You are on page 1of 20

‫"އޭ އީމާންވެއްޖެ މީސްތަކުންނޭވެ!

‫ތިޔަބައިމީހުންގެ ނަފްސުތަކާއި ތިޔަބައިމީހުންގެ އަހްލުން‪ ،‬ނަރަކައިގެ އަލިފާންގަނޑުން ރައްކައުތެރިކުރާށެވެ!‬

‫އެއަލިފާންގަނޑުގެ ދަރަކީ މީހުންނާއި ހިލައެވެ‪"...‬‬

‫‪-‬އައްތަޙްރީމު ސޫރަތުގެ ‪6‬ވަނ ަ އާޔަތުނ ް ‪-‬‬

‫ޢިލްމީ ޤުލްޒާރުން‬

‫ހިދާޔަތުގެ މަގު‬
‫‪-41_40-‬‬
‫‪ 10‬އަދި ‪ 20‬ރަބީޢުލްއާޚިރް ‪1431‬‬

‫"ސަލާމަތްވާނެޔޭ ނަރަކައިން‪ ،‬ފަލާޙަށްއެދި ހިނގައިގ ަތުމުނ ް‬

‫ޙަލާލު ތަކެތި ކެއުނ ް ބުއިމުން‪ ،‬ރަލާ ދުރުހެލިވެގެނ ް އ ުޅުމުން‪.‬‬

‫އިލާހީ އަމުރުތައް އެހުމުނ ް‪ ،‬ފިލައި ޣ ަފްލަތު ދުރަން ދިޔ ުމުން‪،‬‬

‫އިލާހުގެ ޙައްޤުތައް ދިނުމުން‪ ،‬ބިލާހުގެ އަލި މުޅިން ނ ެތުމުން‪.‬‬

‫ނަމާދަށް އިސްކަމެއް ދިނުމުން‪ ،‬އަމާނާތަށް ސަމާލުވުމުނ ް‪.‬‬

‫ޒަމާނުގެ އޮޔަވަރ ުން ފިލުމުން‪ ،‬އަމާންކަނ ް ހޯދުމަށް އުޅުމުނ ް‪".‬‬

‫‪-‬މަރްޢާ‪-‬‬

‫‪1‬‬
‫ﺑﺳم ﷲ اﻟرﺣﻣن اﻟرﺣﯾم‬

‫إن اﻟﺣﻣد ‪ ،‬ﻧﺣﻣده وﻧﺳﺗﻌﯾﻧﮫ وﻧﺳﺗﻐﻔره‪ ،‬وﻧﻌوذ ﺑﺎ ﻣن ﺷرور أﻧﻔﺳﻧﺎ وﻣن ﺳﯾﺋﺎت أﻋﻣﺎﻟﻧﺎ‪ ،‬ﻣن ﯾﮭده ﷲ ﻓﻼ ﻣﺿل‬
‫ﻟﮫ‪ ،‬وﻣن ﯾﺿﻠل ﻓﻼ ھﺎدي ﻟﮫ‪ .‬وأﺷﮭد أن ﻻ إﻟﮫ إﻻ ﷲ وﺣده ﻻ ﺷرﯾك ﻟﮫ‪ ،‬وأﺷﮭد أن ﻣﺣﻣداً ﻋﺑده ورﺳوﻟﮫ‪َ .‬ﯾﺎ أَ ﱡﯾ َﮭﺎ اﻟﱠذ َ‬
‫ِﯾن آ َﻣ ُﻧوا‬
‫س َواﺣِدَ ٍة‬ ‫ُون ]آل ﻋﻣران‪َ . [102:‬ﯾﺎ أَ ﱡﯾ َﮭﺎ اﻟ ﱠﻧﺎسُ ا ﱠﺗﻘُوا َر ﱠﺑ ُﻛ ُم اﻟﱠذِي َﺧ َﻠ َﻘ ُﻛ ْم ﻣِنْ َﻧ ْﻔ ٍ‬ ‫ﷲ َﺣ ﱠق ُﺗ َﻘﺎ ِﺗ ِﮫ َوﻻ َﺗﻣُو ُﺗنﱠ إِ ﱠﻻ َوأَ ْﻧ ُﺗ ْم ﻣُﺳْ ﻠِﻣ َ‬ ‫ا ﱠﺗﻘُوا ﱠ َ‬
‫ﺎن َﻋﻠَ ْﯾ ُﻛ ْم َرﻗِﯾﺑﺎ ً ]اﻟﻧﺳﺎء‪[1:‬‬ ‫ﷲ َﻛ َ‬ ‫ون ﺑِ ِﮫ َو ْاﻷَرْ َﺣﺎ َم إِنﱠ ﱠ َ‬ ‫ﷲ اﻟﱠ ِذي َﺗ َﺳﺎ َءﻟُ َ‬ ‫ث ِﻣ ْﻧ ُﮭ َﻣﺎ ِر َﺟﺎﻻً َﻛﺛِﯾراً َوﻧِ َﺳﺎ ًء َوا ﱠﺗﻘُوا ﱠ َ‬ ‫َو َﺧﻠَقَ ِﻣ ْﻧ َﮭﺎ َز ْو َﺟ َﮭﺎ َو َﺑ ﱠ‬
‫ﺎز َﻓ ْوزاً‬
‫ﷲ َو َرﺳُوﻟَ ُﮫ َﻓ َﻘ ْد َﻓ َ‬ ‫ﷲ َوﻗُوﻟُوا َﻗ ْوﻻً َﺳدِﯾداً * ﯾُﺻْ ﻠِﺢْ ﻟَ ُﻛ ْم أَﻋْ َﻣﺎ َﻟ ُﻛ ْم َو َﯾ ْﻐﻔِرْ ﻟَ ُﻛ ْم ُذ ُﻧو َﺑ ُﻛ ْم َو َﻣنْ ﯾُطِ ِﻊ ﱠ َ‬ ‫ِﯾن آ َﻣ ُﻧوا ا ﱠﺗﻘُوا ﱠ َ‬ ‫‪َ .‬ﯾﺎ أَ ﱡﯾ َﮭﺎ اﻟﱠذ َ‬
‫ﻋَظِ ﯾﻣﺎ ً ]اﻷﺣزاب‪ . [71-70:‬أﻣﺎ ﺑﻌد‪ :‬ﻓﺈن ﺧﯾر اﻟﻛﻼم ﻛﻼم ﷲ‪ ،‬وﺧﯾر اﻟﮭدي ھدي ﻣﺣﻣد ﺻﻠﻰ ﷲ ﻋﻠﯾﮫ وآﻟﮫ وﺳﻠم‪ ،‬وﺷر‬
‫اﻷﻣور ﻣﺣدﺛﺎﺗﮭﺎ‪ ،‬وﻛل ﻣﺣدﺛﺔ ﺑدﻋﺔ‪ ،‬وﻛل ﺑدﻋﺔ ﺿﻼﻟﺔ‪ ،‬وﻛل ﺿﻼﻟﺔ ﻓﻲ اﻟﻧﺎر‪.‬‬

‫މި "ހިދާޔަތުގެ މަގު"ގެ ‪ 40‬އަދި ‪41‬ވަނަ ލިޔުމުގައި ކިޔުންތެރީންނަށް މިފަހަރު‪ ،‬އަޅުގަނޑު މި‬
‫ވެދުންކުރަނީ މައްކާގެ "ދާރުލްޙަދީޘިލްޚައިރިއްޔާ"ގައި މުދައްރިސެއްގެގޮތުން މަސައްކަތްޕުޅުކުރެއްވި‪ ،‬އިސްލާމީ ދަޢްވަތުގެ‬
‫މައިދާނަށް އަގުބޮޑެތި‪ ،‬ލުއި ފޮތްތަކެއް ހަދިޔާކުރައްވާފައިވާ‪ ،‬މަޝްހޫރު ބޭލަކެއްކަމުގައިވާ‪ ،‬މުޙައްމަދު އިބްނު ޖަމީލް‬
‫ﻼ ِح اْﻟ َﻔ ْرِد َواْﻟ ُﻣ ْﺟﺗَ َﻣ ِﻊ")ވަކިފަރްދަކާއި އަދި މުޖްތަމަޢު އިޞްލާޙުކުރުމުގައި‬ ‫اﻹﺳ َِ ِ‬ ‫ޒައިނޫ‪-‬أﺛﺎﺑﮫ ﷲ‪-‬ގެ " ِﻣ ْن َ‬
‫آد ِ‬
‫ﺻَ‬‫ﻼم ِﻹ ْ‬ ‫اب ِْ ْ‬
‫އިސްލާމްދީނުގެ އަދަބުތަކުގެތެރެއިން(ކިޔުނު ފޮތުން އެއްކޮށްލެވިފައިވާ ވަރަށް އަގުބޮޑު‪ ،‬ﷲ ﺗﻌﺎﻟﻰގެ އިރާދަފުޅާއެކު‪،‬‬
‫އެހާމެ ލާބައާއި މަންފަޢަކުރަނިވި‪ ،‬ފޮނި މޭވާކޮޅެކެވެ‪.‬‬

‫އަންނަނިވި ޞަފްޙާތައް އެކުލަވާލެވިފައި މިވަނީ މަތީގައިވާ ފޮތުން ކުރެވިފައިވާ ފަސޭހައިން ވިސްނޭނެ‬


‫ޚުލާޞާ ތަރުޖަމާއަކުންނެވެ‪ .‬ވިސްނުމުގެމަގު ކުރުކޮށްލުމަށްޓަކައި ގެނެވިފައިވާ ކުދިކުދި ބަދަލުތަކަކާއިއެކުގައިވެސްމެއެވެ‪.‬‬

‫އެދުމަކީ‪ ،‬މިވެދުމަކީވެސް ފައިދާއާއި މަންފާއިން ފުރިފައިވައި‪ ،‬ގިނަގުނަ މަޢްލޫމާތު އެކުލެވިފައިވައި‪،‬‬


‫އޮށްޓަރުހުރި ލިޔުމަކަށްވުމެވެ‪ .‬ތިޔަބޭފުޅުންނަށް "ހިދާޔަތުގެ މަގު" މިލިޔުމުގެ ޛަރީޢާއިން އިތުރަށް ފުޅާވުމެވެ‪.‬‬

‫ﷲ ﺗﻌﺎﻟﻰ އަޅުގަނޑުމެންގެ ހެޔޮ ހުވަފެންތަކުގައި ފުރިހަމަ ކުލަޖައްސަވާށިއެވެ! އަޅުގަނޑުމެންގެ މި "ޢިލްމީ‬


‫ޤުލްޒާރު" އޭގެ ތާޒާކަންމަތީ‪ ،‬އެންމެ ފައްކާކަންމަތީ‪ ،‬އަބަދުމެ އަބަދަށް ދަމަހައްޓަވައި‪ ،‬އޭގެ ފައިދާއިން މަރުވެފައިވާ‬
‫އަޅުގަނޑުމެންނަށާއި‬ ‫އިތުރުކުރައްވާށިއެވެ!‬ ‫ހަކަތަ‬ ‫އިތުރު‬ ‫ހިތްތަކަށް‬ ‫އެކުލެވޭ‬ ‫ދިރުއްވައި‪ ،‬ދިރުން‬ ‫ހިތްތައް‬
‫ފުރިހަމަ‬ ‫ވިސްނުމާއި‬ ‫ހެޔޮ‬ ‫ޚިޔާރުކުރުމުގެ‬ ‫މަގު‬ ‫ހިދާޔަތުގެ‬ ‫އުއްމަތަށް‬ ‫އިސްލާމީ‬ ‫މި‬ ‫އަޅުގަނޑުމެންގެ‬
‫ތަވްފީޤުދެއްވާށިއެވެ! ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވައި‪ ،‬އަބާއްޖަވެރިކަމުގެ މަގުތަކުން އަޅުގަނޑުމެން‬
‫ސަލާމަތްކުރައްވާށިއެވެ! އާމީން!!!‬

‫وﺻﻠﻰ ﷲ وﺳﻠم ﻋﻠﻰ أﻓﺿل اﻟﺑﺷر‬

‫و اﻟﺣﻣد واﻟﺷﻛر‬

‫‪2‬‬
‫ﺑﺳم ﷲ اﻟرﺣﻣن اﻟرﺣﯾم‬

‫ހަމަކަށަވަރުން އެންމެހައި ޙަމްދާއި ތަޢްރީފެއް ހުރީ މާތް ﷲ ﺗﻌﺎﻟﻰގެ ޙަޟްރަތަށެވެ‪ .‬އަޅަމެން‬


‫އެކަލާނގެއަށް ޙަމްދުކުރަމެވެ‪ .‬އަދި‪ ،‬އެކަލާނގެ ޙަޟްރަތުން ވާގިވެރިކަމަށް އެދެމެވެ‪ .‬އަދި‪ ،‬ފާފަފުއްސެއްވުންއެދި‬
‫އެކަލާނގެ ޙަޟްރަތަށް ދުޢާދަންނަވަމެވެ‪ .‬އަދި‪ ،‬އަޅަމެންގެ ނަފްސުތަކުގައިވާ އެންމެހައި ނުބައިކަންކަމުންނާއި‪،‬‬
‫އަޅަމެންނަށް ކުރެވޭ އެންމެހައި ނުބައި ކަންތައްތަކުން‪- ،‬އެއްކިބާވެ ސަލާމަތްވުމަށްޓަކައި‪ -‬ﷲ ﺗﻌﺎﻟﻰގެ ރައްކާތެރިކަމަށް‬
‫އެދެމެވެ‪ .‬ﷲ ﺗﻌﺎﻟﻰ ‪-‬ޤަޟާޤަދަރުން‪ -‬މީހަކަށް ތެދުމަގުދައްކަވައިފިނަމަ‪ ،‬އެމީހަކު މަގުފުރައްދާނޭ އެއްވެސް ފަރާތެއް‬
‫ނުވެއެވެ‪ .‬އަދި އެކަލާނގެ ‪-‬ޤަޟާޤަދަރުން‪ -‬މަގުފުރައްދަވައިފި މީހަކަށް‪ ،‬ތެދުމަގު ދައްކާނޭ މީހަކުވެސް ނުމެވެއެވެ‪.‬‬
‫އަދި‪ ،‬ހަމަކަށަވަރުން‪ ،‬ﷲ ﺗﻌﺎﻟﻰފިޔަވައި އަޅުކަންކުރުން ޙައްޤު އިލާހަކު ނުވާކަމަށް‪ ،‬އަޅުހެކިވަމެވެ‪ .‬އެކަލާނގެއަށް‬
‫އެއްވެސް ބައިވެރިޔަކު ނުވެއެވެ‪ .‬އަދި‪ ،‬ހަމަކަށަވަރުން‪ ،‬މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާކަމަށާއި އަދި ރަސޫލާކަމަށް‪،‬‬
‫އަޅުހެކިވަމެވެ‪.‬‬

‫އެއަށްފަހު‪ ،‬ދަންނާށެވެ! ފަހެ‪ ،‬ހަމަކަށަވަރުން މުޅި އިސްލާމް ދީނަކީ‪ ،‬މަތިވެރިވެގެންވާ ރިވެތި‬


‫އަދަބުތަކެކެވެ‪ .‬އަދި‪ ،‬އެހާމެ މަތިވެރި އަޚްލާޤެއްވެސް މެއެވެ‪ .‬އިސްލާމް ދީނުގެ ރަން ޒަމާންތަކުގައި‪ ،‬މި ދީނުގެ ރަން‬
‫ޖީލުތަކުގެ އަހްލުވެރީން‪ ،‬އިސްލާމް ދީނުގެ މަތިވެރި އަދަބާއި އަދި ރިވެތި އަޚްލާޤުން ޖަރީވެތިބެ‪ ،‬ދީނައިގެން އުޅުއްވި‬
‫ދުވަސްވަރު‪ ،‬ރަށްތަކާއި ނުވަތަ ޤަވްމުތައް ފަތަޙަކުރުމުގެ ކުރީން‪ ،‬އެބައިމީހުންވަނީ‪ ،‬އެރިވެތި އަޚްލާޤާއި އަދި‬
‫އެމަތިވެރި އަދަބުތަކުން‪ ،‬އެރަށްރަށުގެ ނުވަތަ އެޤަވްމުތަކުގެ އަހްލުވެރީންގެ ހިތްތައް އިސްލާމް ދީނަށް ހުޅުއްވާލައްވައި‪،‬‬
‫އެ ދީނަށް ލަންބުވާލައްވަފާއެވެ‪.‬‬

‫އެއާޚިލާފަށް މިއަދު‪ ،‬މުސްލިމުން އެ ރިވެތި އަދަބުތަކާއި‪ ،‬އެ މަތިވެރި އަޚްލާޤާއި އަދި އިސްލާމީ‬
‫ކިޔައިލެވޭ‬ ‫އާކޮށްލުމަށްޓަކައި‬ ‫ހަނދާން‬ ‫ވެގެންދިޔައީ‪،‬‬ ‫ޞަފްޙާތައް‬ ‫ތާރީޚުގެ‬ ‫ނެތިކޮށްލިހިނދު‪،‬‬ ‫މުޢާމަލާތްތައް‬
‫ތަފާތު ވައްތަރުތަކުގެ‬ ‫މުސްލިމުންނަށް‬ ‫ސަބަބުން‬ ‫އޭގެ‬ ‫ފަހެ‪،‬‬ ‫ނުވަތަ ޢިބާރާތްތަކެއްކަމުގައެވެ‪.‬‬ ‫ފޮޅުވަތްތަކެއް‬
‫މުޞީބާތްތަކާއި‪ ،‬އިމްތިޙާނުތައް މެދުވެރިވެ‪ ،‬އަދި އެކިއެކި މައިދާންތަކުގައި ފަހަށްޖެހުންވަނީ އައިސްފައެވެ‪.‬‬

‫އަޅުގަނޑު‪ ،‬އަޅުގަނޑުގެ ލޮބުވެތި މުސްލިމް އަޚުންނާއި އަދި އުޚްތުންނަށް‪ ،‬މިވެދުންކުރަނީ އިސްލާމީ‬


‫ރިވެތި އަދަބުތަކުގެތެރެއިން އަދަބުކޮޅެކެވެ‪ .‬އެއީ އޭގެ ބޭނުންހިފައި‪ ،‬އެއަށް ޢަމަލުކޮށް‪ ،‬އެބައިމީހުންގެ މަތިވެރިކަމާއި‬
‫ގެއްލިފައިވާ ޢިއްޒައްތެރިކަން އަނބުރާގެނެވޭތޯ‪ ،‬އެކަމުގެ އެދުމުގައެވެ‪.‬‬

‫ﷲ ﺗﻌﺎﻟﻰ އަޅުގަނޑުގެ މި މަސައްކަތަކީ‪ ،‬އެކަލާނގެއަށް ޚާލިޞް ޢަމަލެއްކަމުގައި ލައްވަވައި‪،‬‬


‫ﻣﺣﻣد ﺑن ﺟﻣﯾل زﯾﻧو‬ ‫މުސްލިމްތަކުންނަށް އޭގެން މަންފަޢުކުރައްވާށިއެވެ! އާމީން!‬

‫‪3‬‬
‫ﷲ ﺗﻌﺎﻟﻰއާއި އަދި އެކަލާނގެ ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬އާމެދު ގެންގުޅެންޖެހޭ ބައެއް އަދަބުތައް‪-:‬‬

‫‪ -‬ﷲ ﺗﻌﺎﻟﻰއާއި އަދި ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ބަސްފުޅުގެ މައްޗަށް އެހެން ފަރާތެއްގެ‪ ،‬އެހެން‬
‫َﻣ ُﻧوا َﻻ ﺗَُﻘ ﱢد ُﻣوا‬ ‫ﱠِ‬
‫ﯾن آ َ‬
‫މީހެއްގެ‪ ،‬ބަސް އިސްނުކުރުމެވެ‪ .‬އަލްޙުޖުރާތު ސޫރަތުގެ ފުރަތަމަ އާޔަތުގައިވެއެވެ‪َ" .‬ﯾﺎ َأﯾﱡﻬَﺎ اﻟذ َ‬
‫ِ‬ ‫ﱠ ِ‬ ‫ﱠ‬ ‫ِ‬ ‫ﱠِ‬
‫ﯾم"‪ ،‬މާނަ‪":‬އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ﺗﻌﺎﻟﻰއާއި‪،‬‬ ‫َﺑ ْﯾ َن َﯾ َد ِي اﻟﻠﻪ َوَر ُﺳوﻟِﻪ َواﺗﱠﻘُوا اﻟﻠ َﻪ إِ ﱠن اﻟﻠ َﻪ َﺳﻣ ٌ‬
‫ﯾﻊ َﻋﻠ ٌ‬
‫އެކަލާނގެ ރަސޫލާގެ ކަމެއްގެ‪ ،‬ނުވަތަ ބަހެއްގެ‪ ،‬ކުރިއަށް ތިޔަބައިމީހުންގެ ކަމެއް‪ ،‬ނުވަތަ ރައުޔެއް‬
‫އިސްނުކުރާށެވެ! އަދި ތިޔަބައިމީހުން ﷲ ﺗﻌﺎﻟﻰއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން‪ ،‬ﷲ ﺗﻌﺎﻟﻰއީ‪ ،‬މޮޅަށް‬
‫އައްސަވާވޮޑިގެންވާ‪ ،‬މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ‪".‬‬

‫‪ -‬މި އުއްމަތުގެ ތުރްޖުމާނުލްޤުރްއާން‪ ،‬ޢިލްމީ ޞަޙާބީ‪ ،‬ޢަބްދު ﷲ އިބްނު ޢައްބާސް‪-‬رﺿﻲ ﷲ ﻋﻧﮭﻣﺎ‪-‬ގެ‬


‫މޫރިތި ސުންނަތާ ޚިލާފަށް ތިޔަބައިމީހުން‬ ‫ބަސްފުޅެއްގެ މާނައިގައިވެއެވެ‪" .‬ކީރިތި ޤުރްއާނާއި އަދި‬
‫ބަހެއްނުބުނާށެވެ!"‬

‫‪ -‬ތަފްސީރު ޢިލްމުގައި ފުންނާބުއުސް ޢިލްމުވެރިޔާ‪ ،‬މަޝްހޫރު ތާބިޢީ‪ ،‬މުޖާހިދު‪-‬رﺣﻣﮫ ﷲ‪-‬ގެ ބަސްފުޅެއްގެ‬


‫މާނައިގައިވެއެވެ‪" .‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ބަސްފުޅެއްގެ މައްޗަށް‪ ،‬އެއާ ދެކޮޅަށް ތިޔަބައިމީހުން‬
‫އެއްވެސްފަދަ ފަތުވާއެއް ނުދޭހުށިކަމެވެ‪ .‬ފަހެ‪ ،‬އެކަމުގެ ސަބަބުން ﷲ ﺗﻌﺎﻟﻰ އެކަން ކުރާމީހާގެ ދުލަށް ކޯފާއެއް‬
‫ލައްވަފާނެތެވެ‪".‬‬

‫‪ -‬އަލްއިމާމް ސުފްޔާން އާއި އަދި އަލްޢައްލާމާ އިބްނު ޒައިދު‪-‬رﺣﻣﮭﻣﺎ ﷲ‪-‬ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ‪.‬‬
‫"ﷲ ﺗﻌﺎﻟﻰއާއި އަދި ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ފަރާތްޕުޅުން)ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތުން(‪،‬‬
‫ކަމުގެ ޙަޤީޤަތް ނުހޯދައި‪ ،‬ނުބަލައި‪ ،‬ތިޔަބައިމީހުން ދީނީ އެއްވެސް ކަމެއް ނުނިންމާށެވެ!"‬

‫‪ -‬ދީނީކަމެއްގައި އެއްވެސް އިޚްތިލާފެއް ނުވަތަ ކޯޅުމެއް މެދުވެރިވެއްޖެނަމަ‪ ،‬ކީރިތި ޤުރްއާނާއި އަދި ސުންނަތް‬
‫‪59‬ވަނަ‬ ‫ސޫރަތުގެ‬ ‫އަންނިސާއު‬ ‫ފައިޞަލާކުރުމެވެ‪.‬‬ ‫ނުވަތަ‬ ‫ނިންމުން‪،‬‬ ‫އެމައްސަލަ‬ ‫މެދުވެރިކޮށް‬
‫اﻵ ِﺧ ِر"‪،‬‬
‫ون ﺑِﺎﻟﻠﱠ ِﻪ َواْﻟَﯾ ْوِم ْ َ‬ ‫اﻟﻠ ِﻪ َو ﱠ‬
‫اﻟر ُﺳ ِ‬
‫ول إِ ْن ُﻛ ْﻧﺗُ ْم ﺗُ ْؤ ِﻣ ُﻧ َ‬
‫އާޔަތުގައިވެއެވެ‪" .‬ﻓَِﺈ ْن ﺗََﻧ َﺎز ْﻋﺗُم ِﻓﻲ َﺷﻲ ٍء ﻓَرﱡدوﻩ ِإﻟَﻰ ﱠ‬
‫ْ ُ ُ‬ ‫ْ‬
‫މާނަ‪":‬ފަހެ‪ ،‬ކަމަކާއިމެދު ތިޔަބައިމީހުން ދެ ބަސްވެއްޖެނަމަ)ޚިލާފުވެއްޖެނަމަ(‪ ،‬ތިޔަބައިމީހުންނަކީ މާތް ﷲ‬
‫އެކަމެއް‬ ‫ރަސޫލާއަށް‬ ‫އަށާއި‪،‬‬ ‫ﷲ‬ ‫މާތް‬ ‫އީމާންވާބަޔަކުކަމުގައިވާނަމަ‪،‬‬ ‫އާޚިރަތްދުވަހަށް‬ ‫އަދި‬ ‫އަށާއި‬
‫ރައްދުކުރާށެވެ!)ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތުން އެކަމުގެ ޙައްލު ނުވަތަ ޙައްޤު ހޯދާށެވެ!(" * * * * *‬

‫‪4‬‬
‫ﷲ ﺗﻌﺎﻟﻰގެ ބަސްފުޅުތައް އެކުލެވޭ ފޮތް‪ ،‬ކީރިތި ޤުރްއާނާއިމެދު ގެންގުޅެންޖެހޭ ބައެއް އަދަބުތައް‪-:‬‬

‫އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! ‪-‬ﷲ ﺗﻌﺎﻟﻰ އަޅުގަނޑަށާއި އަދި‬
‫ތިބާއަށް އެންމެ ހެޔޮ މަގަށް‪ ،‬ހިދާޔަތުގެ މަގަށް‪ ،‬މަގުދައްކަވާށިއެވެ!‪-‬‬

‫އެފޮތުގައި‬ ‫ބަސްފުޅެވެ‪.‬‬ ‫މަތިވެރި‬ ‫ﷲ ﺗﻌﺎﻟﻰގެ‬ ‫ޤުރްއާނަކީ‬ ‫ކީރިތި‬ ‫ހަމަކަށަވަރުންވެސް‪،‬‬


‫އެކުލެވިގެންވަނީ؛ ޢަޤީދާއާގުޅޭ ކަންކަމާއި‪ ،‬އެކިއެކި ޙުކްމުތަކާއި އަދި އިރްޝާދުގެ މަތިވެރި ބަސްފުޅުތަކެވެ ‪.‬‬
‫އޭގައިވަނީ އަޅުގަނޑުމެންގެ އަދާއި މާދަމާގެ‪ ،‬ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ގެރެންޓީކުރެވިފައެވެ‪.‬‬
‫އެފޮތާމެދު‪ ،‬ކޮންމެހެން އަޅުގަނޑުމެން ގެންގުޅުން ވާޖިބު އަދަބުތަކެއްވެއެވެ‪.‬‬

‫‪ -‬ކީރިތި ޤުރްއާން‪ ،‬އެ ފޮތް ކިޔެވުމުގައި‪ ،‬ﷲ ﺗﻌﺎﻟﻰގެ މަތިވެރި ބަސްފުޅުތަކުގެ މާނައަށް ވިސްނައި‬
‫ޢަމަލުކުރުމެވެ ‪.‬‬ ‫ބަސްފުޅުތަކަށް‬ ‫މަތިވެރި‬ ‫ﷲ ﺗﻌﺎﻟﻰގެ‬ ‫އެއަށް‪،‬‬ ‫އަދި‪،‬‬ ‫ކިޔެވުމެވެ‪.‬‬ ‫ފިކްރުކުރަމުން‬
‫އެބަސްފުޅުތަކާއި ޚިލާފްވެވިދާނެކަމަށް ބިރުވެތިވުމެވެ‪ .‬އަލްއިސްރާއު ސޫރަތުގެ ‪9‬ވަނަ އާޔަތުގައިވެއެވެ‪" .‬إِ ﱠن‬
‫َﺟ ًار َﻛﺑِ ًا‬
‫ﯾر"‪،‬‬ ‫ﻫ َذا اْﻟﻘُ آرَن ﯾﻬ ِدي ِﻟﻠﱠﺗِﻲ ِﻫﻲ أَ ْﻗوم وﯾﺑ ﱢﺷر اْﻟﻣؤ ِﻣ ِﻧﯾن اﻟﱠ ِذﯾن ﯾﻌﻣﻠُون اﻟﺻﱠﺎﻟِﺣ ِ‬
‫ﺎت أ ﱠ‬
‫َن َﻟﻬُ ْم أ ْ‬ ‫َ‬ ‫َ َ َْ َ‬ ‫َ َ ُ َ َُ ُ ُ ْ َ‬ ‫ْ َ َْ‬ ‫َ‬
‫ދ މަގަށް މަގުދައްކައެވެ‪ .‬އަދި‪ ،‬ހަމަކަށަވަރުން‪ ،‬ޞާލިޙު‪ ،‬ހެޔޮ‪،‬‬ ‫މާނަ‪":‬ހަމަކަށަވަރުން‪ ،‬މި ޤުރްއާން އެންމެ ސީ ާ‬
‫ޢަމަލުތައްކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރިކަމުގެ ޚަބަރުދެވެއެވެ‪ ".‬އަދި‪ ،‬ص‬
‫ﺎب أ َْﻧ َزْﻟَﻧﺎﻩُ إَِﻟ ْﯾ َك ﻣَﺑﺎر ٌك ﻟَِﯾ ﱠدﺑﱠروا آََﯾﺎﺗِ ِﻪ وﻟَِﯾﺗَ َذ ﱠﻛر أُوﻟُو ْاﻷَْﻟَﺑ ِ‬
‫ﺎب"‪،‬‬ ‫ސޫރަތުގެ ‪29‬ވަނަ އާޔަތުގައިވެއެވެ‪ِ " .‬ﻛﺗَ ٌ‬
‫َ‬ ‫َ‬ ‫ُ‬ ‫ُ َ‬
‫މާނަ‪":‬މިއީ ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ‪ .‬އެއީ އެއުރެން)މީސްތަކުން( އެ‬
‫ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކްރުކުރުމަށެވެ‪ .‬އަދި‪ ،‬ބުއްދީގެ އަހްލުވެރީން އެއިން ނަޞީޙަތް‬
‫ލިބިގަތުމަށެވެ‪".‬‬

‫ހަމައެހެންމެ‪ ،‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ و ﺳﻠم‪-‬ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ‪" .‬ކީރިތި ޤުރްއާނުން‬


‫އެންމެ އަކުރެއް ކިޔަވައިފި މީހަކަށް‪ ،‬އެކަމުގެ ސަބަބުން އޭނާއަށް ހެޔޮ ކަމެއް‪ ،‬ހެޔޮ ދަރުމައެއް ހުއްޓެވެ‪ .‬އަދި‬
‫ކޮންމެ ހެޔޮ ދަރުމައަކީ ‪ 10‬ގުނަވަނިވި އެއްޗެކެވެ‪) ".‬رواه اﻟﺘﺮﻣﺬي ﻓﻲ ﺳﻨﻨﮫ‪ ،‬وﺻﺤﺤﮫ(‬

‫‪ -‬ތިބާއަށް ވާޖިބުވެގެންވަނީ އަވަސްކުރުމެއްނެތި ކީރިތި ޤުރްއާން ކިޔެވުމެވެ‪ .‬އަދި‪ ،‬ތަޖްވީދުގެ އެންމެހައި‬

‫ޙުކްމުތައް ދަސްކުރުމެވެ‪ .‬އަލްމުއްޒަންމިލު ސޫރަތުގެ ‪4‬ވަނަ އާޔަތުގައިވެއެވެ‪َ " .‬وَرﺗﱢ ِل اْﻟﻘُ ْآر َ‬
‫َن ﺗَْرﺗِ ً‬
‫ﯾﻼ"‪،‬‬
‫މާނަ‪":‬އަދި‪ ،‬ތިބާ ލަސްލަހުން ޤުރްއާން ކިޔަވާށެވެ!"‬

‫‪5‬‬
‫‪ -‬މަޝްހޫރު ޞަޙާބީ‪ ،‬ޢަބްދު ﷲ އިބްނު މަސްޢޫދް‪-‬رﺿﻲ ﷲ ﻋﻧﮫ‪ -‬މީހަކަށް ކިޔަވައިދެއްވަމުން ދަނިކޮށް‪ ،‬އޭނާ‬
‫ދަމަންވާތަނަކަށް)ވާޖިބު މައްދަކަށް( ނުދަމާ ކިޔެވުމުން އޭނާއަށް ވިދާޅުވިއެވެ‪" .‬ތިމަންނާއަށް މާތް ރަސޫލާ‪-‬ﺻﻠﻰ‬
‫ﷲ ﻋﻠﯾﮫ و ﺳﻠم‪-‬ކިޔަވާވިދާޅުވެދެއްވީ ތިޔަ ގޮތަކަށް ނޫނެވެ‪ ".‬ފަހެ‪ ،‬އެހިނދު‪ ،‬އެ މީހާ ބުންޏެވެ‪" .‬ތިބާއަށް‬
‫މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ و ﺳﻠم‪ -‬ކިޔަވާވިދާޅުވެދެއްވީ ކޮންގޮތަކަށްތޯއެވެ؟" އެހިނދު‪ ،‬ޢަބްދު ﷲ އިބްނު‬
‫މަސްޢޫދް‪-‬رﺿﻲ ﷲ ﻋﻧﮫ‪ -‬އެތަންކޮޅަށް)އެ މައްދަށް( ދަމާލައްވަމުން ކިޔަވާވިދާޅުވިއެވެ‪.‬‬

‫)رواه ﺳﻌﯿﺪ ﺑﻦ ﻣﻨﺼﻮر ﻓﻲ ﺳﻨﻨﮫ‪ ،‬وﺻﺤﺤﮫ اﻷﻟﺒﺎﻧﻲ(‬

‫‪ -‬ހެނދުނާ ހަވީރު އެ ފޮތް ކިޔަވާށެވެ‪ .‬ނުވަތަ އެއަށް ކަނުލާ އަޑުއަހާށެވެ‪ .‬ފަހެ‪ ،‬އެ ބަސްފުޅުތަކުގައިވަނީ‬
‫ޝިފާއެކެވެ‪ .‬ފަރުވާއެކެވެ‪ .‬ދުންޔަވީ އެންމެހައި މައްސަލަތަކުން ސިކުނޑިއަށް ރާޙަތެއް ނުވަތަ އަރާމެއް‪ ،‬އެ‬
‫ބަސްފުޅުތަކުން ލިއްބާދޭނެތެވެ‪ .‬ފަހެ‪ ،‬އެބޭފުޅެއްގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވުނު މާތް ރަސޫލާ‪-‬ﺻﻠﻰ‬
‫ﷲ ﻋﻠﯾﮫ و ﺳﻠم‪-‬ވެސް އެ ކީރިތި ޤުރްއާން އެހެންމީހުން ކިޔަވަމުންދާހިނދު އަޑުއެއްސެވުމަށް ލޯބިކުރެއްވިއެވެ‪.‬‬
‫އަދި‪ ،‬ކީރިތި ޤުރްއާން ކިޔެވުމުގައި ރީތިކޮށް ކިޔެވުމަށް ބާރުއަޅުއްވަމުން ޙަދީޘްފުޅުކުރެއްވި ބަސްފުޅުގެ‬
‫މާނައީ‪":‬ތިޔަބައިމީހުންގެ އަޑުތަކުން‪ ،‬ޤުރްއާން ޒީނަތްތެރިކޮށްލާށެވެ! ރީތިކޮށްލާށެވެ!" )رواه ﻣﺴﻠﻢ(‬

‫‪ -‬އެންމެ ހެޔޮ‪ ،‬މޮޅުއިތުރު ގޮތަކީ‪ ،‬ކީރިތި ޤުރްއާން ކިޔަވާއަޑު އަހާހިނިދު އެއްވެސް ވާހަކައެއް ނުދެއްކުމެވެ‪.‬‬
‫ون"‪،‬‬ ‫ﱠ‬ ‫ِ‬ ‫ގ ‪204‬ވަނަ އާޔަތުގައިވެއެވެ‪ٕ " .‬وِا َذا ﻗُ ِرئ اْﻟﻘُ آرَن ﻓَ ِ‬
‫ﺎﺳﺗَﻣ ُﻌوا ﻟَﻪُ َوأ َْﻧﺻﺗُوا ﻟَ َﻌﻠ ُﻛ ْم ﺗُْر َﺣ ُﻣ َ‬
‫َ ْ ُ ْ‬ ‫َ‬ ‫ފ ސޫރަތު ެ‬
‫އަލްއަޢްރާ ު‬
‫ހން ހަނުތިބެ‪ ،‬އެއަށް ކަނުލައި އަޑުއަހާށެވެ! އެއީ‬ ‫މާނަ‪":‬އަދި‪ ،‬ޤުރްއާން ކިޔެވޭހިނދު‪ ،‬ތިޔަބައިމީ ު‬
‫ތިޔަބައިމީހުންނަށް ރަޙްމަތްލައްވާތޯއެވެ‪".‬‬

‫‪ -‬ދުންފަތުގެ އިސްތިޢްމާލުކުރުމުން އެއްކިބާވާށެވެ! އަދި ޚާއްޞަކޮށް ކީރިތި ޤުރްއާން ކިޔަވާހިނދުގައެވެ‪ .‬އަދި‪،‬‬


‫ހަމައެފަދައިން އަޑުގަދަނުކުރުމެވެ‪ .‬އެބަހީ؛ ކިޔަވާހިނދު ފެލޭ ބީދައަކުން ނުކިޔެވުމެވެ‪ .‬ފަހެ‪ ،‬އެފަދައިން‬
‫ކިޔެވުމަކީ؛ ސަކަރާތްގަނޑެކެވެ‪.‬‬

‫‪ -‬ކޮންމެ ކަމެއްގައިމެ އެ ޤުރްއާން މެދުވެރިކޮށް ޙުކްމުކުރާށެވެ! އެބަހީ؛ އެއާ އެއްގޮތަށް ޢަމަލުކުރާށެވެ! އެއީ‬
‫ތިބާއަށް ދެރަގޮތެއް ނުވަތަ އުފާވެރިގޮތެއް ގެނުވާދޭ ނުވަތަ މެދުވެރިކޮށްދޭ ކަމެއްކަމުގައިވީނަމަވެސް‪ ،‬އެ ކީރިތި‬
‫މިހެނީ؛ އެއީ ޙައްޤެވެ‪ .‬އެއީ‬ ‫ޤުރްއާނުގެ ޙުކްމުތަކަށް ރުހި ޤަބޫލުކޮށް‪ ،‬ހެޔޮ ހިތުން ބަލައިގަންނާށެވެ!‬
‫ޢަދްލެވެ‪ .‬އަދި އެ މަގުދައްކަނީ އެންމެ މޮޅު‪ ،‬އެންމެ ބާއްޖަވެރި މަގަށެވެ‪ .‬އަންނިސާއު ސޫރަތުގެ ‪65‬ވަނަ‬

‫‪6‬‬
‫ﯾﻣﺎ َﺷ َﺟ َر َﺑ ْﯾَﻧﻬُ ْم ﺛُﱠم َﻻ َﯾ ِﺟ ُدوا ِﻓﻲ أ َْﻧﻔُ ِﺳ ِﻬ ْم َﺣ َر ًﺟﺎ ِﻣ ﱠﻣﺎ‬ ‫ﱢك َﻻ ﯾؤ ِﻣ ُﻧون ﺣﺗﱠﻰ ﯾﺣ ﱢﻛﻣ َ ِ‬
‫وك ﻓ َ‬ ‫ُْ َ َ ُ َ ُ‬ ‫އާޔަތުގައިވެއެވެ‪" .‬ﻓَ َﻼ َوَرﺑ َ‬
‫ﯾﻣﺎ"‪ ،‬މާނަ‪":‬އެހެންނަކުންނޫނެވެ! ފަހެ‪ ،‬ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި‬ ‫ِ‬ ‫ﱢ‬
‫ت َوُﯾ َﺳﻠ ُﻣوا ﺗَ ْﺳﻠ ً‬
‫ﺿ ْﯾ َ‬
‫َﻗ َ‬
‫ވަޙީކުރައްވަމެވެ‪ .‬އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި‪ ،‬ކަލޭގެފާނު ޙުކްމުވެރިކޮށްފުމަށް‬
‫ދާންދެން‪ ،‬އަދި‪ ،‬ކަލޭގެފާނު ނިޔާކުރެއްވި‪ ،‬ނިންމެވި‪ ،‬ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި‪ ،‬ކުޑައިމިސްކަމެއް‪،‬‬
‫ކިޔަމަންވުމަކުން‬ ‫ފުރިހަމަވެގެންވާ‬ ‫ނިޔާއަށް‬ ‫ދާންދެން‪ ،‬އަދި‪ ،‬އެބައިމީހުން އެ‬ ‫ނެތުމަށް‬ ‫ދަތިކަމެއް‪،‬‬
‫ކިޔަމަންވުމަށް ދާންދެން‪ ،‬އެބައިމީހުން އީމާންވީކަމުގައި ނުވާނެތެވެ‪".‬‬

‫‪ -‬އަޅުގަނޑުމެން ޙުކްމުތައް ކުރަންވާނީ އެ ފޮތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ‪ .‬އަދި އަޅުގަނޑުމެންގެ‬


‫ދުސްތޫރަކަށްވެސް ހަދަންވާނީ އެ ފޮތެވެ‪ .‬އެއީ؛ އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތާއި މަތިވެރިކަން‪،‬‬
‫ވަޅުލެވިފައިވާ ޢަބުރު‪ ،‬އެނބުރި އާދޭތޯ‪ ،‬އިސްލާމީ އުއްމަތަށް އޭގެ ރަން ޖީލުތަކުގައި ލިބުނު ބާރާއި އާރު‪،‬‬
‫ޝަރަފާއި ވަރުގަދަކަން ޙާޞިލުވޭތޯއެވެ‪.‬‬

‫‪ -‬އަބަދުވެސް ކިޔަވާލެވޭފަދަ ޙާލަތެއްގައި ހުރުމަށްޓަކައި‪ ،‬ޖީބަށް ލެވޭފަދަ ކުޑަ މުޞްޙަފެއް ގެންގުޅޭށެވެ‪.‬‬

‫‪ -‬އަންނަނިވި ކަންކަމުން މުޅީން ދުރުހެލިވާށެވެ! ފަހެ‪ ،‬އެއީ؛ އެއްވެސް އަޞްލެއް ނެތް ބިދްޢަތްތަކެކެވެ‪.‬‬

‫ހ‪ -‬މުޞްޙަފު)ކީރިތި ޤުރްއާން ލިޔެވިފައިވާ ފޮތް( ޤަބުރުސްތާނަށް ގެންދިޔުން‪.‬‬

‫ށ‪ -‬އަގު ނަގާގޮތަށް ޤުރްއާން ކިޔެވުން‪.‬‬

‫ނ‪ -‬މަރުވެފައިވާމީހަކަށް އަޖްރުލިއްބައިދިނުންއެދި ޤުރްއާން ކިޔެވުން‪.‬‬

‫ރ‪ -‬މީހަކު މަރުވެ‪ ،‬ވަޅުލުމަށްފަހު‪ ،‬އެތަނުގައި ނަމަވެސް ޤުރްއާން ކިޔެވުން‪.‬‬

‫މިހެނީ؛ އިސްލާމް ދީން އައިސްފައިވަނީ މުޙައްދުގެފާނު‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬މެދުވެރިކޮށް‪ ،‬އެކަލޭގެފާނުގެ‬


‫ލޮބުވެތި ޞަޙާބީން‪-‬رﺿﻲ ﷲ ﻋﻧﮭم‪-‬ވެސް މެދުވެރިވެއެވެ‪ .‬އެކަލޭގެފާނާއި އެ ލޮބުވެތި ޞަޙާބީން މިފަދަ‬
‫އެއްވެސް ކަމެއް ކުރެއްވިކަން ޘާބިތުވާކަށްނެތެވެ‪ .‬އެއީ؛ އެންމެހައި ހެޔޮ ޢަމަލުތަކަށްޓަކައި ޙަޔާތުގެ‬
‫ދުވަސްތައް‪ ،‬ދަލާއި ލޭ ޤުރްބާންކުރެއްވި‪ ،‬ދީނަށްޓަކައި ހަނގުރާމަކުރެއްވި ބޭފުޅުންނެވެ‪ .‬ނަމަވެސް‪ ،‬އިސްވެ‪،‬‬

‫‪7‬‬
‫ބަޔާންވެދިޔަފަދަ‪ ،‬އެއްވެސް ޢަމަލެއް އެބޭބޭފުޅުން ނުކުރައްވަތެވެ‪ .‬ވީމާ‪ ،‬އެފަދަ ކަންކަމުގެ ދޯހަޅިކަން މި‬
‫ނުކުތާއިން ހާމަވެއެވެ‪.‬‬

‫އަދި‪ ،‬މީހަކު މަރުވެގެން ވަޅުލެވުނުހިނދު‪ ،‬އެ މުޙައްދުގެފާނު‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪ ،-‬މާތް ރަސޫލާ‬
‫ޙަދީޘްފުޅުކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ‪" .‬ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސެވުން އެދި ދުޢާކުރާށެވެ!‬
‫މިހާރު އޭނާއާ ސުވާލުކުރެވޭނެއެވެ‪ .‬އެއަށް ރަނގަޅަށް ޖަވާބުދެވޭތޯ ﷲ ﺗﻌﺎﻟﻰއަށް ދުޢާކުރާށެވެ!"‬

‫)ﺻﺤﯿﺢ‪ ،‬رواه أﺣﻤﺪ(‬

‫‪ -‬އަޅުގަނޑުމެންގެ ގޭތަކަކީ‪ ،‬އެތަނެއްގައި ކީރިތި ޤުރްއާން ނުކިޔަވާ‪ ،‬ޤަބުރުސްތާނުފަދަ ތަނަކަށް ނުހަދާށެވެ ‪.‬‬
‫ފަހެ‪ ،‬ކީރިތި ޤުރްއާން ގޭގޭގައި ކިޔެވުމަކީ މޮޅުކަމެކެވެ‪ .‬ޚާއްޞަކޮށް ގޭގައި ސޫރަތުލްބަޤަރާ)ބަޤަރާ ސޫރަތް(‬
‫ކިޔެވުމަކީ‪ ،‬ޝައިޠާނާ އެފަދަ ގޭގެއަށް ނުވަންނާނޭކަމެކެވެ‪ .‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ބަސްފުޅެއްގެ‬
‫މާނައިގައިވެއެވެ‪" .‬ތިޔަބައިމީހުންގެ ގެތަކަކީ ޤަބުރުސްތާނުތަކެއްކަމުގައި ނުހަދާށެވެ! ހަމަކަށަވަރުން‪ ،‬އެ‬
‫ގެއެއްގައި ސޫރަތުލްބަޤަރާ ކިޔެވޭ ގެއަކަށް ޝައިޠާނާ ނުވަންނަހުއްޓެވެ‪) ".‬رواه ﻣﺴﻠﻢ(‬

‫*****‬

‫މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ و ﺳﻠم‪-‬ގެ ބަސްފުޅުތައް‪ ،‬ޙަދީޘްފުޅުތަކާމެދު ގެންގުޅެންޖެހޭ ބައެއް އަދަބުތައް‪-:‬‬

‫މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ކިބައިން އައިސްފައިވާ ޞައްޙަ ޙަދީޘްފުޅުތަކަކީ‪ ،‬ބަސްފުޅުތަކަކީ؛‬


‫ﷲ ﺗﻌﺎﻟﻰގެ ބަސްފުޅުތަކުގެ‪ ،‬ކީރިތި ޤުރްއާނުގެ ތަފްސީރެވެ‪ .‬އަދި‪ ،‬އެ ޙަދީޘްފުޅުތަކަކީ‪ ،‬އެ ފޮތެއްގައި މުޅި‬
‫އިންސާނިއްޔަތުގެ ބާއްޖަވެރިކަމުގެ ގެރެންޓީ އެކުލެވިގެންވާ‪ ،‬ދާއިމަށް އަބަދަށް‪ ،‬ބަދަލެއްނެތި‪ ،‬އެއްވެސް އުނި‬
‫އިތުރުކުރުމެއް އައުމެއްނެތި‪ ،‬ދެމިއޮންނަނިވި މާތް ފޮތުގެ ޝަރަޙައެވެ‪ .‬މޫރިތި ޙަދީޘްފުޅުތައް އެންމެ ވައްތަރީ‪،‬‬
‫ދުސްތޫރެއްގެ ތަފްޞީލު އެކުލެވޭ‪ ،‬އެއާނުލައި ސަރުކާރެއް ނުހިންގޭނޭ ޤާނޫނުތަކަކާއެވެ‪ .‬އެބަހީ؛ ކީރިތި‬
‫ޤުރްއާން އެކަނި‪ ،‬ޞައްޙަ ޙަދީޘްފުޅުތަކާނުލައި އިންސާނުންނަކަށް ނުފުދެއެވެ‪ .‬މިއީ ގުޅި‪ ،‬ލާމެހިފައިވާ ދެ‬
‫އެއްޗެވެ‪.‬‬

‫‪8‬‬
‫މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޞައްޙަ ޙަދީޘްފުޅުތަކާއި‪ ،‬ބަސްފުޅުތަކާއިމެދު‪ ،‬ކޮންމެހެން‬
‫އަޅުގަނޑުމެން ގެންގުޅުން ވާޖިބު އަދަބުތަކެއްވެއެވެ‪ .‬މި އަދަބުތަކަކީ އަޅުގަނޑުމެންގެ އިސްލާމްކަމާ ގުޅިފައިވާ‬
‫ކަންކަމެވެ‪.‬‬

‫‪ -‬އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ‬
‫ޙަދީޘްފުޅުތައް‬ ‫އެ‬ ‫ފަހެ‪،‬‬ ‫އިންކާރުނުކުރާށެވެ!‬ ‫ނަމަނަމަ‬ ‫ބަސްފުޅެއް‪،‬‬ ‫ނުވަތަ‬ ‫ޙަދީޘްފުޅެއް‪،‬‬ ‫ޞައްޙަ‬
‫ބަޔާންކޮށްދެއްވުމުގައި‪،‬‬ ‫ނުޞައްޙަ‬ ‫ޞައްޙަ‬ ‫އޭގެ‬ ‫ފޯރުކޮށްދެއްވުމުގައި‪،‬‬ ‫ހަމައަށް‬ ‫އަޅުގަނޑުމެންނާއި‬
‫ޢިލްމުވެރީންވަނީ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ‪ .‬މިޘާލެއްގެގޮތުން އަލްއިމާމުލްބުޚާރީއާއި‪،‬‬
‫އަލްއިމާމް މުސްލިމްއާއި އަދި މިފަހަކަށް އައިސް އަލްއިމާމުލްއަލްބާނީ‪-‬رﺣﻣﮭم ﷲ‪-‬ގެ މަސައްކަތްޕުޅުތައް‬
‫ފާހަގަކޮށްލެވެއެވެ‪ .‬ފަހެ‪ ،‬އެފަދަ ޞައްޙަ ޙަދީޘްފުޅުތަކަށް ޢަމަލުކުރުމަށް އަޅުގަނޑުމެންނަށް ﷲ ﺗﻌﺎﻟﻰވަނީ‬
‫ސޫރަތުގެ ‪7‬ވަނަ‬ ‫އަލްޙަޝްރު‬ ‫އަމްރުކުރައްވާފައެވެ‪.‬‬ ‫އެކަމަށް‬ ‫މަތީން‬ ‫ހަތްއުޑުގެ‬ ‫ވާޖިބުކުރައްވައި‪،‬‬
‫ﺎب"‪،‬‬‫ﯾد اْﻟ ِﻌ َﻘ ِ‬
‫اﻟر ُﺳو ُل َﻓ ُﺧ ُذوﻩُ َو َﻣﺎ َﻧ َﻬﺎ ُﻛ ْم َﻋ ْﻧﻪُ َﻓ ْﺎﻧﺗَﻬُوا َواﺗﱠﻘُوا اﻟﻠﱠ َﻪ إِ ﱠن اﻟﻠﱠ َﻪ َﺷ ِد ُ‬
‫އާޔަތުގައިވެއެވެ‪َ " .‬و َﻣﺎ آَﺗَﺎ ُﻛ ُم ﱠ‬
‫އވި ކޮންމެ އެއްޗެއްގައި‪ ،‬ކޮންމެ ކަމެއްގައި‪ ،‬ފަހެ‪،‬‬ ‫ލ ތިޔަބައިމީހުންނަށް ގެނަސްދެ ް‬ ‫މާނަ‪":‬އަދި‪ ،‬ރަސޫ ާ‬
‫ތިޔަބައިމީހުން ހިފާށެވެ! އަދި‪ ،‬ތިޔަބައިމީހުންނަށް އެކަލޭގެފާނު ނަހީކުރެއްވި ކޮންމެ އެއްޗަކުން‪ ،‬ކޮންމެ‬
‫ކަމަކުން‪ ،‬ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން ﷲ ﺗﻌﺎﻟﻰއަށް ބިރުވެތިވެ‪ ،‬ތަޤްވާވެރިވާށެވެ!‬
‫ހަމަކަށަވަރުން‪ ،‬ﷲ ﺗﻌﺎﻟﻰއީ ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ‪ ".‬މިކަމުގެ ސަބަބަކީ؛ އެ މާތް‬
‫ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬އަކީ‪ ،‬ވަޙީއާ އެއްގޮތަށް ވާހަކަފުޅުދައްކަވާ ބޭފުޅަކަށްވީކަމެވެ‪ .‬މިކަމަށް‬
‫އިޝާރަތްކުރައްވާފައިވާ ﷲ ﺗﻌﺎﻟﻰގެ ވަޙީބަސްފުޅުގައި‪ ،‬އަންނަޖްމު ސޫރަތުގެ ‪3‬ވަނަ އަދި ‪4‬ވަނަ އާޔަތުގައި‬
‫وﺣﻰ"‪ ،‬މާނަ‪":‬އެކަލޭގެފާނު އަމިއްލަ ހަވާނަފްސާ‬
‫ﻲ ُﯾ َ‬
‫ِﱠ‬ ‫ِ‬ ‫އައިސްފައިވެއެވެ‪َ " .‬و َﻣﺎ َﯾ ْﻧ ِط ُ ِ‬
‫ق َﻋن اْﻟﻬَ َوى * إ ْن ُﻫ َو إﻻ َو ْﺣ ٌ‬
‫ކމަކު‪ ،‬އެއީ‪ ،‬ބާވައިލެއްވެވޭ ވަޙީއާއި އެއްގޮތަށް ދައްކަވާ‬ ‫އެއްގޮތަށް ވާހަކަފުޅު ނުދައްކަވަތެވެ‪ .‬އެހެނެއް ަ‬
‫ވާހަކަފުޅުތަކެކެވެ‪ ".‬އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! މާތް ރަސޫލާ‪-‬ﺻﻠﻰ‬
‫ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޞައްޙަ ޙަދީޘްފުޅުތަކަށް‪ ،‬ނުވަތަ ބަސްފުޅުތަކަށް‪ ،‬އެއްޗެތި ގޮވައި‪ ،‬އެ އިންކާރުކޮށް‪ ،‬އެއަށް‬
‫ބަދުބަސް ބުނި މީހަކު އަޅުގަނޑު ދަންނަމެވެ‪ .‬ޞަޙީޙުލްބުޚާރީއަށް އޭނާގެ ދުލުން ހަމަލާދިނެވެ‪ .‬އެއަށްފަހު‪،‬‬
‫ޖެހިގެން އައި ދުވަހު‪ ،‬އޭނާއަކީ ވާހަކަނުދެއްކޭ މަންމަނުމީހަކަށް ބަދަލުވިއެވެ‪ .‬އަދި‪ ،‬އެޙާލުގައި އޭނާ ވަނިކޮށް‪،‬‬
‫ދެ އަހަރު ފަހުން މަރުވެގެންދިޔައެވެ‪.‬‬

‫‪9‬‬
‫ދަންނާށެވެ! މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޞައްޙަ ޙަދީޘްފުޅުތަކަކީ‪ ،‬ނުވަތަ ބަސްފުޅުތަކަކީ‪،‬‬ ‫‪-‬‬
‫ކީރިތި ޤުރްއާނުގެ ޝަރަޙައެވެ‪ .‬އަދި‪ ،‬ކީރިތި ޤުރްއާން ބޮޑަށް ސާފުކޮށް ބަޔާންކުރެވޭ އެންމެ ބޮޑު‪ ،‬އެންމެ މޮޅު‬
‫ﱢن ﻟِﻠﱠﻧ ِ‬
‫ﺎس َﻣﺎ‬ ‫ِ‬
‫ވަޞީލަތެވެ‪ .‬އަންނަޙްލު ސޫރަތުގެ ‪44‬ވަނަ އާޔަތުގައި އައިސްފައިވެއެވެ‪َ " .‬وأ َْﻧ َزْﻟَﻧﺎ إِﻟَ ْﯾ َك اﻟ ﱢذ ْﻛ َر ﻟﺗَُﺑﯾ َ‬
‫ﱠ‬
‫ون"‪ ،‬މާނަ‪":‬އަދި‪ ،‬ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވެވީ‪،‬‬ ‫ُﻧ ﱢزَل إَِﻟ ْﯾ ِﻬ ْم َوَﻟ َﻌﻠﻬُ ْم َﯾﺗََﻔ ﱠﻛ ُر َ‬
‫އަދި‪،‬‬ ‫ބަޔާންކޮށްދެއްވުމަށްޓަކައެވެ‪.‬‬ ‫ކަލޭގެފާނު‬ ‫މީސްތަކުންނަށް‬ ‫ތަކެތި‪،‬‬ ‫ބާވައިލެއްވި‬ ‫އެބައިމީހުންނަށް‬
‫އެބައިމީހުން ފިކްރުކުރުމަށްޓަކައެވެ‪".‬‬

‫اﻟﺻﺎﻟِ ِﺣ ْﯾ َن")ހެޔޮ ލަފާ‪ ،‬ޞާލިޙުންގެ ބަގީޗާތައް( ކިޔުނު‪ ،‬ޙަދީޘްފޮތް‬


‫ﺎض ﱠ‬‫‪ -‬އަލްއިމާމުންނަވަވީ‪-‬رﺣﻣﮫ ﷲ‪-‬ގެ " ِرَﯾ ُ‬
‫ގަންނާށެވެ! ފަހެ‪ ،‬އެފޮތުގައިވާ ގިނަގުނަ ޙަދީޘްފުޅުތަކަކީ އެކި ގޮތްގޮތުން ނުހަނު ފައިދާދެނިވި‪ ،‬އެކި ތަފާތު‬
‫ޙަދީޘްފުޅުތައް އެކުލެވޭ ފޮތެކެވެ‪ .‬އެއީ؛ ވަރަށް ރިވެތި ތަރްތީބަކުން ތަރްތީބުކުރެވިފައިވާ‪ ،‬މުސްލިމަކު‬
‫އަދި‬ ‫ތަޙްޤީޤުކުރެވިފައިވައި‪،‬‬ ‫ޚާއްޞަކޮށް‪،‬‬ ‫އަދި‪،‬‬ ‫ފޮތެކެވެ‪.‬‬ ‫ބޭނުންހިފަންޖެހޭ‬ ‫އޭގެ‬ ‫ކޮންމެހެންވެސް‬
‫ޙަދީޘްފުޅުތަކުގެ ޞައްޙަ ނުޞައްޙަކަން ބަޔާންކުރެވިފައިވާ ފޮތެއް ހޯދުމީ އެންމެ ރަނގަޅުގޮތެވެ‪.‬‬

‫‪ -‬ތިބާ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ސިޔަރަތު ކިޔާށެވެ! ފަހެ‪ ،‬އެއީ؛ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ‬
‫ﺻ ِﺣ ْﯾ ُﺢ اﻟ ﱢﺳَﯾ َ ِرة")ސިޔަރަތުގެ ޞައްޙަބައި(‪،‬‬‫وﺳﻠم‪-‬ގެ ތާރީޚުއެކުލެވޭ ޙަޔާތެވެ‪ .‬އެފަދަ‪ ،‬އެފޮތްތަކުގެތެރެއިން" َ‬
‫"اﻟ ﱢﺷ َﻣﺎ ِﺋ ُل اْﻟ ُﻣ َﺣ ﱠﻣ ِدﱠﯾﺔُ")މުޙައްމަދުގެފާނުގެ މަތިވެރި ކަންތައްތައް(‪ُ " ،‬ﻧ ْوُر اْﻟَﯾ ِﻘ ْﯾ ِن ِﻓ ْﻲ ِﺳَﯾ َرةُ َﺳﱢﯾ ِد‬
‫اْﻟ ُﻣ ْر َﺳﻠِ ْﯾ َن")ރަސޫލުބޭކަލުންގެ ސާހިބާގެ ސިޔަރަތުގައި‪ ،‬ޔަޤީންކަމުގެ އަލި(ފަދަ ފޮތްފޮތަކީ މުސްލިމަކު މި‬
‫މަވްޟޫޢުގައި ގެންގުޅެ‪ ،‬ކިޔުން އެންމެ ރަނގަޅު ފޮތްފޮތެވެ‪ .‬ފަހެ‪ ،‬މިފަދަ ފޮތްތައް ކިޔުމުގައި ޢިލްމު‬
‫ޙާޞިލުވުމާއި‪ ،‬ފޮނި މީރުކަމެއް ޙާޞިލުވުމާއި އަދި މަތިވެރި މަންފަޢެއް ލިބުންވެއެވެ‪.‬‬

‫‪ -‬އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! އެއްވެސް ގޮތަކަށް‪ ،‬ކޮންމެ ކޮންމެ‬
‫ފޮތެއް ނުގަންނާށެވެ! ކޮންމެ ފޮތެއްވެސް ގަންނަންވާނީ‪ ،‬އިތުބާރުހިފޭފަދަ‪ ،‬ހެޔޮލަފާ‪ ،‬ރަނގަޅު ޢިލްމީ ބޭފުޅެއްގެ‬
‫އިރްޝާދުގެ މަތީންނެވެ‪ .‬މިހެނީ؛ ފޮތް ޗާޕްކުރާމީހުންގެތެރެއިން ބައެއް މީހުންގެ ނިޔަތަކަށްވަނީ ބޭނުންހައި‬
‫ފޮތެއް ފެތުރުމެވެ‪ .‬ހުރިހާ ވައްތަރެއްގެ ފޮތްތައް ވިއްކުމެވެ‪ .‬ފައިސާ ހޯދުމެވެ‪ .‬ހެވެއް ނުބައެއް ނުބަލައި ޢިލްމު‬
‫ހަލާކޮށް ފަނާކޮށްލައި‪ ،‬ޢަޤީދާ ފުނޑުފުނޑުކޮށްލައި ފޮތްތައްވެސް ވިއްކުމެވެ‪ .‬މިމޭރުމުން އަޅުގަނޑުމެން އެ‬
‫ފޮތްތަކަކުން ދުރުހެލިވާންޖެހޭ ބައެއް ފޮތްތަކުގެތެރޭގައި؛ "ﻓُﺗُْو ُح اﻟ ﱠﺷ ِﺎم"‪" ،‬وَﻗ َﻌﺔُ اْﻟ َﺧ ْﻧ َد ِ‬
‫ق"‪َ " ،‬ﻏ ْزَوةُ اﻟ ﱢﺳ ْﯾ ْﺳَﺑ ِ‬
‫ﺎن"‪،‬‬ ‫َ‬

‫‪10‬‬
‫ﻺ َﻣ ِﺎم َﻋﻠِ ﱢﻲ"‪ ،‬އިބްނު ޢައްބާސް‪-‬رﺿﻲ ﷲ ﻋﻧﮭﻣﺎ‪-‬އަށް‬ ‫ول_ ِﻟ ْ ِ‬‫اﻟرﺳ ِ‬
‫ﺻ َﺎﯾﺎ ﱠ ُ‬
‫ِ‬
‫"اْﻟ َﻣ ْﺟ ُﻣ ْو َﻋﺔُ اْﻟ ُﻣَﺑ َﺎرَﻛﺔُ_ ﻟ ُﻣ َﺣ ﱠﻣ ُد َﺑ َﺎﺑﺎ"‪َ " ،‬و َ‬
‫ﺎء"ފަދަ ފޮތްފޮތެވެ‪ .‬ވީމާ‪ ،‬އިސްލާމީ ޝަރީޢަތާ‬ ‫س" އަދި "ﺻور ْاﻷ َْﻧ ِﺑﯾ ِ‬ ‫اج"‪َ " ،‬ﻣوﻟِ ُد اْﻟ َﻌ ُرو ِ‬ ‫ِ‬
‫َ‬ ‫َُُ‬ ‫ْ‬ ‫ْ‬ ‫ނިސްބަތްކުރެވޭ"اْﻟﻣ ْﻌ َر ُ‬
‫ޚިލާފުވާ‪ ،‬ޢަޤްލާއި އަދި ނަޤްލާ ދިމާނުވާ‪ ،‬ދީނީ މިންގަޑުން ބަރުދަނާއި ބުރަދަނެއް އެކުލެވިގެންނުވާ ކޮންމެ‬
‫ފޮތަކީ އޭގެން އެއްކިބާވާންޖެހޭ ފޮތެކެވެ‪ .‬މި މަވްޞޫޢުގައި‪ ،‬އަލްއަޚް އަލްފާޞިލް މަޝްހޫރު ޙަސަން‪-‬ﺣﻔظﮫ ﷲ‬
‫ب‬‫ﺗﻌﺎﻟﻰ‪ ،-‬އަލްޢައްލާމާ އަލްއަލްބާނީ‪-‬رﺣﻣﮫ ﷲ‪-‬ގެ ވަރަށް ފުންނާބު އުސް‪ ،‬ޢިލްމީ ދަރިވަރު ލިޔުއްވާފައިވާ " ُﻛﺗُ ٌ‬
‫ﺎء")ޢިލްމުވެރީން އެ ފޮތްތަކަކުން އިންޛާރުދެއްވާފައިވާ ފޮތްތައް( މި ފޮތަކީ ވަރަށް މުހިންމު‬ ‫ﱠ ِ‬
‫َﺣذ َر ﻣ ْﻧﻬَﺎ اْﻟ ُﻌﻠَ َﻣ ُ‬
‫ފޮތެވެ‪ .‬އެފޮތުގައި‪ ،‬ޢަޤީދާގައްޔާއި‪ ،‬އަދި ތަފްސީރުގައި ދީނާއި ފުށުއަރާ‪ ،‬ދީނީ މިންގަޑުން ބޭރުވެފައިވާ އެތައް‬
‫ފޮތެއް ބަޔާންކޮށްފައިވެއެވެ‪.‬‬

‫*****‬

‫ވަރުގަދަ ޢިލްމުވެރީން ޙަދީޘްފުޅުތަކުގައި ހިފެހެއްޓެވި ގޮތް‪-:‬‬

‫ﷲ ﺗﻌﺎﻟﻰގެ ބަސްފުޅުގައި‪ ،‬އަންނަޙްލު ސޫރަތުގެ ‪44‬ވަނަ އާޔަތުގައިވެއެވެ‪َ " .‬وأ َْﻧ َزْﻟَﻧﺎ إَِﻟ ْﯾ َك اﻟ ﱢذ ْﻛ َر‬
‫ﱠ‬ ‫ﱢن ﻟِﻠﱠﻧ ِ‬ ‫ِ‬
‫ون"‪ ،‬މާނަ‪":‬އަދި‪ ،‬ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރްއާން‬ ‫ﺎس َﻣﺎ ُﻧ ﱢزَل إَِﻟ ْﯾ ِﻬ ْم َوﻟَ َﻌﻠﻬُ ْم َﯾﺗَﻔَ ﱠﻛ ُر َ‬ ‫ﻟﺗَُﺑﯾ َ‬
‫ބާވައިލެއްވެވީ‪ ،‬އެބައިމީހުންނަށް ބާވައިލެއްވި ތަކެތި‪ ،‬މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ‪.‬‬
‫އަދި‪ ،‬އެބައިމީހުން ފިކްރުކުރުމަށްޓަކައެވެ‪ ".‬ހަތަރު މަޛްހަބުގެ އިމާމުން)އަލްއިމާމް އަބޫ ޙަނީފާ‪ ،‬އަލްއިމާމް‬
‫މާލިކު އިބްނު އަނަސް‪ ،‬އަލްއިމާމް އަޙްމަދު އިބްނު ޙަންބަލް‪ ،‬އަލްއިމާމުއްޝާފިޢީ(‪-‬رﺣﻣﮭم ﷲ‪ ،‬وﺟزاھم ﷲ ﻋﻧﺎ‬
‫ﺧﯾرا‪-‬ވަނީ ކޮންމެ ބޭފުޅަކުވެސް‪ ،‬އެބޭފުޅަކާ ހަމައަށް ފޯރައިފައިވާ ޙަދީޘްފުޅުތަކުގެ އަލީގައި‪ ،‬އިސްލާމީ ޢިލްމުގެ‬
‫މައިދާނުގައި ނުހަނު ވަރުގަދަ މަސައްކަތްޕުޅުތަކެއް‪ ،‬އިޖްތިހާދުތަކެއް‪ ،‬ކުރައްވާފައެވެ‪ .‬އެބޭބޭފުޅުންގެ މެދުގައި‬
‫ދީނީ ގިނަގުނަ މައްސަލަތަކެއްގައި‪ ،‬ވެފައިވާ އިޚްތިލާފުތައް‪ ،‬ނުވަތަ ފެންނަން އޮތް ތަފާތުތައް‪ ،‬ހިނގުމަށް‬
‫މެދުވެރިވި މައިގަނޑު ސަބަބަކީ؛ އޭގެން އެއްބޭފުޅަކަށް ލިބިވަޑައިގެންނެވި ޙަދީޘްފުޅުތައް އަނެއް ބޭފުޅަކަށް‬
‫ލިބިވަޑައިނުގަތުމެވެ‪ .‬މިހެނީ؛ އެ ޒަމާނުގައި ޙަދީޘްފުޅުތައްވަނީ‪ ،‬މި ޒަމާނުގައި މިވާފަދައިން‪ ،‬ދުނިޔޭގެ‬
‫ކަންކޮޅުތަކަށް ފެތުރިފައެއް ނޫނެވެ‪ .‬އަދި‪ ،‬ކިއެއްތަ‪ ،‬ޙަދީޘް ޢިލްމުވެރީން ނުވަތަ ޙަދީޘް ހިތުއަޅުވާފައިވާ‬
‫ބޭފުޅުންވަނީ ޙިޖާޒްކަރަ)މިހާރުގެ މައްކާ އަދި މަދީނާ(ގައި‪ ،‬ޝާމްކަރައިގައި‪ ،‬ޢިރާޤުގައި‪ ،‬މިޞްރުގައި އަދި‬
‫އެހެންވެސް އިސްލާމީ ރަށެއް ނުވަތަ ޤަވްމެއްގައެވެ‪ .‬އަދި‪ ،‬އެ ޒަމާނަކީ‪ ،‬މި ޒަމާނާ ޚިލާފަށް‪ ،‬މުވާޞަލާތުގެ‬
‫ކަންތައްތައް ނުހަނު ތަދު‪ ،‬ދަތި އުނދަގޫ ދުވަސްވަރެކެވެ‪ .‬މީގެ ހެއްކެއްގެ ގޮތުން‪ ،‬އަޅުގަނޑުމެންނަށް ފެންނަ‬

‫‪11‬‬
‫އާ‬ ‫ބައިވަރު‬ ‫އެތައް‬ ‫ވަޑައިގަތުމަށްފަހު‪،‬‬ ‫މިޞްރަށް‬ ‫އަލްއިމާމުއްޝާފިޢީ‪-‬رﺣﻣﮫ ﷲ‪-‬‬ ‫ފަދައިން‪،‬‬ ‫އޮތް‬
‫ޙަދީޘްފުޅުތަކެއް ލިބުމުން‪ ،‬ޢިރާޤުގައި އެކަލޭގެފާނު ފިޤްހީގޮތުން ގެންގުޅުއްވި ކުރީގެ އެތައް ރައުޔުތަކެއް‬
‫ދޫކުރެއްވިއެވެ‪.‬‬

‫އެބޭބޭފުޅުންގެ މެދުގައި ވެފައިވާ ޚިލާފުތަކުގެ މިޘާލަކަށް ބަލާލަނީނަމަ‪ ،‬އަލްއިމާމުއްޝާފިޢީ‪-‬رﺣﻣﮫ‬


‫ﷲ‪-‬ގެ މަޛްހަބުގައި‪ ،‬އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ގެއްލޭނެއެވެ‪ .‬ނަމަވެސް‪ ،‬އަލްއިމާމް އަބޫ ޙަނީފާ‪-‬‬
‫رﺣﻣﮫ ﷲ‪-‬ގެ މަޛްހަބުގައި‪ ،‬އަންހެނެއްގެ ގައިގައި ބީހުމުން ވުޟޫ ނުގެއްލޭނެއެވެ‪ .‬މިފަދަ ޙާލަތެއްގައި‬
‫އަޅުގަނޑުމެންނަށް ވާޖިބުވެގެންވަނީ ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތުގެ‪ ،‬ޞައްޙަ ޙަދީޘްފުޅުގެ އަލީގައި‬
‫އެކަމުގެ ޙައްޤު ގޮތް ހޯދައިގަތުމެވެ‪ .‬މިހެނީ؛ ޙައްޤު ގޮތަކީ އެއް މައްސަލައެއްގައި‪ ،‬އެއް ކަމެއްގައި‪ ،‬އެއް‬
‫އ އެހެން ދެވަނަ ގޮތަކަށް ނުވާނެތީއެވެ‪ .‬ޔޫނުސް ސޫރަތުގެ ‪32‬ވަނަ އާޔަތުގައިވެއެވެ‪َ " .‬ﻓ َﻣﺎ َذا َﺑ ْﻌ َد‬
‫ގޮތްފިޔަވަ ި‬
‫ﻼ ُل"‪ ،‬މާނަ‪":‬ފަހެ‪ ،‬ޙައްޤަށްފަހު‪ ،‬މަގުފުރެދުންނޫން ދެވަނައެއްޗެއްނުވެއެވެ‪ ".‬އަދި‪،‬‬ ‫ﱠ‬
‫اﻟﺿ َ‬ ‫ق إِﻻﱠ‬‫اْﻟ َﺣ ﱢ‬
‫އަޅުގަނޑުމެން ދަންނަންޖެހޭކަމަކީ؛ އަޅުގަނޑުމެންނަށް އަމްރުވެވިގެންވަނީ ހަމައެކަނި ﷲ ﺗﻌﺎﻟﻰގެ ޙަޟްރަތުން‬
‫ބާވާލެއްވެވިގެންވާ ކީރިތި ޤުރްއާނަށް ތަބަޢަވުމާއި‪ ،‬އަދި އެ ފޮތުގެ ޝަރަޙަކަމުގައިވާ މޫރިތި ސުންނަތަށް‬
‫ތަބަޢަވުމެވެ‪.‬‬

‫ފަހެ‪ ،‬ކަންމިހެން އޮތްހިނދު‪ ،‬ޞައްޙަ ޙަދީޘްފުޅެއް އެއްކިބާކޮށް އެއްފަރާތްކުރުމަށްފަހު‪ ،‬އެއްވެސް‬


‫މަޛްހަބަކަށް ތަބަޢަވުމީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ‪ .‬ފަހެ‪ ،‬ހަތަރު މަޛްހަބުގެ ހަތަރު‬
‫އިމާމުން‬ ‫ޢިލްމުވެރި‬ ‫ފުންނާބުއުސް‬ ‫ކުރީގެ‬ ‫އެއްބަސްވެލައްވާގޮތުގައި‪،‬‬ ‫އިމާމުންވެސް‬
‫އިޖްމާޢުވެލައްވާފައިވާގޮތުގައި‪ ،‬ޞައްޙަ ޙަދީޘްފުޅުގައި ހިފުމަކީ ވާޖިބު ކަމެކެވެ‪ .‬އަދި‪ ،‬އެފަދަ ޙަދީޘްފުޅަކާ‬
‫ފުށުއަރާ‪ ،‬ނުވަތަ ޚިލާފުވާ ކޮންމެ ރައުޔެއް ނުވަތަ ބަހެއް ދޫކޮށްލުމީވެސް ވާޖިބު ކަމެކެވެ‪ .‬އަންނޫރު ސޫރަތުގެ‬
‫‪63‬ވަނަ އާޔަތުގައިވާ‪ ،‬އުޑުތާއި ބިންތަކުގެ‪ ،‬ހުރިހާ މަޚްލޫޤުތަކުންގެ ވެރިރަސްކަލާނގެ ބަސްފުޅުގައިވެއެވެ‪.‬‬
‫ﯾم"‪ ،‬މާނަ‪":‬ފަހެ‪ ،‬އެކަލޭގެފާނުގެ‬ ‫ﺻﯾﺑﻬم ﻋ َذ ٌ ِ‬‫ِ‬ ‫ِ‬ ‫" َﻓْﻠﯾ ْﺣ َذ ِر اﻟﱠ ِذﯾن ﯾ َﺧﺎﻟِﻔُون ﻋ ْن أَﻣ ِرِﻩ أ ْ ِ‬
‫اب أَﻟ ٌ‬ ‫َن ﺗُﺻ َﯾﺑﻬُ ْم ﻓﺗَْﻧ ٌﺔ أ َْو ُﯾ َ ُ ْ َ‬ ‫َ َ ْ‬ ‫َ ُ‬ ‫َ‬
‫އަމްރުފުޅާ ޚިލާފުވާމީހުންނަށް ބަލާވެރިކަމެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް‪ ،‬އެބައިމީހުން‬
‫ބިރުވެތިވާހުށިކަމެވެ‪".‬‬

‫*****‬

‫‪12‬‬
‫މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ و ﺳﻠم‪-‬ގެ ބަސްފުޅުތައް‪ ،‬ޙަދީޘްފުޅުތަކާމެދު ޢިލްމުވެރި އިމާމުންގެ ބަސްފުޅުތައް‪-:‬‬

‫މިއީ ޢިލްމުވެރި އިމާމުންގެ ބައެއް ބަސްފުޅުތަކެވެ‪ .‬ﷲ ﺗﻌﺎﻟﻰ އެބައިމީހުންނަށް ރަޙްމަތް‬


‫ލައްވާށިއެވެ! އާމީން! އެބޭބޭފުޅުންނަށް ބަޔަކު މީހުން ބަލައިލުމެއްނެތި ތަބަޢަވީކަމުގައިވިޔަސް‪ ،‬އެބޭބޭފުޅުންނަށް‬
‫ރައްދުވާނޭ މަލާމާތް އެބޭބޭފުޅުންގެ މި ބަސްފުޅުތަކުން އެބޭބޭފުޅުން މިވަނީ ދުރުކުރައްވާފައެވެ‪ .‬އަދި‪،‬‬
‫އެބޭބޭފުޅުންގެ މި ބަސްފުޅުތަކުން އެބޭބޭފުޅުން ދެއްވަން ބޭނުންވެލައްވާ މެސެޖަކީ‪ ،‬އެބޭބޭފުޅުންނަށް ތަބަޢަވަން‬
‫ބޭނުންވާމީހާ ޙައްޤަށް‪ ،‬ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތަށް‪ ،‬ޞައްޙަ ޙަދީޘްފުޅުތަކަށް ތަބަޢަވާށެވެ‪.‬‬
‫އެއީ؛ ޙައްޤެވެ‪ .‬އެ ޙައްޤަށް ތަބަޢަވުމަކީ އެބޭބޭފުޅުންގެ މަގަށް‪ ،‬ފިޔަވަޅުތަކަށް‪ ،‬ތަބަޢަވުންވެސް މެއެވެ‪.‬‬

‫‪ #‬އަލްއިމާމް އަބޫ ޙަނީފާ‪-‬رﺣﻣﮫ ﷲ‪ -‬ވިދާޅުވެފައިވެއެވެ‪.‬‬

‫‪" -‬ތިމަންނަގެ ބަހެއްގައި ހިފާމީހަކަށް ތިމަން އެބަސް ނެގީ ކޮން ތަނަކުންކަން ނޭނގޭޙާލު‪ ،‬އެބަހުގައި ހިފުމަކީ‬
‫ހުއްދަކަމެއް ނޫނެވެ‪".‬‬

‫‪" -‬ތިމަންނަގެ ބަހެއް ބުނެ‪ ،‬ފަތުވާދޭމީހާއަށް‪ ،‬އެ ބަހުގައި ތިމަންނަގެ ދަލީލަކީ ކޮބާކަން ނޭނގި ވާހަކަދެއްކުން‬
‫މާދަމާ‬ ‫ބަހެއް‪،‬‬ ‫ބުނާ‬ ‫މިއަދު‬ ‫އިންސާނުންނެވެ‪.‬‬ ‫ތިމަންނަމެންނަކީވެސް‬ ‫މިހެނީ؛‬ ‫ޙަރާމްވާނެއެވެ‪.‬‬
‫ދޫކޮށްލަންޖެހިދެއެވެ‪".‬‬

‫‪" -‬ތިމަންނައަށް ބުނެވިފައިވާ ބަހަކީ؛ ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތާ ޚިލާފުވާ ބަހެއްނަމަ‪ ،‬ފަހެ‪،‬‬
‫ތިޔަބައިމީހުން ތިމަންނަގެ ބަސް ދޫކޮށްލާށެވެ!"‬

‫‪" -‬ޙަދީޘްފުޅު ޞައްޙަވެއްޖެނަމަ‪ ،‬ފަހެ‪ ،‬އެއީ ތިމަންނާގެ މަޛްހަބެވެ‪".‬‬

‫‪ #‬އަލްއިމާމް މާލިކު އިބްނު އަނަސް‪-‬رﺣﻣﮫ ﷲ‪ -‬ވިދާޅުވެފައިވެއެވެ‪.‬‬

‫‪" -‬ތިމަންނައަކީވެސް ކުށްކުރެވޭނޭ‪ ،‬އަދި‪ ،‬ރަނގަޅު ބަސް ބުނެވޭނޭ‪ ،‬އިންސާނެކެވެ‪ .‬ފަހެ‪ ،‬ތިޔަބައިމީހުން‬
‫ތިމަންނާގެ ރައުޔުތަކަށް ބަލައިވިސްނާށެވެ! ފަހެ‪ ،‬އޭގެން ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތާއި ދިމާވާ‪،‬‬
‫ފުށުނާރާ ކޮންމެ ރައުޔުތަކުގައި ތިޔަބައިމީހުން ހިފާށެވެ! އަދި‪ ،‬ކީރިތި ޤުރްއާނާއި އަދި މޫރިތި ސުންނަތާއި‬
‫ދިމާނުވާ‪ ،‬ފުށުއަރާ ކޮންމެ ރައުޔެއް ތިޔަބައިމީހުން އެއްކިބާކޮށް‪ ،‬ދޫކޮށްލާށެވެ!" "‬

‫‪13‬‬
‫‪" -‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪ -‬ފިޔަވައި‪ ،‬ކޮންމެ އިންސާނަކީވެސް‪ ،‬އެމީހެއްގެ ބައެއް ބަސްތަކުގައި‬
‫ހިފޭނެ‪ ،‬އަދި‪ ،‬ބައެއް ބަސްތައް ދޫކުރެވޭނޭ މީހެކެވެ‪".‬‬

‫‪ #‬އަލްއިމާމުއްޝާފިޢީ‪-‬رﺣﻣﮫ ﷲ‪ -‬ވިދާޅުވެފައިވެއެވެ‪.‬‬

‫‪" -‬ތިމަންނަގެ ބަހެއް ޙަދީޘްފުޅަކާ ޚިލާފުވެއްޖެކަން ޘާބިތުވާހިނދު‪ ،‬ފަހެ‪ ،‬ޙަޤީޤީ ބަހަކީ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ‬
‫ﻋﻠﯾﮫ وﺳﻠم‪-‬ގެ ބަސްފުޅެވެ‪ .‬އަދި‪ ،‬އެހިނދު‪ ،‬ތިމަންނަގެ ބަހަކީވެސް އެއީއެވެ‪".‬‬

‫‪" -‬މުސްލިމުން އިޖްމާޢުވެ‪ ،‬އެއްބަސްވެލައްވާފައިގޮތުގައި‪ ،‬މީހަކަށް މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ‬


‫ބަސްފުޅެއް‪ ،‬ސުންނަތެއް‪ ،‬ނުވަތަ ޞައްޙަ ޙަދީޘްފުޅެއް އެނގުމަށްފަހު‪ ،‬އެއްވެސް އެހެން މީހެއްގެ ބަހަކަށް‪ ،‬އެ‬
‫ޙަދީޘްފުޅު ދޫކޮށްލުމީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ‪".‬‬

‫‪" -‬ތިޔަބައިމީހުންނަށް ތިމަންނަގެ ފޮތުން މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ސުންނަތާ ޚިލާފު ބަހެއް‬
‫ތިމަންނަގެ‬ ‫އެއީ؛‬ ‫ވާހަކަދައްކާށެވެ‪.‬‬ ‫ގޮތަށް‬ ‫ސުންނަތުގައިވާ‬ ‫ތިޔަބައިމީހުން‬ ‫ފަހެ‪،‬‬ ‫ފެނިއްޖެނަމަ‪،‬‬
‫ބަސްވެސްމެއެވެ‪".‬‬

‫‪" -‬ޙަދީޘްފުޅު ޞައްޙަވެއްޖެނަމަ‪ ،‬ފަހެ‪ ،‬އެއީ ތިމަންނާގެ މަޛްހަބެވެ‪".‬‬

‫‪ #‬އަލްއިމާމް އަޙްމަދު އިބްނު ޙަންބަލް‪-‬رﺣﻣﮫ ﷲ‪ -‬ވިދާޅުވެފައިވެއެވެ‪.‬‬

‫އުޅުއްވާގޮތަށް‪ ،‬އަލްއިމާމުއްޝާފިޢި‬ ‫އަނަސް‬ ‫އިބްނު‬ ‫މާލިކް‬ ‫އަލްއިމާމް‬ ‫‪" -‬ތިމަންނަ އުޅޭ ގޮތަށް‪،‬‬
‫އުޅުއްވާގޮތަށް‪،‬‬ ‫ސުފްޔާނުއްޘަވްރީ‬ ‫އަލްއިމާމް‬ ‫އުޅުއްވާގޮތަށް‪،‬‬ ‫އަލްއަވްޒާޢީ‬ ‫އަލްއިމާމް‬ ‫އުޅުއްވާގޮތަށް‪،‬‬
‫ތިޔަބައިމީހުން ނޫޅޭށެވެ!)އެބަހީ‪ :‬އެއްވެސް މީހަކަށް ތަޤްލީދުނުކުރާށެވެ!( ފަހެ‪ ،‬ކީރިތި ޤުރްއާނާއި އަދި މޫރިތި‬
‫ސުންނަތުން އެބައިމީހުން ނެގިބީދައިން‪ ،‬ތިޔަބައިމީހުންވެސް ޢިލްމު ހޯދާށެވެ!"‬

‫ރައްދުކޮށް‪،‬‬ ‫ޞައްޙަ ޙަދީޘްފުޅެއް‬ ‫ނުވަތަ‬ ‫ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ސުންނަތް‪،‬‬ ‫‪" -‬މާތް‬
‫ދޫކޮށްލައިފިމީހާ‪ ،‬ދަންނާށެވެ! ފަހެ‪ ،‬އެފަދަ މީހަކު އެ ވަނީ ހަލާކެއްގެ ތުންފަތް މަތީގައެވެ‪".‬‬

‫*****‬

‫‪14‬‬
‫މިސްކިތުގެ ބައެއް އަދަބުތައް‪-:‬‬

‫އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! ‪-‬ﷲ ﺗﻌﺎﻟﻰ އަޅުގަނޑަށާއި އަދި‬
‫ތިބާއަށް އެންމެ ހެޔޮ މަގަށް‪ ،‬ހިދާޔަތުގެ މަގަށް‪ ،‬މަގުދައްކަވާށިއެވެ!‪-‬‬

‫ރަމްޒުކޮށްދެނީ‬ ‫މިސްކިތުން‬ ‫އެ‬ ‫ގެކޮޅެވެ‪.‬‬ ‫ﷲ ﺗﻌﺎﻟﻰގެ‬ ‫މިސްކިތަކީ‬ ‫ހަމަކަށަވަރުންވެސް‪،‬‬


‫މުސްލިމްތަކުންގެ އެއްބައިވަންކަމެވެ‪ .‬މިހެނީ؛ ދުވާލަކު ފަސް ފަހަރު މުސްލިމްތަކުން އެތަނަށް ޖަމަޢަވެ‪،‬‬
‫އެއްދިމާލަކަށް‪ ،‬ކަޢްބަތު ﷲއަށް ކުރިމަތިލައެވެ‪ .‬އެބައިމީހުންނަށް ކާންބޯންދެއްވާ ރަސްކަލާނގެއަށް‪ ،‬އެބައިމީހުން‬
‫ހައްދަވާ ބޮޑުކުރައްވާ އިލާހުއަށް‪ ،‬ނަމާދުކޮށް‪ ،‬ޝުކްރުވެރިވެއެވެ‪ .‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ‬
‫ޒަމާނުގައި‪ ،‬މިސްކިތަކީ؛ އެތަނަކުން ފިލާވަޅުތައް ލިއްބައިދޭ މަދްރަސާއެވެ‪ .‬މީސްތަކުންގެ މެދުގައިޖެހޭ‬
‫މައްސައްލަތައް ނިންމައި‪ ،‬ފައިޞަލާކުރެވޭ‪ ،‬މަޙްކަމާ ނުވަތަ ކޯރޓެވެ‪ .‬އަދި‪ ،‬ޖިހާދުގެ‪ ،‬ހަނގުރާމައިގެ ދިދަ‬
‫އުފުލާލެވިގެން ލަޝްކަރު ނުކުންނަ ތަންވެސް މެއެވެ‪.‬‬

‫ކޮންމެ މުސްލިމަކަށްވެސް ދެނެގަންނަންޖެހޭ‪ ،‬އަދި އެކަންކަމަކަށް ފިސާރި އަޅާލަންޖެހޭ އަދަބުތަކެއް‬


‫މިސްކިތާއި މެދުގައިވެއެވެ‪.‬‬

‫‪ -1‬ތިޔަބައިމީހުންގެތެރެއިން މީހަކު‪ ،‬މިސްކިތަށް ވަންނަހިނދު‪ ،‬ކަނާތުފައި އިސްކޮށް‪ ،‬ކިޔާނީ‪ " :‬ﺑِﺳِم ِ‬


‫اﷲ‪،‬‬ ‫ْ‬
‫اب َر ْﺣ َﻣﺗِ َك"‪) .‬اﻧﻈﺮ‪ :‬ﺻﺤﯿﺢ ﻣﺴﻠﻢ(‬ ‫ِ‬
‫اﻟﻠّﻬُﱠم ا ْﻓﺗَ ْﺢ ﻟ ْﻲ أ َْﺑ َو َ‬

‫‪ -2‬ތިބާ ކައިވެންޏަކަށް ނުވަތަ ރައީސެއްގެ ޒިޔާރަތަކަށް ދިޔުމަށްޓަކައި ރީތިވެ‪ ،‬ޒީނަތްތެރިވާ މިންވަރަށްވުރެ‬


‫މާ ބޮޑަށް‪ ،‬މާ ރަނގަޅަށް‪ ،‬މިސްކިތަށް ދިޔުމުގައި ޒީނަތްތެރިވެ‪ ،‬ރީތިވުމެވެ‪ .‬ފަހެ‪ ،‬ތިބާ މިސްކިތުގައި‬
‫މުޚާޠަބުކޮށް މުނާޖާދަންނަވަނީ ވެރީންގެ ވެރިޔާ‪ ،‬ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ‪ .‬އަލްއަޢްރާފު ސޫރަތުގެ‬
‫َد َم ُﺧ ُذوا ِز َﯾﻧﺗَ ُﻛ ْم ِﻋ ْﻧ َد ُﻛ ﱢل َﻣ ْﺳ ِﺟ ٍد"‪ ،‬މާނަ‪":‬އޭ އާދަމް ދަރީންނޭވެ! ކޮންމެ‬
‫‪31‬ވަނަ އާޔަތުގައިވެއެވެ‪َ" .‬ﯾﺎ َﺑﻧِﻲ آ َ‬
‫މިސްކިތެއްގައިމެ ތިޔަބައިމީހުން ޒީނަތްތެރިކަން ޚިޔާރުކުރާށެވެ! ޒީނަތްތެރިވާށެވެ!" އަދި‪ ،‬މާތް ރަސޫލާ‪-‬ﺻﻠﻰ‬
‫ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ‪" .‬ތިޔަބައިމީހުންގެތެރެއިން މީހަކު‪ ،‬ނަމާދުކުރާހިނދު‪ ،‬ފަހެ‪،‬‬
‫އޭނާ ދެ ހެދުން)ތިރިންނާއި އަދި މަތީން ފޭރާން(‪ ،‬ލާހުށިކަމެވެ‪ .‬ފަހެ‪ ،‬ﷲ ﺗﻌﺎﻟﻰއަށް ޒީނަތްތެރިވުން މާ ޙައްޤުކަން‬
‫ބޮޑެވެ‪) ".‬رواه اﻟﻄﺤﺎوي‪ ،‬وﺻﺤﺤﮫ اﻷﻟﺒﺎﻧﻲ(‬

‫‪15‬‬
‫‪ -3‬ކޮންމެ ޙާލެއްގައިމެ‪ ،‬މިސްކިތަށް ވަންނުމުގެ ކުރީން ސާފުޠާހިރުވުމާއި‪ ،‬އަދި‪ ،‬ކުރެވެން އޮތްނަމަ‬
‫ވުޟޫކުރުމެވެ‪ .‬އަދި‪ ،‬ހުކުރު ނަމާދަށާއި‪ ،‬ދެ ޢީދު ދެ ނަމާދަށް‪ ،‬ފެންވަރައި ހިނައިގަތުމަށް ހަނދާންކުރާށެވެ!‬
‫އަދި‪ ،‬ޢަޠަރުޖަހައި‪ ،‬އެންމެ ރީތި ފޭރާމެއްލުމަށްވެސް ހަނދާންކުރާށެވެ! މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ‬
‫ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ‪" .‬ހަމަކަށަވަރުން ﷲ ﺗﻌﺎﻟﻰއީ ރީތި ފަރާތެކެވެ‪ .‬އެކަލާނގެ ރީތިކަމަށް‬
‫ލޯބިކުރައްވަތެވެ‪) ".‬رواه ﻣﺴﻠﻢ(‬

‫‪ -4‬މިސްކިތަށް‪ ،‬ނަމާދަށް‪ ،‬ބަންގީގެކުރީން އަވަހަށް ދިޔުމަށް މަސައްކަތްކުރާށެވެ! އަދި‪ ،‬ޚާއްޞަކޮށް ހުކުރު‬


‫ނަމާދަށް އަވަހަށް ދާށެވެ! އެކަން އެހެން ނުވެއްޖެނަމަ‪ ،‬ބަންގިދޭ އަޑު އިވުމާއެއްކޮށް‪ ،‬ތިބާ ކުރާ‬
‫މަސައްކަތާއި‪ ،‬ގަނެވިއްކުން ދޫކޮށްލައި‪ ،‬އެއްވަނަ ސަފު ޙާޞިލްކުރެވޭތޯ‪ ،‬ޚުޠްބާ އެއްކޮށް އަޑުއެހޭތޯ‪،‬‬
‫َﻣ ُﻧوا‬ ‫ﱠِ‬
‫ﯾن آ َ‬
‫މިސްކިތަށް ދިޔުމަށް އަވަސްވެގަންނާށެވެ! އަލްޖުމްޢަތު ސޫރަތުގެ ‪9‬ވަނަ އާޔަތުގައިވެއެވެ‪َ" .‬ﯾﺎ َأﯾﱡﻬَﺎ اﻟذ َ‬
‫ِ‬ ‫ﱠِ‬ ‫ِ‬ ‫ِ‬ ‫ودي ﻟِ ﱠ ِ ِ‬
‫ون"‪ ،‬މާނަ‪":‬އޭ‬ ‫ﺎﺳ َﻌ ْوا إِﻟَﻰ ذ ْﻛ ِر اﻟﻠﻪ َوَذ ُروا اْﻟَﺑ ْﯾ َﻊ َذﻟ ُﻛ ْم َﺧ ْﯾٌر ﻟَ ُﻛ ْم إِ ْن ُﻛ ْﻧﺗُ ْم ﺗَ ْﻌﻠَ ُﻣ َ‬
‫ﻠﺻ َﻼة ﻣ ْن َﯾ ْوِم اْﻟ ُﺟ ُﻣ َﻌﺔ ﻓَ ْ‬ ‫إِ َذا ُﻧ ِ َ‬
‫އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ހުކުރުދުވަހު ހުކުރުނަމާދަށް ގޮވާލެވިއްޖެނަމަ‪ ،‬ފަހެ‪ ،‬ﷲ‬
‫ﺗﻌﺎﻟﻰ ހަނދުމަކުރުމަށްޓަކައި)އެބަހީ‪ :‬ޚުޠްބާ އަޑުއެހުމާއި‪ ،‬ނަމާދަށް( ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި‪،‬‬
‫ތިޔަބައިމީހުން‬ ‫ބޮޑުވެގެންވެއެވެ‪.‬‬ ‫ހެޔޮކަން‬ ‫ތިޔަބައިމީހުންނަށް‬ ‫އެގޮތް‬ ‫ހުއްޓާލާށެވެ!‬ ‫ވިޔަފާރިކުރުން‬
‫ދަންނަނަމައެވެ‪ ".‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ‪" .‬ހުކުރުދުވަހު‬
‫ރަނގަޅަށް ފެންވަރައި‪ ،‬އަދި‪ ،‬ހިނާޠާހިރުވެ‪ ،‬ދެން‪ ،‬އަވަސްވެގަންނަން ގަދައަޅައި އަވަސްވެގަނެ‪ ،‬ދުއްވާއެއްޗަކަށް‬
‫ނާރައި‪ ،‬ހިނގާފައި ގޮސް‪ ،‬އިމާމްމީހާއާ ކައިރިވެ‪ ،‬އެއްވެސް ބޭކާރު ޢަމަލެއްނުކޮށް‪ ،‬މަޑުމައިތިރިކަމާއެކު‬
‫ހަނުއިނދެ‪- ،‬ޚުޠްބާއަށް‪ -‬ކަނުލާއަހައިފިމީހާ‪ ،‬ދަންނާށެވެ! އޭނާ ގެއިން މިސްކިތަށް ދިޔުމަށްޓަކައި އެޅި ކޮންމެ‬
‫ފިޔަވަޅެއްގެ ސަބަބުން އޭނާއަށް އަހަރެއްގެ ހެޔޮ ޢަމަލުހުއްޓެވެ‪ .‬އަދި‪ ،‬އަހަރެއްގެ ރޯދައާއި އަދި ދަމުނަމާދުގެ‬
‫އަޖްރުހުއްޓެވެ‪) ".‬رواه أﺑﻮداود‪ ،‬وﺻﺤﺤﮫ اﻷﻟﺒﺎﻧﻲ(‬

‫‪ -5‬މިސްކިތުގައި މީސްތަކުންގެ ކޮނޑުތައް މަތީން‪ ،‬ނުހިނގާށެވެ! އަދި‪ ،‬ނަމާދަށް ތިބޭ މީސްތަކުންގެ‬


‫ޞަފުތައްތެރޭންވެސް ނުހިނގާށެވެ!‬

‫‪ -6‬މިސްކިތަށް ދިޔުމުގެކުރީން ނަމަނަމަ ދުންފަތުގެ އިސްތިޢްމާލުނުކުރާށެވެ! އަދި‪ ،‬ރަނގަޅަށް ދަތްއުނގުޅައި‪،‬‬


‫އަނގަ ސާފުކުރާށެވެ! އެއީ؛ އަނގައިން އެއްވެސް ބާވަތެއްގެ ނުބައި ވަހެއް ދުވުން ހުއްޓުވުމަށްޓަކައެވެ‪.‬‬

‫‪16‬‬
‫މިހެނީ؛ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ‪-‬ގެ ޞައްޙަ ބަސްފުޅުން ހާމަވާގޮތުގައި‪ ،‬ނުބައި ވަސްތަކުގެ ސަބަބުން‬
‫މަލާއިކަތް ބޭކަލުންނަށްވެސް އުނދަގޫވާނެތެވެ‪ .‬އަދި‪ ،‬ހަމައެހެންމެ‪ ،‬ދުންފަތާއި‪ ،‬ލޮނުމެދު އަދި ފިޔާފަދަ‬
‫ތަކެތީގެ ސަބަބުން‪ ،‬އެފަދަ ތަކެތި ބޭނުންކުރުމަށްފަހު‪ ،‬އެންމެ ރަނގަޅަށް އަނގަ ސާފުނުކޮށް މިސްކިތަށް‬
‫ދިޔުމުގެ ސަބަބުން ކައިރީގައި ނަމާދުކުރަން ތިބޭމީހުންނަށްވެސް‪ ،‬އެކަމުން ނުހަނު އުނދަގޫ އިޙްސާސް‬
‫ކުރެވޭނެތެވެ‪ .‬މިކަން ހުއްޓުވުމަށް ބާރުއަޅުއްވައި‪ ،‬އިރްޝާދުދެއްވަމުން މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬‬
‫ޙަދީޘްފުޅުކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ‪" .‬ފިޔާ ނުވަތަ ލޮނުމެދު ކައިފިމީހާ‪ ،‬ފަހެ‪ ،‬އޭނާ ތިމަންނަމެންނާ‬
‫އެކަހެރިވާހުށިކަމެވެ‪ .‬އަދި‪ ،‬ތިމަންނަމެންގެ މިސްކިތާވެސް އެކަހެރިވާހުށިކަމެވެ‪ .‬އަދި‪ ،‬އޭނާ‪ ،‬އޭނާގެ ގޭގައި‬
‫އިށީންނަހުށިކަމެވެ‪) ".‬ﻣﺘﻔﻖ ﻋﻠﯿﮫ(‪ ،‬އެފަދަ އެއްޗެއް ކައިފިމީހަކަށް އޮތީ ގޭގައި މަޑުކުރުމެވެ‪ .‬ނުވަތަ‬
‫ކެއުމުގެ‬ ‫އެތަކެތި‬ ‫ލާމެހުމެވެ‪.‬‬ ‫މީސްތަކުންނާ‬ ‫ސާފުޠާހިރުކޮށް‪،‬‬ ‫އަނގަދޮވެ‪،‬‬ ‫އަވަހަށް‬ ‫ކެއުމަށްފަހު‪،‬‬
‫ކުރީގައިހުރިޙާލަށް ރުޖޫޢަވެ‪ ،‬އެނބުރިއައިސް‪ ،‬އެތަކެތީގެ ވަހުން ސަލާމަތްކަން ހޯދުމެވެ‪ .‬އެއަށްފަހު‪،‬‬
‫މިސްކިތަށް ދިޔުމެވެ‪.‬‬

‫އޭ ލޮބުވެތި މުސްލިމް އަޚާއެވެ! އަދި ލޮބުވެތި މުސްލިމް އުޚްތާއެވެ! ‪-‬ﷲ ﺗﻌﺎﻟﻰ އަޅުގަނޑަށާއި އަދި‬
‫ތިބާއަށް އެންމެ ހެޔޮ މަގަށް‪ ،‬ހިދާޔަތުގެ މަގަށް‪ ،‬މަގުދައްކަވާށިއެވެ!‪-‬‬

‫ވިސްނާ ފިކްރުކޮށްބައްލަވާށެވެ! އިސްވެދިޔަ‪ ،‬އަލްއިމާމުލްބުޚާރީއާއި އަދި އަލްއިމާމް މުސްލިމް‪-‬‬


‫رﺣﻣﮭﻣﺎ ﷲ‪-‬ގެ‪ ،‬ދެ އިމާމުންގެ‪ ،‬އިއްތިފާޤުން އައިސްފައިވާ މިޙަދީޘްފުޅުގައި މިވަނީ ފިޔާކެއުމަށްފަހު‪ ،‬އަދި‪،‬‬
‫ލޮނުމެދުކެއުމަށްފަހު‪ ،‬ޢަމަލުކުރަންވީ ގޮތެވެ‪ .‬ވީމާ‪ ،‬ދުންފަތުގެ އިސްތިޢްމާލުކުރުމުގެ ނުބައިކަމާމެދު ވިސްނާ‬
‫ފިކްރުކޮށްލުންހުއްޓެވެ‪ .‬ދުންފަތަކީ‪ ،‬ޑޮކްޓަރުންގެ އިއްތިފާޤުން ޞިއްޙަތަށް ނުހަނު ގެއްލުންލިއްބައިދޭ‪ ،‬ކައިރީގައި‬
‫އިށީންނަމީހުންނަށާއި އަދި ތިމާގެ އުޅުންތަކާއި އަދި ގުޅުންތައް ބަހައްޓާ މީހުންނަށް އެހާމެ ގެއްލުންދޭ ވިހަގަދަ‬
‫އެއްޗެކެވެ‪ .‬މިހެންވެ‪ ،‬މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ‪-‬ގެ ޞައްޙަ ބަސްފުޅުން ހާމަވާގޮތުގައި‪" ،‬ގެއްލުންދިނުމާއި‬
‫އަދި ގެއްލުން ލިބިގަތުމަކީ އޮތްކަމެއްނޫނެވެ‪) ".‬ﺻﺤﯿﺢ‪ ،‬رواه أﺣﻤﺪ(‪ ،‬އެބަހީ؛ އެއީ ހުއްދަކަމެއްނޫނެވެ‪ .‬މި‬
‫ﻻ ﺗُْﻠﻘُوا ِﺑﺄ َْﯾ ِد ْﯾ ُﻛ ْم إَِﻟ ﻰ‬
‫ޤަވާޢިދުގެ ދަށުންނާއި އަދި ކީރިތި ޤުރްއާނުގެ ސޫރަތުލްބަޤަރާގެ ‪195‬ވަނަ އާޔަތުގައިވާ} َ‬
‫اﻟﺗﱠ ْﻬﻠُ َﻛ ِﺔ{‪"،‬ތިޔަބައިމީހުންގެ އަތްތަކުން ‪-‬ތިޔަބައިމީހުންގެ ނަފްސުތައް‪ -‬ހަލާކުގެތެރެއަށް ވައްޓާނުލާށެވެ!"‪ ،‬އަދި‪،‬‬
‫ﺎت{‪"،‬އެބައިމީހުންނަށް‬ ‫ُﺣ ﱠل ﻟَ ُﻛم ﱠ‬
‫اﻟطﯾﱢﺑ ِ‬ ‫ُﺣ ﱠل ﻟَﻬم ﻗُ ْل أ ِ‬
‫އަލްމާއިދާ ސޫރަތުގެ ‪4‬ވަނަ އާޔަތުގައިވާ}ﯾﺳَﺋﻠُوَﻧ َك ﻣﺎ َذا أ ِ‬
‫َ‬ ‫ُ‬ ‫ُْ‬ ‫َ‬ ‫َْ ْ‬
‫އތޯ އަހައި‪ ،‬ކަލޭގެފާނުންގެ އަރިއަހުން އެބައިމީހުން‬ ‫ޙަލާލުކުރެއްވުނީ ކޮން އެއްޗެއްތޯ‪ ،‬ކޮންކަމެ ް‬

‫‪17‬‬
‫ސުވާލުދަންނަވާނެތެވެ‪ .‬ކަލޭގެފާނު ވިދާޅުވާށެވެ! ހުރިހާ ރަނގަޅު ތަކެއްޗާއި ކަންތައް‪ ،‬ތިޔަބައިމީހުންނަށް‬
‫ޙަލާލުކުރެއްވުނެވެ‪ ".‬އަދި‪ ،‬ސޫރަތުލްއަޢްރާފްގެ ‪157‬ވަނަ އާޔަތުގައިވާ‪ ،‬އެކަލާނގެ‪ ،‬އެކަލާނގެ ނަބިއްޔާ‬
‫ِ‬
‫ْﻣ ُرُﻫ ْم ﺑِﺎْﻟ َﻣ ْﻌ ُرْوف َوَﯾ ْﻧﻬَ ُ‬
‫ﺎﻫ ْم َﻋ ِن اْﻟ ُﻣ ْﻧ َﻛ ِر‬ ‫މުޙައްމަދު‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ސިފަކުރައްވައި‪ ،‬ވަޙީކުރައްވައިފައިވާ}َﯾﺄ ُ‬
‫ث{‪"،‬އެނަބިއްޔާ‪ ،‬އެބައިމީހުންނަށް‪ ،‬ހެޔޮ ކަންތައްތަކަށް‬ ‫وﯾ ِﺣ ﱡل َﻟﻬم اﻟطﱠﯾﱢﺑ ِ‬
‫ﺎت َوُﯾ َﺣ ﱢرُم َﻋَﻠ ْﯾ ِﻬ ُم اْﻟ َﺧَﺑ ِﺎﺋ َ‬ ‫َ‬ ‫ُُ‬ ‫ََ‬
‫އަމުރުކުރައްވައެވެ‪ .‬އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީކުރައްވަތެވެ‪ .‬އަދި ފައިދާހުރި ރަނގަޅުތަކެތި‬
‫އެބައިމީހުންނަށް ހުއްދަކުރައްވައެވެ‪ .‬އަދި ނުބައިވެގެންވާ ތަކެތި‪ ،‬އެބައިމީހުންނަށް މަނާކުރައްވައެވެ‪ ،".‬މިހުރިހާ‬
‫ބަސްފުޅުތަކެއްގެ ދަށުން‪ ،‬ދުންފަތުގެ ހުރިހާ ބާވަތްތަކަކީވެސް ޙަރާމް ބާވަތްތަކެކެވެ‪ .‬އަދި ކިއެއްތަ‪ ،‬އެއީ‬
‫ހުއްދަނޫން ތަކެއްޗެވެ‪ .‬ހަމަ އެހެންމެ‪ ،‬އެތަކެތީގެ އިސްތިޢްމާލުކުރުމަކީ ހުއްދަނޫންކަމެކެވެ‪ .‬އަދި އެ‬
‫ވިއްކުމާއި‪ ،‬އޭގެ ވިޔަފާރިކުރުމަކީވެސް ހުއްދަނޫންކަމެކެވެ‪ .‬އެއީ އޭގައި އެކުލެވިގެންވާ ބޮޑު ގެއްލުމާއި އަދި‬
‫އެކަމުގެ ނިމުމުގައިވާ ނުބައިކަމަށްޓަކައެވެ‪ .‬ވީމާ‪ ،‬ދުންފަތުގެ އިސްތިޢްމާލުކޮށްއުޅޭމީހާއަށާއި‪ ،‬އަދި އޭގެން‬
‫ވިޔަފާރިކުރާމީހާގެ މައްޗަށް ވާޖިބުވެގެންވަނީ‪ ،‬އަވަހަށް ތަވްބާވެ‪ ،‬ﷲ ﺗﻌﺎﻟﻰގެ މަގަށް އެނބުރިގަތުމެވެ‪ .‬އަދި‬
‫ފާއިތުވި މާޟީއާއިމެދު ހިތާމަކުރުމެވެ‪ .‬އަދި އެ ނުބައި ޢަމަލަށް އެނބުރި ނުގަތުމަށް ޢަޒްމު ކަނޑައެޅުމެވެ ‪.‬‬
‫އެކަލާނގެ‬ ‫ﷲ ﺗﻌﺎﻟﻰ ޤަބޫލުކުރައްވާނެތެވެ‪.‬‬ ‫ތަވްބާ‬ ‫އެފަރާތެއްގެ‬ ‫ތެދުވެރިވެއްޖެމީހަކަށް‬ ‫ތަވްބާވުމުގައި‬
‫ﱡﻪ اْﻟ ُﻣ ْؤ ِﻣ ُﻧ ْو َن َﻟ َﻌﻠﱠ ُﻛ ْم ﺗُْﻔﻠِ ُﺣ ْو َن{=ﺳﻮرة اﻟﻨﻮر ‪، =31‬‬ ‫ِ ِ‬
‫ވަޙީކުރައްވާފައިވާފަދައިންނެވެ‪َ } .‬و ﺗُْوُﺑوا إَِﻟﻰ اﷲ َﺟﻣ ْﯾ ًﻌﺎ َأﯾ َ‬
‫މާނައަކީ‪":‬އަދި އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން‪ ،‬އެންމެން އެކުގައި‪ ،‬މާތް ﷲގެ ކިބައަށް ތަވްބާވާށެވެ!‬
‫ِ‬
‫اﻣ َن‬ ‫ތިޔަބައިމީހުންނަށް ނަޞީބުލިބި ދިންނަވާތޯއެވެ‪ ".‬އަދި ﷲ ﺗﻌﺎﻟﻰ ވަޙީކުރައްވަތެވެ‪ٕ َ } .‬وِاﱢﻧ ْﻲ َﻟ َﻐ ﱠﻔ ٌﺎر ﻟ َﻣ ْن ﺗَ َ‬
‫ﺎب َو َء َ‬
‫اﻫﺗَ َدى{=ﺳﻮرة طﮫ ‪ ،=82‬މާނައަކީ‪":‬އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ‬ ‫ﺻﺎﻟِ ًﺣﺎ ﺛُﱠم ْ‬ ‫ِ‬
‫َو َﻋﻣ َل َ‬
‫ތައުބާވެގެންތިބެ‪ ،‬އީމާންވެ‪ ،‬ރަނގަޅު ޢަމަލުތައްކޮށް‪ ،‬އެއަށްފަހު‪ ،‬ތެދުމަގު ލިބިގަތްފިމީހުންނަށް ފާފަފުއްސަވާ‬
‫ކަލާނގެއެވެ‪] ".‬ބައްލަވާލައްވާ‪ :‬ސަޢްދީޢަރަބިއްޔާގެ ބޮޑު މުފްތީ)އައްޝައިޚުލްޢައްލާމާ ޢަބްދުލްޢަޒީޒް އިބްނު ބާޒް‪-‬‬
‫رﺣﻤﮫ ﷲ‪(-‬ގެ "ﻣﺟﻣوع ﻓﺗﺎوى وﻣﻘﺎﻻت ﻣﺗﻧوﻋﺔ"ކިޔުނުފޮތުގެ ‪ ،84-82 /19‬މިއީ އެބޭފުޅާއާއި އަދި‬
‫ޞަޢްދީގެ ފަތުވާކޮމިޓީގެވެސް ފަތުވާއެވެ‪ .‬ފަތުވާކޮމިޓީގެ ‪10928‬ވަނަ ފަތުވާގައި މިކަން ބަޔާންކުރައްވާފައިވެއެވެ‪.‬‬
‫ފަތުވާކޮމިޓީގެ ‪13‬ވަނަ ފަތުވާފޮތުގެ ޞަފްޙާ ނަމްބަރު ‪ 62‬ގައެވެ‪[.‬‬

‫‪ -7‬މިސްކިތުގައި ފުރަތަމަ ޖަމާޢަތުގައި ހުރިހާ ނަމާދެންމެ‪ ،‬ފަސް ވަގުތައި ކުރެވޭތޯ ގަދައަޅާށެވެ! ފަހެ‪ ،‬އެތައް‬
‫ހާސް ރުފިޔާއެއް ޚަރަދުކޮށްގެން މިސްކިތްތައް ނުހަނު ވަރުގަދައަށް ބިނާކުރެވިފައިވަނީ އެ މިސްކިތްތަކުގައި‬

‫‪18‬‬
‫ނަމާދުތައް ޖަމާޢަތުގައި ޤާއިމުކުރުމަށްޓަކައެވެ‪ .‬މި ޖަމާޢަތުގެ ނަމާދަށް އިޝާރަތްކުރައްވައި‪ ،‬މާތް ރަސޫލާ‪-‬‬
‫ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪ -‬ޙަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ‪" .‬އެކަނިހުރެ ކުރާ ނަމާދަކަށްވުރެ‪،‬‬
‫ޖަމާޢަތުގެ ނަމާދު ‪ 27‬ދަރަޖަ ހެޔޮކަން ބޮޑުވެގެންވެއެވެ‪) ".‬ﻣﺘﻔﻖ ﻋﻠﯿﮫ(‬

‫‪ -8‬އެއްވެސް ޙާލެއްގައި މިސްކިތުގައި އަޑުގަދަނުކުރާށެވެ! އެއީ؛ އެކަމުން ނަމާދުކުރާ ފަރާތްތަކަށް އުނދަގޫވެ‪،‬‬


‫މިސްކިތަށް ބޭއަދަބީ ވެވޭތީއެވެ‪ .‬އަދި‪ ،‬މިސްކިތުގައި‪ ،‬ގަނެ‪ ،‬ވިއްކުމުގެ ވާހަކަތަކާއި‪ ،‬ޣީބަބުނުންފަދަ‬
‫ކަންކަމުގައި‪ ،‬ނެތިމޮށުމުގައި‪ ،‬ނަމަނަމަ މަޝްޣޫލުނުވާށެވެ! އަބޫދާވުދު ރިވާކުރައްވައި‪ ،‬އަލްއަލްބާނީ‪-‬رﺣﻣﮭﻣﺎ‬
‫ﷲ‪ -‬ޞައްޙަކުރައްވާ ޙަދީޘްފުޅެއްގައިވާ ގޮތުން‪ ،‬މިސްކިތުގައި ގަނެވިއްކުމާއި އަދި ޅެންކިޔުން މާތް ރަސޫލާ‪-‬‬
‫ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ވަނީ ނަހީކުރައްވާފައެވެ‪ .‬އަދި‪ ،‬މިސްކިތުގައި މީހަކު ނަމާދުކުރަން ހުރެއްޖެނަމަ‪ ،‬ތިބާ!‬
‫އަބޫދާވުދު‬ ‫ނުހަދާށެވެ!‬ ‫ޤުރްއާންކިޔަވައި‬ ‫އަދި‬ ‫ދުޢާކޮށް‬ ‫ތަސްބީޙަކިޔައި‪،‬‬ ‫އަޑުހަރުކޮށް‬ ‫މިސްކިތުގައި‬
‫ރިވާކުރައްވައި‪ ،‬އަލްއަލްބާނީ‪-‬رﺣﻣﮭﻣﺎ ﷲ‪ -‬ޞައްޙަކުރައްވާ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޙަދީޘްފުޅަކުން‬
‫ހާމަވާގޮތުގައި މިކަމަކީވެސް އިސްލާމްދީނުގައި ނަހީކުރެވިފައިވާ ކަމެކެވެ‪.‬‬

‫‪ -9‬ތިބާގެ ދަރީންގެތެރެއިން ތަންދޮރުއޮޅުންފިލާވަރުގެ ދަރީން‪ ،‬މިސްކިތަށް‪ ،‬ތިބާއާއެކު ޖަމާޢަތަށް ގެންދާށެވެ!‬


‫އެއީ؛ އެ ކުދީން އެންމެ ތުއްތު ދުވަހުން ފެށިގެން ނަމާދަށް ދިޔުމަށް ހާނުވައި‪ ،‬އެކަމުގެ ޝަވްޤު‬
‫އަށަގެންނެވުމަށްޓަކައެވެ‪ .‬އެ ނަމާދަށް އެ ކުދީން އަހްލުވެރިކުރުވުމުގެ މާތް ޤަޞްދުގައެވެ‪ .‬އަދި‪ ،‬އަބޫދާވުދު‬
‫ރިވާކުރައްވައި‪ ،‬އަލްއަލްބާނީ‪-‬رﺣﻣﮭﻣﺎ ﷲ‪ -‬ޞައްޙަކުރައްވާ މާތް ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ وﺳﻠم‪-‬ގެ ޙަދީޘްފުޅެއްގެ‬
‫ނަމާދުކުރުމަށް‬ ‫ދަރީންނަށް‬ ‫އެ‬ ‫އަހަރުވުމުން‪،‬‬ ‫ހަތް‬ ‫ދަރީންނަށް‬ ‫"ތިޔަބައިމީހުންގެ‬ ‫މާނައިގައިވެއެވެ‪.‬‬
‫އަމްރުކުރާށެވެ! އަދި‪ ،‬ދިހަ އަހަރުވުމުން އަދަބުދީގެންވިޔަސް އެކަން ކުރުވާށެވެ! އަދި‪ ،‬އެ ދަރީންގެ މެދުގައި‬
‫ތަންމަތިތައް ވަކިކުރާށެވެ!"‬

‫‪ -10‬ތިޔަބައިމީހުންގެތެރެއިން މީހަކު‪ ،‬މިސްކިތުން ނުކުންނަމުން‪ ،‬ވާތުފައި އިސްކޮށް‪ ،‬ކިޔާނީ‪":‬ﺑِﺳِم ِ‬


‫اﷲ‪ ،‬اﻟﻠﱠﻬُ ﱠم‬ ‫ْ‬
‫ﺿﻠِ َك"‪) .‬اﻧﻈﺮ‪ :‬ﺻﺤﯿﺢ ﻣﺴﻠﻢ(‬‫َﺳَﺄﻟُ َك ِﻣ ْن َﻓ ْ‬
‫إِﱢﻧ ْﻲ أ ْ‬

‫ތިބާ ﷲ ﺗﻌﺎﻟﻰއަށް ލޯބިކުރަމުހެއްޔެވެ؟ އެހެންކަމުގައިވާނަމަ އަންނަނިވި އާޔަތް)ސޫރަތުއާލްޢިމްރާންގެ‬


‫‪31‬ވަނަ އާޔަތް( ކިޔުއްވައި އެއަށް ޢަމަލީ ސިފަގެންނަވާށެވެ! އެއާޔަތުގެ މާނައަކީ‪" :‬ކަލޭގެފާނު ވިދާޅުވާށެވެ!‬
‫ތިޔަބައިމީހުން ﷲ ﺗﻌﺎﻟﻰއަށް ލޯބިކުރާކަމުގައިވާނަމަ‪ ،‬ފަހެ‪ ،‬ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ‪ .‬އެހިނދުން ﷲ‬

‫‪19‬‬
‫ﺗﻌﺎﻟﻰ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ‪ "....‬ވީމާ‪ ،‬ﷲ ﺗﻌﺎﻟﻰއަށް ލޯބިކުރާކަމުގައި ބުނުމަކީ ދޮގު‬
‫ދަޢުވާއެއްކަމުގައި ހެއްދެވުމުގެ ބަދަލުގައި ޙަޤީޤަތަކަށް ހައްދާވާށެވެ‪ .‬އެއީ އެކަލާނގެ ރަސޫލާ‪-‬ﺻﻠﻰ ﷲ ﻋﻠﯾﮫ‬
‫وﺳﻠم‪-‬އަށް ތަބަޢަވެގެންނެވެ‪ .‬އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ބޯލަނބައިގެންނެވެ‪ .‬ނަހީކުރެއްވިހައި ކަމަކުން‬
‫"ހަމަކަށަވަރުން ﷲ ގެ‬ ‫މާނައިގައިވެއެވެ‪.‬‬ ‫އާޔަތުގެ‬ ‫‪21‬ވަނަ‬ ‫ސޫރަތުލްއަޙްޒާބުގެ‬ ‫ދުރުހެލިވެގެންނެވެ‪.‬‬
‫ރިވެތި‬ ‫ތިޔަބައިމީހުންނަށް‬ ‫ބަސްފުޅެއްގައި(‬ ‫ކޮންމެ‬ ‫ކަމެއްގައި‪،‬‬ ‫ކޮންމެ‬ ‫ރަސޫލާގައި)އެކަލޭގެފާނުގެ‬
‫ނަމޫނާއެއްވެއެވެ‪ "...‬ވީމާ‪ ،‬މިނަމޫނާ ޤަބޫލުކުރައްވާ‪ ،‬އެއަށް ލޯބިކުރައްވާށެވެ! އޭގެ ނަތީޖާއަކީ؛ "އަދި ﷲ އާއި‬
‫އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެމީހާ‪ ،‬އެކަލާނގެ އެސުވަރުގެތަކުގެ ދަށުން ކޯރުތައް ދެމިދެމިހުންނަ‬
‫ސުވަރުގެތަކަށް‪ ،‬އެމީހަކު‪ ،‬ދާއިމަށް ތިބެނިވިގޮތަށް ވައްދަވާނެތެވެ‪ .‬އަދި އެއީ މަތިވެރިވެގެންވާ ކާމިޔާބެކެވެ‪".‬‬
‫‪-‬ސޫރަތުންނިސާއިގެ ‪13‬ވަނަ އާޔަތުން‪-‬‬

‫اﻟذي ﺑﻧﻌﻣﺗﮫ ﺗﺗم اﻟﺻﺎﻟﺣﺎت‬ ‫اﻟﺣﻣد‬

‫‪20‬‬

You might also like