You are on page 1of 1

‫މުހިންމު ބޭންކިންގ މުއާމަލާތްތައް މި ހަފްތާގައި ނިންމުމަށް ބީއެމްއެލް އިން އެދިއްޖެ‬

‫އެމްއެމްއޭ އިން ނިންމަވާފައިވާ ގޮތަށް އަޟްޙާ ޢީދު ބަންދާ ގުޅިގެން ‪ 10‬ޖުލައި އިން ‪ 14‬ޖުލައި ގެ ނިޔަލަށް ބޭންކު ބަންދުވާނެތީވެ‪ ،‬މި ހަފްތާގައި‬
‫މުހިންމު ބޭންކިންގ ހިދުމަތްތައް ހޯއްދެވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެދިއްޖެއެވެ‪.‬‬

‫" އީދު ބަންދާ ގުޅިގެން ކުރިއަށް އޮތް ހަފްތާގައި ބޭންކު ބަންދުވާނެ‪ .‬އެހެންކަމުން އަޅުގަނޑުމެންގެ އިލްތިމާސަކީ ކަސްޓަމަރުން ހިދުމަތް ހޯއްދެވުމުގައި‬
‫ދަތިތަކެއް ދިމާނުވާނެހެން ކުރިން ޕްލޭންކޮށް ހިދުމަތްތައްތަކަށް އެދި ހުށަހެޅުއްވުން‪ .‬ޓީޓީ‪ ،‬ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފަރ ފަދަ މުހިންމު‬
‫ހިދުމަތްތަކަކަށް މިވަނީ ސުންގަޑި ކަނޑައެޅިފައި‪ ،‬އެހެން ކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް‪.‬‬
‫ސުންގަޑިއަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު"‪ .‬ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް‬
‫މުޙައްމަދު ސަޢީދު ވިދާޅުވިއެވެ‪.‬‬

‫ޢީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވޭނީ ‪ 17‬ޖުލައި ‪ 2022‬ވާ އާދިއްތަ ދުވަހުއެވެ‪.‬‬

‫" އަޅުގަނޑުމެން އެދެނީ ބޭންކިންގ މުއާމަލާތްތައް ކުރެއްވުމަށް ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަ ްތ‬
‫ބޭނުންކުރެއްވުން‪ .‬ނަގުދު ފައިސާގެ މުއާމަލާތްކުރެއްވުމަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ‬
‫ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި‪ ،‬ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ‪ 24‬ގަޑިއިރު ލިބޭނެ‪ .‬މީހުން ދިރިއުޅޭ ރަށްތަކުގައި‬
‫ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް‬
‫ލިބިގެންދާނެ‪ ".‬އޭނާ އިތުރަށް ވިދާޅުވިއެވެ‪.‬‬

‫އޮންލައިންކޮށް ދެމުންދާ ހިދުމަތްތަކާއި ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ސުންގަޑިތައް ތިރީގައި މިވަނީއެވެ‪.‬‬

‫ސުންގަޑި‬ ‫ހިދުމަ ްތ‬


‫މެންދުރުފަހު ‪ 1:30‬އާ ހަމަޔަށް ލިބޭ ރިކުއެސްޓްތައް ހަމަ އެދުވަހު‬ ‫އިންޓަރނޭޝަނަލް ޓްރާންސްފަރ‬
‫ޕްރޮސެސްކުރެވޭނެއެވެ‪.‬‬
‫މެންދުރު ‪ 12:00‬އާ ހަމަޔަށް ލިބޭ ރިކުއެސްޓްތައް ހަމަ އެދުވަހު‬ ‫ލޯކަލް ޕޭމަންޓް އަދި ޓްރާންސްފަރ‬
‫ޕްރޮސެސްކުރެވޭނެއެވެ‪.‬‬
‫ޕޭރޯ ް‬
‫ލ‬
‫މެންދުރުފަހު ‪ 2:00‬އާ ހަމަޔަށް ލިބޭ ބީއެމްއެލް ޗެކްތައް ހަމަ އެދުވަހު‬ ‫ޗެކް ްޕރޮސެސް ކުރުން‬
‫ޕްރޮސެސްކުރެވޭނެއެވެ‪.‬‬

‫‪ 11:00‬އާ ހަމަޔަށް ލިބޭ އެހެން ބޭންކުތަކުގެ ޗެކްތައް ހަމަ އެދުވަހު‬


‫ޕްރޮސެސްކުރެވޭނެއެވެ‪.‬‬

You might also like