You are on page 1of 26

‫ތޙާނަ ް‬

‫ށ އެހީއެއް‬ ‫ިއމް ި‬
‫ޢާއްމު އިރުޝާދު‬

‫‪ -‬ދިގު ލިޔުންތަކަށް(މަޒުމޫނު‪ ،‬ރިޕޯޓް) ކަނޑައެޅިފައިވާ ދިގުމިނަކީ ‪ 65 - 55‬ފޮޅުވަތް‬


‫‪ -‬ކުރު ލިޔުންތައް(ފީޗަރ‪ ،‬ދަތުރުނާމާ‪ ،‬ހަޔާތުނާމާ‪ ،‬ޑްރާމާ‪ ،‬ސިޓީ‪ ،‬ތަޤްރީރު‪ ،‬ޕްރޮޕޯސަލް) ކަނޑައެޅިފައިވާ‬
‫ދިގުމިނަކީ ‪ 30 – 25‬ފޮޅުވަތް‬
‫‪ -‬ޑްރާމާގެ ފޮޅުވަތް ގުނަން ފަށާނީ އެފް‪.‬އެކްސް ލިޔާ ހިސާބުން‬
‫‪ -‬ސިޓީގެ ފޮޅުވަތް ގުނާނީ ވެދުން ސަލާމުގެ ޢިބާރާތާއި އިޙްތިރާމްގެ ޢިބާރާތާ ދެމެދުން‬
‫‪ -‬ލިޔުންތަކަށް ސުރުޚީ ދިނުން‬

‫ކަރުދާސް ‪2‬ގައި ހިމެނޭ ބައިތައް‪:‬‬ ‫ކަރުދާސް ‪1‬ގައި ހިމެނޭ ބައިތައް‪:‬‬

‫ފުރަތަމަ ސުވާލު ( ‪ 30‬މާކުސް)‬ ‫ފުރަތަމަ ސުވާލު (‪ 30‬މާކުސް)‬

‫‪ -‬ދޭހަ ‪1‬‬ ‫‪ -‬މަޒުމޫނު‬


‫އިޚްތިޔާރުކުރާ ކޮންމެވެސް އެއް ބާވަތް‬
‫‪ -‬ދޭހަ ‪2‬‬ ‫‪ -‬ރިޕޯޓް‬

‫ދެވަނަ ސުވާލު (‪ 10‬މާކުސް)‬ ‫ދެވަނަ ސުވާލު ( ‪ 15‬މާކުސް)‬

‫ޚުލާޞާ‬ ‫‪-‬‬ ‫‪ -‬ޙަޔާތުނާމާ‬


‫އިމްތިހާނުގައި އަންނާނީ މި‬
‫‪ -‬ދަތުރުނާމާ‬
‫ބާވަތްތަކުން ކޮންމެވެސް ‪ 2‬ބާވަތެކެވެ‪.‬‬
‫ތިންވަނަ ސުވާލު (‪ 15‬މާކުސް)‬ ‫‪ -‬ޑްރާމާ‬
‫ލިޔަންޖެހޭނީ ދަރިވަރުން އިޚްތިޔާރުކުރާ‬
‫އިމްތިހާނުގައި އަންނާނީ މި‬ ‫‪ -‬ރަސްމީ ސިޓީ‬ ‫ކޮންމެވެސް ‪ 1‬ބާވަތެކެވެ‪.‬‬ ‫‪ -‬ފީޗަރ‬
‫ބާވަތްތަކުން ކޮންމެވެސް ‪2‬‬
‫‪ -‬ޕްރޮޕޯސަލް‬
‫ބާވަތެކެވެ‪ .‬ލިޔަންޖެހޭނީ‬
‫ދަރިވަރުން އިޚްތިޔާރުކުރާ‬
‫‪ -‬ތަޤްރީރު‬
‫ކޮންމެވެސް ‪ 1‬ބާވަތެކެވެ‪.‬‬

‫‪1‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ -1‬އޮޅުންފިލުވައިދޭ ލިޔުން (‪)Writing to Explain‬‬
‫‪ -‬މިއީ ކަމެއް އޮތްގޮތް‪ ،‬ޙާލަތު‪ ،‬ނުވަތަ ކަމެއް ހިނގާ ގޮތް އޮޅުންފިލުވައިދިނުން‬

‫‪" -‬ކިހިނެއް؟ ކީއްވެ؟ ކޮންގޮތަކަށް؟ ކޮންކަމެއް؟" މި ފަދަ ސުވާލުތަކުގެ ޖަވާބުދިނުމަށް މަސައްކަތްކުރުން‬

‫ފެށުން‪:‬‬

‫‪ ‬ހޫކް ޖުމުލަ‬

‫‪ ‬ފަސްމަންޒަރު‬

‫‪ ‬ތީސިސް ޖުމުލަ‬

‫މައިގަނޑު ޕެރެގްރާފުތައް‪ 5( :‬ޕެރެގްރާފް)‬

‫‪ ‬މައިގަނޑު ޖުމުލަ (މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫‪ ‬ބާރުދޭ ޖުމުލަތައް (މިސާލުތަކާއި ހެކިތައް ހުށަހެޅުން)‬

‫‪ ‬ނިންމާ ޖުމުލަ (ވީމާ‪/‬އެހެންކަމުން ‪ +‬މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫ނިންމުން‪:‬‬

‫‪ ‬ތީސިސް ޖުމުލަ ރީފްރޭޒްކުރުން‬

‫‪ ‬މައިގަނޑުގައި ދެއްކި ވާހަކަތައް ޚުލާޞާކުރުން (ކޮންމެ މައިގަނޑު ޕެރެގްރާފެއްގެ މައިގަނޑު ޖުމުލަ ޚުލާޞާކުރުން)‬

‫‪ ‬މައުޟޫޢު ވަށައިޖެއްސުން (ވީމާ‪ /‬އެހެންކަމުން ‪ +‬ސުރުޚީ)‬

‫‪2‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ -2‬ބަހުސްކުރާ ލިޔުން (‪)Writing to Argue‬‬
‫‪ -‬މިއީ ތިމާ ޤަބޫލުކުރާ ކޮޅެއް ނަގައިގެން އެކޮޅަށް ބުރަވެ ހުރެ‪ ،‬އެކޮޅު ސާބިތުކޮށްދިނުމަށް އިދިކޮޅުގެ ބަލިކަށިކަން‬

‫ހާމަކުރަމުން ހެއްކާއި މިސާލުތައް ހިމަނައިގެން ލިޔާ ލިޔުމެކެވެ‪.‬‬

‫ފެށުން‪:‬‬

‫‪ ‬ހޫކް ޖުމުލަ‬

‫‪ ‬ފަސްމަންޒަރު‬

‫‪ ‬ތީސިސް ޖުމުލަ ( ތާއީދުކުރާ ކޮޅު އެނގޭނެހެން ތީސިސް ޖުމުލަ ގެނައުން)‬

‫މައިގަނޑު ޕެރެގްރާފުތައް‪ 5( :‬ޕެރެގްރާފް)‬

‫‪ ‬މައިގަނޑު ޖުމުލަ (މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫‪ ‬ބާރުދޭ ޖުމުލަތައް (މިސާލުތަކާއި ހެކިތައް ހުށަހެޅުން)‬

‫‪ ‬އެ ނުކުތާއަށް އިދިކޮޅުގައި ހުރި ބަލިކަށިކަން ހާމަކޮށްދިނުން‬

‫‪ ‬ނިންމާ ޖުމުލަ (ވީމާ‪ /‬އެހެންކަމުން ‪ +‬މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫ނިންމުން‪:‬‬

‫‪ ‬ތީސިސް ޖުމުލަ ރީފްރޭޒް ކުރުން‬

‫‪ ‬ދެއްކި ވާހަކަތައް ޚުލާޞާކުރުން (ކޮންމެ މައިގަނޑު ޕެރެގްރާފެއްގެ މައިގަނޑު ޖުމުލަ ޚުލާޞާކުރުން)‬

‫‪ ‬މައުޟޫޢު ވަށައިޖައްސާއިރު ތިމާ ބުރަވާކޮޅަށް ބާރު ލިބޭ ގޮތަށް ނިންމުން (ވީމާ‪/‬އެހެންކަމުން ‪ +‬ސުރުޚީ)‬

‫‪3‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ -3‬ދެކޮޅަށް ލިޔާ ލިޔުން ( ‪)Discursive writing‬‬
‫‪ -‬މިއީ މައުޝޫޢުގައި ބުނާ އެއްޗަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހުރި މަޢުލޫމާތާއި ހެކިތައް ހިމަނައިގެން އެ‬

‫މައުޟޫޢުގައި ދެކޮޅު އޮތްކަން ހާމަކުރުމަށް ލިޔާ ލިޔުމެވެ‪.‬‬

‫ފެށުން‪:‬‬

‫‪ ‬ހޫކް ޖުމުލަ‬
‫‪ ‬ފަސްމަންޒަރު‬
‫‪ ‬ތީސިސް ޖުމުލަ (ވަކިކޮޅަކަށް ބުރަނުވާނެހެން ގެނައުން)‬

‫މައިގަނޑު ޕެރެގްރާފުތައް‪ 6( :‬ޕެރެގްރާފް)‬

‫‪ ‬އިދިކޮޅު ‪ 3‬ޕެރެގްރާފް ‪ -‬އެއްކޮޅު ‪ 3‬ޕެރެގްރާފް‬


‫‪ ‬މައިގަނޑު ޖުމުލަ (މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬
‫‪ ‬ބާރުދޭ ޖުމުލަތައް (މިސާލުތަކާއި ހެކިތައް ހުށަހެޅުމުގައި އިދކޮޅަށް ރައްދު ނުދިނުން ‪ /‬އަޅާނުކިޔުން)‬
‫‪ ‬ނިންމާ ޖުމުލަ (ވީމާ‪/‬އެހެންކަމުން ‪ +‬މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫ނިންމުން‪:‬‬

‫‪ ‬ތީސިސް ޖުމުލަ ރީފްރޭޒް ކުރުން‬


‫‪ ‬ދެއްކި ވާހަކަތައް ޚުލާޞާކުރުން (ކޮންމެ މައިގަނޑު ޕެރެގްރާފެއްގެ މައިގަނޑު ޖުމުލަ ޚުލާޞާކުރުން)‬
‫‪ ‬މައުޟޫޢު ވަށައިޖެއްސުން (ވީމާ‪/‬އެހެންކަމުން ‪ +‬ސުރުޚީ)‬

‫މަޒުމޫނު ލިޔުމުގައި ސަމާލުކަންދޭންވީ‪:‬‬


‫‪ -‬މައުޟޫޢު ރަނގަޅަށް ދެނެގަތުން‬
‫‪ -‬މައުޟޫޢާ ގުޅޭ ގޮތަށް ނުކުތާތަތައް ގެނައުން‬
‫‪ -‬މައުޟޫޢަށް ރަނގަޅަށް އިންސާފުކުރުން‬
‫‪ -‬މިސާލާއި ހެކިތައް ރަނގަޅަށް ބަޔާންކުރުން‬
‫‪ -‬ބުނަންޖެހޭ ވާހަކަތައް އެ ވައްތަރެއްގެ މަޒުމޫނުގެ ރާގުގައި ގެނައުން‬
‫‪ -‬އެއް ޖުމުލަ އަނެއް ޖުމުލައާ ގުޅުވާއިރު‪ ،‬ބަދަހިކުރުމަށް ގުޅުވާ ލަފުޒުތައް ބޭނުންކުރުން‬
‫‪ -‬އެކަށޭނަ ބަސްކޮށާރެއް ބޭނުންކުރުން‬
‫‪ -‬ޕެރެގްރާފް ބިނާކުރަން ޖެހޭ އުޞޫލުން ޕެރެގްރާފްތައް ބިނާކުރުން‬
‫‪4‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ސުރުޚީ ލިޔުން‬

‫‪ o‬ދެކުނުގެ ‪ 4‬އަތޮޅުގެ މަސްވެރިކަމުގެ ޙާލަތު ހުރިގޮތް (ހާލަތު ބަޔާންކޮށްދޭ ރިޕޯޓު)‬

‫‪ o‬މިހާރުގެ ކިޔަވާކުދިން ދިވެހިބަހަށް ދޭ ސަމާލުކަން ކުޑަވުމަށް މެދުވެރިވި ސަބަބުތަކާއި އޭގެ ޙައްލު‬

‫(މައްސަލަ ބަޔާންކޮށްދޭ ރިޕޯޓު)‬

‫‪ ‬މައްސަލަ ބަޔާންކޮށްދޭ ރިޕޯޓުތަކުގައި ނަގާ ނުކުތާތައް މައްސަލައަކަށް ވާ ގޮތަށް ގެނައުން‬

‫‪ ‬ޙާލަތު ބަޔާންކޮށްދޭ ރިޕޯޓުތަކުގައި ކަން އޮތްގޮތް އެނގޭނެ ފަދަ ގޮތަކަށް ނުކުތާތައް ގެނައުން‬

‫‪ ‬މައިގަނޑު ކޮންމެ ޕެރެގްރާފެއް ވަކި އަރިމަތީ ސުރުޚީއެއްގެ ދަށުން ލިޔުން‬

‫‪ ‬ރަސްމީ ބަސްމަގެއް ބޭނުންކުރުން‬

‫ތަޢާރަފް‪:‬‬

‫‪ ‬ހުޅުވާ ޖުމުލަ (މައްސަލައިގެ ފަސްމަންޒަރު ބަޔާންކުރުން)‬

‫‪ ‬މަޤްޞަދު‬

‫‪ ‬ހިމެނޭ ބައިތައް (މައިގަނޑުގައި ގެންނާނެ ނުކުތާތައް‪ ،‬ދީފައިވާ ސުވާލުން ނުކުތާތައް ނެގުން‪ .‬ސުވާލުން ‪5‬‬

‫ނުކުތާ ހަމަ ނުވާނަމަ އަމިއްލަ ނުކުތާ ހިމަނައިގެން ‪ 5‬ނުކުތާ ހަމަކުރުން)‬

‫‪ ‬މަޢުލޫމާތު ހޯދި ގޮތް ( ބަސްދީގަތުން‪ ،‬އަހަރީ ރިޕޯޓުތައް‪)... ،‬‬

‫‪ ‬ލިޔާ ހައިސިއްޔަތު (ރިޕޯޓު ލިޔަނީ ކޮން ފަރާތަކުން ކަން‪ /‬ސުވާލުގައި ނަމެއް ދީފައިވާނަމަ އެ ނަން‬

‫ބޭނުންކުރުން)‬

‫މައިގަނޑު ޕެރެގްރާފުތައް‪ 5 ( :‬ޕެރެގްރާފް )‬

‫‪ ‬އަރިމަތީ ސުރުޚީ ލިޔުން (ތަޢާރަފްގައި ހިމަނާފައިވާ ނުކުތާތައް)‬

‫‪ ‬މައިގަނޑު ޖުމުލައިން ފެށުން (މައިގަނޑު ނުކުތާ ‪ +‬ސުރުޚީ)‬

‫‪ 3 ‬ހެކި ގެނައުން‬
‫‪5‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ދިރާސާ ކުރިކަން ހާމަވާ ފަދަ ޢިބާރާތްތައް ބޭނުންކުރުން‬

‫‪ o‬ހާމަކުރެއްވި ގޮތުގައި‪ ،‬ފާހަގަކުރައްވާ ގޮތުގައި ‪ ،‬ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި‪...‬‬

‫‪ ‬ސުވާލުކުރިކަން އަދަދުން ހުށަހެޅުން‬

‫‪ o‬ސުވާލުކުރި ‪ 80‬މީހުންގެ ތެރެއިން ‪ 75%‬މީހުން ބުނެފައި ވަނީ‪...‬‬

‫‪ o‬ސުވާލު ކުރެވުނު ‪ 120‬މީހުންގެ ތެރެއިން ‪ 90‬މީހުން ބުނެފައި ވަނީ‪...‬‬

‫‪ ‬ސުވާލުގައި ދީފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ހެކި ހުށަހެޅުން‬

‫ހައްލު ‪ /‬ނިންމުން‪:‬‬

‫‪ ‬ސުވާލާ ގުޅޭ ގޮތަށް ނިންމުމުގެ ޕެރެގްރާފަށް އަރިމަތި ސުރުޚީ ދިނުން (ނިންމުން ‪ /‬ޙައްލު)‬

‫‪ ‬މައްސަލަތައް ޙައްލުކުރެވޭނެ ގޮތްތައް ހުށަހެޅުން‬

‫‪ ‬ޙައްލުތައް ހުށަހެޅުމުގައި ވަގުތީ ހައްލުތައް ގެނައުމާއެކު ދާއިމީ ޙައްލުތައް ހުށަހެޅުން‬

‫ރިޕޯޓު ލިޔުމުގައި ސަމާލުކަންދޭންވީ‪:‬‬


‫‪ -‬ލިޔަންޖެހޭ މައްސަލަ ރަނގަޅަށް ދެނެގަތުން‬

‫‪ -‬މައްސަލަ އޮޅުންފިލުވައިދޭ އިރު ސުވާލުގައި ދީފައިވާ މަޢުލޫމާތު ބޭނުންކުރުމާއި އެ މަޢުލޫމާތުތަކަށް ހަވާލާދިނުން‬

‫‪ -‬ތަފާސްހިސާބު ގެނެސްގެން ހެކިދެއްކުން‬

‫‪ -‬ރިޕޯޓުގެ އުޞްލޫބުން ލިޔުން‬

‫‪ -‬ޕެރެގްރާފް ބިނާކުރަން ޖެހޭ އުޞޫލުން ޕެރެގްރާފްތައް ބިނާކުރުން‬

‫‪6‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ސުވާލުގައި ބޮޑަށް އަމާޒުކޮށްފައިވާ ބަޔަށް (ދަތުރުނާމާ‪ /‬ދަތުރުމަތި) ބޮޑަށް ލިޔުން‬

‫‪ ‬ދަތުރުނާމާ ލިޔާނީ ފުރަތަމަ މީހާ(އަހަރެން‪/‬އަޅުގަނޑު)ގެ ނަޒަރުން‬

‫‪ ‬ޖުމުލަތައް ހުންނަންވާނީ ނިމުނުކަން ނުވަތަ ނިމިނިމުނުކަމުގެ ޒަމާނަށް ފެތޭ ގޮތަށް‬

‫‪ ‬ވަގުތު އަންގައިދޭ ލަފުޒުތައް ބޭނުންކުރުން ( ދެން‪ ،‬އެއަށް ފަހު‪ ،‬ޖެހިގެން އައި ދުވަހު‪)...‬‬

‫‪ ‬ހާދިސާތައް ތަރުތީބުން ކިޔައިދިނުން‬

‫‪ ‬ދިގުމިން‪ 25 :‬ފޮޅުވަތާއި ‪ 30‬ފޮޅުވަތާ ދެމެދު‪.‬‬

‫‪ ‬ފުރަތަމަ‪ ،‬މޫސުމް ‪ /‬ދުވަހާ ގުޅޭ ގޮތުން ބުނާ ވާހަކައަކުން ފެށުން‬

‫‪ ‬ކާކު ކުރާ ދަތުރެއްކަން‬

‫‪ o‬އަޅުގަނޑު (މަލީހު އަހުމަދު‪ ،‬ފެހިގެ ސ‪ .‬ހިތަދޫ)‬

‫‪ ‬ކޮންތަނަކުން ކޮންތަނަކަށް ކުރާ ދަތުރެއްކަން (ހިތަދޫއިން ހުޅުދޫއަށް ކުރާ މި ދަތުރަކީ‪)....‬‬

‫‪ ‬ތާރީޚް‬

‫‪ ‬ގަޑި‪ /‬ވަގުތު‬

‫‪ ‬މަޤްޞަދު‬

‫‪ ‬ބައިވެރިން‬

‫‪ ‬ދަތުރުކުރި އުޅަނދު (އުޅަނދުގެ ނަން ލިޔުން)‬

‫‪ ‬ދަތުރުގެ ދިގުމިން‬

‫‪7‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ފުރަތަމަ ޕެރެގްރާފް‪:‬‬
‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުނާމާއަކަށް ނަމަ‪:‬‬

‫‪ ‬ދަތުރާ މެދު ބުނާ ޖުމުލަ ވާހަކައަކަށް ފަހު އެ ރަށަށް ދެވުނު ވަގުތު‪ ،‬ބަނދަރުމަތީގެ ކަންކަން ހުރި ނެތް ގޮތް‪.‬‬

‫(މި ބައިތައް ކުރުކޮށް ގެނައުން) މަޤްޞަދު ހާޞިލުކުރުމަށް ކުރާނެ ތައްޔާރީތައް ވުން (‪ 3‬ފޮޅުވަތަށް ވުރެ‬

‫އިތުރުނުކުރުން)‬

‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުމައްޗަކަށް ނަމަ‪:‬‬

‫‪ ‬ދަތުރުމަތީގައި ކެއިންބުއިމާއި މަޖާކުރުމުގެ ވާހަކަތައް‬

‫‪ ‬އެ ގޮތުގައި ތިބެނިކޮށް ދިމާވާ ހާދިސާގެ ކޮޅުމަތި ފެނުން‬

‫‪ 2‬އަދި ‪ 3‬ވަނަ ޕެރެގްރާފް‪:‬‬


‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުނާމާއަކަށް ނަމަ‪:‬‬

‫‪ ‬ސުވާލުގައި ބުނާ މަޤްޞަދު ޙާޞިލުކުރުމަށް ކުރާ ޢަމަލީ މަސައްކަތްތައް އޮޅުންފިލުވައިދިނުން (ހަރަކާތް ‪،1‬‬

‫ޙަރަކާތް ‪ 2‬މިކަހަލަ ގޮތަކަށް ޕެރެގްރާފު ކުރެވިދާނެ)‬

‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުމައްޗަކަށް ނަމަ‪:‬‬

‫‪ ‬ދިމާވާ ހާދިސާތައް އޮޅުންފިލުވައިދިނުން (ހާދިސާތައް ގެނައުމުގައި އާދައިގެ ޙާލަތުން ފެށިގެން ބޮޑުކުރަމުން ގޮސް‬

‫ހިނދިގެންދާގޮތަށް ގެނައުން)‬

‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުނާމާއަކަށް ނަމަ‪:‬‬

‫‪ ‬އެ ރަށުގައި ހޭދަކުރި މުއްދަތު‬

‫‪ ‬ފުރި ތާރީޚާއި ވަގުތު‬

‫‪ ‬ދަތުރު އެރެހެއްޓުން‪ /‬އަލްވަދާޢު ކިޔުން‬

‫‪8‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ބަނދަރުމަތީގެ ޙާލަތު‪ /‬ފުލައިޓް ދަތުރެއް ނަމަ އެއާޕޯޓުގެ ފުރާ ގިމަތައިގެ ތެރޭގައި ކަންކަން ހުރި ނެތް ގޮތް‬

‫‪ ‬ފުރަން ޖެހޭތީ ކުރެވޭ އިހްސާސްތައް‬

‫‪ ‬ނިންމުމުގެ އެންމެ ފަހު ޖުމުލައިގައި ބަޔާންކުރާނީ މުޅި ދަތުރާ މެދު ދެކޭ ގޮތް‬

‫‪ -‬ސުވާލު ބޮޑަށް އަމާޒުކޮށްފައި ވަނީ ދަތުރުމައްޗަކަށް ނަމަ‪:‬‬

‫‪ ‬އެ ބިރުވެރިކަމާ ނާމާންކަމުން ސަލާމަތްވެގެން އަމާން މަންޒިލަކަށް ދެވުނުކަން‬

‫‪ ‬ބަނދަރުމަތީގެ ކަންކަން ހުރި ނެތްގޮތް ‪ /‬ފުލައިޓް ދަތުރެއް ނަމަ އެއާޕޯޓުގެ އަރާ ގިމަތައިގެ ތެރޭގައި ކަންކަން‬

‫ހުރި ނެތްގޮތް‬

‫‪ ‬އިސްތިޤުބާލުގެ ކަންކަން ހުރި ނެތްގޮތް‬

‫‪ ‬ރަށަށް ދެވުމުން ކުރެވުނު އިހްސާސްތައް‬

‫‪ ‬ނިންމުމުގެ އެންމެ ފަހު ޖުމުލައިގައި ބަޔާންކުރާނީ މުޅި ދަތުރާ މެދު ދެކޭ ގޮތް‬

‫ފުރަތަމަ ޑްރާމާގެ ބޯ ލިޔުން‪:‬‬

‫ޑްރާމާގެ ނަން‪ :‬ވަގުތު ފާއިތުވީ ފަހުން‬


‫މަންޒަރު‪1 :‬‬
‫ވަގުތު‪ :‬މެންދަމުގެ ހަމަހިމޭން ވަގުތު‬
‫ތަން‪ :‬އަތިރިމަތި‬
‫ބައިވެރިން‪( :‬އެމީހުން އަދާ ކުރާ ދައުރާ އެކުގައި ލިޔުން)‬
‫މިސާލު‪ :‬ފާތުމާ (ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް)‬

‫ބައިވެރިންގެ ނަންތައް ލިޔާނީ ކޮންމެ ނަމެއް ވަކި ފޮޅުވަތެއްގައި‬ ‫*‬

‫‪9‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬އިރުޝާދުތައް ލިޔުން‬
‫‪ o‬ޑްރާމާގެ ބައިވެރިންނަށް ދޭ އިރުޝާދު (ވާހަކަދައްކާ ރާގު) ލިޔާނީ ޑައިލޮގްގެ ކުރީގައި‬
‫‪ o‬ޑްރާމާ އުފައްދާ ފަރާތަށް ދޭ އިރުޝާދު ހުންނަންވާނީ ބުރެކެޓެއްގައި ލިޔުމަށް ފަހު ދަށު ރޮނގު‬
‫ދަމާފައި‪.‬‬
‫‪ ‬އެފް‪.‬އެކްސް އަދި އިސްތިލާޙުތަކަކީ ޑްރާމާ އުފައްދާ ފަރާތަށް ދޭ އިރުޝާދެއް‪.‬‬

‫ޑައިލޮގް ލިޔުމުގައި‪:‬‬

‫‪ o‬ވާހަކަދައްކާމީހާގެ ނަން ލިޔުމަށްފަހު‪ ،‬ކޯލަން ( ‪ ) :‬ޖެހުން‬


‫‪ o‬ވާހަކަދައްކާ ޢިބާރާތުން ލިޔުން‪( .‬އެވެ‪ .‬ށެވެ‪ .‬ބޭނުން ނުކުރުން)‬
‫‪ o‬ޑައިލޮގްތައް ކުރުކޮށް ގެނައުން‪.‬‬
‫‪ o‬އެކެއްގެ ޑައިލޮގް މާ ދިގު ނުކުރުން‬
‫‪ o‬އެލައިންމަންޓަށް ސަމާލުކަންދިނުން (ވާހަކަދައްކާމީހާގެ ނަން ލިޔާ ހިސާބާއި ޑައިލޮގްތައް ފަށާ ހިސާބު‬
‫އެއްވަރަކަށް ބެހެއްޓުން)‬

‫އެފް‪ .‬އެކްސް‪( :‬ހޮޓަލެއްގެ ތެރޭގެ މިއުޒިކުގެ އަޑު‪ .‬ދުރުން ރާޒުވާ ކުޅެން ތިބި ބައެއްގެ‬
‫އަޑު‪( .‬ފޭޑް އައުޓް) ތައްޓަކަށް ފެންއަޅާ އަޑާއި އުލާއި ސަމުސަލާއި ތަށިތަކުގެ އަޑު)‬
‫(އަވަސްއަރުވާލާފައިވާ ރާގެއްގައި) ސޭޓު! މިހިރީ ރުފިޔާ! ކޮފީތަށީގެ އަގު‬ ‫ދޮހުއްތު‪:‬‬
‫ކަނޑާލާ!‬

‫‪ o‬އިސްތިލާހުތަކާއި ނިޝާންތައް ބޭނުންކުރުން‬

‫އިސްތިލާޙުތައް‪:‬‬

‫‪ -1‬އެފް‪.‬އެކްސް‪ :‬ސައުންޑް އިފެކްޓް ގެންނަންޖެހޭ ތަންތަން‪ ،‬މިޔުޒިކް‪ ،‬މާހައުލުގެ ތަފާތު އަޑުތައް މި ޓާމް ލިޔުމަށް ފަހު‪،‬‬

‫ބްރެކެޓުގައި ފަތިސް ވަގުތު އޮތްނަމަ‪ ،‬ފަތިސް ވަގުތުގެ ހުރިހާ އަޑުތަކެއް ހުރުން‪ .‬މި ގޮތުން ހާ ގޮވާ‬

‫އަޑު‪ ،‬ކޮވެލި ގޮވާ އަޑު‪ ،‬ކުދިކުދި ފަނިފަކުސަ ގޮވާ އަޑު‪.‬‬

‫‪ -2‬އޮން މައިކް‪ :‬އަޑު އެއްވަރެއްގައި ކައިރިން އިވިއިވި ހުންނަކަން އަންގައިދިނުމަށް‪.‬‬

‫‪ -3‬އޮފް މައިކް‪ :‬އަޑު އެއްވަރެއްގައި ދުރުން އިވިއިވި ހުންނަކަން އަންގައިދިނުމަށް‪.‬‬

‫‪ -4‬ފޭޑް އިން‪ :‬ދުރުން މަޑުމަޑުން އިވޭ އަޑު‪ ،‬ބާރުވަމުން ބާރުވަމުން އައިސް ހަމައަޑާ އެއްވަރަށް ބާރުވުން‪.‬‬

‫އަޑުކެނޑުން‪.‬‬ ‫‪ -5‬ފޭޑް އައުޓް‪ :‬ހަމައަޑު‪ ،‬މަޑުމަޑުން ދުރަށް ގޮސް މަޑުވަމުން މަޑުވަމުން ގޮސް‬

‫‪10‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ -6‬ބިހައިންޑް‪ :‬ކޮންމެވެސް އެއްޗެއް ހުރަސްކޮށް އަޑު އައުން‪( .‬މިސާލަކަށް ދޮރުފަތެއް ހުރަސްކޮށް އަޑުއައުން)‬

‫ހުވަފެނަކުން ދައްކާ ވާހަކަ ނުވަތަ އަމިއްލަ ނަފްސަށް ދައްކާ ވާހަކަ (އެކޯވެގެން އަޑުއައުން)‬ ‫‪ -7‬ރިވާބް‪:‬‬

‫ލިޔެކިޔުމުގެ ނިޝާންތައް‪:‬‬

‫ޑްރާމާ ލިޔުމުގައި‪:‬‬

‫‪ o‬އެފް އެކްސް އަކުން ފެށުން (ރޭޑިޔޯ ޑްރާމާގައި)‬

‫އެފް‪ .‬އެކްސް‪( :‬ހޮޓަލެއްގެ ތެރޭގެ މިއުޒިކުގެ އަޑު‪ .‬ދުރުން ރާޒުވާ ކުޅެން ތިބި ބައެއްގެ އަޑު‪( .‬ފޭޑް އައުޓް) ތައްޓަކަށް‬

‫ފެންއަޅާ އަޑާއި އުލާއި ސަމުސަލާއި ތަށިތަކުގެ އަޑު)‬

‫‪ o‬ސުވާލުގައި ބުނެފައިވާ މައްސަލަތަކާ ގުޅިގެން ދައްކާ ވާހަކަތައް‬

‫‪ o‬އެފް އެކްސް އިން ނިންމުން (ރޭޑިޔޯ ޑްރާމާގައި)‬

‫އެފް‪ .‬އެކްސް‪(( :‬ފޭޑް އައުޓް) ބާރުބާރަށް ހިނގާފައި ނުކުމެގެންދާ އަޑު‪ ،‬ދޮރެއް ލެއްޕޭ އަޑު)‬

‫‪ 3 o‬އެފް އެކްސް އަށް ވުރެ ގިނަ ނުކުރުން‬

‫‪11‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ލިޔަން ޖެހެނީ އޮޓޯބަޔޮގްރަފީއެއްކަން ނުވަތަ ބަޔޮގްރަފީއެއްކަން ސުވާލުން ދެނެގަތުން‬

‫‪ ‬އޮޓޯބަޔޮގްރަފީއަކީ އެމީހެއްގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔާ ލިޔުން‬

‫‪ o‬އޮޓޯބަޔޮގްރަފީ ލިޔާނީ ފުރަތަމަ މީހާ(އަހަރެން‪ /‬އަޅުގަނޑު)ގެ ނަޒަރުން‬

‫‪ ‬ބަޔޮގްރަފީއަކީ އެހެން މީހެއްގެ ހަޔާތާ ބެހޭ ގޮތުން ލިޔުން‬

‫‪ o‬ބަޔޮގްރަފީ ލިޔާނީ ތިންވަނަ މީހާ( އޭނާ‪ /‬ޒިޔާނަކީ‪)...‬ގެ ނަޒަރުން‬

‫‪ o‬ސުވާލުގައި ”ތިޔަ ދަރިވަރަކީ އެ ޝަޚުޞިއްޔަތުކަމުގައި ބަލައިގެން‪ “...‬މިފަދައިން ލިޔެފައިވާނަމަ‬

‫ލިޔަންޖެހޭނީ ފުރަތަމަ މީހާގެ ނަޒަރުންކަން ދެނެގަތުން‬

‫ފެށުން‪:‬‬

‫‪ ‬ޚާއްޞަވާ ދާއިރާ ބުނެދެމުން ފެށުން‬


‫‪ ‬ޝަޚުޞިއްޔަތުގެ ފުރިހަމަ ނަމާއި އެޑްރެސް‬
‫‪ ‬މައިންބަފައިންގެ ފުރިހަމަ ނަމާއި އެޑްރެސް‬
‫‪ ‬އުފަން ތާރީޚް‬
‫‪ ‬އާއިލާގެ ކިތައްވަނަ ކުއްޖާކަން‬
‫‪ ‬މިޒާޖު‬

‫* ކޮންމެ ބައެއް ވަކި ޖުމުލައެއްގެ ގޮތުގައި ގެނައުމުގެ ބަދަލުގައި އެއްކޮށްލައިގެން ގެނައުން‬

‫‪ o‬މިސާލު‪ :‬އަހަރެންނަކީ އާމިނަތު ޒާހިރެވެ‪ .‬އަހަރެންގެ މަންމައަކީ ޏ‪ .‬ފުވައްމުލަކު އެޅަތޮށިގޭ މަރިޔަމް‬


‫މޫސާއެވެ‪ .‬ބައްޕައަކީ ހަމަ އެ ރަށު މޭވާޓުކުރިގޭ އަހުމަދު ޒާހިރެވެ‪ .‬އަހަރެންގެ އާއިލާގައި ތިބެނީ ‪3‬‬
‫‪‬‬ ‫ކުދިންނެވެ‪ .‬އެންމެ ބޮޑީ އަހަރެންނެވެ‪.‬‬

‫އަހަރެންނަކީ ޏ‪ .‬ފުވައްމުލަކު އެޅަތޮށިގޭ މަރިޔަމް މޫސާއާއި ހަމަ އެ ރަށު މޭވާ ޓުކުރިގޭ އަހުމަދު‬ ‫‪o‬‬

‫ޒާހިރެވެ‪.‬‬ ‫ޒާހިރަށް ލިބުނު ތިންކުދިންގެ ތެރެއިން އެންމެ ދޮށީ ދަރި ކަމަށްވާ އާމިނަތު‬

‫‪12‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫އުސްއަލިތައް‪:‬‬

‫‪ ‬ސުވާލު އަމާޒުވެފައިވާ ދާއިރާއަށް ބެލުން‬

‫‪ ‬އުސްއަލިތައް ތަރުތީބުން ހުށަހެޅުން‬

‫ޕެރެގްރާފް ‪1‬‬

‫‪ ‬ތަޢުލީމީ ފަސްމަންޒަރު (ކިޔެވި ސްކޫލް‪ /‬މަދުރަސާ‪ ،‬ކިޔެވި ގްރޭޑް‪ ،‬ކިޔެވިފެންވަރު)‬

‫‪ -‬ތަޢުލީމީ ޙަޔާތް ވީހާ ވެސް ކުރުކޮށް ގެނައުން (‪ 3-2‬ފޮޅުވަތް)‬

‫ދެވަނަ ޕެރެގްރާފް‪:‬‬

‫‪ ‬ޚާއްސަވި ދާއިރާއަށް ޝައުޤުވެރިވި ސަބަބު‪.‬‬

‫‪ ‬ޚިޔާރުކުރި މަސައްކަތް ކުރިއަރައި ތަރައްޤީވި ގޮތް‪ /‬ސަބަބު‬

‫‪ ‬މި ކަންކަމުގައި ކުރިމަތިވި ގޮންޖެހުންތައް‬

‫‪ -‬މި ބައި މާ ދިގުނުކޮށް ގެނައުން‬

‫ތިންވަނަ ޕެރެގްރާފް‪:‬‬

‫‪ ‬ޚާއްޞަވި ދާއިރާއިން ކުރި ޚިދުމަތް ‪ /‬ކުރިކަންތައްތައް (މި ބައި ބޮޑަށް ތަފްޞީލުކުރުން)‬

‫‪ ‬ޚާއްޞަވި ރޮނގުން ލިބުނު ކާމިޔާބީތައް‪( .‬ރަށު ފެންވަރުގެ‪ ،‬އަތޮޅު ފެންވަރުގެ‪ ،‬ރާއްޖެ‪ ،‬ދުނިޔޭގެ)‬

‫‪ -‬ކާމިޔާބީތައް ގެނައުމުގައި އަހަރާއި ލިބުނު ތަން ބަޔާންކުރުން‪.‬‬

‫ނިންމުން‪:‬‬

‫‪ ‬ޒަވާޖީ ހަޔާތް (ކައިވެނިކޮށްގެންކަން ނުވަތަ ނޫންކަން‪ .‬ކައިވެނިކޮށްގެން އުޅޭނަމަ ބައިވެރިޔާގެ ނަމާއި އެޑްރެސް)‬

‫‪ ‬ކުދިން ތިބިކަން ‪ /‬ނޫންކަން (ތިބި ނަމަ އަންހެން‪/‬ފިރިހެން އަދަދު ބުނެދިނުން)‬

‫‪ ‬ޚާއްޞަވެފައިވާ ދާއިރާގެ މިހާރުގެ ހާލަތު‬

‫‪13‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬މަސައްކަތުގައި ދެމިހުރިކަން ‪ /‬ނޫންކަން ( މަސައްކަތުގައި ދެމިހުރި ނަމަ އެ ދާއިރާއިން މިހާރު ކުރަނީ‬

‫ކޮންކަމެއްކަން ކުރުކޮށް ގެނައުން)‬

‫‪ ‬އުއްމީދު ‪ /‬މެސެޖު‬

‫‪ ‬މަރުވެފައިވާ މީހެއް ނަމަ މަރުވި ތާރީޚް (ހަމައެކަނި ބަޔޮގްރަފީގައި)‬

‫ބަޔޮގްރަފީއެއް ނަމަ ނިންމުމުގެ އެންމެ ފަހު ޖުމުލައިގައި އެ ޝަޚުޞިއްޔަތާ މެދު ލިޔުންތެރިޔާ ބުނާ ޖުމުލަ‬ ‫ނޯޓް‪:‬‬

‫ވާހަކައެއް ގެންނަންވާނެ‪ .‬އެ ވާހަކަ ގެނައުމުގައި ޝަޚުޞިއްޔަތު ފާޅުކުރާ އުއްމީދާ ގުޅުވާލައިގެން ގެނައުން‪.‬‬

‫‪ ‬ލިޔަން ޖެހެނީ ޕްރޮފައިލް ފީޗާއެއްކަން ނުވަތަ ލައިފްސްޓައިލް ފީޗާއެއްކަން ސުވާލުން ދެނެގަތުން‬

‫ސުރުޚީ‪:‬‬

‫‪ ‬މުޖުތަމަޢުގައި ހިނގާ ކަމަކަށް މީހުން ހޭލުންތެރިކުރުމަށް ޝާއިޢުކުރާ ލިޔުމެއް‪.‬‬

‫‪ ‬ޝައުޤުވެރިކަން ދަމައިގަންނަ ފަދަ ސުރުޚީއެއް ދިނުން‬

‫ފެށުން‪:‬‬

‫‪ ‬ޝައުޤުވެރިކަން ދަމައިގަންނާނެ ފަދަ ގޮތަކަށް ހުށަހަޅައިދިނުން‬

‫‪ ‬ކިޔުންތެރިންގެ ޝައުޤުވެރިކަން ލިބޭ ގޮތަށް މައްސަލަ ހުށަހެޅުން‬

‫މައިގަނޑު‪:‬‬

‫‪ ‬ޚިޔާލުތައް ޕެރެގްރާފްތަކަށް ބަހާލުން‬

‫‪ ‬ބަސްދީގަތުންތަކުން ލިބުނު މަޢުލޫމާތު ބޭނުންކޮށްފައިވާކަން ދޭހަވާ ގޮތަށް ލިޔުން‬

‫‪ ‬ޑައިރެކްޓް ކޯޓޭޝަން ބޭނުންކުރުން‪( .‬ބޭނުންކުރާއިރު އެ ޕެރެގްރާފް އަމާޒުކުރާ މައިގަނޑު ޚިޔާލާ ގުޅޭ ގޮތަށް‬

‫ކޯޓޭޝަން ގެނައުން‪).‬‬

‫‪14‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ސީދާ ބުނުންތައް (ކޮމާކޯޅި ބުނުންތައް) ގެންނާނެ ގޮތް‬

‫‪” o‬އަހަރެންގެ މި ކާމިޔާބީގެ ފަހަތުގައި ހުރީ އަހަރެން ދެކެ އެންމެ ލޯބިވާ‪ ،‬އަހަރެންގެ ކޮންމެ‬

‫މަސައްކަތެއްގައި ވެސް ދެގޮތެއް ނުވެ ދެމިހުރި އަހަރެންގެ މަންމަ“ އިންސާނިއްޔަތަށް‬

‫ޚިދުމަތްކުރުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ އާސިމް ބުންޏެވެ‪.‬‬

‫‪ ‬އެހެން ބައިތައް ޕެރެފްރޭޒްކޮށްގެން ލިޔުން‬

‫‪ ‬ޕެރެފްރޭޒްކުރާނެ ގޮތް‬

‫‪ ‬އާސިމް ކިޔައިދިން ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ މަންމަގެ ބުރަ މަސައްކަތެވެ‪.‬‬

‫ނިންމުން‪:‬‬

‫‪ ‬އާޓިކަލްގެ މައިގަނޑު ޚިޔާލުތައް ނިންމުމަކަށް ވާ ގޮތަށް ހުށަހެޅުން (ޖުމުލަކޮށް ބުނާ ވާހަކައަކުން)‬

‫‪15‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ދޭހައަށް ޖަވާބު ދިނުމުގައި ސަމާލުކަން ދޭންވީ ކަންތައް‬

‫‪ ‬ސުވާލު ރަނގަޅަށް ދޭހަކުރުމަށް ފަހު ޖަވާބުދިނުން‪.‬‬


‫‪ ‬ޖަވާބު އުފެއްދުމުގެ ބަދަލުގައި‪ ،‬ދޭހައިގައި ޖަވާބު އޮންނަ ހިސާބު ހުރި ގޮތަށް ކޮޕީނުކުރުން‪.‬‬
‫‪ ‬އަމިއްލަ ޢިބާރާތުން ޖަވާބުދިނުން‪.‬‬
‫‪ ‬ޖަވާބު ދިނުމުގައި ސުވާލުގެ މުހިންމު ލަފުޒުތަކަށް (ކީ ވޯޑްސްއަށް) ސަމާލުކަން ދިނުން‪.‬‬
‫‪ ‬ޖަވާބާ ނުގުޅޭ ބޭކާރު ވާހަކަ ނުގެނައުން‪.‬‬
‫‪ ‬ސުވާލުގެ މަޤުޞަދާ ގުޅޭ ގޮތަށް ޖަވާބުގެ ނިންމުން ގެނައުން‪.‬‬
‫‪ ‬ސުވާލުކުރާ ފަރާތުން ދެނެގަންނަން ބޭނުންވާ ސީދާ މަޢުލޫމާތު ދެނެގަތުން‬
‫‪ ‬އޮންލައިން ކުލާސްތައް އޮންނަ ގަޑިއާ މެދު ހިތްހަމަޖެހޭތަ؟‬
‫‪ ‬އޮންލައިން ކުލާސްތަކަށް ކަނޑައެޅިފައިވަނީ ކިހާ ވަގުތެއް؟‬
‫‪ ‬އައު އާއްމު ހާލަތުގައި އޮންލައިންކޮށް ކުލާސްތައް ނެގުން މުހިއްމުވަނީ ކީއްވެ؟‬
‫‪ ‬އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ދަރިވަރުން އަހުލުވެރިކަން ނުވަތަ ނޫންކަން‬
‫އެނގެނީ ކޮން ކަމަކުން؟‬
‫ސުވާލުގެ މަގްސަދާ ގުޅޭ ގޮތަށް ޖަވާބުދިނުމަށް ޓަކައި‪ ،‬ޖަވާބު ނިންމުން ޢިބާރާތްކުރަންވީ ގޮތް‬

‫‪16‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫މިސާލު‪ :‬ކިމްއަކީ މޮޔައެއް ކަމަށް މީހުން ދެކެނީ ކީއްވެ؟‬

‫(‪)‬‬ ‫‪ -‬އޭނާ އެކައްޗެއް އެތައް ފަހަރަކު ތަކުރާރު ކުރެއެވެ‪.‬‬ ‫ޖަވާބު‪:‬‬

‫‪ -‬ކިމްއަކީ އެކައްޗެއް އެތައް ފަހަރަކު ތަކުރާރު ކުރާ މީހެކެވެ‪)( .‬‬

‫(‪)‬‬ ‫‪ -‬އެއީ ތަކުރާރުކޮށް އެއް ވާހަކައެއް ދައްކާތީއެވެ‪.‬‬

‫‪ ‬ހެކި ދެއްކުމަކީ ކޮމާކޯޅީގެ ތެރެއަށް ޢިބާރާތެއް ލުމެއް ނޫން‬

‫މިސާލު‪ :‬މުސްލިމުންގެ ސަބަބުން މުޅި ދުނިޔެއަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ކޮން ދާއިރާއަކުން‬
‫މުސްލިމުން ހޯދި ހޯދުންތަކަކުން ހެއްޔެވެ؟ ލިޔުމުން ހެކި ދައްކައިގެން އޮޅުންފިލުވައިދޭށެވެ!‬

‫ޖ‪ :‬ހިސާބު ދާއިރާއިންނެވެ‪ “ .‬މި ޒަމާނުގެ އިންސާނީ ޙަޟާރަތުގެ ހުރިހާ ކަމެއް ޤާއިމުވެފައިވަނީ ‪ ،‬މުސްލިމު‬
‫ޢިލްމުވެރިން އުފެއްދެވި ވިޔައަކުރުގެ މައްޗަށެވެ‪ ”.‬މިއެވެ‪❌.‬‬

‫ޖ‪ :‬ހިސާބު ޢިލްމުގެ ދާއިރާއިން ހޯދި ހޯދުންތަކެވެ‪ .‬އެއީ މި ޒަމާނުގެ އިންސާނީ ޙަޟާރަތުގެ ހުރިހާ ކަމެއް‬
‫ޤާއިމުވެފައިވަނީ ވިޔަ އަކުރުގެ މައްޗަށް ކަމަށް ވާތީއެވެ‪✔ .‬‬

‫ކޮމާކޯޅީގައި ޖުމުލައެއް ނުވަތަ ޢިބާރާތެއް ގެންނާނީ‪ ،‬ވަކި ޖުމުލައެއް ނުވަތަ ވަކި ޢިބާރާތަކީ ކޮބައިތޯ ސުވާލުގައި އަހާ‬
‫އިރު‪.‬‬

‫‪ ‬ޖުމުލަ ބަޔާންކުރަންޖެހޭ ސުވާލަށް ޖަވާބުދޭއިރު ‪.....‬‬


‫‪ ‬ޖުމުލަ އެއްކޮށް ލިޔުން‬
‫‪ ‬ޖުމުލައިގެ އެއްވެސް ބައެއް އުނި ނުކުރުން‬
‫‪ ‬ކޮމާކޯޅީގެ ތެރެއަށް ލުން‬
‫‪ ‬އެއް ޖުމުލައަށް ވުރެ ގިނަ ޖުމުލަ ނުލިޔުން‬
‫‪ ‬ސުވާލަށް ޖަވާބުދޭ އިރު‪...‬‬

‫‪ ‬އަޅާކިޔަންޖެހޭ ސުވާލެއްތޯ ޔަޤީންކުރާށެވެ!‬


‫‪ ‬ސުވާލުގައި ޖަވާބުދޭންޖެހޭ ކިތައް ބައި އޮތްތޯ ޔަޤީންކުރާށެވެ!‬
‫‪” ‬ކޮން ކަމެއް ހެއްޔެވެ؟“ މި ގޮތަށް ކުރެވިފައިވާ ސުވާލުތައް ކަމަކަށް ވާ ގޮތަށް ގެނައުން‪.‬‬
‫‪ ‬މިސާލަކަށް‪ :‬ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމުގެ ބޭނުންތައް ގުޅިފައި ވަނީ ކޮންކަމަކާ ހެއްޔެވެ؟‬
‫‪ ‬އެތެރޭގެ އިޤްތިޞާދާއެވެ‪)( .‬‬
‫‪ ‬އެތެރޭގެ އިޤްތިޞާދު މިނިވަންކުރުމާއެވެ‪)( .‬‬

‫‪17‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ދޭހައިގެ ސުވާލުތައް އައިސްފައި ހުންނަ ގޮތް‪:‬‬

‫‪18‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪19‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪20‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫● މިއީ ލިޔުމެއްގައިވާ ވަކި މަޢުލޫމާތެއް ނުވަތަ ވަކި ސުރުޚީއެއް ނުވަތަ ބައެއް ޚުލާޞާކުރުން‬

‫ޚުލާޞާ ލިޔާއިރު ‪.....‬‬

‫‪ ‬ތީމް ފާހަގަކުރުން‬
‫‪ ‬ތީމާ ގުޅުން ހުރި ނުކުތާތައް ދޭހައިން ފާހަގަކުރުން‬
‫‪ ‬ލީޑް ނުކުތާއާ އެކު ޚުލާޞާ ލިޔަން ފެށުން‬
‫‪ o‬މިސާލު‪ :‬މޮބައިލް ފޯނުން އިންސާނާގެ ސިއްހަތަށް އެތަކެއް ގެއްލުމެއް ލިބެއެވެ‪ .‬އެ ގޮތުން‪.....‬‬
‫‪ ‬ލިޔުމުގައި މަޢުލޫމާތު ގެނެސްފައިވާ ތަރުތީބުން ގެނައުން‬
‫‪ ‬މައިގަނޑު ޚިޔާލުތައް އަމިއްލަ ޢިބާރާތުން ހުށަހެޅުން‬
‫‪ ‬ލިޔުމުގައި ނެތް ވާހަކައެއް ނުގެނައުން‬
‫‪ ‬މިސާލު ފަދަ ތަފްޞީލުތައް ނުހިމެނުން‬
‫‪ ‬އެއް ޕެރެގްރާފަކަށް ލިޔުން‬
‫‪ ‬ޖުމުލަތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ޓަކައި ގުޅުވާ އަކުރު ބޭނުންކުރުން‬
‫‪ ‬ލިޔަން ދީފައިވާ ދިގުމިނަށްވުރެ އިތުރުނުކުރުން‬
‫‪ ‬ނިންމާ ޖުމުލަ (ވަށާޖައްސާ ޖުމުލަ) ގެނައުން‬

‫‪ ‬ލިޔަންޖެހޭނީ ރަސްމީރަސްމީ ސިޓީއެއްތޯ ނުވަތަ އަމިއްލަ ރަސްމީ ސިޓީއެއްތޯ ސިޓީ ނޯޓުން ދެނެގަތުން‬
‫‪ ‬ރަސްމީ ފަރާތްތަކުން އަމިއްލަ މީހަކަށް ފޮނުވާ ސިޓީ ވާނީ ރަސްމީރަސްމީ ސިޓީއަށް‬
‫‪ ‬ކުލަބް ޖަމިއްޔާ ޖަމާޢަތްތަކަކަކީ ރަސްމީ ފަރާތްތައް‬
‫‪ ‬ސުވާލުގައި ދީފައިވާ އެޑްރެހެއް (ގޭގެ ނަމެއް)ގެ ކުރިޔަށް ހ‪ .‬ގ‪ .‬މއ‪ .‬މ‪ ،‬މި އިން އަކުރެއް އޮތްނަމަ ރަށުގެ‬

‫މާލެ‪.‬‬ ‫ގޮތުގައި ލިޔާނީ‬


‫‪ ‬ޢިބާރާތްކުރުމަށް މާކުސްދިނުމުގައި މައިގަނޑުގައި ހިމަނާފައިވާ ނުކުތާތަކުގެ އިތުރުން ބޭކާރު ވާހަކަތައް ސިޓީގައި‬
‫ހިމެނޭ ނަމަ މާކްސް އުނިކުރެވޭނެ‪.‬‬
‫‪ ‬މިނިސްޓްރީތަކަށް ސިޓީ ލިޔާއިރު އެޑްރެސްކުރަނީ‪:‬‬
‫އސޫމަށް‬
‫ރޒަމް ޑރ‪ .‬ޢަބްދުﷲ މަ ު‬
‫އ ި‬
‫‪ o‬މިނިސްޓަރ އޮފް ޓު ަ‬

‫‪21‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ރަސްމީރަސްމީ ސިޓީގެ އޮނިގަނޑު‬
‫‪c‬‬
‫(ނިޝާން)‬

‫އައްޑޫ ހައި ސްކޫލް‬


‫ހިތަދޫ އައްޑޫ‬
‫ދިވެހިރާއްޖެ‬
‫ނަންބަރު‪:‬‬ ‫ބއި‬
‫ޚިޠާބުކުރުން ފުރިހަމަ ވާނީ ‪ަ 3‬‬
‫އޮވެގެން‪ .‬އެއީ މަޤާމް‪ ،‬ލަޤަބް‪ ،‬ނަން‬
‫‪.........................................................................................................................................‬‬

‫މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ‪ .‬ޢާއިޝަތު ޢަލީއަށް‬


‫ވެދުން ސަލާމަށް ފަހު ދަންނަވަމެވެ‪.‬‬
‫ތިޔަ މިނިސްޓްރީން ނެރުއްވާފައިވާ ނަންބަރު ‪ MNU-HR/2021/61‬އިޢުލާނުގައިވާ ސްކޫލުތަކަށް‬
‫އަލަށް މުދައްރިސުން ވެއްދުމާ ބެހޭ ގޮތުން ދަންނަވަމެވެ‪ ( .‬މި ގޮތަށް ލިޔާނީ ހަވާލާ ދޭންޖެހޭ ސިޓީއެއް ނަމައެވެ‪ .‬ހަވާލާ‬
‫ދޭން ނުޖެހޭ ސިޓީތަކުގައި ސިޓީ ލިޔާ މަގްސަދު އެނގޭނެހެން ޢިބާރާތްކުރުން)‬

‫‪...........................................................................................................................‬‬
‫‪....................................................................................................................................‬‬
‫( މައިގަނޑު އެއް ޕެރެގްރާފަކަށް ނުލިޔުމަށް ހަނދާން ބަހައްޓާށެވެ!)‬
‫ވީމާ‪ ،‬ތިޔަ ފަރާތުގެ މަޢުލޫމާތަށް ޓަކައި މި ވާހަކަ ދެންނެވީމެވެ‪( .‬ސިޓީ ލިޔާ މަޤްޞަދު ސާފުކޮށް‬
‫ބުނެދިނުން) މި ބައިގައި އަޅުގަނޑު އުއްމީދުކުރަމެވެ‪ .‬އަޅުގަނޑު ހީކުރަމެވެ‪ .‬މި ފަދަ ޢިބާރާތްތައް ނުލިޔުން‪.‬‬
‫ވގެން‬
‫ކރެ ި‬
‫އއް ވަކި ު‬
‫އވެސް ބަ ެ‬
‫މިއިން އެ ް‬ ‫އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ‪.‬‬
‫ނ ނުވާނެ!‬
‫ޔގެ ް‬
‫އގައި ލި ެ‬
‫ހއެ ް‬
‫ނއެވެ!‪ /‬ދެ ސަފް ާ‬
‫ނުވާ ެ‬ ‫‪ 23‬ޝައްވާލް ‪1442‬‬
‫މިއިން އެއްވެސް ބައެއް ވަކިކުރެވިގެން‬

‫‪ 4‬ޖޫން ‪2021‬‬
‫ޚާދިމުކުމް‬
‫ނުވާނެއެވެ!‬

‫(ސޮއި)‬ ‫ސޮޔާއި ނަން ރަނގަޅު ކަމަށް ބަލާނީ ތަރުތީބު އޮޅުވާ ނުލައި ދެ ބައި‬
‫އިބްރާހީމް ނަދީމް‬ ‫ވެސް ރަނގަޅަށް ލިޔެފައި ވާ ނަމަ‬

‫ޕްރިންސިޕަލް‬
‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬
‫މިއިން އެއްވެސް ބައެއް ވަކިކުރެވިގެން ނުވާނެއެވެ!‬ ‫މާލެ‪،‬‬
‫ދިވެހިރާއްޖެ‬

‫‪22‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫އަމިއްލަ ރަސްމީ ސިޓީގެ އޮނިގަނޑު‬

‫‪c‬‬
‫މ‪ .‬އިހާކުރި‬
‫ބއި‬
‫ޚިޠާބުކުރުން ފުރިހަމަ ވާނީ ‪ަ 3‬‬
‫މާލެ‬
‫އޮވެގެން‪ .‬އެއީ މަޤާމް‪ ،‬ލަޤަބް‪ ،‬ނަން‬
‫‪.........................................................................................................................................‬‬

‫މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ‪ .‬ޢާއިޝަތު ޢަލީއަށް‬


‫ވެދުން ސަލާމަށް ފަހު ދަންނަވަމެވެ‪.‬‬
‫ތިޔަ މިނިސްޓްރީން ނެރުއްވާފައިވާ ނަންބަރު ‪ MNU-HR/2021/61‬އިޢުލާނުގައިވާ އެސިސްޓެންޓް‬
‫ސެކްރެޓަރީގެ މަޤާމަށް އަޅުގަނޑު ޝައުޤުވެރިވަމެވެ‪ ( .‬މި ގޮތަށް ލިޔާނީ ހަވާލާ ދޭންޖެހޭ ސިޓީއެއް ނަމައެވެ‪ .‬ހަވާލާ ދޭން‬
‫ނުޖެހޭ ސިޓީތަކުގައި ސިޓީ ލިޔަން އެ އެއުޅޭ ކަމެއް އެނގޭނެހެން ޢިބާރާތްކުރުން)‬
‫‪...........................................................................................................................‬‬
‫‪..................................................................................................................................................‬‬
‫‪ ( ....................................................‬މައިގަނޑު އެއް ޕެރެގްރާފަކަށް ނުލިޔުމަށް ހަނދާން ބަހައްޓާށެވެ!)‬
‫ވިމާ‪ ،‬އެސިސްޓެންޓް ސެކްރެޓަރީގެ މަޤާމު އަޅުގަނޑަށް ދެއްވުން އެދެމެވެ‪ ( .‬ސިޓީ ލިޔާ މަޤްޞަދު‬
‫ސާފުކޮށް ބުނެދިނުން) މި ބައިގައި އަޅުގަނޑު އުއްމީދުކުރަމެވެ‪ .‬އަޅުގަނޑު ހީކުރަމެވެ‪ .‬މި ފަދަ ޢިބާރާތްތައް ނުލިޔުން‪.‬‬
‫މިއިން އެއްވެސް ބައެއް‬ ‫އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ‪.‬‬
‫ވަކިކުރެވިގެން ނުވާނެއެވެ!‪ /‬ދެ‬ ‫‪ 23‬ޝައްވާލް ‪1442‬‬
‫ސަފްހާއެއްގައި ލިޔެގެން ނުވާނެ!‬
‫‪ 4‬ޖޫން ‪2021‬‬
‫މިއިން އެއްވެސް ބައެއް ވަކިކުރެވިގެން‬

‫ޚާދިމަތުކުމް‬
‫ސޮޔާއި ނަން ރަނގަޅު ކަމަށް ބަލާނީ ތަރުތީބު އޮޅުވާ ނުލައި ދެ ބައި‬
‫(ސޮއި)‬
‫ނުވާނެއެވެ!‬

‫ވެސް ރަނގަޅަށް ލިޔެފައި ވާ ނަމަ‬


‫ފާތިމަތު ޝާކިރު‬

‫މިނިސްޓްރީ އޮފް އެޑިޔުކޭޝަން‬


‫މިއިން އެއްވެސް ބައެއް ވަކިކުރެވިގެން ނުވާނެއެވެ!‬ ‫މާލެ‪،‬‬
‫ދިވެހިރާއްޖެ‬

‫‪23‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ޕްރޮޕޯސަލަކީ ކޮންމެވެސް ކަމެއް ނުވަތަ މައްސަލައެއް ހައްލުކުރުމަށް މުސްތަޤުބަލުގައި ކުރެވިދާނެ ކަންތައްތަކެއް ނުވަތަ‬

‫ރެކަމަންޑޭޝަންތަކެއް ހުށަހަޅާ ލިޔުމެއް‪ .‬ނުވަތަ އެކްޝަން ޕްލޭނެއް‬

‫‪ ‬ސުރުޚީ‪ :‬ޕްރޮޕޯސަލް ލިޔާ ކަމެއް އެނގޭ ފަދަ ޢިބާރާތަކުން ސުރުޚީ ލިޔާށެވެ‪.‬‬

‫ޕްރޮޕޯސަލްގެ އޮނިގަނޑު‬

‫‪ ‬ތަޢާރަފް‬

‫‪ ‬ޓޮޕިކް ނުކުތާ ‪1‬‬

‫‪ ‬ޓޮޕިކް ނުކުތާ ‪2‬‬

‫‪ ‬ޓޮޕިކް ނުކުތާ ‪3‬‬

‫‪ ‬ޓޮޕިކް ނުކުތާ ‪4‬‬

‫‪ ‬ނިންމުން‬

‫‪ ‬މިއިން ކޮންމެ ބައެއް ގެންނާނީ ވަކި ޕެރެގްރާފެއްގެ ގޮތުގައި‪ .‬ސުވާލު ދީފައިވާ ގޮތުން ޓޮޕިކް ޕެރެގްރާފްގެ‬

‫ގޮތުގައި ލިޔާނެ ނުކުތާތަކުގެ ގިނަ މަދުމިން ތަފާތު ވެދާނެ‪ .‬އިމްތިހާނުގައި ލިޔަން ޖެހޭ ދިގުމިނަށް ބަލާއިރު‪،‬‬

‫‪ 3‬ނުވަތަ ‪ 4‬ނުކުތާ ހިމެނުން އެދެވިގެންވޭ‪.‬‬

‫‪ ‬ޕްރޮޕޯސަލްގައި ކޮންމެ ޕެރެގްރާފަކަށް އަރިމަތީ ސުރުޚީއެއް ދޭންވާނެ‪.‬‬

‫‪ ‬ޕްރޮޕޯސަލްގައި ވާހަކަދައްކާނީ އަދި ހިނގާފައި ނުވާ‪/‬ވެފައި ނެތް ކޮންމެވެސް ކަމަކާ ބެހޭ ގޮތުން‪.‬‬

‫‪ ‬ލަފަޔާއި ހުށަހެޅުންތަކެއް ބަޔާންކުރުމާއި ގަބޫލްކުރުވުމަށް ބާރުއަޅާ ފަދަ (ޕަރސުއޭސިވް) ބަސް މަގެއް‬

‫ބޭނުންކުރުން‪.‬‬

‫‪ ‬ޕްރޮޕޯސަލަކީ އާންމު ގޮތެއްގައި ރަސްމީ ލިޔުމަކަށް ވާތީވެ ރަސްމީ ބަސްމަގު ބޭނުންކުރުން‪.‬‬

‫‪ ‬ނުރަސްމީ ބުނުންތައް ނުގެނައުން‬

‫‪24‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫ތަޢާރަފް‬
‫‪ ‬ތަޢާރަފްގައި ސީދާ ނުކުތާއަށް އަމާޒުވާން ޖެހޭނެ‪.‬‬

‫‪ ‬ޕްރޮޕޯސަލްގެ ބޭނުމަކީ ކޮބައިކަމާއި މި ޕްރޮޕޯސަލްގައި ހިމަނާނީ ކޮން ކަންތައްތަކެއްކަން ބުނެދޭންވާނެ‪.‬‬

‫‪ ‬މި ބައިތައް ލިޔާއިރު ސުވާލުގައި ހުރި ގޮތަށް ނަކަލުނުކޮށް‪ ،‬ޕެރެފްރޭޒްކޮށްގެން ނުވަތަ އަމިއްލަ ޢިބާރާތުން‬

‫ލިޔުމަށް ސަމާލުކަންދޭން ވާނެ‪.‬‬

‫‪ ‬ތަޢާރަފް ލިޔާއިރު އަންނަނިވި ބަސްކޯޅިތައް ބޭނުންކުރެވިދާނެ‬

‫‪ ‬މި ޕްރޮޕޯސަލްގެ ބޭނުމަކީ‪/‬މި ޕްރޮޕޯސަލް ލިޔުމުގެ މަޤްޞަދަކީ‪...‬‬

‫‪ ‬މި ޕްރޮޕޯސަލްގައި އަލިއަޅުވާލާނީ‪/‬ހިމެނޭނީ‪/‬ބަލައިލާނީ‪/‬ހުށަހަޅާނީ‪...‬‬

‫‪ ‬މި ޕްރޮޕޯސަލްގައި އަޅުގަނޑު ބަޔާންކުރާނީ‪...‬‬

‫މައިގަނޑު‪:‬‬

‫‪ ‬ޕްރޮޕޯސަލްގެ މައިގަނޑުގައި ހުށަހަޅާނީ ޓޮޕިކް ނުކުތާތަކުގެ ގޮތުގައި ނުވަތަ މައިގަނޑު ނުކުތާތަކުގެ ގޮތުގައި‬

‫ލިޔަންޖެހޭ ނުކުތާތައް‪.‬‬

‫‪ ‬މިއިން ކޮންމެ ނުކުތާއެއް ލިޔާނީ ވަކި ޕެރެގްރާފެއްގެ ގޮތުގައި‪.‬‬

‫‪ ‬މި ބައިތައް ލިޔަންވާނީ އޮއްޓަރު ހުރި‪ ،‬ހަގީގަތް ހާމަވާ ފަދަ ހަރުދަނާ ގޮތަކަށް‪.‬‬

‫‪ ‬މި ބައިން ކިޔުންތެރިޔާއަށް ތިބާގެ ޕްރޮޕޯސަލަށް ރިޢާޔަތްކުރަން ޖެހޭކަން ސާބިތުކޮށްދީ ބާރުއަޅައިދެވިފައި‬

‫އޮންނަންވާނެ‪.‬‬

‫‪ ‬އެގޮތުން ލަފާދިނުމާއި ޕަރސުއޭޑްކުރެވޭ ފަދަ މޭރުމަކުން ބަސްމަގު ބޭނުންކޮށްފައި ހުންނަންވާނެ‪.‬‬

‫ނިންމުން‪:‬‬

‫‪ ‬ނިންމުމުގައި‪ ،‬ސީދާ ނުކުތާއަށް އަމާޒުކޮށް ތިބާގެ ޚިޔާލު‪/‬ދެކޭ ގޮތް ހުށަހަޅުން‬

‫‪ ‬ޕްރޮޕޯސަލް އަމާޒުވާ ފަރާތުން މި މައްސަލައަށް ބާރުއަޅާ ފަދަ ގޮތަކަށް ލިޔުން‬

‫‪25‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬
‫‪ ‬ތަގުރީރުގެ ބޭނުމަކީ ތިމާ ގަބޫލުކުރާ ގޮތެއް‪ ،‬ދޭން ބޭނުންވާ މެސެޖެއް އަނގަބަހުން އެހެން މީހުންނާ ހަމައަށް‬
‫(އޯޑިއަންސަށް) ފޯރުކޮށްދިނުން‬

‫ތަޤްރީރުގެ ސިފަތައް‬

‫‪ ‬ތަގުރީރު އޮންނަންވާނީ‪ ،‬ވާހަކަދައްކާ ޢިބާރާތުން‬


‫‪ ‬ލިޔެފައި އޮންނަ ތަގުރީރު ވެސް އޮންނަންވާނީ ހުށަހަޅާ ޢިބާރާތުން (ވާހަކަދައްކާ ޢިބާރާތުން)‬
‫‪ ‬ޖުމުލަތަކުގައި އެވެ‪.‬ށެވެ ބޭނުން ނުކުރުން‬
‫ފެށުން‬

‫‪ ‬ޙަމްދު ސަނާ‬
‫‪ o‬މައުޟޫޢާ ގުޅޭ ގޮތަށް ގެނައުން‬
‫‪ o‬ޅެން ބައިތަކުން ވެސް ގެނެވިދާނެ‬
‫‪ ‬އޯޑިއަންސާ މުޚާޠަބުކުރުން‬
‫މައިގަނޑު‬

‫‪ ‬މައުޟޫޢާ ގުޅޭ ވާހަކަތަކަކުން ފެށުން‬


‫‪ ‬މައުޟޫޢު ތަޢާރަފްކުރުން‬
‫‪ ‬އިސްކަންދޭ ތަރުތީބުން މައިގަނޑު ވާހަކަތައް އަތުރާލުން‬
‫‪ ‬ނަގާ ނުކުތާތަކަށް މިސާލާއި ހެކިދެއްކުން‬
‫ނިންމުން‬

‫‪ ‬މައިގަނޑުގައި ހުށަހެޅި ނުކުތާތައް ޚުލާޞާކޮށްލުން‪ /‬އިލްތިމާސަކުން ނިންމުން‪ /‬ދުޢާއަކުން ނިންމުން‬


‫ސަމާލުކަންދޭންވީ‪....‬‬

‫‪ ‬ބަހުގެ ދަރަޖަތަކަށް ސަމާލުކަންދިނުމަށް‬


‫‪ ‬ޝައުޤުވެރިކަން ދަމައިގަންނާނެ ގޮތަކަށް ވާހަކަތައް ރާވާލުމަށް‬
‫‪ ‬އެކަށޭނަ ބަސްކޮށާރެއް ބޭނުންކުރުމަށް‬
‫‪ ‬މުޚާޠަބުކުރެވޭ އޯޑިއަންސަށް ސަމާލުކަންދިނުމަށް‬
‫‪ ‬އޯޑިއަންސްގެ ސަމާލުކަން ހޯދުމަށް ރެޓޯރިކަލް ސުވާލުތައް ކުރުމަށް‬

‫ނުހަނު މަތިވެރި ކާމިޔާބީއަށް އެދެން!😊 😊 😊‬

‫‪26‬‬
‫ދިވެހި ޑިޕާޓްމަންޓް‪ ،‬އައްޑޫ ހައި ސްކޫލް‬ ‫އިމްތިހާނަށް އެހީއެއް‬

You might also like