You are on page 1of 5

‫ސުކުން‪DHI0701 :‬‬

‫ނ‬
‫ސކު ް‬
‫ު‬

‫ދިވެހިބަހުގައި ހިމެނޭ ލަފުޒުތަކުގައި ކުރެވޭ ސުކުނުގެ ޢަދަދަކީ ‪ 5‬އެވެ‪ .‬އެއީ ށ‪ ،‬ނ‪ ،‬އ‪ .‬ތ‪ ،‬ސ މި‬
‫ރވެ‪ .‬ނަމަވެސް ދިވެހި ބަހުން‪ ،‬ތާނައަކުރުން ލިޔެފައި ހުންނަ ލިޔުން ތަކުގައި ފަސް އަކުރަށްވުރެ ގިނަ‬
‫ފަސް އަކު ެ‬
‫ތަފާތު އަކުރުތަކުގައި ސުކުން ކޮށްފައި ހުރެއެވެ‪ .‬މީގެ މާނައަކީ ސުކުން ކުރެވޭ އަކުރުގެ ޢަދަދު ފަސް އަކުރަށްވުރެ‬
‫ގިނަވުމެއްނޫނެވެ‪ .‬ދިވެހި ބަހުގައި ސުކުން ކުރެވޭ ފަސް އަކުރު ފިޔަވައި އެހެން އަކުރެއްގައި ސުކުންކޮށްފައިވާނަމަ‬
‫އެލަފުޒަކީ ކޮ ންމެވެސް އެހެން ބަހެއްގެ ލަފުޒެކެވެ‪ .‬އެ ލަފުޒެއް ދިވެހި ބަހުގެތެރެއަށް ވަދެ ދިވެހި އަޑުތަކާއި‬
‫ހަމަތަކާ އެއްގޮތަށް ބަދަލުނުވެ އޮތީއެވެ‪.‬‬

‫ސުކުން ކުރެވޭ އަކުރުތަކުގައި ސުކުން ކުރެވޭ ހަމަތަކެއް ބަހުގެ ޤަވާޢިދު ފޮތްތަކުގައި އެކަށަ‬
‫އަޅާފައިވެއެވެ‪ .‬ނަމަވެސް އެ ހަމަތަކާ ޚިލާފަށް ސުކުން ކުރެވޭތަން އާދެއެވެ‪ .‬ބައެއް ފަހަރު އެއްލަފުޒެއްގައި‬
‫މިކަމުގައި ވިސްނަންޖެހެއެވެ‪.‬‬ ‫ދެފަހަރު ދެގޮތަށް ސުކުން ކުރެވޭތަންވެސް އާދެއެވެ‪ .‬އެހެންކަމުން ތާނަލިޔުމުގައި‬
‫ޚާއްޞަކޮށް ބަހެއް އުނގަނައިދީ ދަސްކޮށްދޭ ފަރާތްތަކުން މިކަމަށް ސަމާލުވާން އެބަޖެހެއެވެ‪ .‬އެހެނީ ދިވެހި ބަހުގައި‬
‫ހިމެނޭ ބައެއް ލަފުޒު ތަކަކީ ހަމައެކަނި ކުރެވޭ ސުކުނުން ލަފުޒުގެ މާނަ ބަދަލުވާ ލަފުޒު ލަފުޒެވެ‪ .‬މިފަދަ ބައެއް‬
‫ލަފުޒު ކިޔައި ކިޔުމުގައި އެއްވެސް ތަފާތެއް ނުވެއެވެ‪.‬‬

‫މިކަރުދާހުގައި ހިމަނާލާނީ ތާނަލިޔުމުގައި ސުކުންކުރެވޭ "އަށް ތިނޯސް" މިއަކުރުތަކުގެ ތެރެއިން ބޮޑަށް‬


‫އޮޅުންއަރާ ސުކުންތަކަށެވެ‪ .‬އެއީ "އުނިތޮށި" މި ލަފުޒުގައި ހިމެނޭ އަކުރުތަކުގެ ސުކުނެވެ‪ .‬ސ ސުކުނަކީ މާބޮޑު‬
‫އޮޅުމެއް އަރާ ސުކުނަކަށް ނުވާތީ މިސުކުންކުރެވޭ އުސޫލު ނުހިމެނީއެވެ‪.‬‬

‫‪ .1‬ށ‪ .‬ސުކުން‪:‬‬

‫ށ ސުކުންކުރެވޭނީ ސުކުނުގެ ބަދަލުގައި ށ ގައި ފިލިޖަހައިގެން ބަސްހަމަކުރެވޭ ތަންތާގައެވެ‪ .‬ށ ގައި‬


‫ފިލިޖެހުމުން އެހެން މާނައަކަށް ފުރޮޅިގެން ނުދާ ތަންތާގައެވެ‪ .‬މިގޮތުން ‪ 8‬ތަނެއްގައި ށ ސުކުން ކުރެވެއެވެ‪.‬‬
‫އެއީ‪:‬‬

‫‪ -1.1‬ށ ސުކުންކުރެވޭ ފުރަތަމަ ތަނަކީ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން ބަސްހަމަކުރެވޭތޯ‬


‫ބަލާއިރު ހަމައެކަނި ށ އެއްގައި ފިލިޖަހައިގެން ބަސްފުރިހަމަ ކުރެވޭ ތަންތަނެވެ‪.‬‬
‫މިސާލު‪ :‬ހ‪ .‬މަހަށް – މަހަށާއި ‪ ،‬މަހަށޭ‬
‫ށ‪ .‬ގަހަށް – ގަހަށާއި ‪ ،‬ގަހަށޭ‬
‫ނ‪ .‬ކުށް – ކުށާއި ‪ ،‬ކުށޭ‬

‫‪1‬‬ ‫އެކުލަވައިލީ‪ :‬މުޙައްމަދު ޒާހިރު(‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬


‫ސުކުން‪DHI0701 :‬‬

‫ރ‪ .‬ފުށް – ފުށާއި ‪ ،‬ފުށޭ ‪ /‬ބ‪ .‬ފަށް – ފަށާއި ‪ ،‬ފަށޭ‬

‫‪ ‬ޢާއްމުގޮތެއްގައި މި ސުކުން އަންނާނީ ލަފުޒުގެ ފަހަތަށެވެ‪ .‬ނަމަވެސް ދެލަފުޒު އެކުވެގެން‬


‫އުފެދިފައިހުންނަ ލަފުޒު ލަފުޒުގެ މެދުތެރެއަށްވެސް މި ސުކުން އާދެއެވެ‪.‬‬
‫މިސާލު‪ :‬އަށްޑިހަ (އަށެއް‪+‬ދިހައެއް) ‪ ،‬ކަށްވަޅު (ކަށު‪+‬ވަޅު) ‪ ،‬އަށްޑުވަސް (އަށެއް‪+‬ދުވަސް)‬

‫‪ -1.8‬ށ ސުކުން ކުރެވޭ ދެވަނަ ތަނަކީ ށ ގެ އިބިފިއްޔަށް ނިމިފައިހުންނަ ލަފުޒުތައް ޢާއްމުކޮށް‬


‫އެކެހެރިކުރާ ޙާލަތްތަކުގައެވެ‪ .‬މިފަދަ ކޮންމެތަނެއްގައިވެސް ސުކުނުގެ ފަހަތަށް އަންނާނީ ޓ‬
‫އެކެވެ‪.‬‬
‫މިސާލު‪ :‬ހ‪ .‬ކޮށި – ކޮށްޓާއި‪ ،‬ކޮށްޓެއް‬
‫ށ‪ .‬ކަށި – ކަށްޓާއި‪ ،‬ކަށްޓެއް‬
‫ރ‪ .‬ކާށި – ކާށްޓާއި‪ ،‬ކާށްޓެއް‬ ‫ނ‪ .‬ބޯށި – ބޯށްޓާއި‪ ،‬ބޯށްޓެއް‬

‫‪ ‬މީގެއިތުރުން މާނައެއްނެތް "ޓަރު" މިދެއަކުރު ބޭނުންކޮށްގެން އުފައްދާފައިހުންނަ ލަފުޒުތަކުގެ‬


‫މެދުތެރޭގައިވެސް ށ ސުކުން ކޮށްފައި ހުރެއެވެ‪ .‬މިފަދަ ލަފުޒުތަކުގައިވެސް ' ށ' ސުކުންކުރެވޭނީ ޓަރު ގެ ކުރިއަށް‬
‫އޮންނަ ލަފުޒުގެ ފަހު އަކުރަކީ ށ ކަމަށް ވާނަމައެވެ‪.‬‬

‫މިސާލަކަށް‪ :‬ފަށްޓަރު (ފަށް‪+‬ޓަރ)‪ ،‬ފުށްޓަރު (ފުށި‪+‬ޓަރު)‬

‫‪ .8‬އ‪ .‬ސުކުން‪:‬‬

‫އ ސުކުންކުރެވޭ ދެހަމައެއް ޤަވާޢިދު ފޮތްތަކުގައި ބަޔާންކޮށްފައި ވެއެވެ‪ .‬އެއީ‪:‬‬

‫‪' -8.1‬އ' ސުކުންކުރެވޭ ފުރަތަމަ ހަމާގައި އ ސުކުންކުރެވޭނީ‪ ،‬އ ސުކުން ކިޔާގޮތަށް ކިއިފައި‪،‬‬
‫ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު‬
‫ކ އެއްގައި ފިލިޖަހައިގެން ބަސްފުރިހަމަ ކުރެވޭ ތަންތަނުގައެވެ‪ .‬ޢާއްމުގޮތެއްގައި މިސުކުން‬
‫އަންނާނީ ލަފުޒުގެ ފަހަތަށެވެ‪.‬‬
‫މިސާލު‪ :‬ހ‪ .‬ވައް – ވަކާއި ‪ ،‬ވަކޭ (ވައް ވަކަށް ހުންނަ އެއްޗެހި)‬
‫ށ‪ .‬ރުއް – ރުކާއި ‪ ،‬ރުކޭ‬
‫ނ‪ .‬ފުއް – ފުކާއި ‪ ،‬ފުކެއް ( ފުއްފުކަށް ހުންނައެއްޗެހި)‬
‫ނ‪ .‬ގަހެއް – ގަހަކާއި ‪ ،‬ގަހެކޭ (މިގޮތަށް ކޮންމެ ލަފުޒެއްވެސް އެކަހެރިކުރާއިރު ފަހަތަށް‬
‫އަންނާނީ އ ސުކުނެވެ‪).‬‬

‫‪ ‬އ ސުކުން ކިޔާގޮތަށް ކިއިފައި‪ ،‬ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން‬

‫‪2‬‬ ‫އެކުލަވައިލީ‪ :‬މުޙައްމަދު ޒާހިރު(‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬


‫ސުކުން‪DHI0701 :‬‬

‫ބަސްހަމަކުރެވޭތޯ ބަލާއިރު ފ އެއްގައި ފިލިޖަހައިގެން މާނަފުރިހަމަވާ ތަންތާގައިވެސް އ ސުކުން ކުރެވެއެވެ‪.‬‬


‫މިސާލު‪( :‬ހ)‪ .‬ފުޅައް – ފުޅަފާއި ‪ ،‬ފުޅަފެއް‬

‫‪' -8.8‬އ' ސުކުންކުރެވޭ ދެވަނަ ހަމާގައި އ ސުކުންކުރެވޭނީ‪ ،‬އ ސުކުން ކިޔާގޮތަށް ކިއިފައި‪،‬‬
‫ސުކުންކުރެވޭ އަކުރުގެ ސުކުނުގެ ބަދަލުގައި އަކުރެއްގައި ފިލިޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު‬
‫އެއްވެސް އަކުރެއްގައި ފިލިޖަހައިގެން ބަސްފުރިހަމަ ނުކުރެވޭ ތަންތާގައެވެ‪ .‬ޢާއްމުގޮތެއްގައި‬
‫މިސުކުން އަންނާނީ ލަފުޒުގެ މެދުތެރެއަށެވެ‪.‬‬
‫މިސާލު‪ :‬ހ‪ .‬މައްޔާ ‪ ،‬ކައްޓަލަ ‪ ،‬އުއްދަނޑި‪ ،‬ގޮއްފުޅަނގި‬
‫ށ‪ .‬ވައްލަ ‪ ،‬ހިއްތަލަ ‪ ،‬ދައްތަ‪ ،‬ކޮއްކޮ‪ ،‬ކުއްޅަވައް‬

‫‪ .3‬ނ‪ .‬ސުކުން‪:‬‬

‫ނ ސުކުން ކުރުމުގައި ވެސް ބައެއް ފަހަރު އޮޅުން އަރާގޮތް ވެއެވެ‪ .‬އެހެންކަމުން މިސުކުން ކުރެވޭ ގޮތުގެ‬
‫ހަމަތައް ދެނެގަތުމަކީ ވެސް މުހިންމު ކަމެކެވެ‪ .‬ޤަވާޢިދު ފޮތްތަކުގައި ބަޔާންކޮށްފައިވާގޮތުން ނ ސުކުން ކުރެވޭނީ‬
‫ޢަރަބީގައި ނޫނުސުކުން ކިޔާގޮތަށް ނޯށަށް އަރުވައި މަތީތަލީގައި ދޫޖައްސައިގެން އަޑުފާޅުކުރެވޭ ތަންތާގައެވެ‪.‬‬
‫މިގޮތުން ތާނަ އަކުރުން ދިވެހިބަސް ލިޔާއިރު ނ ސުކުން ކުރެވޭ ‪ 3‬ޙާލަތެއްވެއެވެ‪ .‬ތަފާތު ތިން ތަނެއްގައި ނ‬
‫ސުކުން ކުރެވެއެވެ‪ .‬އެއީ‪-:‬‬

‫‪' -3.1‬ނ' ގައި ސުކުންކުރެވޭ ފުރަތަމަ ޙާލަތަކީ ޢަރަބީގެ ނޫނުސުކުން ކިޔާގޮތަށް ކިއިފައި‪ ،‬ސުކުނުގެ‬
‫ބަދަލުގައި ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު ނ އެއްގައި ފިލި ޖަހައިގެން މާނަ‬
‫ފުރިހަމަކުރެވޭ ތަންތަނެވެ‪.‬‬
‫ށ‪ .‬އުނދުން – އުނދުނާއި ‪ ،‬އުނދުނެއް‬ ‫މިސާލު‪ :‬ހ‪ .‬ފަން ‪ -‬ފަނާއި ‪ ،‬ފަނެއް‬
‫ރ‪ .‬ގުދަން ‪ -‬ގުދަނާއި ‪ ،‬ގުދަނެއް‬ ‫ނ‪ .‬ތަން – ތަނާއި ‪ ،‬ތަނެއް‬

‫‪ -3.8‬ނ ސުކުންކުރެވޭ ދެވަނަ ޙާލަތަކީ ޢަރަބީގެ ނޫނުސުކުން ކިޔާގޮތަށް ކިއިފައި‪ ،‬ސުކުނުގެ ބަދަލުގައި‬
‫ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު މ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ‬
‫ތަންތަނެވެ‪.‬‬
‫ށ‪ .‬ކަން – ކަމާއި ‪ ،‬ކަމެއް‬ ‫މިސާލު‪ :‬ހ‪ .‬ހަން ‪ -‬ހަމާއި ‪ ،‬ހަމެއް‬
‫ރ‪ .‬ބިން ‪ -‬ބިމާއި ‪ ،‬ބިމެއް‬ ‫ނ‪ .‬ދުން – ދުމާއި ‪ ،‬ދުމެއް‬

‫‪ -3.3‬ތާނަލިޔުމުގައި ނ ސުކުންކުރެވޭ ތިންވަނަ ތަނަކީ ޢަރަބީގެ ނޫނުސުކުން ކިޔާގޮތަށް ކިއިފައި‪،‬‬


‫ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ ބަލާއިރު އެއްވެސް އަކުރެއްގައި ފިލި‬
‫ޖަހައިގެން މާނަ ފުރިހަމަ ނުކުރެވޭ ތަންތަނެވެ‪.‬‬
‫‪3‬‬ ‫އެކުލަވައިލީ‪ :‬މުޙައްމަދު ޒާހިރު(‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬
‫ސުކުން‪DHI0701 :‬‬

‫ނ‪ .‬އަންބާ‬ ‫ށ‪ .‬ފުންނާބު‬ ‫މިސާލު‪ :‬ހ‪ .‬ކުންނާރު‬


‫ޅ‪ .‬ޖަންބު‬ ‫ބ‪ .‬ގުންބަޅަ‬ ‫ރ‪ .‬އަންނާރު‬

‫‪ ‬ދިވެހިބަސް ލިޔަމުންދާއިރު ބައެއް ފަހަރު‪ ،‬ނ ސުކުން ކުރަން ނުޖެހޭ ބައެއް ތަންތާގައި ޤަޥާޢިދާ‬
‫ޚިލާފަށް ނ ސުކުންކުރެވޭތަން އާދެއެވެ‪ .‬މިހެން ދިމާވަނީ ނ ސުކުނުގެ އަޑުއަންނަ ބައެއް ޙާލަތްތައް ދިވެހިބަހުގައި‬
‫މެދުވެރިވާތީއެވެ‪ .‬އެއީ "އަހާނަމަ" މި ޢިބާރާތުގައި ހިމެނޭ އަކުރުތަކުގެ ތެރެއިން އަކުރެއް‪" ،‬އާތަށި" މިއަކުރުތަކުގެ‬
‫ސުކުނުގެ ފަހަތަށް އަންނަ ތަންތަނެވެ‪ .‬މިފަދަ ބައެއް ތަންތަނުގެ މިސާލު ތިރީގައި ހިމަނާލާނަމެވެ‪.‬‬

‫(ހ) ށ ސުކުނުގެ ފަހަތަށް "އަހާނަމަ"‬


‫ފަހަށްނުބަހައްޓާ‪ ،‬ވަރަށްމަދު‬ ‫އިހަށްހުރޭ‪،‬‬ ‫މިސާލު‪ :‬ގެއަށްއާދޭ‪،‬‬

‫(ށ) އ ސުކުނުގެ ފަހަތަށް "އަހާނަމަ"‬


‫ފޮތެއްމަދު‬ ‫ގޮތެއްނެތް‪،‬‬ ‫ފަތެއްހޯދާ‪،‬‬ ‫މިސާލު‪ :‬ގެއެއްއަޅައިފި‪،‬‬

‫(ނ) ތ ސުކުނުގެ ފަހަތަށް "އަހާނަމަ"‬


‫ހަތްމަގު‬ ‫ހިތްނިޔަތް‪،‬‬ ‫ހިތްހެޔޮގޮތް‪،‬‬ ‫މިސާލު‪ :‬ހަތްއަހަރު‪،‬‬

‫‪ .4‬ތ‪ .‬ސުކުން‪:‬‬

‫ތ ގައި ސުކުންކުރެވޭނީ ސުކުނަށް ކިޔާއިރު ޔ އެއްގެ އަޑު ފާޅުވާ ތަންތާގައެވެ‪ .‬މިސުކުން ކިޔާނީ ޔާގެ‬
‫ތ ސުކުން ކުރެވެނީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހައިގެން‬ ‫ތަޝްދީދަށް ކިޔަން ފަށާގޮތަށެވެ‪ .‬ޢާއްމުގޮތެއްގައި‬
‫ބަސްހަމަކުރެވޭތޯ ބަލާއިރު ތ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ ތަންތާގައެވެ‪ .‬އަދި ތ ސުކުން ކުރެވޭ‬
‫މިނޫން ތަންތަންވެސް ހުރެއެވެ‪ .‬ތިރީގައި މިޔާންކުރަނީ ތ ސުކުން ކުރެވޭ ހަމަތަކެވެ‪.‬‬

‫‪' -4.1‬ތ' ގައި ސުކުންކުރެވޭ ފުރަތަމަ ތަނަކީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖަހައިގެން ބަސްހަމަކުރެވޭތޯ‬
‫ބަލާއިރު ތ އެއްގައި ފިލި ޖަހައިގެން މާނަ ފުރިހަމަކުރެވޭ ތަންތަނެވެ‪.‬‬
‫ށ‪ .‬އެތް – އެތާއި ‪ ،‬އެތެއް‬ ‫މިސާލު‪ :‬ހ‪ .‬އަތް – އަތާއި ‪ ،‬އަތެއް‬
‫ރ‪ .‬ގޮތް – ގޮތާއި ‪ ،‬ގޮތެއް‬ ‫ނ‪ .‬ހިތް – ހިތާއި ‪ ،‬ހިތެއް‬

‫‪ 1.4 ‬ގައި ބަޔާންކޮށްފައިވާގޮތަށް ކިޔޭ ލަފުޒެއް ހިމެނޭ‪ ،‬ދެލަފުޒު އެކުވެގެން އުފެދިފައި ހުންނަ‬
‫ލަފުޒުގެ މެދުތެރެއަށްވެސް އަންނާނީ ތ ސުކުނެވެ‪.‬‬

‫މިސާލު‪ -:‬ހ‪ .‬ހިތްވަރު (ހިތް‪+‬ވަރު) ‪ ،‬ށ‪ .‬ނިތްކުރި (ނިތް‪+‬ކުރި)‪ ،‬ނ‪ .‬ވަތްގަނޑު (ވަތް‪+‬ގަނޑު)‬

‫‪4‬‬ ‫އެކުލަވައިލީ‪ :‬މުޙައްމަދު ޒާހިރު(‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬


‫ސުކުން‪DHI0701 :‬‬

‫‪ -4.8‬ތ ސުކުންކުރެވޭ ދެވަނަ ހަމާގައި‪" ،‬މީ ކާފަގެ ބޯވަ" މި ޢިބާރާތުގައި ހިމެނޭ އަކުރުތަކުގެ ތެރެއިން‬
‫އަކުރެއްގެ އިބިފިއްޔަށް ނިމިފައިވާ‪ ،‬ލަފުޒު އެކަހެރިކޮށް ޢާއްމުކުރާއިރު މެދުތެރެއަށް އަންނަ‬
‫ސުކުނަކީ ތ ސުކުނަކަށް ވެއެވެ‪.‬‬
‫ށ‪ .‬ބުރަކި – ބުރަތްކާއި ‪ ،‬ބުރަތްކެއް‬ ‫މިސާލު‪ :‬ހ‪ .‬ނިޔަމި – ނިޔަތްމާއި ‪ ،‬ނިޔަތްމެއް‬
‫ރ‪ .‬ކަގި – ކަތްގާއި ‪ ،‬ކަތްގެއް‬ ‫ނ‪ .‬ގޮފި – ގޮތްޕާއި ‪ ،‬ގޮތްޕެއް‬
‫ޅ‪ .‬ކަވި – ކަތްވާއި ‪ ،‬ކަތްވެއް‬ ‫ބ‪ .‬އޮބި – އޮތްބާއި ‪ ،‬އޮތްބެއް‬

‫‪" ‬މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ލަފުޒު ނިމިފައި އޮތަސް‪ ،‬އެލަފުޒުގެ މެދުތެރެއަށް‬
‫ސުކުނެއް އަންނަނަމަ ‪ 4.8‬ގައި ބަޔާންކޮށްފައިވާ ގޮތަށް ތ ސުކުނެއް ނުކުރެވޭނެއެވެ‪ .‬އެކަހެރިކުރާނަމަ ޖެހޭނީ‬
‫ލަފުޒުގެ ފަހަތަށް އެކަހެރިކުރާ އަކުރު ގުޅުވާލާށެވެ‪.‬‬
‫މިސާލު‪( :‬ހ)‪ .‬އަންގި – އަންގި އާއި ‪ ،‬އަންގި އެއް (ށ)‪ .‬ބިންބި – ބިންބި އާއި ‪ ،‬ބިންބި އެއް‬

‫‪" ‬މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ލަފުޒު ނިމިފައި އޮތަސް‪ ،‬އެލަފުޒު ނިމޭ އަކުރުގެ‬
‫ކުރިއަށް އިބިފިއްޔެއް އަންނަނަމަ ‪ 4.8‬ގައި ބަޔާންކޮށްފައިވާ ގޮތަށް ތ ސުކުނެއް ނުކުރެވޭނެއެވެ‪ .‬މެދުތެރެއަށް‬
‫އަންނާނީ އ ސުކުނެކެވެ‪ .‬އެއީ ކ ގައި ފިލިޖަހައިން ބަސްހަމަކުރެވޭތީއެވެ‪.‬‬
‫(ށ)‪ .‬ތިބި – ތިއްބޭ ‪( ،‬ނ)‪ .‬ތިކި – ތިއްކޭ ‪ ،‬ތިއްކެއް‬ ‫މިސާލު‪( :‬ހ)‪ .‬ހިކި – ހިއްކޭ ‪ ،‬ހިއްކެއް‬

‫‪" ‬މީ ކާފަގެ ބޯވަ" މިއިން އަކުރެއްގެ އިބިފިއްޔަށް ނިމިފައި ލަފުޒުގެ މެދުތެރެއަށް ހުސްނޫނެއް‬
‫އަންނަނަމަވެސް‪ 4.8 ،‬ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރަންޖެހޭނީ ތ ސުކުނެވެ‪ .‬މިފަދަ ލަފުޒުތައް އެކަހެރިކޮށް‬
‫ޢާއްމުކުރާއިރު ތ ސުކުން އޮންނާނީ ހުސްނޫނުގެ ފަހަތުގައެވެ‪.‬‬
‫މިސާލު‪( :‬ހ)‪ .‬ދޯނގި – ދޯނތްގާއި ‪ ،‬ދޯނތްގެއް (ށ)‪ .‬އަނބި – އަނތްބާއި ‪ ،‬އަނތްބެއް‬
‫(ނ)‪ .‬ތާނގި – ތާނތްގާއި ‪ ،‬ތާނތްގެއް (ރ)‪ .‬ގޮނބި – ގޮނތްބާއި ‪ ،‬ގޮނތްބެއް‬

‫މަޢުލޫމާތުނެގި ލިޔުންތައް‬

‫‪ .1‬ޙުސައިން ޞަލާޙުއްދީން (‪ .)1282‬ތުޙުފަތުލް އަދަބިއްޔާތު‬


‫‪ .8‬މުޙައްމަދު އަމީން (‪ .)1241‬ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ (އެއްވަނަބައި)‬
‫‪ .3‬އިބްރާހީމް ރުޝްދީ (‪ .)1252‬ސުއްލަމުލް އަރީބު‬
‫‪ .4‬މުޙައްމަދު ޖަމީލް (‪ )1212‬ފިޔަވަޅު ‪1-8-3‬‬
‫‪ .5‬ދިވެހި ބަހުގެ ޤަވާޢިދު ‪ ، 4،3،8،1‬ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު‬

‫‪5‬‬ ‫އެކުލަވައިލީ‪ :‬މުޙައްމަދު ޒާހިރު(‪ ، )8002‬ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް‬

You might also like