You are on page 1of 3

‫‪ ‬ބަހުގައި އެކުލެވޭ ޖުމުލައިގެ ޢަދަދު ކަނޑައަޅަން ނޭނގުނަސް‪ ،‬ޖުމުލަ އުފެދޭ ގޮތާއި ޖުމުލައިގެ ބާވަތްތަކާއި‬

‫ޖުމުލައިގެ ބައިތަކަކީ ކަނޑައެޅި ބަޔާންވެފައި އޮންނަ އެއްޗެކެވެ‪.‬‬


‫‪ ‬ދިވެހިބަހުގެ ޤަވާއިދު (‪ )4891‬ގައި ބަޔާންކޮށްފައިވާ ގޮތުން ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް‬
‫އަތުރައިލެވިފައިވާ ބަސްތަކަކަށް (ލަފުޒުތަކަކަށް) ކިޔާ ނަމެކެވެ‪.‬‬
‫**************************************************************************************‬
‫‪ ‬ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ދެ ގޮތަކަށް ބެލިދާނެއެވެ‪ .‬އެއީ ޖުމުލައިގެ ބޭނުމާއި މަޤުޞަދަށް‬
‫ބަލައިގެން ޖުމުލައިގެ ބާވަތް ކަނޑައެޅުމާއި ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ބާވަތް ކަނޑައެޅުމެވެ‪.‬‬
‫‪ ‬ދިވެހިބަހުގެ ގަވާއިދު (‪ )4891‬ގައި ވާ ގޮތުން ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ޖުމުލަ ބެހެނީ ދެ‬
‫ބައަކަށެވެ‪.‬‬
‫‪ ‬އެޑްވަޑް ފިނެގަން (‪ )4888‬ބަޔާންކުރައްވާ ގޮތުގައި ޖުމުލަ ރޭވިފައިވާ އޮނިގަނޑަށް ބަލާއިރު ތިން ބާވަތެއްގެ‬
‫ޖުމުލަ ހުރެ އެވެ‪ .‬އެއީ (ހ) ސާދާ ޖުމުލަ އާއި (ށ) އެކުވި ޖުމުލަ އާއި (ނ) ކޯނި ޖުމުލަ އެވެ‪.‬‬

‫‪ ‬ސާދާ ޖުމުލައަކީ އިސް ބަޔަކާއި ޚަބަރެއްގެ މައްޗަށް އެކުލެވިފައިވާ ޖުމުލައެވެ‪ .‬ނުވަތަ ކަންކުރާއަކާއި ކަމެއް‬
‫އެކުލެވޭ ޖުމުލައެވެ‪ .‬މިސާލު‪ )4( :‬މިއީ ޔުނިވަރުސިޓީއެކެވެ‪ )2( .‬އިބްރާހީމް ދުވަނީ އެވެ‪.‬‬

‫‪ ‬އެކުވި ޖުމުލަ (ކަމްޕައުންޑް ސެންޓެންސް) އަކީ އެ ޖުމުލައެއްގައި ދެ މައިގަނޑެއް އެކުލެވިފައިވާ ޖުމުލައެވެ‪.‬‬


‫ނުވަތަ މުސްތަޤިއްލު ދެ ޖުމުލަ ހެދިދާނެ ޖުމުލައެވެ‪.‬‬
‫‪ ‬ދިވެހިބަހުގައި މި ފަދަ ޖުމުލަތައް އުފައްދައިފައި ހުންނަނީ "ނަމަވެސް' ‪" ،‬އިރު"‪" ،‬ގޮތުން"‪" ،‬މާ "ފަދަ‬
‫ކޮންމެވެސް ގުޅުވާ އަކުރަކުން ސާދާ ޖުމުލައިގެ ދެ ޖުމުލަ ގުޅުވައިލައިގެންނެވެ‪.‬‬
‫މިސާލަކަށް‪ )4( :‬އޭނާ އެހެން ބުނި ނަމަވެސް ޖާބިރު ސަލާމަތްކުރާކަށް ނޫޅެއެވެ‪ )2( .‬އަޙްމަދު މި ރަށަށް‬
‫އައި އިރު ޖަބީން އުޅެނީ ވިހައިގެންނެވެ‪ )3( .‬އޭނާ ކަންތައް ކުރި ގޮތުން އަހަރެން ލަދުން މަރުވާވަރުވި‬
‫އެވެ‪ )1( .‬އޭނާ ފުންމާލީ މާ އަހަރެން ފުންމާލާނަމެވެ‪.‬‬
‫‪ ‬ކޯނި ޖުމުލަ އަކީ މައިގަނޑު ބުނުމެއް އޮތުމާއެކު އެ ބުނުމަށް ބާރުދޭ އެހެން ބުނުމެއް ނުވަތަ ބުނުންތަކެއްގެ‬
‫މައްޗަށް އެކުލެވޭ ޖުމުލައެވެ‪.‬‬
‫‪ ‬މި ފަދަ މައިގަނޑުތައް ވާނީ އެއް މައިގަނޑު އަނެއް މައިގަނޑަށް ބަރޯސާކުރާ އަދި ގުޅި ލައިމެހިފައިވާ‬
‫ބުނުންތަކެއް ކަމުގައެވެ‪.‬‬
‫‪ ‬މިސާލަކަށް‪" :‬ޚަލީލާ އައިހާ އަވަހަކަށް އެކަން ކުރާނަމެވެ‪ ".‬މި ޖުމުލައިގައި މައިގަނޑު ދެ ބުނުމެއް (ދެ‬
‫މައިގަނޑެއް) ވެ އެވެ‪ .‬އެއް މައިގަނޑަކީ "ޚަލީލާ އައިހާ އަވަހަކަށް" މިއެވެ‪ .‬އަނެއް މައިގަނޑަކީ "އަހަރެން‬
‫މިއީ އެވެ‪ .‬މި‬ ‫އެކަން ކުރާނަމެވެ‪ ".‬މި ޖުމުލައިގެ މައިގަނޑު ބުނުމަކީ "އަހަރެން އެކަން ކުރާނަމެވެ‪".‬‬
‫މިއީ ޖުމުލައިގެ‬ ‫ބުނުމުން ފުރިހަމަ މާނައެއް އެބަ ދޭހަވެ އެވެ‪ .‬ދެން އޮތް‪" ،‬ޚަލީލާ އައިހާ އަވަހަކަށް"‬
‫މައިގަނޑު ބުނުމަށް ނުވަތަ އަސާސީ މައިގަނޑަށް ބާރުދޭ މައިގަނޑެކެވެ‪.‬‬

‫‪ ‬ޖުމުލައިގެ މަޤްޞަދަށް ބަލައިގެން ޖުމުލައިގެ ބާވަތްތައް‪:‬‬

‫ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު (‪ )2144‬ލިޔުއްވަނީ ބަސްވާރުން ވިދާޅުވާ ގޮތުގައި ޖުމުލައިގެ ބޭނުމަށް‬
‫ބަލައިގެންޖުމުލައިގެ ބާވަތް ކަނޑައަޅަނަމަ‪ ،‬ބަހުގައި ‪ 1‬ބާވަތެއްގެ ޖުމުލަ ހުރެ އެވެ‪ .‬އެއީ‪( :‬ހ )ޤަރާރުގެ‬
‫ނުވަތަ ބަޔާނުގެ ޖުމުލަ (ށ) ސުވާލުގެ ޖުމުލަ (ނ) އަންތަރީހުގެ ނުވަތަ އިސްތިޙުސާނުގެ ޖުމުލަ (ރ)‬
‫އަމުރުގެ ޖުމުލަ‪ ،‬މި ‪ 1‬ބާވަތެވެ‪.‬‬

‫‪ .4‬ޤަރާރުގެ ނުވަތަ ބަޔާނުގެ (‪ )declarative‬ޖުމުލަ‪:‬‬


‫މިސާލު‪ :‬ބިދޭސީންގެ ސަބަބުން ދިވެހި ބަހަށް ނޭދެވޭ އަސަރު ކުރެއެވެ‪.‬‬
‫ބަޔާނުގެ ޖުމުލަ އަކީ ކަމެއް އޮތް ގޮތް ބަޔާންކުރުމަށްޓަކައި ނުވަތަ ތަނާއި ވަގުތާއި ޒަމާނާއި މީހަކާއި‬
‫ނުވަތަ ކަމާކާމެދު އެއްޗެއް އަންގައިދިނުމަށް ބުނާ ބުނުމެވެ‪ ،‬ނުވަތަ ކަނޑައަޅާ ކަނޑައެޅުމެވެ‪ .‬ޖަވާބުގެ‬
‫ޖުމުލަވެސް ހިމެނޭނީ ބަޔާނުގެ ޖުމުލައިގެ ތެރެގައެވެ‪.‬‬

‫‪ .2‬ސުވާލުގެ (‪ )interrogative‬ޖުމުލަ‪:‬‬
‫މިސާލު‪ :‬ބިދޭސީންގެ ސަބަނުން ލިބޭ ގެއްލުމަކީ ކޮބައިހެއްޔެވެ؟‬
‫ސުވާލުގެ ޖުމުލައަކީ ކަމެއް އޮޅުންފިލުވުމުގެ ގޮތުން (ޖަވާބު ބޭނުންވެގެން) އަހާ އެހުމެކެވެ‪.‬‬
‫‪ .3‬އަންތަރީހުގެ (‪ )exclamatory‬ޖުމުލަ‪:‬‬
‫މިސާލު‪ :‬ހީވީ ކަޔަށް ތޫނު ކަށްޓެއް ހަރާލިހެއްނެވެ!‬
‫އަންތަރީހުގެ ޖުމުލައަކީ ޙައިރާންކަމާއި އިސްތިޙުސާންގެ (އުހުސާސްތަކާ ގުޅިފައި ހުންނަ) ޝުޢޫރުތައް‬
‫ހާމަކޮށްދޭ ޖުމުލައެވެ‪ .‬މި ބާވަތުގެ ޖުމުލަ‪ ،‬ބަޔާނުގެ ޖުމުލައަށްވުރެ އަސަރުކުރުމުގެ ބާރު މާ ގަދަވާނެ އެވެ‪.‬‬

‫‪ .1‬އަމުރުގެ (‪ )imperative‬ޖުމުލަ‪:‬‬
‫މިސާލު‪ :‬މިރޭ ބޭރަށް ގޮސްގެން ނުވާނެއެވެ‪ .‬ހަމަ މިހާރު ތެދުވާށެވެ‪.‬‬
‫އަމުރުގެ ޖުމުލަ އަކީ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމަށްޓަކައި ބުނާ ބުނުމެވެ‪.‬‬

You might also like