You are on page 1of 31

‫ކިޔަވައިދިނުމުގެ ބޭނުމަށް އެޑިޓްކުރެވިފައި‬

‫ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ފަށާތަޢުލީމު އުނގަންނައިދޭން ބޮޑަށް ރަނގަޅީ ދިވެހިބަހުން ހެއްޔެވެ؟‬


‫ނުވަތަ ބޭރު ބަހަކުން ހެއްޔެވެ؟‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫"ޤައުމެއްގެ މާދަރީބަހަކީ އެ ޤައުމެއްގެ ރޫހާއި ސަގާފަތް ރަމުޒުކޮށްދޭ‪ ،‬އެ ޤައުމެއްގެ އަހުލުވެރިންގެ ހިތުގެ ބަހެވެ‪".‬‬
‫މިއީ ބަހަވީ ޢިލްމުވެރިން މާދަރީބަހަށް ދެއްވާފައިވާ ޤަދަރާއި ޝަރަފެވެ‪ .‬އެހެންނަމަވެސް ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި‬
‫އިލްމު އުނގަންނައިދޭއިރު‪ ،‬މާދަރީބަހަށްވުރެ ބޮޑު އިސްކަމެއް ދީފައިވަނީ ބޭރު ބަސްބަހަށެވެ‪ .‬މައިގަނޑު ސަބަބަކީ އެ‬
‫ބަސްބަހަށް ދަރިވަރުން މޮޅުކުރުމެވެ‪ .‬އޭގެ ސަބަބުން މަތީތައުލީމުގެ ފުރުސަތު ތަނަވަސްވެ‪ ،‬ބޮޑެތި މުސާރަތަކުގެ ވަޒީފާތައް‬
‫ލިބޭނެކަމަށް ގަބޫލުކުރެވޭތީއެވެ‪ .‬އެހެންނަމަވެސް ބަހުގެ މާހިރުންގެ ދިރާސާތަކުން ހާމަވާގޮތުގައި‪ ،‬ފަށާތައުލީމު އުނގެނޭ‬
‫ދަރިވަރުންނަށް ބޭރު ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި މާދަރީބަހުން ކިޔަވައިދިނުމަކީ‪ ،‬ދަރިވަރުންނަށާއި ގައުމުގެ‬
‫ކުރިމަގަށް އެތައް ގޮތަކުން މަންފާކުރާނެ ކަމެކެވެ‪ .‬އެހެންކަމުން ދިވެހިރާއްޖޭގެ އިސްކޫލުތަކުގައި ފަށާތަޢުލީމު‬
‫އުނގަންނައިދޭން ބޮޑަށް ރަނގަޅުވާނީ‪ ،‬ބޭރު ބަސްބަހަށްވުރެ‪ ،‬ދިވެހިބަހުން ކަމާމެދަކު ޝައްކެއްނެތެވެ‪.‬‬

‫ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް ބޭރު ބަހަކުން ކިޔަވައިދިނުމުގެ ބަދަލުގައި‪ ،‬މާދަރީ ބަހުން ކިޔަވައިދޭ ނަމަ‪ ،‬ގެއަށް‬
‫ހަވާލުކުރާ މަސައްކަތް ނިންމަން ދަރިވަރުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެއެވެ‪ .‬ސަބަބަކީ އެ ކުދިން ފަރިތަކަމާ އެކު‬
‫ވާހަކަދައްކައި‪ ،‬ލިޔެކިޔައި ހަދާ ބަހަކީ ދިވެހިބަސްކަމުގައި ވެފައި‪ ،‬އެ ކުދިން ކިޔަވާ ހުރިހައި މާއްދާއެއްގެ ފޮތްތައް ވެސް‬
‫ލިޔެފައި ހުންނާނީ ދިވެހިބަހުންކަމަށް ވާތީއެވެ‪ .‬އެހެންކަމުން ކޮންމެ ފިލާވަޅެއްގެ އިރުޝާދު ވެސް ކިޔައިލުމާ އެކު‪ ،‬އެ‬
‫ފިލާވަޅެއް ހަދަންވީ ގޮތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ‪ .‬ހިސާބު ފިލާވަޅެއް ކަމަށްވިޔަސް‪ ،‬ސައިންސް ފިލާވަޅެއް‬
‫ކަމަށްވިޔަސް‪ ،‬ދަތިކަމެއް ނެތި ނިންމާލެވޭނެއެވެ‪ .‬އެހެންނަމަވެސް ބޭރު ބަހަކުން ކިޔަވައިދޭ ނަމަ‪ ،‬ފިލާވަޅުތައް‬
‫ނިންމުމުގައި ވަރަށް ގިނަ ހުރަސްތައް ދަރިވަރުންނަށް ކުރިމަތިވެއެވެ‪ .‬އެ ކުދިން ބޭނުންކުރާ ފޮތްތަކާއި ހަދަންޖެހޭ‬
‫ފިލާވަޅުތަކާއި އެ ފިލާވަޅުތައް ހަދަންވީ ގޮތުގެ އިރުޝާދުތައް ބޭރު ބަސްބަހުން ހުންނާތީއެވެ‪ .‬ފަށާއުމުރުގެ ގިނަ‬
‫ކުދިންނަކީ‪ ،‬ބޭރު ބަހަކަށް މާ ބޮޑަށް އަހުލުވެރިވެފައި ތިބޭ ކުދިންނަށް ނުވާތީ‪ ،‬އެ ފަދަ ފިލާވަޅުތައް ހަދަންވީގޮތް އެންމެ‬
‫ފުރިހަމައަށް ދޭހަނުވެ‪ ،‬ފިލާވަޅުތައް ނިންމުމުގައި ހުރަސްތައް ކުރިމަތިވެއެވެ‪ .‬އެހެންކަމުން ދިވެހިރާއްޖޭގެ އިސްކޫލުތަކުގެ‬
‫ފަށާތައުލީމު އުނގެނޭ ދަރިވަރުންނަށް ބޭރު ބަހަކުން ކިޔަވައިދިނުމަށްވުރެ‪ ،‬ދިވެހިބަހުން ކިޔަވައިދޭ ނަމަ‪ ،‬ގެއަށް‬
‫ހަވާލުކުރެވޭ މަސައްކަތް ނިންމުމުގައި‪ ،‬ދަރިވަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބޭނެއެވެ‪.‬‬
‫‪1‬‬
‫އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ ނަތީޖާ ބިނާވާނީ‪ ،‬އެ ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތާއި ކިޔެވުމުގައި އެ ދަރިވަރުންގެ‬
‫އަމަލުތައް ބެހެއްޓޭ ގޮތެއްގެ މައްޗަށްކަމަށް ވުމުން ފަށާތައުލީމުގެ އުމުރުގައި މާދަރީ ބަހުން ކިޔަވައިދޭ ނަމަ‪،‬‬
‫އިމްތިހާނުތަކުގައި ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުވާނެކަން ކަށަވަރެވެ‪ .‬ދިރާސާތަކުން ދައްކާގޮތުގައި ފަށާތައުލީމުގެ‬
‫ދަރިވަރުންނަށް މާދަރީބަހުން ކިޔަވައިދޭ ނަމަ‪ ،‬ދެވަނަ ބަހެއް ދަސްކުރަން ފަސޭހަވެ‪ ،‬އެހެން މާއްދާތަކަށް ވެސް ދަރިވަރުން‬
‫މޮޅުވާނެއެވެ‪ .‬ދިވެހިރާއްޖޭގައި އިނގިރޭސިބަހުން ކިޔަވައިދެއްވާ މުދައްރިސުން ހިމަނައިގެން ކޮށްފައިވާ ދިރާސާއެއްގައި‪،‬‬
‫‪ 53%‬މުދައްރިސުން ވިދާޅުވެފައި ވަނީ‪ ،‬ފަށާއުމުރުގެ ދަރިވަރުންނަށް ދިވެހިބަހުން ކިޔަވައިދޭ ނަމަ‪ ،‬ފިލާވަޅުތައް‬
‫އޮޅުންފިލުވައިދޭން ފަސޭހަވެފައި‪ ،‬ނަތީޖާއަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށެވެ‪ .‬އެހެންނަމަވެސް ދިވެހިރާއްޖޭގެ‬
‫އިސްކޫލުތަކުގައި ފަށާތައުލީމުގެ ދަރިވަރުންނަށް ބޭރުބަސްބަހުން ކިޔަވައިދިނުމުން‪ ،‬އެ ކުދީންނަށް އެންމެ ފުރިހަމަ ނަތީޖާ‬
‫ނުނެރެވޭކަން ދިރާސަތަކުން އަންނަނީ ފެންނަމުންނެވެ‪ .‬ޔުނެސްކޯއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި‪2011 ،‬‬
‫ވަނަ އަހަރު އައިޖީއެސްސީ އިމްތިޙާނު ހެދި ދިވެހި ދަރިވަރުންގެ ތެރެއިން ‪ 5‬މާއްދާއިން ފާސްވެފައިވަނީ‪50% ،‬‬
‫ދަރިވަރުންނެވެ‪ .‬އިނގިރޭސި މާއްދާއިން ފާސްވެފައި ވަނީ‪ ،‬އެންމެ ‪ 20%‬ދަރިވަރުންނެވެ‪ .‬މިއީ ފަށާ ތައުލީމުގެ‬
‫މަރުހަލާގައި އިނގިރޭސިބަހުން ކިޔަވައިދިން ދަރިވަރުންގެ ނަތީޖާއެވެ‪ .‬އެހެންކަމުން ފަށާތައުލީމުގެ މަރުޙަލާގައި ބޭރު‬
‫ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި ދިވެހިބަހުން ކިޔަވައިދީފި ނަމަ‪ ،‬ދަރިވަރުންގެ ނަތީޖާ ރަނގަޅުވާނެކަމީ ކަށަވަރު‬
‫ކަމެކެވެ‪.‬‬

‫ފަށާތައުލީމުގެ މަރުހަލާގައި ދިވެހިބަހުން ކިޔަވައިދިނުމަކީ ކިޔަވާކުދިންގެ ދިވެހިބަހުގެ ފެންވަރު ވެސް ރަނގަޅުވާނެ‬


‫އ‬
‫ހ ި‬
‫ކަމެކެވެ‪ .‬ސަބަބަކީ އެ ކުދިންގެ ތައުލީމުގެ ފުރަތަމަ ބިންގާ އެޅޭ ބަހަކީ ދިވެހިބަސް ކަމަށްވެފައި‪ ،‬ކިޔެވުމުގެ ހުރި ަ‬
‫ވަގުތެއް ވެސް އެ ކުދިން ހޭދަކުރާނީ ދިވެހިބަހުގެ މާހައުލެއްގެ ތެރޭގައި ކަމަށްވާތީއެވެ‪ .‬ގޭގައި ވެސް އަދި އިސްކޫލު‬
‫މާހައުމުގައި ވެސް އެ ކުދިންގެ އެންމެ ގާތް ބަހަކަށްވާނީ ދިވެހިބަހެވެ‪ .‬ލިޔެކިޔައި ހެދުމާއި އިސްކޫލުގެ ފިލާވަޅުތައް‬
‫ނިންމުމުގައި ވެސް ދިވެހިބަސް ނޫން ބަހަކާ ދިމާއަށް އަތްދިއްކޮށްލާކަށް ނުޖެހޭނެއެވެ‪ .‬ނަތީޖާއަކަށްވާނީ ބަސްކޮށާރު‬
‫މުއްސަނދި‪ ،‬އިބާރާތްކުރާން ފަރިތަ‪ ،‬ބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ލޯ ހުޅުވިފައިވާ ކުދިންތަކަށް އެ ކުދީން ވުމެވެ‪.‬‬
‫އެހެންނަމަވެސް މި އުމުރުފުރައިގެ ދަރިވަރުންނަށް ބޭރުބަސްބަހުން ކިޔަވައިދެމުން ގެންދާތީ‪ ،‬މިއަދު އެ ކުދީން‬
‫ތަޖުރިބާކުރާން ޖެހިފައިވަނީ‪ ،‬މުޅިން ތަފާތު ހާލަތެކެވެ‪ .‬ބޭރުބަސްބަސް އެ ކުދިންގެ މިހުރާބަކަށް ވެފައިވާތީ‪ ،‬ދިވެހިބަސް‬
‫ވެފައި ވަނީ ބީރައްޓެހި ބަހަކަށެވެ‪ .‬އެހެންކަމުން ގިނަ ކުދިންގެ ދިވެހިބަހުގެ ފެންވަރު އިންތިހާއަށް ދަށެވެ‪ .‬ނަތީޖާއަކަށްވަނީ‬
‫އެ ކުދިންނަށް ދިވެހިބަސް ފޫހި ބަހަކަށްވެ‪ ،‬ކިޔަވަން ވެސް ބޭނުންނުވާ ބަހަކަށްވުމެވެ‪ .‬އެހެންކަމުން ފަށާތަޢުލީމުގެ‬
‫މަރުޙަލާގައި އިނގިރޭސިބަހުން ކިޔަވައިދިނުމުގެ ބަދަލުގައި‪ ،‬ދިވެހިބަހުން ކިޔަވައިދޭ ނަމަ‪ ،‬ދަރިވަރުންގެ ދިވެހިބަހުގެ‬
‫ފެންވަރު މިހާރަށްވުރެ ރަނގަޅުވާނޭކަން ކަށަވަރެވެ‪.‬‬

‫‪2‬‬
‫ދިވެހިރާއްޖޭގެ ފަށާތައުލީމުގެ މަރުހަލާގައި ބޭރު ބަސްބަހުން ކިޔަވައިދިނުމުގެ ބަދަލުގައި‪ ،‬ދިވެހިބަހުން ކިޔަވައިދޭން‬
‫ފަށައިފި ނަމަ‪ ،‬ކިޔަވައިދޭ ތަކެތި ދަރިވަރުންނަށް އޮޅުންފިލާ މިންވަރު އިތުރުވާނެއެވެ‪ 2011 .‬ވަނަ އަހަރު ޓީޗަރ‬
‫އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޓޭމް) އިން ކޮށްފައިވާ ދިރާސާއަކުން ދެއްކިގޮތުގައި‪ ،‬މާދަރީބަހުން ކިޔަވައިދޭ‬
‫ދ‬
‫މުދައްރިސުން‪ ،‬ފިލާވަޅުތައް އޮޅުންފިލުވައި ދޭއިރު‪ ،‬މާ ގިނަ މިސާލުތަކާއި ނަމޫނާތައް ދަރިވަރުންނަށް ދައްކައެވެ‪ .‬އަ ި‬
‫ކުލާސްތެރޭގެ ހަރަކާތްތެރިކަން ބޮޑެވެ‪ .‬އޭގެ ސަބަބުން ދަރިވަރުންނަށް އޮޅުންފިލާ މިންވަރު ބޮޑެވެ‪ .‬އެއާޚިލާފަށް މި‬
‫އ‬
‫އުމުރުގެ ކުދީންނަށް ބޭރު ބަހަކުން ކިޔަވައިދޭ ނަމަ‪ ،‬ފިލާވަޅުތައް އޮޅުންފިލުމުގައި ހުރަސްތައް ކުރިމަތިވެއެވެ‪ .‬އެ ް‬
‫ކަމަކީ މުދައްރިސުންގެ ބަހުގެ ފެންވަރު ދަށްވުމެވެ‪ .‬ރާއްޖޭގައި އިނގިރޭސިބަހުން ކިޔަވައިދެއްވާ މުދައްރިސުން‬
‫ހިމަނައިގެން ހަދާފައިވާ ދިރާސާއަކުން ދެއްކިގޮތުގައި‪ ،‬އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދެއްކޭކަމަށް އެއްބަސްވެފައިވަނީ‬
‫އެންމެ ‪ 5%‬މުދައްރިސުންނެވެ‪ .‬އަނެއްކަމަކީ މި އުމުރުގެ ގިނަ ދަރިވަރުން ބޭރު ބަސްބަހަށް އަހުލުވެރިނުވުމެވެ‪.‬‬
‫އެހެންކަމުން މުދައްރިސުން ކިތަންމެ ރަނގަޅަށް އޮޅުންފިލުވައިދޭން މަސައްކަތްކުރި ނަމަވެސް‪ ،‬ދަރިވަރުންނަށް ފަހުމުވާ‬
‫މިންވަރު ކުޑަވެއެވެ‪ .‬ކަންމިހެން އޮތުމާއެކު ފަށާތަޢުލީމުގެ މަރުޙަލާގައި‪ ،‬ބޭރުބަހަކުން ކިޔަވައިދިނުމުގެ ބަދަލުގައި‪،‬‬
‫ދިވެހިބަހުން ކިޔަވައިދިނުމުން‪ ،‬ކިޔަވައިދޭ އެއްޗެހި ފަސޭހައިން އޮޅުންފިލާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ‪.‬‬

‫ފަށާތަޢުލީމުގެ މަރުޙަލާގައި ބޭރު ބަސްބަހުގެ ބަދަލުގައި މާދަރީބަހުން ކިޔަވައިދިނުމަކީ‪ ،‬ދަރިވަރުންނަށާއި ޤައުމަށް ނުހަނު‬
‫ގިނަގުނަ ފައިދާކުރާނެ ކަމެކެވެ‪ .‬އޭގެ ސަބަބުން ގެއަށް ހަވާލުކުރެވޭ މަސައްކަތް‪ ،‬ދަތިކަމެއް ނެތި ނިންމާލެވުމުގެ‬
‫ޝަރަފު‪ ،‬ދަރިވަރުންނަށް ލިބޭނެއެވެ‪ .‬އިމްތިޙާނުތަކުގައި ރަނގަޅު ނަތީޖާ ނެރެވުމުގެ ފަޚުރު‪ ،‬ދަރިވަރުން ލިބިގަންނާނެއެވެ‪.‬‬
‫ދިވެހިބަހުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަކަމުގެ ހިތްހަމަޖެހުން ދަރިވަރުންނަށް ލިބޭނެއެވެ‪.‬‬
‫ކިޔަވައިދޭ ތަކެތި ފަސޭހަކަމާ އެކު ނަގައިގަނެވުނުކަމުގެ އުފާ‪ ،‬ދަރިވަރުންނަށް ޙާޞިލުވާނެއެވެ‪ .‬މި ފަދަ އެތައް‬
‫ފައިދާތަކެއް ހުރުމުން‪ ،‬ދިވެހިރާއްޖޭގެ ފަށާތައުލީމުގެ މަރުޙަލާގައި‪ ،‬ބޭރު ބަސްބަހުން ކިޔަވައިދިނުމަށްވުރެ‪ ،‬ދިވެހި ބަހުން‬
‫ކިޔަވައިދިނުމުން‪ ،‬ދަރިވަރުންނަށްކުރާ ފައިދާ ހުރިހައި ގޮތަކުން ވެސް ބޮޑުވާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ‪.‬‬

‫‪3‬‬
‫ޓެކްނޮލޮޖީ ބޭނުންކުރާ ގޮތުގެ ސަބަބުން ޒުވާނުންނަށް ލިބޭ ގެއްލުންތައް‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތަކީ‪ ،‬ވިހަގަދަ ހަތިޔާރަކަށްވުރެ ވެސް ނުރައްކާތެރި އެއްޗެކެވެ‪ .‬ކީއްވެގެންތޯއެވެ؟‬


‫ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުންކުރެވޭ ގޮތުގެ ސަބަބުންނެވެ‪ .‬މިއަދު މުޅި ދުނިޔެ މި ވަނީ‪ ،‬ފަންނިއްޔާތުގެ ބާރުގެ‬
‫ދަށުގައި “ހައްޔަރު” ވެފައެވެ‪ .‬އެއާ ނުލައި އިންސާނުންނަށް ދިރިއުޅޭން ދަތިވާ ފަދަ އެއްޗަކަށް ވެފައެވެ‪ .‬އަޅާ ކޮންމެ‬
‫އ‬
‫ރ ް‬
‫ފިޔަވަޅަކާއި ލާ ކޮންމެ ނޭވާއަކާ ގުޅިލާމެހިފައިވާ އެއްޗަކަށް ވެފައެވެ‪ .‬މި ފަދަ މުހިންމު ވަޞީލަތެއް‪ ،‬ވިހަގަދަ ހަތިޔާ ެ‬
‫ފަދަ އެއްޗަކަށް ވެފައި ވާ ކަމީ‪ ،‬އެއާމެދު ފިކުރު ހިންގާން ޖެހޭ ކަމެކެވެ‪ .‬ޚާއްޞަކޮށް ޒުވާނުން މި ކަމަށް ދޭންޖެހޭ‬
‫ސަމާލުކަން ވަކިން ބޮޑެވެ‪ .‬ސަބަބަކީ މީގެ ސަބަބުން ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރު ބޮޑުވީމައެވެ‪ .‬އާދޭހެވެ!‬
‫ފަންނިއްޔާތު ބޭނުންކުރެވޭ ގޮތުގެ ސަބަބުން‪ ،‬އަދުގެ ޒުވާނުންނަށް ތަފާތު އެކި ކަހަލަ ގެއްލުންތައް އަންނަނީ ލިބެމުންނެވެ‪.‬‬

‫ފަންނިއްޔާތުގެ ބޭނުންހިފޭ ގޮތުގެ ސަބަބުން‪ ،‬އެތައް ޒުވާނުންނެއްގެ ޢަޤީދާ ބަލިކަށިވަމުން އަންނަކަމީ‪ ،‬ދެބަސްވެވެން‬
‫ނެތް ހަގީގަތެކެވެ‪ .‬ފަންނިއްޔާތުގެ ދުނިޔެއަކީ ހެއްލުންތެރި ގެއްލުން ބޮޑު ދުނިޔެއެކެވެ‪ .‬ފަންނިއްޔާތުގެ ރަސްގެފާނު‬
‫ކަމަށްވާ އިންޓަނެޓަކީ‪ ،‬ދުނިޔޭގައި ލެއްވި ހުރިހައި ރަހައެއް‪ ،‬އޭގައި ޖެހިފައިވާ ވިއުގައެކެވެ‪ .‬މި ވިއުގައިގެ ތެރޭގައި‪،‬‬
‫މާތްވެގެންވާ އިސްލާމްދީނުގެ ޢަދުއްވުން ފަތުރާފައި ހުރި ކެހިވެރި އެތައް ދަލެއް ހިމެނެއެވެ‪ .‬ވިސްނާންޖެހޭ މިންވަރަށް‬
‫އ‬
‫އ ް‬
‫ވިސްނާނުލައި ބޭނުންކުރާން ފަށައިފި ނަމަ‪ ،‬މިއިން ދަލެއްގައި ނުހަނު ފަސޭހައިން ޖެހިދާނެއެވެ‪ .‬އެކަން މިއަދުގެ ބަ ެ‬
‫ޒުވާނުންގެ ކިބައިން‪ ،‬ފެންނަމުން އެބަ ދެއެވެ‪ .‬ދީނާ ފުށުއަރާ ކަންކަން ޤަބޫލުކުރާ ޒުވާނުންގެ އަދަދު‪ ،‬އެއް ދުވަހުން‬
‫ޑ‬
‫އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ‪ .‬އިސްލާމީ ޝަރީޢަތާ ދެކޮޅަށް ދެކެވޭ ވާހަކަތަކުގައި‪ ،‬ޒުވާނުންގެ އަ ު‬
‫އަންނަނީ ގަދަވަމުންނެވެ‪ .‬މަރަށް މަރުހިފުމާ ދެކޮޅު ހަދައެވެ‪ .‬އެއް ޖިއްސުން ކައިވެނިކުރުމަކީ‪ ،‬މައްސަލައެއް ނޫންކަމަށް‬
‫ބުނެ ވަކާލާތުކުރެއެވެ‪ .‬ނަމާދުކުރުމާއި ރޯދަހިފުން ފަދަ އަޅުކަންތަކަށް ހަޖޫޖަހައެވެ‪ .‬މި ފިކުރު ޒުވާނުންނާ ހަމައަށް‬
‫ގެނެސްދޭ މެދުވެރިއަކީ ފަންނިއްޔާތުގެ އެކިއެކި ވަޞީލަތްތަކެވެ‪ .‬އެހެންކަމުން ޒުވާނުންގެ ޢަޤީދާ ބަލިކަށިވުމަކީ‪،‬‬
‫ފަންނިއްޔާތު ބޭނުންކުރެވޭ ގޮތުގެ ސަބަބުން‪ ،‬އެބައިމީހުންނަށް ލިބެމުން އަންނަ ވަރަށް ބޮޑު ގެއްލުމެކެވެ‪.‬‬

‫ލިބިފައިވާ އަގުހުރި ވަގުތުކޮޅު ބޭކާރުގޮތުގައި ބީވެ ދިޔުމަކީ ވެސް‪ ،‬ފަންނިޔާތުގެ ބޭނުން ހިފޭ ގޮތުގެ ސަބަބުން މިއަދު‬
‫ޒުވާނުންނަށް ކުރަންޖެހޭ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ‪ .‬ޝައްކެއްނެތް ގޮތުގައި ވަގުތަކީ ވަރަށް އަގު ބޮޑު ނިޢުމަތެކެވެ‪.‬‬
‫އެ ނިޢުމަތަކަށް އިންސާނާ ވަރަށް ބޮޑަށް ޣާފިލުވެފައިވާ ނިޢުމަތެއް ވެސް މެއެވެ‪ .‬ދުނިޔަވީ ހަޔާތުގައި ލިބިފައިވަނީ‬

‫‪4‬‬
‫ކިހައި ކުޑަކުޑަ ވަގުތުކޮޅެއްކަމާ މެދު ގިނަ މީހުންނަށް ވިސްނައެއް ނުލެވެއެވެ‪ .‬މިހެން މިކަން އޮއްވާ‪ ،‬ފަންނިއްޔާތުގެ‬
‫ދަންތުރައިގައި ޖެހި އިންސާނާ ހައްޔަރުވެއްޖެއެވެ‪ .‬އެއާއެކު ވަގުތު އިސްރާފުކުރުން މި ވަނީ ހައްދުން ނެއްޓިފައެވެ‪ .‬މި‬
‫ކމެއް‬
‫ކަމުގައި އެންމެ ކުރީ ސަފުން ޖާގަ ކަށަވަރުކުރީ ޒުވާނުންނެވެ‪ .‬ދުނިޔެއާއި އާޚިރަތަށް ޓަކައި ކުރާން ހުރި އެތައް ަ‬
‫ދޫކޮށްލާފައި‪ ،‬ފަންނިއްޔާތުގެ އެކިއެކި ވަސީލަތްތަކުގެ އަޅުންނަށްވެ ތިބެ‪ ،‬ވަގުތުތައް ބަރުބާދުކުރަމުން ގެންދަނީ‪ ،‬ޚިޔާލެއް‬
‫ފިކުރެއް ނެތިއެވެ‪ .‬ތަފާތު ނަންނަމުގައި އުފައްދާފައި ހުރި ސީރީޒްތަކާއި ފިލްމުތައް ބެލުމުގައެވެ‪ .‬އަތުން ދޫކޮށްނުލެވޭ‬
‫ފަދަ ގޭމްތައް ކުޅުމުގައެވެ‪ .‬އިންޓަނެޓުގެ އެކިއެކި ވެބްސައިޓްތަކާއި އޮޅިތައް ހޭވުމުގައެވެ‪ .‬ދީނީ ވާޖިބުތަކާއި ވަޒީފާގެ‬
‫މަސްއޫލިއްޔަތުތަކާއި ދިރިއުޅުމުގެ ޒިންމާތަކަށް ލޯ މަރާލައިގެން ތިބެއެވެ‪ .‬އެހެންކަމުން ލިބިފައިވާ އަގުހުރި ވަގުތުތައް‬
‫ބޭކާރުވެ ދިޔުމަކީ‪ ،‬ފަންނިއްޔާތުގެ ސަބަބުން ޒުވާނުންނަށް ލިބެމުން އަންނަ ކޮން ފަދަ ބޮޑު ގެއްލުމެއްތޯއެވެ‪.‬‬

‫ބުއްދި ސަލާމަތުން ހުރި އެއްވެސް އިންސާނަކު‪ ،‬އޭނާގެ އަބުރު ފައިދަށުވެ‪ ،‬ކުދިކުދިވެ‪ ،‬ޗިސްޗިސްވާން ނޭދުނަސް‬
‫ފަންނިއްޔާތުގެ މޫތައް މުޖުތަމައުގެ ހަ ފަރާތަށް ފެތުރި‪ ،‬ޒުވާނުން ހުވަފެނީ އާލަމެއްގައި ބައިތިއްބައިގެން‪ ،‬އެބައިމީހުންގެ‬
‫އަބުރު ކަތިލަމުން ދާކަމީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ‪ .‬މިއީ ފަންނިއްޔާތުގެ އެއް ބަހާ ކަމަށްވާ‪ ،‬މީސްމީޑިޔާގެ ބާރުގަދަ‬
‫ވިއުގައިގެ ތެރޭގައި‪ ،‬ހިންގަމުން އަންނަ ވަރަށް ބޮޑު ޖަރީމާއެކެވެ‪ .‬ވިސްނައި ނުލައި ހުރެ ފަންނިއްޔާތުގެ ދުނިޔޭގައި‬
‫އެޅޭ ކަތި ފިޔަވަޅެއްގެ ސަބަބުން‪ ،‬ފަޟީޙަތްވީ ކިތައްކިތައް ޒުވާނުން ހެއްޔެވެ؟ އަނެކާގެ އަގު ވައްޓާލުމުގެ ގަސްދުގައި‬
‫ހަގީގަތެއް ނެތް ވާހަކަތައް ފަތުރަނީ ކިތައް ޒުވާނުން ހެއްޔެވެ؟ ދާދިމިދާކަށް ދުވަހު ކިޔަވާކުއްޖެއްގެ އަބުރު‪ ،‬ބަޔަކު‬
‫މީހުން ކަތިލައި އަޅައިލި އަޅައިލުމަކީ‪ ،‬މި ކަމުގެ ވަރަށް ސާފު ހެތްކެކެވެ‪ .‬މީސްމީޑިޔާގައި ފެތުރި ދޮގު ވާހަކަތަކެއްގެ‬
‫ސަބަބުން‪ ،‬އެ ކުއްޖާ ކިޔެވުމުން މަޙުރޫމުވެ‪ ،‬މުޖުތަމައުގައި ފަޟީޙަތްވިއެވެ‪ .‬ބޮޑު ގިލަންވެރިކަމެއްގެ ތެރެއަށް މުޅި‬
‫ޢާއިލާ ފެތުނެވެ‪ .‬މި ފަދަ އެތައްއެތައް ހާދިސާއެއް މި މުޖުތަމަޢުގައި ހިނގައެވެ‪ .‬އެހެންކަމުން ފަންނިއްޔާތުގެ ބޭނުންކުރެވޭ‬
‫ގޮތުގެ ސަބަބުން‪ ،‬އަބުރު ގެއްލި ފަޟީޙަތްވަމުން ދިޔުމަކީ‪ ،‬އެކަމުގެ ސަބަބުން އަދުގެ ޒުވާނުންނަށް ލިބެމުން އަންނަ‬
‫ނުހަނު ބޮޑު ގެއްލުމެކެވެ‪.‬‬

‫ފަންނިއްޔާތުގެ މަދަދާއެކު އުފައްދާފައި ހުރި‪ ،‬މުނިފޫހި ފިލުވުމުގެ ގިނަ ބާވަތްތަކަކީ ޒުވާނުންގެ ހަރަކާތްތެރިކަމަށް‬
‫ހުރަސްއަޅާފައިވާ ބާވަތްތަކެކެވެ‪ .‬މި ފަދަ ބާވަތްތައް ދުނިޔެއަށް ނޭވާލުމާއެކު‪ ،‬މި ތަކެތީގެ އަވާގައި އެތައް ޒުވާނުންނެއް‬
‫ވަނީ ޖެހި ހަފުސްވެފައެވެ‪ .‬އެ ފަދަ ތަކެތީގެ ބައިވެރިއެއްގެ ގޮތުގައި ރެއާއި ދުވާލުގެ އެތައް ވަގުތެއް ހޭދަކުރެއެވެ‪ .‬ތަފާތު‬
‫ނަންނަމުގައި އުފައްދާފައި ހުންނަ ފިލްމުތަކާއި ސީރީޒްތަކާއި ގޭމްތަކުގެ އިތުރުން‪ ،‬މީސްމީޑިޔާގެ އެކިއެކި މަންސަތަކުގެ‬
‫ޖާދޫގައިޖެހި ހައްޔަރުވެ ތިބެއެވެ‪ .‬ގެއްލެމުންދާ ސިއްހީ ދުޅަހެޔޮކަމަށް ފަރުވާލެއް ނެތިއެވެ‪ .‬ނަތީޖާއަކީ ޞިއްޙީ‬
‫ބަލިމަޑުކަމެއްގެ ޝިކާރައަކަށް ޒުވާން ޖީލު ވުމެވެ‪ .‬ނޫކަށި އުމުރުގައި ބަލި ދާނުގައި އޮންނާން ޖެހުމެވެ‪ .‬ލޭމައްޗަށް‬
‫ކޮލެސްޓްރޯލް މަތިވުން ފަދަ ކަންކަމުގެ އިތުރުން‪ ،‬ލޮލުގެ ބަލިތަކާއި ފަލަ ބައްޔާ‬ ‫ދިޔުމާއި ހަކުރުބައްޔާއި‬

‫‪5‬‬
‫ހަނގުރާމަކުރަމުން ދާ ޒުވާނުންގެ އަދަދު މިއަދު ވަނީ އިންތިހާއަށް އަރާފައެވެ‪ .‬އެހެންކަމުން ފަންނިއްޔާތުގެ ސަބަބުން‬
‫ހެލިފެލިވެ އުޅުމަށް ހުރަސްއެޅި‪ ،‬ތަފާތު ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމަކީ‪ ،‬ޒުވާނުންނަށް ލިބެމުން އަންނަ ވަރަށް ބޮޑު‬
‫ގެއްލުމެކެވެ‪.‬‬

‫ފަންނިޔާތުގެ ސަބަބުން ޒުވާނުންގެ އުޅުމަށް އައި ބަދަލުތަކަކީ ކަންބޮޑުވާން ޖެހޭ ފަދަ ބޮޑެތި ބަދަލުތަކެކެވެ‪ .‬ކާބަފައިންގެ‬
‫ދުވަސްވަރުގެ ދިވެހި ޒުވާނުންނަކީ‪ ،‬ރިވެތި އާދަތަކަކަށް ތަބާވެގެން އުޅުނު‪ ،‬ގޮތްފޮތް ހުރި ބަޔެކެވެ‪ .‬އެ ޒަމާނުގެ‬
‫ވާހަކަތަކާއި ދިވެހިންގެ ތާރީޚީ ފޮތްތަކުން މި ކަން ފެންނާން އެބަ ހުއްޓެވެ‪ .‬އެހެންނަމަވެސް މިއަދުގެ ގިނަ ޒުވާނުންގެ‬
‫ކިބައިން އެ ފަދަ ރީތި ސިފަތަކެއް ނުފެނެއެވެ‪ .‬އޭގެ ބަދަލުގައި ފެންނަނީ‪ ،‬އަދަބު އަޚުލާޤުގެ ކުލައެއް ރަހައެއް ޖެހިފައި‬
‫ނެތް ޒުވާނުންތަކެކެވެ‪ .‬މަގުމަތީގެ އަދަބުތަކަށް އިހުތިރާމް ކުރުމެއް ނޯވެއެވެ‪ .‬މައިންބަފައިންނަށާއި އުމުރުން ދުވަސްވީ‬
‫މީހުންނަށް ޤަދަރުކުރުމެއް ނޯވެއެވެ‪ .‬ކުށްތަކަށް އަރައިގަތުން ވަނީ ޒަމާނީ ކަމަކަށް ހަދާފައެވެ‪ .‬މި ޖީލުގެ ޒުވާނުނަށް މި‬
‫ފަދަ ބަދަލުތަކެއް އައިސްފައި މި ވަނީ ކީއްވެގެންތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި‪ ،‬މި ކަންކަމުގެ އެންމެ ބޮޑު ސަބަބަކީ‪،‬‬
‫ހުޅަނގުގެ މީހުންގެ ކިބައިގައި ހުރި ބޭއަދަބީ އުޅުމާއި ބަސްމަގު‪ ،‬އަޅުގަނޑުމެންގެ ސިޓިންރޫމުތަކާއި ކޮޓަރިތަކާ ހަމައަށް‬
‫އައިސްފައި ވާތީއެވެ‪ .‬ފާރުތަކާއި ފަންގިފިލާތަކުގައި ބިންވަޅުނެގިފައި ވާތީއެވެ‪ .‬ނަތީޖާއެއްގެ ގޮތުން އެ އުޅުމާއި ބަސްމަގު‬
‫ޒުވާނުންނަށް ކަމުގޮސް‪ ،‬އެ ގޮތަށް އުޅެންފެށީއެވެ‪ .‬އެހެންކަމުން ފަންނިއްޔާތުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ނޭދެވޭ‬
‫ސިފަތައް އަށަގަތުމަކީ ވެސް‪ ،‬އެބައިމީހުންނަށް ލިބެމުން އަންނަ ނުހަނު ބޮޑު ހިތާމައެކެވެ‪.‬‬

‫ޝައް ކެއްނެތެވެ! ފަންނިއްޔާތުގެ ބޭނުންކުރެވޭ ގޮތުގެ ސަބަބުން އަދުގެ ޒުވާނުންނަށް ގިނަގުނަ ގެއްލުންތަކެއް ދަނީ‬
‫ލިބެމުންނެވެ‪ .‬އޭގެތެރޭގައި‪ ،‬އެބައިމީހުންގެ ހިތުގައި ބިންވަޅުނެގިފައިވާ އިސްލާމީ ޢަޤީދާގެ ބިނާ‪ ،‬ރޫޅި ފުނޑުފުނޑުވުމުގެ‬
‫ބިރާ ކުރިމަތިވެއެވެ‪ .‬ލިބިފައިވާ އަގުހުރި ވަގުތުތައް އޮޔަށް ވަޔަށް ބުރައިގެންދިޔުމުގެ ކަންބޮޑުވުން އިހުސާސްކުރާން‬
‫ޖެހެއެވެ‪ .‬ޣާފިލުކަމުގެ ނިދީގައި ތިއްބާ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވިގެންދިޔުމުގެ ހިތާމަ ވަށާލައެވެ‪ .‬އެންމެ އަގުބޮޑު‬
‫އެއް ނިޢުމަތްކަމަށްވާ ދުޅަހެޔޮކަން ހަށިން ބީވެދިޔުމުގެ ބަދުނަސީބު ހާލަތް ތަޖުރިބާކުރާން ޖެހެއެވެ‪ .‬ނޭދެވޭ ސިފަތަކުން‬
‫ނަފުސު ކަޅިވެ‪ ،‬އޭގެ ހިތި ރަހަ އަރުގައި ހިފައެވެ‪ .‬އެހެންކަމުން އެ އެއްޗެއްގެ މައްޗަށް މުޅި ދުނިޔެ މިއަދު ބަރޯސާވެފައިވާ‬
‫ފަންނިއްޔާތު ބޭނުންކުރާ އިރު‪ ،‬ފައިދާހުރި ގޮތުގައި ބޭނުން ހިފުމަށް‪ ،‬ކޮންމެ ޒުވާނަކު ވެސް ސަމާލުކަން ދެމާތޯއެވެ!‬

‫‪6‬‬
‫ސުވާލު‪:‬‬

‫ފަތުރުވެރިކަމަކީ ދިވެހި އިޤުތިޞާދުގެ ރަންބިސް އަޅާ ކުކުޅެވެ‪ .‬މިއީ ފަތުރުވެރިކަން މިއަދު ދިވެހިން ސިފަކުރަމުން‬
‫އަންނަ ގޮތެވެ‪ .‬މި އިބާރާތުން ފަތުރުވެރިކަން ސިފަ ކުރަނީ‪ ،‬މި ސިނާޢަތުގެ ސަބަބުން ދިވެހި އިޤުތިޞާދަށް ކުރާ މާލީ‬
‫މަންފާގެ ބޮޑުކަމުންނެވެ‪ .‬އެހެންކަމުން މި ސިނާޢަތް ފުޅާކޮށް ކުރިއަރުންވަން ދިވެހި ސަރުކާރާއި އަމިއްލަ ފަރާތްތަކުން‬
‫އަންނަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ‪ .‬އެގޮތުން ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުގެ ތެރެއަށް‪ ،‬ގެސްޓު‬
‫ހައުސްގެ ވިޔަފާރި މިހާރު ވަނީ އިތުރުކޮށްފައެވެ‪ .‬އޭގެ ސަބަބުން މި ސިނާޢަތުން މަންފާ ވަނީ‪ ،‬އެތައް ގުނައަކަށް‬
‫އިތުރުވެފައެވެ‪ .‬އެހެންނަމަވެސް މި ސިނާޢަތާމެދު ފުންކޮށް ވިސްނައިލުމުން ފެންނާން ހުރީ ހަމައެކަނި ފައިދާއެއް ނޫނެވެ‪.‬‬
‫ލިބޭ ގެއްލުންތައް ވެސް އެހައިމެ ބޮޑެވެ‪ .‬އެހެންކަމުން މި ކަންކަމާމެދު ފުންކޮށް ވިސްނުމަށް ފަހު‪ ،‬ފަތުރުވެރިކަމުގެ‬
‫ސިނާޢަތުގެ ސަބަބުން ދިވެހިންނަށް ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ބިނާކޮށް ދެކޮޅަށް ވާހަކަދައްކާ ލިޔުމެއް ލިޔާށެވެ!‬
‫ލިޔުމަށް އަމިއްލަ ސުރުޚީއެއް ކަނޑައަޅާށެވެ!‬

‫ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަބަބުން‪ ،‬ދިވެހިންގެ އަރުގައި ފޮނި ރަހައާއި ހިތި ރަހަލައެވެ‪.‬‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫ފަ ތުރުވެރިކަމުގެ ސިނާޢަތަކީ‪ ،‬ރާއްޖޭގެ ފަސްގަނޑުގައި ރުވި ގަހަކުން ނިކުތް‪ ،‬ނުހަނު ފޮނި‪ ،‬އަދި އެހައިމެ ހިތި‬
‫މޭވާއެކެވެ‪ .‬މި ބުނުމުން ދޭހަވާގޮތުގައި ފަތުރުވެރިކަމަކީ‪ ،‬ފައިދާއާއި ގެއްލުން އެ ސިނާޢަތަކާ ގުޅިލާމެހިފައިވާ ސިނާޢަތެވެ‪.‬‬
‫ދިވެހި ބަސްފޮތުގައި މި ސިނާޢަތް މާނަކޮށްފައިވަނީ‪ ،‬ހިތްއުފާކޮށްލައި‪ ،‬ތަންތަން ބަލައިލުމަށް‪ ،‬އެއް ތަނުން އަނެއް ތަނަށް‬
‫ދަތުރުކުރާ މީހުންގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ‪ .‬ދިވެހިރާއްޖޭގައި މި‬
‫އ‬
‫މަސައްކަތް ފަށާފައިވަނީ‪ ،‬ވަރަށް އާދައިގެ ގޮތަކަށެވެ‪ .‬އެހެންނަމަވެސް މިއަދު މި ސިނާޢަތް ވަނީ ވަރަށް ބޮޑަށް ކުރިއަރަ ި‬
‫ތަރައްޤީވެފައެވެ‪ .‬ދުނިޔޭގެ އެކި ކަންކޮޅުތަކުން‪ ،‬އެކި ފަންތިތަކުގެ‪ ،‬އެކި ސަގާފަތްތަކުގެ‪ ،‬އެކި ދީންތަކުގެ އެތައް ލައްކަ‬
‫އ‬
‫ބަޔަކު‪ ،‬ކޮންމެ އަހަރަކު މި ގައުމަށް ޒިޔާރަތްކުރެއެވެ‪ .‬އެހެންކަމުން މި ސިނާޢަތުގެ ސަބަބުން ދިވެހިންނަށް އެތަ ް‬
‫ގޮތަކުން ގިނަގުނަ ފައިދާތަކެއް ލިބެމުން އަންނައިރު‪ ،‬އެތައް ގެއްލުތަކެއް ވެސް ލިބެމުން އަންނަކަމީ ދެ ބަސްވެވެން‬
‫ނެތް ޙަޤީޤަތެކެވެ‬

‫‪7‬‬
‫ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ތަނަވަސްވެފައިވާކަމީ ޤަބޫލުކުރަންޖެހޭ‬
‫ޙަޤީޤަތެކެވެ‪ .‬ދިވެހިރާއްޖޭގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތުތައް އުފެދިފައިވާ އެއް ދާއިރާއަކީ‪ ،‬ފަތުރުވެރިކަމުގެ‬
‫ދާއިރާއެވެ‪ 2019 .‬ވަނަ އަހަރު ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މާލޭގައި ބޭއްވި‪“ ،‬ގާލާ ނައިޓް” އިފްތިތާޙުކުރުމުގެ‬
‫ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން‪ ،‬ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި‪ 2019 ،‬ވަނަ އަހަރު އެކަނި‬
‫ވެސް‪ ،‬ފަތުރުވެރިކަމުގެ ދާއިރާއިން ‪ 10000‬އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފެދިފައެވެ‪ .‬އެހެންކަމަށްވާ ނަމަ‪ ،‬މި‬
‫ސިނާޢަތުގައި އުފެދިފައި ހުރި ވަޒީފާގެ އަދަދު‪ ،‬މީގެ އެތައް ގުނައަކަށް އިތުރުވެފައި ވާނެކަމީ ޝައްކެއް ހުރި ކަމެއް‬
‫ނޫނެވެ‪ .‬މި ވަޒީފާތަކުގައި އެތައް ދިވެހީންނެއް އަންނަނީ ހަރަކާތްތެރި ވަމުންނެވެ‪ .‬އޭގެތެރޭގައި ރިސޯޓުތަކުގެ ޒިންމާދާރު‬
‫މަޤާމުތަކުން ފެށިގެން ގޮސް‪ ،‬އެންމެ އާދައިގެ މަސައްކަތްތަކަށް ދާންދެން ހިމެނެއެވެ‪ .‬މީގެއިތުރުން ރަށްރަށުގައި ހުރި‬
‫ގެސްޓު ހައުސްތަކުން ވެސް‪ ،‬އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތު ފަހިވެ‪ ،‬ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު‬
‫ވަނީ ހުޅުވިފައެވެ‪ .‬ނަތީޖާއެއްގެ ގޮތުން‪ ،‬ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ‪ ،‬ފަރުދުންގެ ފުދުންތެރިކަން އަންނަނީ‬
‫އިތުރުވަމުންނެވެ‪ .‬އެހެންކަމުން ފަތުރުވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާގެ ފުރުސަތު ތަނަވަސްވެ‪ ،‬ދިވެހީންގެ‬
‫ދިރިއުޅުމުގެ ހާލަތު ރަނގަޅުވަމުން އައުމަކީ‪ ،‬މި ސިނާޢަތުގެ ސަބަބުން ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ‪.‬‬

‫ބޭރުފައިސާއަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ އިރު ފަތުރުވެރިކަމުގެ ސިނާއަތުން ބޭރުފައިސާ ލިބުމަކީ ލިބިގެންދާ‬
‫ނުހަނު ބޮޑު ފައިދާއެކެވެ‪ .‬ސަބަބަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް ކަހަލަ ގޮތަކަށް ރާއްޖޭން ބޭރުން ގެންނާން‬
‫ޖެހުމެވެ‪ .‬އަދި ތަޢުލީމު އުނގެނުމަށާއި ޞިއްޙީ ޚިދުމަތް ލިބިގަތުމަށާއި ޗުއްޓީ ހޭދަކުރުމަށާއި ހައްޖާއި ޢުމުރާގެ އަޅުކަމަށް‬
‫ބޭރު ޤައުމުތަކަށް ދާން ޖެހުމެވެ‪ .‬މިއިން ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ބޭރު ފައިސާއެވެ‪ .‬މި ފައިސާ ދިވެހިރާއްޖެއަށް‬
‫އެންމެ ގިނައިން ވަންނަ ދޮރަކީ‪ ،‬ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން‪ ،‬ރާއްޖޭން ބޭރަށް ހުޅުވާލެވިފައިވާ ދޮރެވެ‪.‬‬
‫މަރުކަޒީ ބޭންކުގެ ‪ 2018‬ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު‪ ،‬އެ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ‬
‫ތެރޭގައި ފަތުރުވެރިކަމުން‪ 993.5 ،‬މިލިޔަން ޑޮލަރު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ‪ .‬ދިރިއުޅުމުގެ އެތައް ކަމެއް‬
‫ރާއްޖޭން ބޭރާ ގުޅިފައިވާ ބަޔަކަށް‪ ،‬މިއީ ކިހައި ބޮޑު މަންފާއެއްތޯއެވެ؟ އެހެންނަމަވެސް މި ސިނާޢަތް ދިވެހިރާއްޖޭގައި‬
‫ކުރިއަރާފައި ނެތް ނަމަ‪ ،‬ޝައްކެއްވެސްނެތް ގޮތުގައި‪ ،‬ބޭރުފައިސާ ހޯދަން ދިވެހިންނަށް ގިނަގުނަ ތަކުލީފުތަކެއް އުފުލާން‬
‫ޖެހޭނެއެވެ‪ .‬އެހެންކަމުން ދަތިކަމެއްނެތި‪ ،‬ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްވެފައި އޮތުމަކީ‪،‬‬
‫ފަތުރުވެރިކަމުގެ ސަބަބުން ދިވެހީނަށް ލިބެމުން އަންނަ ނުހަނު ބޮޑު ނިޢުމަތެކެވެ‪.‬‬

‫ފަތުރުވެރިކަމުގެ ސަބަބުން ދިވެހިންނަށް މި ފަދަ ގިނަ ފައިދާތައް ލިބޭ އިރު‪ ،‬މަސްތުވާތަކެތީގެ ދިޔާ ބާވަތްތައް‬
‫އާންމުވުގެން ދިއުމަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަބަބުން ލިބިގެންދާ ނުހަނު ބޮޑު ގެއްލުމެކެވެ‪ .‬ދިވެހިރާއްޖެއަކީ‬
‫ސަންތައިން ސައްތަ އިސްލާމީ ޤައުމެކެވެ‪ .‬އިސްލާމްދީނުގައި މަސްތުވާތަކެތި ބޭނުންކުރުން ވަނީ ހަރާމްކުރައްވާފައެވެ‪.‬‬

‫‪8‬‬
‫ސޫރަތުލް މާއިދާގެ ‪ 90‬ވަނަ އާޔަތާއި ‪ 91‬ވަނަ އާޔަތުން‪ ،‬މިކަން ވަރަށް ރަނގަޅަށް ހާމަވެއެވެ‪ .‬އެހެންނަމަވެސް‪،‬‬
‫ފަތުރުވެރިކަމުގެ ސަބަބުން ރަލާއި ބިޔަރު ފަދަ ތަކެތި ދިވެހިންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ‪.‬‬
‫ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ބައެއް ދިވެހިން‪ ،‬މި ތަކެތީގެ އިސްތިޢުމާލުކުރާ ވާހަކައަކީ ވަރަށް ޢާންމު ވާހަކައެކެވެ‪.‬‬
‫އެ ފަދަ ފަރާތްތަކުން ހަރާމެއް ހަލާލެއް ބެލުމެއް ނެތި‪ ،‬ފާޅުގައި މި ފަދަ ބުއިންތަކުން "އުފާ" ހޯދަމުން ގެންދަނީ‬
‫ޓ‬
‫ޖެހިލުމެއް ނެތިއެވެ‪ .‬ކަން މިހެން އޮއްވާ‪ ،‬ގެސްޓު ހައުސްގެ ވިޔަފާރި ތަޢާރަފުވެ‪ ،‬މީހުން ދިރިއުޅޭ ރަށްރަށުގައި ގެސް ު‬
‫ހައުސްތައް ހިންގާން ފެށުމާއެކު‪ ،‬ރަށްރަށުގައި ވެސް ރަލާއި ބިއަރު ވަނީ އާންމުވާން ފަށައިފައެވެ‪ .‬އަދި މި ބާވަތްތަކުގެ‬
‫އިސްތިޢުމާލުކުރާ ދިވެހީންގެ އަދަދު މިއަދު މި ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ‪ .‬އެހެންކަމުން ފަތުރުވެރިކަމުގެ ސަބަބުން‪،‬‬
‫ދިވެހީންގެ ތެރޭގައި މަސްތުވާތަކެތީގެ ތެރެއިން ދިޔާ ބާވަތްތައް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އައުމަކީ‪ ،‬މި‬
‫ސިނާޢަތުގެ ސަބަބުން ދިވެހީނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ‪.‬‬

‫ދިވެހިންގެ ޢަޤީދާ ބަލިކަށިވެ‪ ،‬އިސްލާމްދީނާ ދުރުހެލިވުމަކީ‪ ،‬ފަތުރުވެރިކަމުގެ ސަބަބުން ދިވެހީންނަށް ލިބޭ ނުހަނު ބޮޑު‬
‫ގެއްލުމެކެވެ‪ .‬ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓު ހައުސްތަކުގައި ގިނައިން ވަޒީފާ އަދާކުރަނީ ދިވެހި ޒުވާނުންނެވެ‪ .‬ރިސޯޓުގެ‬
‫މާޙައުލަކީ އިސްލާމީ ޢަޤީދާ ބަލިކަށިކޮށްލާ ފަދަ އެތައް ކުލައަކާއި މަންޒަރެއް އެކުލެވޭ މާޙައުލެކެވެ‪ .‬ކުރިސްމަސް‬
‫ފާހަގަކުރުމާއި ޑިސްކޯއާއި ޑީޖޭ ފަދަ މަސްހުނި މިޔުޒިކީ ހަފުލާތައް ބޭއްވުން އާންމު ތަނެކެވެ‪ .‬އިސްލާމްދީނާ އިދިކޮޅު‬
‫ފިކުރުގެ އެތައް ބަޔަކު ޒިޔާރަތްކުރާ ތަނެއް ވެސް މެއެވެ‪ .‬އެބައިމީހުންގެ ހެދުން އެޅުމާއި ކެއިން ބުއިމާއި ދިރިއުޅުމުގެ‬
‫ވައްޓަފާޅި ބިނާވެފައި އޮންނަނީ‪ ،‬އިސްލާމީ އުސޫލުތަކާ ދިމާ އިދިކޮޅަށެވެ‪ .‬ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ދިވެހީންނަށް‬
‫އުޅެންޖެހިފައި ވަނީ މި ފަދަ ކަންކަމުން ތަޣައްޔަރުވެފައިވާ މާހައުލެއްގައެވެ‪ .‬ނަތީޖާއަކަށް ވަނީ‪ ،‬ޢަޤީދާ ބަލިކަށި ދިވެހިން‬
‫މަގުއޮޅޭގޮތްވުމެވެ‪ .‬ނަމާދާ ދުރުހެލިވުމާއި ޤުރުއާނާ ބީރައްޓެހިވުމާއި ރަމަޟާންމަހުގެ ރޯދައަށް ނޫނެކޭ ބުނުން ފަދަ‬
‫ކަންކަން އާންމުވުމެވެ‪ .‬ހަމައެއާއެކު އިސްލާމްދީން ނަހީ ކުރައްވާފައިވާ ފާޙިޝް ޢަމަލުތަކުން ވަގުތީ އުފާ ޙާޞިލުކުރުމުގެ‬
‫އާދަތައް އަށަގަންނާން ފެށުމެވެ‪ .‬އެހެންކަމުން ދިވެހިން އިސްލާމްދީނާ ދުރުހެލިވުމަކީ‪ ،‬ފަތުރުވެރިކަމުގެ ސަބަބުން‬
‫ދިވެހިންގެ އަރުގައިލަމުން އަންނަ ކޮން ފަދަ ގަދަ ހިތި ރަހައެއް ތޯއެވެ‪.‬‬

‫ދިމާވާ ކާރިސާއެއްގެ ސަބަބުން މި ސިނާއަތް ހުއްޓި މި ސިނާއަތަށް ބަރޯސާވާ މީހުންގެ ޢާމްދަނީ ހުއްޓުމަކީ މި‬
‫ސިނާޢަތުގެ ސަބަބުން ދިވެހިންނަށް ލިބިގެންދާނެ ފޫ ނުބެއްދޭވަރުގެ ގެއްލުމެކެވެ‪ .‬އެހެނީ ދިވެހިންގެ ތެރެއިން އެތައް‬
‫ބަޔަކު މިއަދު ދިރިއުޅުން ބަރޯސާކޮށްފައި ވަނީ‪ ،‬ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއެއްގެ މައްޗަށެވެ‪ .‬ބޭރު‬
‫ދުނިޔޭގައި ހިނގާ ހާދިސާއަކުން‪ ،‬ނުވަތަ ބޭރު ޤައުމުތަކަށް ކުރިމަތިވާ ހަލަބޮލިކަމަކާ ގުޅިގެން މި ސިނާޢަތަށް ލޮޅުން‬
‫އަރައިފާނެއެވެ‪ .‬ނުވަތަ ދިވެހި ޤައުމަށް ކުރިމަތިވާ ދަތި ހާލަތެއްގެ ސަބަބުން ވެސް މި ސިނާޢަތް ހުއްޓުމަކަށް އައުމަކީ‬
‫ވަރަށް ކައިރީގައި އޮތް ކަމެކެވެ‪ .‬ދިވެހީން ވަނީ އެކި ފަހަރުމަތީން މި ކަންކަން ތަޖުރިބާ ކޮށްފައެވެ‪ .‬އޭގެތެރޭގައި ‪2‬‬

‫‪9‬‬
‫އޮގަސްޓު ‪ 1990‬އިން ‪ 28‬ފެބުރުވަރީ ‪ 1991‬އަށް ކުރެވުނު ގަލްފު ހަނގުރާމައާއި ‪ 2004‬ވަނަ އަހަރު ޑިސެންބަރު‬
‫މަހު‪ ،‬ދެކުނު އޭޝިޔާގެ ގައުމުތައް ސުންނާފަތިވި ސުނާމީ ކާރިސާއާ ގުޅިގެން‪ ،‬ދިވެހި ފަތުރުވެރިކަމަށް ކުރިމަތިވި‬
‫ހީނަރުކަން ފާހަގަކޮށްލެވެއެވެ‪ .‬މި ކަމުގެ ސަބަބުން އެތައް ބަޔެއްގެ އާމްދަނީއަށް ހުރަސް އެޅި‪ ،‬ޤައުމުގެ އިޤުތިޞާދަށް‬
‫ބޮޑެތި ގެއްލުންތަކެއް ލިބުނެވެ‪ .‬ހަމައެއާއެކު ‪ 2019‬ވަނަ އަހަރު ޑިސެންބަރުމަހު ޗައިނާގެ ވުހާން ސިޓީން އިން ފެނުނު‬
‫ކޮރޯނާވައިރަސް‪ ،‬ނުވަތަ ކޮވިޑް ‪ 19‬ދުނިޔެއަށް ފެތުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ‪ ،‬މިހާތަނަށް ކުރިމަތިވި‬
‫އ‬
‫އެންމެ ބޮޑު ގޮންޖެހުމާ ކުރިމަތިލާން ޖެހިފައެވެ‪ .‬މި ކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރަމުން އަ ި‬
‫އެތައް ބަޔެއްގެ އާމްދަނީއަށް ވަނީ ހީނަރުކަން އައިސްފައެވެ‪ .‬އެތައް ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ‪ .‬ޓޫރިޒަމް‬
‫އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކުރިގޮތުގައި‪ ،‬ކޮވިޑް ‪ 19‬އާ ގުޅިގެން‪ ،‬ފަތުރުވެރިކަމުގެ‬
‫ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް ‪ 11000‬މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވެއެވެ‪ .‬މި ކަމުގެ ސަބަބުން އެތައް‬
‫އާއިލާއެއް ހާލުގައިޖެހި‪ ،‬ޤައުމުގެ އިޤުތިޞާދު ވަނީ ހުއްޓުމަކަށް އައިސްފައެވެ‪ .‬އެހެންކަމުން މުޅި ގައުމު ފަތުރުވެރިކަމުގެ‬
‫ސިނާޢަތަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން‪ ،‬ދުނިޔެއަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ދަތި ހާލަތްތަކުގައި‪،‬‬
‫ދިވެހިރާއްޖެއަށް ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެވެ‪.‬‬

‫ފަތުރުވެރިކަމަކީ އުފަލާއި ނުތަނަވަސްކަން އެ ސިނާއަތަކާ ގުޅި ލާމެހިފައިވާ ސިނާޢަތެކެވެ‪ .‬މި ސިނާޢަތުގެ ސަބަބުން‬
‫އެތައް ބަޔެއްގެ ހިތް އުފާކޮށްދެއެވެ‪ .‬އެގޮތުން ބޭރުފައިސާ‪ ،‬ދަތިކަމެއް ނެތި ދިވެހިންނަށް ލިބޭނެ މަގު ތަނަވަސްކޮށްދެއެވެ‪.‬‬
‫އާބާދީގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ‪ .‬އެހެންނަމަވެސް‬
‫އޭގެ އަނެއްކޮޅު ވެސް ފެނެއެވެ‪ .‬މަސްތުވާތަކެތީގެ ބިރުވެރިކަން ޤައުމުގައި އިތުރުވެ‪ ،‬އިސްލާމްދީނާ ދިވެހިން‬
‫ދުރުހެލިވުމުގައި މި ސިނާޢަތުގެ ދައުރު ވަރަށް ބޮޑެވެ‪ .‬ހަމައެއާއެކު ދުނިޔެއަށް ކުރިމަތިވާ ތަފާތު ހާލަތްތަކާ ގުޅިގެން‬
‫ގައުމާއި ފަރުދުން ކުޑަކަކޫމައްޗަށް ތިރިކޮށްލައެވެ‪ .‬ކަން އޮތީ މިހެންކަމަށް ވާއިރު‪ ،‬ފަތުރުވެރިކަމުގެ ސިނާޢަތަށް މުޅި‬
‫ޤައުމު ބަރޯސާކޮށްގެން ތިބޭނީތޯ‪ ،‬ނުވަތަ ފަތުރުވެރިކަމާ އެއްވަރަށް އެހެން ސިނާޢަތްތައް ވެސް ތަރައްޤީކުރަން‬
‫މަސައްކަތްކުރާނީތޯ‪ ،‬މިއީ މިއަދު ވިސްނައި ފިކުރުކުރާން ޖެހިފައިވާ ކަމެކެވެ‪ .‬މި ކަމާމެދު ގޮތް ނިންމާނީ ދިވެހިންނެވެ‪.‬‬
‫ކަމާ ގުޅުންހުރި މުވައްސަސާތަކުންނެވެ‪ .‬ދިވެހި ސަރުކާރުންނެވެ‪.‬‬

‫‪10‬‬
‫ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ދިއުމަށް‬
‫މެދުވެރިވާ ސަބަބުތަކާއި އެކަންކަމުގެ ހައްލު‬

‫ތަޢާރަފު‪:‬‬
‫ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ‬
‫ދަށަށެވެ‪ .‬އެހެންކަމުން މި ރިޕޯޓަކީ‪ ،‬ސަރުކާރުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ދަށަށް ދިޔުމަށް‬
‫މެދުވެރިވާ ސަބަބުތަކާއި އެ ކަންކަން ޙައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަޔާންކުރުމުގެ ގޮތުން ލިޔެފައިވާ ރިޕޯޓެކެވެ‪.‬‬
‫މި ރިޕޯޓުގައި އަލިއަޅުވާލައިފައި ވާނީ‪ ،‬ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ދިޔުމަށް މެދުވެރިވާ‬
‫ސަބަބުތައްކަމަށްވާ‪ ،‬ފަންނީ މީހުންގެ މުސާރަ ކުޑަވުމާއި ޞިއްޙީ ފަރުވާދޭ ތަންތަނުގައި އެކަށީގެންވާ ވަޞީލަތްތައް‬
‫މަދުވެ‪ ،‬ޖާގައިގެ ދަތިކަން އިތުރުވުމާއި ހިންގުންތެރިކަން ދޯދިޔާވުމުގެ އިތުރުން ކޮރަޕްޝަން އިތުރުވުމުގެ މައްޗަށެވެ‪ .‬މި‬
‫ރިޕޯޓު އެކުލަވާލައިފައި މިވަނީ‪ ،‬ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހަސްފަތާލުތަކުގެ މުވައްޒަފުންނާއި އާންމު ފަރާތްތަކާ‬
‫ބައްދަލުކޮށް ކުރެވުނު ދިރާސާތަކުން ލިބުނު މަޢުލޫމާތުގެ އަލީގައި‪ ،‬މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ‬
‫ފާތުމަތު އިފާޒާއެވެ‪.‬‬

‫އެކަށީގެންވާ ވަޞީލަތްތައް މަދުވުން‬

‫ޞިއްޙީ ފަރުވާދޭ ތަންތަނުގައި އެކަށީގެންވާ ފަދަ ވަޞީލަތްތައް ނެތުމަކީ‪ ،‬ދޫނިރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން‬
‫ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ދިޔުމަށް މެދުވެރިވެފައިވާ ސަބަބެކެވެ‪ .‬އެކި ރަށްރަށުގައި ސަރުކާރުން‬
‫ހިންގާ ‪ 10‬ހަސްފަތާލަކަށް ޒިޔާރަތްކޮށް‪ ،‬ބެލިބެލުމުން އެނގުނީ‪ ،‬އެ ތަންތަނުގައި ޒަމާނީ ވަޞީލަތްތައް ވަރަށް މަދުކަމެވެ‪.‬‬
‫އެ ގޮތުން‪ ،‬އެ ‪ 10‬ހަސްފަތާލުގެ ލެބޯޓަރީގައި މަސައްކަތްކުރާ ‪ 80‬މުވައްޒަފުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި‬
‫ގޮތުގައި‪ ،‬އެ ތަންތަނުގައި ޒަމާނީ އާލާތްތައް ނެތުމުން‪ ،‬ގިނަ ޓެސްޓުތަކެއް ނުހެދެއެވެ‪ .‬އަދި ހެދޭ ޓެސްޓުތަކުގެ ނަތީޖާ‬
‫ލިބެން އެތައް ދުވަހެއް ނަގައެވެ‪ .‬އޭގެ ސަބަބުން ބަލި މީހުންނަށް ފަރުވާކުރުމުގައި ގިނަގުނަ ދަތިތަކަކާ ކުރިމަތިވެއެވެ‪.‬‬
‫މި ހަސްފަތާލުތަކުގައި މަސައްކަތްކުރާ ‪ 40‬ޑޮކްޓަރުންނާ ސުވާލުކުރުމުން ‪ 95%‬ޑޮކްޓަރުން އެއްބަސްވާގޮތުގައި‬
‫ލެބޯޓްރީއާއި ފަޅާކޮޓަރިއާއި އައިސީޔޫއާއި ވޯޑު ފަދަ ތަންތަނުގައި ޒަމާނީ ވަޞީލަތްތައް ނެތުމުން‪ ،‬ބަލިމީހުންނަށް އެންމެ‬
‫އެދެވޭ ގޮތުގައި ޚިދުމަތް ފޯރުކޮށެއް ނުދެވެއެވެ‪ .‬އެ ކަމުގެ ސަބަބުން ޢާންމު ފަރާތްތަކުގެ ޝަކުވާތައް ވަރަށް ގިނައެވެ‪.‬‬
‫‪11‬‬
‫މި ހަސްފަތާލުތަކުގެ ރެކޯޑުތަކުން ދައްކާގޮތުގައި‪ ،‬ވޭތުވެދިޔަ ‪ 2‬އަހަރުގެ ތެރޭގައި ސިއްޙީ ފަރުވާ ހޯދަން މި‬
‫ހަސްފަތާލުތަކަށް އައި މީހުންގެ ތެރެއިން އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް ‪ 7‬މީހުން މި ތަންތަން ދޫކޮށްލުމަށްފަހު‪،‬‬
‫އަމިއްލަ ހަސްފަތާލުތަކަށާއި ކުލިނިކުތަކަށް ފަރުވާ ހޯދަންދެއެވެ‪ .‬އެހެންކަމުން‪ ،‬އެކަށީގެންވާ ވަސީލަތްތައް މަދުވުމަކީ‬
‫ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިކަމެކެވެ‪.‬‬

‫ޖާގައިގެ ދަތިކަން ކުރިމަތިވުން‬

‫ސަރުކާރު ހަސްފަތާލުތަކުގެ ޚިދުމަތުގެ ފެންވަރު ދަށަށްދިޔުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެ ތަންތަނުގެ ޖާގަ‬
‫ކުޑަވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެއްކަން ކުރި ދިރާސާތަކުން ވަނީ އެނގިފައެވެ‪ .‬ރާއްޖޭގެ ވެރިރަށް ފިޔަވައި‪ ،‬ތަފާތު‬
‫ކަންކޮޅުތަކުގައި ސަރުކާރުން ހިންގާ ‪ 10‬ހަސްފަތާލުގެ ރެކޯޑުތަކުން ދައްކާގޮތުގައި‪ ،‬އެ ތަންތަނުގައި ޑޮކްޓަރުން ބައްލަވާ‬
‫ކޮޓަރީގެ ޢަދަދު ހުރީ ‪5‬އާއި ‪ 7‬އާ ދެމެދުގައެވެ‪ .‬ވޯޑުތަކުގައި ހުރި އެނދުތަކުގެ އަދަދު ހުރީ ‪10‬އާއި ‪ 15‬އާ ދެމެދުގައެވެ‪.‬‬
‫އައި ސީ ޔޫގައި ހުރި އެނދަށް ބަލާއިރު‪ ،‬އެންމެ ގިނައިން ހުރި ހަސްފަތާލުގައި ހުރީ ‪ 3‬އެނދެވެ‪ .‬ވެރިރަށުގައި‬
‫ނ‬
‫ރ މި ވަޞީލަތްތައް އެހެ ް‬
‫ސަރުކާރުން ހިންގާ ''އެލްއެލް ހޮސްޕިޓަލު''ގެ ރެކޯޑުތަކުން ދައްކާގޮތުގައި‪ ،‬އެތަނުގައި ހު ި‬
‫ރަށްރަށާ އަޅައިބަލާއިރު ‪ 70%‬އިތުރެވެ‪ .‬މި ހަސްފަތާލުތަކުގެ މެނޭޖަރުންނާ ސުވާލުކުރުމުން އެ ބޭފުޅުން ވިދާޅުވީ‪،‬‬
‫ފަރުވާ ހޯދަން އަންނަ ބަލިމީހުންނާ އަޅައިބަލާއިރު‪ ،‬ހަސްފަތާލުތަކުގެ ޖާގަ ކުޑަކަމަށެވެ‪ .‬އެހެންކަމުން ޑޮކްޓަރަށް ދައްކާ‬
‫ފަރާތްތަކަށާއި އެޑުމިޓްކުރާ ބަލިމީހުންނަށް އެންމެ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވެއެވެ‪ .‬މި ކަމާ ގުޅޭ ގޮތުން‬
‫ވެރިރަށުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ތެރެއިން ‪ 30‬މީހުންނާ ސުވާލުކުރުމުން ‪ 90%‬މީހުން ބުނި ގޮތުގައި‬
‫އެލްއެލްއެޗުން ޚާއްޞަ ޑޮކްޓަރެއްގެ ނަންބަރު ނުލިބިގެން މަހެއްހައި ދުވަހު ވެސް އުޅެން ޖެހިދާނެއެވެ‪ .‬ސްކޭންކުރުމާއި‬
‫އެމް‪.‬އާރު‪.‬އައި ފަދަ ޚިދުމަތެއް ހޯދަން ޖެހިއްޖެ ނަމަ‪ ،‬ހޭދަވާ މުއްދަތު މިއަށްވުރެ ވެސް ދިގުލައިގެންދެއެވެ‪ .‬އެހެންކަމުން‬
‫ޖާގައިގެ ދަތިކަމަކީ‪ ،‬ޞިއްޙީ ދާއިރާގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ލިބުމަށް އޮތް ހުރަހެކެވެ‪.‬‬

‫ފަންނީ މީހުންގެ މުސާރަ ކުޑަވުން‬

‫ސަރުކާރުން ހިންގާ ހަސްފަތާލުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ސަބަބުން އެ ތަންތަނުން‬
‫ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށްދާކަން ކުރެވުނު ދިރާސާއިން ވަނީ ހާމަވެފައެވެ‪ .‬ހެލްތުމިނިސްޓްރީގެ އެންމެ‬
‫ފަހުގެ ރެކޯޑުތަކުން ދައްކާގޮތުގައި ސަރުކާރު ހަސްފަތާލުތަކުގެ ފަންނީ މުވައްޒަފުންގެ މުސާރައިގެ މިންގަޑަކީ‪12000 ،‬‬
‫ރުފިޔާއާއި ‪ 15000‬ރުފިޔާއާ ދެމެދުގެ އަދަދެކެވެ‪ .‬ސަރުކާރު ‪ 10‬ހަސްފަތާލުގެ މެނޭޖަރުންނާ ސުވާލުކުރުމުން‪ ،‬އެ‬
‫ބޭފުޅުން އިއްތިފާޤުވިގޮތުގައި‪ ،‬މުސާރަ ކުޑަވުމުގެ ސަބަބުން އެ ތަންތަނުގައި މަސައްކަތްކުރި ފެންވަރު ރަނގަޅު ގިނަ‬
‫ޑޮކްޓަރުން ބޮޑު މުސާރައިގެ ވަޒީފާ ހޯދައިގެން އެހެން ޤައުމުތަކަށް ވަނީ ބަދަލުވެފައެވެ‪ .‬މިއަދު މި މުސާރައަށް‬

‫‪12‬‬
‫ރ‬
‫މަސައްކަތްކުރާނެ ފެންވަރު ރަނގަޅު ޑޮކްޓަރުން ހޯދުން ވަނީ ވަރަށް ދަތިކަމަކަށެވެ‪ .‬އެހެންކަމުން މިހާރު މަސައްކަތްކު ާ‬
‫ގިނަ ފަންނީ މުވައްޒަފުންނަކީ ކަމަށް އެންމެ ޤާބިލު ފަރާތްތައްކަމަށް ޤަބޫލުކުރަން ދަތިކަމަށް އެބޭފުޅުން ވިދާޅުވިއެވެ‪.‬‬
‫ރާއްޖޭގެ އެކި ކަންކޮޅުތަކުން ‪ 150‬މީހުން ހިމަނައިގެން ކުރި ސާވޭއަކުން ދެއްކި ގޮތުގައި‪ ،‬ސަރުކާރުން ހިންގާ‬
‫ހަސްފަތާލުތަކުގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ބޭފުޅުންގެ ޚިދުމަތްތަކަށް ‪80%‬‬
‫މީހުން އިތުބާރެއް ނުކުރެއެވެ‪ .‬އެހެންކަމުން‪ ،‬މުސާރައިގެ އޮނިގަނޑުގެ ސަބަބުން ފެންވަރު ރަނގަޅު ޑޮކްޓަރުން ލިބުން‬
‫ދަތިވުމަކީ ވެސް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ‪.‬‬

‫ހިންގުންތެރިކަން ދޯދިޔާވުން‬

‫ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް‬
‫ދިޔުމުގައި‪ ،‬ތަނުގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ‪ .‬ސަރުކާރުގެ ‪ 10‬ހަސްފަތާލެއްގެ‬
‫އެކި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ‪ 100‬މުވައްޒަފުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި‬
‫ގޮތުގައި‪ 8 ،‬ހަސްފަތާލުގެ ވެރީންގެ ކިބައިގައި ތަން ހިންގުމުގެ ޤާބިލުކަމެއް ނެތެވެ‪ .‬ރައްޔިތުންނަށް ލުއިފަސޭހަވާނޭ‬
‫ގޮތަށް ކަންކަން ރާވައި ހިންގާކަށް ނޭނގެއެވެ‪ .‬ސަރުކާރުން ހިންގާ ‪ 10‬ހަސްފަތާލަކުން ޚިދުމަތް ހޯދި އާންމު ރައްޔިތުންގެ‬
‫ތެރެއިން ‪ 70‬މީހުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކިގޮތުގައި‪ ،‬ޑޮކްޓަރަށް ދައްކަން ޖެހިއްޖެ ނަމަ‪ 35% ،‬މީހުން‬
‫ފުރަތަމަ އިސްކަންދެނީ‪ ،‬އަމިއްލަ ހަސްފަތާލަކަށް ނުވަތަ ކުލިނިކަކަށް ދެއްކުމަށެވެ‪ .‬އަދި ‪ 56%‬މީހުން ބުނިގޮތުގައި‬
‫ޚިދުމަތެއް ހޯދަން ސަރުކާރު ހަސްފަތާލަކަށް ހިނގައްޖެ ނަމަ‪ ،‬އެ ދުވަހެއްގެ ހަތަރުދަމު ކަހަލަ ގޮތަކަށް އުޅެން ޖެހެނީ‬
‫އެތަނުގައެވެ‪ .‬ސަބަބެއްކަމަށް ބުނަނީ‪ ،‬އެތަންތަނުގެ ކަންކަން ރޭވިފައި ހުންނަ އުޞޫލުގެ ސަބަބުން ޚިދުމަތް ހޯދަން‬
‫އުނދަގޫވުމެވެ‪ .‬ސަރުކާރުން ހިންގާ ‪ 10‬ހަސްފަތާލެއްގައި އެޑުމިޓްކޮށްފައިވާ ބަލިމީހުންގެ އެހީތެރިންގެ ތެރެއިން ‪32‬‬
‫މީހުންނާ ސުވާލުކުރުމުން ‪ 22‬މީހުން ބުނެފައިވަނީ‪ ،‬އެތަންތަނުގެ ކަންކަން ރޭވި‪ ،‬ހަމަޖެހިފައި ހުންނަ ގޮތުން ކަންކަން‬
‫ރަނގަޅަށް އޮޅުން ނުފިލައިގެން ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ‪ .‬ފަސޭހައިން ކުރެވެން ހުންނަ ކަންކަމަށް‬
‫ވެސް ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމަށެވެ‪ .‬ވީމާ‪ ،‬ޚިދުމަތް ދިނުމުގައި ހިންގުންތެރިކަމާއި ރޭވުންތެރިކަން ނެތުމަކީ‬
‫ޚިދުމަތް ލިބުމަށް އޮތް އިތުރު ހުރަހެކެވެ‪.‬‬

‫ކޮރަޕްޝަން އިތުރުވުން‬

‫ކޮރަޕްޝަން އިތުރުވުމަކީ ވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ދިޔުމަށް މެދުވެރިވެފައިވާ ސަބަބެއްކަން ކުރި‬
‫ދިރާސާއިން ވަނީ ހާމަވެފައެވެ‪ .‬ދޫނިރާއްޖޭގައި ސަރުކާރުން ހިންގާ ‪ 10‬ހަސްފަތާލުގެ ވޭތުވެދިޔަ ‪ 5‬އަހަރުގެ ރެކޯޑުތަކަށް‬
‫ބަލާއިރު‪ ،‬އެ މުއްދަތުގެ ތެރޭގައި‪ ،‬އެ ތަންތަނުން ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި ‪ 18‬މަޝްރޫޢެއް ހިންގާފައިވެއެވެ‪.‬‬

‫‪13‬‬
‫މީގެތެރެއިން ‪ 83.3%‬މަޝްރޫޢު ހިންގާފައި ވަނީ‪ ،‬މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް‬
‫ކަމަށް‪ ،‬އެންޓި ކޮރަޕްޝަން ކޮމިޝަންގެ ‪2021‬ގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ‪ .‬އެ މުއްދަތުގައި މި ތަންތަނުގެ‬
‫އެކިއެކި ވަޒީފާތަކަށް ‪ 309‬މީހުން ނަގާފައިވާއިރު‪ ،‬އޭގެތެރެއިން ‪ 47%‬މީހުންނަކީ މަޤާމުގެ ޝަރުތު ހަމަނުވާ‬
‫ފަރާތްތަކެވެ‪ .‬މި މީހުން މަޤާމުތަކަށް ނަގާފައިވަނީ‪ ،‬ޝަރުޠު ހަމަވާ ފަރާތްތައް އެ މަޤާމުތަކަށް ކުރިމަތިލާފައި ވަނިކޮށެވެ‪.‬‬
‫ސަރުކާރު ‪ 10‬ހަސްފަތާލެއްގެ އެކި ސެކްޝަންތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ‪ 30‬ބޭފުޅަކާ ސުވާލުކުރުމުން‬
‫އޭގެތެރެއިން ‪ 25‬ބޭފުޅުން ވިދާޅުވެފައިވަނީ‪ ،‬މަސައްކަތަށް ގާބިލުނޫން މީހުން ލައްވާ މަސައްކަތްކުރުވަން ޖެހުމުގެ‬
‫ސަބަބުން‪ ،‬ކުރަން ޖެހޭ މަސައްކަތްތަކުގެ ފެންވަރުދަށްވެ މަސައްކަތްތައް އިންތިހާއަށް ލަސްވެ‪ ،‬ޢާންމު ރައްޔިތުންނަށް‬
‫އެންމެ އެދެވޭ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވޭކަމަށެވެ‪ .‬މި ކަންކަމުގެ ޝަކުވާތައް ކެނޑިނޭޅި އެތަންތަނަށް ލިބެމުން‬
‫އަންނަކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ‪ .‬އެހެންކަމުން‪ ،‬ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ކޮރަޕްޝަން އިތުރުވުމަކީ‬
‫މި ދާއިރާއިން ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލައެވެ‪.‬‬

‫ޙައްލު‪:‬‬
‫ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި‪،‬‬
‫ފާހަގަކުރެވިފައިވާ މައްސަލަތައް ޙައްލުކުރުމަށް މި ވަނީ މަސައްކަތް ފަށަން ޖެހިފައެވެ‪ .‬އެ ގޮތުން‪ ،‬ދޫނިރާއްޖޭގައި‬
‫ސަރުކާރުން ހިންގާ ހަސްފަތާލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ޓަކައި‪ ،‬ހަސްފަތާލާ އިންވެގެން އިތުރު އިމާރާތް‬
‫ބިނާކުރުމާއި‪ ،‬ޒަމާނާ އެކަށީގެންވާ ފަދަ ރަނގަޅު ޞިއްޙީ ވަޞީލަތްތައް ވީ އެންމެ އަވަހަކަށް ހޯދުމަކީ ވަރަށް މުހިންމު‬
‫ކަމެކެވެ‪ .‬ހަމައެއާއެކު ޑޮކްޓަރުންނާއި ފަންނީ މުވައްޒަފުންގެ މުސާރަ އެކަށީގެންވާ މިންވަރަކަށް ބޮޑުކޮށް‪ ،‬ފެންވަރު‬
‫ރަނގަޅު ޑޮކްޓަރުން ހަސްފަތާލުތަކަށް ހޯދުމަކީ‪ ،‬ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެކެވެ‪ .‬މި ކަންކަން ރަނގަޅަށް‬
‫ކުރުމަށް ޓަކައި ހިންގުންތެރި ވެރީން އެ ތަންތަނަށް އައްޔަންކުރަންޖެހެއެވެ‪ .‬އެބައިމީހުން ކޮރަޕްޝަނުން ސަލާމަތްވެފައިވާ‬
‫ބަޔަކަށް ހެދުމަށް ޓަކައި‪ ،‬ހެލްތު މިނިސްޓްރީން އެތަންތަނުގެ ކަންކަން ހިނގާ ނުހިނގާ ގޮތް މިހާރަށް ވުރެ ގާތުން‪ ،‬ވީ‬
‫އެންމެ ރަނގަޅަކަށް ބަލައި‪ ،‬މި ފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ އިމުގެ ތެރެއިން ހަރުކަށި ފިޔަވަޅު‬
‫އަޅަންޖެހެއެވެ‪ .‬މި ކަންކަން މި ގޮތަށް ކުރެވިއްޖެ ނަމަ‪ ،‬ދޫނިރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ޞިއްޙީ‬
‫ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވެގެންދާނޭކަމަށް ފެނެއެވެ‪.‬‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫‪14‬‬
‫ސުވާލު‪:‬‬

‫މިއަދު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ޞިއްޙީ ކާރިސާއަކީ ކޮވިޑް ‪19-‬ގެ ކާރިސާއެވެ‪ .‬މި ކާރިސާ މުޅިދުނިޔެ‬
‫ތަޖުރިބާ ކުރަމުން ދާއިރު‪ ،‬ދިވެހިރާއްޖެ ވެސް މި ވަނީ މި ނުރައްކާތެރި ކާރިސާގެ ވަބާގައި ޖެހިފައެވެ‪ .‬ރާއްޖޭގެ އެކި‬
‫ރަށްތަކަށް މި ބަލި ފެތުރިފައި ވާއިރު‪ ،‬މި ބަލި ފެތުރިފައިވާ އެއް ރަށަކީ ޗ‪ .‬ފުށިދުއެވެ‪ .‬އެ ރަށުގެ ގިނަ ބަޔަކަށް މި‬
‫ބަލި ޖެހުމުގެ ސަބަބުން‪ ،‬ސަރުކާރުން ވަނީ އެ ރަށުގެ މީހުން ގެއިން ނިކުމެ އުޅުން މަނާކޮށްފައެވެ‪ .‬އަދި އެ ރަށަށް‬
‫ލަފާ ފުރުން ވެސް މަނާކޮށްފައެވެ‪ .‬މި ކަމާ ގުޅިގެން ރަށުގެ ޢާއްމު ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ‪.‬‬
‫މިގޮތުން ޞިއްޙީ‪ ،‬އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރައިފައެވެ‪ .‬ވީމާ‪ ،‬މި ރަށުގެ‬
‫މިހާރުގެ އާއްމު ހާލަތު އޮތްގޮތް ބަޔާންކޮށްދީ‪ ،‬އަތޮޅު ކައުންސިލްގެ ރައީސް ލިޔާ ރިޕޯޓެއް ލިޔާށެވެ!‬

‫ކޮވިޑް ‪ 19‬ބަލީގެ ސަބަބުން ޗ‪ .‬ފުށިދޫގެ އާއްމު ޙާލަތު އޮތް ގޮތް‬

‫ތަޢާރަފު‬

‫ޗ‪ .‬ފުށިދޫގައި ކޮވިޑް ‪19‬ގެ ބަލިމަޑުކަން ފެތުރި‪ ،‬ފުރަބަންދުކުރުމާ ގުޅިގެން‪ ،‬އެ ރަށުގެ އާންމު ޙާލަތު ވަނީ ވަރަށް‬
‫ބޮޑަށް ދަށަށް ގޮސްފައެވެ‪ .‬އެހެންކަމުން މި ރިޕޯޓަކީ ފުށިދޫގެ އާންމު ހާލަތު ދެނެގަނެ‪ ،‬އެ ރަށަށް މިހާރު ކުރިމަތިވެފައިވާ‬
‫މައްސަލަތައް ހައްލުކުރާނޭ ގޮތްތައް ބަޔާންކޮށް ލިޔެފައިވާ ރިޕޯޓެކެވެ‪ .‬އެ ގޮތުން މި ރިޕޯޓުގައި ބަލައިލައިފައިވާނީ‪،‬‬
‫ފުށިދޫގެ އިޤުތިޞާދީ ހާލަތާއި‪ ،‬އިޖުތިމާޢީ ހާލަތާއި‪ ،‬ޞިއްޙީ ހާލަތާއި‪ ،‬ތަޢުލީމީ ހާލަތުގެ އިތުރުން އާންމު ދިރިއުޅުމުގެ‬
‫ހާލަތު އޮތްގޮތުގެ މައްޗަށެވެ‪ .‬މިއީ އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ފޯނުން ގުޅައިގެން ނަގާފައިވާ ބަސްދީގަތުންތަކުންނާއި‬
‫އޮންލައިންކޮށް ކުރެވުނު ސާވޭތަކުން ލިބުނު މައުލޫމާތުގެ އަލީގައި‪ ،‬ޗ‪ .‬އަތޮޅު‪ ،‬އަތޮޅު ކައުންސިލްގެ ރައީސް‪ ،‬އިރުފާނު‬
‫އަލީ ލިޔެފައިވާ ރިޕޯޓެކެވެ‪.‬‬

‫‪15‬‬
‫އިގުތިޞާދީ ހާލަތު‬

‫ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ފުށިދޫގެ އިޤުތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ‪ .‬މި ކަމާ ގުޅިގެން‪،‬‬
‫އެ ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ‪ 10‬ފަރާތަކާ ސުވާލުކުރުމުން‪ ،‬އެ ފަރާތްތަކުން ހާމަކުރިގޮތުގައި‪ ،‬ކޮވިޑުގެ މި‬
‫ވަބާއާ ގުޅިގެން‪ ،‬އެ މީހުން ކުރަމުން އައި ގެސްޓް ހައުސްގެ ވިޔަފާރި ހުއްޓި‪ ،‬އެ ތަންތަން ވަނީ ބަންދުކުރާން ޖެހިފައެވެ‪.‬‬
‫އެ ކަމުގެ ސަބަބުން ރަށުގެ ‪ 98‬މީހެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ‪ .‬މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުން‬
‫އާމްދަނީ ހޯދަމުން އަންނަ ‪ 30‬މީހުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި‪ ،‬އެ ރަށުގައި ކޮވިޑުގެ ބަލިމަޑުކަން‬
‫ފެތުރޭންފެށުމާއެކު‪ ،‬ގޭގައި ބަންދުވެގެން ތިބޭން ޖެހުމުން‪ ،‬އެބައިމީހުން ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހި‪،‬‬
‫އާމްދަނީ ލިބޭނެ މަގުތައް ވަނީ ބަންދުވެފައެވެ‪ .‬ސާވޭގައި ބަވެރިވި ‪ 28%‬މީހުން ހާމަކޮށްފައިވާ ގޮތުގައި‪ ،‬ރައްކާކޮށްފައި‬
‫ހުރި ފައިސާކޮޅު ހުސްވެ‪ ،‬ބޭނުންވާ ތަކެތި ފިހާރަތަކުން ވަނީ ދަރަންޏަށް ހޯދާން ޖެހިފައެވެ‪ .‬މި ކަމާ ގުޅިގެން ރަށު‬
‫ކައުންސިލްގެ ރައީސާ ސުވާލުކުރުމުން‪ ،‬ވިދާޅުވީ‪ ،‬ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރުމާ ގުޅިގެން‪ ،‬ރަށުގެ އިގުތިޞާދީ‬
‫ހާލަތު ވަނީ‪ ،‬މިއިން ޒަމާނަކު ވެސް ދަށަށް ނުދާހައި ބޮޑަށް ދަށަށް ގޮސްފައިކަމަށެވެ‪ .‬އަދި އާމްދަނީ ލިބޭނެ ގޮތެއް‬
‫ނެތި‪ ،‬ހާލުގައި ޖެހިގެން ‪ 130‬މީހަކު ރަށު ކައުންސިލަށް ވަނީ ރިޕޯޓުކޮށްފައެވެ‪ .‬މިއީ ކޮވިޑްގެ ހާލަތުގެ ސަބަބުން މި‬
‫ރަށުގެ އިޤތިޞާދަށް ލިބިފައިވާ ހީނަރުކެމެވެ‪.‬‬

‫އިޖުތިމާޢީ ހާލަތު‬

‫ކޮވިޑުގެ ބަލިމަޑުކަން ފުށިދުއަށް ފެތުރި‪ ،‬ފުރަބަންދުކުރުމުގެ ސަބަބުން‪ ،‬ރަށުގެ އިޖުތިމާޢީ ހާލަތު ވަނީ ވަރަށް‬
‫ގޯސްވެފައިކަމަށް މި ދިރާސާއިން ފާހަގަކުރެވުނެވެ‪ .‬އެހެންކަމުން އެ ރަށުގައި ދިރިއުޅޭ ‪ 60‬އާއިލާއިން ‪ 60‬މެންބަރުން‬
‫ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި‪ ،‬އޭގެތެރެއިން ‪ 35%‬އާއިލާގައި ވަނީ‪ ،‬ފުރަބަންދާ ގުޅިގެން ތަފާތު‬
‫މައްސަލަތައް އުފެދިފައެވެ‪ .‬އޭގެ ތެރޭގައި އެކަކު އަނެކަކުދެކެ ރުޅިއައިސްގެން އަނގައިން ނުބުނެ ތިބުމާއި‪ ،‬ޒުވާބުކުރުމާއި‬
‫މުދަލަށް ގެއްލުންދިނުން ފަދަ މައްސަލަތައް ފާހަގަކޮށްފައިވެއެވެ‪ .‬މި ދިރާސާގައި ބައިވެރިވި މީހުންގެ ‪ 85%‬މީހުން‬
‫ހާމަކުރިގޮތުގައި‪ ،‬މި ފަދަ މައްސަލަތައް ޖެހެން ފެށީ‪ ،‬އެއް ތަނެއްގައި ގިނަ ދުވަހު ބަންދުވެފައި ތިބެންޖެހުމުގެ‬
‫ސަބަބުންނެވެ‪ .‬މިކަމާ ގުޅިގެން އެ ރަށު ފުލުހުންގެ އިދާރާއާ ގުޅުމުން މައުލޫމާތު ދެއްވިގޮތުގައި‪ ،‬ފުރަބަންދުގެ ދަތި‬
‫ދުވަސްތައް ފެށުނު ފަހުން‪ ،‬އާއިލީ މައްސަލަތައް އެ ރަށުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ‪ .‬އެ ގޮތުން ފުލުހުންނަށް‬
‫ހުށަހަޅާފައިވާ އެ ބާވަތުގެ ‪ 85‬މައްސަލައިގެ ތެރެއިން ‪ 95%‬މައްސަލައަކީ‪ ،‬ގިނަ ބަޔަކު އެއްތަނެއްގައި ބަންދުވެފައި‬

‫‪16‬‬
‫ތިބެންޖެހުމުން އުފެދިފައިވާ މައްސަލަތަކެވެ‪ .‬މިއީ ފުރަބަންދުގެ ކުރިން‪ ،‬މި ފަދަ މައްސަލަތައް ހުށަހެޅިފައިވާ މިންވަރާ‬
‫އަޅައިބަލާއިރު ‪77%‬ގެ އިތުރުވުމެކެވެ‪ .‬މިއީ ކޮވިޑްގެ ސަބަބުން މި ރަށުގެ އިޖުތިމާއީ ހާލަތަށް ކޮށްފައިވާ އަސަރުތަކެވެ‪.‬‬

‫ޞިއްޙީ ހާލަތު‬

‫ފުރަބަންދާ ގުޅިގެން ފުށިދޫގެ ޞިއްޙީ ހާލަތު ވެސް ގޯސްވެފައިވާކަން ދިރާސާއިން ފާހަގަކުރެވުނެވެ‪ .‬މި ކަމާ ގުޅިގެން‬
‫އެ ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ކޮވިޑު ބައްޔަށް ފައްސިވެ‪ ،‬އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ގެންދާ ‪20‬‬
‫މީހުންނާ ސުވާލުކުރުމުން‪ ،‬އޭގެ ތެރެއިން ‪ 90%‬މީހުން ބުނެފައި ވަނީ‪ ،‬އެ މީހުންނަށް ހޮސްޕިޓަލުން އކަށީގެންވާ ފަރުވާ‬
‫ލިބެމުން ނުދާކަމަށެވެ‪ .‬އެ ގޮތުން ގަޑިންގަޑިއަށް ބޭސް ނުލިބުމާއި ހުމާއި ޕްރެޝަރު ވެސް ގަވާއިދުން ނުބަލާކަމަށް އެ‬
‫މީހުން ބުނެފައިވެއެވެ‪ .‬ދާއިމީ ބަލިބައްޔަށް ފަރުވާ ހޯދަމުން އަންނަ ‪ 25‬މީހުންނާ ސުވާލުކުރުމުން‪ ،‬އޭގެ ތެރެއިން ‪20‬‬
‫މީހުން ބުނެފައިވަނީ‪ ،‬ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރޭންފެށިފަހުން‪ ،‬ރަށު ހޮސްޕިޓަލުން އެކަށީގެންވާ ބޭސްފަރުވާ‬
‫ނުލިބޭ ކަމަށެވެ‪ .‬މި ކަމާ ގުޅިގެން އެ ރަށުގެ ހަސްފަތާލު ހިންގުމާ ހަވާލުވެހުންނެވި މުޙައްމަދު ފާއިޒާ ސުވާލުކުރުމުން‪،‬‬
‫ވިދާޅުވީ‪ ،‬ކޮވިޑުގެ ބަލިމަޑުކަން ރަށަށް ފެތުރެންފެށިފަހުން މިހާތަނަށް ‪ 286‬މީހަކު އެ ރަށުން ބައްޔަށް ފައްސިވެ‪ ،‬އޭގެ‬
‫ތެރެއިން ‪ 39‬މީހަކަށް އެޑުމިޓްކޮށްގެން ފަރުވާދޭން ޖެހުމުން‪ ،‬ހޮސްޕިޓަލުގެ އެނދުތައް ފުރިގެން‪ ،‬އިތުރު އެނދު‬
‫ގެނެސްގެން ވެސް މީހުން ބައިތިއްބަން ޖެހިފައިވާ ކަމަށެވެ‪ .‬މީގެ އިތުރުން ޚިދުމަތްދޭނެ ޑޮކްޓަރުންނާއި ނަރުހުންނަށް‬
‫ނުތަކާވަރުވެ‪ ،‬އެހެނިހެން ބަލިބައްޔަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ވެސް އެކަށީގެންވާ ޚިދުމަތެއް ނުދެވޭ ކަމަށާއި‬
‫ބައެއް ބާވަތްތަކުގެ ބޭސްތައް ހުސްވުމުގެ ސަބަބުން ވެސް‪ ،‬ޚިދުމަތްތަކަށް ހުރަސް އެޅެމުން އަންނަ ކަމަށެވެ‪ .‬މީގެ‬
‫އިތުރުން ފުރަބަންދުކުރުމުގެ ކުރިއާ އަޅައިބަލާއިރު‪ ،‬ނަފުސާނީ ބަލިތަކަށް ފަރުވާހޯދަން އަންނަ ފަރާތްތަކުގެ އަދަދު ‪45%‬‬
‫އިތުރުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ‪ .‬އެހެންކަމުން ކޮވިޑްގެ ސަބަބުން ސިއްހީ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް‬
‫ގޮސްފައެވެ‪.‬‬

‫އާންމު ދިރިއުޅުމުގެ ހާލަތު‬

‫ފުރަބަންދުގެ ސަބަބުން ފުށިދޫގެ އާންމު ދިރިއުޅުމުގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަން‬
‫ފާހަގަކުރެވުނެވެ‪ .‬މި ކަމާ ގުޅިގެން ރަށުގެ ވިޔަފާރިވެރިންގެ ތެރެއިން ‪ 10‬މީހަކާ ސުވާލުކުރުމުން‪ ،‬އޭގެ ތެރެއިން ‪9‬‬
‫ރ‬
‫މީހުން ބުނި ގޮތުގައި‪ ،‬ފުރަބަންދާ ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓިފައި އޮތުމުގެ ސަބަބުން‪ ،‬ކާބޯތަކެއްޗާއި ޒަރޫ ީ‬

‫‪17‬‬
‫ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށަށް ގެނައުމުގައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ‪ .‬މީގެ ސަބަބުން‬
‫ކާބޯތަކެތީގެ އެތައް ބާވަތްތަކެއް މިހާރު ވެސް ހުސްވެފައި ހުރި ކަމަށް ‪ 5‬ވިޔަފާރިވެރިން ބުނެފައިވެއެވެ‪ .‬މިކަމާ ގުޅިގެން‬
‫ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ‪ 70‬މީހުން ހިމަނައިގެން ކުރި ސާވޭއެއްގައި‪ ،‬ކާޑުގެ ބާވަތްތައް ގެއިން އެއްކޮށް‬
‫ހުސްވެފައިވާ ކަމަށް ‪ 20%‬މީހުން ބުނެފައިވާއިރު‪ 35% ،‬މީހުން ބުނެފައިވަނީ ކާބޯތަކެތީގެ ބާވަތައް އެ ގޭގެއިން‬
‫ހުސްވަމުން އަންނަކަމަށެވެ‪ .‬މީގެއިތުރުން ކުޑަކުދިންގެ ކާނާއާއި ނެޕީ ފަދަ ތަކެތި ހުސްވެފައިވާކަމަށް ދިރާސާގައި‬
‫ބައިވެރިވި ‪ 10%‬މީހުން ބުނެފައިވެއެވެ‪ .‬ރަށުކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި‪ ،‬ފުރަބަންދާ ގުޅިގެން‪ ،‬ބޯފެން‬
‫ނުލިބިގެން ރަށުގެ ‪ 80%‬ގެއިން ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ‪ .‬އަދި ކައްކާ ގޭސް ހުސްވެ‪ ،‬ކެއްކުމަށް ދަތިތައް‬
‫ކުރިމަތިވެގެން‪ 45 ،‬ގެއަކުން ރިޕޯޓުކޮށްފައިވެއެވެ‪ .‬މީގެ އިތުރުން ރަށުގެ އާންމު ދިރިއުޅުމުގެ ތަފާތު ދަތިތައް‬
‫ކުރިމަތިވެގެން‪ 145 ،‬މީހަކު ރަށުކައުންސިލަށް މައްސަލަ ހުށައަޅާފައިވެއެވެ‪ .‬މިއީ ކޮވިޑް ޙާލަތުގެ ސަބަބުން ޢާއްމު‬
‫ދިރިއުޅުމުގެ ޙާލަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކެވެ‪.‬‬

‫ތަޢުލީމީ ހާލަތު‬

‫ކޮވިޑްބަލި ފެތުރުމާ ގުޅިގެން ފުށިދޫ ފުރަބަންދުކުރިކަމުގައި ވިޔަސް‪ ،‬އިސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް މާ‬
‫ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިނުވާކަން މި ދިރާސާއިން ފާހަގަކުރެވެއެވެ‪ .‬އެގޮތުން ރަށު އިސްކޫލުގެ ޕްރިންސިޕަލް‬
‫ވިދާޅުވިގޮތުގައި‪ ،‬ފުރަބަންދު ކުރި ދުވަހުން ފެށިގެން‪ ،‬އިސްކޫލުގެ ހުރިހައި ދަރިވަރުންނަށް ވަނީ‪ ،‬އޮންލައިންކޮށް‬
‫ކިޔަވައިދޭން ފަށާފައެވެ‪ .‬މި ކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އާދެއެވެ‪.‬‬
‫ރހައި މުދައްރިސުން ވެސް‬
‫މިކަމާ ގުޅިގެން އެކި ގުރޭޑުތަކަށް ކިޔަވައިދެއްވާ ‪ 15‬މުދައްރިސުންނާ ސުވާލުކުރުމުން‪ ،‬އެ ހު ި‬
‫ފާހަގަކުރެއްވިގޮތުގައި‪ ،‬ގިނަ ދަރިވަރުން ކުލާސްތަކަށް ބަރާބަރަށް ހާޟިރުވެ‪ ،‬ހަވާލުކުރާ މަސައްކަތްތައް މަދު ކުއްޖަކު‬
‫ފިޔަވައި‪ ،‬ދުވަހުން ދުވަހަށް ނިންމައެވެ‪ .‬އަދި ޓިއުޓޯރިއަލް ގަޑިތަކުގައި ވެސް ބައިވެރިވެއެވެ‪ .‬އެހެންނަމަވެސް‬
‫އިންޓަނެޓްގެ މައްސަލައާހުރެ‪ ،‬ބައެއް ދަރިވަރުންނަށް ބައެއް ކުލާސްތަކަށް ނުވަދެވެއެވެ‪ .‬މިކަން އިތުރަށް އޮޅުންފިލުވުމުގެ‬
‫ގޮތުން ގުރޭޑު ‪ 10 ،9 ،8‬ގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ ‪ 40‬ދަރިވަރުން ހިމަނައިގެން ހެދި ސާވޭއެއްގައި‪،‬‬
‫‪ 70%‬ދަރިވަރުން ބުނެފައިވަނީ‪ ،‬ކިޔަވައިދެއްވާ ފިލާވަޅުތައް ރަނގަޅަށް އޮޅުންފިލާކަމަށާއި ނޭނގޭ ތަކެއްޗާއި އޮޅުންއަރާ‬
‫ވ‬
‫ބައިތައް އޮޅުންފިލުވަން‪ ،‬ކުރިއަށްވުރެ މިހާރު މާ ފަސޭހަކަމަށެވެ‪ .‬އިންޓަނެޓުގެ މައްސަލަ ދިމާވާވެގެން ކުލާހަށް ނުވަދެ ޭ‬
‫ފަހަރު އަންނަ ކަމަށް ‪ 40%‬ދަރިވަރުން ބުނެފައިވެއެވެ‪ .‬އިސްކޫލުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު‪ ،‬އޮންލައިންކޮށް‬
‫ކިޔަވައިދީފައި ނެގި ޔުނިޓް ޓެސްޓުގެ ނަތީޖާ‪ ،‬އޭގެ ކުރިން ނެގި ޔުނިޓް ޓެސްޓުގެ ނަތީޖާއަށްވުރެ ދަށްވެފައި ވަނީ‬

‫‪18‬‬
‫އެންމެ ‪ 2.34%‬އެވެ‪ .‬އެހެންކަމުން ކޮވިޑްގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ވަނީ އެތަކެއް ނޭދެވޭ އަސަރުތައް‬
‫ކޮށްފައެވެ‪.‬‬

‫ހައްލު‬

‫ފުށިދޫ ފުރަބަންދުކުރުމާ ގުޅިގެން‪ ،‬އެ ރަށުގެ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާތީ‪ ،‬އެ ކަންކަމަށް‬
‫އަވަސް ހައްލެއް ގެނައުމަށް ޓަކައި‪ ،‬ރަށުގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި‪ ،‬ވަޒީފާ ނެތް ފަރާތްތަކަށާއި‬
‫މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްކުރަމުން އައި ފަރާތްތަކަށް ''އިންކަމް ސަޕޯޓް އެލަވަންސް'' ފަދަ ޚާއްޞަ‬
‫އެލަވަންސެއް ހަމަޖައްސައިދީ‪ ،‬ގެސްޓް ހައުސް ހިންގާ ފަރާތްތަކަށް ލުއިލޯނު ލިބޭނެ ގޮތް ހަމަޖެއްސުމަކީ މުހިންމު‬
‫ކަމެކެވެ‪ .‬މީގެ އިތުރުން ޢާއިލީ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެ ފަދަ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ‬
‫ކަންތައްތަކާ މެދު އާންމުން ހޭލުންތެރިކުރުމަށް ޓަކައި ސެޝަންތަކެއް ބޭއްވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ‪.‬‬
‫ހަމައެއާއެކު ކޮވިޑްބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަ ތަނެއް ވަގުތީގޮތުން ނަމަވެސް އަޅައި‪ ،‬އެ ތަނަށް ބޭނުންވާ‬
‫ޞިއްޙީ އެހީތެރިންނާއި ވަސީލަތްތައް ހަމަކޮށް‪ ،‬ރަށުގެ ޞިއްޙީމަރުކަޒަކީ‪ ،‬އެހެނިހެން ބަލިތަކުގެ މީހުންނަށް ޚާއްޞަ‬
‫ތަނަކަށް ހަދަން ޖެހެއެވެ‪ .‬މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރަށަށް ގެނެސް‪ ،‬ގޭގެއަށް ފޯރުކޮށްދިނުމަށް‬
‫ޓަކައި‪ ،‬ޚާއްޞަ ޓާސްކްފޯހެއް ކައުންސިލުން އުފައްދައިގެން‪ ،‬އެ މަސައްކަތް ފެށުމަކީ ވެސް ކުރަންޖެހިފައިވާ ވަރަށް‬
‫މުހިންމު ކަމެކެވެ‪ .‬އަދި ރަށަށް ދޫކޮށްފައިވާ އިންޓަނެޓްގެ ފެންވަރު މަތިކޮށް‪ ،‬ކިޔަވައިދިނުމުގެ ކަންކަން މިހާރަށްވުރެ‬
‫ރަނގަޅުކުރުމަކީ ވެސް ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ‪ .‬މި ގޮތަށް މި ކަންކަން ކުރެވިއްޖެ ނަމަ‪ ،‬ފުށިދޫއަށް މިއަދު‬
‫ކުރިމަތިވެފައިވާ ނާޒުކު ހާލަތު‪ ،‬އާންމު ހާލަތަކަށް ބަދަލުވެދާނޭކަމަށް ބެލެވެއެވެ‪.‬‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫‪19‬‬
‫ސުވާލު‪:‬‬

‫ހއ‪ .‬މަނަފަރު އިސްކޫލުގެ މަތީސާނަވީއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު މިހާރަށްވުރެ‬
‫ރަނގަޅު ކުރުމަށް ޓަކައި‪ ،‬އެ ދަރިވަރުންނަށް ޚާއްޞަކޮށްގެން‪ ،‬ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް‪ ،‬އެ‬
‫އިސްކޫލުން ބޭނުންވެއެވެ‪ .‬ވީމާ‪ ،‬މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި ބޭނުންވާނެ ފައިސާ ހޯދުމުގެ ގޮތުން‪ ،‬މި‬
‫ފަދަ ކަންކަމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމަށްވާ‪“ ،‬ހިޔަމަ ފައުންޑޭޝަން” އަށް ހުށަހަޅާނެ ޕްރޮޕޯޒަލެއް‬
‫ލިޔާށެވެ! ޕްރޮޕޯޒަލްގެ ދިގުމިނަކީ ‪ 300‬ލަފުޒާއި ‪ 400‬ލަފުޒާ ދެމެދުގެ މިންވަރެވެ‪.‬‬

‫ލިޔުންތެރިކަމުގެ ތަމްރީނު ސެޝަންތަކުގެ ފަންޑިންގ ޕްރޮޕޯސަލް‬

‫ލިޔުނީ‪ :‬މުޙައްމަދު ޤާސިމް‬

‫ތަޢާރަފު‬

‫މިއީ ހއ‪ .‬މަނަފަރު އިސްކޫލުގެ މަތީސާނަވީއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ‪ ،‬ލިޔުންތެރިކަމުގެ ފެންވަރު މިހާރަށްވުރެ‬
‫ރަނގަޅު ކުރުމުގެ ގޮތުން‪ ،‬އެ ދަރިވަރުންނަށް ޚާއްޞަކޮށްގެން‪ ،‬ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް‬
‫ބޭނުންވާތީ‪ ،‬އެ ކަމަށް ފައިސާ ހޯދުމަށް ޓަކައި‪" ،‬ހިޔަމަ ފައުންޑޭޝަން"އަށް ހުޅަހެޅުމަށް ލިޔެފައިވާ ޕްރޮޕޯޒަލެކެވެ‪ .‬މި‬
‫ޕްރޮޕޯޒަލްގައި މައިގަނޑުގޮތެއްގައި ހިމަނާފައިވާނީ‪ ،‬ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުން‪ ،‬އެ ދަރިވަރުންނަށް‬
‫ދިމާވާ ތަފާތު މަސައްލަތަކާއި އެ މައްސަލަތައް ޙައްލުކުރުމަށް ޓަކައި‪ ،‬މި ފަދަ ސެޝަންތަކެއް ބޭއްވުމުގެ މުހިންމުކަމާއި‬
‫މި ސެޝަންތައް ބޭއްވުމަށް ބޭނުންވަނީ ކިހައި ފައިސާއެއްކަމާއި އެ ފައިސާ ބޭނުންވާ ސަބަބުތަކާއި ލިބޭ ފައިސާ‬
‫ޚަރަދުކުރާނޭ ގޮތެވެ‪.‬‬

‫ދަރިވަރުންނަށް ދިމާވާ ބައެއް މަސައްލަތައް‬

‫ހއ‪ .‬މަނަފަރު އިސްކޫލުގައި އޭލެވެލްއަށް ކިޔަވާ ‪ 25‬ދަރިވަރުން ހިމަނައިގެން ހެދި ސާވޭއަކުން ދެއްކި ގޮތުގައި‪،‬‬
‫ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުން‪ ،‬އެ ދަރިވަރުންނަށް ތަފާތު މައްސަލަތަކާ ކުރިމަތިވެއެވެ‪ .‬އެގޮތުން އެންމެ‬
‫ގިނަ ދަރިވަރުން ފާހަގަކުރި އެއް މައްސަލައަކީ‪ ،‬ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުން‪ ،‬ދިވެހި އިމްތިހާނުން‬
‫‪20‬‬
‫އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ މައްސަލައާއި ދިވެހި މާއްދާއިން ފާސްނުވާ މައްސަލައެވެ‪ .‬މީގެއިތުރުން ކުލާހުން‬
‫ނިންމަން ދޭ ދިވެހި ފިލާވަޅުތައް ވެސް‪ ،‬އެންމެ އެދެވޭގޮތުގައި ނިންމަން ދަތިވާކަން ބައެއް ދަރިވަރުން ފާހަގަކުރިއެވެ‪.‬‬
‫އަދި އިސްލާމް ފިލާވަޅުތަކާއި އިސްލާމް ޓެސްޓު ހެދުމުގައި އިބާރާތްކުރުމުގެ މައްސަލަތައް ޖެހޭކަމަށާއި އޭގެ ސަބަބަބުން‬
‫އިސްލާމް މާއްދާއިން ލިބޭ ނަތީޖާއަށް ނޭދެވޭ އަސަރު ކުރާކަން‪ ،‬ދިރާސާގައި ބައިވެރިވި ބައެއް ދަރިވަރުން ވަނީ‬
‫ފާހަގަކޮށްފައެވެ‪ .‬އެހެންކަމުން ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި‪ ،‬މި ފަދަ ސެޝަންތަކެއް‬
‫ބޭއްވުމަކީ‪ ،‬އެޗްއެސްސީ އިމްތިހާނުގެ ދިވެހިބަހާއި އިސްލާމް މާއްދާއިން އެ ދަރިވަރުން ހޯދާ ނަތީޖާ‪ ،‬މިހާރަށްވުރެ‬
‫ރަނގަޅު ކުރުމަށް ޓަކައި‪ ،‬ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއްކަމުގައި ދެކެމެވެ‪.‬‬

‫ބޭނުންވާ ފައިސާގެ ތަފުސީލު‬

‫ކުރިއަށް ގެންދިޔުމަކީ‪ ،‬ގިނަގުނަ ޚަރަދުތަކެއް‬ ‫ފަދަ ސެޝަންތަކެއް‬ ‫މި‬ ‫ޚާއްޞަކޮށްގެން‬ ‫ދަރިވަރުންތަކަކަށް‬


‫ހިނގާނޭކަމެކެވެ‪ .‬އެގޮތުން މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި‪ ،‬ހޯލެއް ކުއްޔަށްހިފާން ވަނީ ޖެހިފައެވެ‪.‬‬
‫ސަބަބަކީ މި އިސްކޫލުގެ ހޯލަކީ‪ ،‬އެއަރކޯނު ނުކޮށް ހުރި ހޯލަކަށް ވެފައި‪ ،‬ސައުންޑުސިސްޓަމްގެ މައްސަލަ ވެސް ވަރަށް‬
‫ބޮޑު ހޯލަކަށްވުމުން‪ ،‬މި ފަދަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ދަތިވާނެކަމަށް ބެލެވޭތީއެވެ‪ .‬މި ސެޝަންތައް‬
‫ބޭވުމަށް ގަސްތުކޮށްފައި ވަނީ‪ ،‬އިސްކޫލުގައި ތިއްބެވި މުދައްރިސުންގެ ބަދަލުގައި‪ ،‬ބޭރުން ފެންވަރު ރަނގަޅު‬
‫ވ‬
‫މުދައްރިސުންނާއި ބަހުގެ ފުންނާބު އުސް ބޭބޭފުޅުން ގެނެސްގެންނެވެ‪ .‬އެހެންކަމުން އެ ބޭފުޅުން ކުރައް ާ‬
‫މަސައްކަތްޕުޅުތަކަށް އެކަށީގެންވާ އުޖޫރައެއް އެ ބޭފުޅުންނަށް އަރުވާން ޖެހެއެވެ‪ .‬ހަމައެއާއެކު ސެޝަންތަކުގެ ކަންކަން‬
‫އިންތިޒާމުކުރުމަށާއި ލިޔެކިޔުމަށް ބޭނުންވާ ތަކެތި ގަތުމަށާއި ސެޝަންތައް ހިނގަމުންދާ ވަގުތު‪ ،‬ސަޔާއި ކެއުމުގެ‬
‫ކަންކަން ހަމަޖެއްސުމަށް ވެސް ޚަރަދުތަކެއް ހިނގާނެއެވެ‪ .‬މި އެންމެހައި ކަންކަމަށް ‪ 20500‬ރުފިޔާ (ވިހި ހާސް ފަސް‬
‫ސަތޭކަ ދިވެހި ރުފިޔާ) ޚަރަދުވާނޭކަމަށް ބެލެވެއެވެ‪ .‬މި ޚަރަދުތަކުގެ ތަފްސީލު ހިމެނޭ ކަރުދާހެއް‪ ،‬މި ޕްރޮޕޯޒަލާއެކު‬
‫އެއްކަރުދާސް ކުރެވިފައި ވާނެއެވެ‪.‬‬

‫ނިންމުން‬

‫މިއީ ވަރަށް ކުޑަ ބަޖެޓަކުން ހިންގަމުން އަންނަ އިސްކޫލަކަށްވާތީ‪ ،‬މި ފަދަ އިތުރު ހަރަކާތްތަކަށް ޚަރަދުކުރާނެ ފައިސާއެއް‬
‫އިސްކޫލު ބަޖެޓުން ހަމަޖެއްސޭކަށް ނޯވެއެވެ‪ .‬ތިޔަ ފަރާތުން މި ކަމަށް ދެއްވާ ފައިސާ ޚަރަދުކުރަން ގަސްތުކޮށްފައިވަނީ‬
‫މި ސެޝަންތައް ކުރިއަށް ގެދިޔުމަށް ބޭނުންވާ އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖެއްސުމަށެވެ‪ .‬އެހެންކަމުން މި‬
‫ފައިސާ ލިބިއްޖެ ނަމަ‪ ،‬މި ސެޝަންތަކަކީ ވަރަށް ކާމިޔާބު‪ ،‬އަދި ދަރިވަރުންނަށް ނުހަނު ފައިދާކުރަނިވި ސެޝަންތަކަކަށް‬
‫ވެގެންދާނޭކަމަށް ބެލެވެއެވެ‪.‬‬

‫‪21‬‬
‫ސުވާލު‪:‬‬
‫ލ ‪ .‬މާވަށު ސްކޫލުގެ ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެއަތޮޅު މާބައިދޫ ސްކޫލުގެ ބައެއް‬
‫ޓީޗަރުންނާއި ޕްރިފެކްޓުން ލ‪ .‬މާވަށަށް ކުރި ދަތުރުގެ ދަތުރުނާމާ ލިޔާށެވެ! ދަތުރުނާމާ ލިޔާނީ މިދަތުރުގައި ބައިވެރިވި‬
‫މުދައްރިސެއްގެ ޙައިސިއްޔަތުންނެވެ‪.‬‬

‫ރ‬
‫ކއި ކުރި ދަތު ު‬
‫ޓންނަށް ޓަ ަ‬
‫ޕްރިފެކް ު‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫މިއީ ލ‪ .‬މާވަށު ސުކޫލްގެ ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް ‪ 10‬އޭޕްރީލް ‪ 2012‬ވީ‬
‫އަންގާރަދުވަހު ލ‪ .‬މާބައިދޫން ލ‪ .‬މާވަށަށް ކުރި ދަތުރުގެ ދަތުރުނާމާއެވެ‪ .‬މި ދަތުރުގައި ބައިވެރިވީ އަޅުގަނޑު (މޫސާ‬
‫ވަސީމު‪ /‬ލ‪ .‬މާވަށު‪ ،‬ފެންފޯއްގެ) އާއި އަޅުގަ ނޑާއެކު މަސައްކަތްކުރާ އިތުރު ‪ 5‬މުދައްރިސުންނާއި ސްކޫލުގެ ‪10‬‬
‫ޕްރިފެކްޓުންނާއި ‪ 3‬ފަޅުވެރިންނެވެ‪" .‬ކާމިޔާބު" ދޯނީގައި‪ 2 ،‬ގަޑިއިރުގެ ދަތުރަށް އަޅުގަނޑުމެން މާވަށަށް ފުރީ އެ‬
‫ދުވަހު ހެނދުނު ‪ 7:30‬ގައެވެ‪.‬‬

‫ދުވަހަކީ މޫސުން ރީތި ދުވަހެކެވެ‪ .‬ހިތްގައިމު ނަލަ ވައިރޯޅިއާ ހަނގާކުރަމުން ދޯނި އޭގެ ބުރަހެލި ދުވެލީގައި ފިރުކެމުން‬
‫ދިޔައިރު‪ ،‬ދަތުރުގެ ބައިވެރިންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ އުޖާލާ ކުލަތަކެވެ‪ .‬ސަމާސާ ވާހަކަތަކުގައި‬
‫އަޅުގަނޑުމެން ފޯރިނަގަމުން ދިޔަ އިރު‪ ،‬ވަގުތު ހޭދަވެގެން ދިޔަ ގޮތެއް ވެސް ނޭނގި އަޅުގަނޑުމެންނަށް އެރަށް ދެވުނު‬
‫އިރު އިސްތިގުބާލުގައި‪ ،‬އެ ރަށު ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން ބައެއް މުދައްރިސުންނާއި ޕްރިފެކްޓުން ތިއްބެވިއެވެ‪.‬‬

‫ކ‬
‫އަތިރިމަތިން ފިނިބުއިމުގެ ނަންބަރެއް ނިންމާލުމަށްފަހު‪ ،‬އަޅުގަނޑުމެން އަވަސްވެގަތީ އެއްގަމަށް ދިޔުމަށެވެ‪ .‬ދަތުރަ ީ‬
‫ސްކޫލުގެ ދައުވަތަކަށް ކުރި ދަތުރެއްކަމުން‪ ،‬ތިބުމާއި ކެއިންބުއިމުގެ ހުރިހާކަމެއް ހަމަޖައްސާފައިވަނީ‪ ،‬ސްކޫލުގެ‬
‫ފަރާތުންނެވެ‪ .‬އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިވަރުން ތިބެން ހަމަޖައްސާފައި ހުރީ ތިން ކޮޓަރީގެ ގެއެކެވެ‪.‬‬
‫ހުރިހާ މުދައްރިސުންނަށް އެއް ކޮޓަރިއެވެ‪ .‬އަނެއް ދެ ކޮޓަރި ދަރިވަރުންނަށެވެ‪ .‬އަންހެން ފިރިހެން ވަކިންނެވެ‪.‬‬

‫‪22‬‬
‫ކޮޓަރިއަށްވަދެ ތާޒާ ވެލައިގެން އަޅުގަނޑުމެން ފުރަތަމަ ދިޔައީ ސަޔަށެވެ‪ .‬ސައިގެ ކަންތައް ހަމަޖައްސާފައި އޮތީ‪ ،‬އެ‬
‫ރަށުގައި ހުރި "އަންތަރީސް" ނަމަކަށް ކިޔާ ކެފޭއެއްގައެވެ‪ .‬އަނގަޔަށާއި ބަނޑަށް ވެސް ރަނގަޅު ސަޔެކެވެ‪ .‬ސައިބޮއިގެން‬
‫ނިކުތްއިރު ނުވަގަޑި ބައިވަނީއެވެ‪ 11 .‬ޖަހާއިރު ހުވައިކުރުމުގެ ރަސްމިއްޔާތު ފެށޭނެތީވެ‪ ،‬ލަސްނުކޮށް ދިޔައީ ގެޔަށެވެ‪.‬‬

‫‪ 10:45‬އެހައިކަންހައިއިރު އަޅުގަނޑުމެންނަށް ސްކޫލާ ހަމަޔަށް ފޯރިއެވެ‪ .‬ސްކޫލު ގޯތިތެރެއާއި ހޯލު އޮތީ ހުވާކުރުމުގެ‬
‫ރަސްމިއްޔާތަށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށް ޒީނަތްތެރި ކޮށްފައެވެ‪ .‬ތަފާތު ކުލަކުލައިގެ މާމެލާމެއްޔާއި ސްކޫލުގެ‬
‫ދިދައާއި ގައުމީ ދިދައިން ހޯލުތެރެއަށް ވަނީ އުފާވެރިކަން ގެނެސްފައެވެ‪.‬‬

‫ގަޑިން ‪ 11‬ޖެހިއިރު ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ވަޑައިގެންފިއެވެ‪ .‬ޝަރަފުވެރި މެހެމާނަކީ އެ ރަށު‬


‫ކައުންސިލްގެ ރައީސް އަލްފާޟިލް މަދީހު އަލީއެވެ‪ .‬ޝަރަފުވެރި މެހެމާނު ވަޑައިގަތުމާއެކު ކީރިތި ޤުރުއާނުގެ ބަރަކާތުން‬
‫ރަސްމިއްޔާތު ފެށިއެވެ‪ .‬ކީރިތި ޤުރުއާން ކިޔެވީ ސްކޫލްގެ ހެޑް ޕްރިފެކްޓް އަލީ ހަސަނެވެ‪ .‬އެއަށްފަހު އޮތީ ރަސްމިއްޔާތު‬
‫ޕރިފެކްޓުންގެ ހަރަކާތްތައް ހިނގައިދިޔަ ގޮތުގެ ކުރު ރިޕޯޓެއް‬
‫ތަޢާރަފު ކުރެއްވުމެވެ‪ .‬ތަޢާރަފަށްފަހު‪ ،‬ކުރީ އަހަރު ް‬
‫ހުށަހެޅުއްވިއެވެ‪ .‬ރިޕޯޓު ހުށަހަޅައިދެއްވީ‪ ،‬ޕްރިފެކްޓް ބޯޑާ ހަވާލުވެ ހުންނެވި ލީޑިން ޓީޗަރ ފަރީޝާ އަލީއެވެ‪ .‬އެއަށްފަހު‬
‫ސ‬
‫އޮތީ އަލަށް ޕްރިފެކްޓުންގެ ގޮތުގައި ހަމަޖެއްސި ހުރިހައި ދަރިވަރުން ހުވާކުރުމެވެ‪ .‬ހުވައި ލައިދެއްވީ އިސްލާމް މުދައްރި ާ‬
‫މަރިޔަމް ޒުލްފާއެވެ‪ .‬މި އައިޓަމަށް ފަހު‪ ،‬ޖަލްސާގެ ޝަރަފުވެރި މެހެމާނު‪ ،‬ޕްރިފެކްޓުންނާ މުޚާތަބުކޮށް ވަރަށް އަގުހުރި‬
‫ވާހަކަކޮޅެއް ދެއްކެވިއެވެ‪ .‬ޕްރިފެކްޓުންގެ ޒިންމާއާއި ވާޖިބުގެ މައްޗަށް އަލިއަޅުއްވާލައްވައިގެންނެވެ‪ .‬ޖަލްސާ ނިމުނީ‬
‫‪ 11:45‬އެހައިކަންހައި އިރުއެވެ‪.‬‬

‫އ‬
‫ޖަލްސާ ނިމުމުން ބިލަތްމީރުކޮށްލުމުގައި ބައިވެރިވެލުމަށްފަހު‪ ،‬އަޅުގަނޑުމެން ގެއަށް ގޮސް‪ ،‬ތައްޔާރުވެލައިގެން ދިޔަ ީ‬
‫ބަނދަރުމައްޗަށެވެ‪ .‬އެ ރަށުން ފުރީ މެންދުރުން އަނބުރައި ‪ 1‬ޖެހިއިރުއެވެ‪ .‬މޫސުން ރީތި ދުވަހެއްކަމުން‪ ،‬ނިޔާމަ‬
‫ދަތުރަކަށްފަހު ރަށަށް ލެފުނީ މެންދުރުން އަނބުރައި ‪ 1:45‬އެހައިކަންހާއިރުއެވެ‪ .‬މާ ޚާއްޞަ ކަމެއް ނުހިނގި ނަމަވެސް‪،‬‬
‫މި ދަތުރު ވެގެން ދިޔައީ‪ ،‬އަޅުގަނޑުމެންނަށާއި ދަރިވަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު އުފާވެރި ދަތުރަކަށެވެ‪.‬‬

‫‪23‬‬
‫ކުރެހުމުގެ ފަންނުގައި އަޅުގަނޑު‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫ކުރެހުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އަޅުގަނޑު (މާހިރު އަލީ‪ ،‬ފުސްވިލާގެ ‪ /‬ލ‪ .‬ފޮނަދޫ) އަކީ‪ ،‬ލ‪ .‬ފޮނަދޫ‬
‫ފުސްވިލާގޭ އަލީ ނާފިޒާއި‪ ،‬ހަމަ އެ ރަށު ކުދިބަތްގޭ ރުޤިއްޔާ ޙަސަނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ‪ 1980 .‬ވަނަ‬
‫އަހަރު މޭމަހު ‪ 19‬ވަނަ ދުވަހު ދުނިޔެއަށް އުފަންވެފައިވާ އަޅުގަނޑަކީ‪ ،‬އަޅުގަ ނޑުގެ މައިންބަފައިންނާއި އާއިލާގެ މީހުން‬
‫ބުނާ ގޮތުގައި‪ ،‬އުފެއްދުންތެރި ވިސްނުމެއް ހުންނަ‪ ،‬ސަކަ މިޒާޖެއްގެ މީހެކެވެ‪.‬‬

‫ރަށު މަދަރުސާގެ ގުރޭޑް ‪ 1‬އަށް އަޅުގަނޑު ވަނީ އުމުރުން ‪ 6‬އަހަރުގައެވެ‪ .‬އަޅުގަނޑުގެ ބައްޕައަކީ އަމިއްލަ ޝައުޤެއްގެ‬
‫ގޮތުގައި ކުރެހުމުގެ މަސައްކަތްކުރާ މީހެއްކަމުން‪ ،‬އުމުރުން ‪ 7‬އަހަރުގައި ބައްޕަގެ ފިޔަވަޅުމަތީގައި ފިޔަވަޅުއެޅޭތޯ‬
‫މަސައްކަތްފެށީމެވެ‪ .‬އެގޮތުން ސްކޫލް ފެންވަރުގައި ބޭއްވި ކުރެހުމުގެ އެކިއެކި މުބާރާތްކުގައި‪ ،‬ފަޚުރުވެރި ކާމިޔާބީތައް‬
‫ހޯދަމުން ތަޢުލީމީ ހަޔާތް ނިންމާލީމެވެ‪.‬‬

‫އޯލެވެލްގައި ލިބުނު ކާމިޔާބާ އެކު‪ ،‬ކުރެހުމުގެ ދާއިރާއިން ލިބުނު ‪ 3‬އަހަރުދުވަހުގެ ކޯހެއްގައި ‪ 1998‬ވަނަ އަހަރު‬
‫އަޅުގަނޑު މެޑްރާހަށް ފުރީ‪ ،‬ކުރެހުމުގެ ފަންނުން މޮޅު މީހަކަށްވުމުގެ މަތިވެރި އަޒުމުގައެވެ‪ 2001 .‬ވަނަ އަހަރު‬
‫އެނބުރި ރާއްޖެއަށް އައީ‪ ،‬ކުރެހުމާއި ފަރުމާކުރުކުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްގެންނެވެ‪ .‬އަދި އަޅުގަނޑުގެ‬
‫ފިހިން ކުރެހުމުގެ ދިވެހި ޖައްވުގައި ރަންކުލަ ޖެއްސުމުގެ މަތިވެރި އަޒުމާ އެކުގައެވެ‪.‬‬

‫މި އުފާވެރި އަހަރު ވެގެންދިޔައީ‪ ،‬އަޅުގަނޑުގެ ހަޔާތަށް އައި‪ ،‬އެންމެ ހިތާމަވެރި އަހަރަށް ވެސް މެއެވެ‪ .‬ވަރަށް ކުއްލި‬
‫ގޮތަކަށް އަޅުގަނޑުގެ ބައްޕަ މި ދުނިޔެ ދޫކުރުމުގެ ސަބަބުންނެވެ‪ .‬އެހެންކަމުން ހަމަ އެ އަހަރު މަންމަ ގޮވައިގެން‬
‫އަޅުގަނޑު މާލެއަށް ބަދަލުވީމެވެ‪.‬‬

‫‪ 2005‬ވަނަ އަހަރު ޖަނަވަރީމަހު މާލޭގައި "ފައިން އާޓްސް ގެލެރީ"ގެ ނަމުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށް‪،‬‬
‫އިސްޓޫޑިއޯއެއް ހުޅުވައިގެން ކުރެހުމުގެ މަސައްކަތް އަޅުގަނޑު ފެށީ‪ ،‬ވަރަށް ބޮޑު އުއްމީދަކާ އެކުގައެވެ‪ .‬ކުޑަ‬
‫ދުވަސްކޮޅެއްގެ ތެރޭގައި މުޅި ފަތުރުވެރިކަމުގެ ސިނާޢަތަށް އަޅުގަނޑުގެ އިސްޓޫޑިއޯގެ އަލިކަން‪ ،‬އޭގެ އެންމެ މަތިވެރި‬
‫ދަރަޖައަށް ފޯރައި‪ ،‬އެތައް ބަޔެއްގެ ޝައުޤުވެރިކަމުގެ ކަޅި‪ ،‬އަޅުގަނޑުގެ މަސައްކަތަށް ހުއްޓުނެވެ‪ .‬ނަތީޖާއަކަށް ވެގެން‬
‫ދިޔައީ‪ ،‬ރާއްޖޭގެ އެތައް ރިސޯޓަކުން މަސައްކަތްތައް ލިބެންފެށުމެވެ‪.‬‬

‫‪24‬‬
‫އަޅުގަނޑުގެ މަސައްކަތް އެތައް ބަޔަކު ބަލައިގަތްކަމީ‪ ،‬މި މަސައްކަތުގައި ކުރިއަށް ދިޔުމަށް އަޅުގަނޑަށް ލިބުނު ވަރަށް‬
‫ރ‬
‫ބޮޑު ހިތްވަރެކެވެ‪ .‬އެ ހިތްވަރުގައި ކުރެވުނު މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން‪ 2010 ،‬ވަނަ އަހަ ު‬
‫އަޅުގަނޑުގެ މަސައްކަތް ވަނީ‪ ،‬ރާއްޖޭގެ ހިކިފަސް ތަންތަނާއި ކަނޑުއޮޅިތައް ގިރާކޮށް‪ ،‬ބޭރުގެ ކަރަތަކަށާއި ވިލާތްތަކަށް‬
‫ޒިޔާރަތްކުރަން ފަށާފައެވެ‪ .‬މަސައްކަތުގައި އިތުރު އަތްތަކެއް ޝާމިލުކޮށްފައެވެ‬

‫އަޅުގަނޑުގެ ކުރެހުމުގެ މަސައްކަތުގެ އަގު ވަޒަންކޮށް‪ 2012 ،‬ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު‪ ،‬ދިވެހި ސަރުކާރުން‬
‫އަޅުގަނޑަށް ދެއްވި ޒުވާނުގެ އިނާމަކީ‪ ،‬މަސައްކަތް އިތުރަށް ފުޅާކުރަން އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ‪.‬‬

‫‪ 2007‬ވަނައަހަރު ފެބުރުވަރީމަހު‪ ،‬މ‪ .‬ނަލަވިލާ ޝަފީނާ އިސްމާޢީލާ އެކު‪ ،‬ޒަވާޖީ ހަޔާތެއް ފަށައި‪ ،‬މިހާރު ‪ 2‬ފިރިހެން‬
‫ކުދިން އަޅުގަނޑަށް ވަނީ ލިބިފައެވެ‪ .‬މިއަދު ވެސް މި މަސައްކަތުގައި ވަރުބަލިކަމެއް‪ ،‬ފޫހިކަމެއް ނެތި ހަރަކާތްތެރިވަމުން‬
‫އަންނައިރު‪ ،‬އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ‪ ،‬ބޮޑެތިވަމުން އަންނަ އަޅުގަނޑުގެ ދެ ކުދިން މި މަސައްކަތުގައި‬
‫ހިފާނެ ދުވަހެކެވެ‪ .‬އިރާދަކުރެއްވިއްޔާ އެ ދުވަސް ވަރަށް އަވަހަށް ފެންނާނެއެވެ‪.‬‬

‫ރީތި އަޑަކުން ކީރިތި ޤުރުއާން‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫ކީރިތި ޤުރުއާން އުނގަންނައިދީ‪ ،‬އެ ޢިލްމުގެ ނޫރުން މުޅި އަތޮޅު ހުޅުދާންކުރުމަށް އަތުކުރި އޮޅާލައިގެން ހުރި‪ ،‬އދ‪.‬‬
‫މަތަރެސްފުށީ ފެންފިޔާޒުގޭ އަލްޤާރީ މުޙައްމަދު އިމްރާނަކީ‪ ،‬އދ‪ .‬މަތަރެސްފުށީ ހުދަންބަރުގޭ ހަސަން ފިކުރީއާއި ހަމަ‬
‫އެގޭ ސަކީނާ ހަސަނަށް ލިބުނު ‪ 5‬ކުދީންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ‪ 1973 .‬ވަނަ އަހަރު ފެބުރުވަރީ މަހުގެ‬
‫‪ 18‬ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް އިމްރާނަކީ‪ ،‬މީހުންނާ ގުޅޭ‪ ،‬މަޑުމައިތިރި‪ ،‬މާތް އަޚުލާޤެއްގެ ވެރިއެކެވެ‪.‬‬

‫މ‬
‫މުޙައްމަދު ޢިމްރާނުގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅީ‪ ،‬އޭނާގެ އުމުރުން ‪ 6‬އަހަރުގައި‪ ،‬އެ ރަށުގެ މަކުތަބުންނެވެ‪ .‬ހަ ަ‬
‫އ ރަށު މުދިންބޭގެ އަރިހަށް ޤުރުއާން ކިޔަވަންދާން ވެސް އޭނާ ފެށިއެވެ‪ .‬އެ ދުވަސްވަރަކީ‪ ،‬ތަޢުލީމީ‬
‫އެ އަހަރު‪ެ ،‬‬
‫ދަންމަރުގެ އަލިކަން‪ ،‬އެ ރަށަށް މާބޮޑަށް ފޯރާފައިވާ ދުވަސްވަރެއް ނޫނެވެ‪ .‬އެހެންކަމުން ރަށުން ގުރޭޑު ‪ 7‬އާ ހަމައަށް‬
‫ކިޔެވުމަށްފަހު‪ ،‬އުމުރުން ‪ 15‬އަހަރުގައި‪ ،‬އޭނާ ބަދަލުވީ މާލެއަށެވެ‪ .‬މުދިންބޭގެ އަރިހުން ޤުރުއާން ކިޔަވަން ފެށުމުން‪،‬‬

‫‪25‬‬
‫އޭނާގެ ހިތުގައި އިންދުނު‪ ،‬ކީރިތި ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަމުގެ އޮށުން އޭރު ގަސްފަޅާފައިވާތީ‪ ،‬މާލެ އައިސް‪،‬‬
‫އޭނާ ވަނީ "ޢިލްމުލް މުޤައްދަސް"ގެ ނަމުގައި ހިންގަމުން ގެންދިޔަ ޤުރުއާން ކުލާހަކަށެވެ‪.‬‬

‫އެ ކުލާހުގައި ‪ 5‬އަހަރު ހޭދަކުރެވުނު އިރު އޭނާއަށް ވަނީ ކީރިތި ޤުރުއާނުގެ ‪ 20‬ފޮތް ހިތުދަސްވެފައެވެ‪ .‬ތަފާތު ‪5‬‬
‫ޤާރީކަމުގެ ސެޓުފިކެޓު ލިބިފައެވެ‪ .‬އެހެންކަމުން މާލޭގައި ހުރެވެން ވެސް‬ ‫ރާގަށް ކިޔަވަން ދަސްވެފައެވެ‪.‬‬
‫ނެތުމާއެކު‪ 1993 ،‬ވަނަ އަހަރު އޭނާ އެނބުރި ރަށަށް އައީ‪ ،‬އޭނާއަށް އެނގިފައި ހުރި ޤުރުއާނުގެ ޢިލްމުން‪ ،‬އެ ރަށުގެ‬
‫ކުދިންގެ ހިތްތައް ރޯޝަންކުރުމުގެ މާތް މަޤުޞަދުގައެވެ‪.‬‬

‫ރަށަށް އައިސް ޢާއިލާގެ އެންމެހައި މެންބަރުންގެ އެހީތެރިކަމާއެކު‪ ،‬ގޭގެ ސިޓިންރޫމުގައި ‪ 10‬ކުދީންނަށް ދައްޗެއްނެތި‬
‫ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި‪ ،‬ކުޑަ ކުދީންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ‪ 1994‬ވަނަ އަހަރު‬
‫ޖަނަވަރީމަހުގެ ފުރަތަމަ ދުވަހު އޭނާ ފެށިއެވެ‪ .‬ކުއްޖެއްގެ އަތުން މަހަކު ‪ 50‬ރުފިޔާ ނަގައިގެން ފެށި މި މަސައްކަތް‪،‬‬
‫‪ 2000‬ވަނަ އަހަރު ފެށުނު އިރު ވަނީ "ކަލާމްފުޅު" މި ނަމުގައި ރަސްމީކޮށް ކިޔަވައިދޭ ކުލާހަކަށް ބަދަލުކުރެވިފައެވެ‪.‬‬

‫އަތޮޅު ފެންވަރުގައި ‪ 2003‬ވަނަ އަހަރު ބާއްވަންފެށި‪ ،‬އދ‪ .‬އަތޮޅު ޤުރުއާން މުބާރާތުގައި‪ ،‬ވިދިވިދިގެން ‪ 3‬އަހަރު‪،‬‬
‫މުބާރާތުގެ ފަޚުރުވެރި ތަށި އުފުލައިލުމުގެ ޝަރަފު ލިބުނީ "ކަލާމްފުޅު" ކުލާހުގެ ދަރިވަރުންނަށެވެ‪ .‬އެހެންކަމުން‪ ،‬މުޅި‬
‫އަތޮޅުގައި "ކަލާމްފުޅު" ކުލާހުގެ ނަން‪ ،‬ރަން އަކުރުން ވިދާންފެށިއެވެ‪ .‬ނަތީޖާއަކަށްވީ‪ ،‬އަތޮޅުގެ އެކި ރަށްރަށުން އެ‬
‫ކުލާހަށް ކުދީން ކިޔަވާން އަންނާން ފެށުމެވެ‪ .‬އެހެންކަމުން މިހައި ތަނަށް އައި އިރު‪ ،‬އިމްރާނުގެ ރީތި އަޑުމަޚުރަޖުން‬
‫އުފާ ޙާޞިލުކޮށް‪ ،‬އެ އަޑު ހިތުގައި ބިންވަޅުނެގިފައިވާ ދަރިވަރުން‪ ،‬އެ އަތޮޅުގެ ކޮންމެ ރަށެއްގައި ވެސް އެބަ ތިއްބެވެ‪.‬‬

‫އިމްރާނުގެ މި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި‪ 2012 ،‬ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ‪ ،‬ޢާންމު‬
‫ޚިދުމަތަށް ހިތްވަރުދިނުމުގެ ޤައުމީ ޢިނާމު އިމްރާނަށް ދެއްވާފައެވެ‪.‬‬

‫މިއަދު ވެސް ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިމްރާނު ވަނީ‪،‬‬
‫‪ 2007‬ވަނަ އަހަރު‪ ،‬އދ‪ .‬މަތަރެސްފުށީ ދުނބުރިމާގޭ އައިޝަތު ނާޒާއެކު ޒަވާޖީ ޙަޔާތެއް ފަށާފައެވެ‪ .‬އެ ކައިވަންޏަށް‬
‫ވަނީ‪ ،‬ފިރިހެން ކުއްޖަކާއި ‪ 3‬އަންހެން ކުދީން ލިބިފައެވެ‪ .‬އިމްރާނުގެ އުއްމީދަކީ‪ ،‬އޭނާގެ ޤުރުއާން ކުލާހުގެ ވިދުވަރު‪،‬‬
‫ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދީ‪ ،‬ސެޓިފިކެޓް ލެވަލްގެ ޤުރުއާން ކޯސްތައް ހިންގޭ ފަދަ ކުލާހަކަށް އެ ކުލާސް ހެދުމެވެ‪.‬‬
‫އޭނާގެ އެ މަސައްކަތް ކާމިޔާބުވެގެން ދިއުމަކީ މި ދާއިރާއަށް ލިބިގެންދާނެ ނުހަނު ބޮޑު ކުރިއެރުމެކެވެ‪.‬‬

‫‪26‬‬
‫ސުވާލު‪:‬‬
‫ސްކޫލް ރިޕޯޓް ފޯމް ދިން ދުވަހު ފާރިހު ރިޕޯޓް ފޯމު ހިފައިގެން އައިއިރު މަންމަ އިނީ ފާރިހުގެ އިންތިޒާރުގަ އެވެ‪.‬‬
‫ރިޕޯޓްފޮތް އަތުލައި ބެލިއިރު އެންމެ މާއްދާއަކުން ފިޔަވައި ރަނގަޅު މާކުހެއް ލިބިފައެއް ނެތެވެ‪ .‬ތިން މާއްދާއިން ވަނީ‬
‫ފެއިލްވެފަ އެވެ‪ .‬މިކަމާ ގުޅިގެން މަންމަ ހިތްހަމަ ނުޖެހިގެން ފާރިހާ ދައްކާ ވާހަކަ ރޭޑިއޯ ޑްރާމާއެއްގެ މަންޒަރެއްގެ‬
‫ގޮތުގައި ލިޔާށެވެ! މަންމަގެ ވާހަކައިގައި ފާރިޙު މިޓާމުގައި ފަރުވާ ކުޑަކުރިވާހަކަ ބުނެދޭއިރު ފާރިޙު ވާހަކަ ދައްކާނީ‬
‫ދިފާޢުގަ އެވެ‪.‬‬

‫‪-‬މުހައްމަދު ޤާސިމް‪-‬‬

‫މަންޒަރު‪1 :‬‬
‫ތަން‪ :‬ސިޓިންރޫމް‬

‫ވަގުތު‪ :‬މެންދުރުފަސް‬
‫ބައިވެރިން‪:‬‬
‫– އަޒީޒާ (މަންމަ)‬
‫– ފާރިހު (ދަރިފުޅު)‬
‫———————————————————‪-‬‬
‫ފަންކާ އެނބުރޭ އަޑާއި ޓީވީގެ އަޑުއިވުން‪ .‬އިރުކޮޅަކުން ބެލް ޖަހާލާއަޑާ އެކު (ފޭޑް އައުޓް) މީހަކު‬ ‫އެފްއެކްސް‪:‬‬
‫ހިނގާފައި ދާއަޑާއި ދޮރު ހުޅުވާ އަޑު‪.‬‬
‫ދަރިފުޅު މިއަދު ހާދަ ލަސްވީ‪ .‬މަންމަ ކިހާއިރެއް ދަރިފުޅުގެ އިންތިޒާރުގަ އިންނަތާ‪ .‬ކޮބާ ރިޕޯޓް‬ ‫އަޒީޒާ‪:‬‬
‫ފޮތް؟‬
‫(ގަޔާނުވާކަހަލަ ރާގެއްގައި) ދަބަހުގަ އެބައޮތް‪.‬‬ ‫ފާރިހު‪:‬‬
‫ވަދެބަލަ އެތެރެއަށް‪( .‬ގާތް ގޮތަކަށް) ދީބަލަ ރިޕޯޓްފޮތް މަންމަ ބަލައިލަން‪.‬‬ ‫އަޒީޒާ‪:‬‬
‫ފާރިހު ގޭތެރެއަށް ވަންނަ އަޑު‪ .‬ދަބަސް މޭޒުމަތީގަ ބަހައްޓާ އަޑާއި ދަބަހުގެ ޒިޕް ދަމާލާއަޑު‪.‬‬ ‫އެފްއެކްސް‪:‬‬
‫އެއަށްފަހު ފޮތް ހުޅުވާއަޑާއި ގަނޑު އުކާއަޑު‬
‫(ނުރުހުމުގެ ރާގަކަށް) އެކަމަކު ފާރިޙޫ‪ .‬މީ ކޯއްޗެއް؟‬ ‫އަޒީޒާ‪:‬‬
‫‪27‬‬
‫(ފަރުވާކުޑަ ގޮތަކަށް) ތީ މާކުހެއްނު‪.‬‬ ‫ފާރިހު‪:‬‬
‫(ނުރުހިފައިވާ ރާގެއްގައި) މިއޮތީ މަންމަ ބުނިތަން އައިސްފައި‪ .‬އެންމެ މާއްދާއަކުން ނޫނީ ކަމުދާ‬ ‫އަޒީޒާ‪:‬‬
‫މާކުހެއް ލިބިފައެއް ނެތެއްނު‪ .‬ތިން މާއްދާއިން މި އޮތީ ފާސްވެސް ނުވެ‪.‬‬
‫(އަމިއްލަ ކުށް ގަބޫލު ނުކުރާކަހަލަ ގޮތަކަށް) ސްކޫލަކުން މިޓާމަކު ރަނގަޅަކަށް ކިޔަވައެއް ނުދެއޭ‪.‬‬ ‫ފާރިޙު‪:‬‬
‫(ހިތްހަމަ ނުޖެހިފައިވާ ރާގަކަށް) މަސް ނުބޭނުނީމަ ކަނޑު ނުބައި ކުރާކަށް ނުޖެހޭނެ‪ .‬ފާރިޙަކަށް‬ ‫އަޒީޒާ‪:‬‬
‫މި ޓާމަކު ކިޔަވާކަށް މަސައްކަތެއް ވެސް ނުކުރެވޭ‪ .‬މުޅިންހެން އޮތީ ފިލްމު ބެލުމާ ގޭމް ކުޅުން‪.‬‬
‫(ހިތްހަމަ ނުޖެހފައިހުރި ކަހަލަ ގޮތަކަށް) އަހަރެން ބުނާ އެއްޗެއް މަންމަ ގަބޫލެއް ނުކުރާނެ‪.‬‬ ‫ފާރިޙު‪:‬‬
‫(ރާގު ބަދަލުކޮށްލާފަ ވިސްނައިދޭން މަސައްކަތް ކުރާކަހަލަ ގޮތަކަށް) ގަބޫލު ނުކުރަނީ އެއް ނޫނޭ!‬ ‫އަޒީޒާ‪:‬‬
‫އެހެންވެގެނެއްނު ތިކަހަލަ އެއްޗެހި ތި ކިޔަނީ‪ .‬ނުލާހިކު ގިނަ ގަޑިތައް މިޓާމުގަ ގެއްލިގެން ވެސް‬ ‫ފާރިޙު‪:‬‬
‫ދިޔަވިއްޔަ‪ .‬ގިނަ ޓީޗަރުންނަކަށް ކިޔަވައިދޭކަށް ވެސް ނޭނގޭ‪ .‬ދެން ކިހިނެއްތަ ފާސްވާނީ‪.‬‬
‫(ވިސްނައިދޭން މަސައްކަތް ކުރާ ކަހަލަ ރާގަކަށް) އެންމެ ރަނގަޅު‪ .‬ތިކަން އޮތީ ތިހެން‪.‬‬ ‫އަޒީޒާ‪:‬‬
‫(ފުން ނޭވާއެއްލާފައި) އެކަމަކު ދަރިފުޅަށް ކިޔަވަން ކިހާވަރަކަށް މަސައްކަތް ކުރެވުނު؟ ހަފުތާއަކު‬
‫އެއް ދުވަހު ވެސް ފޮތެއް ކިޔާލަން އިނދެވުނުތަ؟ ކިތައް ދުވަހު ހޯމް ވޯކު ނުހަދާ ހުރެގެން އެ ވާހަކަ‬
‫ދައްކަން މަންމައަށް ޖެހުނު‪( .‬ކުރެހިފައިވާ އަޑަކުން) ދަރިފުޅާ! ނިކަން ވިސްނާލަބަލަ! ދަރިފުޅަށް‬
‫ކިޔަވައިދޭން މަންމައާއި ބައްޕަ މި ކުރާ މަސައްކަތް ނިކަން ވަޒަން ކޮށްބަލަ! މި ރިޕޯޓްފޮތް ބަލާފަ‬
‫ބައްޕަ ވެސް ކިހާ ދެރަވާނެ‪.‬‬
‫(ރުޅިވެރިކަމާއެކު) އަހަރެން މިހާރު ކިޔަވާ ހިތެއް ނުވޭ! (ފޭޑް އައުޓް) ތިކަހަލަ ވާހަކަ ދެއްކީމަ‬ ‫ފާރިޙު‪:‬‬
‫ބޮލަށް އުނދަގޫވަނީ‪.‬‬
‫އެފް އެކްސް‪( :‬ފޭޑް އައުޓް) ހިނގާފަ ދާއަޑާއި ބާރަށް ދޮރު ލައްޕާއަޑު‪( .‬އޮން މައިކް)އިރުކޮޅެއް ފަހުން އަޒީޒާއަށް‬
‫ކުޑަކޮށް ރޮވޭއަޑު‬

‫‪28‬‬
‫ސުވާލު‪:‬‬

‫ހއ‪ .‬މާރަންދޫ ޢަލީ ޢީސާއަކީ އަމިއްލަ ވެބްސައިޓެއް ހަދައިގެން ތަފާތު އެކި މައުޟޫޢުތަކަށް އާޓިކަލްތަކާއި ލިޔުންތައް‬
‫ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ‪ .‬އޭނާގެ މި ހަފުތާގެ ލިޔުން ޚާއްޞަކުރީ‪ ،‬ރަސްރަނި ބަގީޗާގެ ނަމުގައި‬
‫ތަރައްޤީކޮށް ހުޅުވި‪ ،‬މިއަދުގެ ސަލްޓަންޕާކަށެވެ‪ .‬އެ ލިޔުމުގައި ސަލްޓަންޕާކުގެ ރީތިކަމާއި ފުރިހަމަކަން އޭނާ ބަޔާންކުރީ‪،‬‬
‫ކުޑަކުދީންނާއި ޒުވާނުންނާއި އެހެނިހެން ފަރާތްތައް ވެސް ސަލްޓަންޕާކަށް ޒިޔާރަތްކުރުވުމަށް ބާރުއަޅާ ފަދަ ގޮތަށެވެ‪.‬‬
‫ތިޔައީ ހއ‪ .‬މާރަންދޫ ޢަލީ ޢީސާކަމުގައި ބަލައިގެން‪ ،‬ސަލްޓަންޕާކުގެ ފުރިހަމަކަމާއި ރީތިކަމުގެ މައްޗަށް އަލިއަޅުވާލައި‪،‬‬
‫އެ ތަނަށް މީހުންގެ ހިތްޖެހޭ ފަދަ މޭރުމަކުން ފީޗަރއަރޓިކަލެއް ލިޔާށެވެ!‬

‫ސަލްޓަންޕާކް – ގޮނގުރިޓު ހާއްޔަކުން ފެންނަ‪ ،‬ވިދުންގަދަ ފެހި މުތެއް‬

‫ގޮނގުރިޓުގެ ރަސްކަން ހިނގަމުން އަންނަ މާހައުލަކުން‪ ،‬އާރޯކަމާއި ފެހިކަން އެކުލެވޭ ހިތްގައިމު ބަގީޗާއެއް ފެނިއްޖެ‬
‫ނަމަ‪ ،‬ހިތަށް ލިބޭނީ އާދަޔާޚިލާފު ފިނިކަމެކެވެ‪ .‬ދައްކަން މި އުޅެނީ މި ފަދަ ގޮނގުރިޓްގެ މާހައުލެއްގައި‪ ،‬ލޮނުފެނުގެ‬
‫ބިމެއްގައި‪ ،‬ފެހިކުލައިގެ މުތެއް ފަދައިން ވިދަވިދާ އޮތް ބަގީޗާއެއްގެ ވާހަކައެވެ‪ .‬ރާއްޖޭގެ ދިގު ރަސްކަމުގެ ސިލްސިލާ‬
‫އ ބަދަލާއެކު ‪ 1968‬ވަނަ އަހަރު ވުޖޫދުވި “ސަލްޓަންޕާކް”ގެ‬
‫ނިމި‪ ،‬ރަސްކަމުގެ ގަނޑުވަރު ހުރި ސަރަޙައްދަށް އަ ި‬
‫ވާހަކައެވެ‪ .‬އޭގެ ‪ 50‬އަހަރު ފަހުން‪ ،‬ޒަމާނީ ބަދަލުތަކާއެކު ދިރުވައި ކުލަޖެއްސުމަށްފަހު‪ 2017 ،‬ވަނަ އަހަރުގެ‬
‫އޯގަސްޓްމަހު “ރަސްރަނި ބަގީޗާ”ގެ ނަމުގައި ހުޅުވި‪ ،‬އެހެނަސް މިއަދުގެ “ސަލްޓަންޕާކް”ގެ ވާހަކައެވެ‪.‬‬

‫ކުޑަ ކުދީންނަށް ޓަކައި ސަލްޓަންޕާކު ކުރާ އިންތިޒާރަކީ‪ ،‬ވަރަށް ވެސް ޚާއްޞަ އިންތިޒާރެކެވެ‪ .‬އެ ކުދިންގެ ޅަ ހިތްތައް‬
‫އުފަލުން ފޮޅުވައިލަދިނުމަށެވެ‪ .‬ދަރީން އުފަލުގައި ބޭތިއްބުމަކީ‪ ،‬ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެދޭނެ ކަމެކެވެ‪.‬‬
‫އެހެންކަމުން ދަރިފުޅު އިނގިލިކުރީގައި ލައިގެން ނިކުމެ‪ ،‬ސަލްޓަންޕާކާ ދިމާއަށް އަވަހަށް މިސްރާބު ފަހިކުރާށެވެ! ތިޔަ‬
‫ބޭނުންވެގެން އުޅޭ އުފާވެރިކަން އެ ތަނުން‪ ،‬އެ ކުދީންނަށް ހޯދައިދެވޭނެއެވެ‪ .‬އެ ކުދިން ގޮވައިގެން ޖައްވުގައި އުދުހިލާން‪،‬‬
‫އެ ތަނުގައި ހުރި އުނދޯލިތައް އެބަ އިންތިޒާރުކުރެއެވެ‪ .‬ރީތި މާގަސްތަކާއި ފެންއަރުވާ ވަޑާން އެ ކުދީންނަށް އެބަ‬
‫ހަނާއަޅައެވެ‪ .‬މަސްފެންގަނޑާއި އެ ފެންގަނޑުގައި ހުރި ކުލަކުލައިގެ ރީތި މަސްތައް‪ ،‬އެ ކުދީން އުފާކޮށްދިނުމަށް ޓަކައި‪،‬‬
‫ބަނޑިބަނޑި ލައްވަމުން އެބަ ނަށައެވެ‪ 12 .‬ފޫޓް އުހުގައި ހުރި “ރަސްރަނި ވިއު” އެ ކުދީންގެ ސިކުނޑިއަށް ކާނާ‬
‫ފޯރުކޮށްދިނުމަށް ޓަކައި‪ ،‬ދަހިވެތިކަމާއެކު އެބަ ބަލައެވެ‪ .‬މި އުފާވެރި މާހައުލުގައި‪ ،‬މިނިވަން ކޮކާތަކެއް ފަދައިން‬
‫އުދުހިލާން ފުރުސަތު ދިނުމަށް ޓަކައި‪ ،‬ދަރީންކޮޅު ގޮވައިގެން އަވަހަށް އަންނާށެވެ‪.‬‬

‫‪29‬‬
‫އ‬
‫ދެ ޖިންސުގެ ޒުވާނުންނަށް ވެސް ސަލްޓަންޕާކަކީ “ސުވަރުގެ”އެކެވެ‪ .‬މާޔޫސްވެފައިވާ ހިތްތަކުގެ ޒަމާނީ ފަރުވާއެވެ‪ެ .‬‬
‫ތަނުގެ ފެހިކަން ގަދަ މާހައުލާއި މާމެލާމެލީގެ މީރުވަހާއި ގަސްގަހާގެހި ކިޔައިދޭ ރީތި ނާނާއަކީ‪ ،‬ތިޔަ މޮޅިވެރި ހިތްތަކުގެ‬
‫ކާނާއަކަށް ނުފުދޭނެ ހެއްޔެވެ؟ ފޫހިވެފައި ފިހެވެން ކޮޓަރިތެރޭގައި ނޯވެ‪ ،‬މި ހިތްފަސޭހަ ޕާކުން ތިޔަ ހައްޓަށް ދިރުން‬
‫ދޭށެވެ! ބައިވެރިޔާގެ އަތުގައި ހިފާލައިގެން އައިސް ވަދެލަބަލާށެވެ! ފިނިފިނި ވައިރޯޅި އައިސް އުފަލާއެކު ގައިގައި‬
‫ބައްދައިލާނެއެވެ‪ .‬ހިލަ ގޮނޑިތަކާއި ބެންޗުތައް‪ ،‬މަދަދުގާރުންގެ ގޮތުގައި ޝަކުވާއެއް ނެތި މަރުހަބާ ކިޔާނެއެވެ‪ .‬ވަށައިގެން‬
‫ހެދިފައި ހުރި ރީތި މާ ގަސްތައް‪ ،‬ހިތްހެޔޮކަމާއެކު މީރު ވަސް ފޯރުކޮށްދޭނެއެވެ‪ .‬ހިޔާބޮޑެތި ގަސްތައް އޯގާވެރިކަމާއެކު‬
‫ހަށިގަ ނޑުގައި ފިރުމައިދޭނެއެވެ‪ .‬ހިތް އުފާކޮށްދިނުމަށް ޓަކައި ޓްރީ ހައުސް ބްރިޖާއި ގްރީން ޓަނަލާއި ވާޓިކަލް ބަގީޗާ‬
‫ފޫހިކަމެއް ނެތި ޚިދުމަތުގައި ދެމިތިބޭނެއެވެ‪ .‬ނަގާ ފޮޓޯތަކުގެ ކުލަ ރީތިކޮށްލަދިނުމަށް ޓަކައި‪ ،‬ފަރިވެ ފޮޅިފައިވާ‬
‫ކުލަކުލައިގެ މާމެލާމެލި ހިނިތުންވުމާއެކު ބައިވެރިވާނެއެވެ‪.‬‬

‫ސަލްޓަންޕާކުން އަހަރެމެންނަށް އިންތިޒާރުކުރާ އެންމެ ޚާއްޞަ ތަނަކީ‪ ،‬ޕާކުގެ އިރުދެކުނު ކަނުގައި ހުރި “ވިންޓަ ތީމް‬
‫ޕާކް”އެވެ‪ .‬އެންމެ ޒަމާނީ ފެންވަރުގެ ސްނޯ މެޝިންތަކުން މުޅި މާހައުލުގެ ފިނިހޫނުމިން ސުމަކަށްވުރެ ދަށަށް‬
‫ވައްޓާލާފައި‪ ،‬އެ ވަނީ ހަމަ އަހަރެމެންގެ އުފަލަށް ޓަކައެވެ‪ .‬ތަފާތު މާހައުލަކުން ތަފާތު އިހުސާސްތަކެއް ފޯރުކޮށްދިނުމުގެ‬
‫ބޭނުމުގައެވެ‪ .‬ބޯކޮށް ސްނޯ ފައިބާ ސްނޯގެ ދާނެއްގައި ޢާއިލީ މެންބަރުންނާއެކު ނުވަތަ އެކުވެރިންނާއެކު އުޅެލެވޭކަމުގެ‬
‫ކުލަ ހުވަފެން ދައްކައިލަ ދިނުމަށެވެ‪ .‬އެ ތަނުގައި ހުރި ސްލައިޑާއި އައިސް ސްކޭޓިންގ ރިންގަކީ ވެސް‪ ،‬ތަޖުރިބާކޮށްނުލައި‬
‫ދޫކޮށްލާން ހެޔޮވާވަރުގެ ތަންތަނެއް ނޫނެވެ‪ .‬އެންޓާޓިކާގައި ދިރިއުޅޭ އެސްކިމޯއިންގެ ފިނިކަން ގަދަ އިހުސާސްތައް‪،‬‬
‫އީކުއޭޓާގައި އުޅޭ އަހަރެމެން ދިވެހީންނަށް ވަޒަންކޮށްލެވޭނީ‪ ،‬ވިންޓަރ ތީމް ޕާކަށް ވަދެލެވުނީމައެވެ‪.‬‬

‫ނުފުދިފައިވާ ދިރިއުޅުމާއި ބަންދުވެފައިވާ ކޮޓަރިއާއި ތޮއްޖެހިފައިވާ މާހައުލުން ލިބޭ ނުތަނަވަސްކަމަށް‪ ،‬ތަސައްލީއެއް‬


‫ހޯދައިދޭން ނޭދޭނެ މީހަކު ހުންނާނެ ބާވައެވެ؟ އަމިއްލަ ދިރިއުޅުމާމެދު ވިސްނައިލާން ވަގުތުކޮޅެއް ހޭދަކޮށްލާން‬
‫ކ‬
‫ބޭނުންނުވާނެ ފަރާތެއް ހުންނާނެ ބާވައެވެ؟ ދަރިންގެ އުފަލަށް ޓަކައި ވަގުތު ހޭދަކޮށްލާން ބޭނުންނުވާ މަޔަކު ބަފަޔަ ު‬
‫ހުރެދާނެ ބާބައެވެ؟ މި ފަދަ ކޮންމެ ފަރާތަކަށް ވެސް ސަލްޓަންޕާކްގެ ޖާދޫއެއް ފަދަ މާހައުލުގެ ދޮރުތައްހުރީ ހުޅުވިފައެވެ‪.‬‬
‫ސިކުނޑީގެ ބުރަކަމާއި ހިތުގެ ބަރުކަން ކަނޑުވައިލުމަށް ޓަކައި‪ ،‬ސަލްޓަންޕާކާ ދިމާއަށް ފިޔަވަޅުތައް ހަލުއިކުރަމާ‬
‫ހިނގާށެވެ! އެ ތަނުގެ ނަލަކަމާއި ފަރިކަން "ރަސްރަންޏެއްގެ" ގޮތުގައި ދާއިމަށް ބޭއްވުމަށް ހިތް ނިޔަތް އަދައިގެންނެވެ‪.‬‬

‫‪30‬‬
31

You might also like