You are on page 1of 4

‫`‬

‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬


‫މާލެ‪ ،‬ދިވެހިރާއްޖެ‬

‫ފުރަތަމަ ވޮކޭޝަނަލް ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ‪ .‬ޢާއިޝަތު ޢަލީ‬

‫ދެއްކެވި ވާހަކަފުޅު‬

‫`‬

‫الحمد هلل رب العالمين والصالة والسالم على أشرف األنبياء والمرسلين‪ ،‬نبينا دمحم وعلى آله وصحبه أجمعين‬

‫ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ފާޠިމަތު މުޙައްމަދު‪،‬‬

‫މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންނާއި މުވައްޒަފުން‪،‬‬

‫ތާޖުއްދީން ސްކޫލްގެ ލޮބުވެތި މުދައްރިސުންނާއި ދަރިވަރުން‪،‬‬

‫ލއިކުމް‪.‬‬
‫އައްސަލާމު ޢަ ަ‬

‫އަޅުގަނޑު ބޮޑުވަމުން އައި ދުވަސްވަރު‪ ،‬ބޮޑެތި މީހުން އަޅުގަނޑަށް އަބަދުވެސް ދެމުން ދިޔަ ނަސޭހަތަކީ މުސްތަޤްބަލް‬

‫އުޖާލާ ކުރަން ބޭނުންނަމަ މޮޅަށް ކިޔަވާށޭ‪ .‬މުދައްރިސުން ބުނަމުން ދިޔައީ ޑޮކްޓަރަކަށްވާން‪ .‬މަންމަ ބުނަމުން ދިޔައީ‬

‫މުދައްރިސަކަށް ވާން‪ .‬ކާފަ ބުނަމުން ދިޔައީ ނަރުހަކަށްވާން‪ .‬ޢާއިލާ އެހެން މީހުން ބުނަމުން ދިޔައީ އޮފީހަކަށް ވަންނަން‪.‬‬

‫ތަފާތު ޚިޔާލުތައް އެކި ފަރާތްތަކުން ދިންކަމުގައިވިޔަސް އެންމެންވެސް އިއްތިފާޤުވީ އެއްކަމެއް ވޭ‪ .‬އެއީ ކޮންމެ ވަޒީފާއެއް‬

‫އަދާކުރަން ނިންމިކަމުގައިވިޔަސް އެ ވަޒީފާއެއް އަދާކުރެވޭނީ ކިޔަވާ މާއްދާތަކުން މަތީ ގްރޭޑްތައް ހޯދައިގެންކަން‪ .‬އެހެންވެ‬

‫އަޅުގަނޑުގެ އަމާޒު ހުރީ ކިޔެވުމަށް‪.‬‬

‫ސްކޫލު ދައުރުގައި އަޅުގަނޑު ވަރަށް ގިނަ ކަންތައްތަކެއް ކުރާ ހިތްވި‪ .‬ލަވަ ކިޔާ ހިތްވި‪ .‬ކުރަހާ ހިތްވި‪ .‬ފަހާ ހިތްވި‪.‬‬

‫ކައްކާ ހިތްވެސްވި‪ .‬ނަމަވެސް އެކަންކަމަށް ވަގުތު ހުސްކޮށްފިނަމަ ކިޔެވުމަށް ބުރޫ އަރާފާނެތީ އެކަންކަން ދަސްކުރަން‬

‫ފަސްޖެހުނު‪.‬‬

‫‪Velaanaage, 9th Floor, Ameer Ahmed Magu, Malé 20-096, Maldives‬‬ ‫ވެލާނާގެ‪ 9 ،‬ވަނަ ފަންގިފިލާ‪ ،‬އަމީރު އަޙުމަދު މަގު‪ ،‬މާލެ ‪ ،20-096‬ދިވެހިރާއްޖެ‬
‫‪Tel: 332 3261, 332 3262‬‬ ‫‪Fax: 332 1201‬‬ ‫ފެކްސް‪332 1201 :‬‬ ‫ފޯނު‪332 3261, 332 3262 :‬‬
‫ސްކޫލު ދައުރު ނިންމުމަށް ފަހު އަޅުގަނޑު މުދައްރިސަކަށް އުޅުނިން‪ .‬ކޮންމެ ކުލާހަކަށް ވަދެ‪ ،‬އެކި ކުދިންތައް ފެނުމުން‪،‬‬

‫ނ ތަފާތު އެތައް މަލެއް ފަރިވެ ފޮޅެމުންދާ މާބަގީޗާއެއްގެ ގޮތުގައި‪ .‬އެކި މާމަލުގެ ސިފަ‬
‫އަޅުގަނޑަށް ކިލާސް ސިފަވަ ީ‬

‫ތަފާތުވާ ފަދައިން‪ ،‬ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް‪ .‬އެކި ކުދިން ޠަބީޢީ ގޮތުން މޮޅީ އެކި ކަންކަމަށް‪.‬‬

‫ކިޔަވައިދިން ކިލާސްތަކުން އަޅުގަނޑަށް ފާހަގަވީ ވަރަށް ގިނަ ދަރިވަރުން ފޮތް ބަލައިގެން ކިޔެވުމަށްވުރެ ބޮޑަށް‬

‫ޝައުގުވެރިވަނީ އަތުންފައިން ކުރާ ކަންތައްތަކަށް ކަމަށް‪ .‬ބައެއް ކުދިން ޢިލްމީ މާއްދާތަކަށް އެހާ ޝައުގުވެރިކަމެއް‬

‫ނުހުރޭ‪ .‬ނަމަވެސް ހަމަ މިއިން ބައެއް ކުދިން ކުރެހުމަށް ވަރަށް ޝައުގުވެރިވޭ‪ .‬ބައެއް ކުދިން އަތުންކުރާ ވަޑާން ފަދަ‬

‫މަސައްކަތަށް ކުޅަދާނަ‪ .‬ބައެއް ކުދިން ރަހަތައް ދެނެގަނެ‪ ،‬ކައްކަން ވަރަށް ޝައުގުވެރިވޭ‪ .‬ބައެއްކުދިން ލަވަކިޔަން ވަރަށް‬

‫ޝައުގުވެރިވޭ‪ .‬އެ ދުވަސް ވަރު‪ ،‬އަޅުގަނޑު ހިތަށް އަރާ ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ޠަބީޢީ ހުނަރުވެރިކަން‬

‫ކުރިއަރުވައި‪ ،‬ތަރައްޤީކުރަން ފުރުޞަތު ލިބޭނަމަ ހާދަހާވާ މޮޅު ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާނެއޭ‪ .‬ނަމަވެސް އޭރު‬

‫މަންހަޖު ރޭވިފައިވާ ގޮތުން‪ ،‬އަދި މިހާރުވެސް މުދައްރިސުންނާއި ދަރިވަރުންވެސް ބޮޑަށް އަހައްމިއްޔަތުކަންދެނީ އެކަޑެމިކް‬

‫މާއްދާތަކަށް‪.‬‬

‫ނަމަވެސް‪ ،‬ކޮންމެ ގަހެއްގައި ވެސް ވަކި މަލެއް ފަރިވެ ފޮޅޭ ފަދައިން‪ ،‬ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް އެކުއްޖަކަށް‬

‫ޚާއްޞަ ގާބިލްކަމެއް ހުނަރެއްވޭ‪ .‬ކިތަންމެ ކުދިންނެއް ފުރާވަރަށް އަރައި‪ ،‬ހަރުވެ‪ ،‬މުސްކުޅިވެ މި ދުނިޔެ ދޫކޮށްދަނީ މާތް‬

‫ﷲ ދެއްވާފައިވާ ޚާއްޞަ ޤާބިލްކަން ފާހަގަ ނުކުރެވި‪ ،‬ތަރައްޤީ ނުކުރެވި‪ .‬އެހެންވެ‪ ،‬ކޮންމެ އިންސާނަކަށް ދެއްވާފައިވާ‬

‫ޤުދްރަތީ ހަދިޔާއަކީ‪ ،‬ޚާއްޞަ ހުނަރަކީ ކޮބައިކަން ހޯދައި‪ ،‬އެ ތަރައްޤީކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް‪ .‬މިކަން ކުރެވޭނީ‪،‬‬

‫ތަފާތު އެތައް ކަމެއް ކޮންމެ ކުއްޖަކު ތަޖުރިބާކޮށްގެން‪ ،‬އޭނާއަށް އެންމެ މޮޅަށް ކުރެވޭ ކަންކަން ފާހަގަކޮށްގެން‪.‬‬

‫ހުނަރުތައް‬ ‫މަސައްކަތްތެރިކަމުގެ‬ ‫އިތުރުން‬ ‫ތަޢުލީމުގެ‬ ‫އުނގަންނައިދެވޭ‬ ‫ފޮތުން‬ ‫ދަރިވަރުންނަށް‬ ‫ސްކޫލްތަކުގެ‬


‫ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް‪.‬‬

‫ރާއްޖޭގެ ތަޢުލީމީ ސިޔާސަތާ އެއްގޮތަށް‪ ،‬ވަށާޖެހޭ ތަޢުލީމެއް ކުދިންނަށް ދީގެން އެކުދީން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް‬
‫ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުވިގެންމިދާ ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޖެނެރަލް ލެބަކީ ދަރިވަރުންނަށް‬
‫މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަނަވަސްވެގެންދާ ވަރަށް ބޮޑު ފުރުސަތެއް‪21 .‬ވަނަ ޤަރުނުގެ‬
‫ގޮންޖެހުންތަކާ އިތުބާރާއެކު ވާދަކުރެވޭނެ ދަރިންތަކެއް ބިނާ ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް‪ .‬ސްކޫލުނިންމާ ދަރިވަރުންނަށް‬
‫އެ ކުދިން ޝައުގުވެރިވާ ދާއިރާތައް ބަލާ ހޯދައި‪ ،‬ހުނަރު ދަސްކުރުމަށް ހިތް ޖައްސަން އެޅޭ ފިޔަވަޅެއް‪ .‬ޤައުމު‬
‫ކުރެވޭ‬ ‫ހާމަކޮށްދޭން‬ ‫ދަރިވަރުންނަށް‬ ‫މުހިއްމުކަން‬ ‫މަސައްކަތުގެ‬ ‫ފަންނުވެރިންގެ‬ ‫ހުނަރުވެރިންނާއި‬ ‫ބިނާކުރުމުގައި‬
‫މަސައްކަތެއް‪.‬‬

‫ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް‪ 82 ،‬ސްކޫލެއްގައި މަސައްކަތްތެރިކަން ދަރިވަރުންނަށް ދަސްކޮށްދޭން ގާއިމުކުރެވޭ‬


‫ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޖެނެރަލް ލެބް ހުޅުވިގެން މިދަނީ މިސްކޫލްގައި‪ .‬މި ލެބްތަކުގެ އެހީގައި‪ ،‬ދަރިވަރުންގެ‬

‫‪Velaanaage, 9th Floor, Ameer Ahmed Magu, Malé 20-096, Maldives‬‬ ‫ވެލާނާގެ‪ 9 ،‬ވަނަ ފަންގިފިލާ‪ ،‬އަމީރު އަޙުމަދު މަގު‪ ،‬މާލެ ‪ ،20-096‬ދިވެހިރާއްޖެ‬
‫‪Tel: 332 3261, 332 3262‬‬ ‫‪Fax: 332 1201‬‬ ‫ފެކްސް‪332 1201 :‬‬ ‫ފޯނު‪332 3261, 332 3262 :‬‬
‫އާންމު ދިރިއުޅުމުގައި ކޮންމެހެން ދަސްކުރަންޖެހޭ މުހިންމު އެތައް ހުނަރަކާއި އާޓް އެންޑް ކްރާފްޓްގެ މަސައްކަތްތައް‬
‫އިތުރުން އެ ކުދިންނަށް‪ ،‬އުފެއްދުންތެރި‬ ‫ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ‬ ‫އެކުދިންނަށް ދަސްކޮށްދެވޭނެ‪ .‬އަދި‪،‬‬
‫ލ‬
‫ވިސްނުމާއި‪ ،‬ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު‪ ،‬މުސްތަޤުބަލުގައި ހުނަރުވެރި‪ ،‬ޤާބި ު‬
‫ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ‪.‬‬

‫ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތަކަށް ޙާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް‬
‫ކުރިއަށްއޮތް ތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެން ދާނެ‪ .‬މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް‬
‫ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތާއި ވަޑާމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ލެބްތައް ހިމެނޭ‪.‬‬

‫ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނީ ކިޔަވައިދެއްވަން ތިއްބަވާ‬ ‫މި ލެބްތަކުގެ ފޮނި މީރުކަން‬
‫މުދައްރިސުންގެ ޝަޢުގުވެރިކަމާއި މަސައްކަތުންކަން ހަމަ ޔަގީން‪ .‬ދަރިވަރުންގެ ފިލާވަޅުތަކުގެ ތެރެއަށް ހުނަރުވެރިކަން‬
‫ދަސްކޮށްދިނުމުގެ ބައިތައް ހިމަނައިގެން‪ ،‬މި ލެބްތަކުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް‬
‫އެންމެ‬ ‫ބޭނުން‬ ‫ތަމްރީނުގެ‬ ‫ލިބިލައްވާފައިވާ‬ ‫މުދައްރިސުންނަށް‬ ‫ތިޔަ‬ ‫ކުރެއްވުމުގައި‬ ‫މަސައްކަތްތައް‬ ‫ކުރަންޖެހޭ‬
‫ފުރިހަމަގޮތުގައި ހިފައި ހީވާގިކަމާއެކު ކުރިއަށްގެންދެވުމަށް މުދައްރިސުންގެ އަރިހުން އަޅުގަނޑު އެދެން‪.‬‬

‫ހުނަރުވެރި ދިވެހި ދަރީންތަކެއް އުފެއްދުމަކީ ދިވެހިރާއްޖެއަށް ވަރަށް ބޭނުންވެފައިވާކަމެއް‪ .‬މިއީ ހުނަރުވެރި ދިވެހިން‬
‫އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ގަތާލެވޭ އިތުރު ބޮޅެއް‪ .‬މިއީ ސްކޫލް މާހައުލުން ނުކުންނަ ދަރިވަރުންނަކީ‬
‫ސ ނުޖެހޭ‪ ،‬މަސައްކަތްކުރަން ދަންނަ ކުދިބަޔަކަށް ހެދުމަށް އެޅޭ ބިންގަލެއް‪.‬‬
‫މަސައްކަތުގެ މާހައުލުގައި ފަ ް‬

‫މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ބައެއް އިޖްތިމާޢީ މައްސަލަތައް ވެސް ހައްލުވެގެންދާނެ‪ .‬ކަމެއް ނެތިގެން މަގުމައްޗަށް‬

‫ނުކުންނަ ޅަފުރައިގެ ކުދިން މަދުވެގެންދާނެ‪ .‬ބޮޑުވެގެން ކުރާނެ އަބުރުވެރި މަސައްކަތެއް ހިޔާރުކުރަން ދަރިވަރުންނަށް ލިބޭ‬

‫އެހީއަކަށް ވެގެންދާނެ‪ .‬ތިމާ ޝައުގުވެރިވާ ދާއިރާތައް ތަޖުރިބާކޮށް ތިމާގެ ހުނަރުތައް ތަރައްޤީކުރަން ދަރިވަރުންނަށް‬

‫ފުރުޞަތު ފަހި ވެގެންދާނެ‪.‬‬

‫ޤައުމު ބިނާކުރަން ބޭނުންވަނީ ފޮތު ޢިލްމަށްވުރެ އަމިއްލައަށް ކަންކަން ކުރަން ދަންނަ ހުނަރުވެރިން‪ .‬ޤައުމު ބިނާކުރަން‬

‫ބޭނުންވަނީ ރޮބޮޓްތަކަކަށްވުރެ އަމިއްލަ ސިނކުޑިން އީޖާދީ ވިސްނުން ވިސްނާ ފަންނުވެރިން‪ .‬ރައީސް އިބްރާހީމް މުޙައްމަދު‬

‫ޞާލިޙުގެ ސަރުކާރުގެ އަމާޒު ހުރީ މިފަދަ ދަރިންތަކެއް ރާއްޖޭގެ ސްކޫލުތަކުން ތައްޔާރު ކުރުމަށް‪.‬‬

‫އަޅުގަނޑު މި ދަންނަވަނީ އެއްވެސް ގޮތެއްގައި‪ ،‬ކިޔެވުމަށް ދޭ ސަމާލުކަން ކުޑަކުރަން ޖެހޭ ވާހަކައެއް ނޫން‪ .‬ކޮންމެ‬

‫ދަރިވަރަކު ވެސް‪ ،‬މަދަރުސާތަކުގައި ކިޔަވައިދޭ އިލްޒާމީ ތަޢުލީމު ފުރިހަމަ ކުރަން ޖެހޭނެ‪ .‬ނަމަވެސް‪ ،‬ކިޔެވުމުގެ އިތުރަށް‪،‬‬

‫އެކުއްޖަކު ޝައުގުވެރިވާ އެކުއްޖަކަށް ރަނގަޅަށް ކުރެވޭ ކަމެއް‪ ،‬ހުނަރެއް ދަސްކުރަންވާނެ‪ .‬ދުޅަހެޔޮ ޞިއްޙަތެއްގައި‬

‫ހުރުމަށް މަސައްކަތް ކުރަންވާނެ‪ .‬ޚާއްޞަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ‬

‫ލިބިގަންނަން ވާނެ‪.‬‬

‫‪Velaanaage, 9th Floor, Ameer Ahmed Magu, Malé 20-096, Maldives‬‬ ‫ވެލާނާގެ‪ 9 ،‬ވަނަ ފަންގިފިލާ‪ ،‬އަމީރު އަޙުމަދު މަގު‪ ،‬މާލެ ‪ ،20-096‬ދިވެހިރާއްޖެ‬
‫‪Tel: 332 3261, 332 3262‬‬ ‫‪Fax: 332 1201‬‬ ‫ފެކްސް‪332 1201 :‬‬ ‫ފޯނު‪332 3261, 332 3262 :‬‬
‫އަޅުގަނޑު އެދެނީ ސްކޫލު ނިންމާ ކުދިންނަކީ ކޮންމެ މަސައްކަތެއްވެސް ކުރަން ފަސްނުޖެހޭ‪ ،‬އަބުރުވެރި ބަޔަކަށް ވުން‪.‬‬

‫ކޮންމެ ކުއްޖަކީ އެކުއްޖެއްގެ އާއިލާއަށް‪ ،‬ރަށަށް އަދި މި ދިވެހި ޤައުމަށް މަތިވެރި ނިޢުމަތެއްކަމަށް ވާނޭ ގޮތަށް‪ ،‬ރަށުގެ‬

‫ތަރައްޤީއަށާއި ޤައުމު ބިނާ ކުރުމުގައި ދެމިތިބޭނެ ކުދިބަޔަކަށްވުން‪ .‬މާﷲ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް‬

‫ލައްވާށި! އާމީން‪.‬‬

‫ލއިކުމް‪.‬‬
‫ވައްސަލާމް ޢަ ަ‬

‫‪ 99‬ޞަފަރު ‪9111‬‬

‫‪ 40‬ސެޕްޓެންބަރު ‪2022‬‬

‫‪Velaanaage, 9th Floor, Ameer Ahmed Magu, Malé 20-096, Maldives‬‬ ‫ވެލާނާގެ‪ 9 ،‬ވަނަ ފަންގިފިލާ‪ ،‬އަމީރު އަޙުމަދު މަގު‪ ،‬މާލެ ‪ ،20-096‬ދިވެހިރާއްޖެ‬
‫‪Tel: 332 3261, 332 3262‬‬ ‫‪Fax: 332 1201‬‬ ‫ފެކްސް‪332 1201 :‬‬ ‫ފޯނު‪332 3261, 332 3262 :‬‬

You might also like