You are on page 1of 3

‫ބަހުގެ ދަރަޖަ‪ :‬ދިވެހިބަސް‪DHI0701 -‬‬

‫ދ ަރ ަޖ‬
‫ބ ުހ ެގ ަ‬
‫ަ‬
‫ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭނުންކުރާ ބައެއް ލަފުޡުތައް ތަފާތު އެތައްގޮތަކަށް ބޭނުން ކުރެއެވެ‪ .‬އެއްމާނައެއް‬
‫ދޭހަވާ އެއްލަފުޡެއް ބޭނުންކުރާ ގޮތެއްގެ ސަބަބުން ނުވަތަ ލަފުޡަށް ގެންނަ ބަދަލެއްގެ ސަބަބުން ބަހުގެ ދަރަޖަ ބަދަލުވީ‬
‫ކަމުގައި ބެލެވެއެވެ‪ .‬މިގޮތުން އެއްލްފުޡެއް ތަފާތު ‪ 3‬ދަރަޖައެއްގައި ބޭނުން ކުރެއެވެ‪ .‬ނަމަވެސް ދިވެހި ބަހުގައި ބޭނުންކުރާ‬
‫ހުރިހާ ލަފްޡެއް މިގޮތަށް ބަދަލުކޮށްގެން ބޭނުމެއް ނުކުރެއެވެ‪ .‬އެހެން ކަމުން ތަފާތު ދަރަޖާގައި ބޭނުން ކުރެވޭ ލަފުޡުތަކާއި‬
‫ނުކުރެވޭ ލަފުޡު ދެނެގަނެވޭނީ ބަހުގެ ތެރެއަށްވަދެ ދިވެހިބަހަށް އަހުލުވެރިވެ ތަފާތު ދަރަޖާގައި ބަސް ބޭނުންކުރި‬
‫މިންވަރަކުންނެވެ‪.‬‬

‫އިސްވެ ބަޔާންކުރެވުނު ‪ 3‬ދަރަޖައަކީ މުޖްތަމަޢުގައި ހިމެނޭ ތަފާތު ގިންތީގެ މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ‬
‫‪ 3‬ދަރަޖަ އެކެވެ‪ .‬މީގެއިތުރުން ﷲ އާއި ރަސޫލާ އަށް އަދި ރަސްރަސްކަލުންނަށް ނިސްބަތްކޮށް ބޭނުންކުރާ ޚާއްޞަ‬
‫ބަސްތަކެއްވެސް ހުރެއެވެ‪ .‬ނަމަވެސް މިއީ ތަފާތު ދަރަޖައެއްގެ ގޮތުގައި ބެލެވޭ ލަފުޡުތަކެއް ނޫނެވެ‪ .‬މިއީ ދާދި މަދު‬
‫ލަފްޡުތަކެކެވެ‪ .‬ޚާއްޞަ ފަރާތްތަކަކަށް ނިސްބަތްވާ އެންމެ މާތްދަރަޖައިގެ ބަސްކޮށާރުގައި ހިމެނޭ ލަފުޡުތަކެކެވެ‪ .‬ތިރީގައިވާ‬
‫ތާވަލުގައި އެވަނީ އެފަދަ ދެ މިސާލެކެވެ‪.‬‬

‫ﷲ އަށް‬ ‫ރަސޫލާއަށް‬ ‫ރަސްރަސްކަލުންނަށް‬ ‫އެންމެ މާތް ގޮތް‬


‫ވަޙީކުރެއްވި‬ ‫ޙަދީޘް ކުރެއްވި‬ ‫ވިދާޅު ބަސްފުޅު އިއްވެވި‬ ‫ވިދާޅުވި‬
‫ކޯފާވެ ވޮޑިގަތުން‬ ‫ކޯފާފުޅު އިސްކުރެއްވުން‬ ‫ކޯފާ އިސްކުރެއްވުން‬ ‫ކޯފާވުން‬

‫ތަފާތު ދަރަޖަތަކަށް ފައްތައިގެން އެންމެ އިހުގައި ބަސްބޭނުންކުރަމުން އައިސްފައިވަނީ މުޖްތަމަޢުގައި އެމީހަކަށް‬


‫ލިބިފައިވާ ޢިއްޒަތާއި މަޤާމުގެ ޤަދަރަށް އަދި ހާންދާނަށް ބަލައިފައެވެ‪ .‬މިގޮތުން އެންމެ މާތްގޮތަށް މުޚާޠަބްކުރަނީ‬
‫ބޭފުޅުންނަށާއި މަތީ މަޤާމުތަކުގައި ތިބޭ ޢިއްޒަތްތެރިންނަށެވެ‪ .‬މާތްގޮތް ބޭނުންކުރަނީ މުޖްތަމަޢުގެ ޤަދަރު ލިބިގެންވާ‬
‫އެހެނިހެން ފަންތީގެ މީހުންނަށެވެ‪ .‬އާދައިގެ ގޮތަށް ބަސް ބޭނުންކުރަނީ ޢާއްމުންނަށެވެ‪.‬‬

‫މިބުނި އުސޫލުން ބަހުގެ ދަރަޖަ ބޭނުންކުރަމުން އައިސް މިހާރު ދިވެހީންގެ މެދުގައި ވަކި ހަމައެއްނެތި ބަސްބޭނުން‬
‫ކުރާކަން ފާހަގަކުރެވެއެވެ‪ .‬ފަންތި އަކަށް ގިންތި އަކަށް ނުބަލައި އެއްމުޢާމަލާތެއްގައި ތަފާތު ދަރަޖައިން ވާހަކަދެއްކުމަކީ‬
‫މިއަދު ފެންނަމުންދާ މަންޒަރެކެވެ‪ .‬އަދި ވާހަކަ ދައްކަމުންދާއިރު އެއްހާލަތެއްގައި އެކަކަށް ތަފާތު ދަރަޖައިން ބަސް‬
‫ބޭނުންކުރާ މީހުންވެސް މަދެއް ނޫނެވެ‪ .‬ހަމައެހެންމެ ތިމާއަށް ނިސްބަތްވާ ގޮތަށް ދަރަޖަ މަތިކޮށްގެންވެސް ބަސްބުނެއުޅޭ‬
‫އަޑު އަހަމެވެ‪ .‬ނަމަވެސް މިއީ ރަނގަޅު ގޮތެއް ނޫނެވެ‪ .‬އެއް މުޢާމަލާތެއްގައި އެއް ބައެއްގެ މެދުގައި ބަސް ބޭނުންކުރުން‬
‫އެންމެ އެދެވޭ ގޮތަކީ ކޮންމެވެސް އެއް ދަރަޖައެއްގެ ލަފުޡުތައް ހިމަނައިގެންނެވެ‪ .‬އާދައިގެ ދަރަޖައާއި މާތްދަރަޖައާއި‬
‫އެންމެމާތް ދަރަޖައާ މައްސުނި ކޮށްގެން ވާހަކަ ދެއްކުމަކީ ތިމާ ދިވެހިބަހަށް އަހުލުވެރިނޫންކަން ހާމަވެގެންދާނެ ކަމެކެވެ‪.‬‬
‫ތިމާއަށް ނިސްބަތްކޮށް ދަރަޖަ މާތްކުރުމީވެސް ބަސް އެނގިފައިވާ މިންވަރު ދަށްކަން އަންގައިދޭ ރަމްޒެކެވެ‪.‬‬

‫ކުރިންވެސް ބަޔާންކުރި ފަދައިން ތަފާތު ‪ 3‬ދަރަޖަޔަށް ފައްތައިގެން ދިވެހިބަހުގައި ހިމެނޭ ހުރިހާ ލަފުޡުތަކެއް‬
‫ބޭނުމެއް ނުކުރެވެއެވެ‪ .‬މިއީ ބަސް ދަސްކުރާ ބަޔަކު ދެނެގަންނަންޖެހޭ ވަރަށް މުހިންމު ކަމެކެވެ‪ .‬ބައެއް ލަފުޡުތައް އެއްވެސް‬

‫‪1‬‬ ‫މުޙައްމަދު ޒާހިރު (‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬


‫ބަހުގެ ދަރަޖަ‪ :‬ދިވެހިބަސް‪DHI0701 -‬‬
‫ދަރަޖާގައި ބޭނުންކުރެވެއެވެ‪ .‬އަދި ބައެއް ލަފުޡުތައް އާދައިގެ ގޮތާއި މާތްގޮތާއި އެއްގޮތްވެފައި‬ ‫ބަދަލެއް ނުގެނެސް ‪3‬‬
‫އެންމެ މާތްގޮތް ތަފާތުވެފައި އެބަހުއްޓެވެ‪ .‬ހަމައެހެންމެ މާތްގޮތާއި އެންމެ މާތްގޮތާއި އެއްގޮތްވެފައި އާދައިގެ ގޮތް‬
‫ތަފާތުކޮށްގެންވެސް ބައެއްލަފުޡުތައް ބޭނުންކުރެއެވެ‪ .‬އަންނަނިވި ތާވަލުތަކުން އެފެންނަނީ އެފަދަ މިސާލު ތަކެވެ‪.‬‬

‫އެންމެ މާތްގޮތް‬ ‫މާތްގޮތް‬ ‫އާދައިގެގޮތް‬ ‫މިސާލު‪1:‬‬


‫އިސްތަށިފުޅު‬ ‫ބޯ‬ ‫ބޯ‬ ‫އާދައިގެ ގޮތާއި މާތްގޮތުގައި‬
‫ގޮނޑިކޮޅު‬ ‫ގޮނޑި‬ ‫ގޮނޑި‬ ‫ތަފާތެއް ނެތް‬

‫އެންމެ މާތްގޮތް‬ ‫މާތްގޮތް‬ ‫އާދައިގެގޮތް‬ ‫މިސާލު‪8:‬‬


‫ލިޔުއްވުން‬ ‫ލިޔުއްވުން‬ ‫ލިޔުން‬ ‫މާތްގޮތާއި އެންމެމާތްގޮތުގައި‬
‫ޖެއްސެވުން‬ ‫ޖެއްސެވުން‬ ‫ޖެހުން‬ ‫ތަފާތެއް ނެތުން‬

‫އެންމެ މާތްގޮތް‬ ‫މާތްގޮތް‬ ‫އާދައިގެގޮތް‬ ‫މިސާލު‪3:‬‬


‫ވިދާޅުވުން‬ ‫ބުނުއްވުން‬ ‫ބުނުން‬ ‫ތިންގޮތުގައިވެސް ތަފާތު‬
‫ފަރިއްކުޅުއްވުން‬ ‫ކޭން ބެއްލެވުން‬ ‫ކެއުން‬ ‫ހުރުން‬

‫އެންމެ މާތްގޮތް‬ ‫މާތްގޮތް‬ ‫އާދައިގެގޮތް‬ ‫މިސާލު‪4:‬‬


‫ފެންކޯވަރު‬ ‫ފެންކޯވަރު‬ ‫ފެންކޯވަރު‬ ‫ތިންގޮތުގައި އެއްވެސް‬
‫އަލިފާންގަނޑު‬ ‫އަލިފާންގަނޑު‬ ‫އަލިފާންގަނޑު‬ ‫ތަފާތެއް ނެތުން‬

‫މިތާވަލުތަކުގައިވާ މިސާލުތަކަށް ވިސްނާލުމުން އެނގި ހާމަވަނީ ތަފާތު ތިންދަރަޖައިގައި ބަސް ބޭނުންކުރަން‬


‫ދަސްކުރުމީ އެހާ ފަސޭހަ ކަމެއް ނޫންކަމެވެ‪ .‬އެހެނީ ބަސް މާތްކޮށް އެންމެ މާތްކުރުމަށް ތަފާތު ޙާލަތްތަކުގައި ތަފާތުގޮތް‬
‫ގެންގުޅެފައި ހުންނާތީއެވެ‪ .‬އެހެންކަމުން ތަފާތު ދަރަޖައިން ރަނގަޅަށް ބަސްބޭނުންކުރަން ދަސްވާނީ ޢަމަލީ ގޮތުން‬
‫ކުރުމުންނެވެ‪ .‬ފަރިތަ ކުރުމުންނެވެ‪ .‬ތަފާތު ދަރަޖައިން ވާހަކަދެއްކުމުންނެވެ‪ .‬މިގޮތަށް ވާހަކަދައްކަން ދަސްކުރުމުގެ‬
‫ފަސޭހައަކަށް ތިރީގައިވާ ބަސްލިސްޓުގެ ބޭނުން ހިފިދާނެ އެވެ‪.‬‬

‫އެންމެ މާތްގޮތް‬ ‫މާތްގޮތް‬ ‫އާދައިގެ ގޮތް‬


‫ތެދުވެވަޑައިގަތުން‬ ‫ތެދުވެންނެވުން‬ ‫ތެދުވުން‬
‫އިށީނދެވަޑައިގަތުން‬ ‫އިށީންނެވުން‬ ‫އިށީނުން‬
‫އަރާވަޑައިގަތުން‬ ‫އެރުއްވުން‬ ‫އެރުން‬
‫ވަކިވެވަޑައިގަތުން‬ ‫ވަކިވެލެއްވުން‬ ‫ވަކިވުން‬
‫ވިދާޅުވުން‬ ‫ބުނުއްވުން‬ ‫ބުނުން‬
‫ދެކެވަޑައިގަތުން‬ ‫ދެކެލެއްވުން‬ ‫ދުށުން‬
‫ހިއްޕެވުން‬ ‫ހިފާލެއްވުން‬ ‫ހިފުން‬
‫އިސްވެވަޑައިގަތުން‬ ‫އިސްވެލެއްވުން‬ ‫އިސްވުން‬
‫ވިދާޅުވުން‬ ‫ކިޔުއްވުން‬ ‫ކިޔުން‬
‫ކިނބިހިފުޅުއެޅުއްވުން‬ ‫ކިނބިހިއެޅުއްވުން‬ ‫ކިނބިހިއެޅުން‬

‫‪2‬‬ ‫މުޙައްމަދު ޒާހިރު (‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬


‫ބަހުގެ ދަރަޖަ‪ :‬ދިވެހިބަސް‪DHI0701 -‬‬

‫އުފާފުޅުވުން‬ ‫އުފާވެލެއްވުން‬ ‫އުފާވުން‬


‫ދަންމަވާލެއްވުން‬ ‫ދެންމެވުން‬ ‫ދެމުން‬
‫ނުކުމެވަޑައިގަތުން‬ ‫ނުކުންނެވުން‬ ‫ނުކުތުން‬
‫ވަޑައިގަތުން‬ ‫ދުރުވުން‬ ‫ދިއުން‬
‫ހުވަނދުކޮޅު ތުރުކުރެއްވުން‬ ‫ހުވަނދުލެއްވުން‬ ‫ހުވަނދުލުން‬
‫ވަޑައިގަތުން‬ ‫ދުރުވުން‬ ‫އައުން‬
‫ފިލައިވަޑައިގަތުން‬ ‫ފިއްލެވުން‬ ‫ފިލުން‬
‫ރޯދަފުޅުހިއްޕެވުން‬ ‫ރޯދަހިއްޕެވުން‬ ‫ރޯދަހިފުން‬
‫ކީރިތިކުރެއްވުން‬ ‫ރޮއިލެއްވުން‬ ‫ރުއިން‬
‫ހެއްވެވުން‬ ‫ހެއްވެވުން‬ ‫ހެއްވުން‬
‫ފުންމާވަޑައިގައިތުން‬ ‫ފުންމާލެއްވުން‬ ‫ފުންމުން‬
‫އަވަހާރަލެއްޕެވުން‬ ‫ނިދިކުރެއްވުން‬ ‫ނިދުން‬
‫ދަތުރުފުޅުކުރެއްވުން‬ ‫ދަތުރުކުރެއްވުން‬ ‫ދަތުރުކުރުން‬
‫ބޭސްކޮޅުތުރުކުރެއްވުން‬ ‫ބޭސްބެންނެވުން‬ ‫ބޭސްބަނުން‬
‫ފަސްދާނުވެޑުވުން‬ ‫ވަޅުލެއްވުން‬ ‫ވަޅުލުން‬
‫ހިނިފުޅުވެޑުވުން‬ ‫ހީލެއްވުން‬ ‫ހުނުން‬
‫ވަދެވަޑައިގަތުން‬ ‫ވެންނެވުން‬ ‫ވަނުން‬
‫ވިސްނާވަޑައިގަތުން‬ ‫ވިސްނެވުން‬ ‫ވިސްނުން‬
‫ފިކުރުފުޅުކުރެއްވުން‬ ‫ފިކުރުކުރެއްވުން‬ ‫ފިކުރުކުރުން‬
‫އޮށޯވެވަޑައިގަތުން‬ ‫އޮށޯންނެވުން‬ ‫އޮށޯތުން‬
‫ތުރުކުރެއްވުން‬ ‫ލެއްވުން‬ ‫ލުން‬
‫އިތުރުފުޅުހެއްދެވުން‬ ‫ދޮގުހެއްދެވުން‬ ‫ދޮގުހެދުން‬
‫އަވަހާރަވުން‬ ‫ނިޔާވުން‬ ‫މަރުވުން‬
‫ނާނެފުޅުފިއްލެވުން‬ ‫ފެންވެރުއްވުން‬ ‫ފެންވެރުން‬
‫ލިޔުއްވުން‬ ‫ލިޔުއްވުން‬ ‫ލިޔުން‬
‫ކާވެނިބައްލަވައިގަތުން‬ ‫ކާވެނިކުރެއްވުން‬ ‫ކައިވެނި ކުރުން‬
‫އިސްތަށިފުޅުތުރުކުރެއްވުން‬ ‫ބޯކޮށްޓެވުން‬ ‫ބޯކޮށުން‬
‫ފުރާވަޑައިގަތުން‬ ‫ފުރުއްވުން‬ ‫ފުރުން‬
‫ރައްކާވެ ވަޑައިގަތުން‬ ‫ރައްކާވުން‬ ‫ވިހެއުން‬
‫އެނގިވަޑައިގަތުން‬ ‫އެނގިލެއްވުން‬ ‫އެނގުން‬
‫ފާބައިވަޑައިގަތުން‬ ‫ފޭބެންނެވުން‬ ‫ފޭބުން‬
‫ކެރިވަޑައިގަތުން‬ ‫ކެރިލެއްވުން‬ ‫ކެރުން‬
‫ފަރިއްކޮޅުވަތްކުރެއްވުން‬ ‫ކޭންބައްލަވަންހެއްދެވުން‬ ‫ކާންހެދުން‬
‫ހިތްޕުޅާވުން‬ ‫ހިތާވެލެއްވުން‬ ‫ހިތާވުން‬
‫އަޑަފިކޮޅުހިއްޕެވުން‬ ‫ދުއްސެވުން‬ ‫ދުފުން‬
‫ދަތުރުއެރެހެއްޓުން‬ ‫ފުރުއްވާލެއްވުން‬ ‫ފުރުވުން‬

‫‪3‬‬ ‫މުޙައްމަދު ޒާހިރު (‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬

You might also like