You are on page 1of 3

‫މައިދާނީ ދަތުރަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް‬

‫އަޙުމަދު ޙާޝިމް‬

‫ތަޢާރަފް‬

‫ޕސަލްގެ މަޤްޞަދަކީ‪ ،‬ދަސްވެނި ކޮލެޖުގައި ދިވެހި ބަހާއި ސަގާފަތުގެ މާސްޓަރސް ކޯސް ހަދަމުން ދާ‪ ،‬އަޅުގަނޑުމެން ‪15‬ދަރިވަރުން‪،‬‬
‫ޕރޮ ޯ‬
‫މި ް‬

‫ޕސަލްގައި މި ދަތުރުގެ ބޭނުމާއި‬


‫ޕރޮ ޯ‬
‫ލ‪.‬އަތޮޅަށް ދިޔުމަށް ހަމަޖެހިފައިވާ މައިދާނީ ދަތުރަށް މާލީ އެހީތެރިކަން ހޯދުމަށް ހުށަހެޅުމެވެ‪ .‬މި ް‬

‫ދަތުރުގެ ޙަރަކާތްތަކާއި މި ދަތުރުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ އިތުރަށް ދަތުރަށް ބޭނުންވާ ބަޖެޓް ހުށަހަޅަމެވެ ‪.‬‬

‫ބނުން‬
‫މައިދާނީ ދަތުރު ދިޔުމުގެ މައިގަނޑު ޭ‬

‫ލ‪.‬އަތޮޅަކީ ވާހަކަދެއްކުމުގައި ވެސް ތަފާތު ބަހުރުވައެއް ބޭނުންކުރާ އަދި އެ އަތޮޅުގެ ރަށްރަށުގައި ތާރީޚީ އާސާރީ ބިނާތަކެއް ހުރި އަދި‬

‫ފާހަގަކުރެވޭ ފަދަ ސަގާފީ އާދަކާދަތަކެއް ގެންގުޅޭ ތަނެކެވެ‪ .‬އެހެންކަމުން މި ދަތުރުގެ ބޭނުމަކީ އަޅުގަނޑުމެން ކޯހުގައި ކިޔަވާ މާއްދާއެއްގައި‬

‫ކުރިޔަށް ގެންދާ ދިރާސީ މަސައްކަތަކަށް މި ފަދަ މަޢުލޫމާތުތައް ބޭނުންވާތީ އެކަންކަން ދިރާސާކުރުމެވެ ‪.‬ދަތުރުގެ ޙަރަކާތްތައް މި މައިދާނީ‬

‫ދަތުރުގައި‪ ،‬ލ‪.‬އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ މީހުންގެ ވާހަކަދެއްކުމުގައި ހުންނަ ބަހަވީ ތަފާތުތަކާ ބެހޭ ދިރާސާތައް ކުރުމާއި‪،‬‬

‫އާސާރީ ބިނާތަކަށް ޒިޔާރަތްކޮށް އެތަންތަނާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ އިތުރުން އާދަކާދައާއި ސަގާފީ ކަންތައްތަކާ ބެހޭ މަޢުލޫމާތު އެއްކޮށް‬

‫ފޮޓޯނަގައި ވީޑިއޯކުރެވޭނެއެވެ‪ .‬މީގެއިތުރުން‪ ،‬ޒިޔާރާތްކުރެވޭ ރަށްރަށުގެ ސުކޫލުތަކުގެ ދަރިވަރުންނަށް ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތު‬

‫ދިނުމުގެ ސެސަންތަކެއް ވެސް ކުރިޔަށް ގެންދެވޭނެއެވެ ‪.‬‬

‫މި ދަތުރުން ލިބޭނެ ފައިދާތައް‬

‫މި ދަތުރަކީ އަޅުގަނޑުމެންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހޯދުމަށް ކުރާ ދަތުރެއް ކަމުގައި ވިޔަސް މި ދަތުރުގެ ސަބަބުން މަންފާކުރާނީ‬

‫ޕޓްގެ‬
‫ހަމައެކަނި މި ދަތުރުގެ ބައިވެރިންނަށް އެކަންޏެއް ނޫނެވެ‪ .‬ދަތުރަށް ފަހު އަޅުގަނޑުމެންގެ ދިރާސީ މަސައްކަތް ނިންމައި އާންމުކުރެވޭ ރި ޯ‬

‫ސަބަބުން ތާރީޚާއި ސަގާފަތާއި އާދަކާދަޔަށް ޝައުގު ހުންނަ އެހެން ދަރިވަރުންނަށާއި އާންމުންނަށް ވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން‬

‫ދާނެއެވެ‪ .‬އަދި އަޅުގަނޑުމެން ހޯދާ މަޢުލޫމާތުތަކަކީ އަރކައިވްކުރެވޭ މަޢުލޫމާތުތަކެއް ކަމަށް ވާތީ އަންނަން އޮތް ޖީލުތަކަށް ވެސް ލ‪ .‬އަތޮޅުގެ‬

‫ތާރީޚާއި ސަގާފަތާއި އާދަކާދައާ ބެހޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެން ދާނެއެވެ‪ .‬އޭގެ ސަބަބުން ތާރީޚް ދިރާސާކުރާ ފަރާތްތަކަށް ވެސް‬

‫މަންފާކުރާނެއެވެ‪.‬‬
‫ބޖެޓް‬
‫ދަތުރުގެ ަ‬

‫މި ދަތުރަކީ އަޅުގަނޑުމެންގެ ކޯހުގެ ‪ 15‬ދަރިވަރުން ބައިވެރިވާ ދަތުރެކެވެ‪ .‬ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ވައިގެ މަގުންނެވެ ‪.‬އަދި ވަކިން‬

‫ޕޑް ލޯންޗުގައެވެ‪ .‬އެހެންކަމުން ދަތުރުތަކަށާއި ތިބުމާއި ކެއިންބުއިމުގެ ޚަރަދުތަކަށް‬


‫އޮންނަ ރަށްރަށަށް ދަތުރުކުރާ ގޮތަށް ހަމަޖެހިފައި ވަނީ ސް ީ‬

‫ހޭދަވާނެ ކަމަށް ބަލައި ކުރެވިފައިވާ އަންދާސީ ބަޖެޓް ތިރީގައި މި ވަނީއެވެ‪.‬‬

‫ނިންމުން‬

‫އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މަތީ ތަޢުލީމް ޙާޞިލްކުރާ ދަރިވަރުން މި ފަދަ ދަތުރުތައް ކޮށް މަޢުލޫމާތު ހޯދައި ދިރާސާކުރުމަކީ ނުހަނު‬

‫ބޭނުންތެރި ކަމެކެވެ‪ .‬ތިޔަ ޖަމިއްޔާ‪ ،‬ދަ ނޭޝަނަލް ކައުންސިލް އޮފް ވޮލަންޓިއަރީ ކަލްޗަރަލް އެސޯސިއޭޝަނަކީ މިފަދަ ކަމަކަށް އެއްބާރުލުން‬

‫ޕސަލްގައިވާ ކަންތައްތަކަށް ރިޢާޔަތްކުރައްވައި‪،‬‬


‫ޕރޮ ޯ‬
‫ދެއްވައި އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ މުހިންމު ފަރާތެކެވެ‪ .‬އެހެންކަމުން‪ ،‬މި ް‬

‫ޕންސަރގެ ގޮތުގައި މާލީ އެހީތެރިކަމެއް ދެއްވުމަށް އެދި ހުށަހަޅަމެވެ‪.‬‬


‫އަޅުގަނޑުމެންނަށް ސް ޮ‬

‫ދުވަސްވީ ރަށްވެހިގެ ޒަމާނީކުރުމަށް ހުށަހަޅާ ޕްރޮޕޯސަލް‬

‫ތަޢާރަފް‬

‫ޕސަލްގައި‬
‫ޕރޮ ޯ‬
‫ޕސަލްގެ ބޭނުމަކީ ރަށުގައި ހުރި ދުވަސްވީ ޢިމާރާތެއް ކަމުގައިވާ ރަށްވެހިގެ ތަޅާލުން ހުއްޓުވުމެވެ‪ .‬އެގޮތުން މި ް‬
‫ޕރޮ ޯ‬
‫މި ް‬

‫އަލިއަޅުވާލާނީ‪ ،‬މި ރަށުގައި ހުންނަ ދުވަސްވީ ރަށްވެހިގެއަކީ ތަޅާލައި ނައްތާލަން ޖެހޭ ތަނެއް ނޫންކަމާއި އެއީ ރަށުގައި ހުރި އަގުހުރި މުހިންމު‬

‫ބިނާއަކަށް ބަދަލުކުރެވޭނީ ކިހިނެއްކަން އަދި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ޢިމާރާތުން ފައިދާ ކުރާނެ ގޮތްތަކަށެވެ ‪.‬‬

‫ބނާއެއް‬
‫ރަށްވެހިގެއަކީ އަގުހުރި ި‬
‫ރަށުގެ އުތުރުފަރާތު ލަފާފުރާ ދިމާ އަތިރިމަތީގައި ހުންނަ ރަށްވެހިގެއަކީ އިހުގެ ކާބަފައިންގެ ފަންނުވެރި މަސައްކަތްތައް ދައްކުވައިދޭ އަދި ރަށުގެ‬

‫ވަރަށް ގިނަ ބަޔަކު އިޙްތިރާމްކުރާ ގަދީމީ ބިނާއެކެވެ‪ .‬އަހަރުތަކެއް ވަންދެން މި ޢިމާރާތް ބޭނުންނުކޮށް ހުރި ނަމަވެސް މި ޢިމާރާތަކީ އިހުގައި‬

‫ރަށު އޮފީހާއި ރަށު ކޯޓު ހިންގަމުން ގެންދިޔަ ރަށުގެ ހައިބަތު ދައްކުވައިދޭ އަދި ރަށުގެ ތާރީޚާ ގުޅިފައިވާ މުހިންމު ތަރިކައެކެވެ‪ .‬މިފަދަ އަގުހުރި‬

‫ބިނާއެއް ތަޅާލައި ނައްތާލުމަކީ ވަރަށް ދެރަ ކަމެކެވެ ‪.‬‬

‫ދުވަސްވީ ރަށްވެހިގެ ޒަމާނީ ތަނަކަށް ހަދާނީ ކިހިނެއް؟‬

‫އެހާ ދުވަސްވީ ޢިމާރާތެއް އެއްކޮށް އާބާތުރަ ފިލުވައި ޒަމާނާ އެއްގޮތަށް ތަރައްގީކުރުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ ‪.‬ނަމަވެސް ރަށުގެ‬

‫ހުނަރުވެރި މަސައްކަތްތެރިންނާއި އަރކިޓެކްޗަރުން ތިބީ މި މަސައްކަތް ކޮށްދިނުމަށް ތައްޔާރަށެވެ‪ .‬އަދި ރަށުގެ ވިޔަފާރިވެރިންނާއި ޒުވާނުންގެ‬

‫ޖަމިއްޔާއިން ވަނީ މި މަސައްކަތަށް ހިނގާ ޚަރަދު ދިނުމަށް އިސްނަގާފައެވެ‪ .‬އެހެންކަމުން މި ޢިމާރާތަކީ ރަށުގެ ތަރައްގީއާއި ކުރިއެރުން ފެންނަ‬

‫ހައިބަތު ހުރި އަދި ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވިފައިވާ ތާރީޚީ ބިނާއަކަށް ހެދުމަށް އަޅުގަނޑު ވަރަށް ބޮޑަށް ހުށަހަޅަމެވެ‪ .‬އޭރުން‪ ،‬ޒަމާނާ‬

‫އެއްގޮތަށް ތަރައްގީކުރެވިފައިވާ މުހިންމު ތާރީޚީ ބިނާއެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނެއެވެ ‪.‬‬

‫ބނެ ފައިދާތައް‬
‫ޢިމާރާތުން ރައްޔިތުންނަށް ލި ޭ‬

‫އަޅުގަނޑު މި ހުށަހަޅާ ކަންތައްތައް ކުރުމަށް ކައުންސިލުން ނިންމައިފި ނަމަ‪ ،‬އެކަމުން ރައްޔިތުންނަށް ނުހަނު ބޮޑެތި މަންފާތައް ކުރާނެއެވެ‪.‬‬

‫ރަށަށް އާމްދަނީ ވަންނަ އިތުރު މަގަކަށް މި ތަން ވާނެއެވެ‪ .‬މި ޢިމާރާތަކީ ރީތި ތަހުޒީބު އާސާރީ ބިނާއެއްގެ ގޮތުގައި ތަރައްގީ ކުރެވިފައިވާ‬

‫ޢިޖުތިމާޢީ މަރުކަޒަކަށް ހެދިއްޖެ ނަމަ‪ ،‬މި ތަން ބަލައިލުމަށް މި ރަށަށް ކައިރި ރަށްރަށުން މީހުން ޒިޔާރާތްކުރާނެއެވެ‪ .‬އަދި ރަށާއި‪ ،‬ކައިރި‬

‫ރަށްރަށަށް އަންނަ ފަތުރުވެރިން ވެސް މި ތަން ބަލައިލަން މިރަށަށް ޒިޔާރަތްކުރާނެއެވެ ‪.‬އޭގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށާއި ދަތުރުފަތުރުކުރާ‬

‫ފަރާތްތަކަށް ވެސް ފައިދާކުރާނެއެވެ‪ .‬ހަމައެހެންމެ‪ ،‬ރަށުގެ ކުދިބޮޑެތި އެންމެން ހިތްއުފާކޮށްލުމަށް ޒިޔާރަތްކުރާނެ ރީތި މަރުކަޒީ ބިނާއެއް ވެސް‬

‫ރަށަށް ލިބިގެން ދާނެއެވެ‪ .‬އަދި ރައްޔިތުން އިޙްތިރާމާއި ގަދަރުކުރާ‪ ،‬ފަޚުރުވެރިވާ ތާރީޚީ ބިނާއެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވުމުގެ‬

‫ހިތްހަމަޖެހުން ވެސް އާންމުންނަށް ލިބިގެން ދާނެއެވެ ‪.‬‬

‫ނިންމުން‬

‫އަޅުގަނޑު ދެކޭ ގޮތުގައި‪ ،‬ރަށްވެހިގެ ތަޅާނުލައި އެތަން ޒަމާނާ އެއްގޮތަށް ތަރައްގީކުރަން ޖެހެއެވެ‪ .‬އަދި އެއީ ތަފާތު އެހެނިހެން ޚިދުމަތްތައް‬

‫ޕސަލްގައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް‪ ،‬ރަށްވެހިގެ ތަޅާނުލައި‬


‫ޕރޮ ޯ‬
‫ފޯރުކޮށްދޭ ޢިޖުތިމާޢީ މަރުކަޒަކަށް ބަދަލުކުރަން ޖެހެއެވެ‪ .‬ވުމާއެކު‪ ،‬މި ް‬

‫ޒަމާނާ އެއްގޮތަށް ތަރައްގީކުރުމަށް އަޅުގަނޑު ކައުންސިލަށް ހުށަހަޅަމެވެ‪.‬‬

You might also like