You are on page 1of 2

‫ދިރާސީ ދިވެހި‪ : 3102-‬ކާމިޔާބު މުޢާމަލާތަކަށް ބޭނުންވާ ސިފަތައް‬

‫ށވާ ީތ ިމ ަކމު ަގ ިއ ިމ ް‬
‫ނ ަގނޑު ަތ ެކ ްއ ަކނޑަ ެއޅި ަފއި ެވ ެއ ެވ ‪.‬‬ ‫ކ ިއޖް ިތމާ ީއ ަކ ަމ ް‬
‫ކ ުރ ަމ ީ‬
‫ނ މުޢާ ަމ ލާ ުތ ު‬ ‫ވާ ަހ ަކ ެދ ްއ ު‬
‫ކމު ް‬

‫ވާހަކަދެއްކުމަކީ އިޖްތިމާއީ ކަމަކަށްވާތީ ވާހަކަދެއްކުމަކުން ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި މުވާޞަލާތުކުރެވޭނީ ވަކި‬
‫ހަމަތަކާއި އުޞޫލުތަކެއްގައި ހިފަހައްޓައިގެންނެވެ‪ .‬އެހެންނޫނީ އެ ދައްކާ ވާހަކައަކުން‪ ،‬ނުކުތުމަށް އުއްމީދުކުރާ ނަތީޖާ ނުފެނި ހިނގައިދާނެ‬
‫އެވެ ‪.‬އަދި ބޭނުން ނުވާ އެހެން ނަތީޖާއެއް ނުކުތުމަކީ ވެސް އެކަށީގެންވާކަމެކެއެވެ‪ .‬މަޝްހޫރު ބަސްވާރު އެޑްވެޑް ފިނެގެން (‪)9111‬‬
‫ބަޔާންކުރައްވާ ގޮތުގައި ވާހަކަދެއްކުމުގައި‪ ،‬ވާހަކަދައްކާ ފަރާތާއި ވާހަކަދެކެވޭ ފަރާތުން ހިފަހައްޓަންޖެހޭ ހަމަތަކަކާއި އުޞޫލުތަކެއްވެއެވެ‪.‬‬
‫އަދި މި ހަމަތަކަށް ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" ކަމަށް ވެސް އޭނާ ވިދާޅުވެއެވެ‪ .‬މަޝްހޫރު އެހެން ބަސްވާރެއް ކަމުގައިވާ ޖޯޖް‬
‫ޔޫލް(‪ )0222‬އިލްތިމާސް ކުރައްވަނީ އެކަކު އަނެކަކާ ވާހަކަދެއްކުމުގައި އެންމެ އެކަށިގެންވާ ގޮތަށް ވާހަކަދެއްކުމަށެވެ‪ .‬އެ ދައްކާ ވާހަކައަކާ‬
‫ގުޅޭ ގޮތަށް ދެފަރާތުންވެސް ވާހަކަދެއްކުމަށެވެ‪ .‬މިކަމަށްޓަކައި ހިފަހައްޓަންޖެހޭ އުޞޫލުތަކަށް ކިޔަނީ "އެއްބާރުލުމުގެ އުސޫލުތައް" ކަމަށް‬
‫މީނާވެސް ހާމަކުރެއެވެ‪.‬‬

‫މަޢުލޫމާތުގެ ރަސްމަގުގެ މަޝްހޫރު އެކުމާފަނެއް (އެންސައިކްލޮޕީޑިއާއެއް) ކަމުގައިވާ ވައިކިޕީޑިއާ )‪ (www.wikipedia.com‬ގައިވާ‬


‫ގޮތުން ވާހަކަ ދެއްކުމުގެ އުޞޫލުތަކުގެ ބާނީ އަކީ ޑރ‪ .‬ތޯމަސް ރިޓަރެވެ‪ .‬ނަމަވެސް މި އުޞޫލުތަކަކީ މީގެ ސާދަސަތޭކަ އެތައް އަހަރެއް‬
‫ކުރިން މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ އުޞޫލުތަކެއްކަމަށް އަޅުގަނޑުމެން މުސްލިމުންނަށް އެނގެއެވެ ‪.‬އެހެންނަމަވެސް މި‬
‫އުޞޫލުތައް ބައިބައިކޮށް އެއަށް އިލްމީ ނަންނަން ދީ ހަދައިފައި ނުވަނީކަމަށް ވެދާނެއެވެ‪ .‬ކޮންމެ ގޮތެއްވިޔަސް ވާހަކަދެއްކުމުގައި‬
‫ހިފަހައްޓަންޖެހޭ ހަމަތަކާއި އުޞޫލުތަކެއް ވާކަމަށް އަޅުގަނޑުމެން އެންމެން ގަބޫލުކުރަމުއެވެ‪ .‬ދީނީ ޢިލްމުވެރިންނާއި ހުޅަނގުގެ‬
‫ބަސްވާރުންނެވެ‪ .‬ހުރިހާ މުފައްކިރުންނާއި ފައިލަސޫފީންނެވެ ‪.‬ވީމާ މިއުޞޫލުތަކުގެ މައްޗަށް ބަލައިލަމާތޯއެވެ؟‬

‫ވާހަކަދެއްކުމުގައި އެއްބާރުލުމުގެ އުޞޫލުތައް މައިގަނޑު ގޮތެއްގައި ބަހައިލެވެނީ ‪ 4‬އަސާސަކަށެވެ‪ .‬މިއިން ކޮންމެ އަސާސަކަށް ބަހަވީ‬
‫ޢިލްމުގައި ކިޔަނީ މެކްސީމް )‪(maxim‬އެކެވެ‪ .‬އެ އަސާސްތަކަކީ‪:-‬‬

‫‪ .0‬މިންވަރުގެ އަސާސް ‪(maxim of quantity):‬‬

‫މި އުޞޫލަކީ ނުވަތަ މި އަސާސަކީ ވާހަކަދައްކާ ވަގުތާއި ޙާލަތާ އެންމެ އެކަށީގެންވާ މިންވަރަށް ބަސް ބޭނުންކޮށްގެން ވާހަކަދެއްކުމެވެ‪.‬‬
‫އޭގެ މާނައަކީ ބޭނުންވާ ވަރަށްވުރެ ގިނައިން ވެސް ނުވަތަ މަދުން ވެސް ވާހަކަނުދެއްކުމެވެ‪ .‬ބޭނުންވާ މިންވަރަށް ވާހަކަދެއްކުމެވެ‪ .‬އަދި‬
‫ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް އެ މީހަކު ވާޙަކަދެއްކުމަށްޓަކައި ބޭނުންކުރާ ލަފުޒުތައް‪ ،‬އެ ވަގުތަކާއި ޙާލަތާއި އެންމެ އެކަށީގެންވާ‬
‫މިންވަރަށް ބޭނުންކުރުމަކީ މި އަސާސްގެ އެންމެ މުހިއްމު އެއްސިފައެވެ‪ .‬މިއީ ވާހަކަ ދައްކާ ކޮންމެ މީހަކުމެ ތަބާވާންޖެހޭނެ އުޞޫލެކެވެ‪.‬‬
‫މިސާލަކަށް‪" :‬އެންމެ މީރީ ކޮންކަހަލަ ކެއުމެއްހޭ" މީހަކު ސުވާލުކުރުމުން "ގަރުދިޔައާއި ބަތް "ނުވަތަ "އަޅުގަނޑަށް އެންމެ މީރި‬
‫ގަރދިޔައާއި ބަތް" މިހެން ބުނެ ޖަވާބުދިނުމަކީ މި އަސާސާ އެއް ގޮތަށް ވާހަކަދެއްކުމެވެ‪ .‬އެޔާ ޚިލާފަށް "ދެން ކީކޭތޯ ދަންނަވާނީ‪ ،‬ރިހަ‬
‫ކަމަކު ނުދޭ‪ .‬ވާގޮތަކީ މޭއަންދަނީ‪ ،‬ދެން ކަޅުސައި ވެސް ވަރަށް ނުބައި‪ .‬އަދި ރޮއްޓަކީ އެއްގޮތަކަށް ވެސް ކަމުދާއެއްޗެއް ނޫން‪ .‬އެހެންވީމާ‬
‫ގަރުދިޔައާއި ބަތޭ ދެންނެވޭނީ‪ ،‬އާދެ !ގަރުދިޔައާއި ބަތް ކަމަށް ބައްލަވާ‪ ،‬އަޅުގަނޑަށް އެންމެ މީރީ!" މި ގޮތަށް ޖަވާބުދިނުމަކީ މި އުޞޫލާ‬
‫ޚިލާފަށް ވާހަކަދެއްކުމެވެ‪ .‬އެހެނީ އޭނާ އެ ޙާލާތާއި ވަގުތާއި އެކަށީގެން ވާވަރަށްވުރެ މާގިނައިން ވާހަކަދެއްކީއެވެ‪.‬‬

‫‪ .2‬އެކަށޭނަކަމުގެ އަސާސް‪(maxim of relevance):‬‬

‫އެކަށޭނަކަމުގެ އަސާސަކީ ނުވަތަ މެކްސީމް އޮފް ރިލަވަންސަކީ ވަހަކަދައްކާ ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް އެ ޙާލަތަށް އެންމެ އެކަށީގެންވާ‬
‫ފަދަ ވާހައެއް ދެއްކުމެވެ‪ .‬މިސާލަކަށް‪ :‬މީހަކު ބަލިވެ ޙާލެއް ނެތިގެން އޭނާގެ ގާތްތިމާގެ މީހުންނާއި ރައްޓެހިން ސީރިއަސްވެފައި ތިއްބާ‬
‫(‪)1‬‬
‫ދިރާސީ ދިވެހި‪ : 3102-‬ކާމިޔާބު މުޢާމަލާތަކަށް ބޭނުންވާ ސިފަތައް‬

‫އެތަނަށްވަދެ‪" ،‬ދެން ތިކަމާ މާ ހާސްވާން ޖެހޭތަ؟ އޭނާ މަރުވެއްޖިއްޔާ ގޯތިބަހައިގެން އަހަރުމެންނަށް ލިބޭ ބައި ބޮޑުވާނެންނު؟" މި ފަދަ‬
‫ޢިބާރާތެއް ބޭނުންކޮށްފިނަމަ އޭގެ ނަތީޖާ ތިޔަ ބޭފުޅުންގެ ވިސްނުންފުޅަށް ދޫކޮށްލަމެވެ‪ .‬މިއީ އަސާސާ ޚިލާފުކަމެކެވެ‪ .‬އެކަމަކު‬
‫"އިރާދަކުރެއްވިއްޔާ މަތް ﷲ ރަހުމަތްލައްވާނެ ‪.‬އަހަރެމެން މިތިބީ އެހީވާން‪ .‬ހިނގާ އަވަހަށް އެންބިއުލާންސަށް ފޯނުކުރަމާ "މިފަދަ ގޮތަކަށް‬
‫އެ ޙާލަތާ އެންމެ އެކަށިގެންވާ ބަސްކޮޅެއް ހާމަކުރުމަކީ މިއަސާސަށް ތަބަޢަވުމެވެ‪.‬‬

‫‪ .3‬ސުލޫކީ އަސާސް‪(maxim of manner):‬‬

‫ވާހަކަދެއްކުމުގެ ސުލޫކީ އަސާސަކީ އަޑުއަހާ މީހާއަށް އެންމެ ރަނގަޅަށް ފަހުމްވެ ދޭހަވާނޭ ގޮތަށް ދައްކާ ވާހަކައެއް ތަރުތީބުން‬
‫ހުށައެޅުމެވެ‪ .‬އަދި ދައްކާ ވާހަކައެއް އެ ވާހަކަ އަޑު އަހާ މީހަކަށް އެއްވެސް އޮޅުމެއް ނެތި ސާފުކޮށް ޞަރީހަކޮށް ހުށައަޅާން ޖެހޭނެކަމަށް‬
‫)‪(1989‬‬ ‫އެޑްވަރޑް ފިނެގަން(‪) 0111‬ބަޔާންކުރައްވައެވެ ‪.‬މިއީ ޞަރީޙަކޮށް‪ ،‬ކުރުކޮށް‪ ،‬ފޮނިކޮށް ވާހަކަދެއްކުން ކަމަށް ގައިކުކް‬
‫ވިދާޅުވެފައިވެއެވެ‪ .‬އަދި ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް ކަމެއް ކުރަންވީ ގޮތުގެ އިރުޝާދު ދިނަސް އެ ކަމެއްގެ ތަރުތީބަށް‬
‫އިސްކަންދީގެން ވާހަކަދެއްކުމަކީ މުހިއްމުކަމެއް ކަމަށް ޖޯޖް ޔޫލު (‪ )3111‬ހާމަކުރައްވައެވެ‪.‬‬

‫)‪(maxim of quality‬‬ ‫ފެންވަރުގެ އަސާސް‬ ‫‪.4‬‬

‫ތިމާ ދައްކާ ކޮންމެ ވާހަކައަކީ އެ ދައްކާ ވާހަކައެއްގެ އޮއްޓަރެއް ހުރި ވާހަކައަކަށްވާންވާ ނެވެ‪ .‬އެހެން މީހުންނަށް ޤަބޫލުކުރެވޭ ފަދަ‬
‫ހެކިތަކެއް ދެއްކެންވާނެ އެވެ‪ .‬ހަރުދަނާކަން ހުރި އާރުލާ ވާހަކައަކަށް ވާން ވެސް ޖެހޭނެ އެވެ‪ .‬ތިމާ ދައްކާ ވާހަކަ އަކީ ހަރުދަނާކަމެއް ނެތް‬
‫ދޯހަޅި ހާސަރުތަކަކަށް ވެއްޖެނަމަ‪ ،‬އެ ވާހަކައެއް‪ ،‬މީހުން ޤަބޫލު ނުކުރުމުގެ އިތުރުން އެ ވާހަކަ ދައްކާ މީހާގެ އަގު ވެސް އެހެންމީހުންގެ‬
‫ކުރިމަތީގައި ވެއްޓޭނެ އެވެ‪ .‬އެއީ ތިމާގެ ފެންވަރުދައްކަން ހާމަވެގެން ހިނގައިދާނެ ކަމެކެއެވެ‪ .‬މިއީ ވާހަކަދެއްކުމުގެ އެންމެ މުހިއްމު އެއް‬
‫އަސާސް ކަމަށް ވާތީ މި އަސާސަށް (މެކްސީމަށް) ތަބާ ނުވާނަމަ އެ ދައްކާ ވާހަކައަކީ ބޭކާރުވާހަކައަކަށް ވާނެ އެވެ‪ .‬އަދި ދޮގުހެދުމުގެ‬
‫ފުރުޞަތު ވެސް ފަހިކޮށްދޭނެ އެވެ‪ .‬އެހެންވީމާ ވާހަކަދައްކާއިރު ޙަޤީޤަތާ އެއް ގޮތްވާ ގޮތުގެ މަތީން ސާބިތު ހެތްކާއެކު ތެދު ބަހުން‬
‫ވާހަކަދެއްކުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މެކްސީމް އޮފް ކޮލިޓީ އާ އެއް ގޮތަށް ވާހަކަދެއްކުމެވެ‪.‬‬

‫މި އުޞޫލުތަކަކީ ‪ 31‬ވަނަ ޤަރުނުގައި ބަޔަކު އުފެއްދި އުޞޫލުތަކެއް ނޫނެވެ‪ .‬ނަމަވެސް މިއީ އިންސާނީ މުޖުތަމައުގައި ހަމަޖެހުމާއި‬
‫މި‬ ‫އަމާންކަން ފަތުރުއި އެއް ބަޔަކު އަނެއްބަޔަކާ އެކުލަވައިގެން އަމާން ދިރިއުޅުމެއް އުޅުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުތަކެއެވެ‪.‬‬
‫އުޞޫލުތަކަކީ މީގެ ‪ 04‬ގަރުނުގެ ކުރިން މާތް ﷲ އިންސާނުންނަށް ރަޙުމަތެއް ކަމުގައި ފޮނުވި ކައު ރަސޫލާ ގެންނެވި މާތް އިސްލާމް‬
‫ދީނުގައި އަންގަވައިފައިވާ އުޞޫލުތަކެކެވެ‪ .‬ބަހަވީ ޢިލްމް ކިޔަވާ ދަރިވަރުންވެސް މިކަންކަން ހަދާންނައްތައިލައިގެން ނުވާނެއެވެ‪.‬‬

‫އިސްވެ މި ދަންނަވައިލެވުނީ ވާހަކަދެއްކުމުގައި ދެފަރާތުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކެއެވެ‪ .‬އަޅުގަނޑުމެން ދޭދޭ މީހުން‬
‫އެކަކު އަނެކަކާ ނުވަތަ އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތު ކުރުމުގައި މި އުޞޫލަށް ތަބަޢަވުމަކީ ވާހަކަދެއްކުމުގައި އެއްބާރުލުމުގެ‬
‫އުޞޫލުތަކަށް ތަބާވުމެއެވެ‪ .‬މި އުޞޫލުތަކަށް ބަހަވީ ޢިލްމުގައި ކިޔަނީ "އެއްބާރުލުމުގެ އުޞޫލުތައް" (ނުވަތަ ކޯޕަރޭޓިވް ޕްރިންސިޕަލްސް)‬
‫އެވެ‪ .‬މި އުޞޫލުތައް ބެހިގެންދަނީ މައިގަނޑު ‪ 4‬އަސާސަކަށެވެ‪ .‬މިއިން ކޮންމެ އަސާސަކަށް ބަހަވީ ޢިލްމުގައި ކިޔަނީ މެކްސީމެކެވެ‪ .‬މި‬
‫މެކްސީމްތަކުގެ ތެރޭގައި ވާހަކަދެއްކުމުގެ މިންވަރާއި‪ ،‬ގުޅުން ހުރުމާއި‪ ،‬ތަރުތީބުން ޞަރީޙަކޮށް ފޮނިކޮށް ކުރުކޮށް ވާހަކަދެއްކުމާއި‪ ،‬ސާފު‬
‫ތެދުބަހުން ފުރިހަމަ ހެތްކާއެކު އަނެކުންނަށް ގަބޫލުކުރެވޭ ފަދަ ވާހަކަ ދެއްކުން ހިމެނެއެވެ‪.‬‬
‫ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު(‪)0290‬‬
‫‪www.fanvai.info/dhivehi/thaulemm-tharubiyyath.html‬‬

‫(‪)2‬‬

You might also like