!‬ ‫‪.3‬‬

‫ޙަރަކާތް ‪:2‬‬

‫މުޢުޖިޒާތާއި ކަރާމާތާއި ސިޙުރުގެ ތަފާތުތަކާ ގުޅޭގޮތުން ގުރޫޕުގައި މަޝްވަރާކޮށް‪ ،‬މުދައްރިސުގެ އެހީގައި‬


‫ލީފްލެޓެއް ތައްޔާރުކޮށް ހުށަހަޅާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ކީރިތި ޤުރްއާން ޚާއްޞަ މުޢުޖިޒާތަކަށް ވީ ސަބަބުތަކާ ގުޅޭގޮތުން ގުރޫޕުގައި މަޝްވަރާކޮށް‪ ،‬ވަކިވަކި ބައިތައް‬
‫ހިމަނައިގެން ޕުރެޒެންޓޭޝަނެއް ތައްޔާރުކޮށް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪26‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ފިލާވަޅު ‪5‬‬

‫ބާޠިލު ޢަޤީދާގެ ބައެއް ފިރުޤާތައް ‪1‬‬

‫ބާޠިލު ފިރުޤާތަކޭ ނުވަތަ މަގުފުރެދިފައިވާ ފިރުޤާތަކޭ ކިޔެނީ‪ ،‬ސުންނަތް ޖަމާޢަތުގެ ޢަޤީދާއިން ބޭރުވެފައިވާ‬

‫ޖަމާޢަތްތަކަށެވެ‪ .‬އިސްލާމީ އުއްމަތުގެ ތެރޭގައި ބާޠިލު އެތަކެއް ފިރުޤާތަކެއް އުފެދިފައިވެއެވެ‪ .‬އޭގެ ތެރޭގައި‪،‬‬

‫ޤާދިޔާނީންނާއި ބާޠިނީން ހިމެނެއެވެ‪.‬‬

‫ޤާދިޔާނީން‬ ‫‪5.1‬‬

‫ޤާދިޔާނީން ނުވަތަ އަޙްމަދީންނަކީ‪ ،‬މީލާދީން ނަވާރަ ސަތޭކައިގައި އިނގިރޭސީން އިންޑިޔާ އިސްތިޢުމާރު‬


‫ކޮށްގެން އުޅުނު ދުވަސްވަރު‪ ،‬މުސްލިމުން ޖިހާދުކުރުމުގެ މަތިވެރި އަޅުކަމާ ދުރުހެލިކޮށް‪ ،‬އިސްލާމްދީނާ‬
‫ދުރުހެލިކުރުމަށްޓަކައި‪ ،‬އިނގިރޭސީން އަޑީގައި ތިބެގެން އުފަންކުރުވި ޖަމާޢަތެކެވެ‪.‬‬

‫ޤާދިޔާނީން ނިސްބަތްވަނީ‪ ،‬މިރުޒާ ޣުލާމު އަޙްމަދު އަލްޤާދިޔާނީއަށެވެ‪ .‬މީނާ އުފަންވެފައިވަނީ މީލާދީން ‪1839‬‬
‫ވަނަ އަހަރު‪ ،‬އިންޑިޔާގެ ޕަންޖާބުގެ ޤާދިޔާން ކިޔާ އަވަށަކަށެވެ‪.‬‬

‫ޤާދިޔާނީ ފިކުރު އުފެއްދިގެން އައި ގޮތަށް ބަލައިލާއިރު އަންނަނި ކަންކަން‬


‫ފާހަގަކުރެވިފައި ވެއެވެ‪.‬‬

‫‪ .1‬އިސްލާމީ ދަޢުވަތު ފޯރުކޮށްދޭ މީހެއްގެ ގޮތުގައި މިރުޒާ ޣުލާމު އަޙްމަދު‬


‫މީސްތަކުންނަށް ތަޢާރުފު ވިއެވެ‪.‬‬
‫އޭނާއަށް ތާއީދުކޮށް‪ ،‬އެކުއުޅޭނެ ގިނަ ބަޔަކު ވާންދެން އެ ގޮތުގައި‬
‫އުޅުނެވެ‪.‬‬

‫ސުބްޙާނަހޫ ވަތަޢާލާ‬ ‫ﷲ‬ ‫އޭނާއަކީ‪ ،‬އެ ޤަރުނުގެ މުޖައްދިދު ކަމަށާއި‪،‬‬ ‫‪.2‬‬


‫އޭނާއަށް އިލްހާމު ކުރައްވާ ކަމަށް ދަޢުވާކުރަން ފެށިއެވެ‪.‬‬

‫‪27‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫އޭނާއަކީ‪ ،‬ފަހު ޒަމާނުގައި ފާޅުކުރައްވާނޭ މަހުދީގެފާނު ކަމަށް ވެސް‪ ،‬އަދި ޢީސާގެފާނު ކަމަށް ވެސް ދަޢުވާ ކުރިއެވެ‪.‬‬ ‫‪.3‬‬

‫ޢަލައިހި‬ ‫ޞައްލަﷲ‬ ‫ގެ ޙަޟްރަތުން އޭނާއަށް ވަޙީ ބާވައިލެއްވޭ ކަމަށާއި‪ ،‬މުޙައްމަދު‬ ‫ﷲ‬ ‫މާތް‬ ‫‪.4‬‬
‫ވަސައްލަމައަށް ވުރެން ވެސް މަތިވެރި ރަސޫލެއް ކަމަށް އޭނާ ދަޢުވާ ކުރިއެވެ‪.‬‬

‫އޭނާގެ ހަށިގަނޑަށް ޢީސާގެފާނާއި މުޙައްމަދުގެފާނުގެ ރޫޙުފުޅު ވައްދާފައިވާ ކަމަށް އޭނާ ދަޢުވާ ކުރިއެވެ‪.‬‬ ‫‪.5‬‬

‫ޤާދިޔާނީންގެ ފިކުރުތަކާއި ޤަބޫލުކުރުންތައް‪:‬‬

‫ވެސް ރޯދަ ހިއްޕަވައި‪ ،‬ނަމާދުކުރައްވައި‪،‬‬ ‫ﷲ‬ ‫‪ .1‬ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި‪ ،‬އިންސާނުންނެކޭ އެއްގޮތަށް މާތް‬
‫އަވަހާރަފުޅުލައްޕަވައި‬
‫نـعوذُ ِب ِ‬
‫هلل!‬ ‫َُ‬ ‫ހައްދަވައެވެ‪.‬‬
‫އެހެންނަމަވެސް‪ ،‬މިއީ‪ ،‬މާތް‬
‫އާ މެދު އެބައިމީހުން‬ ‫ﷲ‬
‫ހަދާފައިވާ ރޯބުހުތާން ދޮގެކެވެ‪.‬‬

‫‪ .2‬ޤާދިޔާނީން ދަޢުވާ ކުރާ‬


‫ގޮތުގައި‪ ،‬ނަބިއްޔާ މުޙައްމަދު‬

‫މަނާރަތުލް މަސީޙަކީ ޤާދިޔާނީ ފިރުޤާގެ މުއައްސިސު މިރުޒާ ޣުލާމް އަޙްމަދު ޤާދިޔާނީގެ އިރުޝާދުގެ‬ ‫ޢަލައިހި‬ ‫ޞައްލަﷲ‬
‫ދަށުން އިންޑިޔާގެ ޤާދިޔާނުގައި ބިނާކުރެވުނު މުންނާރެކެވެ‪ .‬މިއީ މި ފިރުޤާގެ މައި ރަމްޒެވެ‪.‬‬ ‫ވަސައްލަމައާ ހިސާބުން‬
‫ނަބީކަން ޚަތިމްކުރެވިފައެއް‬
‫ނުވެއެވެ‪ .‬އަދި ކިޔެއްތަ! ނަބީކަމަކީ ހުއްޓުމެއް ނެތި ދެމިގެންދާ ކަމެކެވެ‪ .‬އަދި‬
‫އެ ތަނަކަށް ރަސޫލުން ފޮނުއްވަވައެވެ‪ .‬އަދި ހުރިހައި‬ ‫ﷲ‬ ‫އެއްވެސް ތަނަކަށް ރަސޫލަކު ބޭނުންވެއްޖެނަމަ‪ ،‬މާތް‬
‫ނަބީންގެ ތެރެއިން އެންމެ މާތް ނަބިއްޔާއަކީ މިރުޒާ ޣުލާމް އަޙްމަދު ކަމަށް ޤާދިޔާނީން ޤަބޫލުކުރެއެވެ‪.‬‬

‫އެހެންނަމަވެސް‪ ،‬އުއްމަތުގެ ހުރިހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި‪ ،‬ނަބިއްޔާ މުޙައްމަދު‬

‫ޢަލައިހި ވަސައްލަމައަކީ އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާއެވެ‪ .‬އެހެނީ‪ ،‬ނަބިއްޔާ މުޙައްމަދު‬ ‫ޞައްލަﷲ‬
‫وس ُه ُم ْالَنْبِيَاءُ‪ُ ،‬كلَّ َما‬ ‫ِ ِ‬
‫ت بَنـُو إ ْسَرائْي َل تَ ُس ُ‬
‫ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ‪َ [ .‬كانَ ْ‬
‫دي] މާނައީ‪[ :‬އިސްރާއީލުގެ ދަރީންގެ ކަންކަން ބެލެހެއްޓެވުމުގައި‬ ‫هلَك نَِب خلَ َفه نَِب‪ ،‬وإِنَّه َل نَِب بـع ِ‬
‫َ َ ٌّ َ ُ ٌّ َ ُ َّ َْ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪28‬‬
‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ނަބީ ބޭކަލުން ތިއްބެވިއެވެ‪ .‬އެއް ނަބީ ބޭކަލަކު އަވަހާރަވާއިރަށް‪ ،‬އަނެއް ނަބީ ބޭކަލަކު ފޮނުއްވަތެވެ‪ .‬އަދި‬

‫ތިމަންކަލޭގެފާނަށް ފަހު ނަބިއްޔަކު ނުވެއެވެ‪( ].‬ބުޚާރީއާއި މުސްލިމް)‬

‫ޤާދިޔާނީން ޤުރްއާނާއި ސުންނަތަށް އިންކާރު ކުރެއެވެ‪ .‬އަދި ހަމައެކަނި ޢަމަލުކުރަންޖެހޭ އެއްޗަކީ‪ ،‬މިރުޒާ‬ ‫‪.3‬‬

‫ޣުލާމް އަޙްމަދަށް ބާވައިލެއްވުނު ކަމަށް އެބައިމީހުން ބުނާ [އަލްކިތާބުލް މުބީން] ކަމަށް ދެކެއެވެ‪.‬‬

‫އެހެންނަމަވެސް‪ ،‬ޤުރްއާނާއި ސުންނަތަށް އިންކާރު ކުރާ މީހާ ކާފިރުވާނެ ކަމަށް ސުންނަތް ޖަމާޢަތުގެ‬
‫ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ‪.‬‬

‫ޤާދިޔާން އަވަށަކީ‪ ،‬އެބައިމީހުންގެ ޤިބުލަކަމުގައި ބުނެއެވެ‪ .‬އަދި ޙައްޖުގެ އަޅުކަން އަދާކުރަން ދާން ޖެހޭނީ‬ ‫‪.4‬‬
‫އެ ތަނަށް ކަމުގައި ވެސް ބުނެއެވެ‪ .‬އަދި އެ ބިމަކީ‪ ،‬މައްކާއާއި މަދީނާއަށް ވުރެ ވެސް މާތް ބިމެއް‬
‫ކަނޑައަޅުއްވާފައިވާ ޤިބުލައަކީ‪،‬‬ ‫ﷲ‬ ‫ކަމުގައި ޤަބޫލުކުރެއެވެ‪ .‬އެހެންނަމަވެސް‪ ،‬މުސްލިމުންނަށް މާތް‬
‫މައްކާގައިވާ ކަޢުބާއެވެ‪.‬‬

‫‪ .5‬ޖިހާދުކުރުމުގެ ޙުކުމް ބާޠިލުކުރުމަށް ޤާދިޔާނީން ގޮވައިލައެވެ‪ .‬ޤާދިޔާނީންނަށް ބާވައިލެއްވުނު ކަމަށް ބުނާ‬


‫ފޮތުގައިވާ ގޮތަށް‪ ،‬އިނގިރޭސީންގެ ވެރިކަމަށް [ލޯމަރައިގެން ހުރެ] ތަބާވާން ޖެހޭނެ ކަމަށް އެބައިމީހުން‬
‫ކަނޑައަޅުއްވާފައިވާ ޙުކުމްތަކަކަށް‬ ‫ﷲ‬ ‫ބުނެއެވެ‪ .‬އެހެންނަމަވެސް‪ ،‬ޖިހާދު ކުރުން ފަދަ ޙުކުމްތަކަކީ‪ ،‬މާތް‬
‫ވުމުން‪ ،‬އެއްވެސް މީހަކަށް އެ ފަދަ ޙުކުމްތައް ބާޠިލު ކަމަކަށް ނުނިންމޭނެއެވެ‪ .‬އަދި ހަމައެހެންމެ‪ ،‬ޖިހާދު‬
‫ކުރުމީ‪ ،‬އިސްލާމްދީނުގެ ކުރިބޯއްޓެވެ‪.‬‬

‫‪29‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ބާޠިނިއްޔާ‬ ‫‪5.2‬‬

‫ބަހުގެ ގޮތުން ބަލާއިރު‪ ،‬ބާޠިނިއްޔާ ނެގިފައި ވަނީ‪[ ،‬ބަޠަނަ] އިންނެވެ‪ .‬ބަޠަނަގެ ބަހުގެ މާނައަކީ‪ ،‬އެތެރެ‬
‫ނުވަތަ ފޮރުވިގެން ވުމެވެ‪.‬‬

‫އިޞްޠިލާޙީ ގޮތުން ބަލާއިރު‪ ،‬ބާޠިނިއްޔާއަކީ‪ ،‬ޤުރްއާނާއި ސުންނަތުގައި ފާޅުވެގެންވާ ކަންތައްތަކަކާއި‬


‫ފޮރުވިގެންވާ ކަންތައްތަކެއް ވާކަމަށް ބުނާ ޖަމާޢަތްތަކެކެވެ‪ .‬އެބައިމީހުން ދަޢުވާ ކުރާ ގޮތުގައި‪ ،‬ފާޅުވެގެންވާ‬
‫ކަންތައްތައް ޢިލްމުވެރިންނަށާއި މީސްތަކުންނަށް އެނގުނެއް ކަމަކު‪ ،‬ފޮރުވިގެންވާ ކަންތައްތައް އެނގޭނީ އެ‬
‫މީހުންނަށް އެކަންޏެވެ‪.‬‬

‫ބާޠިނީންގެ ތެރޭގައި އެތަކެއް ފިރުޤާއެއް ވެއެވެ‪ .‬އޭގެ ތެރެއިން އެންމެ މަޝްހޫރު ފިރުޤާތަކަކީ‪،‬‬
‫އިސްމާޢީލިއްޔާއާއި‪ ،‬ޤަރާމިޠާއާއި‪ ،‬ނުޞައިރިއްޔާ އަދި ދުރޫޒެވެ‪.‬‬

‫ބުނު މައިމޫން‬ ‫ޢަބްދުﷲ‬ ‫ބާޠިނީން އުފެދި ފާޅުވީ‪ ،‬ޚަލީފާ މައުމޫންގެ ޒަމާނުގައި‪ ،‬ޙަމްދާން ބުނު ޤަރުމަޠުއާއި‪،‬‬
‫އަލްޤައްދާޙްގެ އަތްމަތީންނެވެ‪ .‬އަދި މި ގޮވައިލުން ފެތުރުނީ‪ ،‬ޚަލީފާ މުޢުތަޞިމުގެ ވެރިކަމުގެ ދުވަސްވަރުގައެވެ‪.‬‬

‫ބާޠިނީންނަކީ‪ ،‬ފިރުޤާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ފިރުޤާއެވެ‪ .‬އަދި އެބައިމީހުންނީ ޔަހޫދީންނާއި‬
‫ނަޞާރާއިންނަށް ވުރެ ވެސް މުސްލިމުންނަށް ގެއްލުން ބޮޑު ބަޔަކު ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ‪.‬‬

‫ބާޠިނީންގެ ފިކުރުތަކާއި ޤަބޫލުކުރުންތައް‪:‬‬

‫ގެ ސިފަފުޅުތަކަށް މިބައިމީހުން އިންކާރު ކުރެއެވެ‪ .‬އަދި އެބައިމީހުންގެ‬ ‫ﷲ‬ ‫އިސްމާޢީލިއްޔާ‪ :‬މާތް‬ ‫ހ‪.‬‬
‫ވޮޑިގެންވެއޭ ވެސް ބުނެގެން ނުވާނެއެވެ‪ .‬އަދި މުޙައްމަދު ބުނު އިސްމާޢީލް ބުނު‬ ‫ﷲ‬ ‫ނަޒަރުގައި‪،‬‬
‫ޖަޢުފަރަކީ‪ ،‬އިސްލާމީ ޝަރީޢަތަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވާ ފަރާތެއް ކަމަށް ޤަބޫލު‬
‫ކުރެއެވެ‪ .‬އަދި މިބައިމީހުން ޤިޔާމަތް ދުވަހަށް އިންކާރު ކުރެއެވެ‪.‬‬

‫ޤަރާމިޠާ‪ :‬ނަބީ ބޭކަލުންނާއި އިމާމުންނަށް ޣައިބު އެނގި‪ ،‬ބޭނުން ކޮންމެ ކަމެއް ކުރުމުގެ ކުޅަދާނަކަން‬ ‫ށ‪.‬‬
‫ލިބިގެންވާ ކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ‪ .‬އަދި ނަބީކަމަކީ‪ ،‬ބުއްދިން ޙާޞިލުކޮށްފައިވާ ކަމެއް‬
‫ކަމުގައި ވެސް ޤަބޫލުކުރެއެވެ‪ .‬އަދި ޤުރްއާނަކީ‪ ،‬ޚިޔާލަށް އައި ފިކުރުތަކެއް ކަމަށާއި‪ ،‬އަދި ކޮންމެ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪30‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ޒަމާނެއްގައި ވެސް އުއްމަތުގައި މަޢުޞޫމު ވެރިޔަކު ހުންނަން ޖެހޭނެކަމަށް ޤަބޫލުކުރެއެވެ‪ .‬އަދި އާޚިރަތް‬
‫ދުވަހަށް އިންކާރު ކުރެއެވެ‪ .‬އަދި ކޮންމެ ކަމެއް ކުރުން ވެސް ހުއްދަ ކަމާއި‪ ،‬އެއްވެސް ތަކުލީފެއް‬
‫ޖެއްސެވިގެން ވާކަމަކަށް އެބައިމީހުންނެއް ޤަބޫލެއް ނުކުރެއެވެ‪.‬‬

‫ނ‪ .‬ނުޞައިރިއްޔާ‪ :‬ޢަލީގެފާނަކީ އިލާހެއް ކަމުގައި މިބައިމީހުން ޤަބޫލުކުރެއެވެ‪ .‬ފަސް ނަމާދޭ ކިޔެނީ‪،‬‬
‫ޢަލީގެފާނަށާއި‪ ،‬ފާޠިމަތުގެފާނަށާއި‪ ،‬ޙަސަނުގެފާނަށާއި‪ ،‬ޙުސައިނުގެފާނަށް އަދި މުޙްސިނަށް ކަމުގައި ޤަބޫލު‬
‫ކުރުމުގެ އިތުރުން ޤިޔާމަތް ދުވަހަށް އިންކާރު ކުރެއެވެ‪ .‬އަދި ތަނާސުޚަށް އީމާންވެއެވެ‪ .‬އަދި ބަނގުރާއާއި‬
‫ޒިނޭއާއި ލިވާޠު ހުއްދަ ކުރެއެވެ‪ .‬މަޖޫސީންނާއި ނަޞާރާއިންގެ ޢީދުތައް ފާހަގަކުރެއެވެ‪.‬‬

‫ރ‪ .‬ދުރޫޒު‪ :‬އެންމެހައި ދީންތަކަކަށް މިބައިމީހުން އިންކާރު ކުރެއެވެ‪ .‬އޭގެ ތެރޭގައި‪ ،‬އިސްލާމްދީން ވެސް‬
‫ހިމެނެއެވެ‪ .‬އަދި އިސްލާމްދީނަށް [އިބިލީހުގެ ޝަރީޢަތް] މިފަދައިން ކިޔައި އުޅެއެވެ‪ .‬އަދި އެ މީހުންގެ‬
‫ވެރިޔާ ފަހު ޒަމާނުގައި ފާޅުވެ‪ ،‬ގެފުޅު ތަޅާލައި‪ ،‬މުސްލިމުން ޤަތުލުކޮށް‪ ،‬މުސްލިމުންނާއި އެންމެހައި‬
‫ދީންތަކެއްގެ އަހުލުވެރިންގެ އަތުން ޖިޒުޔަ އަތުލާނެ ކަމަށް ޤަބޫލުކުރެއެވެ‪ .‬އަދި އާޚިރަތް ދުވަހަށް‬
‫އިންކާރު ކުރުމުގެ އިތުރުން ނަބީކަމަށް އިންކާރުކޮށް‪ ،‬ނަބިއްޔުން ދޮގުކުރެއެވެ‪ .‬އަދި ނަމާދާއި ޒަކާތާއި‬
‫ރޯދައާއި ޙައްޖުފަދަ އެންމެހައި އަޅުކަންތަކަށް ވެސް އެކަންކަމުގެ ޙަޤީޤަތާ އެއްވެސް ގުޅުމެއް ނެތް‬
‫މާނަތައް ކޮށްއުޅެއެވެ‪.‬‬

‫‪31‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ޤާދިޔާނީންގެ ބާޠިލު ދެ ޢަޤީދާއެއް ހާމަކޮށްދޭށެވެ!‬ ‫‪.1‬‬

‫ބާޠިނީ ފިރުޤާތަކުގެ މެދުގައި އެއްގޮތްވާ އެންމެ އަސާސީ ކަމަކީ ކޮބައި ހެއްޔެވެ؟‬ ‫‪.2‬‬

‫މުސްލިމުންނަށް‪ ،‬ޔަހޫދީންނާއި ނަޞާރާއިންގެ ފަރާތުން ލިބޭ ގެއްލުމަށް ވުރެ ވެސް‪ ،‬ބާޠިނީންގެ ފަރާތުން‬ ‫‪.3‬‬
‫ލިބޭ ގެއްލުން ބޮޑުކަމަށް ބުނެވެނީ ކީއްވެގެން ހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬

‫[އިނގިރޭސީންގެ އިސްތިޢުމާރުގެ ދުވަސްވަރު މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް‪ ،‬ޖިހާދުކުރުމާއި އިސްލާމީ‬


‫ޝިޢާރުތައް ތަންފީޒުކުރުމުން މުސްލިމުން ދުރުކޮށް‪ ،‬މުސްލިމުން ބައިބައިކޮށްލުމަށްޓަކައި‪ ،‬ޤާދިޔާނީ އޭ ކިޔުނު‬
‫ވިސްނުމެއް އިނގިރޭސީން އުފެއްދިއެވެ‪].‬‬

‫މަތީގައިވާ މަޢުލޫމާތުކޮޅަށް ވިސްނުމަށްފަހު‪ ،‬ޤާދިޔާނީ ޖަމާޢަތަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ މައްޗަށް‬


‫ބިނާވެފައިވާ ޖަމާޢަތެއް ނޫންކަން‪ ،‬ހެއްކާ އެކު ހާމަކުރާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫މި ޒަމާނުގައި ޤާދިޔާނީ ފިރުޤާއާއި ބާޠިނީ ފިރުޤާތައް ޤަބޫލުކުރާ މީހުން އެންމެ ގިނައިން އުޅޭ ޤައުމުތައް‬
‫ހޯދައި‪ ،‬އެފަދަ ޤައުމުތަކަށް ދާނަމަ‪ ،‬ސަމާލުކަން ދޭންވީ ކަންތައްތައް ގުރޫޕުގައި މަޝްވަރާކޮށް‪ ،‬ކުލާހަށް‬
‫ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪32‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ފިލާވަޅު ‪6‬‬

‫ބާޠިލު ޢަޤީދާގެ ބައެއް ފިރުޤާތައް ‪2‬‬

‫ޚަވާރިޖުން‬ ‫‪6.1‬‬

‫ބަހުގެ ގޮތުން ބަލާއިރު‪ ،‬ޚަވާރިޖަކީ ޚާރިޖުގެ ގިނަ ގޮތެވެ‪ .‬ޚާރިޖުގެ ބަހުގެ މާނައަކީ‪ ،‬ނުކުންނަ މީހާއެވެ‪.‬‬

‫އިޞްޠިލާޙީ ގޮތުން ބަލާއިރު‪ ،‬ޚަވާރިޖުންނޭ ކިޔެނީ‪ ،‬ޢަލީގެފާނު މުސްލިމުންގެ ޚަލީފާއަކަށް ހުންނެވި އިރު‬
‫އެކަލޭގެފާނާ ދެކޮޅަށް ނުކުތް ޖަމާޢަތުގެ މީހުންނަށެވެ‪.‬‬

‫އިސްލާމީ ތާރީޚަށް ބަލާއިރު‪ ،‬ޚަވާރިޖުންނަކީ‪ ،‬ބާޠިލު ޢަޤީދާގެ ތެރެއިން އެންމެ ފުރަތަމަ ފާޅުވި އެއް ޖަމާޢަތެވެ‪.‬‬
‫އެހެނީ‪ ،‬ޖަމާޢަތެއްގެ ގޮތުގައި ޚަވާރިޖުން ފާޅުވީ‪ ،‬ޢަލީގެފާނާއި މުޢާވިޔަތުގެފާނާ ދެމެދު ހިނގައިދިޔަ ތަޙްކީމުގެ‬
‫މައްސަލައާ އެކުގައެވެ‪ .‬އެންމެ ފުރަތަމަ އެބައިމީހުން ތިބީ ޢަލީގެފާނުގެ ކޮޅުގައެވެ‪ .‬އެހެންނަމަވެސް‪ ،‬ޢަލީގެފާނު‬
‫ތަޙްކީމުގެ ނަތީޖާ ޤަބޫލުކުރެއްވުމުން‪ ،‬އެބައިމީހުން އެކަލޭގެފާނުގެ ޖަމާޢަތުން ވަކިވިއެވެ‪.‬‬

‫ޚަވާރިޖުންގެ ފިކުރުތަކާއި ޤަބޫލުކުރުންތައް‪:‬‬


‫ނުފެންނާނެ ކަމަށް އެ މީހުން ޤަބޫލުކުރެއެވެ‪ .‬އެހެންނަމަވެސް‪،‬‬ ‫ﷲ‬ ‫‪ .1‬ޤިޔާމަތް ދުވަހު މުއުމިނުންނަށް މާތް‬
‫ފެންނާނެއެވެ‪.‬‬ ‫ﷲ‬ ‫ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ‪ ،‬ޤިޔާމަތް ދުވަހު މުއުމިނުންނަށް މާތް‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫(ސޫރަތުލްޤިޔާމާ‪)23-22 :‬‬ ‫ﱡ ﱉ ﱊ ﱋ ﱌ ﱍ ﱎ ﱏ ﱐ ‬
‫ﱠ‬
‫މާނައީ [އެ ދުވަހުން މޫނުތަކެއް ރީތިވެ‪ ،‬އަލިވެގެން ވެއެވެ‪ .‬އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް‬
‫ބަލަބަލައި ތިބެއެވެ‪].‬‬

‫ގެ‬ ‫ﷲ‬ ‫‪ .2‬ޤުރްއާނަކީ މަޚްލޫޤެއް ކަމުގައި އެބައިމީހުން ޤަބޫލުކުރެއެވެ‪ .‬އެހެންނަމަވެސް‪ ،‬ޤުރްއާނަކީ މާތް‬

‫ކަލާމްފުޅު ކަމަށާއި‪ ،‬އެއީ މަޚްލޫޤެއް ނޫން ކަމަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން‬

‫‪33‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫އިޖުމާޢުވެވަޑައިގެންފައި ވެއެވެ‪.‬‬

‫ﷲ‬ ‫ކަށްވަޅުގައި އަޒާބު ދެއްވޭނެ ކަމާ މެދު‪ ،‬ގިނަ ޚަވާރިޖުން އިންކާރު ކުރެއެވެ‪ .‬އެހެންނަމަވެސް‪ ،‬މާތް‬ ‫‪.3‬‬

‫ގެ އަންނަނިވި ވަޙީބަސްފުޅުން‪ ،‬ކާފިރުންނާއި ފާސިޤުންނަށް ޤަބުރުގައި އަޒާބު ދެއްވޭނެކަން‬

‫އެނގިގެންދެއެވެ‪ .‬މާތް ﷲ ވަޙީކުރައްވާފައި ވެއެވެ‪.‬‬

‫ﱡ ﲎ ﲏ ﲐ ﲑ ﲒﲓ ﲔ ﲕ ﲖ ﲗ‬

‫(ސޫރަތު ޣާފިރު‪)46 :‬‬ ‫ﲘ ﲙ ﲚ ﲛﲜ ﱠ‬


‫މާނައީ [އެއުރެން ހެނދުނާއި ހަވީރު‪ ،‬އަލިފާނަށް (އެބަހީ‪ ،‬ކަށްވަޅުގެ އަޒާބަށް) ހުށަހަޅުއްވާނެތެވެ‪ .‬އަދި‬

‫ޤިޔާމަތުގެ ވަގުތު އަންނަ ދުވަހު (މަލާއިކަތުން އަންގަވާނެތެވެ)‪ ،‬ފިރުޢައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ‬

‫އަޒާބަށް (އެބަހީ‪ ،‬ނަރަކައަށް) ވައްދާށެވެ!]‬

‫އީމާންކަން އިތުރުވުމާއި އުނިވުމުގެ މައްސަލައިގައި ޚަވާރިޖުން ދެ ބަޔަކަށް ބެހެއެވެ‪.‬‬ ‫‪.4‬‬

‫ހ‪ .‬ފުރަތަމަ ބަޔަކީ‪ :‬އިބާޟީން ފިޔަވައި ދެން ތިބި ޖަމާޢަތްތަކެވެ‪ .‬އެބައިމީހުން ދެކޭ ގޮތުގައި‪ ،‬އީމާންކަން‬
‫އަދި އުންޏެއް ވެސް ނުވާނެއެވެ‪ .‬އެއް ގޮތަކީ‪ ،‬އީމާންކަން އެކީއެކައްޗަކަށް ހުރުމެވެ‪.‬‬ ‫އިތުރެއް ވެސް‬

‫އަނެއް ގޮތަކީ‪ ،‬އީމާންކަން އެކީއެކައްޗަކަށް ނެތި ދިޔުމެވެ‪.‬‬

‫ށ‪ .‬ދެވަނަ ބަޔަކީ‪ ،‬އިބާޟީންނެވެ‪ .‬އެބައިމީހުން ދެކޭ ގޮތުގައި‪ ،‬އީމާންކަމަކީ‪ ،‬އިތުރުވާ އަދި އުނިވާ‬

‫ގެ‬ ‫ﷲ‬ ‫އެއްޗެކެވެ‪ .‬ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ ވެސް މިއީއެވެ‪ .‬އެހެނީ‪ ،‬މާތް‬

‫ވަޙީބަސްފުޅުގައި ވެއެވެ‪.‬‬

‫ﱡ ﱜ ﱝ ﱞ ﱟ ﱠﱡ ﱢ ﱣ ﱤ ﱥ‬
‫ﭐ‬
‫(ސޫރަތުލްފަތުޙު‪)4 :‬‬ ‫ﱦﱠ‬
‫[އެކަލާނގެއީ‪ ،‬މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ‪ .‬އެއީ‪ ،‬އެއުރެންގެ‬
‫އީމާންކަމުގެ މައްޗަށް‪ ،‬އެއުރެންނަށް އީމާންކަން އިތުރުވުމަށްޓަކައެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪34‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫‪ .5‬ބޮޑެތި ފާފަ ކުރާ މުސްލިމުންނީ ކާފިރުން‬

‫ކަމަށް ޚަވާރިޖުން ދެކެއެވެ‪ .‬އަދި އެ ފަދަ‬

‫މީހުން ނަރަކައިގައި ދާއިމަށް ދެމިތިބޭނެ‬

‫ކަމަށް ދެކެއެވެ‪ .‬އެހެންނަމަވެސް‪ ،‬ސުންނަތް‬

‫ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ‪ ،‬ބޮޑެތި‬

‫ފާފަ ކުރާ މީހުންނަކީ ފާސިޤުންނެވެ‪ .‬މާތް‬


‫ނަހްރަވާންގެ ހަނގުރާމާގައި ޢަލީ ރަޟިޔަﷲ ޢަންހު ވަނީ ޚަވާރިޖުންނާ‬
‫ކުރިމަތިލައްވައި އެބައިމީހުން ބަލިކުރައްވާފައެވެ‪.‬‬ ‫އިރާދަކުރައްވައިފިނަމަ‪ ،‬އެއުރެންނަށް‬ ‫ﷲ‬
‫މާފުދެއްވަފާނެއެވެ‪ .‬އަދި އިރާދަކުރައްވައިފިނަމަ‪،‬‬

‫އެއުރެންނަށް ވަކި މުއްދަތެއް ވާންދެން ނަރަކައިން ޢަޛާބު ދެއްވުމަށްފަހު‪ ،‬ސުވަރުގެ ވައްދަވާނެއެވެ‪.‬‬

‫ޚަވާރިޖުންގެ ފިރުޤާތަކުގެ ތެރެއިން‪ ،‬މި ޒަމާނުގައި މައިގަނޑު ގޮތެއްގައި ފެންނަނީ އިބާޟީން އެކަންޏެވެ‪.‬‬

‫އިބާޟީން އުޅެނީ‪ ،‬އޮމާންގައްޔާއި‪ ،‬ލީބިޔާގެ ވަކި ހިސާބުގަނޑެއްގައި އަދި ޢަރަބިކަރައިގެ ހުޅަނގު‬

‫ޤައުމުތަކުގައެވެ‪.‬‬

‫ޝީޢީން‬ ‫‪6.2‬‬

‫ބަހުގެ ގޮތުން ބަލާއިރު‪ ،‬ޝީޢާގެ މާނައަކީ‪ ،‬ތަބާވާ މީހުން ނުވަތަ ނަޞްރުދޭ މީހުން ނުވަތަ އަޢުވާނުން ނުވަތަ‬

‫ޚާއްޞަ މީހުންނެވެ‪.‬‬

‫އިޞްޠިލާޙީ ގޮތުން ބަލާއިރު‪ ،‬ޝީޢީންނަކީ‪ ،‬އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަށް ވުރެ‪ ،‬ޢަލީގެފާނު‬

‫މާތްކަމަށް ދެކި‪ ،‬އެކަން ޤަބޫލުކުރާ މީހުންނެވެ‪ .‬އަދި އަހުލުބައިތުންނަކީ‪ ،‬ޚިލާފަތުގެ އެންމެ ޙައްޤު ފަރާތްތައް‬

‫ކަމަށާއި‪ ،‬އެނޫން ބަޔެއްގެ ޚިލާފަތު ބާޠިލުވާނެ ކަމަށް ދެކި‪ ،‬އެކަން ޤަބޫލުކުރާ މީހުންނެވެ‪.‬‬

‫އިސްލާމީ ތާރީޚަށް ބަލާއިރު‪ ،‬ޝީޢީންނަކީ ވެސް‪ ،‬އެންމެ ފުރަތަމަ ފާޅުވި ފިރުޤާތަކުން ކުރެ ފިރުޤާއެކެވެ‪.‬‬

‫އެހެނީ‪ ،‬ޖަމާޢަތެއްގެ ގޮތުގައި ޝީޢީން ފާޅުވީ‪ ،‬ޢަލީގެފާނާއި މުޢާވިޔަތުގެފާނާ ދެމެދު ހިނގައިދިޔަ ތަޙްކީމުގެ‬

‫‪35‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫މައްސަލައާ ގުޅިގެންނެވެ‪ .‬އެގޮތުން‪ ،‬ޢަލީގެފާނު ތަޙްކީމުގެ ނަތީޖާ ޤަބޫލުކުރެއްވުމުން‪ ،‬ޚަވާރިޖުން އެކަލޭގެފާނުގެ‬

‫ޖަމާޢަތުން ވަކިވީއެވެ‪ .‬އެއަށްފަހު‪ ،‬އެކަލޭގެފާނަށް ނަޞްރުދީ‪ ،‬އެކަލޭގެފާނުގެ ޖަމާޢަތުގައި ދެން ތިބި މީހުންނަށް‬

‫ޝީޢީންގެ ނަމުން ނަން ދެވުނެވެ‪ .‬ޙަޤީޤަތުގައި‪ ،‬ޢަލީގެފާނުގެ ޒަމާނުގައި ވެސް އެކަލޭގެފާނުގެ ޖަމާޢަތުގެ ބައެއް‬

‫މީހުން އެކަލޭގެފާނު މަތިވެރިކުރުމުގައި ހައްދުފަހަނަޅައި ދިޔައެވެ‪ .‬އަދި އެކަމުގެ ޚަބަރު ލިބިވަޑައިގަތުމުން‪،‬‬

‫ޢަލީގެފާނު އެކަމާ ވަރަށް ކޯފާއިސްކުރައްވައި‪ ،‬އެފަދަ މީހުންނަށް ހަރުކަށި އަދަބު ދެއްވިއެވެ‪ .‬ބާޠިލު ފިރުޤާއެއްގެ‬

‫ގޮތުގައި ޝީޢީން ފާޅުވީ އޭގެ މާފަހުންނެވެ‪ .‬ޝީޢީންގެ އެ ބާޠިލު ޤަބޫލުކުރުންތައް ޤަބޫލުކުރި ފަރާތްތަކުގެ‬

‫ތެރޭގައި އަޞްޙާބު ބޭކަލުން ހިމެނިވަޑައެއް ނުގަންނަވައެވެ‪.‬‬

‫ޝީޢީންގެ ފިރުޤާތަކުގެ އަދަދު‪ ،‬ހަތްދިހައާ ގާތް ކުރާ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ‪ .‬އޭގެ ތެރެއިން‪،‬‬

‫އިސްލާމީ ދުނިޔޭގައި އެންމެ ބޮޑު ދައުރެއް ކުޅެނީ‪ ،‬ހަތަރު ފިރުޤާއަކުންނެވެ‪ .‬އެއީ‪ ،‬ރާފިޟާއާއި‪،‬‬

‫ޒައިދިއްޔާއާއި‪ ،‬ސަބްޢިއްޔާ އަދި ކީސާނިއްޔާއެވެ‪.‬‬

‫ޝީޢީންގެ ފިކުރުތަކާއި ޤަބޫލުކުރާ ކަންތައް‪:‬‬

‫‪ .1‬ޝީޢީން‪ ،‬އަބޫބަކުރުގެފާނާއި‪ ،‬ޢުމަރުގެފާނާއި އަދި ޢުޘްމާނުގެފާނަށް ފާޅުގައި ނަފުރަތުކޮށް‪ ،‬ހުތުރު ބަސް‬

‫ބުނުން‪ .‬އަދި އެ ބޭކަލުންނީ ފާސިޤުން ކަމަށާއި ކާފިރުން ކަމަށް ބުނެ‪ ،‬އެ ބޭކަލުންނަށް އެއްޗެހި ކިޔުމީ‪،‬‬

‫އަށް މަތިވެރި ކުއްތަންވުމަކުން ކުއްތަންވެވޭ ކަމެއް ކަމުގައި ޤަބޫލުކުރުން‪ .‬އަލަށް އިސްލާމްވެ‪،‬‬ ‫ﷲ‬ ‫މާތް‬

‫ޝީޢީންނާ ގުޅޭ މީހުންނަށް ޝަހާދަތް ލައިދޭއިރު‪ ،‬އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަކީ‬

‫ކާފިރުން ކަމަށް ހެކިކުރުވުން‪.‬‬

‫ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމަށް ފަހު‪ ،‬ޢާއްމުކޮށް ހުރިހައި އަޞްޙާބު‬ ‫ޞައްލަﷲ‬ ‫‪ .2‬ނަބިއްޔާ‬

‫ބޭކަލުން މުރުތައްދުވި ކަމަށް ބުނުން‪ .‬އޭގެ ތެރެއިން އެބައިމީހުން އިސްތިޘްނާ ކުރަނީ‪ ،‬އަލްމިޤްދާދު ބުނުލް‬
‫އަސްވަދާއި‪ ،‬އަބޫ ޛައްރުލް ޣިފާރީއާއި ސަލްމާނުލް ފާރިސީ ފަދަ މަދު އަދަދެއްގެ އަޞްޙާބު ބޭކަލުން‬
‫އެކަންޏެވެ‪.‬‬

‫ޢަލައިހި ވަސައްލަމައާއި ޢަލީގެފާނާ ދަރަޖައިގެ ގޮތުން އެއްވަރުވެގެންވާ ކަމަށް ބުނެ‪،‬‬ ‫ޞައްލަﷲ‬ ‫‪ .3‬ނަބިއްޔާ‬
‫ބައެއް ޙާލަތްތަކުގައި ޢަލީގެފާނުގެ ދަރަޖަ މަތިވެރި ކަމަށް ބުނުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪36‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫‪ .4‬މަޝްހޫރު ހަތަރު މަޒުހަބުގެ އިމާމުންނަކީ‪ ،‬މަގުފުރެދިފައިވާ ބިދުޢަވެރީން ކަމުގައި ބުނުން‪.‬‬

‫އާއި މަޚުލޫޤުންނާ ދެމެދު އޮންނަ މެދުވެރީން ކަމުގައި އެބައިމީހުން‬ ‫ﷲ‬ ‫‪.5‬އެބައިމީހުންގެ އިމާމުންނަކީ‪ ،‬މާތް‬
‫ޤަބޫލުކުރެއެވެ‪ .‬އަދި އެބައިމީހުންގެ އިމާމުންނަށް ވަޙީ ބާވައިލެއްވޭ ކަމަށާއި‪ ،‬އެބައިމީހުންގެ އިމާމުން‬
‫ބޭނުންވެއްޖެނަމަ‪ ،‬ބޭނުން ކަމެއް ޙަލާލުކޮށް‪ ،‬އަދި ބޭނުން ކަމެއް ޙަރާމްކޮށް ހެދޭނެ ކަމަށް ވެސް ޤަބޫލު‬
‫ކުރެއެވެ‪ .‬އަދި މީގެ އިތުރުން‪ ،‬އެބައިމީހުންގެ އިމާމުންނަކީ‪ ،‬ކުށްތަކުން ރައްކާތެރިވެގެންވާ ބަޔަކު ކަމަށް‬
‫ވެސް ޤަބޫލުކުރެއެވެ‪.‬‬

‫‪ .6‬އުއްމަތުގެ އިމާމަތުކަމަކީ ނުވަތަ ވެރިކަމަކީ‪ ،‬ނައްޞުން ކަނޑައެޅިގެން ހަވާލުކުރެވޭ މަސްއޫލިއްޔަތެއް‬

‫ކަމަށާއި‪ ،‬ކުރީގެ އިމާމު ފަހުން އަންނާނެ އިމާމެއް ނައްޞުން ބަޔާންކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރެއެވެ‪.‬‬

‫‪ .7‬މުތުޢާ ކައިވެނި ހުއްދަކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ‪.‬‬

‫މި ޒަމާނުގައި ޝީޢީން އެންމެ ގިނައީ‪ ،‬އީރާނާއި‪ ،‬ޢިރާޤާއި‪ ،‬ލުބްނާނު އަދި ސީރިޔާ ފަދަ ޤައުމުތަކުގައެވެ‪ .‬އަދި‬

‫ޖަމާޢަތާއި‪ ،‬ޔަމަނުގައި‬ ‫ޙިޒްބުﷲ‬ ‫ޝީޢީންގެ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ތެރޭގައި‪ ،‬ލުބްނާނުގައި ހަރަކާތްތެރިވާ‬

‫އުޅޭ ޙޫޘީ ޖަމާޢަތް ހިމެނެއެވެ‪.‬‬

‫އަޒ ަ ުރބައިޖާން‬
‫ތު ުރ ީކ‬

‫ސޫ ރިޔާ‬
‫ލބްނާ ނު‬
‫ު‬ ‫ޢިރާ ޤު‬ ‫އީރާ ނު‬ ‫އަފ ް ާޣނިސް ތާން‬

‫ކުވައިތު‬
‫ޕާ ިކސް ތާން‬

‫މިޞް ުރ‬ ‫ސަ ުއދީ ޢަ ަރ ިބއްޔާ‬ ‫ބަ ްޙ ަރއިން‬


‫ޤަޠ ަ ުރ‬
‫އިން ިޑ ާއ‬
‫ޔޫ ‪.‬އޭ‪.‬އީ‬

‫ުޢމާން‬

‫ޝޢީން‬ ‫ސު ން ނީން ނާ އި ީ‬


‫ީ‬
‫ޝޢީ އަ ްޣލަ ިބ ްއ ަޔތު‬
‫ަޔމ ަނު‬ ‫ސު ން ނީ އަ ްޣލަ ިބ ްއ ަޔތު‬

‫‪37‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޖަމާޢަތުއްތަކްފީރު ވަލްހިޖުރަ‬ ‫‪6.3‬‬

‫ޖަމާޢަތުއްތަކްފީރު ވަލްހިޖުރަ ނުވަތަ ކާފިރުކޮށް ހިޖުރަކުރުމަށް ގޮވައިލާ ޖަމާޢަތަކީ‪ ،‬މުސްލިމުންނަށް‬

‫ނިސްބަތްވެގެން އުޅުނު‪ ،‬އަދި ޚަވާރިޖުން ފަދައިން ބޮޑެތި ފާފަތައް ކުރާ މީހުން ކާފިރުކުރާ މަންހަޖެއް‬

‫ގެންގުޅުނު ހައްދުފަހަނަޅާފައިވާ ޖަމާޢަތެކެވެ‪ .‬އެ ޖަމާޢަތުގެ މީހުން އެ ޖަމާޢަތަށް ކިޔައި އުޅުނީ‬

‫[ޖަމާޢަތުލްމުސްލިމީން] (މުސްލިމުންގެ ޖަމާޢަތް) އެވެ‪ .‬އެބައިމީހުންނަށް ޖަމާޢަތުއްތަކްފީރު ވަލްހިޖުރަގެ ނަން‬

‫ދިނީ ޚަބަރު ފަތުރާ ވަސީލަތްތަކުންނެވެ‪.‬‬

‫އެ ޖަމާޢަތް ފާޅުވީ‪ ،‬މިޞްރުގައި ‪ 1971‬ވަނަ އަހަރުގައެވެ‪ .‬އަދި އެ ޖަމާޢަތުގެ އެންމެހައި ފިކުރުތަކާއި‬

‫އަސާސްތަކެއް ކަނޑައެޅީ‪ ،‬ޝުކުރީ މުޞްޠަފާ ނަމަކަށް ކިޔުނު މީހެކެވެ‪ .‬އޭނާއަކީ އެ ޖަމާޢަތުގެ ލީޑަރު ވެސް‬

‫މެއެވެ‪.‬‬

‫ޖަމާޢަތުއްތަކްފީރުގެ ފިކުރުތަކާއި ޤަބޫލުކުރުންތައް‬

‫‪.1‬ބޮޑު ފާފައެއް ކޮށް‪ ،‬އަދި އެކަން ކުރުމުގައި ދެމިހުރެ‪ ،‬އަދި އެކަމުން ތައުބާ ނުވާ ކޮންމެ މީހަކީ ކާފިރަކު‬

‫ކަމުގައި ޤަބޫލުކުރުން‪.‬‬

‫ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމް ކުރާ ކޮންމެ މީހަކީ‪ ،‬އަދި އެ ޙުކުމް ލިބިގަންނަން ދާ‬ ‫ﷲ‬ ‫‪.2‬މާތް‬

‫ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމް‬ ‫ﷲ‬ ‫ކޮންމެ މީހަކީ ވެސް ކާފިރަކު ކަމުގައި ޤަބޫލުކުރުން‪ .‬މާތް‬

‫ކުރުމީ ކާފިރުވާނޭ ޢަމަލަކަށް ވިޔަސް‪ ،‬މުޠުލަޤުކޮށް އެއްވެސް ތަފްސީލަކަށް ދިޔުމެއް ނެތި އެފަދަ މީހުން‬

‫ކާފިރުކުރުމީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ މަންހަޖެއް ނޫނެވެ‪.‬‬

‫‪.3‬އެ ޖަމާޢަތުން ކާފިރުކުރާ މީހުންނީ ކާފިރުން ކަމުގައި ނުދެކޭ ކޮންމެ ޢިލްމުވެރިޔަކު ވެސް ކާފިރު ވާނެ‬

‫ކަމަށް ޤަބޫލުކުރުން‪.‬‬

‫‪ .4‬އެ ޖަމާޢަތުން ޤަބޫލުކުރާ ގޮތް ހުށަހެޅުމުން‪ ،‬އެ ހުށައެޅުން ޤަބޫލު ނުކޮށްފިނަމަ‪ ،‬ނުވަތަ ޤަބޫލު ކޮށްފައި‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪38‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ވެސް އެ ޖަމާޢަތާ ނުގުޅިއްޖެނަމަ‪ ،‬ނުވަތަ އެ ޖަމާޢަތުގެ އިމާމަށް ބައިޢަތު ނުހިފައިފިނަމަ‪ ،‬އެއީ ވެސް‬

‫ކާފިރަކު ކަމުގައި ދެކެއެވެ‪ .‬އަދި އެ ޖަމާޢަތާ ގުޅުމަށް ފަހު‪ ،‬އެ ޖަމާޢަތާ ވަކިވެއްޖެ މީހާއީ‪ ،‬މުރުތައްދުވެ‪،‬‬

‫މެރުން ހުއްދަވެފައިވާ މީހަކު ކަމުގައި ޤަބޫލުކުރެއެވެ‪ .‬މީގެ އިތުރުން‪ ،‬އެ ޖަމާޢަތުން ގޮވައިލާ ކަންކަމުގެ‬

‫ޚަބަރު ލިބުމަށް ފަހު ވެސް‪ ،‬އެބައިމީހުންގެ އިމާމަށް ބައިޢަތު ނުހިފާ އިސްލާމީ ކޮންމެ ޖަމާޢަތަކީ ވެސް‬

‫ދީނުން ބޭރުވެފައިވާ ބައެއް ކަމުގައި ދެކެއެވެ‪.‬‬

‫‪.5‬އެބައިމީހުން ޤަބޫލުކުރާ ގޮތުގައި‪ ،‬އެ ޖަމާޢަތަށް ނިސްބަތް ނުވާ މީހުން އެއީ މުސްލިމުން ކަމަކަށް‬

‫ކަނޑައެއް ނޭޅޭނެއެވެ‪ .‬އެއީ‪ ،‬މުސްލިމުން ކަމަށް ސާބިތު ވާނީ‪ ،‬އެބައިމީހުންގެ ޖަމާޢަތާ ގުޅި‪،‬‬

‫އެބައިމީހުންގެ އިމާމަށް ބައިޢަތުހިފުމުންނެވެ‪.‬‬

‫‪.6‬އިސްލާމްދީނުގެ އެންމެ ކުޑަ މިންވަރު ފުރިހަމައަށް ގެނެސްނުގަންނަ މީހާއީ ކާފިރެއް ކަމުގައި ބުނެއެވެ‪.‬‬

‫[އިސްލާމްދީނުގެ އެންމެ ކުޑަ މިންވަރު] މާނަކުރަމުން އެބައިމީހުން ބުނެފައި ވަނީ‪ ،‬އޭގެ މުރާދަކީ‪،‬‬

‫އިސްލާމްދީނުގައި ކަނޑައެޅިގެންވާ ފަރުޟުތަކެއް ވާކަމަށާއި‪ ،‬އެކަންކަން އެއްވެސް މިންވަރަކަށް‬

‫ނުކޮށްފިނަމަ‪ ،‬ނުވަތަ ކުރުމުގައި ފަރުވާކުޑަކޮށްފިނަމަ‪ ،‬ނުވަތަ އޭގެ ތެރެއިން ބައެއް ކަންކަން‬

‫އަދާނުކޮށްފިނަމަ‪ ،‬އެ މީހަކީ މުސްލިމަކަށް ނުވުން ކަމުގައެވެ‪ .‬އެހެންނަމަވެސް‪ ،‬މިއީ‪ ،‬އެއްވެސް‬

‫އަސާސެއް ނެތް‪ ،‬ބީރައްޓެހި ޢަޤީދާއެކެވެ‪.‬‬

‫ކޮންމެއަކަސް‪ ،‬މިޞްރުގެ ގިނަ ޕުރޮވިންސްތަކުގައި ޖަމާޢަތުއްތަކްފީރު ފެތުރިފައި ވެއެވެ‪ .‬ޚާއްޞަކޮށް‬

‫ޞަޢީދުގައެވެ‪ .‬އަދި ޔަމަނާއި އުރުދުނާއި އަދި ޖަޒާއިރުފަދަ އެހެނިހެން ޢަރަބި ޤައުމުތަކުގައި ވެސް އެ‬

‫ޖަމާޢަތަށް ތަބާވާ މީހުން މަދުން ނަމަވެސް އުޅެއެވެ‪.‬‬

‫‪39‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ޚަވާރިޖުންނަކީ ކޮބައި ހެއްޔެވެ؟‬ ‫‪.1‬‬

‫ޝީޢީންނަކީ ކޮބައި ހެއްޔެވެ؟‬ ‫‪.2‬‬

‫ޖަމާޢަތުއްތަކްފީރު ވަލްހިޖުރައަކީ ކޮބައި ހެއްޔެވެ؟‬ ‫‪.3‬‬

‫ޙަރަކާތް ‪:2‬‬

‫ޝީޢީންނާއި ޚަވާރިޖުންނާއި ޖަމާޢަތުއްތަކްފީރުގެ މައިގަނޑު ޤަބޫލުކުރުންތަކާއި އިސްލާމީ ޢަޤީދާއާއި‬


‫އަޅާކިޔުމަށްފަހު‪ ،‬މުހިންމު ނުކުތާތައް ހިމަނައިގެން ފާރު ނޫހެއް ތައްޔާރުކޮށް‪ ،‬ކުލާހުގައި ފެންނަން ހުންނާނެހެން‬
‫ބަހައްޓާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ޖަމާޢަތުއްތަކްފީރުގެ ފިކުރުތަކާއި ޤަބޫލުކުރުންތައް ދިވެހި މުޖުތަމަޢުން ފެނޭތޯ ބަލައި‪ ،‬އެފަދަ ޤަބޫލުކުރުންތަކުން‬


‫ދިވެހިން ދުރުކުރެވިދާނެ ގޮތްތަކާ މެދު ގުރޫޕުތަކުގެ މެދުގައި މަޝްވަރާކޮށް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪40‬‬


‫ޔުނިޓް ‪1‬‬ ‫ ‬
‫އިސްލާމީ ޢަޤީދާ‬

‫ބަސްކޮށާރު‬

‫މާނަ‬ ‫ބަސް‬
‫އަންގަވާ ގޮތް‬ ‫ﷲ‬ ‫ރަސޫލުބޭކަލުން މެދުވެރި ކުރައްވައި‪ ،‬މީސްތަކުން އުޅުމަށް މާތް‬ ‫ޝަރީޢަތް‬

‫ގެ ކޮންމެ‬ ‫ﷲ‬ ‫އިއްވަވާ ބަސްފުޅު‪ /‬މާތް‬ ‫ﷲ‬ ‫ޖިބްރީލުގެފާނު މެދުވެރި ކުރައްވައި މާތް‬ ‫ވަޙީ‬

‫އެންގެވުމެއް‪.‬‬
‫ދެނެގަތުން‪ /‬ބަލައި ހޯދުން‬ ‫މަޢުރިފާކުރުން‬

‫އެންމެހައި ތަކެއްޗެއް ހައްދަވާ‪ ،‬ރިޒުޤުދެއްވާ ރަސްކަލާނގެ‬ ‫ރައްބުވަންތަކަން‬

‫އަޅުކަން ޙައްޤުވާ ރަސްކަލާނގެ‬ ‫އިލާހުވަންތަކަން‬

‫އިސްލާމްދީނުގެ ދަޢުވަތު ‪ /‬އިސްލާމީ ޝަރީޢަތް‬ ‫ރިސާލަތް‬

‫ޢަޤީދާގެ މައްސަލަތަކުގައި ސުންނަތް ޖަމާޢަތާ ޚިލާފުވާ ޖަމާޢަތް‬ ‫ފިރުޤާ‬

‫މާނަ ފުރޮޅައިލުން ‪ /‬ބުރަވެވޭ މާނަ ދޫކޮށް އެހެން މާނައެއްގައި ހިފުން‬ ‫ތައުވީލު‬

‫ދީނަށް އާދަޔާ ޚިލާފަށް ޚިދުމަތްކުރައްވާފައިވާ ޤަރުނުގެ ޢިލްމުވެރިޔާ‬ ‫މުޖައްދިދު‬

‫މަރުވުމުން‪ ،‬އެހެން މީހެއްގެ ހަށިގަނޑަށް ފުރާނަ ނުވަތަ ނަފްސު ބަދަލު ވާނެ ކަމަށް ބުނާ‬ ‫ތަނާސުޚު‬

‫ޢަޤީދާ ‪ /‬ފުރާނަ ނުވަތަ ނަފްސު މަރު ނުވާނެ ކަމަށް ބުނާ ޢަޤީދާ‬

‫ކާފިރުންގެ އަތުން ނެގޭ ޓެކްސް‬ ‫ޖިޒުޔަ‬

‫އުފެއްދެވިފައިވާ ތަކެތި‬ ‫މަޚުލޫޤު‬

‫ބޮޑެތި ފާފަ ކުރާ މީހުން ‪ /‬ކުދި ފާފައިގައި ދެމިތިބޭ މީހުން‬ ‫ފާސިޤުން‬

‫ޣައިރު މުސްލިމުން‬ ‫ކާފިރުން‬

‫ކައިރިވުން ‪ /‬އަރިސްވުން‬ ‫ކުށްތަންވުން‬

‫އިސްލާމްދީނުން ބޭރުވުން‬ ‫މުރުތައްދުވުން‬

‫ޢާއްމު ޙުކުމަކުން ނެރެ‪ ،‬އެހެން ޙުކުމެއް ދިނުން‬ ‫އިސްތިޘްނާ ކުރުން‬

‫ދީނަށް އާ ކަންތައްތައް ވައްދާ މީހުން‬ ‫ބިދުޢަވެރިން‬

‫ޤުރްއާނާއި ސުންނަތް‬ ‫ނައްޞު‬

‫‪41‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޢަޤީދާ‬ ‫ ‬
‫ޔުނިޓް ‪1‬‬

‫މާނަ‬ ‫ބަސް‬
‫މުއްދަތު ކަނޑައަޅައިގެން ކުރާ ކައިވެނި‪ .‬އެ މުއްދަތު ހަމަވުމާއެކު އިޚްތިޔާރަކާ ނުލައި‬ ‫މުތުޢާ ކައިވެނި‬

‫ވަރިވާނެ‪.‬‬
‫އެއްވެސް ޤައިދެއް ނެތި ‪ /‬ހުރިހައި ހާލަތަކަށް ވެސް ފެތޭ ‪ /‬އެއްވެސް ހާލަތެއް އިސްތިޘްނާ‬ ‫މުޠުލަޤުކޮށް‬

‫ނުކޮށް‬
‫އެއްބަސްވުން ‪ /‬ޢަހުދުވުން ‪ /‬އިޤުރާރުވުން‬ ‫ބައިޢަތު‬

‫ދީނަށް ގޮވައިލާ ފަރާތްތައް ‪ /‬ދީނީ ހޭލުންތެރިކަން އިތުރުކުރަން އުޅޭ ފަރާތްތައް‬ ‫ދާޢީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪42‬‬


‫ޔުނިޓް‬

‫ުޔނިޓް ‪2‬‬ ‫‪1‬‬


‫ޙަދީ ްޘ ޢި ްލމު‬

‫މި ުޔނިޓްގައި އަޅުގ ަނޑު ‪...‬‬


‫● ޙަދީޘް ޢިލްމަކީ ކޮބައިކަމާއި ޙަދީޘް ޢިލްމު އުފެދި ތަރައްޤީވެ ކުރިއަރައިގެން ދިޔަ ގޮތް ދަސްކުރާނަން‬
‫● ޞަޙާބީންނަކީ ކޮބައިކަމާއި ޞަޙާބީންގެ ތެރެއިން ޙަދީޘް ރިވާކުރެއްވުމުގައި މަޝްހޫރު ބޭކަލުންނަކީ ކޮބައިކަން‬
‫ދަސްކުރާނަން‬
‫● ހެޔޮ ޢަމަލަކީ ކޮބައިކަމާއި ނުބައި ޢަމަލަކީ ކޮބައިކަން ބަޔާންކުރާ ޙަދީޘް މާނައާއި އަދި ޙަދީޘުން ލިބޭ‬
‫ފައިދާތައް ދެނެގަތުމާއެކު ދަސްކުރާންނަން‬
‫● ގެއްލުމެއް ދިނުމެއްވެސް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނެތްކަމަށް ބަޔާންކުރާ ޙަދީޘް މާނައާއި އަދި‬
‫ޙަދީޘުން ލިބޭ ފައިދާތައް ދެނެގަތުމާއެކު ދަސްކުރާންނަން‬
‫● މުންކަރާތްތައް ނަހީކުރާމާއި އޭގެ ދަރަޖަތައް ބަޔާންކުރާ ޙަދީޘް މާނައާއި އަދި ޙަދީޘުން ލިބޭ ފައިދާތައް‬
‫ދެނެގަތުމާއެކު ދަސްކުރާންނަން‬
‫● މާތް ﷲ ގެ ޢަފޫކުރެއްވުން ތަނަވަސްވެގެންވާކަން ބަޔާންކުރާ ޙަދީޘް މާނައާއި އަދި ޙަދީޘުން ލިބޭ ފައިދާތައް‬
‫ދެނެގަތުމާއެކު ދަސްކުރާންނަން‬
‫● ރިވެތި އަޚްލާޤުން ޒީނަތްތެރިކޮށްދެއްވުން އެދުމަށް އިރުޝާދު ދެއްވާ ޙަދީޘް މާނައާއި އަދި ޙަދީޘުން ލިބޭ‬
‫ފައިދާތައް ދެނެގަތުމާއެކު ދަސްކުރާންނަން‬
‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ފި ާލވަޅު ‪1‬‬

‫ޙަދީ ްޘ ޢި ްލމު‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫ޙަދީޘް ޢިލްމަކީ؛‬
‫ގެ ޙަދީޘްތަކުގެ ސަނަދާ އަދި މަތުނާގުޅޭ‬ ‫َو َسلَّ َم‬
‫މަޢުލޫމާތުތައް ދެނެގަންނަ ޢިލްމެވެ‪.‬‬

‫މި ޢިލްމުގެ އެކި ވައްތަރުތައް ވެއެވެ‪ .‬އޭގެ ތެރޭގައި؛‬


‫މުޞްޠަލަޙުލް ޙަދީޘްގެ ޢިލްމާއި‪ ،‬ޙަދީޘްގެ ރާވީންނާ ގުޅޭ‬
‫ޢިލްމާއި‪ ،‬ޙަދީޘް ޝަރަޙަކުރުމާބެހޭ ޢިލްމު ފަދަ ޢިލްމުތައް‬
‫ހިމެނެއެވެ‪.‬‬

‫‪ 1.1‬ޙަދީ ްޘ ޢި ްލމު ުއފެދިގެން އައިގޮތް‬

‫ޙަދީޘް ޢިލްމު އުފެދިގެން އައިސްފައިވަނީ‬


‫މުސްލިމުން ޙަދީޘް ރިވާކުރުމާއި‪ ،‬އެކަކުއަނެކަކަށް ޙަދީޘް ފޯރުކޮށްދިނުން ފެށުމާ ގުޅިގެންނެވެ‪ .‬މި ޢިލްމުގެ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫އަވަހާރަވުމަށްފަހު‪ ،‬އެކަލޭގެފާނުގެ‬ ‫َر ُس ْو ُل هللا َ‬ ‫އުޞޫލުތައް ޢާއްމުވެފައިވަނީ‬
‫ޙަދީޘްފުޅުތައް ޖަމާކުރައްވަން ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ‪.‬‬

‫ޞަޙާބީންނާއި‪ ،‬ތާބިޢީންނާއި‪ ،‬އަތުބާޢުއްތާބިޢީން ވަނީ ޙަދީޘް ޤަބޫލުކުރުމުގައި‪ ،‬ޞަރީޙަކޮށް ބަޔާން ނުކުރެއްވި‬


‫ނަމަވެސް‪ ،‬ޢިލްމީ ޤަވާޢިދުތަކަށް ތަބަޢަވެވަޑައިގެންފައެވެ‪ .‬މި ބޭކަލުންގެ ފަހުން ވަޑައިގެންނެވި ޢިލްމުވެރިން‬
‫ވަނީ‪ ،‬ޙަދީޘް ޤަބޫލުކުރެއްވުމުގައި މި ބޭކަލުން ގެންގުޅުއްވާފައިވާ މަންހަޖުތައް ދިރާސާކުރައްވައިގެން އެ‬
‫ޤަވާޢިދުތައް ހޯއްދެވުމަށްފަހު ފޮތްތަކުގައި ލިޔުއްވާފައެވެ‪ .‬މިގޮތުން މި ޤަވާޢިދުތައް ފޮތެއްގައި އެންމެ ފުރަތަމަ‬
‫ލިޔުއްވާފައި ވަނީ "އައްރިސާލާ" އޭ ކިޔުނު ފޮތުގައި އަލްއިމާމުއް ޝާފިޢީއެވެ‪.‬‬

‫ޙަދީޘް ޢިލްމު ފުޅާވެ‪ ،‬ފުރިހަމަވެގެންދިޔުމާއެކު‪ ،‬މި ޢިލްމަކީ މުސްތަޤިއްލު ވަކި ޢިލްމެއްގެ ގޮތުގައިވެގެން‬
‫ދިޔައެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪44‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ގެ ޒަމާނު ގައި ޙަދީ ްޘ ލި ެޔ ަރ ްއ ާކތެރިކު ެރވުނު ގޮތް‪:‬‬ ‫َر ُس ْو ُل هللا َ‬ ‫‪1.2‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ގެ ޒަމާނުގައި ‪ 2‬ގޮތަކަށް ޙަދީޘް ރައްކާތެރިކުރެވުނެވެ‪.‬‬ ‫َر ُس ْو ُل هللا َ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘްފުޅު ކުރައްވާ ޙަދީޘްފުޅުތައް ޞަޙާބީބޭކަލުން‬ ‫ފުރަތަމަ ގޮތަކީ‪َ :‬ر ُس ْو ُل هللا َ‬
‫އަޑު އައްސަވައިގެންނާއި‪ ،‬އެކަލޭގެފާނު ޢަމަލުފުޅުކުރައްވާގޮތް ބައްލަވައިގެން ހިތުގައި ރައްކާކުރެއްވުމެވެ‪.‬‬
‫މިއީ އެ ޒަމާނުގައި އެންމެ ޢާއްމުގޮތެވެ‪ .‬ސަބަބަކީ؛ އެ ޒަމާނުގައި ލިޔަންކިޔަން ދަންނަމީހުން މަދުވުމާއި‪ ،‬އެ‬
‫ޒަމާނުގައި ބޮޑަށް ބަރޯސާވެވެނީ ހިތުން ދަސްކުރާ ދަސްކުރުމުގެ މައްޗަށް ކަމުގައިވާތީއެވެ‪.‬‬

‫ދެވަނަ ގޮތަކީ‪ :‬ޞަޙާބީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ޙަދީޘްތައް ހިތުން ދަސްކުރެއްވުމާއެކު‪،‬‬
‫ބުނު ޢަމްރު ބުނުލް ޢާޞް ލިޔުއްވާފައިވާ "އައްޞަޙީފަތުއް‬ ‫ލިޔުއްވައިގެން ގެންގުޅުއްވުމެވެ‪ .‬މިގޮތުން؛ ޢަބްދުﷲ‬
‫علَْي ِه وسلَّمގެ‬ ‫ޞާދިޤާ"އާއި‪ ،‬رسو ُل ِ‬
‫هللا َ َّ‬
‫އަމުރުފުޅަށް އެކިއެކި ރަސްރަސްކަލުންނަށާއި‪،‬‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬
‫މުސްލިމުންގެ ރަށްތަކަށް ކަނޑައަޅުއްވާފައިވާ އަމީރުންނަށް ލިޔުއްވި ފަތްކޮޅުތައް ހިމެނެއެވެ‪.‬‬

‫މ ބުޚާރީގެ ޞަޙީޙު‬ ‫ގ ނުސްޚާއެއް‪ .‬އިމާ ް‬ ‫އިމާމް މާލިކްގެ (އަވަހާރަވީ‪179 :‬ހ‪ ).‬މުވައްޠާ ެ‬


‫މން އައީ މިފޮތެވެ‪.‬‬ ‫ތގެ ގޮތުގައި ބެލެވެ ު‬‫ލިޔެވުމުގެ ކުރިން އެންމެ ޞައްޙަ ޙަދީޘް ފޮ ު‬

‫‪45‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ޙަދީޘް ޢިލްމަކީ ކޮބާ؟‬

‫‪ .2‬ޙަދީޘް ޢިލްމު އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރެއިން ‪ 3‬ސަބަބެއް ބުނެދޭށެވެ!‬

‫‪ .3‬ރަސޫލާގެ ޒަމާނުގައި ‪ 2‬ގޮތަށް ޙަދީޘް ރައްކާކުރެވުނެވެ‪ .‬އެ ‪ 2‬ގޮތަކީ ކޮބާ؟‬

‫‪ .4‬ރަސޫލާގެ ޒަމާނުގައި ލިޔެ އުޅުން އެހާ ޢާއްމުނުވި ބައެއް ސަބަބުތަކަކީ ކޮބާ؟‬

‫ޙަރަކާތް ‪:2‬‬

‫ތިޔަ ކުދިންނަށް މި ފިލާވަޅުން ދޭހަވި މަޢުލޫމާތުތަކެއްގެ އަލީގައި އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ޞަޙާބީ ބޭކަލުންނަށް ޙަދީޘް ހިތުދަސްކުރެއްވުމަށް ފަސޭހަވެވަޑައިގެންނެވި ‪ 3‬ސަބަބެއް ލިޔާށެވެ!‬ ‫‪.1‬‬

‫އިސްލާމްދީނުގައި ޙަދީޘަށް ދެވިފައިވާ މަތިވެރި މަޤާމު ބަޔާންކުރާށެވެ!‬ ‫‪.2‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪46‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ފި ާލވަޅު ‪2‬‬

‫ޙަދީ ްޘ ލި ެޔ ަރ ްއ ާކ ތެރިކުރުން‬

‫‪ 2.1‬ހަތ ަ ުރ ޚަލީފާއިން ގެ ޒަމާނު ގައި ޙަދީ ްޘ ލި ެޔ ަރ ްއ ާކތެރިކު ެރވުނު ގޮތް‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ގެ ޒަމާނެކޭ އެއްފަދައިން ޚަލީފާއިންގެ ޒަމާނުގައިވެސް ޙަދީޘް‬ ‫َر ُس ْو ُل هللا َ‬
‫ރައްކާކުރުން ޢާއްމުވެފައި އޮތީ ހިތުން ދަސްކޮށްގެންނެވެ‪.‬‬

‫ޞަޙާބީ ބޭކަލުން‪ ،‬އެބޭކަލަކަށް އެނގިވަޑައިނުގަންނަވާ ޙަދީޘްތައް އުނގެނުމަށްޓަކައި އެއް ބޭކަލަކު އަނެއް‬


‫ބޭކަލަކާ ސުވާލުކުރައްވައެވެ‪ .‬އަދި އެހެން ރަށެއްގައި ހުންނެވި ކަމުގައިވާނަމަ‪ ،‬ޙަދީޘް އުނގެނުމަށްޓަކައި‬
‫ދަތުރުކުރައްވައެވެ‪.‬‬

‫ހަތަރު ޚަލީފާއިންގެ ޒަމާނުގައި ޤުރްއާން ޖަމާކޮށް ލިޔުއްވި ފަދައިން‬


‫ޙަދީޘްތައް ޖަމާކޮށް ލިޔުއްވުމުގެ ވިސްނުންފުޅު ޢުމަރުގެފާނު ފަދަ‬
‫ބައެއް ޞަޙާބީ ބޭކަލުން ގެންގުޅުއްވިއެވެ‪ .‬އެހެންނަމަވެސް‪ ،‬ކީރިތި‬
‫ޤުރްއާން ކިޔެވުމާއި‪ ،‬އެފޮތުން ޢިލްމު ޙާޞިލުކުރުމަށްވުރެ‪،‬‬
‫އެހެން އެއްޗެއް ކިޔެވުމަށް މީސްތަކުން މާބޮޑަށް‬
‫ޝައުޤުވެރިވެދާނެކަމުގެ ބިރަށްޓަކައި ޙަދީޘްތައް ޖަމާނުކުރައްވައި‬
‫ދޫކޮށްލެއްވިއެވެ‪.‬‬

‫ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނު ދުވަސްވަރު‪ ،‬ބައެއްމީހުން‬


‫ރަސޫލާގެ ޙަދީޘްކަމަށް ބުނެ ދޮގު ޙަދީޘްތައް ފަތުރަންފެށިއެވެ‪ .‬މި‬
‫ސަބަބާހުރެ‪ ،‬އޭރު ތިއްބެވި ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނަށް‬
‫އިހުގައި ލިޔަން ބޭނުން ކޮށް އުޅުނު‬
‫ގަލަމަކާއި ގަލަންދާނެއް‪ .‬ހިމަ އޮނު ފަދަ‬ ‫ރަސޫލާގެ ޙަދީޘެކޭ ކިޔައިގެން މީހަކު ޙަދީޘެއް ކިޔައިފިނަމަ‪ ،‬ތިޔަ‬
‫ތަކެތިން ހަދާފައި ހުންނަ މިފަދަ ގަލަމުން‬
‫ޙަދީޘް ތިބާއަށް ކިޔައިދިނީ ކާކުތޯ ސުވާލުކުރައްވަން ފެއްޓެވިއެވެ‪.‬‬
‫ލިޔަނީ ދަރު އަންދައިގެން ހަދާ ދަވާދުގައި‬
‫ޖައްސައިގެންނެވެ‪ .‬މި ދެލި އާންމުކޮށް‬ ‫އަދި ގޮތް ނޭނގޭ ކޮންމެ ކޮންމެ މީހެއްގެ ކިބައިން ޙަދީޘް އަޑުއެހުން‬
‫ހުންނަނީ ފަށުވި ކަފާސްގަނޑެއް ލާފައި‬
‫ދޫކޮށްލެއްވިއެވެ‪.‬‬
‫އޮންނަ ދެލިފުޅިއެއްގައެވެ‪.‬‬

‫‪47‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫‪ 2.2‬ޙަދީ ްޘ ޢި ްލމު ތ ަ ަރ ްއޤީވެގ ެން ދި ަޔ ގޮތް‬

‫ޙަދީޘް ޢިލްމަށް އައި ކުރިއެރުން‬ ‫ދުވަސްވަރު‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ގެ ދުވަސްވަރުގައި؛ އެކަލޭގެފާނާ‬ ‫َر ُس ْو ُل هللا َ‬ ‫ރަސޫލާގެ ދުވަސްވަރު‬
‫ސުވާލުކުރައްވައިގެންނާއި‪ ،‬އެކަލޭގެފާނު ޢަމަލުކުރައްވާގޮތް ބައްލަވައިގެން ޞަޙާބީ‬
‫ބޭކަލުން ދީނުގެ ކަންކަން އޮޅުންފިލުއްވައި ދަސްކުރެއްވިއެވެ‪ .‬އަދި ބައެއް ޞަޙާބީ‬
‫ބޭކަލުން ޙަދީޘް ލިޔުއްވިއެވެ‪.‬‬

‫ރަސޫލާ އަވަހާރަވުމަށްފަހު ‪.1‬ޙަދީޘް ދަސްކުރުމަށް ބާރުއަޅުއްވައި‪ ،‬ޙަދީޘްތައް ހިތުން ދަސްކުރެއްވުމަށް ލިޔުއްވައި‬


‫އުޅުއްވިއެވެ‪.‬‬ ‫ޞަޙާބީންގެ ދުވަސްވަރު‬
‫‪.2‬އެއް ޞަޙާބީ ބޭކަލަކު އަނެއް ޞަޙާބީ ބޭކަލަކަށް ޙަދީޘް ލިޔުއްވައި ދެއްވައި‬
‫ފޮނުއްވިއެވެ‪.‬‬
‫‪ .3‬ޙަދީޘް ލިޔުއްވުމަށް ޞަޙާބީން އެބޭކަލުންގެ ދަރިވަރުންނަށް އެންގެވިއެވެ‪.‬‬

‫‪ .1‬ޙަދީޘް ދަސްކުރުމާއި‪ ،‬ޙަދީޘް ލިޔުން ހަރުދަނާވެ‪ ،‬ފެތުރިގެން ދިޔައެވެ‪.‬‬ ‫ތާބިޢީންގެ ދުވަސްވަރު‬


‫‪ .2‬ޙަދީޘް އަޑުއެހުން ޢާއްމުވެ‪ ،‬ޙަދީޘް ރިވާކުރުން ފެތުރެން ފެށިއެވެ‪.‬‬
‫‪ .3‬ފަތްފުށްތަކުގައި ޙަދީޘް ލިޔުއްވުން ޢާއްމު ވެގެންދިޔައެވެ‪.‬‬
‫‪.4‬ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އަމުރުފުޅަށް އެއްފޮތެއްގެ ގޮތުގައި ޙަދީޘް‬
‫ޖަމާކުރުމަށް ފެއްޓުނެވެ‪.‬‬

‫ހިޖުރައިން ދެވަނަ ޤަރުނު ‪.1‬ޙަދީޘްތައް ބާބުތަކަށް ވާގޮތަށް ތަރުތީބުން ފޮތްތައް ލިޔުއްވަން ފައްޓަވައި‪،‬‬
‫އެފޮތްތަކަށް ނަންތައް ދިނެވެ‪.‬‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ގެ ޙަދީޘްތަކުގެ އިތުރަށް‬ ‫َر ُس ْو ُل هللا َ‬ ‫‪.2‬ފޮތްތަކުގައި‬
‫ޞަޙާބީންނާއި ތާބިޢީންގެ ފަތުވާތައްވެސް ލިޔެވުނެވެ‪.‬‬
‫‪ .3‬ރާވީންގެ މަޢުލޫމާތުތައް ޖަމާކުރަން ފެށުނެވެ‪.‬‬

‫‪ .1‬ޙަދީޘްގެ އިތުރު ފޮތްތައް ޖަމާކުރެވުނެވެ‪.‬‬ ‫ހިޖުރައިން ތިންވަނަ‬


‫‪ .2‬މުޞްޠަލަޙުލް ޙަދީޘްގެ ފޮތްތައް ޖަމާކުރެވުނެވެ‪.‬‬ ‫ޤަރުނު (ޙަދީޘް ޢިލްމުގެ‬
‫ރަން ޒަމާން)‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪48‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ޙަދީޘް ޢިލްމަށް އައި ކުރިއެރުން‬ ‫ދުވަސްވަރު‬

‫‪.1‬ޞަލީބީ ހަނގުރާމައާއި‪ ،‬ތަތާރުން މުސްލިމުންނަށް ހަމަލާދިނުމުގެ ސަބަބުން ޙަދީޘް‬ ‫ހިޖުރައިން ހަތަރުވަނަ‬


‫ޢިލްމަށް މަޑުޖެހުމެއް އައެވެ‪.‬‬ ‫އަދި ފަސްވަނަ ޤަރުނު‬
‫‪ .2‬ޙަދީޘް ފޮތްތަކުގެ ތަރުތީބުތައް އިޞްލާޙުކުރެވުނެވެ‪.‬‬
‫‪ .3‬ޙަދީޘްތަކުގެ ޝަރަޙަ ފޮތްތަކުގައި ލިޔަން ފެށުނެވެ‪.‬‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ގެ މައްޗަށް ހަދާފައިވާ ދޮގު ޙަދީޘްތައް‬ ‫َر ُس ْو ُل هللا َ‬ ‫‪.4‬‬
‫ބަޔާންކުރެއްވުމަށްޓަކައި‪ ،‬އެފަދަ ޙަދީޘްތައް ވަކި ފޮތްތަކަށް ޖަމާކުރެވުނެވެ‪.‬‬

‫‪.1‬ޞަލީބީ ހަނގުރާމައާއި‪ ،‬ތަތާރުން މުސްލިމުންނަށް ހަމަލާދިނުމުގެ ސަބަބުން ޙަދީޘް‬ ‫ހިޖުރައިން ހަވަނަ‬


‫ޢިލްމަށް މަޑުޖެހުމެއް އައެވެ‪.‬‬ ‫ޤަރުނާއި ނުވަވަނަ ޤަރުނާ‬
‫‪ .2‬ޙަދީޘް ފޮތްތަކުގެ ތަރުތީބުތައް އިޞްލާޙުކުރެވުނެވެ‪.‬‬ ‫ދެމެދު‬
‫‪ .3‬ޙަދީޘްތަކުގެ ޝަރަޙަ ފޮތްތަކުގައި ލިޔަން ފެށުނެވެ‪.‬‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ގެ މައްޗަށް ހަދާފައިވާ ދޮގު ޙަދީޘްތައް‬ ‫َر ُس ْو ُل هللا َ‬ ‫‪.4‬‬
‫ބަޔާންކުރެއްވުމަށްޓަކައި‪ ،‬އެފަދަ ޙަދީޘްތައް ވަކި ފޮތްތަކަށް ޖަމާކުރެވުނެވެ‪.‬‬

‫މި ދުވަސްވަރު ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވަނީ އަންނަނިވި ކަންކަމަށެވެ‪.‬‬ ‫ހިޖުރައިން ނުވަވަނަ‬


‫‪ .2‬ޙަދީޘް ފޮތްތަކުގައިވާ ޙަދީޘްތައް ޝަރަޙަކުރުމަށެވެ‪.‬‬ ‫ޤަރުނުގެ ފަސް‬
‫‪ .3‬ޙަދީޘްތަކުގެ ޞައްޙަ ޙަދީޘާއި ޟަޢީފު ޙަދީޘްތައް ވަކިކުރުމަށެވެ‪.‬‬
‫‪ .4‬މި ޒަމާނުގެ ޓެކްނޮލޮޖީގެ ޛަރީޢާއިން ޙަދީޘް ޢިލްމާބެހޭ މަޢުލޫމާތުތައް ފަސޭހައިން‬
‫ލިބޭނެގޮތް ހެދުމަށެވެ‪.‬‬

‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތަ؟‬

‫ސުންނަތާ މެދު މުސްތަޝްރިޤުން ކިތަންމެ ގިނަ ޝުބުހާތަކެއް އުފެއްދި ކަމުގައިވިޔަސް‪ ،‬ސުންނަތް ލިޔެ‬
‫ރައްކާކުރެއްވުމުގައި ޢިލްމުވެރިން ގެންގުޅުއްވާފައިވާ އުޞޫލުތައް އެނގުމުން‪ ،‬ސުންނަތާމެދު ޝައްކެއް‬
‫ކުރަންޖެހޭ ޖާގައެއް ނެތްކަން ސާބިތުވެއެވެ‪.‬‬

‫‪49‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫‪ 2.3‬ޙަދީ ްޘ ލި ެޔ ަރ ްއ ާކތެރިކު ުރމުގައި މުސް ލިމުން ގެން ގުޅުނު ޢި ްލމީ މަން ހަޖު‪:‬‬

‫ޢާއްމު މަންހަޖު‪:‬‬

‫މި މަންހަޖުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ‪.‬‬

‫‪ .1‬ޙަދީޘް ޢިލްމު އުނގެނޭ މީހެއްގެ ކިބައިގައާއި‪ ،‬ޙަދީޘް އުނގަންނައިދޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭނެ‬
‫ޞިފަތައް ކަނޑައަޅާފައިވުން‪.‬‬

‫‪ .2‬ޙަދީޘް ދަސްކުރާނެ ގޮތާއި‪ ،‬ޙަދީޘް ފޯރުކޮށްދޭނެ ގޮތުގެ ޞިފަތައް އެކަށައަޅާފައިވުން‪.‬‬

‫‪ .3‬ޙަދީޘް ލިޔުމުގައި ގެންގުޅެންޖެހޭނެ އަދަބުތަކާއި‪ ،‬ލިޔަންޖެހޭނެ ގޮތްތަކާއި‪ ،‬ފިލިޖަހަންޖެހޭ ގޮތްތައްފަދަ‬

‫ލިޔުމުގައި ގެންގުޅެންޖެހޭނެ އުޞޫލުތައް ކަނޑައަޅާފައިވުން‪.‬‬

‫ޚާއްޞަ މަންހަޖު‪:‬‬

‫މި މަންހަޖުގެ ތެރޭގައި ހިމެނެނީ‪ :‬ކުރިން ބުނެވުނު ޢާއްމު މަންހަޖުގެ އިތުރަށް‪ ،‬ޙަދީޘް ޢިލްމުވެރިއަކު އެ ބޭކަލަކު‬
‫ގެންގުޅުއްވާފައިވާ‪ ،‬ނުވަތަ ޙަދީޘް ފޮތެއް ޖަމާކުރެއްވުމުގައި ގެންގުޅުއްވާފައިވާ ޚާއްޞަ އުޞޫލުތަކެވެ‪ .‬މިސާލަކަށް؛‬
‫ބައެއް ޙަދީޘް ޢިލްމުވެރިން ޙަދީޘް ފޮތް އެކުލަވާލައްވާފައި ވަނީ ޞަޙާބީންގެ ތަރުތީބުންނެވެ‪ .‬އަނެއް ބައި ޢިލްމުވެރިން‬
‫ފިޤްހީ ބާބުތަކަށް ވާގޮތަށެވެ‪ .‬ހަމަމިފަދައިން‪ ،‬ބައެއް ޢިލްމުވެރިންގެ ޚާއްޞަ ރަމުޒުތަކާއި‪ ،‬ލަފްޒުތައް ބޭނުންކުރައްވާފައި‬

‫ހުރެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪50‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ހަތަރު ޚަލީފާއިންގެ ޒަމާނުގައި ޙަދީޘްތައް ޖަމާނުކުރައްވައި ދޫކޮށްލެއްވި ސަބަބަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬ތާބިޢީންގެ ދުވަސްވަރު ޙަދީޘް ޢިލްމަށްޓަކައި ކުރެވުނު ‪ 4‬ކަމެއް ލިޔާށެވެ!‬

‫‪ .3‬ޙަދީޘް ޢިލްމަށް އެންމެ ބޮޑު ކުރިއެރުމެއް އައި ދުވަސްވަރަކީ ކޮބައި ހެއްޔެވެ؟‬

‫‪ .4‬ޙަދީޘް ޢިލްމު ތަރައްޤީކުރުމަށްޓަކައި މި ޒަމާނުގައި ކުރެވެމުންދާ ‪ 3‬ކަމެއް ލިޔާށެވެ!‬

‫‪ .5‬ޙަދީޘް ލިޔެ ރައްކާތެރިކުރުމުގައި މުސްލިމުން ގެންގުޅެފައިވާ ޚާއްޞަ މަންހަޖުގެ ‪ 2‬މިސާލެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ ޙަދީޘް ފޮތްތައް އެކި ގޮތްގޮތަށް ތަރުތީބު ކުރެއްވުމުގެ ސަބަބުތަކާބެހޭގޮތުން މުދައްރިސް ދަރިވަރުންނާ ޚިޔާލު‬
‫ބަދަލުކުރާށެވެ!‬

‫‪51‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ފި ާލވަޅު ‪3‬‬

‫ޙަދީ ްޘ ރި ާވކު ުރމުގައި މ ް‬


‫ަޝ ޫހ ުރ ޞަ ާޙ ީބން‬
‫‪ 3.1‬ޞަ ާޙ ީބން ގ ެ ތ ަ ާޢ ަރފ ު‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫އާ ބައްދަލުވެވަޑައިގެން‪ ،‬އެ‬ ‫َر ُس ْو ُل هللا َ‬ ‫ސަޙާބީންނަކީ؛ މުސްލިމެއްގެ ގޮތުގައި ހުރެ‬
‫ގޮތުގައި ދެމިހުރެ މި ދުނިޔެ ދޫކޮށްފައިވާ ކޮންމެ ބޭކަލެކެވެ‪.‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫އާ ބައްދަލުވެވަޑައިގެންނެވީ ކިތަންމެ ކުޑަ ވަގުތުކޮޅަކަށްކަމުގައި ވީނަމަވެސް‪،‬‬ ‫َر ُس ْو ُل هللا َ‬
‫އަދި އެކަލޭގެފާނުގެ ކިބައިން އެއްވެސް ޙަދީޘެއް ރިވާނުކުރެއްވިކަމުގައި ވީނަމަވެސް ޞަޙާބީއަކަށް ވާނެއެވެ‪.‬‬

‫‪ 3.2‬ޙަދީ ްޘ ރި ާވކު ުރމުގައި މ ް‬


‫ަޝ ޫހ ުރ ޞަ ާޙ ީބން ގ ެ ތެ ެރއިން‬

‫ޢަންހު‬ ‫ރަޟިޔަﷲ‬ ‫‪ .1‬އަބޫ ހުރައިރާ‬

‫ޢަންހު އިސްލާމްވެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުއްޝަމްސެވެ‪.‬‬ ‫ރަޟިޔަﷲ‬ ‫އަބޫ ހުރައިރާ‬


‫َر ُس ْو ُل‬ ‫ނަމަވެސް އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމަށްފަހު‪ ،‬އެކަލޭގެފާނަށް ޢަބްދުއްރަޙްމާންގެ ނަންފުޅުން ނަންދެއްވީ‬
‫وسلَّمއެވެ‪.‬‬ ‫ِ‬ ‫ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬
‫އަބޫ ހުރައިރާ އުފަންވެވަޑައިގެންފައި ވަނީ ހިޖުރައިގެ ‪ 19‬އަހަރުކުރިން ޔަމަނުކަރައިގެ "އައްދައުސް" ޤަބީލާއަށެވެ‪.‬‬
‫އަދި އެކަލޭގެފާނު ތުއްޕުޅު އިރުގައި ބައްޕާފުޅު އަވަހާރަވުމުގެ ސަބަބުން ބޮޑުފުޅުވެފައިވަނީ ޔަތީމެއްގެ ގޮތުގައެވެ‪.‬‬

‫އެކަލޭގެފާނު އިސްލާމްވެވަޑައިގެންފައިވަނީ ޠުފައިލް ބުން ޢަމްރު އައްދަޥްސީގެ އަތްޕުޅު މައްޗަށެވެ‪ .‬އޭގެފަހުން‪،‬‬


‫ޚައިބަރު ހަނގުރާމައިގެ ދުވަސްވަރު މަދީނާއަށް ހިޖުރަކުރައްވައި މަދީނާގައި ދިރިއުޅުއްވަން ފެއްޓެވިއެވެ‪.‬‬

‫وسلَّمގެ އަރިހުގައި ‪ 4‬އަހަރު ހޭދަކުރެއްވިއެވެ‪ .‬ރަސޫލާއާއެކު ދަތުރުކުރައްވައި‪،‬‬ ‫ِ‬ ‫رسو ُل ِ‬


‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬
‫ޚިދުމަތްކޮށްދެއްވައި އުޅުއްވިއެވެ‪.‬‬

‫وسلَّمގެ އަރިހުން ޙަދީޘް އުނގެނިވަޑައިގަތުމަށްޓަކައި އަބޫ ހުރައިރާ ވަރަށް‬ ‫ه‬ ‫رسو ُل ِ‬


‫هللا صلَّى هللا علَي ِ‬
‫َ‬ ‫َ‬ ‫َ‬ ‫ْ‬ ‫َ‬ ‫ُ‬ ‫َ‬ ‫َ ُْ‬
‫وسلَّمއާއެކު ގިނަ ވަގުތު‬‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ‪ .‬މިގޮތުން؛‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪52‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫އުޅުއްވުމާއި‪ ،‬އެކަލޭގެފާނާއެކީ ދަތުރުކުރެއްވުމާއި‪،‬‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬
‫ކަންކަމާބެހޭގޮތުން ކީރިތި ރަސޫލާއާ ސުވާލުކުރެއްވުމަށް‬
‫އިސްލާމްދީނާ މެދު ޝައްކު އުފެއްދުމަށް ދީނުގެ‬ ‫އަވަސްވެވަޑައިގަތުމާއި‪ ،‬އަބޫ ހުރައިރާއަށް‬
‫ޢަދުއްވުން ކުރާ އެއް ކަމަކީ އެ ދީން ރަސޫލާގެ‬ ‫ގޮވާލެއްވުމަށްފަހު ރަސޫލާ ބައެއް ޙަދީޘްތައް ޙަދީޘް‬
‫އަރިހުން ރިވާކުރެއްވި ޞަޙާބީންނާ މެދު ޝައްކު‬ ‫ކުރެއްވުން ހިމެނެއެވެ‪.‬‬
‫އުފެއްދުމެވެ‪ .‬މިގޮތުން އަބޫހުރައިރާ އާ މެދު‬
‫وسلَّمގެ‬‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫ޝައްކު އުފައްދަން ގިނަ ބަޔަކު މަސައްކަތް‬ ‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫ޞަޙާބީންކުރެ‬
‫ރަޟިޔަﷲ‬ ‫އެންމެ ގިނަ ޙަދީޘް ރިވާކުރެއްވީ އަބޫ ހުރައިރާ‬
‫ކުރެއެވެ‪.‬‬
‫ޢަންހުއެވެ‪ .‬އަބޫ ހުރައިރާގެ ކިބައިން ‪ 5374‬ޙަދީޘް‬
‫އެކަލޭގެފާނުގެ ރިވާކުރެއްވި ޙަދީޘްތަކުގެ ޢަދަދު‬ ‫ރިވާވެފައިވެއެވެ‪.‬‬
‫‪ 5374‬އަށް އަރަނީ ތަކުރާރުވާ ޙަދީޘްތައް‬
‫އަބޫ ހުރައިރާ އަވަހާރަވެފައި ވަނީ ހިޖުރައިން ‪ 57‬ވަނަ‬
‫ލައިގެންނެވެ‪ .‬އޭގެ ތެރެއިން އެހެން ޞަޙާބީއަކު‬
‫އަހަރު މަދީނާގައެވެ‪ .‬އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ‪78‬‬
‫ރިވާކުރައްވާފައި ނުވާ ޙަދީޘްތަކުގެ ޢަދަދަކީ‬
‫އަހަރުފުޅެވެ‪.‬‬
‫ވަރަށް މަދު ޢަދެކެވެ‪ .‬މިއީ އެކަލޭގެފާނުގެ‬
‫ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ހެއްކެކެވެ‪.‬‬ ‫ޢަންހާ‬ ‫ރަޟިޔަﷲ‬ ‫‪ .2‬ޢާއިޝަތު‬

‫ޢަންހާގެ ފުރިހަމަ ނަންފުޅަކީ؛‬ ‫ރަޟިޔަﷲ‬ ‫ޢާއިޝަތު‬


‫ޢާއިޝަތު ބިންތު އަބޫބަކުރު އައްޞިއްދީޤުއެވެ‪ .‬ނިސްބަތް ވަނީ ޤުރައިޝްގެ ތައިމްވަންހައަށެވެ‪ .‬ބައްޕާފުޅަކީ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނެވެ‪ .‬އުފަންވެވަޑައިގެންފައިވަނީ‬
‫ރަސޫލުކަމައިގެން ފޮނުއްވުނުތާ ގާތްގަނޑަކަށް ‪ 4‬ނުވަތަ ‪ 5‬އަހަރު ފަހުން މައްކާގައެވެ‪.‬‬

‫ޢާއިޝަތުގެފާނުގެ މާތްކަމާ ގުޅޭގޮތުން ތަފާތު އެކި ޙަދީޘްތަކާއި‪ ،‬ޙާދިޘާތައް ވާރިދުވެގެން އައިސްފައިވެއެވެ‪ .‬މިގޮތުން‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬ ‫وسلَّمގެ އަނބިކަނބަލެކެވެ‪ .‬ހަމައެހެންމެ‪،‬‬ ‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫َر ُس ْو ُل هللا َ‬ ‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫އެކަމަނާއަކީ‬
‫އެ ކަމަނާގެ ކޮޓަރިކޮޅުގައި އަވަހާރަވުމާއި‪ ،‬އެ ކޮޓަރިކޮޅުގައި އެކަލޭގެފާނު ފަސްދާނުލެއްވިފައިވުމީ އެ ކަމަނާގެ‬ ‫َو َسلَّ َم‬
‫މާތްކަން ހާމަކޮށްދޭ ކަންކަމެވެ‪.‬‬

‫ޢާއިޝަތުގެފާނަކީ ޢިލްމުވެރި‪ ،‬ފިޤްހުވެރި‪ ،‬ޒުހުދުވެރި ބޭކަނބަލެކެވެ‪ .‬ޞަޙާބީންގެ ތެރެއިން ބޮޑެތި ބޭކަލުންވެސް ދީނީ‬
‫وسلَّمގެ ކިބައިން ‪2210‬‬ ‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫ކަންކަމުގައި އެކަމަނާގެ ކިބައިން ސުވާލުކުރައްވައި ހައްދަވައެވެ‪.‬‬

‫‪53‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ޙަދީޘް ރިވާކުރައްވާފައިވެއެވެ‪ .‬އެކަމަނާގެ ވިސްނުންފުޅުގެ‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬
‫ތޫނުކަމާއި‪ ،‬ހިތުދަސްކުރުމުގެ ބާރުގަދަވުމާއި‪ ،‬ރަސޫލާގެ‬

‫ވިދާޅުވެފައިވެއެވެ‪.‬‬ ‫ރަޙިމަހުﷲ‬ ‫އިބްނުލް ޤައްޔިމު‬ ‫އަނބިކަނބަލެއްގެ މަޤާމުގައި ހުންނެވުމާއި‪ ،‬ކަންކަމާމެދު‬


‫وسلَّمއާ ގިނައިން‬ ‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫ސުބުޙާނަހޫ ވަތަޢާލާގެ ރިސާލަތު އުފުލައި‬ ‫"ﷲ‬ ‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬
‫އަމާނާތްތެރިކަމާއެކު އަޅުތަކުންނަށް ފޯރުކޮށްދެއްވައި‬ ‫ސުވާލުކުރެއްވުމަކީ އެކަމަނާއަށް ގިނަ ޙަދީޘްތަކެއް‬

‫އެ ރިސާލަތު ބާވައިލެއްވި ފަރާތް މަތިވެރިކޮށް‬ ‫ރިވާކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ސަބަބުތަކެވެ‪.‬‬

‫އެ ފަރާތުގެ ޙައްޤު އަދާކޮށް‪ ،‬އަމުރުފުޅުތަކަށް‬


‫އެކަމަނާ އަވަހާރަވެފައި ވަނީ ހިޖުރައިން ‪ 58‬ވަނަ‬
‫ކެތްތެރިވެ ނިޢުމަތްތަކަށް ޝުކުރުވެރިވެ ﷲއަށް‬
‫އަހަރު މަދީނާގައެވެ‪ .‬އޭރު އެކަމަނާގެ ޢުމުރުފުޅަކީ ‪67‬‬
‫ކުއްތަންވެ އުޅުމުގައި އެންމެ އެކަށޭނަ ފަރާތާއި‪،‬‬
‫އަހަރުފުޅެވެ‪.‬‬
‫އެންމެ‬ ‫ﷲ‬ ‫އެކަށީގެންނުވާނެ ފަރާތްތައް މާތް‬
‫މޮޅަށް ދެނެވޮޑިގެން ވެއެވެ‪ .‬އަދި ރަސޫލުންގެ‬ ‫ޢަންހު‬ ‫ރަޟިޔަﷲ‬ ‫ބުން ޢުމަރު‬ ‫ޢަބްދުﷲ‬ ‫‪.3‬‬
‫ގެ ރިސާލަތު ބަލައިގަނެ އެ‬ ‫ﷲ‬ ‫ފަރާތުން‬ ‫ބުން ޢުމަރު ބުނުލް ޚައްޠާބު‬ ‫ޢަބްދުﷲ‬ ‫އެކަލޭގެފާނަކީ‬
‫ރިސާލަތު އުފުލުމުގެ މަސައްކަތާ މީސްތަކުންގެ‬ ‫އެވެ‪ .‬އެކަލޭގެފާނުގެ ބައްޕާފުޅަކީ މުސްލިމުންގެ ދެވަނަ‬
‫ތެރެއިން ހަވާލުވުން އެންމެ އެކަށީގެންވާ ފަރާތްތައް‬ ‫ޚަލީފާ ޢުމަރުގެފާނެވެ‪ .‬އުފަންވެވަޑައިގެންފައިވަނީ‬
‫ﷲ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َر ُس ْو ُل هللا َ‬
‫މޮޅަށް ދެނެވޮޑިގެންވެއެވެ‪( ".‬ޠަރީޤުލް‬ ‫ވެސް‬ ‫މަދީނާއަށް‬
‫ހިޖުރަތައިން ‪)171‬‬ ‫ހިޖުރަކުރެއްވުމުގެ ‪ 11‬ނުވަތަ ‪ 12‬އަހަރު ކުރިން‬
‫މައްކާގައެވެ‪.‬‬

‫ބުން ޢުމަރު ނުވަތަ އިބްނު ޢުމަރަކީ ޢިލްމުވެރި‪ ،‬ފިޤްހުވެރި‪ ،‬އަޅުވެރި ބޭކަލެކެވެ‪ .‬ޙަދީޘް‬ ‫ޢަބްދުﷲ‬
‫ފޯރުކޮށްދެއްވުމުގައި ވަރަށް ފަރުވާތެރިވެ ވަޑައިގެންފައިވެއެވެ‪ .‬ތޫނުފިލިކަމާއި‪ ،‬ޢިލްމު އުނގެނިވަޑައިގަތުމަށް ކުރެއްވި‬
‫ހިތްވަރާއި‪ ،‬ޙަދީޘް އުނގަންނަވައިދެއްވުމުގެ ޝައުޤުވެރިކަން އިތުރުވެފައިވުމަކީ ގިނަ ޙަދީޘްތަކެއް ރިވާކުރެއްވުމުގެ‬
‫وسلَّمގެ އަނބިކަނބަލުން‬ ‫ِ‬ ‫ޝަރަފު އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ސަބަބުތަކެވެ‪ .‬رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬
‫ِ‬
‫علَْيه وسلَّمގެ‬ ‫ِ‬
‫ޙަފްޞާގެފާނަކީ ޢަބްދުﷲ ބުން ޢުމަރުގެ ދައްތާފުޅަކަށްވުމާއެކު‪َ ،‬ر ُس ْو ُل هللا َ َّ‬
‫ގެކޮޅަށް‬
‫صلى هللاُ َ َ َ َ‬
‫ވަދެނިކުމެ އުޅުއްވުމުގެ ޝަރަފު ލިބިވަޑައިގެންފައިވުމަކީ އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި ޙަދީޘް ޢިލްމުގައި ކުރިއެރުމަށް‬
‫ލިބުނު ފުރުޞަތެކެވެ‪ .‬އެކަލޭގެފާނުގެ ކިބައިން ‪ 2630‬ޙަދީޘް ރިވާ ކުރައްވާފައިވެއެވެ‪.‬‬

‫ބުން ޢުމަރު އަވަހާރަވެފައި ވަނީ ހިޖުރައިން ‪ 73‬ވަނަ އަހަރު މައްކާގައެވެ‪ .‬ޢުމުރުފުޅަކީ ‪ 84‬އަހަރުފުޅެވެ‪.‬‬ ‫ޢަބްދުﷲ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪54‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ޞަޙާބީންނަކީ ކޮބާ؟‬

‫ޢަންހު މަޝްހޫރުވެފައިވަނީ ކޮންކަމަކަށްކަމާއި‪ ،‬އެކަމުގައި އެކަލޭގެފާނު މަޝްހޫރުވާން‬ ‫ރަޟިޔަﷲ‬ ‫‪ .2‬އަބޫ ހުރައިރާ‬
‫މެދުވެރިވި ސަބަބުތައް ތަފްޞީލުކޮށް ލިޔާށެވެ!‬

‫‪ .3‬ޢާއިޝަތުގެފާނަށް ގިނަ ޙަދީޘްތަކެއް ދަސްވުމުގެ ސަބަބުތަކުގެ ތެރެއިން ‪ 4‬ސަބަބެއް ލިޔާށެވެ!‬

‫‪ .4‬ޞަޙާބީންގެ ތެރެއިން އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ބޭކަލަކީ ކޮން ބޭކަލެއް؟‬

‫ޙަރަކާތް ‪:2‬‬

‫ބުން ޢުމަރުފަދަ ޝަޚްޞިއްޔަތަކަށް ވުމަށްޓަކައި‪ ،‬ތިޔަ ދަރިވަރަށް ކުރެވިދާނެ ކަންތައްތައް ހިމަނައިގެން‬ ‫ޢަބްދުﷲ‬
‫ލީފްލެޓެއް ތައްޔާރުކުރާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ތިޔަ ދަރިވަރު މި ފިލާވަޅުގައި ކިޔަވާފައިވާ ‪ 3‬ޞަޙާބީ ބޭކަލުންގެ ނަންފުޅާއި‪ ،‬އަވަހާރަވީ ތާރީޚާއި‪ ،‬ޢުމުރުފުޅާއި‪،‬‬
‫އެބޭކަލުން ރިވާކުރެއްވި ޙަދީޘްތަކުގެ ޢަދަދު ހިމަނައިގެން ތާވަލެއް ހަދާށެވެ! ތާވަލު ހަދާއިރު ޙަދީޘްތައް ގިނައިން‬
‫ރިވާކުރެއްވި ތަރުތީބުން ލިޔާށެވެ!‬

‫‪55‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ފި ާލވަޅު ‪4‬‬

‫ހެ ޮޔ ޢަމ ަ ާލއި ނު ބައި ޢަމަ ު‬


‫ލ‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‪( :‬الِْ ُّب ُح ْس ُن ْ‬


‫الُلُ ِق‪َ ،‬وا ِإل ْثُ َما‬ ‫ِ‬
‫قَ َال َر ُس ْو ُل هللا َ‬
‫(م ْسلِ ْم)‬
‫َّاس) ُ‬
‫َِّ ِ‬
‫ت أَ ْن يَطل َع َعلَْيه الن ُ‬ ‫ص ْد ِرَك‪َ ،‬وَك ِرْه َ‬
‫اك ِف َ‬ ‫َح َ‬
‫علَْي ِه وسلَّم ޙަދީޘް ކުރެއްވިއެވެ‪" .‬އެންމެހައި‬ ‫މާނައީ‪ :‬رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬
‫ހެޔޮކަމެއްގެ އަޞްލަކީ ޚުލްޤު ހެޔޮވުމެވެ‪ .‬އަދި ފާފައަކީ ތިބާގެ ހިތް އެކަމަކަށް‬
‫ނުރުހޭ‪ ،‬އަދި މީސްތަކުންނަށް އެނގުމަށް ތިބާ ނުރުހޭ ކަންކަމެވެ‪".‬‬

‫‪ 4.1‬ޙަދީ ްޘގެ ަ‬
‫ޝ ަރޙަ‪:‬‬

‫ރިވެތި އަޚްލާޤަކީ އިސްލާމްދީނުގައި މަތިވެރި ޤަދަރެއް ދެވިފައިވާ ކަމެކެވެ‪ .‬މި ސަބަބާހުރެ‪ ،‬ހެޔޮކަންކަން ކުރުމަށާއި‪،‬‬
‫ވަޙީ ކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ހެޔޮކަންކަމަށް ވާގިވެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވެއެވެ‪ .‬މާތް‬

‫(އަލްމާއިދާ‪)2 :‬‬ ‫ﱡﭐ ﲼ ﲽ ﲾ ﲿﳀ ﱠ‬


‫މާނައީ‪" :‬އަދި ހެޔޮކަންތައް ކުޅައުމާއި‪ ،‬ތަޤްވާވެރިވުމުގެ މައްޗަށް‬
‫ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ‪ ،‬ވާގިވެރިވާށެވެ!"‬

‫ޢަރަބިބަހުގައި "الِْ ُّ‬


‫ب" އަކީ އެންމެހައި ހެޔޮކަންތަކަށް ކިޔާނަމެކެވެ‪ .‬ޚުލްޤު ހެޔޮވުމަކީ؛ އަޚްލާޤީ ރިވެތި ސިފަތަކުގެ‬
‫އަހުލުވެރިއަކަށްވުމެވެ‪ .‬މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކަކީ‪:‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪56‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫‪1‬‬

‫‪2‬‬

‫ަ ް ާ ީ‬
‫‪3‬‬
‫ި ެ ި‬
‫‪4‬‬ ‫ި ަ ަ ް‬

‫‪5‬‬

‫‪6‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ބަޔާންކުރައްވާފައި އެވަނީ ޚުލްޤުހެޔޮ މީހަކަށް ވެވޭނީ ރިވެތި‬ ‫َر ُس ْو ُل هللا َ‬ ‫މި ޙަދީޘްގައި‬
‫އަޚްލާޤުގެ ވެރިއަކަށް ވެގެންކަމެވެ‪.‬‬

‫ހަމައެހެންމެ‪ ،‬ފާފަތަކުން ދުރުވުމަށާއި‪ ،‬ފާފަތައްކުރުމަށް ވާގިވެރިނުވުމަށްވެސް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވެއެވެ‪.‬‬


‫ވަޙީ ކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫(އަލްމާއިދާ‪)2 :‬‬ ‫ﱡﭐﳁ ﳂ ﳃ ﳄ ﳅﳆﱠ‬


‫މާނައީ‪" :‬އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް‪ ،‬ތިޔަބައިމީހުން‬
‫އެކަކު އަނެކަކަށް އެހީވެ‪ ،‬ވާގިވެރި ނުވާށެވެ!"‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ބަޔާންކުރައްވާފައި‬ ‫َر ُس ْو ُل هللا َ‬ ‫ފާފަ ދެނެގަންނާނެ މީޒާން ބަޔާންކުރެއްވުމުގެ ގޮތުން‪،‬‬
‫އެވަނީ ދެ ކަމެކެވެ‪ .‬އެއީ؛ އެކަމަކީ ފާފައަކަށްވާތީވެ ބިރުގަތުމުގެ ސަބަބުން މީހާގެ ހިތް އެކަމެއް ކުރުމަށް‬
‫ނުޤަބޫލުވެ ނުރުހުންވުމެވެ‪ .‬އަދި އެފާފައެއްގެ ވާހަކަ އެހެންމީހުންނަށް އެނގުމަށް ބޭނުންނުވުމެވެ‪ .‬އެހެނީ‪،‬‬
‫ގިނަމީހުން‪ ،‬އެބައިމީހުން ކުރާ ފާފަތައް ސިއްރުކުރަން ބޭނުންވާނެއެވެ‪ .‬އަދި އެހެންމީހުންނަށް އެފާފަތައް އެނގުމަކީ‬
‫ލަދުގަންނަކަމަކަށް ވާނެއެވެ‪.‬‬

‫‪57‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫‪ 4.2‬ޙަދީ ުޘން ލި ޭބ ފައި ާދތައް‪:‬‬

‫صلَّى‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫‪ .1‬ހެޔޮ އަޚްލާޤެއްގެ މަތިވެރިކަން ހާމަވެއެވެ‪ .‬އެހެނީ‪ ،‬އެންމެހައި ހެޔޮކަމެއްގެ އަޞްލުކަމުގައި‬
‫ޙަދީޘްކުރައްވާފައިވަނީ ރިވެތި އަޚްލާޤުކަމުގައެވެ‪.‬‬ ‫هللاُ َعلَْي ِه َو َسلَّ َم‬
‫‪ .2‬ޢާއްމުގޮތެއްގައި ފާފައެއްކަން ދެނެގަނެވޭނެ ގޮތްތަކުގެ ތެރޭގައި؛ ހިތް އެކަމެއް ކުރުމަށް ނުޤަބޫލުވެ ނުރުހުންވާ‬
‫ކަންތައްތަކާއި‪ ،‬އެކަމެއް ތިމާ ކުރަނިކޮށް ނުވަތަ ކުރިފަހުން އެހެންމީހުންނަށް އެނގުމަށް ނުރުހުންވާ‬
‫ކަންތައްތައް ހިމެނެއެވެ‪.‬‬

‫‪ .3‬މުއުމިނަކަށް ކުރެވޭ ފާފަތައް އެހެންމީހުންނަށް އެނގުމަށް ނުރުހޭނެއެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫اك ِف‬ ‫(الِْ ُّب ُح ْس ُن ْ‬


‫الُلُ ِق‪َ ،‬وا ِإل ْثُ َما َح َ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫‪.1‬‬
‫علَْي ِه النَّاس) (ރިވާކުރެއްވީ‬ ‫ِ‬
‫މުސްލިމް)‬
‫ُ‬ ‫ت أَ ْن يَطَّل َع َ‬ ‫ص ْد ِرَك‪َ ،‬وَك ِرْه َ‬
‫َ‬
‫މި ޙަދީޘްގެ މާނަ ލިޔާށެވެ!‬

‫‪ .2‬ޚުލްޤު ހެޔޮވުމަކީ ކޮބައި ހެއްޔެވެ؟‬

‫‪ .3‬ފާފައެއް ދެނެގަންނާނެ ‪ 2‬ގޮތެއް ޙަދީޘްގެ އަލީގައި ބަޔާންކުރާށެވެ!‬

‫‪ .4‬ޙަދީޘުން ލިބޭ ‪ 3‬ފައިދާއެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ދިވެހި މުޖުތަމަޢުން ފެންނަމުންދާ ދިވެހި އިސްލާމީ މުޖުތަމަޢަކާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ކުރެވޭ ކަންތައްތައް‬
‫ދެނެގަނެ‪ ،‬އެކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ގުރޫޕުތަކުގައި މަޝްވަރާކޮށް ކުލާހުގައި‬
‫ބަޔާންކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪58‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ފި ާލވަޅު ‪5‬‬

‫އަނިޔާ ވެރިނު ވުން‬

‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬


‫اج ْه)‬ ‫صلَّى هللاُ َعلَْيه َو َسلَّ َم‪(َ :‬ل َ‬
‫ضَرَر َوَل ضَر َار) (ابْ ُن َم َ‬ ‫قَ َال َر ُس ْو ُل هللا َ‬
‫علَْي ِه وسلَّم ޙަދީޘް ކުރެއްވިއެވެ‪" .‬ގެއްލުމެއް‬ ‫މާނައީ‪ :‬رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬
‫ދިނުމެއްވެސް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނެތެވެ‪".‬‬

‫‪ 5.1‬ޙަދީ ްޘގެ ަ‬
‫ޝ ަރޙަ‪:‬‬

‫މި ޙަދީޘަކީ ތަނަވަސް މާނައެއް އެކުލެވިގެންވާ ޙަދީޘެކެވެ‪ .‬ފިޤްހީ ޙުކުމްތައް ނެގުމުގައި އަބަދުމެ ރިޢާޔަތްކުރަންޖެހޭ‬
‫ޙަދީޘެކެވެ‪.‬‬

‫އިސްލާމީ ޝަރީޢަތުގައި ގެއްލުންދިނުން ވަނީ ނަހީ ކުރައްވާފައެވެ‪ .‬ތިމާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭފަދަކަމެއް‬
‫ހޯދައިގަތުމާއި‪ ،‬ގެއްލުމެއް ލިބިދާނެފަދަ ކަމަކަށް ނަފްސު ހުށަހެޅުމަކީ ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ‪.‬‬

‫ވަޙީ ކުރައްވާފައިވެއެވެ‪.‬‬ ‫މާތްﷲ‬

‫ﱠ (އަލްބަޤަރާ‪)195 :‬‬ ‫ﱡ ﲔ ﲕ ﲖ ﲗ ﲘ‬
‫މާނައީ‪" :‬އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!"‬

‫ހަމައެފަދައިން‪ ،‬އެއްވެސް މުސްލިމަކު އޭނާގެ މުސްލިމު އަޚަކަށް ޙައްޤަކާނުލައި ބުނާ ބަހަކުންވިޔަސް‪ ،‬ނުވަތަ‬
‫ކުރާ ޢަމަލަކުންވިޔަސް ގެއްލުމެއް ދިނުން ހުއްދަވެގެންނުވެއެވެ‪ .‬އެމީހެއްގެ ނަފްސަށާއި‪ ،‬އަބުރަށާއި‪ ،‬މުދަލަށް‬
‫ގެއްލުމެއް ދިނުމަކީވެސް މި ޙަދީޘްގެ އަލީގައި ޙަރާމްވެގެންވާ ކަމެކެވެ‪ .‬އެހެން ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘް‬
‫ِ‬ ‫ِ‬ ‫ِ‬
‫(ރިވާކުރެއްވީ މުސްލިމް)‬ ‫( ُك ُّل الْ ُم ْسل ِم َعلَى الْ ُم ْسل ِم َحَر ٌام َد ُمهُ‪َ ،‬وَمالُهُ‪َ ،‬وع ْر ُ‬
‫ضهُ)‬ ‫ކުރައްވާފައިވެއެވެ‪.‬‬
‫މާނައީ‪" :‬ކޮންމެ މުސްލިމަކަށް އަނެއް މުސްލިމު އަޚާގެ ލެޔާއި‪ ،‬މުދަލާއި‪ ،‬އަބުރަކީ ޙަރާމްވެގެންވާ އެއްޗެކެވެ‪".‬‬

‫‪59‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ޙައްޤަކާނުލައި ދެވޭ ކޮންމެ ގެއްލުމަކީ އަނިޔާވެރިވުމެކެވެ‪ .‬އިސްލާމްދީނުގައި ގެއްލުން ލިބިގަތުން ހުއްދަވެގެންނުވާތީ‪،‬‬


‫ބައްޔެއްގެ ސަބަބުން ނުވަތަ ފިނިގަދަވުމުގެ ސަބަބުން ގެއްލުންވެދާނެފަދަ ޙާލަތްތަކުގައި ވުޟޫކުރުމުގެ ބަދަލުގައި‬
‫ތަޔައްމުމުކުރުން ޝަރުޢުކުރެއްވިއެވެ‪ .‬މީހާގެ ނަފްސަށް ގެއްލުންވެދާނެކަމުގެ ބިރުހީވެއްޖެނަމަ ފަހުން ޤަޟާކުރަން ރޯދަ‬
‫ދޫކޮށްލުން ހުއްދަކުރެއްވިއެވެ‪.‬‬

‫ހަމައެފަދައިން‪ ،‬އެހެން މީހުންނަށް ގެއްލުންވާނެތީ ޣީބަބުނުމާއި‪ ،‬ގަނެއްވިއްކާއިރު އޮޅުވާލުމާއި މަކަރުހެދުންފަދަ‬


‫ކަންކަން ޙަރާމްކުރެއްވިއެވެ‪.‬‬

‫‪ 5.2‬ޙަދީ ުޘން ލި ޭބ ފައި ާދތައް‪:‬‬

‫‪ .1‬ތިމާގެ އަމިއްލަ ނަފްސަށް ގެއްލުންވެދާނެ ކަންކަން‬


‫ޙަރާމް ކުރައްވާފައިވާކަން ހާމަވެއެވެ‪.‬‬

‫‪ .2‬ތިމާ ނޫން އެހެންމީހަކަށްވެސް ގެއްލުމެއް ދިނުމަކީ‬


‫ތިމާގެ އަމިއްލަ ނަފްސަށް ގެއްލުންވެދާނޭ އެންމެހައި ކަންކަން‬
‫އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ‪.‬‬ ‫ނަހީ ކުރައްވާފައިވާކަމެއްކަން އެނގެއެވެ‪.‬‬

‫‪ .3‬ނަފްސަށާއި‪ ،‬މުދަލަށާއި‪ ،‬އަހުލުންނަށާއި‪ ،‬އަބުރަށް‬


‫ގެއްލުން ލިބޭ އެންމެހައި ކަމަކުން ދުރުހެލިވުން ވާޖިބުވާނެކަން އެނގެއެވެ‪.‬‬

‫‪ .4‬ގެއްލުމެއް ކުރިމަތިވުމުގެ ކުރިން އެ ގެއްލުމެއް މަނާކުރުމާއި‪ ،‬ގެއްލުމެއް ކުރިމަތިވެއްޖެނަމަ އެގެއްލުމެއް‬


‫ދުރުކޮށްލުން އެއީ އިސްލާމްދީނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ހާމަވެއެވެ‪.‬‬

‫‪ .5‬އިސްލާމްދީނުގައި ކުރަން އަންގަވާފައިވާ ކަންކަމުގެ ތެރޭގައި ތިމާގެ އަމިއްލަ ނަފްސަށް‪ ،‬ނުވަތަ އެހެންމީހަކަށް‬
‫ގެއްލުންވާފަދަ ކަމެއް ލައްވާފައިނުވާކަން އެނގެއެވެ‪.‬‬

‫‪ .6‬ގެއްލުމެއް ލިބޭ ކޮންމެ ކަމަކީ އަދި އެއްޗަކީ ޝަރުޢީގޮތުން ޙަރާމް ކަމެއްކަން ނުވަތަ އެއްޗެއްކަން އެނގެއެވެ‪.‬‬
‫މިއީ މި ޙަދީޘުން ހާމަވާ ޢާއްމު ޤަވާޢިދެކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪60‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ضَرَر َوَل ِضَر َار)‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫(ރިވާކުރެއްވީ‪:‬‬ ‫َ(ل َ‬ ‫ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫‪.1‬‬
‫އިބްނު މާޖާ) މި ޙަދީޘާއި ޙަދީޘްގެ މާނަ ލިޔާށެވެ!‬

‫‪ .2‬މީހެއްގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާނެތީ އިސްލާމްދީނުގައި ރިޢާޔަތްކުރައްވާފައިވާ ދެކަމެއްގެ މިސާލު‬


‫ލިޔާށެވެ!‬

‫‪ .3‬މީހެއްގެ ފުށުން އެހެންމީހަކަށް ގެއްލުމެއް ލިބިދާނެތީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ދެކަމެއްގެ މިސާލު‬


‫ލިޔާށެވެ!‬

‫‪ .4‬ޙަދީޘުން ލިބޭ ‪ 4‬ފައިދާއެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫‪ .1‬ތިމާގެ އަމިއްލަ ނަފްސަށް ގެއްލުންވެދާނެ ‪ 4‬ކަމެއް ނޯޓް ކުރާށެވެ!‬

‫‪ .2‬އެއް ދަރިވަރެއްގެ ފަރާތުން އަނެއް ދަރިވަރަކަށް ގެއްލުންވެދާނެ ‪ 4‬ކަމެއް ނޯޓް ކުރާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ފިލާވަޅުން ތިޔަ ދަރިވަރަށް ދޭހަވި މަޢުލޫމާތުގެ އަލީގައި އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬އެއްޗަކުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވެއްޖެނަމަ އިސްލާމްދީނުގައި އެ އެއްޗެއްގެ ޙުކުމަކީ‬


‫ކޮބައިކަން ދަލީލާއެކު ލިޔާށެވެ!‬

‫‪ .2‬ބަނގުރަލާއި މަސްތުވާތަކެތީގައިވެސް ފައިދާ ހުރެއެވެ‪ .‬އެހެންމަވެސް އިސްލާމްދީނުގައި އެތަކެތި ޙަރާމްކުރެއްވި‬


‫ސަބަބު ބަޔާންކުރާށެވެ!‬

‫‪61‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ފި ާލވަޅު ‪6‬‬

‫ނހީކުރުން‬
‫މުން ކ ަރާ ތްތ ަ ްއ ަ‬

‫(م ْن َرأَى ِمْن ُك ْم ُمْن َكًرا فـَْليـُغَِّْيهُ بِيَ ِد ِه‪ ،‬فَِإ ْن‬ ‫ِ‬
‫صلَّى هللاُ َعلَْيه َو َسلَّ َم‪َ :‬‬
‫ِ‬
‫قَ َال َر ُس ْو ُل هللا َ‬
‫(م ْسلِ ْم)‬ ‫ِ‬
‫ف ا ِإلميَان)‪ُ .‬‬ ‫َض َع ُ‬‫كأ ْ‬
‫ِ‬ ‫ِ‬
‫َلْ يَ ْستَ ِط ْع فَبِل َسانِِه‪ ،‬فَِإ ْن َلْ يَ ْستَ ِط ْع فَبِ َق ْلبِ ِه‪َ ،‬و َذل َ‬
‫علَْي ِه وسلَّم ޙަދީޘް ކުރެއްވިއެވެ‪" .‬ތިޔަބައިމީހުންގެ ތެރެއިން‬ ‫މާނަ‪ :‬رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬
‫މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ‪ ،‬އަތުން އެކަމެއް މަނާކުރާ ހުށިކަމެވެ‪ .‬އަތުން މަނާކުރުމަށް‬
‫ކުޅަދާނަނުވިނަމަ‪ ،‬ދުލުން މަނާކުރާ ހުށިކަމެވެ‪ .‬ދުލުން މަނާކުރުމަށް ކުޅަދާނަނުވިނަމަ‪ ،‬ހިތުން‬
‫މަނާކުރާ ހުށިކަމެވެ‪ .‬އަދި ހިތުން މަނާކުރުމަކީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ‪".‬‬

‫‪ 6.1‬ޙަދީ ްޘގ ެ ަ‬
‫ޝ ަރޙަ‬

‫މުޖުތަމަޢުތަކުގައި ނުބައިފާފަތައް ޢާއްމުވެ ފެތުރިގެން ދިޔުމަކީ އެ މުޖުތަމަޢެއް ހަލާކުވެދާނެ ކަމެކެވެ‪ .‬އަދި ﷲގެ ކޯފާ‬
‫ޢާއްމުވެދާނެ ކަމެކެވެ‪ .‬އެހެންކަމުން‪ ،‬މުޖުތަމަޢެއްގައި ފާފަތައް ފެތުރިގެންދިޔަ ނުދިނުމަށްޓަކައި‪ ،‬އެކަން މަނާކުރުން‬
‫ކޮންމެ މުސްލިމަކަށް މި ޙަދީޘްގައި އެވަނީ އަމުރުކުރައްވާފައެވެ‪.‬‬
‫މުންކަރާތަކީ‪ :‬ކިތަންމެ ކުޑަނަމަވެސް‬
‫މުންކަރާތެއް ފެނިއްޖެނަމަ‪ ،‬އެ މުންކަރާތެއް އަތުންނާއި ދުލުން‬
‫އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ‬
‫މަނާކުރުމަކީ އީމާންކަމުގެ މަތީ ދަރަޖައެކެވެ‪ .‬އަތުން މަނާކުރުމަކީ؛‬
‫ބަސްތަކާއި ޢަމަލުތަކެވެ‪ .‬މުންކަރާތެއް ދެ‬
‫އަތުން މަނާކުރުމުގެ ޤާބިލުކަން ލިބިފައިވާމީހުން ގަދަކަމުން‬
‫ގޮތަކަށް ފެނިދާނެއެވެ‪ .‬ފުރަތަމަ ގޮތަކީ؛‬
‫އެކަމެއް ހުއްޓުވުމެވެ‪ .‬މިފަދަ ފަރާތްތަކުގެ ތެރޭގައި؛ ރައްޔިތުން‬
‫އެ މުންކަރާތެއް ލޮލަށް ފެނުމެވެ‪ .‬ދެވަނަ‬
‫ކުރާ ނުބައިކަމެއް ވެރިން ނަޞޭޙަތްތެރިވެގެން ނުހުއްޓައިފިނަމަ‪،‬‬
‫ގޮތަކީ؛ ލޮލަށް ނުފެނުނުނަމަވެސް‪،‬‬
‫ގަދަކަމުންވެސް އެކަމެއް ހުއްޓުވަންޖެހޭނެއެވެ‪ .‬އަދި ދަރިން ކުރާ‬
‫ލިބިފައިވާ ޢިލްމެއްގެ އަލީގައި ހިތަށް‬
‫ނުބައިކަމެއް މައިންބަފައިން ނަޞޭޙަތްތެރިވެގެން ނުހުއްޓައިފިނަމަ‪،‬‬
‫ދެނެގަނެވުމެވެ‪ .‬މި ދެ ގޮތުގައި ވެސް‬
‫ގަދަކަމުންވެސް އެކަމެއް ހުއްޓުވަންޖެހޭނެއެވެ‪.‬‬
‫މުންކަރާތެއް އެނގިއްޖެނަމަ މަނާކުރުން‬
‫ވާޖިބުވާނެއެވެ‪.‬‬ ‫ގަދަކަމުން ނުބައިކަންކަން ހުއްޓުވުމަކީ ކޮންމެ ކޮންމެ މީހަކަށް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪62‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ވާނެކަމަކަށްނުވާތީ‪ ،‬އެކަމަށް ނުކުޅެދޭ ޙާލަތުގައި‪ ،‬ނަހީކުރުމުގެ ދެވަނަ ދަރަޖާގައި އެކަމެއް މަނާކުރަން ޖެހޭނެއެވެ‪.‬‬
‫އެއީ ދުލުން ހެޔޮބަސް ބުނެގެންނާއި‪ ،‬ލިބިދާނެ ގެއްލުންތައް ބަޔާންކޮށްގެން މަނާކުރުމެވެ‪ .‬މީގެތެރޭގައި ސިޓީފަދަ‬
‫ލިޔާތަކެތީގެ ޛަރީޢާއިން މަނާކުރުންވެސް ހިމެނެއެވެ‪.‬‬

‫ހަމައެހެންމެ ދުލުންވެސް މަނާކުރުމަކީ ކޮންމެ މީހަކަށް ވާނެކަމަކަށްނުވާތީ‪ ،‬ނަހީކުރުމުގެ ތިންވަނަ ދަރަޖައިގައި‬


‫ހިތުން އެކަމެއް މަނާކުރަންޖެހޭނެއެވެ‪ .‬އެއީ އެކަމަކަށް ނުރުހުމާއި‪ ،‬އަތުން ނުވަތަ ދުލުން މަނާކުރުމުގެ ކުޅަދާނަކަން‬
‫ލިބިއްޖެނަމަ އެކަން މަނާކުރާނެކަމުގެ ޢަޒުމުކުރުމާއި‪ ،‬އެ މުންކަރާތެއް ހިނގާ ތަނަކުން ދުރުވުމެވެ‪ .‬ހިތުން‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫އެވަނީ‬ ‫َر ُس ْو ُل هللا َ‬ ‫ކަންކަން މަނާކުރުމަކީ އީމާންކަމުގެ އެންމެ ދަށް މިންވަރުކަމުގައި‬
‫ބަޔާންކުރައްވާފައެވެ‪ .‬އެހެންކަމުން‪ ،‬ނުބައިކަންކަން ހިތުންވެސް މަނާ ނުކުރާ‪ ،‬އެކަންކަމަށް ރުހިގެން ހުންނަ މީހާގެ‬
‫ކިބައިގައި އީމާންކަމެއް ނުވާކަން އެނގެއެވެ‪.‬‬

‫އތނ މނކރނ‬

‫ދލނ މނކރނ‬ ‫އކމށ ކޅދނވގނ ނވނމ‬

‫ހތނ މނކރނ‬ ‫އކމށ ކޅދނވގނ ނވނމ‬

‫ޙަދީޘުން ލިބޭ ފައިދާތައް‪:‬‬ ‫‪6.2‬‬

‫‪ .1‬އެމީހަކަށް ކުޅަދާނަވިގޮތަކަށް މުންކަރާތްތައް މަނާކުރުމަކީ ވާޖިބުކަމެއްކަން އެނގެއެވެ‪.‬‬

‫‪ .2‬އިސްލާމީ ޝަރީޢަތުގެ ލުއިކަމާއި ފަސޭހަކަން ހާމަވެއެވެ‪ .‬އެހެނީ‪ ،‬މުންކަރާތްތައް މަނާކުރުމުގެ ގޮތްތައް‬


‫ވާޖިބުވެގެންވަނީ ކުޅަދާނަކަމުގެ މައްޗަށެވެ‪.‬‬

‫‪ .3‬ހެޔޮކަންކަމަށް އަމުރުކުރުމާއި‪ ،‬ނުބައިކަންކަން މަނާކުރުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭކަމެއްކަން‬


‫އެނގެއެވެ‪.‬‬

‫‪ .4‬އީމާންކަމަކީ އެކި ދަރަޖަ ދަރަޖައަށް ހުންނަކަމެއް ކަން އެނގެއެވެ‪.‬‬

‫‪63‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ِ‬ ‫ِ‬ ‫ِ‬


‫(م ْن َرأَى مْن ُك ْم ُمْن َكًرا فـَْليـُغَِّْيهُ‬
‫صلَّى هللاُ َعلَْيه َو َسلَّ َم ޙަދީޘް ކުރައްވާފައިވެއެވެ‪َ .‬‬ ‫َر ُس ْو ُل هللا َ‬ ‫‪.1‬‬
‫ِ‬ ‫ِ‬ ‫ِِ‬
‫ان) (ރިވާކުރެއްވީ‪:‬‬ ‫َضعف ا ِإلميَ ِ‬
‫ك أ َْ ُ‬ ‫بِيَده‪ ،‬فَِإ ْن َلْ يَ ْستَ ِط ْع فَبِل َسانِِه‪ ،‬فَِإ ْن َلْ يَ ْستَ ِط ْع فَبِ َق ْلبِ ِه‪َ ،‬و َذل َ‬
‫މުސްލިމް) މި ޙަދީޘާއި ޙަދީޘްގެ މާނަ ލިޔާށެވެ!‬

‫‪" .2‬މުންކަރާތެއް ފެނިއްޖެނަމަ" މި ޢިބާރާތް ޝަރަޙަކޮށްދޭށެވެ!‬

‫‪ .3‬މުންކަރާތެއް މަނާކުރުމުގެ ‪ 3‬ދަރަޖައެއްވެއެވެ‪ .‬އެ ‪ 3‬ދަރަޖައަކީ ކޮބާ؟‬

‫‪ .4‬ޙަދީޘުން ލިބޭ ‪ 3‬ފައިދާއެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫ ޢަލީއަކީ ތެދުވެރި‪ ،‬ބަސްއަހާ‪ ،‬ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރާ ކުއްޖެކެވެ‪ .‬ޢަލީ އުޅެމުން ދަނީ ‪ 9‬ވަނަ‬
‫ގުރޭޑުގައެވެ‪ .‬ކުލާހުގައި ޢަލީއާ ޖެހިގެން އިންނަނީ އިބްރާހީމެވެ‪ .‬އިބްރާހީމަކީ ރައްޓެއްސެއްގެ އިތުރުން ޢަލީގެ‬
‫އަވައްޓެރިއެއްވެސްމެއެވެ‪.‬‬

‫ އެއްދުވަހަކު‪ ،‬އިންޓަވަލް ގަޑީގައި އިބްރާހީމް ކުލާހުގައި އުޅޭ ޙަސަނަށް އެކިގޮތްގޮތުން އުނދަގޫކޮށް‬


‫އަނިޔާކުރާތީ ފެނުނެވެ‪ .‬ޢަލީ މިކަމާ ވަރަށް ކަންތައް ބޮޑުވިއެވެ‪ .‬އިބްރާހީމްގެ އެ ގޯސް ޢަމަލު ހުއްޓުވައި‪،‬‬
‫އިބްރާހީމްގެ ކިބައިން ޙަސަން ސަލާމަތް ކޮށްދިނުމަކީ ޢަލީގެ އުއްމީދެކެވެ‪.‬‬

‫ ޢަލީ ގޮސް އިބްރާހީމްގެ އަތުގައި ހިފައިގެން ކުލާހުގެ އެއްފަރާތަކަށް ޖެހިލިއެވެ‪ .‬އަދި އިބްރާހީމަށް‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬ ‫އާއި އެކަލާނގެ ރަސޫލާ‬ ‫ﷲ‬ ‫ނަޞޭޙަތްތެރިވިއެވެ‪ .‬އަދި އެގޮތަށް ގޯނާކުރުމަކީ މާތް‬
‫ނަހީ ކުރައްވާފައިވާކަމެއްކަން ކިޔައިދިނެވެ‪ .‬އަދި އިބްރާހީމަކީ ޙަސަނުކަމުގައިވާނަމަ ކުރެވޭނެ އިޙްސާސް‬
‫ކިޔައިދިނެވެ‪ .‬އެކުވެރިކުއްޖެއްގެ ހައިސިއްޔަތުން އެގޮތަށް ގޯނާކުރުމަކީ އެއްގޮތަކަށްވެސް ރުހޭކަމެއް ނޫންކަން‬
‫ކިޔައިދިނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪64‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ އޭގެފަހުން‪ ،‬އިބްރާހީމް އެ ޢަމަލުން ދުރުވެ‪ ،‬ޙަސަނަކީވެސް އިބްރާހީމްގެ އެކުވެރި ކުއްޖެއްކަމުގައި‬


‫ބަލަންފަށައިފިއެވެ‪.‬‬

‫ސުވާލު‪:‬‬

‫وسلَّمގެ ޙަދީޘްފުޅުގެ އަލީގައި‪ ،‬ޢަލީ އެ ޢަމަލުކުރި ގޮތް ރަނގަޅުކަން ނުވަތަ‬‫ِ‬ ‫رسو ُل ِ‬


‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫‪.1‬‬
‫ނޫންކަން ސަބަބާއެކު ބަޔާންކުރާށެވެ!‬

‫‪ .2‬ވާހަކާގައި ބަޔާންކޮށްފައިވާ މުންކަރާތަކީ ކޮބާ؟‬

‫‪ .3‬މި ވާހަކައިން ލިބުނު ‪ 2‬ޢިބްރަތެއް ލިޔާށެވެ!‬

‫‪65‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ފި ާލވަޅު ‪7‬‬

‫ާމތް ﷲގ ެ ޢަފޫކު ެރ ްއވުން‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‪( :‬إِ َّن َّ‬


‫اللَ َتَ َاوَز َع ْن أ َُّم ِت‬ ‫ِ‬
‫قَ َال َر ُس ْو ُل هللا َ‬
‫ِ ِ‬ ‫ِ‬
‫استُ ْك ِرُهوا َعلَْيه)‪( .‬ابْ ُن َم َ‬
‫اج ْه)‬ ‫الَطَأَ‪َ ،‬والنّ ْسيَا َن‪َ ،‬وَما ْ‬ ‫ْ‬
‫علَْي ِه وسلَّم ޙަދީޘް ކުރެއްވިއެވެ‪" .‬ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬ ‫މާނަ‪:‬‬
‫އުއްމަތުގެ މީހުންނަށް ގަސްތަކާނުލައި ކުރެވޭ ކަންތަކާއި‪ ،‬ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި‪،‬‬
‫މަޢާފުދެއްވިއެވެ‪".‬‬ ‫ﷲ‬ ‫ކަމެއްގެ މައްޗަށް މަޖުބޫރުކުރުވައިގެން ކުރުވާ ކަންތައްތަކަށް މާތް‬

‫‪ 7.1‬ޙަދީ ްޘގ ެ ަ‬
‫ޝ ަރޙަ‬

‫ﷲ‬ ‫سلَّمގެ އުއްމަތުގެ މީހުންނަށް މާތް‬ ‫ِ‬ ‫رسو ُل ِ‬


‫هللا َ َّ‬
‫ދެއްވަވާފައިވާ ރަޙްމަތާއި‪،‬‬ ‫وَ‬ ‫صلى هللاُ َعلَْيه َ َ‬ ‫َ ُْ‬
‫އެކަލާނގެ ޢަފޫކުރެއްވުމުގެ މަތިވެރިކަން މި ޙަދީޘުން ބަޔާންވެއެވެ‪ .‬މިގޮތުން ‪ 3‬ގޮތަކަށް ކުރެވޭ‬
‫ޢަފޫދެއްވާކަން ހާމަވެއެވެ‪.‬‬ ‫ﷲ‬ ‫ކަންކަމަށް މާތް‬

‫ފުރަތަމަ ގޮތަކީ؛ އޮޅުމަކުން ކުރެވޭ ކަންކަމެވެ‪.‬‬


‫އެ ކަންކަމުގެ ތެރޭގައި ނޭނގި ކުރެވޭ ކަންކަމާއި‬
‫ބޭއިޚްތިޔާރުގައި ކުރެވޭ ކަންކަމާއި ގަސްތަކާނުލައި‬
‫ކުރެވޭ ކަންކަން ހިމެނެއެވެ‪ .‬މިސާލަކަށް؛ ނަމާދުގައި‬
‫ކުށެއްކުރެވުމެވެ‪ .‬މި ޙާލަތުގައި އެމީހާ ފާފަވެރިއެއް‬
‫ނުވާނެއެވެ‪ .‬ނަމަވެސް ގަސްތުގައި ނަމާދުގައި ކުށެއް‬
‫ކޮށްފިނަމަ ފާފަވެރިވާނެއެވެ‪.‬‬

‫ދެވަނަ ގޮތަކީ؛ ހަނދާންނެތިގެން ކުރެވޭ ކަންކަމެވެ‪.‬‬


‫މިސާލަކަށް؛ ހަނދާންނެތުމުގެ ސަބަބުން ނަމާދު‬
‫ވަގުތުން ފަސްވުމެވެ‪ .‬މި ޙާލަތުގައި ފާފަވެރިއެއް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪66‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ނުވާނެއެވެ‪ .‬އެހެންނަމަވެސް ހަނދާންވީހާ‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬
‫އަވަހަކަށް ނަމާދު ކުރަންޖެހޭނެއެވެ‪.‬‬
‫ޢަފޫ ކުރުމަކީ އެމީހަކާމެދު ވެވޭ ނުރަނގަޅު‬ ‫ގަސްތަކާނުލައި ކުރެވޭ ކުށްތަކާއި‪،‬‬
‫ކަންކަމަށް ބަދަލު ނުހިފައި ދޫކޮށްލުމެވެ‪.‬‬ ‫ހަނދާންނެތިގެން ކުރެވޭ ކަންކަމަށް މަޢާފު ލިބުމުގެ‬
‫ޢަފޫކުރުން ނުވަތަ މަޢާފު ކުރުމުގެ އެންމެ‬ ‫މާނައަކީ އެކަމަކުން އެމީހާ ފާފަވެރިނުވުމެވެ‪.‬‬
‫މަތީ ދަރަޖައަކީ ތިމާއާމެދު ހިނގި ނޭދެވޭ‬ ‫އިތުރު ޙުކުމެއް ނާންނާނެއެކޭ ނޫނެވެ‪.‬‬
‫ޢަމަލު ހިތުންވެސް ފުހެލުމެވެ‪ .‬މީސްތަކުންގެ‬
‫މިސާލަކަށް؛ ހަނދާންނެތިގެން ވުޟޫނުކޮށް‬
‫ފަރާތުން ހިނގާ ކަންކަމަށް ޢަފޫކޮށްދިނުމަކީ‬
‫ނަމާދުކޮށް ނިމުނުފަހުން ހަނދާންވެއްޖެނަމަ އަލުން‬
‫އެކަމުގެ ސަބަބުން ﷲގެ ފުއްސެވުން ލިބޭނެ‬
‫ވުޟޫކޮށްގެން އެ ނަމާދެއް ކުރަންޖެހޭނެއެވެ‪.‬‬
‫ކަމެއްކަން ކީރިތި ޤުރްއާނުންނާއި ސުންނަތުން‬
‫ހަމަ މިގޮތަށް‪ ،‬މީހަކު ހުރިކަން ނޭނގި އެއްޗެއް‬
‫ސާބިތުވެއެވެ‪.‬‬
‫އެއްލިއިރަށް‪ ،‬އެ އެއްޗަކުން ޖެހިފައި މީހަކަށް‬
‫އަނިޔާއެއްވެއްޖެނަމަ އެކަމުގެ ބަދަލުދޭންޖެހޭނެއެވެ‪.‬‬
‫މި ދެ ޙާލަތުގައިވެސް އެމީހަކު ފާފަވެރިއެއް ނުވާނެއެވެ‪.‬‬

‫ވަޙީ ކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ކީރިތި ޤުރްއާނުގައި މާތް‬

‫(އަލްބަޤަރާ‪)286 :‬‬ ‫ﲻ‬


‫ﲺﱠ‬ ‫ﲴ ﲵ ﲶ ﲷ ﲸ ﲹ‬ ‫ﱡﭐ‬
‫މާނައީ‪" :‬އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ‪ ،‬ނުވަތަ‪ ،‬ޤަޞްދެއްނެތި‬
‫އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!"‬

‫ތިންވަނަ ގޮތަކީ؛ މީހަކަށް ފާފައެއް ކުރުމަށް މަޖުބޫރުކޮށްގެން ކުރުވުމެވެ‪ .‬މިސާލަކަށް؛ މަސްތުވާތަކެތި‬


‫ގަދަކަމުން ދިނުމެވެ‪ .‬މި ޙާލަތުގައި ގަދަކަމުން ދެވުނު މީހާގެ މައްޗަކަށް ކުށެއްނެތެވެ‪ .‬އަދި‬
‫ބަނޑުހައިހޫނުކަމުގެ ސަބަބުން‪ ،‬ނުވަތަ ކަރުހިއްކުމުގެ ސަބަބުންވެސް ޙަރާމް އެއްޗެއް ކެއުމަށް‬
‫ވަނީ މަޖޫބޫރީ ޙާލަތުގައި‪ ،‬ފުރާނަ‬ ‫ﷲ‬ ‫ނުވަތަ ބުއިމަށް މަޖޫބުރު ވެދާނެއެވެ‪ .‬އެހެންކަމުން‪ ،‬މާތް‬
‫ސަލާމަތްވާވަރަށް ޙަރާމް ކުރެއްވި ތަކެތި ކެއުން ނުވަތަ ބުއިން ހުއްދަކުރައްވާފައެވެ‪.‬‬

‫‪67‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫‪ 7.2‬ޙަދީ ުޘން ލި ޭބ ފައި ާދތައް‪:‬‬

‫ޚާއްޞަ މަތިވެރިކަމެއް ދެއްވާފައިވާކަން އެނގިގެންދިއުން‪.‬‬ ‫ﷲ‬ ‫‪ .1‬މި އުއްމަތަށް މާތް‬

‫‪ .2‬ގަސްތަކާނުލައި ކުރެވޭ ކުށްތަކާއި‪ ،‬ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި‪ ،‬މަޖުބޫރުކޮށްގެން މީހަކު‬


‫ލައްވާ ކުރުވާ ނުބައިކަންކަމަށް އެމީހަކަށް ޢަފޫކުރައްވާނެކަން އެނގިގެންދިއުން‪.‬‬

‫سلَّمގެ މަތިވެރި ޤަދަރު ހާމަވެގެންދިއުން‪.‬‬ ‫رسو ُل ِ‬


‫هللا صلَّى هللا علَي ِ‬
‫وَ‬ ‫َ‬ ‫َ‬ ‫ه‬ ‫ْ‬ ‫َ‬ ‫ُ‬ ‫َ‬ ‫َ ُْ‬ ‫‪.3‬‬

‫‪ .4‬އިސްލާމްދީނުގެ ލުއިފަސޭހަކަމާއި‪ ،‬އެދީނުގައިވާ ޙުކުމްތަކަކީ މީސްތަކުންގެ ޠަބީޢަތާ ގުޅޭ‬


‫ޙުކުމްތަކެއްކަން އެނގުން‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫(إِ َّن َّ‬


‫اللَ َتَ َاوَز َع ْن أ َُّم ِت ْ‬
‫الَطَأَ‪،‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫‪َ .1‬ر ُس ْو ُل هللا َ‬
‫އިބްނު މާޖާ)‬ ‫علَْي ِه) (ރިވާކުރެއްވީ‬‫استُ ْك ِرُهوا َ‬
‫ِ‬
‫َوالنّ ْسيَا َن‪َ ،‬وَما ْ‬
‫މި ޙަދީޘްއާއި ޙަދީޘްގެ މާނަ ލިޔާށެވެ!‬
‫‪ .2‬ޢަފޫކުރެއްވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟‬
‫‪" .3‬އިސްލާމްދީނުގައިވާ ޙުކުމްތަކަކީ މީސްތަކުންގެ ޠަބީޢަތާގުޅޭ ޙުކުމްތަކެއް" މި ޢިބާރާތް ޝަރަޙަކޮށްދޭށެވެ!‬
‫‪ .4‬ޙަދީޘުން ލިބޭ ‪ 3‬ފައިދާއެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް މިސާލެއް ލިޔާށެވެ!‬

‫‪ .1‬ގަސްތަކާނުލައި ކުރެވޭ ކުށެއް‬


‫‪ .2‬ހަނދާންނެތިގެން ކުރެވޭ ކަމެއް‬
‫‪ .3‬މީހަކަށް މަޖުބޫރު ކުރުވައިގެން ކުރެވިދާނެ ކަމެއް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪68‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫ފި ާލވަޅު ‪8‬‬

‫ރިވެތި އަ ްޚ ާލޤުގެ ވެރިއަކ ަ ްށވުން‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم يـَُق ُ‬ ‫ِ‬


‫ت‬ ‫ول‪( :‬اللَّ ُه َّم أ ْ‬
‫َح َسْن َ‬ ‫َكا َن َر ُس ْو ُل هللا َ‬
‫َحَد)‬ ‫(م ْسنَ ُد أ ْ‬ ‫ِ‬ ‫خ ْل ِقي فَأ ِ‬
‫َحس ْن ُخلُقي) ُ‬ ‫ْ‬ ‫َ‬
‫ދުޢާކުރައްވާކަމުގައިވެއެވެ‪" .‬އޭ އަޅުގެ ވެރި هللا! މިއަޅާގެ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫މާނަ‪:‬‬
‫އުފެއްދެވުން އިބައިލާހު ރިވެތިކޮށްދެއްވީމުއެވެ‪ .‬ފަހެ‪ ،‬މިއަޅާގެ އަޚުލާޤުވެސް ރިވެތިކޮށްދެއްވާނދޭވެ!"‬

‫ޙަދީޘްގެ ޝަރަޙަ‬ ‫‪8.1‬‬

‫އަޚުލާޤަކީ؛ އިންސާނާގެ ނަފްސުގައި ހުންނަ ގޮތްތަކެވެ‪ .‬ރަނގަޅު ގޮތެއްނަމަ ރިވެތި އަޚުލާޤޭ ކިޔައެވެ‪ .‬އަދި ނުބައި‬
‫ގޮތެއްނަމަ ނުބައި އަޚުލާޤޭ ކިޔައެވެ‪ .‬އިންސާނާ އުފަންވާއިރުވެސް އޭނާގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތައް‬
‫ލައްވާފައި ހުރެއެވެ‪ .‬އޭނާ އުޅެބޮޑުވާ މާހައުލުގެ ސަބަބުން އެ ސިފަތައް އިތުރުވެ‪ ،‬ފާޅުވެގެންދެއެވެ‪ .‬އަދި ހަމަ‬
‫މާހައުލުގެ ސަބަބުން އަޚްލާޤީ ނުބައި ސިފަތައްވެސް އަށަގަނެއެވެ‪.‬‬

‫‪69‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬ ‫ސުބުޙާނަހޫ ވަތަޢާލާ އިންސާނާ‬ ‫هللا‬
‫ޚަލްޤުކުރައްވާފައިވަނީ އެންމެ ރިވެތި ސޫރާގައެވެ‪.‬‬
‫އަނެކުންނާމެދު ތިމާގެ ހިތާއި ޚުލްޤު‬ ‫އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ‪.‬‬
‫ހެޔޮ ކުރުމަކީ އެންމެ މަތިވެރިވެގެންވާ‬
‫މީހުންގެ ތެރޭގައި ތިމާ ހިމެނިގެން ދިއުމަށް‬ ‫﴿ ﱥ ﱦ ﱧ ﱨ ﱩ ﱪ﴾ (އައްތީން‪)4 :‬‬
‫މަގުފަހިކޮށްދޭ ކަމެކެވެ‪ .‬އިންސާނުންނާމެދު‬
‫މާނައީ‪" :‬ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ އެންމެ‬
‫ތިމާގެ ޚުލްޤު ހެޔޮވުމާއެކު‪ ،‬ޖަނަވާރުންނާއި‬
‫ރިވެތި ޞޫރާގައި އިންސާނާ ހެއްދެވީމެވެ‪".‬‬
‫ދޫނި ސޫފާސުއިއްޕާއި އެންމެހައި މަޚުލޫޤުންނާ‬
‫މެދުވެސް ޚުލްޤު ހެޔޮވުމަކީ ތިމާގެ އީމާންކަން‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ފުރިހަމަވުމަށް މަގުތަނަވަސްވެ ސުވަރުގެއާ‬
‫َر ُس ْو ُل هللا َ‬ ‫މި ޙަދީޘްގައި‬
‫ދުޢާކުރައްވާފައި އެވަނީ‪ ،‬ޞޫރަ ރިވެތިކޮށްދެއްވި‬
‫ގާތްކޮށްދޭނެ ކަމެކެވެ‪ .‬މާތް ﷲގެ ޚަލްޤު‬
‫ފަދައިން އަޚުލާޤުވެސް ރިވެތިކޮށް ދެއްވުމަށެވެ‪ .‬ޚުދު‬
‫ތަކުންނާމެދު ތިމާގެ ޚުލްޤު ގޯސްވުމީ ﷲގެ‬
‫އެކަލޭގެފާނަކީ ރިވެތި އަޚުލާޤެއްގެ މަތިވެރި ބޭކަލެކެވެ‪.‬‬
‫ޢަޛާބު ޙައްޤުވެގެންދާ ކަމެކެވެ‪.‬‬
‫ވަޙީ‬ ‫هللا‬ ‫އެކަލޭގެފާނުގެ އަޚުލާޤުފުޅާ ބެހޭގޮތުން މާތް‬
‫ކުރައްވާފައިވެއެވެ‪.‬‬

‫(ސޫރަތުލް ޤަލަމް‪)4 :‬‬ ‫􉚄﴾‬ ‫﴿‬


‫މާނައީ‪" :‬އަދި ހަމަކަށަވަރުން‪ ،‬ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ‪".‬‬

‫ރިވެތި އަޚުލާޤަކީ ގިނަގުނަ ފައިދާތަކެއް ލިބޭ ކަމެކެވެ‪ .‬މިގޮތުން؛‬

‫އާއި މީސްތަކުންގެ ލޯބި އެމީހަކަށް ލިބެއެވެ‪.‬‬ ‫ﷲ‬ ‫‪ .1‬މާތް‬

‫‪ .2‬މާތް ﷲގެ ޢަފޫކުރެއްވުމާއި ފާފަ ފުއްސެވުން ލިބެއެވެ‪.‬‬

‫‪ .3‬ނުބައި ފާފަތައް ފުހެލައެވެ‪.‬‬

‫‪ .4‬ރިވެތި އަޚުލާޤުގެ ސަބަބުން ޤިޔާމަތްދުވަހު ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްދެއެވެ‪.‬‬

‫‪ .5‬ސުވަރުގެއަށް އެންމެ ގިނަ މީހުން ވަންނަނީ ރިވެތި އަޚުލާޤުގެ ސަބަބުންނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪70‬‬


‫ޔުނިޓް ‪2‬‬ ‫ ‬
‫ޙަދީޘް ޢިލްމު‬

‫‪ 8.2‬ޙަދީ ުޘން ލި ޭބ ފައި ާދތ ަ ްއ‬

‫ރިވެތި ކުރެއްވިކަން އެނގިގެންދިއުން‪.‬‬ ‫ﷲ‬ ‫‪ .1‬އިންސާނުންގެ ޞޫރަ މާތް‬

‫‪ .2‬ރިވެތި އަޚުލާޤެއްގެ މަތިވެރިކަން ހާމަވުން‪.‬‬

‫‪ .3‬ރިވެތި އަޚުލާޤެއް ދެއްވުން އެދި ދުޢާކުރުމުގެ މުހިންމުކަން އެނގުން‪.‬‬

‫‪ .4‬ދުޢާކުރުމަކީ ރިވެތި އަޚުލާޤެއް ޙާޞިލުކުރުމަށްޓަކައި ހިފިދާނެ މުހިންމު ސަބަބެއްކަން ހާމަވުން‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫(ރިވާކުރެއްވީ‪ :‬އަޙްމަދު) މި ޙަދީޘާއި މި ޙަދީޘްގެ މާނަ ލިޔާށެވެ!‬ ‫َح ِس ْن ُخلُ ِقي)‬ ‫ِ‬
‫ت َخ ْلقي فَأ ْ‬ ‫‪( .1‬اللَّ ُه َّم أ ْ‬
‫َح َسْن َ‬
‫‪ .2‬އަޚުލާޤަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ!‬

‫‪ .3‬ރިވެތި އަޚުލާޤުން ލިބޭ ‪ 4‬ފައިދާއެއް ލިޔާށެވެ!‬

‫‪ .4‬މި ޙަދީޘުން ލިބޭ ‪ 3‬ފައިދާއެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ފިލާވަޅުން ދޭހަވި މަޢުލޫމާތުގެ އަލީގައި ރިވެތި އަޚުލާޤެއް ޙާޞިލުކުރުމަށް ހިފިދާނެ ‪ 5‬ސަބަބެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ތިޔަ ދަރިވަރު އުޅޭ މާހައުލުގައި ހިނގާ ހެޔޮ ‪ 4‬ކަމަކާއި‪ ،‬ނުބައި ‪ 4‬ކަމެއް ލިޔާށެވެ! އަދި ނުބައިކަންކަން‬
‫ހިނގަންމެދުވެރިވާ ސަބަބުތައްވެސް ލިޔާށެވެ!‬

‫‪71‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ޙަދީޘް ޢިލްމު‬ ‫ޔުނިޓް ‪2‬‬
‫ ‬

‫ބަސްކޮށާރު‬

‫މާނަ‬ ‫ބަސް‬

‫މަތުނު ރިވާކުރައްވާ ރާވީންގެ ސިލްސިލާ‪.‬‬ ‫ސަނަދު‬

‫ސަނަދު ނިމުމަށްފަހު އޮންނަ އިބާރާތް ‪ /‬ކީރިތި ރަސޫލާއަށް ނިސްބަތްކުރެވިފައިވާ‬ ‫މަތުނު‬


‫ބަސްފުޅު‬

‫ޙަދީޘްގެ ވައްތަރުތަކާއި‪ ،‬ޞައްޙަ ޙަދީޘާއި ޟަޢީފު ޙަދީޘްގެ ޝަރުޠުތަކާއި‪،‬‬ ‫މުޞްޠަލަޙުލް ޙަދީޘް‬


‫މި ނޫންވެސް‪ ،‬ޙަދީޘް ލިޔެ ރައްކާތެރިކުރުމާބެހޭ އުޞޫލުތަކާއި ޤަވާޢިދުތައް‬
‫ބަޔާންކޮށްފައިވާ ޢިލްމު‪.‬‬

‫އެކަކުގެ އަރިހުން އަނެކަކަށް ޙަދީޘްތަކާއި އަޘަރުތައް ރިވާކުރައްވާ ބޭކަލުން‪.‬‬ ‫ރާވީން‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ގެ ޞަޙާބީންނާ‬ ‫َر ُس ْو ُل هللا َ‬ ‫މުއުމިނެއްގެ ގޮތުގައި‬ ‫ތާބިޢީ ބޭކަލުން‬
‫ބައްދަލުވެވަޑައިގެން‪ ،‬އިސްލާމްދީނުގެ މަތީގައި ހުރެ މަރުވެއްޖެ ކޮންމެ ބޭކަލެއް‪.‬‬

‫ސާފު މަގު‪.‬‬ ‫މަންހަޖު‬

‫ދުނިޔެވީ މަންފާތަކަށްވުރެ އުޚްރަވީ މަންފާއަށް އިސްކަންދިނުން‪.‬‬ ‫ޒުހުދުވެރި‬

‫ޚާއްޞަ ސަމާލުކަމެއްދިނުން‪.‬‬ ‫ރިޢާޔަތްކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪72‬‬


‫ޔުނިޓް ‪3‬‬
‫އިސްލާމީ ފިޤުހު‬

‫މި ޔުނި ޓްގައި އަޅުގަނ ޑު ‪...‬‬

‫● އިސްލާމްދީނުގައި ކައިވެންޏަކީ ކޮބައިކަމާއި ޢާއިލާއެއް ބިނާކުރުމުގެ މުހިންމުކަން ދަސްކުރާނަން‬


‫● އިސްލާމްދީނުގައި ވަރިއަކީ ކޮބައިކަމާއި ވަރިއާ ގުޅޭ ޙުކުމްތައް ދަސްކުރާނަން‬
‫● ޚުލްޢުކުރުމަކީ ކޮބައިކަމާއި ޚުލްޢުގެ ޙުކުމްތައް ދަސްކުރާނަން‬
‫● ޢިއްދައަކީ ކޮބައިކަމާއި ޢިއްދައިގެ ޙުކުމްތައް ދަސްކުރާނަން‬
‫● ޤަޛްފުކުރުމަކީ ކޮބައިކަމާއި އެކަމުގެ ޙުކުމްތައް ދަސްކުރާނަން‬
‫● ލިޢާންކުރުމަކީ ކޮބައިކަމާއި ލިޢާންގެ ޙުކުމްތައް ދަސްކުރާނަން‬
‫● ޡިހާރުކުރުމަކީ ކޮބައިކަމާއި ޡިހާރުގެ ޙުކުމްތައް ދަސްކުރާނަން‬
‫● އީލާއުކުރުމަކީ ކޮބައިކަމާއު އީލާއުގެ ޙުކުމްތަކަކީ ކޮބައިކަން ދަސްކުރާނަން‬
‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪1‬‬


‫ކައިވެނި‬
‫ކައިވެނީގެ ތ ަ ާޢ ަރފ ު‬ ‫‪1.1‬‬

‫ދިވެހި ބަހުގައި ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކު އަނތްބަކާއި ފިރިއެއްގެ ގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކުގެ‬
‫މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުމެވެ‪.‬‬

‫ޝަރުޢީ އިޞްޠިލާޙުގައި ކައިވެންޏަކީ އަނބިފިރިކަމުގެ ގުޅުންތަކާއި އަޘަރުތައް އުފެދޭ ގޮތަށް އަންހެނަކާއި ފިރިހެނެއްގެ‬
‫ދެމެދުގައިވެވޭ ޝަރުޢީ ޢަޤުދެކެވެ‪.‬‬

‫ކައިވެނީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އަޅާލުމާއި ކުލުނު އުފައްދައިދެއެވެ‪ .‬އެކަކު އަނެކެއްގެ ކިބައިން‬
‫އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިއްބައިދެއެވެ‪ .‬އަދި ދެމަފިރިންކުރެ ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް އަދާކޮށްދޭން‬
‫ޖެހޭ ޙައްޤުތައް އުފެދިގެން އާދެއެވެ‪ .‬އަދި ކައިވެނީގެ ހިޔަލުގައި ލިބޭ ދަރިންގެ ނަސަބު ދެމަފިރިންނާ ގުޅިގެންދެއެވެ‪.‬‬

‫އިސް ާލމްދީނު ގައި ާޢއި ާލއެ ްއގެ މުހިން މުކ ަން‬ ‫‪1.2‬‬

‫ޝަރުޢީ ޢަޤުދަކާ އެކު ވެވޭ ކައިވެންޏަށްފަހު ދެމަފިރިންގެ މައްޗަށް‪ ،‬ނުވަތަ ދެމަފިރިންނާއި ދެމަފިރިންނަށް ލިބޭ‬
‫ދަރިންގެ މައްޗަށް އެކުލެވިގެންދަނީ ޢާއިލާ އެކެވެ‪ .‬އިސްލާމްދީނުގައި ޢާއިލާގެ މުހިންމުކަން ހާމަވާ ކަންކަމުގެ‬
‫ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ‪:‬‬

‫‪ .1‬މުޖުތަމަޢެއް ބިނާވެގެން އަންނަނީ ޢާއިލާތަކެއްގެ މައްޗަށެވެ‪ .‬އިސްލާމީ ރިވެތި އަޚްލާޤާއި ހެޔޮޢަމަލުތަކުގެ‬


‫މަތީގައި ޢާއިލާތައް ބިނާވެގެން ހިނގައްޖެނަމަ‪ ،‬އެ މުޖުތަމަޢަކީ‪ ،‬ނޭއްގާނީ ޢަމަލުތަކާއި ނުރަނގަޅު އާދަތަކުން‬
‫ސަލާމަތްވެފައިވާ އެއްބައިވަންތަ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ‪ ،‬އަމާން މުޖުތަމަޢަކަށް ވެދެއެވެ‪.‬‬

‫ޝަރުޢު‬ ‫މާތްﷲ‬ ‫‪ .2‬ދިރިއުޅުމުގެ އެންމެހައި ދަތި އުނދަގޫތަކާ އެކަކު އެކަނި ކުރިމަތިލުމުގެ ބަދަލުގައި‪،‬‬
‫ކުރައްވާފައި ވަނީ‪ ،‬ދެ ޖިންސުގެ ދެ މީހެއްގެ ދެމުގައިވެވޭ މުޤައްދަސް ގުޅުމަކުން ގުޅިގެން‪ ،‬ދެ މީހުން‬
‫އެކުގައި ދިރިއުޅުމާ ކުރިމަތިލުމަށެވެ‪ .‬ދިރިއުޅުމުގައި ދިމާވާ ހިތާމައާއި އުފާ ދެމީހުން އެކުގައި ހިއްސާކޮށްގެން‬
‫އުޅުމަށެވެ‪ .‬ދިމާވާ ކަންކަމުގައި އެކަކު އަނެކަކުގެ ލަފައާއި މަޝްވަރާގެ މަތިން ދިރި އުޅުން ބިނާކުރުމަށެވެ‪.‬‬
‫އެއާއެކު ދެމަފިރިންގެ ދަރިންނަށް ލޯތްބާއި އަޅާލުމާއި ޙައްޤުތައް އަދާކޮށްދީ‪ ،‬ގުޅިގެން އެކަކު އަނެކަކު ލޯތްބާއި‬
‫އިޙްތިރާމާ އެކީ އުޅުމަށެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪74‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .3‬ހެޔޮ ގޮތުގައި ދިރިއުޅުމަށް އެންމެ ބޮޑު ބާރުވެރިކަމެއް ލިބިގެންދަނީ‬


‫ޢާއިލާގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމުންނެވެ‪ .‬އެހެންކަމުން‬
‫ދުނިޔެވީ ކަންކަމުގެ އިތުރުން އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް ޢާއިލާގެ‬
‫އެންމެހައި ފަރުދުން އެކުގައި ކުރާ މަސައްކަތުގެ ސަބަބުން އާއިލީގުޅުން‬
‫ކާމިޔާބުކަމާއެކު ދެމިގެން ދިއުމާ‪ ،‬ދެދުނިޔޭގެ ކާމިޔާބު ޙާޞިލުވުން ގާތެވެ‪.‬‬

‫ކައިވެނި ަ‬
‫ޝ ުރ ުޢކު ެރ ްއވުން‬ ‫‪1.3‬‬

‫ކައިވެނިކުރުން ޝަރުޢުކުރެވިގެންވާކަމަށް ޤުރްއާނާއި ސުންނަތުން ދަލީލު‬


‫ވަޙީކުރައްވާފައި ވެއެވެ‪.‬‬ ‫ﷲ‬ ‫ލިބެއެވެ‪ .‬މާތް‬

‫﴿ﱹ ﱺ ﱻ ﱼ ﱽ ﱾ ﱿ ﲀ‬
‫ﲁ ﲂ ﲃ ﲄ ﲅ ﲆﲇ ﲈ ﲉ‬
‫ﲍ ﴾ (ސޫރަތުއްރޫމް‪)21 :‬‬ ‫ﲊ ﲋ ﲌ‬
‫މާނައީ "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ‪ ،‬އެކަލާނގެ‬
‫ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ‪ .‬އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން‬
‫ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ‪ .‬އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި‪ ،‬އޯގާވެރިކަން‬
‫ލެއްވިއެވެ‪ .‬ހަމަކަށަވަރުން‪ ،‬ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ‪".‬‬

‫ކައިވެނި ަ‬
‫ޝ ުރ ުޢކު ެރ ްއ ުވމުގެ ޙިކުމަތްތަ ްއ‬ ‫‪1.4‬‬

‫‪ .1‬ދެމަފަރިން އެކަކު އަނެކެއްގެ ކިބައިން އުފަލާއި ހިތްހަމަޖެހުމާއި އަޅާލުން ލިބިގަތުމަށް ވަސީލަތެއް ހޯދައިދިނުން‬
‫‪ .2‬ހުއްދަ ގޮތުގައި ޖިންސީ ޣަރީޒާ ޙާޞިލުކުރެވޭނެ މަގެއް ހޯދައިދިނުން‬
‫‪ .3‬ނަސަބު އޮޅުމެއްނެތި ނަސްލު ދެމިގެންދާނެ ވަޞީލަތެއް ޤާއިމްކުރެއްވުން‬
‫‪ .4‬ދަރިންގެ ޙައްޤުތައް ރައްކާތެރިކުރުން ވަކިބަޔަކާ މަތިކުރުން‬

‫އަދި މިނޫނަސް ފަރުދުންނާއި މުޖުތަމަޢަށް ކައިވެނީގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ލިބިގެންދާނެ ފައިދާތައް‬
‫ހިމެނެއެވެ‪.‬‬

‫‪75‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ކައިވެނީގެ ުޙކުމް‬ ‫‪1.5‬‬

‫ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނިކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ‪ .‬އެހެނީ ކައިވެނިކުރުމަށް ބާރުއަޅުއްވާފައިވާ އެތައް‬
‫ބަސްފުޅުތަކެއް އައިސްފައިވެއެވެ‪.‬‬

‫اع ِمْن ُك ُم‬ ‫"ي م ْع َشر الشَّب ِ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫اب َم ِن ْ‬
‫استَطَ َ‬ ‫َ َ َ َ‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬
‫(ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‪" :‬އޭ ޒުވާނުންނޭވެ!‬ ‫ص ُن لِْل َف ْرِ‬
‫ج"‬ ‫ص ِر َوأ ْ‬
‫َح َ‬
‫الْباءةَ فَـ ْليـتـزَّوج فَِإنَّه أَ َغ ُّ ِ‬
‫ض ل ْلبَ َ‬ ‫َ َ َ ََ ْ ُ‬
‫ފަހެ‪ ،‬ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުން ކައިވެނި ކުރާށެވެ‪ .‬ފަހެ އެއީ‪،‬‬
‫ބެލުންތިރިކުރެވޭނެ ކަމެކެވެ‪ .‬އަދި (ފާޙިޝްކަންކަމަށް އަރައިނުގަނެ) ޢިއްފަތްތެރި ވެވޭނެވެސް ކަމެކެވެ‪".‬‬

‫ކައިވެނި ކުރުމުގެ ޢާންމު ޙުކުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައި ވުމެވެ‪ .‬ނަމަވެސް ވަކި ފަރުދުންގެ ޙާލަތަށް ބަލާއިރު‬
‫ކައިވެނިކުރުމުގެ ޙުކުމް ތިން ބަޔަކަށް ބެހިގެން ދެއެވެ‪.‬‬

‫‪ .1‬ކައިވެނިކުރުން ވާޖިބުވުން‪ :‬ކައިވެނި ކުރުމުގެ ކުޅަދާނަކަން‪ ،‬މާލީގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވުމާއެކު‪،‬‬


‫ކައިވެނި ނުކޮށް ހުރެއްޖެނަމަ‪ ،‬ޒިނޭ ފަދަ ނުބައި ފާފައަކަށް އަރައިގަނެވިދާނެކަމުގެ ބިރު ބޮޑުވެފައިވާނަމަ‬
‫ކައިވެނިކުރުން ވާޖިބުވާނެއެވެ‪.‬‬

‫‪ .2‬ކައިވެނިކުރުން ޙަރާމްވުން‪ :‬މާލީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ފިރިހެނާގެ ކިބައިގައި ހުރި އުނިކަމެއްގެ‬
‫ސަބަބުން‪ ،‬ކައިވެނީގެ މަޤްޞަދު ހާޞިލްނުވެ‪ ،‬ކަނޑައެޅިގެން އަނބިމީހާއަށް ގެއްލުންވާނެކަން ޔަޤީންވާ ހާލަތުގައި‬
‫ކައިވެނި ކުރުން ޙަރާމްވާނެއެވެ‪.‬‬

‫‪ .3‬ކައިވެނިކުރުން މަކްރޫހަވުން‪ :‬ކައިވެނި ކުރުމުގެ ކުޅަދާނަކަން‪ ،‬މާލީގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިނުވާކަމަށް‬


‫ލަފާކުރެވޭ ހާލަތުގައި‪ ،‬އަދި އަނބި ދަރިންގެ ޙައްޤުތައް އަދާނުކުރެވޭނަކަމަށް ލަފާކުރެވޭ ހާލަތުގައި ކައިވެނިކުރުން‬
‫މަކްރޫހަވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪76‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ކައިވެނީގެ އިޞްޠިލާހީ މާނަ ލިޔާށެވެ!‬

‫‪ .2‬ހަރުދަނާ ރަނގަޅު ޢާއިލާއެއް ބިނާކުރެވުމުން މުޖުތަމަޢަށް ކުރާނެ ފައިދާއަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .3‬ކައިވެނި ޝަރުޢުކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން ‪ 3‬ޙިކުމަތެއް ލިޔާށެވެ!‬

‫‪ .4‬ކައިވެނިކުރުމުގެ ޢާންމު ޙުކުމް ދަލީލާއެކު ލިޔާށެވެ!‬

‫‪ .5‬ކައިވެނިކުރުން ވާޖިބުވާމީހާގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަންތައްތައް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި އިބާރާތްތަކާމެދު މަޝްވަރާކުރުމަށްފަހު އެ ޢިބާރާތް ޝަރަޙަކުރާށެވެ!‬

‫‪" .1‬ވަކި ފަރުދުންގެ ޙާލަތަށް ބަލާއިރު ފަރުދުންގެ ޙާލަތާ ގުޅިގެން އެމީހުންނަށް ކައިވެނިކުރުމުގެ ޙުކުމް‬
‫ބަދަލުވެގެންދެއެވެ‪".‬‬

‫‪" .2‬ކައިވެންޏަކީ ދިރިއުޅުމުގައި ދިމާވާ އެންމެހައި އުފަލާއި ހިތާމައާއި އަދިވެސް އެނޫން އެންމެހައި ކަމެއްގައި‬
‫ދެމަފިރިން ބައިވެރިވެގެން ކުރިމަތިލުމެވެ‪".‬‬

‫‪77‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪2‬‬


‫ޚިޠު ާބ‬
‫ތަ ުޢރީފ ު‬ ‫‪2.1‬‬

‫ޢަރަބި ބަހުގައި ޚިޠުބާ ކިޔަނީ‪ ،‬މީހަކު މީހަކާ ކައިވެނިކުރުމަށް އެހުމަށެވެ‪ .‬ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޚިޠުބާ އަކީ‪،‬‬
‫ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު‪ ،‬ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެވެ‪.‬‬

‫ޚިޠު ާބގެ ުޙކުމް‬ ‫‪2.2‬‬

‫ﷲ‬ ‫ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ކައިވެނިކުރުމުގެ ކުރިން ޚިޠުބާ ނުވަތަ އެންގޭޖުވުމަކީ ހުއްދަކަމެކެވެ‪ .‬މާތް‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫󱕻﴾‬ ‫﴿‬
‫(އަލްބަޤަރާ‪ )235 :‬މާނައީ‪" :‬އަދި‪ ،‬އަންހެނުންކުރެން‪ ،‬ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ‬
‫މައްޗަށް ދޭހަވާ ނުވަތަ އިޝާރާތްކުރާ ބަހެއް ބުނުމާމެދު‪ ،‬ނުވަތަ‪ ،‬ތިޔަބައިމީހުންގެ ހިތުތެރޭގައި‬
‫(ކާވެނިކުރުމުގެ ޤަޞްދު) ފޮރުވާފައި ބޭއްވުމާމެދު‪ ،‬ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ‪".‬‬

‫ޚިޠު ާބ ކުރުން ުހ ްއ ަދ އަން ހެނުން‬ ‫‪2.3‬‬

‫‪ .1‬ދާއިމަށް ކައިވެނި ޙަރާމް އަންހެނަކަށް ނުވުން‬

‫‪ .2‬މީހެއްގެ އަނތްބެއްކަމުގައި ނުވުން‬

‫‪ .3‬މީހެއްގެ ޢިއްދައިގައި އިން މީހެއްކަމުގައި ނުވުން‬

‫‪ .4‬އެހެން މީހަކާ ކައިވެނި ކުރުމަށް ޚިޠުބާ ހަދާފައިވާ މީހެއްކަމުގައި ނުވުން‬

‫‪ .5‬ޢުމްރާއަށް ނުވަތަ ޙައްޖަށް އިޙްރާމް ބަނދެގެންހުރި މީހެއްކަމުގައި ނުވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪78‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޚިޠު ާބ ާއ ގު ޭޅ ބައެ ްއ ފިޤުހީ ުޙކުމްތަ ްއ‬ ‫‪2.4‬‬

‫‪ .1‬ޚިޠުބާ ކުރުމަކީ ކައިވެނިކުރުމަށް ވެވޭ ވަޢުދެކެވެ‪.‬‬


‫ޚިޠުބާކުރެވުމަކީ ކައިވެނި ކުރެވުމެއް ނޫނެވެ‪ .‬އެހެންކަމުން‬
‫ޚިޠުބާކުރާ ދެމީހުން ހިލޭ އަންހެނަކާއި ހިލޭ ފިރިހެނެއްގެ‬
‫މަޤާމުން ބޭރުވެގެން ނުދެއެވެ‪ .‬ޚިޠުބާ ކޮށްފައިވާ ދެމީހުންނަށް‬
‫ދެމަފިރިންނަށް ޚާއްޞަވެގެންވާ އެއްވެސް ކަމެއް ކައިވެނީގެ‬

‫ބައެއް މުޖުތަމަޢުތަކުގައި ޚިޠުބާ ކުރުން‬


‫ކުރިން ހުއްދަވެގެން ނުވެއެވެ‪.‬‬
‫ރަމްޒުކޮށްދެނީ އަނގޮޓި އެޅުވުން ފަދަ‬
‫ކަމަކުންނެވެ‪ .‬ނަމަވެސް އިސްލާމްދީނުގައި‬
‫‪ .2‬ޚިޠުބާކުރުން އެންމެ ރަނގަޅު ގޮތަކީ‪ ،‬ކައިވެނިކުރަން‬
‫ޚިޠުބާއަކީ ކައިވެނި ކުރުމަށް ވެވޭ‬ ‫ބޭނުންކަން އަންހެންކުއްޖާގެ ވަލީވެރިޔާ ގާތުގައި ބުނެ‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬
‫އެކަމަށް އެހުމެވެ‪ .‬އެހެނީ َر ُس ْو ُل هللا َ‬
‫އެއްބަސްވުމެކެވެ‪.‬‬

‫ِ‬
‫َو َسلَّ َم ޢާއިޝަތު َرض َي هللاُ َ‬
‫عنـْ َها އާއި ކައިވެނި‬
‫ِ‬
‫އަށެވެ‪ .‬އަދި ކައިވެންޏަކީ ވަލީވެރިޔާގެ‬ ‫ބައްލަވައިގަތުމަށް ހުށައެޅުއްވީ‪ ،‬އަބޫބަކުރު َرض َي هللاُ َعْنهُ‬
‫އިޒުނަވެސް ލިބިގެން ނޫނީ ޞައްޙަނުވާ ޢަޤްދެކެވެ‪ .‬ފިތުނަވެރިކަމުން ސަލާމަތްވެފައިވާނަމަ މި ނޫން ގޮތްތައް‬
‫ވެސް ދީނުގައި ހުއްދައެވެ‪.‬‬

‫ކައިވެނި‬ ‫ކައިވެނިކުރުމުގެ ކުރިން ޚިޠުބާ ކުރެވިފައިވާ އަންހެނާއަށް ބަލާލުމަކީ ސުންތެކެވެ‪ .‬الْ ُمغِ َريةُ بْ ُن ُش ْعبَة‬ ‫‪.3‬‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم ޙަދީޘްކުރެއްވިއެވެ‪" .‬انْظُْر إِلَيـَْها‬ ‫ِ‬
‫ބައްލަވައިގަތުމަށް ޚިޠުބާކުރެއްވުމުން‪َ ،‬ر ُس ْو ُل هللا َ‬
‫كما" (ރިވާކުރެއްވީ‪ :‬އައްތިރިމިޒީ) މާނައީ "އެ ކަނބުލޭގެއަށް ބަލައިލާށެވެ‪ .‬ފަހެ‬ ‫فَِإنَّهُ أ ْ‬
‫َحَرى أَ ْن يُ ْـؤَد َم بَْـيـنَ ُ َ‬
‫ހަމަކަށަވަރުންވެސް އެއީ ގުޅިގެން ލޯތްބާއެކު އެންމެ ގިނަދުވަހު އުޅެވޭނެ ގޮތެވެ‪".‬‬

‫‪ .4‬ކައިވެނިކުރުމަށް ޚިޠުބާކޮށްފައިވާ އަންހެނަކާ ކައިވެނިކުރުމަށް އެހެން މީހަކު ހުށައެޅުމަކީ ހުއްދަކަމެއް ނޫނެވެ‪.‬‬


‫َخ ِيه َح َّت‬
‫"والَ َيْطُب علَى ِخطْب ِة أ ِ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َ‬ ‫َ َ‬ ‫َ‬ ‫ޙަދީޘްކުރެއްވިއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬
‫ي َذر" (ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‬
‫"އަދި ތިބާގެ އަޚާ ކައިވެނިކުރުމަށް ހުށަހަޅާފައިވާ އަންހެނާއާ‬
‫ََ‬
‫ކައިވެނިކުރުމަށް‪ ،‬އޭނާ (އެ އަންހެނާ) ދޫކޮށްނުލާހާ ހިނދަކު‪ ،‬ތިބާ ހުށަނާޅާށެވެ‪".‬‬

‫‪79‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ބ ި‬
‫ސ ފަތ ަ ްއ‬ ‫އަނ ތްބަކު އި ްޚތިޔާ ުރކު ުރމުގައި ބެލުން މުސް ތަޙަ ްއ ު‬ ‫‪2.5‬‬

‫ެރ އަންހެނެއްިކަމުގައވުން‬
‫ދީންވ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫ދީންވ ި‬
‫ރީތ އަންހެނެއްިކަމުގައވުން‬
‫ރީތ އަންހެނެއްިކަމުގައވުން‬
‫ެރ އަންހެނެއްިކަމުގައވުން‬
‫ކޔަމަންތ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫ކޔަމަންތ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫ބކުރުވ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫ބކުރުވ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫އޯގާތ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫އޯގާތ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫އަމާނާތްތ ި‬
‫ެރ އަންހެނެއްިކަމުގައވުން‬
‫އަމާނާތްތ ި‬
‫ގނައންިވހާިއަންހެނެއްިކަމުގައވުން‬
‫ގނައންިވހާިއަންހެނެއްިކަމުގައވުން‬

‫ބ ި‬
‫ސ ފަތ ަ ްއ‬ ‫ފިރި އަކު އި ްޚތިޔާ ުރކު ުރމުގައި ބެލުން މުސް ތަޙަ ްއ ު‬ ‫‪2.6‬‬

‫ެރ ފރހެނެއްިކަމުގައވުން‬
‫ދީންވ ި‬
‫ެރ ފރހެނެއްިކަމުގައވުން‬
‫ދީންވ ި‬
‫ރީތ ފރހެނެއްިކަމުގައވުން‬
‫ރީތ ފރހެނެއްިކަމުގައވުން‬
‫ސް މީހެއްކަމުގައވުން‬
‫ތަނަވަ ި‬
‫ސް މީހެއްކަމުގައވުން‬
‫ތަނަވަ ި‬
‫ެރ މީހެއްކަމުގައވުން‬
‫އަންހެނުންނަށްިއޯގާތ ި‬
‫ެރ މީހެއްކަމުގައވުން‬
‫އަންހެނުންނަށްިއޯގާތ ި‬
‫ދަރންިލބުންިމަނާވާފަދަިކަމެއްިދމާވެފައވާިމީހެއްކަމުގައިނުވުން‬
‫ދަރންިލބުންިމަނާވާފަދަިކަމެއްިދމާވެފައވާިމީހެއްކަމުގައިނުވުން‬
‫ވާ މީހެއްކަމުގައވުން‬
‫އަންހެންިމީހާއާއިކުފޫހަމަ ި‬
‫ވާ މީހެއްކަމުގައވުން‬
‫އަންހެންިމީހާއާއިކުފޫހަމަ ި‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪80‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ޚިޠުބާއަކީ ކޮބައިކަމާއި ޚިޠުބާގެ ޙުކުމް ބުނެދޭށެވެ!‬

‫‪ .2‬ޚިޠުބާ ކުރުން ހުއްދަވާ އަންހެނުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރެއިން ‪ 4‬ކަމެއް ލިޔާށެވެ؟‬

‫‪ .3‬ޚިޠުބާ ކުރުން އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވުމުން ދޭހަވާ ‪ 2‬ކަމެއް ލިޔާށެވެ!‬

‫‪ .4‬ކައިވެނިކުރުމަށް ބޭނުންވެގެން ފިރިހެނަކު ވަކި އަންހެނަކުގެ ގާތުގައި އެހުމުން‪ ،‬ކައިވެނިކުރުމަށް ރުހޭ‬


‫ވާހަކަ ފިރިހެނާގެ ގާތުގައި ބުންޏެވެ‪ .‬މިއީ ޚިޠުބާއެއް ފުރިހަމަވުންކަމުގައި ވުމަށް އިތުރަށް ކުރަންޖެހޭ ކަމަކީ‬
‫ކޮބައިކަން ބުނެދޭށެވެ؟‬

‫َخ ِيه َح َّت‬


‫"والَ َيْطُب علَى ِخطْب ِة أ ِ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َ‬ ‫َ َ‬ ‫َ‬ ‫ޙަދީޘްކުރެއްވިއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫‪.5‬‬
‫ي َذر" (ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‬
‫"އަދި ތިބާގެ އަޚާ ކައިވެނިކުރުމަށް ހުށައަޅާފައިވާ އަންހެނާއާ‬
‫ََ‬
‫ކައިވެނިކުރުމަށް‪ ،‬އޭނާ (އެ އަންހެނާ) ދޫކޮށްނުލާހާ ހިނދަކު‪ ،‬ތިބާ ހުށަނާޅާށެވެ‪ ".‬މިޙަދީޘުން ނެގޭ ފިޤުހީ‬
‫ޙުކުމަކާއި‪ ،‬މި ހަދީޘުން ދޭހަވާ ދެކަމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ދެ މައުޟޫޢަށް މަޢުލޫމާތު އެއްކުރުމަށްޓަކައި ކަމާގުޅޭ ބަޔަކާއި ބައްދަލުކުރާށެވެ! އަދި އެއްކުރެވުނު‬


‫މަޢުލޫމާތުތަކާ މެދު ގުރޫޕުގެ މެދުގައި މަޝްވަރާ ކުރާށެވެ! މަޝްވަރާކުރެވުނު ކަންތައްތައް ޕޮއިންޓް ފޯމަށް ލިޔާށެވެ‪.‬‬
‫އޭގެ ފަހުގައި ކުލާހަށް ހުށައަޅައި ދޭށެވެ!‬

‫‪" .1‬ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ބަލަންޖެހޭ ޝަރުޢީ މިންގަނޑު"‬

‫‪" .2‬ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ގިނަ ޒުވާނުން ޢަމަލުކުރާ ގޮތް"‬

‫‪81‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪3‬‬

‫މ ަ ްޙ ަރމުން‬
‫ތަ ުޢރީފ ް‪:‬‬ ‫‪3.1‬‬

‫މަޙްރަމުންނަކީ‪ ،‬ތިމާއާ ކައިވެނި ކުރުން ދާއިމަށް ޙަރާމް މީހުންނެވެ‪ .‬ކައިވެނި ކުރުން ދާއިމަށް ޙަރާމް މީހުން ތިން‬
‫ބަޔަކަށް ބެހިގެންދެއެވެ‪ .‬އެއީ ނަސަބުގެ ގޮތުން ކައިވެނި ޙަރާމްވާ މީހުންނާއި ކައިވެންޏެއްގެ ސަބަބުން ކައިވެނި‬
‫ޙަރާމްވާ މީހުންނާއި އެކެއްގެ ގާތުން ކިރުބުއިމުގެ ސަބަބުން ކައިވެނި ޙަރާމްވާ މީހުންނެވެ‪.‬‬

‫ބގެ ގޮތުން ކައިވެނި ޙަރާ މް ާވ މީހުން ‪:‬‬


‫ނަސަ ު‬ ‫‪3.2‬‬

‫ނަސަބުގެ ގޮތުން ބަލާއިރު ކައިވެނިކުރުން ޙަރާމްވަނީ އަންނަނިވި ފަރާތްތަކެވެ‪.‬‬

‫ތަފްޞީލު‬ ‫މަޙްރަމުން‬

‫މަންމަގެ އިތުރުން‪ ،‬މަންމަ ފަރާތާއި ބައްޕަ ފަރާތު މާމައިންނާއި މުނިމާނައިން އަދި މިފަދައިން‬ ‫މަންމައިން‬
‫ކިތަންމެ ދުރަށް ދިޔަކަމުގައިވިޔަސް‪ ،‬މަންމައިންގެ ތެރޭގައި ހިމެނެއެވެ‪.‬‬

‫ތިމާގެ އަންހެން ދަރިންނާއި‪ ،‬ދަރިންގެ އަންހެން ދަރިންނާއި ތިމާއަށް މުނިކާފަ ކިޔާ އަންހެން‬ ‫އަންހެން ދަރިން‬
‫ދަރިންނާއި އަދި މިހެން ގޮސް ކިތަންމެ ދަށަށް ދިޔަކަމުގައި ވިޔަސް އަންހެން ދަރިންގެ‬
‫ތެރޭގައި ހިމެނެއެވެ‪.‬‬

‫އުޚްތުންނަކީ ތިމާއާ‪ ،‬އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ކޮންމެ‬ ‫އުޚްތުން‬
‫އަންހެނެނެކެވެ‪.‬‬

‫އެއީ ތިމާގެ ބަފައިންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އެންމެހައި‬ ‫ބައްޕަ ފަރާތުގެ‬
‫އަންހެނުންނެވެ‪ .‬މިސާލަކަށް ތިމާގެ މުނިކާފައާ އެއްބަނޑު އުޚްތަކީވެސް ތިމާގެ ބޮޑުދައިތައެކެވެ‪.‬‬ ‫ބޮޑުދައިތައިން‬

‫އެއީ ތިމާގެ މައިންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު އެންމެހައި‬ ‫މަންމަ ފަރާތުގެ‬
‫އަންހެނުންނެވެ‪ .‬މިސާލަކަށް ތިމާގެ މުނިމާމަގެ އެއްބަނޑު އުޚްތަކީވެސް ތިމާގެ ބޮޑުދައިތައެކެވެ‪.‬‬ ‫ބޮޑުދައިތައިން‬

‫އަޚުންގެ އަންހެން ދަރިންނާއި‪ ،‬އަޚުންނާއި އުޚްތުންގެ ދަރިންގެ އަންހެން ދަރިންނާއި‪ ،‬އަދި‬ ‫އަޚުންގެ‬
‫މިހެން ކިތަންމެ ދަށަށް ދިޔަ ކަމުގައިވިޔަސް‪ ،‬އަޚުންގެ އަންހެން ދަރިންގެ ތެރޭގައި ހިމެނެއެވެ‪.‬‬ ‫އަންހެން ދަރިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪82‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫އުޚްތުންގެ އަންހެން ދަރިންނާއި‪ ،‬އަޚުންނާއި އުޚްތުންގެ ދަރިންގެ އަންހެން ދަރިންނާއި‪،‬‬ ‫އުޚްތުންގެ‬


‫އަދި މިހެން ކިތަންމެ ދަށަށް ދިޔަ ކަމުގައިވިޔަސް‪ ،‬އުޚްތުންގެ އަންހެން ދަރިންގެ ތެރޭގައި‬ ‫އަންހެން ދަރިން‬
‫ހިމެނެއެވެ‪.‬‬

‫އިސްވެދިޔަ މީހުން ނަސަބު ގޮތުން ޙަރާމްވާކަމުގެ ދަލީލަކީ‪ ،‬އަންނަނިވި އާޔަތެވެ‪.‬‬

‫󲶱󲶲‬ ‫﴿‬
‫(އައްނިސާ‪)23 :‬‬ ‫󲶵󲶶󲶷 ﴾‬
‫މާނައީ "ތިޔަބައިމީހުންގެ މައިންނާއި‪ ،‬އަންހެން ދަރިންނާއި‪ ،‬އުޚްތުންނާއި‪ ،‬ބަފައިފުށުގެ‬
‫ބޮޑުދައިތައިންނާއި‪ ،‬މައިފުށުގެ ބޮޑުދައިތައިންނާއި އަޚްގެ އަންހެން ދަރިންނާއި‪،‬‬
‫އުޚްތުގެ އަންހެން ދަރިންނާއި‪ ،‬ކާވެނިކުރުން ޙަރާމް ކުރެއްވިއެވެ‪".‬‬

‫މާމަ‬ ‫ކާފަ‬ ‫މާމަ‬ ‫ކާފަ‬

‫ބޮޑުދައިތަ‬ ‫ބޮޑުބޭބެ‬ ‫މަންމަ‬ ‫ބައްޕަ‬ ‫ބޮޑުދައިތަ‬ ‫ބޮޑުބޭބެ‬

‫ދެބެންގެ ދެދަރި‬ ‫އުޚްތު‬ ‫އަހަރެން‬ ‫އަޚު‬ ‫ދެބެންގެ ދެދަރި‬

‫އުޚްތުގެ ދަރި‬ ‫އުޚްތުގެ ދަރި‬ ‫ދަރި‬ ‫ދަރި‬ ‫އަޚުގެ ދަރި‬ ‫އަޚުގެ ދަރި‬

‫އ‬ ‫ފ‬ ‫އ‬ ‫ފ‬ ‫އ‬ ‫ފ‬ ‫އ‬ ‫ފ‬ ‫އ‬ ‫ފ‬ ‫އ‬ ‫ފ‬

‫ކައިވެނި ކުރުން ހުއްދަ މީހުން‬ ‫ނަސަބުގެ ގޮތުން ކައިވެނި ޙަރާމް މީހުން‬

‫‪83‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ކައިވެން ޏެ ްއގެ ސަ ބަބުން ާދއިމަ ްށ ކައިވެނި ޙަރާ މް ާވ މީހުން ‪:‬‬ ‫‪3.3‬‬

‫ކައިވެނީގެ ސަބަބުން‪ ،‬ކައިވެނިކުރުން ޙަރާމްވަނީ ‪ 4‬ބަޔަކާއެވެ‪ .‬އެއީ‪:‬‬

‫މަޙްރަމުން‬ ‫ތަފްޞީލު‬

‫ތިމާގެ އަނބިމީހާގެ މަންމައާއި‪ ،‬އަނބިމީހާގެ ބައްޕަ އާއި މަންމަ ފަރާތު މާމައިންނާއި‪ ،‬އަދި‬ ‫މައިދައިތައިން‬
‫މިހެން ކިތަންމެ ދުރަށް ދިޔަކަމުގައި ވިޔަސް އެއީ މައިދައިތައިންގެ ތެރެއިން ހިމެނޭ ބައެކެވެ‪.‬‬
‫ތިމާގެ ބައްޕަ ނުވަތަ ކާފަ ނުވަތަ މުނިކާފަ އަދި މިހެން ކިތަންމެ މައްޗަށް ދިޔަ ކަމުގައި‬ ‫ދޮންމަންމައިން‬
‫ވިޔަސް‪ ،‬އެއިން ކޮންމެ މީހެއް ކައިވެނިކޮށްފައިވާ‪ ،‬ތިމާއާ ލޭގެ ގޮތުން ގުޅުމެއްނެތް ކޮންމެ‬
‫އަންހެނަކީ ދޮންމަންމައެކެވެ‪.‬‬
‫ފިރިހެން ދަރިންނާއި ދަރިންގެ ފިރިހެން ދަރިންނާއި‪ ،‬އަދި މިހެން ކިތަންމެ ދުރަށް‬ ‫ފިރިހެން ދަރިން‬
‫ދިޔަކަމުގައިވިޔަސް‪ ،‬އެއިން މީހަކު ކައިވެނިކޮށްފައިވާ ކޮންމެ އަންހެނެއް މިބައިގެ ތެރެއަށް‬ ‫ކައިވެނިކުރި‬
‫ވަދެއެވެ‪.‬‬ ‫އަންހެނުން‬
‫ތިމާ އެމީހަކާއި ކައިވެނިކޮށް ރޭކޮށްފައިވާ ކޮންމެ އަންހެނަކު‪ ،‬އެހެން މީހަކާ އިދެގެން‬ ‫ދޮންދަރިން‬
‫ލިބިފައިވާ އަންހެން ދަރިންނަކީ ދޮންދަރިންނެވެ‪ .‬ނަމަވެސް ތިމާ އެމީހަކާ ކައިވެނިކޮށް ރޭ‬
‫ނުކުރާ އަންހެނަކަށް ލިބިފައިވާ ދަރިންނާއި ކައިވެނިކުރުން ޙަރާމްވެގެންނުވެއެވެ‪.‬‬

‫މާމަ‬ ‫ކާފަ‬ ‫މާމަ‬ ‫ކާފަ‬ ‫ދޮންމާމަ‬ ‫ކާފަ‬ ‫ކާފަ‬ ‫ދޮންމާމަ‬


‫)އަނބިމީހާގެ(‬ ‫)އަނބިމީހާގެ(‬ ‫)އަނބިމީހާގެ(‬ ‫)އަނބިމީހާގެ(‬

‫މައިދައިތަ‬ ‫ބަފާކަލޭގެ‬ ‫މަންމަ‬ ‫ބައްޕަ‬ ‫ދޮންމަންމަ‬

‫އަނބިމީހާ‬ ‫އަހަރެން‬

‫ދޮންދަރި‬ ‫ދަރި‬ ‫ޅީދަރި‬

‫ކާފަދަރި‬ ‫ޅީދަރި‬

‫ކައިވެންޏެއްގެ ސަބަބުން ދާއިމަށް ކައިވެނި ޙަރާމްވާ މީހުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪84‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫މައިދާތައިންނާއި ދޮންދަރިންނާއި ފިރިހެން ދަރިން ކައިވެނިކުރި އަންހެނުންނަކީ ދާއިމީ މަޙްރަމުންކަން އަންގައިދެނީ‬


‫އަންނަނިވި އާޔަތުންނެވެ‪.‬‬

‫󲷄‬ ‫﴿‬

‫(އައްނިސާ‪)23 :‬‬ ‫󲷔󲷕 ﴾‬


‫މާނައީ "ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި‪ ،‬ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ‬
‫ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ‪( ،‬އެބަހީ‪ :‬ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި‪،‬‬
‫(މި މީސްމީހުންނާ) ކާވެނިކުރުން ޙަރާމްކުރެއްވިއެވެ‪ .‬އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ‬
‫އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން‪ ،‬ފަހެ‪ ،‬ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ‪ .‬އަދި‪،‬‬
‫ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް ޙަރާމްކުރެއްވިއެވެ‪".‬‬

‫ދޮންމަންމައިން ކައިވެނި ކުރުން ދާއިމަށް ޙަރާމްވެގެންވާކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ‪.‬‬

‫󲶤󲶥‬ ‫﴿‬
‫󲶪󲶫 ﴾ (އައްނިސާ‪)22 :‬‬

‫މާނައީ "އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުޅަ އަންހެނަކާ‪،‬‬


‫ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ! އިސްވެދިޔަތާނގައި މެނުވީއެވެ‪( .‬އެބަހީ‪:‬‬
‫ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ ޢަފޫކުރައްވާފައެވެ‪").‬‬

‫އެކެ ްއގ ެ ާގތުން ިކ ުރ ު‬


‫ބ އިމުގެ ސަ ބަބުން ކައިވެނި ޙަރާ މް ާވ މީހުން‬ ‫‪3.4‬‬

‫ކިރުގެ ގޮތުން ޙަރާމްވާ މީހުން ދެނެގަތުމުގެ މިންގަނޑަކީ ނަސަބުގެ ގޮތުން ކައިވެނި ޙަރާމްވާ ކޮންމެ މީހަކު ކިރުގެ‬
‫ގޮތުން ވެސް ކައިވެނި ޙަރާމްވުމެވެ‪ .‬އެކެއްގެ ގާތުން ކިރުބުއިމުގެ ސަބަބުން ކައިވެނި ޙަރާމްވުމުގެ ގުޅުން އުފެދެނީ‪،‬‬
‫ކިރުމައިމީހާ އާ ނަސަބުގެ ގޮތުން ގުޅިފައިވާ މީހުންނާ ކިރު ބުއިކުއްޖާއާ މެދުއެވެ‪ .‬ކިރު ބުއި ކުއްޖާ އާ ނަސަބުގެ‬
‫ގޮތުން ގުޅިފައިވާ މީހުންނާ ކިރުމައިމީހާ އާ މެދު ކައިވެނި ޙަރާވުމުގެ ގުޅުން އުފެދިގެން ނުދެއެވެ‪.‬‬

‫‪85‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ކިރުގެ ގޮތުން ޙަރާމްވަނީ‪:‬‬

‫މަޙްރަމުން‬ ‫ތަފްޞީލު‬

‫މިބައިގައި ހިމެނެނީ ކިރުގެ ގޮތުން މައިންނެވެ‪ .‬އަދި ކިރުގެ ގޮތުން ބަފައިންގެ‬ ‫ކިރުގެ ގޮތުން މައިން‬
‫މައިންނެވެ‪.‬‬

‫ކިރުގެ ގޮތުން އޭނާގެ ދަރިންކަމުގައި ހިމެނޭ‪ ،‬ކިރު ބުއި އަންހެން ކުއްޖާ އާއި‪ ،‬އެ‬ ‫ކިރުގެ ގޮތުން ދަރިން‬
‫އަންހެން ކުއްޖާގެ ދަރިންނާއި ދަރިންގެ ދަރިންވެސް މިބައިގައި ހިމެނެއެވެ‪.‬‬

‫މިބައިގައި ހިމެނެނީ‪ ،‬ކިރުގެ ގޮތުން މައިންނާއި ކިރުގެ ގޮތުން ބަފައިންގެ އަންހެން‬ ‫ކިރުގެ ގޮތުން އުޚްތުން‬
‫ދަރިންނެވެ‪.‬‬

‫މިބައިގެ ތެރެއަށް ވަންނަނީ ކިރުގެ ގޮތުން ބަފައިންގެ އެއްބަނޑު އެއްބަފާ‬ ‫ކިރުގެ ގޮތުން ބައްޕަ ފަރާތު‬
‫އުޚްތުންނާއި އެއްބަފާ އުޚްތުންނާއި އެއްބަނޑު އުޚްތުންނެވެ‪.‬‬ ‫ބޮޑު ދައިތައިން‬

‫ކިރުގެ ގޮތުން މަންމަ ފަރާތު މިބައިގެ ތެރެއަށް ވަންނަނީ ކިރުގެ ގޮތުން މައިންގެ އެއްބަނޑު އެއްބަފާ އުޚްތުންނާއި‬
‫އެއްބަފާ އުޚްތުންނާއި އެއްބަނޑު އުޚްތުންނެވެ‪.‬‬ ‫ބޮޑު ދައިތައިން‬

‫ކިރުގެ ގޮތުން އަޚުންގެ އަންހެން ދަރިންނާއި‪ ،‬ކިރުގެ ގޮތުން އަޚުންނާއި އުޚްތުންގެ‬ ‫ކިރުގެ ގޮތުން އަޚުންގެ‬
‫ދަރިންގެ އަންހެން ދަރިން މިބައިގައި ހިމެނެއެވެ‪.‬‬ ‫އަންހެން ދަރިން‬

‫ކިރުގެ ގޮތުން އުޚްތުންގެ އަންހެން ދަރިންނާއި‪ ،‬ކިރުގެ ގޮތުން އަޚުންނާއި އުޚްތުންގެ‬ ‫ކިރުގެ ގޮތުން އުޚްތުންގެ‬
‫ދަރިންގެ އަންހެން ދަރިން މިބައިގައި ހިމެނެއެވެ‪.‬‬ ‫އަންހެން ދަރިން‬

‫صلَّى هللاُ َعلَْي ِه‬ ‫ِ‬


‫އެކެއްގެ ގާތުން ކިރުބުއިމުން‪ ،‬ކައިވެނި ޙަރާމްވާކަމުގެ ދެނެގަންނާނެ ޤަވާޢިދަކީ‪َ ،‬ر ُس ْو ُل هللا َ‬
‫ض ِاع َما َْيرُم ِمن النَّس ِ‬
‫ب‬ ‫َو َسلَّ َم ގެ އަންނަނިވި ބަސްފުޅެވެ‪ .‬އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ‪َْ .‬يُرُم ِمن َّ‬
‫الر َ‬
‫َ‬ ‫ُ‬
‫(ރިވާކުރެއްވީ‪ :‬ބުޚާރީ އަދި މުސްލިމް) މާނައީ "ނަސަބުގެ ސަބަބުން ޙަރާމްވާ މީހުން ކިރުދިނުމުގެ ސަބަބުން‬
‫ޙަރާމްވެއެވެ‪".‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪86‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬މަޙްރަމުންގެ ނަން ފިޤުހުގައި ދެވިފައިވަނީ ކޮންބަޔަކަށްކަން ބުނެދޭށެވެ!‬

‫‪ .2‬ނަސަބުގެ ގޮތުން ގާތް މީހުންގެ ތެރެއިން "ބޮޑުދައިތަ" އާއި "އަޚުންނާއި ޢުޚްތުންގެ އަންހެން ދަރިން"‬
‫ހިމެނެއެވެ‪ .‬މިއިން ކޮންމެ ބައެއްގެ ތެރެއަށް ވަންނަ މީހުންނަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .3‬ކައިވެންޏެއްގެ ސަބަބުން‪ ،‬ކައިވެނިކުރުން ދާއިމަށް ޙަރާމްވާ މީހުންނަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .4‬އެކެއްގެ ގާތުން ކިރުބުއިމުގެ ސަބަބުން ކައިވެނި ޙަރާމްވާ ފަރާތްތައް ދެނެގަތުމަށްޓަކައި ގެންގުޅޭ ޤަވާޢިދަކީ‬
‫ކޮބައިކަން ބުނެދޭށެވެ! އަދި އެ ޤަވާޢިދު ނެގިފައިވާ މަޞްދަރު ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ދާއިމަށް ކައިވެނި ޙަރާމްވާ މީހުންގެ ލިސްޓު ދަރިވަރުންގެ ފޮތުގައި ލިޔެވިފައި ވަނީ‪ ،‬ފިރިހެނެއްގެ ނިޞްބަތުން‬
‫ކައިވެނި ޙަރާމްވާ މީހުންނެވެ‪ .‬އެބައިތަކަށް ވިސްނައިގެން‪ ،‬އަންހެނެއްގެ ނިޞްބަތުން ކައިވެނި ޙަރާމްވާމީހުންގެ‬
‫ލިސްޓެއް އެކުލަވާލާ ޕޯސްޓަރެއްގެ ގޮތަށް ހަދާށެވެ‪ .‬އެ ޕޯސްޓަރުގައި ކައިވެނި ޙަރާމްވާ މީހުން ހިމަނާއިރު‬
‫ހިމަނަންވާނީ ދާއިމަށް ކައިވެނި ޙަރާމް މީހުންނެވެ‪ .‬ނަސަބުގެ ގޮތުންނާއި އެކެއްގެ ގާތުން ކިރުބުއިމުގެ ސަބަބުންނާއި‬
‫ކައިވެންޏެއްގެ ސަބަބުން ކައިވެނިކުރުން ޙަރާމްވާ މީހުންވެސް ލިސްޓުގައި ލިޔަންވާނެއެވެ!‬

‫‪87‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪4‬‬

‫ކައިވެނިކުރުން ވަގުތީ ގޮތުން ޙަރާ މް މީހުން‬

‫ތިރީގައި އެވަނީ‪ ،‬ކައިވެނި ކުރުން ވަގުތީ ގޮތުން ޙަރާމްކުރެވިފައިވާ މީހުންނެވެ‪ .‬މިއިން މީހަކާ ކައިވެނިކުރުން‬
‫މަނާކުރެވިފައިވާ ސަބަބު ފިލައި ދިއުމުން ކައިވެނިކުރުން ހުއްދަވެއެވެ‪.‬‬

‫‪ .1‬އެހެން މީހުންގެ އަނބިން‪ :‬މީހެއްގެ އަނތްބަކާއި ކައިވެނިކުރުމަކީ ޙަރާމްކަމެކެވެ‪ .‬ނަމަވެސް އެ ދެމަފިރިންގެ‬


‫ކައިވެނި ރޫޅި ޢިއްދަ ހަމަވުމުން‪ ،‬އޭގެ ފަހުގައި ކައިވެނި ކުރުން ހުއްދަވެއެވެ‪.‬‬

‫‪ .2‬އެހެން މީހެއްގެ ޢިއްދައިގައި އިން އަންހެނާ‪ :‬ޢިއްދައިގައި އިންނަ އަންހެނާ އާއި ކައިވެނިކުރުން ހުއްދަ‬
‫ވެގެންވަނީ‪ ،‬އިނދެގެން އުޅުނު ފިރިމީހާއަށް އެކަންޏެވެ‪ .‬ނަމަވެސް ޢިއްދައިގައި އިންނަ އަންހެނާ‪ ،‬އެހެން‬
‫މީހުންގެ މައްޗަށް ޙަރާމްވެގެންވެއެވެ‪ .‬ހުއްދަވާނީ ޢިއްދައިގެ މުއްދަތު ނިމުމުންނެވެ‪.‬‬

‫‪ .3‬އަނބިމީހާއާ އެއްވަގުތެއްގައި އިނދެގެން އުޅުން ހުއްދަނޫން މީހުން‪ :‬މީހަކާ އިދެގެން ހުރި ފިރިހެނާއަށް‪،‬‬
‫އޭނާގެ އަނބިމީހާ އާއެކު އެއްވަގުތެއްގައި‪ ،‬ކައިވެނިކުރުން ހުއްދަނޫން މީހުންތަކެއްވެއެވެ‪ .‬އެއީ‪:‬‬
‫ހ‪ .‬އަނބިމީހާގެ އުޚްތުން‬
‫ށ‪ .‬އަނބިމީހާގެ ބޮޑުދައިތައިން‬
‫ނ‪ .‬އަނބިމީހާގެ އަޚުންނާއި އުޚްތުންގެ އަންހެން ދަރިން‬

‫‪ .4‬ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމްބަނދެގެން ހުރި މީހާ‪ :‬ހައްޖަށް ނުވަތަ ޢުމްރާއަން އިޙްރާމްބަނދެގެން ހުރި‬
‫މީހަކީވެސް ވަގުތީ ގޮތުން ކާއިވެނިކުރުން ޙަރާމްކުރައްވާފައިވާ ބައެކެވެ‪ .‬އިޙްރާމް ކެނޑުމަށް ފަހު އެއިން‬
‫މީހަކާ ކައިވެނިކުރުން ހުއްދައެވެ‪.‬‬

‫‪ .5‬ޣައިރު މުސްލިމުން‪ :‬ފޮތުގެ އަހްލުވެރިންގެ ތެރެއިން އަންހެނުން ފިޔަވާ އެހެން ޣައިރު މުސްލިމަކާ‬
‫ކައިވެނިކުރުން މުސްލިމުންނަށް ޙަރާމްވެގެންވެއެވެ‪ .‬ނަމަވެސް އެއިން މީހަކު އިސްލާމް ވެއްޖެނަމަ‪ ،‬އޭގެ‬
‫ފަހުގައި އެއިން މީހަކާ ކައިވެނިކުރުން ހުއްދައެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪88‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ާޚއްޞަ ސަ ާމ ު‬
‫ލކަމ ެ ްއ ދޭ ން ޖެ ޭހ ކަމ ެ ްއ‬
‫ކައިވެންޏާއި ވަރި އާއި ރުޖޫޢަ ފަދަ ކޮންމެ ކަމަކީ ފަރުދީ މަޞްލަޙަތުގެ އިތުރުން‪ ،‬މުޅި މުޖުތަމަޢުގެ މަޞްލަޙަތާ‬
‫އަދި ދަރިންގެ ތަރުބިއްޔަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ‪ .‬އެހެންކަމުން ތަފާތު ޒަމާންތަކުގައި‬
‫މުޖުތަމަޢުތަކަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް އެކަންކަމާގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދަންޖެހެއެވެ‪ .‬އެފަދަ‬
‫ޤާނޫނުތަކާއި ޤަވާޢިދުތަކަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ކަމެއްގެ ރުކުނަކަށް‪ ،‬ނުވަތަ ޝަރުޠަކަށް ބަދަލެއް‬
‫ގެނުވާ އެއްޗަކަށް ވެގެންނުވާނެއެވެ‪ .‬އެހެންކަމުން އެފަދަކަންކަމުގައި ހެދިފައި ހުންނާނީ އިދާރީ ޤަވާޢިދުތަކެވެ‪.‬‬
‫އެ ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކޮންމެ މުސްލިމެއްގެވެސް ވާޖިބެކެވެ‪ .‬އެހެނީ އެއީ ވެރިމީހާގެ‬
‫އަމުރުތަކަކަށް ވާތީއެވެ‪ .‬ވީމާ‪ ،‬ކައިވެނި ކުރުމާއި ވަރި ސާބިތުކުރުމާއި ރުޖޫޢަކުރުންފަދަ ކަންކަމާގުޅޭގޮތުން‬
‫ހެދިފައިވާ ޤާނޫނު ތަކަށް ތަބާވުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ‪ .‬ޤާނޫނަކީ އިސްލާމީ ޝަރީޢަތާ‬
‫ޚިލާފަށް ހެދިފައިވާ ޤާނޫނަކަށްވުމަކީ ޤާނޫނަށް ތަބާވުން ދޫކޮށްލުން ހުއްދަ ވެގެންވާ ހަމައެކަނި ޙާލަތެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ވަގުތީ ގޮތުން ކައިވެނިކުރުން ޙަރާމްވާ މީހުންގެ ތެރެއިން ‪ 3‬މީހެއް ބުނެދޭށެވެ!‬

‫‪ .2‬އަނބިމީހާއާ އެއްވަގުތެއްގައި އިނދެގެން އުޅުން ހުއްދަނޫން މީހުންގެ ތެރޭގައި ހިމެނެނީ ކޮންބައެއްކަން ބުނެދޭށެވެ!‬

‫(އައްނިސާ‪ )23 :‬މާނައީ "އަދި‪،‬‬ ‫󲷝󲷞﴾‬ ‫‪﴿ .3‬‬


‫ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ އުޚްތުން ދެމެދު އެއްކުރުން (އެބަހީ‪ :‬އެއްފަހަރާ ދެ އުޚްތުންނާ އިނުން) ވެސް‬
‫ޙަރާމްކުރެއްވިއެވެ‪ ".‬މި އާޔަތުގައިވާ ދެ އުޚްތުންގެ މުރާދަކީ ކޮބައިކަން ބުނެދޭށެވެ! އަދި އެ ލަފުޒުގެ ދަށުން‬
‫ޝާމިލްވާ އުޚްތުންނަކީ ކޮބައިކަން ބުނެދޭށެވެ! އަދި މި އާޔަތުން ނެގޭ ފިޤުހީ ޙުކުމެއް ވެސް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫"ކައިވެނިކުރުން ޙަރާމްވާ މީހުންގެ ތެރޭގައި ހިމެނެނީ ކައިވެނިކުރުން ދާއިމަށް ޙަރާމްވާ މީހުންނާއި އަދި ވަގުތީ ގޮތުން‬
‫ޙަރާމްވާ މީހުންނެވެ‪ ".‬މި ޢިބާރާތުގައި ދަށުރޮނގު ދަމާފައިވާ ދެ ޢިބާރާތުގެ ތަފާތު ބުނެދޭށެވެ!‬

‫‪89‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪5‬‬

‫ޣައި ުރ މުސް ލިމުންނާ ކައިވެނިކުރުން‬

‫ކައިވެނި ކުރުމުގެ ޙުކުމް ދެނެގަތުމަށް ޣައިރު މުސްލިމުން ދެ ބަޔަކަށް ބަހާލައެވެ‪ .‬އެއީ ޣައިރު މުސްލިމުންކުރެ އަހްލު‬
‫ކިތާބީންނާއި‪ ،‬އަހްލުކިތާބީން ނޫން މީހުންނެވެ‪ .‬އަދި ޣައިރު މުސްލިމުންނާ ކައިވެނކުރުމުގެ ޙުކުމުގައި ފިރިހެނުންނާއި‬
‫އަންހެނުން ތަފާތެވެ‪ .‬އެގޮތުން‪:‬‬

‫‪ .1‬މުސްލިމް ފިރިހެނަކު‪ ،‬އަހްލުކީތާބީންގެ ތެރެއިން ހިމެނިގެންނުވާ ޣައިރު މުސްލިމް އަންހެނަކާ ކައިވެނިކުރުން‪:‬‬


‫މިފަދައިން ކައިވެނި ކުރުމަކީ ހުއްދަކަމެއް ނޫނެވެ‪ .‬ވަކިދީނެއް ޤަބޫލުނުރާ މީހުންނާއި މުޝްރިކުންނާއި‬
‫ބުދަށްއަޅުކަން ކުރާމީހުންނާއި އަދި މި ނޫނަސް‪ ،‬އިސްލާމްދީން ނޫން އެހެންދީނަކަށް އުޅޭ އަންހެނަކާއި‬
‫ކައިވެނިކުރުން މުސްލިމް ފިރިހެނުންގެ މައްޗަށް ޙަރާމްވެގެންވެއެވެ‪.‬‬

‫‪ .2‬މުސްލިމް ފިރިހެނަކު‪ ،‬އަހްލުކިތާބީންގެ ތެރެއިން އަންހެނަކާ ކައިވެނިކުރުން‪ :‬މިއީ ހުއްދަކަމެކެވެ‪ .‬ނަމަވެސް‬


‫އަންނަނިވި ސަބަބުތަކަށްޓަކައި ބޮޑަށް އެދެވެނީ އަހްލުކިތާބީންނާ ކައިވެނި ނުކުރުމެވެ‪.‬‬
‫ހ‪ .‬ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނާގެ ދައުރު ބޮޑުވުމާއެކު‪ ،‬އެ ފަދަ އަންހެނަކާ ކައިވެނިކުރުމަކީ‪،‬‬
‫ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ އުޞޫލުތަކާ ދުރަށް ދިއުން ގާތްކަމަކަށްވުން‬
‫ށ‪ .‬ދަރިންގެ މަންމައަކީ ދީނީ އަދި ދުނިޔެވީ ކަންކަމުގައި ދަރިންނަށް ހުރި ނަމޫނާއެއް ކަމުގައި ވުމަށް‬
‫ހުރަހަކަށްވުން‬
‫ނ‪ .‬މުސްލިމުންގެ ތެރޭގައި އުޅޭ ޣައިރު މުސްލިމުން ގިނަވުމަކީ ޣައިރު މުސްލިމުންގެ އާދަތައް މުސްލިމް‬
‫މުޖުތަމަޢުގައި ފެތުރުން ގާތްކަމެއް ކަމުގައިވުން‬

‫ކައިވެނި ކުރުން ހުއްދަ‬ ‫އަހުލުކިތާބީ އަންހެނަކާ‬ ‫މުސްލިމް ފިރިހެނަކާ‬

‫ކައިވެނި ކުރުން ޙަރާމް‬ ‫އަހުލުކިތާބީ ނޫން ޣައިރު މުސްލިމް އަންހެނަކާ‬ ‫މުސްލިމް ފިރިހެނަކާ‬

‫ކައިވެނި ކުރުން ޙަރާމް‬ ‫އަހުލުކިތާބީ ފިރިހެނަކާ‬ ‫މުސްލިމް އަންހެނަކާ‬

‫ކައިވެނި ކުރުން ޙަރާމް‬ ‫އަހުލުކިތާބީ ނޫން ޣައިރު މުސްލިމް ފިރިހެނަކާ‬ ‫މުސްލިމް އަންކެނަކާ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪90‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .3‬މުސްލިމް އަންހެނަކު ޣައިރު މުސްލިމު ފިރިހެނަކާ ކައިވެނިކުރުން‪ :‬މުސްލިމް އަންހެނަކު ޣައިރު މުސްލިމުންގެ‬
‫ތެރެއިން އަހްލުކިތާބީއަކާވެސް އަދި އަހުލުކިތާބީއަކަށް ނުވާ ޣައިރު މުސްލިމް ފިރިހެނަކާ ވެސް ކައިވެނިކުރުން‬
‫ހުއްދަވެގެން ނުވެއެވެ‪ .‬މިކަމަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ‪ .‬މިކަން ޙަރާމްކުރައްވާފައިވުމުގެ‬
‫ޙިކުމަތްތަކުގެ ތެރޭގައި‪:‬‬
‫ހ‪ .‬މުސްލިމު އަންހެނަކު ޣައިރު މުސްލިމު ފިރިހެނަކާ ކައިވެނިކުރުމަކީ‪ ،‬މުސްލިމެއް ކާފިރެއްގެ ބާރުވެރިކަމުގެ‬
‫ދަށަށް ދިއުމެވެ‪ .‬އެއީ އިސްލާމްދީން މަނާކުރާކަމެކެވެ‪.‬‬
‫ށ‪ .‬ޢާއިލާގެ އިސްމީހަކީ ފިރިމީހާއެވެ‪ .‬ފިރިމީހާ އަކީ ކާފިރެއްކަމުގައި ވެއްޖެނަމަ‪ ،‬ދަރިން ތަރުބިއްޔަތުކުރުމާއި‬
‫ދިރިއުޅުމުގެ ވައްޓަފާޅީގައި ކާފިރުންގެ އުޞޫލުތައް ގެންގުޅެއް ޖެހުމަކީ އެކަށީގެންވާ ކަމަކެވެ‪ .‬އެހެންކަމުން‬
‫އެއީ މުސްލިމަކު ކުރުން އެކަށޭނަކަމަކަށް ނުވާނެއެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬މުސްލިމް ފިރިހެނުން ޣައިރު މުސްލިމް އަންހެނުންނާ ކައިވެނިކުރުމުގެ ޙުކުމް ބުނެދޭށެވެ!‬

‫‪ .2‬މުސްލިމް އަންހެނުން ޣައިރު މުސްލިމް ފިރިހެނުންނާ ކައިވެނިކުރުން ޙަރާމްކުރެއްވުމުގެ ‪ 2‬ޙިކުމަތެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަފްޒަލް އަލަތު ކައިވެނިކުރީ މާޝާ ކިޔާ ކުއްޖަކާއެވެ‪ .‬މާޝާއަކީ އެހެން މީހަކާ އިދެ‪ ،‬ދަރިއަކުވެސް ލިބިފައިވާ‬
‫މީހެކެވެ‪ .‬މިކައިވެންޏަށްފަހު އަފްޒަލާއި މާޝާއަށް ލިބުނީ އެއްމާބަނޑު ދެ ކުދިންނެވެ‪ .‬ކައިވެނީގެ ސަބަބުން މާޝާގެ‬
‫ޢާއިލާއިން ބަޔަކާއި ކައިވެނިކުރުން އަފްޒަލްއަށް ޙަރާމްވެއެވެ‪ .‬އަދި މާޝާއަށްވެސް އަފްޒަލް ގެ ޢާއިލާގެ މީހުންގެ‬
‫ތެރެއިން ބަޔަކާއި ކައިވެނިކުރުން ޙަރާމްވެއެވެ‪ .‬ކައިވެނީގެ ސަބަބުން އަފްޒަލް ކައިވެނިކުރުން ދާއިމަށް ޙަރާމްވާ‬
‫މީހުންނާއި ވަގުތީ ގޮތުން ޙަރާމްވާ މީހުން އެނގޭނެހެން ޓޭބަލްއެއް ހަދާށެވެ! އަދި ކައިވެނީގެ ސަބަބުން މާޝާ‬
‫ކައިވެނިކުރުން ދާއިމަށް ޙަރާމްވާ މީހުންނާއި ވަގުތީ ގޮތުން ޙަރާމްވާ މީހުން އެނގޭނެ ޓޭބަލްއެއް ހަދާށެވެ!‬

‫‪91‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪6‬‬

‫ކައިވެނީގ ެ ރަނާ އި ވަލީ ާމ‬


‫ކައިވެނީގެ ރަން‬ ‫‪6.1‬‬

‫ކައިވެނީގެ ރަނަކީ ކައިވެނީގެ ސަބަބުން ފިރިމީހާ އަނބިމީހާއަށް ދިނުން ވާޖިބުކުރައްވާފައިވާ މުދަލަށް ކިޔާނަމެކެވެ‪.‬‬
‫ޢާންމު ގޮތެއްގައި އެމުދަލުގެ މިންވަރު ކަނޑައަޅާނީ ކައިވެނި ކުރުމުގެ ކުރިން އަންހެނާއެވެ‪ .‬އަންހެންމީހާ ރަނުގެ‬
‫ގޮތުގައި ކަނޑައަޅާ މިންވަރު ކައިވެނި ކުރުމަށްފަހު އަނބިމީހާއަށް ދިނުން ފިރިމީހާގެ މައްޗަށް ވާޖިބުވެއެވެ‪.‬‬

‫ރަނު ގެ ުޙކުމް‬ ‫‪6.2‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ކޮންމެ ކައިވެންޏެއްގައިވެސް ރަން ކިޔުމާއި ދިނުމަކީ ވާޖިބެކެވެ‪ .‬މާތް‬

‫(އައްނިސާ‪)4 :‬‬ ‫ﱡﭐ ﲓ ﲔ ﲕ ﲖﲗﱠ‬


‫މާނައީ "އަންހެނުންނަށް އެކަނބަލުންގެ ރަން‪ ،‬ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ‪".‬‬

‫ރަނާގުޅޭ ބައެއް ޙުކުމްތައް‬ ‫‪6.3‬‬

‫‪ .1‬ރަނުގެ މަދު މިންވަރަށް އަދި ގިނަ މިންވަރެއް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައެއް ނުވެއެވެ‪ .‬ނަމަވެސް‬
‫އަގެއް ހުރި ކޮންމެ އެއްެޗެއްވެސް ކައިވެނީގެ ރަނުގެ ގޮތުގައި ދެވިދާނެއެވެ‪.‬‬

‫‪ .2‬ކައިވެނީގެ ޢަޤްދުގައި ރަނުގެ މިންވަރު ބަޔާންކުރުމަކީ މުސްތަޙައްބުކަމެކެވެ‪.‬‬

‫‪ .3‬ކައިވެނީގެ ޢަޤްދުގައި ރަނުގެ މިންވަރު ބަޔާންކޮށްފައި ނުވިޔަސް ކައިވެނި ޞައްޙަވާނެއެވެ‪.‬‬

‫ކައިވެނީގެ ޢަޤްދުގައި ރަނުގެ މިންވަރު ކަނޑަޅާފައިނުވާނަމަ‪" ،‬މަހްރުލް މިޘްލު" (އެއްފަދަ ރަން އަނބިމީހާއަށް‬
‫ދިނުން ވާޖިބުވެއެވެ‪.‬‬

‫‪ .4‬ކައިވެންޏަށް ރަން ކިޔާފަރާތަކީ އަންހެންމީހާއެވެ‪ .‬އަދި މިންވަރު ކަނޑައެޅުމުގައި‪ ،‬އެހެން މީހުންނާ‬


‫މަޝްވަރާކުރުމަކީ ހުއްދަކަމެކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪92‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .5‬ރަނުގެ ގޮތުގައި ލިބޭ އެއްޗެއްގެ ފުރިހަމަ މިލްކުވެރި ފަރާތަކީ އަނބިމީހާއެވެ‪ .‬އެ ލިބުނު އެއްޗެއް އަނބިހާ‬
‫ބޭނުން ކޮންމެ މީހަކަށް ދިނުމަކީވެސް ދީނުގައި ހުއްދަކަމެކެވެ‪.‬‬

‫‪ .6‬ރަނުގެ މިންވަރު ކަނޑައެޅުމުގައި ސުންނަތްވެގެންވަނީ‪ ،‬ކައިވެނިކުރާ ފިރިހެނާއަށް ތަކުލީފަކަށްނުވާ މިންވަރަށް‬


‫ރަން ކިޔުމެވެ‪.‬‬

‫‪ .7‬ރަނުގެ މިންވަރު ކައިވެނީގެ ޢަޤްދުގައި ބަޔާންކޮށް ކައިވެނިކުރުމަށްފަހު‪ ،‬އަނބިމީހާއާ ރޭނުކޮށް ވަރިކޮށްފިނަމަ‪،‬‬


‫އަނބިމީހާއަށް ދޭންޖެހޭ މިންވަރަކީ ރަނުގެ ގޮތުން ކިޔާފައިވާ މިންވަރެއްގެ ދެބައިކުޅަ އެއްބައެވެ‪.‬‬

‫ވަލީ ާމ‬ ‫‪6.4‬‬

‫ވަލީމާއަކީ‪ ،‬ކައިވެނީގެ އުފަލުގައި ކައިވެނި އިޢުލާންކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ކެއުމަށް ކިޔާނަމެކެވެ‪.‬‬

‫ވަލީ ާމގ ެ ުޙކު ާމއި ަދލީ ު‬


‫ލ‬ ‫‪6.5‬‬

‫رسو ُل ِ‬
‫هللا‬ ‫َ ُْ‬ ‫ވަލީމާ ބޭއްވުމަކީ މުސްތަޙައްބު ކަމެކެވެ‪ .‬ޢަބްދުއްރަޙްމާން ބުނު ޢައުފް ކައިވެނި ބައްލަވައިގަތުމާ ގުޅިގެން‬
‫(ރިވާކުރެއްވީ ބުޚާރީ) މާނައީ "ބަކަރިއެއްގެ މިންވަރުން‬ ‫أ َْوِلْ َولَ ْو بِ َش ٍاة‬ ‫ޙަދީޘްކުރެއްވިއެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬
‫َ‬
‫ނަމަވެސް ވަލީމާ ބާއްވާށެވެ‪".‬‬

‫ވަލީ ާމގެ ޙިކުމަތް‬ ‫‪6.6‬‬

‫ވަލީމާ ބޭއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ‪ ،‬ދެ މީހަކު ކައިވެނިކުރިކަން‬


‫މީސްތަކުންގެ މެދުގައި އިޢުލާންކުރުމެވެ‪ .‬މި ޙިކުމަތުގެ އިތުރުން‬
‫އަންނަނިވި މަޤްޞަދުތައް ވެސް ވަލީމާއިން ޙާޞިލުވެއެވެ‪.‬‬

‫ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން‬ ‫މާތް ﷲ‬ ‫‪.1‬‬


‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ގެ ސުންނަތަށް ތަބާވުން‬ ‫َر ُس ْو ُل هللا َ‬ ‫‪.2‬‬
‫‪ .3‬އަލަށް ޢާއިލާއާ ގުޅުނު ފަރާތްތަކަށް މަރުހަބާކިޔުން‬
‫‪ .4‬ޢާއިލީ ގުޅުމާއި އިޖުތިމާޢީ ގުޅުން ބަދަހިވުން‬

‫‪93‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ވަލީ ާމ ާއ ގު ޭޅ ބައެ ްއ ުޙކުމްތަ ްއ‬ ‫‪6.7‬‬

‫‪ .1‬ކައިވެނީގެ ޢަޤްދު ކުރެވުމާއެކު ވަލީމާ ބޭއްވުމުގެ ވަގުތު‬


‫ފެށުނީއެވެ‪ .‬އޭގެފަހުން‪ ،‬ކައިވެނި އިޢުލާންކުރުމުގެ މަޤްޞަދު‬
‫ގެއްލިގެން ނުދާހާ ހިނދެއްގައި ވަލީމާ ބޭއްވިދާނެއެވެ‪.‬‬

‫‪ .2‬ވަލީމާގައި ވަކި ވައްތަރެއްގެ ކެއުމެއް ތައްޔާރުކުރުން‬


‫ލާޒިމްވެގެން ނުވެއެވެ‪ .‬ވަލީމާ ބާއްވާ ފަރާތަށް ކުޅަދާނަވެގެންވީ‬
‫ކޮންމެ އެއްޗަކުންވެސް ވަލީމާ ބޭއްވިދާނެއެވެ‪.‬‬

‫‪ .3‬ވަލީމާއަށް ދަޢުވަތު ދިނުމުގައި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ރައްޓެހިން ހިމެނުން އެދެވިގެންވެއެވެ‪.‬‬

‫‪ .4‬ނަސަބުގެ ގޮތުން މަތީ މީހުންނާއި މުއްސަނދިންނަށް ދަޢުވަތު ދީފައި‪ ،‬ނިކަމެތިންނާއި ފަޤީރުން ވަލީމާގެ‬
‫ދަޢުވަތުން މަޙްރޫމްކުރުމަކީ ޙަރާމްކަމެކެވެ‪.‬‬

‫‪ .5‬ވަލީމާއަށް ދަޢުވަތު ލިބުމުން‪ ،‬ވަލީމާއަށް އިޖާބަ ދިނުމަކީ ވާޖިބެކެވެ‪ .‬ވަލީމާގައި ބައިވެރި ނުވެވޭ ފަދަ އުޒުރެއް‬
‫އޮތްނަމަ ވަލީމާގައި ބައިވެރިނުވުމަކީ ހުއްދަކަމެކެވެ‪.‬‬

‫‪ .6‬ވަލީމާގެ ޙަފްލާ އޮންނަންވާނީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޝަރުޢީ އިންތަކުގެ ތެރޭގައެވެ‪ .‬ޝަރުޢީ‬


‫އިމުން ބޭރުވެފައިވާނަމަ ވަލީމާގެ ދަޢުވަތަށް އިޖާބަ ދިނުން ވާޖިބުވެގެން ނުވެއެވެ‪.‬‬

‫‪ .7‬ވަލީމާއަށްދާ މީހުން‪ ،‬ދެމަފިރިންނަށްޓަކައި މަރުހަބާ ކިޔައި‪ ،‬ބާއްޖަވެރި ދިރިއުޅުމެއް ލިބުމަށާއި ބަރަކާތަށް އެދި‬
‫ك‬
‫ك َوَب َرَك َعلَْي َ‬
‫اللُ لَ َ‬
‫َب َرَك َّ‬ ‫ދުޢާކުރުމަކީ މުސްތަޙައްބު ކަމެކެވެ‪ .‬އެ ގޮތުން ވާރިދުވެފައިވާ އެއް ދުޢާއަކީ‪،‬‬
‫(ރިވާކުރެއްވީ‪ :‬އައްތިރްމިޛީ) މާނައީ "ތިބާއަށް ބަރަކާތް ލައްވާށި! ތިބާގެ މައްޗަށް‬ ‫َو َجَ َع بـَيـْنَ ُك َما ِف َخ ٍْي‬
‫ބަރަކާތް ލައްވާށި! ހެޔޮގޮތުގައި ދެ މީހުން އެކުގައި ލައްވާށި!"‬

‫‪ .8‬ކައިވެނީގެ އުފަލުގައި ދެމަފިރިންނަށް ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪94‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ބ ތަ ްއ‬ ‫ވަލީ ާމގ ެ ޙަފ ް ާލ ޭބ ްއ ުވމުގައި ސަ ާމ ު‬


‫ލވާން ޖެ ޭހ އަ ަދ ު‬ ‫‪6.8‬‬

‫‪ .1‬ދެއްކުންތެރިކަމުގެ ނިޔަތުގައި ވަލީމާ ނުބޭއްވުން‬

‫‪ .2‬އިސްރާފްކުރުމުން ދުރުހެލިވުން‬

‫‪ .3‬ހަދިޔާ ހޯދުމުގެ ނިޔަތުގައި ވަލީމާ ނުބޭއްވުން‬

‫‪ .4‬ވަލީމާގެ ބައިވެރިން ހަދިޔާ ގެނައުން ލާޒިމްނުކުރުން‬

‫‪ .5‬ދެ ޖިންސު ގައިގޯޅިވާންޖެހޭ ފަދައިން ވަލީމާގެ ޙަފްލާ އިންތިޒާމުނުކުރުން‬

‫‪ .6‬ޝަރުޢީ މިންގަނޑާ ޚިލާފު ހެދުންތަކުގައި ވަލީމާގެ ޙަފްލާއަށް ނުދިއުން‬

‫‪ .7‬ނެށުމާއި މިއުޒިކުކުޅުން ފަދަ ޝަރީޢަތާ ޚިލާފު ކަންތައްތަކާއެކު ވަލީމާގެ ޙަފްލާ ނުބޭއްވުން‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ކައިވެނީގެ ރަނަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬ކައިވެނީގެ ރަނުގެ ޙުކުމަކީ ކޮބައިކަން ބުނެދޭށެވެ! އަދި ކައިވެނީގެ ރަނުގެ މިންވަރު‪ ،‬ކައިވެނީގެ ޢަޤްދުގައި‬
‫ބަޔާންކުރުމުގެ ޙުކުމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪" .3‬އެއްފަދަ ރަން" އަކީ ކޮން އެއްެޗެއްކަން ބުނެދޭށެވެ!‬

‫‪ .4‬ވަލީމާ ބޭއްވުމުގެ ޙުކުމާއި ޙިކުމަތް ބުނެދޭށެވެ!‬

‫‪ .5‬ވަލީމާގެ ދަޢުވަތާ ގުޅޭ ގޮތުން ފިޤުހީ ‪ 3‬ޙުކުމެއް ބުނެދޭށެވެ!‬

‫(އައްނިސާ‪ )4 :‬މި އާޔަތުން ނެގޭ ފިޤުހީ ޙުކުމަކާއި‪ ،‬އަދި‬ ‫ﱡﭐ ﲓ ﲔ ﲕ ﲖﲗﱠ‬ ‫‪.6‬‬
‫ދޭހަވާ ދެ ކަމެއް ލިޔާށެވެ!‬

‫‪95‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ޙަރަކާތް ‪2‬‬

‫އަންނަނިވި ޖުމްލަތަކުގައި ބުނާ ކަންތަކާ މެދު މުޖުތަމަޢުގައި ޢަމަލުކުރެވެމުން އަންނަ ގޮތާމެދު ގުރޫޕު ކުދިންގެ‬
‫މެދުގައި މަޝްވަރާ ކުރާށެވެ! އަދި ފާހަގަ ކުރެނުވު ނުކުތާތަށް ކުލާހަށް ހުށައަޅައިދޭށެވެ!‬

‫‪ .1‬ރަނުގެ ގޮތުގައި ލިބޭ އެއްޗެއްގެ ފުރިހަމަ މިލްކުވެރިކަން ލިބިގެންވާ ފަރާތް‬

‫‪ .2‬ރަނުގެ މިންވަރު ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތައް‬

‫‪ .3‬ވަލީމާއަށް ދާއިރު ހަދިޔާއެއް ގެންދިއުން‬

‫‪ .4‬ވަލީމާގެ ޙަފްލާގައި މުންކަރާތެއް އެކުލެވިގެންވާނަމަ ކަންތައް ކުރާނެ ގޮތް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪96‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފި ާލވަޅު ‪7‬‬

‫ކައިވެނީގ ެ ުރކުން ތ ަ ާކއި ަ‬


‫ޝ ުރޠުތަ ްއ‬

‫ކައިވެނީގެ ުރކުން ތަ ްއ‬ ‫‪7.1‬‬

‫ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ކައިވެނީގައި އެކުލެވިގެންވަނީ ‪ 5‬ރުކުނެކެވެ‪ .‬ކައިވެނި ޞައްޙަވުމަށްޓަކައި‬


‫މި ރުކުންތައް ފުރިހަމަވާން ޖެހެއެވެ‪ .‬އަދި މިއިން ކޮންމެ ރުކުނަކާ ގުޅިފައިވާ ޝަރުޠުތައް ވެސް ފުރިހަމަވާންޖެހެއެވެ‪.‬‬

‫ކައިވެނީގެ ރުކުންތަކަކީ‪:‬‬

‫‪ .1‬ކައިވެނިކުރާ ފިރިހެނާ‬

‫‪ .2‬ކައިވެނިވެވޭ އަންހެނާ‬

‫‪ .3‬ވަލީވެރިޔާ‬

‫‪ .4‬ދެ ހެކިން‬

‫‪ .5‬ކައިވެނީގެ ޞީޣާ‬

‫ފ ު ަރ ތަމަ ުރކުން ‪ :‬ކައިވެނިކުރާ ފިރިހެނާ‬

‫ކައިވެނިކުރާ ފިރިހެނާއަކީ ކައިވެނީގެ ޢަޤްދުގެ ދެ ފަރާތުގެ ތެރެއިން އެއްފަރާތެވެ‪ .‬ވަލީވެރިޔާ‪ ،‬އޭނާގެ‬


‫ވަލީވެރިކަމުގެ ދަށުގައިވާ އަންހެން ކުއްޖާ ކައިވެނި ކޮށްދިނުމުން އަނބި ގަބޫލުކުރުމުގެ ބަސްބުނާ ފަރާތަކީ‬
‫ކައިވެނި ކުރާ ފިރިހެނާއެވެ‪.‬‬

‫‪ .1‬ކައިވެނިވެވޭ އަންހެނާއަށް ޙަލާލު މީހެއްކަމުގައިވުން‬ ‫ފިރިހެނާގެ ޝަރުޠުތައް‪:‬‬


‫‪ .2‬ކަނޑައެޅިގެން އެނގޭ މީހެއްކަމުގައިވުން‬
‫‪ .3‬ފިރިހެނެއްކަމުގައިވުން‬
‫‪ .4‬ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމްބަނދެގެން ހުރި މީހެއްކަމުގައި ނުވުން‬

‫‪97‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ނ ުރކުން ‪ :‬ކައިވެނިވެ ޭވ އަން ހެނާ‬


‫ެދވަ ަ‬

‫ކައިވެނިވެވޭ އަންހެނާއަކީ‪ ،‬އެ އަންހެނަކާ ގުޅޭ ގޮތުން ކައިވެނީގެ ޢަޤްދު ބިނާވެފައިވާ އަންހެނާއެވެ‪ .‬ކައިވެނި‬
‫ކޮށްދޭންވާނީ‪ ،‬އެ އަންހެނާގެ ރުހުމާއެކު އޭނާގެ އިޒުނަ ލިބިގެންނެވެ‪ .‬މި ފަދައިން ކައިވެނިވެވޭ މީހާގެ ކިބައިގައި‬
‫އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ‪.‬‬

‫‪ .1‬ކައިވެނިވެވޭ ފިރިހެނާއަށް ޙަލާލު މީހެއްކަމުގައިވުން‬ ‫އަންހެނާގެ ޝަރުޠުތައް‪:‬‬


‫‪ .2‬ކަނޑައެޅިގެން އެނގޭ މީހެއްކަމުގައިވުން‬
‫‪ .3‬އަންހެނެއް ކަމުގައިވުން‬
‫‪ .4‬ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމްބަނދެގެން ހުރި މީހެއްކަމުގައި ނުވުން‬

‫ނ ުރކުން ‪ :‬ވަލީވެރިޔާ‬
‫ތިން ވަ ަ‬

‫ވަލީވެރިޔާއަކީ‪ ،‬ކައިވެނި ވެވޭ އަންހެނާގެ ތިމާގެ މީހުންގެ ތެރެއިން ކަނޑައެޅިފައިވާ ޚާއްޞަ ބައެކެވެ‪.‬‬
‫ވަލީވެރިޔާގެ ގޮތުގައި އަބަދުވެސް ހުންނާނީ ކައިވެނިކުރާ އަންހެން ކުއްޖާއާ އެންމެ ގާތް ފިރިހެނެއް އަންނަނިވި‬
‫ތަރުތީބުންނެވެ‪.‬‬

‫‪ .1‬ބައްޕަ‬ ‫ވަލީވެރީންގެ ތަރުތީބު‪:‬‬

‫‪ .2‬ބައްޕަ ފަރާތު ކާފައިން (ކާފަގެ ބައްޕަ‪ ،‬މުނިކާފަގެ ބައްޕަ‪ ،‬މިހެން ކިތަންމެ‬
‫ދުރަށް ދިއަޔަސް)‬
‫‪ .3‬އެއްބަނޑު އެއްބަފާ އަޚުން‬
‫‪ .4‬އެއްބަފާ އަޚުން‬
‫‪ .5‬އެއްބަނޑު އެއްބަފާ އަޚުގެ ފިރިހެން ދަރިން‬
‫‪ .6‬އެއްބަފާ އަޚުގެ ފިރިހެން ދަރިން‬
‫‪ .7‬ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑު ބޭބެއިން‬
‫‪ .8‬ބައްޕައާ އެއްބަފާ ބޮޑު ބޭބެއިން‬
‫‪ .9‬ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑު ބޭބެގެ ފިރިހެން ދަރިން‬
‫‪ .10‬ބައްޕައާ އެއްބަފާ ބޮޑު ބޭބެގެ ފިރިހެން ދަރިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪98‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫އިސްވެ ބަޔާންކުރެވުނު ލިސްޓުގައި ހިމެނޭ މީހެއް ދުނިޔޭގައި ނެތްނަމަ‪ ،‬ނުވަތަ އެއިންމީހަކު ހުރުމާއެކުވެސް‬
‫ވަލީވެރިޔާގެ ކިބައިގައި އެކުލެވޭ ޝަރުޠުތައް ފުރިހަމަވާ މީހެއް ނެތްނަމަ‪ ،‬އެ ފަދަ އަންހެން ކުއްޖެއްގެ‬
‫ވަލީވެރިއަކީ ޙާކިމް މީހާއެވެ‪ .‬ނުވަތަ އެކަމަށް ޙާކިމް ހަމަޖައްސަވާފައިވާ މީހާއެވެ‪.‬‬

‫صلَّى‬ ‫ِ‬
‫ވަލީވެރިޔާގެ ރުހުންނެތި ކުރެވޭ ކައިވެންޏަކީ ޞައްޙަ ކައިވެންޏެއްކަމުގައި ނުވެއެވެ‪َ .‬ر ُس ْو ُل هللا َ‬
‫اح َها َب ِط ٌل‬ ‫هللا علَي ِه وسلَّم ޙަދީޘްކުރައްވާފައިވެއެވެ‪ .‬أَُّيَا امرأ ٍَة نَ َكح ِ ِ ِ ِ ِ‬
‫ت بغَ ِْي إ ْذن َوليِّ َها فَن َك ُ‬
‫َ ْ‬ ‫َْ‬ ‫ُ َْ ََ َ‬
‫ِ‬
‫كاح َها بطل (ރިވާކުރެއްވީ‪ :‬އައްތިރްމިޛީ) މާނައީ "ވަލީވެރިޔާގެ އިޒުނައާނުލާ ކޮންމެ‬ ‫ِ‬ ‫ِ‬ ‫ِ‬
‫اح َها َبط ٌل فَن َ ُ َ ٌ‬ ‫فَن َك ُ‬
‫އަންހެނަކު ކައިވެނި ކުރިއަސް‪ ،‬ފަހެ އެމީހާގެ ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ‪ .‬ބާޠިލް ކައިވެންޏެކެވެ‪ .‬ބާޠިލް‬
‫ކައިވެންޏެކެވެ‪".‬‬

‫‪ .1‬މުސްލިމަކަށްވުން‬ ‫ވަލީވެރިޔާގެ ޝަރުޠުތައް‪:‬‬

‫‪ .2‬ފިރިހެނެއް ކަމުގައިވުން‬
‫‪ .3‬ބާލިޣުވެފައިވުން‬
‫‪ .4‬ބުއްދި ސަލާމަތުން ހުރުން‬
‫‪ .5‬މިނިވަނެއް ކަމުގައިވުން‬

‫ނ ުރކުން ‪ެ :‬ދ ހެ ިކވެރިން‬


‫ހަތަ ުރ ވަ ަ‬

‫ހެކިވެރިންނަކީ ކައިވެނި ކުރެވޭ މަޖިލީހުގައި‪ ،‬ކައިވެނިކުރިކަން ޘާބިތުކޮށް އެކަމަށްހެކިވާ މީހުންނެވެ‪ .‬ހެކިވެރިން‬


‫ހެކިވަނީ‪ ،‬ކައިވެނިކުރި ދެފަރާތަކީ ކޮބައިކަމާއި‪ ،‬ރަނުގެ މިންވަރަކީ ކޮބައިކަމާއި‪ ،‬މިފަދަ ކަންކަމަށެވެ‪.‬‬

‫ހެކިވެރީންގެ ޝަރުޠުތައް‪:‬‬

‫‪ .5‬މިނިވަނެއް ކަމުގައިވުން‬ ‫‪ .1‬މުސްލިމުން ކަމުގައިވުން‬


‫‪ .6‬ޢަދުލުވެރިންކަމުގައިވުން‬ ‫‪ .2‬ފިރިހެނުން ކަމުގައިވުން‬
‫‪ .7‬ކައިވެނި ޢަޤްދުކޮށްދޭ މީހާއާއި‪ ،‬އަނބި ޤަބޫލުކުރާ މީހާ ވާހަކަ‬ ‫‪ .3‬ބާލިޣުވެފައިވުން‬
‫ދައްކާ ބަސް އެނގޭ‪ ،‬އަދި އަޑުއިވޭ ބައެއް ކަމުގައިވުން‬ ‫‪ .4‬ބުއްދި ސަލާމަތުން ހުރުން‬

‫‪99‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ނ ުރކުން ‪ :‬ކައިވެނީގެ ީ‬
‫ޞ ާޣ‬ ‫ފ ަސް ވަ ަ‬

‫މިއީވެސް ކައިވެނީގެ ރުކުނެކެވެ‪ .‬ކައިވެނީގެ ޞީޣާއަކީ‪ ،‬ކައިވެނީގެ ޢަޤްދުކޮށްދޭ މީހާގެ ބަހާއި‪ ،‬ކައިވެނި‬
‫ޤަބޫލުކުރާ މީހާގެ ބަހެވެ‪ .‬ކައިވެނީގެ ޢަޤްދުކޮށްދޭ މީހާއަކީ ވަލީވެރިޔާ ނުވަތަ ވަލީވެރިޔާ ކަނޑައަޅާ އޭނާގެ‬
‫ވަކީލެކެވެ‪ .‬ޢަޤްދުކޮށް ދިނުމުގެ ގޮތުން އޭނާ ބުނަނީ "އަޅުގަނޑުގެ ދަރި‪ ،‬އެވަނި މީހެއްގެ މިވެނި ދަރިއަކާ‪،‬‬
‫ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީފިން" މިފަދަ އިބާރާތެކެވެ‪.‬‬ ‫ﷲ‬ ‫މިވެނި ރަނަކަށް‪ ،‬މާތް‬

‫ކައިވެނި ޤަބޫލުކުރާ މީހާ ބުނާނީ "އަނބި ޤަބޫލުކޮށްފިން" ފަދަ ބަހެކެވެ‪.‬‬

‫‪ .1‬ކައިވެނިކޮށްދިންކަން ދޭހަވާ އިބާރާތަކުން ކައިވެނީގެ ޞީޣާ އޮތުން‬ ‫ޞީޣާގެ ޝަރުޠުތައް‪:‬‬


‫‪ .2‬އީޖާބާއި ޤަބޫލު ގުޅިފައިވުން‬
‫‪ .3‬އީޖާބާއި ޤަބޫލު އެއްގޮތްވުން‬
‫‪ .4‬އިޖާބާއި ޤަބޫލު ފުރިހަމަވުން ޝަރުޠަކާއި މަތިކޮށްފައި ނެތުން‬
‫‪ .5‬އިޖާބާއި ޤަބޫލުގައި ވަގުތެއް ކަނޑައަޅާފައި ނެތުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪100‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ކައިވެނީގެ ‪ 5‬ރުކުނެއް ވެއެވެ‪ .‬އެއީ ކޮން ރުކުންތަކެއްކަން ބުނެދޭށެވެ!‬

‫‪ .2‬ކައިވެނި ޞައްޙަވުމަށްޓަކައި ވަރަށް ގިނަ ޝަރުޠުތަކެއް‪ ،‬ކައިވެނީގެ ކޮންމެ ރުކުނެއްގައިވެސް އެކުލެވެން‬


‫ޖެހެއެވެ‪ .‬އޭގެ ތެރެއިން ވަލީވެރިޔާއާއި ހެކިވެރިންގެ ޝަރުޠުތައް ބުނެދޭށެވެ!‬

‫‪ .3‬ކައިވެނީގެ ޞީޣާ އަކީ ކޮންއެއްޗެއްކަން ބުނެދޭށެވެ!‬

‫ޙަރަކާތް ‪2‬‬

‫އަންނަނިވި މަސައްކަތް ފުރިހަމަ ކުރާށެވެ!‬

‫ކައިވެންޏާ ގުޅޭ ކަންކަމުގައި ވަލީވެރިޔާއަށް އިސްލާމްދީނުގައި ވަނީ‪ ،‬ވަރަށް ބޮޑު ބާރުތަކެއް ދެއްވާފައެވެ‪ .‬އެ‬
‫ގޮތުން ޚިޠުބާ ފުރިހަމަވަނީ ވަލީވެރިޔާގެ އިޒުނައާއެކު އެވެ‪ .‬އަދި ކައިވެނި ޞައްޙަ ކައިވެންޏަކަށްވަނީ ވަލީވެރިޔާގެ‬
‫ވަލީ ލިބިގެންނެވެ‪ .‬ވަލީވެރިޔާއަށް މިކަންކަމުގެބާރު ދެއްވާފައިވުމުގެ ޙިކުމަތަކީ ކޮބައިކަމާ މެދު ޤުރޫޕްގެ މެދުގައި‬
‫މަޝްވަރާކޮށް ފާހަގަވާ ޕޮއިންޓްތައް ނޯޓްކުރާށެވެ‪ .‬އަދި އިސްލާމްދީނުގައި މިކަން މިގޮތަށް ހަމަޖައްސަވާފައިވުމުން‬
‫ދޭހަވާ ކަންކަމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪101‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪8‬‬

‫ެދމަފިރިން ގ ެ ޙަ ްއޤުތަ ާކއި ާވޖި ު‬


‫ބ ތ ަ ްއ‬

‫ތ ަ ާޢ ަރފ ު‬ ‫‪8.1‬‬

‫ކައިވެނީގެ ޢަޤްދުގެ ސަބަބުން‪ ،‬ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ ޙައްޤުތަކެއްވެއެވެ‪ .‬އަދި ދެމަފިރިންކުރެ‬
‫ކޮންމެ މީހަކު އަދާކުރަންޖެހޭ ވާޖިބުތަކެއް ވެއެވެ‪ .‬އެކަކު އަދާކުރަންޖެހޭ ވާޖިބުތަކަކީ އަނެކަކަށް ލިބެންޖެހޭ‬
‫ޙައްޤުތަކެވެ‪ .‬މި ގޮތުން ކައިވެނީގެ ސަބަބުން އަދާކުރަންޖެހޭ ދެމަފިރިންގެ ޙައްޤުތައް ‪ 3‬ބަޔަކަށް ބެހިގެންދެއެވެ‪ .‬އެއީ‪:‬‬

‫ފިރިމީހާއަށް ޚާއްޞަ ޙައްޤުތައް‬

‫ދެމަފިރިންވެސް ބައިވެރިވާ ޙައްޤުތައް‬

‫އަނބިމީހާއަށް ޚާއްޞަ ޙައްޤުތައް‬

‫ެދމަފިރިން އެކަކުއަ ެ‬
‫ނކަކަ ްށ އަ ާދކުރަން ޖެ ޭހ ޙަ ްއޤުތަ ްއ‬ ‫‪8.2‬‬

‫‪ .1‬ރިވެތި ގޮތުގައި މުޢާމަލާތުކުރުން‪ :‬ކައިވެނީގެ އެއް ބޭނުމަކީ އުފާފާގަތި‪ ،‬ބާއްޖަވެރި ހަމަޖެހޭ ދިރިއުޅުމެއް‬
‫އެކުގައި ވޭތުކުރުން ކަމުގައިވީ ހިނދު‪ ،‬ދެމަފިރިން އެކަކުއަނެކަކާ ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަކީ‬
‫ދެމަފިރިން އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ‪.‬‬

‫‪ .2‬ޖިންސީ ޣަރީޒާ ޙާޞިލު ކުރުމަށް ބޭނުންވާ ވަގުތު ދިނުން‪ :‬ޖިންސީ ޣަރީޒާ ހުއްދަ ގޮތުގައި ޙާޞިލުކުރެވޭނެ‬
‫ގޮތަށް ކަންކަން ހަމަޖެހިފައި އޮތުމަކީ ކައިވެނީގެ އެންމެ މުހިންމު އެއް މަޤްޞަދެވެ‪ .‬މި މަޤްޞަދު‬
‫ޙާޞިލުކުރުމަށް ދެމަފިރިންވެސް އެކަކުއަނެކަކަށް ވަގުތު ދިނުމަކީ ދެމަފިރިން އެކަކުއަނެކަކަށްޓަކައި‬
‫އަދާކުރަންޖެހޭ ޙައްޤެކެވެ‪.‬‬

‫‪ .3‬ސިއްރުތަކާއި ޢައިބުތައް ފޮރުވުން‪ :‬އެކަކު އަނެކެއްގެ އައިބުތަކާއި ސިއްރުތައް ފޮރުވާދިނުމަކީ ދެމީހުންގެ ވެސް‬
‫ޒިންމާއެކެވެ‪ .‬އަދި ޚާއްޞަކޮށް ދެމަފިރިކަމުގެ ގުޅުމާ ގުޅޭ‪ ،‬ސިއްރެއް ހާމަކުރުމަކީ ބޮޑު ފާފައެކެވެ‪.‬‬

‫‪ .4‬ޒީނަތްތެރިވުން‪ :‬އަނބިމީހާވެސް އަދި ފިރިމީހާވެސް‪ ،‬ތިމާގެ ބައިވެރިޔާއަށްޓަކައި ޒީނަތްތެރިވުމަކީ ދެމަފިރިން‬


‫އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪102‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފިރިމީ ާހއަ ްށ ާޚއްޞަ ޙަ ްއޤުތަ ްއ‬ ‫‪8.3‬‬

‫‪ .1‬ފިރިމީހާއަށް ކިޔަމަންތެރިވުން‪ :‬ފިރިމީހާ އެދޭކަންކަމަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ މައްޗަށް ވާޖިބުކަމެކެވެ‪.‬‬


‫އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭނެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫ﷲ‬ ‫‪ .2‬އަނބިމީހާއަށް ނަޞޭހަތްތެރިވުމާއި އަދަބުވެރިކުރުވުން‪ :‬އަނބިހާ ފިރިމީހާއަށް ނުކިޔަމަންތެރިވެ‪ ،‬މާތް‬


‫އެންގެވި ގޮތާޚިލާފަށް ދިރިއުޅުން ބިނާކުރާނަމަ‪ ،‬ނަޞޭހަތްދިނުމަކީ ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ‪.‬‬
‫ނަޞޭހަތް ދިނުމުންވެސް އިޞްލާޙުނުވާނަމަ‪ ،‬އަނބިމީހާއާ އެއްތަންމަތީގައި ނިދުމުން ދުރުހެލިވުމާއި‪،‬‬
‫އަދަބުވެރިކުރުމުގެ ގޮތުން‪ ،‬އަނިޔާވެރިކަމެއް ރުޅިވެރިކަމެއްނެތި އިޞްލާޙުކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ‪.‬‬
‫އަދި މައްސަލަތައް ޙައްލުނުވާނަމަ ކޮންމެ ޢާއިލާއަކުންވެސް ހަރުދަނާ މީހަކު އިސްކޮށް މައްސަލަ ޙައްލުކުރުމަށް‬
‫މަސައްކަތްކުރުން ދީނުގައި ޝަރުޢުކުރައްވާފައިވެއެވެ‪.‬‬

‫‪ .3‬ފިރިމީހާ ނެތް ހިނދުގައި ފިރިމީހާގެ މުދަލަށާއި ދަރިންނަށް ރައްކާތެރިވުން‪ :‬ފިރިމީހާ ރަށުގައި ނުވަތަ ގޭގައި‬
‫ނޫޅޭ ހިނދު‪ ،‬އަނބިމީހާގެ ހަވާލުގައި ބަހައްޓާފައިދާ ނުވަތަ އަނބިމީހާގެ ބެލުމުގެ ދަށަށް ގެއަށް ދޫކޮށްފައިދާ‬
‫މުދަލަށް އަނބިމީހާ ރައްކާތެރިވާންޖެހެއެވެ‪ .‬އަދި ފިރިމީހާ ނޫޅޭ ހިނދު ދަރިންގެ ރައްކާތެރިކަމަށް އިތުރަށް‬
‫ސަމާލުކަން ދޭންޖެހެއެވެ‪.‬‬

‫އަނ ިބ މީ ާހއަ ްށ ާޚއްޞަ ޙަ ްއޤުތަ ްއ‬ ‫‪8.4‬‬

‫‪ .1‬އަނބިމީހާއަށް ޚަރަދުކުރުން‪ :‬ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަކުން‪ ،‬އަނބިމީހާއަށް ޚަރަދުކޮށްދިނުމަކީ‬


‫މަތިކުރައްވާފައިވާ ވާޖިބެކެވެ‪ .‬އެގޮތުން‪ ،‬ކެއިން‬ ‫ﷲ‬ ‫އަނބިމީހާގެ ޙައްޤުގައި ފިރިމީހާގެ މައްޗަށް މާތް‬
‫ބުއިމާއި‪ ،‬ފޭރާން ދިނުމާއި‪ ،‬އެނޫން ވެސް ދިރިއުޅުމުގެ ޟަރޫރީ ހުރިހައި ކަންކަން ފުރިހަމަކޮށް ދިނުމަށް‬
‫ކުރަންޖެހޭ ޚަރަދުކުރުމަކީ ފިރިމީހާ ކުރަންޖެހޭނެ ކަމެކެވެ‪ .‬އެއިން ކަމަކަށް އަނބިމީހާ ޚަރަދުކުރުމަށް ލާޒިމެއް‬
‫ނުކުރެވޭނެއެވެ‪.‬‬

‫‪ .2‬ދިރިއުޅޭނެ ތަނެއް ހޯދައިދިނުން‪ :‬އަނބިމީހާއަށް ލިބެންޖެހޭ ރައްކާތެރިކަމާ އެކަށީގެންވާފަދަ ބޯހިޔާވަހިކަމެއް‬


‫އަނބިމީހާއަށް ހަމަޖައްސައިދިނުމަކީ‪ ،‬ފިރިމީހާގެ ތަނަވަސްކަން ހުރި މިންވަރަކުން އޭނާ އަދާކުރަންޖެހޭ‬
‫ވާޖިބެކެވެ‪.‬‬

‫ﷲ‬ ‫‪ .3‬ދީނުގެ ކަންކަން އޮޅުންފިލުވައިދިނުން‪ :‬އަނބިމީހާ އޭނާގެ ދުނިޔެވީ ކަންކަމާއި އުޚްރަވީ ކަންކަން މާތް‬

‫‪103‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫އެންގެވި މަގުން ކުރިޔަށް ގެންދެވޭ މިންވަރަށް‪ ،‬ދީން އޮޅުންފިލުވައި ދިނުމަކީ ފިރިމީހާގެ ވާޖިބެކެވެ‪ .‬ތިމާއަށް‬
‫ލިބިފައިވާ ޢިލްމެއް އުނގަންނައިދިނުމާއި‪ ،‬ޢިލްމު ހޯދޭނެ މަގުތައް އަނބިމީހާއަށް ތަނަވަސް ކޮށްދިނުންވެސް‬
‫މިޙައްޤުގެ ތެރޭގައި ހިމެނެއެވެ‪.‬‬

‫‪ .4‬އަނބިމީހާއަށް އޯގާތެރިވުން‪ :‬ފިރިމީހާއަކީ ޢާއިލާގެ އިސްމީހާކަމުގައި ވުމުން‪ ،‬އަނބިމީހާއާމެދު ކުރާ ކޮންމެ‬


‫ކަމަކާއި ނިންމާ ކޮންމެ ނިންމުމެއްގައި އަނބިމީހާއަށް އޯގާތެރިވުމަކީ‪ ،‬ފިރިމީހާގެ މައްޗަށް ލާޒިމުކަމެކެވެ‪.‬‬

‫‪ .5‬އަނބިންގެ މެދުގައި ހަމަހަމަކުރުން‪ :‬އެއްއަތްނބަށްވުރެ ގިނަ އަނބިން ތިބިނަމަ‪ ،‬ހުރިހައި އަނބިންގެ މެދުގައި‬
‫ހަމަހަމަކުރުމަކީ ވާޖިބެކެވެ‪ .‬އެގޮތުން‪ ،‬ހުރިހައި ޙައްޤެއް އަދާކުރުމުގައި ހަމަހަމަ ކުރަންޖެހޭނެއެވެ‪ .‬ޚާއްޞަކޮށް‬
‫ރޭކުރުމާއި‪ ،‬ޚަރަދުކުރުމުގައި ހަމަހަމަވުމަށް ސަމާލުވާންޖެހެއެވެ‪.‬‬

‫ރަނގަޅު ާޢއި ާލއެ ްއ ިބނާ ކު ުރމަ ްށޓަކައި ޢަމަ ު‬


‫ލތ ަ ްއ ބަ ްއޓަން ކުރަން ވީ ގޮތް‬ ‫‪8.5‬‬

‫ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި‪ ،‬ދިރިއުޅުމުގެ ހުރިހައި ކަމެއްގައި‪ ،‬އަދި ޚާއްޞަކޮށް ކައިވެންޏާ ގުޅޭ‬
‫އެންމެހައި ކަމެއްގައި އިސްލާމްދީން ގެނެސްދެއްވި މަގުގައި ހިފަހައްޓަން ޖެހެއެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .1‬ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ދީންވެރިކަމަށް‬


‫އިސްކަން ދިނުން‬
‫‪ .2‬ކައިވެނިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް‪ ،‬ހިލޭ‬
‫މީހުންނާ އެއްވެސް ސިފައެއްގައި ނުރަނގަޅު ގުޅުމެއް‬
‫ނުބޭއްވުން‬
‫‪ .3‬ކައިވެނިކުރާއިރު ފުރިހަމަކުރުމަށް ދީނުގައި‬
‫ކަނޑައަޅުއްވާފައިވާ ސުންނަތްތައް ދަސްކޮށް އަދާކުރުމަށާއި‪،‬‬
‫ކަނޑައެޅިފައިވާ ޛިކުރުތަކާއި ދުޢާތައް ކުރުމަށް ސަމާލުކަން ދިނުން‬
‫‪ .4‬ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް އަދާކުރުމަށް ދެމަފިރިން ފުރިހަމައަށް ސަމާލުކަން ދިނުން‬
‫‪ .5‬ރިވެތި އަޚްލާޤުގެ ސިފަތަކަށާއި ޚާއްޞަކޮށް‪ ،‬ތެދުވެރިކަމާއި ވަފާތެރިކަމަށް ސަމާލުކަން ދިނުން‬
‫‪ .6‬ދެމަފިރިން އެކަކު އަނެކަކަށް ފުރިހަމައަށް އިތުބާރުކުރުން‬
‫‪ .7‬ދެމަފިރިން އެކަކު އަނެކަކަށް އެކަށީގެންވާ ވަގުތު ދިނުން‬
‫‪ .8‬އެކަކު އަނެކަކު ފަރާތުން ފެންނަ ނުރުހެވޭ ކަންކަމަށް މަޢާފުކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪104‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .9‬ދެމަފިރިން އެކަކު އަނެކަކާ ބައްދަލުވާ ހިނދު އަބަދުވެސް އުފާރިކަމާއި ހިނިތުންވުމާއެކު ބައްދަލުކުރުން‬


‫‪ .10‬ޖެހޭ މައްސަލަތައް ބޮޑުވެ ގެއްލުމެއް ލިބެންދެން މަޑު ނުކޮށް ދެމަފިރިންގެ ދެމެދުގައި ވާހަކަ ދައްކައިގެން‬
‫މައްސަލަތައް ހައްލުކުރުން‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް ލިސްޓުކުރާށެވެ!‬


‫‪ .2‬ފިރިމީހާއަށްޓަކައި އަނބިމީހާ އަދާކުރަންޖެހޭ ވާޖިބުތަކަކީ ކޮބައިކަން ބުނެދޭށެވެ!‬
‫‪ .3‬އަނބިމީހާއަށް ޚާއްޞަވެގެންވާ ޙައްޤުތަކަކީ ކޮބައިކަން ބުނެދޭށެވެ!‬
‫‪ .4‬ބާއްޖަވެރި ޒަވާޖީ ޙަޔާތެއް ހޭދަކުރުމަށްޓަކައި ޢަމަލުތައް ބަހައްޓަންޖެހޭނެ ‪ 5‬ގޮތެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި އާޔަތްތަކާމެދު ކިޔެވިދިޔަ ފިލާވަޅުގެ އަލީގައި ވިސްނާށެވެ‪ .‬އެ އާޔަތްތަކުން ބާރު ލިބޭ ދެމަފިރިންނާ ގުޅޭ‬
‫ޙައްޤުތަކަކީ ކޮބައިކަން ބުނެދޭށެވެ! އަދި އެ ޙައްޤު ލިބެންޖެހެނީ ކޮން ފަރާތަކަށްކަން ބުނެދޭށެވެ!‬

‫‪. .1‬ﱡﭐ ﱉ ﱊ ﱋ ﱌ ﱍ ﱎﱏﱠ (އަލްބަޤަރާ‪ )187 :‬މާނައީ "އެކަނބަލުންނީ ތިޔަބައިމީހުންނަށް‬


‫ފޭރާމެކެވެ‪ .‬އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ‪".‬‬

‫‪. .2‬ﱡﭐ ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ ﱌ ﱍ‬
‫ﱎﱏ ﱠ‬
‫‪(    ‬އައްނިސާ‪ )34 :‬މާނައީ "ފިރިހެނުންނަކީ‪ ،‬އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި‬
‫މާތްކުރައްވައި‪،‬‬ ‫هللا‬ ‫ޤާއިމްވެގެންތިބޭ ބަޔެކެވެ‪( .‬އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު‬
‫އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ‪ .‬އަދި‪ ،‬އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ‪".‬‬

‫‪. .3‬ﱡﭐ ﲪ ﲫ ﲬ ﲭ ﲮ ﲯ ﲰ ﲱ ﲲ ﲳﱠ (އައްތަޙްރީމް‪)6 :‬‬


‫މާނައީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި‪ ،‬ތިޔަބައިމީހުންގެ‬
‫އަހްލުވެރިން‪ ،‬ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ‪ ،‬މީހުންނާއި ހިލައެވެ‪".‬‬

‫‪105‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪9‬‬


‫ވަރި‬

‫ތ ަ ާޢ ަރފ ު‬ ‫‪9.1‬‬

‫ބަހުގެ ގޮތުން "ވަރި" މިބަހުގެ މާނައަކީ‪ ،‬ކައިވެނީގެ ގޮށް މޮހާލުމެވެ‪.‬‬

‫ޝަރުޢީ އިޞްޠިލާޙުގައި ވަރިއަކީ‪ ،‬ވަކި ޚާއްޞަ ލަފުޒަކުން‪ ،‬ކައިވެނީގެ ޢަޤްދަށް ނިމުން ގެނައުމެވެ‪.‬‬

‫ވަރި ަ‬
‫ޝ ުރ ުޢކު ެރ ްއވުން‬ ‫‪9.2‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫އިސްލާމްދީނުގައި ވަރިކުރުންވަނީ ޝަރުޢުކުރައްވާފައެވެ‪ .‬މާތް‬

‫(އައްޠަލާޤް‪)1 :‬‬ ‫ﱡ ﭐﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱠ‬
‫މާނައީ "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ‪ ،‬ފަހެ‪ ،‬އެކަނބަލުންގެ ޢިއްދައަށް‬
‫(ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!"‬

‫ވަރި ަ‬
‫ޝ ުރ ުޢކު ެރ ްއ ުވމުގެ ޙިކުމަތްތަ ްއ‬ ‫‪9.3‬‬

‫ވަރި ޝަރުޢުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ‪ ،‬ދެމަފިރިން އެކުގައި އުޅުމަކީ‪ ،‬އެންމެ މަޞްލަޙަތު ހުރިގޮތް‬
‫ނޫންކަމަށް ޤަބޫލުކުރެވޭ ހިނދު‪ ،‬އެ ދެމަފިރިންނަށް ވަކިވެވޭނެ މަގެއް ދެއްކެވުމެވެ‪ .‬ސަބަބކީ ބައެއް ޙާލަތްތަކުގައި‬
‫ވަރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ވާޖިބުކަމަކަށް ވާތީއެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .1‬ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލު ނުކުރެވި‪ ،‬ދެމަފިރިންނަށް އެންމެ މަޞްލަޙަތު ހުރިގޮތަކީ‬
‫ވަރިވުންކަމުގައިވުން‬

‫ކަނޑައަޅުއްވާފައިވާ އިންތައް ޤާއިމު ނުކުރެވޭނެ ސަބަބަކަށްވުން‬ ‫ﷲ‬ ‫‪ .2‬ދެފިރިން އެކުގައި އުޅުމަކީ މާތް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪106‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ވަރިކު ުރމުގެ ުޙކުމް‬ ‫‪9.4‬‬

‫ވަރިކުރުމުގެ ޢާންމު ޙުކުމަކީ‪ ،‬މުބާޙްއެވެ‪ .‬މުބާޙް ކަންކަމަކީ އެކަންކުރުން ހުއްދަ‪ ،‬ކުރުމާއި ނުކުރުން ހަމަހަމަ‬
‫ކަންކަމެވެ‪ .‬ވަރި ކުރުމުގެ ޢާންމު ޙުކުމަކީ މުބާޙްކަމުގައި ވިޔަސް‪ ،‬އެކި ޙާލަތާއި ގުޅިގެން ވަރިކުރުމުގެ ޙުކުމް‬
‫ތަފާތުވެއެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .2‬ވަރިކުރުން މުސްތަޙައްބު ހާލަތު‬ ‫‪ .1‬ވަރިކުރުން ވާޖިބުވާ ޙާލަތު‬

‫ވަރިކުރުން ވާޖިބުވާނީ‪ ،‬ދެމަފިރިންގެ ދެމެދުގައި‬


‫ޖެހޭ މައްސަލަތައް ހައްލުނުކުރެވި‪ ،‬ދެ ފަރާތުގެ‬
‫ގެ ޙައްޤުތަކުގައި ފަރުވާ ކުޑަކުރުމުގެ‬ ‫ﷲ‬ ‫މާތް‬
‫ދެ ޙަކަމުން މެދުވެރިކޮށް މައްސަލަ ޙައްލުކުރުމަށް‬
‫ސަބަބުން‪ ،‬ނަޞޭޙަތްތެރިވުމާއެކުވެސް އަނބީމީހާ‬
‫މަސައްކަތް ކުރުމަށްފަހުވެސް‪ ،‬މައްސަލަ‬
‫އިޞްލާޙުނުވާ ނަމަ‪ ،‬ވަރިކުރުމަކީ މުސްތަޙައްބު‬
‫ޙައްލުނުކުރެވި‪ ،‬ދެމީހުން އެކުގައި އުޅުމުގެ‬
‫ކަމެކެވެ‪.‬‬
‫މަޞްލަޙަތެއް ނެތްކަމަށް ދެ ޙަކަމުން ނިންމުމުން‬
‫ނުވަތަ ޤާޟީ ކަނޑެޅުމުންނެވެ‪.‬‬

‫‪ .4‬ވަރިކުރުން ޙަރާމް ޙާލަތު‬ ‫‪ .3‬ވަރިކުރުން މަކްރޫހަ ޙާލަތު‬

‫ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއްގެ މަތީގައި‬


‫ޙައިޟު ނުވަތަ ނިފާސްކަމުގައި އަނބިމީހާ‬ ‫ދެމަފިރިންގެ ދިރިއުޅުމުގެ ޙަޔާތްކުރިޔަށް‬
‫ވަނިކޮށް ވަރިކުރުމަކީ ޙަރާމްކަމެކެވެ‪ .‬އަދި‬ ‫ދަނިކޮށް‪ ،‬އަދި އަނބިމީހާ އަދާކުރަންޖެހޭ‬
‫އެއްލަފުޒުން ‪ 3‬ފަށްވަރިއަކުން ވަރިކުރުމަކީ‬ ‫ވާޖިބުތައް ފުރިހަމައަށް އަދާކުރަމުންދާ ޙާލަތުގައި‪،‬‬
‫ޙަރާމްކަމެވެ‪.‬‬ ‫ޝަރުޢީ ގޮތުން ކާވެނި ރޫޅާލެވޭފަދަ ސަބަބަކާ‬
‫ނުލައި ވަރިކުރުމަކީ މަކްރޫހަކަމެކެވެ‪.‬‬

‫‪107‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ވަރީގެ ީ‬
‫ޞ ާޣ‬ ‫‪9.5‬‬

‫ވަރިކުރެވޭ ޞީޣާއަށް ބަލާއިރު ޞީޣާ ދެ ބަޔަކަށް ބެހިގެންވެއެވެ‪ .‬އެއީ ޞަރީޙަ ބަހަކުން ވަރިކުރުމާއި ކިނާޔަތުގެ‬
‫(ނުސީދާ) ބަހަކުން ވަރިކުރުމެވެ‪.‬‬

‫ޞަރީޙަބަހުން ވަރިކުރުމަކީ‪ ،‬ވަރިކުރުމަށް ދުލުން ބުނި ބަހަކީ‬ ‫ޞަރީޙަ ބަހުން ވަރިކުރުން‪:‬‬


‫ވަރިކުރުން ނޫން އެހެން ދޭހައެއް ނުނެގޭފަދަ ބަހަކުން ވަރިކުރުމެވެ‪ .‬މިސާލަކަށް އަނބިމީހާއަށް އަތުން‬
‫އިޝާރާތްކޮށް "ކަލޭ ތިހިރީ ވަރިކޮށްފައެވެ" މިފަދަ ބަހަކުން ބުނުމެވެ‪ .‬މި ފަދަ ޞަރީޙަ އިބާރާތަކުން‬
‫ވަރީގެ ބަސް ބުނެފި ނަމަ‪ ،‬ފިރިމީހާގެ ނިޔަތަކަށް ބެލުމެއްނެތި‪ ،‬ބަސްބުނި ވަގުތުން ވަރިވީކަމުގައި‬
‫ބެލެވޭނެއެވެ‪.‬‬

‫ކިނާޔަތުގެ (ނުސީދާ) ބަހުން ވަރިކުރުން‪ :‬ކިނާޔަތުގެ ބަހަކުން ވަރިކުރުމަކީ‪ ،‬ބަސްބުނުމުން ވަރީގެ‬


‫މާނަ ނޫން އެހެން މާނަތައްވެސް ނެގެން އޮތް އިބާރާތަކުން ވަރިކުރުމެވެ‪ .‬މިސާލަކަށް އަނބިމީހާ‬
‫އާ އުފެދުނު އަރާރުމެއްގައި "ތިޔައީ މިނިވަނެއް" މިފަދަ ބަހަކުން ބުނުމެވެ‪ .‬މިޙާލަތުގައި ވަރިވުން‬
‫ބިނާވަނީ ބަސްބުނި މީހާގެ ނިޔަތުގެ މައްޗަށެވެ‪ .‬ފިރިމީހާ އަނބިމީހާއާ ދިމާއަށް "ތިޔައީ މިނިވަނެއް"‬
‫ބުނިއިރު އޭނާގެ މުރާދަކީ ވަރިކުރުން ކަމުގައި ވާނަމަ ވަރިވާނެއެވެ‪ .‬އޭނާގެ މުރާދަކީ ވަރިކުރުން‬
‫ނޫންކަމުގައިވާނަމަ ވަރިއެއް ނުވާނެއެވެ‪.‬‬

‫ނ ާށ އި މުޖުތަމަޢަ ްށ ލި ޭބ ބައެ ްއ ގެ ްއލުން ތ ަ ްއ‬ ‫ވަރި ގި ަ‬


‫ނ ުވމުގ ެ ސަ ބަބުން ފ ަ ުރ ދުން ަ‬ ‫‪9.6‬‬

‫‪ .1‬ދިރިއުޅުމުގެ ރީތިކަމާއި އޮމާންކަން ގެއްލިގެން ދިއުން‬

‫‪ .2‬ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމާ އެކަނި ކުރިމަތިލާން ޖެހުން‬

‫‪ .3‬ދަރިންހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުމަށް ހުރަސްތައް ކުރިމަތިވުން‬

‫‪ .4‬ދަރިންގެ ޙައްޤުތަކަށް އުނިކަން ލިބުން‬

‫‪ .5‬މައިންބަފައިންގެ އަރާރުންވުމާއި‪ ،‬ރުޅިވެރިކަން ފެނި‪ ،‬ދަރިންނަށް ނަފްސާނީ ގެއްލުން ލިބުން‬

‫‪ .6‬ޢާއިލީ ގުޅުންތައް ހީނަރުވުން‬

‫‪ .7‬އަޅާލުމެއްނެތި ދޫކޮށްލެވޭ ކުދިން މުޖުތަމަޢުގައި ގިނަވެ‪ ،‬މުޖުތަމަޢުގައި ކުށްކުރުން ގިނަވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪108‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ނ ުވމަ ްށ މ ެ ުދވެރި ާވ ބައެ ްއ ސަ ބަ ު‬


‫ބ ތަ ްއ‬ ‫މުޖުތަމަ ުޢގައި ވަރިގި ަ‬ ‫‪9.7‬‬

‫‪ .1‬ކައިވެނީގެ ކުރިން ކައިވެންޏަށް ތައްޔާރުވާންވީ އެންމެ ފުރިހަމައަށް ތައްޔާރުނުވެވުން‬

‫‪ .2‬ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ސިފަތަކާމެދު އިހުމާލުވުން‬

‫‪ .3‬ދެމަފިރިންގެ ޙައްޤުތައް އަދާކުރުމުގައި ދެމަފިރިން ފަރުވާ ކުޑަކުރުން‬

‫‪ .4‬ދެމަފިރިން އެކަކު އަނެކަކަށް‪ ،‬ދޭންޖެހޭ ވަގުތު ދިނުމުގައި އިހުމާލުވުން‬

‫‪ .5‬ދިރިއުޅެންޖެހޭ ތަނުގެ ދަތިކަމުން‪ ،‬ދެމަފިރިންގެ އަމިއްލަވަންތަ ދިރިއުޅުމެއް ބިނާނުކުރެވުން‬

‫‪ .6‬ޢާއިލާގެ އެހެން މީހުން ދެމަފިރިންގެ ކަންކަމުގެ ތެރެއަށް އެކަށީގެންނުވާ މިންވަރަށް ވަނުން‬

‫‪ .7‬ޣައިރު މުސްލިމުންގެ ތެރޭގައި ހުންނަ ނުރަނގަޅު އާދަކާދަތައް މުޖުތަމަޢުގައި ޢާންމުވުން‬

‫‪ .8‬އިސްލާމީ ރިވެތި އަޚްލާޤުގެ ސިފަތަކާ ދުރަށްދިއުން‬

‫‪ .9‬ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި ޝަރުޢީ އަދި އިޖުތިމާޢީ މިންގަނޑުތަކުން ބޭރުވުން‬

‫‪ .10‬ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު ފުރިހަމައަށް ލިބިފައިނެތުމާއި މައްސަލަތައް ޙައްލު ކުރުމުގައި‬


‫ފަރުވާ ކުޑަކުރުން‬

‫ވަރިމ ަ ުދކު ުރމަ ްށޓަކައި ކު ެރވި ާދ ެ‬


‫ނ ބައެ ްއ ކ ަން ތަ ްއތަ ްއ‬ ‫‪9.8‬‬

‫‪ .1‬ކައިވެނީގެ ކުރިން ކައިވެންޏަށް ފުރިހަމައަށް ތައްޔާރުވުން‬

‫‪ .2‬ބައިވެރިއަކު އިޚްތިޔާރުކުރުމުގައި ދީނުގައި ދެއްވާފައިވާ އިރުޝާދުތައް އުނގެނި ފުރިހަމައަށް ތަބާވުން‬

‫‪ .3‬ވަރީގެ ސަބަބުން ވަކި ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާ މެދު ހޭލުންތެރިކުރުން‬

‫‪ .4‬އެކަކު އަނެކެއްގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމުގައި ދެމަފިރިން ފަރުވާތެރިވުން‬

‫‪ .5‬ދެމަފިރިން އެކަކު އަނެކަކަށް އެކަށީގެންވާ މިންވަރަށް ވަގުތު ދިނުން‬

‫‪ .6‬އިސްލާމީ ރިވެތި އަޚްލާޤުން ސިފަ ލިބިގަތުން‬

‫‪ .7‬ދެމަފިރިންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ހުނަރު އުނގެނުމާއި އުނގަންނައިދިނުން‬

‫‪ .8‬ތިމާއާ އިދިކޮޅު ޖިންސުގެ މީހުންނާ މުޢާމަލާތްކުރުމުގައި އިސްލާމީ އުޞޫލުތަކުން ބޭރުނުވުން‬

‫‪ .9‬ކައިވެނި ދެމެހެއްޓުމަށް ދެފަރާތުގެ ޢާއިލާއިންވެސް ބާރު އެޅުމާއި އެކަމުގައި އެހީތެރިވުން‬

‫‪109‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ޙަރަކާތް ‪:1‬‬

‫‪ .1‬ވަރީގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަ ލިޔާށެވެ!‬

‫‪ .2‬ވަރި ޝަރުޢު ކުރެއްވިގެންވާކަމުގެ ދަލީލަކީ ކޮބައިހެއްޔެވެ؟‬

‫‪ .3‬ވަރި ޝަރުޢު ކުރެއްވުމުގެ ޙިކުމަތަކީ ކޮބައިހެއްޔެވެ؟‬

‫‪ .4‬ވަރި ގިނަވުމުގެ ސަބަބުން ފަރުދުންނާއި މުޖުތަމަޢަށް ލިބޭ ގެއްލުމަކީ ކޮބައި ހެއްޔެވެ؟‬

‫‪ .5‬މުޖުތަމަޢުގައި ވަރި ގިނަވުމަށް މެދުވެރިވާ ސަބަބުތައް ބަޔާންކުރާށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ވަރީގެ ޙުކުމް ތަފްޞީލުކޮށް ބުނެދޭށެވެ! އަދި ގުރޫޕުގައި މަޝްވަރާކުރުމަށްފަހު ކޮންމެ ޙާލަތަކަށް މިސާލެއް‬
‫ބަޔާންކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪110‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފި ާލވަޅު ‪1‬‬


‫ވަރި ބެހިގެން ާވ ބައިތަ ްއ‬

‫ސު ން ނީ ވަރި ާއއި ިބ ުދޢީ ވަރި‬ ‫‪10.1‬‬

‫ވަރިކުރެވޭ ގޮތަށް ބަލާއިރު ވަރިބެހެނީ ދެ ބަޔަކަށެވެ‪ .‬އެއީ ސުންނީ ވަރި އާއި ބިދުޢީ ވަރިއެވެ‪.‬‬

‫ބިދުޢީ ވަރިއަކީ ވަރިކުރުމަށް‬ ‫ބިދުޢީ ވަރި‪:‬‬ ‫ސުންނީ ވަރި‪ :‬ސުންނީވަރިއަކީ ވަރިކުރުމަށް‬


‫ޝަރީޢަތުގައި ދެއްވާފައިވާ އިރުޝާދުތަކާ ޚިލާފަށް‬ ‫ޝަރީޢަތުގައި ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް‬
‫ކުރެވޭ ވަރިއެވެ‪ .‬ޙައިޟު ނުވަތަ ނިފާސްކަމުގެ‬ ‫ކުރެވޭ ވަރިއެވެ‪ .‬ވަރިކުރުމުގައި ދެކަމަކަށް ސަމާލުކަން‬
‫ދުވަސްވަރު ކުރާ ވަރި އާއި އަދި ޖިމާޢުވެފައިވާ‬ ‫ދިނުމަށް އިސްލާމްދީނުގައި ވަނީ އިރުޝާދު‬
‫ޠުހުރެއްގެ ދުވަސްވަރު ކުރާވަރިއަކީ ބިދުޢީ ވަރިއެކެވެ‪.‬‬ ‫ދެއްވާފައެވެ‪.‬‬
‫އަދި އެއްވަރިއަށްވުރެ ގިނައިން އެއްފަހަރާ ވަރިކޮށްފި‬ ‫އެއީ‪.1 :‬އަނބިމީހާ އާއެކު ޖިމާޢުވެފައި ނުވާ‬
‫ނަމަވެސް އެއީ ބިދުޢީ ވަރިއެކެވެ‪ .‬ގަސްތުގައި‬ ‫ޠުހުރުގެ ދުވަސްވަރެއްގައި ވަރިކުރުން‬
‫ބިދުޢީވަރިއެއް ކުރުމަކީ ފާފަވެރިވާނެ ޙަރާމްކަމެކެވެ‪.‬‬ ‫‪.2‬އެއްވަރިން ވަރިކުރުން‪.‬‬

‫ަރޖުޢީވަރި ާއއި ާބ އިން ވަރި‬ ‫‪10.2‬‬

‫ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވުމާއި ނުވުމަށް ބަލާއިރު ވަރި ބެހިގެންވަނީ ދެ ބަޔަކަށެވެ‪ .‬އެއީ ރަޖުޢީ ވަރިއާއި ބާއިން‬
‫ވަރި އެވެ‪.‬‬

‫ރަޖުޢީވަރި‪ :‬ރަޖުޢީވަރިއަކީ އެވަރިއަށްފަހު‪ ،‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިފައިވާ ވަރިއެވެ‪ .‬ޢާންމު‬


‫ގޮތެއްގައި މިއީ‪ ،‬އެއްދާންކޮށްފައިވާ ދެމަފިރިންގެ ދެމުގައިވެވޭ ފުރަތަމަ ވަރިއާއި ދެވަނަ ވަރިއެވެ‪ .‬ރަޖުޢީ ވަރީގެ‬
‫ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން އެކުގައި ކެނޑިގެން ނުދެއެވެ‪ .‬ނަމަވެސް ދެމަފިރިންގެ ދެމެދުގައިވާ‬
‫ވަރަށް ގިނަ ގުޅުންތަކެއް ޢިއްދަ ހަމަވުމާހަމައަށް ދެމި އޮވެއެވެ‪ .‬އެ ގޮތުން‪:‬‬

‫‪111‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ .1‬ޢިއްދަ ހަމަވުމާ ހަމައަށް ދާންދެން އަނބިމީހާއަށް ޚަރަދުކުރުމާއި ދިރިއުޅޭނެ ތަނެއް ދެއްކުން ފިރިމީހާއަށް‬
‫ވާޖިބުވެގެންވެއެވެ‪.‬‬
‫‪ .2‬ޢިއްދައިގެ މުއްދަތުގައި ފިރިމީހާގެ އަމުރަށް އަނބިމީހާ ކިޔަމަންވާން ޖެހެއެވެ‪.‬‬
‫‪ .3‬ޢިއްދައިގެ މުއްދަތުގައި ދެމީހުން ކުރެ މީހަކު މަރުވެއްޖެނަމަ‪ ،‬މަރުވިމީހާގެ ވާރުތަ މުދަލުން އަނެކާއަށް ވާރުތަވާނެއެވެ‪.‬‬
‫‪ .4‬ވަރިކޮށްފައިވާ އަނބިމީހާ‪ ،‬ޢިއްދައިގެ ތެރޭގައި އަލުން އަނބުރާ ކައިވެނީގެ ޢަޤްދަށް ގެނައުމަކީ ފިރިމީހާއަށް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ލިބިގެންވާ ބާރެކެވެ‪ .‬ރުޖޫޢަކުރުމަކީ އެއީއެވެ‪ .‬މާތް‬

‫(އަލްބަޤަރާ‪)228 :‬‬ ‫ﱡﱿ ﲀ ﲁ ﲂ ﲃ ﲄ ﲅ ﲆ ﱠ‬


‫މާނައީ " އަދި‪ ،‬އެއުރެން އިޞްލާޙުކުރުމަށް އެދޭނަމަ‪ ،‬ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން‬
‫ކާވެންޏަށް އަނބުރައި ގެނައުން އެކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ‪".‬‬

‫ބާއިންވަރި‪ :‬ބާއިންވަރިއަކީ އެވަރިއަށްފަހު‪ ،‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންނުވާ ވަރިއެވެ‪ .‬ބާއިން‬


‫ވަރީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުން އެކުގައި ކެނޑިގެން ދެއެވެ‪ .‬އެހެންކަމުން ބާއިންވަރީގެ‬
‫ސަބަބުން އަންނަނިވި ކަންތައްތައް ލާޒިމްވެގެން ދެއެވެ‪.‬‬

‫‪ .1‬ބާއިންވަރިއަށްފަހު‪ ،‬ރުޖޫޢަކުރުމުގެ ފުރުޞަތު ފިރިމީހާއަށް ގެއްލުން‬


‫‪ .2‬ޢިއްދައިގެ މުއްދަތުގައި ދެމީހުން ކުރެ މީހަކު މަރުވެއްޖެނަމަ‪ ،‬އެކަކު އަނެކަކަށް ވާރުތަ ނުކުރުން‬
‫‪ .3‬ވަރިކުރި އަންހެނާއަށް ޚަރަދާއި ހުންނާނެ ތަނެއްވެސް ދޭން ނުޖެހުން‬

‫ބާއިންވަރި ދެބަޔަކަށް ބެހެއެވެ‪ .‬އެއީ ބާއިން ބައިނޫނާ ޞުޣުރާ އާއި ބާއިން ބައިނޫނާ ކުބުރާއެވެ‪.‬‬

‫މިއީ އެވަރިއަކަށްފަހު‪ ،‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިފައިނުވުމާއެކު‬ ‫‪ .1‬ބާއިން ބައިނޫނާ ސުޣުރާ‪:‬‬


‫ދެމަފިރިންގެ މެދުގައި ތިންވަރި ހަމަވެފައި ނުވާ ޙާލަތެވެ‪ .‬ބާއިން ބައިނޫނާ ޞުޣުރާގެ ޙާލަތްތަކަކީ‪:‬‬
‫‪ .1‬ކައިވެނިކުރުމަށްފަހު އެއްދާންކުރުމުގެ ކުރިން ވަރިކުރުން‬
‫‪ .2‬ރަޖުޢީވަރިއަށްފަހު‪ ،‬ރުޖޫޢަނުކޮށް ޢިއްދަހަމަވުން‬
‫‪ .3‬ޚުލްޢުވަރި (މުދަލެއްގެ ބަދަލުގައި ކުރާވަރި)‬
‫‪ .4‬ކައިވެނި ފަސްޚުކުރުން (ޢައިބެއްގެ ސަބަބުން ނުވަތަ ކައިވެނި ފާސިދުވުމުން ކައިވެނި ރޫޅާލުން)‬
‫‪ .5‬ކައިވެނި ތަފްރީޤުކުރުން (ޤާޟީ ކައިވެނި ރޫޅާލުން)‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪112‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .2‬ބާއިން ބައިނޫނާ ކުބުރާ‪ :‬މިއީ އެވަރިއަކަށްފަހު‪ ،‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިފައިނުވުމުގެ‬


‫އިތުރުން ދެމަފިރިންގެ މެދުގައި ތިންވަރި ހަމަވެފައިވާ ޙާލަތެވެ‪ .‬ތިންފަށްވުމަށްފަހު‪ ،‬އެ ދެމީހުންނަށް‬
‫އަލުން ކައިވެނިކުރެވޭނީ އަންނަނިވި ކަންތައްތައް ތަރުތީބުން ފުރިހަމަވުމުންނެވެ‪.‬‬
‫ތިންފަށްވެފައިވާ އަންހެނާ އެހެން މީހަކާއި ކައިވެނިކުރުން‬‫•‬
‫• ތިންފަށްވެފައިވާ އަންހެނާ ފަހުން ކައިވެނި ކުރިމީހާއާއެކު އެއްދާންކުރުން‬
‫• ތިންފަށްވެފައިވާ އަންހެނާ ފަހުންކުރި ކައިވެނި ރޫޅުން‬
‫• ތިންފަށްވެފައިވާ އަންހެނާ ފަހުންކުރި ކައިވެނި ރޫޅުމަށްފަހު ފުރިހަމަކުރަންޖެހޭ ޢިއްދަ ފުރިހަމަކުރުން‬

‫ ނަމަވެސް ތިންފަށްވެފައިވާ ދެމީހުންނަށް އެކަކު އަނެކަކު ހުއްދަކޮށްދިނުމުގެ ގޮތުން‪ ،‬ފަށްކެނޑުމަކީ‬


‫އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ‪ .‬އެއީ ވަޢީދުގެބަސް ވާރިދުވެފައިވާ ފާފައެކެވެ‪.‬‬

‫ތަ ުޢލީޤު ވަރި‬ ‫‪10.3‬‬

‫މިއީ ވަރިވުން ވަކި ކަމެއްވުމާއި ނުވުމުގެ މައްޗަށް މަތިކޮށްފައިވަނިކޮށް‪ ،‬އެކަމެއް ޙާޞިލުވުމުންވާ ވަރިއެވެ‪.‬‬
‫މިސާލަކަށް‪ ،‬ފިރިމީހާ އަނބިމީހާ ދިމާއަށް‪ ،‬މީގެ ފަހުން ބައްޕަގެއަށް ހިނގައްޖެނަމަ ވަރިވާނޭ‪ ،‬ބުނެފައިވަނިކޮށް‬
‫އަނބިމީހާ ބައްޕަމެން ގެއަށް ދިއުމުން ވަރިވުމެވެ‪ .‬ވަރިކުރުން ކަމަކާ ގުޅުވަންޖެހޭ ޙާލަތެއް ނެތިސް‪ ،‬ވަރިވުން‬
‫އެކި ކަންކަމާ ގުޅުވުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފުކަމެކެވެ‪ .‬ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި‪ ،‬ވަރިވުން‬
‫ކަމަކާއި ނުވަތަ ވަގުތަކާ މަތިކޮށްފައިވަނިކޮށް‪ ،‬އެކަމެއް ޙާޞިލުވުމުން ވަރިވާނެއެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ރުޖޫޢަކުރުމުގެ ޙައްޤު ލިބުމާއި ނުލިބުމަށް ބަލާއިރު‪ ،‬ވަރިބެހޭ ބައިތައް ބުނެދޭށެވެ!‬

‫‪ .2‬ކުރެވިފައިވާ ވަރިއަކީ ސުންނީ ވަރިއެއްކަން ނުވަތަ ބިދުޢީ ވަރިއެއްކަން ކަނޑައެޅުމުގައި ބަލަންޖެހޭ މައިގަނޑު‬
‫ދެކަމަކީ ކޮބައި ހެއްޔެވެ؟‬

‫‪113‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ .3‬ސުންނީވަރިއަކީ ކޮބައިކަން ބުނެދޭށެވެ! އަދި ސުންނީވަރިއާ ޚިލާފުވާ ދެ ވަރިއެއްގެ މިސާލު ވެސް ބުނެދޭށެވެ!‬

‫‪ .4‬ތަޢުލީޤު ވަރިއަކީ ކޮބައިކަން ބުނެދޭށެވެ! އަދި ތަޢުލީޤުވަރީގެ ޙުކުމްވެސް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ހާދިސާ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ‪.‬‬

‫ ރާޝިދާއަކީ އަޚްލާޤް ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ‪ .‬އޭނާ އިނދެގެން އުޅޭ ތަސްލީމަކީ ރުޅިގަދަ‬
‫މިޒާޖެއްގެ މީހެކެވެ‪ .‬ކުދިކުދި ކަންކަމާވެސް ޖެހޭ މައްސަލަތަކުގައި ރުޅިގަދަވެ‪ ،‬މީގެ ކުރިން ދެފަހަރެއްގެ މަތިން‬
‫ތަސްލީމުވަނީ ރާޝިދާ ވަރިކޮށްފައެވެ‪.‬‬

‫ ރަމަޟާން މަހުގެ ދުވަހެކެވެ‪ .‬ރާޝީދާ ފިޔާކޮށަން ހުއްޓާ ތަސްލީމް ގޮވާލީ‪ ،‬އޭނާ ކިޔެވުމަށް މުޞްޙަފު‬
‫ގެނެސްދިނުމަށެވެ‪ .‬ޖަވާބުގައި ރާޝިދާ ތަސްލީމަށް ބަލައިލާފައި ބޯ ހޫރާލިއެވެ‪ .‬ދެވަނަ ފަހަރަށް ބުނުމުންވެސް‬
‫ރާޝީދާ ބޯ ހޫރާލިއެވެ‪ .‬ގޭތެރޭގައި ތިބިމީހުން ގިނަކަމުން‪ ،‬މުޞްޙަފު ގެނެސްދެވެން ނެތީ ކީއްވެކަން ބުނުމަށް‬
‫ރާޝިދާ ފަސްޖެހުނެވެ‪ .‬ޙައިޟުގެ ދުވަސްވަރުކަމުން ވުޟޫނެތި މުޞްޙަފުގައި ނުބީހެވޭނެކަމަށް ރާޝިދާ‬
‫ޤަބޫލުކުރެވެ‪ .‬އެކުޑަ ކަންތަކާ ރުޅިއައިސް ރާޝިދާ ވަރިކުރުމަށް‪ ،‬ތަސްލީމު ބުނީ "އެވަރު ކުޑަކަމެއް ކޮށް‬
‫ނުދެވެންޏާތީ މިވަގުތުން ފެށިގެން އަހަރެންގެ އަތްނބެއްނޫނެވެ‪ ".‬މިފަދައިންނެވެ‪.‬‬

‫‪ .1‬ވަރިކުރެވިފައިވާ ގޮތަށް ބަލާއިރު ހާދިސާގައި ކުރެވިފައިވާ ވަރިއަކީ ސުންނީ ވަރިއެއްކަން ނުވަތަ ބިދުޢީ‬
‫ވަރިއެއްކަން ބުނެދޭށެވެ! އަދި ސަބަބުވެސް ބަޔާން ކުރާށެވެ!‬

‫‪ .2‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބުމާއި ނުލިބުމަށްބަލާ އިރު‪ ،‬ހާދިސާގައި ކުރެވިފައިވާ ވަރިއަކީ ކޮންކަހަލަ‬
‫ވަރިއެއްކަން ބުނެދޭށެވެ! އަދި ސަބަބުވެސް ބަޔާން ކުރާށެވެ!‬

‫‪ .3‬ތަސްލީމު އާ‪ ،‬ތިޔަ ދަރިވަރު ދިމާވެގެން‪ ،‬ކިޔެވި ދިޔަ އެއްޗެއްގެ އަލީގައި ތަސްލީމަށް ދޭނެ ނަޞޭޙަތަކީ‬
‫ކޮބައިކަން ބުނެދޭށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪114‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފި ާލވަޅު ‪11‬‬

‫ުޚ ްލ ުޢކު ުރ ާމއި ފ ަސް ުޚކުރުން‬


‫‪ު ް 11.1‬ޚ ްލ ުޢކުރުން‬

‫ޚުލްޢުކުރުމަކީ އަނބިމީހާ ފިރިމީހާއަށް ދޭ މުދަލެއްގެ ބަދަލުގައި‪،‬‬


‫ދެމަފިރިންގެ ރުހުމާއެކު ކައިވެނި ރޫޅާލުމެވެ‪ .‬ޚުލްޢުކުރުމަށް އެދޭނީ‬
‫އަނބިމީހާއެވެ‪ .‬ޚުލްޢުކުރުމަށް އެދެންވާނީ ވަރިއަށް އެދުމުގެ ޝަރުޢީ‬
‫ސަބަބެއް އޮތްނަމައެވެ‪.‬‬

‫ޝ ުރ ުޢކު ެރ ްއވިކަމުގެ ަދލީ ު‬


‫ލ‬ ‫‪ަ ް 11.2‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ޚުލްޢުކުރުން ޝަރުޢުކުރައްވާ މާތް‬

‫ﱡﭐ ﲯ ﲰ ﲱ ﲲ ﲳ ﲴ ﲵ ﲶ ﲷ ﲸ‬
‫(އަލްބަޤަރާ‪)229 :‬‬ ‫ﲹ ﲺﲻ    ﱠ‬

‫ކަނޑައަޅުއްވާފައިވާ ޙުކުމްތައް އެ ދެމީހުންނަށް ޤާއިމް ނުކުރެވޭނެކަމަށް‬ ‫"ﷲ‬ ‫މާނައީ‬


‫ތިޔަބައިމީހުން ބިރުގަންނަނަމަ‪ ،‬ފަހެ‪ ،‬އެކަނބުލޭގެ ވަރިވުމަށް އެއްޗެއްދިނުމާއި‪ ،‬ދިންއެއްޗެއް‬
‫ހިފުމުގައި‪ ،‬އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ‪".‬‬

‫عْنهُ  ގެ‬
‫َ‬ ‫ޚުލްޢުކުރުމަކީ ހުއްދަކަމެއްކަން އަންނަނިވި ޙަދީޘުންވެސް އެނގެއެވެ‪ .‬ޘާބިތު ބުނު ޤައިސް َر ِض َي َّ‬
‫اللُ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ‪ .‬އޭ! ﷲ‬ ‫ِ‬
‫ގެ‬ ‫އަނބިކަނބަލުން َر ُس ْو ُل هللا َ‬
‫ރަސޫލާއެވެ‪ .‬ޘާބިތު ބުނު ޤައިސްގެ ދީންވެރިކަމާއި އަޚްލާޤާމެދު ވަކި އެއްޗެއް ދަންނަވާކަން ނެތީމެވެ‪( .‬މި ބަހުގެ‬
‫މުރާދަކީ ދީންވެރިކަމާއި އަޚްލާޤުގައި އެއީ ރަނގަޅު ބޭކަލެކެވެ‪ ).‬ނަމަވެސް ތިމަން މުސްލިމެއްގެ ގޮތުގައި ހުރެ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘްކުރެއްވިއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫ފިރިމީހާއަށް ނުކިޔަމަންތެރިވުމަކަށް ނޭދެމުއެވެ‪ .‬އެހިނދު‬
‫“އޭނާ ކަނބުލޭގެއަށް ދިން ބަގީޗާ އަނބުރާ އޭނާއަށް ދޭނަން ހެއްޔެވެ؟” އެކަނބުލޭގެ ދެންނެވިއެވެ‪“ .‬އާދޭހެވެ‪”.‬‬

‫‪115‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫َر ِض َي َّ‬ ‫وسلَّم‪ ،‬ޘާބިތު ބުނު ޤައިސް‬‫ِ‬ ‫رسو ُل ِ‬


‫هللا َ َّ‬
‫އަށް ޙަދީޘްކުރެއްވިއެވެ‪“ .‬އެ‬ ‫اللُ َعْنهُ‬ ‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫އެހިނދު‬

‫ބަގީޗާ ޤަބޫލުކުރާށެވެ‪ .‬އަދި އެއްވަރިން ވަރިކުރާށެވެ‪”.‬‬

‫ޝ ުރ ުޢކު ެރ ްއ ުވމުގ ެ ޙިކުމަތް‬


‫ލ ުޢ ަ‬
‫‪ު ް 11.3‬ޚ ް‬

‫ކައިވެނީގެ ގުޅުމަކީ ދެމަފިރިން އެކުގައި ލޯތްބާއި އޯގާތެރިކަމާއި އިޙްތިރާމާއެކު ބިނާކުރަންޖެހޭ ގުޅުމެކެވެ‪.‬‬

‫ނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައްޖެހި‪ ،‬މައްސަލަތައް ހައްލުނުކުރެވި‪ ،‬ކައިވެނީގެ މަތީގައި‬

‫ދެމިތިބުމަކީ‪ ،‬އަރާރުންވުމާއި ނުތަނަވަސްކަން ގެނެސްދޭ ކަމަކަށްވެއެވެ‪ .‬އަދި މިފަދަ ބައެއް ޙާލަތްތަކުގައި‬

‫ވަރިވުމަކީ އެންމެ މަޞްލަޙަތު ހުރިގޮތްކަމުގައި ވެދާނެއެވެ‪ .‬އަދި ކައިވެނީގެ މަތީގައި ދެމިހުރުމަކީ‪ ،‬ފިރިމީހާގެ‬

‫ޙައްޤުތައް އަދާކުރުމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން އަނބިމީހާ ފާފަވެރިވާ ފަދަ ކަމަކަށް ވުމުގެ ބިރު‬

‫ހީވެފައިވާ ޙާލަތުގައި‪ ،‬ފިރިމީހާއާ ވަކިވުމުގެ މަގެއްކަމުގައި ޚުލްޢުވަރި ލެއްވިއެވެ‪.‬‬

‫‪ު ް 11.4‬ޚ ް‬
‫ލ ުޢކު ުރމުގ ެ ުޙކުމް‬

‫ޚުލްޢުވަރިއަކުން ވަރިވާންޖެހޭ ފަދަ ޝަރުޢީ ސަބަބެއް އޮވެއްޖެނަމަ‪ ،‬ޚުލްޢު ވަރިއަށް އެދުމާއި ވަރިވުމަކީ‬

‫ހުއްދަކަމެކެވެ‪ .‬ޚުލްޢުވަރިއަށް އެދުން ހުއްދަވަނީ‪ ،‬ފިރިމީހާއާ އެކީ ދިރިއުޅުމަކީ‪ ،‬އަނތްބެއްގެ ގޮތުން‬

‫އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވި ފާފަވެރިވެދާނެ ކަމަށް އަނބިމީހާ ބިރުހީވާ ހާލަތުގައެވެ‪ .‬އަދި‬

‫ފިރިމީހާ އަނބިމީހާގެ ޙައްޤުތައް އަދާނުކުރުމާއި‪ ،‬ނުވަތަ ފިރިމީހާގެ ކިބައިގައި ހުންނަ ނޭދެވޭ ސިފައެއް‬

‫އިޞްލާޙުނުކުރުމާއި‪ ،‬ނުވަތަ ފިރިމީހާގެ ކިބައިގައި ހުންނަ ޢައިބެއްގެ ސަބަބުންވެސް މިފަދަ ހާލަތަކަށް‬

‫ހިގައިދާނެއެވެ‪.‬‬

‫رســو ُل ِ‬
‫هللا‬ ‫َ ُْ‬ ‫ފިރިމީހާގެ ކައިރިން ވަރިވާންޖެހޭ ފަދަ ޝަރުޢީ ސަބަބެއް ނެތި ވަރިވުމަކީ ހުއްދަކަމެއް ނޫނެވެ‪.‬‬

‫ޙަދީޘް ކުރައްވާފައިވެއެވެ‪" .‬އެއްވެސް ކަމަކާނުލައި‪ ،‬އޭނާގެ ފިރިމީހާގެ ގާތުންވަރިވުމަށް‬ ‫صلَّى هللاُ َعلَْي ِه َو َسـلَّ َم‬
‫َ‬
‫އަހައިފި އެއްވެސް އަންހެނަކަށް ސުވަރުގޭގެ ވަސް (ދުވުން) ޙަރާމްވެގެންވެއެވެ‪ ".‬މިބަހުގެ މުރާދަކީ އެފަދަ‬

‫އަންހެނާއަށް ސުވަރުގެ ނުދެވުމެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪116‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ލ ުޢގ ެ ުރކުން ތ ަ ާކ އި ަ‬
‫ޝ ުރ ޠުތ ަ ްއ‬ ‫‪ު ް 11.5‬ޚ ް‬
‫ޚުލްޢުގައި އެކުލެވިގެންވަނީ ‪ 4‬ރުކުނެކެވެ‪ .‬އެއީ‪:‬‬

‫ޝަރުޠުތައް‪:‬‬ ‫‪ .1‬ފިރިމީ ާހ‬


‫‪ .1‬ބުއްދި ސަލާމަތުން ހުރުން‬
‫‪ .2‬ބާލިޣުވެފައިވުން‬
‫‪ .3‬ފުރިހަމަ އިޚްތިޔާރު ލިބިގެންވުން‬

‫ޝަރުޠުތައް‪:‬‬
‫‪ .2‬އަނ ިބމީ ާހ‬

‫‪ .1‬ބުއްދި ސަލާމަތުން ހުރުން‬


‫‪ .2‬ބާލިޣުވެފައިވުން‬
‫‪ .3‬ފުރިހަމަ އިޚްތިޔާރު ލިބިގެންވުން‬
‫‪ .4‬މުދާ ހޭދަކުރުން މަނާކުރެވިފައިވާ މީހެއްކަމުގައި ނުވުން‬

‫(ޚުލްޢުވަރީގެ ބަސް)‬ ‫‪ީ .3‬‬


‫ޞ ާޣ‬
‫ޝަރުޠުތައް‪:‬‬
‫‪ .1‬ޚުލްޢުގެ ބަސް ޞަރީޙަ ޢިބާރާތުން ނުވަތަ ކިނާޔަތުގެ ބަހެއްނަމަ‪،‬‬
‫ޤަރީނާއަކާއެކު އޮތުން‬
‫‪ .2‬ޚުލްޢުވަރީގެ ބަސް ޝަރުޠަކާ ގުޅުވާފައި ނުވުން‬

‫ޝަރުޠުތައް‪:‬‬
‫‪.4‬އަނ ިބމީ ާހ ފިރިމީ ާހއަ ްށ‬
‫‪ .1‬އަގެއްހުރި އެއްޗެއްކަމުގައިވުން ނުވަތަ އެނގިގެންވާ މަންފާއެއްކަމުގައިވުން‬
‫ދޭ މު ާދ‬
‫‪ .2‬ބަދަލުގައި ދެވޭ އެއްޗަކީ ކޮންއެއްޗެއްކަމާއި އޭގެ ސިފަ އާއި ޢަދަދު އެނގުން‬
‫‪ .3‬މިލްކުވެރިކަން ނަޤުލުކުރެވޭ އެއްޗަކަށްވުން‬
‫‪ .4‬ބޭނުންކުރުން ހުއްދަ އެއްޗަކަށްވުން‬

‫‪117‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ު ް 11.6‬ޚ ްލ ުޢ ވަރީގެ ަ‬


‫ނ ތީ ާޖ‬

‫ޚުލްޢުވަރިއަކުން ވަރިވެއްޖެނަމަ‪ ،‬ދެމަފިރިންގެ މެދުގައި އޮތް ކައިވެނީގެ ގުޅުން އެކުގައި ކެނޑިގެންދެއެވެ‪ .‬އެހެނީ‬

‫ޚުލްޢުވަރިއަކީ ބާއިން ވަރިއެކެވެ‪ .‬ޚުލްޢުގެ ސަބަބުން ނުކުންނަ ނަތީޖާތަކަކީ‪:‬‬

‫‪ .1‬ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ގެއްލުން‬

‫‪ .2‬ޢިއްދައިގެ މުއްދަތުގައި ޚަރަދު ކުރަންނުޖެހުން‬

‫‪ .3‬ޢިއްދައިގެ މުއްދަތުގައި ދެމީހުންކުރެ މީހަކު މަރުވިޔަސް‪ ،‬އެކަކު އަނެކަކުގެ ފުށުން ވާރުތަނުވުން‬

‫‪ ް 11.7‬ފ ަސް ުޚކުރުން‬

‫ފަސްޚުކުރުމަކީ ކައިވެނީގައި ދިމާވާ ޚާއްޞަ ޙާލަތެއްގެ ސަބަބުން ނުވަތަ ޤާޟީގެ ޙުކުމަކުން ކައިވެނީގެ ޢަޤްދު‬
‫އުވާލުމެވެ‪ .‬ނުވަތަ ރޫޅާލުމެވެ‪.‬‬

‫‪ ް 11.8‬ކައިވެނި ފ ަސް ުޚ ާވ ާޙލަތްތަ ްއ‬

‫‪ .1‬ކައިވެނީގެ ޢަޤްދުގެ ރުކުނެއް ނުވަތަ ޞައްޙަވުމުގެ ޝަރުޠެއް އުނިވެފައިވާކަން‪ ،‬ކައިވެނީގެ ފަހުން އެނގުން‪:‬‬
‫މިސާލު‪ :‬ކައިވެނި ކުރެވިފައިވަނީ‪ ،‬ކައިވެނި ކުރުން ޙަރާމް މީހަކާކަން ފަހުން އެނގުން‬

‫‪ .2‬ދެމަފިރިންކުރެ މީހަކު މުރުތައްދުވުން‪:‬‬


‫ދެމަފިރިން ކުރެ ފިރިމީހާވެސް އަދި އަނބިމީހާވެސް މުރުތައްދު ވެއްޖެނަމަ‪ ،‬ކައިވެނީގެ ޢަޤްދު ފަސްޚުވެއެވެ‪.‬‬

‫‪ .3‬ފިރިމީހާ އާއި އަނބީމީއާ ދެމީހުން ލިޢާންކުރުން‪:‬‬


‫ފިރިމީހާ ލިޢާންގެ ހުވާތައް ފުރިހަމަކުރުމަށްފަހު އަނބިމީހާވެސް ލިޢާންގެ ހުވާތައް ފުރިހަމަކުރުމާއެކު‬
‫ދެމަފިރިންގެ ކައިވެނި ފަސްޚުވެގެން ދެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪118‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ާ ް 11.9‬ޤ ީ‬
‫ޟ ގެ ުޙކުމުން ފ ަސް ުޚކު ުރ ާވ ާޙލަތްތަ ްއ‬

‫‪ .1‬އަނބީމީހާއަށް ޚަރަދުނުކުރުން‪:‬‬
‫ތަނަވަސްކަމުގެ އަހުލުވެރިއަކަށްވުމާއެކު އަނބިމީހާއަށް ޚަރަދު ނުކުރާނަމަ ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ‬
‫ގޮތުގައި ކައިވެނި ފަސްޚުކުރުމަކީ ހުއްދަކަމެކެވެ‪.‬‬

‫‪ .2‬ފިރިމީހާ އަނބިމީހާއަށް އަނިޔާކުރުން‪:‬‬


‫ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުންވިޔަސް‪ ،‬އަނބިމީހާއަށް އަނިޔާކުރާނަމަ އެ ކަމެއް ބަލައި‬
‫ކަށަވަރުކޮށް ކައިވެނި ފަސްޚުކޮށްދިނުމުގެ ހުއްދަ ޤާޟީއަށް ލިބިގެންވެއެވެ‪.‬‬

‫‪ .3‬އެއްދާންކުރުމަށް ހުރަސްއަޅާފަދަ ޢައިބެއް ހުރުން‪:‬‬


‫ދެމަފިރިންކުރެ މީހެއްގެ ކިބައިގައި ހުރި ޢައިބަކީ ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ނުކުޅެދޭފަދަ ޢައިބެއް ނަމަ‬
‫ކައިވެނި ފަސްޚުކުރުން ހުއްދަވެގެންވެއެވެ‪.‬‬

‫‪ .4‬ދިރިއުޅުން ތަކުލީފަކަށް ވާފަދަ ބައްޔެއް ހުރުން‪:‬‬


‫މި ގޮތުން ޖުޒާމު ބައްޔާއި ބަރަސްބަލި ފަދަ ބައްޔެއް ދެމަފިރިން ކުރެ މީހަކަށް ޖެހިފައިވާނަމަ‪ ،‬ކައިވެނި‬
‫ފަސްޚުކުރުން ހުއްދަވެގެންވެއެވެ‪.‬‬

‫‪119‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ފިޤުހުވެރިންގެ އިޞްޠިލާޙުގައި "ޚުލްޢު" އަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬ޚުލްޢުގެ ރުކުންތަކަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .3‬ޚުލްޢު ވަރި ޞައްޙަވުމަށްޓަކައި‪ ،‬ޚުލްޢު ވަރިއަކުން ވަރިވާ އަންހެނާގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް‬
‫ލިޔާށެވެ!‬

‫‪ .4‬ޚުލްޢު ވަރިއަކުން ވަރިވުން ހުއްދަ ޙާލަތާއި ހުއްދަ ނޫން ޙާލަތެއް ބުނެދޭށެވެ‪!.‬‬

‫‪ .5‬ކައިވެނި ފަސްޚުކުރުމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .6‬ކައިވެނި ފަސްޚުވާނެ ތިން ޙާލަތެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ދެ ޢިބާރާތާމެދު ވިސްނައި‪ ،‬އެ ދެ ޢިބާރާތް ޝަރަޙަކުރާށެވެ‪ .‬އަދި އެދެޢިބާރާތުގެ މައްޗަށް ތަރުތީބުވެގެން‬
‫އަންނަ ކަންތައްތައް ޝަރަޙައިގައި ހިމަނާށެވެ!‬

‫‪".1‬ޚުލްޢުކުރުމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮންނަ ކައިވެނީގެ ގުޅުން ބާއިން ވަރިއަކުން‬


‫ރޫޅިގެންދެއެވެ‪".‬‬

‫‪" .2‬ކައިވެނި ފަސްޚުކުރުމާއެކު‪ ،‬ދެމަފިރިންގެ މެދުގައި އޮންނަ ކައިވެނީގެ ގުޅުން އެކީ ކެނޑިގެންދެއެވެ‪".‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪120‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފި ާލވަޅު ‪12‬‬


‫ޢި ްއ ަދ‬
‫ތަ ާޢ ަރފ ު‬ ‫‪12.1‬‬

‫ޢަރަބި ބަހުގައި ޢިއްދައިގެ މާނައަކީ‪ ،‬ޢަދަދުކުރުމާއި ހިސާބުކުރުމެވެ‪.‬‬

‫ޝަރުޢީ އިޞްޠިލާޙުގައި ޢިއްދައަކީ‪ ،‬ކައިވެނި ރޫޅުމަށްފަހު‪ ،‬ނުވަތަ ފިރިމީހާ މަރުވުމަށްފަހު‪ ،‬އެހެން މީހަކާއި‬
‫ކައިވެނިނުކޮށް އަންހެނާ މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެކެވެ‪.‬‬

‫‪ 12.2‬ޢިއްދައިގެ ޙުކުމް‬

‫ﷲ‬ ‫ޢިއްދާގައި އިންނަންޖެހޭ ސަބަބެއް މެދުވެރި ވެއްޖެނަމަ‪ ،‬ޢިއްދާގައި އިނުމަކީ އަންހެނާގެ މައްޗަށް ވާޖިބެކެވެ‪ .‬މާތް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫(އަލްބަޤަރާ‪)228 :‬‬ ‫󱐱󱐲﴾‬ ‫﴿‬


‫މާނައީ "އަދި‪ ،‬ވަރިކޮށްފައިވާ އަންހެނުން‪ ،‬އެކަނބަލުންގެ އަމިއްލަ‬
‫ނަފްސުތަކާއިގެން ތިން ޤުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!"‬

‫މި އާޔަތުގައި "އިންތިޒާރުކުރާ ހުށިކަމެކެވެ‪ ".‬އޮތް ބަސްފުޅުގެ މުރާދަކީ އެހެންމީހަކާ ކައިވެނި ނުކޮށް މަޑުކުރާ ހުށިކަމެވެ‪.‬‬

‫ޝ ުރ ުޢކު ެރ ްއ ުވމުގެ ޙިކުމަތް‬


‫ޢި ްއ ަދ ަ‬ ‫‪12.3‬‬

‫ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުން‬ ‫ﷲ‬ ‫‪ .1‬މާތް‬

‫‪ .2‬އަނބިމީހާގެ ރަޙިމުގެ ހުސްކަން ދެނެގަތުން‬

‫‪ .3‬ކައިވެނީގެ އާ ޢަޤްދަކާ ނުލައި ދެމަފިރިންނަށް އަލުން ގުޅެވޭނެ މަގެއް ތަނަވަސްކޮށް ދިނުން‬

‫‪ .4‬ފިރިމީހާ އަނބިމީހާއާ ވަކިވެ ދިޔަކަމަށްޓަކައި (މަރުވުމުންކަމުގައި ވިޔަސް ނުވަތަ ވަރިއަކުން ކަމުގައި ވިޔަސް)‬
‫ހިތާމަ ކުރާނެ ދުވަސްތަކެއް ލެއްވުން‬

‫‪121‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ .5‬ފިރިމީހާ އާ ވަކިވުމުގެ ސަބަބުން ޙަޔާތަށް އައިސްފައިވާ ބޮޑު ބަދަލާއެކު‪ ،‬ހަމަޖެހިލުމަށް ދުވަސްތަކެއް ލިބުން‬

‫‪ .6‬ކައިވެންޏަކީ ޤަދަރު މަތިވެރި މުހިންމު ޢަޤުދެއްކަން އަންގައިދިނުން‬

‫ޢި ްއ ަދއިގެ ސަ ބަ ު‬
‫ބ ތަ ްއ‬ ‫‪12.4‬‬

‫ކައިވެނި ރޫޅުމަށްފަހު‪ ،‬އެންމެ ޙާލަތެއް ފިޔަވައި އެހެން ހުރިހައި ޙާލަތެއްގައި ވެސް އަންހެން މީހާ ޢިއްދައިގައި‬
‫އިންނަންޖެހެއެވެ‪ .‬ފުރިހަމަކުރަން ޖެހޭ ޢިއްދައެއް ނެތް ހަމައެކަނި ޙާލަތަކީ‪ ،‬ކައިވެނިކުރުމަށްފަހު‪ ،‬އެއްދާންކުރުމާނުލައި‬
‫އަނބިމީހާ ވަރިކުރުމެވެ‪.‬‬

‫އަނބިމީހާ ޢިއްދައިގައި އިނުން ވާޖިބުވަނީ ތިން ސަބަބަކާ ގުޅިގެންނެވެ‪ .‬އެއީ‬

‫‪ .1‬ޞައްޙަ ކައިވެންޏަކަށްފަހު‪ ،‬ފިރިމީހާ މަރުވުން‪ :‬ކައިވެނިކުރުމަށްފަހު‪ ،‬ފިރިމީހާ މަރުވީ އެއްދާންކުރުމުގެ ކުރިން‬


‫ކަމުގައިވިޔަސް އަދި ފަހުންކަމުގައި ވިޔަސް‪ ،‬އަނބިމީހާ ޢިއްދައިގައި އިންނަން ޖެހެއެވެ‪.‬‬

‫‪ .2‬އަނބިމީހާއާއެކު އެއްދާންކުރުމަށްފަހު ކައިވެނި ރޫޅުން‪ :‬ޞައްޙަ ކައިވެންޏަކަށްފަހު އެއްދާންކުރުމުގެ ކުރިން‬


‫ކައިވެނި ރޫޅިއްޖެނަމަ‪ ،‬އަނބިމީހާ ޢިއްދައިގައި އިންނާކަށް ނުޖެހެއެވެ‪.‬‬

‫‪ .3‬ޝުބުހާއަކުން އެއްދާންކުރެވުން‪ :‬ދެމަފިރިން ނޫނަސް‪ ،‬އޮޅުމަކުން ހިނގާކަމަކުން ނުވަތަ އެ ނޫން‬


‫ސަބަބަކާހުރެވެސް އެއްދާންކޮށްފިނަމަ ރަޙިމުގެ ހުސްކަން ދެނެގަތުމަށްޓަކައި ޢިއްދަ ފުރިހަމަ ކުރަންޖެހެއެވެ‪.‬‬

‫ޢި ްއ ަދއިގެ ވަ ްއތަ ުރ ތަ ްއ‬ ‫‪12.5‬‬

‫ފިޤުހީ ނަޒަރަކުން ބަލާއިރު ޢިއްދަ ބެހިގެންވަނީ ‪ 3‬ބަޔަކަށެވެ‪ .‬އެއީ‪:‬‬

‫ވިހެއުމުން ޢިއްދަ ފުރިހަމަކުރާ‬ ‫ޤުރުއުން (ޙައިޟު ނުވަތަ ޠުހުރުން)‬


‫މަހުން ޢިއްދަ ފުރިހަމަކުރާ މީހުން‬
‫މީހުން‬ ‫ޢިއްދަ ފުރިހަމަކުރާ މީހުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪122‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޢި ްއ ަދއިގ ެ މު ްއ ަދތުތަ ްއ‬ ‫‪12.6‬‬

‫ޢިއްދައިގެ ގޮތުގައި އަންހެނާ އިންނަންޖެހޭ މުއްދަތު އެކި ޙާލަތްތަކުގައި ތަފާތުވެއެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .1‬ވަރިކުރެވިފައިވާ‪ ،‬ޙައިޟުވާ މާބަނޑު ނޫން އަންހެނާގެ ޢިއްދައަކީ ތިން "ޤުރުއު"އެވެ‪" .‬ޤުރުއު" އަކީ‬
‫ޙައިޟުކަން ނުވަތަ ޠުހުރުކަން ކަނޑައެޅުމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ‪ .‬ބޮޑަށް‬
‫ﷲ‬ ‫ބުރަވެވެނީ އެއީ ޙައިޟުކަމަށެވެ‪ .‬ތިން ޙައިޟުވުމުން އެ ފަދަ އަންހެނާގެ ޢިއްދަ ހަމަވާނެއެވެ‪ .‬މާތް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫󱐱 󱐲 ﴾ (އަލްބަޤަރާ‪)228 :‬‬ ‫﴿‬


‫މާނައީ "އަދި‪ ،‬ވަރިކޮށްފައިވާ އަންހެނުން‪ ،‬އެކަނބަލުންގެ އަމިއްލަ‬
‫ނަފްސުތަކާއިގެން ތިން ޤުރުއު ވަންދެން އިންތިޒާރުކުރާހުށިކަމެވެ!"‬

‫ﷲ‬ ‫‪ .2‬ވަރިކުރެވިފައިވާ ޙައިޟުނުވާ ޢުމުރުގެ އަންހެނާގެ ޢިއްދައަކީ ހަނދުމަހުގެ ތިން މަސްދުވަހެވެ‪ .‬މާތް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫﴿‬
‫􉌔􉌕 ﴾ (އައްޠަލާޤް‪)4 :‬‬

‫މާނައީ "ތިޔަބައިމީހުންގެ އަންހެނުންކުރެ ޙައިޟުން އުންމީދު ކެނޑިފައިވާ މީހުންނާމެދު‬


‫(އެބަހީ‪ :‬ޢިއްދައިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ‪ ،‬ފަހެ‪،‬‬
‫އެކަނބަލުންގެ ޢިއްދައަކީ‪ ،‬އަދި ޙައިޟުނުވާ މީހުންގެ ޢިއްދައަކީވެސް ތިންމަސް ދުވަހެވެ‪".‬‬

‫‪ .3‬މާބަނޑު އަންހެނުންގެ ޢިއްދައަކީ ވިހެއުމެވެ‪ .‬ކައިވެނި ރޫޅުނުއިރު ނުވަތަ ފިރިމީހާ މަރުވި ހިނދު މާބަނޑު‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫އަންހެނެއްގެ ގޮތުގައި އިންނަމަ އޭނާގެ ޢިއްދައަކީ ވިހެއުމެވެ‪ .‬މާތް‬

‫(އައްޠަލާޤް‪)4 :‬‬ ‫􉌝﴾‬ ‫􉌛‬ ‫﴿‬


‫މާނައީ "އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ‪ ،‬އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ‪".‬‬

‫‪123‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫‪ .4‬ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދައަކީ ހަތަރު މަހާއި ދިހަ ދުވަހެވެ‪ .‬މާތް‬

‫󱕜﴾‬ ‫﴿‬
‫(އަލްބަޤަރާ‪ )234 :‬މާނައީ "އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން‪،‬‬
‫އެކަނބަލުންގެ ނަފްސުތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) އިންތިޒާރު ކުރާހުށިކަމެވެ!"‬

‫‪ ް 12.7‬ޢި ްއ ަދއިގެ މު ްއ ަދ ާތއި ގުޅިފައި ާވ ބައެ ްއ ފިޤުހީ ުޙކުމްތަ ްއ‬

‫‪ .1‬ރަޖުޢީވަރިއަކުން ވަރިވެފައިވާ އަންހެނާއަށް ޢިއްދައިގެ މުއްދަތުގައި ޚަރަދުކުރުމަކީ ފިރިމީހާގެ ވާޖިބެކެވެ‪.‬‬

‫‪ .2‬ރަޖުޢީވަރިއަކުން ވަރިވެފައިވާ އަންހެނާ ޢިއްދަ ފުރިހަމަކުރަންވާނީ ފިރިމީހާގެ ގޭގައެވެ‪.‬‬

‫‪ .3‬ރަޖުޢީވަރިއެއްގެ ޢިއްދައިގައި އަންހެނާ ވަނިކޮށް ދެމަފިރިންކުރެ މީހަކު މަރުވެއްޖެނަމަ‪ ،‬އެކަކުގެ ކިބައިން‬


‫އަނެކަކަށް ވާރުތަކުރާނެއެވެ‪.‬‬

‫‪ .4‬ޢިއްދައިގެ މުއްދަތުގައި‪ ،‬ޚިޠުބާ ވުމާއި އެހެން މީހަކާ ކައިވެނިކުރުމަކީ ޙަރާމްކަމެކެވެ‪.‬‬

‫‪ .5‬ފިރިމީހާ މަރުވުމުގެ ސަބަބުން ޢިއްދައިގައި އިންނަ އަންހެނާ ހިތާމަ ފާޅުކުރުމުގެ ގޮތުން ޢިއްދައިގެ މުއްދަތުގައި‬
‫ޒީނަތްތެރިވުން ދޫކޮށްލުން ޝަރުޢުވެގެންވެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪124‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ޢިއްދަ ޝަރުޢުކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން ‪ 4‬ޙިކުމަތެއް ބުނެދޭށެވެ!‬

‫‪ .2‬ޢިއްދަ ބެހޭ ބާވަތްތަކަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪" .3‬ޢިއްދަ ފުރިހަމަކުރަންޖެހެނީ ޢިއްދައިގެ ސަބަބުތަކުންކުރެ ސަބަބެއް ކުރިމަތި ވެއްޖެނަމައެވެ!" މި ޖުމްލައިގައި‬


‫އިޝާރާތްކުރާ ސަބަބުތަކަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .4‬ކައިވެނި ރޫޅުމަށްފަހު އަނބިމީހާ‪ ،‬ޢިއްދައެއް ފުރިހަމަކުރަން ނުޖެހޭ ޙާލަތަކީ ކޮބައިކަން ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ހާލަތްތަކުގައި އަދާކުރަންޖެހޭ ޢިއްދައިގެ މިންވަރާއި ސަބަބު ބުނެދޭށެވެ!‬

‫‪ .1‬ބަނޑަށް ‪ 3‬މަހުގައި ވަރިކުރެވިފައިވާ އަންހެނާ‬


‫‪ .2‬ކައިވެނިކުރުމަށްފަހު‪ ،‬އެއްދާން ކުރުމެއްނެތި ވަރިކުރެވިފައިވާ އަންހެނާ‬
‫‪ .3‬ވަރިކުރެވިފައިވާ ޢުމުރުން ދުވަސްވުމުގެ ސަބަބުން‪ ،‬ޙައިޟުން ކެނޑިފައިވާ އަންހެނާ‬

‫‪ .4‬ވަރިކުރެވިފައިވާ މާބަނޑު ނޫން‪ ،‬ޙައިޟުވާ ޢުމުރުގެ އަންހެނާ‬

‫‪125‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪13‬‬


‫ޡި ާހ ުރކުރުން‬

‫‪ ް 13.1‬ތަ ާޢ ަރފ ު‬

‫ޡިހާރުކުރުމަކީ ތިމާއާ ދާއިމަށް ކައިވެނި ޙަރާމް އަންހެނަކާ ތިމާގެ އަނބިމީހާ އެއްފަދަކުރުމެވެ‪ .‬އެއީ މިސާލަކަށް ތިމާގެ‬

‫އަނބިމީހާ އާ ދިމާއަށް "ކަނބުލޭގެ ތިމަންނާއަށް ތިމަންނާގެ މަންމަ ފަދައެވެ‪ ".‬ބުނުމެވެ‪.‬‬

‫ތިމާއާ ކައިވެނިކުރުން ދާއިމަށް ޙަރާމް އަންހެނަކާ ތިމާގެ އަނބިމީހާ އެއްފަދަކުރުމުގެ މާނައަކީ‪ ،‬މަޙްރަމުންނެކޭ‬

‫އެއްފަދައިން ތިމާގެ އަނބިމީހާވެސް ތިމާގެ މައްޗަށް ޙަރާމްވެގެންވުމެވެ‪ .‬ޡިހާރުގެ ބަހެއް ބުނުމަކީ‪ ،‬ޖާހިލިއްޔަ‬

‫ޒަމާނުގައި ވަރިއެކެވެ‪ .‬ނަމަވެސް އިސްލާމްދީން އައުމަށްފަހު‪ ،‬ޡިހާރަކީ ވަރިއެއްނޫންކަމުގައި އަދި އެއީ ޚާއްޞަ‬

‫ޙުކުމްތަކެއް އެކުލެވޭ ކަމެއްކަމުގައިވަނީ ކަނޑައަޅުއްވާފައެވެ‪.‬‬

‫‪ ް 13.2‬ޡި ާހ ުރކު ުރމުގެ ުޙކުމް‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫އިސްލާމްދީން އައުމަށްފަހު ޡިހާރުކުރުމަކީ ޙަރާމްކަމެއް ކަމުގައި ލެއްވިއެވެ‪ .‬މާތް‬

‫􈦕‬ ‫﴿‬
‫􈦢﴾‬
‫(އަލްމުޖާދަލާ‪ )2 :‬މާނައީ "ތިޔަބައިމީހުންކުރެ އަނބިންނަށް ޡިހާރު ކުރާމީހުން (ދަންނާށެވެ!)‬
‫އެކަނބަލުންނަކީ‪ ،‬ތިޔަބައިމީހުންގެ މައިންނެއްނޫނެވެ‪ .‬އެއުރެންވިހޭ ކަނބަލުން މެނުވީ‪ ،‬އެއުރެންގެ‬
‫މައިންކަމުގައި ނުވެތެވެ‪ .‬އަދި ހަމަކަށަވަރުން‪ ،‬އެއުރެން އެ ބުނަނީ މުންކަރު ބަހެކެވެ‪ .‬އަދި ދޮގެކެވެ‪".‬‬

‫‪ ް 13.3‬ޡި ާހ ުރގެ ުރކުން ތަ ްއ‬

‫ޡިހާރު ކަމުގައި ބެލެވޭނީ އަންނަނިވި ރުކުންތައް ފުރިހަމަވުމާއެކު އެއިން ކޮންމެ ރުކުނެއްގައި ހުންނަންޖެހޭ ޝަރުޠުތައް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪126‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފުރިހަމަވުމުންނެވެ‪ .‬އެ ގޮތުން ޡިހާރުގެ ރުކުންތަކަކީ‪:‬‬

‫‪ .1‬ޡިހާރުކުރާ ފަރާތް‪ :‬އެއީ ފިރިމީހާއެވެ‪ .‬އަނބިމީހާ އެފަދަ ބަހެއް ބުނުމަކުން އެއީ ޡިހާރުކަމުގައި ނުވާނެއެވެ‪.‬‬
‫އަދި މީހެއްގެ ފިރިއެއް ނޫން މީހަކު ބުނާ ބަހަކީވެސް ޡިހާރުކަމުގައި ނުވާނެއެވެ‪.‬‬

‫‪ .2‬ޡިހާރުގެ ބަސް ރައްދުވާ ފަރާތް‪ :‬އެއީ ޡިހާރުގެ ބަސްބުނި މީހާގެ އަނބިމީހާއެވެ‪ .‬އަނބިމީހާ ނޫން އެހެން މީހަކާ‬
‫މުޚާޠަބުކޮށް ޡިހާރުގެ ބަސްބުނުމަކުން ޡިހާރަކަށް ނުވާނެއެވެ‪.‬‬

‫‪ .3‬އަނބިހާއާ އެއްގޮތް ކުރެވޭ ފަރާތް‪ :‬އަނބިމީހާ އެއްގޮތްކުރެވިފައިވާ މީހާއަކީ ފިރިމީހާގެ މަޙްރަމުންކުރެ މީހަކަށް‬
‫ވާންވާނެއެވެ‪ .‬މަންމަ‪ ،‬ދައްތަ‪ ،‬ކޮއްކޮ‪ ،‬ބޮޑުދައިތަ ފަދަ އަންހެނަކަށް ވާންވާނެއެވެ‪ .‬ވަގުތީ ގޮތުން ކައިވެނި‬
‫ޙަރާމް މީހަކާ އެއްފަދަކުރުމަކީ ޡިހާރެއް ނޫނެވެ‪.‬‬

‫‪ .4‬ޡިހާރުގެ ބަސް‪ :‬ޡިހާރުގެ ބަހަކީ އަނބިމީހާ‪ ،‬ދާއިމީ މަޙްރަމަކާ އެއްފަދަކުރުމުގެ ގޮތުން ފިރިމީހާގެ ދުލުން ބުނާ‬
‫ބަހެވެ‪.‬‬

‫‪ ް 13.4‬ޡި ާހ ުރ ޞަ ްއޙަ ުވމުގެ ަ‬


‫ޝ ުރޠުތަ ްއ‬

‫ޡިހާރު ޞައްޙަ ޡިހާރެއްކަމުގައިވާނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ‪.‬‬

‫‪ .1‬ޡިހާރުގެ ބަސްބުނާ މީހަކީ މުސްލިމެއް ކަމުގައިވުން‬

‫‪ .2‬ޡިހާރުގެ ބަސްބުނާ މީހަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން‬

‫‪ .3‬ޡިހާރުގެ ބަސްބުނާ މީހަކީ ބާލިޣުވެފައިވާ މީހެއްކަމުގައިވުން‬

‫‪ .4‬ޡިހާރުކުރުމުގައި އަނބިމީހާ އެއްފަދަކޮށްފައިވަނީ‪ ،‬ފިރިމީހާގެ ދާއިމީ މަޙްރަމަކާ ކަމުގައިވުން‬

‫‪ .5‬ޡިހާރުގެ ބަސް ރައްދުވާފަރާތަކީ‪ ،‬ބަސްބުނިމީހާގެ އަނބިމީހާ ކަމުގައިވުން‬

‫‪ .6‬ޡިހާރުގެ ބަސް ރައްދުވަނީ ކަނޑައެޅިގެން ކާކަށްކަން އެނގުން‬

‫‪127‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ ް 13.5‬ޡި ާހ ުރގެ ކ ަ ްއފާރާ‬

‫ޡިހާރަކީ ޖާހިލިއްޔަ ޒަމާނުގައި ވަރިއެއްކަމުގައި ވިޔަސް‪ ،‬އިސްލާމްދީން އެއީ ވަރިއެއް ނޫންކަމުގައި ލެއްވިއެވެ‪ .‬ނަމަވެސް‬
‫ޡިހާރުކުރުމަކީ ވަކި ޚާއްޞަ ކައްފާރާއެއް ދޭންޖެހޭ ފާފައެއް ކަމުގައި ލެއްވިއެވެ‪ .‬އެ ގޮތުން ދޭންޖެހޭ ކައްފާރާއަކީ‬
‫އަންނަނިވި ތިންކަމުގެ ތެރެއިން ކޮންމެވެސް އެއްކަމެއް އަދާކުރުމެވެ‪.‬‬

‫މުއުމިނު އަޅަކު މިނިވަންކުރުން‬ ‫‪1‬‬

‫އެކަމަށް ކުޅަދާނަވެގެން ނުވާނަމަ‬

‫‪ 60‬ދުވަހު ރޯދަހިފުން‬ ‫‪2‬‬

‫އެކަމަށް ކުޅަދާނަވެގެން ނުވާނަމަ‬

‫‪ 60‬މިސްކީނުންނަށް ކާންދިނުން‬ ‫‪3‬‬

‫ވަޙީކުރައްފައިވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫ﱡﭐ ﱰ ﱱ ﱲ ﱳ ﱴ ﱵ ﱶ ﱷ ﱸ ﱹ ﱺ ﱻ ﱼ‬

‫ﱽﱾ ﱿ ﲀ ﲁﲂ ﲃ ﲄ ﲅ ﲆ ﲇ ﲈ ﲉ ﲊ ﲋ‬

‫ﲌ ﲍ ﲎ ﲏ ﲐ ﲑﲒ ﲓ ﲔ ﲕ ﲖ ﲗ ﲘﲙﱠ‬
‫(އަލްމުޖާދަލާ‪ )4–3 :‬މާނައީ "އަދި އެއުރެންގެ އަނބިންނަށް ޡިހާރުކޮށް‪ ،‬ދެން އެއުރެން ބުނި ބަސް‬
‫އަނބުރައި ގެނައުމަށް އެދޭމީހުން‪ ،‬އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ‪ :‬އެއްދާންކުރުމުގެ ކުރީގައި)‬
‫އީ‪،‬‬ ‫هللا‬ ‫އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް ނަޞޭޙަތް ދެއްވާގޮތެވެ‪ .‬އަދި‬
‫ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ‪ .‬ފަހެ‪ ،‬އަޅަކު މިނިވަންކުރަން‬
‫ނުލިބުނުމީހާ‪ ،‬އެ ދެމަފިރިން އެއްދާންކުރުމުގެ ކުރީގައި ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފާހުށިކަމެވެ!‬
‫ފަހެ‪ ،‬ރޯދަހިފުމަށް ނުކުޅެދިއްޖެމީހާ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭހުށިކަމެވެ!"‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪128‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ ް 13.6‬ޡި ާހ ުރކު ުރ ާމއި ގުޅިގެން ުއފ ެދޭ ފިޤުހީ ަ‬


‫ނ ތީ ާޖތަ ްއ‬

‫‪ .1‬ކައްފާރާ ދިނުމަށް ދާންދެން އަނބިމީހާއާއެކު ޖިމާޢުވުން ޙަރާމްވުން‬

‫‪ .2‬ޡިހާރުން އެނބުރި ރުޖޫޢަވުމަށް ބޭނުންނަމަ ކައްފާރާ ދިނުން ވާޖިބުވުން‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ޡިހާރުކުރުމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬އިސްލާމްދީން އައުމަށް ފަހު ޡިހާރާ ގުޅޭ ޚާއްޞަ ޙުކުމްތަކެއް ޝަރުޢު ކުރެއްވުމުން ދޭހަވަނީ‬
‫ކޮންކަންކަމެއްކަން ބުނެދޭށެވެ!‬

‫‪ .3‬ޡިހާރު ޞައްޙަވުމަށްޓަކައި ޡިހާރުގެ ބަސްބުނާމީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބުނެދޭށެވެ!‬

‫‪ .4‬ޡިހާރުކުރުމަށްފަހު އެބަހުން އެނބުރި ރުޖޫޢަވާމީހާ ދޭންޖެހޭ ކައްފާރާއަކީ ކޮބައިކަން ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ހާދިސާ ކިޔުމަށްފަހު‪ ،‬ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ފަރީދާއި އާމިނާ އާ ދެމެދު ޖެހުނު މައްސަލައެއްގައި ފަރީދު އާމިނާ އާ ދިމާއަށް ބުނީ "ތީމަގޭ ދައްތަ ފަދަ މީހެއް‪.‬‬
‫ދުވަހަކުވެސް ދެން ކައިރިނުވާނަން" މި ފަދައިންނެވެ‪ .‬ފަރީދު އައިސްފައި ހުރި ރުޅި މަޑުވުމަށްފަހު‪ ،‬އޭނާއަށް‬
‫ބުނެވުނު ބަހާ މެދު ދެރަވިއެވެ‪ .‬އާމިނާއަކީ އޭނާއަށް ނުލާހިކު ރަނގަޅު އަނތްބެއްކަން އޭނާ ދަނެއެވެ‪ .‬އެހެންކަމުން‬
‫ފަރީދު އޭނާ ބުނި ބަހުން އެނބުރި ރުޖޫޢަވެ އާމިނާ އާއެކު އުޅެން ބޭނުންވިއެވެ‪.‬‬

‫‪ .1‬ފަރީދު ބުނިބަހުގެ ސަބަބުން‪ ،‬އޭނާގެ އަނބިމީހާ ވަރިވާނެ ހެއްޔެވެ! ސަބަބަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬އިސްވެދިޔަ ހާދިސާގައި އެވަނީ ޡިހާރެކެވެ‪ .‬އެ ޡިހާރުގެ ރުކުންތައް ހާދިސާގެ އަލީގައި ނެރެދޭށެވެ!‬

‫‪ .3‬ފަރީދު އާމިނާއަކީ އަނތްބެއްކަމުގައި ބަލައިގެން އުޅެން ބޭނުންނަމަ‪ ،‬ފަރީދު ކަންތައް ކުރަންޖެހޭނެ ގޮތް‬
‫ބުނެދޭށެވެ!‬

‫‪129‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪14‬‬


‫އީ ާލ ުއ‬
‫ތަ ާޢ ަރފ ު‬ ‫‪14.1‬‬

‫އީލާއަކީ‪ ،‬ވަކި ޚާއްޞަ މުއްދަތެއް ވަންދެން އަނބިމީހާއާ ޖިމާޢުވުން ދޫކޮށްލައިގެން ހުރުމަށް ހުވާކުރުމެވެ‪.‬‬

‫އީ ާލ ުއކު ުރމުގެ ުޙކުމް‬ ‫‪14.2‬‬

‫ކައިވެންޏަކީ ދެމީހުން އެކަކު އަނެކަކުގެ ފުށުން އުފަލާއި އަރާމު ހޯދުމަށް ކުރާ ޢަޤްދަކަށްވީ ހިނދު‪ ،‬އީލާއުގެ ބަހެއް‬
‫ބުނެ‪ ،‬އަނބިމީހާ އާއި ގާތްނުވެ ހުރުމަކީ‪ ،‬އަނބިމީހާއަށް ދެވޭ އަނިޔާއެކެވެ‪ .‬އެހެންކަމުން އީލާއުކުރުމަކީ ޙަރާމްކަމެއް‬
‫ކަމުގައި ދީނުގައިވަނީ ކަނޑައަޅުއްވާފައެވެ‪.‬‬

‫އީލާއުކުރުމަކީ ޙަރާމްކަމެއްކަން ދޭހަވަނީ‪ ،‬އީލާއުއާގުޅޭ ޙުކުމްތައް ބަޔާންކުރާ އާޔަތުގެ އެންމެ ފަހު އިބާރާތްތަކުންނެވެ‪.‬‬
‫އެއިބާރާތްތަކަކީ‬

‫(އަލްބަޤަރާ‪)226 :‬‬ ‫󱐢󱐣 ﴾‬ ‫﴿‬


‫هللا‬ ‫ފަހެ‪ ،‬އެއުރެން (ޖިމާޢުވުމަށް) އެނބުރި ރުޖޫޢަވެއްޖެނަމަ‪ ،‬ހަމަކަށަވަރުން‪،‬‬
‫އީ‪ ،‬ގިނަގިނައިން ފާފަފުއްސަވާ‪ ،‬ރަޙީމްވަންތަ ރަސްކަލާނގެއެވެ‪".‬‬

‫މި އާޔަތުގައި ފާފަ ފުއްސަވާ ވާހަކަ އޮތުމުން‪ ،‬އެނގެނީ އީލާއުކުރުމަކީ ފާފައެއް ކަމާއި‪ ،‬އޭގެ ފަހުން އެކަމުން‬
‫ރުޖޫޢަވުމަށް ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށް ކަންތައް ކުރުމުން‪ ،‬އެކަމުގެ ފާފަ ފުހެވިގެން ދާކަމެވެ‪.‬‬

‫އީ ާލ ުއގެ ުރކުން ތަ ްއ‬ ‫‪14.3‬‬

‫‪ .1‬އީލާއުގެ ބަސް ބުނާމީހާ‪ :‬މިއީ ކައިވެނިކޮށްގެން ހުރި ފިރިއެއްކަމުގައި ވާންވާނެއެވެ‪.‬‬

‫‪ .2‬އީލާއުގެ ބަސް ރައްދުވާމީހާ‪ :‬މިއީ ބަސްބުނިމީހާގެ އަނބިމީހާ ކަމުގައި ވާންވާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪130‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .3‬އީލާއުގެ ބަސް‪ :‬މިއީ އަނބިމީހާއަށް ރައްދުވާހެން‪،‬‬


‫އިސްލާމީ ފިޤުހުގެ މި ޔުނިޓުގައިވާ ފިލާވަޅުތަކުން‬
‫އޭނާއާއެކު ޖިމާޢުނުވާނޭކަމަށް ފިރިމީހާ ކުރި ހުވާގެ‬
‫ވަރަށް ބޮޑު ޢިބްރަތެއް ލިބިގެންދެއެވެ‪ .‬އެއީ‬
‫އިބާރާތެވެ‪.‬‬
‫އިންސާނާގެ ދުލުން ބުނާ ބަހުގެ ސަބަބުން‬
‫އުފެދޭ ނަތީޖާގެ ބޮޑު ކަމެވެ‪ .‬ކައިވެންޏާއި‬ ‫‪ .4‬އީލާއުކުރެވުނު ކަންތައް‪ :‬އީލާއުކަމުގައިވާނީ‬

‫ޚިޠުބާއާއި ވަރިއާއި ޚުލްޢާއި އީލާއު ފަދަ‬ ‫ޖިމާޢުވުން ދޫކޮށްލުމަށް ހުވާކުރުމުންނެވެ‪.‬‬

‫ކަންކަމުގެ ތެރެއިން‪ ،‬ޢާއިލީ ގުޅުންތައް‬ ‫ޖިމާޢުވުން ފިޔަވައި އެހެންކަމެއް ދޫކޮށްލުމަށް‬

‫އުފެދުމާއި ޢާއިލީ ގުޅުންތައް ފުނޑުފުނޑުވެގެން‬ ‫ހުވާކުރިއަސް އެއީ އީލާއުކުރުން ކަމުގައި‬

‫ދިއުން ބިނާވެފައިވަނީ ދުލުން ބޭރުވާ ކުޑަ‬ ‫ނުބެލެވޭނެއެވެ‪.‬‬

‫ލަފުޒެއްގެ މައްޗަށެވެ‪ .‬އެހެންކަމުން ކޮންމެ‬ ‫‪ .5‬އީލާއުގެ މުއްދަތު‪ :‬އީލާއުކުރުންކަމުގައި ބެލެވޭނީ‬


‫ބަހެއް ދުލުން ބޭރުކުރުމުގެ ކުރިން ބުއްދީގެ‬ ‫‪ 4‬މަސް ދުވަހަށް ނުވަތަ އެ އަށްވުރެ ދިގު‬
‫ތަރާދުން އެކަމެއް ވަޒަންކުރުމުގެ މުހިންމުކަމާއި‬ ‫މުއްދަތަކަށް‪ ،‬ޖިމާޢުވުން ދޫކޮށްލާނެކަމަށް‬
‫ތިމާގެ ކިޔަމަންތެރިކަމުގެ ދަށުގައި ދޫ‬ ‫ހުވާކުރުމުންނެވެ‪ .‬ޖިމާޢުވުން ދޫކޮށްލާނެކަމަށް ބުނީ‬
‫ބޭއްވުމަށް އިރުޝާދުލިބެއެވެ‪ .‬ޙަޔާތް އާބާދުވުމާއި‬ ‫ހަތަރު މަސްދުވަހަށްވުރެ ކުރު މުއްދަތަކަށް ނަމަ‪،‬‬
‫ބަރުބާދުވުމުގައި ވެސް ބޮޑު ރޯލެއް ދޫ‬ ‫އެއީ އީލާއުކުރުން ކަމުގައި ނުބެލެވޭނެއެވެ‪.‬‬
‫އަދާކުރެއެވެ‪.‬‬
‫އީ ާލ ުއ ޞަ ްއޙަ ުވމުގ ެ ަ‬
‫ޝ ުރޠުތަ ްއ‬ ‫‪14.4‬‬

‫‪ .1‬އީލާއުކުރި މީހާއާއި‪ ،‬އީލާއުގެ ބަސް ރައްދުވިމީހާގެ ދެމުގައި ކައިވެނީގެ ގުޅުން އޮތުން‬

‫‪ .2‬އީލާއުގެ ބަސް ބުނި މީހާއަކީ ބާލިޣުވެ ބުއްދި ސަމާލަތުން ހުރި މީހެއް ކަމުގައިވުން‬

‫ގެ އިސްމުފުޅަކާ ނުވަތަ ސިފަފުޅަކާ ކަމުގައިވުން‬ ‫ﷲ‬ ‫‪ .3‬އީލާއުގެހުވާ ގުޅުވާފައިވަނީ މާތް‬

‫‪ .4‬އިތުރު މާނައެއް ނުނެގޭފަދަ ޞަރީޙަ އިބާރާތަކުން އީލާއުގެ ބަސް ބުނެފައިވުން‬

‫‪ .5‬އީލާއުގެ ބަހުގައި ‪ 4‬މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ވަންދެން ޖިމާޢުވުން ދޫކޮށްލާނެކަމަށް‬
‫ހުވާކޮށްފައިވުން‬

‫‪131‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫އީ ާލ ުއގެ ސަ ބަބުން ުއފ ެދޭ ފިޤުހީ ަ‬


‫ނ ތީ ާޖތަ ްއ‬ ‫‪14.5‬‬

‫‪ .1‬ފިރިމީހާ އަނބިމީހާއަށް ރައްދުކޮށް އީލާއުގެ ބަސް ބުނެ‪ ،‬އެ ބަހުގެ މަތީގައި ދެމިހުރެވޭނީ ގިނަވެގެން ‪ 4‬މަސް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ދުވަހެވެ‪ .‬މާތް‬

‫(އަލްބަޤަރާ‪)226 :‬‬ ‫󱐝﴾‬ ‫﴿‬


‫މާނައީ "އެއުރެންގެ އަނބިންނާމެދު (ޖިމާޢު ނުވުމަށް) ހުވާކުރާ މީހުންނަށް‬
‫އިންތިޒާރު ކުރުން ވަނީ‪ ،‬ހަތަރު މަސްދުވަހަށެވެ‪".‬‬

‫‪ .2‬އީލާއުކުރުމަށްފަހު‪ ،‬އެ ބަހުން ރުޖޫޢަނުވެ ‪ 4‬މަސްދުވަސް ވެއްޖެނަމަ އަންނަނިވި ދެ ގޮތުންކުރެ ގޮތެއް‬


‫އިޚްތިޔާރުކުރުން ވާޖިބުވެއެވެ‪ .‬އެއްގޮތަކީ ކައްފާރާ އަދާކޮށް އަނބިމީހާއާއެކު ދިރިއުޅެން ފެށުމެވެ‪ .‬އަނެއް ގޮތަކީ‬
‫ރިވެތި ގޮތުގައި އަނބިމީހާ ވަރިކުރުމެވެ‪.‬‬

‫‪ .3‬އިސްވެ ދެންނެވުނު ދެ ގޮތުންކުރެ ގޮތެއް‪ ،‬ހަތަރު މަސްދުވަސް ހަމަވުމުންވެސް ފިރިމީހާ އިޚްތިޔާރު‬


‫ނުކުރާނަމަ‪ ،‬އެ ދެ ގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުމަށް ޤާޟީ ފިރިމީހާއަށް އަމުރުކުރާނެއެވެ‪.‬‬

‫‪ .4‬ޤާޟީ އަމުރުކުރުމާއެކުވެސް އެ ދެ ގޮތުންކުރެ ގޮތެއް‪ ،‬ފިރިމީހާ ނުހެދިނަމަ‪ ،‬ބާއިން ވަރި އަކުން ދެމަފިރިން‬
‫ތަފްރީޤުކުރެވޭނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪132‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬އީލާއުކުރުމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬އީލާއުކުރުމަކީ ޙަރާމްކަމެއްކަން އަންގައިދޭ ދަލީލަކީ ކޮބައިހެއްޔެވެ؟‬

‫‪ .3‬އީލާއުކުރުން ޙަރާމްކުރެއްވުމުގެ ސަބަބަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .4‬އީލާއުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟‬

‫‪ .5‬އީލާއު ޞައްޙަވުމުގެ ޝަރުޠުތައް ބަޔާންކުރާށެވެ!‬

‫‪ .6‬އީލާއުގެ ސަބަބުން އުފެދޭ ފިޤުހީ ނަތީޖާތަކަކީ ކޮބައިކަން ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އަންނަނިވި ހާދިސާ ކިޔުމަށްފަހު‪ ،‬ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫އާދަނާއި ފާޠިމާއަކީ ދެމަފިރިންނެވެ‪ .‬ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ‬


‫ތެރެއިން ފާޠިމާއާ ‪ 5‬މަސްވަންދެން ޖިމާޢު ނުވުމަށް އާދަނު ހުވާކުރިއެވެ‪ .‬އެގޮތުގައި މިހާރު ހަތަރު މަސް‬
‫ހޭދަވެއްޖެއެވެ‪ .‬އެހެންކަމުން ފާޠިމާ އެމައްސަލަ ކޯޓަށް ހުށައެޅިއެވެ‪.‬‬

‫‪ .1‬މިހާދިސާއިން އީލާއުގެ ރުކުންތައް ނެރެދޭށެވެ!‬

‫‪ .2‬މިޙާލަތުގައި އާދަނު ޢަމަލުކުރަންޖެހޭނެގޮތް ބުނެދޭށެވެ!‬

‫‪ .3‬މިޙާލަތުގައި ޤާޟީ ޢަމަލުކުރަންޖެހޭނެ ގޮތަކީ ކޮބައިހެއްޔެވެ؟‬

‫‪133‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ފި ާލވަޅު ‪15‬‬


‫ޤަ ްޛފުކުރުން‬
‫ތ ަ ާޢ ަރފ ު‬ ‫‪15.1‬‬

‫"ޤަޛްފު" މި ބަސް ޢަރަބި ބަހުގައި ބޭނުންކުރަނީ‪ ،‬އެއްޗެއް އުކުން ނުވަތަ އެއްޗެއް އެއްލުމުގެ މާނައިގައެވެ‪.‬‬

‫ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޤަޛްފުކުރުމަކީ މީހަކަށް ނިސްބަތްކޮށް ޒިނޭގެ ތުހުމަތު ކުރުމެވެ‪ .‬ނުވަތަ ޒިނޭއާ‬
‫މަތިކުރުމެވެ‪.‬‬

‫ޤ ަ ްޛފުކު ުރމުގެ ުޙކުމް‬ ‫‪15.2‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ޤަޛްފުކުރުމަކީ ޙަރާމްކަމެކެވެ‪ .‬އަދި އެއީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލެކެވެ‪ .‬މާތް‬

‫ﱡﭐﲆ ﲇ ﲈ ﲉ ﲊ ﲋ ﲌ ﲍ‬
‫(އައްނޫރު‪)23 :‬‬ ‫ﲎ ﲏ ﲐ ﲑ ﲒ ﲓﱠ‬
‫މާނައީ "ހަމަކަށަވަރުން‪ ،‬ޢިއްފަތްތެރި‪ ،‬ޣަފްލަތްތެރި (އެބަހީ‪ :‬ފާފަކުރުމުގެ ޚިޔާލު ވެސް‬
‫ނެތް) މުއުމިން އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް‪ ،‬ދުނިޔެއާއި‪ ،‬އާޚިރަތުގައި‬
‫ލަޢުނަތްލައްވާފައިވެއެވެ‪ .‬އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ‪.‬‬

‫ޤަ ްޛފުގެ ުރކުން ތަ ާކއި ަ‬


‫ޝ ުރޠުތަ ްއ‬ ‫‪15.3‬‬

‫ޤަޛްފުގައި އެކުލެވިގެންވަނީ ‪ 3‬ރުކުނެކެވެ‪.‬‬

‫ޤާޛިފަކީ އަނެކާއާ ދިމާއަށް ރައްދުވާ ފަދައިން ތިމާގެ ދުލުން ޤަޛްފުގެ ބަސް ބުނާމީހާއެވެ‪.‬‬ ‫‪ .1‬ޤާޛިފް‬
‫ޤަޛްފުގެ ޙުކުމް ޤާއިމްކުރުމަށްޓަކައި ޤާޛިފްގެ ކިބައިގައި އަންނަނިވި ޝަތުޠުތައް ފުރިހަމަވާންޖެހެއެވެ‪.‬‬

‫•‬
‫ޤާޛިފަކީ ބާލިޣުވެފައިވާ މީހެއްކަމުގައިވުން‬
‫• ޤާޛިފަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން‬
‫• ޤާޛިފަކީ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ މީހެއްކަމުގައިވުން‬
‫• ޤާޛިފަކީ މަޤްޛޫފްގެ އަޞްލެއްކަމުގައި (މަންމަ ނުވަތަ ބައްޕަ) ކަމުގައި ނުވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪134‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫މަޤްޛޫފަކީ ޤަޛްފުގެ ބަސް ރައްދުވެގެންވާ މީހާއެވެ‪ .‬ޤަޛްފުގެ ޙުކުމް ޤާއިމްކުރުމަށްޓަކައި‬ ‫‪ .2‬މަޤްޛޫފް‬


‫މަޤްޛޫފްގެ ކިބައިގައި އަންނަނިވި ޝަތުޠުތައް ފުރިހަމަވާންޖެހެއެވެ‪.‬‬

‫މަޤްޛޫފަކީ މުސްލިމެއްކަމުގައިވުން‬ ‫•‬


‫• މަޤްޛޫފަކީ ބާލިޣުވެފައިވާ މީހެއްކަމުގައިވުން‬
‫• މަޤްޛޫފަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން‬
‫• މަޤްޛޫފަކީ ޢިއްފަތްތެރިއެއްކަމުގައިވުން‬

‫ޤަޛްފުގެ ބަހަކީ މީހަކަށް ނިސްބަތްކޮށް‪ ،‬ޤާޛިފްގެ ދުލުން ބުނެފައިވާ ބަހެވެ‪.‬‬ ‫‪ .3‬ޤަޛްފުގެ ބަސް‬
‫ޞަރީޙަބަހުންނާއި ނުސީދާ ބަހުންވެސް ޤަޛްފު ސާބިތުވެއެވެ‪.‬‬

‫ޞަރީޙަ ޢިބާރާތަކުން ޤަޛްފުގެ ބަސް ބުނެފައިވާނަމަ‪ ،‬ނިޔަތަކަށް ބެލުމެއްނެތި ޤަޛްފު ސާބިތުވާނެއެވެ‪ .‬މިފަދަ‬
‫ބަހެއްގެ މިސާލަކީ މީހަކާ ދިމާއަށް "ކަލޭތީ ޒިނޭ ކުރާމީހެކޭ" މިފަދައިން ބުނުމެވެ‪ .‬ނުވަތަ އަނބިމީހާ ދިމާއަށް‬
‫"ކަލޭ ތި ވިހެއި ދަރިއަކީ އަހަރެންގެ ދަރިއެއް ނޫނެވެ‪ ".‬މި ފަދައިން ބުނުމަކީ އަނބިމީހާގެ ބޮލުގައި ޒިނޭގެ‬
‫ތުހުމަތު އެޅުވުމެވެ‪.‬‬

‫ނުސީދާ ޢިބާރާތަކުން ޤަޛްފުގެ ބަހެއް ބުނެފައިވާނަމަ‪ ،‬ބަސްބުނިމީހާގެ ނިޔަތަކީ ޒިނޭގެ ތުހުމަތު‬


‫އެޅުވުންކަމުގައި ވާނަމަ‪ ،‬އެއީ ޤަޛްފުކުރުމެވެ‪ .‬މިސާލަކަށް؛ އަންހެނަކާ ދިމާއަށް "އޭ ފިރިހެނުންނާ ދޯޅު‬
‫އަންހެނާ އޭ!" މިފަދަ އިބާރާތެއް ބުނިނަމަ‪ ،‬ބަސްބުނިމީހާގެ ނިޔަތާ މެދު ޤާޟީ ސުވާލު ކުރަންވާނެއެވެ‪ .‬ބަސް‬
‫ބުނިމީހާގެ ގަސްދަކީ ޒިނޭ ކަމުގައި ވާނަމަ ޤަޛްފު ކަމުގައި ބެލެވޭނެއެވެ‪.‬‬

‫ޤ ަ ްޛފުގ ެ ުޢ ޫޤ ާބ ތްތަ ްއ‬ ‫‪15.4‬‬

‫ޤަޛްފުގެ ދުނިޔެވީ ޢުޤޫބާތްތަކުގެ ތެރޭގައިވަނީ ދެކަމެކެވެ‪ .‬އެއްކަމަކީ ޤަޛްފުގެ ބަސް ބުނި މީހާގެ ގައިގައި‬
‫ﷲ‬ ‫‪ 80‬އެތި ފަހަރުން ޙައްދު ޖެހުމެވެ‪ .‬ދެވަނަ ކަމަކީ އޭނާގެ ހެކިބަސް އޭގެފަހުގައި ޤަބޫލުނުކުރުމެވެ‪ .‬މާތް‬

‫‪135‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫ﱡﭐﱼ ﱽ ﱾ ﱿ ﲀ ﲁ ﲂ ﲃ ﲄ ﲅ‬

‫(އައްނޫރު‪)4 :‬‬ ‫ﲆ ﲇ ﲈ ﲉ ﲊ ﲋﲌ ﲍ ﲎ ﲏ ﲐ ﱠ‬
‫މާނައީ “ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާ މީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ‪،‬‬
‫ފަހެ‪ ،‬އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ‬
‫ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ‪ ،‬ހަމަ‪ ،‬ފާސިޤުންނެވެ"‬

‫ޤ ަ ްޛފުގެ ޙަ ްއ ުދ ކ ަނ ޑައެޅު ްއ ުވމުގެ ޙިކުމަތް‬ ‫‪15.5‬‬

‫ޤަޛްފުކުރުމަކީ ޙައްދު ކަނޑައަޅުއްވާފައިވާ ބޮޑު ފާފައެއް ކަމުގައި ލައްވާފައިވަނީ‪ ،‬ޤަޛްފުކުރުމަކީ ވަކި ފަރުދުންނަށާއި‬
‫މުޖުތަމަޢުގެ މަޞްލަޙަތުވެސް ސަލާމަތްކުރުމަށެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .1‬މީސްތަކުންގެ އަބުރާއި ޝަރަފު ރައްކާތެރިކުރުން‬

‫‪ .2‬ފާޙިޝް ވާހަކަތައް މީސްތަކުންގެ މެދުގައި ދެއްކުން ޢާންމުވެ‪ ،‬މުޖުތަމަޢުގެ ރީތިކަމާއި އަބުރުވެރިކަން‬


‫ގެއްލިގެން ދިއުމުން މުޖުތަމަޢު ސަލާމަތްކުރުން‬

‫‪ .3‬މީސްތަކުންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި އިޙްތިރާމް ގެއްލޭފަދަ ވާހަކަތައް ދައްކާމީހުންގެ ޢަމަލުތައް‬


‫ހުއްޓުވުން‬

‫‪ .4‬އަންހެނުންނަށް ޒިނޭގެ ތުހުމަތުކުރެވުމަކީ‪ ،‬ދަރިންގެ ނަސަބާމެދު ޝައްކު އުފެދޭކަމެއް ކަމުގައިވާތީ‪ ،‬ޝައްކާއި‬


‫ވަހުމްތަކުން ދަރިންގެ ނަސަބު ސަލާމަތްކުރުން‬

‫‪ .5‬ފާޙިޝްކަންކަމުގެ ތުހުމަތު އެޅުވުމަކީ ޞާލިޙުންގެ ޢިއްޒަތް ނަގާލުމަށް މުނާފިޤުން ގެންގުޅޭ ވަސީލަތެއްކަމުން‪،‬‬


‫އެކަމުގެ މަގު ބަންދުކުރުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪136‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޤަ ްޛފުގެ ޙަ ްއ ުދ ސާ ިބ ތުކުރުން‬ ‫‪15.6‬‬

‫ޤަޛްފުގެ ޙައްދު ސާބިތުވާނީ ދެ ކަމަކުންނެވެ‪.‬‬

‫‪ .1‬އަމިއްލަ އިޢުތިރާފު‪ :‬އަމިއްލަ އިޢުތިރާފުން ޙައްދުތައް ސާބިތުވާނީ‪ ،‬އިޢުތިރާފުވީ މީހަކީ‪ ،‬ބާލިޣުވެ ބުއްދި‬
‫ސަލާމަތުން ހުރި މީހެއްކަމުގައިވާނަމައެވެ‪.‬‬

‫‪ .2‬ހެކިންގެ ހެކިބަސް‪ :‬ޤަޛްފުކުރުމަކީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިވާ ފާފައެކެވެ‪ .‬ޤަޛްފުގެ ޙައްދު ހެކިބަހުން‬
‫ސާބިތުވުމަށްޓަކައި ޢަދުލުވެރި ދެ ފިރިހެނުންގެ ހެކިބަސް ބޭނުންވެއެވެ‪ .‬އަންހެނުންނާއި ފާސިޤުންގެ ހެކިބަސް‬
‫ޙައްދުތައް ސާބިތުކުރުމުގައި ބޭނުންނުކުރެވެއެވެ‪.‬‬

‫ޤ ަ ްޛފުގެ ނު ބައިކަމުން ސަ ާލމަތްވުން‬ ‫‪15.7‬‬

‫ޤަޛްފުކުރުމަކީ ފަރުދުންނަށާއި މުޖުތަމަޢަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމެއް ކަމުން ޤަޛްފުކުރުމުން ސަލާމަތްވުމަށް‬
‫ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ‪ .‬އެ ގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި‪:‬‬

‫‪ .1‬ޤަޛްފުގެ ނުބައިކަމާއި ފާފައިގެ ބޮޑުކަމާއި ޢުޤޫބާތުގެ ބޮޑުކަމާ މެދު މީސްތަކުން ހޭލުންތެރިކުރުން‬

‫‪ .2‬ޤަޛްފުގެ ސަބަބުން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުންތައް މީސްތަކުންނަށް ބުނެދިނުން‬

‫ބައްލަވާވޮޑިގެންވާ ކަމާއި‬ ‫ﷲ‬ ‫‪ 3‬އަޅުގަނޑުމެންވީ ކޮންމެ ތަނެއްގައި އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް‪ ،‬މާތް‬
‫އައްސަވާ ވޮޑިގެންވާކަމާއި‪ ،‬އެކަމެއްގެ ޢިލްމު އެކަލާނގެއަށް ލިބިވޮޑިގެންވާކަން ހަނދާނުގައި ބެހެއްޓުން‬

‫‪ .4‬އިންސާނާ ކުރާ ކޮންމެ ޢަމަލަކާއި ބުނާ ކޮންމެ ބަހެއް ލިޔުއްވުމަށް މަލާއިކަތުން ލައްވާފައިވާކަން ހަނދާން‬
‫ބެހެއްޓުން‪.‬‬

‫‪ .5‬ދުލުން ބޭރުކުރާ ކޮންމެ ބަހަކީ ޤިޔާމަތް ދުވަހު އެބަހަކާމެދު ޖަވާބުދާރީވާންޖެހޭނެ ބަހެއްކަން މީސްތަކުންނަށް‬
‫ވިސްނައިދިނުން‬

‫‪137‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ޤަޛްފުގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނައަކީ ކޮބައިހެއްޔެވެ؟‬

‫‪ .2‬ޤަޛްފުގެ ޙުކުމް ބުނެދޭށެވެ!‬

‫‪ .3‬ޤަޛްފުގެ ޙައްދަކީ ކޮބައިކަން ދަލީލާއެކު ބުނެދޭށެވެ؟‬

‫‪ .4‬ޤަޛްފުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟‬

‫‪ .5‬ޤަޛްފުގެ ޙައްދު ސާބިތުކުރެވޭނީ ކިހިނެއްކަން ބުނެދޭށެވެ!‬

‫‪ .6‬ޤަޛްފުގެ ނުބައިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ދެކަމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ޤަޛްފުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ގުރޫޕުގައި މަޝްވަރާކުރާށެވެ! އަދި މުހިންމު‬
‫ޕޮއިންޓްތައް ނޯޓުކުރާށެވެ! އަދި އަބުރުގެ ޙުރުމަތްތެރިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘެއް ހޯދާށެވެ! އެއަށްފަހު‬
‫ނޯޓުކުރި ޕޮއިންޓުތަކާއި ޙަދީޘްގެ މައްޗަށް ގުރޫޕުގެ ކޮންމެވެސް އެއްކުއްޖަކު‪ 3 ،‬މިނިޓަށް ވާހަކަ ދައްކާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ޤަޛްފުގެ ޙުކުމް ޤާއިމްކުރުމަށްޓަކައި ޤާޛިފް އަދި މަޤުޛޫފުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪138‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ފި ާލވަޅު ‪16‬‬


‫ލި ޢާން ކުރުން‬
‫ތަ ުޢރީފ ު‬ ‫‪16.1‬‬

‫ލިޢާންކުރުމަކީ‪ ،‬އަނބިމީހާ ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރި ނަފީކުރުމަށް ފިރިމީހާ ކުރާ ޚާއްޞަ ހުވާތަކަކާއި‬
‫އަދި އަނބިމީހާގެ ބޮލުގައި ފިރިމީހާ އަޅުވާފައިވާ ޒިނޭގެ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށް ބުނެ އަނބިމީހާ ކުރާ ޚާއްޞަ‬
‫ހުވާތަކެކެވެ‪.‬‬

‫ލި ޢާން ަ‬
‫ޝ ުރ ުޢކު ެރ ްއވުން‬ ‫‪16.2‬‬

‫ގެ ވަޙީބަސްފުޅެއްގައި ވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫ﱡﲝ ﲞ ﲟ ﲠ ﲡ ﲢ ﲣ ﲤ ﲥ ﲦ ﲧ ﲨ‬

‫ﲩ ﲪ ﲫ ﲬ ﲭ ﲮ ﲯ ﲰ ﲱ ﲲ ﲳ ﲴ ﲵ ﲶ‬

‫ﲷ ﲸ ﲹ ﲺ ﲻ ﲼ ﲽ ﲾ ﲿ ﳀ ﳁ ﳂ ﳃ‬

‫ﳎﱠ (އައްނޫރު‪)9–6 :‬‬ ‫ﳄ ﳅ ﳆ ﳇ ﳈ ﳉ ﳊ ﳋ ﳌ ﳍ‬


‫މާނައީ "އަދި އެއުރެންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ ޙާލު‪،‬‬
‫ގަންދީ ހަތަރު‬ ‫ﷲ‬ ‫އެއުރެންގެ އަނބިންނަށް ޤަޛްފުކުރާ މީހުން (ދަންނާށެވެ!) ފަހެ‪ ،‬އެއިން ކޮންމެ މީހަކު‪،‬‬
‫ހުވައިން ހުވާކުރުން ހުއްޓެވެ‪ .‬ހަމަކަށަވަރުން‪ ،‬އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ‪ .‬އަދި‬
‫ﷲ‬ ‫ފަސްވަނަ ހުވާކުރުން ހުއްޓެވެ‪ .‬އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ‪ ،‬ހަމަކަށަވަރުން‪،‬‬
‫ގެ ލަޢުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ‪ .‬ހަމަކަށަވަރުން‪ ،‬އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް‬
‫ގަންދީ އެކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން‪ ،‬އެކަނބުލޭގެ ކިބައިން ޢުޤޫބާތް (އެބަހީ‪ :‬ޙައްދު‬ ‫ﷲ‬
‫ޖެހުން) ކެނޑޭނެތެވެ‪ .‬އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ‪ .‬އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ‬
‫ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރިކަމަށެވެ‪".‬‬ ‫ﷲ‬ ‫މީހަކު ކަމުގައިވާނަމަ‪ ،‬ހަމަކަށަވަރުން‪،‬‬

‫‪139‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ލި ޢާން ކުރާ ގޮ ާތއި އެކަމުގެ ބޭނުން‬ ‫‪16.3‬‬

‫މީހަކު ޒިނޭ ކުރަނިކޮށް އެންމެ މީހަކަށް ފެނި އެވާހަކަ ދައްކައިފިނަމަ އެއީ ޤަޛްފުކުރުމެކެވެ‪ .‬އެހެނީ ޒިނޭ ކުރިކަމުގެ‬
‫ވާހަކަ ދައްކަންވާނީ އެމީހަކާއެކު އެކަމުގައި ހެކިދޭނެ ‪ 4‬މީހުންތިބި ނަމައެވެ‪ .‬ނަމަވެސް ފިރިމީހާއަށް އަނބިމީހާ‬
‫ޒިނޭކުރަނިކޮށް ފެނިފައި އެކަން ސާބިތުކޮށްދިނުމަށް އިތުރު ހެކިން ލިބިފައިނުވާނަމަ‪ ،‬އިސްލާމްދީނުގައި ވަނީ‬
‫ފިރިމީހާއަށް އިތުރު މަގެއް އެކަމުގައި ދައްކަވާފައެވެ‪ .‬އެއީ ހަތަރު ހެކިންގެ ބަދަލުގައި‪ ،‬ލިޢާންކުރުމެވެ‪ .‬އަނބިމީހާ‬
‫ޒިނޭކުރި ކަމުގެ ވާހަކަ ފިރިމީހާ ބުނެފިނަމަ‪ ،‬ޤަޛްފުގެ އެބަހުން ސަލާމަތްވުމަށް ފިރިމީހާއަށް ދެ ގޮތެއް ލިބިފައިވެއެވެ‪.‬‬
‫އެއްގޮތަކީ ހަތަރު ހެކިން ގެނައުމެވެ‪ .‬ދެވަނަ ގޮތަކީ ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ކުރުމެވެ‪.‬‬

‫ފިރިމީހާ ލިޢާންގެ ހުވާތައް ފުރިހަމަކުރުމުން އަނބިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ސާބިތުވެއެވެ‪ .‬އެހެންނަމަވެސް‬
‫ފިރިމީހާ ލިޢާންކޮށްގެން ސާބިތުވާ ޒިނޭގެ ޙައްދުން ސަލާމަތްވުމަށްޓަކައި އަނބިމީހާއަށްވެސް އިސްލާމްދީނުގައި ވަނީ‬
‫މަގެއް ދައްކަވާފައެވެ‪ .‬އެއީ ލިޢާންގެ ހުވާތައް ފުރިހަމަކުރުމެވެ‪.‬‬

‫ލި ޢާން ކު ުރމުގެ ުޙކުމް‬ ‫‪16.4‬‬

‫ލިޢާން ކުރެވެނީ ދެ ސަބަބަކަށްޓަކައެވެ‪ .‬މިއިން ކޮންމެ ޙާލަތެއްގައިވެސް‪ ،‬ލިޢާންކުރުމުގެ ޙުކުމް ތަފާތުވެއެވެ‪ .‬އެ ގޮތުން‪:‬‬

‫‪ .1‬އަނބިމީހާ ވިހޭ ދަރިއަކީ ތިމާގެ ދަރިއެއް ނޫންކަން އެއްވެސް ޝައްކެއްނެތި ޔަޤީންވާނަމަ‪ ،‬ދަރިނަފީކުރުމުގެ‬
‫ގޮތުން ލިޢާންކުރުން ފިރިމީހާގެ މައްޗަށް ވާޖިބުވާނެއެވެ‪.‬‬

‫‪ .2‬އަނބިމީހާ ޒިނޭކުރަނިކޮށް ފިރިމީހާއަށް ފެނިއްޖެނަމަ‪ ،‬މިޙާލަތުގައި އެ މައްސަލަ ޤާޟީއަށް ހުށައަޅައި ލިޢާން‬


‫ކުރުމަކީ ފިރިމީހާއަށް ހުއްދަ ކަމެކެވެ‪ .‬ނަމަވެސް ވާޖިބު ކަމެއް ނޫނެވެ‪ .‬އަނބިމީހާ ޒިނޭކުރަނިކޮށް ފިރިމީހާއަށް‬
‫ފެނި އެވާހަކަ ދެއްކުމަށްފަހު‪ ،‬ފިރިމީހާ ލިޢާން ނުކުރާނަމަ‪ ،‬ފިރިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހޭނެއެވެ‪.‬‬

‫ލި ޢާން ކުރާ ެ‬


‫ނ ގޮ ތ ް‬ ‫‪16.5‬‬

‫ލިޢާންކުރުން އެދެވިގެންވަނީ އަންނަނިވި ގޮތަށެވެ‪.‬‬

‫‪ .1‬ލިޢާންކުރުމަށްޓަކައި ދެމަފިރިން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ދެމީހުންނަށް ނަޞޭޙަތްތެރިވުން‪ :‬މި‬


‫ނަޞޭޙަތުގައި އަލިއަޅުވާލަންވާނީ‪ ،‬ކުރެވިފައިވާ ކުށުން ތައުބާވުމަށާއި ދޮގު ހެކި ދިނުމާއި ދޮގު ހުވާކުރުމުގެ‬
‫ނުބައިކަމުގެ މައްޗަށެވެ‪.‬‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪140‬‬
‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫‪ .2‬ފިރިމީހާ ލައްވާ ލިޢާންގެ ހަތަރު ހުވާކުރުވުން‪ :‬އެ ގޮތުން ފިރިމީހާ ހުވާކުރަންޖެހޭ އިބާރާތަކީ "އޭނާ‬
‫(އަނބިމީހާ) ޒިނޭކުރިކަމަށް ‪ /‬ވިހޭ ދަރި ނަފީކުރުމަށް ތިމަންބުނި ބަހުގައި ތިމަންނާއީ ތެދުވެރިއެއްކަމަށް މާތް‬
‫ގަންދީ ހުވާކޮށް ހެކިވެ ބުނަމެވެ‪".‬‬ ‫ﷲ‬
‫‪ .3‬ހަތަރު ހުވާއަށް ފަހު ފަސްވަނަ އިބާރާތް ފިރިމީހާ ލައްވައި ކިޔުއްވުން‪ :‬ފަސްވަނަ އިބާރާތަކީ "އެކަނބުލޭގެ އާ‬
‫މެދު ކުރި ތުހުމަތުގައި ތިމަންނާއީ ދޮގުވެރިއެއް ނަމަ‪ ،‬ތިމަންނާއަށް މާތް ﷲގެ ލަޢުނަތް ހުއްޓެވެ‪".‬‬

‫އިސްވެދިޔަ ތިންކަންތައް ފުރިހަމަ ވެއްޖެނަމަ‪ ،‬ފިރިމީހާގެ ލިޢާންފުރިހަމަވީއެވެ‪ .‬އެ ހިސާބުން އަނބިމީހާގެ‬


‫މައްޗަށް‪ ،‬ޒިނޭގެ ކުށް ސާބިތުވީއެވެ‪ .‬އަދި ފިރިމީހާގެ ކިބައިން ޤަޛްފުގެ ޙައްދު ނެތި ދިޔައީއެވެ‪ .‬ލިޢާންގެ ހުވާތައް‬
‫ފުރިހަމަކުރުމަށް ފިރިމީހާ އިންކާރުކޮށްފިނަމަ‪ ،‬ފިރިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހޭނެއެވެ‪ .‬އަދި އަނބިމީހާއަށް‬
‫ކުރެވިފައިވާ ތުހުމަތުން އޭނާ ބަރީއަވާނެއެވެ‪ .‬އަދި އަނބިމީހާ ލިޢާންގެ ހުވާތައް ކުރާކަށް ނުޖެހޭނެއެވެ‪.‬‬

‫‪ .4‬އަނބިމީހާ ލައްވައި ލިޢާންގެ ހަތަރު ހުވާކުރުވުން‪ :‬އަނބިމީހާ ހުވާކުރަންޖެހޭ އިބާރާތަކީ "އޭނާ (ފިރިމީހާ)‬
‫ގަންދީ ހުވާކޮށް ހެކިވެ‬ ‫ﷲ‬ ‫އަކީ ތިމަންނާގެ މައްޗަށް އޭނާ ކޮށްފައިވާ ތުހުމަތުގައި ދޮގުވެރިއެއްކަމަށް މާތް‬
‫ބުނަމެވެ‪".‬‬

‫‪ .5‬ހަތަރު ހުވާއަށްފަހު‪ ،‬ލިޢާންގެ ފަސްވަނަ އިބާރާތް އަނބިމީހާ ލައްވައި ކިޔުއްވުން‪ :‬ފަސްވަނަ އިބާރާތަކީ‬
‫ގެ ކޯފާ‬ ‫ﷲ‬ ‫"ތިމަންނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގައި އޭނާ(ފިރިމީހާ)އަކީ ތެދުވެރިއެއްނަމަ‪ ،‬މާތް‬
‫ތިމަންނާއަށް ހުއްޓެވެ‪".‬‬

‫އިސްވެދިޔަ ގޮތަށް އަނބިމީހާ ލިޢާންގެ ހުވާތައް ފުރިހަމަކޮށްފި ނަމަ‪ ،‬ލިޢާން ފުރިހަމަވީއެވެ‪ .‬އޭގެ ސަބަބުން‬
‫އަނބިމީހާއާ މެދު ކުރެވިފައިވާ ޒިނޭގެ ތުހުމަތުން އޭނާ ބަރީއަވީއެވެ‪ .‬އަދި ޒިނޭގެ ޙައްދުން އޭނާ ބަރީއަވީއެވެ‪.‬‬

‫ލި ޢާން ޞަ ްއޙަ ުވމުގެ ަ‬


‫ޝ ުރޠުތަ ްއ‬ ‫‪16.6‬‬

‫‪ .1‬ލިޢާންކުރެވޭ ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުން އޮތުން‬

‫‪ .2‬ލިޢާންކުރާ ދެމީހުންނަކީ ބާލިޣުވެ ބުއްދި ސަމާލަތުންހުރި ދެމީހުންކަމުގައިވުން‬

‫‪ .3‬ފިރިމީހާ އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމާއެކު އެކަމަށް ހެކިގެނެސްފައި ނުވުމާއި އަދި ޒިނޭގެ‬
‫ތުހުމަތަށް އަނބިމީހާ އިންކާރުކޮށްފައިވުން‬

‫‪141‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫‪ .4‬ޝަރީޢަތުގެ މަޖިލީހުގެ ޤާޟީގެ ބެލުމުގެ ދަށުން ލިޢާންކުރުން‬

‫‪ .5‬ލިޢާންގެ ހުވާތައް‪ ،‬ލިޢާންގެ ހުވާކުރާ ކޮންމެ މީހަކު ފުރިހަމަކުރުން‬

‫‪ .6‬ފިރިމީހާ ލިޢާންކުރުމަށްފަހު އަނބިމީހާ ލިޢާންކުރުން‬

‫‪ .7‬ލިޢާންކުރުމަށް ޚާއްޞަކުރެވިފައިވާ އިބާރާތްތަކުން ތަރުތީބުން ލިޢާންކުރުން‬

‫‪ .8‬ލިޢާންކުރަނީ ދަރި ނަފީކުރުމަށް ނަމަ‪ ،‬ދަރިފުޅު ވިހޭ ފަހުން ދަރިފުޅުގެ ނަސަބަށް އިޤުރާރުވެފައި ނުވުމާއި‪،‬‬
‫ދަރިފުޅު ވިހެއުމަށްފަހު ގިނަދުވަސްތަކެއް ނުވެ ދަރިފުޅުގެ ނަސަބަށް އިންކާރުކޮށްފައިވުން‬

‫ލި ޢާން ގެ ސަ ބަބުން ުއފ ެދޭ ަ‬


‫ނ ތީ ާޖތަ ްއ‬ ‫‪16.7‬‬

‫އަނބިމީހާއަށް ޒިނޭގެ ތުހުމަތު ކުރުމަށްފަހު‬


‫ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި‬
‫ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި‬
‫ފިރިމީހާ ފުރިހަމަ ކުރުމުން ނުކުންނަ ނަތީޖާތައް‬
‫ފިރިމީހާ ނުކުރިނަމަ ނުކުންނަ ނަތީޖާތައް‬

‫ފިރިމީހާގެ ކިބައިން ޤަޛްފުގެ ޙައްދު ނެތި ދިޔުން‬ ‫ފިރިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހުން‬
‫އަނބިމީހާގެ މައްޗަށް ޒިނޭގެ ޙައްދު ސާބިތު ވުން‬ ‫އަނބީމީހާ ޒިނޭގެ ތުހުމަތުން ބަރީއަވުން‬
‫ދަރި ނަފީކުރަން ލިޢާން ކުރި ނަމަ ދަރީގެ‬ ‫އަނބީމީހާ ލިޢާންގެ ހުވާތައް ކުރަން ނުޖެހުން‬
‫ނަސަބު ހަމައެކަނި މަންމައާ ގުޅުވާލުން‬

‫އަނބިމީހާ ލިޢާންގެ ހުވާތައް‬ ‫އަނބިމީހާ ލިޢާންގެ ހުވާތައް‬


‫ޤާޟީގެ ކުރިމަތީގައި ނުކުރުން‬ ‫ޤާޟީގެ ކުރިމަތީގައި ފުރިހަމަ ކުރުން‬

‫ޒިނޭގެ ޢުޤޫބާތުން ބަރީއަ ނުވެވުން‬ ‫ޒިނޭގެ ތުހުމަތާއި ޢުޤޫބާތުން އަނބިމީހާ ބަރީއަވުން‬


‫އަނބިމީހާއަކީ ޢިއްފަތްތެރިއެއް ކަމުގައި ބެލެވުން‬
‫ކައިވެނި ވަގުތުން ފަސްޚުވުން‬
‫ދެމީހުންނަށް އެކަކު އަނެކަކު ދާއިމަށް ޙަރާމްވުން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪142‬‬


‫ޔުނިޓް ‪3‬‬ ‫އިސްލާމީ ފިޤުހު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ލިޢާންކުރުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟‬

‫‪ .2‬ލިޢާން ކުރުން ޝަރުޢުވެގެންވާކަމުގެ ދަލީލަކީ ކޮބައިހެއްޔެވެ؟‬

‫‪ .3‬ލިޢާން ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟‬

‫‪ .4‬ލިޢާން ޞައްޙަވުމުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬

‫ލިޢާންކުރުމުގެ ސަބަބުން ދެމަފިރިންގެ ގުޅުމަށް ކުރާނެ އަސަރުތަކަކީ ކޮބައިހެއްޔެވެ؟ އަދި ލިޢާންކުރުމުގެ ސަބަބުން‬
‫އުފެދޭ އިތުރު ނަތީޖާތަކަކީ ކޮބައިހެއްޔެވެ؟‬

‫ޙަރަކާތް ‪:3‬‬

‫ލިޢާންކުރާނެ ގޮތް ތަފްޞީލުކޮށް ބަޔާންކުރާށެވެ!‬

‫‪143‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ފިޤުހު‬ ‫ޔުނިޓް ‪3‬‬

‫ބަސް ކޮ ާށ ުރ‬
‫މާނަ‬ ‫ބަސް‬

‫ޢަޤްދަކީ ދެ ފަރާތުގެ ރުހުމާއެކު އެއްބަސްވާ އެއްބަސްވުންތަކެވެ‪ .‬މިފަދަ އެއްބަސްވުންތަކުގެ‬ ‫ޢަޤްދު‬


‫ސަބަބުން ކޮންމެ މީހަކަށްވެސް ވާޖިބުވާ ކަންތައްތަކެއް އުފެދޭނެއެވެ‪.‬‬

‫ޝަހުވާނީ އެދުމުގެ ގޮތުގައި ފުއްދަން ބޭނުންވާ ކަންތައްތައް‬ ‫ޖިންސީ ޣަރީޒާ‬

‫ހުއްދަ‬ ‫އިޒުނަ‬

‫ބަދަލެއް ލިބުމަކާ ނުލައި އެހެން މީހަކާ ދެމެދު ވާ އެއްބަސްވުން‬ ‫ވަޢުދު‬

‫ބުރަ ކަމަކަށް ނުވަތަ އުނދަގޫކަމަކަށް ނުވާ‬ ‫ތަކުލީފަކަށްނުވާ‬

‫އަތްނބެއްގެ ގޮތުގައި ބެލެހެއްޓުމުގެ ދަށުގައި‬ ‫ޢިޞްމަތުގައި‬

‫މައްސަލަތައް ޖެހުމާއި‪ ،‬އަރާރުންވުންތައް ނުއުފެދޭނެ ގޮތް‬ ‫މަޞްލަޙަތު ހުރިގޮތް‬

‫ޝަރީޢަތުގެ ޙުކުމް ކަޑައަޅާ މީހާ ‪ /‬ވަކި ގޮތެއް ލާޒިމު ކުރުވާ މީހާ‬ ‫ޤާޟީ‬

‫ވަރިކޮށްފައިވާ އަންހެނާ‪ ،‬ޢިއްދައިގެ މުއްދަތުގެ ތެރޭގައި އަލުން އަނބުރާ ތިމާގެ އަތްނބެއް‬ ‫ރުޖޫޢަކުރުން‬
‫ކަމުގައި ހެދުން‪.‬‬

‫ފައިދާއެއް‬ ‫މަންފާއެއް‬

‫ބަސް ނުވަތަ ލަފުޒުތައް‬ ‫ޞީޣާ‬

‫މި ބަހުގެ މުރާދަކީ‪ ،‬ރަޙިމުގައި ކުއްޖަކު އުފެދިފައި ނުވުން‬ ‫ރަޙިމުގެ ހުސްކަން‬

‫ޢަރަބި ބަހުގައި ޤުރުއު‪ ،‬ޙައިޟުގެ މާނައިގައިވެސް އަދި ޠުހުރުގެމާނައިގައި ވެސް ބޭނުން‬ ‫ޤުރުއު‬
‫ކުރެއެވެ‪ .‬ފިޤުހީ ގޮތުން ބަލާއިރު ބޮޑަށް ބުރަވެވެނީ ޤުރުއު އަކީ ޙައިޟު ކަމުގައެވެ‪.‬‬

‫ޙައިޟު އަދި ނިފާސްކަމުގައި އަންހެނާ އިންނަ ދުވަސްތައް ނޫން އެހެން ދުވަސްތައް‪/‬‬ ‫ޠުހުރު‬
‫ޙައިޟާއި ނިފާސްކަމުން ޠާހިރުވެގެންވާ ދުވަސްތައް‬

‫ކީރިތި ރަސޫލާ ރަސޫލުކަމާއިގެން ވަޑައިގެންނެވި ދުވަސްވަރާއި އޭގެ ކުރީގެ ދުވަސްތައް‬ ‫ޖާހިލިއްޔަ ޒަމާން‬

‫ތަފްރީޤުކުރުމަކީ ޤާޟީގެ ޙުކުމަކުން‪ ،‬ދެމަފިރިންގެ މެދުގައި އޮތް ކައިވެނީގެ ގުޅުމަށް‬ ‫ތަފްރީޤު‬


‫ނިމުން ގެނައުމެވެ‪.‬‬

‫އިޢުތިރާފުވުމަކީ ތިމާއަށް ކުރެވިފައިވާ ނުރަނގަޅު ކަމަކަށް ތިމާ އެއްވަސްވުމެވެ‪.‬‬ ‫އިޢުތިރާފު‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪144‬‬


‫ުޔނިޓް ‪4‬‬
‫ސ ާލމީ ާތރީ ާޚއި ޙަޟާ ަރތު‬
‫އި ް‬

‫މި ުޔނިޓުގައި އަޅުގަނ ޑު ‪...‬‬


‫●●ހަތަރު މަޒުހަބު އުފެދެން މެދުވެރިވި ސަބަބުތަކަކީ ކޮބައިކަން ދަސްކުރާނަން‪.‬‬
‫●●މަޒުހަބުތަކަށް ޢަމަލުކުރުމުގައި ބޭނުންކުރަންވީ އުޞޫލުތައް ދެނެގަންނާނަން‪.‬‬
‫●●އިސްލާމީ ޙަޟާރަތު ފެށިގެން އައި ގޮތާއި ތަރައްޤީވެގެން ދިޔަ ގޮތް ދަސްކުރާނަން‪.‬‬
‫●●މި ޒަމާނުގައި އިސްލާމީ ޙަޟާރަތު ކުރިއަރަމުންދާ މިންވަރު ކިޔައިދޭނަން‪.‬‬
‫●●ހިސާބުފަދަ ބައެއް ޢިލްމުތަކުގައި މަޝްހޫރުވި ބައެއް މުސްލިމުންނާ ގުޅޭ ބައެއް މަޢުލޫމާތު ދަސްކުރާނަން‪.‬‬
‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ފި ާލވަޅު ‪1‬‬


‫ބ ުއފެދުން‬
‫ހަތަ ުރ މަޒުހަ ު‬
‫‪ 1.1‬ތ ަ ާޢ ަރފ ު‬

‫ހަތަރު މަޒުހަބޭ ބުނެވެނީ‪ ،‬ފިޤުހީ މަޒުހަބުތަކުގެ ތެރެއިން‪،‬‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތަ؟‬
‫އެންމެ މަޝްހޫރު‪ ،‬އަދާހަމައަށް ވެސް ދެމި އޮތް‪ ،‬އެންމެ ގިނަ‬
‫ހަތަރު މަޒުހަބުގެ އިމާމުންގެ ޢަޤީދާއަކީ‬ ‫މީހުން ތަބާވާ ހަތަރު މަޒުހަބަށެވެ‪ .‬އެއީ‪:‬‬
‫ވެސް އެއް ޢަޤީދާއެވެ‪ .‬އެއީ އަހުލުއްސުންނާ‬
‫‪ .1‬ޙަނަފީ މަޒުހަބު‪ :‬މި މަޒުހަބު ނިސްބަތް ވަނީ‪،‬‬
‫ވަލްޖަމާޢަތުގެ ޢަޤީދާއެވެ‪.‬‬
‫އައްނުޢުމާން ބުނު ޘާބިތު (އިމާމު އަބޫ ޙަނީފާ) އަށެވެ‪.‬‬

‫‪ .2‬މާލިކީ މަޒުހަބު‪ :‬މި މަޒުހަބު ނިސްބަތް ވަނީ‪ ،‬މާލިކު‬


‫ބުނު އަނަސް (އިމާމު މާލިކު) އަށެވެ‪.‬‬

‫‪ .3‬ޝާފިޢީ މަޒުހަބު‪ :‬މި މަޒުހަބު ނިސްބަތް ވަނީ‪ ،‬މުޙައްމަދު ބުނު އިދުރީސް (އިމާމު ޝާފިޢީ) އަށެވެ‪.‬‬

‫‪ .4‬ޙަންބަލީ މަޒުހަބު‪ :‬މި މަޒުހަބު ނިސްބަތް ވަނީ‪ ،‬އަޙްމަދު ބުނު ޙަންބަލް (އިމާމު އަޙްމަދު) އަށެވެ‪.‬‬

‫އި ާމމް އަ ްޙމ ަ ުދ‬ ‫އި ާމމް ާ‬


‫ޝފިޢީ‬ ‫އި ާމމް ާމލިކް‬ ‫އި ާމމް އަ ޫބ ޙަނީފާ‬
‫އުފަން‪164 :‬ހ‪( .‬ބަޣުދާދު)‬ ‫އުފަން‪150 :‬ހ‪( .‬ޣައްޒާ)‬ ‫އުފަން‪93 :‬ހ‪( .‬މަދީނާ)‬ ‫އުފަން‪80 :‬ހ‪( .‬ކޫފާ)‬

‫އަވަހާރަ‪241 :‬ހ‪( .‬ބަޣުދާދު)‬ ‫އަވަހާރަ‪204 :‬ހ‪( .‬މިޞްރު)‬ ‫އަވަހާރަ‪179 :‬ހ‪( .‬މަދީނާ)‬ ‫އަވަހާރަ‪150 :‬ހ‪( .‬ބަޣުދާދު)‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪146‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ބ ުއފެދެން މ ެ ުދވެރިވި ާޢ ްއމު ސަ ބަ ު‬


‫ބ ތައް‪:‬‬ ‫‪ 1.2‬ހަތަ ުރ މަޒުހަ ު‬

‫‪ .1‬ހަތަރު މަޒުހަބުގެ އިމާމުންގެ ޢިލްމުވެރިކަމާއި ތެދުވެރިކަމާއި ތަޤުވާވެރިކަން އެނގި މަޝްހޫރުވުން‪.‬‬

‫‪ .2‬އެ ޒަމާނުގައި ޢަޤީދާގެ ގޮތުން ބާޠިލު ފިކުރުތައް ގެންގުޅޭ ޖަމާޢަތްތައް ގިނަވެ ފިތުނަތައް ބޮޑުވުމުގެ‬
‫ސަބަބުން‪ ،‬ކޮންމެ ކަމެއްގައި ވެސް އިތުބާރު ހިފޭ ބޮޑު އިމާމެއްގެ ބަސްފުޅުތައް ހޯދައި‪ ،‬އެއަށް ޢަމަލު‬
‫ކުރުމަށް ޢާއްމުން ބޭނުންވުން‪.‬‬

‫‪ .3‬ހަތަރު މަޒުހަބުގެ އިމާމުންގެ ދަރިވަރުންނާއި‪ ،‬ދަރިވަރުންގެ ދަރިވަރުންގެ އަދަދު ގިނަވުން‪.‬‬

‫‪ .4‬ހަތަރު މަޒުހަބުގެ އިމާމުންގެ ރައުޔުތަކާއި ފަތުވާތައް‪ ،‬އެ އިމާމުންގެ ދަރިވަރުން ލިޔެ ޖަމާކޮށް‬
‫ރައްކާކޮށްފައިވުން‪.‬‬

‫‪ .5‬ހަތަރު މަޒުހަބުގެ އިމާމުންގެ އަރިހުން ދަސްވެނިވި ދަރިވަރުން‪ ،‬އެ ދަރިވަރުންގެ ރަށަށް އެނބުރި ގޮސް‪ ،‬އެ‬
‫ދަރިވަރަކަށް ކިޔަވައިދެއްވި އިމާމުގެ ރައުޔުތަކާއި ފަތުވާތައް‪ ،‬އެ އިމާމުގެ ރައުޔުތަކާއި ފަތުވާތަކުގެ ގޮތުގައި‬
‫މީސްތަކުންނަށް އުނގަންނައިދިނުން‪.‬‬

‫‪ .6‬ހަތަރު މަޒުހަބުގެ މެދުގައި އިޖުތިހާދު ކުރުންތަކުގައި‪ ،‬ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުތައް ހުރުން‪.‬‬

‫ޙަނަ ީ‬
‫ފ‬
‫ޙަންބަލީ‬
‫މާލިކީ‬
‫ޝާފިޢީ‬
‫އެހެނިހެން‬
‫ދުނިޔޭގެ އެކި ހިސާބުތަކުގައި އެންމެ ގިނަ މީހުން ތަބާވާ މަޒުހަބުތައް ދައްކައިދޭ ޗާޓެއް‬

‫‪147‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ބ ުއފެދި ފެތުރިގެން ދި ަޔ ގޮތް‪:‬‬


‫‪ 1.3‬ހަތަ ުރ މަޒުހަ ު‬

‫ޙަނަފީ މަޒުހަބު‪:‬‬ ‫‪.1‬‬

‫އިމާމު އަބޫ ޙަނީފާ އެކަލޭގެފާނުގެ އުސްތާޛު‪ ،‬ޙައްމާދު ބުނު އަބީ‬


‫ސުލައިމާން އަވަހާރަވުމުން‪ ،‬ހިޖުރައިން ‪ 120‬ވަނަ އަހަރު‪ ،‬ފިޤުހު‬
‫އުނގަންނައިދެއްވުމަށާއި ފަތުވާ ދެއްވުމަށް ފެއްޓެވުމާ އެކު‪ ،‬ޙަނަފީ‬
‫މަޒުހަބު އުފެދިގެން ދިޔައެވެ‪.‬‬

‫ޙަނަފީ މަޒުހަބު މިއަދު ފެތުރިފައިވާ ހިސާބުތައް‬ ‫ޙަނަފީ މަޒުހަބު ކުރިއަރައި ފެތުރިގެން ދިޔަ ސަބަބުތައް‪:‬‬

‫‪ )1‬އިމާމު އަބޫ ޙަނީފާގެ ދަރިވަރުންގެ އަދަދު ގިނަވުމާއި‪ ،‬އެކަލޭގެފާނުގެ ރައުޔުތައް ފެތުރުއްވުމަށާއި އެ‬
‫ރައުޔުތައް ބިނާވެފައިވާ އަސާސްތައް ހާމަކުރެއްވުމަށް އެ ދަރިވަރުން ކުރެއްވި ބުރަ މަސައްކަތް‪.‬‬

‫‪ )2‬އިމާމު އަބޫ ޙަނީފާގެ ދަރިވަރުންގެ ފަހުން‪ ،‬ދަރިވަރުންގެ ދަރިވަރުން ވެސް‪ ،‬ޙަނަފީ މަޒުހަބުގެ ފިޤުހު‬
‫އިތުރު ދަރަޖައަކަށް ކުރިއަށް ގެންގޮސްދިނުން‪ .‬އެ ގޮތުން‪ ،‬އެ ފަރާތްތަކުން‪ ،‬ޙުކުމްތަކުގެ ޢިއްލަތްތައް‬
‫އިސްތިންބާޠު ކޮށް‪ ،‬އަލަށް އުފަންވާ ކަންކަމަށް އެ ޢިއްލަތްތައް ތަޠުބީޤު ކުރުމަށް ސަމާލުކަން ދިނެވެ‪ .‬އަދި‬
‫ޙަނަފީ މަޒުހަބުގެ ފަރުޢީ ޙުކުމްތަކުގެ ޢިއްލަތްތައް އިސްތިންބާޠު ކުރުމަށް ފަހު‪ ،‬ޢާއްމު ޝާމިލު ޤަވާޢިދުތައް‬
‫ކަނޑައަޅައި‪ ،‬އޭގެ ދަށަށް އެއާ އެއްބާވަތެއްގެ މައްސަލަތައް ޖަމާ ކުރިއެވެ‪.‬‬

‫‪ )3‬ޢައްބާސީ ދައުލަތުގެ ރަސްމީ މަޒުހަބަކީ‪ ،‬ޙަނަފީ މަޒުހަބު ކަމުގައި ހަމަޖެހުން‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬ތަފާތު‬
‫އެކިއެކި އާދަކާދަތައް ހުރި އެތަކެއް ރަށްތަކެއްގައި ޙަނަފީ މަޒުހަބު ފެތުރިގެން ދިޔައެވެ‪ .‬އަދި އެއާ އެކު‪ ،‬އައު‬
‫އެތަކެއް މައްސަލައެއް އުފެދި‪ ،‬ޙަނަފީ މަޒުހަބުގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް‪ ،‬އެ މައްސަލަތަކަށް ހައްލު‬
‫ހޯދައިދެވުނެވެ‪.‬‬

‫ޙަނަފީ މަޒުހަބު ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ‪ ،‬އިމާމު އަބޫ ޙަނީފާގެ އިސް‬
‫ހަތަރު ދަރިވަރެވެ‪ .‬އެއީ‪ ،‬އަބޫ ޔޫސުފް (އަލްޤާޟީ ޔަޢުޤޫބު ބުނު އިބްރާހީމް) އާއި‪ ،‬މުޙައްމަދު ބުނުލްޙަސަން‬
‫އައްޝައިބާނީއާއި‪ ،‬ޒުފަރު ބުނުލްހުޛައިލު އަދި އަލްޙަސަނު ބުނު ޒިޔާދެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪148‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫މާލިކީ މަޒުހަބު‪:‬‬ ‫‪.2‬‬

‫މާލިކީ މަޒުހަބު އުފެދުނީ‪ ،‬މަދީނާގައެވެ‪ .‬އަދި އުފެދުމަށް ބާރުލިބުނު ސަބަބުތަކަކީ‪:‬‬

‫‪ )1‬ޙުކުމްތައް އިސްތިންބާޠު ކުރުމާއި އުޞޫލުތަކުގައި އިމާމު މާލިކުގެ މަންހަޖު‪:‬‬

‫ އެ ގޮތުން‪ ،‬އިމާމު މާލިކު‪ ،‬މަރުފޫޢު ޙަދީޘްތަކާއި‪ ،‬ޞަޙާބީންގެ އަޘަރުތަކާއި ފަތުވާތަކާއި‪ ،‬މަދީނާގެ‬
‫އަހުލުވެރިންގެ ޢަމަލާއި އާދަކާދައިގައި ހިއްޕެވިއެވެ‪.‬‬

‫‪ )2‬މާލިކީ މަޒުހަބުގައި ޙަދީޘާއި ފިޤުހު އެކުވެފައިވުން‬

‫ ނަތީޖާއެއްގެ ގޮތުން‪ ،‬ދަރިވަރުންގެ މެދުގައި އިމާމު މާލިކު މަޤުބޫލުވެގެން ދިޔައެވެ‪.‬‬

‫‪ )3‬މާހައުލުގެ ގޮތުން‪:‬‬

‫ އިމާމު މާލިކު އުޅުއްވީ މަދީނާގައި ކަމަށް ވެފައި އެ ތަނަށް ދެވިފައިވާ ޤަދަރާއި ލޯބީގެ ބޮޑުކަމުންނާއި‪،‬‬
‫މަދީނާގައި އޮތް [މަދްރަސަތުލްޙަދީޘް] ރަމްޒުކޮށްދޭ ފިޤުހުގެ ގޮތުގައި ބެލެވުމެވެ‪.‬‬

‫މާލިކީ މަޒުހަބު ބޮޑަށް ފެތުރުނީ ޢަރަބި ޖަޒީރާގެ ހުޅަނގުން އޮތް‬


‫ރަށްތަކާއި ޤައުމުތަކަށެވެ‪ .‬އެ ގޮތުން‪ ،‬މަޣުރިބު (މޮރޮކޯ) އަށާއި‬
‫މިޞްރަށާއި މުޅި އެފްރިކާއަށް އަދި އަންދަލުސްއަށް ފެތުރިގެން‬
‫ދިޔައެވެ‪ .‬އަދި ޢަރަބި ޖަޒީރާގައި ހިމެނޭ ޤައުމުތަކުގައި ވެސް‬
‫ނުހަނު ބޮޑަށް ފެތުރިފައި ވެއެވެ‪.‬‬

‫‪149‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ޝާފިޢީ މަޒުހަބު‪:‬‬ ‫‪.3‬‬

‫‪150‬ހ‪.‬އައްޝާފިޢީ އުފަންވުން‬ ‫ޝާފިޢީ މަޒުހަބު އުފެދި ކުރިއަރައި ފެތުރިގެން ދިޔަ ގޮތް ހަ ދައުރަކަށް‬
‫ބަހައިލެވެއެވެ‪ .‬އެއީ‪:‬‬

‫‪ )1‬އިމާމު ޝާފިޢީގެ ފިޤުހު ފާޅުވެ‪ ،‬ނަޤުލުވެގެން ދިޔުން‪:‬‬

‫ މި ދައުރު ފެށެނީ‪ ،‬ހިޖުރައިން ‪ 195‬ވަނަ އަހަރުގައެވެ‪ .‬އަދި‬


‫ނިމެނީ‪ ،‬ހިޖުރައިން ‪ 270‬ވަނަ އަހަރު‪ ،‬އައްރަބީޢު ބުނު ސުލައިމާން‬
‫އަވަހާރަވުމާ އެކުގައެވެ‪ .‬މި މުއްދަތުގެ ތެރޭގައި ތިން މަރުޙަލާއެއް‬
‫ޝާފިޢީ މަޒުހަބު ކަޑައްތުކޮށްފައި ވެއެވެ‪ .‬އެއީ‪:‬‬
‫‪195‬ހ‪ .‬ކުރީގެ މަޒުހަބު ފާޅުވުން‬
‫‪199‬ހ‪ .‬ފަހުގެ މަޒުހަބު ފާޅުވުން‬
‫(ހ) އިމާމު ޝާފިޢީގެ ޤަދީމު (ކުރީގެ) މަޒުހަބު ފާޅުވުން‪ .‬އެއީ‪،‬‬

‫‪150‬ހ‪.‬ޝާފިޢީގެފާނު އަވަހާރަވުމާއި‬ ‫ހިޖުރައިން ‪ 195‬ވަނަ އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪199‬‬


‫އެކަލޭގެފާނުގެ ދަރިވަރުން‬ ‫ވަނަ އަހަރުގެ ނިޔަލަށެވެ‪ .‬އެއީ‪ ،‬އިމާމު ޝާފިޢީ ޢިރާޤުގައި‬
‫މަޒުހަބު ރިވާކުރައްވަން‬
‫ފެއްޓެވުން‬ ‫އުޅުއްވި ޒަމާނެވެ‪.‬‬

‫(ށ) އިމާމު ޝާފިޢީގެ ޖަދީދު (ފަހުގެ) މަޒުހަބު ފާޅުވުން‪ .‬އެއީ‪،‬‬


‫ހިޖުރައިން ‪ 199‬ވަނަ އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪204‬‬
‫ވަނަ އަހަރު އިމާމު ޝާފިޢީ އަވަހާރަވުމާ ހަމައަށެވެ‪ .‬އެއީ‪،‬‬
‫އިމާމު ޝާފިޢީ މިޞްރުގައި އުޅުއްވި ޒަމާނެވެ‪.‬‬

‫(ނ) އިމާމު ޝާފިޢީގެ މިޞްރުގެ ދަރިވަރުން އެކަލޭގެފާނުގެ‬


‫ފަހުގެ މަޒުހަބު ނަޤުލުކޮށް‪ ،‬އެކަލޭގެފާނު ލިޔުއްވި ފޮތްތައް‬
‫ރިވާކުރެއްވުން‪ .‬އެއީ‪ ،‬ހިޖުރައިން ‪ 204‬ވަނަ އަހަރުން ފެށިގެން‪،‬‬
‫ހިޖުރައިން ‪ 270‬ވަނަ އަހަރު އައްރަބީޢު ބުނު ސުލައިމާނު‬
‫‪270‬ހ‪ .‬އެކަލޭގެފާނުގެ‬ ‫އަވަހާރަވުމާ ހަމައަށެވެ‪ .‬އައްރަބީޢު ބުނު ސުލައިމާނަކީ‪ ،‬އިމާމު‬
‫ފޮތްތައް ރިވާކުރެއްވި‬
‫ދަރިވަރުންކުރެ އެންމެ‬
‫ޝާފިޢީގެ އިސް ދަރިވަރުން ކުރެ‪ ،‬އެންމެ އުމުރު ދިގު‪ ،‬އިމާމު‬
‫ފަހު ބޭފުޅާ އަވަހާރަވުން‬ ‫ޝާފިޢީގެ ފޮތްތައް އެންމެ ބޮޑަށް ހިތުދަސް ބޭފުޅާއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪150‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ 270‬އިސްލާމީ ދުނިޔޭގެ‬ ‫‪ )2‬ޝާފިޢީ މަޒުހަބު ފާޅުވެ‪ ،‬އިސްތިޤުރާރުވުން‪:‬‬


‫އިރުމަތީގައި‬
‫ފެތުރެން ފެށުން‬

‫ފާޅުވެ އިސްތިޤްރާރުވުން‬
‫ މި ދައުރު ފެށެނީ‪ ،‬ހިޖުރައިން ‪ 270‬ވަނަ އަހަރުގައެވެ‪ .‬އަދި‬
‫ނިމެނީ‪ ،‬ހިޖުރައިން ‪ 505‬ވަނަ އަހަރު އިމާމު އަބޫ ޙާމިދު އަލްޣަޒާލީ‬
‫‪ 404‬އިސްލާ ީ‬
‫މ ދުނިޔޭގެ ބޮ ު‬
‫ޑ‬
‫ގއި ފެތުރެން ފެށުން‬‫ބައެއް ަ‬ ‫އަވަހާރަވުމާ އެކުގައެވެ‪ .‬މި މުއްދަތުގެ ތެރޭގައި ދެ މަރުޙަލާއެއް‬
‫ޝާފިޢީ މަޒުހަބު ކަޑައްތުކޮށްފައި ވެއެވެ‪ .‬އެއީ‪:‬‬
‫މ ފަހަރަށް ތަންޤީޙު‬‫‪ 505‬ފުރަތަ ަ‬
‫ވން ފެށުން‬ ‫ކުރެ ެ‬ ‫ފުރަތަމަ ތަންޤީޙު‬
‫(ހ) މުސްތަޤިއްލު ޝަޚުޞިއްޔަތެއް ގޮތަށް‪ ،‬އެ މަޒުހަބަށް‬
‫ނިސްބަތްވާ ފިޤުހުވެރިންނާއި ޤާޟީންނާއި ފޮތްތައް ހުންނަ‬
‫ހާލު‪ ،‬ޝާފިޢީ މަޒުހަބު ފާޅުވެ‪ ،‬އިސްލާމީ ދުނިޔޭގެ އިރުމަތީ‬
‫ފަރާތުގައި އެ މަޒުހަބު ފެތުރިގެން ދިޔުން‪ .‬އެއީ‪ ،‬ހިޖުރައިން‬
‫ށ ތަންޤީޙު‬‫‪ 676‬ދެވަނަ ފަހަރަ ް‬
‫ކުރެވެން ފެށުން‬ ‫‪ 270‬ވަނަ އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪ 404‬ވަނަ އަހަރު‬
‫އިމާމު އަބުއްޠައްޔިބު ސަހުލު ބުނު އަބީ ސަހުލު އައްޞުޢުލޫކީ‬
‫އަވަހާރަވުމާ ހަމައަށެވެ‪.‬‬
‫ދެވަނަ ތަންޤީޙު‬

‫(ށ) މުސްލިމުން ދިރިއުޅޭ ޤައުމުތަކުގެ ބޮޑު ބަޔެއްގައި ޝާފިޢީ‬


‫މަޒުހަބު އިސްތިޤުރާރުވުން‪ .‬އެއީ‪ ،‬ހިޖުރައިން ‪ 404‬ވަނަ‬
‫‪926‬‬
‫އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪ 505‬ވަނަ އަހަރު އިމާމު‬
‫އަބޫ ޙާމިދު އަލްޣަޒާލީ އަވަހާރަވުމާ ހަމައަށެވެ‪.‬‬
‫‪ 1004‬މަޒުހަބުގެ ފޮތްތަކަ ް‬
‫ށ‬
‫ޚިދުމަތް ކުރެވެން ފެށުން‬
‫‪ )3‬ޝާފިޢީ މަޒުހަބު ފުރަތަމަ ފަހަރަށް ތަންޤީޙު ކުރެވުން (ހަރުދަނާ‬
‫ތަކެތި ބެހެއްޓުމަށް ފަހު‪ ،‬ބޭނުމެއް ނެތް ވާހަކަތައް ދޫކޮށްލައި‬
‫ރިވެތިކުރުން)‪:‬‬

‫ މި ދައުރު ފެށެނީ‪ ،‬ހިޖުރައިން ‪ 505‬ވަނަ އަހަރުގައެވެ‪ .‬އަދި‬


‫ނިމެނީ‪ ،‬ހިޖުރައިން ‪ 676‬ވަނަ އަހަރު އިމާމު އަބޫ ޒަކަރިއްޔާ‬
‫އައްނަވަވީ އަވަހާރަވުމާ އެކުގައެވެ‪ .‬މި ދައުރަކީ‪ ،‬ޝާފިޢީ މަޒުހަބު‬
‫ކުރިއަރުވައި ތަރައްޤީ ކުރުމުގެ ގޮތުން‪ ،‬އިމާމު ރާފިޢީއާއި އިމާމު‬
‫‪ 1335‬ޒަމާނީ ފިޤު ީ‬
‫ހ‬
‫ދިރާސާތައް ކުރިއެރުން‬

‫‪151‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ނަވަވީ ކުރެއްވި ބުރަ މަސައްކަތްޕުޅު ހިމެނޭ ދައުރެވެ‪ .‬އެ ގޮތުން‪ ،‬މި ޒަމާނުގައި‪ ،‬ޝާފިޢީ މަޒުހަބުގެ ފިޤުހު‬
‫ތަރައްޤީކޮށް‪ ،‬އެ ދެ ބޭފުޅުން ބޮޑެތި ފޮތްތައް ލިޔުއްވިއެވެ‪.‬‬

‫ޝާފިޢީ މަޒުހަބު ދެވަނަ ފަހަރަށް ތަންޤީޙު ކުރެވުން‪:‬‬ ‫‪)4‬‬

‫ މި ދައުރު ފެށެނީ‪ ،‬ހިޖުރައިން ‪ 676‬ވަނަ އަހަރުގައެވެ‪ .‬އަދި ނިމެނީ‪ ،‬ހިޖުރައިން ‪ 1004‬ވަނަ އަހަރު އިމާމު‬
‫ޝަމްސުއްދީން އައްރަމްލީ އަވަހާރަވުމާ އެކުގައެވެ‪ .‬މި މުއްދަތުގެ ތެރޭގައި ދެ މަރުޙަލާއެއް ޝާފިޢީ މަޒުހަބު‬
‫ކަޑައްތުކޮށްފައި ވެއެވެ‪ .‬އެއީ‪:‬‬

‫އަދި އިމާމު ޖަމާލުއްދީން‬ ‫اِبْ ُن ِّ‬


‫الرفـَْعة‬ ‫(ހ) ސުބުކީގެ ޢާއިލާއިން ވަޑައިގެންނެވި އިމާމުންނާއި‪ ،‬އިމާމު‬
‫އަލްއިސްނަވީ ފަދަ ބޭފުޅުން މަޒުހަބަށް ޚިދުމަތްކުރައްވައި‪ ،‬މަޒުހަބާ ގުޅޭ ފޮތްތައް ލިޔުއްވުމަށް‬
‫ކުރެއްވި މަސައްކަތްޕުޅުތައް‪ .‬އެއީ‪ ،‬ހިޖުރައިން ‪ 676‬ވަނަ އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪ 926‬ވަނަ‬
‫އަހަރު އިމާމު ޒަކަރިއްޔާ އަލްއަންޞާރީ އަވަހާރަވުމާ ހަމައަށެވެ‪.‬‬

‫(ށ) ޝާފިޢީ މަޒުހަބުގެ ފުރަތަމަ ތަންޤީޙަށް ބަރޯސާވެވަޑައިގެން‪ ،‬އިމާމު އިބްނު ޙަޖަރު އަލްހައިތަމީއާއި‬
‫އިމާމު ޝަމްސުއްދީން އައްރަމްލީ ކުރެއްވި މަސައްކަތްޕުޅުތައް‪ .‬އެއީ‪ ،‬ހިޖުރައިން ‪ 926‬ވަނަ އަހަރުން‬
‫ފެށިގެން‪ ،‬ހިޖުރައިން ‪ 1004‬ވަނަ އަހަރު އިމާމު ޝަމްސުއްދީން އައްރަމްލީ އަވަހާރަވުމާ ހަމައަށެވެ‪.‬‬

‫ޝާފިޢީ މަޒުހަބުގެ ފުރަތަމަ އަދި ދެވަނަ ތަންޤީޙު ކުރުމުގައި ލިޔެވިފައިވާ ފޮތްތަކަށް ޚިދުމަތް ކުރުން‪:‬‬ ‫‪)5‬‬

‫ މި ދައުރު ފެށެނީ‪ ،‬ހިޖުރައިން ‪ 1004‬ވަނަ އަހަރުގައެވެ‪ .‬އަދި ނިމެނީ‪ ،‬ހިޖުރައިން ‪ 1335‬ވަނަ އަހަރު‬
‫އިމާމު ސައްޔިދު ޢަލަވީ ބުނު އަޙްމަދު އައްސައްޤާފު އަވަހާރަވުމާ އެކުގައެވެ‪.‬‬

‫ޝާފިޢީ މަޒުހަބަށް ނިސްބަތްވެގެން އުޅޭ މީހުން މަދުވެ‪ ،‬ޒަމާނީ ފިޤުހީ ދިރާސާތައް ކުރިއެރުން‪:‬‬ ‫‪)6‬‬

‫މިއީ‪ ،‬ހިޖުރައިން ‪ 1335‬ވަނަ އަހަރުން ފެށިގެން‪ ،‬މިއަދާ ހަމައަށެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪152‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ޙަންބަލީ މަޒުހަބު‪:‬‬ ‫‪.4‬‬

‫ޙަންބަލީ މަޒުހަބު އުފެދި ފެތުރުނު ގޮތް ހަތަރު ދައުރަކަށް ބަހައިލެވެއެވެ‪ .‬އެއީ‪:‬‬

‫‪ )1‬ޙަންބަލީ މަޒުހަބު އުފެދުން‪:‬‬

‫ ޙަންބަލީ މަޒުހަބު އުފެދުނީ‪ ،‬ހިޖުރައިން ‪ 204‬ވަނަ އަހަރު ބަޣުދާދުގައި އިމާމު އަޙްމަދު ކިޔަވައިދެއްވަން‬
‫ފެއްޓެވުމާ ހަމައިންނެވެ‪ .‬އޭރު ޢިލްމީ ދެ ކުލާހެއް އިމާމު އަޙްމަދު ހިންގެވިއެވެ‪ .‬އެއީ‪ ،‬އިސް ދަރިވަރުންނަށް‬
‫އިމާމު އަޙްމަދުގެ ގެކޮޅުގައި ބާއްވާ ކުލާހަކާއި‪ ،‬ޢާއްމުންނަށް މިސްކިތުގައި ބާއްވާ ކުލާހެކެވެ‪.‬‬

‫ އިމާމު އަޙްމަދުގެ ޢިލްމު ފެތުރުއްވެވުމުގައި އެންމެ މަޝްހޫރު ދަރިވަރަކީ‪ ،‬އަބޫ ބަކުރު އަލްމަރޫޒީއެވެ‪ .‬އަދި‬
‫އިމާމު އަޙްމަދުގެ އިސް ދަރިވަރުންގެ‬
‫ތެރޭގައި‪ ،‬އަބޫ ބަކުރު އަލްއަޘުރަމްއާއި‪،‬‬
‫އިސްޙާޤު ބުނު މަންޞޫރު އައްތަމީމީ‬
‫އަދި އިބްރާހީމު ބުނު އިސްޙާޤު‬

‫އެކި ފޮތްފޮތުގައިވާ އިމާމް އަޙްމަދުގެ ޢިލްމުތައް އެއްކުރެވިފައިވާ ފޮތެއް‬ ‫އަލްޙަރުބީ ހިމެނިވަޑައިގަންނަވައެވެ‪.‬‬

‫‪ )2‬ޙަންބަލީ މަޒުހަބު ނަޤުލުވެ ހެ ި‬


‫ދބޮޑުވުން‪:‬‬

‫ އިމާމު އަޙްމަދުގެ ދަރިވަރުންގެ ފަރާތްޕުޅުން އައިސްފައިވާ އިމާމު އަޙްމަދުގެ ޢިލްމު‪ ،‬އިމާމު އަޙްމަދު ބުނު‬
‫َحَد] ގެ‬
‫أْ‬ ‫ـج ِام ُع لِعُلُ ِوم ا ِإل َم ِام‬
‫[ال َ‬ ‫މުޙައްމަދު އަލްޚައްލާލު (އަވަހާރަވީ ‪311‬ހ ގައި) ފޮތެއްގެ ސިފައިގައި‪،‬‬
‫ނަމުގައި ޖަމާކޮށް ލިޔުއްވި ހިސާބުން‪ ،‬އިމާމު އަޙްމަދުގެ މަޒުހަބަށް ނިސްބަތްވުން ފެށިގެން ދިޔައެވެ‪ .‬އަދި‬
‫ބޮޑެތި ޢިލްމުވެރިންގެ އަތްޕުޅު މަތިން‪ ،‬ޙަންބަލީ މަޒުހަބު ކިޔަވައިދެވި‪ ،‬އެ މަޒުހަބަށް ބިނާވާ ފޮތްތައް‬
‫ލިޔެވެން ފެށިއެވެ‪.‬‬

‫ މި ދައުރު ނިމުނީ‪ ،‬ހިޖުރައިން ‪ 403‬ވަނަ އަހަރު‪ ،‬އެ ޒަމާނުގެ ޙަންބަލީ މަޒުހަބުގެ ޝައިޚުގެ ގޮތުގައި‬
‫ބެލެވުނު‪ ،‬އިމާމު އަލްޙަސަން ބުނު ޙާމިދު އަވަހާރަވުމާ އެކުގައެވެ‪.‬‬

‫‪ )3‬ޙަންބަލީ މަޒުހަބު ތަޙުރީރު ކުރެވި ތަންޤީޙު ކުރެވުން‪:‬‬

‫ މި ދައުރު ފެށުނީ‪ ،‬ހިޖުރައިން ‪ 403‬ވަނަ އަހަރުގައެވެ‪ .‬އަދި ނިމުނީ‪ ،‬ހިޖުރައިން ‪ 884‬ވަނަ އަހަރު އިމާމު‬
‫އަލްބުރުހާން އިބްނު މުފްލިޙު އަވަހާރަވުމާ އެކުގައެވެ‪.‬‬

‫‪153‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ )4‬ޙަންބަލީ މަޒުހަބު އިސްތިޤުރާރުވުން‪:‬‬

‫ މި ދައުރަކީ‪ ،‬ހިޖުރައިން ‪ 885‬ވަނަ އަހަރު‪ ،‬އިމާމު އަލްޢަލާއު އަލްމަރުދާވީއާ ހިސާބުން ފެށިގެން‪ ،‬މި ޒަމާނާ‬
‫ހަމައަށެވެ‪.‬‬

‫ މި ދައުރުގެ ތެރޭގައި އޮތީ‪ ،‬މަޒުހަބުގެ ފޮތްތަކުން ފައިދާ ޙާޞިލު ކުރުމެވެ‪ .‬އަދި އެ ފޮތްތަކަށް އެކި‬
‫ގޮތްގޮތުން ޚިދުމަތް ކުރުމެވެ‪ .‬އަދި ތުރާޘުތައް (މިއަދާ ހަމައަށް ފޯރާފައިވާ ފޮތްތައް) ހޯދައި‪ ،‬އެ ތަކެތި‬
‫ދިރާސާކޮށް‪ ،‬ޢާއްމުކޮށް ލިބޭނޭހެން ހެދުމެވެ‪.‬‬

‫ޙަ ަރ ާކ ތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫ހަތަރު މަޒުހަބު އުފެދެން މެދުވެރިވި ޢާއްމު ސަބަބުތަކުގެ ތެރެއިން‪ ،‬ދެ ސަބަބެއް ބުނެދޭށެވެ!‬ ‫‪.1‬‬
‫‪ .2‬ޙަނަފީ މަޒުހަބު ކުރިއަރައިގެން ދިޔުމުގައި އެންމެ އިސް ދައުރެއް އަދާކުރި‪ ،‬އިމާމު އަބޫ ޙަނީފާގެ‬
‫އެންމެ އިސް ހަތަރު ދަރިވަރުންގެ ނަމަކީ ކޮބައި ހެއްޔެވެ؟‬
‫‪ .3‬އައްރަބީޢު ބުނު ސުލައިމާނަކީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި ޝާފިޢީ މަޒުހަބު އުފެދި ތަރައްޤީވެ‬
‫ފެތުރުމުގައި‪ ،‬އެ ބޭފުޅާގެ ދައުރަކީ ކޮބައި ހެއްޔެވެ؟‬

‫ޙަ ަރ ާކ ތް ‪:2‬‬

‫ލމްދީނުގައި ފިޤުހީ މަޒުހަބުތަކުގެ ދައުރު ވިސްނިފައި އޮންނަނީ ޙަޤީޤަތާ‬


‫ ބައެއް ޣައިރު މުސްލިމުންނަށް އިސް ާ‬
‫ޚިލާފު‪ ،‬ގޯސް ގޮތަކަށެވެ‪ .‬އެބައިމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ‪ ،‬ހަތަރު މަޒުހަބަކީ އިސްލާމްދީނުގެ‬
‫ހަތަރު [ވާޝަން] ގެ ގޮތުގައެވެ‪ .‬އެހެން ޢިބާރާތަކުންނަމަ‪ ،‬އިސްލާމްދީނުގެ ތެރޭގައިވާ ހަތަރު ދީނެއްގެ‬
‫ގޮތުގައެވެ‪ .‬ވީއިރު‪ ،‬އިސްލާމްދީނުގައި ފިޤުހީ މަޒުހަބުތަކުގެ ދައުރަކީ ކޮބައިކަމާ ގުޅޭ ގޮތުންނާއި‪ ،‬އިސްވެ‬
‫ދެންނެވުނު ބައެއް ޣައިރު މުސްލިމުންނަށް ވިސްނިފައިވާ ގޮތް ރަނގަޅު ނުވާ ސަބަބާ ގުޅޭ ގޮތުން‪ ،‬ގުރޫޕުގެ‬
‫ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪154‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ފި ާލވަޅު ‪2‬‬


‫އިސް ާލމީ ފިޤު ުހ ކުރިއެރުން‬
‫‪ 2.1‬ތ ަ ާޢ ަރފ ު‬

‫އިސްލާމީ ފިޤުހު ކުރިއެރުމޭ ބުނެވޭ ބަހުގެ މުރާދަކީ‪ ،‬އައު ޙުކުމްތައް ދެނެގަތުމާއި‪ ،‬ޙުކުމްތައް ބިނާވާ ދަލީލުތަކާއި‬
‫ޢިއްލަތްތައް ދެނެގަތުމާއި‪ ،‬ޙުކުމްތައް ނެރުމުގައި ބޭނުން ކުރެވޭނެ މަޞްދަރުތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކާއި‬
‫ޟާބިޠުތައް ހާމަކުރުމާއި‪ ،‬އެކިއެކި އުސްލޫބުތަކަށް ފިޤުހީ ފޮތްތައް ލިޔެ އެކުލަވައިލުން ފަދަ ފިޤުހާ ގުޅުން ހުރި‬
‫އެކިއެކި އައު ކަންކަން ފާޅުވެ‪ ،‬އައު ޚިދުމަތްތައް ކުރެވުމެވެ‪.‬‬

‫‪ 2.2‬އިސް ާލމީ ފިޤު ުހ ކުރި އަ ަރ އިގެން ދި ަޔ ގޮތް‪:‬‬

‫ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ފިޤުހު‪:‬‬ ‫‪.1‬‬

‫އެ ޒަމާނަކީ‪ ،‬ވަޙީ ބާވައިލެއްވުނު ޒަމާން ކަމުން‪ ،‬ފިޤުހީ ޙުކުމްތަކުގައި މައިގަނޑު ގޮތެއްގައި ބަރޯސާވެވިފައި ވަނީ‬
‫ވެސް ވަޙީއަށެވެ‪ .‬ވަޙީގެ ތެރޭގައި‪ ،‬ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތް ވެސް ހިމެނެއެވެ‪.‬‬

‫ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި ދެ ބާވަތެއްގެ ފިޤުހީ ޙުކުމްތައް ވެއެވެ‪ .‬އެއީ‪:‬‬

‫)‪ (2‬ظَنِّ ــي ޙުކުމްތައް‪ :‬މިއީ‪ ،‬ޤުރްއާނުގައި ނުވަތަ‬ ‫)‪ (1‬قَط ِْعــي ޙުކުމްތައް‪ :‬މިއީ‪ ،‬ޤުރްއާނުގައި ނުވަތަ‬
‫ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައި ނުވާ‬ ‫ކަނޑައަޅުއްވާފައި‬ ‫ޞަރީޙަކޮށް‬ ‫ސުންނަތުގައި‬
‫ޙުކުމްތަކެވެ‪ .‬މީގެ ތެރޭގައި‪ ،‬އެއް މާނައަށް ވުރެ ގިނަ‬ ‫ކިޔައި‬ ‫ސުންނަތް‬ ‫ޤުރްއާނާއި‬ ‫ޙުކުމްތަކެވެ‪.‬‬ ‫ވާ‬
‫މާނަ ދޭހަވާ ގޮތަށް ވާރިދުވެފައި ވާ ޙުކުމްތަކާއި‪،‬‬ ‫މުޠާލިޢާ ކޮށްގެން‪ ،‬މި ބާވަތުގެ ޙުކުމްތައް ކޮންމެ‬
‫އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވާ ޙުކުމްތައް‬ ‫މީހަކަށް ވެސް ދެނެގަނެވޭނެއެވެ‪ .‬އެހެންކަމުން‪ ،‬މި‬
‫ހިމެނެއެވެ‪ .‬އެހެންކަމުން‪ ،‬މި ބާވަތުގެ ޙުކުމްތައް‬ ‫ބާވަތުގެ ޙުކުމްތައް ދެނެގަތުމަށް އިޖުތިހާދު ކުރާކަށް‬
‫ދެނެގަތުމަށް އިޖުތިހާދު ކުރަން ޖެހޭނެއެވެ‪.‬‬ ‫ނުޖެހޭނެއެވެ‪ .‬މިސާލަކަށް‪ ،‬ނަމާދު ކުރުން ވާޖިބުކަމާއި‬
‫ރިބާ ޙަރާމް ކަމާއި ވައްކަން ކުރުން ޙަރާމް ކަމެވެ‪.‬‬

‫‪155‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ވަޙީގެ ޒަރީއާއިން ޙުކުމްތައް ބާވައިލެއްވެމުން ދިޔުމުން‪،‬‬
‫އައު ޙުކުމެއް ބާވައިލެއްވޭ އިރަށް‪ ،‬އެކަން އަޞްޙާބު ބޭކަލުންނަށް އެނގިވަޑައިގަންނަވާނެއެވެ‪ .‬އެހެންނަމަވެސް‪،‬‬
‫ބައެއް ފަހަރު‪ ،‬ވަކި ޙުކުމެއްގެ ނުވަތަ ޙުކުމްތަކެއްގެ ޚަބަރު‪ ،‬އެއްބައި އަޞްޙާބު ބޭކަލުންނަށް ތަންކޮޅެއް ފަހުން‬
‫ލިބިވަޑައިގަންނަވާ ގޮތް ވެސް މެދުވެރި ވެއެވެ‪ .‬އަދި އެއްގޮތަކަށް ލިބިވަޑައިނުގަންނަވާ ގޮތް ވެސް މެދުވެރި ވެއެވެ‪.‬‬

‫ހަމައެހެންމެ‪ ،‬ފިޤުހުގައި ބޭނުންކުރެވޭ ބައެއް މުޞްޠަލަޙުތައް އެ ޒަމާނުގައި އުފަންވެފައި ވެއެވެ‪ .‬މިސާލަކަށް‪ ،‬ޒަކާތާއި‬
‫ޖިހާދާއި ރިބާފަދަ މުޞްޠަލަޙުތަކެވެ‪.‬‬

‫ޞަޙާބީންގެ ޒަމާނުގައި ފިޤުހު‪:‬‬ ‫‪.2‬‬

‫އެ ޒަމާނުގައި ފިޤުހީ ޙުކުމްތަކުގައި ބަރޯސާވީ އަންނަނިވި މަޞްދަރުތަކަށެވެ‪.‬‬

‫އޖތހދ‬ ‫‪‬‬ ‫‪ ‬ޞޙބނގ އޖމޢ‬ ‫ނބވ ސނނތ‬ ‫‪‬‬ ‫ކރތ ޤރއނ‪.‬‬ ‫‪‬‬

‫އެ ގޮތުން‪ ،‬ޞަޙާބީންގެ ޒަމާނުގައި‪ ،‬ފިޤުހީ ޙުކުމްތަކުގައި އެންމެ ފުރަތަމަ ބަލަނީ‪ ،‬ކީރިތި ޤުރްއާނަށެވެ‪ .‬ދެން‪،‬‬
‫ނަބަވީ ސުންނަތުން އެ ކަމަކާ ގުޅޭ ގޮތުން އެނގެން އޮތް ގޮތަކަށެވެ‪.‬‬

‫ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން އެ ކަމަކާ ގުޅޭ ގޮތުން ޞަރީޙަކޮށް ގޮތެއް އެނގެން ނެތްނަމަ‪ ،‬ޞަޙާބީންގެ‬
‫ތެރެއިން ޢިލްމުވެރިންގެ މެދުގައި މަޝްވަރާކޮށް‪ ،‬ހުރިހައި ބޭފުޅުންނަށް ވަކި ގޮތަކަށް އެއްބަސްވެވުނުނަމަ‪ ،‬އެއީ‬
‫އިޖުމާޢުއެއްގެ ގޮތުގައި ދެކި‪ ،‬އެ ގޮތަކަށް ފަތުވާތައް ބައްޓަން ކުރެތެވެ‪.‬‬

‫ޞަޙާބީންގެ މެދުގައި ވަކި ގޮތަކަށް އިއްތިފާޤު ނުވެވުނުނަމަ‪ ،‬އެ ބޭފުޅެއްގެ އިޖުތިހާދުން އެ ބޭފުޅަކަށް‬
‫ބުރަވެވަޑައިގެންނެވޭ ގޮތަކަށް ފަތުވާ ދެއްވަތެވެ‪.‬‬

‫ހަމައެހެންމެ‪ ،‬އެ ޒަމާނުގައި‪ ،‬ފިޤުހީ ޙުކުމްތައް ފޯރުކޮށްދެއްވަމުން ގެންދެވީ‪ ،‬ކިޔަވައިދެއްވުމުގެ ތެރެއިން‪،‬‬


‫އަނގަބަހުންނެވެ‪ .‬އަދި އެ ޒަމާނުގައި ވެސް ފިޤުހުގައި ބޭނުން ކުރެވޭ ބައެއް މުޞްޠަލަޙުތައް އުފަންވެގެން ދިޔައެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪156‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ތާބިޢީންގެ ޒަމާނުގައި ފިޤުހު‪:‬‬ ‫‪.3‬‬

‫އެ ޒަމާނުގައި‪ ،‬މައްސަލައެއްގެ ޙުކުމް ދެނެގަންނަން ބޭނުންވެއްޖެނަމަ‪ ،‬އެންމެ ފުރަތަމަ ބަލަނީ‪ ،‬ޤުރްއާނާއި‬
‫ސުންނަތަށެވެ‪ .‬ޤުރްއާނާއި ސުންނަތުން އެ ބޭކަލުންނަށް ޞަރީޙަ ޖަވާބެއް ނުލިބުނުނަމަ‪ ،‬އެ ކަމާ ގުޅޭ ގޮތުން‬
‫އަޞްޙާބު ބޭކަލުންގެ އިޖުތިހާދެއް އޮތްތޯ ބައްލަވަތެވެ‪ .‬އަޞްޙާބު ބޭކަލުންގެ އިޖުތިހާދެއް ފެންނަން ނެތްނަމަ‪،‬‬
‫އަމިއްލައަށް ރައުޔެއް ނެރުއްވުމަށް އިޖުތިހާދު ކުރައްވަތެވެ‪ .‬އެއީ‪ ،‬ޤުރްއާނާއި ސުންނަތަށް‪ ،‬އަދި އަޞްޙާބު ބޭކަލުން‬
‫އެ ބޭކަލުންގެ އިޖުތިހާދުތަކުގައި ރިޢާޔަތް ކުރައްވާފައިވާ މިންގަނޑުތަކަށް ރިޢާޔަތް ކުރައްވައިގެންނެވެ‪.‬‬

‫ފިޤުހުގެ ދާއިރާގައި ތާބިޢީންގެ ޒަމާނުގައި ޚާއްޞަ ކަންތައްތަކެއް ފާޅުވިއެވެ‪ .‬އޭގެ ތެރޭގައި‪:‬‬

‫‪ )1‬ރައުޔުގައި ހިއްޕެވުން ފުޅާވެގެން ދިޔުން‪ :‬ރައުޔުގައި ހިއްޕެވުމަކީ‪ ،‬ޝަރީޢަތުގެ މަޤުޞަދުތައް ފަދަ ކަންކަމަށް‬
‫ބިނާކޮށް ވިސްނޭވިސްނުންތަކާއި ގޮތްތަކަށް ޢަމަލުކޮށް ފަތުވާ ދިނުމެވެ‪ .‬އެ ގޮތަށް ޢަމަލު ކުރެއްވި ބޭފުޅުން‬
‫އެންމެ ގިނައީ‪ ،‬ޢިރާޤުގައެވެ‪.‬‬

‫‪ )2‬ޚިލާފުތަކުގެ ދާއިރާ ފުޅާވެގެން ދިޔުން‪ :‬އެ ގޮތަށް ދިމާވި ސަބަބަކީ‪:‬‬


‫(ހ) ރައުޔަށް ބަރޯސާވާން ފެށުން‪.‬‬
‫(ށ) އިސްލާމީ ދައުލަތުގެ ތެރޭގައި ބޮޑެތި ފިތުނަތައް އުފެދި‪ ،‬ބާޠިލު ފިރުޤާތައް އުފެދި‪ ،‬ފެތުރުން‪.‬‬
‫(ނ) ޙަދީޘްތައް ހިތުދަސްކުރައްވާފައިވާ ބޭފުޅުން އިސްލާމީ ދައުލަތުގެ އެކި ކަންކޮޅުތަކަށް ފެތުރިގެން‬
‫ދިޔައިރު‪ ،‬އެކި ބޭފުޅުންނާ ހިސާބަށް އެކި މިންވަރަށް ޙަދީޘްތައް ފޯރާފައި ވުމާއި‪ ،‬އެއްފޮތަކަށް‬
‫ޙަދީޘްތައް ޖަމާކުރެވިފައި ނުވުން‪.‬‬
‫(ރ) އަލަށް ފަތަޙަ ކުރެވުނު ރަށްތަކުގެ އަހުލުވެރިންގެ އާދަކާދަތައް ތަފާތުވުން‪.‬‬

‫‪ )3‬ފިޤުހީ މަދަރުސާތައް އުފެދިގެން ދިޔުން‪ :‬އެ ގޮތުން‪ ،‬އެ ތަނުން އެންމެ މަޝްހޫރުވެފައި ވަނީ‪ ،‬ދެ‬
‫މަދަރުސާއެކެވެ‪ .‬އެއީ‪ ،‬މަދީނާގައި އުފެދުނު މަދަރުސާއާއި ކޫފާގައި އުފެދުނު މަދަރުސާއެވެ‪.‬‬

‫‪ )4‬ނަބަވީ ސުންނަތް ރިވާ ކުރުން އިތުރުވުން‪ :‬ނަތީޖާއެއްގެ ގޮތުން‪ ،‬ސުންނަތުގައިވާ ފިޤުހީ ޙުކުމްތައް ވެސް‬
‫އިތުރަށް ފެތުރިގެން ދިޔައެވެ‪.‬‬

‫ ހަމައެހެންމެ‪ ،‬ފިޤުހުގައި ބޭނުންކުރެވޭ ބައެއް އައު މުޞްޠަލަޙުތައް އުފަންވެގެން ދިޔައެވެ‪ .‬އޭގެ ތެރޭގައި‪،‬‬
‫ރުކުނާއި ވާޖިބާއި ޝަރުޠާއި މަންދޫބުފަދަ މުޞްޠަލަޙުތައް ހިމެނެއެވެ‪.‬‬

‫‪157‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ .4‬މަޒުހަބުތަކުގެ ޒަމާނުގައި ފިޤުހު‪:‬‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތަ؟‬
‫މަޒުހަބުތަކުގެ ޒަމާނަކީ‪ ،‬މުޖުތަހިދު އިމާމުންގެ ޒަމާނެވެ‪.‬‬
‫ޢިލްމުވެރިޔަކު އިޖްތިހާދުކުރުމުގައި ކުށެއް‬
‫އެ ޒަމާނަކީ‪ ،‬ފިޤުހަށް އެތަކެއް ގޮތަކުން ޚިދުމަތް ކުރެވި‪،‬‬
‫ކުރެވުމަކީ އޭނާގެ ޤަދަރު އުނިވާ ކަމެއް ނޫނެވެ‪.‬‬
‫ފިޤުހު ކުރިއަރައިގެން ދިޔަ ޒަމާނެވެ‪ .‬އެ ގޮތުން‪،‬‬
‫އެހެނީ އޭނާ އިޖްތިހާދު ކުރީތީ އޭނާއަށް އެއް‬
‫އަންނަނިވި ކަންކަން ފާހަގަކޮށްލެވެއެވެ‪.‬‬
‫އަޖުރު ލިބޭނެއެވެ‪ .‬އަދި އިޖުތިހާދު ކޮށްގެން‬
‫ރަނގަޅު ގޮތް ހޯދިއްޖެ ނަމަ އޭނާއަށް އެކަމުގެ‬ ‫‪ )1‬ފިޤުހީ ޙުކުމްތަކަށް ބިނާވާ އަދި ފިޤުހާ ގުޅުން ހުރި‬

‫އަޖުރާއި އިޖްތިހާދު ކުރުމުގެ އަޖުރާ މި ދެ‬ ‫ފޮތްތައް ލިޔެވުން‪ :‬އޭގެ ތެރޭގައި‪ ،‬ޚުލާޞާކޮށް‬

‫އަޖުރު ލިބޭނެއެވެ‪.‬‬ ‫ލިޔެވިފައި ހުންނަ ފޮތްތަކާއި‪ ،‬އެ ފޮތްތަކުގެ‬


‫ޝަރަޙަތަކާއި‪ ،‬ދިގުކޮށް ލިޔެވިފައި ހުންނަ‬
‫ފޮތްތަކާއި އެ ފޮތްތަކުގެ ޚުލާޞާތައް ހިމެނެއެވެ‪.‬‬

‫‪ )2‬އައު ޙުކުމްތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި އިޖުތިހާދު ކުރެވުން‪ :‬ޚާއްޞަކޮށް މި މަންޒަރު ފެންނަނީ‪،‬‬
‫ޢިރާޤުކަރައިގައި އުޅުއްވި ޢިލްމުވެރިންގެ ފަރާތްޕުޅުންނެވެ‪ .‬އެ ގޮތުން‪ ،‬ހިނގައިފާނެ ކަންކަމާ ގުޅޭ ގޮތުން‬
‫ބަހުސްކޮށް‪ ،‬އެ ބޭފުޅުން ގެންދެވީ‪ ،‬އެ ކަންކަމުގެ ޙުކުމް ބަޔާންކޮށްދެއްވަމުންނެވެ‪.‬‬

‫‪ )3‬ފިޤުހީ މުޞްޠަލަޙުތައް އުފެދި‪ ،‬އިސްތިޤުރާރުވުން‪ :‬އެ ގޮތުން‪ ،‬ކިތާބުއާއި ސުންނަތާއި އިޖުމާޢާއި ނާސިޚާއި‬
‫މަންސޫޚުފަދަ އެތަކެއް ލަފްޒުތަކެއް އުފެދި‪ ،‬ވަކި ގޮތަކަށް އޭގެ މާނަ ހަމަޖެހިގެން ދިޔައެވެ‪.‬‬

‫‪ )4‬ޢިލްމުވެރިންގެ ފުށުން ވާރިދުވެފައިވާ ޙުކުމްތަކުގެ ދަލީލުތަކަކީ ކޮބައިކަން ދެނެގަނެ‪ ،‬ހާމަ ކުރުން‪.‬‬

‫‪ )5‬ޙުކުމްތަކުގެ ޢިއްލަތްތަކާއި ސަބަބުތައް ދެނެގަނެ‪ ،‬ހާމަ ކުރުން‪.‬‬

‫‪ )6‬ޙުކުމްތަކަށް އެކި ބޭފުޅުން ދަލީލު ނަންގަވާފައިވާ ގޮތާ މެދު ބަހުސްކޮށް ރައްދު ދިނުން‪( .‬އެކިއެކި ފިޤުހީ‬
‫މައްސަލަތަކުގައި ދަލީލު ނަގާ ގޮތާ މެދު މުނާޡަރާ ކުރެވުން)‬

‫‪ )7‬ފިޤުހީ ޙުކުމްތައް ނެރުމުގައި ބޭނުން ކުރެވޭ އުޞޫލުތައް (އުޞޫލުލްފިޤްހު) ދެނެގަނެ‪ ،‬ހާމަ ކުރުން‪.‬‬

‫‪ )8‬ފިޤުހީ ޙުކުމްތައް ނެގޭނެ ދަލީލުތައް (ޝަރީޢަތުގެ މަޞްދަރުތައް) ކަނޑައެޅުއްވުމުގައި‪ ،‬ބައެއް ދަލީލުތަކާ މެދު‬
‫ރައުޔުތަފާތުވުން އުފެދުން‪ :‬މިސާލަކަށް‪ ،‬މަދީނާގެ އަހުލުވެރިންގެ ޢަމަލަކީ ޙުއްޖަތެއްތޯ ކަނޑައެޅުއްވުމުގައި‪،‬‬
‫މާލިކީންނާއި އެހެން މަޒުހަބުތަކާ ދެމެދު ރައުޔު ތަފާތުވުން އުފެދިފައި ވެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪158‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ )9‬ފިޤުހުގައި ބޭނުން ކުރެވޭ ޤަވާޢިދުތަކާއި މިންގަނޑުތައް (ޟަވާބިޠުތައް) ދެނެގަނެ‪ ،‬ހާމަކުރުން‪.‬‬

‫އިސްވެދިޔަ ކަންކަމުން‪ ،‬ފިޤުހު ކުރިއަރައިގެން ދިޔުމުގައި‪ ،‬މަޒުހަބުތަކުގެ ދައުރު ނުހަނު ބޮޑަށް ފާޅުވެގެން ދެއެވެ‪.‬‬

‫‪ .5‬މި ޒަމާނުގައި ފިޤުހު‪:‬‬

‫އަޅުގަނޑުމެން މި އުޅޭ ޒަމާނާ ހަމައަށް އައުމުގެ އެތަކެއް ޤަރުނެއް ކުރިއްސުރެ ފިޤުހު އޮތީ‪ ،‬ކުރިއެރުން ހުއްޓި‪،‬‬
‫ގަނޑުވެފައެވެ‪ .‬އެހެންނަމަވެސް‪ ،‬ޢުޘްމާނީ ދައުލަތް ވެއްޓުމާއި‪ ،‬ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު‬
‫ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ބޮޑު ގެއްލުންތަކާއި‪ ،‬މުސްލިމް ދައުލަތްތައް އިސްތިޢުމާރު ކުރެވުމާ ގުޅިގެން‪،‬‬
‫މުސްލިމުން ހޭލުންތެރި ކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގަން ފެށި‪ ،‬ދީނީ ޢިލްމުގައި ޔުނިވަރސިޓީ‬
‫ތަޢުލީމުގެ ދައުރު ބޮޑުވުމުގެ ސަބަބުން‪ ،‬އަލުންބަލުން އިޖުތިހާދު ކުރުމުގެ ދޮރު ހުޅުވައިލެވި‪ ،‬ފިޤުހު ކުރިއަރައިގެން‬
‫ދާން ފަށައިފިއެވެ‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬އަންނަނިވި ކަންކަން މި ޒަމާނުގައި ފެންނަމުން ދެއެވެ‪.‬‬

‫‪ )1‬ފިޤުހާއި ވަޟުޢީ ޤާނޫނުތަކާ އަޅައިބެލުމުގެ ދިރާސާތައް ކުރެވުން‪ :‬އޭގެ ސަބަބުން‪ ،‬ފިޤުހުގެ ތެރެއަށް އައު‬
‫މުޞްޠަލަޙުތަކާއި މަފްހޫމުތައް ވަދެ‪ ،‬ފިޤުހު ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރައި ތަރައްޤީވަމުންނެވެ‪.‬‬

‫‪ )2‬ފިޤުހު ތަޤުނީނު ކުރުން ނުވަތަ ކޮޑިފައި )‪ (Codify‬ކުރުން‬


‫(ޤާނޫނެއް ގޮތަށް މާއްދާތަކެއްހެން ތަރުތީބުކޮށް ލިޔެ އެކުލަވައިލުން)‪:‬‬
‫މީގެ ބޭނުމަކަށް ވެފައި ވަނީ‪ ،‬ވަޟުޢީ ޤާނޫނުތަކުގެ ބަދަލުގައި‪،‬‬
‫މުސްލިމުން އިސްލާމީ ފިޤުހަށް ބިނާވާ ޤާނޫނުތައް ހަދައި‪ ،‬އެއަށް‬
‫ޢަމަލު ކުރުމަށް ފަސޭހަކޮށްދިނުމެވެ‪.‬‬

‫‪ )3‬ފިޤުހީ ނަޒަރިއްޔާތަކާ ގުޅޭ ދިރާސާތައް ކުރެވުން‪ :‬އޭގެ ސަބަބުން‪،‬‬


‫ގިނަ މައްސަލަތަކެއް މައިގަނޑު މަފްހޫމެއްގެ ދަށުން ދެނެގަތުމަށް‬
‫ކުވައިތުގެ އައުޤާފް މިނިސްޓްރީން‬ ‫ފަސޭހަވެގެން ދެއެވެ‪ .‬އަދި ކުރީގެ ފިޤުހު ފޮތްތަކުގައިވާ ޢިލްމީ‬
‫‪ 2005–1965‬ދެމެދު ތައްޔާރު ކޮށްގެން‬
‫ވާހަކަތައް ފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދެއެވެ‪.‬‬
‫ނެރުނު ފިޤުހީ އެންސައިކްލޮޕީޑިއާ‪.‬‬
‫އަލިފުބާގެ ތަރުތީބުން ފިޤުހީ‬
‫މުޞްޠަލަޙުތައް ތަރުތީބު ކުރެވިފައިވާ‬ ‫‪ )4‬އެކި މަޒުހަބުތަކުގެ ރައުޔުތަކާއި ދަލީލުތަކާއި ރައްދުތައް ދިރާސާކޮށް‪،‬‬
‫‪ 45‬ވޮލިޔުމްގެ މި ފޮތަކީ މި ޒާތުގެ‬
‫އެންމެ ބާރުގަދަ ރައުޔު ދެނެގަތުން‪ :‬މިއީ‪ ،‬މުޤާރަނާ ކުރުމުގެ‬
‫އެންމެ ބޮޑު އެންސައިކްލޮޕީޑިއާއެވެ‪.‬‬

‫‪159‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫(އަޅައިބެލުމުގެ) ފިޤުހެވެ‪ .‬މި އުސްލޫބުގެ ސަބަބުން‪ ،‬ޙުއްޖަތުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ދެނެގަތުމަށް‬
‫ފަސޭހަވެގެން ދެއެވެ‪.‬‬

‫‪ )5‬އަތު ލިޔުމުން ލިޔެވިގެން އަޅުގަނޑުމެންނާ ހަމައަށް ފޯރާފައިވާ ކުރީގެ ފިޤުހު ފޮތްތައް‪ ،‬ތަޙުޤީޤުކޮށް‬
‫ދިރާސާކޮށް‪ ،‬ބޭނުން ހިފޭނެހެން ޢާއްމު ކުރުން‪ :‬މީގެ ސަބަބުން‪ ،‬އަޅުގަނޑުމެންނާ ހަމައަށް ފޯރާފައިވާ ފިޤުހީ‬
‫ތަރިކައިން ފައިދާ ޙާޞިލު ކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދެއެވެ‪ .‬އަދި އެ ތަރިކަ ގެއްލިގެން ދިޔަ ނުދީ‪،‬‬
‫ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވެއެވެ‪.‬‬

‫ލ ކު ުރމުގައި ބޭނުން ކުރަން ވީ އުސޫ ު‬


‫ލތައް‪:‬‬ ‫ބ ތަކ ަ ްށ ޢަމ ަ ު‬
‫‪ 2.3‬މަޒުހަ ު‬

‫ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ފާޅުކޮށް އެނގެން ނެތް‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތަ؟‬
‫ކަންކަމުގައި ވަކި މަޒުހަބަކަށް ނުވަތަ ވަކި ޢިލްމުވެރިއަކަށް‬

‫އިމާމް ޝާފިޢީ ވިދާޅުވިއެވެ‪“ .‬އަހުރެންގެ‬ ‫ތަބާވުމަކީ ދީން ހުއްދަކުރާ ކަމެކެވެ‪ .‬ނަމަވެސް މަޒުހަބުތަކަށް‬

‫ފޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި‬ ‫ތަބާވުމުގައި އަންނަނިވި ކަންކަން ސިކުނޑީގައި ހަރުލައްވާފައި‬

‫ވަސައްލަމަ ގެ ސުންނަތާ ޚިލާފު ބަހެއް‬ ‫ބަހައްޓަން ވާނެއެވެ‪.‬‬

‫ފެނިއްޖެނަމަ އެ ސުންނަތުގައި ހިފާށެވެ‪.‬‬


‫‪ .1‬މަޒުހަބުތަކަކީ ފިޤުހީ ޙުކުމްތައް ދެނެގަތުމަށް އެހީތެރިވެދޭ‬
‫އަދި އަހުރެންގެ ބަސް ދޫކޮށްލާށެވެ‪”.‬‬
‫ވަސީލަތެއްކަން‪.‬‬
‫އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ‪.‬‬
‫‪ .2‬މަޒުހަބަކަށް ތަބާ ވުމަކީ މައްސަލައެއް ނޫން ކަމާއި‪،‬‬
‫“ޙަދީޘް ޞައްޙަވެއްޖެއްޔާ އެއީ އަހުރެންގެ‬
‫ވަކި މަޒުހަބަކަށް ތަބާ ނުވުމަކީ ވެސް މައްސަލައެއް‬
‫މަޒުހަބެވެ‪”.‬‬
‫ނޫންކަން‪.‬‬
‫(ނަވަވީގެ “މަޖްމޫޢު” ‪)63/1‬‬

‫‪ .3‬މަޒުހަބަކަށް ތަބާ ވުމަކީ‪ ،‬އެ މަޒުހަބެއްގައި ހިމެނޭ‬


‫ހުރިހައި ކަމަކަށް ޢަމަލު ކުރުން ލާޒިމުވާ ސަބަބެއް ނޫން ކަން‪.‬‬

‫‪ .4‬ތަބާވާ މަޒުހަބުގައި އޮންނަ ގޮތާ ޚިލާފަށް‪ ،‬ޤުރްއާނުން ނުވަތަ ސުންނަތުން ނުވަތަ މާ ބާރުގަދަ އެހެން‬
‫އިޖުތިހާދަކުން އެނގެން އޮތްނަމަ‪ ،‬ތަބާވާ މަޒުހަބުގައިވާ ގޮތް ދޫކޮށް‪ ،‬އެ ގޮތަކަށް ޢަމަލު ކުރަން ޖެހޭނެކަން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪160‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ޙަ ަރ ާކ ތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬އިސްލާމީ ފިޤުހު ކުރިއެރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬އިސްލާމީ ފިޤުހު ކުރިއަރައިގެން ދިޔުމުގައި މަޒުހަބުތަކުން ކޮށްދިން ޚިދުމަތް ހާމަކޮށްދޭ ތިން ކަމެއް‬
‫ބުނެދޭށެވެ!‬

‫‪ .3‬މި ޒަމާނުގައި‪ ،‬ފިޤުހު ކުރިއެރުވުމުގެ ގޮތުން ކުރެވެމުންދާ ތިން ކަމެއް ބުނެދޭށެވެ!‬

‫ޙަ ަރ ާކ ތް ‪:2‬‬

‫މަޒުހަބުތަކަށް ޢަމަލު ކުރުމުގައި ބޭނުން ކުރަންވީ އުސޫލުތަކާ ގުޅޭ ގޮތުން ދިވެހި މުޖުތަމަޢުގެ ހޭލުންތެރިކަން‬
‫ހުރި މިންވަރާއި‪ ،‬ދިވެހި މުޖުތަމަޢުގައި އެ އުސޫލުތައް ތަޠުބީޤު ކުރެވޭ މިންވަރާ ގުޅޭ ގޮތުން ގުރޫޕުގައި‬
‫މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫‪161‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ފި ާލވަޅު ‪3‬‬


‫އިސް ާލމީ ޙަޟާ ަރތު ‪1‬‬
‫‪ 3.1‬ތ ަ ާޢ ަރފ ު‬

‫ޙަޟާރަތަށް އިނގިރޭސި ބަހުން ކިޔަނީ‪ ،‬ސިވިލައިޒޭޝަން )‪ (Civilization‬އެވެ‪.‬‬

‫އަކީ‪ ،‬ވަޒަންވެރިވުމެވެ‪.‬‬ ‫ضُر‬


‫ـح ْ‬
‫ال َ‬ ‫(ޙާޟިރުވެއްޖެ) އިންނެވެ‪ .‬އަދި‬ ‫ضَر‬
‫َح َ‬ ‫ޢަރަބި ބަހުގައި ޙަޟާރަތު ނެގިފައި ވަނީ‪،‬‬
‫الـح ِ‬
‫اض ُر‬
‫އަކީ‪،‬‬
‫َ‬ ‫އެއީ‪ ،‬ބަދަވީކަމުގެ (އެބަހީ‪ :‬ވަކި ތަނެއްގައި ދާއިމަށް ވަޒަންވެރިވެ ނޫޅުމުގެ) އިދިކޮޅެވެ‪ .‬އަދި‬
‫(ސަހަރާތަކުގައްޔާއި ވާދީތަކުގައި‬ ‫الـبَ ِادي‬ ‫ގެ އިދިކޮޅަކީ‪،‬‬ ‫الـح ِ‬
‫اضُر‬ ‫َ‬ ‫ސިޓީތަކާއި ރަށްތަކުގައި ދިރިއުޅޭ މީހުންނެވެ‪.‬‬
‫ދިރިއުޅޭ މީހުން) އެވެ‪.‬‬

‫އިނގިރޭސި ބަހުގައި ސިވިލައިޒޭޝަން ދެ މާނައެއްގައި ބޭނުން ކުރެވެއެވެ‪.‬‬

‫އެއީ‪ .1 :‬ޘަޤާފަތް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި‪.‬‬


‫‪ .2‬ވަކި ޘަޤާފަތަކާ އެއްގޮތަށް ނުވަތަ ދިރިއުޅުމުގެ ވަކި ވައްޓަފާޅިއަކަށް އުޅޭ މީސްތަކުންގެ ޖަމާޢަތް‪.‬‬

‫އިޞްޠިލާޙީ ގޮތުން ބަލާއިރު‪ ،‬ސިވިލައިޒޭޝަން ނުވަތަ ޙަޟާރަތަކީ‪ ،‬ވަކި ޘަޤާފަތެއްގެ މަތީގައި ތިބެ‪ ،‬މާއްދީ ގޮތުން‬
‫އެކިއެކި ދާއިރާތަކުން‪ ،‬މުޖުތަމަޢެއް ޙާޞިލުކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ‪.‬‬

‫އެކި ދުވަސްވަރު އެކި ހިސާބުތަކުގައި ތަފާތު ވައްޓަފާޅިތަކަށް މިސްކިތް ބިނާކޮށް އުޅުނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪162‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫އިސްލާމީ ޙަޟާރަތަކީ‪ ،‬އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ‪ ،‬މާއްދީ ގޮތުން‬


‫ތި ަޔ ކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬
‫އެކިއެކި ދާއިރާތަކުން‪ ،‬މުސްލިމުން ޙާޞިލުކޮށްފައިވާ ފާހަގަކޮށްލެވޭ‬

‫ޙަޟާރަތު ގުޅިފައި ވަނީ‪،‬‬ ‫ކުރިއެރުންތަކެވެ‪ .‬އެއީ‪ ،‬އިޖުތިމާޢީ ގޮތުން ކަމުގައި ވިޔަސް‪ ،‬ނުވަތަ‬

‫މުޖުތަމަޢު ބޭރުފުށުން ފެންނަ‬ ‫ސިޔާސީ ގޮތުން ކަމުގައި ވިޔަސް‪ ،‬ނުވަތަ އިޤުތިޞާދީ ގޮތުން ކަމުގައި‬

‫ގޮތާއެވެ‪ .‬މިއާ ޚިލާފަށް‪ ،‬ޘަޤާފަތް‬ ‫ވިޔަސް‪ ،‬ނުވަތަ ޢުމްރާނީ ގޮތުން ކަމުގައި ވިޔަސް‪ ،‬ނުވަތަ ޢިލްމާއި‬

‫ގުޅިފައި ވަނީ‪ ،‬މުޖުތަމަޢުގެ‬ ‫ފަންނުވެރިކަމުގެ ގޮތުން ކަމުގައި ވިޔަސް މެއެވެ‪.‬‬

‫އެތެރެފުށުގެ ސިފަޔާއެވެ‪.‬‬
‫‪ 3.2‬އިސް ާލމީ ޙަޟާ ަރ ތުގެ އަސާ ސް ތ ަ ްއ‬

‫‪ .1‬އިސްލާމީ ޢަޤީދާ‪:‬‬

‫މިއީ‪ ،‬އިސްލާމްދީނުގައި އައިސްފައިވާ‪ ،‬މުސްލިމުން ޤަބޫލުކުރަން ޖެހޭ ކަންތައްތަކެވެ‪ .‬އޭގެ ތެރޭގައި‪ ،‬އީމާންކަމުގެ‬
‫ރުކުންތަކާއި އެ ރުކުންތަކާ ގުޅިފައިވާ ކަންކަން ތެދުކޮށް ޤަބޫލުކުރުން ހިމެނެއެވެ‪.‬‬

‫އިސްލާމީ ޢަޤީދާގެ ތެރޭގައި ހިމެނޭ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ބައެއް ކަންކަމުގެ ތެރޭގައި‪:‬‬

‫‪ )1‬ހުރިހައި އިންސާނުންނަކީ ވެސް އާދަމުގެ ދަރިންކަމާއި‪ ،‬ހުރިހައި އާދަމުގެ ދަރިންނަކީ ވެސް ހަމަހަމަ ބަޔަކު‬
‫ކަމާއި‪ ،‬އެއް އިންސާނަކު އަނެއް އިންސާނެއްގެ މައްޗަށް ތަޤުވާވެރިކަމުން މެނުވީ މާތްކަމެއް ލިބިގެން ނުވާ‬
‫ކަން ޤަބޫލުކުރުން‪ .‬މި ޤަބޫލުކުރުމުގެ ނަތީޖާއެއްގެ ގޮތުން‪ ،‬އިޖުތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އެތަކެއް‬
‫ކުރިއެރުންތަކެއް މުސްލިމުންނަށް ޙާޞިލު ކުރެވުނެވެ‪.‬‬

‫‪ )2‬އިންސާނުންނަކީ މި ބިންމަތީގައި މާތް ﷲ ލައްވާފައިވާ ޚަލީފާއިން ކަމުގައި ޤަބޫލުކުރުން‪ .‬މި ޤަބޫލުކުރުމުގެ‬
‫ނަތީޖާއެއްގެ ގޮތުން‪ ،‬ބިން އާރާސްތު ކުރުމަށް މުސްލިމުން ކުރި މަސައްކަތްތަކާ ގުޅިގެން‪ ،‬ޢުމްރާނީ ގޮތުން‬
‫އެތަކެއް ކުރިއެރުންތަކެއް މުސްލިމުންނަށް ޙާޞިލު ކުރެވުނެވެ‪.‬‬

‫‪ )3‬އެކިއެކި ކަންކަމުގައި ޤަބޫލުކުރާ އެހެނިހެން ޤަބޫލުކުރުންތައް‪ .‬މިސާލަކަށް‪ ،‬އަޅުކަން ކުރާ ތަނަކީ ބުދުފައްޅީގެ‬
‫ބަދަލުގައި މިސްކިތްތައް ކަމަށް ޤަބޫލުކުރުމެވެ‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬ގެތަކާއި ޢިމާރާތްތައް ބިނާކުރުމުގައި‬
‫ފައްޅިތަކުގެ ވައްޓަފާޅި ދޫކޮށް‪ ،‬އޭގައި އިސްލާމީވަންތަކަމުގެ ސިފަޖެހި‪ ،‬މިސްކިތްތަކުގެ ވައްޓަފާޅިއާއި‬
‫ގޮތްގަނޑަށް މުސްލިމުންގެ ބިނާތައް ބަދަލުވެގެން ދިޔައެވެ‪.‬‬

‫‪163‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ .2‬ޝަރުޢީ ޙުކުމްތައް‪:‬‬

‫މިއީ‪ ،‬އިސްލާމްދީނުގައި އެކި ކަންކަމަށް ކަނޑައަޅުއްވާފައިވާ‪ ،‬ވާޖިބާއި ޙަރާމް ފަދަ ޙުކުމްތަކެވެ‪ .‬އޭގެ ތެރޭގައި‪،‬‬
‫އަޅުކަމާ ގުޅޭ ޙުކުމްތަކާއި މުޢާމަލާތާ ގުޅޭ ޙުކުމްތައް ވެއެވެ‪.‬‬

‫ޝަރުޢީ ޙުކުމްތަކުގެ ތެރޭގައި ހިމެނޭ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ބައެއް ކަންކަމުގެ ތެރޭގައި‪:‬‬

‫‪ )1‬ރިބާ ޙަރާމް ކުރެއްވުން‪ .‬ރިބާ ޙަރާމް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން‪ ،‬ފައިސާއިން ފައިސާ އުފެއްދުމުގެ‬
‫ރިބަވީ ނިޒާމު ދޫކޮށް‪ ،‬ވިޔަފާރި ކުރުމުގެ ތެރެއަށް ވަންނަން މުސްލިމުންނަށް މަޖުބޫރުވެގެން ދިޔައެވެ‪ .‬އޭގެ‬
‫ސަބަބުން‪ ،‬އިޤުތިޞާދީ ގޮތުން އެތަކެއް ކުރިއެރުންތަކެއް މުސްލިމުންނަށް ޙާޞިލު ކުރެވުނެވެ‪.‬‬

‫‪ )2‬ޢިލްމު އުނގެނުން ވާޖިބު ކުރެއްވުން‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬ދުނިޔެއާއި އާޚިރަތަށްޓަކައި މުސްލިމުންނަށް‬
‫ބޭނުން ވާނެ ޝަރުޢީ ޢިލްމުތަކާއި ދުނިޔެވީ ޢިލްމުތައް އުނގެނުމީ އަޅުކަމެއް ކަމުގައި ބަލައިގަނެ‪ ،‬އެ‬
‫ޢިލްމުތަކުގައި ކުރިއަރައި ދިޔުމަށް މުސްލިމުންނަށް ހިތްވަރު ލިބިގެން ދިޔައެވެ‪ .‬އޭގެ ސަބަބުން‪ ،‬އެހެނިހެން‬
‫ޙަޟާރަތްތަކުގެ އަހުލުވެރިންގެ ޢިލްމީ ހޯދުންތައް ދިރާސާކޮށް‪ ،‬އެ ޢިލްމުތަކުގައި އާ އީޖާދުތައް ކޮށް‪،‬‬
‫ސައިންސާއި ޓެކްނޮލޮޖީއާއި ބޭސްވެރިކަމުގެ ގޮތުން އެތަކެއް ކުރިއެރުންތަކެއް މުސްލިމުންނަށް ޙާޞިލު‬
‫ކުރެވުނެވެ‪.‬‬

‫‪ .3‬އިސްލާމީ އަޚުލާޤު‪:‬‬

‫މިއީ‪ ،‬އިސްލާމްދީނުގައި އައިސްފައި ވާ‪ ،‬މުސްލިމުންގެ އުޅުމާއި ގުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތްތަކެވެ‪ .‬އޭގެ‬
‫ތެރޭގައި‪ ،‬ތެދުވެރި ވުމާއި އަމާނާތްތެރި ވުމާއި އަނެކުންގެ ޙައްޤުތައް އަދާކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ‪.‬‬

‫އިސްލާމީ އަޚުލާޤުގެ ތެރޭގައި ހިމެނޭ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ބައެއް ކަންކަމުގެ ތެރޭގައި‪:‬‬

‫‪ )1‬މަސައްކަތް ކުރުން‪ .‬އިސްލާމްދީނުގައި މަސައްކަތް ކުރުމަށް ދެވިފައިވާ ދަރަޖައިގެ މަތިވެރިކަމުގެ ނަތީޖާއެއްގެ‬
‫ގޮތުން‪ ،‬މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން‪ ،‬މަސައްކަތެއް ނުކޮށް ސަލާން ޖެހުމުގެ ނުބައި‬
‫އާދަ ގާތްގަނޑަކަށް ނެތިގެން ދިޔައެވެ‪ .‬އޭގެ ސަބަބުން‪ ،‬އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި‬
‫ޢުމްރާނީ ގޮތުން ގިނަ ކުރިއެރުންތަކެއް މުސްލިމުންނަށް ޙާޞިލު ކުރެވުނެވެ‪.‬‬
‫‪ )2‬ޢަދުލުވެރިވުން‪ .‬އިސްލާމްދީނުގައި ޢަދުލުވެރި ވުމަށާއި‪ ،‬އަނިޔާވެރި ނުވުމަށް ވެވިފައިވާ އަމުރުފުޅުގެ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪164‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ނަތީޖާއެއްގެ ގޮތުން‪ ،‬އިޖުތިމާޢީ އަދި އިޤުތިޞާދީ އަދި ސިޔާސީ ދާއިރާގައި ޢަދުލުވެރި ގޮތުގައި ހަމަހަމަކަން‬
‫ޤާއިމުވެގެން ގޮސް‪ ،‬އެ ދާއިރާތަކުގައި މުސްލިމުން ތަހުޒީބުވެ‪ ،‬ކުރިއަރައިގެން ދިޔައެވެ‪.‬‬
‫‪ )3‬ތެދުވެރިވުން‪ .‬އިސްލާމްދީނުގައި މަކަރުހެދުމާއި އޮޅުވައިލުން ނަހީކުރައްވާފައިވާލެއް ބޮޑުކަމުގެ ނަތީޖާއެއްގެ‬
‫ގޮތުން‪ ،‬މުސްލިމުންނަކީ‪ ،‬ވިޔަފާރިއާއި އިޤުތިޞާދު ފަދަ ދާއިރާތަކުގައި ތެދުވެރި އަމާނާތްތެރި ބަޔަކު ކަމުގައި‬
‫މަޝްހޫރުވެ‪ ،‬މުސްލިމުން ކުރިއަރައިގެން ދިޔައެވެ‪.‬‬

‫‪ 3.3‬އިސް ާލމީ ޙަޟާ ަރ ތު ފެށިގ ެން އައި ގޮތް‬

‫އިސްލާމީ ޙަޟާރަތު ފެށިގެން އައި ގޮތް ދެ މަރުޙަލާއަކަށް ބަހައިލެވިދާނެއެވެ‪ .‬އެއީ‪ ،‬ނަބިއްޔާ ޞައްލަﷲ ޢަލައިހި‬
‫ވަސައްލަމަގެ ޒަމާނާއި‪ ،‬އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނެވެ‪.‬‬

‫‪ .1‬ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާން‬

‫ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުމަށް ފަހު‪ ،‬އެކަލޭގެފާނު މައްކާއިން‬
‫މަދީނާއަށް ހިޖުރަކުރެއްވި ހިސާބުން އިސްލާމީ ޙަޟާރަތުގެ ބިންގާ އެޅިއްޖެއެވެ‪ .‬އެ ގޮތުން‪ ،‬އެ ޒަމާނުގައި ހިނގައި‬
‫ދިޔަ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި އެންމެ މުހިންމު ކަންތައްތަކަކީ‪:‬‬

‫‪ )1‬އިސްލާމީ ޘަޤާފަތުގެ މައްޗަށް ބިނާވާ މުޖުތަމަޢެއް ތަރުބިޔަތު ކުރެއްވުން‪.‬‬

‫‪ )2‬މަދީނާއަށް ކުރެއްވި ހިޖުރައިގެ ތެރޭގައި ޤުބާ މިސްކިތް ބިނާކުރެއްވުން‪.‬‬

‫ޤުބާ މިސްކިތާއި (ކ) ނަބަވީ މިސްކިތް (ވ)‪ :‬އިސްލާމީ މުޖުތަމަޢެއް ބިނާކުރެއްވުމަށްޓަކައި މިސްކިތްތައް‬
‫ޞއްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް އިސްކަންދެއްވިއެވެ‪.‬‬‫ަ‬ ‫ބިނާކުރެއްވުމަށް ނަބިއްޔާ‬

‫‪165‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ )3‬މަދީނާއަށް ހިޖުރަކުރެއްވި މުހާޖިރުންނާއި‪ ،‬މަދީނާއިން އެ ބޭފުޅުންނަށް ނަޞްރާއި އެހީތެރިކަން ފޯރުކޮށްދެއްވި‬


‫އަންޞާރުންގެ މެދުގައި އަޚުވަންތަކަން ޤާއިމު ކުރެއްވުން‪.‬‬

‫‪ )4‬މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު‪ ،‬މަދީނާގައި ދިރިއުޅުނު އެކިއެކި ވަންހަތަކާއި ޤަބީލާތަކާ އެކު ޞުލްޙައިގެ‬
‫އެއްބަސްވުންތައް ޤާއިމު ކުރެއްވުން‪.‬‬

‫‪ )5‬މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު‪ ،‬އެކިއެކި ދައުލަތްތަކުގެ ވެރިންނަށް އިސްލާމްދީނަށް ވަނުމުގެ ދަޢުވަތު‬
‫ދެއްވެވުމުގެ ގޮތުން ފަތްކޮޅު ފޮނުއްވުން‪.‬‬

‫އަލްޚުލަފާއުއްރާޝިދޫންގެ ޒަމާން‬ ‫‪.2‬‬

‫މިއީ‪ ،‬އަބޫބަކުރުގެފާނު ޚަލީފާ ކަމަށް އިސްކުރެވުނު ތާރީޚުން ފެށިގެން‪ ،‬އުމަވީ ދައުލަތް ފެށުމާ ދެމެދުގެ މުއްދަތެވެ‪.‬‬
‫އެއީ‪ ،‬ހިޖުރައިން ‪ 11‬ވަނަ އަހަރުން ފެށިގެން‪ ،‬ހިޖުރައިން ‪ 41‬ވަނަ އަހަރާ ދެމެދުގެ މުއްދަތެވެ‪.‬‬

‫އެ ޒަމާނަކީ‪ ،‬އިސްލާމީ ޙަޟާރަތުގެ ބައެއް މަލަމަތިތައް ފެންނަން ފެށި ޒަމާނެވެ‪ .‬އަދި އިސްލާމީ ޙަޟާރަތު‬
‫ކުރިއަރައި ދިއުމަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ފަހިވެގެން ދިޔަ ޒަމާނެވެ‪ .‬އެ ގޮތުން‪ ،‬އެ ޒަމާނުން ފެންނަން‬
‫ހުރި އިސްލާމީ ޙަޟާރަތާ ގުޅުން ހުރި އެންމެ މުހިންމު ކަންތައްތަކަކީ‪:‬‬

‫‪ )1‬އިސްލާމީ ސިޔާސީ ނިޒާމު ކުރިއެރުން‪ :‬އެ ގޮތުން‪ ،‬އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ދައުލަތުގެ‬
‫ވެރިޔާ އިޚްތިޔާރު ކުރާނެ ގޮތް ޢަމަލީ ގޮތުން ފެނިގެން ދިޔައެވެ‪ .‬އަދި ޢިރާޤުކަރައާއި ޝާމުކަރަ ފަތަޙަ‬
‫ކުރެއްވުމުގައި ކުރެވުނު މަޝްވަރާތައްފަދަ އެތަކެއް މަޝްވަރާއެއްގެ ތެރެއިން‪ ،‬އިސްލާމީ ވެރިކަމުގައި ޝޫރާ‬
‫(މަޝްވަރާކުރުން) އޮންނައޮތުން‪ ،‬އިތުރަށް ހަރުދަނާވެގެން ދިޔައެވެ‪.‬‬

‫‪ )2‬އިދާރީ ހިންގުން‪ :‬އެ ގޮތުން‪ ،‬އަންނަނިވި ކަންކަން ފެނިގެން ދިޔައެވެ‪.‬‬

‫(ހ) ބާރުގަދަ އަމާނާތްތެރި ކަންކަން ދަންނަ މީހުންނާ އެކިއެކި ކަންކަމުގެ މަސްއޫލިއްޔަތު ހަވާލު ކުރުން‪.‬‬
‫(ށ) އިދާރީ ވެރިންގެ މަސްއޫލިއްޔަތުގެ މުއްދަތު ބިނާ ވަނީ‪ ،‬އެބައިމީހުންގެ މަސައްކަތުގެ ފެންވަރާއި‬
‫ޙާޞިލު ކުރާ ކާމިޔާބަށް ކަމުގައިވުން‪.‬‬
‫(ނ) މާލީ ކަންކަން މުސްތަޤިއްލުކޮށް ވަކިން ހިންގުން‪.‬‬
‫(ރ) އިދާރީ ވެރިންގެ މަސައްކަތްތަކަށް ފާރަވެރިވުން އޮތުން‪.‬‬
‫(ބ) އިދާރީ ވެރިން ޒިންމާދާރު ކުރުމުގެ އިންތިޒާމު ހަމަޖެހުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪166‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ )3‬ނިޔާކަނޑައެޅުން‪ :‬އެ ގޮތުން‪ ،‬އަންނަނިވި ކަންކަން ފެނިގެން ދިޔައެވެ‪.‬‬

‫(ހ) އެންމެ ރަނގަޅު މީހާ ޤާޟީ ކަމަށް ޢައްޔަނު ކުރުން‪.‬‬


‫(ށ) ނިޔާކަނޑައެޅުމާ ގުޅޭ ބާރު މުސްތަޤިއްލު ކުރުން‪.‬‬
‫(ނ) ޚަލީފާއިން ވެސް އިންޞާފު ހޯދުމަށް ޤާޟީ ގާތަށް ވަޑައިގެންނެވުން‪.‬‬
‫(ރ) ޤާޟީންނަށް އުޖޫރަ ކަނޑައެޅުން‪.‬‬

‫‪ )4‬އިޤުތިޞާދީ ނިޒާމު‪ :‬އެ ގޮތުން‪ ،‬އަންނަނިވި ކަންކަން ފެނިގެން ދިޔައެވެ‪.‬‬

‫(ހ) ޒަކާތް ނެގުމާއި ބެހުމަށް އިސްކަން‬


‫ދިނުން‪.‬‬
‫(ށ) ސިޓީތައް ބިނާ ކުރުން‪ .‬އޭގެ ތެރޭގައި‪،‬‬
‫ކޫފާއާއި ބަޞަރާއާއި ފުސްޠާޠު‬
‫ހިމެނެއެވެ‪.‬‬
‫(ނ) ޚަރާޖާއި ޢުޝޫރު ނެގުން‪.‬‬

‫‪19‬ހ‪ .‬ގައި ބިނާކުރެވުނު ކޫފާގެ ބޮޑު މިސްކިތް‪ .‬ޢަލީގެފާނުގެ‬ ‫(ރ) ޣަނީމާ މުދާ ލިބިގަތުން‪.‬‬
‫ޚިލާފަތުގައި ކޫފާއަކީ އިސްލާމީ ޚިލާފަތުގެ ވެރިރަށެވެ‪.‬‬
‫(ބ) ފެންވަޅުތައް ކޮނުން‪.‬‬

‫‪ )5‬ތަޢުލީމާއި ޘަޤާފަތް‪ :‬އެ ގޮތުން‪ ،‬އަންނަނިވި ކަންކަން ފެނިގެން ދިޔައެވެ‪.‬‬

‫(ހ) ކީރިތި ޤުރްއާން އުނގެނުމަށް ބާރުއެޅުން‪ .‬އެ ކަމުގައި‪ ،‬ސިޓީތަކުގެ އަހުލުވެރިންނާއި ބަދަވީންގެ‬
‫މެދުގައި ތަފާތެއް ނުކުރައްވައެވެ‪.‬‬
‫(ށ) ދައުލަތުގެ ފަރާތުން ތަޢުލީމަށް ޚަރަދު ކުރުން‪ .‬އެފަދަ ކަންކަމުގެ ތެރޭގައި‪ ،‬ކުޑަކުދިންނަށް ތަޢުލީމު‬
‫އުނގަންނަވައިދެއްވަން އުޅުއްވި ތިން މުދައްރިސަކަށް މުސާރައިގެ ގޮތުން މަހަކު ‪ 15‬ދިރުހަމް‬
‫ދެއްވުމަށް ޢުމަރުގެފާނު ކަނޑައެޅުއްވުން ހިމެނެއެވެ‪.‬‬
‫(ނ) ޢިލްމު އުނގަންނައިދިނުމުގެ ތެރެއަށް ދައުލަތުން ނުވަދެ‪ ،‬މިނިވަންކަމާ އެކު އެ ފުރުސަތު ހުޅުވާލާފައި‬
‫ބޭއްވުން‪.‬‬

‫‪167‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ 3.4‬އިސް ާލމީ ޙަޟާ ަރ ތު ތ ަ ަރ ްއޤީވެގ ެން ދި ަޔ ގޮތް‬

‫އުމަވީ ދައުލަތުގެ ޒަމާން‪:‬‬ ‫‪.1‬‬

‫މި ޒަމާނުގައި ކުރެވުނު ފާހަގަކޮށްލެވޭ ބައެއް ޙަޟާރީ ކަންކަމަކީ‪:‬‬

‫‪ )1‬އައު ރަށްތައް އުފައްދައި‪ ،‬އެ ރަށްތަކުގައި ވަޒަންވެރި ކުރުން‪ .‬މިސާލަކަށް‪ ،‬ޤައިރަވާން ސިޓީ (މިހާރުގެ‬
‫ޓިއުނީޝިޔާގެ ސަރަޙައްދެއް) އާއި ތޫނިސް ސިޓީ (މިހާރުގެ ޓިއުނީޝިޔާގެ ސަރަޙައްދެއް) އަދި ވާސިޠު ސިޓީ‬
‫(މިހާރުގެ ޢިރާޤުގެ ސަރަޙައްދެއް) އެވެ‪.‬‬

‫‪ )2‬މަގުތައް ހެދުން‪.‬‬

‫‪ )3‬ބޮޑެތި މިސްކިތްތައް ބިނާ ކުރުން‪ .‬މިސާލަކަށް‪ ،‬ދިމިޝްޤުގައި އަލްޖާމިޢުލްއުމަވީގެ ނަން ދެވުނު މިސްކިތެވެ‪.‬‬

‫‪ )4‬ޕޯސްޓުގެ ނިޒާމު ޤާއިމު ކުރުން‪.‬‬

‫‪ )5‬ތައްގަނޑުގެ ބޭނުން ކުރުން‪.‬‬

‫‪ )6‬އިސްލާމީ ދައުލަތުގެ ލިޔެކިޔުންތައް ޢަރަބިބަހަށް ބަދަލު ކުރުން‪.‬‬

‫‪ )7‬އިސްލާމީ ފައިސާ ފޮތި ތަޢާރަފު ކުރުން‪.‬‬

‫‪ )8‬ބަލިމީހުންނަށް ފަރުވާދޭ ތަންތަން ބިނާ ކުރުން‪.‬‬

‫‪ )9‬އާގުބޯޓުފަހަރު ބަނުން‪.‬‬
‫ވ ރަން ދީނާރާއި‬‫އުމަވީ ދައުލަތުން އުފެއްދެ ި‬
‫ރިހި ދިރުހަމް‬ ‫‪ )10‬ކަރުދާސް އުފެއްދުން‪.‬‬

‫‪ )11‬ލަކުޑި ފަދަ ތަކެތީގައި ކުރެހުން އެޅުމާއި ކަނޑައިނެގުމުގެ ފަންނުވެރިކަން‪.‬‬

‫ޢައްބާސީ ދައުލަތުގެ ޒަމާން‪:‬‬ ‫‪.2‬‬

‫މި ޒަމާނުގައި ކުރެވުނު ފާހަގަކޮށްލެވޭ ބައެއް ޙަޟާރީ ކަންކަމަކީ‪:‬‬

‫‪ )1‬އެކިއެކި ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާ‬


‫ކުރުން‪.‬‬
‫ދިމިޝްޤުގެ ޖާމިޢުލް އުމަވީ‬
‫‪ )2‬އަސްޠުރުލާބު )‪ (Astrolabe‬އުފެއްދުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪168‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ )3‬ސަމުގާ އުފެއްދުން‪.‬‬

‫‪ )4‬ޓެލެސްކޯޕް އުފެއްދުން‪.‬‬

‫‪ )5‬ދުނިޔޭގެ ޗާޓު ކުރެހުން‪.‬‬


‫ބަޣުދާދު ބިނާކުރެވުނު އިރު އޮތް ގޮތުގެ‬
‫ކުރެހުމެއް‬ ‫‪ )6‬ވަޒީރުންނާއި އުއްތަމަފަނޑިޔާރުގެ މަޤާމު އުފަންވުން‪.‬‬

‫‪ )7‬ބަޣުދާދު ބިނާ ކުރުން‪.‬‬

‫‪ )8‬އެކިއެކި ބަސްބަހުން ހުރި ސައިންސާއި ފަލްސަފާއާ ގުޅޭ‬


‫ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކޮށް‪ ،‬އެ ކަންކަމާ ގުޅޭ ދިރާސާތައް‬
‫ال ِـح ْ‬
‫كمة] (‪Bayt Al-Hikma‬‬
‫َ‬ ‫ت‬
‫[بـَْي ُ‬ ‫ކުރުމަށް‪ ،‬ބަޣުދާދުގައި‬
‫ބައިތުލްޙިކްމާގެ ޚިޔާލީ ކުރެހުމެއް‬ ‫ނުވަތަ ‪ )House of Wisdom‬އުފެއްދެވުން‪.‬‬

‫ޙަ ަރ ާކ ތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬އިސްލާމީ ޙަޟާރަތަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬އިސްލާމީ ޙަޟާރަތަށް އިސްލާމީ ޢަޤީދާގެ އަސަރުކޮށްފައިވާ މިންވަރު ހާމަކޮށްދޭ މިސާލެއް ގެނެސްދޭށެވެ!‬

‫‪ .3‬އިސްލާމީ ޙަޟާރަތު ފެށިގެން އައި އައުމުގައި‪ ،‬އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނަކީ ވަރަށް ގިނަ ގޮތްގޮތުން‬
‫ފާހަގަކޮށްލެވޭ ޒަމާނެކެވެ‪ .‬ވީއިރު‪ ،‬އެ ޒަމާނުގައި ހިނގައި ދިޔަ ޙަޟާރަތާ ގުޅުން ހުރި ކަންތައްތަކުގެ‬
‫ތެރެއިން‪ ،‬ތިން ކަމެއް ބުނެދޭށެވެ!‬

‫ޙަ ަރ ާކ ތް ‪:2‬‬

‫އިސްލާމީ ޙަޟާރަތު ތަރައްޤީވެގެން ދިޔުމުގައި‪ ،‬ޢައްބާސީ ދައުލަތުގައި ހުޅުވުނު ބައިތުލްޙިކުމާގެ ދައުރާ ގުޅޭ ގޮތުން‬
‫ދިރާސާ މަޒުމޫނެއް ލިޔާށެވެ!‬

‫‪169‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ފި ާލވަޅު ‪4‬‬

‫އިސް ާލމީ ޙަޟާ ަރތު ‪2‬‬


‫މި ޒަމާނު ގައި އިސް ާލމީ ޙަޟާ ަރ ތު ކުރި އަ ަރމުން ާދ މިން ވަ ުރ‬

‫‪ 4.1‬ތ ަ ާޢ ަރފ ު‪:‬‬

‫ޢުޘްމާނީ ޚިލާފަތު ބަލިކަށިވެ ރޫޅިގެން ދިޔުމާއި‪ ،‬އިސްލާމީ ޤައުމުތައް ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ‬
‫އަޅުވެތިކުރުމުގެ ދަށަށް ދިޔުމާއި‪ ،‬ނަވާރަވަނަ ޤަރުނު ހިނގައިދިޔަ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު‬
‫ހަނގުރާމަ ފަދަ އެތަކެއް ސަބަބުތަކާ ގުޅިގެން‪ ،‬މުސްލިމުންނަށް ލިބުނު ގެއްލުންތަކާއި ނިކަމެތިކަމުން އަރައިގަތުމުގެ‬
‫މަސައްކަތުގެ ތެރެއިން‪ ،‬އިސްލާމީ ޙަޟާރަތު އަލުންބަލުން ނަގައި ކޮޅަށް ޖެހުމުގެ މަޤުޞަދުގައި މުސްލިމުން ދަނީ‬
‫ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ‪.‬‬

‫އެ ގޮތުން‪ ،‬އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ‪ ،‬އިސްލާމްދީން ފެތުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ‪.‬‬
‫އަދި އެކިއެކި ޢިލްމުތަކާއި ފަންނުތަކުގައި ބޭނުންކުރެވެމުންދާ ސެކިއުލަރ ވިސްނުންތައް ދޫކޮށް‪ ،‬އިސްލާމީ ހަމަތަކާއި‬
‫އުޞޫލުތަކާއި ވިސްނުންތަކުގެ މައްޗަށް ބިނާވާ ޢިލްމުތަކަކާއި ފަންނުތަކަކަށް އެ ޢިލްމުތަކާއި ފަންނުތައް ހެދުމުގެ‬
‫މަސައްކަތް ދަނީ ކުރެވެމުންނެވެ‪ .‬އަދި އިސްލާމީ އެކިއެކި ކަންކަމާ ގުޅޭ ދިރާސާތައް ކުރުމަށް ދިރާސާކުރާ މަރުކަޒުތައް‬
‫ދަނީ ހުޅުވެމުންނެވެ‪ .‬އަދި މި ނޫންވެސް އިސްލާމިކް ބޭންކިންގއާއި ފައިނޭންސް ކުރިއެރުވުން ފަދަ އެތަކެއް‬
‫މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ‪.‬‬

‫އުރްދުން ޔުނިވަރސިޓީ‪ ،‬ޢައްމާން‬ ‫ޚަލީފާ ޔުނިވަރސިޓީ‪ ،‬އަބޫ ޡަބީ‬ ‫އިސްކަންދަރިއްޔާ ޔުނިވަރސިޓީ‪ ،‬މިޞްރު‬

‫ޔޫ‪.‬އޭ‪.‬އީ ޔުނިވަރސިޓީ‬ ‫ކިންގ ޢަބްދުލް ޢަޒީޒް ޔުނިވަރސިޓީ‬ ‫ޔނިވަރސިޓީ‬


‫ކިންގ ފަހްދު ޕެޓްރޯލިއަމް ު‬

‫އިސްލާމީ ދުނިޔޭގައި އެކި ޢިލްމުތައް ކިޔަވައިދޭ ބައެއް ޔުނިވަރސިޓީ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪170‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ 4.2‬އިސް ާލމްދީން ފެތުރިގ ެން ދިއުން ‪:‬‬

‫ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރިގެންދާ ދިޔުމުން‪ ،‬އިސްލާމީ ޙަޟާރަތާ ގުޅޭ ގޮތުން ވަރަށް ގިނަ‬
‫ކަންކަން ބުނެދެއެވެ‪ .‬އޭގެ ތެރޭގައި‪:‬‬

‫‪ )1‬އަލަށް އިސްލާމްވާ މީހުންގެ ފުށުން‪ ،‬އިސްލާމީ ޙަޟާރަތާ ގުޅޭ މަޢުލޫމާތުތައް ޣައިރު މުސްލިމް‬
‫މުޖުތަމަޢުތަކަށް ވާޞިލުވުން ބޮޑު ވާނެކަން‪.‬‬
‫‪ )2‬އެކިއެކި ޘަޤާފަތްތަކުގެ އަހުލުވެރިން އިސްލާމްދީން ޤަބޫލުކުރަމުން ދާތީ‪ ،‬ނަތީޖާއެއްގެ ގޮތުން‪ ،‬އެ ޘަޤާފަތްތަކުގައިވާ‬
‫އިސްލާމްދީނާ ފުށުނާރާ ކަންކަމުގެ ޒަރީއާއިން‪ ،‬އިސްލާމީ ޙަޟާރަތަށް ބޮޑެތި މަންފާތަކެއް ކުރާނޭކަން‪.‬‬

‫ވީއިރު‪ ،‬އިސްލާމްދީން ފެތުރިގެންދާ ދިއުމަކީ‪ ،‬އިސްލާމީ ޙަޟާރަތު ކުރިއަރަމުންދާ މިންވަރު ރަމްޒުކޮށްދޭ ކަމެކެވެ‪.‬‬

‫‪ 4.3‬ޒަ ާމނީ ޢި ްލމުތ ަ ްއ އިސް ާލމްދީނާ އެ ްއގޮތ ަ ްށ ބަ ްއޓ ަން ކުރުން ‪:‬‬

‫ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުން ނުވަތަ އިސްލަމައިޒޭޝަން އޮފް ނޮލެޖު‬


‫)‪ (Islamization of Knowledge‬އަކީ‪ ،‬ޒަމާނީ ޢިލްމުތައް މުރާޖަޢާކޮށް‪ ،‬އިންސާނާއާއި ހަޔާތާއި ކައުނާ މެދު‬
‫އިސްލާމްދީން ދެކޭ ގޮތުގެ މައްޗަށް‪ ،‬އެ ޢިލްމުތައް ބައްޓަން ކުރުމެވެ‪.‬‬

‫ޒަމާނީ ޢިލްމުތައް މުރާޖަޢާކޮށް‪ ،‬އިސްލާމްދީން ދެކޭ ގޮތުގެ މައްޗަށް އެ ޢިލްމުތައް ބައްޓަންކުރަން ޖެހޭ ސަބަބަކީ‪،‬‬
‫ޒަމާނީ ޢިލްމުތަކުގައި ބޭނުން ކުރެވޭ ފަލްސަފާތަކާއި އެތިކްސް (އަޚުލާޤިއްޔަތު) ތަކާއި ހަމަތަކަކީ‪ ،‬ސެކިޔުލަރ‬
‫ވިސްނުމަށް ބިނާކޮށް ޣައިރު މުސްލިމުން ތަރައްޤީކޮށްފައިވާ އެއްޗެހިތަކަކަށް ވެފައި‪ ،‬އޭގެ ތެރެއިން ގިނަ ތަކެތި‬
‫އިސްލާމްދީނާ ފުށުއަރާތީއެވެ‪ .‬އެހެންކަމުން‪ ،‬ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަން ކުރުމުގައި‪،‬‬
‫މައިގަނޑު ގޮތެއްގައި މަސައްކަތް ކުރެވެނީ‪ ،‬އިސްލާމީ އިރުޝާދުތަކާ ފުށުނާރާނެހެން ޒަމާނީ ޢިލްމުތައް ހުށަހަޅައި‬
‫ދިނުމަށެވެ‪.‬‬

‫ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުމަކީ‪ ،‬އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ‪ ،‬ޢިލްމީ ދިރާސާތައް‬
‫ކޮށް‪ ،‬އައު އީޖާދުތައް ކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ‪ .‬އަދި ހަމައެހެންމެ‪ ،‬އެއީ‪ ،‬ޢިލްމީ ގޮތުން މުސްލިމުން‬
‫ކުރިއަރައި‪ ،‬އިސްލާމީ ޙަޟާރަތު ނަގައި ކޮޅަށް ޖެހުމަށްޓަކައި ވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ‪.‬‬

‫‪171‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ 4.4‬އިސް ާލމިކް ރިސާ ޗް ސެ ން ޓ ަ ުރ ތައް‪:‬‬

‫މި ޒަމާނުގައި ވަރަށް ގިނަ އިސްލާމިކް ރިސާޗް ސެންޓަރުތައް ހުޅުވި ހަރަކާތްތެރިވަމުން ދެއެވެ‪ .‬އެ ތަނުން އެންމެ‬
‫ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުން ދަނީ‪ ،‬އިސްލާމިކް ބޭންކިންގއާއި އިސްލާމިކް ފައިނޭންސާއި އިސްލާމިކް‬
‫އިކޮނޮމިކްސާ ގުޅޭ ދާއިރާތަކުން ދިރާސާތައް ކުރާ ރިސާޗް ސެންޓަރުތަކެވެ‪ .‬އެ ބާވަތުގެ ދިރާސާތައް ކުރާ އެންމެ‬
‫މަޝްހޫރު ރިސާޗް ސެންޓަރުތަކުގެ ތެރޭގައި‪:‬‬

‫‪ )1‬އިސްލާމިކް ރިސާޗް އެންޑް ޓްރޭނިންގ އިންސްޓިޓިއުޓް )‪ ،(IRTI‬ސަޢޫދީ ޢަރަބިއްޔާ‪،‬‬

‫‪ )2‬އިންޓަނޭޝަނަލް ޝަރީޢާ ރިސާޗް އެކަޑަމީ ފޯރ އިސްލާމިކް ފައިނޭންސް )‪ ،(ISRA‬މެލޭޝިޔާ‪،‬‬

‫‪ )3‬އަލްހުދާ ސެންޓަރ އޮފް އިސްލާމިކް ބޭންކިންގ އެންޑް އިކޮނޮމިކްސް )‪ ،(AlHuda CIBE‬ޕާކިސްތާން‪،‬‬

‫ޓ )‪ ،(IIFRI‬އުރުދުން‪ ،‬ހިމެނެއެވެ‪.‬‬
‫‪ )4‬އިނާޔާ އިސްލާމިކް ފައިނޭންސް ރިސާޗް އިންސްޓިޓިއު ް‬

‫އިސްލާމިކް ރިސާޗް ސެންޓަރުތަކުން‪ ،‬އިސްލާމްދީނާ ގުޅޭ ތަފާތު އެކިއެކި ދިރާސާތައް ކުރެއެވެ‪ .‬އަދި ދިރާސާތައް‬
‫ޝާއިޢު ކުރުމަށްޓަކައި‪ ،‬އެކަޑަމިކް ޖާނަލްތައް ނެރެއެވެ‪ .‬އަދި ރިސާޗް ޕޭޕަރުތައް ހުށަހެޅުމަށް ކޮންމެ އަހަރަކު ވެސް‬
‫އެތަކެއް ކޮންފަރެންސެއް ބާއްވައެވެ‪ .‬އިސްލާމީ ޙަޟާރަތު ކުރިއަރައިގެން ދިޔުމުގައި އިސްލާމިކް ރިސާޗް ސެންޓަރުތައް‬
‫މުހިންމު ވަނީ މި ސަބަބަށްޓަކައެވެ‪.‬‬

‫ނ ރިސާޗްތައް‬‫މިޞްރުގެ އިސްކަންދަރިއްޔާ ލައިބްރަރީ‪ :‬މީ ދުނިޔޭގެ އެންމެ ގި ަ‬


‫ރައްކާކުރެވިފައިވާ އެންމެ ދުވަސްވީ އެއް ލައިބްރަރީއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪172‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ 4.5‬އިސް ާލމިކް ބޭން ިކން ގ‪:‬‬

‫އިޤުތިޞާދީ ދާއިރާއަށް ބަލާއިރު‪ ،‬މާލީ ދާއިރާއިން މިއަދުގެ ދުނިޔޭގައި އިސްލާމީ ޙަޟާރަތު ކުރިއެރުވުމަށްޓަކައި‬
‫ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކުރަން ޖެހޭކަން އެނގި ހާމަވެއެވެ‪ .‬ޚާއްޞަކޮށް‪ ،‬ބޭންކިންގގެ ދާއިރާގައެވެ‪.‬‬

‫ބެންކުތަކަކީ މާލީ ނިޒާމުގެ އެންމެ މުހިންމު އެއް ގުނަވަނެވެ‪ .‬ޢާއްމު ގޮތެއްގައި ބެންކުތައް ހިންގަނީ ޣައިރު‬
‫މުސްލިމުންނެވެ‪ .‬ނުވަތަ ޣައިރު މުސްލިމުންގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ‪ .‬އެ ފަދަ ބެންކުތަކުގައި‬
‫ބޭނުން ކުރާ ނިޒާމަކީ އިސްލާމްދީނާ ޚިލާފު ނިޒާމެކެވެ‪ .‬އެ ފަދަ ބެންކުތަކުން އެބައިމީހުން ފޯރުކޮށް ދޭ ގިނަ‬
‫ޚިދުމަތްތަކަކީ އިސްލާމްދީނާ ފުށުއަރާ ޚިދުމަތްތަކެކެވެ‪.‬‬

‫މި ސަބަބަށްޓަކައި‪ ،‬އިސްލާމްދީނުގެ އިރުޝާދުތަކަށް ތަބާވެ ތިބެ‪ ،‬މާލީ‬


‫މުޢާމަލާތްތައް ހިންގާނެ [އިސްލާމީ ބެންކެއް] ގެ ބޭނުން މުހިންމުވި‬
‫ހިނދު‪ 1975 ،‬ވަނަ އަހަރު‪ ،‬ފުރަތަމަ ފަހަރަށް އިސްލާމިކް‬
‫ބެންކެއް ހުޅުވުނެވެ‪ .‬އެއީ‪ ،‬ޔޫއޭއީގެ [ޑުބާއީ އިސްލާމިކް ބެންކު]‬
‫އެވެ‪ .‬އަދި ހަމަ އެ އަހަރު‪ ،‬ވަރަށް ގިނަ އިސްލާމީ ޤައުމުތައް‬
‫ގުޅިގެން‪ ،‬ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި‪[ ،‬އިސްލާމިކް‬
‫ޑިވެލޮޕްމަންޓް ބެންކު] ގެ ނަމުގައި އިސްލާމްދީނާ އެއްގޮތަށް‬
‫ޚިދުމަތް ފޯރުކޮށްދޭ ބެންކެއް ހުޅުވިއެވެ‪.‬‬

‫މި ވޭތުވެ ދިޔަ ސާޅީހަށް ވުރެ ގިނަ އަހަރުގެ ތެރޭގައި‪،‬‬


‫އިސްލާމިކް ބޭންކިންގގެ ދާއިރާއަށް ވަރަށް ބޮޑެތި‬
‫ކުރިއެރުންތަކެއް ލިބިގެން ގޮސްފައި ވެއެވެ‪.‬‬
‫އަދި މިއަދު އެސެޓުތަކުގެ ގޮތުން ބަލާއިރު‪،‬‬
‫އިސްލާމިކް ބޭންކިންގގައި އެންމެ ކުރީގައި‬
‫އުޅެނީ‪ ،‬ބަޙުރޭނާއި ޤަޠަރާއި އިންޑޮނޭޝިޔާއާއި‬
‫ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއާއި ޔުނައިޓެޑް‬
‫ޢަރަބް އެމިރޭޓްސްއާއި ތުރުކީއާއި ކުވޭތު އަދި‬
‫ޑުބާއީ އިސްލާމިކް ބެންކު‬ ‫ޕާކިސްތާނެވެ‪.‬‬

‫‪173‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ 4.6‬ޔޫ ަރޕުގެ ޙަޟާ ަރ ތުގައި ުހރި އިސް ާލމީ ޙަޟާ ަރ ތުގެ ބަ އެ ްއ އަސަ ުރ ތ ަ ްއ‬

‫‪ .1‬ބޭސްވެރިކަމުގެ ޢިލްމު‪:‬‬

‫ޞިއްޙީ ދާއިރާ ވަކި ސިސްޓަމަކަށް ބައްޓަންވުން‪.‬‬ ‫‪)1‬‬

‫ބޭހާ ގުޅޭ ޢިލްމު )‪ (Pharmacology‬ތަރައްޤީވުން‪.‬‬ ‫‪)2‬‬

‫ސަރޖަރީ ކުރަން ފެށުން‪.‬‬ ‫‪)3‬‬

‫‪ )4‬ލޮލުގެ ބަލިތަކަށް ފަރުވާ ކުރަން‬


‫)‪ (Ophthalmology‬ފެށުން‪.‬‬

‫ހޮސްޕިޓަލްތައް ބިނާ ކުރަން ފެށުން‪.‬‬ ‫‪)5‬‬


‫އަންދަލުސްގެ ޣަރްނާޠާގައި ހުރި ހޮސްޕިޓަލެއްގެ ކުރެހުމެއް‬

‫‪ .2‬ހިސާބު ޢިލްމު‪:‬‬

‫ ހިސާބު ޢިލްމުގައި ބޭނުން ކުރެވޭ އަލްޖިބްރާއާއި ޖިއޯމެޓްރީ އަދި ޓްރިގްނޮމެޓްރީ ޔޫރަޕަށް ފޯރީ އިސްލާމީ‬
‫ޙަޟާރަތުންނެވެ‪.‬‬

‫ޖޯގްރަފީ‪:‬‬ ‫‪.3‬‬

‫ޔޫރަޕަށް ސަމުގާއާއި އަސްޠުރުލާބު )‪ (Astrolabe‬ފޯރީ އިސްލާމީ ޙަޟާރަތުންނެވެ‪.‬‬

‫ޢަރަބި ވިޔަ އަކުރު‪:‬‬ ‫‪.4‬‬

‫ އިސްލާމީ ޙަޟާރަތުގެ ސަބަބުން‪ ،‬ޔޫރަޕުގައި އޭރު ބޭނުންކުރަމުން އައި ހިސާބު އަކުރު ކަމުގައިވާ [ރޯމަން‬
‫ފިގަރސް] (‪ i، ii، iii، iv‬ފަދަ އަކުރުތައް) ދޫކޮށް‪ ،‬ޢަރަބި ވިޔަ އަކުރުތައް ކަމަށްވާ (‪1، 2، 3، 4‬‬
‫ފަދަ އަކުރުތައް) ބޭނުންކުރަން ފެށުނެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪174‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫ޢަރަބި ލަފް ޒުތައް‪:‬‬ ‫‪.5‬‬

‫ އިސްލާމީ ޙަޟާރަތުގެ ސަބަބުން‪ ،‬ޔޫރަޕުގެ ބަސްބަހަށް ޢަރަބި ލަފްޒުތައް ވަދެފައި ވެއެވެ‪ .‬ޔޫރަޕަށް ޢަރަބި‬
‫ލަފްޒުތައް ވަދެފައި ވަނީ‪ 8 ،‬ވަނަ ޤަރުނާއި ‪ 12‬ވަނަ ޤަރުނާ ދެމެދު ސްޕެއިނުންނެވެ‪.‬‬

‫ މުސްލިމުންގެ އަތުން ސްޕެއިން އަނބުރާ ހޯދުމަށް ފަހު‪ ،‬އެ ތާނގައި ބޭނުންކުރެވެމުން ދިޔަ ޢަރަބި ލަފްޒުތައް‬
‫ނައްތައިލަން ޔޫރަޕުގެ ކްރިސްޓިއަނުން މަސައްކަތްކުރި ކަމުގައި ވިޔަސް‪ ،‬އަދިއަދަށްދާންދެން ވެސް ޢަރަބި‬
‫ލަފްޒުން ނެގިފައިވާ އެތަކެއް ހާސް ލަފްޒު ޔޫރަޕުގެ ބަސްބަހުގެ ތެރެއިން ފެންނަން އެބަ ހުއްޓެވެ‪ .‬މިސާލަކަށް‪،‬‬
‫ފަދަ ލަފްޒުތަކެވެ‪.‬‬ ‫اب)‬
‫(شَر ٌ‬
‫َ‬ ‫އަދި ‪syrup‬‬ ‫(قُطْ ٌن)‬ ‫އާއި‪cotton ،‬‬ ‫(جَ ٌل)‬
‫َ‬ ‫‪camel‬‬

‫ޙަ ަރ ާކ ތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުމަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬އިސްލާމިކް ރިސާޗް ސެންޓަރުތަކުން ޢިލްމު ކުރިއެރުވުމުގެ ގޮތުން ކޮށްއުޅޭ ދެ ކަމެއް ބުނެދޭށެވެ!‬

‫‪ .3‬އިޤުތިޞާދީ ގޮތުން މުސްލިމުން ކުރިއެރުމަށްޓަކައި އިސްލާމިކް ބޭންކިންގ ނިޒާމު މުހިންމު ވަނީ ކީއްވެގެން‬
‫ހެއްޔެވެ؟‬

‫ޙަ ަރ ާކ ތް ‪:2‬‬

‫އިސްލާމީ ޙަޟާރަތުން ފައިދާ ލިބިގަނެ ޔޫރަޕުން އެބައިމީހުން ތިބި ޖާހިލުކަމުން އަރައިގަތް ގޮތަށް ނަޒަރުހިންގުމުން‪،‬‬
‫އިސްލާމީ ޙަޟާރަތު އަލުން ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަން ވީ ގޮތުގެ ޚިޔާލުތަކެއް ލިބިގެން ދެއެވެ‪.‬‬
‫ވީއިރު‪ ،‬ގުރޫޕުގެ ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް‪ ،‬ޔޫރަޕުން ކަންކުރި ގޮތަށް ބިނާކޮށް‪ ،‬މިއަދުގެ މުސްލިމުންނަށް‬
‫ކަންކުރެވިދާނެ ގޮތަކީ ކޮބައިކަމާ މެދު ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫‪175‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ފި ާލވަޅު ‪5‬‬

‫މުސް ލިމުން ކުރިއަ ުރވައި ތ ަ ަރ ްއޤީ ކުރި ބައެ ްއ ޢި ްލމުތަ ްއ‬

‫‪ 5.1‬ތ ަ ާޢ ަރފ ު‪:‬‬

‫އެކިއެކި ދުނިޔެވީ ޢިލްމުތަކުގައި ކުރެވޭ އައު‬


‫އީޖާދުތަކަކީ‪ ،‬އެއްދުވަހުން ވުޖޫދަށް އަންނަ އެއްޗެހިތަކެއް‬
‫ނޫނެވެ‪ .‬މިޒަމާނަށް ބެލިކަމުގައި ވިޔަސް ފެންނަން އޮތީ‬
‫މި ޙަޤީޤަތެވެ‪ .‬މިޒަމާނުގައި ސައިންސާއި ޓެކްނޮލޮޖީގެ‬
‫ގޮތުން ލިބިފައި މިވާ ކުރިއެރުންތަކަކީ‪ ،‬މީގެ އެތަކެއް‬
‫ޤަރުނެއް ކުރިއްސުރެ ކުރެވެމުން އައި ދިރާސާތަކާއި‬

‫އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގައި ކުރެވުނު ބައެއް‬


‫އެކި ދުވަސްވަރު މަތިން ވުޖޫދަށް ގެނެވުނު އީޖާދުތަކުގެ‬
‫ސައިންޓިފިކް މަސައްކަތްތައް ދައްކައިދޭ ކުރެހުމެއް‪.‬‬ ‫ނަތީޖާއެވެ‪.‬‬

‫އިސްލާމީ ޙަޟާރަތުގެ ރަން ޒަމާންތައް ބެލެވިފައި ވަނީ‪ ،‬މުސްލިމުން ދުނިޔެވީ ޢިލްމުތައް ކުރިއަރުވައި ތަރައްޤީކޮށް‪،‬‬
‫އެ ޢިލްމުތަކާ ގުޅޭ އައު އީޖާދުތައް އުފަން ކުރުވި ރަން ޒަމާނެއްގެ ގޮތުގައެވެ‪.‬‬

‫‪ 5.2‬ފިޒިކްސް ‪:‬‬

‫އިސްލާމީ ޙަޟާރަތުގެ ތެރެއިން އުފަންވި‪ ،‬ފިޒިކްސް ދާއިރާގައި ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ‪:‬‬

‫‪ .1‬އަބޫ އައްރައިޙާން އަލްބައިރޫނީ (‪:)Al-Biruni‬‬

‫މި ބޭފުޅާގެ ޚިދުމަތްތަކުގެ ތެރޭގައި‪:‬‬

‫‪ )1‬ގަހަނާތަކުގައި ޢާއްމުކޮށް ބޭނުންކޮށްއުޅޭ އަގުހުރި މިނެރަލްތަކުގެ )‪18 (Precious Stones‬‬


‫ވައްތަރެއްގެ ބަރުދަން )‪ (Density‬ފުރަތަމަ ފަހަރަށް ދެނެގަތުން‪.‬‬
‫‪ )2‬ބޮޑީއެއްގެ ބަރުދަނާއި‪ ،‬އެ ބޮޑީ ހަރަކާތް ކުރުވޭނެ ފެނުގެ ވޮލިއުމާ ގުޅޭ ގޮތުން އުޞޫލެއް ހެއްދެވުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪176‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ .2‬އަބޫ އަލްފަތުޙު އަލްޚާޒިނީ (‪:)Al-Khazini‬‬

‫މި ބޭފުޅާގެ ޚިދުމަތްތަކުގެ ތެރޭގައި‪:‬‬

‫‪ )1‬ތިއަރީ އޮފް އޮބްލިކްޓީ (‪ )Theory of Obliquity‬އާއި ތިއަރީ އޮފް އިމްޕަލްސް‬


‫(‪ )Theory of Impulse‬އުފަންކުރުން‪ .‬ތިއަރީ އޮފް އޮބްލިކްޓީއަކީ‪ ،‬ނުސީދާކޮށް ލަނޑުދަނޑިތައް‬
‫ޙާޞިލުކުރަން މަސައްކަތް ކުރުމުން‪ ،‬މާ ރަނގަޅަށް ޙާޞިލުކުރެވޭ ކަމަށް ބުނާ ނަޒަރިއްޔާއެކެވެ‪ .‬އަދި‬
‫ތިއަރީ އޮފް އިމްޕަލްސަކީ‪ ،‬ވަކި ބާރުމިނެއްގައި ދަތުރުކުރަމުންދާ އެއްޗަކަށް އިތުރު ބާރެއް ލައިދިނުމުން‬
‫(ފޯސްއެއް އެޕްލައިކުރުމުން) އަންނަ‬
‫ބަދަލާ ގުޅޭ ނަޒަރިއްޔާއެކެވެ‪ .‬ކިނެޓިކްސް‬
‫(‪ )kinetics‬ގައި މި ދެ ތިއަރީން ނުހަނު‬
‫ފާޅުކަން ބޮޑު ދައުރެއް އަދާކުރިއެވެ‪.‬‬

‫‪ )2‬ވައިގައްޔާއި ފެނުގައި ބޮޑީތަކުގެ ބަރުދަން‬


‫ބެލުމަށް ކައްޓާ (‪ )balance‬އެއް އީޖާދު‬
‫ކުރުން‪.‬‬
‫ނ ބެލުމަށް އަލްޚާޒިނީ‬‫ވައިގައްޔާއި ފެނުގައި ބޮޑީތަކުގެ ބަރުދަ ް‬
‫އީޖާދު ކުރެއްވި ކައްޓާ‬ ‫‪ 5.3‬ކެމިސް ޓްރީ‪:‬‬

‫އިސްލާމީ ޙަޟާރަތުގެ ތެރެއިން އުފަންވި‪ ،‬ކެމިސްޓްރީ‬


‫ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ‪ ،‬ޖާބިރު‬
‫އިބްނު ޙައްޔާން (‪)Jabbir Ibn-Hayyan - Geber‬‬
‫އެވެ‪ .‬މަޝްހޫރުވެފައި ވަނީ‪[ ،‬ކެމިސްޓްރީގެ ބައްޕަ] ގެ‬
‫ގޮތުގައެވެ‪.‬‬

‫މި ބޭފުޅާގެ ޚިދުމަތްތަކުގެ ތެރޭގައި‪:‬‬

‫‪ )1‬އެސިޑްތައް އުފައްދާނެ އަދި ޕިޔުރިފައި ކުރާނެ‬


‫ގ ބައެއް އެކްސްޕެރިމެންޓުތަކާއި ބައެއް‬ ‫ޖާބިރު އިބްނު ޙައްޔާން ެ‬ ‫ގޮތާ ގުޅޭ ގޮތުން ލިޔުއްވުން‪.‬‬
‫ތއް ދައްކައިދޭ ކުރެހުމެއް‬‫އާލާތް ަ‬

‫‪177‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫‪ )2‬ވަރުނިސް (‪ )varnishes‬ބޭނުންކޮށްގެން ލެދަރާއި މެޓަލްތައް ވޯޓަރޕްރޫފް ކުރާނޭ ގޮތާ ގުޅޭ ގޮތުން‬
‫ލިޔުއްވުން‪.‬‬

‫‪ 5.4‬ހިސާ ު‬
‫ބ ޢި ްލމު‪:‬‬

‫އިސްލާމީ ޙަޟާރަތުގެ ތެރެއިން އުފަންވި‪ ،‬ހިސާބު ޢިލްމުގެ އެންމެ ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ‪:‬‬

‫މުޙައްމަދު ބުނު މޫސާ އަލްޚުވާރިޒަމީ (‪:)Al-Khwarizmi‬‬ ‫‪.1‬‬

‫ މި ބޭފުޅާ މަޝްހޫރުވެފައި ވަނީ‪[ ،‬އަލްޖިބްރާގެ ބައްޕަ] ގެ‬


‫ގޮތުގައެވެ‪.‬‬

‫ މި ބޭފުޅާގެ އެންމެ މަޝްހޫރު ޚިދުމަތަކީ‪ ،‬އަލްޖިބްރާ އުފަންކޮށް‪،‬‬


‫އެއާ ގުޅޭ ފޮތެއް ލިޔުއްވުމެވެ‪ .‬މި ޒަމާނުގައި މި ގެންގުޅޭ‬
‫ކަލްކިއުލޭޓަރުތަކާއި އެ ނޫން ވެސް އެތަކެއް އިލެކްޓްރޯނިކް‬
‫ޑިވައިސެއްގައި އަލްޖިބްރާ ބޭނުން ކުރެވެއެވެ‪.‬‬

‫އަބޫ އައްރައިޙާން އަލްބައިރޫނީ (‪:)Al-Biruni‬‬ ‫‪.2‬‬

‫ހ ގޮތުން‬‫މ އަލްޖިބްރާއާ ބެ ޭ‬
‫އަލްޚުވާރިޒް ީ‬
‫މި ބޭފުޅާގެ ޚިދުމަތްތަކުގެ ތެރޭގައި‪:‬‬
‫އވި ފޮތުގެ ނުސްޚާއެއް‬ ‫ލިޔު ް‬

‫‪ )1‬މޮޑަރޑް ޓްރިގޮނޮމެޓްރީގެ ފައުންޑޭޝަން ބިނާ ކުރުން‪.‬‬

‫‪ )2‬ހިސާބުގެ ބޭނުންކޮށްގެން‪ ،‬ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ޤިބުލަ ހުރި ދިމާ ދެނެގަނެވޭނޭ‬
‫ގޮތް ހޯއްދެވުން‪.‬‬

‫ނ ްށ ކުރިމަތިވި ގޮން ޖެހުން ތައް‪:‬‬


‫‪ 5.5‬ޢި ްލމުތ ަ ްއ ކުރި އެ ުރ ުވމުގައި މުސް ލިމުން ަ‬

‫‪ .1‬އިސްލާމީ ދައުލަތަށް އެތެރެއިންނާއި ބޭރުން ކުރިމަތިވަމުން ދިޔަ ހަމަލާތައް‪.‬‬

‫‪ .2‬އެހެނިހެން ޙަޟާރަތްތަކުގެ ހޯދުންތައް އެކިއެކި ބަސްބަހުން ހުރުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪178‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫‪ .3‬އިސްލާމީ ދައުލަތުގެ ޙުދޫދުން ބޭރުގައި ހުރި ބައެއް ޢިލްމީ ފޮތްތައް ހޯދަން އުނދަގޫވުން‪.‬‬

‫‪ 4‬ޢަޤީދާ ފާސިދުވެފައިވާ ބައެއް މީހުން ދުނިޔެވީ ޢިލްމުތަކުގެ ތެރެއަށް ވަދެ‪ ،‬ދީނުން ބޭރުވާ ފަދަ ބައެއް‬
‫ފަލްސަފީ ވާހަކަތައް ދެއްކުމުގެ ސަބަބުން‪ ،‬މުޖުތަމަޢުގައި ފިތުނަފަސާދަތައް އުފެދި‪ ،‬ދުނިޔެވީ ބައެއް ޢިލްމުތަކާ‬
‫މެދު ޝައްކުގެ ނަޒަރަކުން ބެލެވެން ފެށުން‪.‬‬

‫ޙަ ަރ ާކ ތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬ފިޒިކްސްގެ ދާއިރާއަށް އަލްބައިރޫނީ ކޮށްދެއްވި ޚިދުމަތެއް ބުނެދޭށެވެ!‬

‫‪ .2‬ޖާބިރު އިބްނު ޙައްޔާން މަޝްހޫރުވެފައި ވަނީ‪ ،‬ކޮން ދާއިރާއަކުން ހެއްޔެވެ؟‬

‫‪ .3‬ހިސާބު ޢިލްމަށް މަޝްހޫރު ދެ މުސްލިމެއްގެ ނަން‪ ،‬އެ ދެ ބޭފުޅުން އެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތަކާ އެކު‬
‫ހާމަކޮށްދޭށެވެ!‬

‫ޙަ ަރ ާކ ތް ‪:2‬‬

‫ދުނިޔެވީ އެކިއެކި ޢިލްމުތަކުގައި މުސްލިމުން ކުރިން ހޯދާފައިވާ ކާމިޔާބުތައް ދެނެގަނެ‪ ،‬އެ ކަންކަން ދަސްކުރުމީ‪،‬‬
‫ނުހަނު މުހިންމު ކަމެއްގެ ގޮތުގައި މި ޒަމާނުގައި ޤަބޫލުކުރެވިފައި ވަނީ ކީއްވެގެން ކަމާ މެދު ގުރޫޕުގައި‬
‫މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫‪179‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬ ‫ޔުނިޓް ‪4‬‬

‫ބަސް ކޮ ާށ ުރ‬
‫މާނަ ‪ /‬މުރާދު‬ ‫ލަފްޒު‬

‫ދޭއް ނުވަތަ އެއަށްވުރެ ގިނަ މީހުން ޢިލްމީ ގޮތުން ބަހުސްކުރުން‬ ‫މުނާޡަރާ‬

‫ޙުކުމް ކަނޑައެޅިފައި ނުވާ ކަންކަމުގެ ޝަރުޢީ ޙުކުމް ދެނެގަތުމަށް މަސައްކަތް‬ ‫އިޖުތިހާދު ކުރުން‬
‫ކުރުން‬

‫ދީނުގައި އޮންނަ ޙުކުމް ބަޔާން ކުރުން‬ ‫ފަތުވާ ދިނުން‬

‫ޚިޔާލު ‪ /‬ދެކޭ ގޮތް‬ ‫ރައުޔު‬

‫އެހެން އެއްޗިއްސާއި ކަންކަން އޭގެ މައްޗަށް ބިނާވާ އެތި‬ ‫އަސާސް‬

‫އެ ކަމަކާ ގުޅިގެން ޙުކުމް އައިސްފައިވާ‪ ،‬ޙުކުމަށް އަސަރު ފޯރުވާ ސަބަބު‬ ‫ޢިއްލަތްތައް‬

‫ޤުރްއާނާއި ސުންނަތުން ޙުކުމްތައް ނެރުން‬ ‫އިސްތިންބާޠު ކުރުން‬

‫ތަންފީޒު ކުރުން ‪ /‬އެޕްލައި ކުރުން‬ ‫ތަޠުބީޤު ކުރުން‬

‫ދީނުގެ ޙުކުމްތަކުގެ ތެރެއިން މައިގަނޑު ޙުކުމްތަކުގެ އިދިކޮޅު ‪ /‬އެކިއެކި‬ ‫ފަރުޢީ ޙުކުމްތައް‬


‫ކަންކަމުގައި ހުންނަ ވަކިވަކި ތަފްސީލީ ކަންކަން (މިސާލަކަށް‪ ،‬ނަމާދުގައި ވަކިވަކި‬
‫ކަންކަމަށް ހުންނަ ޙުކުމްތައް)‬

‫ފޯރުން ‪ /‬ވާޞިލުވުން‬ ‫ނަޤުލުވުން‬

‫ވަކި ގޮތަކަށް ހަމަޖެހުން‬ ‫އިސްތިޤުރާރުވުން‬

‫ހަރުދަނާ ތަކެތި ބެހެއްޓުމަށް ފަހު‪ ،‬ބޭނުމެއް ނެތް ވާހަކަތައް ދޫކޮށްލައި ރިވެތިކުރުން‬ ‫ތަންޤީޙު ކުރުން‬

‫ކިޔުން ‪ /‬މުރާޖަޢާ ކުރުން‬ ‫މުޠާލިޢާ ކުރުން‬

‫އައިސްފައިވުން‬ ‫ވާރިދުވުން‬

‫ވަކި ފަންނެއްގެ އަހުލުވެރިންގެ އަރިހުގައި ވަކި ޚާއްޞަ މާނައެއް ދޭހަކޮށްދޭ‬ ‫މުޞްޠަލަޙުތައް‬


‫ލަފްޒުތައް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪180‬‬


‫ޔުނިޓް ‪4‬‬ ‫އިސްލާމީ ތާރީޚާއި ޙަޟާރަތު‬

‫މާނަ ‪ /‬މުރާދު‬ ‫ލަފްޒު‬

‫ޙުކުމްތައް ނެރުމުގައި ބޭނުން މިއީ‪ ،‬ޤުރްއާނާއި ސުންނަތާއި އިޖުމާޢާއި ޤިޔާސްފަދަ މަޞްދަރުތައް‬


‫ކުރެވޭނެ މަޞްދަރުތައް‬

‫ޙުކުމްތައް ނެރުމުގައި ބޭނުން މިއީ‪ ،‬އުޞޫލުލްފިޤްހުގެ ހަމަތައް‬


‫ކުރެވޭނެ އުޞޫލުތައް‬

‫ޙުކުމްތައް ނެރުމުގައި ބޭނުން މިއީ‪ ،‬ފިޤުހުގައި ބޭނުންކުރެވޭ ޤަވާޢިދުތައް‬


‫ކުރެވޭނެ ޤަވާޢިދުތައް‬

‫ޙުކުމްތައް ނެރުމުގައި ބޭނުން މިއީ‪ ،‬ފިޤުހުގައި ވަކި ބާބެއްގެ (މައުޟޫޢެއްގެ) ދަށުން އެކަނި ބޭނުންކުރެވޭ‬
‫ޤަވާޢިދުތައް‬ ‫ކުރެވޭނެ ޟާބިޠުތައް‬

‫ޤާނޫނެއްގެ ގޮތަށް ނުވަތަ މާއްދާތަކެއްހެން ފިޤުހީ ޙުކުމްތައް ތަރުތީބުކޮށް ލިޔެ‬ ‫ފިޤުހު ތަޤުނީނު ކުރުން ‪/‬‬
‫އެކުލަވައިލުން‬ ‫ފިޤުހު ކޮޑިފައި ކުރުން‬

‫މުސްލިމުން ފަތަޙަކުރާ ބިންތައް ކުއްޔަށްދީގެން ނަގާ ކުލި‪ .‬އޭގެ މިންވަރު‬ ‫ޚަރާޖު‬


‫ކަނޑައަޅާނީ‪ ،‬މުސްލިމުންގެ ވެރިމީހާ‪.‬‬

‫އިސްލާމީ ދައުލަތުގެ ތެރެއަށް ވިޔަފާރިކުރަން އަންނަ ޣައިރު މުސްލިމް‬ ‫ޢުޝޫރު‬


‫ވިޔަފާރިވެރިންގެ ކިބައިން ނަގާ ޓެކުހެއް‪ .‬އޭގެ މިންވަރު ކަނޑައަޅާނީ‪ ،‬މުސްލިމުންގެ‬
‫ވެރިމީހާ‪.‬‬

‫މުސްލިމުން ކުރާ ޖިހާދުތަކުގައި ޢަދުއްވުން ދޫކޮށްފައިދާ މުދާތައް‬ ‫ޣަނީމާ މުދާ‬

‫ކާފިރުންގެ ތެރެއިން ބާލިޣުވެފައިވާ މުއްސަނދިން އަތުން އަހަރަކު އެއްފަހަރު ނެގޭ‬ ‫ޖިޒުޔަ‬


‫ޓެކުހެއް‪ .‬އޭގެ މިންވަރު ކަނޑައަޅާނީ‪ ،‬މުސްލިމުންގެ ވެރިމީހާ‪.‬‬

‫‪181‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫ުޔނިޓް ‪5‬‬
‫ސ ާލމީ ަޘ ާޤފާ‬
‫އި ް‬

‫މި ުޔނިޓުގައި އަޅުގަނ ޑު ‪...‬‬


‫● ●ދީނުގައި ހައްދުފަހަނަޅައި ދިއުމަކީ ކޮބައިކަން ދަސްކުރާނަން‪.‬‬
‫● ●ޙައްޤަކާއި ނުލައި މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން ދެނެގަންނާނަން‪.‬‬
‫● ●އިސްލާމްދީނުގައި ޙައްޤުތަކާއި ވާޖިބުތަކުގައި ދެ ޖިންސު ހަމަހަމަކޮށްފައިވާ ގޮތް ދަސްކުރާނަން‪.‬‬
‫● ●އިސްލާމްދީނާ މެދު ކުރެވޭ ބައެއް ކުށްހީތައް ދެނެގަންނާނަން‪.‬‬
‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ފި ާލވަޅު ‪1‬‬


‫ނޅައި ދިއުން‬
‫ދީނު ގައި ހަ ްއ ުދފަހަ ަ‬

‫‪ 1.1‬ތ ަ ާޢ ަރފ ު‪:‬‬

‫ބަހުގެ ގޮތުން ބަލާއިރު‪ ،‬ހައްދުފަހަނަޅައި ދިއުމަކީ‪ ،‬ކަނޑައެޅިފައިވާ މިންވަރަށް ވުރެ މާ ދުރަށް ދިއުމެވެ‪ .‬ނުވަތަ‬
‫ދާންވީ ހިސާބަށް ވުރެ މާ ދުރަށް ދިއުމެވެ‪.‬‬

‫ޝަރުޢީ ގޮތުން ބަލާއިރު‪ ،‬ދީނުގައި ހައްދުފަހަނަޅައި ދިއުމަކީ‪ ،‬އިސްލާމްދީނުގައި ހުއްދަ ދެވިފައިވާ މިންގަނޑުން ބޭރު‬
‫ވުމެވެ‪.‬‬

‫އެހެންކަމުން‪ ،‬ދީނުގައި ހައްދުފަހަނަޅައިފި ކަމަށް ބެލެވޭނީ‪ ،‬މައިގަނޑު ދެ ކަމެއް އޭގައި ހިމެނޭ ނަމައެވެ‪ .‬އެއީ‪:‬‬

‫‪ .1‬އިސްލާމްދީނުގައި އޮންނަނީ އެ ގޮތަށް ކަމުގައި ދެކިގެން އެ ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުން‪.‬‬

‫‪ .2‬އެ ކަމަކީ އިސްލާމްދީނުގައި ހުއްދަ ދެވިފައިވާ މިންގަނޑުން ބޭރުގައިވާ ކަމަކަށްވުން‪.‬‬

‫‪ 1.2‬ދީނު ގައި ހަ ްއ ުދފަހަ ަ‬


‫ނ އެޅުން ކަމަ ްށ ބެލެ ޭވ ބައެ ްއ ކ ަން ކ ަން ‪:‬‬

‫‪ .1‬ޤުރްއާނަކީ މަޚުލޫޤެއް ކަމަށް ބުނުން‪.‬‬

‫އަށް ލިބިވޮޑިގެންވާ ކަމަށް އެކަލާނގެ ބަޔާންކުރައްވާފައިވާ ސިފަފުޅުތައް އެކަލާނގެއަށް‬ ‫ﷲ‬ ‫‪ .2‬މާތް‬
‫އަށް‪ ،‬އެކަލާނގެއާ އެކަށީގެންވާ ގޮތަށް‪،‬‬ ‫ﷲ‬ ‫ލިބިވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރުން‪ .‬މިސާލަކަށް‪ ،‬މާތް‬
‫މަޚުލޫޤުންނާ ތަފާތުވާނޭހެން‪ ،‬ދެ އަތްޕުޅު ލިބިވޮޑިގެންވާ ކަމަށް އިންކާރު ކުރުމެވެ‪.‬‬

‫‪ .3‬އަޞްޙާބު ބޭކަލުންނަށް ބަދުބަސް ބުނުމާއި އެއްޗެހި ކިޔުން‪.‬‬

‫‪ .4‬ބޮޑެތި ފާފަ ކުރާ މުސްލިމުންނަކީ މުރުތައްދު ކާފިރުން ކަމަށް ޤަބޫލުކުރުން‪.‬‬

‫‪ .5‬ގިނައިން ޘަވާބު ހޯދުމުގެ ނަމުގައި‪ ،‬ތަޙައްމަލު ކުރަން އުނދަގޫ ވޭނާއި ބުރަ އަމިއްލަ ނަފްސަށް ޖެއްސުން‪.‬‬

‫‪ .6‬ޒުހުދުވެރި ދިރިއުޅުމެއް އުޅުމަށް ކަމަށް ބުނެ‪ ،‬ހެޔޮ ރަނގަޅު ތަކެތި އަމިއްލަ ނަފްސަށް ޙަރާމް ކުރުން‪.‬‬

‫‪ .7‬ޙައްޤަކާ ނުލައި މުސްލިމުންގެ ލޭ އޮހޮރުވައިލުން ހުއްދަ ކުރުން‪.‬‬

‫‪183‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ނޅައި ދި ުއމުގ ެ ނު ބައިކ ަން ‪:‬‬


‫‪ 1.3‬ދީނު ގައި ހަ ްއ ުދފަހަ ަ‬

‫ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައި‬ ‫ޞައްލަﷲ‬ ‫އާއި އެކަލާނގެ ރަސޫލާ‬ ‫ﷲ‬ ‫ދީނުގައި ހައްދުފަހަނަޅައި ދިއުމީ މާތް‬
‫ވާކަމެކެވެ‪.‬‬

‫ގެ ވަޙީބަސްފުޅުގައި ވެއެވެ‪.‬‬ ‫ﷲ‬ ‫މާތް‬

‫󴏅󴏆‬ ‫﴿‬
‫(ސޫރަތުލްމާއިދާ‪)77 :‬‬ ‫󴏌󴏍󴏎 ﴾‬
‫މާނައީ‪[ :‬ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާ‬
‫މެދު ޙައްޤު ނޫން ގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން‪،‬‬
‫ކުރިން މަގުފުރެދިފައިވާ‪ ،‬އަދި ގިނަ ބަޔަކު މަގުފުރައްދާފައިވާ‪ ،‬އަދި ހަމަމަގުން އެއްކިބާވެ‪،‬‬
‫މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް‪ ،‬ތިޔަބައިމީހުން ތަބަޢަ ނުވާށެވެ!]‬

‫َّاس إِ َّي ُك ْم َوالغُلَُّو ِف‬


‫“ي أَيـَُّها الن ُ‬
‫َ‬ ‫ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައި ވެއެވެ‪.‬‬ ‫އަދި ރަސޫލާ ޞައްލަﷲ‬
‫(ސުނަނު އިބްނު މާޖާ‪ ،‬ދަރަޖަ‪ :‬ޞަޙީޙު) މާނައީ‪:‬‬ ‫ك َم ْن َكا َن قـَبـْلَ ُك ُم الغُلُُّو ِف ال ِّدي ِن”‬ ‫ِ‬
‫ال ّدي ِن‪ ،‬فَِإنَّهُ أ َْهلَ َ‬
‫[އޭ އެންމެހައި މީސްތަކުންނޭވެ! ތިޔަބައިމީހުން ދީނުގައި ހައްދުފަހަނަޅައި ނުދާށެވެ! އެހެނީ‪ ،‬ދީނުގައި ހައްދުފަހަނަޅައި‬
‫ދިއުމުގެ ސަބަބުން‪ ،‬ތިޔަބައިމީހުންގެ ކުރީން ބަޔަކު މީހުން ހަލާކު ކުރެއްވުނެވެ‪].‬‬

‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ‪...‬‬

‫އިމާމް އަޙްމަދާއި ޙާކިމާއި އެހެން ވެސް އިމާމުން އިބްނު މަސްޢޫދު ވިދާޅުވި ކަމަށް ރިވާކުރެއްވިއެވެ‪.‬‬
‫ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަތްޕުޅުން ރޮނގެއް ކުރެއްސެވިއެވެ‪ .‬ދެން‬ ‫ރަސޫލުﷲ ޞައްލަﷲ‬
‫ޙަދީޘްކުރެއްވިއެވެ‪“ .‬މިއީ ﷲގެ ސީދާވެގެންވާ މަގެވެ‪ ”.‬ދެން އެ ރޮނގުގެ ކަނާތްފަރާތާއި ވާތްފަރާތުގައި‬
‫ރޮނގުތަކެއް ކުރައްސަވާފައި ޙަދީޘްކުރެއްވިއެވެ‪“ .‬އެ މަގަކަށް ގޮވާލާ ޝައިޠާނަކު އެ މަގެއްގައި ނުވާ މަގެއް‬
‫󵑈‬ ‫﴿‬ ‫މި މަގުތަކުގެ ތެރޭގައި ނުވެއެވެ‪ ”.‬ދެން މި އާޔަތް ކިޔަވައިވިދާޅުވިއެވެ‪.‬‬
‫(އަންޢާމް ‪ )153‬މާނައީ‪“ :‬އަދި މިއީ ތިމަންރަސްކަލާނގެ‬ ‫󵑐󵑑﴾‬
‫ސީދާވެގެންވާ ތެދުމަގެވެ‪ .‬ފަހެ‪ ،‬އެ މަގަށް ތިޔަބައިމީހުން ތަބާ ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އޭރުން)‬
‫އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ‪”.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪184‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ނޅައި ދި ުއމުގ ެ ސަ ބަބުން ލި ޭބ ގެ ްއލުން ތައް‪:‬‬


‫‪ 1.4‬ދީނު ގައި ހަ ްއ ުދފަހަ ަ‬

‫‪ .1‬ހިދާޔަތުން އެއްކިބާވެ‪ ،‬މަގުފުރެދުން‪.‬‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތަ‪...‬‬
‫‪ .2‬ބައިބައިވުން‪.‬‬
‫މުސްލިމުންގެ ތެރެއިން ބަޔަކު‬ ‫‪ .3‬އިސްލާމްދީނާއި މުސްލިމުންގެ ސޫރަ ހުތުރުވުން‪.‬‬
‫މުސްލިމުންގެ ގޮތް ދޫކޮށްލައި ދީނުގައި‬
‫‪ .4‬އިސްލާމްދީނާ ދުރުހެލިވުން‪.‬‬
‫އޮތް ގޮތާ ޚިލާފަށް ކުރާ ޢަމަލުތަކަކީ‬
‫‪ .5‬ޢަދުލުވެރި މެދުމިން ގޮތް ނެތި ދިއުން‪.‬‬
‫އިސްލާމްދީނަށް ނިސްބަތްވެގެން ވާ‬
‫އާ ދުރަށް ދިއުން‪.‬‬ ‫ﷲ‬ ‫‪ .6‬މާތް‬
‫ކަންތައްތަކެއް ނޫނެވެ‪.‬‬
‫ގެ ޙަޟްރަތުން ދަތިއުނދަގޫކަން މެދުވެރިވުން‪.‬‬ ‫ﷲ‬ ‫‪ .7‬މާތް‬

‫‪ .8‬ޙައްޤުތައް ބީވެ‪ ،‬ނެތިދިއުން‪.‬‬

‫‪ .9‬މުޝްރިކުން ދޫކޮށް‪ ،‬އިސްލާމްދީނުގެ އަހުލުވެރިން ޤަތުލު ކުރުން‪.‬‬

‫‪ .10‬ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުން‪.‬‬

‫ނޅައި ދިއުން ުހ ްއޓު ުވމ ަ ްށ ކު ެރވި ާދ ެ‬


‫ނ ކ ަން ތަ ްއތައް‪:‬‬ ‫‪ 1.5‬ދީނު ގައި ހަ ްއ ުދފަހަ ަ‬

‫‪ .1‬ދީނުގައި ހައްދުފަހަނަޅައިދާ މީހުން އެބައިމީހުންގެ ވިސްނުން ބިނާކުރާ ފޮތްތަކާއި ލިޔުންތައް ދިރާސާކޮށް‪،‬‬
‫ހުރިހައި ފަރާތަކުން އެ ވިސްނުން ރަނގަޅަށް ދެނެގަތުން‪.‬‬

‫‪ .2‬ސަލަފުއްޞާލިޙުން ޤުރްއާނާއި ސުންނަތް ފަހުމްކުރި ގޮތް ކިޔައިދިނުން‪.‬‬

‫‪ .3‬ތައުޙީދާއި ޢަޤީދާގެ މައުޟޫޢުތައް ރަނގަޅަށް ދަސްކޮށްދިނުން‪.‬‬

‫‪ .4‬ޝަރުޢީ ގޮތުން ބަލާއިރު‪ ،‬ދީނުގައި ހައްދުފަހަނަޅައި ދިއުން ކަމުގައި ބެލެވޭ ކަންކަމާއި ނުބެލެވޭ ކަންކަން‬
‫ވަކިކޮށް ދެނެގަތުން‪.‬‬

‫‪ .5‬މުޖުތަމަޢުގައި އޮންނަ އަނިޔާވެރިކަމާއި ފަސާދަތައް ނައްތައިލުން‪ .‬އެހެނީ‪ ،‬އެ ފަދަ ކަންކަމަކީ‪ ،‬ދީނުގައި‬
‫ހައްދުފަހަނަޅައި ދިއުމަށް ހުޅުވައިލެވިފައި އޮންނަ ދޮރެކެވެ‪.‬‬

‫‪ .6‬މުސްލިމް ޒުވާނުން ލައްވައި ހައްދުފަހަނަޅައި ދިއުމުގެ ޢަމަލުތައް ހިންގުވާ ޣައިރު މުސްލިމުންގެ އޭޖެންޓުން‬
‫ދެނެގަނެ‪ ،‬އެ މީހުންގެ ނުބައިކަމުން މުސްލިމް ޒުވާނުން ދުރުކުރުން‪.‬‬

‫‪185‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫‪ .7‬މުސްލިމް ޒުވާނުންގެ ބޯކައިލުމަށް ޣައިރު މުސްލިމުންގެ އޭޖެންޓުން މަސައްކަތް ކުރާ ގޮތާއި‪ ،‬ގެންގުޅޭ‬
‫އުކުޅުތަކާ މެދު ޒުވާނުން ހޭލުންތެރި ކުރުން‪.‬‬

‫‪ .8‬ޢިލްމަށާއި ޢިލްމުވެރިންނަށް ލޯބިކޮށް އިޙްތިރާމް ކުރަން ދަސްކޮށްދިނުން‪.‬‬

‫‪ .9‬ކަމާ ގުޅޭ ދީނީ ފޮތްތަކާއި ލިޔުންތައް ލިޔެ‪ ،‬ޢާއްމު ކުރުން‪ .‬ޚާއްޞަކޮށް‪ ،‬ޠާޣޫތާއި‪ ،‬ޝިރުކާއި‪ ،‬ބިދުޢައާއި‪،‬‬
‫ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމް ކުރުމާއި‪ ،‬އަލްވަލާ ވަލްބަރާ ފަދަ މައުޟޫޢުތަކާ ގުޅޭ ޞައްޙަ‬ ‫ﷲ‬ ‫މާތް‬
‫މަޢުލޫމާތު ލިބޭ ފޮތްތަކާއި ލިޔުންތަކެވެ‪.‬‬

‫‪ .10‬ދީނުގައި ހައްދުފަހަނަޅައިދާ މީހުން އުފައްދާ ޝުބުހަތަކަށް ޢިލްމީ ގޮތުން ރައްދު ދިނުމާއި‪ ،‬އެ ރައްދުތައް‬
‫އެކިއެކި ބަސްބަހަށް ތަރުޖަމާ ކުރުން‪.‬‬

‫‪ .11‬ތަވާޟުޢުވެރިވެ‪ ،‬މީސްތަކުންނަށް ވީވަރަކުން އުޒުރު ދައްކައިދޭން ދަސްކޮށްދިނުން‪.‬‬

‫ޙަރަކާތް ‪1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ބަހުގެ މާނައާއި ޝަރުޢީ މާނައިގެ މެދުގައިވާ ގުޅުމަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬ދީނުގައި ހައްދުފަހަނަޅައި ދިއުމުން ލިބޭ ގެއްލުންތަކުގެ ތެރެއިން‪ ،‬ޢާއްމުކޮށް މުޅި މުސްލިމް އުއްމަތަށް ލިބޭ‬
‫ތިން ގެއްލުމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އެ ކަންކަން ކުރާ މީހުންނަކީ ދީނުގައި ހައްދުފަހަނަޅައިފައިވާ މީހުން ކަމަށް މުޖުތަމަޢުގެ ޢާއްމުން ދެކޭ ފަސް ކަމެއް‬
‫ލިސްޓުކޮށް‪ ،‬އެ ކަންކަމަކީ ހަމަ ޙަޤީޤަތުގައި ވެސް ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ޢަމަލުތަކެއްތޯ ގުރޫޕުގައި‬
‫މަޝްވަރާކޮށް‪ ،‬ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪186‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ފި ާލވަޅު ‪2‬‬


‫މުސް ލިމަކު ާކފި ުރކުރުން‬

‫‪ 2.1‬ތ ަ ާޢ ަރފ ު‬

‫ކާފިރުކުރުމަކީ‪ ،‬މީހަކަށް ނިސްބަތްކޮށް އޭނާއީ ކާފިރަކު ކަމުގައި ބުނުމެވެ‪ .‬މީސްތަކުންގެ ތެރޭގައި‪ ،‬މުސްލިމުންނާއި‬
‫ޣައިރު މުސްލިމުން އުޅޭއިރު‪ ،‬މުސްލިމަކު ކާފިރުކުރުމާއި ޣައިރު މުސްލިމަކު ކާފިރުކުރުމާ ތަފާތެވެ‪ .‬އެހެނީ‪ ،‬ޣައިރު‬
‫މުސްލިމުންނަކީ ކާފިރުންނެވެ‪ .‬ވީއިރު‪ ،‬ޣައިރު މުސްލިމުންނަކީ ކާފިރުން ކަމުގައި ބުނެ‪ ،‬ޤަބޫލުކުރަން ޖެހޭނެއެވެ‪.‬‬

‫އެހެންކަމުން‪ ،‬މި ފިލާވަޅުގައި ވާހަކަ މި ދެކެވެނީ‪ ،‬ޣައިރު މުސްލިމުން ކާފިރުކުރާ ވާހަކައެއް ނޫނެވެ‪ .‬މުސްލިމުން‬
‫ކާފިރުކުރުމާ ގުޅޭ ވާހަކައެވެ‪.‬‬

‫‪ 2.2‬މުސް ލިމަކު ާކފި ުރކު ުރމ ަ ީކ ކޮބައިކ ަން‬

‫މުސްލިމަކު ކާފިރުކުރުމަކީ‪ ،‬ބޭރުފުށުން އިސްލާމްކަން ފާޅު ކުރާ މީހަކާ ދިމާއަށް‪ ،‬އޭނާއީ އިސްލާމްދީނުން ބޭރުވެފައި‬
‫ވާމީހަކު ކަމުގައި ބުނުމެވެ‪ .‬އެއީ‪ ،‬އޭނާ ޤަބޫލުކުރާ ޤަބޫލުކުރުމަކާ ގުޅިގެން ކަމުގައި ވިޔަސް‪ ،‬ނުވަތަ އޭނާ ބުނި ބަހަކާ‬
‫ގުޅިގެން ކަމުގައި ވިޔަސް‪ ،‬ނުވަތަ އޭނާ ކުރި ޢަމަލަކާ ގުޅިގެން ކަމުގައި ވިޔަސް މެއެވެ‪.‬‬

‫ބޭރުފުށުން އިސްލާމްކަން ފާޅު ކުރާ މީހުންނަކީ‪ ،‬ޝަހާދަތުގެ ދެ ކަލިމަ ކިޔައި‪ ،‬ނަމާދުކޮށް‪ ،‬ޒަކާތް ދީ‪ ،‬ރޯދަހިފުން‬
‫ފަދަ އަޅުކަންތައް ކޮށްއުޅޭތީ ފެންނަ މީހުންނެވެ‪.‬‬

‫‪ 2.3‬މުސް ލިމަކު ާކފި ުރކު ުރމުގ ެ ުޙކުމް‬

‫މުސްލިމަކު ކާފިރުކުރުން ހުއްދަ ހާލަތްތަކާއި ކާފިރުކުރުން ހުއްދަ ނޫން ހާލަތްތަކެއް ވެއެވެ‪ .‬އެ ގޮތުން‪ ،‬ކުފުރުގެ‬
‫ޢަމަލުތަކުގެ ތެރެއިން‪ ،‬ދީނުން ބޭރު ނުވާ ޢަމަލަކަށް އަރައިގަތް ކަމުގައި ވިޔަސް‪ ،‬އޭނާއީ މުރުތައްދު ކާފިރެއް‬
‫ކަމުގައެއް ނުބެލެވޭނެއެވެ‪ .‬އެހެނެއްކަމަކު‪ ،‬އޭނާ ކާފިރު ވުމުގެ ފުރުސަތު އޮންނާނީ‪ ،‬ދީނުން ބޭރުވާ ފަދަ ކުފުރުގެ‬
‫ޢަމަލަކަށް އަރައިގަތް ނަމައެވެ‪.‬‬

‫މި ނަޒަރުން ބަލާއިރު‪ ،‬މުސްލިމުން މައިގަނޑު ދެ ބަޔަކަށް ބަހައިލެވިދާނެއެވެ‪ .‬އެއީ‪ ،‬ދީނުން ބޭރުވާ ފަދަ ކުފުރުގެ‬
‫ޢަމަލަކަށް އަރައިގަނެފައިވާ މުސްލިމުންނާއި‪ ،‬އެ ފަދަ ކުފުރުގެ ޢަމަލަކަށް އަރައިނުގަންނަ މުސްލިމުންނެވެ‪.‬‬

‫‪187‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ދީނުން ބޭރުވާ ފަދަ ކުފުރުގެ ޢަމަލަކަށް އަރައިނުގަންނަ މުސްލިމަކު‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ؟‬
‫ކާފިރުކުރުން ހުއްދައެއް ނުވާނެއެވެ‪ .‬އެހެންނަމަވެސް‪ ،‬ދީނުން ބޭރުވާ‬

‫ޢަލައިހި‬ ‫ޞައްލަﷲ‬ ‫ރަސޫލާ‬ ‫ފަދަ ކުފުރުގެ ޢަމަލަކަށް އަރައިގަނެފައިވާ މުސްލިމަކު ނަމަ‪ ،‬ތިން‬

‫ވަސައްލަމަގެ ޒަމާނުގައި މަދީނާގައި‬ ‫ހާލަތެއް ވެއެވެ‪.‬‬

‫އުޅުނު ބައެއް މުނާފިޤުންގެ ޙަޤީޤަތް‬


‫‪ .1‬ފުރަތަމަ ހާލަތް‪ :‬މިއީ‪ ،‬ކާފިރުކަމުގެ ޙުކުމް ޖެހުމުގެ ގޮތުން‬
‫އެކަލޭގެފާނު ދެނެވަޑައިގެންނެވިއެވެ‪.‬‬
‫ފުރިހަމަވާންޖެހޭ އެންމެހައި ޝަރުޠުތަކެއް ފުރިހަމަވެފައިވާ‪ ،‬އަދި‬
‫ނަމަވެސް އެކަލޭގެފާނު އެމީހުންނާ‬
‫އެ ޙުކުމް ޖެހުން މަނާކުރާނޭ އެއްވެސް ކަމެއް ނެތް ހާލަތެވެ‪.‬‬
‫ވެސް ބޭރުފުށުން މުޢާމަލާތު ކުރެއްވީ‬
‫މި ހާލަތުގައި‪ ،‬އެ މުސްލިމު މީހާއީ‪ ،‬މުރުތައްދުވެފައިވާ ކާފިރަކު‬
‫މުސްލިމުންނާ މުޢާމަލާތު ކުރައްވާ‬
‫ކަމަށް ބުނެވޭނެއެވެ‪.‬‬
‫ފަދައިންނެވެ‪.‬‬
‫‪ .2‬ދެވަނަ ހާލަތް‪ :‬މިއީ‪ ،‬ކާފިރުކަމުގެ ޙުކުމް ޖެހުން މަނާކުރާނޭ‬
‫ކަމެއް އޮތް ހާލަތެވެ‪ .‬މި ހާލަތުގައި‪ ،‬އެ މުސްލިމު މީހާއީ‪،‬‬
‫މުރުތައްދުވެފައިވާ ކާފިރަކު ކަމަށް ބުނުން ހުއްދަވެގެން ނުވެއެވެ‪.‬‬
‫‪ .3‬ތިންވަނަ ހާލަތް‪ :‬ކުފުރުގެ އެ ޢަމަލުގެ ބާވަތުން އިތުރަށް ބަލައި އޮޅުންފިލުވަން ޖެހޭ ކަންތައްތަކެއް ހުންނަ‬
‫ހާލަތެވެ‪ .‬މި ހާލަތުގައި‪ ،‬އެ މުސްލިމު މީހާގެ ކަންކަން ދިރާސާކޮށް‪ ،‬އޭނާ ކާފިރު ވާނޭކަން ރަނގަޅަށް‬
‫ކަށަވަރު ކުރުމުގެ ކުރިން‪ ،‬އޭނާއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ބުނުން ހުއްދަވެގެން ނުވެއެވެ‪.‬‬

‫ކުފުރުގެ ޢަމަލަކަށް އަރައިނުގަންނަ މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެ ކަމުގެ ދަލީލަކީ‪ ،‬ނަބިއްޔާ ޞައްލަﷲ‬
‫َح ُد ُهَا”‬ ‫ِِ‬ ‫ِ‬ ‫ال َّ ِ ِ ِ‬ ‫ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ‪“ .‬إِ َذا قَ َ‬
‫الر ُج ُل لَخْيه يَـا َكاف ُر فَـ َق ْد َبءَ به أ َ‬
‫(ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް) މާނައީ‪[ :‬މީހަކު އޭނާގެ އަޚާއާ ދިމާއަށް‪ ،‬އޭ ކާފިރު މީހާ އޭ ބުނެފި ނަމަ‪ ،‬އެ‬
‫ބަސް އެ ތަނުން އެކަކަށް ރައްދުވާނެތެވެ‪].‬‬

‫‪ 2.4‬ޙަ ްއޤ ަ ާކ ނު ލައި މުސް ލިމަކު ާކފި ުރކު ުރމުން ލި ޭބ ގ ެ ްއލުން‬

‫މުސްލިމަކު ކާފިރުކުރުމީ‪ ،‬އޭގެ މައްޗަށް އެތައް ކަމެއް ތަރުތީބުވެގެންދާ‪ ،‬ނުރައްކާތެރި ކަމެކެވެ‪ .‬އަދި އެއީ‪،‬‬
‫އޭގެ އަސަރު މުޅި މުޖުތަމަޢަށް ކުރާނެ ކަމެކެވެ‪ .‬އެ ގޮތުން‪ ،‬ޙައްޤަކާއި ނުލައި މުސްލިމަކު ކާފިރުކުރުމުން ލިބޭ‬
‫ގެއްލުންތަކުގެ ތެރޭގައި‪:‬‬

‫‪ .1‬މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ފިތުނަފަސާދަ އުފެދުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪188‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫‪ .2‬ޢާއިލީ ގުޅުމަށް ބުރޫއެރުން‪.‬‬

‫‪ .3‬ޙައްޤަކާނުލައި މީހަކު ކާފަރުކުރުމުން ކާފަރުކުރާ މީހާއަށް އެކަމުގެ ފާފަ ލިބުން‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬މުސްލިމަކު ކާފިރުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬ބައެއް ހާލަތްތަކުގައި‪ ،‬ދީނުން ބޭރުވާ ފަދަ ކުފުރުގެ ޢަމަލަކަށް މުސްލިމަކު އަރައިގަތަސް‪ ،‬އޭނާއަށް ކުފުރުގެ‬
‫ޙުކުމް ޖެހުމުގެ ކުރިން‪ ،‬އިތުރަށް ބަލައި އޮޅުން ފިލުވަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟‬

‫‪ .3‬ޙައްޤަކާއި ނުލައި މުސްލިމަކު ކާފިރުކޮށްފި ނަމަ‪ ،‬ލިބޭނެ ތިން ގެއްލުމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ޙައްޤަކާއި ނުލައި މުސްލިމް އަޚާ ކާފިރުކުރުމުގެ މައްސަލަ ދިވެހިރާއްޖޭގައި އޮތް މިންވަރާ ގުޅޭ ގޮތުންނާއި‪ ،‬އެކަން‬
‫ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން‪ ،‬ގުރޫޕުގައި މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް‬
‫ހުށަހަޅާށެވެ!‬

‫‪189‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ފި ާލވަޅު ‪3‬‬


‫ެދ ޖިންސު ގެ ހަމަހަމަކ ަން‬

‫‪ 3.1‬ތ ަ ާޢ ަރފ ު‬

‫އިސްލާމްދީނުގައި އައިސްފައިވާ ދެ ޖިންސުގެ ހަމަހަމަކަމަކީ‪ ،‬ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ކޮންމެ‬


‫ޖިންސަކަށް ވެސް‪ ،‬ޙައްޤުތަކާއި ވާޖިބުތައް ދިނުމުގައްޔާއި ލިބުމުގައި ހަމަހަމަކަން އޮތުމެވެ‪.‬‬

‫ހަމަހަމަކަން އޮތުމުގެ މާނައަކީ‪ ،‬ޢަދުލުވެރިކަމުން އެއްކިބާވުމެއް ނޫނެވެ‪ .‬އެހެންކަމުން‪ ،‬ހަމަހަމަކުރުމުން ޢަދުލުވެރިކަން‬


‫ގެއްލޭނަމަ‪ ،‬ޢަދުލުވެރި ގޮތަށް ޢަމަލު ކުރުމީ‪ ،‬ހަމަހަމަކުރުން ކަމުގައި ބެލެވޭނެއެވެ‪.‬‬

‫ބ ތަކުގައި ެދ ޖިންސު ގ ެ ހަމަހަމަކ ަން ‪:‬‬


‫‪ 3.2‬ޙަ ްއޤުތ ަ ާކއި ާވ ޖި ު‬

‫އިސްލާމްދީނުގެ ނަޒަރުގައި‪ ،‬ފިރިހެނުންގެ މައްޗަށް އަންހެނަކަށް ވީތީ އަންހެނުންނަށް މާތްކަމެއް ލިބިގެނެއް ނުވެއެވެ‪.‬‬
‫އަދި އަންހެނުންގެ މައްޗަށް ފިރިހެނަކަށް ވީތީ ފިރިހެނުންނަކަށް ވެސް މާތްކަމެއް ލިބިގެނެއް ނުވެއެވެ‪ .‬އެހެނީ‪ ،‬މާތް‬
‫ގެ ވަޙީބަސްފުޅުގައި ވަނީ އަންނަނިވި ފަދައިންނެވެ‪.‬‬ ‫ﷲ‬

‫﴿‬
‫(ސޫރަތުލްޙުޖުރާތު‪)13 :‬‬ ‫􇫙﴾‬ ‫􇫗‬
‫މާނައީ‪[ :‬އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން‪ ،‬ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ‪ ،‬ފިރިހެނަކާއި‪،‬‬
‫އަންހެނެއްގެ ކިބައިންނެވެ‪( .‬އެބަހީ‪ :‬އާދަމުގެފާނާއި‪ ،‬ޙައްވާގެފާނުގެ ކިބައިންނެވެ‪ ).‬އަދި ތިމަންރަސްކަލާނގެ‬
‫ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި‪ ،‬ޤަބީލާތަކަށް ލެއްވީ‪ ،‬ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަޢާރުފު‬
‫ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ‪ ،‬ތިޔަބައިމީހުންކުރެ‬ ‫ﷲ‬ ‫ވުމަށްޓަކައެވެ‪ .‬ހަމަކަށަވަރުން‪،‬‬
‫އީ‪ ،‬މޮޅަށް ދެނެވޮޑިގެންވާ‪ ،‬ޚަބީރުވަންތަ ރަސްކަލާނގެއެވެ‪].‬‬ ‫ﷲ‬ ‫އެންމެ ތަޤުވާވެރި މީހާއެވެ‪ .‬ހަމަކަށަވަރުން‪،‬‬

‫އަދި އިސްލާމްދީނުގައި‪ ،‬ފިރިހެނުންނާއި އަންހެނުންގެ ޖިސްމާނީ‪ ،‬ނަފްސާނީ އަދި އިޖުތިމާޢީ ތަފާތުތަކަށް ބިނާކޮށް‪،‬‬
‫އެއިން ކޮންމެ ޖިންސަކަށް ވެސް ހަމަހަމަ އަދި ޢަދުލުވެރި ޙައްޤުތަކަކާއި ވާޖިބުތަކެއް އެކި ދާއިރާތަކުގައި‬
‫ކަނޑައަޅުއްވާފައި ވެއެވެ‪ .‬އޭގެ ތެރޭގައި‪:‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪190‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ވާޖިބުތައް އަދާކުރުން‬

‫ވިޔަފާރިކޮށް މުދާ މިލްކުކުރުން‬


‫އަންހެނުންނާއި ފިރިހެނުން ވެސް‬
‫އެބަޔަކަށް އެކަށޭނަ ހުއްދަ ވަޒީފާ އަދާކުރުން‬
‫ހަމަހަމަ ބައެއް ކަންތައްތައް‬
‫ވާރުތަ މުދާ ލިބުން‬

‫ތަޢުލީމު އުނގެނުން‬

‫އަށް އަޅުކަން ކުރަން ޖެހުން‪.‬‬ ‫ﷲ‬ ‫‪ .1‬ފިރިހެނަކު ކަމުގައި ވިޔަސް ނުވަތަ އަންހެނަކު ކަމުގައި ވިޔަސް‪ ،‬މާތް‬
‫އެ ގޮތުން‪ ،‬ވަކި ޖިންސަކަށް ތަފާތު ކުރުމެއް ނެތި‪ ،‬ކުރާ ކޮންމެ ހެޔޮ ޢަމަލަކަށް ވެސް އެ ކަމުގެ ޖަޒާ‬
‫ގެ ވަޙީބަސްފުޅުގައި ވެއެވެ‪.‬‬ ‫ﷲ‬ ‫ދެއްވައެވެ‪ .‬މާތް‬

‫﴿‬
‫(ސޫރަތުއްނަޙްލު‪)97 :‬‬ ‫󹵚﴾‬ ‫󹵘‬
‫މާނައީ‪[ :‬މުއުމިނަކު ކަމުގައިވާ ޙާލު‪ ،‬ފިރިހެނުންގެ ތެރެއިން ވިޔަސް‪ ،‬ނުވަތަ އަންހެނުންގެ ތެރެއިން‬
‫ވިޔަސް‪ ،‬ޞާލިޙު ޢަމަލެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ‪ ،‬ހަމަކަށަވަރުން‪ ،‬އެ މީހަކަށް ރަނގަޅު‪،‬‬
‫ބާއްޖަވެރި ދިރިއުޅުމެއް‪ ،‬ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ‪ .‬އަދި ހަމަކަށަވަރުން‪ ،‬އެއުރެން ޢަމަލުކޮށް‬
‫އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން‪ ،‬އެއުރެންނަށް‪ ،‬ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ‪].‬‬

‫‪ .2‬ފިރިހެނުންނާއި އަންހެނުންނަށް ވެސް ވިޔަފާރިކޮށް‪ ،‬މުދާ މިލްކު ކުރުމާއި‪ ،‬ބޭނުންވާ ކޮންމެ ހުއްދަ ގޮތަކަށް‬
‫މުދާ ހޭދަ ކުރުމުގެ ޙައްޤު ލިބިދީފައިވުން‪ .‬އެ ގޮތުން‪ ،‬ފިރިހެނަކަށް ވީތީ‪ ،‬ނުވަތަ އަންހެނަކަށް ވީތީ‪ ،‬މި‬
‫ޙައްޤުން މަޙުރޫމު ކުރުން ހުއްދަވެގެން ނުވެއެވެ‪.‬‬

‫‪ .3‬ހުއްދަ ވަޒީފާތައް އަދާކުރުމުގެ ޙައްޤާއި ފުރުސަތު ކޮންމެ ފިރިހެނަކަށް ވެސް އަދި އަންހެނަކަށް ވެސް‬
‫ލިބިދީފައިވުން‪.‬‬

‫‪ .4‬ވާރުތަމުދާ ލިބުމުގެ ޙައްޤަކީ ވެސް ފިރިހެނުންނަށް ވެސް އަދި އަންހެނުންނަށް ވެސް އިސްލާމްދީން‬
‫ކަށަވަރުކޮށްދީފައިވާ ޙައްޤަކަށްވުން‪.‬‬

‫‪191‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫‪ .5‬ތަޢުލީމު އުނގެނުމުގެ ޙައްޤު ލިބުމުގައި ވެސް‪ ،‬ފިރިހެނުންނާއި އަންހެނުންގެ މެދުގައި ހަމަހަމަކުރައްވާފައިވުން‪.‬‬
‫“طَلَ ِ‬
‫ب الع ْل ِم فَ ِريْ َ‬
‫ضةٌ َعلَى‬ ‫ُ‬ ‫ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ‪.‬‬ ‫ޞައްލަﷲ‬ ‫އެ ގޮތުން‪ ،‬ނަބިއްޔާ‬
‫(ސުނަނު އިބްނު މާޖާ‪ ،‬ދަރަޖަ‪ :‬ޙަސަން ލިޣައިރިހީ) މާނައީ‪[ :‬ޢިލްމު ޙާޞިލު ކުރުމީ‪ ،‬ކޮންމެ‬ ‫ُك ِّل ُم ْسلٍِم”‬
‫މުސްލިމެއްގެ މައްޗަށްމެ އޮތް ފަރުޟެކެވެ‪].‬‬

‫ކަން މިހެން ހުރި އިރު‪ ،‬ފިޤުހީ ބައެއް ޙުކުމްތަކުގައި ފިރިހެނުންނާއި އަންހެނުންގެ މެދުގައި ތަފާތެއް ހުރުމީ‪،‬‬
‫އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަކުރުމާ ފުށުއަރާ ކަމެއް‬
‫ނޫނެވެ‪.‬‬

‫ނ ްށ ދީފައި ާވ ާޚ އްޞަ މ ަ ާޤމް‪:‬‬


‫‪ 3.3‬އިސް ާލމްދީނު ގައި އަން ހެނުން ަ‬

‫‪ .1‬މަންމަގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ޚާއްޞަ ގޮތެއްގައި‬


‫ގެ ވަޙީބަސްފުޅުގައި ވެއެވެ‪.‬‬ ‫ﷲ‬ ‫އަމުރުވެވިގެންވުން‪ .‬އެހެނީ‪ ،‬މާތް‬

‫􃶯‬ ‫﴿‬
‫(ސޫރަތު ލުޤުމާން‪)14 :‬‬ ‫􃶷﴾‬
‫މާނައީ‪[ :‬އިންސާނާއަށް‪ ،‬އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ‬
‫ވަޞިއްޔަތް ކުރެއްވީމެވެ‪ .‬އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް‪ ،‬ބަލި ނިކަމެތި ކަމާއެކު‬
‫މާބަނޑުގައި އޭނާ އުފުލިއެވެ‪ .‬އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ‪ ،‬ދެ އަހަރުގައެވެ‪.‬‬
‫(ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ‪ ).‬ތިމަންރަސްކަލާނގެއަށާއި‪ ،‬ތިބާގެ މައިންބަފައިންނަށް‬
‫ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ‪ ،‬ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ‪].‬‬

‫ގެ ވަޙީބަސްފުޅުގައި ވެއެވެ‪:‬‬ ‫ﷲ‬ ‫‪ .2‬އަނބިންނާ އެކު ހެޔޮ ގޮތުގައި ދިރިއުޅުމަށް އަންގަވާފައިވުން‪ .‬އެހެނީ‪ ،‬މާތް‬

‫(ސޫރަތުއްނިސާ‪)19 :‬‬ ‫󲵭󲵮﴾‬ ‫﴿‬


‫މާނައީ‪[ :‬އަދި ހެޔޮ ގޮތުގައި އެ ކަނބަލުންނާ އެކު އުޅޭށެވެ!]‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪192‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬އިސްލާމްދީނުގައި ދެ ޖިންސުގެ ހަމަހަމަކަން މާނަކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟‬

‫‪[ .2‬ހަމަހަމަކުރުމުން ޢަދުލުވެރިކަން ގެއްލޭނަމަ‪ ،‬ޢަދުލުވެރި ގޮތަށް ޢަމަލު ކުރުމީ‪ ،‬ހަމަހަމަކުރުން ކަމުގައި‬
‫ބެލެވޭނެއެވެ‪ ].‬މިސާލެއްގެ ޒަރީއާއިން މި ބުނުން އިތުރަށް ޝަރަޙަކޮށްދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫އިސްލާމްދީނުގައި ދެ ޖިންސުގެ ހަމަހަމަކަން އޮންނަ ގޮތުގެ ވާހަކަ ދައްކާއިރު‪ ،‬އިސްލާމްދީނުގައި އަންހެނުންނަށް‬


‫ދެއްވާފައިވާ މަޤާމުގެ ވާހަކަ ދައްކަން ޖެހެނީ ކީއްވެގެން ކަމާއި އޭގެ މުހިންމު ކަމާ މެދު‪ ،‬ގުރޫޕުގައި މަޝްވަރާކުރުމަށް‬
‫ފަހު‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫‪193‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ފި ާލވަޅު ‪4‬‬


‫އިސް ާލމްދީނާ މ ެ ުދ ކު ެރ ޭވ ކު ްށހީތ ަ ްއ‬

‫‪ 4.1‬ތ ަ ާޢ ަރފ ު‬

‫ހީއަކީ‪ ،‬ޝައްކު ނުވަތަ ކަށަވަރު ކަމެއް ނެތި ހިތަށް އަރާ އެއްޗެއްސެވެ‪.‬‬

‫އިސްލާމްދީނާ މެދު ކުރެވޭ ކުށްހީއަކީ‪ ،‬ޙަޤީޤަތާ ޚިލާފުވާ ގޮތަކަށް ނުވަތަ ރަނގަޅު ގޮތާ ޚިލާފު ގޮތަކަށް ނުވަތަ ޞައްޙަ‬
‫ނޫން ގޮތަކަށް‪ ،‬އިސްލާމްދީނާ މެދު ކުރެވޭ ޝައްކެވެ‪.‬‬

‫‪ 4.2‬އިސް ާލމްދީނާ މެ ުދ ކު ްށހީތ ަ ްއ ުއފ ަ ްއ ަދއި ފަތުރާ ޖ ަ ާމޢަތްތައް‪:‬‬

‫އިސްލާމްދީނާ ދެކޮޅުވެރިވެ‪ ،‬އެ ދީނާ މެދު ކުށްހީތައް އުފައްދައި ފަތުރާ ޖަމާޢަތްތައް ނުހަނު ގިނައެވެ‪ .‬އެބައިމީހުން‬
‫އިސްލާމްދީނާ މެދު ދެކޮޅުވެރިވެ‪ ،‬އެ ދީނާ މެދު ކުށްހީތައް އުފައްދައި އެ ކަންކަން ފަތުރާ ސަބަބަކީ‪ ،‬އިސްލާމްދީނަށް‬
‫ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ވަންނަ މީހުން ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދާތީއެވެ‪ .‬ކޮންމެއަކަސް‪،‬‬
‫އޭގެ ތެރެއިން ނުރައްކާތެރިކަން އެންމެ ބޮޑު ކަމަށް ބެލެވެނީ‪ ،‬އިސްލާމްފޯބިއާ ކުރިއަރުވާ ޖަމާޢަތްތަކާއި‬
‫މުސްތަޝްރިޤުންގެ ޖަމާޢަތްތަކެވެ‪.‬‬

‫އިސްލާމްފޯބިއާ‬

‫އިސްލާމްފޯބިއާ (‪ )Islamophobia‬އަކީ‪ ،‬މުސްލިމުން އިސްލާމްދީން ޤަބޫލުކުރާތީ‪ ،‬މުސްލިމުންނާ މެދު ތަފާތު‬


‫ކުރުން ގެންގުޅުމެވެ‪.‬‬

‫އިސްލާމްފޯބިއާގެ ހަރަކާތުން ކުރާ ބައެއް ކަންތައްތަކުގެ‬


‫ތެރޭގައި‪:‬‬

‫‪ .1‬އިސްލާމްދީނާއި މުސްލިމުންނަކީ ޣައިރު‬


‫މުސްލިމުންނަށް ހުރި ބިރެއްކަމަށް ބުނުން‪ .‬އެ‬
‫ގޮތުން‪[ ،‬މުސްލިމުންނަކީ ޓެރަރިސްޓުން] ކަމަށް‬
‫މުސްލިމުންނާ ދެކޮޅަށް ފްރާންސުގައި ބޭއްވި މުޒާހަރާއެއްގެ‬
‫ބުނުން ފަދަ‪ ،‬މުސްލިމުންނާ މެދު ރުޅިވެރިކަން‬
‫ތެރެއިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪194‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫އުފެދި‪ ،‬އިސްލާމްދީނާއި މުސްލިމުންނަކީ ބިރެއްގެ ގޮތުގައި މުޢާމަލާތު ކުރުމަށް މަގުފަހިވާ ޝިޢާރުތައް‬


‫ފަތުރައެވެ‪.‬‬

‫‪ .2‬ޢާއްމު ތަންތާނގައި ގަދަކަމުން މުސްލިމު އަންހެނުންގެ ބުރުގާ ބޭލުވުން ފަދަ ޢަމަލުތައް ފާޅުގައި ހިންގައި އެ‬
‫ކަމަށް ހިތްވަރު ދިނުން‪.‬‬

‫‪ .3‬ހަތިޔާރު ބޭނުންކޮށްގެން ވަކިވަކި މުސްލިމުންނަށް ބިރުދެއްކުން‪.‬‬

‫‪ .4‬މުސްލިމުން ރުޅިއެރުވުމަށާއި ދެރަކޮށްލުމަށްޓަކައި އެބައިމީހުންގެ ކުރިމަތީގައި ކީރިތި ޤުރްއާން އެންދުން‪.‬‬

‫‪ .5‬އެއްވެސް ހެއްކެއް ނެތި މުސްލިމުންނަށް ބޮޑުވެގެންވާ ތުހުމަތުތައް ކުރުން‪.‬‬

‫‪ .6‬މިސްކިތްތަކުގައި ރޯކުރުމާއި‪ ،‬މިސްކިތްތަކުގެ ފާރުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުމާއި‪،‬‬


‫މިސްކިތްތަކުގެ ދޮރުމައްޗަށް އޫރުމަސް އެޅުން ފަދަ ޢަމަލުތައް ހިންގުން‪.‬‬

‫އިސްލާމްފޯބިއާ ހަރަކާތަކީ ހުޅަނގުގެ ޤައުމުތަކުގައި ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ‪ .‬އެ ހަރަކާތަށް‬
‫އަހަރެއްގެ މައްޗަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޭދަކުރަމުން ދެއެވެ‪.‬‬

‫މުސްތަޝްރިޤުން‬

‫މުސްތަޝްރިޤުންނަކީ‪ ،‬ހުޅަނގުގެ އެކަޑަމިކް މީހުންގެ ތެރެއިން‪ ،‬ޢާއްމުކޮށް އިރުމަތީގެ މީހުންނާ ގުޅޭ ދިރާސާތައް‬
‫ކުރާ‪ ،‬ޚާއްޞަކޮށް އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރާ މީހުންނެވެ‪ .‬މި މީހުންނަށް އޮރިއެންޓަލިސްޓުންނޭ ކިޔެއެވެ‪.‬‬

‫މުސްތަޝްރިޤުންގެ ތެރޭގައި‪ ،‬އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރާކުރުމުގައި އިޚްލާޞްތެރި މަދު ބަޔަކު ވެސް‬
‫އުޅެއެވެ‪ .‬އަދި ނަތީޖާއެއްގެ ގޮތުން‪ ،‬އޭގެ ތެރެއިން އެތަކެއް މީހުންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބިފައި ވެސް‬
‫ވެއެވެ‪ .‬އެހެންނަމަވެސް‪ ،‬އޭގެ ތެރެއިން ގިނަ މީހުން އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރަނީ‪ ،‬އިސްލާމްދީނާ ދެކޮޅަށް‪،‬‬
‫ކުރިސްޓިއަނުންގެ މިޝަނަރީތައް ފަދަ އެކި ހަރަކާތްތަކުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެ ދިނުމުގެ ގޮތުންނެވެ‪.‬‬

‫ކޮންމެއަކަސް‪ ،‬އިސްލާމްދީނާ ގުޅުވައިގެން މުސްތަޝްރިޤުންގެ މައިގަނޑު މަސައްކަތަކަށް ވެފައި އޮންނަނީ‪،‬‬


‫އިސްލާމްދީނަށް ފާޑު ކިއިދާނެ ނުވަތަ އިސްލާމްދީނުގެ ޙައްޤުކަމާ މެދު ޝައްކު އުފެދިދާނެ ނުވަތަ މުސްލިމުންގެ‬
‫ޞޫރައަށް ހުތުރުކަން ލިބިދާނެ ކަންތައްތައް ހޯދުމެވެ‪ .‬އަދި އެ ފަދަ ކަންތައްތައް އުފައްދައި ޢާއްމު ކުރުމެވެ‪.‬‬
‫އެހެންކަމުން‪ ،‬އިސްލާމްދީނާ މެދު ކުށްހީތައް ކުރާކުރުމުގައި މުސްތަޝްރިޤުންގެ ދައުރު ނުހަނު ބޮޑެވެ‪.‬‬

‫‪195‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫‪ 4.3‬އިސް ާލމްދީނާ މ ެ ުދ ކު ެރ ޭވ ބަ އެ ްއ ކު ްށހީތައް‪:‬‬

‫‪ .1‬މުސްލިމުން ޖިހާދުކޮށް ރަށްރަށް ފަތަޙަކޮށް އުޅުނީތީ‪ ،‬އިސްލާމްދީން ފެތުރިފައި ވަނީ ކަނޑީގެ‬
‫ބާރުން ކަމަށް ބުނާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬އިސްލާމްދީން ފެތުރިފައި ވަނީ ކަނޑީގެ ބާރުން މަޖުބޫރުކޮށްގެން ކަމުގައި‬
‫ދަޢުވާ ކުރުމެވެ‪ .‬މި ކުށްހީ ގުޅިފައި ވަނީ‪ ،‬މުސްލިމުންގެ ޖިހާދާއި ފުތޫޙާތުތަކާއެވެ‪.‬‬

‫ޢަލައިހި ވަސައްލަމައާ ހަމައިން ފެށިގެން ޢުޘްމާނީ ދައުލަތުގެ ބާރު‬ ‫ޞައްލަﷲ‬ ‫ ޙަޤީޤަތް‪ :‬ނަބިއްޔާ‬
‫ނެތިވެއްޖައުމަށް ދާންދެން‪ ،‬މުސްލިމުން އަމިއްލަ ދިފާޢުގައި ޖިހާދު ކުރިއެވެ‪ .‬އަދި އިސްލާމީ ރިސާލަތު‬
‫ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވެސް ޖިހާދު ކުރިއެވެ‪ .‬އެ ޖިހާދުގެ ތެރޭގައި‪ ،‬އެކިއެކި‬
‫ރަށްރަށާއި ޤައުމުތައް ފަތަޙަވެ‪ ،‬މުސްލިމުންގެ ބާރުގެ ދަށަށް ދިޔައެވެ‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬އެ ރަށްރަށުގައި‬
‫އިސްލާމްދީނަށް ވަންނަން ބޭނުންވެފައި ތިބި މީހުންނަށް އިސްލާމްދީނަށް ވަދެ‪ ،‬ފާޅުގައި އިސްލާމްދީނަށް‬
‫ނިސްބަތް ވުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ‪ .‬އަދި އެ ރަށްރަށުގައި އިސްލާމްދީނަށް ގޮވައިލުމުގެ‬
‫މަގު ފަހިވެގެން ދިޔައެވެ‪ .‬އަދި އެ ރަށްރަށުގައި މިސްކިތްތައް ބިނާކުރެވުނެވެ‪ .‬އަދި އެ ރަށްރަށުގައި އުޅޭ‬
‫ކާފިރުންނަށް މުސްލިމުންގެ ޢަދުލުވެރިކަމާއި ރިވެތި އުޞޫލުތައް ހަމަ ލޮލަށް ފެނުމުގެ ފުރުސަތު ލިބިގެން‬
‫ދިޔައެވެ‪ .‬އޭގެ ސަބަބުން‪ ،‬އެ ރަށްރަށުގެ މީސްތަކުން‬
‫ވިސް ނާ ލަބަލަ‬ ‫ބައިބަޔަށް އިސްލާމްދީނަށް ވަންނަން ފެށިއެވެ‪.‬‬

‫މިއަދު ހުޅަނގުގައްޔާއި މުޅި ދުނިޔޭގައި‬ ‫ ރައްދު‪ :‬މި ވަގުތު ދުނިޔޭގައި މުސްލިމުންގެ އާބާދީ‬
‫ވެސް އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ‬ ‫އެންމެ ބޮޑު އިންޑޮނޭޝިއާއަށާއި‪ ،‬ދިވެހިރާއްޖެ ފަދަ‬
‫އިސްލާމްދީނެވެ‪ .‬މިކަމުގެ ސިއްރަކީ‬ ‫މުސްލިމުން އުޅޭ އެތަކެއް ޤައުމަކާ ހަމައަށް އިސްލާމީ‬
‫ކޮބައިހެއްޔެވެ؟‬ ‫ލަޝްކަރުތައް ފޯރާފައެއް ނުވެއެވެ‪ .‬ހަމައެހެންމެ‪،‬‬
‫މުސްލިމުން އިސްލާމްދީން ފެތުރީ ކަނޑީގެ ބާރުން‬
‫މަޖުބޫރުކޮށްގެން ކަމުގައިވާ ނަމަ‪ ،‬އިންޑިޔާގައި‬
‫މުސްލިމުން އެތަކެއް ސަތޭކަ އަހަރު ވެރިކަން ކުރިއިރު‪ ،‬މުޅި އިންޑިޔާގެ އަހުލުވެރިން އިސްލާމްދީނަށް‬
‫ގަދަކަމުން ވެއްދީސްކަން ކަށަވަރެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪196‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ ސަބަބު‪ :‬ކާފިރުންނަކީ އެ މީހުން ހިފާ ރަށްރަށުގެ އަހުލުވެރިން ގަދަކަމުން އެ ކާފިރުންގެ ދީނަށް‬


‫ވައްދަން މަސައްކަތް ކުރި ބަޔަކު ކަމުގައި ވާތީ‪ ،‬މުސްލިމުންގެ ޖިހާދާއި ފުތޫޙާތުތަކުގައި މުސްލިމުން ވެސް‬
‫ޢަމަލުކޮށްފައި އޮންނާނީ އެ ގޮތަށް ކަމުގައި އެބައިމީހުންނަށް ހީވުމެވެ‪ .‬އަދި އިސްލާމްދީނަށް ނިސްބަތް ވާ‬
‫މީހުންގެ އަދަދުގެ ގިނަކަމާ ހުރެ ކާފިރުންގެ ހިތުގައި އޮންނަ ޙަސަދައިގެ ބޮޑުކަމުންނެވެ‪.‬‬

‫‪ .2‬އަންހެނުންނަށް ފިރިހެނުންނަށް ވުރެ މަދުން ތަރިކައިން ލިބޭތީ‪ ،‬އިސްލާމްދީނުގައި އަންހެނުންނާ‬


‫މެދު ނުޙައްޤު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬އިސްލާމްދީނުގައި އަންހެނުންނާ މެދު ނުޙައްޤު ތަފާތު ކުރުން ގެންގުޅޭ‬
‫ކަމަށް ޤަބޫލުކުރުމެވެ‪ .‬އަދި މި ތަނުގައި‪ ،‬މި ކުށްހީ ގުޅިފައި ވަނީ‪ ،‬އަންހެނުންނަށް ފިރިހެނުންނަށް ވުރެ‬
‫މަދުން ތަރިކައިން ލިބުމާއެވެ‪.‬‬

‫ ޙަޤީޤަތް‪ :‬ވާރުތަވާ މުދަލެއްގެ ދަރަޖައިން‪ ،‬ތަރިކައިން މުދާ ލިބޭ މީހެއްގެ ދަރަޖައަށް އަންހެނާގެ ދަރަޖަ‬
‫އުފުލައިދިނީ އިސްލާމްދީނެވެ‪ .‬އަންހެނުންނަށް ފިރިހެނުންނެކޭ އެއް ފަދައިން ވާރުތަމުދާ ލިބުމުގެ ޙައްޤު‬
‫އިސްލާމްދީނުގައި ވެސް ލިބިދީފައި އޮވެއެވެ‪ .‬އެ ގޮތުން‪ ،‬ބައެއް ފަހަރު ފިރިހެނުންނަށް ވުރެ ގިނައިން‪،‬‬
‫އަދި އަނެއްބައި ފަހަރު ފިރިހެނުންނާ އެއް ވަރަކަށް‪ ،‬އަދި އަނެއްބައި ފަހަރު ފިރިހެނުންނަށް ވުރެ މަދުން‬
‫އަންހެނުންނަށް ވާރުތަމުދަލުން ލިބެއެވެ‪ .‬އެހެންނަމަވެސް‪ ،‬އިސްލާމްދީނުގައި ނިޒާމު އޮންނަ ގޮތުން‪ ،‬ޚަރަދު‬
‫ކުރުމުގެ ޒިންމާ އުފުލަން ޖެހެނީ‪ ،‬މުޅިން ވެސް ފިރިހެނުންނެވެ‪ .‬މައިންބަފައިންނަށް ނުވަތަ ފިރިމީހާއަށް‬
‫ނުވަތަ ދަރީންނަށް ނުވަތަ ޢާއިލާގެ އެހެނިހެން ވެސް އަފުރާދުންނަށާއި ގާތްތިމާގެ މީހުންނަށް ޚަރަދު ކުރުމުގެ‬
‫ޒިންމާ އަންހެނުންގެ ބޮލުގައި އެޅިފައެއް ނުވެއެވެ‪ .‬އެންމެ‬
‫ތި ަޔ ކުދިން ަ‬
‫ނ ްށ އެ ޭގތަ‬ ‫ކުޑަމިނުން އަމިއްލަ ނަފްސަށް ބޭނުން ވާ ކަންކަމަށް‬

‫ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ‬ ‫އަމިއްލަ އަތުގައި ހުންނަ ފައިސާއިން ޚަރަދު ކުރުމީ ވެސް‬

‫ވާރުތަ މުދަލުން ލިބޭ ބައެއް ނޫނެވެ‪.‬‬ ‫އަންހެނުންނަށް ލާޒިމު ކަމެއް ނޫނެވެ‪ .‬އަދި އަންހެނެއްގެ‬

‫އަދިކިއެއްތަ ފިރިމީހާ މަރުވުމާއެކު‬ ‫އަތުގައި ފައިސާ ހުރި ކަމުގައި ވިޔަސް‪ ،‬އޭނާގެ އަމިއްލަ‬

‫އަނބިމީހާ ވާރުތަ މުދަލުގެ ގޮތުގައި‬ ‫ޚަރަދުތައް ހަމަޖެއްސުމަކަށް ނުވަތަ އެ ފައިސާއިން‬

‫ޢާއިލާގެ އެހެން މީހަކަށް ލިބެއެވެ‪.‬‬ ‫ޢާއިލާއަށް ޚަރަދު ކުރުމަކަށް އެ އަންހެނާއަކަށް ލާޒިމެއް‬


‫ނުކުރެވޭނެތެވެ‪ .‬ވީއިރު‪ ،‬އިސްލާމްދީނުގައި ޚަރަދު ކުރުމުގެ‬

‫‪197‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫އިންތިޒާމު މި ފަދައިން އޮންނަ އިރު‪ ،‬ވާރުތަމުދަލުން އަންހެނުންނަށް ލިބޭ މިންވަރުގެ ދެގުނަ ފިރިހެނުންނަށް‬
‫ލިބޭ ޙާލަތްތަކުގައި ލިބުނު ކަމުގައި ވިޔަސް‪ ،‬މުޅި އެ އިންތިޒާމު އޮންނަ ގޮތުން އެ އޮންނަނީ‪،‬‬
‫ފިރިހެނުންނާއި އަންހެނުންނަށް ވެސް ޢަދުލުވެރި ގޮތުގައި ހަމަހަމަކުރައްވާފައެވެ‪.‬‬

‫ ރައްދު‪ :‬އިސްވެ ދިޔަ ޙަޤީޤަތަށް ރިޢާޔަތް ކުރާއިރު‪ ،‬ވާރުތަމުދަލުން ހުރިހައި ހާލަތެއްގައި ވެސް‬
‫ފިރިހެނުންނާއި އަންހެނުންނަށް އެއް ވަރަކަށް ލިބޭ ގޮތަށް އޮތް ނަމަ‪ ،‬އެ ގޮތް‪ ،‬އެކްއިޓީ ނުވަތަ ޢަދުލުވެރި‬
‫ގޮތާ ޚިލާފު ވާނެކަން ކަށަވަރެވެ‪.‬‬

‫ ސަބަބު‪ :‬މި ކުށްހީ އުފެދެން މެދުވެރިވަނީ‪ ،‬އިސްލާމީ ނިޒާމު ބައްޓަންވެފައި ވާ ގޮތް ރަނގަޅަށް‬
‫ނޭނގުމުގެ ސަބަބުންނެވެ‪.‬‬

‫‪ .3‬ފިރިހެނުންނަށް އެއް އަތްނބަށް ވުރެ ގިނަ އަނބީންނާ ކައިވެނި ކުރުމުގެ ހުއްދަ އޮންނައިރު‪،‬‬
‫އަންހެނުންނަށް އެ ހުއްދަ ނޯންނާތީ‪ ،‬އިސްލާމްދީނުގައި ފިރިހެނުންގެ މަޞްލަޙަތަށް މާ ބޮޑަށް‬
‫އިސްކަންދީފައި ވާ ކަމަށް ބުނާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬އިސްލާމްދީނުގައި ފިރިހެނުންގެ މަޞްލަޙަތަށް މާ ބޮޑަށް އިސްކަންދީފައި‬


‫ވާ ކަމަށް ޤަބޫލުކުރުމެވެ‪ .‬އަދި މި ތަނުގައި‪ ،‬މި ކުށްހީ ގުޅިފައި ވަނީ‪ ،‬ފިރިހެނުންނަށް އެއް އަތްނބަށް ވުރެ‬
‫ގިނަ އަނބިންނާ ކައިވެނި ކުރުމުގެ ހުއްދަ އޮތުމާއެވެ‪.‬‬

‫ ޙަޤީޤަތް‪ :‬ފިރިހެނުންނަށް ގިނަވެގެން ހަތަރު އަނބިންނާ އެއް ވަގުތެއްގައި ކައިވެނިކޮށްގެން އުޅުމުގެ‬


‫ހުއްދަ އިސްލާމްދީނުގައި ދެއްވާފައި ވަނީ‪ ،‬ވަރަށް މާތް މަޤުޞަދެއްގައެވެ‪ .‬އަދި އެ ހުއްދަ ލިބެނީ ވެސް‪،‬‬
‫އެކަމަށް ކުޅަދާނަކަށް ލިބިގެންވާ‪ ،‬އަނބިންގެ މެދުގައި ޢަދުލުވެރިކަމާ އެކު ހަމަހަމަކަން ޤާއިމު ކުރުމުގެ‬
‫ކުޅަދާނަކަން ލިބިގެން ވާ މީހުންނަށް އެކަންޏެވެ‪ .‬އަދި ފިރިހެނަކު ގިނަ އަންހެނުންނާ ކައިވެނި ކުރި ކަމުގައި‬
‫ވިޔަސް‪ ،‬ނަސްލު އޮޅުން ފަދަ ކަމެއް މެދުވެރި ނުވާނެތީ ވެސް މެއެވެ‪ .‬މިއާ ޚިލާފަށް‪ ،‬އަންހެނުންނަށް‬
‫ގިނަ ފިރިހެނުންނާ އެއް ވަގުތެއްގައި ކައިވެނިކޮށްގެން އުޅުން އިސްލާމްދީނުގައި މަނާކުރައްވާފައި ވަނީ‪،‬‬
‫އޭގެ ސަބަބުން އެ ފަދަ އަންހެނަކަށް ލިބޭ ދަރިންގެ ނަސްލު އޮޅުންބޮޅުންވުން ފަދަ އެތަކެއް ފަސާދަތަކެއް‬
‫މެދުވެރިވެދާނެތީއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪198‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ ރައްދު‪ :‬ފިރިހެނުންނަށް އެއް އަނތްބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރުމުގެ ހުއްދަ އޮވެފައި‪ ،‬އެ‬
‫ހުއްދަ އަންހެނުންނަށް ނޯންނަނީ‪ ،‬ފިރިހެނުންނަށް އެ ހުއްދަ އޮތުމަކުން އޭގެ ޒާތުގައި އެއްވެސް ފަސާދައެއް‬
‫ނެތިފައި‪ ،‬އަންހެނުންނަށް އެ ހުއްދަ ދީފި ނަމަ‪ ،‬އޭގެ ޒާތުގައި ބޮޑެތި ފަސާދަތަކެއް ކުރިމަތިވާނެތީއެވެ‪.‬‬
‫އެއީ‪ ،‬އެއްވެސް ހާލަތެއްގައި ފިރިހެނުން މަތިވެރިކޮށްފައި‪ ،‬އަންހެނުންގެ ދަރަޖަ ދަށްކުރުމުގެ ގޮތުން‬
‫ކަނޑައަޅުއްވާފައި ވާ ގޮތެއް ނޫނެވެ‪.‬‬

‫ ސަބަބު‪ :‬އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން‪ ،‬ނަސްލު ރައްކާތެރިކުރުމުގެ މަޤުޞަދަށް‬


‫ހޭލުންތެރި ނުވުމާއި‪ ،‬އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައި ވާ މަތިވެރި މަޤާމާއި ދަރަޖަ ނޭނގުން‪،‬‬
‫އަދި އެއް ވަގުތެއްގައި ގިނަ އަނބިންނާ ކައިވެނި ކުރުން މުހިންމުވާ ހާލަތްތަކެއް އޮންނަކަން ނޭނގުމެވެ‪.‬‬

‫‪ .4‬ޒިނޭ ކުރާ މީހުން ރަޖަމު ކުރުމާއި ވައްކަން ކުރާ މީހުންގެ އަތް ކެނޑުން ފަދަ ކަންކަން‬
‫އޮންނާތީ‪ ،‬އިސްލާމްދީނަކީ މި ޒަމާނަށް ނުފެތޭ ދީނެއް ކަމަށް ބުނާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬އިސްލާމްދީނަކީ މި ޒަމާނަށް ނުފެތޭ ދީނެއް ކަމަށް ޤަބޫލުކުރުމެވެ‪ .‬އަދި‬
‫މި ތަނުގައި‪ ،‬މި ކުށްހީ ގުޅިފައި ވަނީ‪ ،‬ޒިނޭ ކުރާ މީހުން ރަޖަމު ކުރުމާއި ވައްކަން ކުރާ މީހުންގެ އަތް‬
‫ކެނޑުމާއި މުރުތައްދު ވާ މީހުން ޤަތުލުކުރުމާއި ޙައްޤަކާ ނުލައި ޤަޞްދުގައި އަނެކާ ޤަތުލުކޮށްފި މީހާ ނުވަތަ‬
‫އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ދީފި މީހާގެ ކިބައިން ޤިޞާޞް ހިފުމަށް ކަނޑައެޅިފައި އޮތުމާއެވެ‪.‬‬

‫ ޙަޤީޤަތް‪ :‬އިސްލާމްދީނުގައި‪ ،‬ޒިނޭ ކުރާ މީހުން ރަޖަމު ކުރެވެނީ އަދި ވައްކަން ކުރާ މީހުންގެ އަތް‬
‫ކެނޑެނީ އަދި މުރުތައްދު ވާ މީހުން ޤަތުލުކުރެވެނީ އަދި ޤިޞާޞް ހިފެނީ‪ ،‬ވަކި ޝަރުޠުތަކެއް ފުރިހަމަވެ‪،‬‬
‫އެ އަދަބު ދިނުން މަނާކުރާ ކަމެއް ނެތިއްޖެ ނަމައެވެ‪ .‬މީހަކު ޒިނޭ ކުރާއިރަށް ރަޖަމް ކުރުމެއް ނޯވެއެވެ‪.‬‬
‫އަދި ވައްކަމެއް ކުރާއިރަށް އަތް ކެނޑުމެއް ވެސް ނޯވެއެވެ‪ .‬އަދި މުރުތައްދު ވާއިރަށް ޤަތުލުކުރުމެއް ވެސް‬
‫ނޯވެއެވެ‪ .‬އަދި ޙައްޤަކާ ނުލައި އަނެކާ ޤަތުލުކުރާއިރަށް ނުވަތަ އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ދޭއިރަށް‬
‫ޤިޞާޞް ހިފުމެއް ވެސް ނޯވެއެވެ‪ .‬އިސްލާމްދީނުގައި އެފަދަ ބޮޑެތި އަދަބުތަކެއް އެ ކުށްތައް ކުރާ މީހުންނަށް‬
‫ކަނޑައަޅުއްވާފައި ވަނީ‪ ،‬އެ ކަންކަމުގެ ނުބައިކަމާއި މުޖުތަމަޢަށް އެކަންކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ‬
‫ބޮޑުކަމުގެ ސަބަބުންނެވެ‪ .‬އަދި ބޮޑެތި އަދަބުތައް ކަނޑައެޅުއްވުމާ އެކު‪ ،‬އެ އަދަބު ދިނުމަށް ބޭނުންވާ‬
‫ހެކިތައް ވެސް ވަރުގަދަކުރައްވާފައި ވެއެވެ‪.‬‬

‫‪199‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ ރައްދު‪ :‬މި ކުށްހީ ގެންގުޅޭ މީހުން ވެސް އެކިއެކި ކުށްކުށުގައި ކުށްވެރިންނަށް ބޮޑެތިވެގެން ވާ‬
‫އަދަބުތައް ދީ އުޅެއެވެ‪ .‬އަދި ބައެއް ފަހަރު‪ ،‬ކުރާ ނުވަތަ ކުރަން އުޅުނު ކުޑަކުޑަ ކަމަކުން މީހާ މުޅި‬
‫ޢުމުރުދުވަހު ޖަލުގައި އޮންނަން ވެސް އެބަ ޖައްސައެވެ‪ .‬ވީއިރު‪ ،‬އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވާ‬
‫އެ އިޝާރާތްކުރެވޭ އަދަބުތަކަކީ ޒަމާނަށް ނުފެތޭ‪ ،‬މާބޮޑެތި އަދަބުތަކެއް ކަމުގައި ބުނުމުގެ ޖާގައެއް ނެތެވެ‪.‬‬
‫ޚާއްޞަކޮށް‪ ،‬ރަޖަމްކުރުމާއި އަތް ކެނޑުމާއި ޤިޞާޞްފަދަ އަދަބުތައް ފުރިހަމައަށް ތަންފީޒު ކުރެވިއްޖެ ނަމަ‪،‬‬
‫އެ މުޖުތަމަޢެއްގައި ޒިނޭއާއި ވައްކަމާއި ޙައްޤަކާ ނުލައި މީހުން ޤަތުލު ކުރުމާއި ޖިސްމާނީ ހާނީއްކަ ދިނުން‬
‫އެއްކޮށް ނުހުއްޓެވުނު ކަމުގައި ވިޔަސް‪ ،‬އާދަޔާ ޚިލާފު ބޮޑު ނިސްބަތަކުން އެކަން މަދުކުރެވޭނެކަމާ މެދު‬
‫އެންމެންނަށް ވެސް އެއްބަސް ވެވޭ ހިނދުގައެވެ‪.‬‬

‫ ސަބަބު‪ :‬އެކި ކުށްކުށަށް ކަނޑައަޅަން ޖެހޭނީ‪ ،‬ޒަމާނުގެ އޮއިވަރުތަކުގައި ޖެހިފައި ވާ ތިމާމީހާގެ އަމިއްލަ‬
‫ސިކުނޑިއަށް ފެންނަ އަދަބުތައް ކަމުގައި ޤަބޫލުކުރެވުމާއި‪ ،‬ނުޙައްޤުން ނިޔާކަނޑައެޅުން ޢާއްމުވެފައި‬
‫ވާ ޒަމާނެއްގައި‪ ،‬އިޢާދަނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެ ކަމަށް ޤަބޫލުކުރުމެވެ‪ .‬އެހެންނަމަވެސް‪،‬‬
‫ދުނިޔެމަތީގައި ޙުކުމް ކުރާނީ ބޭރުފުށަށް ކަމުގައި ވުމުން‪ ،‬ނުޙައްޤުން ލިބޭ ގެއްލުންތަކަށް ޢަދުލުވެރި ބަދަލެއް‬
‫މި ދުނިޔެމަތީގައި ނުލިބިއްޖެ ނަމަ‪ ،‬އާޚިރަތް ދުވަހުން އެ ގެއްލުމަށް ޢަދުލުވެރި ބަދަލެއް ލިބޭނެކަމަށް‬
‫ޤަބޫލުކުރުމީ މުސްލިމުންގެ ޢަޤީދާއެވެ‪.‬‬

‫‪ .5‬އިސްލާމްދީނަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ދީނެއް ކަމަށް ޤަބޫލުކުރާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬އިސްލާމްދީނަކީ ޓެރަރިޒަމަށް ހިތްވަރު ދޭ ދީނެއް ކަމަށް ޤަބޫލުކުރުމެވެ‪.‬‬

‫ ޙަޤީޤަތް‪ :‬މި ޒަމާނުގައި ޓެރަރިޒަމާއި ޓެރަރިސްޓުގެ ލަފްޒަކީ އެ ބަޔަކަށް ފެންނަ ގޮތަކަށް ބޭނުން‬
‫ކުރަމުން ދާ‪ ،‬އެންމެންނަށް އޭގެ ތަޢުރީފާ މެދު އިއްތިފާޤުވެވިފައި ނުވާ ލަފްޒެކެވެ‪ .‬އެހެންނަމަވެސް‪،‬‬
‫ޓެރަރިޒަމްގެ މުރާދަކީ‪ ،‬ޙައްޤަކާ ނުލައި އަނެކުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ދިނުން ކަމުގައި‬
‫ވާ ނަމަ‪ ،‬އެއީ އިސްލާމްދީން ގޮވައިލާ އަދި އިސްލާމްދީން ބަލައިގަންނަ ކަމެއް ނޫނެވެ‪ .‬އެހެނީ‪،‬‬
‫އިސްލާމްދީނުގައި އޮންނަ ޖިހާދަކީ‪ ،‬އޭގައި ވަކި އުޞޫލުތަކަކާއި ހަމަތަކެއް ކަނޑައެޅިފައި އޮންނަ‬
‫މަތިވެރި ޢަމަލެކެވެ‪ .‬ޙައްޤަކާ ނުލައި‪ ،‬މީހުން މެރުމަކީ ޖިހާދެއް ނޫނެވެ‪ .‬އަދި ޙައްޤަކާ ނުލައި‪ ،‬އެހެން‬
‫ދީންތަކުގެ އަޅުކަން ކުރާ ތަންތަނަށް ގެއްލުން ދިނުމަކީ ވެސް ޖިހާދެއް ނޫނެވެ‪ .‬އަދި އަމިއްލަ އަމިއްލައަށް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪200‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫މުސްލިމުންނަށް ޙުކުމް ޖަހައި‪ ،‬ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު ނުދީ‪ ،‬އެ މުސްލިމުންގެ ލޭ ޙަލާލުކޮށް‪،‬‬
‫އެ މުސްލިމުން މެރުމީ ވެސް ޖިހާދެއް ނޫނެވެ‪.‬‬

‫ ރައްދު‪ :‬ޖިހާދުގެ ނަމުގައި ޓެރަރިޒަމުގެ ޢަމަލުތައް ހިންގި ކަމުގައި ވިޔަސް‪ ،‬އެ ކަން އިސްލާމްދީނަށް‬
‫ނިސްބަތެއް ނުކުރެވޭނެއެވެ‪.‬‬

‫ ސަބަބު‪ :‬އިސްލާމްދީނުގައި ޖިހާދު ކުރުން އޮވެފައި‪ ،‬ޖިހާދުކަމަށް ބުނެ ޓެރަރިޒަމްގެ ޢަމަލުތައް ބައެއް‬
‫ފަރާތްތަކުން ހިންގުމެވެ‪.‬‬

‫‪ .6‬ޤުރްއާނުގައި ވާ ގޮތުން އިރު އޮއްސެނީ ފެންގަނޑަކަށޭ ބުނެ‪ ،‬ޤުރްއާނުގައި ކުށްތައް ވާ ކަމަށް‬
‫ބުނާ މައްސަލަ‬

‫ ކުށްހީ‪ :‬މި ތަނުގައި ކުށްހީއަކީ‪ ،‬ޤުރްއާނުގައި ޢިލްމީ ޙަޤީޤަތްތަކާ ފުށުއަރާ ކުށްތައް ވާ ކަމަށް‬
‫ޤަބޫލުކުރުމެވެ‪ .‬އަދި މި ތަނުގައި‪ ،‬މި ކުށްހީ ގުޅިފައި ވަނީ‪ ،‬ޤުރްއާނުގައި ވާ ގޮތުން އިރު އޮއްސެނީ‬
‫ފެންގަނޑަކަށް ކަމަށް ބުނާ ބުނުމާއެވެ‪.‬‬

‫ގެ އަންނަނިވި ވަޙީ ބަސްފުޅަށެވެ‪.‬‬ ‫ﷲ‬ ‫ ޙަޤީޤަތް‪ :‬މި ކުށްހީގައި އެ އިޝާރާތް ކުރެވެނީ‪ ،‬މާތް‬

‫󺮭‬ ‫﴿‬
‫(ސޫރަތުލްކަހްފު‪)86 :‬‬ ‫󺮶󺮷󺮸 ﴾‬
‫މާނައީ‪[ :‬އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާންދެނެވެ‪ .‬އެ ހިނދު ކަޅުކުލައިގެ ފެންގަނޑަކަށް‬
‫އިރުއޮސްފުހޭތީ‪ ،‬އޭނާއަށް ފެނިވަޑައިގަތެވެ‪ .‬އަދި އެތާނގެ ކައިރިން އޭނާއަށް ޤައުމެއްގެ މީހުން‬
‫ފެނިވަޑައިގަތެވެ‪ .‬ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ‪ .‬އޭ ޛުލްޤަރްނައިނެވެ! އެހެންޏާ އެއުރެންނަށް‬
‫ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާ މެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ!]‬

‫ މި ކުށްހީ ގެންގުޅޭ މީހުން ދަޢުވާ ކުރާ ގޮތުން‪ ،‬ދުނިޔޭގައި ވާ ކުޑަ‬


‫ފެންގަނޑެއްގެ އެތެރެއަށް‪ ،‬އެއޮށް ބޮޑު އިރު އޮއްސޭ ވާހަކަ މި އާޔަތުގައި‬
‫އެ ވަނީ ބަޔާންކޮށްފައެވެ‪ .‬އަދި އެ ގޮތަށް‪ ،‬ތަފްސީރު ޢިލްމުވެރިން ކުރެ‬
‫އިމާމު ބައިޟާވީ ވެސް ވިދާޅުވެފައި ވާ ކަމަށް އެބައިމީހުން ބުނެއެވެ‪.‬‬

‫‪201‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫ ރައްދު‪ :‬އެ އާޔަތުގައި ފެންގަނޑަކަށް އިރު އޮއްސޭ ވާހަކަ ބަޔާންވެފައި އެ ވަނީ‪ ،‬ޛުލްޤަރުނައިނި‬
‫ރަސްގެފާނަށް ފެންގަނޑަކާއި ދިމާއަށް އިރު އޮއްސޭ ތަން ފެނިވަޑައިގެންނެވުމުންނެވެ‪ .‬އެއްވެސް‬
‫ހާލަތެއްގައި‪ ،‬އޭގެ މާނައަކީ‪ ،‬ފެންގަނޑުގެ ތެރެއަށް އިރު އޮއްސޭ ވާހަކައެއް ނޫނެވެ‪ .‬އަދި ޤުރްއާނުގައި އެ‬
‫ގޮތަށް ސިފަ ކުރައްވާފައި އެ ވަނީ‪ ،‬ފެންގަނޑެއްގެ އެތެރެއަށް އިރުއޮއްސޭ ވާހަކަ ބުނުމުގެ ގޮތުން ކަމުގެ‬
‫އެއްވެސް ހެއްކެއް ފެންނާކަށް ވެސް ނެތެވެ‪ .‬އެ ގޮތަށް‪ ،‬ތަފްސީރު ޢިލްމުވެރިން ކުރެ އިމާމު ބައިޟާވީ‬
‫ވިދާޅުވެފައިވެޔޭ ބުނެ ދައްކަނީ ބުހުތާނު ދޮގެކެވެ‪ .‬އެ ބޭފުޅާގެ ތަފްސީރުގައި އެ ފަދަ އެއްވެސް ވާހަކައެއް‬
‫ނެތެވެ‪.‬‬

‫ ސަބަބު‪ :‬ކީރިތި ޤުރްއާނުގައި އެކިއެކި ކަންކަމާ ގުޅޭ ސިފަކުރުންތައް އައިސްފައި ވަނީ‪ ،‬އެންމެ އާދައިގެ‬
‫މީހާއަށް ވެސް ވިސްނޭނޭ ގޮތަށް‪ ،‬އަދި އެންމެ މޮޅު މީހާއަށް އެނގޭ ގޮތާ ވެސް ފުށުނާރާ ގޮތަށްކަން‬
‫ނޭނގުމެވެ‪ .‬އަދި އިސްލާމްދީނާ މެދު ކުށްހީތައް އުފެއްދުމަށްޓަކައި ބަޔަކު މީހުން އަމިއްލައަށް ހަދާފައި ވާ‬
‫ބުހުތާނު ދޮގުތަކެއްގައި ޖެހުމެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬އިސްލާމްދީނާ މެދު ކުރެވޭ ކުށްހީތަކޭ ބުނެވެނީ ކޮން ކަމަކަށް ހެއްޔެވެ؟‬


‫‪ .2‬ވާރުތަމުދަލުން ލިބޭލިބުމުގައި ބައެއް ހާލަތްތަކުގައި އަންހެނުންނަށް ލިބޭ މިންވަރުގެ ދެ ގުނަ އިތުރަށް‬
‫ފިރިހެނުންނަށް ލިބުން މައްސަލައަކަށް ނުވަނީ ކީއްވެގެން ހެއްޔެވެ؟‬
‫‪ .3‬އިސްލާމްދީން ފެތުރިފައި ވަނީ‪ ،‬ކަނޑީގެ ބާރުން ކަމުގައި ބުނާ މީހުންގެ ދަޢުވާގެ ބާޠިލުކަން ހާމަކޮށްދޭ ދެ‬
‫ހެއްކެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ އިސްލާމްފޯބިއާ ހަރަކާތަށް ނިސްބަތް ވާ ފަރާތްތަކުން ހުޅަނގުގައި މުސްލިމުންނާ ދެކޮޅަށް ވޭތުވެދިޔަ އަހަރު‬


‫ހިންގާފައި ވާ ތަފާތު ތިން ޖަރީމާއެއްގެ ޚަބަރު ހޯދައި‪ ،‬އެ ޖަރީމާތަކާ ގުޅުވައިގެން އެ ތަނުގެ މުސްލިމުން‬
‫ޢަމަލު ކުރި ގޮތް ދެނެގަނެ‪ ،‬އެ ޖަރީމާތަކުގައި މުސްލިމުން ޢަމަލު ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައި ކަމާ‬
‫މެދު ގުރޫޕުގައި މަޝްވަރާކޮށް‪ ،‬ދަރިވަރުންގެ ޚިޔާލުތައް ކުލާހަށް ހުށަހަޅާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪202‬‬


‫ޔުނިޓް ‪5‬‬ ‫އިސްލާމީ ޘަޤާފާ‬

‫ބަސް ކޮ ާށރު‪:‬‬
‫މާނަ ‪ /‬މުރާދު‬ ‫ލަފްޒު‬

‫އުފައްދަވާފައި ވާ އެންމެހައި ތަކެއްޗެއް ‪ /‬އުފެއްދެވިފައި ވާ ތަކެތި‬ ‫ﷲ‬ ‫މާތް‬ ‫މަޚުލޫޤުން‬

‫އިސްލާމްދީނަށް ވަނުމަށް ފަހު‪ ،‬އިސްލާމްދީނުން ބޭރުވެފައި ވާ މީހުން‬ ‫މުރުތައްދު ކާފިރުން‬

‫ދުނިޔެވީ ކަންކަމާއި ތަކެއްޗަށް އެދުން ކުޑަ‬ ‫ޒުހުދުވެރި‬

‫އާއެކު އެހެން ފަރާތެއް ބައިވެރި ކުރާ މީހުން‬ ‫ﷲ‬ ‫އަޅުކަމުގައި މާތް‬ ‫މުޝްރިކުން‬

‫އެންމެ ފުރަތަމަ އަދި އެންމެ މާތް ތިން ޤަރުނުގައި އުޅުއްވި ޞާލިޙު ޢިލްމުވެރިން ‪/‬‬ ‫ސަލަފުއްޞާލިޙުން ‪/‬‬
‫ކުރީ ޒަމާންތަކުގެ ޞާލިޙު ޢިލްމުވެރިން‬ ‫އައްސަލަފުއްޞާލިޙު‬

‫ގެ އެއްކައުވަންތަކަން‬ ‫ﷲ‬ ‫އެއްކައުވަންތަކަން ‪ /‬މާތް‬ ‫ތައުޙީދު‬

‫ފިޔަވައި އަޅުކަން ވެވޭ އެންމެހައި ފަރާތްތައް‬ ‫ﷲ‬ ‫މާތް‬ ‫ޡާޣޫތު‬

‫އިސްލާމްދީނަށްޓަކައި ގުޅުން ބޭއްވުމާއި ގުޅުން ކެނޑުން (ބަރީއަވުން)‬ ‫އަލްވަލާ ވަލްބަރާ‬

‫ރަނގަޅުހެން ހީވާ‪ ،‬އެހެންނަމަވެސް ބާޠިލު ބުނުންތަކާއި ކަންތައްތައް‬ ‫ޝުބުހަތައް‬

‫މަޑުމޮޅިވުން ‪ /‬އެހެން މީހުންނާ މެދު ހެޔޮކޮށް ދެކުން‬ ‫ތަވާޟުޢުވެރިވުން‬

‫މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ކަމަށާއި‪،‬‬ ‫ﷲ‬ ‫މާތް‬ ‫ޝަހާދަތުގެ ދެ ކަލިމަ‬
‫ގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ ބުނާ ބަސް‬ ‫ﷲ‬ ‫މުޙައްމަދުގެފާނީ މާތް‬

‫ކަމަކާ ވިދިގެން ލަހެއް ފަހެއް ނެތި ކަމެއް މެދުވެރިވުން‬ ‫ތަރުތީބުވެގެން ދިޔުން‬

‫މުޖުތަމަޢުގައި އުޅޭ ވަކިވަކި މީހުން‬ ‫މުޖުތަމަޢުގެ އަފުރާދުން‬

‫ދިރިތިބީންގެ ތެރެއިން މައްޔިތާގެ ޙައްޤުތައް އެ ބަޔަކަށް އަރާ މީހުން‬ ‫ވާރުތަވެރިން‬

‫އަނބިފިރިކަމުގެ ގުޅުން ހިންގުން‬ ‫ޖިމާޢުވުން‬

‫އެހެން މީހުންގެ ފަރާތުން ތިމާއަށް ލިބެންޖެހޭ ކަންކަން‬ ‫ޙައްޤުތައް‬

‫ތިމާ އެހެން މީހުންނަށް ކޮށްދޭން ޖެހޭ ކަންކަން‬ ‫ވާޖިބުތައް‬

‫‪203‬‬ ‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬


‫އިސްލާމީ ޘަޤާފާ‬ ‫ޔުނިޓް ‪5‬‬

‫މާނަ ‪ /‬މުރާދު‬ ‫ލަފްޒު‬

‫ދަރިފަސްކޮޅު‬ ‫ނަސްލު‬

‫ކީރިތި ޤުރްއާން މާނަ ކުރުމުގެ ދާއިރާއަށް ޚާއްޞަ ޢިލްމުވެރިން‬ ‫ތަފްސީރު ޢިލްމުވެރިން‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫‪204‬‬


‫ޔުނިޓް ‪6‬‬
‫އިސްލާމީ އަޚްލާޤު‬

‫މި ޔުނިޓުގައި އަޅުގަނޑު ‪...‬‬


‫● ●މާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުމަކީ ކޮބައިކަމާއި އެކަމުގެ މުހިންމުކަން‬
‫ދަސްކުރާނަން‬
‫● ●މާތް ﷲ ގެ މަޚްލޫޤުންނަށް އޯގާތެރިވުމަކީ ކޮބައިކަމާއި އެކަމުގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ތައުބާވުމަކީ ކޮބައިކަމާއި ތައުބާވުމުގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ހަވާނަފުސަށް ތަބާވުމަކީ ކޮބައިކަމާއި ހަވާނަފުސަށް ތަވާވުމުގެ ގެއްލުންތަކަކީ ކޮބައިކަން ދަސްކުރާނަން‬
‫● ●ނަފުސު ހިސާބުކުރުމަކީ ކޮބައިކަމާއި އެކަމުގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ދެބައޮޑުވުމާއި ނެތިމޮށުމަކީ ކޮބައިކަމާއި އެކަމުގެ ނުބައިކަން ދަސްކުރާނަން‬
‫● ●އިޖުތިމާޢީ ހަމަހަމަކަމަކީ ކޮބައިކަމާއި އެކަމުގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި ނަޒާހަތްތެރިކަމުގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ކުށް ޤަބޫލުކުރުމާއި މަޢާފު ކުރުމަކީ ކޮބައިކަމާއި އޭގެ މުހިންމުކަން ދަސްކުރާނަން‬
‫● ●ހެދުން އެޅުމުގެ އަދަބުތަކަކީ ކޮބައިކަމާއި އެ އަދަބުތަކުގައި ހިފެހެއްޓުމުގެ މުހިންމުކަން ދަސްކުރާނަން‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪1‬‬

‫މާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުން‬

‫އަށްޓަކައި ލޯބިވުމުގެ މާނައަކީ‪ ،‬މީހަކު ދެކެ ލޯބިވުމުގައި ދުނިޔެވީ އެއްވެސް އެދުމެއްނެތި ހަމައެކަނި‬ ‫ﷲ‬ ‫މާތް‬
‫ގެ އަމުރުފުޅުތަކަށް ބޯލަނބާ‬ ‫ﷲ‬ ‫އަށްޓަކައި ލޯބިވުމެވެ‪ .‬އެއީ އޭނާގެ ދީންވެރިކަމަށްޓަކައެވެ‪ .‬މާތް‬ ‫ﷲ‬ ‫މާތް‬
‫އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވާކަމަށްޓަކައެވެ‪.‬‬

‫އަށް އުރެދޭ‬ ‫ﷲ‬ ‫އަށްޓަކައި ރުޅިއައުމުގެ މާނައަކީ‪ ،‬މާތް‬ ‫ﷲ‬ ‫މާތް‬


‫އުރެދުމުގެ ސަބަބުން ނުވަތަ ކާފިރުވާ ކާފިރުކަމުގެ ސަބަބުން‬
‫މީހަކު ދެކެ ރުޅިއައުމެވެ‪ .‬އުރެދޭ އުރެދުމުގެ ސަބަބުން މީހަކުދެކެ‬
‫ރުޅިއަންނަންވާނީ އޭނާގެ އުރެދުމާ އެކަށީގެންވާ މިންވަރަށެވެ‪.‬‬

‫ދުނިޔަވީ ކަމެއްގެ ސަބަބުން މީހަކު ދެކެ އަންނަ ރުޅި މީގެ‬

‫ތެރޭގައި ނުހިމެނޭނެއެވެ‪.‬‬

‫އަށްޓަކައި ރުޅިއައުމުގެ މުހިންމުކަން‬ ‫ﷲ‬ ‫އަށްޓަކައި ލޯބިވުމާއި މާތް‬ ‫ﷲ‬ ‫މާތް‬ ‫‪1.1‬‬

‫އަށްޓަކައި ރުޅިއައުމަކީ‪ ،‬އިމާންކަމާ ގުޅިފައިވާ ކަމެކެވެ‪.‬‬ ‫ﷲ‬ ‫އަށްޓަކައި ލޯބިވުމާއި މާތް‬ ‫ﷲ‬ ‫‪ .1‬މާތް‬

‫އެހެންކަމުން މީހަކު ދެކެ ލޯބިވީކަމުގައިވިޔަސް އަދި މީހަކު ދެކެ ރުޅިއައިކަމުގައިވިޔަސް އަންނަންވާނީ‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ދުނިޔަވީ ބޭނުމެއް ނެތި‪ ،‬ހަމައެކަނި މާތް ﷲ އަށްޓަކައެވެ‪َ .‬ر ُس ْو ُل هللا َ‬
‫ض هلل ‪َ ،‬وأ َْعطَى هلل ‪َ ،‬وَمنَ َع هلل ‪ ،‬فَـ َق ْد‬ ‫ب هلل ‪َ ،‬وأَبـْغَ َ‬
‫َح َّ‬
‫ޙަދީޘްކުރައްވާފައިވެއެވެ‪َ [ .‬م ْن أ َ‬
‫ال ْيَان] (ރިވާކުރެއްވީ‪ :‬އަބޫ ދާވޫދު) މާނައީ‪[ :‬މީހަކު‪ ،‬މާތް ﷲ އަށްޓަކައި ލޯބިވެ‪ ،‬މާތް‬ ‫استَ ْكمل ِْ‬
‫ْ ََ‬
‫ﷲ އަށްޓަކައި ރުޅިއައިސް‪ ،‬މާތް ﷲ އަށްޓަކައި ޞަދަޤާތްކޮށް‪ ،‬މާތް ﷲ އަށްޓަކައި‪( ،‬ދިނުމުން)‬
‫މަނާވެގަތްނަމަ ހަމަކަށަވަރުން އޭނާގެ އީމާންތެރިކަން ފުރިހަމަވެއްޖެއެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪206‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ .2‬ޤިޔާމަތް ދުވަހުން‪ ،‬ޢަރުޝީގެ ހިޔާވަކަން ލިބޭ މަދު މީހުންގެ ތަރޭގައި މާތް ﷲ  އަށްޓަކައި ލޯބިވާ‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم ޙަދީޘްކުރައްވާފައިވެއެވެ‪َّ '' .‬‬


‫إن هللاَ تَ َـع َال‬ ‫ِ‬
‫މީހާ ހިމެނެއެވެ‪َ .‬ر ُس ْو ُل هللا َ‬
‫ُظلُّ ُه ْم ِف ِظلِّي يَ ْـوَم َل ِظ َّل إَِّل‬
‫القيام ِة‪ :‬أَين الْمتَحابُّو َن ِبـ َلِل؟ اليـوم أ ِ‬
‫ََْ‬ ‫َ‬ ‫ول يـَْوَم َ َ ْ َ ُ َ‬
‫ِ‬ ‫يَـ ُق ُ‬
‫ظلِّي''‪( .‬ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‪[ :‬ހަމަކަށަވަރުން ޤިޔާމަތް ދުވަހުން މާތް ﷲ ނިދާ އިއްވަވާ‬ ‫ِ‬
‫ހުއްޓެވެ‪ .‬ތިމަންރަސްކަލާނގެ މަތިވެރިކަމަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ކޮބައިހެއްޔެވެ؟‬
‫ތިމަންރަސްކަލާނގެ ރައްކާތެރިކަމާއި ޢިނާޔަތްތެރިކަމުގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއްނުވާ‬
‫މިދުވަހު‪ ،‬އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހިޔާވަހިކަން ދެއްވާހުށީމެވެ‪].‬‬

‫ލޯބިވެވޮޑިގަންނަވާނޭ‬ ‫ﷲ‬ ‫އަށްޓަކައި މީހަކު ދެކެ ލޯބިވުމަކީ އެކަމުގެ ސަބަބުން އެމީހަކު ދެކެ މާތް‬ ‫ﷲ‬ ‫‪ .3‬މާތް‬
‫ލޯބިވެވޮޑިގެންވާ އަޅުންގެ ތެރެއިން ހިމެނުމަކީ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް‬ ‫ﷲ‬ ‫ކަމެކެވެ‪ .‬މާތް‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘްކުރައްވާފައިވާ‬ ‫َر ُس ْو ُل هللا َ‬ ‫ފަލާޙާއި ކާމިޔާބު ލިބޭނޭ ކަމެއްކަން ކަށަވަރެވެ‪.‬‬
‫ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ‪[ .‬ހަމަކަށަވަރުން މީހަކު އޭނާގެ އަޚެއްގެ ގާތަށް ޒިޔާރަތް ކުރުމަށްޓަކައި‬
‫ދިޔައެވެ‪ .‬އޭނާގެ އެ އަޚާ ދިރިއުޅެމުން ދިޔައީ އެހެން އަވަށެއްގައެވެ‪ .‬މިމީހާ އޭނާގެ އަޚާގެ އަރިހަށް‬
‫ތަޢާލާ އޭނާ އިމްތިޙާން ކުރެއްވުމުގެ ގޮތުން މަލާއިކަތް ބޭކަލެއް‬ ‫ﷲ‬ ‫ޒިޔާރަތް ކުރުމަށްޓަކައި ދިޔަ މަގުމަތިން‬
‫ފޮނުއްވެވިއެވެ‪ .‬އެމަލާއިކަތާ އޭނާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ‪[ .‬ތިބާ ތިދަނީ ކޮންތާކަށް ތޯއެވެ؟]‬

‫އެމީހާ ޖަވާބުދިނެވެ‪[ .‬އަޅުގަނޑު މިދަނީ މި އަވަށުގައި ދިރިއުޅެމުންދާ އަޅުގަނޑުގެ އަޚެއްގެ ގާތަށެވެ‪].‬‬

‫މަލާއިކަތާ ސުވާލު ކުރެއްވިއެވެ‪[ .‬ބަދަލު ލިބޭ ގޮތެއްގެ މަތިން ތިބާއަށްޓަކައި އޭނާ ހެޔޮކަމެއް ކޮށްދީފައި‬

‫އަށްޓަކައި ތިމަންނަގެ އެ އަޚާ ދެކެ ވާލޯބި ފިޔަވައި‬ ‫ﷲ‬ ‫ވަނީތޯއެވެ؟] އޭނާ ޖަވާބުދިނެވެ‪[ .‬ނޫނެކެވެ‪.‬‬

‫އިތުރު އެއްޗެއް ތިމަންނައަކަށް ނުވެއެވެ‪ ].‬މަލާއިކަތާ ވިދާޅުވިއެވެ‪[ .‬ފަހެ ތިމަންނާއީ ﷲގެ ޙަޟްރަތުން‬

‫ތަޢާލާ ތިބާ ދެކެ‬ ‫ﷲ‬ ‫ތިބާގެ އަރިހަށް ފޮނުވުނު ފަރާތަކީމެވެ‪ .‬އެއީ ތިބާގެ އަޚާ ދެކެ ތިބާ ލޯބިވާ ފަދައިން‬

‫ލޯބިވެވޮޑިގެން ވާކަން އެންގެވުމަށްޓަކައެވެ‪( ].‬ރިވާކުރެއްވީ‪ :‬މުސްލިމް)‪.‬‬

‫‪207‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫އަށްޓަކައި ލޯބިވުމާއި މާތް ﷲ  އަށްޓަކައި ރުޅިއައުމުގެ މިސާލު‪:‬‬ ‫ﷲ‬ ‫މާތް‬ ‫‪1.2‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬ ‫ﷲ‬


‫ގެ ސީރަތުން‬ ‫َر ُس ْو ُل هللا َ‬ ‫އަށްޓަކައި ލޯބިވުމުގެ މިސާލު‪:‬‬ ‫‪ .1‬މާތް‬
‫އަށްޓަކައި ލޯބިވުމުގެ ވަރަށް ގިނަ މިސާލުތައް ފެނިގެން ދެއެވެ‪ .‬އޭގެތެރެއިންވެސް‪ ،‬މައްކާއިން‬ ‫ﷲ‬ ‫މާތް‬
‫މަދީނާއަށް ހިޖުރަކުރެއްވި މުހާޖިރުން ދެކެ އަންޞާރިއްޔަ ބޭކަލުން ވެވަޑައިގެންނެވި ލޯތްބަކީ ވަރަށް ފުރިހަމަ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫‪ ،‬މުހާޖިރިއްޔަ ބޭކަލުންކުރެ ޢަބްދުއްރަޙުމާނު ބުނު ޢައުފާއި‬ ‫َر ُس ْو ُل هللا َ‬ ‫މިސާލެކެވެ‪.‬‬
‫އަންޞާރިއްޔަ ބޭކަލުންކުރެ ސަޢުދު ބުނުއްރަބީޢު އަޚުކުރެއްވިއެވެ‪ .‬އެހިނދު ސަޢުދު ބުނުއްރަބީޢު އެކަލޭގެފާނުގެ‬
‫މުޅި މުދަލުގެ ދެބައިކޮށްފައި އެއްބަޔާއި‪ ،‬ދެ އަނބިކަނބަލުންކުރެ އެއް އަނބިކަނބަލަކު އިޚްތިޔާރުކުރެއްވުމަށް‬
‫ޢަބްދުއްރަޙުމާނު ބުނު ޢައުފުގެ އަރިހުން އެދިވަޑައިގެންނެވިއެވެ‪ .‬އެކަލޭގެފާނު މިގޮތަށް ހުށަހެޅުއްވީ ދުނިޔަވީ‬
‫އަށްޓަކައި އެކަލޭގެފާނު ދެކެ ވެވަޑައިގަންނަވާ‬ ‫ﷲ‬ ‫އެއްވެސް ބަދަލަކަށް އެދިވަޑައިގެންނެއްނޫނެވެ‪ .‬ހަމައެކަނި މާތް‬
‫ލޯބީގެ ސަބަބުންނެވެ‪ .‬އެހެނީ ޢަބްދުއްރަޙުމާނު ބުނު ޢައުފަކީ‪ ،‬އެއްވެސް އެއްޗެއް ނެތި ހުސްއަތާ މަދީނާއަށް‬
‫ހިޖުރަކުރެއްވި ބޭކަލެކެވެ‪ .‬ބަދަލުގައި ދެއްވާނޭ އެއްޗެއް އެކަލޭގެފާނުގެ އަތުގައި ނޯންނާނޭކަން‪ ،‬ސަޢުދުގެފާނަށް‬
‫އަށްޓަކައި އެކަލޭގެފާނު ދެކެ ވެވަޑައިގަންނަވާ ލޯބީގެ‬ ‫ﷲ‬ ‫އެނގިވަޑައިގަތުމާއެކު ވެސް އެގޮތަށް ހުށަހެޅުއްވީ މާތް‬
‫ސަބަބުންކަން ކަށަވަރެވެ‪.‬‬

‫ޢަބްދުﷲ‬ ‫އަށްޓަކައި ރުޅިއައުމުގެ މިސާލު‪ :‬މުނާފިޤުންގެ ވެރިޔާގޮތުގައި ސިފަކުރެވޭ‬ ‫ﷲ‬ ‫‪ .2‬މާތް‬


‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫އަށާއި އެކަލޭގެފާނުންގެ‬ ‫ބުނު އުބައްޔު ބުނު ސަލޫލުގެ ފަރާތުން َر ُس ْو ُل هللا َ‬
‫އަޞްޙާބުންނަށް އެތައް އުނދަގުލަކާ ކުރިމަތިވެވަޑައިގެންނެވިއެވެ‪ .‬ޢަބްދުﷲ ގެފާނަކީ‪ ،‬ޙައްޤު ގޮތުގައި‬
‫އީމާންވެވަޑައިގެން ހުންނެވި މާތް ޞަޙާބީއެކެވެ‪ .‬އެކަލޭގެފާނުގެ ބައްޕައަކީ ޢަބްދުﷲ ބުނު އުބައްޔު ބުނު‬
‫علَْي ِه وسلَّم އަށާއި އެކަލޭގެފާނުންގެ‬ ‫ސަލޫލުއެވެ‪ .‬ނަމަވެސް އޭނާގެ އުނދަގޫތައް رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َ َ َ َ‬ ‫َ ُْ‬
‫ِ‬ ‫ِ‬
‫سلَّ َم ގެ އަރިހުން އެދިވަޑައިގަތީ‬ ‫صلَّى هللاُ َعلَْيه َو َ‬ ‫އަޞްޙާބުންނަށް ބޮޑުވި ހިނދު‪ ،‬ޢަބްދުﷲ ގެފާނު َر ُس ْو ُل هللا َ‬
‫ޢަބްދުﷲ ބުނު އުބައްޔު ޤަތުލުކުރުމުގެ ހުއްދަ ދެއްވުމަށެވެ‪ .‬ހަމަކަށަވަރުން ވެސް އެކަލޭގެފާނު އޭނާ ދެކެ‬
‫ކޯފާވީ މާތް ﷲ އަށްޓަކައެވެ‪ .‬އެކަލޭގެފާނުގެ ބައްޕައަށް ވުމާއެކުވެސް އޭނާ ދެކެ ކޯފާ އައީ މާތް ﷲ އާއި‬
‫އެކަލާނގެ ރަސޫލާއަށް ބައްޕަ ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ‪ .‬މިއީ މާތް ﷲ އަށްޓަކައި ރުޅިއައުމުގެ ރީތި‬
‫މިސާލެކެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪208‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫މާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުމުގެ ފައިދާ‪:‬‬ ‫‪1.3‬‬

‫އަށްޓަކައި ލޯބިވުމާއި އެކަލާނގެއަށްޓަކައި ރުޅިއައުމަކީ‪ ،‬ދުނިޔެއާއި އާޚިރަތުގައިވެސް‬ ‫ﷲ‬ ‫މާތް‬


‫ފައިދާކުރާނޭކަމެކެވެ‪ .‬މިގޮތުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި‪:‬‬

‫އަށްޓަކައި ލޯބިވުމަކީ‪،‬‬ ‫ﷲ‬ ‫‪ .1‬ޤިޔާމަތް ދުވަހުން ޢަރުޝީގެ ހިޔާވަހިކަން ލިބުން‪ :‬އެކަކު އަނެކަކު ދެކެ މާތް‬
‫ބިރުވެރިކަން ބޮޑުވެގެންވާ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިގެން ދާނޭކަމެއްކަމަށް ކުރިން ބަޔާންވެ‬
‫ދިޔަ ޙަދީޘުން ދަލީލު ލިބެއެވެ‪.‬‬
‫އަށްޓަކައި‬ ‫ﷲ‬ ‫‪ .2‬މާތް ﷲ ލޯބިވެވޮޑިގެންވާ މީހަކު ކަމުގައިވުން‪ :‬ދުނިޔަވީ ބޭނުމެއް ނެތި ހަމައެކަނި މާތް‬
‫އެމީހަކު ދެކެ ލޯބިވެވޮޑިގެން ވާނޭ ކަމެއްކަން އިސްވެ‬ ‫ﷲ‬ ‫މީހަކު ދެކެ ލޯބިވުމަކީ‪ ،‬އެކަމުގެ ސަބަބުން މާތް‬
‫ބަޔާންވެދިޔަ ޙަދީޘުން ދަލީލު ލިބެއެވެ‪.‬‬
‫‪ .3‬އީމާންކަން ފުރިހަމަކޮށްދޭ ކަމެއް ކަމުގައިވުން‬
‫‪ .4‬އީމާންކަމުގެ ފޮނިކަން ލިބުމުގެ ސަބަބެއް ކަމުގައިވުން‪ :‬އެމީހެއްގެ ކިބައިގައި ތިން ސިފައެއް ވާނަމަ އެމީހަކަށް‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘް ކުރައްވާފައިވެއެވެ‪ .‬އޭގެ‬ ‫َر ُس ْو ُل هللا َ‬ ‫އީމާންކަމުގެ ފޮނިކަން ލިބޭނޭކަމަށް‬
‫އަށްޓަކައި ލޯބިވުމެވެ‪.‬‬ ‫ﷲ‬ ‫ތެރެއިން އެއް ކަމަކީ މާތް‬

‫މި ބަސް ފ ު ާޅ މ ެ ުދ ވިސް ނާ ު‬


‫ލމަ ްށ‬

‫ث َم ْن ُك َّن فِ ِيه َو َج َد بِِ َّن َحالََوةَ‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم ޙަދީޘްކުރައްވާފައިވެއެވެ‪" .‬ثََل ٌ‬ ‫ِ‬
‫َر ُس ْو ُل هللا َ‬
‫ب الْمرء َل ُِيبُّه إَِّل ِ ِ‬
‫ل‪َ ،‬وأَ ْن‬ ‫ِ‬ ‫ان‪ :‬أ ْن ي ُكو َن هللا ورسولُه أح َّ ِ ِ ِ ِ‬ ‫الْيَ ِ‬‫ِْ‬
‫ُ ّ‬ ‫ب إلَْيه مَّا س َو ُاهَا‪َ ،‬وأَ ْن ُي َّ َ ْ َ‬ ‫ُ ََ ُ ُ َ‬ ‫َ‬
‫ف ِف النَّا ِر"‪( .‬ރިވާކުރެއްވީ‪:‬‬ ‫ود يف ال ُك ْف ِر بـَْع َد أ ْن أَنْـ َق َذهُ هللاُ ِمْنهُ‪َ ،‬ك َما يَ ْكَرهُ أَ ْن يـُ ْق َذ َ‬
‫يَ ْكَرَه أ ْن يـَعُ َ‬
‫ބުޚާރީ‪ ،‬މުސްލިމް) މާނައީ‪[ :‬ތިން ސިފައެއް އެމީހާގެ ކިބައިގައި ހުރެއްޖެމީހާ އީމާންކަމުގެ ފޮނިކަން ދެކޭނެއެވެ‪.‬‬
‫صلَّى‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫އެމީހެއްގެ ގާތުގައި އެހެން ހުރިހައި އެއްޗަކަށްވުރެ ބޮޑަށް މާތް ﷲ އާއި އެކަލާނގެ‬
‫ގެ ލޮބުވެތިކަން ބޮޑުވުމާއި‪ ،‬މީހަކު އަނެކާ ދެކެ ލޯބިވަނީ ހަމައެކަނި މާތް ﷲ އަށްޓަކައި‬ ‫هللاُ َعلَْي ِه َو َسلَّ َم‬
‫ކަމަށްވުމާއި‪ ،‬ކާފިރުކަމުން މާތް ﷲ ސަލާމަތްކޮށް ދެއްވާފައި ވަނިކޮށް އަލުން އެނބުރި ކާފަރުކަމުގެ ތެރެއަށް‬
‫ދިޔުމަކީ‪ ،‬އަލިފާން ގަނޑަކަށް އޭނާ އެއްލާލެވުމަށް ނުރުހޭ ވަރަށްވުރެ ބޮޑަށް އޭނާ ނުރުހޭ ކަމެއްކަމުގައިވުމެވެ‪].‬‬

‫‪209‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫އަށްޓަކައި‬ ‫ﷲ‬ ‫‪ .5‬ޙަސަދައާއި ޢަދާވާތްތެރިކަމުން ހިތް ރައްކާތެރިވުން‪ :‬ދުނިޔަވީ ބޭނުމެއްނެތި ހަމައެކަނި މާތް‬
‫މީހަކު ދެކެ ލޯބިވުމަކީ‪ ،‬ޙަސަދައާއި ޢަދާވާތްތެރިކަމުން ހިތް ސަލާމަތްވެ ހިތަށް ހަމަޖެހުން ލިބިގެން ދާނޭ‬
‫ކަމެކެވެ‪ .‬އެހެނީ ގިނަފަހަރަށް ޙަސަދައާއި ޢަދާވާތްތެރިކަން އުފެދެނީ ދުނިޔަވީ ގޮތުން އެކަކު އަނެކަކަށްވުރެ‬
‫ކުރިއަރައި ދިޔުމަށްޓަކައި ހިތުގައި އުފެދޭ ޝުޢޫރުތަކެއްގެ ސަބަބުންނެވެ‪.‬‬

‫އަށްޓަކައި‬ ‫ﷲ‬ ‫‪ .6‬ހެޔޮޢަމަލުތައް ކުރުމަށް މަގުފަހިވެ ނުބައި ޢަމަލުތަކާ ދުރުހެލިވުމަށް މަގުފަހިވުން‪ :‬މާތް‬
‫އަށް ކިޔަމަން ގަތުމުގެ ސިފައިގެ‬ ‫ﷲ‬ ‫ލޯބިވާ މީހާ ލޯބިވަނީ‪ ،‬އަނެކަކުގެ ކިބައިގައިވާ ދީންވެރިކަމާއި މާތް‬
‫ސަބަބުންނެވެ‪ .‬އެފަދަ މީހުންދެކެ ލޯބިވުމަކީ ތިމާވެސް އެފަދަ ހެޔޮކަންކަން ކުރުމަށް މަގުފަހިވެގެންދާނޭ‬
‫ﷲ‬ ‫އަށްޓަކައި ރުޅިއަންނަ މީހާ ރުޅިއަންނަނީ‪ ،‬އޭނާގެ ކިބައިގައިވާ މާތް‬ ‫ﷲ‬ ‫ކަމެކެވެ‪ .‬ހަމައެހެންމެ މާތް‬
‫އަށް ނުކިޔަމަންތެރިވުމާއި އުރެދުމުގެ ސަބަބުންނެވެ‪ .‬އެފަދަ ކަންކަމަށް ރުޅިއަންނަ މީހާ ރުޅިއަންނަނީ‪،‬‬
‫ނުރުއްސަވާ ގޯސް ޢަމަލުތަކެއްކަމުގައިވާތީއެވެ‪ .‬ވީމާ‪ ،‬އެފަދަކަންކަމަށް ރުޅިއައުމަކީ‪،‬‬ ‫ﷲ‬ ‫އެކަންކަމަކީ މާތް‬
‫ތިމާވެސް އެފަދަ ކަންކަމާ ކައިރިނުވުމަށް މަގުފަހިވެގެން ދާނޭ ކަމެކެވެ‪.‬‬

‫މާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުމުގައި ގެންގުޅެންޖެހޭ‬ ‫‪1.4‬‬

‫ހަމަތައް‬
‫އަށްޓަކައި ލޯބިވާ މީހާ‪ ،‬އަނެކަކުގެ ރަނގަޅުކަން ބޮޑުވާ ވަރަކަށް އޭނާ ދެކެ ވާލޯބި‬ ‫ﷲ‬ ‫‪ .1‬މާތް‬
‫އިތުރުވާންވާނެއެވެ‪ .‬އަދި އޭނާގެ އެސިފަ ކުޑަވާވަރަކަށް ލޯބިވާ މިންވަރު ކުޑަވާންވާނެއެވެ‪.‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫އަށް ވާ ލޯތްބަށް ވުރެ އެހެން އެއްވެސް‬ ‫َر ُس ْو ُل هللا َ‬ ‫އާއި އެކަލާނގެ‬ ‫ﷲ‬ ‫‪ .2‬މާތް‬
‫ފަރާތަކަށް ވާ ލޯބި އިސްވެގެން ނުވާނެއެވެ‪.‬‬

‫އަށްޓަކައި ރުޅިއަންނަ މީހާ‪ ،‬އަނެކަކުގެ ކިބައިގައިވާ ގޯސްކަން ރަނގަޅުކުރަން‬ ‫ﷲ‬ ‫‪ .3‬މާތް‬


‫މަސައްކަތްކުރަންވާނެއެވެ‪ .‬އޭނާއަށް އެކުރެވެނީ ނުބައިކަމެއްކަން ބުނެދީ އެކަމާ އޭނާ ދުރުހެލިކުރެވޭތޯ‬
‫ގެ މަގަށް ރުޖޫޢަވެއްޖެނަމަ އޭނާއަށް‬ ‫ﷲ‬ ‫މަސައްކަތް ކުރަންވާނެއެވެ‪ .‬އެކަމުން އޭނާ ދުރުހެލިވެ މާތް‬
‫ނަފުރަތުކުރުން ހުއްދަވެގެން ނުވެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪210‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫އަށްޓަކައި ރުޅިއައުމުގެ މާނައަކީ ކޮބާ؟‬ ‫ﷲ‬ ‫އަށްޓަކައި ލޯބިވުމުގެ މާނައަކީ ކޮބާ؟ އަދި މާތް‬ ‫ﷲ‬ ‫‪ .1‬މާތް‬
‫އަށްޓަކައި ރުޅިއައުމުގެ މުހިންމުކަން ދޭހަވާ ޙަދީޘެއް‬ ‫ﷲ‬ ‫އަށްޓަކައި ލޯބިވުމާއި މާތް‬ ‫ﷲ‬ ‫‪.2‬މާތް‬
‫ބަޔާންކުރާށެވެ!‬
‫އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުމުގެ ތިން ފައިދާއެއް ބުނެދޭށެވެ!‬ ‫މާތް ﷲ‬ ‫‪.3‬‬

‫މާތް ﷲ އަށްޓަކައި ލޯބިވުމުގެ މިސާލެއް ބުނެދޭށެވެ!‬ ‫‪.4‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم ޙަދީޘްކުރައްވާފައިވެއެވެ‪" .‬إِ َّن هللاَ تَ َـع َال يـَ ُق ُ‬
‫ول يَ ْـوَم‬ ‫ِ‬
‫ َر ُس ْو ُل هللا َ‬ ‫‪.5‬‬
‫ُظلُّ ُه ْم ِف ِظلِّي يـَْوَم َل ِظ َّل إَِّل ِظلِّي"‬ ‫القيام ِة‪ :‬أين الـمتَحابُّو َن ِب َلِل؟ الْيـوم أ ِ‬
‫َْ َ‬ ‫َ‬ ‫َ َ َْ ُ َ‬
‫ِ‬
‫(ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‪[ :‬ހަމަކަށަވަރުން ޤިޔާމަތް ދުވަހުން މާތް ﷲ ނިދާ އިއްވަވާ‬
‫ހުއްޓެވެ‪ .‬ތިމަންރަސްކަލާނގެ މަތިވެރިކަމަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ މީހުން ކޮބައިހެއްޔެވެ؟‬
‫ތިމަންރަސްކަލާނގެ ރައްކާތެރިކަމާއި ޢިނާޔަތްތެރިކަމުގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއްނުވާ‬
‫މިދުވަހު‪ ،‬އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހިޔާވަހިކަން ދެއްވާހުށީމެވެ‪ ].‬މިޙަދީޘުން ދަލީލުކުރަނީ‬
‫ކޮންކަމަކަށްކަން ތަފްސީލުކޮށް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬
‫އަށްޓަކައި ލޯބިވުމުގެ މަތިވެރިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތައް ހޯދާށެވެ! އަދި އެޙަދީޘްތަކުގެ‬ ‫ﷲ‬ ‫މާތް‬

‫އަށްޓަކައި ލޯބިވާ މީހާއަށް ހުރި ފައިދާތައް ދަލީލާއެކު ބަޔާންކޮށް ލިޔުމެއް ތައްޔާރުކުރާށެވެ!‬ ‫ﷲ‬ ‫އަލީގައި‪ ،‬މާތް‬

‫ޙަރަކާތް ‪:3‬‬

‫އަށްޓަކައި ލޯބިވެ އެކަލާނގެއަށްޓަކައި ރުޅިއަންނަ މީހާއާއި‪ ،‬އެނޫން ގޮތުގައި ލޯބިވެ އަދި ރުޅިއަންނަ‬ ‫ﷲ‬ ‫މާތް‬
‫މީހާގެ ކިބައިން ފާހަގަކުރެވޭނެކަމަށް ތިޔަދަރިވަރުންނަށް ފެންނަ ތަފާތުތައް ނޯޓް ކުރާށެވެ! އަދި އެއީ‬
‫ކީއްވެގެންކަން ބަޔާންކުރާށެވެ!‬

‫‪211‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪2‬‬

‫މާތް ﷲގެ މަޚުލޫޤުންނަށް އޯގާތެރިވުން‬

‫ހައްދަވާފައިވާ އެންމެހައި ތަކެއްޗަކީ އެކަލާނގެ މަޚްލޫޤުންނެވެ‪ .‬އޭގެތެރޭގައި އިންސާނުންނާއި‬ ‫ﷲ‬ ‫މާތް‬


‫ފުރާނަ އަޅުއްވާފައިވާ ތަކެއްޗާއި‪ ،‬ގަސްގަހާގެހި ފަދަ ފުރާނައަޅުއްވާފައި ނުވާ‪،‬‬ ‫ﷲ‬ ‫ޖަނަވާރުން ފަދަ މާތް‬
‫އެހެންނަމަވެސް އެތަކެތީގައި ދިރުން ލައްވާފައިވާ ތަކެތިވެސް ހިމެނެއެވެ‪.‬‬

‫މާތް ﷲގެ މަޚްލޫޤުންނަށް އޯގާތެރިވުމޭ ބުނެވޭ ބަހުގެ މާނައަކީ‪،‬‬


‫އެކަލާނގެ ހައްދަވާފައިވާ ތަކެތީގެތެރެއިން ފުރާނައަޅުއްވާފައިވާ ކޮންމެ‬
‫އެއްޗަކަށްމެ‪ ،‬އެއެއްޗަކާ އެކަށީގެންވާގޮތުގެ މަތީން ރަޙުމާއި އޯގާތެރިކަން‬
‫އަދާކޮށް އެތަކެއްޗަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމެވެ‪.‬‬
‫ކަމަކާނުލައި އެފަދަ އެއްވެސް އެއްޗެއް މަރާ‪ ،‬ގެއްލުންދީ ގޯނާކޮށް‬
‫ހަދައިގެންނުވާނެއެވެ‪.‬‬

‫އިންސާނުންނަށް އޯގާތެރިވުމުގެ މުހިންމުކަން‪:‬‬ ‫‪2.1‬‬

‫އިސްލާމްދީނަކީ އޯގާތެރިކަމާއި ރަޙުމަތުގެ ދީނެވެ‪ .‬ޚާއްޞަކޮށް އިންސާނުންނަށް އޯގާތެރިވުމަށް އިސްލާމްދީން‬


‫" َم ْن الَ يَ ْـر َحم‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫ވަރަށް ބޮޑަށް ބާރުއަޅައެވެ‪.‬‬
‫(ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް) މާނައީ‪[ :‬މީސްތަކުންނަށް އޯގާތެރިނުވާ މީހެއްގެ‬ ‫َّاس َل يَ ْـر َحْهُ هللا"‬
‫الن َ‬
‫ގެ ރަޙުމަތާއި އޯގާވަންތަކަން އެކަލާނގެ ހެއްދެވި‬ ‫ﷲ‬ ‫މާތް‬ ‫މައްޗަށް މާތް ﷲ އޯގާތެރިވެވޮޑިނުގަންނަވާނެއެވެ‪].‬‬
‫އެންމެހައި ތަކެއްޗެއްގެ މައްޗަށް އާންމުވެގެންވެއެވެ‪ .‬އެކަލާނގެ ރަޙްމަތާއި އޯގާވަންތަކަމުން ބޭރުވެއްޖެ މީހަކީ‬
‫ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލެނިވެ ހަލާކުވެގެންދާނޭ މީހެއްކަން ކަށަވަރެވެ‪ .‬އެކަލާނގެ ރަޙުމަތާލައިގެން‬
‫صلَّى‬ ‫ِ‬
‫މެނުވީ އެއްވެސް މީހަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލެއް ނުކުރެވޭނެއެވެ‪َ .‬ر ُس ْو ُل هللا َ‬
‫َح ٌد ِمْن ُك ْم‬ ‫ِ‬ ‫ِ‬
‫هللاُ َعلَْيه َو َسلَّ َم ޙަދީޘްކުރައްވާފައިވެއެވެ‪ " .‬قَا ِربُوا َو َس ّد ُدوا ‪َ ،‬و ْاعلَ ُموا أَنَّهُ لَ ْن يـَْن ُج َو أ َ‬
‫ٍِ‬ ‫ِِ‬
‫"وَل أ ََن إَِل أ ْن يـَتـَغَ َّم َدِنَ هللاُ بَِرمحَة منهُ‬‫ال‪َ :‬‬ ‫ول هللا ؟ قَ َ‬ ‫ت َي َر ُس ُ‬‫بِ َع َمله " قالُوا ‪َ :‬وَل أَنْ َ‬
‫ض ٍل" (ރިވާކުރެއްވީ‪ :‬މުސްލިމް)‪ .‬މާނައީ‪[ :‬ﷲ ކަނޑައަޅުއްވާފައިވާ ގޮތާ އެއްގޮތަށް‪ ،‬އުނިއިތުރު ނުކޮށް‪،‬‬ ‫َوفَ ْ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬
‫‪212‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ތިޔަބައިމީހުން އެގޮތުގެ މަތީގައި ސާބިތުވެ ތިބޭށެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! އެއްވެސް މީހަކު‬
‫(ހަމައެކަނި) އޭނާގެ ޢަމަލުތަކުގެ ސަބަބުން (ނަރަކައިން) މިންޖެއްނުވާ ހުއްޓެވެ!] އަޞްޙާބުން ދެންނެވިއެވެ‪.‬‬
‫ކަލޭގެފާނުވެސްތޯއެވެ؟ އޭ ﷲގެ ރަސޫލާއެވެ‪ .‬ޙަދީޘްކުރެއްވިއެވެ‪[ .‬ތިމަންކަލޭގެފާނުވެސް މެއެވެ‪ .‬އެކަމަކު‬
‫ﷲ ގެ ރަޙުމަތްފުޅާއި އެކަލާނގެ އޯގާވަންތަކަން ތިމަންކަލޭގެފާނަށް ލިބިވަޑައިގަތުމުން ނޫނީ (ސަލާމަތްވުމެއް)‬
‫ނުވެއެވެ‪].‬‬

‫މީސްތަކުންކުރެ ކުޑަކުދިންނަށާއި މުސްކުޅިންނަށް އޯގާތެރިވުމަށް ވެސް‬


‫އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ‪ .‬އަދި ކުޑަކުދިންނަށާއި‬
‫މުސްކުޅިންނަށް އޯގާތެރިނުވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ‪.‬‬
‫س‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫"لَْي َ‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬
‫އައްތިރްމިޛީ) މާނައީ‪[ :‬އަހަރުމެން‬ ‫ف َكب ِ‬
‫ريَن" (ރިވާކުރެއްވީ‪:‬‬ ‫رين ‪َ ،‬ويـَْع ِر ْ‬
‫ف َشَر َ‬ ‫صغِ َ‬ ‫ِ‬
‫منَّا َم ْن َلْ يـَْر َح ْم َ‬
‫ކުރެ ކުޑަކުދިންނަށް އޯގާތެރިނުވާ‪ ،‬އަދި އަހަރުމެން ކުރެ ބޮޑެތިމީހުންނަށް ކަމޭނުހިތާ މީހަކީ އަހަރުމެންގެ‬
‫ތެރެއިންވާ މީހެއް ނޫނެވެ‪].‬‬

‫ވަނީ އިންސާނުން މާތްކުރައްވާފައެވެ‪ .‬ކިތަންމެ ދެރަ ނިކަމެތި މީހަކަށްވެސް އަނިޔާވެރިވެ އޭނާއަށް‬ ‫ﷲ‬ ‫މާތް‬
‫ނިކަމެތިކަން ލިބޭފަދަ ގޮތަކަށް ކަންތައްކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ‪ .‬ތަނަވަސްކަމުގެ ސަބަބުން‬
‫ނުވަތަ ޙަސަބާއި ނަސަބުގެ ސަބަބުން އެކަކު އަނެކަކުގެ މައްޗަށް އަނިޔާވެރިވެ ބޮޑާވެގަތުން އިސްލާމްދީނުގައި‬
‫ވަނީ ޙަރާމްކުރައްވާފައެވެ‪ .‬އެގޮތުން އެންމެ އާދައިގެ މަސައްކަތު މީހާގެ ޙައްޤުވެސް އިސްލާމްދީނުގައި ވަނީ‬
‫ކަށަވަރުކޮށްދީފައެވެ‪ .‬އާމްދަނީ ހޯދުމަށް މަސައްކަތްކުރާ މީހަކަށް ވެވޭނެ އެންމެ ބޮޑު އޯގާތަރިކަމަކީ އޭނާގެ‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬
‫މަސައްކަތަށް ޙައްޤުވާ މިންވަރު ލިބުންކަން ކަށަވަރެވެ‪ .‬ޤުދުސިއްޔަ ޙަދީޘެއްގައި َر ُس ْو ُل هللا َ‬
‫ِ‬
‫القيام ِة" މާނައީ‪[ :‬މާތް‬ ‫َو َسلَّ َم ޙަދީޘްކުރައްވާފައިވެއެވެ‪" .‬قَ َ‬
‫ص ُم ُه ْم يـَْوَم َ َ‬‫ال هللا تَ َـع َال ‪ :‬ثَالَثَةٌ أ ََن َخ ْ‬
‫ﷲ ވަޙީކުރެއްވިއެވެ‪ .‬ޤިޔާމަތްދުވަހުން‪ ،‬ތިމަންރަސްކަލާނގެ އެބައިމީހުންނާ ދެކޮޅަށް ދަޢުވާ އުފުއްލަވާނޭ ތިން‬
‫استـَْو َف ِمْنهُ‪،‬‬ ‫ِ‬
‫أجَر أَجرياً ‪ ،‬فَ ْ‬
‫استَ َ‬
‫" َوَر ُج ٌل ْ‬ ‫މީހަކުވެއެވެ‪ ].‬އޭގެ ތަރެއިން އެއްބައެއްކަމުގައި އައިސްފައިވަނީ‬
‫أجَرهُ "‬ ‫ِِ‬
‫(ރިވާކުރެއްވީ‪ :‬ބުޚާރީ) މާނައީ‪[ :‬ކުއްޔަށް މަސައްކަތްކުރުމަށް މީހަކު ގެނުވައި‪ ،‬އޭނާގެ‬ ‫َوَلْ يـُْعطه ْ‬
‫މަސައްކަތް ނިންމުމުން‪ ،‬އޭނާއަށް ދިނުން ޙައްޤުވާ އުޖޫރަ ނުދިންމީހާއެވެ]‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ޚާދިމުންނާ ބެހެއްޓެވި ގާތްކަމާއި އޯގާތެރިކަމަކީ އެފަދަ ދެވަނައެއްނެތް‬ ‫َر ُس ْو ُل هللا َ‬
‫އަނަސްގެފާނު ވިދާޅުވެފައިވެއެވެ‪" .‬ތިމަންކަލޭގެފާނު‬ ‫ފުރިހަމަ ނަމޫނާއެކެވެ‪ .‬މާތް ﷲ ރުއްސުންލެއްވި‬

‫‪213‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫އަށް ޚިދުމަތް ކުރެއްވީމެވެ‪ .‬ދުވަހަކުވެސް‬ ‫َر ُس ْو ُل هللا َ‬ ‫ދިހަ އަހަރުވަންދެން‬
‫އެކަލޭގެފާނު ތިމަންކަލޭގެފާނަށް ޗުއްޕުވެސް ވިދާޅެއްނުވެއެވެ‪ .‬އަދި ތިމަންކަލޭގެފާނު ކުރެއްވިކަމަކާ މެދު ތިކަން‬
‫ތިޔަހެންކުރެއްވީ ކީއްވެހޭވެސް ނާއްސަވައެވެ‪ .‬އަދި ތިމަންކަލޭގެފާނު ނުކޮށް ދޫކޮށްލެއްވި ކަމަކަށް އެވެނިކަމެއް‬
‫އެވެނިގޮތަކަށް ނުކުރެއްވީ ކީއްވެހޭވެސް ނާއްސަވައެވެ‪( ".‬ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް)‬

‫މީސްތަކުންގެ ތެރެއިން ބަލިކަށި އަދި އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޯގާތެރިވުމަށްވެސް‬


‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫މަދީނާއަށް‬ ‫َر ُس ْو ُل هللا َ‬ ‫އިސްލާމްދީނުގައިވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ‪.‬‬
‫ހިޖުރަކުރެއްވުމުގެ ކުރިން ބަލިމީހުންނާއި ކޮރުމީހުންނާއި އަދި ލޯފަންމީހުން ފަދަ މީހުންނާއެކު‪ ،‬އެނޫން މީހުން‬
‫ކައިބޮއިހެދުން ފަދަ ކަންކަމުގައި ބައިވެރިވެ ނޫޅެއެވެ‪ .‬ދެން މާތް ﷲ އަންނަވި އާޔަތް ބާވާލެއްވިއެވެ‪.‬‬

‫﴿ﱱ ﱲ ﱳ ﱴ ﱵ ﱶ ﱷ ﱸ ﱹ ﱺ‬
‫(ސޫރަތުއްނޫރު‪)61 :‬‬ ‫ﱻ ﱼ ﴾‬
‫މާނައީ‪([ :‬އެކަކު އަނެކަކާއެކު ކައިބޮއި އުޅުމުގައި) ކަނުމީހާގެ މައްޗަކަށް ކުށެއް ނެތެވެ‪ .‬އަދި ކޮރުމީހާގެ‬
‫މައްޗަކަށްވެސް ކުށެއް ނެތެވެ‪ .‬އަދި ބަލިމީހާގެ މައްޗަކަށްވެސް ކުށެއް ނެތްމެއެވެ‪].‬‬

‫ހަމައެހެންމެ އެފަދަ މީހުންނަށް ޖެއްސުމާއި ފުރައްސާރަކުރުން ފަދަ ކަންކަން ވެސް އިސްލާމްދީނުގައި‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫ވަނީ ވަރަށް ބޮޑަށް މަނާކުރައްވާފައެވެ‪َ .‬ر ُس ْو ُل هللا َ‬
‫يق" މާނައީ‪[ :‬ލޯއަނދިރި މީހަކަށް‪( ،‬އޮޅުވާލުމުގެ‬ ‫" َم ْلعُو ٌن َم ْن َك َّمهَ أ َْعمى َع ْن طَ ِر ٍ‬
‫ގޮތުން) ނުބައިކޮށް‬
‫َ‬
‫މަގުދައްކައިފިމީހަކީ ލަޢުނަތް ލެއްވިގެންވާ މީހެކެވެ‪( ].‬ރިވާކުރެއްވީ‪ :‬އަޙްމަދު)‬

‫ޖަނަވާރުންނަށް އޯގާތެރިވުމުގައި ޢަމަލުކުރެވިދާނެ ގޮތްތައް‪:‬‬ ‫‪2.2‬‬

‫‪ .1‬ކެއުމަށްޓަކައި ނުވަތަ އެހެންވެސް ފައިދާއެއް ޙާޞިލްކުރުމަށްޓަކައި ނަމަވެސް ޖަނަވާރެއް ކަތިލާނަމަ‪،‬‬


‫އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން އޯގާތެރިކަމާއެކު ކަތިލުން‪.‬‬

‫‪ .2‬އިންސާނުންނަށް އޭގެ ސަބަބުން ގެއްލުމެއް ނުވަތަ އުނދަގުލެއްވާ ޖަނަވާރެއް މެނުވީ‪ ،‬ނުމެރުން‪.‬‬

‫‪ .3‬ހިފައިގެން ގެންގުޅޭ ޖަނަވާރެއްނަމަ‪ ،‬ކާތަކެއްޗާއި ބޯނޭ ފެން ދީ ރަނގަޅަށް ބެލެހެއްޓުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪214‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ .4‬ތަކެތި އުފުލާ ހެދުމަށް ޖަނަވާރު ބޭނުންކުރުމުގައި އެތަކެއްޗަށް ތަހައްމަލުކުރަން ދަތިވާ ވަރަށް ބުރަނުކުރުން‪.‬‬

‫‪ .5‬އެތަކެއްޗަށް އިހާނެތިކޮށް ހިތޭފަދަ ގޮތްގޮތަށް‪ ،‬ކުޅިވަރުތަކުގައި ބޭނުންނުކުރުން‪.‬‬

‫މަޚުލޫޤުންނަށް އޯގާތެރިވުމުގެ ފައިދާ‪:‬‬ ‫‪2.3‬‬

‫‪ .1‬މާތް ﷲގެ ރަޙުމަތާއި އޯގާވަންތަކަން ލިބޭނެ މީހަކު ކަމުގައިވުން‪.‬‬

‫‪ .2‬ދަރުމައާއި ޘަވާބު ލިބިގެންދިއުން‪.‬‬

‫‪ .3‬ހިތުގައި ރަޙުމާއި އޯގާތެރިކަން އިތުރުވެގެންދިއުން‪.‬‬


‫‪ .4‬ރުޅިމަޑުކަމާއި މަޑުމައިތިރިކަމުގެ ސިފަ ނަފްސުގައި ހަރުލައްވަން‬
‫ފަސޭހަވުން‪.‬‬

‫‪ .5‬އެއްބައިވަންތަކަން އާލާވުން‪.‬‬

‫އޯގާތެރިކަމާ ޚިލާފު ބައެއް ޢަމަލުތަކާއި އޭގެ ގެއްލުން‪:‬‬ ‫‪2.4‬‬

‫‪ .1‬މައިންބަފައިންނަށް އިހާނެތިކޮށް ހިތުން‪ :‬އޯގާތެރިކަމާއި ކުލުނާ ލޯތްބާއެކު ބަލާ‪ ،‬ބޮޑުކުރި މައިންބަފައިންނަށް‬


‫އިހާނެތިކޮށް ހިތުމަކީ‪ ،‬އެކަމުގެ ގެއްލުން ދުނިޔެއާއި އާޚިރަތުގައިވެސް ލިބިގެންދާނޭ ނުބައި ޢަމަލެކެވެ‪.‬‬
‫މައިންބަފައިންގެ އޯގާތެރިކަމުގެ ބަދަލުގައި އެމީހުންނާ ހަރުކަށިކަމާއެކު މުޢާމަލާތުކުރާނަމަ މުސްތަޤްބަލުގައި‬
‫ތިބާގެ ދަރިންގެ ކިބައިން ވެސް ހަމަ އެފަދަ ހަރުކަށިކަމަކާ ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫނެވެ‪.‬‬

‫‪ .2‬ތުއްތުކުދިންނާ ހަރުކަށިކަމާއެކު ވާހަކަ ދެއްކުމާއި‪ ،‬ހިތުގައި ޖެހޭފަދަ އެކަށީގެން ނުވާ ބަސްމަގުން ވާހަކަ‬
‫ދެއްކުން‪ :‬ކޮންމެ ތުއްތުކުއްޖަކީ ވެސް ބޮޑުވެގެން މުޖުތަމަޢަށް ނިކުންނާނޭ ޒުވާނެކެވެ‪ .‬މަންމައެކެވެ‪.‬‬
‫ނުވަތަ ބައްޕައެކެވެ‪ .‬މާދަމާގެ ޖީލު ތަރުބިއްޔަތު ކުރުމުގައި ހިއްސާވާނޭ ފަރާތެކެވެ‪ .‬އޯގާތެރިކަމެއް ނެތް‬
‫މާހައުލެއްގައި އުޅެ ބޮޑުވެފައިވާނަމަ‪ ،‬އެމީހެއްގެ ފަރާތުން އޯގާތެރިކަމާއި ލޯބި ފެނުމަކީ ދުރުކަމެކެވެ‪.‬‬
‫ނަތީޖާއަކަށް ވާނީ މުޖުތަމަޢުގެ ކޮންމެވެސް ބަޔަކަށް އެހަރުކަށިކަމާ ކުރިމަތިލާން ޖެހުމެވެ‪.‬‬

‫ވަނީ އިންސާނުން މާތްކުރައްވާފައެވެ‪ .‬ވިއްކާ މުދަލެއްގެ ގޮތުގައި‬ ‫ﷲ‬ ‫‪ .3‬އިންސާނީ ވަގުފާރި‪ :‬މާތް‬
‫ނުވަތަ އެނޫނަސް އިންސާނީ ކަރާމާތަށް އުނިކަން އަންނަފަދަ އެއްވެސް ގޮތަކަށް އިންސާނުންނާ މެދު‬

‫‪215‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ޢަމަލުކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ‪.‬‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ‬
‫މިނިވަނަކު ވިއްކުމަކީ ބޮޑުވެގެންވާ ފާފައެކެވެ‪.‬‬
‫ޤުރައިޝުންގެ ދެ ޒުވާނުންގެ ގާތުން‬ ‫އެފަދަ މީހުންނާ ދެކޮޅަށް ޤިޔާމަތް ދުވަހުން‪،‬‬
‫ޢަބްދު ﷲ ބިން ޢުމަރު (ރަޟިޔަ ﷲ‬ ‫ދަޢުވާ އުފުއްލަވާނޭކަމަށް ޤުދުސިއްޔަ‬ ‫ﷲ‬ ‫މާތް‬
‫ޢަންހުމާ) ހިންގަވާފައި ވަޑައިގެންނެވިއިރު‪،‬‬
‫ޙަދީޘެއްގައިވެއެވެ‪.‬‬
‫ދޫންޏެއް ހިފައި އެއަށް އަނިޔާކުރުމަށްފަހު‬
‫ދޫކޮށްލާފައިވާތަން ދެކެވަޑައިގެން އެކަންކުރި‬ ‫މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގެ އަމަން‬

‫ބަޔަކާމެދު ސުވާލު ކުރައްވައި ވިދާޅުވި ކަމަށް‬ ‫އަމާންކަމާއި އެއްބައިވަންތަކަމަށް ބުރޫ އަރައެވެ‪.‬‬

‫ރިވާވެގެންވެއެވެ‪" .‬ދިރުމެއްވާ އެއްޗެއް‬ ‫އެއްބަޔަކު އަނެއްބަޔަކަށް އޮއްނަ އިތުބާރުގެއްލި‬


‫(ޝަރުޢީ އިމުންބޭރުން) އޭނާގެ ބޭނުމަށްޓަކައި‬ ‫މުޖުތަމަޢުގައި ބިރުވެރިކަން އުފެދުމާއި‪ ،‬ފާޙިޝް‬
‫އަމާޒުފަތްގަނޑަކަށް ހަދައިފިމީހަކަށް‬ ‫ޢަމަލުތައް އިތުރުވުމަށް މަގުފަހިވެއެވެ‪.‬‬
‫ހަމަކަށަވަރުން ރަސޫލު ﷲ (ޞައްލަ ﷲ‬
‫ޢަލައިހި ވަސައްލަމަ) ލަޢުނަތް ލެއްވިއެވެ‪".‬‬ ‫ފުރާނަ‬ ‫ﷲ‬ ‫‪ .4‬ދިރޭތަކެއްޗަށް އަނިޔާކުރުން‪ :‬މާތް‬
‫އެޅުއްވި އެއްވެސް މަޚުލޫޤަކަށް އަނިޔާވެރިވުމާއި‬
‫އިހާނެތިކޮށް ހިތުމަކީ އިސްލާމްދީން‬
‫ހުއްދަކުރާކަމެއްނޫނެވެ‪ .‬އަދި ކިއެއްތަ ދިރޭ ތަކެއްޗަށް އަނިޔާކޮށް‪ ،‬އަދަބު ދީ ހެދުމަކީ އެކަމުގެ ސަބަބުން‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ގެ‬ ‫ފާފަވެރިވެ ނަރަކައަށް ވަނުމަށް މަގުފަހިވާ ކަމެކެވެ‪َ .‬ر ُس ْو ُل هللا َ‬
‫َّار‪،‬‬ ‫ޙަދީޘްބަސްފުޅެއްގައިވެއެވެ‪" .‬ع ِّذبت امرأَةٌ ِف ِهَّرٍة سجنـْتها ح َّت ماتَت‪ ،‬فَ َدخلَ ِ‬
‫ت ف َيها الن َ‬
‫َ ْ‬ ‫َ ََ َ َ ْ‬ ‫ُ َ ْ َْ‬
‫َل ِهي أَطْ َع َمتـَْها َو َس َقتـَْها‪ ،‬إ ْذ ِهي َحبَ َستـَْها‪َ ،‬وَل هي تَــرَكتـَْها َت ُكل م ْن َخ َش ِ‬
‫اش األ َْر ِ‬
‫ض"‬ ‫ِ‬ ‫ِ‬
‫ُ‬ ‫َ َ‬ ‫َ‬ ‫َ‬
‫(ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް) މާނައީ‪[ :‬ބުޅަލެއް މަރުވަންދެން ކޮށްޓެއްގައި ބަންދުކުރުމުގެ ސަބަބުން‬
‫އަންހެނަކަށް ޢަޛާބު ދެއްވުނެވެ‪ .‬އެކަމުގެ ސަބަބުން އޭނާ ދިޔައީ ނަރަކައަށެވެ‪ .‬އޭނާ އޭތި ބަންދުކޮށްފައި‬
‫ބާއްވަނީ ކާންނުދީ އަދި ފެންވެސް ނުދީއެވެ‪ .‬އަދި އޭތި އަމިއްލަ އަށް ކާތަކެތި ހޯދަމަށްޓަކައި އޭނާ އޭތީ‬
‫ދޫކޮށެއްވެސް ނުލާމެއެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪216‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:1‬‬

‫ގެ މަޚްލޫޤުންނަށް އޯގާތެރިވުމަކީ ކޮބައިހެއްޔެވެ؟‬ ‫ﷲ‬ ‫‪ .1‬މާތް‬

‫ގެ މަޚްލޫޤުންގެ ތެރެއިން އިންސާނުންނަށް އޯގާތެރިވުމުގެ މުހިންމުކަން އަންގައިދޭ ދަލީލެއް‬ ‫ﷲ‬ ‫‪ .2‬މާތް‬
‫ބަޔާންކުރާށެވެ!‬

‫ގެ މަޚްލޫޤުންގެ ތެރެއިން ޖަނަވާރުންނަށް އޯގާތެރިވުމުގައި ޢަމަލުކުރެވިދާނޭ ތިން ގޮތެއް ބުނެދޭށެވެ!‬ ‫ﷲ‬ ‫‪ .3‬މާތް‬

‫ގެ މަޚްލޫޤުންނަށް އޯގާތެރިވުމުގެ ފައިދާތަކަކީ ކޮބައިހެއްޔެވެ؟‬ ‫ﷲ‬ ‫‪ .4‬މާތް‬

‫‪ .5‬އޯގާތެރިކަމާ ޚިލާފު ‪ 4‬ކަމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬
‫ކޮންމެ ޢުމުރެއްގެ ކޮންމެ އިންސާނަކީވެސް އޯގާތެރިކަމާއި ލޯތްބާއި އަޅާލުން ބޭނުންވާނޭ މީހެކެވެ‪ .‬މިގޮތުން‬
‫އެކި ޢުމުރުފުރާ ތަކުގެ މީހުންނަށް އަޅާލައި އޯގާތެރިވެވިދާނޭ ގޮތްތަކާމެދު ގުރޫޕުގައި މަޝްވަރާކޮށް ރިޕޯޓެއް‬
‫ތައްޔާރުކުރާށެވެ! ރިޕޯޓުގައި އަންނަނިވި ބައިތައް ހިމަނާށެވެ!‬

‫‪ .1‬ކުޑަކުދިންނަށް އޯގާތެރިވާނީ ކިހިނެއްކަން‪.‬‬

‫‪ .2‬މައިންބަފައިންނަށް އޯގާތެރިވާނީ ކިހިނެއްކަން‪.‬‬

‫‪ .3‬މުސްކުޅިންނަށް އޯގާތެރިވާނީ ކިހިނެއްކަން‪.‬‬

‫‪ .4‬ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އޯގާތެރިކަން ފޯރުކޮށްދޭނީ ކިހިނެއްކަން‪.‬‬

‫‪217‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪3‬‬

‫ތައުބާވުން‬
‫ތައުބާވުމަކީ ފާފަކުރެވުނުކަމަށްޓަކައި ހިތާމަކޮށް‪ ،‬އެ ފާފަކުރުން‬
‫ހުއްޓާލައި‪ ،‬އެފަދަ ފާފައަކަށް އަލުން ރުޖޫޢަ ނުވުމަށް ޢަޒުމް‬

‫އަށް ބިރުވެތިވެ‪ ،‬އެކަލާނގެ މަގަށް‬ ‫ﷲ‬ ‫ކަނޑައަޅައި‪ ،‬މާތް‬


‫ރުޖޫޢަވުމެވެ‪ .‬ތައުބާވުމަށްޓަކައި ޚާއްޞަ ނަމާދެއް ނުވަތަ‬

‫އަށް‬ ‫ﷲ‬ ‫ޚާއްޞަ ދުޢާއެއް ކުރާކަށް ނުޖެހެއެވެ‪ .‬މާތް‬


‫ބިރުވެތިވުމާއެކު އެފާފަކުރުން ހުއްޓާލައި އަދި އެކަން ކުރެވުނުކަމުގެ މައްޗަށް ހިތާމާކުރާ ޙާލު ދެން އެފާފަ‬
‫ނުކުރުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑައަޅައި‪ ،‬އުޅުން އިޞްލާޙުކުރުމުން ތައުބާވެވުނީއެވެ‪.‬‬

‫ތައުބާވުމަކީ‪ ،‬ކޮންމެ މުއުމިނު އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ‪ .‬އެއީ ކުޑަފާފައެއް‬
‫ކީރިތި ޤުރްއާނުގައި‬ ‫ﷲ‬ ‫ކަމުގައި ވިޔަސް އަދި ބޮޑުފާފައެއް ކަމުގައި ވިޔަސް ތައުބާވާންޖެހޭނެއެވެ‪ .‬މާތް‬
‫ވަޙީކުރައްވާފައި ވެއެވެ‪.‬‬

‫(ތަޙްރީމް‪)8 :‬‬ ‫﴿ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ﴾‬


‫އަށް‬ ‫ﷲ‬ ‫މާނައީ‪[ :‬އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި‪ ،‬އިޚްލާޞްތެރި ތައުބާއަކުން‪ ،‬ތިޔަބައިމީހުން‬
‫ތައުބާ ވާށެވެ!]‬

‫ތައުބާވުމުގެ މާތްކަމާއި މަތިވެރިކަމާއި ފައިދާތައް‬ ‫‪3.1‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ގެ ލޯބި އެމީހަކަށް ލިބިގެންދާނޭ ކަމަކަށްވުން‪ .‬މާތް‬ ‫ﷲ‬ ‫‪ .1‬މާތް‬

‫(ބަޤަރާ‪)222 :‬‬ ‫﴿ﲨ ﲩ ﲪ ﲫ ﲬ ﲭ﴾‬


‫ލޯބިވެ ވޮޑިގެންވެއެވެ‪ .‬އަދި ޠާހިރު ވާ މީހުން‬ ‫ﷲ‬ ‫މާނައީ‪[ :‬ހަމަކަށަވަރުން‪ ،‬ގިނަގިނައިން ތައުބާ ވާ މީހުންދެކެ‬
‫ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪218‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ .2‬ފަލާޙާއި ކާމިޔާބު ލިބުމަށް މަގުފަހިކޮށްދޭ ސަބަބަކަށްވުން‪.‬‬

‫‪ .3‬ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ސަބަބުން‪ ،‬ކުރެވިފައިވާ ފާފަތައް ހެޔޮކަންތައްތަކަކަށް‬


‫ބަދަލުކޮށްދެއްވުން‪.‬‬

‫އެމީހެއްގެ ފާފަފުއްސަވާ ރަޙުމަތް ލެއްވުން‪.‬‬ ‫ﷲ‬ ‫‪ .4‬މާތް‬

‫(التَّائِب ِم ْن َّ‬
‫الذنْ ِ‬
‫ب َك َم ْن َل‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ُ‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬
‫މާނައީ‪[ :‬ފާފައިން ތައުބާވެފައިވާ މީހާ‪ ،‬ފާފައެއް ނުކުރާ މީހެކޭ‬ ‫َذنْب لَهُ) (ރިވާކުރެއްވީ‪ :‬އިބްނުމާޖާ)‬
‫َ‬
‫އެއްފަދައެވެ‪].‬‬

‫‪ .5‬އެންމެހައި ހެޔޮކަމަކަށް މަގުފަހިވެގެންދާ ސަބަބަކަށްވުން‪.‬‬

‫ތައުބާގެ ޝަރުޠުތައް‬ ‫‪3.2‬‬

‫ތައުބާގެ ހަ ޝަރުޠެއް ވެއެވެ‪ .‬އެއީ‪:‬‬

‫އަށް އިޚްލާޞްތެރިވުން‪.‬‬ ‫ﷲ‬ ‫‪.1‬‬

‫‪ .2‬ކުރެވުނު ފާފަތަކާ މެދު ދެރަވެ ހިތާމަކުރުން‪.‬‬

‫ކުރަމުންދާ ފާފަ ކުރުން ހުއްޓާލުން‪.‬‬ ‫‪.3‬‬

‫‪ .4‬މުސްތަޤްބަލުގައި އެ ފާފަ ނުކުރުމަށް ތެދުވެރި ޢަޒުމަކުން ޢަޒުމް ކަނޑައެޅުން‪.‬‬

‫ތައުބާ ޤަބޫލުކުރެވުމުގެ ވަގުތު ފާއިތުނުވަނީސް ތައުބާވުން‪.‬‬ ‫‪.5‬‬

‫މީހެއްގެ ޙައްޤަކާ ގުޅުން ހުރި ކަމެއްނަމަ އެޙައްޤު އަދާކުރުން‪ ،‬ނުވަތަ އެކަމުން ބަރީއަވުން‪.‬‬ ‫‪.6‬‬

‫ތައުބާވުމަށް އަވަސްވެގަތުމުގެ މުހިންމުކަން‬ ‫‪3.3‬‬

‫‪ .1‬އެންމެހައި ފާފައަކުން ތައުބާވުމަށް އަވަސްވެގަތުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާކަމާއި‪،‬‬


‫ތައުބާވުން ލަސްކުރުމަކީ އެކަމުގެ ސަބަބުން ފާފަވެރިވާ‪ ،‬އަދި އެކަމަށްޓަކައި ތައުބާވާންޖެހޭ ފާފައެއް ކަމަށް‬
‫ޢިލްމުވެރިން ބަޔާންކުރައްވާފައިވުން‪.‬‬

‫‪219‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ތައުބާ ޤަބޫލުކުރައްވަނީ‪ ،‬ތައުބާވުމަށް އަވަސްވެގަންނަ މީހުންގެ ކިބައިންކަން އެކަލާނގެ ކީރިތި‬ ‫ﷲ‬ ‫‪ .2‬މާތް‬
‫ޤުރްއާނުގައި އަންގަވާފައިވުން‪ .‬އެކަލާނގެ ވަޙީކުރައްވާފައިވަނީ‪:‬‬

‫﴿ﱪ ﱫ ﱬ ﱭ ﱮ ﱯ ﱰ ﱱ ﱲ ﱳ ﱴ‬
‫(ނިސާ‪)17 :‬‬ ‫ﱵ ﱶ ﱷ ﱸ ﱹ﴾‬
‫ގެ ޙަޟްރަތުން އޮތްކަން ކަށަވަރީ‪ ،‬ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް‪،‬‬ ‫ﷲ‬ ‫މާނައީ‪“ :‬ތައުބާލެއްވުން‬
‫އެއުރެންގެ މައްޗަށް‬ ‫ﷲ‬ ‫ދެން‪ ،‬އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ‪ .‬ފަހެ‪،‬‬
‫ތައުބާލައްވަތެވެ‪].‬‬

‫‪ .3‬މަރާ ބައްދަލުވާނޭ ވަގުތެއް އެނގިގެން ނުވުމާއެކު‪ ،‬ނޭވާ ހޮޅިއަށް އެޅުމަށް ފަހު ވާތައުބާ ޤަބޫލު ވެވިގެން‬

‫"إِ َّن هللاَ ‪َ -‬عَّز َو َج َّ‬


‫ل‪-‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫ނުވުން‪َ .‬ر ُس ْو ُل هللا َ‬
‫ﷲ‬ ‫غر" މާނައީ‪[ :‬ހަމަކަށަވަރުން‬ ‫يـ ْقبل تَوبةَ العب ِد ما َل يـغَر ِ‬
‫އެކަލާނގެ އަޅާގެ ތައުބާ‬ ‫މާތް‬
‫َ َ ُ َ َْ َ ْ ُ ْ‬
‫ޤަބޫލުކުރައްވައެވެ‪ .‬އޭނާ ނޭވާ ހޮޅިއަށް ނޭޅޭހާ ހިނދަކުއެވެ‪( ].‬ރިވާކުރެއްވީ‪ :‬އައްތިރްމިޛީ)‬

‫ތައުބާ ނުވުމުގެ ގެއްލުން‬ ‫‪3.4‬‬

‫‪ .1‬ފާފަކުރުންމަތީ ވަނިކޮށް މަރާ ބައްދަލުވުން‪:‬‬

‫ކޮންމެ އިންސާނަކީވެސް މަރާ ބައްދަލުކުރަން‬


‫ފާފަކު ުރމުން އިސް ރާ ފ ު ާވ މިން ވަ ަރ ްށ‬ ‫ޖެހޭނޭ މީހެކެވެ‪ .‬އަދި މަރާ ބައްދަލުވާނެ ވަގުތު‬
‫ފާފަކޮ ްށފައި ާވ މީ ާހ ވެސް‬ ‫އެއްވެސް މީހަކަށް އެނގިގެންނުވެއެވެ‪ .‬އެހެންކަމުން‬
‫އި ްޚލާޞް ތެރިކަ ާމ އެ ީކ ާވ‬ ‫ފާފަވެރިއެއްގެ ގޮތުގައި ނުވަތަ ފާފައެއްކުރުންމަތީ‬

‫ތ ަ ުއ ާބ ާމތް ﷲ‬ ‫ހުއްޓާ މަރުވާން ނޭދޭނަމަ ތައުބާވުމަށް‬

‫ޤ ަ ޫބ ު‬
‫ލކު ަރ ްއވައެވެ‪.‬‬ ‫އަވަސްވެގަންނަން ޖެހެއެވެ‪ .‬ފާފަކުރުންމަތީގައި‬

‫ގެ‬ ‫ﷲ‬ ‫ވަނިކޮށް މަރާ ބައްދަލުވާ މީހާގެ ތައުބާ މާތް‬


‫ޙަޟްރަތުގައި ޤަބޫލުވެވިގެން ނުވެއެވެ‪ .‬އަދި އެފަދަ‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪220‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫އަންގަވާފައިވެއެވެ‪ .‬އެކަލާނގެ ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫މީހުންނަށް ނަރަކައިން ޢަޛާބު ލިބޭނޭކަމަށް މާތް‬

‫﴿ﲀ ﲁ ﲂ ﲃ ﲄ ﲅ ﲆ ﲇ ﲈ‬
‫ﲉ ﲊ ﲋ ﲌ ﲍ ﲎ ﲏ ﲐ ﲑ ﲒﲓ ﲔ‬
‫(ނިސާ‪)18 :‬‬ ‫ﲕ ﲖ ﲗ ﲘ﴾‬
‫މާނައީ‪[ :‬އަދި‪ ،‬ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ‪،‬‬
‫އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި‪ ،‬ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް‬
‫ތައުބާލެއްވުމެއްނެތެވެ‪ .‬އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ‪].‬‬

‫‪ .2‬ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ތިމާއަށް ފައިދާއެއް ނުކުރުން‪:‬‬

‫ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް‬


‫ފާފަކުރުމާއި އުރެދުމާއި ޣާފިލުކަމަކީ ހިތް ހަރުވުމުގެ‬
‫ކުރެވިފައިވީ ނަމަވެސް ކުރެވިފައިވާ‬
‫ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި‪ ،‬ﷲއަށް‬
‫ފާފަތަކަށް ތައުބާ ނުވެ މަރާ‬
‫ކިޔަމަންތެރިވުމާއި‪ ،‬ﷲ ހަނދުމަކޮށް ފާފަފުއްސެވުން އެދި‬
‫ދެންނެވުމުގައި ވަގުތު ހޭދަކުރުމާއި‪ ،‬އެފަދަ ހެޔޮލަފާ މީހުންނާ‬ ‫ބައްދަލުކުރަން ޖެހިއްޖެނަމަ‪ ،‬ނަރަކައިގެ‬
‫އެކުގައި ވަގުތު ހޭދަކުރުމާއި‪ ،‬ގޯސްމީހުންނާ ދުރުހެލިވުމަކީ‪،‬‬ ‫އަހުލުވެރިންގެ ތެރެއިން ހިމެނިގެން‬
‫ِ‬
‫ހިތް މަޑުމޮޅިވެ ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ‪.‬‬
‫صلَّى هللاُ‬
‫َر ُس ْو ُل هللا َ‬ ‫ދިއުން ގާތެވެ‪.‬‬
‫‪ -‬ސަމާޙަތުއް ޝައިޚް އަލްއިމާމް ބިންބާޒް ރަޙިމަހުﷲ ‪-‬‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫َعلَْي ِه َو َسلَّ َم‬
‫إن الْم ْفلِ ِ‬
‫س م ْن أ َُّم ِت َم ْن َيِْت يَ َ‬
‫وم‬ ‫" ُ َ‬
‫َّ‬
‫ك َد َم‬ ‫ف َه َذا ‪َ ،‬وأَ َك َل َم َ‬ ‫الْ ِقيام ِة بِص َل ٍة و ِصي ٍام وَز ٍ‬
‫كاة ‪َ ،‬و َيِْت قَ ْد َشتَ َم َه َذا ‪ ،‬وقَ َذ َ‬
‫ال َه َذا ‪َ ،‬و َس َف َ‬ ‫ََ َ َ َ َ‬
‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬
‫ت َح َسناتُهُ قَ ْـبل أ ْن‬‫وه َذا م ْن َح َسنَاته ‪ ،‬فَِإ ْن فَنيَ ْ‬
‫ب َه َذا ‪ ،‬فَـيـُْعطَى َه َذا م ْن َح َسنَاته ‪َ ،‬‬ ‫ضَر َ‬
‫َه َذا ‪َ ،‬و َ‬
‫يه ‪ُ ،‬ثَّ طُرِح ِف النَّا ِر" (ރިވާކުރެއްވީ‪ :‬މުސްލިމް)‬ ‫يـ ْقضى ما علَ ِيه ‪ ،‬أ ُِخ َذ ِمن خطَايهم فَطُِرحت علَ ِ‬
‫َ‬ ‫ْ َ َ ُْ َ ْ َ‬ ‫ُ َ َ َ‬
‫މާނައީ‪[ :‬ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންކުރެ އަތްމަތި ހުސްވެ އިފްލާސްވެފައިވާ މީހަކީ‪،‬‬
‫ޤިޔާމަތްދުވަހުން (ﷲ ގެ ދަރުބާރަށް) އަންނަ ހިނދު ނަމާދާއި ރޯދައާއި ޒަކާތާއި (މިފަދަ ހެޔޮޢަމަލުތަކުގެ‬
‫ޘަވާބާއި) ގެން އައުމާއެކު ވެސް‪ ،‬އޭނާ ވަނީ އެވެނި މީހަކަށް ހަޑިހުތުރު އެއްޗެހި ކިޔާފައެވެ‪ .‬އަދި އެވެނި‬
‫މީހަކަށް ޤަޛުފުކޮށްފައެވެ‪( .‬އެބަހީ‪ :‬އޭނާ ޒިނޭކުރިކަމަށް ބުނެފައެވެ‪ ).‬އަދި އެވެނި މީހެއްގެ މުދާ ބާޠިލުގޮތުގައި‬

‫‪221‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ކައިފައެވެ‪ .‬އަދި ނުޙައްޤުން އެވެނި މީހެއްގެ ލޭ އޮހޮރުވާލާފައެވެ‪ .‬އަދި އެވެނި މީހެއްގެ ގައިގައި ޖަހާފައެވެ‪.‬‬
‫ފަހެ‪( ،‬އޭނާގެ ފުށުން އަނިޔާ ލިބިފައިވާ) އެވެނި މީހާއަށާއި މިވެނި މީހާއަށް އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކުން‬
‫ބަދަލު ދެއްވާހުއްޓެވެ‪ .‬އަދި އޭނާގެ މައްޗަށްވާ އަނެކުންގެ ޙައްޤުތައް އަދާވެ ނިމުމުގެ ކުރިން‪ ،‬އޭނާގެ ހެޔޮ‬
‫ޢަމަލުތައް ހުސްވެއްޖެނަމަ‪ ،‬އެބައިމީހުންގެ ނުބައި ޢަމަލުތައް އޭނާ އުފުލަން ޖެހޭނެއެވެ‪ .‬އަދި އެންމެ ފަހުން‬
‫(އެއްވެސް ހެޔޮ ޢަމަލެއް ނެތި އަތްމަތި ހުސްވެ‪ ،‬އިފްލާސްވެގެންވާ ޙާލު) އޭނާ ނަރަކައަށް އެއްލާލެވޭހުއްޓެވެ!]‬

‫ޙަރަކާތް ‪:1‬‬

‫‪ .1‬ތައުބާވުމަކީ ކޮބައިކަން ބަޔާންކުރާށެވެ؟‬

‫‪ .2‬ތައުބާވުމުގެ ޙުކުމް ދަލީލާ އެކު ބަޔާންކުރާށެވެ؟‬

‫‪ .3‬ތައުބާވުމުގެ މާތްކަމާ ބެހޭގޮތުން ޕެރެގްރާފެއް ލިޔާށެވެ!‬

‫‪ .4‬މީހެއްގެ ޙައްޤަކަށް އަރައިގަނެފައިވާ މީހާ އެކަމުން ތައުބާވާނަމަ އޭނާގެ ތައުބާގައި ފުރިހަމަވާންޖެހޭނެ‬


‫ޝަރުޠުތަކަކީ ކޮބައިކަން ބަޔާންކުރާށެވެ!‬

‫‪ .5‬ތައުބާވުމަށް އަވަސްވެގަންނަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ އަދި ތައުބާވުން ލަސްކުރާމީހާއަށް ލިބިދާނެ‬


‫ގެއްލުމަކީ ކޮބައި ހެއްޔެވެ؟‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪222‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:2‬‬

‫މުޖުތަމަޢުން އެންމެ ގިނައިން ފެންނަ ތިން ފާފައެއް ފާހަގަކޮށް އަންނަނިވި ބައިތައް ހިމަނައިގެން ރިޕޯޓެއް ލިޔެ‬
‫ކުލާހަށް ހުށަހަޅާށެވެ!‬

‫‪ .1‬ފާހަގަކުރެވުނު ފާފަތައް ގިނަވާން މެދުވެރިވާ ސަބަބުތަކަކީ ކޮބައިކަން‪.‬‬

‫‪ .2‬ފާހަގަކުރެވުނު ފާފަތައް މުޖުތަމަޢުން މަދުކުރުމަށް ކުރެވިދާނޭ ކަންކަމަކީ ކޮބައިކަން‪( .‬ފަރުދީ ގޮތުންނާއި‬


‫އިޖުތިމާޢީ ގޮތުން)‬

‫‪ .3‬ފާހަގަކުރެވުނު ފާފަތަކުން ތައުބާވާނީ ކިހިނެއްކަން‪.‬‬

‫‪223‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪4‬‬

‫ހަވާނަފްސަށް ތަބާވުން‬
‫ހަވާނަފްސަށް ތަބާވުމުގެ މާނައަކީ‪ ،‬ނަފްސު އެދޭގޮތަށް ތަބާވުމެވެ‪ .‬ނުވަތަ ނަފްސު ގޮވާލާ ގޮވާލުންތަކާ އެއްގޮތަށް‬
‫ޢަމަލުކުރުމެވެ‪ .‬އިޞްޠިލާޙީ މާނައިގައި "ހަވާނަފްސު" މިބަސް ބޭނުންކުރެވެނީ ހިތްއެދޭ ނުބައި ކަންކަން ކުރުމަށް‬
‫ނަފްސު އެދޭ އެދުމަށެވެ‪ .‬އެހެންކަމުން ހަވާނަފްސަށް ތަބާވުމަކީ ހިތްއެދޭ ނުބައި ކަންކަން ކުރުމަށް‪ ،‬ނަފްސު‬
‫އެދޭ އެދުމަށް ތަބާވުމެވެ‪ .‬ނުވަތަ ޢަމަލުކުރުމެވެ‪ .‬އާންމު ޢުރުފުގައިވެސް މިބަސް ބޭނުންކުރެވެނީ އިޞްޠިލާޙީ‬
‫މާނައިގައެވެ‪.‬‬

‫ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން‪:‬‬ ‫‪4.1‬‬

‫ގެ އަމުރުފުޅުތަކަށް ފުރަގަސްދީ‪ ،‬ހަވާނަފްސަށް ތަބާވުމުގެ ސަބަބުން ޙައްޤު މަގުން އެއްކިބާވެ‪،‬‬ ‫ﷲ‬ ‫‪ .1‬މާތް‬

‫ފިޔަވައި އިންސާނާއަށް‪ ،‬ޙައްޤު މަގަށް މަގުދައްކާނޭ‬ ‫ﷲ‬ ‫ހެޔޮބަސް އިވުމުން ދުރުހެލިވެގެން ދިއުން‪ .‬މާތް‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫އިތުރު ފަރާތެއް ނުވެއެވެ‪ .‬މާތް‬

‫﴿ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ ﱌ‬
‫ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ ﱖﱗ ﱘ‬
‫(ސޫރަތުލް ޖާޘިޔާ‪)23 :‬‬ ‫ﱙ﴾‬

‫މާނައީ‪[ :‬ފަހެ‪ ،‬އެމީހެއްގެ އެދުންތައް އެއީ‪ ،‬އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި‪ ،‬އަދި‬
‫އެމީހަކު މަގުފުރައްދަވައި‪ ،‬އަދި އޭނާގެ އިވުމާއި‪ ،‬ހިތުގައި‬ ‫ﷲ‬ ‫ޢިލްމު ލިބިފައިވުމާއެކުވެސް‪،‬‬
‫ސިއްކަޖައްސަވައި‪ ،‬އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ‪ ،‬ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟‬
‫މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ‪ ،‬ކާކުހެއްޔެވެ؟ ފަހެ‪ ،‬ތިޔަބައިމީހުން ހަނދުމަ‬ ‫ﷲ‬
‫ނުކުރަނީހެއްޔެވެ؟]‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪224‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ގެ މަގުން އެއްކިބާވެ ހަވާ ނަފްސަށް ތަބާވުމަކީ‪ ،‬އެމީހަކު ނަރަކައިގެ ޢަޛާބަށް ހުށަހެޅިގެން‬ ‫ﷲ‬ ‫‪ .2‬މާތް‬

‫ދާއޫދުގެފާނާ މުޚާޠަބުކުރައްވާ ވަޙީކުރައްވާފައިވާ އާޔަތެއްގައިވެއެވެ‪.‬‬ ‫ﷲ‬ ‫ހިނގައިދާނޭ ކަމަކަށްވުން‪ .‬މާތް‬

‫﴿ﳈ ﳉ ﳊ ﳋ ﳌ ﳍ ﳎ ﳏ ﳐ ﳑ ﳒ‬
‫ﳓ ﳔ ﳕ ﳖ ﳗ ﳘﳙ ﳚ ﳛ ﳜ ﳝ ﳞ ﳟ‬
‫(ސޫރަތުޞާދު‪)26 :‬‬ ‫ﳠ ﳡ ﳢ ﳣ ﳤ ﳥ ﳦ﴾‬
‫މާނައީ‪[ :‬އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން‪ ،‬ބިމުގައި ޚަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ‬
‫ކަލޭގެފާނު ލެއްވީމެވެ‪ .‬ފަހެ‪ ،‬ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކްމު ކުރައްވާށެވެ!‬
‫ގެ މަގުން‬ ‫ﷲ‬ ‫އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ‪ ،‬އޭރުން ކަލޭގެފާނު‬
‫ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) ޙިސާބު ބައްލަވާ‬ ‫ﷲ‬ ‫އެއްކިބާކޮށްފާނެތެވެ‪ .‬ހަމަކަށަވަރުން‪،‬‬
‫ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ ޢަޛާބު ހުއްޓެވެ‪].‬‬

‫ހަވާނަފްސަށް ތަބާވެވޭ ސަބަބުތައް‬ ‫‪4.2‬‬

‫‪.1‬ހަވާނަފްސަށް ތަބާވާ މީހުންނާ ރަޙްމަތްތެރިވެ އެފަދަ‬


‫މީހުންނާއެކު ގިނަވަގުތު ހޭދަކުރުން‪.‬‬

‫ގެ މަތިވެރިކަމާއި އެކަލާނގެ‬ ‫ﷲ‬ ‫‪.2‬މާތް‬


‫ކުޅަދުންވަންތަކަމާއި‪ ،‬އެކަލާނގެ ޛާތުފުޅު އެނގޭ‬
‫މިންވަރު ކުޑަވުން‪.‬‬
‫ނުރަނގަޅު ކަންތައްތަކުން ސަލާމަތް ވުމަށްޓަކައި ކުޑައިރުގެ‬
‫ތަރުބިއްޔަތު މުހިންމު ދައުރެއް އަދާކުރެއެވެ‪.‬‬ ‫‪.3‬ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަން‬
‫އެނގޭމިންވަރު ކުޑަވުން‪.‬‬

‫‪.4‬ދުނިޔޭގެ އުފާތަކަށް ލޯބިކުރުމާއި‪ ،‬އެކަންކަމަށް ނަފްސު ލެނބުން‪.‬‬

‫‪.5‬ކުޑައިރުން ފެށިގެން ހަވާނަފްސަށް ތަބާވަމުން ދިއުން‪.‬‬

‫‪ .6‬ހަވާނަފްސަށް ތަބާވުމުގެ ނަތީޖާ އެނގިފައިނެތުން‪.‬‬

‫‪ .7‬ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލުން‪.‬‬

‫‪225‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ހަވާނަފްސަށް ތަބާވުމުން ލިބޭ ގެއްލުންތައް‪:‬‬ ‫‪4.3‬‬

‫ތެދުމަގުން މީހާ އެއްކިބާވުން‪.‬‬ ‫‪.1‬‬

‫މާތް ﷲ ގެ ޢަޛާބަށް ހުށަހެޅުން‪.‬‬ ‫‪.2‬‬

‫‪ .3‬ހިތްތަކުގައި ސިއްކަޖެހި‪ ،‬ކީރިތި ޤުރްއާނުން އަދި ނަޞޭޙަތަކުން ފައިދާއެއް ނުލިބޭ ބައެއްކަމުގައި‬


‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ވެގެންދިއުން‪ .‬މާތް‬

‫﴿ﲦ ﲧ ﲨ ﲩ ﲪ ﲫ ﲬ ﲭ ﲮ ﲯ ﲰ‬
‫ﲱ ﲲ ﲳ ﲴ ﲵﲶ ﲷ ﲸ ﲹ ﲺ ﲻ ﲼ ﲽ‬
‫(ސޫރަތު މުޙައްމަދު‪)16 :‬‬ ‫ﲾ﴾‬
‫މާނައީ‪[ :‬އެއުރެންގެ ތެރެއިން (އެބަހީ‪ :‬ކާފިރުންގެ ތެރެއިން) ބަޔަކު‪ ،‬ކަލޭގެފާނު ވިދާޅުވާ ވިދާޅުވުން‬
‫އަހައިއުޅެތެވެ‪ .‬ކަލޭގެފާނުގެ އަރިހުން އެއުރެން ނުކުންނަހިނދު‪ ،‬ޢިލްމު ލިބިގެންވާ މީހުންނަށް އެއުރެން‬
‫އެއުރެންގެ ހިތްތަކުގައި‬ ‫ﷲ‬ ‫ބުނެތެވެ‪ .‬އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެއުރެންނީ‪،‬‬
‫ސިއްކަޖައްސަވައި‪ ،‬ބަންދުކުރައްވާފައިވާ މީހުންނެވެ‪ .‬އަދި އެއުރެންނީ އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށް‬
‫ތަބަޢަވެގެންވާ މީހުންނެވެ‪].‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫‪ .4‬ތެދުމަގަށް ތައުފީޤު ލިބުމުގެ މަގުތައް ބަންދުވުމުގެ ސަބަބަކަށްވުން‪ .‬މާތް‬

‫﴿ﱁ ﱂ ﱃ ﱄ ﱅ ﱆ ﱇ ﱈ ﱉ ﱊ ﱋ ﱌ‬
‫ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ ﱖﱗ ﱘ‬
‫(ސޫރަތުލް ޖާޘިޔާ‪)23 :‬‬ ‫ﱙ﴾‬
‫މާނައީ‪[ :‬ފަހެ‪ ،‬އެމީހެއްގެ އެދުންތައް އެއީ‪ ،‬އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި‪،‬‬
‫އެމީހަކު މަގުފުރައްދަވައި‪ ،‬އަދި އޭނާގެ އިވުމާއި‪،‬‬ ‫ﷲ‬ ‫އަދި ޢިލްމު ލިބިފައިވުމާއެކުވެސް‪،‬‬
‫ހިތުގައި ސިއްކަޖައްސަވައި‪ ،‬އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ‪ ،‬ކަލޭގެފާނު‬
‫މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ‪ ،‬ކާކުހެއްޔެވެ؟ ފަހެ‪،‬‬ ‫ﷲ‬ ‫ދެކެވަޑައިގަތީމުތޯއެވެ؟‬
‫ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟]‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪226‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ޙަދީޘް‬ ‫ގެއްލުމާއި ހަލާކަށް އިންސާނާ ހުށަހެޅިގެންދާ ކަމަކަށްވުން‪َ .‬ر ُس ْو ُل هللا َ‬ ‫‪.5‬‬

‫اب الْ َم ْرِء بِنَـ ْف ِس ِه"‬


‫ات‪ُ :‬ش ٌّح ُمطَاعٌ‪َ ،‬وَه ًوى ُمتَّـبَ ٌع‪َ ،‬وإِ ْع َج ُ‬
‫ކުރައްވާފައިވެއެވެ‪" .‬ثََل ٌ ِ‬
‫ث ُم ْهل َك ٌ‬
‫(ރިވާކުރެއްވީ‪ :‬ބައްޒާރު‪ ،‬އައްޠަބަރާނީ) މާނައީ‪[ :‬ހަލާކުކުރަނިވި ތިންކަމެއް ވެއެވެ‪ .‬އެއީ‪ :‬ދަހިވެތިކަމާއި‪،‬‬

‫ހަވާނަފްސަށް ތަބާވުމާއި‪ ،‬އަމިއްލަ ނަފްސާމެދު ފަޚުރުވެރިވުމެވެ‪].‬‬

‫‪.6‬ބުއްދިއާއި ޢިލްމު ނެތިގޮސް ހިތް ފަސާދަވުން‪ .‬ލިބިފައިވާ ޢިލްމާއި ހަމަ ބުއްދި އެއްކިބާކޮށް ހަވާނަފްސަށް‬
‫ތަބާވާނަމަ‪ ،‬ޢިލްމާއި ހަމަބުއްދީގެ ބޭނުމެއް ނެތެވެ‪ .‬އެފަދަ މީހެކޭ ބުއްދިއާއި ޢިލްމު ނެތް މީހެކޭ‬

‫އެއްފަދައެވެ‪ .‬އަދި އެގޮތުގައި ޢަމަލުތައް ބަހައްޓާ މީހާގެ ހިތް ސާފުކަމާއެކު އޮތުން ވާނީ ދުރުކަމަކަށެވެ‪.‬‬

‫ޢިލްމާއި ބުއްދި އެއްކައިރިކޮށް ނަފްސު އެދޭހާގޮތަކަށް ޢަމަލުކުރާ ނަމަ ދުނިޔަވީ އެދުންތަކުން މުޅީން ހިތްފުރި‬

‫ފަސާދަވެގެން ހިނގައިދާނެއެވެ‪.‬‬

‫ހަވާނަފްސަށް ތަބާނުވުމުން ލިބޭ ފައިދާތައް‬ ‫‪4.4‬‬

‫‪ .1‬އެހެންމީހުންގެ އިޙުތިރާމުލިބުން‪.‬‬

‫‪ .2‬ދުނިޔޭގައި ދިމާވާ މުޞީބާތްތަކުން ސަލާމަތްވުމާއި ދިމާވާ މުޞީބާތްތަކަށް ކެތްތެރިވާން ފަސޭހަވުން‪.‬‬

‫‪ .3‬އެއްގޮތެއްގެމަތީ ސާބިތުވެ ހުންނަން ފަސޭހަވުން‪.‬‬

‫‪ .4‬ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބުން‪ .‬މާތް ﷲ ވަޙީކުރައްވާފައިވެއެވެ‪.‬‬

‫﴿ﲲ ﲳ ﲴ ﲵ ﲶ ﲷ ﲸ ﲹ ﲺ ﲻ ﲼ‬
‫(ސޫރަތުއްނާޒިޢާތު‪)41 ،40 :‬‬ ‫ﲽ ﲾ ﲿ﴾‬

‫މާނައީ‪ [ :‬އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ‪،‬‬


‫އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ‪ .‬ފަހެ‪ ،‬ހަމަކަށަވަރުން‪ ،‬އެމީހާ‬
‫އުޅޭނެ ތަނަކީ‪ ،‬ސުވަރުގެއެވެ‪].‬‬

‫‪227‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ހަވާނަފްސަށް ތަބާވުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތައް‬ ‫‪4.5‬‬

‫‪ .1‬ހަވާނަފްސުގެ ނުބައިކަމުން ރައްކާތެރިކުރެއްވުން އެދި ގިނަގިނައިން މާތް ﷲ އަށް ދުޢާ ދެންނެވުން‪.‬‬

‫ގެ މަތިވެރިކަމާއި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަމީހުންނަށް ހުރި ނިޢުމަތްތަކުގެ‬ ‫ﷲ‬ ‫‪ .2‬މާތް‬


‫މަތިވެރިކަން ދެނެގަތުން‪.‬‬

‫އީ‪ ،‬އެކަލާނގެއަށް އުރެދޭ‬ ‫ﷲ‬ ‫‪ .3‬މާތް‬


‫މީހުންނަށް ޢަޛާބުދެއްވުމުގައި ގަދަފަދަވެގެންވާ‬
‫ރަސްކަލާނގެކަމާއި‪ ،‬އެކަލާނގެއަށް އުރެދޭ‬
‫މީހުންނަށް ހުރި ޢަޛާބުގެ ގަދަފަދަކަން‬
‫ދެނެގަތުން‪.‬‬

‫އަށް‬ ‫ﷲ‬ ‫‪ .4‬ޢިލްމުގެ އަހުލުވެރިންނާއި‪ ،‬މާތް‬


‫ކިޔަމަންތެރިވާ ޞާލިޙު ރަނގަޅު މީހުންނާއެކު‬
‫އުޅުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪228‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ހަވާނަފްސަށް ތަބާވުމަކީ ކޮބައިހެއްޔެވެ؟‬ ‫‪.1‬‬

‫ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން ދަލީލާއެކު ބަޔާންކުރާށެވެ!‬ ‫‪.2‬‬

‫ހަވާނަފްސަށް ތަބާވުމަށް މެދުވެރިވާ ‪ 3‬ސަބަބެއް ބުނެދޭށެވެ!‬ ‫‪.3‬‬

‫ހަވާނަފްސަށް ތަބާވުމުން ލިބޭ ‪ 3‬ގެއްލުމެއް ބުނެދޭށެވެ!‬ ‫‪.4‬‬

‫ހަވާނަފްސަށް ތަބާނުވާ މީހަކަށް ލިބޭނެ ‪ 3‬ފައިދާއެއް ބުނެދޭށެވެ!‬ ‫‪.5‬‬

‫ހަވާނަފްސަށް ތަބާވުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައި ހެއްޔެވެ؟‬ ‫‪.6‬‬

‫ޙަރަކާތް ‪:2‬‬

‫ހަވާނަފްސަށް ތަބާވެ މާތް ﷲ ގެ މަގުން އެއްކިބާވެފައިވާ މީހަކާ ތިޔަކުދިންނަށް ދިމާވެއްޖެނަމަ‪ ،‬ފިލާވަޅުން‬


‫ލިބުނު މަޢުލޫމާތު ބޭނުންކޮށްގެން‪ ،‬އެމީހާ އިޞްލާޙުކޮށް މާތް ﷲގެ މަގަށް ގެނައުމަށް ތިޔަކުދިން ކަންތައް‬
‫ކުރާނޭ ގޮތް ބަޔާން ކޮށް ލިޔުމެއް ތައްޔާރުކުރާށެވެ!‬

‫‪229‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪5‬‬

‫ނަފްސު ހިސާބުކުރުން‬
‫ނަފްސު ހިސާބުކުރުމަކީ‪ ،‬އެމީހަކަށް ކުރެވޭ‬
‫ނުވަތަ ކުރާ ޢަމަލުތައް ހިސާބުކުރުމެވެ‪ .‬ހަޔާތުން‬
‫ދުވަހެއް ވޭތުވެގެން ދިޔައިރު ތިމާއަށް ކުރެވުނު‬
‫ގެ‬ ‫ﷲ‬ ‫ހެޔޮ ޢަމަލަކީ ކޮބައިތޯއާއި‪ ،‬މާތް‬
‫ޢަޛާބު ޙައްޤުވެދާނެ ފަދަ ކަމެއް ކުރެވިފައިވޭތޯ‪،‬‬
‫ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އަމިއްލަ‬
‫ނަފްސާ ސުވާލުކުރުމެވެ‪.‬‬

‫ނަފްސު ހިސާބުކުރުމުގެ މުހިންމުކަން‬ ‫‪5.1‬‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ކޮންމެ ނަފްސެއްމެ މަރާ ބައްދަލުކުރަންޖެހޭނެކަން ކަށަވަރެވެ‪ .‬މާތް‬

‫(ސޫރަތުއް ނިސާ‪)78 :‬‬ ‫﴿ﲫ ﲬ ﲭ ﲮ ﲯ ﲰ ﲱ ﲲ ﲳ﴾‬


‫މާނައީ‪[ :‬އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް‪ ،‬ތިޔަބައިމީހުން ތިބި‬
‫ކޮންމެ ތަނަކުން މަރު‪ ،‬ތިޔަބައިމީހުން އަތުލާނެތެވެ‪].‬‬

‫އަދި ހަމައެހެންމެ ޤިޔާމަތް ދުވަހުން އެމީހަކު ދުނިޔެމަތީގައި ކޮށްފައިވާ ކުދިބޮޑު އެންމެހައި ޢަމަލެއްގެ ހިސާބު‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ބެއްލެވޭނެއެވެ‪ .‬މާތް‬

‫﴿ﱵ ﱶ ﱷ ﱸ ﱹ ﱺ ﱻ ﱼ ﱽ ﱾ ﱿ‬
‫(ސޫރަތުލް ކަހްފު‪)49 :‬‬ ‫ﲀ﴾‬
‫މާނައީ‪[ :‬އަދި އެއުރެން ބުނާނެތެވެ‪ .‬އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ‬
‫ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް‪ ،‬އަދި ބޮޑުކަމެއްވެސް‪ ،‬އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪230‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ވަނީ އަމުރުކުރައްވާފައެވެ‪ .‬އެކަލާނގެ ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫އެހެންކަމުން ނަފްސު ހިސާބުކުރުމަށް މާތް‬

‫ﱖ﴾ (ސޫރަތުލް ޙަޝްރު‪)18 :‬‬ ‫﴿ﱍ ﱎ ﱏ ﱐ ﱑ ﱒ ﱓ ﱔ ﱕ‬

‫އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ‬ ‫ﷲ‬ ‫މާނައީ‪" :‬އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން‬
‫ނަފްސެއްމެ‪ ،‬މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ!"‬

‫މަރާ ބައްދަލުކުރަންޖެހޭނޭ ވަގުތު އެއްވެސް މީހަކަށް‬


‫މި ބަސް ފ ު ާޅ މ ެ ުދ ވިސް ނާ ު‬
‫ލމަ ްށ‬
‫އެނގިގެންނުވެއެވެ‪ .‬އެހެންކަމުން ބުއްދިވެރިއަކީ‪ ،‬ކޮންމެ‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫ވަގުތަކުވެސް މަރާ ބައްދަލުކުރަން ޖެހިދާނޭކަން ދަނެ އެކަމަށް‬
‫س‬ ‫ِ‬
‫ޙަދީޘްކުރައްވާފައިވެއެވެ‪" .‬ال َكِيّ ُ‬ ‫އަބަދުމެ ތައްޔާރަށް ހުންނަ މީހާއެވެ‪.‬‬
‫َم ْن َدا َن نـَْف َسهُ‪َ ،‬و َع ِم َل ل َما‬
‫اجُز َم ْن أَتْـبَ َع‬ ‫وت‪ ،‬والع ِ‬ ‫بـع َد الْم ِ‬
‫َ‬ ‫َْ َ‬ ‫ނަފްސު ހިސާބުކުރުމުން ލިބޭ ފައިދާތައް‬ ‫‪5.2‬‬
‫نَـ ْفسه هواها وَت َّن علَى هللا"ِ‬
‫َُ َ َ َ َ‬ ‫‪ .1‬ނަފްސުގައި ހުރި އުނިކަންތައްތައް ދަނެގަތުމަށް‬
‫(ރިވާކުރެއްވީ‪ :‬އައްތިރުމިޛީ) މާނައީ‪:‬‬
‫ފަސޭހަވުން‪.‬‬
‫“ބުއްދިވެރިއަކީ‪ ،‬އެމީހެއްގެ އަމިއްލަ‬
‫‪ .2‬ޤިޔާމަތް ދުވަހަށް ތައްޔާރުވުމަށް މަގުފަހިވެގެން ދިއުން‪.‬‬
‫ނަފްސުގެ ހިސާބު އޭނާ އަމިއްލައަށް‬
‫ބަލަހައްޓައިފިމީހާއެވެ‪ .‬އަދި މަރުވުމުގެ‬ ‫އަށް ލަދުވެތިވެ ފާފަކުރުމުން ނަފްސު ދުރުހެލި‬ ‫ﷲ‬ ‫‪ .3‬މާތް‬

‫ފަހަށްޓަކައި މަސައްކަތްކޮށްފިމީހާއެވެ‪ .‬އަދި‬ ‫ކުރުމަށް ފަސޭހަވުން‪.‬‬

‫ނުކުޅެދުންތެރިއަކީ‪ ،‬އޭނާގެ ހަވާނަފްސުގެ‬ ‫‪ .4‬ހެޔޮ ޢަމަލުކުރުން ގިނަކުރުމަށް މަގުފަހިވުން‪.‬‬


‫އެދުންތަކަށް އިޖާބަދިނުމަށްފަހު ﷲ ގެ‬ ‫އަށް ބިރުވެތިވުމުގައި ދެމިހުރުމަށް‬ ‫ﷲ‬ ‫‪ .5‬މާތް‬
‫ޙަޟްރަތުން (ހެޔޮގޮތަކަށް) އުންމީދުކުރާ‬
‫މަގުފަހިވުން‪.‬‬
‫މީހާއެވެ‪”.‬‬
‫‪ .6‬ތައުބާވުމަށް މަގުފަހިވުން‪.‬‬

‫ނަފްސު ހިސާބު ނުކުރުމުން ލިބިދާނެ ބައެއް ގެއްލުންތައް‬ ‫‪5.3‬‬

‫އަމިއްލަ ނަފްސުގައި ހުންނަ ނޭދެވޭ ކަންކަން ދެނެނުގަނެވުން‪.‬‬ ‫‪.1‬‬

‫ތައުބާވުމަށް އަވަސްވެގަތުމުގެ ފުރުސަތު ކުޑަވުން‪.‬‬ ‫‪.2‬‬

‫‪231‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫އަށް ބިރުވެތި ވެވޭ މިންވަރު ކުޑަވުން‪.‬‬ ‫ﷲ‬ ‫މާތް‬ ‫‪.3‬‬

‫މަރަށް ތައްޔާރުވުމާ ނަފްސު ދުރުހެލިވުން‪.‬‬ ‫‪.4‬‬

‫ހެޔޮކަންކަމަށް ފަރުވާކުޑަ ކުރެވުން‪.‬‬ ‫‪.5‬‬

‫ނުބައި ޢަމަލުތައް ކުރުމުގައި ދެމިހުރުމަށް މަގުފަހިވުން‪.‬‬ ‫‪.6‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ނަފްސު ހިސާބުކުރުމަކީ ކޮބައިހެއްޔެވެ؟‬

‫‪ .2‬ނަފްސު ހިސާބުކުރުމުގެ މުހިންމުކަން އަންގައިދޭ ދަލީލެއް ބުނެދޭށެވެ!‬

‫‪ .3‬ނަފްސު ހިސާބުކުރުމުން ލިބޭ ފައިދާތަކަކީ ކޮބައިހެއްޔެވެ؟‬

‫‪ .4‬ނަފްސު ހިސާބު ނުކުރުމުން ލިބިދާނެ ބައެއް ގެއްލުން ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ނަފްސު ހިސާބުކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ހިމެނޭ ކޮންމެވެސް ތިން ކަމަކާ ގުޅޭގޮތުން މަޢުލޫމާތު‬
‫ހޯދާށެވެ! އަދި ނަފްސު ހިސާބުކުރުމާ އެކަންކަމާ ގުޅެނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަމިއްލަ ނަފްސު ހިސާބު ކުރުމަށްޓަކައި ކަންތައްކުރާނެ ގޮތެއް ކަނޑައަޅާށެވެ‪.‬‬
‫އަދި އަމިއްލައަށް ނަފްސުގައިވާ އިޞްލާޙުކުރަންޖެހޭ ކަންކަން ނޯޓްކޮށް އެކަންކަން އިޞްލާޙުކުރުމަށް ޢަޒުމް‬
‫ކަނޑައަޅާށެވެ! ނަފްސު ހިސާބުކުރުމަށް ފަސޭހަކުރުމުގެ ގޮތުން ދުވަހުގެ ވަގުތުތައް ވަކި ގޮތަކަށް ބަހާލައި‪،‬‬
‫ޓައިމް ޓޭބަލެއް ތައްޔާރުކުރާށެވެ‪ .‬އަދި ކޮންމެ ރެއެއްގެ ވެސް ނިދުމުގެ ކުރިން އެދުވަހެއްގެ ޢަމަލުތައް‬
‫ހިސާބުކޮށް ރަނގަޅުކުރަންޖެހޭ ކަންކަން ނޯޓްކޮށްލެވިދާނެއެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪232‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ފިލާވަޅު ‪6‬‬

‫ދެބަ ޮއޑުވުމާއި ނެތިމޮށުމުގެ ނުބައިކަން‬

‫ދެބައޮޑުވުމަކީ‪ ،‬ފަސާދަ އުފެދޭނެހެން‪ ،‬އެކަކު ދައްކާ ވާހަކަ އަނެކަކު ގާތުގައި ދެއްކުމެވެ‪ .‬ދެއްކި ވާހަކައަކީ ޙައްޤު‬
‫ތެދު ވާހަކައެއްކަމުގައިވިޔަސް ނުވަތަ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި ވިޔަސް އެކަން ހިމެނޭނީ‬
‫ދެބައޮޑުވުންކަމުގައެވެ‪ .‬އަދި އެވާހަކަ ދެއްކުމުގައި ނިޔަތަކީ ފިތުނަ ފަސާދަ އުފެއްދުން ކަމުގައިވިޔަސް‪ ،‬ނުވަތަ‬
‫އެފަދަ ނިޔަތެއްނެތް ކަމުގައި ވިޔަސް‪ ،‬އެވާހަކަ ދެއްކުމުގެ ސަބަބުން ފިތުނަ ފަސާދައެއް އުފެދުނުނަމަ އެއީ‬
‫ދެބައޮޑުވުމެވެ‪.‬‬

‫ނެތިމޮށުން ނުވަތަ ޣީބަބުނުމަކީ‪ ،‬މީހަކު ނެތް ތަނެއްގައި އެމީހާއާ ބެހޭގޮތުން އެނާ ނުރުހޭނޭފަދަ ވާހަކައެއް‬
‫ِ‬ ‫ِ‬ ‫ِ‬
‫ދެއްކުމެވެ‪َ .‬ر ُس ْو ُل هللا َصلَّى هللاُ َعلَْيه َو َسلَّ َم ޙަދީޘްކުރެއްވިއެވެ‪" .‬أَتَ ْد ُرو َن َما الْغيبَةُ؟"‪ .‬قَالُوا‪ :‬هللاُ‬
‫ت إِ ْن َكا َن ِف أ َِخي َما أَقُ ُ‬ ‫ِ‬ ‫"ذ ْكرَك أَخ َ ِ‬ ‫ِ‬
‫ول؟ قَ َال‪:‬‬ ‫اك بَا يَ ْكَرهُ"‪ .‬قْي َل‪ :‬أَفَ َـرأَيْ َ‬ ‫َوَر ُسولُهُ أ َْعلَ ُم‪ ،‬قَ َال‪َ ُ :‬‬
‫يه فَـ َق ْد بـ َهتَّهُ" (ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް)‬ ‫ول‪ ،‬فَـ َق ِد ا ْغتـبـتَه‪ ،‬وإِ ْن َل ي ُكن فِ ِ‬
‫"إِ ْن َكا َن فِ ِيه َما تَـ ُق ُ‬
‫َ‬ ‫َْ ُ َ ْ َ ْ‬
‫މާނައީ‪[ :‬ޣީބައަކީ ކޮބައިކަން ތިޔަބައި މީހުން ދަންނަމު ހެއްޔެވެ؟] އެވަގުތު ޞަޙާބީން ދެންނެވިއެވެ‪ .‬އެކަން‬
‫އާއި‪ ،‬އެކަލާނގެ ރަސޫލާއެވެ‪ .‬ޙަދީޘް ކުރެއްވިއެވެ‪[ .‬އެއީ ތިބާގެ އަޚާ‪ ،‬ނެތްތަނެއްގައި‬ ‫މޮޅަށް ދެނެވޮޑިގެންވާނީ ﷲ‬
‫އޭނާ ނުރުހޭ ވާހަކައެއް ދެއްކުމެވެ‪ ].‬ޞަޙާބީން ސުވާލުދެއްނެވިއެވެ‪ .‬އެކަމަކީ އެއަޚާގެ ކިބައިގައި ހުރިކަމެއްކަމުގައި‬
‫ވީނަމަވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ‪“ .‬އެބުނި ބަހަކީ އޭނާގެ ކިބައިގައި ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ‬
‫ޣީބައެވެ‪ .‬އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ ބޮޑުވެގެންވާ ދޮގެކެވެ‪].‬‬

‫އެހެންމީހެއްގެ ކިބައިގައި ހުންނަ އުނި ސިފައެއް ކޮޕީކުރުން‪ ،‬ނުވަތަ އިޝާރާތުން ދެއްކުން ފަދަ ކަންކަން ވެސް‬
‫ހިމެނޭނީ ނެތިމޮށުން ކަމުގައެވެ‪.‬‬

‫ދެބައޮޑުވުމާއި ނެތިމޮށުމުގެ ޙުކުމް‬ ‫‪6.1‬‬

‫ދެބައޮޑުވުމަކީ‪ ،‬މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑުވެގެން ފާފައެކެވެ‪ .‬އަދި ދެބައޮޑުވާ މީހުންނަށް ކަށްވަޅުގައި ޢަޛާބު‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫َر ُس ْو ُل هللا َ‬ ‫ލިބޭނެކަން ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅުން ސާބިތުވެއެވެ‪ .‬އެއްފަހަރަކު‬

‫‪233‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ދެ ގަބުރެއްގެ ކައިރިން ވަޑައިގަތެވެ‪ .‬އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ‪“ .‬إنـَُّه َما يـَُع َّذ َب ِن‪َ ،‬وَما يـَُع َّذ َب ِن‬
‫اآلخُر فَ َكا َن َل يَ ْستَِتُ ِم ْن‬ ‫ِ ِ‬ ‫ِ‬
‫َح ُد ُهَا‪ ،‬فَ َكا َن يَْشي ِبلنَّم َيمة ‪ ،‬و َّأما َ‬
‫ِف َكبِ ٍري! بـَلَى إنَّهُ َكبِريٌ‪َّ :‬أما أ َ‬
‫بـولِِه” (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް) މާނައީ‪[ :‬ހަމަކަށަވަރުން މި ދެމީހުންނަށް ޢަޛާބު ދެއްވެމުން ދަނީއެވެ‪.‬‬
‫َْ‬
‫އަދި މިދެމީހުންނަށް ޢަޛާބުދެއްވެމުން ދަނީ މާ ބޮޑުކަމަކާ ނޫނެވެ‪( .‬އެބަހީ‪ :‬އެމީހުން މާބޮޑު ކަމެއް ކަމުގައި‬
‫ނުދެކި ކުރި ދެކަމެކެވެ‪ .‬ނުވަތަ އެއީ އެކަމުން ސަލާމަތްވާން މާ އުނދަގޫ ދެކަމެއް ނޫނެވެ‪ ).‬އެހެނެއް ކަމަކު އެއީ‬
‫ބޮޑުކަމެކެވެ‪ .‬އެތަނުން އެކަކީ‪ ،‬ދޭތެރެޖެއްސުމަށްޓަކައި އެކަކުގެ ވާހަކަ ހިފައިގެން އަނެކަކުގެ ގާތަށް ހިނގާ އުޅުނު‬
‫ދެބައޮޑުވާ މީހެކެވެ‪ .‬އަނެއް މީހާއަކީ‪ ،‬ކުޑަކަމުދާއިރު (ބުރައިގެންދާ ތިކިތަކުން) ރައްކާތެރިވި މީހެއްނޫނެވެ‪].‬‬

‫ނެތިމޮށުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެކެވެ‪ .‬އަދި ނެތިމޮށުމަކީ‪ ،‬މަރުވެފައިވާ އަޚާގެ މުޅަމަސްކެއުން‬
‫ފަދަ ކަމެއްގެ ގޮތުގައި މާތް ﷲ ވަނީ ސިފަކުރައްވާފައެވެ‪ .‬އެކަލާނގެ ވަޙީކުރައްވާފައިވެއެވެ‪.‬‬

‫﴿ﱏ ﱐ ﱑ ﱒﱓ ﱔ ﱕ ﱖ ﱗ ﱘ ﱙ ﱚ‬
‫(ސޫރަތުލް ޙުޖުރާތު‪)12 :‬‬ ‫ﱛ ﴾‬
‫މާނައީ‪[ :‬އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް‬
‫މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ‪ ،‬ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ‪].‬‬

‫ދެބައޮޑުވުމާއި ނެތިމޮށުމުގެ ސަބަބުން ލިބޭ ގެއްލުންތައް‬ ‫‪6.2‬‬

‫‪ .1‬ނުބައިކަމުގެ ތިލަފަތް‪ ،‬ބަރުވެ ނަރަކައަށް ވަންނަން ޖެހުން‪.‬‬


‫ދެބައޮޑުވުމާއި ނެތިމޮށުމަކީ‪ ،‬ބޮޑުވެގެންވާ ދެފާފައެވެ‪ .‬އެހެނިހެން ފާފަތަކާ ޚިލާފަށް މި ދެފާފައަކީ‪ ،‬ދުލުންބުނެލާ‬
‫ބަހެކެވެ‪ .‬އެހެންކަމުން ވަރަށް ގިނަމީހުންނަށް‪ ،‬މި ދެފާފައިގެ ބޮޑުކަން ހަނދާންނައްތާލެވެއެވެ‪ .‬އެހެންނަމަވެސް‬
‫މި ދެފާފައަކީ އަޅުތަކުންގެ ޙައްޤާއި ގުޅިފައިވާ ދެފާފައެވެ‪ .‬އެހެންކަމުން ތައުބާ ވުމަށްޓަކައި ތިމާ އެބައެއްގެ‬
‫ނެތިމޮށުނު މީހުންގެ މާފު ހޯދަންޖެހޭނެއެވެ‪ .‬އަދި ތިމާ އެކަމަށް ތައުބާ ނުވެ މަރާ ބައްދަލުވެއްޖެ ނަމަ ތިމާ‬
‫ކޮށްފައިވާ ހެޔޮ ޢަމަލުތަކުން އެކަމުގެ ބަދަލުދޭން ޖެހޭނެއެވެ‪ .‬ހެޔޮ ޢަމަލެއް ނެތްނަމަ ނުވަތަ ހެޔޮ ޢަމަލުތައް‬
‫ހުސްވެއްޖެނަމަ އޭނާގެ ނުބައި ޢަމަލުތައް ތިބާ އުފުލަން ޖެހޭނެއެވެ‪ .‬ނަތީޖާއެއްގެ ގޮތުން ހެޔޮ ޢަމަލުތައް‬
‫ހުސްވެ އަތްމަތި ހުސްވެފައިވާ މީހެއްގެ ގޮތުގައި ތިބާ ވަންނަން ޖެހޭނީ ނަރަކައަށެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪234‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ފަޟީޙަތް‬ ‫ﷲ‬ ‫‪ .2‬ނެތިމޮށެ އެހެންމީހުންގެ އުނި ސިފަތައް ހޯދުމަށް އުޅޭ މީހުންގެ ކަންކަން މާތް‬
‫ކުރެއްވުން‪.‬‬
‫ِ‬ ‫ِ‬ ‫އެއްވެސް މީހަކީ ހުރިހައިކަމެއް ފުރިހަމަ‬
‫سلَّ َم ޙަދީޘްކުރައްވާފައި ވެއެވެ‪.‬‬
‫صلَّى هللاُ َعلَْيه َو َ‬
‫َر ُس ْو ُل هللا َ‬
‫މީހެއް ނޫނެވެ‪ .‬ކޮންމެ މީހަކުވެސް އެމީހާގެ‬
‫އޭ އެބައެއްގެ ހިތަށް އީމާންތެރިކަން ނުވަދެ ހަމައެކަނި‬
‫ދުލުކުރިން އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން‬ ‫ހުންނަ އުނިކަންކަން އެހެންމީހުންނަށް‬
‫މުސްލިމުންނަށް ޣީބަ ނުބުނާށެވެ! އަދި އެބައިމީހުންގެ‬ ‫ވަންހަނާކުރަން އެދޭނެއެވެ‪ .‬ތިބާގެ އުނި‬
‫ކިބައިގައި ހުރި ނޭދެވޭ ކަންކަން ހޯދަން މަސައްކަތްކޮށް‬ ‫ސިފަތައް އެހެންމީހުންނަށް ހާމަކުރަން ނޭދޭ‬
‫ނުހަދާށެވެ! ހަމަކަށަވަރުން މުސްލިމުންގެ ކިބައިގައި‬
‫ނަމަ އެހެންމީހުންގެ އެފަދަ ސިފަތަކުގެ ވާހަކަ‬
‫ހުންނަ ނޭދެވޭ ކަންކަން ހޯދަން ފާރަވެރިވެ އުޅޭމީހުންގެ‬
‫މީހުންނަށް ހާމަކޮށް ފަޟީޙަތްކޮށްގެން ނުވާނެއެވެ‪.‬‬
‫ނޭދެވޭ ސިފަތަކަށް މާތް ﷲ ފާރަވެރިވެވޮޑިގަންނަވާނެއެވެ‪.‬‬
‫އެހެންނޫންނަމަ ތިބާގެ ކިބައިގައިވާ ނޭދެވޭ އެތައް‬
‫އަދި މާތް ﷲ އެމީހެއްގެ ނޭދެވޭ ކަންކަމަށް‬
‫ފާރަވެރިވެވޮޑިގެންފި ނަމަ‪ ،‬އެނާ ގޭގައި އޮތްކަމުގައި‬ ‫ﷲ‬ ‫ކަމެއް އެހެން މީހުންނަށް ހާމަވާނޭ ގޮތް މާތް‬

‫ވިޔަސް މާތް ﷲ އޭނާ ފަޟީޙަތްކުރައްވާ ހުއްޓެވެ‪.‬‬ ‫އިރާދަކުރެއްވުން ވަނީ ވަރަށް ގާތުގައެވެ‪.‬‬

‫(ރިވާކުރެއްވީ‪ :‬އަބޫދާވޫދު‪ ،‬ތިރްމިޛީ)‬


‫‪.3‬މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަން‬
‫އުފެދުން‪.‬‬
‫ނެތިމޮށުމާއި ދެބައޮޑުވުމަކީ‪ ،‬ހިތްތައް ފަސާދަވެ‪ ،‬އެކަކު އަނެކަކާ ދޭތެރޭ ގޯސް ހީކުރުންތައް އުފެދޭ ކަމެކެވެ‪.‬‬
‫ނަތީޖާއަކަށް ވަނީ މީސްތަކުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ނެތި ޢަދާވާތްތެރިކަން‬
‫އުފެދުމެވެ‪ .‬މިކަމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަ ހަމަޖެހުމާއި އެއްބައިވަންތަކަމަށް ބުރޫއަރައެވެ‪.‬‬

‫‪ .4‬ޢާއިލީ ގުޅުންތަކަށް އަސަރުކުރުން‪.‬‬

‫ދެބައޮޑުވުމާއި ނެތިމޮށުމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ ކަންކަން ހިނގުމަށް މަގުފަހިވެއެވެ‪ .‬ކައިވެނިތައް‬
‫ރޫޅި‪ ،‬ރަޙިމުގެ ގުޅުން ކެނޑޭފަހަރު އާދެއެވެ‪ .‬މައިންބަފައިންނާ ދަރިންގެ ގުޅުން‪ ،‬އަލުން ރަނގަޅު ނުވާވަރަށް‬
‫ގޯސްވެގެން ދާފަހަރުވެސް މަދެއް ނޫނެވެ‪ .‬ނަތީޖާއާ މެދު ވިސްނާނުލައި ދުލުން ބޭރުކުރެވޭ ބަސްތަކެއްގެ‬
‫ސަބަބުންނެވެ‪ .‬ގިނަ ފަހަރަށް ވާހަކަ ދެއްކި މީހާއަށް އޭގެ ސަބަބުން ފަހުން ހިނގާ ކަންކަމެއް ނޭނގެއެވެ‪.‬‬
‫އެހެންނަމަވެސް އެހުރިހައިކަމެއްގެ ޒިންމާ އޭނާ އުފުލަންޖެހޭނެއެވެ‪.‬‬

‫‪235‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫‪ .5‬މުޖުތަމަޢުގެ ތަރައްޤީއާއި ކުރިއެރުމަށް ހުރަސްއެޅުން‪.‬‬

‫މުޖުތަމަޢެއް ކުރިއަރައި ދިއުމަށްޓަކައި‪ ،‬އެމުޖުތަމަޢެއްގެ ފަރުދުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރަށް‬


‫މުހިންމު ރޯލެއް އަދާކުރެއެވެ‪ .‬ނެތިމޮށުމާއި ދެބައޮޑުވުމަކީ‪ ،‬އެއްބައިވަންތަކަމާއި އެކުވެރިކަން ނައްތާލައި‪،‬‬
‫މުޖުތަމަޢުގައި ބައިބައިވުން އުފައްދާ ކަމެކެވެ‪ .‬އަދި މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި‬
‫އިޙުތިރާމު ނެތިކޮށްލާ ކަމެކެވެ‪ .‬ނަތީޖާއަކަށް ވަނީ މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށް ފަރުދުންގެ‬
‫އެއްބާރުލުން ނުލިބުމެވެ‪.‬‬

‫މުޖުތަމަޢުން ފެންނަ ދެބައޮޑުވުމާއި ނެތިމޮށުމުގެ ބައެއް ކަންތައްތައް‬ ‫‪6.3‬‬

‫‪ .1‬އެކީގައި އުޅޭ އެކުވެރިން ތެރޭގައި ދެބައޮޑުވުމާއި ނެތިމޮށުން‪.‬‬


‫އެކީގައި އުޅޭ އެކުވެރިންގެ ތެރޭގައި ނެތިމޮށުމާއި ދެބައޮޑުވުމުގެ ސަބަބުން‪ ،‬ފިތުނަވެރިކަން އުފެދި‪ ،‬މައްސަލަތައް‬
‫ދިމާވާތަން ވަރަށް ގިނައިން ފެނެއެވެ‪ .‬ނަތީޖާއަކަށް ވަނީ‪ ،‬ވަރަށް ލޯބިން އެކުވެރިކަމާއެކު އުޅެމުން އައި‬
‫އެކުވެރިން މުޅި އުމުރަށް ހަތުރުންނަށް ބަދަލުވެގެން ދިއުމެވެ‪.‬‬

‫‪ .2‬ޢާއިލާގެ ތެރޭގައި ދެބައޮޑުވުމާއި ނެތިމޮށުން‪.‬‬

‫ޢާއިލާތަކުގެ ތެރޭގައިވެސް ދެބައޮޑުވުމާއި ނެތިމޮށުމުގެ ޢަމަލުތައް ހިނގައެވެ‪ .‬އޭގެ ސަބަބުން މައިންބަފައިންނާ‬


‫ދަރިންގެ ގުޅުންކެނޑި‪ ،‬މުސްކުޅި މައިންބަފައިން އަޅާލާނޭ މީހަކުނެތި އެކަނިވެރިވާތަން އާދެއެވެ‪ .‬ދެމަފިރިންގެ‬
‫ދެމެދުގައި މައްސަލަތައްޖެހި ޢާއިލާ ރޫޅި‪ ،‬ދަރިން ބިކަވާން މެދުވެރިވެއެވެ‪ .‬އެއްގެއެއްގެ ތެރޭގައި ދިރިއުޅޭ‬
‫އެއްބަނޑު އެއްބަފާ މީހުން އެކަކު އަނެކަކާ އަނގައިން ނުބުނެ‪ ،‬އެކަކު އަނެކަކުގެ ހާލު ބަލާނުލައި‪ ،‬ނުވެސް‬
‫ދަންނަބައެއްގެ ގޮތުގައި އުޅޭތަން އާދެއެވެ‪.‬‬

‫‪ .3‬މަސައްކަތުގެ މާހައުލުގައި ދެބައޮޑުވުމާއި ނެތިމޮށުން‪.‬‬


‫މަސައްކަތުގެ މާހައުލުގެ ތެރޭގައިވެސް ދެބައޮޑުވުމާއި ނެތިމޮށުންމުގެ ޢަމަލުތައް ފެނެއެވެ‪ .‬އެއް މުވައްޒަފަކު‪،‬‬
‫އަނެއް މުވައްޒަފެއްގެ ކިބައިން ފެންނަ އުނި ސިފަތަކުގެ ވާހަކަ ދެއްކުމާއި‪ ،‬އެކަކު ދައްކާ ވާހަކަ އަނެކަކުގެ‬
‫ގާތުގައި ދެއްކުމަކީ ވަރަށް އާންމުކޮށް ހިނގާ ކަންކަމެވެ‪ .‬އަދި މިފަދަ ކަންކަމުގެ ސަބަބުން ކުރަން ހުންނަ‬
‫މަސައްކަތްތަކަށް ބުރޫ އެރުމާއި‪ ،‬މަސައްކަތަށް ޤާބިލު ރަނގަޅު ބައެއް މުވައްޒަފުންނަށް ވެސް ވަޒީފާ ގެއްލުން‬
‫ފަދަ ކަންކަން ކުރިމަތިވެއެވެ‪ .‬އަދި އޮފީސް މާހައުލުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި އެކުވެރިކަން ގެއްލި‪،‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪236‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން އެ ތަނަކުން ދޭންޖެހޭ އާންމު ޚިދުމަތްތަކަށް‬
‫ވެސް ބުރޫއަރާތަން އާދެއެވެ‪.‬‬

‫‪ .4‬މީހުންގެ ހުންނަ އުނި ސިފަތައް ތަމްސީލުކޮށް ދެއްކުން‪.‬‬

‫އެހެންމީހެއްގެ ކިބައިގައި ހުންނަ އުނި ސިފައެއް ކޮޕީކުރުން ނުވަތަ އިޝާރާތުން ދެއްކުން ފަދަ ކަންކަން‬
‫ވެސް ހިމެނޭނީ ނެތިމޮށުމުގެ ތެރޭގައެވެ‪ .‬މިއީ ވަރަށް ގިނައިން މުޖުތަމަޢުން ފެންނަ ޢަމަލެކެވެ‪ .‬އެހެންމީހުން‬
‫ވާހަކަ ދައްކާ ގޮތް ކޮޕީކުރުމާއި‪ ،‬ހިނގުމާއި ހަރަކާތުގައި ހުންނަ އުނި ބައެއް ސިފަތައް މަޖަލަށް ކޮޕީކޮށް‬
‫ހެދުމަކީ މާބޮޑު ކަމެއްކަމުގައި ނުދެކި ވަރަށް ގިނަމީހުން ކޮށްއުޅޭ ކަމެކެވެ‪ .‬މިގޮތުން ސުކޫލުތަކުގެ ދަރިވަރުން‪،‬‬
‫އެކުދިންނަށް ކިޔަވައިދެއްވާ މުދައްރިސުންގެ ހަރަކާތްތައް ތަމްސީލުކޮށް ޖޯކުޖެހުމަކީ އާންމުކޮށް ފެންނަ ކަމެކެވެ‪.‬‬
‫އެހެން ނަމަވެސް މިކަމަކީވެސް ނެތިމޮށުމުގެ ތެރެއިން ހިމެނިގެންވާ ޙަރާމްކަމެކެވެ‪.‬‬

‫‪ .5‬މީހުންގެ ސިފައަށް ފާޑުކިޔުން‪.‬‬

‫އެއީ ވަރަށް ކުރުމީހެއް‪ ،‬ވަރަށް ކަޅު މީހެއް‪ ،‬ވަރަށް ފަލަ މީހެއް ނުވަތަ އެއީ ރީތި މީހެއްނޫން‪ ،‬މިފަދަ‬
‫ބަސްތައްވެސް ހިމެނެނީ ނެތިމޮށުމުގެ ތެރެއިންނެވެ‪ .‬އެހެންނަމަވެސް މިއީ މުޖުތަމަޢުން އާންމުކޮށް އިވޭ‬
‫ބަސްތަކެކެވެ‪ .‬ތިމާއާ މެދު އެހެންމީހަކު އެފަދަބަހެއް ބުނަން ނޭދެވޭ ފަދައިން އެހެންމީހަކާ މެދުވެސް އެފަދަ‬
‫ބަހެއް ބުނެގެން ނުވާނެއެވެ‪ .‬މިފަދަ ކޮންމެ ބަހަކީ އެކަމަކުން ތައުބާވާން ޖެހޭ ފާފައެކެވެ‪.‬‬

‫ދެބައޮޑުވުމާއި ނެތިމޮށުން ފަދަ އިސްލާމީ އަޚްލާޤާ ޚިލާފު‬


‫ލިޔުންތަކާއި ވާހަކަތައް‪ ،‬ޒަމާނީ ވަސީލަތްތަކުގެ އެހީގައި‬
‫ޝެއަރ ކުރުމާއި ކޮމެންޓު ކުރުމާއި ލައިކު ކުރުމަކީ‬
‫ވެސް ރިވެތި އަޚްލާޤުން ބޭރު ޢަމަލެކެވެ‪.‬‬

‫‪237‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ޙަރަކާތް ‪:1‬‬

‫ފިލާވަޅުގެ އަލީގައި އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ދެބައޮޑުވުމާއި ނެތިމޮށުމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬ދެބައޮޑުވުމާއި ނެތިމޮށުމުގެ ޙުކުމް ދަލީލާއެކު ބުނެދޭށެވެ!‬

‫‪ .3‬ދެބައޮޑުވުމާއި ނެތިމޮށުމުން ލިބިދާނޭ ‪ 3‬ގެއްލުމެއް ބުނެދޭށެވެ!‬

‫‪ .4‬މުޖުތަމަޢުން ފެންނަ ދެބައޮޑުވުމާއި ނެތިމޮށުމުގެ ‪ 2‬ޢަމަލެއް ބުނެދޭށެވެ!‬

‫ول‪ ،‬فَـ َق ِد ا ْغتَ ْـبـتَهُ‪،‬‬


‫"إِ ْن َكا َن فِ ِيه َما تَـ ُق ُ‬ ‫ޙަދީޘްކުރެއްވިއެވެ‪.‬‬ ‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫‪َ .5‬ر ُس ْو ُل هللا َ‬
‫يه فَـ َق ْد بـ َهتَّهُ" (ރިވާކުރެއްވީ‪:‬‬‫وإِ ْن َل ي ُكن فِ ِ‬
‫މުސްލިމް) މާނައީ‪“ :‬އެބުނި ބަހަކީ އޭނާގެ ކިބައިގަ‬
‫َ‬ ‫َ َْ ْ‬
‫ހުރިކަމެއްކަމުގައިވާނަމަ ތިބާ ތިޔަބުނީ ޣީބައެވެ‪ .‬އަދި އެއީ އޭނާގެ ކިބައިގައި ނެތްކަމެއްކަމުގައިވާނަމަ އެހެދީ‬
‫ބޮޑުވެގެންވާ ދޮގެކެވެ‪ ].‬މިޙަދީޘުން ދޭހަވާ އެއްޗެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ޢަލީއަކީ ތިޔަކުދިންގެ ކުލާސް ކުއްޖެކެވެ‪ .‬ގުރޫޕު ބަދަލުވާ ކޮންމެ ފަހަރަކު‪ ،‬ކުރިން އިން ގުރޫޕުގެ ކުދިންގެ‬
‫އެކިއެކި އުނި ސިފަތަކުގެ ވާހަކަ އަލަށް އައި ގުރޫޕު ކުދިންނަށް ކިޔައިދެއެވެ‪ .‬އަދި އެކުދިން ދައްކާފައިވާ ވަރަށް‬
‫ގިނަ ވާހަކަތައް ވެސް އާ ގުރޫޕުގެ ކުދިންނަށް ކިޔައިދީ ހަދައެވެ‪ .‬މިކަމުގެ ސަބަބުން ކްލާސްތެރޭގައި ވަރަށް‬
‫ގިނަ މައްސަލަތައް ޖެހެއެވެ‪ .‬ބައެއް ކުދިން މިހާރު އެއްކުއްޖަކު އަނެއްކުއްޖަކާ ވާހަކަވެސް ނުދައްކައެވެ‪.‬‬

‫ގުރޫޕުގައި މަޝްވަރާކުރުމަށް ފަހު‪ ،‬ފިލާވަޅުން ލިބުނު މަޢުލޫމާތުގެ އެހީއާއެކު‪ ،‬ޢަލީ ޢަމަލުކުރާ ގޮތަކީ‪،‬‬
‫ދީނީގޮތުން އަދި ދުނިޔަވީ ގޮތުންވެސް ނުރަނގަޅު ޢަމަލެއްކަން ބަޔާންކޮށްދީ ޢަލީއަށް ނަޞޭޙަތްތެރިވެ ސިޓީއެއް‬
‫ލިޔާށެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪238‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:3‬‬

‫އެއްވެސް މީހަކީ ހުރިހައި ކަމެއް ފުރިހަމަ މީހެއް ނޫނެވެ‪ .‬އެހެންކަމުން ކޮންމެ މީހަކުވެސް ރަނގަޅުކުރަންޖެހޭ‬
‫ބައިވަރު ކަންކަން ހުންނާނެއެވެ‪ .‬އެގޮތުން ތިޔަ ދަރިވަރުގެ ކިބައިގައި އެހެންކުއްޖަކު ހިތްހަމަނުޖެހޭ ކަމެއް‬
‫ހުރުންވެސް އެކަށީގެންވެއެވެ‪ .‬އެކަން ރަނގަޅު ކުރެވޭނީ ތިޔަދަރިވަރަށް އެކަން އެނގިގެންނެވެ‪ .‬އެގޮތުން‬
‫(މިސާލަކަށް) ކައިރީގައި އިން ތިޔަ ދަރިވަރުގެ އެކުވެރިޔާއަށް ވަރަށް އުނދަގޫވާ ނޭދެވޭ ސިފައެއް ތިޔަ‬
‫ދަރިވަރުގެ އެބަހުއްޓެވެ‪ .‬ތިރީގައި އެވަނީ އެކަމާ ގުޅިގެން އެދަރިވަރު ކަންތައް ކޮށްފާނެ ގޮތްތަކެކެވެ‪ .‬އެތަނުން‬
‫ތިޔަ ދަރިވަރު އެންމެ ހިތް އެދޭ ގޮތްތަކުގައި ހެޔޮފާހަގަ‪ ،‬އަދި ހިތް ނޭދޭ ގޮތްތަކުގައި ނުބައި ފާހަގަ ލާށެވެ‪.‬‬

‫‪ .1‬ކުލާސް ހުރިހައި ކުދިންގެ ގާތުގައި އެވާހަކަ ދައްކާނީ‪.‬‬

‫‪ .2‬ޓީޗަރު ގާތު އެވާހަކަ ދައްކައި އެހެން ގުރޫޕަކަށް ބަދަލުވާނީ‪.‬‬

‫‪ .3‬ތިޔަ ދަރިވަރާ ވާހަކަ ނުދައްކާނީ‪.‬‬

‫‪ .4‬އޭނާ ވެސް ތިޔަ ދަރިވަރަށް އުނދަގޫވާނޭ ފަދަ ޢަމަލުތައް ކުރާނީ‪.‬‬

‫‪ .5‬އެހެން ކުއްޖަކަށް ނޭނގޭނެހެން ވަކިން ތިޔަދަރިވަރަށް އެކަން ބުނެދޭނީ‪.‬‬

‫(ތިބާއާ މުޢާމަލާތު ކުރަން އެދޭ ގޮތަށް އަބަދުވެސް އެހެންމީހުންނާ މެދު މުޢާމަލާތު ކުރަން ހަނދާން‬
‫ބަހައްޓާށެވެ!)‬

‫‪239‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪7‬‬

‫އިޖުތިމާޢީ ހަމަހަމަކަން‬
‫އިޖުތިމާޢީ ހަމަހަމަކަމޭ ބުނެވޭ ބަހުގެ މާނައަކީ ޙައްޤުތަކާއި ވާޖިބުތަކުގައި ތަފާތުކުރުމެއްނެތި އެންމެންގެ‬
‫މެދުގައި ޢަދުލުވެރިވެ ހަމަހަމަކަން ޤާއިމުކުރުމެވެ‪ .‬ޙަސަބާއި ނަސަބާއި‪ ،‬އާރާއި ބާރަށް ބެލުމެއްނެތި ކޮންމެ‬
‫މީހަކަށްވެސް އެމީހަކަށް ލިބިދޭންޖެހޭ ޙައްޤުތައް ޢަދުލުވެރިކަމާއެކު ލިބިދިނުމެވެ‪ .‬ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި‬

‫އިސްތިސްނާވުމެއްނެތި ހަމަހަމަވުމެވެ‪ .‬ކުރުގޮތަކަށް ބުނާނަމަ އެންމެންގެ މެދުގައިވެސް ޢަދުލުވެރިކަން ޤާއިމުވުމެވެ‪.‬‬

‫އިޖުތިމާޢީ ހަމަހަމަކަމުގެ މުހިންމުކަން‪:‬‬ ‫‪7.1‬‬

‫ތަފާތުކުރުމެއްނެތި ޢަދުލުވެރިވެވިގެން މެނުވީ މުޖުތަމަޢެއްގައި އަމަންއަމާންކަމާއި ހަމަޖެހުން ޤާއިމެއް‬


‫ނުކުރެވޭނެއެވެ‪ .‬ތަފާތުކުރުން ގެންގުޅޭނަމަ އެކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ މެދު ދެކޭގޮތް ބަދަލުވެ‪،‬‬
‫ހިތުގައި ނަފުރަތާއި ޙަސަދައިގެ ހުޅު ރޯވާން މެދުވެރިވެއެވެ‪ .‬ޙަސަބާއި ނަސަބާއި ތަނަވަސްކަމާއި އާރާއި ބާރުގެ‬
‫ސަބަބުން މީސްތަކުންގެ މެދުގައި ތަފާތުކުރުމަކީ އެކަމުގެ ސަބަބުން ފިތުނަ ފަސާދައަށް މަގުފަހިކުރުވާ ކަމެކެވެ‪.‬‬
‫އަދި ކުރީގެ އުއްމަތްތައް ނެތި ދިއުމުގެ ސަބަބެއްކަމުގައިވެސް މިކަން ވެގެން ދިޔައެވެ‪.‬‬

‫އެއްފަހަރަކު މަޚްޒޫމީ ވަންހައިގެ އަންހެނަކު ވައްކަންކުރިއެވެ‪ .‬އަދި އެކަމާ ޤުރައިޝުން ކަންބޮޑުވެ‪،‬‬


‫وسلَّم ގެ އަރިހަށް‬ ‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫އެކަނބުލޭގެއާ މެދު ޝަފާޢަތްތެރިވުމަށް ވާހަކަދެއްކުމަށް‬
‫އުސާމާ ބުނު ޒައިދުގެފާނު ފޮނުއްވިއެވެ‪ .‬އަދި އެކަލޭގެފާނު އެވާހަކަ ދެއްކެވުމުން ތެދުވެވަޑައިގެން رسو ُل ِ‬
‫هللا‬ ‫َ ُْ‬
‫ين قَـبـْلَ ُك ْم أَنـَّ ُه ْم َكانُوا إِ َذا‬ ‫صلَّى هللا علَي ِه وسلَّم ދެއްވި ޚުތުބާގައި ވިދާޅުވިއެވެ‪َّ " .‬إنَا أهلَ َّ ِ‬
‫ك الذ َ‬
‫ْ َ‬ ‫َ ُ َْ ََ َ‬
‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِِ‬
‫يف ‪ ،‬أَقَ ُاموا َعلَْيه احلَ َّد ‪َ ،‬و ْايُ هللا لَ ْو َّ‬
‫أن‬ ‫يف تَـَرُكوهُ ‪َ ،‬وإِ َذا َسَر َق في ِه ُم الضَّع ُ‬
‫الش ِر ُ‬
‫هم َّ‬‫َسَر َق في ُ‬
‫ٍ‬ ‫ِ‬
‫ت ي َد َها" (ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް) މާނައީ‪[ :‬ހަމަކަށަވަރުން‬
‫ت لََقطَ ْع ُ َ‬ ‫فَاط َمةَ بِْن َ‬
‫ت ُمَ َّمد َسَرقَ ْ‬
‫ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ‪ ،‬އެބައިމީހުންކުރެ މާތްމީހަކު ވައްކަންކޮށްފިނަމަ‪ ،‬އެމީހަކު‬
‫ދޫކޮށްލައި‪ ،‬ދެރަ ނިކަމެތި މީހަކު ވައްކަންކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙައްދު ޤާއިމްކުރަންފެށުމުންނެވެ‪.‬‬
‫ގަންދެއްވާ ހުވާކުރައްވާ ވިދާޅުވަމެވެ‪ .‬މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމާ ވައްކަންކުރެއްވިނަމަ‪،‬‬ ‫ﷲ‬
‫ހަމަކަށަވަރުން ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪240‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫އިޖުތިމާޢީ ހަމަހަމަކަން ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް‪:‬‬ ‫‪7.2‬‬

‫‪.1‬އިޖުތިމާޢީ ހަމަހަމަކަމުގެ މުހިންމުކަން‬


‫މީސްތަކުންނަށް އަންގައިދީ އެކަމަށް‬
‫ހޭލުންތެރިކުރުވުން‪.‬‬

‫‪.2‬ކަމާއެކަށީގެންވާ ޤާބިލު ފަރާތްތަކާ‬


‫މަސްއޫލިއްޔަތުތައް ހަވާލުކުރުން‪.‬‬

‫‪.3‬ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް‬


‫ވަކި ޖިންސަކަށް ވަކި ނަސްލަކަށް ތަފާތުކުރުމެއް ނެ ި‬
‫ތ‬ ‫ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުން‪.‬‬
‫އެންމެނަށް ތަޢުލީމުގެ ފުރުޞަތު ލިބުމަކީ މުޖުތަމަޢެއް ބިނާވެ‬
‫ކުރިއަރައިދިޔުމަށް އެންމެ މުހިންމު އަސާސެވެ‪.‬‬ ‫‪.4‬އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ކުދިން‬
‫ބޮޑުކުރުން‪.‬‬

‫‪.5‬އިޖުތިމާޢީ ހަމަހަމަކަން ނަގާލާ މީހުންނަށް އެކަށީގެންވާ އަދަބެއް ކަނޑައެޅުން‪.‬‬

‫އިޖުތިމާޢީ ހަމަހަމަކަން ލިބިދިނުމާއި އެކަމުގެ ފައިދާ‪:‬‬ ‫‪7.3‬‬

‫‪ .1‬އަމާން‪ ،‬ޞުލްޙަ މަސަލަސްކަން ޤާއިމުވެފައިވާ މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .2‬މުޖުތަމަޢުގައި އެއްބައިވަންތަކަން ޤާއިމުވުން‪.‬‬

‫‪ .3‬އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރާ ގުޅުން ބަދަހި މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .4‬މާޔޫސްކަން ކުޑަ‪ ،‬އުފާވެރި މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .5‬ޙަސަދަވެރިކަމާއި‪ ،‬ނަފުރަތުން އެއްކިބާވެފައިވާ މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .6‬އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭ‪ ،‬ޙައްޤުތަކަށް ރައްކާތެރިވާ މުޖުތަމަޢެއް ބިނާވުން‪.‬‬

‫އިޖުތިމާޢީ ހަމަހަމަކަން ލިބިދިނުމަށް ކުރެވިދާނެ ކަންތައްތައް‪:‬‬ ‫‪7.4‬‬

‫‪ .1‬މުޖުތަމަޢުގެ އެއްވެސް ފަރުދެއްގެ މެދުގައި ތަފާތުކުރުމެއް ނެތި‪ ،‬އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ‬


‫ޙުކުމްތައް ތަންފީޒުކުރުން‪.‬‬

‫‪241‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫‪ .2‬މުޖުތަމަޢުގެ އެއްވެސް ފަރުދަކަށް ތަފާތުކުރުމެއްނެތި‬


‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ‪...‬‬
‫ހަމަހަމަ ކަމާއެކު‪ ،‬އެބައިމީހުންނަށް ލިބިދޭންޖެހޭ ޙައްޤުތައް‬

‫މުޖުތަމަޢެއްގައި އިޖުތިމާޢީ‬ ‫ލިބިދިނުން‪.‬‬

‫ހަމަހަމަކަން ދެމެހެއްޓޭނީ‪ ،‬އިސްލާމީ‬ ‫‪ .3‬ފަރުދީގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތަކުގައި‬


‫ހަމަތަކާއި އުޞޫލުތަކަށް ލޯބިކުރާ‬ ‫އެންމެންގެ މެދުގައި ޢަދުލުވެރިކަން އޮތުން‪.‬‬
‫ޖީލެއްބިނާކުރެވިގެންނެވެ‪ .‬އެހެނީ‬
‫‪ .4‬ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް އެއްވެސް މީހަކާ މެދު‬
‫އިޖުތިމާޢީ ހަމަހަމަކަން އެންމެ ފުރިހަމަ‬
‫ތަފާތުކުރުމެއްނެތި ތަންފީޒުކުރުން‪.‬‬
‫ގޮތުގައި މީސްތަކުންނާއި ހަމައަށް‬
‫‪ .5‬މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ (މުސްކުޅިން‪ ،‬ކުޑަކުދިން‪،‬‬
‫ގެނެސްދިނީ އިސްލާމްދީނެވެ‪.‬‬
‫ފަޤީރުން‪ ،‬ޚާއްޞައެހީއަށް ބޭނުންވާމީހުން) އިންސާނީ‬

‫ޙައްޤުތަކަށް އިޙުތިރާމުކުރުމާއި‪ ،‬އެޙައްޤުތައް ފުރިހަމައަށް‬

‫ލިބިދިނުން‪.‬‬

‫އިޖުތިމާޢީ ހަމަހަމަކަން ނެތުމުން ލިބޭ ގެއްލުންތައް‪:‬‬ ‫‪7.5‬‬

‫އަނިޔާވެރިކަން އާންމުވުން‪.‬‬ ‫‪.1‬‬

‫ޙައްޤުތައް ހޯދަން ސަލާންޖަހަން ޖެހުން‪.‬‬ ‫‪.2‬‬

‫ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވުން‪.‬‬ ‫‪.3‬‬

‫ޙަސަބާއި ނަސަބާ‪ ،‬އާރާއި ބާރުގެ ގޮތުން ގަދަފަދަ މީހާ ނިކަމެތިންގެ މައްޗަށް ބާރުހިންގުން‪.‬‬ ‫‪.4‬‬

‫މީސްތަކުންގެ މެދުގައި ޙަސަދަވެރިކަމާއި ނަފުރަތު އުފެދުން‪.‬‬ ‫‪.5‬‬

‫ޤާނޫނުތަކާއި ޤަވާޢިދުތަކަށް މީސްތަކުން ބޯނުލެނބުން‪.‬‬ ‫‪.6‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪242‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބު ދޭށެވެ!‬

‫‪ .1‬އިޖުތިމާޢީ ހަމަހަމަކަމަކީ ކޮބައިކަން ބުނެދޭށެވެ!‬

‫‪ .2‬އިޖުތިމާޢީ ހަމަހަމަކަން ނެތިއްޖެނަމަ ލިބޭނެ ގެއްލުންތަކަކީ ކޮބައިހެއްޔެވެ؟‬

‫‪ .3‬އިޖުތިމާޢީ ހަމަހަމަކަން ޤާއިމުވެފައި އޮންނަ މުޖުތަމަޢަކަށް ލިބޭނެ ފައިދާތަކަކީ ކޮބައިހެއްޔެވެ؟‬

‫ޙަރަކާތް ‪:2‬‬

‫يف تَ َـرُكوهُ ‪َ ،‬وإِ َذا َسَر َق فِي ِه ُم‬


‫الش ِر ُ‬
‫هم َّ‬ ‫ِِ‬ ‫ِ‬
‫ين قَـبـْلَ ُك ْم أنـَُّه ْم َكانُوا إ َذا َسَر َق في ُ‬
‫"إنَا أهلَ َّ ِ‬
‫ك الذ َ‬‫َّ ْ َ‬
‫ٍ‬ ‫هللا لَو َّ ِ‬ ‫ِ‬ ‫ِ‬ ‫ِ‬
‫ت يَ َد َها"‬‫ت لََقطَ ْع ُ‬ ‫ت ُمَ َّمد َسَرقَ ْ‬ ‫أن فَاط َمةَ بِْن َ‬ ‫يف‪ ،‬أَقَ ُاموا َعلَْيه احلَ َّد ‪َ ،‬و ْايُ ْ‬ ‫الضَّع ُ‬
‫(ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް) މިޙަދީޘްގެ އަލީގައި އިޖުތިމާޢީ ހަމަހަމަކަމާއި އިސްލާމްދީނާ ހުރި ގުޅުމާ‬
‫ބެހޭގޮތުން ޕެރެގްރާފެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫އިޖުތިމާޢީ ހަމަހަމަކަން ރާއްޖޭގައި އޮތްގޮތާ ބެހޭގޮތުން‪ ،‬އަންނަނިވި ނުކުތާތައް ހިމަނައިގެން ރިޕޯޓެއް‬


‫ތައްޔާރުކުރާށެވެ!‬

‫‪ .1‬ރާއްޖޭގައި އިޖުތިމާޢީ ހަމަހަމަކަން އޮތް މިންވަރު‪.‬‬

‫‪ .2‬އިޖުތިމާޢީ ހަމަހަމަ ކަމާމެދު ދިވެހިން ދެކޭގޮތް‪.‬‬

‫‪ .3‬ކުރިއާއި މިހާރާ އަޅާ ބަލާއިރު އިޖުތިމާޢީ ހަމަހަމަ ކަމަށް އައިސްފައިވާ ބަދަލުތައް‪.‬‬

‫‪243‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪8‬‬

‫ނަޒާހަތްތެރިކަން‬

‫"ނަޒާހަތްތެރިކަން" މިއީ ޢަރަބި ބަހުން ނެގިފައިވާ ލަފްޒެކެވެ‪ .‬ޢަރަބި ބަހުގައި "އައްނަޒާހާ" މި ލަފްޒުގެ‬
‫މާނައަކީ‪ ،‬ނުބައިކަންކަމާއި‪ ،‬އަދި ނުބައިކަމަކަށް ވެދާނެކަމަށް ހީވާ ކަންކަމާވެސް ދުރުހެލިވުމެވެ‪ .‬ދިވެހިބަހުގައި‬
‫ނަޒާހަތްތެރިކަން މާނަކުރަނީ "ކޮރަޕްޝަން" ގެ އިދިކޮޅު މާނައިގައެވެ‪.‬‬

‫މީހަކު ކުރާކަމެއްގައި ނަޒާހަތްތެރިވުމޭ ބުނެވޭ ބަހުގެ މާނައަކީ‪ ،‬ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާ‬


‫އެކު އެމީހެއްގެ ވާޖިބު އަދާކުރުމެވެ‪ .‬ލިބިފައިވާ މަޤާމުގެ ބޭނުންކޮށްގެން ނަހަމަގޮތުގައި ޒާތީ މަންފާއެއް‬
‫ޙާޞިލްކުރުން‪ ،‬ނުވަތަ އެހެންމީހަކަށް އެފަދަ ކަމެއް ޙާޞިލްކޮށްދިނުން‪ ،‬ނުވަތަ މީހަކަށް ގެއްލުމެއް ދިނުންފަދަ‬
‫ކަންކަމަކީ‪ ،‬ނަޒާހަތްތެރިކަމާއި އިދިކޮޅު ފަސާދައިގެ ޢަމަލުތަކެވެ‪ .‬ނުވަތަ ކޮރަޕްޝަނުގެ ޢަމަލުތަކެވެ‪.‬‬

‫ނަޒާހަތްތެރިކަމުގެ މުހިންމުކަން‪:‬‬ ‫‪8.1‬‬

‫ނަޒާހަތްތެރިކަމާ ނުލައި މުޖުތަމަޢެއް ކުރިއަރައިގެން‬


‫ނުދާނެއެވެ‪ .‬ނަޒާހަތްތެރިކަން ނެތް މުޖުތަމަޢަކުން‬
‫ފެންނާނީ ފަސާދައާ އަނިޔާވެރިކަމާއި ނާއުންމީދެވެ‪.‬‬
‫ޚިޔާނާތްތެރިކަމާއި ރިޝްވަތާއި މަކަރުހެދުމާއި‬
‫އޮޅުވާލުމެވެ‪ .‬ދުނިޔަވީ މަންފާއަށްޓަކައި‬
‫އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމެވެ‪.‬‬
‫މިއިން ކޮންމެ ކަމަކީ ވެސް އެކަމުގެ ސަބަބުން‬
‫ނަޒާހަތްތެރިކަން ނެތް މުޖުތަމަޢެއްގައި ތަޢުލީމާ ި‬
‫އ‬
‫ހުނަރުވެރިކަމަކީ ގިނަފަހަރަށް އެކަމުން ފައިދާއެއް‬ ‫މީސްތަކުން ބައިބައިވެ މުޖުތަމަޢުގައި ފިތުނަ‬
‫ކުރާ ކަންކަމެއް ނޫނެވެ‪ .‬ސަބަބަކީ‪ ،‬މަތީ‬ ‫ފަސާދަ އުފެދުމަށް މަގުފަހިކުރާނެ ކަންކަމެވެ‪.‬‬
‫މަޤާމުތަކާއި ވަޒީފާ ދިނުމުގައި ވެސް ތަޢުލީމާއި‬
‫ޤާބިލުކަމަށް ބެލުމުގެ ބަދަލުގައި ޙަސަބާއި ނަސަބު‬
‫އަދި މީސްތަކުންގެ ޙައްޤުތައް ގެއްލި މުޖުތަމަޢުގެ‬
‫ނުވަތަ ބާރާއި ނުފޫޒަށް އިސްކަން ދިނުމެވެ‪.‬‬ ‫ހަމަޖެހުމާއި އަމާންކަން ގެއްލިގެން ދިއުމަށް ވެސް‬
‫މަގުފަހިކުރުވާނެ ކަންކަމެވެ‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪244‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ނަޒާހަތްތެރިކަން ދޫކޮށްލާ ޚިޔާނާތާއި ފަސާދައިގެ މަގު އިޚްތިޔާރުކުރާ މީހާ އެކަންކުރަނީ މުދަލުގެ‬


‫ދަހިވެތިކަމުގައެވެ‪ .‬ދުނިޔަވީ ގޮތުން ލިބޭ ވަގުތީ މަންފާއަކަށްޓަކައެވެ‪ .‬ނަޒާހަތްތެރިކަމާއި ފުށުއަރާ‬
‫ވަނީ މަނާކުރައްވާފައެވެ‪ .‬މިގޮތުން ބާޠިލް ގޮތުގައި އެއްބަޔަކު އަނެއްބައެއްގެ މުދާ‬ ‫ﷲ‬ ‫އެންމެހައިކަމެއް މާތް‬
‫ވަޙީކުރައްވާފައިވެއެވެ‪.‬‬ ‫ﷲ‬ ‫ކެއުން އެކަލާނގެ ވަނީ ޙަރާމްކުރައްވާފައެވެ‪ .‬މާތް‬

‫﴿ﲋ ﲌ ﲍ ﲎ ﲏ ﲐ ﲑ ﲒ ﲓ‬
‫(ސޫރަތުލް ބަޤަރާ‪)188 :‬‬ ‫ﲔ ﲕ ﲖ ﲗ ﲘ ﲙ ﲚ ﲛ﴾‬
‫މާނައީ‪[ :‬އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން‬
‫ދެނެތިބެގެންމެ‪ ،‬ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ‪:‬‬
‫އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!]‬

‫ހަމައެހެންމަ ނަހަމަ ގޮތުގައި ކަންކަން ނިންމުމަށްޓަކައި‪ ،‬ކަންކަމާ ހަވާލުވެ ތިބޭ ފަރާތްތަކަށް ރިޝްވަތު‬
‫صلَّى هللاُ َعلَْي ِه‬ ‫ِ‬ ‫"لَعن رس ُ ِ‬
‫ول هللا َر ُس ْو ُل هللا َ‬ ‫ََ َُ‬ ‫ދިނުމާއި ރިޝްވަތުގައި ހިފުމަކީ ވެސް ޙަރާމްކަމެކެވެ‪.‬‬
‫والْمرتَ ِ‬
‫شي" (ރިވާކުރެއްވީ‪ :‬އައްތިރްމިޛީ) މާނައީ‪[ :‬ރިޝްވަތުދޭމީހާއާއި ރިޝްވަތު‬ ‫وسلَّم َّ ِ‬
‫الراشي َ ُ ْ‬ ‫ََ َ‬
‫ِ‬
‫صلَّى هللاُ َعلَْيه َو َسلَّ َم‬ ‫ِ‬
‫ލަޢުނަތް ލެއްވިއެވެ‪ ].‬މިފަދަ ގޮތްގޮތުން ހޯދާ މުދާ‬ ‫ހިފާމީހާއަށް َر ُس ْو ُل هللا َ‬
‫ހުއްދަވެގެން ނުވެއެވެ‪.‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫ބޭކަލަކު ފޮނުއްވިއެވެ‪.‬‬ ‫َر ُس ْو ُل هللا َ‬ ‫އެއްފަހަރަކު ޒަކާތުގެ މުދާ އެއްކުރުމަށްޓަކައި‬
‫އެބޭކަލަކު އެމަސައްކަތް ނިންމަވާ އެނބުރި ވަޑައިގަތުމަށްފަހު ވިދާޅުވިއެވެ‪ .‬މިއީ ޒަކާތުގެ ގޮތުގައި ލިބުނު‬
‫صلَّى‬ ‫ِ‬
‫މުދަލެވެ‪ .‬ދެން މިހިރީ އަހަރެންނަށް މީހުން ހަދިޔާއަށް ދިން ތަކެއްޗެވެ‪ .‬އެހިނދު َر ُس ْو ُل هللا َ‬
‫ت أبِ ِيه أ َْو أ ُِّم ِه َح َّت َتْتِيَهُ َه ِديَّـتُهُ إ ْن‬‫هللا علَي ِه وسلَّم ޙަދީޘްކުރެއްވިއެވެ‪" .‬أَفَ َل جلَس ِف بَـي ِ‬
‫َ َ ْ‬ ‫ُ َْ ََ َ‬
‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫ِ‬
‫أح ٌد مْن ُك ْم َشْيئاً بِغَ ِري َح ّقه َّإل لَق َي هللاَ تـََع َ‬ ‫ِ‬ ‫َكا َن ِ‬
‫ال‪َْ ،‬يملُهُ يـَْوَم‬ ‫صادقاً‍‪َ ،‬وهللا َل َيْ ُخ ُذ َ‬
‫َ‬
‫القيام ِة" (ރިވާކުރެއްވީ‪ :‬ބުޚާރީ‪ ،‬މުސްލިމް) މާނައީ [އޭނާ އެހެން ބުނާއިރު‪ ،‬އޭނާގެ އެބަހުގައި އެއީ‬ ‫ِ‬
‫ََ‬
‫ތެދުވެރިޔަކުކަމުގައި ވާނަމަ އޭނާއަށް އެހަދިޔާތައް ލިބޭތޯ އޭނާގެ ބައްޕަގެ ނުވަތަ މަންމަގެ ގޭގައި ނުއިނީ‬
‫ގަންދެއްވާ ވިދާޅުވަމެވެ‪ .‬އެމީހަކަށް ޙައްޤުވެގެންނުވާ އެއްވެސް އެއްޗެއް ނަގައިފިމީހާ‬ ‫ﷲ‬ ‫ކީއްވެ ހެއްޔެވެ؟‬
‫ގެ ޙަޟްރަތަށް ޙާޟިރުވާ ހިނދު އެ މީހަކު ނަގާފައިވާ އެއްޗެއް އޭނާ‬ ‫ﷲ‬ ‫ޤިޔާމަތް ދުވަހުން އެމީހަކު މާތް‬
‫އުފުއްލައިގެންވާ ޙާލުގައިމެނުވީ ނުވާނެއެވެ‪ ].‬މާނައަކީ‪ ،‬ވަޒީފާގެ ގޮތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ‬

‫‪245‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ތެރެއިން ތިމާއަށް‪ ،‬ހަދިޔާގެ ގޮތުގައި ނުވަތަ އެހެން ނަމެއްގައި ނަމަވެސް ދޭ ތަކެތި ޤަބޫލުކުރުން‬
‫ހުއްދަވެގެން ނުވެއެވެ‪ .‬މިކަންކަމުން އެނގިގެން ދަނީ ދުނިޔެއާއި އާޚިރަތަށްޓަކައިވެސް ނަޒާހަތްތެރިކަމުގެ‬
‫މުހިންމުކަމެވެ‪.‬‬

‫ނަޒާހަތްތެރިކަމުގެ ފައިދާ‪:‬‬ ‫‪8.2‬‬

‫‪ .1‬އިންސާނީ ޙައްޤުތައް ހަމަހަމަކަމާއެކު ކޮންމެ ފަރުދަކަށްމެ ލިބުމަށް މަގުފަހިވުން‪.‬‬

‫‪ .2‬ޢަދުލު އިންސާފު ޤާއިމުވެފައިވާ މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .3‬އެއްބަޔަކު އަނެއްބަޔަކަށް އިތުބާރުކުރާ މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .4‬ފުދުންތެރި މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .5‬އިޖުތިމާޢީ ފޭރާން ވަރުގަދަ އަމާން މުޖުތަމަޢެއް ބިނާވުން‪.‬‬

‫‪ .6‬ޤައުމު ތަރައްޤީވެ ކުރިއަރައި ދިއުން‪.‬‬

‫ނަޒާހަތްތެރިކަން ގެއްލޭކަންތައްތައް‪:‬‬ ‫‪8.3‬‬

‫‪ .1‬ޚިޔާނާތްތެރިވުން‪.‬‬

‫‪ .2‬ދޮގުހެދުން‪.‬‬

‫‪ .3‬ވަޢުދާއި ޚިލާފުވުން‪.‬‬

‫‪ .4‬މަކަރުހެދުން‪.‬‬

‫‪ .5‬ލިބިފައިވާ ބާރެއްގެ ބޭނުންކޮށްގެން ހުއްދަނޫންގޮތުގައި އަމިއްލަ ފައިދާއެއް ލިބިގަތުން ނުވަތަ އެހެންމީހަކަށް‬


‫ނުޙައްޤު މަންފާއެއް ހޯދައިދިނުން‪.‬‬

‫‪ .6‬ލިބިފައިވާ ބާރެއްގެ ބޭނުންކޮށްގެން އެހެންމީހެއްގެ ޙައްޤެއް ނިގުޅައިގަތުން ނުވަތަ އެހެންމީހަކަށް ގެއްލުމެއް‬


‫ދިނުން‪.‬‬

‫‪ .7‬ރިޝްވަތު ދިނުން‪.‬‬

‫‪ .8‬ރިޝްވަތު ހިފުން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪246‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ނަޒާހަތްތެރި ނުވުމުން ލިބޭ ގެއްލުން‪:‬‬ ‫‪8.4‬‬

‫‪ .1‬މުޖުތަމަޢުން ޢަދުލު އިންސާފު ނެތިގެން ދިއުން‪.‬‬

‫‪ .2‬މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލިގެން ދިއުން‪.‬‬

‫‪ .3‬ފިތުނަ ފަސާދަ އާންމުވުން‪.‬‬

‫‪ .4‬އިންސާނީ ޙައްޤުތައް ނުލިބުން‪.‬‬

‫‪ .5‬އިޖުތިމާޢީ ފޭރާން ބަލިކަށިވެ‪ ،‬އެއްބަޔަކު އަނެއްބަޔަކަށް އިތުބާރު ނުކުރެވުން‪.‬‬

‫‪ .6‬ޤައުމުގެ ފުދުންތެރިކަމުގެ މިންވަރު ދަށްވުން‪.‬‬

‫‪ .7‬ތަރައްޤީގެ ދުވެލި މަޑުޖެހި ޢުމްރާނީ ގޮތުން ކުރިއަރާމިންވަރު ދަށްވުން‪.‬‬

‫‪ .8‬ޤާނޫނުތަކާއި ޤަވާޢިދުތަކަށް މީހުން ބޯލަނބާމިންވަރު ކުޑަވުން‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ނަޒާހަތްތެރިކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟‬

‫‪ .2‬ނަޒާހަތްތެރިކަމުން ލިބިދޭ ‪ 4‬ފައިދާއެއް ބުނެދޭށެވެ!‬

‫‪ .3‬ނަޒާހަތްތެރި ނުވުމުގެ ސަބަބުން ލިބިދާނޭ ‪ 4‬ގެއްލުމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ކޮރަޕްޝަނަކީ ކޮބައިކަން ބަޔާންކުރާށެވެ! އަދި ކޮރަޕްޝަނުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން‬


‫ކުލާހުގައި ވާހަކަދައްކާށެވެ!‬

‫‪247‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ޙަރަކާތް ‪:3‬‬

‫ރިޝްވަތަކީ ނަޒާހަތްތެރިކަމާ އިދިކޮޅު ޢަމަލެކެވެ‪ .‬އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ޢަމަލެކެވެ‪.‬‬

‫ރިޝްވަތާ ބެހޭ ގޮތުން އަންނަނިވި ނުކުތާތައް ހިމެނޭނެހެން މަޒުމޫނެއް ލިޔާށެވެ! އަދި ކުލާހަށް ހުށަހަޅާށެވެ!‬

‫‪ .1‬ރިޝްވަތަކީ ކޮބައިކަން‪.‬‬

‫‪ .2‬ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ޙުކުމް ދަލީލާއެކު‪.‬‬

‫‪ .3‬ރިޝްވަތުގެ ނުބައިކަން‪.‬‬

‫‪ .4‬ރިޝްވަތުގެ ސަބަބުން މުޖުތަމަޢަށް ކުރާނެ ނޭދެވޭ އަސަރުތައް‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪248‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ފިލާވަޅު ‪9‬‬

‫ކުށް ޤަބޫލުކުރުމާއި މަޢާފުކުރުން‬

‫ދިވެހި ބަހުގައި "ކުށް" މިބަސް ތިން މާނައެއްގައި ބޭނުން ކުރެއެވެ‪ .‬އެއީ‪ :‬ޞައްޙަ ނޫން ގޮތް‪ ،‬ޤަވާޢިދާ ޚިލާފު‬
‫ކަންތައް‪ ،‬ރަނގަޅު ގޮތާއި ޚިލާފު‪ ،‬މި ތިން މާނައިގައެވެ‪ .‬އަދި "ޤަބޫލުކުރުން"ގެ މާނައަކީ‪ ،‬އެއްބަސްވުމެވެ‪.‬‬
‫އެހެންކަމުން "ކުށް ޤަބޫލުކުރުމު"ގެ މާނައަކީ‪ ،‬ނުރަނގަޅު ގޮތުގައި ކުރެވުނު ކަމަކަށް ނުވަތަ ޤަވާޢިދާ ޚިލާފަށް‬
‫ކުރެވުނު ކަމަކަށް އެއްބަސްވުމެވެ‪ .‬ތިމާއަށް ކުރެވުނު ކުށަށް އިޢުތިރާފުވެ އެއްބަސްވުމެވެ‪.‬‬

‫މަޢާފުކުރުމުގެ މާނައަކީ‪ ،‬އަނެކަކު ބުނިބަހެއް‪ ،‬ނުވަތަ ކުރިކަމެއްގެ ސަބަބުން ތިމާގެ ހިތުގައި އުފެދުނު ނުރުހުމެއް‬
‫ފުހެލުމެވެ‪.‬‬

‫ކުށް ޤަބޫލުކުރުމާއި މަޢާފުކުރުމުގެ މުހިންމުކަން‬ ‫‪9.1‬‬

‫ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ‪ .‬އެންމެ ރަނގަޅު މީހަކީ ކުރެވޭ ކުށަށް އެއްބަސްވެ އެކަމަށް‬
‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬
‫" ُك ُّل بَِن َ‬
‫آد َم‬ ‫ޙަދީޘްކުރައްވާފައިވެއެވެ‪.‬‬ ‫ތައުބާވާ މީހާއެވެ‪َ .‬ر ُس ْو ُل هللا َ‬
‫ِ‬
‫މާނައީ‪[ :‬ކޮންމެ އާދަމުގެ ދަރިއަކީވެސް‬ ‫التوابـون" (ރިވާކުރެއްވީ‪ :‬އައްތިރްމިޛީ)‬
‫ي َّ ُْ‬ ‫َخطَّاءٌ‪َ ،‬و َخيْـ ُر اخلَطَّائ ْ َ‬
‫ކުށްކުރެވޭނޭ މީހެކެވެ‪ .‬ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ ތައުބާވާ މީހުންނެވެ‪].‬‬

‫ށ ްއކު ެރވި ްއޖ ެ ަ‬


‫ނމ ަ‪...‬‬ ‫ކު ެ‬

‫ށ ްށ އި ުޢތިރާ ފުވުން‬
‫ކު ަ‬

‫މަ ާޢފ ަ ްށ އެދުން‬ ‫ނ ާކގ ެ ޙަ ްއޤު ަރ ްއ ުދ ކުރުން‬


‫އަ ެ‬ ‫ކު ްށ ތަކުރާ ުރ ނު ކުރުން‬ ‫ތ ަ ުއ ާބވުން‬

‫ކުށެއް ކުރެވުނު ނަމަވެސް އެއީ ކުށެއްކަމުގައި ޤަބޫލުނުކުރާ މީހާ ދެވަނަ ފަހަރަށް އެކުށް ތަކުރާރު ކުރުމަކަށް‬
‫ފަހެއް ނުޖެހޭނެއެވެ‪ .‬ނަމަވެސް ކުށެއްކަން ޤަބޫލުކުރާ މީހާ އެކަމަށް ދެރަވެ އެފަދަ ކުށެއް ތަކުރާރު ނުކުރުމަށް‬

‫‪249‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫މަސައްކަތް ކުރާނެއެވެ‪ .‬އަދި ހަމައެހެންމެ ކުށް ޤަބޫލުކުރާނަމަ އެހެންމީހެއްގެ ޙައްޤުގައި ކުރެވިފައިވާ ކަންކަމަށް‬
‫އެބައިމީހުންގެ މަޢާފު ލިބިގަތުމުގެ މަގުވެސް ތަނަވަސްވެގެން ދާނެއެވެ‪.‬‬

‫އެހެން މީހުންގެ ޙައްޤުގައި ކުރެވިފައިވާ ކުށްތަކަށް ދުނިޔެމަތީ މަޢާފު ނުހޯދައިފިނަމަ‪ ،‬ޤިޔާމަތް ދުވަހުން ތިމާގެ ހެޔޮ‬
‫ޢަމަލުތަކުން އެކަމުގެ ބަދަލު ދޭންޖެހޭނެއެވެ‪ .‬އެއީ އަނެއްމީހާގެ އަބުރަށް އުނިކަން އަތުވެދާނޭ ބަހެއްކަމުގައި ވިޔަސް‬
‫ނުވަތަ އެމީހާއަށް އެއްވެސް ގޮތަކުން ދެރައެއް ނުވަތަ ގެއްލުމެއް ލިބިދާނޭ ފަދަ ޢަމަލެއް ކަމުގައި ވިޔަސްމެއެވެ‪.‬‬
‫َخيه ‪ِ ،‬م ْن‬ ‫هللا صلَّى هللا علَي ِه وسلَّم ޙަދީޘްކުރައްވާފައިވެއެވެ‪" .‬من َكانَت ِعْن َده مظْلمةٌ ِل ِ‬ ‫ِ‬
‫َْ ْ َُ َ‬ ‫َر ُس ْو ُل َ ُ َ ْ َ َ ْ‬
‫ِع ْر ِض ِه أ َْو ِم ْن َش ْي ٍء ‪ ،‬فَـ ْليَـتَ َحلَّْلهُ ِمْنهُ الْيَ ْـوَم قَـْب َل أ ْن َل يَ ُكو َن ِدينَار َوَل ِد ْرَه ٌم ؛ إ ْن َكا َن لَهُ َع َم ٌل‬
‫احبِ ِه فَ ُح ِم َل َعلَ ِيه"‬
‫ات ص ِ‬ ‫ِ‬ ‫صالِح أ ُِخ َذ ِمْنه بَِق ْد ِر مظْلَمتِ ِه ‪ ،‬وإ ْن َل ي ُكن لَه حسنَ ِ ِ‬
‫ات أُخ َذ م ْن َسيِّئَ َ‬ ‫َ َ َ َْ ْ ُ ََ ٌ‬ ‫ُ‬ ‫َ ٌ‬
‫(ރިވާކުރެއްވީ ބުޚާރީ) މާނައީ‪[ :‬އެއްވެސް މީހަކަށް އޭނާގެ އަޚާގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ‪ ،‬އެއީ އޭނާގެ‬
‫އަބުރާ ބެހުންކަމުގައި ވިޔަސް ނުވަތަ އެނޫންކަމެއްގައި ތިބާގެ ކިބައިން ގެއްލުމެއް ދެވިފައިވާނަމަވެސް‪ ،‬ދީނާރަކުން‬
‫ނުވަތަ ދިރުހަމަކުން ފައިދާއެއް ނުކުރާނޭ ދުވަސް އައުމުގެ ކުރިން މިދުނިޔޭގައި އެކަމަކުން ސަލާމަތްވާހުށިކަމެވެ‪.‬‬
‫ޤިޔާމަތް ދުވަހުން‪ ،‬ތިމާއަށް ކުރެވިފައިވާ އަނިޔާގެ ނިސްބަތުން ބަދަލުދޭންޖެހޭނީ ތިބާގެ ހެޔޮޢަމަލުތަކުންނެވެ‪ .‬އަދި‬
‫ހެޔޮ ޢަމަލެއް ނުވާނަމަ‪ ،‬އަނެކާގެ ނުބައި ޢަމަލުތައް ތިބާއަށް އުފުލަން ޖެހޭނެއެވެ‪].‬‬

‫އެހެންމީހުންގެ ކުށްތަކަށް މަޢާފުކޮށްދިނުމަކީ ވަރަށް މަތިވެރި ޢަމަލެކެވެ‪ .‬އެކަމުގެ ސަބަބުން އެމީހެއްގެ ޢިއްޒަތް‬
‫ِ‬ ‫ِ‬
‫صلَّى هللاُ َعلَْيه َو َسلَّ ْم ޙަދީޘްކުރައްވާފައިވެއެވެ‪َ .‬‬
‫"وَما َز َاد هللاُ‬ ‫މަތިވެރިވެގެންދާނޭ ކަމެކެވެ‪َ .‬ر ُس ْو ُل هللا َ‬
‫َعْب ًدا بِ َع ْف ٍو َّإل ِعًّزا " (ރިވާކުރެއްވީ‪ :‬މުސްލިމް) މާނައީ‪[ :‬ޢަފޫކޮށް މަޢާފުކުރުމަކީ‪ ،‬އަޅާގެ ޢިއްޒަތް މާތް ﷲ‬
‫އިތުރުކޮށްދެއްވާނޭ ކަމެއްކަމުގައި ނޫނީ ނުވެއެވެ‪].‬‬

‫ފުއްސަވާނެ ކަމެކެވެ‪ .‬އެކަލާނގެ‬ ‫ﷲ‬ ‫ހަމައެހެންމެ މަޢާފުކުރުމަކީ އެކަމުގެ ސަބަބުން އެމީހެއްގެ ފާފަތައް މާތް‬

‫ވަޙީކުރައްވާފައިވެއެވެ‪.‬‬

‫﴿ﱸ ﱹﱺ ﱻ ﱼ ﱽ ﱾ ﱿ ﲀﲁ ﲂ ﲃ ﲄ﴾‬
‫ތިޔަބައިމީހުންނަށް‬ ‫ﷲ‬ ‫(ސޫރަތުއްނޫރު‪ )22 :‬މާނައީ‪[ :‬އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށިކަމެވެ!‬
‫އީ‪ ،‬ގިނަގިނައިން ފާފަފުއްސަވާ‪ ،‬ރަޙީމްވަންތަ‬ ‫ﷲ‬ ‫ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟‬
‫ރަސްކަލާނގެއެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪250‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ކުށް ޤަބޫލުކުރުމާއި މަޢާފުކުރުމުގެ ފައިދާ‪:‬‬ ‫‪9.2‬‬

‫މ ަ ާޢފުކު ުރމުގ ެ ފައި ާދ‬ ‫ލކު ުރމުގެ ފައި ާދ‬


‫ކު ްށ ޤަ ޫބ ު‬

‫‪.1‬ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުން‪.‬‬ ‫‪ .1‬ކުށް ތަކުރާރު ކުރުމާއި ދުރުވުން‪.‬‬


‫‪ .2‬ތަޤުވާވެރިންގެ ތެރެއިން ހިމެނުމަށް މަގުފަހިވުން‪.‬‬ ‫‪ .2‬އެހެންމީހުންގެ އިޙުތިރާމާއި ލޯބިލިބުން‪.‬‬
‫‪.3‬މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކާ ދެމެދު‬ ‫‪ .3‬އެހެންމީހުންގެ މަޢާފު ލިބުން ފަސޭހަވުން‪.‬‬
‫އޮންނަ ގުޅުން ބަދަހިވުން‪.‬‬ ‫‪ .4‬ތައުބާވުމަށް މަގުފަހިވުން‪.‬‬
‫‪.4‬އެމީހެއްގެ ޢިއްޒަތްތެރިކަން މާތް ﷲ‬
‫އިތުރުކޮށްދެއްވުން‪.‬‬
‫‪ .5‬އެހެންމީހުންގެ ލޯތްބާއި އިޙުތިރާމު ލިބުން‪.‬‬
‫‪ .6‬ކުށް ފާފަތައް ފުހެވިގެން ދިއުން‪.‬‬

‫ކުށް ޤަބޫލުނުކުރުމާއި މަޢާފުނުކުރުމުގެ ގެއްލުން‪:‬‬ ‫‪9.3‬‬

‫މ ަ ާޢފ ުނު ކު ުރމުގެ ގެ ްއލުން‬ ‫ކު ްށ ޤަ ޫބލުނު ކު ުރމުގެ ގ ެ ްއލުން‬

‫‪.1‬ރުޅިވެރިކަމާއި ޙަސަދައިގެ ސަބަބުން ހިތް‬ ‫‪ .1‬ކުށް ތަކުރާރު ކުރުންމަތީ ދެމިހުރުން‪.‬‬


‫ކިލަނބުވެފައި އޮތުން‪.‬‬ ‫‪ .2‬ކުރާ ކުށަށް ތައުބާވުމުގެ ފުރުސަތު ނުލިބުން‪.‬‬
‫‪ .2‬އެހެން މީހުންނާ އެކު އުޅެން އުނދަގޫވުން‪.‬‬ ‫‪ .3‬އެހެން މީހުންގެ ލޯތްބާއި އިޙުތިރާމު ނުލިބުން‪.‬‬
‫‪ .3‬އެހެން މީހުންނާ އޮންނަ ގުޅުން ކުޑަވުން‪.‬‬ ‫‪ .4‬އެހެން މީހުންނާ އޮންނަ ގުޅުން ހީނަރުވުން‪.‬‬
‫‪ .4‬ބަދަލު ހިފުމުގެ ރޫޙު ހިތުގައި ހަރުލުން‪.‬‬ ‫‪ .5‬އެހެންމީހުން ކުރާ އިތުބާރު ކުޑަވުން‪.‬‬
‫‪.5‬ނަފްސަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭ‬
‫މިންވަރު ކުޑަވުން‪.‬‬
‫‪.6‬އެހެން މީހުންނަށް އިތުބާރުކުރެވޭ މިންވަރު‬
‫ކުޑަވުން‪.‬‬

‫‪251‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫‪ .1‬ކުށް ޤަބޫލުކުރުމަކީ ކޮބައި ހެއްޔެވެ؟ އަދި މަޢާފުކުރުމަކީ ކޮބައި ހެއްޔެވެ؟‬

‫‪ .2‬ކުށް ޤަބޫލުކުރުމުގެ ‪ 3‬ފައިދާއެއް ބުނެދޭށެވެ!‬

‫‪ .3‬މަޢާފުކުރުމުގެ ‪ 3‬ފައިދާއެއް ބުނެދޭށެވެ!‬

‫‪ .4‬ކުށް ޤަބޫލު ނުކުރާ ނަމަ ލިބިދާނެ ‪ 3‬ގެއްލުމެއް ބުނެދޭށެވެ!‬

‫‪ .5‬މަޢާފުކުރުމާ ދުރުހެލިވާ މީހާއަށް ލިބިދާނެ ‪ 3‬ގެއްލުމެއް ބުނެދޭށެވެ!‬

‫ޙަރަކާތް ‪:2‬‬

‫ކުށް ޤަބޫލުނުކުރުމާއި މަޢާފު ނުކުރުމަކީ އެކަމުގެ ސަބަބުން މީސްތަކުން ބައިބައި ކުރުވާ‪ ،‬ހިތްތަކުގައި‬
‫ޙަސަދައާއި ނަފުރަތުގެ ހުޅު ރޯކުރާ ކަމެކެވެ‪ .‬މިހެން ދިމާވާންޖެހޭ ސަބަބު ހާމަކޮށް ބަޔާނެއް ލިޔާށެވެ!‬

‫ޙަރަކާތް ‪:3‬‬

‫ކޮންމެ ކުއްޖަކަށްވެސް މަންމަ ނުވަތަ ބައްޕަ ހިތްހަމަ ނުޖެހޭކަމެއް ކުރެވި ހިތުގައި ޖެއްސިފައިވާކަމަށް‬
‫ހީކޮށްލާށެވެ! އަދި މިހާރު ބޭނުންވަނީ މަންމަ ނުވަތަ ބައްޕަގެ ކިބައިން މަޢާފަށް އެދޭށެވެ! އެކަމަށްޓަކައި‬
‫އަންނަނިވި ބައިތައް ހިމެނޭނެހެން ސިޓީއެއް ލިޔާށެވެ!‬

‫‪ .1‬ކުރެވުނީ ކޮންކަމެއްކަމާއި އެކަންކުރެވުނު ކަމަށްޓަކައި ދެރަވާކަން‪.‬‬

‫‪ .2‬މަންމަމެން ކޮށްދޭ ކަންކަމުގެ ބަދަލުނުދެވޭނެކަން ޤަބޫލުކުރާކަމަށާއި ޝުކުރު އަދާކުރާކަން‪.‬‬

‫‪ .3‬ދެން ދުވަހަކުވެސް އެފަދަކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާކަމަށާއި މަންމަ‪/‬ބައްޕަގެ މަޢާފަށް އާދޭހާއެކު އެދޭކަން‪.‬‬

‫‪ .4‬މަންމައާއި ބައްޕަދެކެ އަބަދުވެސް ލޯބިވާކަން‪.‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪252‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫ޙަރަކާތް ‪:4‬‬

‫އެއް އަހަރުދުވަހު އެއްކުލާހެއްގައި‪ ،‬ހޭދަކުރާއިރު‪ ،‬ކޮންމެ ކުއްޖަކަށްވެސް އެހެންކުދިންގެ ކިބައިން ހިތްހަމަ‬


‫ނުޖެހޭ ކަންކަމާ ކުރިމަތިވެފައި ހުންނާނެއެވެ‪ .‬އަދި ބައެއް ފަހަރު ޓީޗަރުންގެ ކިބައިންވެސް އެފަދަ ކަންތައް‬
‫ދިމާވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ‪ .‬އަދި ހަމައެހެންމެ އަހަރުމެން އެންމެ ލޯބިވާ މައިންބަފައިންގެ‬
‫ކިބައިންވެސް އެފަދަކަމެއް ވެފައި އޮތުންވެސް އެކަށީގެންވެއެވެ‪ .‬ހަމަ އެފަދައިން ތިޔަކުދިންގެ ކިބައިން ވެސް‬
‫އެހެންކުދިންނާއި ޓީޗަރުން‪ ،‬އަދި މައިންބަފައިންވެސް ހިތްހަމަ ނުޖެހޭ ކަންކަން އެނގިގެންނާއި ނޭނގިވެސް‬
‫ކުރެވިފައި ހުންނާނެއެވެ‪ .‬ވީމާ‪ ،‬ކޮންމެ ކުއްޖަކުވެސް ކުލާހުގައި ދެންތިބިކުދިންގެ ކިބައިންނާއި ޓީޗަރުގެ‬
‫ކިބައިން އަދި މައިންބަފައިންގެ ކިބައިންވެސް‪ ،‬އެނގިގެން ނުވަތަ ނޭނގިވެސް ކުށެއް ކުރެވިފައިވާނަމަ‬
‫މަޢާފުކޮށްދިނުމަށް އެދޭށެވެ! އަނގަބަހުން ނުކެރޭނަމަ ސިޓީއަކުން ނުވަތަ ނޯޓަކުންވެސް އެދެވިދާނެއެވެ‪.‬‬
‫އަދި އެހެންކުދިންގެ ފުށުންވެފައިވާ އެންމެހައި ކަމަކަށާއި‪ ،‬ޓީޗަރާއި މައިންބަފައިންގެ ކިބައިން ހިތްހަމަ‬
‫ނުޖެހޭކަމެއް ދިމާވެފައިވާނަމަވެސް ތިޔަކުދިން އެކަމަށް މަޢާފުކޮށްފިކަމަށް ބުނާށެވެ! އަދި ކުރިޔަށް އޮތްތަނުގައި‪،‬‬
‫ކުށެއްކުރެވިއްޖެނަމަ މަޢާފަށް އެދުމަށާއި އެހެންމީހުންގެ ކިބައިންވާ ކަންކަމަށް މަޢާފު ކޮށްދިނުމަށް‬
‫ޢަޒުމްކަނޑައަޅާށެވެ!‬

‫‪253‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ފިލާވަޅު ‪10‬‬

‫ހެދުން އެޅުމުގެ އަދަބުތައް‬

‫އިންސާނުންނަށް އެބައިމީހުންގެ ދިރިއުޅުމުގައި ބޭނުންވާނެ އެންމެހައި ކަމެއް އިސްލާމްދީނުގައި ވަނީ‬


‫ބަޔާންކޮށްދެއްވާފައެވެ‪ .‬މިގޮތުން ހެދުން އެޅުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތައްވެސް އިސްލާމްދީނުގައި‬
‫ބަޔާންވެގެން އައިސްފައިވެއެވެ‪ .‬އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި‪:‬‬

‫‪ .1‬ޙަލާލު ގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައިވުން‪.‬‬

‫ވޖިބުވެގެންވާ މިންވަރު ފޮރުވުން‪.‬‬


‫‪ .2‬ހަށިގަނޑުން ފޮރުވުން ާ‬

‫‪ .3‬ތުނިކަމުން ހަށިގަނޑުގެ ދޮންކަޅުމިނާއި ބައްޓަން ވަކިކުރަން އެނގޭފަދަ ތުނި ހެދުމެއްކަމުގައި ނުވުން‪.‬‬

‫‪ .4‬ބާރުކަމުން ހަށިގަނޑުގެ ވަނާތައް ހާމަވާވަރުގެ ބާރު ހެދުމެއްކަމުގައި ނުވުން‪.‬‬

‫‪ .5‬އަންހެނުން ފިރިހެނުންނާ އެއްގޮތްވާގޮތަށް އަދި ފިރިހެނުން އަންހެނުންނާ އެއްގޮތްވާގޮތަށް ހެދުން ނޭޅުން‪.‬‬

‫‪ .6‬އެހެން ދީންތަކުގެ މީހުންނަށް ޚާއްޞަވެގެންވާ ހެދުމާއި‪ ،‬ޞަލީބާއި އެހެން ދީންތަކުގެ ރަމްޒުތަކާއި‬


‫ދިރޭތަކެރީގެ ސޫރަ ކުރަހާފައި ހުންނަ އެއްޗެހި ލުން ހުއްދަވެގެން ނުވުން‪.‬‬

‫‪" .7‬ލިބާސުއް ޝުހުރާ" ނުވަތަ މަޝްހޫރުވުމަށް އެހެންމީހުންނާ ތަފާތުކޮށް ހެދުން ނޭޅުން‪.‬‬

‫‪ .8‬ފަށުވި ފޭރާމާއި ރަން ފިރިހެނުންނަށް ޙަރާމްވެގެންވުން‪.‬‬

‫‪ .9‬ހެދުން ލުމުގައި ކަނާއަތް އިސްކުރުން‪.‬‬

‫َنت‬
‫مد أ َ‬ ‫‪ .10‬އާ ހެދުމެއް ލާއިރު އެކަމަށް ވާރިދުވެފައިވާ ދުޢާ ކިޔުން‪ .‬އެ ދުޢާ އަކީ‪“ :‬اللَّ ُه َّم لَ َ‬
‫ك احلَ ُ‬
‫صنِ َع لَهُ” (ރިވާކުރެއްވީ‪:‬‬ ‫َكسوتَنِ ِيه‪ ،‬أَسأَلُك خريه وخري ما صنِع لَه‪ ،‬وأَعوذُ بِ ِ ِ‬
‫ك من َشِّره َو َشِّر َما ُ‬
‫َ َ َُ َ َ َ َ ُ َ ُ َ ُ َ‬ ‫َ‬
‫އަބޫދާވޫދު) މާނައީ‪[ :‬އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އެންމެހައި ހަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ‬
‫އިބަރަސްކަލާނގެއަށެވެ‪ .‬މިހެދުން މިއަޅާ ލެއްވީ އިބަރަސްކަލާނގެއެވެ‪ .‬މިހެދުމުގައިވާ ހެޔޮކަމާއި‪ ،‬މިހެދުން‬
‫އުފެއްދެވުނު ކަމުގެ ހެޔޮކަން ދެއްވުމަށްއެދި މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ‪ .‬އަދި‬
‫މިހެދުމުގައިވާ ނުބައިކަމާއި‪ ،‬އަދި އެކަމަށްޓަކައި މިހެދުން އުފެއްދެވުނުކަމުގެ ނުބައިކަމުން ރައްކާތެރިކޮށް‬
‫ދެއްވުންއެދި މިއަޅާ އިބަ ﷲ ގެ ޙަޟްރަތުން ދަންނަވަމެވެ‪].‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪254‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ .11‬ފިރިހެނުން‪ ،‬އެހެންކުލައަކާ އެކުނުވެ ހުސް ރަތްކުލައިންހުންނަ ހެދުން ނުލުން‪.‬‬

‫‪ .12‬ޒަޢުފަރާނުން (‪ )saffron‬ކުލަޖައްސާފައިވާ ރީނދޫކުލައިގެ ހެދުން ނުލުން‪.‬‬

‫‪ .13‬ފިރިހެނުން މީރުވަސްދުވާ ހުވަނދުލުން‪.‬‬

‫ދެއްވާފައިވާ ނިޢުމަތް ފާޅުވާނޭ ފަދައިން ހެދުން އެޅުން‪.‬‬ ‫ﷲ‬ ‫‪ .14‬ތިބާއަށް މާތް‬

‫‪ .15‬ފިރިހެނުން ހެދުން އެޅުމުމުގައި "އިސްބާލު" ނުކުރުން‪ .‬އިސްބާލް ކުރުމުގެ މާނައަކީ‪ ،‬ލައިގެން‬


‫ހުންނަ ހެދުން‪ ،‬ފަޓުލޫނު‪ ،‬ޖުއްބާ‪ ،‬އަންނައެތި‪ ،‬ނުވަތަ މިނޫންވެސް އިންސާނާގެ ހަށިގަނޑު ނިވާކުރަން‬
‫ބޭނުންކުރެވޭ ނުވަތަ ފޭރާމެއްގެ ގޮތުގައި ބޭނުންކުރެވޭ ކޮންމެ އެއްޗެއް ތަނބިކަށްޓަށް ވުރެ ތިރިއަށް‬
‫ދޫކޮށްލާފައި ބެހެއްޓުމެވެ‪.‬‬

‫ފިރިހެނު ން ނާ އި އަން ހެނު ން ގ ެ ހެ ުދމުގައި ހުން ނަން ޖެ ޭހ ަ‬


‫ޝ ުރޠުތަ ްއ‬

‫ޙަލާލު ގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައިވުން‬

‫ޢައުރަ ނިވާވުން‬

‫އެތެރެ ނުފެންނަ ފަދަ ހެދުމެއްކަމުގައިވުން‬

‫ދޫ ހެދުމެއްކަމުގައިވުން‬

‫އިދިކޮޅު ޖިންސަށް ޚާއްޞަ ހެދުމަކަށް ނުވުން‬

‫އެހެން ދީންތަކުގެ މީހުންނަށް ޚާއްޞަ ހެދުމަކަށް ނުވުން‬

‫"ލިބާސުއް ޝުހުރާ" އަކަށް ނުވުން‬

‫ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުގެ މުހިންމުކަން‪:‬‬ ‫‪10.1‬‬

‫ހެދުން އެޅުމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބޭނުމަކީ ޢައުރަ ނިވާކުރުމެވެ‪ .‬ޢައުރަ ނިވާނުވުމަކީ ފިތުނަ‬
‫ފަސާދައަށް މަގުފަހިވެގެންދާކަމެކެވެ‪ .‬އަދި ޝައިޠާނާ އިންސާނުން‪ ،‬ފިތުނައިގެ ތެރެއަށް ވައްޓާލުމަށްޓަކައި‪،‬‬
‫އެބައިމީހުން ޢައުރަ ނިވާކުރުމާ ދުރުހެލިކުރެވޭތޯ ނުހަނު މަސައްކަތްކުރޭމެއެވެ‪ .‬އާދަމްގެފާނާއި ޙައްވާގެފާނު‬

‫‪255‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ސުވަރުގެއިން ބޭރުކުރުމަށްޓަކައި ވަސްވާސް ދިން ފަދައިން ކޮންމެ އިންސާނަކުވެސް ސުވަރުގެއަށް ދިއުމުގެ‬


‫މަގު ބަންދުކުރުމަކީ އެސޮރުގެ މަޤްޞަދެވެ‪ .‬އާދަމްގެފާނާއި ޙައްވާގެފާނަށް ވެސް ޝައިޠާނާ ވަސްވާސް ދިނީ‬
‫އެކަނބަލުންގެ ފޮރުވިފައިވާ ޢައުރަ ކަޝްފުކުރުމުގެ ބޭނުމުގައެވެ‪ .‬މާތް ﷲ ވަޙީކުރައްވާފައިވެއެވެ‪.‬‬

‫﴿ﲥ ﲦ ﲧ ﲨ ﲩ ﲪ ﲫ ﲬ ﲭ ﲮ ﲯ ﲰ‬
‫ﲱ ﲲ ﲳ ﲴ ﲵ ﲶ ﲷ ﲸ ﲹ ﲺ ﲻ ﲼ‬
‫(ސޫރަތުލް އަޢުރާފު‪)20 :‬‬ ‫ﲽ﴾‬

‫މާނައީ‪[ :‬ދެންފަހެ‪ ،‬އެ ދެކަނބަލުންގެ ޢައުރައިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި‪،‬‬


‫އެ ދެކަނބަލުންނަށް ޝައިޠާނާ ވަސްވާސްދިނެވެ‪ .‬އަދި އެކަލޭގެ ދެންނެވިއެވެ‪ .‬ތިޔަ ދެކަނބަލުން ދެ‬
‫މަލާއިކަތުން ކަމުގައި ވެދާނެ ކަމަށްޓަކައި‪ ،‬ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން‬
‫ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން‬
‫މަނާއެއް ނުކުރައްވަތެވެ‪].‬‬

‫އެންގެވި ގޮތަށް‬ ‫ﷲ‬ ‫އެހެންކަމުން އެކިދިމަދިމާއިން އަންނަ ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި‪ ،‬މާތް‬
‫ހެދުން އެޅުމަށް ކޮންމެ މުސްލިމަކުވެސް ރައްކާތެރިވާންޖެހެއެވެ‪ .‬ޝައިޠާނާގެ ވަސްވާހަށް ހެއްލި ސުވަރުގެއިން‬
‫މަޙުރޫމުވާ މީހުންގެ ތެރެއިން ނުވުމަށްޓަކައެވެ‪.‬‬

‫ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުގެ ފައިދާ‪:‬‬ ‫‪10.2‬‬

‫صلَّى هللاُ َعلَْي ِه َو َسلَّ َم‬ ‫ِ‬


‫އެންގެވިގޮތުގައި ހިފަހައްޓައި އަޅުތަކުންގެ‬ ‫َر ُس ْو ُل هللا َ‬ ‫އާއި‬ ‫ﷲ‬ ‫‪ .1‬މާތް‬
‫ތެރެއިން ހިމެނުން‪.‬‬
‫ޒީނަތްތެރިވުމާއެކު ޢައުރަ ނިވާވުން‪.‬‬ ‫‪.2‬‬
‫ޝަހުވާނީ ބެލުންތަކުން ސަލާމަތްވުން‪.‬‬ ‫‪.3‬‬
‫ޝަހުވާނީ ބެލުންތަކަށް މަގުފަހިވުމަށް ވާގިވެރިވުމުގެ ނުބައިކަމުން ސަލާމަތްވުން‪.‬‬ ‫‪.4‬‬
‫وسلَّم ގެ އަމުރުފުޅަށް ބޯލެނބުމުގެ ސަބަބުން އެކަމުގެ‬ ‫ِ‬ ‫رسو ُل ِ‬
‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫އާއި‬ ‫ﷲ‬ ‫‪ .5‬މާތް‬
‫މަތިވެރި ސަވާބާއި ދަރުމަ ލިބުން‪.‬‬
‫ނަރަކައިގެ ޢަޛާބުން ސަލާމަތްވުމަށް މަގުފަހިވުން‪.‬‬ ‫‪.6‬‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪256‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ 10.3‬ހެދުން އެޅުމުގެ އަދަބުތަކާއި ޚިލާފަށް ހެދުން އެޅުމުން ލިބޭ ގެއްލުން‬

‫وسلَّم ގެ‬ ‫ِ‬ ‫‪ .1‬މާތް ﷲ އާއި رسو ُل ِ‬


‫هللا َ َّ‬
‫ތި ަޔކުދިން ަ‬
‫ނ ްށ އެނ ޭގތ ަ‬ ‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬
‫އަމުރުފުޅާ ޚިލާފުވުމުން މާތް هللا ގެ ޢަޛާބަށް ހުށަހެޅުން‪.‬‬
‫ُ‬
‫ހެދުން އެޅުމުގެ އެންމެ މުހިންމު‬
‫‪ .2‬ސުވަރުގެ ވާޞިލުވުމަށް ހުރަސްއެޅުން‪.‬‬
‫ބޭނުމަކީ ޢައުރަ ފޮރުވުމެވެ‪.‬‬
‫އެހެންކަމުން އަންހެނަކު‬ ‫‪ .3‬ޝަހުވާނީ ބެލުންތަކަށް ނަފްސު ހުށަހެޅިގެންދިއުން‪.‬‬

‫ކަމުގައިވިޔަސް ނުވަތަ ފިރިހެނަކު‬ ‫‪ .4‬ޝަހުވާނީ ބެލުންތަކަށް މަގުފަހިކުރުމުގެ ސަބަބުން‬


‫ކަމުގައިވިޔަސް‪ ،‬އަޅާ ހެދުމަކީ‬ ‫ފާފަވެރިވުން‪.‬‬
‫ހަށިގަނޑުން ނިވާކުރުން‬
‫‪ .5‬އެހެން މީހުންގެ ފަރާތުން އުނދަގުލާއި ބަދުބަސް ރައްދުވުން‪.‬‬
‫ވާޖިބުވެގެންވާ މިންވަރު ނިވާވާ‬
‫ހެދުމެއްކަމުގައި ވާންޖެހޭނެއެވެ‪.‬‬

‫ޙަރަކާތް ‪:1‬‬

‫އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!‬

‫ހެދުން އެޅުމުގެ އަދަބުތަކުގެ ތެރެއިން ‪ 5‬އަދަބެއް ލިޔާށެވެ!‬ ‫‪.1‬‬

‫ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުގެ ‪ 5‬ފައިދާއެއް ބުނެދޭށެވެ!‬ ‫‪.2‬‬

‫ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފުވުމުން ލިބިދާނޭ ތިން ގެއްލުމެއް ބުނެދޭށެވެ!‬ ‫‪.3‬‬

‫‪257‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ޙަރަކާތް ‪:2‬‬
‫ِ‬ ‫ب الْبـ َق ِر ي ْ ِ ِ‬ ‫ِ‬ ‫ِ‬ ‫ِ ِِ‬
‫َّاس‪َ ،‬ون َساءٌ‬
‫ضربُو َن بَا الن َ‬ ‫(صْنـ َفان م ْن أ َْه ِل النَّا ِر َلْ أ ََرُهـَـا‪ ،‬قَ ْـوٌم َم َع ُه ْم سيَا ٌط َكأَ ْذ َن َ َ‬
‫ت الْ َمائِلَ ِة‪َ ،‬ل يَ ْد ُخـ ْل َن ْ‬
‫الـَنَّةَ‪َ ،‬وَل‬ ‫ت‪ ،‬رءوسه َّن َكأَسنِم ِة الْبخ ِ‬
‫ْ َ ُْ‬ ‫ت َمائ َل ٌ ُ ُ ُ ُ‬
‫اسيات عا ِريت ُمِ َيل ِ‬
‫ٌ‬ ‫َك َ ٌ َ َ ٌ‬
‫ِ‬
‫ك َذا) (ރިވާކުރެއްވީ މުސްލިމް) މާނައީ‪[ :‬ނަރަކައިގެ‬ ‫وج ُد ِم ْن َم ِس َريِة َك َذا َوَ‬ ‫ِ‬ ‫ِ‬
‫َي ْد َن ِرحيَ َها‪َ ،‬وإ َّن ِرحيَ َها لَيُ َ‬
‫އަހުލުވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ‪ .‬ތިމަންކަލޭގެފާނު އެދެބައިމީހުން ދެކެވަޑައިނުގަންނަވަމެވެ‪.‬‬
‫(އެއްބަޔަކީ) ގެރިއެއްގެ ނިގޫތަކެއްފަދަ ޗާބޫކްތަކެއް ހިފައިގެން މީސްތަކުންގެ ގައިގައި ތަޅަމުންދާ ބަޔެކެވެ‪.‬‬
‫އަދި (އަނެއްބަޔަކީ) ހެދުން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ‪ .‬އެކަނބަލުން ވަނީ ޙައްޤުގެ މަގުން‬
‫އެއްކިބާވެ އަދި ފަސާދައާ އަދި ފާޙިޝްގެ މަގުތަކަށް ލެނބިގެންނެވެ‪ .‬އަދި އެކަނބަލުން އެހެން މީސްތަކުން‬
‫އެމަގުތަކަށް ލަންބުވަމުން ގެންދެތެވެ‪ .‬އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަނީ ޖަމަލުގެ ގޮންގަނޑު‬
‫ހެންނެވެ‪ .‬އެކަނބަލުން ސުވަރުގެ ނުވަންނަ ހުއްޓެވެ‪ .‬އަދި ސުވަރުގޭގެ ވަސްފޯރާ ހިސާބަށް ވެސް ނުދެވޭ‬
‫ހުއްޓެވެ‪ .‬ހަމަކަށަވަރުން ސުވަރުގޭގެ ވަސް މިވެނި އެވެނި ހިސާބަކަށް ދެމިގެންވެއެވެ‪].‬‬

‫މި ޙަދީޘްގެ ދަށުރޮނގު ދަމާފައިވާ ބައިގައި ބުނާއެއްޗެއް އަމިއްލަ ޢިބާރާތުން ބުނެދޭށެވެ! އަދި ޙަދީޘްގައި ހެދުން‬
‫އެޅުމުގެ އަދަބުތަކާ ގުޅުންހުރި ކަމެއްވާނަމަ އެކަމެއް ވެސް ބަޔާންކުރަންވާނެއެވެ!‬

‫ޙަރަކާތް ‪:3‬‬

‫އަންހެނުންނާ އެއްގޮތަށް ހެދުންއަޅާ ފިރިހެނުންނަށާއި ފިރިހެނުންނާއި އެއްގޮތަށް ހެދުންއަޅާ އަންހެނުންނަށް‬

‫وسلَّم ގެ ޙަދީޘް ބަސްފުޅުން ސާބިތުވެއެވެ‪.‬‬ ‫ِ‬ ‫رسو ُل ِ‬


‫هللا َ َّ‬
‫صلى هللاُ َعلَْيه َ َ َ‬ ‫َ ُْ‬ ‫ލަޢުނަތް ލައްވަވާނޭކަން‬ ‫ﷲ‬ ‫މާތް‬
‫ނަމަވެސް ދިވެހި މުޖުތަމަޢުންވެސް މިފަދަ މަންޒަރުތައް ފެނެއެވެ‪ .‬ހެދުންއެޅުމާއި ޒީނަތްތެރިވުމުގައި ދިވެހި‬
‫މުޖުތަމަޢުން ފެންނަ‪ ،‬މިފަދަ ކަންކަމާ ގުޅޭގޮތުން ރިޕޯޓެއް ތައްޔަރުކުރާށެވެ! ރިޕޯޓު ތައްޔާރުކުރުމުގައި‬
‫އަންނަނިވި ނުކުތާތައް ހިމަނަންވާނެއެވެ‪.‬‬

‫‪ .1‬ދިވެހި ފިރިހެނުން ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި އަންހެނުންނާ އެއްގޮތްވާ ފަދަ ޢަމަލުތައް ކުރޭ‬
‫ހެއްޔެވެ؟ ކުރާނަމަ މިސާލާއެކު ބަޔާންކުރާށެވެ!‬

‫‪ .2‬ދިވެހި އަންހެނުން ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި ފިރިހެނުންނާ އެއްގޮތްވާ ފަދަ ޢަމަލުތައް‬
‫ކުރޭހެއްޔެވެ؟ ކުރާނަމަ މިސާލާއެކު ބަޔާންކުރާށެވެ!‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪258‬‬
‫ޔުނިޓް ‪6‬‬ ‫ ‬
‫އިސްލާމީ އަޚުލާޤު‬

‫‪ .3‬ތިޔަކުދިންނަށް ޤަބޫލުކުރެވޭ ގޮތުގައި ގިނަމީހުން މިފަދަ ޢަމަލުތައްކުރަނީ‪ ،‬މިކަމުގެ ޙުކުމްތައް އެނގިތިބެ‬
‫ހެއްޔެވެ؟ ނުވަތަ ނޭނގި ތިބެހެއްޔެވެ؟‬

‫މިފަދަ ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައި ހެއްޔެވެ؟‬ ‫‪.4‬‬

‫‪259‬‬ ‫ ‬
‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬
‫އިސްލާމީ އަޚުލާޤު‬ ‫ ‬
‫ޔުނިޓް ‪6‬‬

‫ބަސް ކޮ ާށ ުރ‬

‫މާނަ‬ ‫ބަސް‬
‫ލިބޭ އާމްދަނީއަށްވުރެ ދަރަނި ބޮޑުވެފައިވާ މީހާ‬ ‫މުފްލިސުން‬

‫ކާމިޔާބު‬ ‫ފަލާޙު‬

‫މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އަޞްޙާބު ބޭކަލުން‬ ‫މުހާޖިރުން‬


‫މައްކާއިން މަދީނާއަށް ކީރިތި ރަސޫލާ ހިޖުރަކުރެއްވި އިރު މަދީނާގައި އުޅުއްވި އަޞްޙާބު‬ ‫އަންޞާރުން‬

‫ބޭކަލުން‬
‫މާތް ﷲ އުފައްދަވާފައިވާ އެންމެހައި ޚަލްޤުތަކެއް‬ ‫މަޚްލޫޤުން‬

‫ކެތްތެރިކަމާއެކު އެކަމާ ކުރިމަތިލައި‪ ،‬އެކަމެއްގެ ވޭން އުފުލުން‪/‬ޒިންމާވުން‬ ‫ތަޙައްމަލުކުރުން‬

‫އިންސާނަކަށް ވީތީވެ ލިބިގެންވާ މާތްކަމާއި މަތިވެރިކަން‬ ‫އިންސާނީ ކަރާމަތް‬

‫މަރުވެފައި އޮންނަ މައްޔިތާގެ މަސް‬ ‫މުޅަމަސް‬

‫ބޭޒާރު‬ ‫ފަޟީޙަތް‬

‫ދެކޮޅުވެރިކަން‬ ‫ޢަދާވާތްތެރިކަން‬

‫ނިސްބަތްވާ ދަރިފަސްކޮޅު‬ ‫ޙަސަބާއި ނަސަބު‬

‫ނަސަބު ނުވަތަ ނިސްބަތްވާ ޢާއިލާ‬ ‫ވަންހަ‬

‫ދިރިއުޅުމުގެ ވަސީލަތްތައް ބިނާކުރުމުގެ ރޮނގުން‬ ‫ޢުމްރާނީ ގޮތުން‬

‫މާތްކަމާއި މަތިވެރިކަން‬ ‫ޢިއްޒަތް‬

‫ނުރަނގަޅުބަސް ‪ /‬ނުބައި ބަސް‬ ‫ބަދު ބަސް‬

‫އިސްލާމީ ތަރުބިޔަތު ‪ - 9‬ދަރިވަރުންގެ ފޮތް‬ ‫ ‬


‫‪260‬‬

You might also like